Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތާ ފުރާނައިގެ ދިރުމޭ (10)

Aaran
March 2, 2017
6 Mins Read
48 Views
18 Comments

ޒުހައިރާ ޔާސީންގެ އަތުގައި ހިފާލަމުން ހިފަހައްޓާލީ ދައްކާލީ ފައިލެވެ. އޭރު ޔާސީނާއި ދިމާލަށް ބަލަހައްޓައިގެންހުރި ރަޔާލް ލޮލުގެ ކޮޅުން ވެއްޓުނު ކަރުނަ ތިކި ޖެހުނީ އޭނާގެ ކޮނޑުމަތީގައެވެ. އެތުންފަތުގައިވި ހިނިތުންވުމުން ހީވަނީ މީ ޔާސީނަށް އޭނާ ފެންނަމީ އެންމެ ފަހު ފަހަރު ހެންނެވެ. އެލޮލުގައިވަނީ އޭޏ ޔާސީންދެކެ އިންތިހާއަށް ލޯބިވާ ކަމެވެ. އެހިނިތުންވުމަށް ދޭނެ ރައްދެއް ޔާސީނަކަށް ނޭނުގެނެވެ. ޒުހައިރާގެ އަތުން ނެއްޓި ގަނެގެން  އެދިމާއަށް ބާރަށް ހިނގާފައި ދިޔައިރު ރަޔާލް ލިފްޓަށް އަރައިގެން ހިނގައްޖެއެވެ. ބޮލުގައި އަތްހާކާލަމުން އޭނާ ދުއްވައިގަތީ ސިޑިއާއި ދިމާލަށެވެ. ނަމަވެސް އެއަށްވުރެ ކުރިން ޒުހައިރާ ހުޝިޔާރު ކަމާއެކު ޔާސީންގެ އަތުގައި ހިފާލައިފިއެވެ.

“ޔާނު ހަމަޖެހިބަލަ…” ޒުހައިރާ ތަންކޮޅެއް ބާރަށް އެހެން ބުނުމުން ޔާސީން ހަމަޖެހޭގޮތް ދައްކާލައިފިއެވެ.

“މަންމާ ޝީ ނޯ..” ތެޅެމުންދިޔަ ހިތާއެކު އެހެން ބުނެލި ޔާސީންގެ އަޑުހުރީ ކުރެހިފައެވެ. ލޮލަށް ޖަމާވެފައިވާ ކަރުނައާއިއެކު ދެންވެސް އޭނާ ބަލާލީ ޒުހައިރާއައި ދިމާއަށެވެ.

“މަންމައާއެކު އިހަން ހިނގާބަ ވާހަކަ ދައްކާލަން..” ޔާސީންގެ އަތުގައި ހިފާލައިގެން ޒުހައިރާ ގޮސްވަނީ ޔާސީނަށް ހަމަޖެހިފައިވާ ކޮޓަރިއަށެވެ. އެތައް ވާހަކައަކަށްފަހު އެންމެ ފަހުން ޔާސީން ހަމައަކަށް އެޅިއްޖެއެވެ. ޒުހައިރާ އެންމެ ފަހުން މިހުރިހާ ދުވަހު ޔާސީން އުޅުނީ ކޮންތާކު ތޯ އަހާލައިފިއެވެ. ވަގުތުން ޔާސީންގެ ނިތަށް ރޫ އަރައިގެން ހިނގައްޖެއެވެ.

“އެވާހަކަ އަހަންތަ އަހަރެން ތި މަޑު ކުރުވީ؟” ނުރުހުންވުމުގެ އަސަރު އެއަޑުގައި ކިތަންމެ ރަނގަޅަކަށްވެސް ހުއްޓެވެ. ޔާސީންގެ ބުނި އެއްޗަކަށް އެއްވެސް ފަރުވާލެއް ނެތި ޒުހައިރާ ބޯ ޖަހާލައިފިއެވެ.

“މާމަ ކައިރީގައި…” ފާޑަކަށް އަނގަ ހަދާލަމުން ޔާސީން އެހެން ބުނިއިރު އޭނާ ހުރީ ހިނިތުން ވެލާފައެވެ. ޒުހައިރާގެ މަންމަ ގަލޮޅޫގައެވެ. ޒުހައިރާގެ ބައްޕަގެ ގެ ހުންނަނީ ޒުހަރިރާ މައްޗަށް ރަޖިސްޓްރި ކޮއްފައެވެ. ޒުހައިރާއަކީ އެމީހުންގެ ހަމައެކަނި ދަރިފުޅު ކަމުން ޔާސީނަށް ހުންނަނީ އަނެއްގެ ދީފައެވެ. ހިނިތުންވެލި ޒުހައިރާ ފެނި ޔާސީން ހިތްހަމަ ޖެހިއްޖެއެވެ.

