Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެޕާރޓްމަންޓް 4ބީ (ދިހަވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
March 22, 2017 4 Mins Read
14 Comments

ހުޅުލެއަށް ދެވުމާއެކު އެކޮޅުގައި ހަރަކާތް ތެރި ވާފުލުހުން އައިސް ހެޑް އިންސްޕެކްޓާރ ޔާ ބައްދަލުކުރިއެވެ. “ހީވަނީ މަތީ ބޭފުޅެއްގެ ކަމެއްހެން ދިޔަ ގައުމު ފުހެފަ ހުރީ.. ނޯ ޑޭޓާ….އެއްކަލަ މައްސަލައިގަ ވެސް ޝައްކުކުރެވުން މިނިސްޓާރ ހެން ހީވަނީ…” އެމީހާ އެހެން ބުނެލުމާއެކު ޝަމްހާން މެންނަށް އަނެއްކާވެސް އިސް ޖަހާލެވުނެވެ. ޝަމްހާވެސް ޝަމްހާން ގެ ކޮނޑުމަތީ އަތް ބާއްވާލިއެވެ. އެވަގުތު ޝަމްހާންގެ ހިތުގައި ހިނގާލީ މުޅިން ތަފާތު ޝުއޫރެކެވެ. ނަމަވެސް އެ ހިނދުކޮޅު ދެމިގެން ދިޔައީ މަދު ސިކުންތު ކޮޅަކަށެވެ. ބާރު އަޑު ފައްގަނޑަކާއެކު ޕްލޭން ނައްޓާލި އަޑު އިވިގެން ދިޔައެވެ. އެ ހިނދު ޝަމްހާން މަޑުމަޑުން ފަރްހީންގެ ނަން ކިޔާލިއެވެ.

ބޯޓު ނައްޓާލުމާއެކު ފަރްހީންއަށް ފުންނޭވާއެއް ލެވުނެވެ. ޝަމްހާން އާ ޝަމްހާ އަދި އެންމެންގެ ހަނދާން ތައް އާލާވެގެން ދިޔަހިނދު އޭނާގެ ބޮލުގައި ރިއްސާލިއެވެ. ކޮންމެ ގޮތެއްވިޔަސް ދެން މިރާއްޖެ ފެންނާނޭ ކަމުގެ އެއްވެސް އުއްމީދެން ނެތް ހާޅު ފަރްހީން ލޯމަރާލިއެވެ. ވެފައިވާ ވަރުބައްޔާއެކު ފަރްހީން އަށް ނިދުނީއެވެ.

“އޭ..ކޮން ނިދުމެއް ނިދާކަށް…ފައިބަންވީ..ދެން މަށަށް ހެޔޮ ކަލޭ އޮރިޔާމުން އުޅުނަސް. ހެހެހެހެ….މިތާކު ތި މޫނުބުރުގަލެއް ބޭނުމެއްނުވާނެ. އެހެން ނޫނަސް ދެން ކަލޭ ގަންނަމީހާވެސް ބޭނުމެއްނުވާނެ ދޯ ޕާރިސަލް ކޮށްފަ ހުރި މީހެއް.ހަހަ” ފަރްހީން ކޮޅަށް ނަގަމުން ނިޒާމް ފަރްހީންގެ މޫނު ފޮތިކޮޅާ ބުރުގާވެސް ބޭލުވިއެވެ. އިސް ޖަހައިން އިން ފަރްހީން އިހުތިޔާރު ކުރީ ހަނުހުރުމަށެވެ.

“އައްސަލާމް އަލައިކުމް..ވަރަށް އުފާވެއްޖެ ބައްދަލު ވީތީ..މީނަޔަށް ރަނގަޅު ފިލާވަޅެއް ދޭތި..ބޮޑު ބޮލު ރިހުމެއް ތީހަމަ” ފަރްހީން އެމީހާ ކާރިޔަށް ދިޔުމަށްފަހު ވެސް އޭނަޔަށް ބަލާކަށް ބޭނުމެއްނުވިއެވެ. އެޔަށްވުރެ ފަރްހީން ވަނީ މާޔޫސް ވެފައެވެ. ނިޒާމް ވެސް އޭނާ ބޭނުން ވާހަކަތައް ދެއްކުމަށްފަހު އެތަނުން ދިޔައެވެ. އެމީހާ ފަރްހީން ގާތު އަންނަން ބުނުމުން ފަރްހީންވެސް އޭނާ ފަހަތުން ދިޔައީއެވެ. އަދި ކާރަކަށް އެރުމަށްފަހު ފަރްހީންގޮވައިން ދުއްވާލިއެވެ. ފަރްހީން އިނީ ފެށެން މިއުޅޭ ބާބެއް ނޭންގޭތީ ހާސްވެފައެވެ.

