Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އައިޝާ 19

Axoo
March 21, 2017
6 Mins Read
68 Views
29 Comments

ތެޅެމުން ފޮޅެމުން ހިބާ ކޮޓަރިން ނިކުތެވެ. ރޮމުން ރޮމުން ގޮސް ހަބީބާ ކޮޓަރީ ދޮރުގައި ތަޅައިގަތެވެ. ސިއްސައިގެން ގޮސް ހަބީބާއަށް ހޭލެވުނީ ހިބާގެ ރުއިމުގެ އަޑަށެވެ. ސާމީވެސް އަވަހަށް ތެދުވެގެން ގޮސް ދޮރުހުޅުވިއެވެ. ސާމީ ފެނުމާއެކު ހިބާ ސާމީ  ގައިގާ ބައްދައިގަތެވެ.

” މަންމާ… ބައްޕާ އަހަރެން މަރުވަނީ.. އަހަރެން ސަލާމަތް ކުރޭ” ހިބާ ރޯމަހެއް ތެޅޭހެން ތެޅޭތަން ފެނި ހަބީބާއާއި ސާމީ ކަންބޮޑުވިއެވެ. އެކި ގޮތްގޮތުން ހިބާ ހަމައަކަށް އަޅުވަން ކުރި މަސައްކަތް ކާމިޔާބު ވާގޮތްވީ އެތަކެއް މަސައްކަތަށްފަހު އެތަކެއް އިރުންނެވެ.

” ދަރިފުޅާ ދެން ދޭ ހަމަޖެހިލައިގެން ނިދަން.. މާބޮޑަށް ކަންކަމާމެދު ވިސްނާތީ ވާގޮތްތީ.. ދޭނިދާލަން.. އޭރަށް އިރުއަރަން ވާއިރަށް ހަމައަކަށް އެޅޭނެ” ހިބާއަތުން ފެންތަށި އަތުލާ ބޮލުގައި ފިރުމާލަމުން ހަބީބާ ވާހަކަދެއްކިއެވެ. ނަމަވެސް ހިބާ އެކަމަށް އިންކާރު ކުރީ އެކަނިން ކޮޓަރީގައި ނިދަން ނުކެރޭނެ ކަމަށް ބުނަމުންނެވެ. އެހެން ކަމުން ހިބާ އެކޮޓަރީގައި އޮތުމަށް ބުނަމުން ސާމީ ނިކުމެގެން ގޮސް ވަނީ ސްޓަޑީ ރޫމަށެވެ.

ހުޝާމް ނިދާފަކަން ޔަގީންވުމާއެކު ލޫޝާ މަޑުމަޑުން އެނދުން ތެދުވިއެވެ. ދަށްބަނޑުގައި އަތް އަޅައިގެން ހުރެ އިންތަނުން ތެދުވީ އަނެއް އަތުން ފާރުގައި ހިފަހައްޓަމުންނެވެ. ތަންތާ ހިފަހައްޓަމުންގޮސް ލޫޝާ އަލަމާރީގެ ދޮރުހުޅުވާލިއެވެ. އެއަށްފަހު އަލަމާރީގައި ފަތްޖަހާފައި ހުރި ހެދުން ތައް ދަށުން ބޭސްކާޑެއް ނެގިއެވެ.  އަދި އޭގެއިން ބޭސް ގުޅައެއް ނެގުމަށްފަހު ފެންކޮޅަކާވެސް ނުލާ ދިރުވާލިއެވެ. ބޭސްކާޑު އޮތްތަނަށް ލުމަށްފަހު ލޫޝާ އެނދާ ދިމާއަށް މިސްރާބުޖެހިއެވެ. ނަމަވެސް ހަމައެވަގުތު ބަނޑަށް އެރި ތަދަކުން ލޫޝާއަށް ހުރިތަނުން ގުޑިވެސް ނުލެވުނެވެ. ހުޝާމްއަށް ގޮވާލަން އުޅުނު ވަގުތު ބޮލަށް އެނބުރުން އަރާ ހުރި ދިމާއަށް ލޫޝާ ވެއްޓުނެވެ.

