Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހުވަފެން (8)

Saandy
March 4, 2017
8 Mins Read
57 Views
41 Comments

“މިހާ އަވަހަށް ހުވަފެން ބަލަން ފެށީތަ؟ އަދި އެވެސް ދުވާލު ގަޑީގަ.” ހުޒާމް އެހެން ބުނެލުމުން ވަގުތުން ރިޒްނާގެ މޫނަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާގެ ޚިޔާލީ ވާފަށް މި އެއްލުނީ މާދުރަށެވެ. އަދި މިއުޅެވެނީ ހުޒާމް ގާތު އެވާހަކަ ނުވެސް ދެއްކިގެންނޭ ރިޒްނާގެ ހިތަށްއެރިއެވެ. ނަމަވެސް ހުޒާމްގެ ގާތުގައި އެވާހަކަ ދައްކާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. އެވާހަކަ ބުނުމުން ހުޒާމް ކަންތައް ކުރާނެ ގޮތެއްވެސް އެނގެނީކީ ނޫނެވެ. އެންމެފަހުން އޭނާ ގޮތެއް ނިންމައިފިއެވެ. ކޮންމެ ގޮތެއްވިޔަސް ވަރިހަމައެވެ. ހުޒާމް ގާތުގައި އެވާހަކަ ދައްކާނީއެވެ. ބޮއްކުރާ ދޮށަށް އޮޑި ކަނބަނީއޭ ބުންޏަސް އޭނާގެ ފަރުވާލެއް ނެތެވެ. ކޮންމެ ގޮތަކުންވެސް ބޭނުންވަނީ ހުޒާމްއެވެ. އޭނާގެ ލޯތްބެވެ.

“ރިޒޫ! އޭތް ރިޒޫ!” ރިޒްނާގެ އަތުގައި ޖަހާލަމުން ހުޒާމް ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެއާއެކު ރިޒްނާ ސިހިފައި ހުޒާމްއަށް ބަލާލިއެވެ. އިރުއިރުކޮޅާ ރިޒްނާ ސިއްސައިގެން ދާތީ ހުޒާމް ގާތަށް ވަރަށް ހިނިއައެވެ.

“ތީ ބައްޔެއް. އަވަހަށް ޑޮކްޓަރަކަށް ދައްކަން އުޅޭ.” ހުޒާމް ސަމާސާ ރާގެއްގައި ބުނެލިއެވެ.

“އޭނ! އެކީއްވެ؟” ރިޒްނާ އަނގަޔަށް ވައްތަރެއް ޖައްސާލުމުން އެންމެންނަށްވެސް ހެވުނެވެ.

“އިރުއިރުކޮޅާ ސިއްސައިގެން ދާތީ ޑޮކްޓަރަކަށް ދައްކަން އުޅޭށޭ މިބުނީ.” ހުޒާމް ބުނެލިއެވެ.

“ދެން ޒާމްގަނޑާ.” ރިޒްނާ ހުޒާމްގެ މޭމަތީގައި އަތުން ޖަހާލިއެވެ.

“އާހް!”

“ކިހިނެއްވީ؟ ތަދުވިތަ؟ ވަރަށް ބޮޑަށް ސޮރީ.” ރިޒްނާ ހާސްވެފައި މަޢާފަށް އެދުނެވެ. އެއާއެކު ހުޒާމް ބާރުބާރަށް ހޭންފެށިއެވެ.

“ދެން ޒާމް. ވަރަށް ފޫހިވޭ.” ރިޒްނާ ތުން އަނބުރާލުމަށްފަހު ދާން ހިނގައިގަތުމުން ހުޒާމް އޭނާގެ އަތުގައި ހިފާ ހުއްޓުވިއެވެ.

“ދޫނިގަނޑާ! އަދިވެސް ތިއުޅެނީ ކުޑަކުދިން އުޅޭހެން. އެހާ އަވަހަށް ބޮޑާ ހާކާ އެއްޗެއް ނޫނޭ.” ހުޒާމް އެހެން ބުނެލުމުން ރިޒްނާގެ ހިތް އުފަލުން ނަށައިގަތެވެ. އަދި މިނޫނީ ދުވަހަކުވެސް ހުޒާމް އެފަދަ ނަމަކުން އޭނާއަށް ގޮވާފައެއް ނުވެއެވެ. ހުޒާމްގެ ދުލުން ނުބުނިނަމަވެސް ޢަމަލުން އޭނާ ލޯބިވާކަން ހާމަކުރަނީ ކަމުގައި ރިޒްނާ ދުށްޓެވެ. މަންޒަރު ބަލަންހުރި ސާރާގެ މޫނުގެ ކުލަ އޮއްސުނީ ރިޒްނާއާއި ހުޒާމްގެ ގާތްކަން ފެނިފައެވެ. ދެމީހުން އެކުވެރިންގެ ނަމުގައި ތިބިނަމަވެސް ހުޒާމްގެ ހިތުގައި ރިޒްނާއާމެދު ވަނީ އެހެން ޝުޢޫރެއްކަން އޭނާއަށް ވިސްނުނެވެ. ދެލޯ ފުރިގެން އައި ކަރުނަތައް އެހެން މީހަކަށް ފެނުމުގެ ކުރިން ވަރަށް ސިއްރުން ފޮހެލާފައި ގަދަކަމުން ހިނިތުންވެލިއެވެ.

ގޭތެރެއަށް ވަދެ އެންމެން ސޯފާގައި ހަމަޖެހިލުމުން ސާރާ ދިޔައީ ކޮޓަރިއަށް ވަންނާށެވެ. ރިޒްނާއާއި ހުޒާމްގެ ލޯބީގެ މަންޒަރުތައް ބަލާކަށް އޭނާއަކަށް ފަސޭހައެއް ނޫނެވެ. އޭނާ އެދެމީހުން ތިބޭ ތަންތާނގައި ގިނައިރު އިންނަންވެއްޖެނަމަ އޭނާގެ ބަސްނާހާ ހިތް އޭނާއަށް ކެހި ދީފާނެއެވެ. އޭރުން އޭނާގެ ހުރިހާ އުއްމީދެއް ފުނޑުފުނޑުވާނެއެވެ. ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ބިލާހަކަށް ވާނެއެވެ. ހުޒާމް އޭނާގެ މީހަކަށް ނުވިނަމަވެސް ހުޒާމް ފެންނަ ހިސާބުގައި ހުރެވުންވެސް އެއީ ވަރަށް ބޮޑުވަރެކެވެ. ނަމަވެސް އޭނާގެ ހިތް ޞޭޒާރުވާ ދުވަހަކުން އެނަސީބުންވެސް އޭނާ މަޙުރޫމުވާނެއެވެ.

“ސާރާ!” ސާރާ ކޮޓަރިއަށް ވަދެވަދެ ހުއްޓާ ހުޒާމް ގޮވާލިއެވެ.