ރަޔާލް ހުއްޓިލައިގެން ފައިސަލްގެ ކެބިންގެ ކުރިމަތީގައެވެ. އެތަނަށް އޭނާ ވަންނާނީ ކީކޭ ކިޔާފައި ހެއްޔެވެ؟ ފައިސަލަކީ  ހުޝިޔާރު މީހެއްކަން އޭނާއަށް ވަނީ ކުރިންވެސް އެނގިފައެވެ. ހިތްވަރާއެކު ކުރިމަތި ލައިގެން ނޫނީ އޭނާއަށް އެންމެ ފަހުންވީ ކަންތަކެއް ނޭނގޭނެއެވެ. ހުވަފެނުންވެސް ފެންނަނީ މާވެޔޮ މަގުގައި ދުވާތަނެވެ. ދަބަހުން ބޮލުގައި ޖަހާ ރަބަރެއް ނަގައި އޭނާ އިސްތަށިގަނޑު އައްސާލައިފިއެވެ. ހީވީ ހަނގުރާމައަކަށް ތައްޔާރު ވެލިއެވެ. ލޯ މަރާލުމަށްފަހު ރަޔާލް ދޮރުގައި ހިފާ ހުޅުވައިލައިފިއެވެ. ވަށައިގެން އޭނާ އެތަން ބަލާލިއިރު ފައިސަލް ހުރީ ދުރުގައި އިން ގޮނޑީގައެވެ. ތުއި ގޮތަކަށް ހިނިތުން ވެލަމުން ރަޔާލް ތަންކޮޅެއް ބޮޑަށް ދޮރު ހުޅުވާލައިފިއެވެ.

“ސޮރީ… ޑރ.މައުމޫން ހޯދާލަން ވެގެން…” ރަޔާލްގެ އަޑު އައީ ކެނޑި ކެނޑި ގެންނެވެ. ފައިސަލް ފެނުމާއެކު އޭނާ އޭރުގެ ހުރިހާ ކަމެއް އައިސް ބޮލަށް ވަންކަހަލައެވެ.

“މައުމޫން ދޯ… އާދޭ އަހަރެން ގެންގިސް ދޭނަން.. ތީ ދެން ސޮރީއޭ ބުނަން ޖެހޭވަރުގެ ކަމެއްވެސް ނޫނެއްނު…” ފައިސަލް ތެދުވެގެން އައީ ރަޔާލާއި ދިމާލަށެވެ. ރަޔާލަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. އޭނާއަށް މިކުރެވެން އުޅެނީ ރަންގަނޅު ކަމެއް ބާވައެވެ.

ފައިސަލްގެ ފަހަތުން ދިޔަ ރަޔާލަށް ކިރިޔަ ކިރިޔާ ފިޔަވަޅު ނެގެނީއެވެ. ހީވަނީ ޓައިލްސްގައި ދެފައި ތަތް ކޮއްފައި ހުރިހެންނެވެ. އެހުރިހާ ކަމަކާއި ހިތްވަރު ކުރަން  ކިތަންމެ ބޭނުން ނަމަވެސް ކުރީގެ ހަނދާންތަކުން ހިތް އެބިރުގަންނަނީއެވެ. އޭނާ މިއަދު ފިޔަވަޅު ނާޅައި ހުރެއްޖެނަމަ އަނެއްކާ ހަލާކުވާނީ ކިތައް ކުދިންގެ ހަޔާތްކަމެއްވެސް ނޭނގެއެވެ. ލިފްޓަށް އަރައި ފައިސަލް ފިއްތާލީ ފަސްވަނަ ބުރިއަށެވެ. ފައިސަލް ހުއްޓިލައިގެން ހުރީ ރަޔާލްގެ ފަހަތުގައެވެ. ރަޔާލަށް ފަރުވާވެ ފައިސަލް ބަލާލީ ދެނެވެ. ފަހަތުން ރަޔާލަށް ނޭނގޭނެހެން އޭނާ ރަޔާލްގެ އިސްތަށިގަނޑުގައި ވަސްބަލާލައިފިއެވެ. އަދި މަޑުމަޑުން އިސްތަށިގަނޑުގައި އަތްވެސް ޖަހާލައިފިއެވެ. އޭނާ ރަޔާލް ފެނުނު ފަހުން އެތަށް ދުވަހެއް ވާންދެން ރަޔާލްގެ ވަސްބަލާލާ ހިތުން މޮޔަވަނީއެވެ. ލިފްޓު ހުއްޓުމާއެކު ރަޔާލަށް އަވަހާއި އެތަނުން ނިކުމެއްޖެއެވެ.