ލޯހުޅުވަން މަސައްކަތް ކުރަމުން ލޫޝާ ދެފަހަރަކަށް ލޯތަޅުވާލިއެވެ. މަޑުން މަޑުން ލޯހުޅުވާލައި އެންމެ ފުރަތަމަވެސް އެދެވުނީ ފެންފޮދަކަށެވެ. މިއަޑަކަށް ކައިރީގައި ހުރި ހުޝާމް ތަންޓަކަށް ފެންފޮދެއް އަޅާފައި ލޫޝާގެ ބޯދަށަށް އަތް ލައްވާލައި ކުޑަކޮށް ހިއްލާލަމުން ތުންފަތުގައި ތަށި ޖައްސާލިއެވެ. އަންހެނުންގެ ހާއްސަ ޑޮކްޓަރ ނާއިލާ އެތަނަށް އައިސްވަނީ އެވަގުތުއެވެ. ނާއިލާގެ ފަހަތުގައި ހުމެއިދާވެސް ހުއްޓެވެ. ހުމެއިދާގެ މޫނުމަތިން ކަންބޮޑުވުން ފެންނަމުން ދިޔައިރު ލޮލުގެ އިޝާރާތުން ކޮންމެވެސް އެއްޗެއް ބުނެދެވޭތޯ ހުމެއިދާ އުޅުނުވެ.

” ހުޝާމް ބޭރުގަ މަޑުކޮށްލަންވީނު” ހުމެއިދާގެ އިޝާރާތް ކޮންމެވެސް ވަރަކަށް ނަގައިގަނެވި ލޫޝާ ބުނެލިއެވެ.

” އެންމެ ރަނގަޅު ހުޝާމް ހުއްޓަސް.. ދައްކަން މިއުޅެނީ ހުޝާމްއަށްވެސް އެނގުން  ވަރަށް މުހިންމު ވާހަކަތަކެއް.. ” ޑޮކްޓަރ ނާއިލާގެ ޖުމްލަތަކުން ލޫޝާ މެޔަށް ފިނިވެގެން ދިޔައެވެ.  މިވީހާ ދުވަހު ލޫޝާ ފޮރުވައިގެން އުޅުނު ކަންތައް އެނގެން މާގިނަވަގުތެއް ނެތްކަން އެނގުމާއެކު ބާރަށް ހިތްތެޅެން ފެށިއެވެ.

” ކުރިންވެސް ބުނިން މިކަހަލަ ކަންތަކަކީ ފަރުވާ ނުކޮށް ލަސްކުރަންވީ ކަހަލަ ކަންތަކެއް ނޫނޭ.. ގިނަ ބައެއްގެ ފުރާނަ އަށް ނުރައްކާވެ މިދުނިޔެއާއި ވަކިވަމުންދަނީ ހަމަ ފިޔަވަޅު އަޅަންވީ ވަގުތު ފިޔަވަޅު ނާޅާތީ.. ” ޑޮކްޓަރ ވާހަކަދައްކަމުން ދިޔައިރު ހުޝާމްގެ ނިތްކުރިއަށް ރޫގިަނަވަމުން ދިޔައެވެ. ލޫޝާ އަނެއްފަރާތަށް އެނބުރިގެން އޮތީ ދެން ކުރެވޭނެ އިތުރު ކަމެއް ނެތުމުންނެވެ.

” ޑޮކްޓަރ އަޅުގަނޑަކަށް ނުވިސްނުނު ތިކިޔާ އެއްޗެއް.. ކޮންކަމެއްގެ ވާހަކަތޯ ތިދައްކަނީ” ހުޝާމް އަހާލިއެވެ.

” ހުޝާމްތީ ލޫޝާގެ ފިރިމީހާއެއް ނޫންތޯ.. އެނގިއެއް ނުލައްވާތޯ ލޫޝާގެ ހާލަތު” ޑޮކްޓަރވެސް ކޮށްލީ ސުވާލެކެވެ. މިސުވާލުން ހުޝާމް އެއްފަހަރު ލޫޝާއަށް އަނެއްފަހަރު ޑޮކްޓަރަށް ބަލާލިއެވެ. ހުޝާމްގެ ހަރަކާތްތައް ހުރި ގޮތުން ލޫޝާއެއްވެސް އެއްޗެއް ކިޔައިނުދޭކަން ޑޮކްޓާރ ނާއިލާއަށް އެނގުނެވެ.

” އަޅުގަނޑަށް ހީވަނީ ލޫޝާ ހުޝާމްއަށް އެއްވެސް އެއްޗެއް ކިޔައި ނުދެނީހެން.. އެކަމަކު އަޅުގަނޑު ނެތިން އެއްވެސް ކަމެއް ސިއްރުކުރާކަށް.. މިއަދު ލޫޝާގެ ފަރުވާކުޑަކުރުމުގެ ސަބަބުން ކަންތައްތައްވަނީ ގޯހުން ގޯހަށް ގޮއްސަ” ޑޮކްޓަރ ނާއިލާ ހިތްހަމަނެޖެހުން ފާޅުކުރަމުން ބުނެލިއެވެ.