“ދަނީތަ؟ އާދެބަލަ މިތަނަށް އަނގަ ތަޅާލަން.” ހުޒާމް އެއްޗެކޭ ބުނަން އުޅެނިކޮށް ރިޒްނާ ބުނެލިއެވެ. އެމީހުންގެ އެދުމުގައި ކޮޅުފައިން ޖަހާނެހާ ހިތްވަރެއް ސާރާއަކަށް ނުލިބުނެވެ. އެވަގުތު އެކަމުން ރެކިގަންނަން ދައްކާނެ ބަހަނާއެއްވެސް ހިތަކަށް ނައެވެ. އެންމެފަހުން އޭނާ އައިސް ޝަރީފާ އިން ދިގު ސޯފާ ގޮނޑީގެ އަނެއްފަރާތުގައި އިށީނެވެ.

“ދެން ބުނެބަލަ. ހުޒާމް ނުކުރާ ކުށެއްގަ ބަންދުކުރީމަ ކީކޭ ހިތަށްއެރީ؟ ކޮންކަހަލަ އިހުސާސެއް ކުރެވުނީ؟” އެކިއެކި ވާހަކަ ދައްކަމުންގޮސް ސާރާ އަހާލިއެވެ.

“މާ ތަފާތު އިހުސާސެއް ނުކުރެވޭ. މީގެ ވިހި އަހަރު ކުރީގެ ހަނދާންތަކެއް އާވުން ނޫންކަމެއް ނުވޭ.” ހުޒާމްގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއްނުވެއެވެ. އެންމެންގެ މޫނުމަތިންވެސް ފެނުނީ ހައިރާންކަމެވެ. އެންމެންވެސް ތިބީ ހުޒާމް އެހެން އެބުނި ސަބަބެއް އޮޅުންފިލުވަން ބޭނުންވެފައެވެ.

“އެއީ ކީއްވެ؟” ރިޒްނާއަށް ހައިރާންކަމާއެކު އަހާލެވުނެވެ.

“އެއީ ދުވަހަކުވެސް ހަނދާންކުރަން ބޭނުންނުވާ، އެކަމަކު ހަނދާނުން ފޮހެނުލެވުނު ހިތްދަތި ދުވަސްތަކެއް.” ހުޒާމްގެ އަޑަށް އައި ބަދަލުންވެސް އެއީ ކިހާ ބޮޑު ވާހަކައެއްކަން އެނގުނެވެ. އެންމެންވެސް ތިބީ އެވާހަކައެއް އަޑުއަހާ ހިތުން ކެތްމަދުވެފައެވެ.

“ޒާމް! ތިހެން ދުރުދުރުން ނުކިޔާ ސާފުކޮށް ކިޔައިދީބަލަ.” ރިޒްނާއަކަށް މަޑަކުން ނީނދެވުނެވެ. އޭނާއަކީ ވަރަށް އަނގަގަދަ މީހެކެވެ. އެހެންކަމުން ހުޒާމް އެވާހަކަ ކިޔައިދެންދެންވެސް އޭނާއަށް ކެތްކޮށްނުލެވުނެވެ.

“އެކޮއި ހާދަ ކެތްމަދޭ. ގައިމު ދައްތައާ ދިމާއަށް ބުނާނެ ކެތްމަދު ވާހަކަ.” ޝަރީފާ ދިމާކޮށްލިއެވެ. ރިޒްނާ ހީލަމުން ދެފަރާތަށް ބޯހޫރާލިއެވެ.

“އާނ. އަޑުއަހާ.” ހުޒާމް އެހެން ބުނެފައި އޭނާގެ މާޒީ ކިޔައިދޭން ފެށިއެވެ.

**********

ކުޑައިރުއްސުރެ ފެށިގެންވެސް އަހަރެން އުޅެމުން އައީ ވަރަށް ހިތްދަތި ދިރިއުޅުމެކެވެ. މައިންބަފައިން ނިޔާވެފައިވުމާއެކު އަހަރެން ވަނީ އެލޯބިން މަޙުރޫމުވެފައެވެ. އަހަރެންގެ ފަޤީރުކަމުގެ ސަބަބުން ގޭ ކައިރި ކުރިންވެސް އަހަރެންދެކެ ފޫހިވެއެވެ. ރުޅި އާދެއެވެ. ރިޒްނާއާއި ރޫނާ ފިޔަވައި އަހަރެންގެ އެކުވެރިއެއް ނުތިބެއެވެ. އަހަރެންނާ އެއް އުމުރުގެ ކުދިން ކިޔެވިއިރު އަހަރެންނަކަށް އެފުރުސަތެއް ނުލިބުނެވެ. ކާއެތިކޮޅެއް ލިބުނީ ރިޒްނާގެ ދީލަތި އެހީއިންނެވެ. ރޫނާއަކީވެސް ވަރަށް ހިތްހެޔޮ އިންސާނެކެވެ. އޭނާއަށް އެހެން މީހުންގެ އިހުސާސްތައް އެނގެއެވެ. މާތް ﷲ ރޫނާއަށް ހެޔޮ ރަޙުމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ! އާމީން!

ރޫނާ އަހަރެންނާ ރިޒްނާއަށްވުރެ ދެތިން އަހަރު ދޮށީވާނެއެވެ. އޭނާއަކީ ދީނީ ކަންކަމަށް ލޯބިކުރާ ކުއްޖެކެވެ. އޭނާ ރާއްޖޭން ބޭރަށް ދިޔައީ މަތީ ތަޢުލީމު ހާސިލްކުރާށެވެ. އޭނާ އެނބުރި އައީ ކިޔެވުން ފުރިހަމަނުކޮށެވެ. އޭރު އޭނާ އިނީ ބަލިވެއެވެ. ނަމަވެސް އެއީ އޭނާ ކުރި ފާފައެއްގެ ނަތީޖާއެއް ނޫނެވެ. އެއީ އަނިޔާވެރި ބައެއްގެ ފޭރުންތެރިކަމެއްގެ ނަތީޖާއެވެ. އޭނާއަކަށް އެހިތި ހަޤީޤަތް އޭނާގެ މަންމަމެންނަށް އަންގާނެހާ ހިތްވަރެއް ނުލިބުނެވެ. އޭނާ އައިފަހުން ވަރަށް ގިނައިން ހޮޑުލާތީ އޭނާގެ މަންމަ ޒީނިޔާ ސުވާލުކުރިއެވެ. އެންމެފަހުން އޭނާއަށްވެސް މަޖުބޫރުވީ އެހަޤީޤަތް ޒީނިޔާއަށް އަންގާށެވެ. އޭނާ ރޮއިރޮއިފައި މަޢާފަށް އެދެމުން އޭނާ ބަލިވެ އިން ވާހަކަ ބުނި ވަގުތު ހީވީ އެއާއިލާއަށް ވަރުގަދަ ޠޫފާނެއް އައިހެންނެވެ. އޭނާގެ ބައްޕަ ހަމީދުއަކީ ހިތުގެ މައްސަލަ ހުންނަ މީހަކަށް ވާތީ އެކަން ސިއްރުކުރުމަށް ބުނިއިރު ވަގުތު ފާއިތުވެއްޖެއެވެ. އިއްތިފާޤަކުން އެމީހުން ދެއްކި ހުރިހާ ވާހަކައެއް ހަމީދަށް އަޑުއިވުނީއެވެ. އެވަގުތު ވީ އޭނާގެ ދިރިއުޅުމުގެ އެންމެފަހު ވަގުތަށެވެ. އޭނާއަށް ހާޓް އެޓޭކެއް ޖެހި މިދުނިޔެއާ އަލްވަދާޢު ކީއެވެ. އެއަށްފަހު ރޫނާ އެކަން ހިނގަން މެދުވެރިވި ސަބަބު އޮޅުންފިލުވައިދޭން މަސައްކަތްކުރި ނަމަވެސް ޒީނިޔާ އޭނާގެ އެއްވެސް އަޑެއް ނޭހިއެވެ.