ރަޔާލް ހިތް ތެޅެމުން ދިޔައީ ފައިސަލް އޭނާ ގެނައި ފްލޯގައި އެއްވެސް މީހަކު ނެތުމުންނެވެ. ވަގުތުން އޭނާ ފައިސަލްގެ މޫނަށް ބަލާލަފިއެވެ. ފައިސަލް ނިއްއަރުވާލަމުން ދައްކާލީ ކުރިމަތީގައި ހުރި ކޮޓަރިއެވެ. މައުމޫންގެ ނަން ޖަހާލައިފައިވާ އެކޮޓަރިއާއިއަށް ގޮސްވަން ރަޔާލަށް އޭރު ރޮވިއްޖެއެވެ. ދޮރު ލައްޕާލަމުން އޭނާއަށް ދޮރުގެ ތިރީގައި އިށީނދެވުނީ ފައިގައި ބާރެއް ނެތުމުންނެވެ. މައުމޫންވެސް އެގަޑީގައި އެތަނުގައެއް ނޫޅެއެވެ. ހިޥާގޮތުން މިވަގުތު އޭޏާ ދިޔައީ ބްރޭކުގަޑިއަށެވެ. އިރުކޮޅަކު ހުރުމަށްފަހު އެތަނުން ނިކުތްއިރުވެސް ފައިސަލް މަޑުކޮއްލައިގެން ހުއްޓެވެ.

“ކޮބާ ނިމުނީތަ؟..” ހިނިތުން ވެލަމުން ފައިސަލް އެހެން ބުނިއިރު ދުރުގައި ހުރި ރަޔާލްގެ މޫނުމަތީގައި އެއްވެސް އަސަރެއް ނެތެވެ.

“ހޫމް.. ކޮބާ ޔާނު..” ގަދަކަމުން ހީލަމުން ރަޔާލް ވާހަކައެއް ފަށަން މަސައްކަތް ކުރިއެވެ.

“ނޭނގެ.. ކޮބާ ރަޔާލްގެ މަންމަ..” ފައިސަލް ފުރުސަތުގެ ބޭނުން ހިފައިގެން އައިސް ހުއްޓިލީ ރަޔާލާއި ވަރަށް ކައިރީގައެވެ. އަދި ނޭނގޭ ކަމަށް ހަދާލާފައި ވެއްޓެން ދަމުން ރަޔާލްގެ އަތުގައި އަތްހިފަހައްޓާލައިފިއެވެ. ރަޔާލް އަވަހަށް ފައިސަލްގެ އަތުގައި ހިފާލީ އެދަނޑީވަޅުގެ ބޭނުން ހިފާށެވެ. ރަޔާލް އަވަހަށް އެއަތުން ދޫކޮއްލީ އަތުގައި ނަޖިހެއް ޖެހުނު ކަހަލަ އިހުސާސެއް ވުމުންނެވެ.

ރަޔާލް ގެއަށް ދަނީބުނެ ފައިސަލްގެ އަތުގައި މަޑުމަޑުން ހިފާލައިއެވެ. އަދި މައުމޫން އައުމުން އޭނާގެ ނަންބަރު ދޭށޭ ބުނެ އޭނާ ފައިސަލަށް ނަންބަރުވެސް ދިނެވެ. އެއީ އޭނާ މީގެ ހަފްތާއެއް ކުރިން ނަގާފައިވާ ނަންބަރެކެވެ. ޔާސީނާއި ދުރުވެވެންވެސް އޮތީ އޭނާ މިކަހަލަ ގޮތަކަށް ކަންތައް ކޮއްގެންނެވެ. ކުޑައިރުގައި އެ އަނިޔާތަކަށް އޭނާ އަމިއްލައަށް އިންސާފު ހޯދާނެއެވެ. އެއްވެސް މީހެއްގެ އެހީތެރިކަމެއް އޭނާ ބޭނުމެއް ނުވެއެވެ.