” އަޅުގަނޑު މިބުނަން އުޅޭ އެެއްޗަކުން ހުޝާމްއަށް ވަރަށް އަސަރު ކުރާނެކަން އެނގޭ. އެހެންވީމާ ހުޝާމް ޖެހޭނެ ވަރަށް ހިތްވަރާއެކު ހަގީގަތާ ކުރިމަތިލާން” ޑޮކްޓަރ ނާއިލާގެ ވާހަކައިން ހުޝާމްގެ ހިތްއަވަސް ވަމުން ދިޔައެވެ. ލޫޝާވެސް ލޯމަރާލައިގެން އޮތީ ހުޝާމްއާއި ހަތަރުކަޅި ހަމަކުރާނޭ ހިތްވަރު ނެތުމުންނެވެ. ހުމެއިދާ ލޫޝާގެ އަތުގައި ހިފަހައްޓާލައިގެން ހުރީ ލޫޝާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

” މިއަދު ލޫޝާ ވަނީ ވަރަށް ބޮޑު ބައްުޔެއްގެ ޝިކާރައަކަށްވެފަ.. ލޫޝާއަށް ވަނީ އޯވެރިއަން ކެންސަރ ޖެހިފަ… އޭރުވެސް ބުނިން އިތުރަށް ފަރުވާ ކުރުމަށް.. އެކަަމަކު މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ.. މިހާރު ލޫޝާގެ އޯވަރީގައި ވަނީ ވަރަށް ބޮޑު ޓިއުމަރެއް އުފެދިފައި.. ވީހާވެސް އަވަހަކަށް އޮޕަރޭޝަން ނުކޮށްފިނަމަ ލޫޝާގެ ފުރާނައަށް ނުރައްކާ ވުމަކީ އެކަށީގެންވާކަމެއް.. ” ޑޮކްޓަރ ނާއިލާގެ ވާހަކައަޑުއަހާފައި ހުޝާމްއަށް ބުނާނެ އެއްޗެއް ނޭނގި ބަލަހައްޓައިގެން ހުރެވުނީއެވެ. ޑޮކްޓަރގެ ފަހު ޖުމްލައާއި އެކު ލޫޝާއަށް ވެސް ސިހިފައި ބަލާލެވުނެވެ.

” ނޫން.. އަހަރެންގެ ދަރިފުޅު.. އެހެނެއްނުވާނެ” އެތާ ތިބި އެންމެންނަށް ސިހިފައި ބަލާލެވުނީ ދޮރާ އެއަޑު އެއައި ދިމާއަށެވެ. އޭރު ހާމދުގެ އަތްމަތީގައި ހަބްޝާ ދެމިފައި އޮތެވެ. އޭރުވެސް ހުޝާމްއަށް ގުޑިލަންވެސް ނޭނގިފައި ހުރީއެވެ. ޑޮކްޓަރ ނާއިލާ އާއި ހުމެއިދާގެ އެހީގައި ހަބްޝާ އެމަރޖެންސީ ރޫމަށް ގެންދެވުނެވެ.

ގަބުވެފަައު ހުރި ހުޝާމަށް ހޭވެރިކަންވީ ލޫޝާގެ ރުއިމުގެ އަޑަށެވެ. ހިތުގެ އެންމެ ފުންމިނަށް އަސަރުކުރާކަހަލަ ރުއިމެކެވެ. ހުޝާމް ލޫޝާ ކައިރީގައި އިށީނދެލައި ލޫޝާ ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ.

” ކޮންމެ ކަމެއްގައިވެސް ކެތްތެރި ވާންވާނެ… ﷲގެ އިރާދަފުޅުން މެނުވީ އެއްވެސް ކަމެއް ނުވާނެ.. އަހަރުމެންނަށް އޮތީ އެކަލާނގެ ކިބަފުޅަށް ކެތްތެރިވުން… އަދި އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުއާ ކުރުން.. އެއްވެސް މީހަކަށް ނުއުފުއްލޭވަރުގެ ބުރައެއް އެކަލާނގެ ނުޖައްސަވާނެ… މުސީބާތުގެ ވަގުތުގައި ރޮއެ ހެދުމަކީ މާތްﷲ ނުރުހުންވެވޮޑިގެންވާ ކަމެއް.. އެހެންވީމާ ރުއިން ހުއްޓާލާފައި ހަމަޖެހެވޭތޯ މަސައްކަތް ކުރޭ.. މާތްﷲގެ އިރާދަފުޅުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. ” ލޫޝާގެ ބޮލުގައި ފިރުމަމުން ހުޝާމް ބުންޏެވެ.