ދުނިޔެއަށް ބޭޒާރުވިޔަސް ދަރި ވައްޓާލާކަށް ރޫނާ ބޭނުމެއްނުވިއެވެ. އެހެންކަމުން ރޫނާ އަހަރެންގެ ގާތަށް އައިސް އެދުނީ އޭނަ ދުނިޔޭގެ ލަދުން ސަލާމަތް ކޮށްދިނުމަށްޓަކައި އޭނާއާ ކައިވެނިކުރުމަށެވެ. އޭރު އަހަރެންގެ އުމުރުން އަށާރަ އަހަރު ވާން އޮތީ ދެދުވަހެވެ. އަހަރެން ވަރަށް ވިސްނުމަށްފަހު އެކައިވެނި ކުރަން އެއްބަސްވީމެވެ. ރޫނާ އަހަރެންނަށް ވެދިން އެހީތެރިކަމެއްގެ ސަބަބުން ހަމައެކަނި އޭނާ ދުނިޔޭގެ ލަދުން ސަލާމަތްކޮށްދިނުމަށެވެ. ހަފްތާއެއްގެ ތެރޭ އަހަރެމެން ދެމީހުންގެ ކައިވެނި ކުރެވުނީ ކުލަގަދަ ހަފްލާއަކާ އެކުގައެވެ. އެއީވެސް ރަށު މީހުންނަށް ޝައްކެއް ވެދާނެތީއެވެ. އަހަރެމެން ދެމީހުންގެ މެދުގައި ދެމަފިރިއެއްގެ ދެމެދުގައި އޮންނަންޖެހޭ އެއްވެސް ގުޅުމެއް ނުހިނގައެވެ. ދުނިޔޭގެ ކުރިމަތީގައި އަހަރެމެންނަކީ ދެމަފިރިންނަށްވިޔަސް އަހަރެމެން ދެމީހުންގެ މެދުގައި އޮތީ އެކުވެރިކަމެވެ.

ދުވަސްތައް ހޭދަވަމުން ދިޔަވަރަކަށް އަހަރެމެންގެ ގުޅުންވެސް ދިޔައީ މަޑުމަޑުން ރަނގަޅުވަމުންނެވެ. ދެމީހުންގެ ހިތުގައިވެސް ދެމީހުންނަށްޓަކައިވާ އިހުސާސްތައް ބަދަލުވަމުން ދިޔައެވެ. ލިބެން އުޅޭ ތުއްތު ދަރިފުޅަށްޓަކައި އެތައް އުއްމީދެއް ކުރެވުނެވެ. މިފަދަ ގޮތަކަށް ދުވަސްތައް ފާއިތުވަމުން ގޮސް ރޫނާގެ ބަނޑަށް ދުވަސް ފުރިއްޖެއެވެ. ފުރަތަމަ ފަހަރުކަމުން ރޫނާ ބޭނުންވީ ވިހަން މާލެ ދާށެވެ. ރޫނާގެ މަންމަގެ ބަލި ހާލަތު ތަން ނުދިނުމުގެ ސަބަބުން ރޫނާ ގޮވައިގެން މާލެ ދިޔައީ އަހަރެން އެކަންޏެވެ. ރޫނާގެ މަންމަ ހުރީ ދުރުތާ ތިމާގެ ބޭބެއެއްގެ ކައިރީގައެވެ. އަހަރެން ނިންމައިގެން ހުރީ ރޫނާ ވިހެއުމުން ރަށަށް އައިސް އަލުން ކައިވެނިކޮށްގެން ދެމަފިރިންގެ ގޮތުގައި އުޅޭށެވެ. އަދި އެދަރިފުޅަށް ބައްޕައެއްގެ ލޯބި އެންމެ ފުރިހަމަ ގޮތުގައި ދޭށެވެ. އަހަރެމެން ދިޔަތާ ދެވަނައަށްވީ ދުވަހު ރޫނާ ވިހަންވެގެން އެޑްމިޓް ކުރިއެވެ. ނަމަވެސް ނުވިހައިގެން އެންމެފަހުން ޖެހުނީ އޮޕަރޭޝަން ކުރާށެވެ. އޮޕަރޭޝަން ކާމިޔާބެވެ. ދެމައިންގެ ހާލުވެސް ރަނގަޅެވެ.

ހޮސްޕިޓަލުން ދޫކޮށްލިތާ ދެވަނައަށްވީ ދުވަހު އަހަރެމެން ރަށަށް އަންނަން ފުރީމެވެ. ނަމަވެސް އެދަތުރު ވީ އަހަރެންނާ ރޫނާގެ ހަޔާތަށް އައި ވަރުގަދަ ޠޫފާނަކަށެވެ. ދަތުރުގެ ވަކި ހިސާބަކުން ވިއްސާރައިގައި ޖެހުނީއެވެ. ކަނޑު ގަދަވެ ލޯންޗު ހަލުވަން ފެށީއެވެ. ކުއްލިއަކަށް ޖެހި ބޮޑު ރާޅަކާއެކު ލޯންޗު އެއްފަރާތަކަށް އަރިކޮށްލިއެވެ. އެވަގުތު އަހަރެންގެ އަތުން ދަރިފުޅު ދޫވިއެވެ. އެވަގުތު ވެއްޓެންދިޔަ ރޫނާގެ އަތުގައި ހިފަން އަތް ދިއްކޮށްލީމެވެ. ދެމީހުންގެ އަތް ގުޅުނު ވަގުތު ޖެހި ރާޅަކާއެކު ދެމީހުން ކަނޑަށް ވެއްޓުނެވެ. ބޮޑު އޮޕަރޭޝަނެއް ކޮށްފައިވާތީ ރޫނާއަކަށް އަތެއް ފައެއް ހަރަކާތެއް ނުކުރެވުނެވެ. ބަނޑުގައި ރިއްސާތީ ފައި ހަލުވާލާކަށް ނުކެރުނެވެ. މަޑުމަޑުން އަޑިއަށް ދާން ފެށިއެވެ. އެންމެ ފަހު ވަގުތުވެސް ރޫނާ އެދުނީ ދަރިފުޅު ހޯދާ ސަލާމަތްކުރުމަށެވެ. އެވަގުތު ޖެހި ބޮޑު ރާޅަކާއެކު ދެމީހުން ވަކިވީއެވެ. އޭގެފަހުން އަހަރެންނަކަށް ރޫނާއެއްވެސް ދަރިފުޅެއްވެސް ނުފެނުނެވެ.