ބޮޑުގަނޑުވަރެކެވެ. ހީވަނީ ރަސްކަލެއްގެ ދަރުބާރެއް ހެނެވެ. ފަރްހީން އަޖައިބުވެ އަންތަރީސް ވެފައި ބަލަން ހުރި ގޮތުން ދިނިންގެ ދާތަށް ހިނިއައެވެ. ނަމަވެސް އެކަން ފޮރުވަމުން ހިނގައިގަތެވެ. ފަރްހީންވެސް ހިނގައިގަތެވެ. ނަމަވެސް އެންމެ ފަހަރަކުވެސް ދިނިން އަކަށް ބަލައިވެސް ނުލައެވެ. ގެއަށް ވަނުމާއެކު ފަރްހީންގެ ހައިރާންކަން އިތުރުވިއެވެ. އެއްބިތް އެއްކޮށް ފުރާލައިފައިވަނީ ތަފާތު ވައްތަރުގެ ފިސްތޯލަތަކުންނެވެ.

“ސުބުހާނަﷲ!!!!!” ހައިރާން ވީވަރުން ފަރްހީންއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. “ކިހިނެއްވީ؟؟..އަހަރެންގެ ގޮތް ނޭންގި ދޯ މިތަނަށް އައީ..ހާސްނުވޭ.. ހަފްތާއެއް ވާން ވާއިރަށް އެބަޑިތަކާ ރައްޓެހިވާނެ” ދިނިން އެހެން ބުނުމުން ފަރްހީން އަށް އަނެއްކާވެސް ވިސްނުނީ ހަމަ އެންމެ ނުބައިގޮތަށެވެ. ދިނިން ގޮސް ފަރްހީން އަށް ފަރްހީންގެ ކޮޓަރި ދެއްކުމުން ފަރްހީން އެތަނަށް ވަތް ގޮތަށް ނުވެސް ނިކުމެއެވެ. ކުޑަކުޑަ  ކުޑަ ދޮރެއ ހުރިއިރު ވަރަށް ތަރުތީބު ކޮޓަރިއެވެ. މުޅިން ހުދާކަޅުން އެއްޗެހި ހުރިއިރު އެތަން ފެންނަނީ ވަރަށް ސާފުތާހިރު ކޮށެވެ. ފަރްހީންއަށް ބުނދޭން ނޭންގޭކަހަލަ ހިންހަމަޖެހުމެއް ލިބެމުން ދިޔައެވެ. އޭނާގެ ހިތްބުނަމުން ދިޔައީ މިއީ ރައްކާތެރި ތަނެއް ކަމުގައެވެ.

އިތުރަށް ބޯހާސް ކުރުވަން ބޭނުން ނުވީތީ ފަރްހީން ނިދާލިއެވެ. ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. ދެންވެސް ފަރްހީން ބެލީ ނިދޭތޯއެވެ. ނަމަވެސް އުޅެ އުޅެ ނުނިދުމުން ބޭރުބަލާލިއެވެ. ހަމަޔަގީނުން ވެސް އެއީމެންދަމުނގެ ވަގުތެއްކަމުން ފަރްހީން ކޮޓަރިން ނިކުތެވެ. އަތި ސިޑިތަކުން މައްޗަށް އަރަން ފެށިއެވެ.ޓެރަހާ ހިސާބަށް އާދެވުމުން ފަރްހީން ފުން ނޭވާއެއްލިޔެވެ. ރީތި ވަރަކަށް ވައި ޖެހެމުން ދިޔައިރު ފަރްހީން ގެ ކަޅުކަންގަދަ ދިގު އިސްތަށިގަނޑު މިނިވަންކަމާއެކު ވިހުރެމުން ދިޔައެވެ. ފަރްހީން ރެއިލިންގްގައި އަތް އަޅުވާލައިން ހުރިއިރު ހަނދުފެންނަނީ ނުހަނު ފުރިހަމަ ކޮށެވެ.