” އަހަންނަށް މާފްކުރޭ ހުޝާމް.. އަހަރެން ހުރިހާ ކަމެއް ސިއްރުކުރީ އަހަރެންގެ ސަބަބުން އެއްވެސް މީހަކު ދެރަކުރާން ބޭނުންނުވާތީ” ލޫޝާ ގިސްލަމުން ބުނެލިއެވެ.

” ދެން އެކަންތައް ހަނދާން ނައްތާލާ.. މިހާރު ދެން ވީކަމެއްވީ.. އަންނާނަން ބޮޑުދައިތައަށް ވީގޮތެއް ބަލާލާފައި” މިހެން ބުނެ ހުޝާމް ގޮނޑިން ތެދުވަމުން ނިކުންނަން ހިނގައިގަތެވެ.

ދާދި ދެންމެއަކު ހުޝާމް ގުޅާފައި ދިން ހަބަރަކުން ހަބީބާ ވަނީ މުޅިން މާޔޫސްވެފައެވެ. އެއްކޮޅުން ހިބާ އާއި ދޭތެރޭ ވިސްނާ ވިސްނާ ބޯހަލާކު ވާއިރު އަނެއްކޮޅުން ހުޝާމް ދިން ހަބަރަކުން ހަބީބާ ސިކުނޑި ސުމަކަށް ދަނީއެވެ. އެހެން އިންދާ އަނެއްކާވެސް ސިއްސައިގެން ދިޔައީ ހިބާ ރޯންފެށި އަޑަށެވެ. ދުވެފައި ގޮސް ކޮޓަރިހުޅޫވާލިއިރު ހިބާ ރޮމުން ދޮރާ ދިމާއަށް އަންނަނީއެވެ.

” ކިހިނެއްވީ ދަރިފުޅާ.. ހަމަޖެހިބަލަ” ހިބާ ގައިގާ ބައްދާލަމުން ހަބީބާ ވާހަކދެއްކިއެވެ.

” މަންމާ.. ދޮންބެދައްތަ… ދޮންބެދައްތައަށް ވާގޮތަށް ހިބާގެ ވެސް ބަނޑުގަ އެބަ ރިއްސާ.. ހިބާއަށް ކެންސަރ ޖެހުނީ ކަންނޭނގެ..” ހިބާ ރޮޮމުން ބުނި ޖުމްލައިން ހަބީބާ ކައިރިއަށް ރުޅިއައެެވެ. އަދި ހިބާ ދުރުކޮށްލަމުން ބާރަކަށް ހިބާއަށް ގޮވާލިއެވެ. އެވަގުތު ހިބާ ސިއްސައިގެން ގޮސް ދެއަތް ޖޯޑުކޮށް މެޔާ ކައިރިކޮށްލިއެވެ.

” ހިބާ މޮޔަވެގެންތަ ތިއުޅެނީ.. ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ.. މީހަކަށް ވާހާ ކަމެއް ހިބާއަށް ވާން ޖެހޭތަ.. ” ހިބާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ހަބީބާ ބުންޏެވެ. ދެވަނަ ސިކުންތުގެ ތެރޭގައި ހަބީބާގެ ރުޅިގަނޑު ފިނިވެގެން ދިޔައީ ބިރުގަނެފައިވާ ހިބާގެ މޫނު ފެނުމުންނެވެ. އަދި ހިބާ ގައިގާ ބައްދާލީ ލޯބިން ހިބާއަށް ވިސްނައިދެމުންނެވެ.

ލަސްތަކެއް ނުކޮށް އިތުރު ފަރުވާއަށް ލޫޝާ  ގޮވައިގެން ހުޝާމް އަވަށްޓެރި ގައުމު އިންޑިއާ އަށް ފުރީ ހަބްޝާ އާއި ހާމިދުވެސް ގޮވައިގެންނެވެ. މާ ގިނަ ދުވަސް ތަކެއް ނުކޮށް ލޫޝާގެ އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމާއެކު ކުރެވުނެވެ. ނަމަވެސް އޮޕަރޭޝަން ކުރުމުގެ ތެރޭގައި ޓިއުމަރ ނެގުނީ އޯވަރީއާއިވެސް އެއްކޮށެވެ. ދެން ދުވަހަކުވެސް ދަރިއަކު ލިބުމުގެ ހެޔޮ ނަސީބު ނުލިބޭނެކަން އެނގުމާއެކު ލޫޝާގެ އިތުރުން ހުޝާމްއަށްވެސް ފުން އަސަރުތަކެއް ކުރިއެވެ.