ރޫނާއާއި ދަރިފުޅު ވަކިވެދިޔުމާއެކު ދެން އަހަރެން އުޅުނީ އަމިއްލަ ސަލާމަތް ހޯދޭތޯއެވެ. ގައިން ހަކަތަ ހުސްވާން ފެށުމުން އަހަރެންގެ އަޖަލު ހަމަވީއޭ ހިތަށްއެރިއެވެ. ނަމަވެސް ކުއްލިއަކަށް އަތުގައި ޖެހުނު ލަކުޑިގަނޑުގައި ހިފަހައްޓާލާ ހަރަކާތް މަޑުކޮށްލީމެވެ. ހަމައެވަގުތު ދުރުން އައި ލައިފް ޖެކެޓާއި ދިމާއަށް ފަތަން ފެށީމެވެ. ނަސީބު ރަނގަޅުކަމުން ގަޔާ ދިމާއަށް އައި ލައިފް ޖެކެޓްގައި ހިފާ އަވަސްއަވަހަށް ގަޔަށްލާ ހެޔޮވަރުކޮށްލީމެވެ. ވަރުބަލިވެފައިވުމާއެކު ވެހެމުންދިޔަ ބޯ ވާރެއިންނާއި ޖެހޭ ގަދަ ވައިން ކެތްނުކުރެވޭ ވަރަށް ހީކަރުވަމުން ދިޔައެވެ. އިރުއޮއްސި އަނދިރިވާކަން އެނގުނެވެ. އެހެނަސް ދެން ވީގޮތެއް ނޭނގުނެވެ.

ދެން އަހަރެން ހޭއެރިއިރު އޮވެވުނީ އަރާމު ތަންމައްޗެއްގައެވެ. އަހަރެންނަށް ހީވީ އަހަރެންގެ އަމިއްލަ ވަޒަނުގައި ހުރެވުނުހެންނެވެ. ވީއުފަލުން އަހަރެން ﷲއަށް ޙަމްދުކުރީމެވެ. ނަމަވެސް ކަންތައް ވެގެންދިޔައީ އަހަރެން ހީކުރި ގޮތަކަށް ނޫނެވެ. އިރުކޮޅަކުން އަހަރެންނަށް އިވުނީ އިންޖީނެއްގެ އަޑެވެ. ބޭރު ބަލާލަން ތެދުވެލިއިރަށް ބޮލަށް އެނބުރުން އެރިއެވެ. އެހެންކަމުން އަހަރެން އަނެއްކާވެސް އޮށޯތީމެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އަހަރެންގެ އަރުތެރެއިން ކާއެއްޗެއް ނުދިރި އޮންނަތާ ސައުވީސް ގަޑިއިރު ވެދާނެކަން ގައިމެވެ. ކަނޑުވި ހިސާބުން މިހާތަނަށް ކަންތައްވީ ހުރިހާ ގޮތެއް އަހަރެންގެ ހަނދާނަށް އައެވެ. އެއާއެކު ދެލޯ ފުރިގެން ދިޔައީ ހޫނު ކަރުނައިންނެވެ.

އިރުކޮޅެއް ވީތަނާ އައީ ޖާނުން ވަރުގަދަ ދެފިރިހެނުންނެވެ. އެއީ ރާއްޖެ ބައެއް ނޫންކަން އެމީހުންނަށް ބަލާލުމުންވެސް އަހަރެންނަށް އެނގުނެވެ. އެމީހުން ވައްތަރީ ޗައިނާ ނޫނީ ޖަޕާނު ބަޔަކާއެވެ. އެމީހުން އަހަރެންނާ ދޭތެރޭ ކަންތައް ކުރީ ވަރަށް ރަނގަޅަށެވެ. ރަނގަޅަށް ކާންދީ ހެދިއެވެ. ދެތިން ދުވަސްވީތަނާ އަހަރެންގެ ގައިގައި ވަރުޖެހިއްޖެއެވެ. އެމީހުން އަހަރެންނަކީ ކޮން ތަނެއްގެ މީހެއްކަން އެނގޭތޯ ވަރަށް ސުވާލުކުރިއެވެ. ނަމަވެސް އަހަރެންގެ ނަސީބު މާދެރައީއެވެ. އެމީހުން ކުރި އެއްވެސް ސުވާލެއް ދޭހަނުވިތާނގައި އަހަރެންނަކީ ކޮން ތަނެއްގެ ކާކުކަން ބުނެދޭކަށްވެސް އަހަރެންނަކަށް ނޭނގުނެވެ.

މިފަދަ ގޮތަކަށް ދުވަސްތައް ހޭދަވެގެން ދަނިކޮށް އެއްދުވަހަކު އަހަރެން ކޮޓަރީގައި އޮއްވާ އިވުނީ ގަދަ އަޑުފަށްގަނޑެކެވެ. އަހަރެން ދުވަހަކުވެސް އެވަރުގެ ބިރެއް ނުގަނެއެވެ. ބިރުން ހުރެވެސް އަހަރެން ބޭރަށް ނުކުތީ ވެގެންއުޅޭ ގޮތެއް ބަލާލާށެވެ. އެވަގުތު އަހަރެންނަށް ފެނުނީ ބޯޓު ތެރޭގައި މަރާލާފައިވާ މީހުންތަކެވެ. ދެން ފެނުނީ ކަޅު އެނދެރި ކުލައިގެ މީހުންތަކެކެވެ. އެމީހުންގެ އަތުގައިވާ ބޮޑު ބަޑިތައް ފެނުމުން އެއީ ކަނޑުފޭރޭ ބައެއްކަން އަހަރެންނަށް އެނގުނެވެ. އެމީހުންނަށް ފެނުމުގެ ކުރިން އަހަރެން ބަސްތާތަކެއްގެ ނިވަލަށް ވަދެ ފިލީމެވެ. އެމީހުން ބޯޓުގެ އެކި ތަންތަން ބެލިއެވެ. ފައިސާއާއި އަގުބޮޑު އެތައް މުދަލެއް އެމީހުން ނެގިއެވެ. އަދި މީހަކު ފެންނައިރަށް ބަޑިޖަހާ މަރާލައެވެ. ބޯތުގައި އުޅުނު މީހަކު ފޯނުން މީހަކާ ވާހަކަދައްކާތަން އަހަރެންނަށް ފެނުނެވެ. ކުއްލިއަކަށް ބަޑީގެ އަޑާއެކު އެމީހާ ވެއްޓުނީ އަހަރެންގެ ގައިމައްޗަށެވެ. އަހަރެންނަށް ބިރުން ހަޅޭއްލަވައިގަނެވުނެވެ.