ފަރްހީން ހިތާ ހިތާ ޝަކުވާކުރަމުން ދިޔައެވެ.”އަހަރެން ގެ ހަޔާތުގަ އަޅެ އުފަލެއް ލިބުން ހަމަ ނެތީތަ؟ ދުވަހަކުވެސް އަހަރެންނަށް އަހަރެންގެ ބައްޕަ ނުފެނުން ތާނގަ އަހަންނަކަށް މަންމައެއްގެ ލޮއެއްބެއްވެސް ނުލިބުނު…ކީއްވެތަ؟…ކީއްވެ އަހަރެން.. ކޮބާ ކުށަކީ..އެހެން ކުދން ބައްޕަޔާއެކު އެޅޭމަންޒަރު ބަލަން އަހަންނަށް ހާދަ އުނދަގޫވިޔޭ….އެކަމުވެސް ކެތްކުރިން…..ދެން މަންމަ..އަހަރެން އެންމެ ލޯބިވީ މަންމއ ދެކެ. ކޮންފަދަ ގޮތަކަށް މަންމަވެސް އަހަރެން ދޫކޮށްފަ ދިޔައީ…އޭނ!!! އެކަމުވެސް އަހަރެން ކެތްކުރީ..ދެން ޝަމްހާން..އަރެންނަށް އުއްމީދުގެ ހުޅުކޮޅު ދިއްލާލަދިން ފަރާތް…ލޯބި ދަސްކޮށްދިން ފަރާތް..އެކަމު މިއަދު ޝަމްހާންވެސް…….ޝަމްހާން..އައި މިސްޔޫ!!!”

ފަރްހީން އަށް ކެތްނުކުރެވިގެން ބިންމަތީ އިށީނދުނެވެ. ހުރިހާ ވާހަކައެއް އަޑުއަހަން ހުރި ދިނިން ވެސް ހުރީ ރޮވފައެވެ. ނަމަވެސް އެކަރުނަތަށް ފޮހެލަމުން ދެތަށީ ކޮފީ ހިފައިން ފިޔަވަޅުގެ އަޑު ބާރުކޮށްލަމުން ފަރްހީން އާދިމާއަށް ހިނގައިގަތެވެ. ފަރްހީން އަވަސް އަވަހަށް ތެދުވީ މީހަކު އަންނަހެން ހީވުމުން ނެވެ. “ހެއި..ނުނިދަނީތަ؟” ކޮފީތަށި ދިއްކޮށްލަމުން ދިނިން ވާހަކަދެއްކިއެވެ. ފަރްހީންއަށް ބަޑުހައިވެފައިވާކަމުގެ އިހުސާސް ކުރެވުނީ އަދިކިރިޔާއެވެ. ނަމަވެސް އެ ނުހިފަން ހުރީ އެވެ. “ހަމަޖެހިބަލަ… ނާޅަމޭ މިއަކަށް އެކައްޗެއްވެސް.. އާދެބާ…ވާހަކައެއް ކިޔާދޭނަން”

ފަރްހީންގެ އަތަށް ކޮފީތަށި ދިނުމަށްފަހު ފަރްހީންގެ ޖަވާބަކަށް ބެލުމެއްނެތި ދިނިން އޭނާގެ ވާހަކަފެށިއެވެ.

****************************************************************

“އަހަރެންގެ ނަމަކީ ދިނިން އިނގޭ….މީ މީގެ ތިރީސް ވަރަކަށް އަހަރު ކުރީގެ ވާހަކައެއް…..އަހަރެންގެ މަންމަޔަކީ ވަރަށް ރީތި މީހެއް. ކަޅުކަންގަދަ ލޮލަކާ ދިގު އެސްފިޔަތަކެއްގެ ވަރިޔެއް. އޮޅަލި ކުލަޔަކާ ބައްޓަން ރީތި ހަށިގަނޑެކެވެ. މަންމަގެ އެންމެ ގާތް އެކުވެރިޔާ އަކީވެސް ހަމަ އެހާ ރީތި މީހެއް. އެކަމު އޭނަގެ ކަޅި ހުންނާނީ އަޅިފެހި ކުލައިގެ.