ކެންސަރ ވަނީ ވަނީ މާބޮޑަށް ފެތުރިފައި ކަމުން ލަސްނުކޮށް ލޫޝާއަށް ކީމޯތެރަޕީ ދޭން ފެށުނެވެ. މިކަމުގެ ސަބަބުން ލޫޝާގެ ހަށިގަނޑަށް އަޅާ ވޭނަށް ލޫޝާ ކެތްކުރަމުން ދިޔައީ މާތްﷲގެ ހަޒްރަތަށް ދުއާ ކުރަމުންނެވެ. ހުރި ހަމަ އެކަނި ދަރިފުޅުގެ ހާލު ހުރި ގޮތް ފެނި ހަބްޝާއާއި ހާމިދުގެ ހިތް ކުދި ކުދި ވާވަރު ވެއެވެ. ނަމަވެސް އެކަން ލޫޝާއަށް ނުދައްކާ ިނިތުންވަމުން ދިޔައީ ވަރަށްވެސް ކެތްތެރިކަމާއެކުގައެވެ.

” ހުޝާމް… އަހަރެން ވާހަކައެއް އަހާލަންތަ.. ” އެނދުމަތީގައި އޮތް ލޫޝާ ކައިރީގައި އިށީނދެ އިން ހުޝާމް ކައިރީ އަހާލިއެވެ. ހުޝާމް މަޑުމަޑުން ބޯޖަހާލަމުން އެހުމަށް ބުންޏެވެ.

” އަހަރެން ދެކެ ލޯބިވޭތަ” ލޫޝާގެ ސުވާލުން ހުޝާމް ކުޑަކޮށް ހީލިއެވެ.

” އާނ.. ލޯބިވޭ” ހުޝާމް މިހެން ބުނެލުމާއެކު އެހާލުގައިވެސް ލޫޝާގެ މޫނުމަތި ރަތްވެގެން ދިޔައެވެ.

”  ހުޝާމް…” އަނެއްކާވެސް ލޫޝާ ގޮވާލިއެވެ. މިފަހަރު ހުޝާމް ވަރަށްވެސް ލޯބިން ހުމްމް ލައްވާލިއެވެ.

” އައިޝާއާއި ދެއަންބަށް އިންނަންވީނު” ލޫޝާގެ ޖުމްލައިން ހުޝާމްއަށް ލިބުނީ ކުއްލި ސިހުމެކެވެ.

” ލޫޝާ ކޮންކަަހަލަ ވާހަކައެއްތަ ތިދައްކަނީ.. އަހަރެން ބޭނުމެއްނޫން ލޫޝާ ދެރަވާކަހަލަ އެއްވެސް ކަމެއް ކުރާކަށް.. ދެން މާގިނައިން ވާހަކަ ނުދައްކާ ރީތިކޮށް އޮވެބާ” ހުޝާމް ލޫޝާ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

” އޭގެ މާނައަކީ ހުޝާމް އައިޝާއާއި އިންނަން ބޭނުމޭ ދޯ” ލޫޝާ ހީލަމުން އަހާލިއެވެ.

” އަޅެ މިއަދު ކޮންކަހަލަ ވާހަކައެއްތަ ތިދައްކަނީ..” ހުޝާމް ލޫޝާގެ ކޮލުގައި ހިފާލަމުން ހުޝާމް ބުނެލިއެވެ.

” ހުޝާމް.. ހިތް ބުނަނީ ރަނގަޅު ކަމެއް ކުރަން ކަމަށް ވަންޏާ އެކަމެއް ނުކޮށް ނުހުންނައްޗެ.. އިންސާނާއަކީ ވަރަށް ކުޑަ ވަގުތު ކޮޅެއްގެ މެހުމާނެއް.. ހިތް ބޭނުންވާ ކަމެއް ކުރުމުގެ ފުރުސަތު ލިބެނީ ވަރަށް މަދު މީހަކަށް.. ” ލޫޝާ ދައްކަމުން ދިޔަ ވާހަކައިން ހުޝާމް ހިތަށް ނުތަނަވަސްކަން ވެރިވަމުން ދިޔައެވެ.

” ލޫޝާ ނިދާލެވޭތޯ މަސައްކަތް ކޮށްބާ.. އަންނާނަން ބަޭރަށް ގޮސްލާފަ” މިހެން ބުނެ ލޫޝާ ނިތްކުރިއަށް ބޮސްދެމުން ހުޝާމް ބޭރަށް ނިކުތެވެ. ހުޝާމް ދިޔަ ދިމާއަށް ބަލަން އޮތުމަށްފަހު ލޫޝާ ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލަމުން ލޯމަރާލިއެވެ.