ފޭރޭ މީހުންނަށް އަހަރެން ފެނުނު ނަމަވެސް އެމީހުންނަށް އަހަރެންނަށް ހަމަލާއެއް ނުދެވުނީ މާތް ﷲގެ ހެޔޮ ރަޙުމަތްފުޅުންނެވެ. ޖަޕާނުގެ ދިދަ ޖަހާފައިވާ ހެލިކޮޕްޓަރެއް ބޯޓުގެ މަތީގައި އުދުހެމުން ބަޑިޖަހަމުން ދިޔައެވެ. އިރުކޮޅެއްނުވެ ކައިރީ އޮތް މަނަވަރަކުން ސިފައިންތަކެއް ބޯޓަށް އެރިއެވެ. އެމީހުން ބޯޓުގެ އެކި ތަންތަން ބަލާ ހެދިއެވެ. އަދި ހަތިޔާރުތައް އުކާލާ އަމާންދީފައި ތިބި ފޭރޭ މީހުންގެ ދެމީހުން އަތުލައިގަތެވެ. އަހަރެން ވީއުފަލުން ފިލާ އިންތަނުން ނުކުތީމެވެ. ވަގުތުން އެ ސިފައިން އަހަރެންގެ ދެއަތް ފުރަގަހަށް ގެންގޮސް ބިޑި އެޅުވިއެވެ. އަހަރެންގެ ހާލަތު އަންގައިދެވޭތޯ އަހަރެން މަސައްކަތްކުރީމެވެ. ނަމަވެސް އެކަންވީ ނާކާމިޔާބެވެ. އެވަގުތު އެތަނުން ސިފައިންގެ މީހަކު ކޮޅުފައިން ޖެހީ އަހަރެންގެ ބަނޑުގައެވެ. އެޔާއެކު އަހަރެން އަނެއްކާވެސް ހޭނެތުނީއެވެ.

ދެން އަހަރެން ހޭއެރިއިރު އޮވެވުނީ އަނދިރި ތަނެއްގައެވެ. މުޅި ގައިގައި ރިއްސައެވެ. ވޭތުވެ ދިޔަ ވަގުތުތަކުގައި ވީ ކަންތައްތައް ހިނދުކޮޅަކަށް އަހަރެން ހަނދާނެއް ނެތުނެވެ. ހީވީ އަމިއްލަ ވަޒަނުގައި އޮވެވުނުހެންނެވެ. ކުއްލިއަކަށް ދޮރެއް ހުޅުވުނެވެ. ބޮތްކެއްގެ މަޑު އަލި ފާއްދާލިއެވެ. ވަށައިގެން ރާނާފައިވާ ޖަލުގެ ކުޑަގޮޅިއަށް ބަލާލެވުނެވެ. ސިފައިންގެ ދެމީހުން އައިސް އަހަރެންގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ގެންގޮސް ވެއްދީ ލޮލަށް އުނދަގޫވާވަރުގެ ގަދަ އައްޔެއް ހުރި ކޮޓަރިއަކަށެވެ. އަހަރެން އެތަނަށް ލާފައި އެދެމީހުން ދިޔައީއެވެ. ކުޑަ މޭޒެއްގެ ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނުމަށް އެކޮޓަރީގައި ހުރި ސިފައިންގެ މީހާ އިޝާރާތް ކޮށްލުމުން އަހަރެން އިށީނީމެވެ. އެމީހާ ސުވާލުކުރަމުން ދިޔައެވެ. އަހަރެންވެސް ބުނެދެވޭތޯ މަސައްކަތްކުރަމުން ދިޔައީމެވެ. ނަމަވެސް އަހަރެންނަކީ ކުށެއްނެތް ދިވެއްސެއްކަންވެސް އެމީހުންނަށް އެނގޭ ގޮތަކަށް އަހަރެންނަކަށް ބުނެއެއް ނުދެވުނެވެ. އަހަރެންގެ އަނދާފައިވާ ހަންގަނޑާއި ދެފުށް ޖެހިފައިވާ ހަށިގަނޑު ބުނެދެނީ ފޭރޭ މީހުންގެ ސިފަތަކެވެ. އެންމެފަހުން އަހަރެންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީއެވެ.

އެތާނގައި އަހަރެން ސަތާރަ އަހަރު ހޭދަކުރީމެވެ. އެދުވަސްތަކުގައި އެތައް ކަމެއް އަހަރެންނަށް ފެނުނެވެ. އެހެންމީހުންނަށް ކުރާ އެތައް އަނިޔާއެކެވެ. އަނެއްކޮޅުން އަހަރެންނަށްވެސް ދިޔައީ އެތައް އަނިޔާއެއް ލިބެމުންނެވެ. އެންމެ ހިތަށް އުނދަގޫ ކަމަކަށްވީ އަހަރެން ހުރި ގޮޅިއާ ޖެހިގެންހުރި ގޮޅީގައި ހިންގަމުންދިޔަ ބަދުއަޚްލާޤީ ޢަމަލުތަކެވެ. އެތަނަށް ގެނެވޭ އަންހެންކުދިންގެ ޢިއްޒަތާ އަބުރަށް އަރައިގަންނަނީ ޚުދު ސިފައިންނެވެ.

އަހަރެންނަށްވެސް އެއްފަހަރަކު އެކަހަލަ ކަމެއް ދިމާވިއެވެ. އެއީ ސިފައިންގެ އަންހެނެކެވެ. އެފަހަރު އޭނާއަށް ކާމިޔާބު ނުލިބުމުން އަހަރެންނަށް ދިން އަނިޔާގެ ނިޝާން މިހާރުވެސް އަހަރެންގެ މޭގައި ހުންނާނެއެވެ. އޭނާ ބޭނުންވީ އަހަރެންގެ ފަރާތުން ދުނިޔަވީ އަރާމު ލިބިގަތުމަށެވެ. އޭނާ އަހަރެންގެ ކުރިމަތީގައި ބަރަހަނާވިއެވެ. އޭނާ ހީކުރީ އެގޮތަށް ކަންތައް ކޮށްގެން އެހެންމީހުން ފަދައިން އަހަރެންގެ ބޮލަށްވެސް އެރިލެވިދާނެ ކަމަށެވެ. ހިއްސުތައް ސަލާމަތުން ހުރި ފިރިހެނަކަށް ވީނަމަވެސް މާތް ﷲއަށް ބިރުވެތިވެ އަހަރެން އެކަމަށް ފާޅުގައި ދެކޮޅު ހެދީމެވެ. އެތައް ގޮތަކުން އުޅެވެސް އޭނާގެ އެދުން ހާސިލްނުވުމުން އޭނަ އަހަރެންގެ މެޔަށް ހަރާލީ ތަޅުދަނޑިއެކެވެ. އޭގެ އިތުރުންވެސް އެތައް އަނިޔާއެއް ކުރިއެވެ. އަދި ދަމުން ދިޔައީ އަހަރެންގެ ބަނޑުގައި ކޮޅުފައިން ޖަހާފައެވެ. ކިތަންމެ އަނިޔާއެއް ކުރިނަމަވެސް އަހަރެން ހުރީ މާތް ﷲ ޙަރާމްކުރެއްވި ކަމެއް ނުކުރަން ހިތުގެ އަޑިން ޢަޒުމު ކަނޑައަޅައިގެންނެވެ.