ގެއަށް ދިޔަ މަގުމަތީގައިވެސް ރަޔާލަށް ބެލެނީ އޭނާގެ އަތަށެވެ. ކޮނޑުގައި އަޅުވާލާފައިވާ ދަބަހުން ޓިޝޫއެއް ނަގައި ކަނާތް ވަރަށް ރީތިކޮށް ފޮހެލައިފިއެވެ. ނަމަވެސް އެވަރަކުންވެސް ރަޔާލް ހިތްހަމައެއް ނުޖެހުނެވެ. ހިނގުން އަވަސް ކޮއްލާފައި ރަޔާލަށް ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. ގެއަށް ގޮސްވަން އެއްފަހަރުވެސް އެނބުރި ފަހަތަށް ބަލައެއް ނުލައެވެ. އާމިރާ ގޮވާލުމުންވެސް އޭނާ ބަލާވެސް ނުލިއެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި އެނދު މައްޗަށް ދަބަސް އެއްލާލުމަށްފަހު ރަޔާލް ދިޔައީ ފާހާނާއަށެވެ. މޫނު ދޮންނަ ސިންކު ކައިރީގައި ހުރި އަތްދޮންނަ ފުޅިން ދެތިންފަހަރަކު އަތަށް އަޅާލަމުން ދޮވެލައިފިއެވެ. ނަމަވެސް އޭނާއަށް ވަމުން ދިޔަ ހަޑި ފިލާ ގޮތެއް ނުވިއެވެ.

#     #     #     #     #

ރޫބީއޮތީ އަދިވެސް ލޭފެނުމުން ހޭނެތިފައެވެ. އެކުޑަ މޫނުން ފެންނަނީ ވަރުބަލި ކަމެވެ. ނަމަވެސް މިހާރި ދިގުކޮށް މޮހޮރު އަޅައިގަނެފައިވާ ތަނުން އައިސްފައިވާ ލޭތައް ހުރީ ހިކިފައެވެ. ފައިސަލް ކައިރީގައި ކޮޅަށް ހުރިއިރު އޭނާ ލައިގެންހުރި ފަޓުލޫނެއް ނެތެވެ. ރޫބީގެ ބޯ ކައިރީގައި އެ ފަޓުލޫނު ހުރިއިރު އޭނާ ކުރަމުން ދިޔަ ކަންތަކުން އެކުޑަ ފުރާނަ ހޭނުލެވޭކަންވެސް އެއީ ނަސީބެކެވެ. ރޫބީއާއި ކައިރި ނުވި ނަމަވެސް ފައިސަލް ދިޔައީ އަމިއްލަ އަތުން އޭނާ ބޭނުން ވި ކަންތައް ފުއްދަމުންނެވެ. ރޫބީއަށް ހޭވެރިކަމެއްވީ އަތުގައި ކުއްލިއަކަށް ހޫނު އެއްޗެއް ޖެހުމުންނެވެ.

“މަންމާ…” ލޯ ހުޅުވާލުމާއެކު ފުރަތަމަވެސް އޭނާއަށް ބުނެވުނީ މަންމަގެ ނަމެވެ. އެހެން ބުނުމަށްފަހު ދެވަނަ ސިކުންތުގައި ރޫބީއަށް ފެނުނީ އޭނާގެ އަތިގައިވާ ހުދު ކުލައިގެ އެއްޗަކަށެވެ.

“އައް… އައްޗީ…” ފަޔަށް ވެފައިވާ ތަދާއެކު އޭނާއަށް ބެލެމުން ދިޔައީ އެއްޗެހި ހުރީމައެވެ. ފަކުރު ގަތްލެއް ބޮޑުކަމުން މިފަހަރު ހަމަ ރަނގަޅަށްވެސް ހޮޑު ލެވިއްޖެއެވެ. އޭރު ފައިސަލް އެތަނުން ނިކުމެގެން ހިނގައްޖެއެވެ. ރޫބީ މަސައްކަތް ކުރަމުން ދިޔައީ އަތުން އެ ހުދުކުލައިގެ އެއްޗެހި ފިލުވޭތޯއެވެ. ރަނގަޅަށް ނަހަދާ ހުރި ތަނެއް ކަމުން އެތަނުގައި އަދިވެސް ކޮންމެވެސް ވަރަކަށް ވެލި ހުއްޓެވެ. އެވެލި ތަކުގެ ތެރޭގައި އަތް ހާކާ ހާކާ އަތުން ލޭއައީމައި ރޫބީ ހުއްޓާލީ ތަދުވުމުންނެވެ. އަދި އޭނާގެ ކަނާތަށް ބަލާލީ އަދިވެސް އެއްޗެހި ހުރިތޯ ބަލާލާށެވެ.