ދެއަތް ޖީބަށް ޖަހައިގެން މަގު އޮތްގޮތަށް ހިނގަމުން ދިޔައިރު ދެވޭތަނެއްވެސް ހުޝާމްއަށް ނޭނގޭ ކަހަލައެވެ. ލޫޝާ ދެއްކި ވާހަކައަށް ފަހު ހުޝާމްގެ ބޯވަނީ ހާސްވެފައެވެ. ހިތު ތެރޭގައި ބޮޑު ހައިޖާނެއް އުފެދިފައިވާކަހަލައެވެ. މިވީހާ ދުވަހު ވަރުގަދަ އަޒުމެއްގައި ހުރި ހުޝާމްގެ އަޒުމަށް ޔަގީނުންވެސް ގުޑުމެއް އަރައިފިއެވެ. މިހާރު ހިތާއި ސިކުނޑި ބުނަނީ ދޭއްޗެކެވެ. ލޫޝާ އެހާލުގައި އޮއްވާ އައިޝާއާއި ކައިވެނި ކުރުން އެއީ އެންމެ ރަނގަޅުގޮތް ހެއްޔެވެ. އެކަމަކު އެއީ ލޫޝާވެސް ބޭނުންވާގޮތެވެ. ދެއަންބަށް އިންނަން އައިޝާ ޤަބޫލުވާނެ ހެއްޔެވެ. އަނެއްކާ ހުޝާމްގ އެނިންމުމުން އާއިލާއަށް ކުރާނީ ކޮންފަދަ އަސަރެއް ހެއްޔެވެ. ލޫޝާއަށް ދަރިން ނުލިބޭތީ ކުރި ކައިވެންޏެއް ކަމުގައި ބަލާފާނެއެވެ. މިކަމުން ލޫޝާ އަދި އައިޝާއަށް ކުރާނީ ކޮންފަދަ އަސަރެއް ހެއްޔެވެ. ސުވާލުތަކުން ބޯހާސްވާން ފެށުމުން ހުޝާމް އެއްއަތުން އިސްތަށިގަނޑުގައި އަތްފުނާއަޅާލިއެވެ. ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށީ އެވަގުތުއެވެ. ސްކްރީނަށް އަރާފައިވާ ލޫޝާގެ ނަން ފެނުމުން ހުޝާމް ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން ހަލޯއޭ ބުނެލިއެވެ.

2 މަސްފަސް

ރަސްފަންނުގެ ހިތްގައިމު ގޮނޑުދޮށުގައި އައިޝާއާއި އީޝަލް އަދި މަނާލް ތިއްބެވެ. އީޝަލްއާއި މަނާލް އޮލަވާހަކައެއްގައި ތިބިއިރު އައިޝާ އިނީ މުޅިން އެހެން ދުނިޔެއެއްގައެވެ. މިއަދު ހަތަރުދަމު އައިޝާގެ ހިތް ނުތަނަވަސް ވަނީއެވެ. މީހެއްގެ ފިރިއަކާ ދޭތެރޭ ވިސްނަން ބޭނުންނުވިޔަސް ހުޝާމް މަތިން މާބޮޑަށް ހަނދާންވަނީއެވެ. މަނާލްއާއި ވާހަކައިގައި ޖެހިފައިން އީޝަލްއަށް މިކަން ފާހަގވީ އިރުގަނޑެއް ފަހުންނެވެ. ގެއަށް ދިޔަ މަގުމަތީގައި މަނާލް އޭނާގެ ބޮޑުދައިތަ ގެއަށް ވަނުމުން އީޝަލް އައިޝާ ކައިރީ ހުރިހާ ކަމެއް ރަނގަޅު ތޯ ސުވާލު ކުރިއެވެ. އައިޝާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމުންވެސް އައިޝާގެ ލޮލަށް ބަލާލުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އީޝަލްއަށް ނަގައި ގަނެވުނެވެ.  ގެއަށް ވަދެވުމާއެކު އެންމެ ފުރަތަމަވެސް އީޝަލް އައިޝާ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ.

” ދޮން.. ހުރިހާ އެންމެންނަށް އޮޅުވާލިޔަސް އަހަންނަށް އޮޅުވައެއް ނުލެވޭނެ.. ބުނެބާ.. ކަމެއް ގޯސްވީތަ” އައިޝާގެ މޫނު ފޮތިކޮޅު ބޯމައްޗަށް އެއްލަމުން އީޝަލް ވާހަކަދެއްކިއެވެ. އައިޝާ ފުންނޭވައެއް ދޫކޮށްލަމުން އިސްޖަހާލިއެވެ. އަދި އަނެއްފަރާތަށް އެނބުރި  ގޮސް އެނދުގައި އިށީނދެލިއެވެ.

