ކުރިމަތީ އެ ހުރީ ޔާއިންއެވެ. ޔާއިން ފުރަތަމަވެސް ޔައިނާގެ ގައިގާ ބައްދާލިއެވެ. ޔައިނާ ފޯނު ނިއްވާލާފައި އޮތުމުގެ ސަބަބުން އޭނާގެ ސިކުނޑިއަށް އެކި ހިޔާލުތަށް ވަންނަން ފެށީ އެޔެއް މިއެއް ބަލާފައެއްނޫނެވެ. އެކި ތަންތަން ހޯދަމުން އައިސް މިތަނަށް އާދެވުނީވެސް ޔައިނާ މިކަހަލަ އަމާން ތަނެއްގައި އިނދެދާނެކަމަށް ހީކުރެވުމުންނެވެ. ޔާއިން ޔައިނާ ދުރަށްލުމަށްފަހު ހަމަޖެހުނެވެ. އެއަށްފަހު ރުޅިވެރި ނަޒަރަކުން ޔައިނާއަށް ބަލާލިއެވެ. “ކީއްކުރަނީ މިތާ؟؟ ފޯނަށް ކިހިނެއް ހަދައިގެން ތި އުޅެނީ؟ ޔަނާ ކޮން އިރެއް ބޭރުގައި އުޅޭތާ.. މިހާރު 12 ޖަހަނީ އެހެރަ..” ޔާއިން ބުނެލީ ޔައިނާގެ ކޮނޑުގައި ހިފައި ތަޅުވާލަމުންނެވެ. ޔައިނާ އެއްޗެއް ނުބުނެ ދުރު ބަލަންފެށިއެވެ.
“ޔައިނާ!! އެންމެ ދުވަހަކު ކުރެވުނު ކުށުގެ އަދަބު މުޅި އުމުރަށް ތިމާއަށްވެސް އަދި އެހެންމީހުންނަށްވެސް ދޭކަށް ނުވާނެ.. އިޓްސް އޯލް އަބައުޓް އަ ސެކަންޑް ޗާންސް.. ބަޓް ޔައިނާ ހިތުން އެންމެ މޮޅުކޮށް މި ވިސްނެނީ އެހެންނު.. ބަޓް އިޓްސް ފައިން… ޖަސްޓް ލީވް އިޓް.. އެން މިގޮތަކަށް ނޫން އެ ސަޕްރައިޒް ބުނަން އުޅުނީކީ ބަޓް އައި ޑޯންޓް ކެއަރ… ސަޕްރައިޒް އަކީ، ބައްޕަ އަހަރެމެން ދެމީހުންގެ ގުޅުމަށް އޯކޭ ބުނެފިކަން… އެރޭ ޔައިނާ ގެ އިންތިޒާރުގައި ޓެރަހުގައި އިނީ އެވާހަކަ ބައްޕަ ބުނި ދުވަހު ހިތަށް އެރި ޔަނާ ގެ އިތުބާރާއި ލޯބި ހޯދުނީމަ ނޫނީ ނުބުނާނަމޭ… އޭރުން ކުއްލިއަކަށް އެ ފެށޭ ގުޅުން ކުރިއަށް ގެންދަން އުނދަގޫވާނެ، އެކީ އުޅެވިފައި ނެތީމަ… ހަމައެކަނި ލޯބިވެގެންނޭ ކިޔާފައެއް ގުޅުމެއް ނުފެށޭނެ… ޔައިނާގެ ފަރާތުން ގެއްލުނު އިތުބާރު ހަމަ ބައްޕަގެ އެންމެ އޯކޭ އަކުން ނުލިބޭނެ…އައި ޖަސްޓް ވޯންޓެޑް ޔޫ ޓު ޓުރަސްޓް މީ… އޯކޭ މިވާހަކަވެސް ގަބޫލުނުކުރިޔަސް.. ރޭވެސް ދިޔައީ ޔަނާ ކައިރި އެވާހަކަ ބުނަން… ކުރީރޭވެސް ޓްރައި ކުރިން…. ކެތް ނުވީ ޔަނާ އަހަރެންގެ މީހަކަށް ހަދަން.. ޔެސް… ޑޭޑް ބުނެފި އޯކޭ އޭ.. އެން ޑޭޑް ބުނީ އެއް ހަފްތާ ފަހުން ޑޭޑް ދެމީހުންނަށްވެސް މި ގުޅުމައިގެން ކުރިއަށް ގެންދެވުމުގެ ޗާންސްއެއް އަދި އިތުރު ސަޕްރައިޒް އެއް ދޭނަމޭ އުޅެން ފަސޭހައަކަށް.. މިތާކު މިހެން ނޫޅެވޭނެކަން އިނގޭތީ އެން އައި ޑޯންޓް ނޯ ވަޓް އިޓް އިޒް. މިރޭ މީ ފަހު ރޭ.. މާދަން ބައްޕަ ބުނާނެ.. ބަޓް ޔޫ ނޯ، ޔައިނާ އެއްވެސް ޓްރަސްޓެއް މީހަކަށް ނުކުރާއިރު މިކަމެއް ނުފެށޭނެ.. އިޓްސް އޯކޭ.. އަހަރެން ބޭނުންވީ ހަމައެކަނި ޔައިނާ، ހަމައެކަނި ޔައިނާ ގެ އިތުބާރާއި ލޯބި.. އެ ގެއްލުނު އެއްޗެހި އަނބުރާ ހޯދަން.. އަނގައިން ނުބުންޏެއްކަމަކު އަމަލުން އެ ކަން ދެއްކޭތޯ ބެލިން…..” ޔާއިން ފުން ނޭވައެއް ދޫކުރިއެވެ. ޔައިނާ ގަނޑުއަރާފައި ޔާއިންއާއި ދިމާލަށް ބަލަން ހުރެވުނު އިރު އެ ދެލޯ ފުރި ކަރުނަތަށް ހުރީ ފައިބަން ތައްޔާރަށެވެ. ޔައިނާގެ އިޝާރާތަކަށް އެ ކަރުނަތަށްވެސް ތިބީ އިންތިޒާރުގައެވެ.