އެދެމީހުން ސްކޫލް ދައުރުއްސުރެ އެކަކު އަނެކަކަށް އެހީވަމުން ދިޔަ. ހުރިހާ ކަމެއްގަވެސް.. އެންމެ ފަހުން ދެމީހުންނަށް ލޯބިވެސް ވެވުނީ އެކަކު ދެކެ. ލޮއެއްބަކީ ކުޅޭ ކުރިވަރެއް ނޫންކަން ދެމީހުންނަށްވެސް އިނގޭ…އެހެން ކަމުން ރަހުމަތްތެރިކަމުގެ ސަބަބު އެކަކުވެސް އެ ލޯބި ހޯދާކަށް މަސައްކަތެއް ނުކުރޭ. އެކަކަށްވެސް ތަގުދީރުގެ ނިޔާއެއް ނޭންގޭނެ ދޯ…ހެހެ. މަންމަމެ އެންމެ ގާތް އެކުވެރިޔާއަށް ދެމީހުންގެ ވެސް ހިތުގެ ރާޖާ ލޯބި ހުޝަހެޅި. މަންމަގެ ހިތް ހަލާކުވި. ނަމަވެސް މަންމަ އެ ލޯބި ވަޅުލީ އެކުވެރިޔާގެ އުފަލަށް….މަންމައަކަށް އެއްވެސް ރެއަކު ނުއެއް ނިދޭ.. ނުއެއް ކެވޭ… މުޅި ދުވަސް ދަނީ ހިތާމަ ކުރުމުގެ. އެންމެ ފަހުން އެކަންތަށް މަންމަގެ އެކުވެރިޔާއަށް އިނގުނީ…

ދެން ކަންތައް ވީ އެކަކުވެސް ހީވެސް ނުކުރާން ކަހަލަ ގޮތަކަށް.. މަންމަގެ އެންމެ ގާތް އެކުވެރިޔާ އޭނަގެ ފިރިމީހާ ކައިރީ ބުނީ މަންމަޔާ އިންނަން.. އަސްލު ބައްޕަވެސް ވަރަށް ރަނގަޅު. މަންމަ މެންނަށް ހީވީ ދެއީދު އެއްފަހަރާ އައިހެން.. ވަރަށް އުފަކުން ތިން މީހުންވެސް އުޅުނީ….ނަމަވެސް ތަގުދީރުގެ ކުޅިބައި ވަރަށް ތަފާތު. މަންމަ އަހަންނަށް ބަނޑުބޮޑު ވެފައިންދާ ބައްޕަޔަށް މާލެއިން ވަޒީފާ ލިބުނީ..އެހިސާބުން މަންމަޔަށް މަންމަގެ އެކުވެރިޔާ ގެއްލުނު..އެއީ އެކުވެރިޔާވެސް އައީ މާލެ. ބައްޕަޔާ އެއްކޮށް..އޭގެ ފަހުން މަންމަ ޔާ އެކުވެރިޔާ ދިމާވެސް ނުވޭ..

އަހަރެން ވިހޭ ދުވަހު ބައްޕަވެސް ހުރި. ނަމަވެސް މާލެއިން މަންމަގެ އެކުވެރިޔާ މަގުމައްޗަށް ވެއްޓިގެން ހާލު ވަރަށް ސީރިއަސް ވެގެން ބައްޕަ ފުރަން ޖެހުނީ…ފުރަމުން ބުނި އަހަރެން ރަނގަޅަށް ބަލައްޗޯ… އެ ވަސިއްޔަތްވީ ބައްޕަގެ ފަހު ވަސިއްޔަތަށް. ކަނޑުމަތީ ދިމާވި ހާދިޡާއަކާ ގުޅިގެން އެދުވަހުގެ ހަވީރު ބައްޕަނިޔާވި. މަންމަޔާ މަންމަގެ އެކުވެރިޔާގެ ހަޔާތަށް އެކަނިވެރިކަން ގެނުވަމުން. އޭގެ ދެދުވަސް ފަހުން އެކުވެރިޔާވެސް އިނީ ބަލިވެކަން އިނގުނު. އެހިސާބުން ދެ ދަރިންގެ ހައްގުގައި އެމީހުން އަބަދުގެ އަބަދަށް ވަކިވި. އެއީ ދެކުދިންނަށް އެހާ ބޮޑު ނިކަމެތިކަމެއް ކުރިމަތި ވެދާނެހެން ހީވުމުން…. ފަރް…އައި ޓްރައިޑް.. ޓި ފައިންޑް މައި ސިސް..އެންޑް އައި ޑިޑް ފައިންޑް ހާ… ހީވެސް ނުކުރާ ގޮތަކަށް…”