 

#     #     #     #     #

މައުވާ މަތީ ބަޔަށް އެރީ އާމިރާ ކިޔާވަރުންނެވެ. މިވީ ދުވަސްތަކުގައި ރަޔާލް އެއްވެސް މީހަކާއި އެހާވަރުން ވާހަކަ ދައްކާކަށް ނޫޅެއެވެ.ހުރިހާ ވަގުތެއްހެން ހޭދަކުރަނީ ކޮޓަރީގައި ކޮންމެވެސް ކަމެއް ކުރާށެވެ. ރިޔާޒްވެސް ކުއްލި ދަތުރެއްގައޭ ކިޔާފައި ދިޔައީ ލަންކާއަށެވެ. މައުވާ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ބޯދިއްކޮއްލީ ރަޔާލް ސިއްސުވާލާށެވެ. ނަމަވެސް އެކޮޓަރި ތެރޭގައި ރަސްކަން ކުރަމުން ދިޔައީ އަނދިރިކަމެވެ. ހުޅުވިފައިވާ ފާހާނައިގެ ދޮރުން އޭރު ކުޑައަލިކަމެއް ކޮޓަރީގެ ތެރެއަށް ހުއްޓެވެ. އެނދުމަތީގައިވެސް ރަޔާލްގެ ފޯނު ހުއްޓުމެއްނެތި އޭރު ރިންގުވަމުން ދިޔައެވެ.

“ރަޔާލް..” މައުވާ އެތެރެއަށް ވަންނަމުން ގޮވާލައިފިއެވެ. ނަމަވެސް އެއްވެސް އަޑެއް އެތަނަކުން ނީވެއެވެ. ކޮޓަރީގެ ލައިޓް ޖައްސާލަމުން މައުވާ ދެން އެނބުރުނީ ފާހާނައާއި ދިމާއަށެވެ. ފާހާނައިގެ ދޮރު ހުޅުވުމާއެކު ފަޔަށް ބާރުލާފާއި މައުވާ އެދިމާއަށް ހިނގައި ގަނެއްޖެއެވެ.

“ކޮކީ…” ބިލިގާ ތެރޭގައި އިނށީދެގެން އިން ރަޔާލްގެ ބޯވަނީ ކަކުލުގައި ޖެހިފައެވެ. ފެންމާގަނޑުން އޭރުވެސް ހުއްޓުމެއްނެތި ފެންތައް ރަޔާލްގެ ބޮލާއި ބުރަކަށި މައްޗަށް ފައިބައެވެ. ރަޔާލް އަދިވެސް ހުރީ އޭނާއާއިއެކު ބޭރަށް ދާންލީ ހެދުމުގައެވެ. ހެދުމާއިއެކު މުޅިމީހާވަނީ ތެމިފައެވެ.

“ދޮންތި ވައި މީ؟..” ބޯ އެފުއްލާލި ރަޔާލް އެންމެ ފުރަތަމްވެސް ބުނެވުނީ އެހެންނެވެ. މައުވާއަށް ރަޔާލް މިދައްކާ ވާހަކަށް ހަމަ އެއްގޮތަކަށްވެސް ރެއަކާއި ނުލިއެވެ.

“އެހާ ގިނަކުދިން ތިބިއިރުވެސް ކީއްވެ އަހަރެން ގެނދިޔައީ؟” މައުވާ ތެދުވެ ފެންމާގަނޑު ބަންދު ކޮއްލުމުން އަނެއްކާވެސް ރަޔާލް އެހެން ބުނެލައިފިއެވެ.

“ކޮކީ ކީކޭ ތިކިޔަނީ؟” މައުވާ ބުމަ ކައިރި ކޮއްލަމުން އެހެން ބުނިއިރު އެމޫނު މަތީގައިވަނީ ކަންބޮޑު ވުމުގެ އަސަރެވެ.

“ދޮންތީ.. ހިނގާ ފިލަން..” ރަޔާލް އަތުގައި ހިފާ އޭގެން ނަގަމުން މައުވާ އޭނާ ގެނެސް ބެހެއްޓީ ފާހާނައިގެ ދޮރުމަތީގައެވެ.