ޔާއިން ޔައިނާއަށް ބަލައިލުމަށްފަހު ދުރަށް ހިނގައިގަތެވެ. ޔައިނާ އަނގަމަތީ އަތް އެޅިއެވެ. އެ ދެއްކި ވާހަކަތަކަކީ ތެދު ހަޤީޤަތްކަން އޭނާއަށް އިނގުނެވެ. ކުށް ކުރެވުނީ ޔާއިންއަކަށް ނޫނެވެ. ޔައިނާއަށެވެ. ޔައިނާ ޔާއިން ދާތަން ބަލަންހުރެފައި ދުއްވައިގަތެވެ..
“ޔާން… ނުދޭ.. ޔާން އައި ލަވް ޔޫ…” ޔައިނާ ޔާއިންގެ ފަހަތުގައި ހުރެ އެހެން ބުނެލީ ޔާއިންއާއި އެއްވަރަށް އޭނާއަށް ނުހިނގުމުންނެވެ. ނަމަވެސް ފައިގައި ބާރުލާފައި އޭނާވެސް ދިޔައީ ދާދި ފަހަތުން ހިނގަމުންނެވެ. އޭރު އޭނާއަށް ރޮވިއްޖެއެވެ. “ޔާން ސޮރީ.. އަމް ސޮރީ.. އައި ލަވް ޔޫ ޔާން… އައި ލަވް ޔޫ..” ޔައިނާ ކިޔަމުންދިޔައެވެ. “ޔާން ޕްލީސް… ޕްލީސް… އައި ލަވް ޔޫ ޔާން އައި ލަވް ޔޫ… ވަރަށް ބޮޑަށް…” އެވަރުންވެސް ޔާއިން ފަހަތަށް ނުވެސް ބަލާ ހިނގަމުންދިޔައެވެ. ޔައިނާ ޔާއިންގެ އަތުގައި ހިފުމުންވެސް މަޑުނުކުރިއެވެ. ނަމަވެސް އެ އަތް ދޫކޮށްލާކަށް ނޫޅުނެވެ.
“ޔާން.. އައި ލަވް ޔޫ.. އައި ލަވް ޔޫ އައި ލަވް ޔޫ.. ސޯ މަޗް.. އައި ލަވް ޔޫ… އައި ލަވް….” ޔައިނާ ރޮއެ ރޮއެފައި އެހެން ކިޔަނިކޮށް ހުއްޓުނީ ޔާއިން ކުއްލިއަކަށް ފަސްއެނބުރި ޔައިނާގެ ގައިގާ ބައްދާލުމުންނެވެ. ޔައިނާ އަތުގައި އަޅުވާފައި ހުރި ކޮތަޅުތަށް ހުރިތަނަށް ވެއްޓުނީ ޔާއިންގެ ގައިގާ އޮޅުލައިގަންނަން ހަދައިގެންނެވެ. “އައި ލަވް ޔޫ ޔާން އައި ލަވް ޔޫ… އަމް ސޮރީ..” ޔައިނާ ބުނަމުންދިޔައެވެ. ޔާއިން ޔައިނާގެ ގައިގާ ހިފަހައްޓާލައިގެން ހުރީ ވަރަށް ބާރަށެވެ. “އަމް ސޮރީ.. ޔާން އަމް ސޮރީ…… ޔާން.. އައި ލަވް ޔޫ… ވަރަށް ބޮޑަށް ލޯބިވޭ..” ޔައިނާ ބުނެލީ އިތުރަށް އެ މޭތެރޭ ބޮނޑިވެލަމުންނެވެ. ޔާއިން ޔައިނާގެ އިސްތަށިގަނޑުގައި ބޮސްދިނެވެ. “އިޓްސް އޯކޭ ބޭބީ… އައި ލަވް ޔޫ ޓޫ….” ޔާއިން ބުންޏެވެ. “ޔާން… އަމް ސޮރީ.. އަމް ރިއަލީ ސޮރީ..” ޔައިނާ ބުނެލީ އަދިވެސް ޔާއިން ދެރަވާނެކަން އިނގޭތީއެވެ. “ނޫން ބޭބީ އިޓްސް އޯކޭ.. ދެން ނުރޮއެ ހުއްޓާލާ އަވަހަށް…” ޔާއިން ޔައިނާ ދުރަށްލަމުން އެހެން ބުނެފައި އެދެލޯ ފޮހެދިނެވެ.
“ހިނގާ ގެއަށް ދާން ދޯ ބޭބީ..” ޔާއިން ބުނެލީ ޔައިނާގެ ކޮލުގައި ފިރުމާލަމުންނެވެ. މަގުމަތިކަމަށް ވެފައި މިތާ ތިބުން ރަނގަޅު ނުވާނެކަން ޔާއިންއަށް އިނގެއެވެ. “ކޯޗެއްތަ ގަތީ މަގޭ ޖާނުގަނޑު..” ފައިބުޑަށް ވެއްޓުނު ކޮތަޅުތަށް ނަގައި ޔައިނާގެ އަތުގައި ހިފަހައްޓާލަމުން ޔާއިން ހިނގަންފެށިއެވެ. ޔައިނާ އޭނާ ގަތް އެއްޗެހި ކިޔައިދެމުން ދިޔައެވެ.