**********

ހުޒާމްގެ ވާހަކަތައް އަޑުއަހަން ތިބި ރިޒްނާއާއި ސާރާގެ އިތުރުން ޝަރީފާވެސް ތިބީ ބަސްހުއްޓިފައެވެ. އެވާހަކަތަކުން އެމީހުންނަށް ފުން އަސަރުތަކެއް ކުރުވިއެވެ. ޚާއްސަކޮށް ރިޒްނާއަށެވެ. ހުޒާމްއާއި ރޫނާގެ ކައިވެނި ކުރެވުނު ހިސާބުން ނޭނގިނަމަވެސް ރިޒްނާއަށް އެދެމީހުންނާ ދުރުވެވުނެވެ. ރޫނާދެކެ ނަފުރަތުވެވުނެވެ. ރިޒްނާގެ ހިތުގެ ރާޖާއާ ކައިވެނިކުރީތީއެވެ. އޭނާ ދެކުނު ގޮތުގައި ރޫނާ އޭނާގެ ލޯބި ޖަހައިގަތީއެވެ. ނަމަވެސް ހަޤީޤަތް އެނގުމަށްފަހު އޭނާގެ ހިތުގައި އުފެދުނު ނަފުރަތު ފިލައިގެން ދިޔައެވެ. ނަމަވެސް އެވަރުގެ ބޮޑުކަމެއް އޭނާއަށް ސިއްރުކުރީތީ ޝަކުވާކުރިއެވެ.

“އެއީ އެވަގުތު ކަންތައް ކުރެވެން އޮތްގޮތް. ރިޒޫއަށް އިތުބާރު ކުރެވުނަސް ރޫނާ އެދުނީ އެކަން އަހަރެމެން ދެމީހުންގެ މެދުގަ އޮތް ސިއްރެއްގެ ގޮތުގަ ބޭއްވުމަށް. އެހެންވެ އަހަރެން އެގޮތަށް ކަންތައްކުރީ. ވަރަށް ބޮޑަށް ސޮރީ!” ހުޒާމްގެ އަޑު ވަނީ ކުރަކިވެފައެވެ. ނަމަވެސް ހިތުގައިވާ އުދާސްތައް ބޭރުކޮށްލެވުމުން އޭނާގެ ހިތަށް ވަރަށް ބޮޑަށް ލުއިވިއެވެ. ހުޒާމް މަޢާފަށް އެދުމުން ރިޒްނާ އޭނާއަށް މަޢާފުކުރިއެވެ. އަދި އެދެމީހުންނާމެދު އޭނާގެ ހިތް ސާފުވިއެވެ.

“ދެން ކިހިނެއް ހުޒާމް ސަލާމަތްވީ؟” ސާރާ އެންމެ މުހިންމު ސުވާލުކުރިއެވެ. އުމުރު ދުވަހުގެ ޖަލު ހުކުމަކީ ފަންސަވީސް އަހަރެވެ. ނަމަވެސް ހުޒާމް ސަލާމަތް އެވީ އަށް އަހަރު ކުރިންނެވެ. އެންމެންވެސް ތިބީ ހުޒާމް ހުކުމްގައިވާ ދުވަހުގެ ކުރިން ސަލާމަތްވީ ގޮތެއް އޮޅުންފިލުވަން ބޭނުންވެފައެވެ.

“އެއީ މާތް ﷲގެ އިރާދަފުޅާއެކު އަހަރެންގެ ނަސީބު ރަނގަޅުކަމުން ދިމާވި ގޮތެކޭ ބުނެވޭނީ. އޭރު އަހަރެން ޖަލުގަ ހޭދަކުރާތާ ފަނަރަ އަހަރު ވެއްޖެ. އެއްދުވަހަކު އަހަރެން ގޮޅީގައި އޮއްވާ ފެނުނީ ރާއްޖގެ ޕޮލިސް ޔުނީފޯމުގައި ހުރި މީހެއް. އަހަރެން ރަނގަޅަށް ބަލާލީމަ އެއީ ދަންނަ މީހެއްކަން އެނގުނު. އެކަމަކު އެވަގުތު އޭނަގެ ނަމެއް ހަނދާނެއްނުވި. އަހަރެން ދިވެހިން ސަލާމަތަށް އެދި ގޮވިން. އޭނައަށް އެއަޑު އިވިގެން ބަލާލި. އަހަރެން އޭނާއަށް ހަނާއެޅިން. އޭނައަށްވެސް އަހަރެން އެނގުނު. އޭނަ އަހަރެން ކައިރިއަށް އައިސް އަހަރެންގެ ހަޤީޤަތް އޮޅުންފިލުވި. އަހަރެންވެސް އޭނައަށް ހުރިހާ ކަމެއް އޮޅުންފިލުވައިދިނިން. އެކަމަކު އޭނަ އެއްވެސް ޖަވާބެއް ނުދީ ދިޔައީ.” ހުޒާމް އޮޅުންފިލުވައިދިނެވެ.

“އޭގެ މަހެއްހާ ދުވަސް ފަހުން އެއްދުވަހަކު ދެ އޮފިސަރުން އައިސްފައި ބުނީ ނުކުންނާށޭ. ކަލޭ ތިހުރީ މިނިވަންވެފައޭ. އަހަރެންނަށް އުފަލުން ވީގޮތެއްވެސް ނޭނގުނު. ރިޒޫ! އެނގޭތަ އަހަރެން ސަލާމަތްކޮށްދިން މީހަކީ ކާކުކަން؟ އެއީ އެއްކަލަ ހުސޭނުބޭގެ ޒިޔާއު.” ހުޒާމްގެ ވާހަކައިން ރިޒްނާގެ ހައިރާންކަން އިތުރުވިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ޒިޔާއުއަކީ ރަށުގައި އުޅުނުއިރު ހުޒާމްއަށް އެންމެ ގޯނާކޮށް މަލާމާތްކޮށް ހެދި އެކަކު ވިއްޔާއެވެ.

“އެންމެފަހުން އެ އިބިލީސްވެސް އިސްލާހުވެއްޖެ ދޯ؟” ރިޒްނާ އެހެން ބުނެލުމުން އެންމެނަށްވެސް ހެވުނެވެ.

“އެކަމަކު އޭނައަށް ކިހިނެއް އެހާ ފަސޭހައިން ހުޒާމް ސަލާމަތް ކުރެވުނީ؟” ރިޒްނާ އަހާލިއެވެ.

“އޭރު ސަރުކާރުގައި މުހިންމު ވަޒީފާއެއް އަދާކުރާތީ އޭނާއަށް އެޖަލުން އަހަރެންގެ މަޢުލޫމާތު ހޯދަން ވަރަށް ފަސޭހަވި. ހީވާގޮތުން އޭރު ޖަޕާނާއި ރާއްޖޭގެ އަސްކަރީ އެއްބާރުލުން އޮތީ ވަރަށް ބޮޑަށް.” ހުޒާމް އިތުރަށް އޮޅުންފިލުވައިދިނެވެ.