“ޔާނުއާއި ކޮކީ އާއި ދެމީހުން މައްސަލައެއް ޖެހިގެންތަ ތިއުޅެނީ..” މައުވާ ބުނި އެއްޗަކުން ރަޔާލްގެ ސުވާލުން ފުރިގެންވާ ނަޒަރަކުން ބަލާލައިފިއެވެ. އޭނާއާއި ޔާސީނާއީ ޖެހެން އޮތީ ކޮން މައްސަލަ އެއް ހެއްޔެވެ.

“ކީއްވެ އަހަރުން ދެމީހުން މައްސަލަ ޖެހެންވީ؟” މޫނު ހަދާލަމުން ރަޔާލް އެހެން ބުނިއިރު މައުވާ ތުވާލި ނަގައި އޭނައާއި ދިމާލަށް އެއްލައިފިއެވެ.

“ހޫމް.. ތި ދެމީހުނަށް ހީވަނީ އެހެން އެއްވެސް މީހަކަށް ނޭނގެއޭ ދޯ… އެކަމް ކައިރީގަ އުޅޭ އެންމެނަށް އެނގޭ  ދެޓް ޔު ބޯތް ލައިކް އީޗް އަދަރ…” ހީގަތް މައުވާ މަޑު ޖެހިލީ އޭނާއަށް ފޯނެއް އައުމުންނެވެ. މައުވާ ހެއްޔެވެ. އަދިވެސް ރަޔާލް ހުރީ އެކަމާއި ވިސްނާށެވެ.

“ދެންމެ ކޮކީ ބުނީ ކީކޭތަ؟ ވައި މީއޭ ދޯ ބުނީ؟” މީގެ އިރުކޮޅެއް ކުރިން ރަޔާލް ބުނި އެއްޗެއް މަތިން ހަނދާން ވުމުން މައުވާ އަހާލައިފިއެވެ.

“އެއީ އެގަޑީގަ..” ރަޔާލް އަނެއްފަރާތަށް އެނބުރެމުން އޭނާ ލައިގެން ހުރި އެއްޗެހި ބަދަލު ކޮއްލައިފިއެވެ. އޭނާ ބޭނުންވީ ވާހަކަ ބަދަލު ކޮއްލާށެވެ.

“ދޮންތި އާއެކު މާދަން ދާނަންތަ ޔާނު މެންގެއަށް…” މައުވާވެސް އިނީ ރަޔާލް ނުފެންނާނެހެން ފުރަގަސް ދީގެންނެވެ. ރަޔާލް އެއްޗެހި ބަދަލުކޮށް ނުނިމު ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.

“ދެން އައިވިލް ޓްރައި… އެކަމް އޭނަ އުޅޭނެ އެއްނު..” ރަޔާލް ފާޑަކަށް އަނގަ ހަދާލަމުން އެހެން ބުނެފައި އައިސް މައުވާ ކައިރީގައި އިށީނދެއްޖެއެވެ.

“ހެހެހެހެ… ޔާނުގެ ޑިއުޓީ އިންނަނީ ހެނދުނު..” މައުވާ އެހެން ބުނެފައި ނިކުމެލީ ބޭރަށެވެ. މައުވާ ހީކޮއްގެން ހުރީ ޔާސީނާއި ރަޔާލްއާއި ދެމެދު މައްސަލްއެއް ޖެހުނީ ކަމުގައެވެ. ދެމީހުންވެސް ގޮތް ދޫނުކުރާތީ ވާހަކަ ނުދަކައި ހުންނަނީ ކަމުގައެވެ. ނަމަވެސް އެދެމީހުންގެ ގުޅުން ކުރިއަށް ނުގިސްގެން އުޅެނީ ކީއްވެ ކަމެއް އެއްވެސް މީހަކަށް ނޭނގުނެވެ. ޒުހައިރާ ފިޔަވައި އެހެން އެއްވެސް މީހަކަށް އެކަމެއް ނޭނގެއެވެ.

*********

ރާބިޔާ ގޭ ދޮރުމަތީގައި ކޮޅަށް ހުރިއިރު ކައިރީގައި 30 އަހަރަށްދާ ފިރިހެނަކުވެސް ހުއްޓެވެ. ރާބިޔާ ހުރީ އެމީހާގެ ޓީޝާޓުގައި ހިފަހައްޓާލައިގެންނެވެ.  ދެމީހުންގެ ލޮލުން ފެންނަމުން ދިޔައީ މަސްތީ ކުލަވަރެވެ. ސައިކަލު ފާކު ކޮއްލާފައި އެދިމާއަށް އައި ފައިސަލްގެ ލޮލުގައި އެމަންޒަރު އަޅައި ގަތް ނަމަވެސް އެވަރަކުންނެއް ނޫޅެއެވެ. އޭނައަށް ވުރެ ބޮޑަށް ރާބިޔާގެ ގޮތް އެނގޭނެ އިތުރު މީހެއް ނުހުންނާނެއެވެ. ފައިސަލް އެގެއާއި ދިމާލަށް އަންނަތަން ފެނުމުން އަނެއް ފިރިހެންމީހާ ރާބިޔާގެ އަތަށް 500 ރުފިޔާ ދެމުން އެތަނުން ދުރަށްދާން ހިނގައި ގަނެއްޖެއެވެ.

