ތަޤުދީރާ ހަނގުރާމަ ކުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވ.ެ ކަމެއް މެދުވެރި ވާން އޮތްގޮތަކަށް އެކަމެއް އެމީހަކާ މެދުވެރިވާނެއެވެ. “ސެހެރް މިހާރު ރަގަޅު. ހައު ޑިޑް ޝީ ޑްރައުން؟ މީގެ ފަސް އަހަރު ކުރިން ސެހެރަށް މަޔޯކާރޑިޔަލް އިންފާރކްޝަން ޖެހުމުންވެސް ބުނިން ވަރަށް ބަލައިގެން އުޅޭށޭ.. މިބުނީ ހާރޓް އެޓޭކްއެއް ވާހަކަ.އެކަމަކު މިހާރު ވަރަށް ބޮޑުވަރުވެފަހުރީ. ޝީ އިޒް ހޭވިން ހާރޓް ފެއިލިއާރ.. މިބުނީ އެއްކޮށް ހިތުގެ މަސައްކަތް ހުއްޓުނު ވާހަކައެއްނޫން. ހިތުގެ ހިނގުން ކުރިއަށް ވުރެން ލަސްވެފައި ހިތް ވަރަށް ބޮޑަށް ވީކްވެފަ ހުރީ. އަދި ސެހެރަކީ ކުރިންވެސް އެސްތްމާ ހުންނަ ކުއްޖަކަށް ވުމުގެ ސަބަބުން ފުއްޕާމެއިން އޮކްސިޖަން ނަގާމިނަގަނޑު ކުރިއަށްވުރެން މިހާރު މާ ދަށް. ސެހެރަށް މިކަންތައް މިއަދު ހަމަ ކިޔައިދިނީ. ސެހެރަކީ އަޅުގަނޑުގެ އާންމު ޕޭޝަންޓެއް. އަދިވެސް ބަލައިގެން ފަރުވާ ރަގަޅަށް ކުރިޔަށް ގެންދެވެންޔާ ސެހެރް އެއްކޮށް ރަގަޅު ނުވިއެއްކަމަކު ބޮޑުވަރުވުމުން ސަލާމަތް ކުރެވޭނެ. އެހެންނޫނީ ސެހެރް ޖެހޭނީ ހާރޓް ޓްރާންސްޕްލާންޓެއް ހަދަން. ޓޭކް ގުޑް ކެއާރ އޮފް ހާރ.” ނަރުސް […]
ހުޅުލޭ ބުރިޖު އަޅާތަން ބަލަންދާ ޕުލެޓުފޯމަކީ އާންމުކޮށް ވަރަށް މީހުންގިނަ ތަނެކެވެ. ނަމަވެސް މިއަދު މިތަނުން ފެންނަނީ އެންމެ މީހެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އުޑުމަތި އޮތީ ވަރަށް ބަނަކޮށެވެ. ދެންމެ ދެންމެ ވާރޭ އޮއްސާލަން އުޅޭ ކަހަލަގޮތަކަށެވެ. ކަނޑުގެ ރާޅުތަކަށް ވުރެން ސެހެރްގެ ސިކުނޑީގައި އުފެދިފައިވާ ރާޅުތަށް މާ ބިޔައެވެ. ސެހެރް ކަނޑާ ދިމާއަށް ބަލަހައްޓައިގެން ހުރިއިރު އެލޮލުން ކަރުނައޮހެއެވެ. ހިޔާލެއް ފިކުރެއްނެތި ސެހެރް މޫދަށް ފުންމާލިއެވެ. ހެއްދެވިފަރާތްމަތިން ހަނދުމަކުރުމެއްވެސް ނެތިއެވެ. ސެހެރަކީ ފަތަން އެނގޭ […]