“ދެން ކިހިނެއް ހުޒާމް ކުއްލިއަކަށް މިހާ މުއްސަނދިވީ؟” ރިޒްނާ އަހާލިއެވެ.

“ނުޙައްޤުން ބަންދުކުރެވުމުން އަހަރެންނަށް އެތައް ފައިސާއެއް ލިބުނު. އަދި ރޫނާގެ މަންމަ އެއާއިލާގެ ހުރިހާ އެއްޗެއްވެސް ހަވާލުކުރީ އަހަރެންނާ. މިނިވަންވެގެން އައިސް އެތައް ރެއެއްގެ ނިދި ޤުރުބާންކޮށްފައި އަހަރެން ކިޔެވީ. އޭގެފަހުން އަހަރެން ބޯޓެއް ގަނެ މުދާ އެތެރެކޮށް އެވިޔަފާރި ފުޅާކުރީ.” ހުޒާމް ކިޔައިދިނެވެ.

“އަލްޙަމްދު ﷲ! އަހަރެން އަބަދުވެސް ބުނަމެއްނު ހުޒާމްއަކީ އެހާ ނަސީބު ދެރަ މީހެއް ނޫނޭ. ފަހުން ލިބެން އޮތް އުފާ މާ ބޮޑީ ކަމަށްވެސް ވެދާނެޔޭ އަހަރެން ބުނީމެއްނު. މިހާރު ޤަބޫލުކޮށްފިން ދޯ އަހަރެން ބުނި ވާހަކަ.” ރިޒްނާ ބުނެލިއެވެ.

“އާނ. މިހާރު ޤަބޫލުކުރެވިއްޖެ.” ހުޒާމް ހިނިތުންވެލަމުން ބުނެލިއެވެ.

(ނުނިމޭ)

17
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ދިހަ ބިލިއަން ޑޮލަރު

Next

އިންތިޒާރުގައި ހުރިން (9)

Next
March 4, 2017

އިންތިޒާރުގައި ހުރިން (9)

Previews
March 4, 2017

ދިހަ ބިލިއަން ޑޮލަރު

41 Comments

  1. Baby girl says:
    March 4, 2017 at 8:05 am

    Wow speachless ?
    Saandy haadha molhey dhw ❤

  2. Ju says:
    March 4, 2017 at 8:18 am

    Wow vvvvvvv rythi ???

  3. Hmm says:
    March 4, 2017 at 8:29 am

    Moya aa sandy eh noon molhy ky yashfa molhy

    1. Baby girl says:
      March 4, 2017 at 9:21 am

      Ey hmm akah neyngeyne ingey aharunnah molhu meeheh. mashah hama molhy saandy.. theena thiulheny meehunge hard accept kuran neyngigen. yashfage story akaa vahthariyya nukiyaba.. Keehkuran copy ekey kiyaafa thi kiyany. Ehn meehunah adhi moyaey eba kiyaehnu.. Amilla meehaage moya kamaa medhu visnaba

    2. Baby girl says:
      March 4, 2017 at 9:22 am

      *Hard work

    3. henna says:
      March 4, 2017 at 7:22 pm

      I think mi baby girl aky saandy henn..abadhu eyna dhifaau kurany ehnve..mi saandy ge stwry thakunn konn hahhsakamehh fenigenn tha mi uheny?seriously i don’t get it?baeh kudhinn eba kiyaa eeram stwry ekeyy vx but mashehh e stwry eh nukiyann..hhehe anyway stwry overoll kohh hadi ei nuun

    4. henna? says:
      March 4, 2017 at 7:23 pm

      I think mi baby girl aky saandy henn..abadhu eyna dhifaau kurany ehnve..mi saandy ge stwry thakunn konn hahhsakamehh fenigenn tha mi uheny?seriously i don’t get it?baeh kudhinn eba kiyaa eeram stwry ekeyy vx but mashehh e stwry eh nukiyann..hhehe anyway stwry overoll kohh hadi ei nuun

    5. Saandy says:
      March 4, 2017 at 8:09 pm

      ހޫމް އަށް ބުނެލަން އޮތީ ސާންޑީ ކޮމެންޓް ކުރާނީ ލޮގިން ވެގެންނޭ… ސާންޑީ ލޮގިން ނުވެ ކޮމެންޓެއް ނުކުރާނަމޭ… ވަރަށް ބޮޑަށް ޝުކުރިއްޔާ

    6. Baby girl says:
      March 5, 2017 at 12:59 am

      Henna for your kind information I am not saandy. But you can call me his biggest fan ❤. Saandy dhifaauge eynage readers ah vaahaka nudhehkeytha??? Bala thimeehun negative commnt kuraaheb eyna ah positive commnt kuraa kudhinvex ulheye ??.. Eki mmeehunah kamudhaany eki story. Hennaa ah haahsa kameh nufennanya nukiyan v nu.. Thatx better i guess ?

  4. Pinkish Pinker says:
    March 4, 2017 at 8:55 am

    Kon yashfa ehtha? Hama saandy molhy…

  5. Maree says:
    March 4, 2017 at 8:56 am

    Saandy hama v molhu Saandy ge vaahaka thakakee ves v reethi vaahaka thakeh mi bai ves v vvv reethi v kiyaahithun mihiree anekkaa ves maadhamaa dho saandy

  6. Addu manje says:
    March 4, 2017 at 9:55 am

    This part is awesome as always.. By the way Saandy how many parts are there in this story?

    1. Saandy says:
      March 4, 2017 at 8:13 pm

      އައްޑޫ މަންޖެ!! ސާންޑީ 10ވަނަ ބައިގަ ބުނެލާނަން ޖުމްލަ އަދަދު… ވަރަށް އުފާވެއްޖެ ވާހަކަ ކަމުދިޔައީމަ

  7. Sweet gril says:
    March 4, 2017 at 10:16 am

    Haadha molhey. Waiting for next part. Hama asluves varah reethi.

  8. Xoxo says:
    March 4, 2017 at 11:08 am

    Lol.! Mee hama yashfa vahakaiga vaaa goiyyyy..! Same concept

  9. Reader says:
    March 4, 2017 at 11:09 am

    Saandy e hury yashfaage eeram ge vaahakaage than thankolhu nagaagen mivaahakayah add kohfa. Mee hama 100 % yagyn ehcheh. Thi myhun ves eeram vaahaka kiyaa. Eyrun engeyne aharun mibuny thedhehkan. Aharun noolhen ehn myhunnaa jahsaalaagen noony hasadha verivegeneh. Aharun midhahkany thedhu hagygah. Adhi ehmme hairaan vaan jehey kamaky ehaa gina readers ehn kiyaa iruves vaaahakaage liyuntheriyaa mikamaa dheytherey ehves ehchekey nubunaathy. Aharunnah engey eeram vaahakaage ehbai nagaagen kan mivaahaka liyefa othy. Rulhi ahnna myhun rulhi ahnnanv. Aharunnah mahsalayaky ehn myhaku hard work saandy copy kohfa mi vaahaka liyefa othyma. This is not good.