….
ގެއަށް ވަތް އިރު އެކަކުވެސް ނެތެވެ. ޔާއިން އާއި ޔައިނާ ގޮސް ވަނީ ޔައިނާގެ ކޮޓަރިއަށެވެ. ޔާއިން ދޮރުމަތީ ހުއްޓުމުން ޔައިނާ ގޮސް އެނދުމަތީ ކޮތަޅުތަށް ބަހައްޓަމުން ޔާއިންއަށް ބަލައިލިއެވެ. އަދި ދުވެފައި އައިސް އެ ހަށިގަނޑުގައި ބައްދާލިއެވެ. “އައި ލަވް ޔޫ.. ވަރަށް ބޮޑަށް.. ވަރަށް ވަރަށް ބޮޑަށް…” ޔައިނާ ބުންޏެވެ. “އަސްލުވެސް ވަރަށް ބޮޑަށް ސޮރީ…. ވަރަށް މޮޔަވެފައި ހުރީ ނުވެސް ވިސްނޭ.. ނޫން ވިސްނޭ، އެކަމް ގަބޫލުކުރަން ބޭނުންނުވަނީ….. އެއްވެސް ކަމެއް ބޭނުމެއްނުވޭ ގަބޫލުކުރާކަށް، އަމިއްލަ އަށް ވިސްނޭ ގޮތް އެއީ ރަނގަޅު ގޮތް ކަމަށް ހީކުރެވެނީ.. އަމް ސޮރީ ޔާން….. ވަރަށް ދެރަކުރެވުނު ދޯ…” ޔައިނާ ބުންޏެވެ. “ނޫން…. އެކަމް ޔަނާ ވަރަށް އުފާކޮށްދޭ.. ސޮރީ އެވަގުތު އެއްޗެހި ކިޔުނީމަ އިނގޭ.. ހާސްވީ ޔަނާ ދިޔަތަން ނޭނގުނީމަ…” ޔާއިން އެހެން ބުނެފައި ޔައިނާ ދުރަށްޖެއްސިއެވެ.
“އަސްލުވެސް ބައްޕަ އޯކޭވީތަ؟ ދެން ކީއްވެ މަމް މެން އަދިވެސް ނުބުނެ އެހުންނަނީ؟ އެން ބައްޕަ ކީއްކުރަންތަ އެ އުޅެނީ ކޮން ސަޕްރައިޒް އެއް ދެނީ؟” ޔައިނާ އެހިއެވެ.
“މަމް މެން ނުބުނެ ހުރީ ޔަނާ ކައިރި އަހަރެން ބުނަންދެން.. ކޮންމެ ދުވަހަކު މަމްމެން އަހާނެ ޔަނާ ކައިރި ބުނެވިއްޖެހޭ، ދެން ނޫނެކޭ ބުނީމަ ބުނާނެ އަވަހަށް ބުނާށޭ، އެކަމް މި ކުއްޖާފުޅު ޗާންސެއްނުދިން އެއް ގޮތަކަށް….. ދެން ޑޭޑް މިއަދު ބުނި މާދަން އިނގޭނެޔޯ ސަޕްރައިޒް މިރޭ ކޮންމެހެންވެސް މިގެ ރާނީ ކައިރި ބުނައްޗޯ..” ޔާއިން ޔައިނާގެ ކޮލުގައި ފިރުމާލީ ވަރަށް ލޯބިންނެވެ. ޔައިނާ އުފަލުން އަނެއްކާވެސް ޔާއިންގެ ގައިގާ ބައްދައިގަތެވެ. “ދެން ދުވަހަކުވެސް ވަކި ނުވާނެ ދޯ އިރާދަކުރެއްވިއްޔާ… ޔާން ދެން ނުވިސްނައްޗޭ ދުރަށް ދާން…” ޔައިނާގެ އަޑު މަޑެވެ. “އޮފްކޯޒް ބޭބީ.. އެއަށްވުރެ މާ ބޮޑަށް ލޯބިވޭ…” ޔާއިން ވެސް ހަމަ އެހާ މަޑުން ބުންޏެވެ.
……………..
އޭގެ އަނެއްދުވަހެވެ. ޔައިނާ ސައިބޯން ދާން ރެޑީ ވާން ހުއްޓާ ސުމާ ކޮޓަރި ދޮރު ހުޅުވިއެވެ ޔައިނާ ގޮސް ސުމާގެ ގައިގާ ވަރަށް ބާރަށް އޮޅުލައިގަތެވެ. “އަމް ސޮރީ މަމް.. އައި ލަވް ޔޫ ވަރަށް ބޮޑަށް…. ލޯބިނުވާތީ ކީ ނޫން އެހެން އުޅުނީކީ، އަމިއްލަ މޮޔަކަމުން.. މަންމަ މާފުކުރާނަންތަ؟” ޔައިނާ އެހިއެވެ. “އަނހަ! މަންމަކައިރި މާފަށް އެދޭ ވަރުކަމެއް ނުކުރަމެއްނު، ހިނގާ ސައިބޯން ބައްޕަ އެބައިންނެވި ރެޑީގައި…. މަންމަ ކައިރިވެސް ނުބުނި ސަޕްރައިޒް ގެ ވާހަކައެއް..” ސުމާ ބުނެފައި ހިނގައިގަތެވެ. ޔައިނާ ސުމާ އަށް އެތަކެއް ފަހަރު ޝުކުރުއަދާކުރިއެވެ.