“ކޮބާ މިއަދު ބިޒްނަސް ރަނގަޅީތަ؟” ފައިސަލް ހީލަމުން އެހެން ބުނިއިރު ރާބިޔާ ބޯޖަހައިލައިފިއެވެ.

“އާން 3000 ރުފިޔާއަށް ވުރެ ގިނައިން ހެނދުނު އެކނިވެސް ލިބިއްޖެ..” ލައިގެން ހުރި ޖިންސުގެ ޖީބުން ރުފިޔާތައް ނަގަމުން އޭނާ ލީހައިފިއެވެ.

“އެނގޭތަ މިއަދު ރަޔާލް އެކަނި އައިސް އަހަންނާ ވާހަކަ ދެއްކި…” ޝައްކެއްގެ މަތީގައި ހުރި ފައިސަލް އެހެން ބުނެލީ ކުޑައިރުއްސުރެ ރަޔާލްގެ ގޮތް އެނގޭތީއެވެ.

“ތިހެން ވިއްޔާ މާ ރަނގަޅެއްނު… އަވަހަށް އޭނާގެ ދުވަސް ލިއްޔާ އަހަރުމެންނަށް ކޮޅެއް ފެންނަން އޮތީ…” ހަމަޖެހުމުގެ ނޭވާއެއް ލަމުން ބުނެލިއެވެ.

” އާނ އޭނާއަށް ފެންނާނެ އެމީހާ މަރުވެފަ އޮތްތަން..” ފައިސަލް އެހެން ބުނެލަމުން ރާބިޔާއާއި ދިމާލަށް ބަލާލައިފިއެވެ. ފައިސަލަށް ރަޔާލްގެ އެމިޒާޖު އެއްވެސް ވަރަކަށް ނަގައެއް ނުގަނެވުނެވެ.

“ދެން އޭނާ މިގެއަށް ގެންނަން ހިނގާ.. އަހަރެން ބޭނުން އަހަރެންގެ ބޮލުން އެކަން ނެއްޓޭނެ ގޮތެއް…” ރާބިޔާ އެހެން ބުނެފައި ހިނގައިގަތީ ބަދިގެ ފަރާތަށެވެ. ކުރިން ދުވަހެއްގައި ހަދާފައިހުރި ބޯކިބާތަކެއް އޭނާ ހަނދާންވީ އެވަގުތުގައެވެ. ދެމީހުންވެސް ވިސްނަމުން ދިޔައީ ރަޔާލްގެ ދުވަސް ދުއްވާލެވޭނެ ގޮތަކާއި މެދުގައެވެ. ރަޔާލަށް ހުރިހާ ކަމެއް ހަނދާން ވެއްޖެނަމަ   ހުރިހާ ދެރައެއް ލިބޭނީ އޭނާއަށެވެ.

“އަހަރެންނަށް ހާދަ ހީވެޔޭ ރަޔާލަށް ހަނދާން ވެއްޖެހެން…” ފައިސަލް އެއްވެސް ވަރަކަށް ރަޔާލާއި ދޭތެރޭގައި ރަނގަޅަށް ވިސްނާކަށް ބޭނުމެއް ނުވެއެވެ.

“ތިއެއް ނޭނގޭ އަހަންނަކަށް އަހަރެން ބޭނުމީ އޭނަގެ ދުވަސް ދުއްވާލަން…” ރާބިޔާގެ މޫނުމަތީގައި މައިވަންތަކަމުގެ ކުލުނުގެ އެއްވެސް މިންވަރެއް ފެންނަންވެސް ނެތެވެ.

“ހޫމްމް…” ފައިސަލްގެ ގެއްލިފައިހުރީ މުޅިން އެހެން ދުނިޔެއަކަށެވެ. އެއްވަރަކަށް މީހަކު ދައްކާ ވާހަކައެއް އަޑު އެހޭ ވަރެއް ނުވިއެވެ.