    1. Siyaa says:
      March 4, 2017 at 12:28 pm

      Yasfage story esfiyaaga nuhureydw kudhinnney

    2. Baby girl says:
      March 4, 2017 at 2:51 pm

      Saabas reader ah. Alhe copy ekey bunaaoru kiyaa dheeba copy kohfa huri thanthan.. Gaimu eh conceptakah liyunakas e copy ekey nubuneveyne.shinege kuhveri loabi conceptah Ryn mihaaru story e liyanee.. keehve ae copy ekey kiyaafa commnt nukurany?
      Copy kohfa vaahaka liyefaey bunaairu saandyves bura masehkathun liyefaoi vaahaka eh mee. Thimeehun nujehey kamuge dhekolhu nubalaa thihen commnt kuraakah. Copy akah vanya nukiyan v nu.. dhen mihaaru ulhey meehunah maa ingeny. Copy ey kiyaafa commnt kuraaoru keehvebaa copy kuri baithah nukiyaadheny?
      And sandy do reply commnt thakah.. kuryge part thakuga balaaba commtah huri reply kohfa. Dhen maa ingigen ulheythi varah fuuhi ?

    3. baby girl or what ever says:
      March 4, 2017 at 7:26 pm

      Heheh thyna yahh haadha varehh eba arayey?kihinei vegen thi ukheny..aharemenn beyynumiyyaa kiyaaany..kaleyymennkahala meehunnakahh nubeheveyyne

    4. Baby girl says:
      March 5, 2017 at 1:02 am

      Lol kaakutha mithaa mi behuny ??
      ??? annanee

  10. Reader says:
    March 4, 2017 at 12:30 pm

    Yeaa nuhurey. Bookshop thakun libeyne yashfa ge vaahaka thah.

  11. Shu says:
    March 4, 2017 at 3:01 pm

    Reethi…..ekm mi kon saandy ehtha…..mi part kiyaafa rovihje….saandy kyhvetha rohvaali…..

  12. kiaa says:
    March 4, 2017 at 5:27 pm

    Vaahaka liyaa iru emyheh ge amilla idea beynun kurun edhn… eyna ge past eyny kurin ky vaahaka eh ga inna gothah evvess thafaatheh neyy…??

    1. Baby girl says:
      March 5, 2017 at 1:22 am

      Kiaa alhe dhivehi mujuthamauga ehgothah kanthah vanya storyge ideaves ehgoi vedhaane dhw. Keehvetha ehkoh nukiyaa thi judge kurany..

  13. Lee says:
    March 4, 2017 at 6:55 pm

    Aslugaves mee eeram e storyge hulaasaaeh. Saaraa akee kandah gellunu thuhthu kujjaa

  14. ? says:
    March 4, 2017 at 7:25 pm

    hama eeram vaahakaiga vaa goi..im sure sandy cant say that this is his work coz i read the story eeram and totally this is same shit

    1. anna says:
      March 4, 2017 at 7:32 pm

      I like ur words..

    2. Aishaa says:
      March 4, 2017 at 7:42 pm

      Ekamakuva… Hajam nuva meehunves feney.. ekam mivareh neh.. concept ehgoiy viyakas nubuneveyne copy kury ekey.. thankolheh thahuzeebu vaan vejje ehnu

    3. Aishaa says:
      March 4, 2017 at 7:48 pm

      V reethi.. Saandy! Konme bayakah comment nukurevunas baraabarah kiyan in’gey story.. waiting for the next part

    4. Baby girl says:
      March 5, 2017 at 1:31 am

      Vaagoi viyyaa bunedheeba copy kohfa than than alhe.. concept ehgoi v ma ae copy kurytha? Esfiyaiga hurey hama eh conceptah liyaa vaahaka thah. Keehvetha copy ey kiyaafa thihen commnt nykuranee. Its really sad mihaaru ulhey meehunge visnun hunna gothun ??

  15. Kiyaa Meehaa says:
    March 4, 2017 at 7:55 pm

    WOW!! It’s awesome as always… I like ur stories… konme meehaku konme ehchekey kiyas alhaanulaa kuriah dhaashey me bunaany… baeh meehunnakah hajameh nuvaane ehen meehaku kuriaraathan fenuneema… so keep it up Saandy!! I’ll be with u always

  16. Saandy says:
    March 4, 2017 at 8:11 pm

    ޝުކުރިއްޔާ ހުރިހާ ކުދިންގެ ކޮމެންޓްތަކަށްވެސް… ސާންޑީ ވަރަށް ބޮޑަށް އެދެން އެއްވެސް ކުއްޖަކު ނެގެޓިވް ކޮމެންޓްތަކަށް ރައްދު ނުދިނުމަށް

  17. Yash says:
    March 4, 2017 at 11:07 pm

    Varah sslhi ???

  18. Usha says:
    March 4, 2017 at 11:34 pm

    Seedhaa hama copy eh yasfaa ge vaahaka eh mee. Thihaa vaahaka liyan beynumihyaa amihla vaahaka eh liyebala

    1. Baby girl says:
      March 5, 2017 at 1:34 am

      Eh concept viyass yashfage vaahaka akah nuvaane. Saandyves masehkathun liyefa oi vaahaka eh mi. Usha thihaa molhiyya amilla ah liyeba ehn meehunaa nubehi

    2. haseena says:
      March 5, 2017 at 7:25 am

      Mi foohi baby girl kohme comntakah javaab dey eba.. ma haada foohseh veye dhn.. thinoon kameh nethytha thyna ah.. ?

    3. Baby girl says:
      March 5, 2017 at 9:17 am

      Haseena fuuhi viyas ae alhugandaa beheykameh nuun.. ma kuran beynun kameh ma mi kurany. Saandyge story ah commnt kurun ae massalaeh heneh mashakah hiyeh nuvey. Baeh meehun dhen eh namuga commnt kuran nukerigen eki nan namuga kuriyas masheh nuulhemey ehn kuraakah

  19. Hmm says:
    March 5, 2017 at 12:53 pm

    I think henna ah hn thi hn bunan jeheny..ma nubunan bby girl akah vegn comment kurani sandy akey henna ahn buny ….?

    1. Saandy says:
      March 5, 2017 at 2:48 pm

      ސޮރީ ހޫމް… އަސްލު އޮޅިގެން ހޫމްއޭ ބުނެވުނީ… ހެންނާއަށް ބުނަން އުޅުނު އެއްޗެއް އެއީ

  20. ? says:
    March 6, 2017 at 1:23 am

    Copy kuriyas dhn mi boduvaru kanneynge. Hama heevany eeram vaahakaige hulaasaa eh kiyaalevunuhen.

  21. xeyboo says:
    March 16, 2017 at 2:47 pm

    okay dhen

Comments are closed.

All Right Reserved!