ޔައިނާ ދިޔައިރު ޔާއިންވެސް ސައިބޯންދަނީއެވެ. އޭރު މާޒިން އިނީ ކާން އަރައެވެ. އެންމެން އައުމުން މާޒިން ކާން ފެށިއެވެ. ޔާއިން އާއި ޔައިނާ އެކަކު އަނެކަކާއި ދިމާލަށް ބަލައިލާފާ ނިއް އަރުވާލެވުނެވެ. މާޒިންގެ ފަރާތުން މާ ބޮޑު އެއްޗެއް ނުފެނިގެންނެވެ. “ދެމީހުން މިހާރު އޯކޭ ވެއްޖެތަ؟” ކުއްލިއަކަށް މާޒިން އަހާލުމުން ދެމީހުންވެސް އެކީ ބޯ ޖަހާލެވުނެވެ. “އޯކޭ، ދެމީހުން 3 ދުވަސް ތެރޭ އޮސްޓްރޭލިޔާއަށް ޗޭންގްވާން ރެޑީ ވޭ އިނގޭ… ޔާއިންގެ ލީވް ކޮންފޯރމްވެއްޖެ ބައްޕަ ޔަނާގެ ކަންތަށް ހަމަޖައްސާނަން….. ޓިކެޓްވެސް އޮންނާނީ ރެޑީގައި..” މާޒިން އެހެން ބުނުމާއި އެކު ޔާއިންއާއި ޔައިނާގެ ދެލޯ ބޮޑުވިއެވެ. ސުމާއަށްވެސް ވީ އެވަރެވެ. “އެކީއްވެ ބައްޕާ؟؟” ޔައިނާ އެހިއެވެ. މާޒިން ހީލަމުން ޔައިނާ ކައިރި އޭނާ ކައިރިއަށް އައުމަށް އެދުނެވެ. ޔައިނާ ޔާއިން އަށް ބަލައިލުމަށްފަހު މާޒިން ކައިރިއަށް ދިޔައީ ކާން އިން ތަށިތެރެއަށް އަތުގައި އޮތް އޫ ލާފައެވެ.. މާޒިން ކައިރި އިން ހުސްގޮނޑި ދައްކާލުމުން ޔައިނާ އެތާ އިށީނެވެ. “ދަރިފުޅާ! މި ރާއްޖެއަކު ނޫޅެވޭނޭ ތިހެންނެއް… އިނގޭ؟ ބައްޕަ ވަރަށް ގިނަ ކަންތަށް ތި ދެކުދިންނަށް ޓަކައި އެކޮޅުގައި ހަމަ ޖައްސައިފިން… އެއްވެސް ފިކުރެއް އަދި އުނދަގުލެއްވެސް ނުވާނެ…. މުޅި ދިރިއުޅުން އޮސްޓްރޭލިޔާއަށް ބަދަލުކުރަންވީ، ބައްޕަމެން ދާނަން ޔާލް ގެ ސުކޫލު ނިމުނީމަ، ޔާލް އަށް މިހާރު އަސްލުގައި އެއްޗެހި އަންޑަސްޓޭންޑްވާނެ ވަރަށް ގިނައެއްޗެހި އިނގޭނެ، އެކަމް އޭނާ އަދި ރެޑީއެއް ނޫން މިހުރިހާ އެއްޗެއް އިނގޭކަށް…. ޔާލް މިކޮޅުން ސުކޫލް ނިމި ކޯސް ހަދަންވީމަ ބައްޕައާއި މަންމަ އަދި ޔާލް ދާނަން ޔަނާމެން ކައިރިއަށް…އޭރުން ޔާލްއަށް ވެސް ހަޤީޤަތް ކިޔައިދެވޭނެއެއްނު….” މާޒިން ބުނެލީ ޔައިނާގެ ބޮލުގައި ފިރުމާލަމުންނެވެ.
“މި ތިންއަހަރު ކުއްޔަށް އުޅުނު ގެ ބައްޕަ މިހާރު އެއްކޮށް ގަނެފިން.. އޭރުން އެތާ އުޅެވޭނެ، އަދި ބައްޕަމެންވެސް ގޮސް އުޅޭނީ އެތާ.. އަދި އިތުރު އެއްޗެއް ބުނެދެން؟” މާޒިން އެހެން ބުނެފައި ޔާއިންއަށާއި ޔައިނާއަށް ބަލާލުމުން ދެމީހުން ބޯޖަހާލިއެވެ. “އެކޮޅުގައި ބައްޕަ މީގެ އަހަރެއްކުރިން އިންވެސްޓް ކުރި އޮސްޓްރޭލިޔާ އެކުވެރި ޑޮކްއެއްގެ ކްލިނިކް ހުންނާނެ، ގާތްގަނޑަކަށް 3 މަސް 4 މަސްފަހުން އެ ކުލިނިކް ހުޅުވޭނެ…. ބައްޕަ އޮންނާނެ ދެކުދިންނަށްވެސް އެތަނުން ވަޒީފާ ހަމަޖައްސާފައި… އެއީ ބައްޕައާއި އެ އެކުވެރި ޑޮކްޓަރ ގެ ޕާރޓްނާރޝިޕް ދަށުން ހިންގާނެ ކްލިނިކް އެއް… އެތަނަށް ޑޮކްޓަރުން ބޭނުންވެގެން އުޅެނީ، އެހެންވީމަ ދެކުދިންވެސް އެތާ ވަޒީފާ އަދާކުރެވޭނެ… ބައްޕަގެ ދެކުދިން އެއްތާކު ވަޒީފާ އަދާކޮށްފައި، ބައްޕަގެވެސް ހާފް އެތާ އޮތީމަ ބައްޕަ ވަރަށް ހިތްހަމަޖެހޭނެ…..” މާޒިން އެހެން ބުނުމާއި އެކު ތިން މީހުން އުފަލުން ފޮޅުނެވެ. ޔައިނާ ވަރަށް ބާރަށް މާޒިންގެ ގައިގާ ބައްދާލަމުން ޝުކުރުއަދާކުރިއެވެ. އަދި މާފަށްވެސް އެދުނެވެ. މާޒިންގެ ހިތަށްހަމަޖެހުން ލިބުނީ މި ނިންމުމާއި އެކު މީގެ އަހަރުތަކެއް ކުރިން ގެއްލުނު އޭނާގެ ލޯބިވާ ޔައިނާ އަނބުރާ އައުމުންނެވެ.