“އަން މިހިރީ ބޯކިބާ…” ރާބިޔާ ތަންކޮޅެއް ބާރަށް އެހެން ބުނެލުމުން ފައިސަލް އޭނާއާއި ދިމާލަށް ބަލާލަމުން ހީލައިފިއެވެ.

ޒުހައިރާ ވަދެގެން އައީ އޭނާގެ މަންމަގެ ބޮޑު ގަނޑުވަރެއްހެން ހަދާފައިވާ ގެއަށެވެ. އަތުގައި އަޅުވާލެވިފައިވާ ދަބަހާއިއެކު އޭނާ ފެންނަނީ ވަރަށް ރީތިކޮށެވެ. ޓަކި ޖެހުމުގެ ބަދަލުގައި ދޮރު ހުޅުވާލަމުން އެތެރެއަށްވަދެ މަންމައަށް ގޮވާލައިފިއެވެ. ނަމަވެސް ތިރިއަށް އައީ ޔާސީނެވެ. ހުރީވެސް ބޮކްސާގައި އެކަންޏެވެ.

ނުނިމޭ

6
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Aaran

Other Articles

Previous

އަނދިރިފަރާތް (14 ވަނަ ބައި)

Next

ހިތުގެ އެދުމޭތީ (6 ވަނަބައި)

Next
March 2, 2017

ހިތުގެ އެދުމޭތީ (6 ވަނަބައި)

Previews
March 2, 2017

އަނދިރިފަރާތް (14 ވަނަ ބައި)

18 Comments

  1. XaRee says:
    March 2, 2017 at 5:19 pm

    Mi part varah Kamudhey….

  2. Ravi says:
    March 2, 2017 at 5:27 pm

    yeyyy i am the first this is so great ….araannuuuu keep going will wait for next part ..avas kohlahchey …? ? ? ?

    1. Ravi says:
      March 2, 2017 at 5:30 pm

      awwnn …i am not the first ? still this story is great ❤️️❤️️❤️️

  3. Pinkish Pinker says:
    March 2, 2017 at 5:31 pm

    Vvv reethi…

  4. Yaana says:
    March 2, 2017 at 5:45 pm

    Very nice story

  5. Axeenalily says:
    March 2, 2017 at 5:55 pm

    Liumuga mistake hedhifa ebahuri /update kurumuge kurin kiyaalaafa update kohlaathi

  6. Aysha says:
    March 2, 2017 at 6:24 pm

    Vrh salhi…. I luv it!!! aranoooo…. Avas kh lahcheyy ?????

  7. Aashy says:
    March 3, 2017 at 4:36 pm

    Dhen vaany kihinehba
    Nice

  8. Naash says:
    March 3, 2017 at 10:52 pm

    V reethi mipartves. When is the next part?❤❤❤

  9. Naash says:
    March 10, 2017 at 12:24 am

    Aaran where is the next part? Story is awesome☺ waiting. ….

  10. Ravi says:
    March 11, 2017 at 9:53 am

    pis pis kobaithah next part ..hahdhaa lahey aranuuu still i can wait ….ahvas kohdheebah

  11. Nina says:
    March 11, 2017 at 5:27 pm

    When is the next part

  12. Aaran says:
    March 12, 2017 at 7:30 pm

    guys this coming tuesday in shaa allah.. aee enme last part e part v dhigu vaane in shaa allah. soon there will be another story

    1. Pispiss says:
      March 14, 2017 at 1:56 am

      Liye nimifa oith story eh.. so why ehaa duvas nagany?? Inthizaar kurumakey v foohi kameh n liyun theriaage liyun thah mathin ves foohi vaa kameh… i knw u have talent to write a story… but seriously i feel i will never read yur story again… kithahme reethi story ekass…

    2. Pispiss says:
      March 14, 2017 at 1:59 am

      Mi story nunihmigen ulheyru ves adhi eba advertise kurey New story ehge vaahaka… furathama mi nohmaabr dhww.. ?

  13. Aaronnoo says:
    March 15, 2017 at 2:32 am

    Kobaa Tuesday naadheytha adhivez?

  14. vishaa says:
    March 15, 2017 at 9:58 am

    kobaa thastory mihaaru buni dhuvas higajje

  15. Aakee says:
    March 15, 2017 at 12:02 pm

    alhey kobaatha vaahaka mihaaru kiyaahithun hurevenee yeh noon

Comments are closed.

All Right Reserved!