****************************************************************

މާޒީގެ ސަފްހާތަކުން ނިކުމެވުން އިރު ދިނިން އަށް ހަމަރަނގަޅަށް ވެސް ރޮވިއްޖެއެވެ. ނަމަވެސް ފަރްހީންއަށް އެވާހަކަ ކިޔާ ދިނުމުގެ ބޭނުމަކީ ކޮބައިތޯ ފަރްހީންގެ ހިތަށް އެރިއެވެ. އެޔާއިކު ފަރްހީންގެ ހިތް ތެޅިލީ ހިތަށް އެރި އެއްޗަކުންނެވެ. “ދިނިން..އަމް.. ކާކު އެއީ..” ފަރްހީން އޭނާގެ އަޑު އިއްވާލިއެވެ. އެއާއެކު ދިނިން ހިނތުން ވެލީ ފަރްހީން އޭނަޔާ ރީތިކޮށް ވާހަކަ ދެއްކުމުންނެވެ. ނަމަވެސް އެ ސުވާލުގެ ސަބަބުން ދިނިން މާޔޫސް ވިއެވެ.

“ބުނުމަކީ ބޭކާރު ކަމެއް.. ކޮއްކޮ އަހަރެން ގަބޫލެއް ނުކުރާނެ ބޭބެގެ ގޮތުގަ. އެކަމް ގަބޫލް ކުރޭ.. އަހަންނަށް އިނގުނީއްސުރެ އޭނަ ހޯދަން ނުކުރާ މަސެއްކަތެއް ނެތް…އެކަމް ބުނާނެ ހާ ހިތްވަރެއް ނެތް..ކޮއްކޮ ނުކުރާނެ ކަންނޭންގެ ޓްރަސްޓެއްވެސް އަހަންނަކަށް. ގުޑް ނައިޓް ފަރް”

ދިނިން މަޑުވެސް ކޮށްނުލާ އެތަނުން ދިޔައެވެ. އެ ސުވާލަށް ޖަވާބުވެސް ދިނުމެއްނެތިއެވެ. ނަމަވެސް ފަރްހީންއަށް އޭގެ ޖަވާބު އިނގިއްޖެއެވެ. ދާދި ދެންމެ އަކު އޭނާއަށް އެ އިނގުނީ އޭނާގެ މަންމަޔާ ބައްޕަގެ މާޒީއެވެ. އޭނާގެ ވެސް މާޒީއެވެ. ދިނިންގެ ޖަވާބުން އެކަން ޔަގީންވެސް ވެއްޖެއެވެ. ނަމަވެސް މި އިވުން ވާހަކަތަކުން ދެން އިތުރަށް މިރޭ ކުރާނެ ކަމެއް ފަރްހީންއަކަށް ނުވިސްނުނެވެ. އެހެންކަމުން ފަރްހީން ވެސް ޖޯޑު ދޮވެލައިން ގޮސް ނިދީއެވެ.