“މާޒިން ބުނީމެއްނު އެމީހުންގެ ކައިވެނި ކަންތަށްވެސް ހަމަޖެއްސޭނޭ؟ އެ ކިހިނެއް؟” ސުމާ ބުނެލީ އަދި އެވާހަކައިގެ އިތުރު ތަފްސީލެއް ސުމާ ކައިރިވެސް މާޒިން ބުނެފައި ނެތުމުންނެވެ. “ތިކަންވެސް ވާނެ، އެކަމް ހަޤީޤަތުގައި ދެމީހުން އަދި އެކަކު އަނެކަކާއި އެކު އުޅެން ވަގުތު ބޭނުންވާނެކަމަށް އަހަރެންނަށް ފެންނަނީ، ވަރަށް އިތުބާރުކޮށްފައި ދެމީހުން އެކަނި މި ފޮނުވަނީވެސް، ހަނދާނުގައި ހަރުލެވިފައި އިންނަން ޖެހޭނެ ދެމީހުން އަދި ކައިވެނި ނުކުރާކަން، އެ ލިމިޓް ތެރޭ ދެމީހުންގެ ކަންތަށްވެސް ހުންނަން ޖެހޭނެ، ބައްޕަ އޮސްޓްރޭލިޔާއަށް މިފޮނުވަނީ މިތާނގައި ކައިވެނިވެސް ނުކުރެވޭނެތީ އަދި އެކީވެސް ނޫޅެވޭނެތީ، ދެމީހުން ކައިވެނި ކުރުމުގެ ކުރިން އެކަކު އަނެކަކު ދަސްކުރުމަކީ ވަރަށް މުހިންމު ކަމެއް… ހަމަ ޓަސްލާފައި ލޯބިވެޔޭ ކިޔާފައި ކައިވެނި ކުރުން އެއީ ބައްޕަ އެހާ ގަބޫލުކުރާ ކަމެއް ނޫން.. އިނގޭ ދެމީހުންވެސް ލޯބިވާތާ އަހަރުތަކެއް ވެއްޖެކަން އަދި ބަދަލެއް ނުވާނެކަން އެކަމް ދެމީހުންވެސް މިހުރިހާ އަހަރު އުޅެން ދަސްވެފައި އޮތީ ތި ލޮތްބާއި އެކު، އެކަކު އަނެކަކާއި އެކުއެއްނޫން، އެހެންވީމަ ޖެހޭނެ އެކަކު އަނެކަކަށް ކުރާ އިތުބާރާއި ލޮތްބާއި ދަސްކުރުމުގެ ބައި ބޮޑުކުރަން، ކައިވެންޏާއި ހަމާއަށް ދެވޭނީ އޭރުން… ބޭނުންނަމަ އޮސްޓްރޭލިޔާއަށް ހަމަ ގޮއްސާވެސް އެކަން ކުރެވިދާނެ، އެކަމް ބައްޕަ ބުނާއެއްޗެއްވެސް ދެމީހުންނަށް އެބަ އިނގޭދޯ؟” މާޒިން އެހެން ބުނުމާއި އެކު ދެމީހުން ބޯ ޖަހާލީ އެއީ ދެމީހުންވެސް ގަބޫލުކުރާ ކަންތަށްތަކަށް ވީމައެވެ.
“އެހެންވީމަ ބައްޕަ މި ނިންމަނީ ދެމީހުންވެސް ބޭނުންވަނީ އެހަށް އެކަކު އަނެކަކާއި އެކު ވަގުތުކޮޅެއް ހޭދަކުރާށޭ އެހެންނު؟ ސޯ ދެމީހުން ކައިވެންޏަށް ރެޑީވެފައި ބައްޕައަށާއި މަންމައަށް ހަބަރެއްވޭ، އޭރުން ދާނަން، އެކަމް ޔާއިލްއަކަށް މި ކަމުގައި ބައިވެރިއެއް ނުކުރެވޭނެ…” މާޒިން އޭނާ ވިސްނަމުން ދިޔަ ކަންތަށް ހިއްސާކުރަމުންދިޔައިރު ސުމާއަށާއި ޔާއިން އަދި ޔައިނާއަށްވެސް އޭނާ ވަރަށް ބޮޑަށް މިކަމާއި މެދު ވިސްނިކަން އިނގިގެންދިޔައެވެ. އޭނާ ވަރަށް ރޭވިކަން އިނގިގެންދިޔައެވެ. މާޒިންގެ ވިސްނުމަށް އެންމެން އާބަސްބުންޏެވެ. “އެކަމް އަދިވެސް އެއްފަހަރު ބައްޕަ މި ބުނަނީ، ކައިވެނީގެ ކުރިން ބާއްވަން ޖެހޭ ލިމިޓް ދެމީހުންގެ ދޭތެރޭ އޮންނަން ވާނެ އެކީ އުޅެވޭއިރު، ބައްޕަ އިތުބާރު ކުރަން ދެމީހުންނަށްވެސް، މިހެން މި އިރު އިރުކޮޅާ ބުނަނީކީ އިތުބާރު ނެތީމައެއްނޫން… އެކަމް ޝައިތާނާ އަކީ އެންމެ ނުބައި ގަޑީގައި އެމީހެއްގެ ސިކުނޑިއަށް ވެރިވާ އެއްޗެއް….. ދެމީހުންވެސް ވާނެއެކަން ދެނެގަންނަން…. ބޭރުތާކު އުޅުނޭކިޔަފައި މުސްލިމުންކަން ހަނދާން ނައްތާލައިގެން ނުވާނެ..” މާޒިން ވިސްނައިދިނެވެ. ޔައިނާއާއި ޔާއިން އެކަމަށް އެއްބަސްވީއިރު ތިބީ އުފަލުން ފޮޅިފައެވެ.