” އީޝޫ.. ދޮންތައަށް ވަރަށް ގޯސްކަމެއް ކުރެވޭ އެބަ..” އިސްއުފުލާލައި އީޝަލް އާއި ދިމާއަށް ބަލާލިއެވެ. އަދި އަނެއްކާވެސް އިސްޖަހާލިއެވެ. އީޝަލް ސުވާލުގެ ނަޒަރަކުން އައިޝާއާއި ދިމާއަށް ބަލަން ހުއްޓެވެ.

” ބޭނުމެއްނޫން މީހެއްގެ ފިރިއަކާ ދޭތެރޭގައި ވިސްނާކަށް.. އެކަމަކުވެސް ނޭނގެ.. ހިތުން ހުޝާމްގެ ނަމެއް ނުފިލާ.. ދޮންތައަށް އެނގޭނީ އެވިސްނުންތަކާ ދުރަށް ދިއުމަށް ދޮންތަ ކުރާ މަސައްކަތް.. އެކަމަކު އައި ފެއިލް އެވްރީޓައިމް.. ” އެއިންގޮތަށް އިނދެ އައިޝާ ކިޔާލިއެވެ.

” ތީ މާޔޫސްވާން ޖެހޭ ވަރުގެ ކަމެއް ނޫން.. ދޮންތައެއްނު ބުނަނީ ﷲގެ ހަޒްރަތުން އުއްމީދު ކަނޑާނުލާށޭ.. ތިކަމުން ސަލާމަތްވާނެވެސް އެދި ހަމަ ދުއާކުރަންވީ.. މާއަވަހަށޭ ދޮން ކަންބޮޑުވަނީ” އައިޝާ ގައިގާ ބައްދާލަމުން އީޝަލް ބުނެލިއެވެ. އައިޝާވެސް ދެލޯފޮހެލަމުން ހީލެވޭތޯ މަސައްކަތް ކުރިއެވެ. ދޮރުގައި ޓަކިޖަހާލިއަޑު އިވުމުން އީޝާލް ކުޑަކޮށް ދުވެލާފައި ގޮސް ދޮރު ހުޅުވާލިއެވެ. ނީމާ ކޮންމެވެސް މީހަކު އައިޝާ ހޯދަން އައިސް އިން ވާހަކަ ބުނުމުން އީޝާލް ކުޑަކޮށް އަރިވެލާފައި ސޯފާއާއި ދިމާއަށް ބަލާލިއެވެ.

ސޯފާގައި ހާރޫނު ކައިރީއިން މީހާ ފެނި އައިޝާއަށް ފަހަތަށް ޖެހެވުނެވެ. އީޝަލްވެސް ދެލޯ ބޮޑުކޮށްލާފައި އައިޝާއަށް ބަލާލީ ގަބޫލުނުކުރެވިގެންނެވެ.

-ނުުނިމޭ-

Assalaam Alaikum hurihaa kudhin.. Alhamdulillah i am back.. heekuran mifaharu evves kuhjakah shakuvaa kurumuge furusatheh nudhy vaahaka ninmaaleveyne kamah.. aslu ehaa lasvee hayyuge vaahaka save kohfa inna pen drive gelligen kurin liyefa huri baithah ves alun liyan jehuny. in sha Allah dhe dhuvahun ehdhuvahu vaahaka up kohdheynan. here’s episode 19. hope everyone likes it. :

25
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Axoo

Other Articles

Previous

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން… (04)

Next

އެޕާރޓްމަންޓް 4ބީ (ދިހަވަނަބައި)

Next
March 22, 2017

އެޕާރޓްމަންޓް 4ބީ (ދިހަވަނަބައި)

Previews
March 21, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން… (04)

29 Comments

  1. Fan says:
    March 21, 2017 at 10:34 pm

    Yayyy finally its here ❤️?? haadha inthizaareh kohfeemey ??