މާލޭގަޑިން އެގާރަޖެހީއެވެ. ޝަމްހާން އާ ޝަމްހާގެ އިތުރުން ޒިޔާންވެސް އިނީ ޝަމްހާންމެން ގޭ ޓެރަހުގައެވެ. ޝަރާވެސް ކުއްލިއަކަށް ދާންޖެހިގެން ފުރައިފިއެވެ. އެ މީހުން ދިޔައީ އެތަން ޒީނަތްތެރި ކުރުމަށް ހިއްޕާފައިވާ އެއްޗެހި ނައްޓަމުންނެވެ. އެންމެ ފަހުން ސަމާވެސް ނިދާފައި އޮތުމާއެކު ޝަމްހާ ދާން ހިނގައި ގަތެވެ. ޒިޔާންވެސް އެމީހުންގެ ފަހަތުން ނިކުތީ ޝަމްހާ އެކަނި ދިޔުމަށް ނޭދޭތީއެވެ. ޝަމްހާންވެސް ތިރިއަށް ފޭބީ ރަސްފަންނާ ދިމާއަށް ދިއުމަށެވެ. ކުއްލިއަކަށް މުޅި ފަޒާގައި ހިފާލީ ޝަމްހާގެ ތޫލި އަޑެވެ. އެއަޑަށް ސިހިފައި ޝަމްހާންވެސް އެނބުރުނެވެ. ފެނުނު މަންޒަރުން މުޅިމީހާ ގަބު ވިއެވެ. ކާރެއްގެ ދަށު ވެފައި އެއޮތީ ޒިޔާންއެވެ. ލެއިން މުޅިތަން ކަޅިވެފައި ވީއިރު ޝަމްހާވެސް ސަމާކޮނޑައްލައިން ދުވެފައި ދަނީއެވެ. ޝަމްހާންވެސް ދުއްވައިގެތެވެ.

ޝަމްހާ އަށް ހަމަ ރޮވެނީއެވެ. އޭރު ސަމާ އޮތީ ޝަމްހާންގެ ކޮނޑުމަތީއެވެ. އެމާޖެންސީކޮށް ޒިޔާން ގެނައިއިރު ޝަމްހާންގެ މޫނުގައި ވެސް ވަނީލެޔެވެ. ފަސް ވަރަކަށް މިނެޓު ފަހުން ޑޮކްޓަރު ނިކުތެވެ.” އައި އެމް ސޮރީ..ހީ އިޒް ނޯމޯ”

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

އައިޝާ 19

Next

ވޭނީ ލޯބި (4)

Next
March 22, 2017

ވޭނީ ލޯބި (4)

Previews
March 21, 2017

އައިޝާ 19

14 Comments!

  1. Naby says:
    March 22, 2017 at 12:54 am

    Wowww… salhi

    1. imagination says:
      March 22, 2017 at 1:01 am

      thank you <3

  2. Hunana says:
    March 22, 2017 at 12:57 am

    Varsh reethi ekamu maakuru

    1. imagination says:
      March 22, 2017 at 1:00 am

      sorry… mirey adhi kurukoh viyas one part gennan kamah…might be buxy tomorrow ehen ve

  3. Mary says:
    March 22, 2017 at 1:26 am

    Thanx dude. V rythi. Bt maadhan ves vaahaka up kohdhehchey if u can.

  4. Sahee says:
    March 22, 2017 at 3:39 am

    Varah salhi vaahaka

  5. Shaany says:
    March 22, 2017 at 8:28 am

    V reethi….

  6. ixu says:
    March 22, 2017 at 8:33 am

    v reethi but maakuru veema foohi

  7. Rehendhi says:
    March 22, 2017 at 9:18 am

    Haadha kurey.. Kiyaa hithun indha nimunee

  8. Maree says:
    March 22, 2017 at 9:23 am

    vvv reethi

  9. rose says:
    March 22, 2017 at 9:32 am

    wow.varah nice,

  10. princess says:
    March 22, 2017 at 10:21 am

    Haada kurukoh tigenes den tankolheh digukohlabala

  11. Aish says:
    March 22, 2017 at 11:47 am

    Dhen mivarun vahaka nuliyan vnu.. kohme dhuvahaku 2 folhuvai.. nikan dhigukoh up kohbala.. mihen thankolheh liyathy mioh salhi vahakaves kiyan foohivaa goi vany.. ehen nuhadhabala imagination.. 1800-2000 words liyelyma ok vane.. evarah dhigu kolladhyba pls

    1. imagination says:
      March 22, 2017 at 11:58 am

      in sha allah mirey up kuraa baiga ehaa varah word count beyndheythoa balaanan…

Comments are closed.

Next Episodeއެޕާރްޓްމަންޓް 4ބީ (އެގާރަވަނަބައި)←


All Right Reserved!