……………
2 މަސްދުވަސް ފަސް..
ދުވަސްތަށް ފާއިތުވަމުންދިޔައެވެ. އެދެމީހުންވެސް ކައިވެންޏަށް ތިބީ ތައްޔާރުވެފައިކަން ގަބޫލުކުރެވި މާޒިންމެންނަށް އެކަން އެންގިއެވެ. މާޒިން އާއި ސުމާ ދެ ދުވަސްތެރޭ އަންނައިރު މަޑުކުރެވެން އޮތީ އެންމެ ދުވަހަކަށެވެ. ޔައިނާމެން ޝަކުވާކުރިއެއްކަމަކު އެމީހުންވެސް ޔާއިލްއާއި މެދު ވިސްނާލިއެވެ. އެމިހުން އައީ ޔާއިލް އެކުވެރި ގެއެއްގައި ބަހައްޓާފައެވެ. ޔައިނާ ކައިވެންޏަށް ލާން ބޭނުންވި ހުދުކުލައިގެ މެކްސީއެއް ގަތުމުގައި އުޅުނުއިރު ޔާއިން ކަޅު ގަމިހެއް ތައްޔާރުކުރިއެވެ. ވަރަށް އާދައިގެ ގޮތަކަށް ހުރިހާ ކަމެއްވެސް ގެންދަން ބޭނުންވާތީއެވެ.
ޔައިނާ އޭނާ ލާން ތައްޔާރު ކުރި ހެދުން ކޮނޑެއްގައި އަޅުވާލަމުން އަލަމާރި ތެރެއަށްލިއެވެ. އެވަގުތު ފަހަތުން ޔާއިން އައިސް ޔައިނާގެ ގައިގާ ބައްދާލާ ކުޑަކޮށް ހިއްލާލުމަށްފަހު އެނބުރުނެވެ. “މިސް އައިމިނަތު ޔައިނާ….” ޔާއިން އެހެން ބުނެފައި އެއްފައިމައްޗަށް އިށީނެވެ. އޭނާ ރާވާފައި އޮތީ ކައިވެނި އޮތް ދުވަހު މިކަހަލަ ގޮތަކަށް ޔައިނާ “ޕްރޮޕޯސް” ކުރާށެވެ. ޔައިނާގެ އަނގަ ހުޅުވިގެންދިޔައެވެ. “އާރ ޔޫ އޯކޭ ޓު ޝެއަރ މައި ބެޑް… މައި ލައިފް.. މައި ރޫމް ވިދް މީ…. ފޯރ އެވަރ؟” ޔާއިން ހިނިގަނޑަކާއި އެކު އެހެން ބުންޏެވެ. “ވިލް ޔޫ ބީ މައި ވައިފް؟ ދި ވަން އެން އޮންލީ މިސަސް ޔާއިން މުހައްމަދު؟؟” ޔާއިން ކުޑަކޮށް ސީރިއަސްވިއެވެ. ޔައިނާ ބޯޖަހާލަމުން ޔާއިންގެ އަތުތެރެއަށް އޭނާގެ އަތް ލުމާއި އެކު އޭނާ ޖީބުން ނެގި އަނގޮއްޓި އެ އަތުގައި އެޅުވިއެވެ. ޔައިނާ އެ އަނގޮއްޓިއަށް ބަލާލިއެވެ. “ޑައިމެންޑް” ހިތަކާއި އެކު “ވައި” އަކުރެއް އޭގެ ތެރޭ ލިޔެފައި އިންހެން ހިވާ އެ އަނގޮއްޓި ޔައިނާގެ އިނގިއްޔާ ނުލާހިކު ގުޅެއެވެ. “ވައި އަކުރެއް ލިޔެފައި އިންހެން ވެސް ހީވޭ އެބަ…” ޔައިނާ އެހެން އަހާލަމުން ޔާއިންއަށް ބަލައިލީ ޖަވާބެއް ބޭނުންވެގެންނެވެ. “ޔަޕް ޑާރލިން…. ވައި އަކުރެއް އިންނާނެ.. ހަމައެކަނި ޔާއިންގެ ޔައިނާގެ ވައި އަކުރު..” އެއްލޯމަރާލަމުން ޔާއިން އެހެން ބުންޏެވެ. ޔައިނާ ޔާއިންގެ ގައިގާ ބައްދައިގަތީ ޝުކުރު އަދާކުރަމުންނެވެ.
“ހަހަ. މިދަނީ ދާން އިނގޭ މަންމަމެން ބަލައި، މިހާއިރުން ނިކުތީމަ ގަޑިއަށް ދެވޭނީ..” ޔާއިން ބުންޏެވެ. “އޯކޭ، އަންނަން ވާއިރަށް މިދަނީ ކައްކަން….” ޔައިނާ އެހެން ބުނުމުން ދެމީހުން އެކު އެކީ ކޮޓަރިން ނިކުތެވެ.
…………………………….