    1. hayyu says:
      March 21, 2017 at 10:45 pm

      yeah finally :*

  2. Aish says:
    March 21, 2017 at 10:34 pm

    Varah sali

    1. hayyu says:
      March 21, 2017 at 10:46 pm

      alhamdulillah.. jazakallah khair aish 🙂

  3. no says:
    March 21, 2017 at 10:36 pm

    Thiyaa knme meehaku vx buna ehceh vaahaka dhuvas knfa up knfa bunee thiman bali ey pen gehliunee.. Vaahaka liyan vaanii vaahaka liyaa meeha ga hiyy varu hurey gen Dhen mihen buniyas gosvanii cmment kuraa meeha

    1. hayyu says:
      March 21, 2017 at 10:44 pm

      salaam no.. you may be right.. but everyone is not same.. no dnt judge before u knw what is the reality.. watch ur words it might hurt the other.. i knw it did took a v long time but Allah swt knws wats the truth. i lost my pendrive and its the truth. jazakallah khair for ur comment.

  4. ainth says:
    March 21, 2017 at 10:36 pm

    V reethi

    1. hayyu says:
      March 21, 2017 at 10:48 pm

      jazakallah khair ainth 🙂

  5. Ree Nas says:
    March 21, 2017 at 10:37 pm

    Nishana Solih

  6. Aimsithu says:
    March 21, 2017 at 10:45 pm

    Haadha kurukoh..alhey thankolheh dhigukoh genes dheeba

    1. hayyu says:
      March 21, 2017 at 10:51 pm

      in sha Allah dhen faharakun dhigukohalaanan ingey Aimsithu

  7. Petite says:
    March 21, 2017 at 11:14 pm

    Masha Allah. . Was waiting for this story ???… v v reethi.. next episode avahah up kolla dhehchchey ❤❤

  8. Thuka says:
    March 21, 2017 at 11:15 pm

    Me v rythii story eh..V gina dhuvax vejje mivaahak ah inthixaaru kuraathaa… heekury dhen hutaly kamah..
    Thank you hutaanulaa genesdhinyma ?

  9. Erzi says:
    March 21, 2017 at 11:42 pm

    Varah ufaavejje vaahaka up v thy ? thank you hayyu

  10. Baby says:
    March 21, 2017 at 11:50 pm

    Alhe haadha kurey. I was waiting for this story. Dhen kondhuvahakun up kohdheyney

  11. Baby says:
    March 21, 2017 at 11:59 pm

    “Nuruhunvevodigannavaan” ah vure ruhi vodigen nuvaane liyunu nam kiyaalan faseyha vaane kamah feney…..

  12. Vaahaka foshi says:
    March 22, 2017 at 12:16 am

    Maasha allah. Vara salhi ?

  13. Iraa says:
    March 22, 2017 at 12:20 am

    Its been a long time waiting for this..alhamdhullillah finaly? …jazak allah kair..hayyu? for this beautiful story..keep it up..?

  14. Shaaa says:
    March 22, 2017 at 1:16 am

    Mivaahaka ah haadha inthixaareh kohfeemey.. Maasha allah mi part vs vv reethi??

  15. Khajja says:
    March 22, 2017 at 1:18 am

    Masha allah v rythi v inthizaaruves kurevijje n thank u so much

  16. ukhthi says:
    March 22, 2017 at 9:48 am

    alhamdhulillah…….jazakallahukhairan vaahaka up kohla dhinythy……varah ufaavehje…….;D ;D ;D

  17. kiya says:
    March 22, 2017 at 10:00 am

    V ginadhuvas vejje inthizaaru kuraatha

  18. Shaa says:
    March 22, 2017 at 10:03 am

    Reethi

  19. Shaaa says:
    March 22, 2017 at 10:11 am

    Nxt part knirakun?

  20. rim says:
    March 22, 2017 at 11:36 am

    V v v inthixaaru kohfin mivaahakayah v v v v reethi museebaatheh kurimathi vaahidhu ruimakii aallh nurusavaa sifaekey dhow thibunii misaalakakah lobivaa dharifulhu maruvun efadha haalathugaves ruimeh ragalhunuvaanetha lobivaamom nuvatha bappa yah bodu bahyeh kurimathivii evaguthu kihaa dhrravaane nuroveyne miihaku huredhaanetha ehaalathuga

  21. Saj says:
    March 22, 2017 at 12:02 pm

    Mi story vvvvvvvvv reethi ??
    Jazakumullah kairan
    May Allah bless you
    Ameen
    ??

  22. Kalhu handi says:
    March 25, 2017 at 8:08 pm

    V rythi v kiyaahithun mi vaahaka mi kiyany…

  23. Faxoo says:
    March 27, 2017 at 7:33 pm

    MaShaAllah. mibaivx vrh reethi 🙂

  24. mal-mal says:
    August 31, 2017 at 1:30 pm

    Hushaam tha e aii??? higamaa vaa gotheh balan!!

Comments are closed.

All Right Reserved!