ކައިވެންޏަށް ވަމުން ދިޔަ ތައްޔާރިތަށް ވަނީ ނިމިފައެވެ. ބޭރުން އޯޑަރު ކުރި ކެއުމާއި އެކު ގޭތެރޭގެ ބޮޑު ހޯލްވަނީ ކުޑަގޮތަކަށް ޒީނަތްތެރިކޮށްލާފައެވެ. ދައުވަތު ދިނީ ހަމައެކަނި މާޒިންއާއި ސުމާގެ އެކުވެރިންނާއި އަވައްޓެރިންނަށެވެ. މިފަދަ ހާއްސަވަގުތެއްގައި ޔާއިލް ނެތީތީ އެންމެންވެސް ދެރަވިއެވެ. ނަމަވެސް މިއީ މިއަދު ކަންއޮތްގޮތެވެ.
ޔައިނާ ތައްޔާރުވާން ހުރިއިރު ކައިރި ސުމާ އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާވެސް ހުރީ ކުޑަގޮތަކަށް ތައްޔާރުވެލައިގެންނެވެ. ޔައިނާ މެކްސީ ލާފައި ހުންނައިރު ވަރަށް ރީއްޗެވެ. އިސްތަށިގަނޑު ޒީނަތްތެރިކުރުމުގެ ބަދަލުގައި ނިއުޅާލާފައި ބެހެއްޓިއެވެ. ސުމާ އައިސް ޔައިނާގެ އިސްތަށިގަނޑު އެތެރެފެންނަ ހުދު ދިގު ފޮތިގަނޑަކުން ފޮރުވާލިއެވެ. “މަމް…! އައި ލަވް ޔޫ އެން ތެންކިޔު! ވަރަށް މިސްވާނެ މަންމަ ދިޔައީމަ..” ޔައިނާ އެހެން ބުނެފައި ސުމާގެ ގައިގާ އޮޅުލައިގަތެވެ.. “އައްދެ! ތީ ދެން ދުރުމީހެއް ކައިރިއަށް ދާއިރު ދައްކަން ޖެހޭ ވާހަކަތަކެއްނު، ތިދަނީކީ ދުރަކަށް ނޫނޭ ޔަނާ! ހަމަމިގެއަކަށްނު ތި އާދެވެނީ، ތިވެވުނީ ބައްޕައާއި މަންމަގެ ޅީ ދަރިއަކަށޭ ހަމަ، އެހެންނު ސުމް؟” ދޮރުމަތީ ހުރި މާޒިން އެހެން ބުނެލީ ލާނެއް ހިނިގަނޑަކާއި އެކުއެވެ. އެއާއި އެކު ސުމާ ހޭންފެށާފައި ޔައިނާ ދުރަށްޖެއްސިއެވެ. މާޒިން އައިސް ޔައިނާގައިގާ ބައްދާލަމުން ނިތުގައި ބޮސްދިނެވެ. “ބައްޕައާއި މަންމަ އަބަދުވެސް އެދުނީ ދަރިފުޅުގެ އުފަލަށް، އަސްލު ދެދަރިންގެވެސް އުފަލަށް…. އަބަދުވެސް އެކީ އުފަލުގައި އުޅޭތި އިނގޭ…” މާޒިން އެހެން ބުނުމުން ޔައިނާ ބޯ ޖަހާލިއެވެ. “ތެންކިޔު ޑޭޑް….. މިހާ އުފާވާން ފުރުސަތު ދިނީވެސް ޑޭޑްމެން އެން ނޭނގެ ޝުކުރުއަދާކުރަންވީ ގޮތެއްވެސް… ވަރަށް ބޮޑަށް ތެންކްސް އަޅުގަނޑުމެންގެ އުފާ އެހެން ހުރިހާ އެއްޗަކަށްވުރެ ބޮޑަށް ކުރިއަށް ނެރުނީތީ އެން މި ހުރިހާ ކަމެއް ކޮށްދިނީތީ…” ޔައިނާ ބުންޏެވެ. ކުޑަ އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު މާޒިން ޔައިނާ ގޮވައިގެން ހިނގައިގަތެވެ.
ސުމާ ދާދިފަހަތުން ހިނގައިފައި ދިޔައިރު ޔާއިނާގެ އަތް ވަނީ މާޒިންގެ އަތް ތެރެއަށް ލެވިފައެވެ. ކިތަންމެ އާދައިގެ ގޮތަކަށް ކައިވެނި ދިޔަޔަސް މިއީ ހަނދާނުން ނުފިލަނެ ވަރުގެ ކައިވެންޏެކެވެ.
ގޭގެ ހޯލްތެރެއަށް ދިޔައިރު އެންމެންވެސް ތިބީ ތައްޔާރުގައެވެ. ޔާއިން އޭރު އިނީ އޭނާއަށް ހަމަޖެހިފައި އިން ގޮނޑީގައި އިށީނދެއެވެ. މާޒިން ހަމައެކަނި މިކަމަށް ތައްޔާރުކޮށް ގެނައި ގާޒީގެ އިތުރަށް ހެކިވެރިންވެއް ތިބީ ތައްޔާރުގައެވެ. ޔައިނާ އިސްޖަހާލައިގެން އިންއިރު ގާޒީ ކިޔަމުންދިޔަކޮންމެ އެއްޗެއް އޭނާގެ ކަންފަތަށް ވަންނަމުންދިޔައެވެ. އަދި ހިތުގައި ހަރުލަމުންދިޔައެވެ. އޭނާ އަޒުމްކަނޑައެޅީ ރަނގަޅު އަތްބެއްގެ ގޮތުގައި ސާބިތުކަމާއި އެކު ހުރުމާއި ޔާއިން އަބަދުވެސް އުފަލުގައި ބެހެއްޓުމަށެވެ.
“އަނބިގަބޫލުކޮށްފިން…” ޔާއިން އެހެން ބުނެލުމާއި އެކު ޔައިނާގެ އަނގައިން މަޑު އާހެއްނިކުތެވެ. އޭނާ ހިނިތުންވެލާފައި ޔާއިންއަށް ބަލައިލުމުން ޔާއިން އެއްލޯ މަރާލިއެވެ. އެތަކެއް އަހަރުވަންދެން ހުވަފެނުން ދެކުނު ޕަރީ މިއަދު އޭނާގެ މިލްކަކަށްވީއެވެ. ދުވަހަކުވެސް ނުވާނެކަމަށް ހިތަށް އެރި ކަންތަށް މިއަދު މިއޮތީ ވެފައެވެ. މާތް ﷲ ގެ ކުޅަދުންވަތަކެމެވެ.
އެންމެން އަތް ޖަހަންފެށިއެވެ. މާޒިންއާއި ސުމާ އައިސް ދެމީހުންގެ ގައިގާ ބައްދާލިއެވެ. އަދި މަރުހަބާ ކިއެވެ. “ސޯ ވެލްކަމް ނިއު ސަން އިން ލޯ އެން ޑޯޓަރ އިން ލޯ، ހަމަ އެކައްޗެކޭ ދޯ މިކިޔެނީ …” މާޒިން ބުނެލުމުން އެންމެން ހޭންފެށިއެވެ. އިތުރު ބަޔަކަށް އެމީހުންގެ ހަޤީޤަތް ނޭނގޭތީވެ އޭނާ ބުނީވެސް ތަންކޮޅެއް މަޑުންނެވެ. “ސުމް އަހަރެން ބުނީ، އާއިލާއަށް ކުއްޖަކު ހިމެނުނީކީވެސް ނޫން މަދުވީކީވެސް ނޫން.، އަނެއްކާ ދެމީހުން ޕްރޮމޯޓްވެސް ނުވި، އަހަރެމެން ނުވި އިންލޯ އަކަށްވެސް އެހެންނު، ދެން ޔާއިލް ހުރީ އިރާދަކުރެއްވިއްޔާ އިންލޯސްއަށް ވުމުގެ ނަސީބު އެބައޮތް..” މާޒިން އަދިވެސް ބޭނުމީ އެ ސަކަރާތްކުރިއަށް ގެންދާށެވެ. އެބުނި އެއްޗާއި އެކު ސުމާ މާޒިން ގައިގާ ޖަހާލާފައިވެސް ފެށީ ހޭށެވެ. އެމީހުންނާއި ހެދި ޔާއިންއާއި ޔައިނާއަށް އެކަނި ވަގުތެއްވެސް ނުލިބުނެވެ. މިއަދު އޭނާގެ ސެހެޒާދީ އަށް ތައުރީފްކޮށްލަންވެސް ވަނީ ބޭނުންވެފައެވެ. ނަމަވެސް އެކަމެއްނުވިއެވެ.
ކައިވެނީގެ ވަލީމާއަށް ފަހު މީހުން ގެއިން މަދުވާން ފެށިއެވެ. ސުމާމެންވެސް އޮތީ ޕާޓީ ނިމޭގޮތަށް އެއާރޕޯޓަށް ދިޔުމެވެ.އެބަޔަކު އެބައެއްގެ ގެއަށް ދާން ދިޔައިރު ގޭގައި ތިބީ ޔާއިން ޔައިނާ އަދި ސުމާއާއި މާޒިންއެވެ. އެމީހުން ދާން ތައްޔާރުވާން ތިއްބެވެ. “މަމް، އަދި އަންނައްޗޭ، ޔާލް ގޮވައިގެން އަންނާތި، ދުވަސްކޮޅަކަށްނު އަންނާނީ އޭރުންވެސް އަޅުގަނޑުމެންނަށް އެޑްޖަސްޓްކޮށްލެވޭނޭ… ޔާލް މަތިން ވަރަށް ހަނދާންވޭ..” ޔައިނާ ބުންޏެވެ. ސުމާ އާއެކޭ ބުންޏެވެ.
“އޯކޭ… ކާރު އެއައީ.. ބައި އިނގޭ… ވަރަށް ވަރަށް އުފަލުގައި އުޅޭތި ކުޑަ އެހީއެއް ބޭނުންވިޔަސް ބައްޕަމެންނަށް ގުޅާތި އިނގޭ… ބޭނުން ކުޑަ ދުވަސްކޮޅަކަށް މަޑުކުރަން އެކަމް ޔާލް އެކަނި ދޫކޮށްލާފައެއް ނުތިބެވޭނެއެއްނު ދޯ….” މާޒިން ބުނެފައި ޔާއިން އާއި ޔައިނާގެ ގައިގާ ބައްދާލިއެވެ. “ބައްޕަ އަބަދުވެސް ދެކުނު ހުވަފެނެއް އެއީ ބައްޕަ ގެ ޕްރިންސެސް އަށް ޕްރިންސެއް ކަހަލަ ކުއްޖެއް ލިބުން… ހަމަ ޕްރިންސަސް އެއް ގޮތަށް ޓްރީޓްކުރާ.. އެން މިއަދު އުފާވޭ އެ ކުއްޖަކީ ބައްޕަ މިދެއަތްތެރޭ ޕްރިންސެއްހެން ގެންގުޅެ ބޮޑުކުރި ޔާއިން ކަން އިނގުނީމަ…. ދެކުދިން އުފަލުގައި އަބަދުވެސް އެކީ ވާނެކަމަށް ދުޢާ ކުރާނަން.. ގިނަ ގިނައިން ދަރިން ދެއްވާ އުފަލުގައި ދެކުދިން ބަހައްޓާށެ، އާމީން..” މާޒިން އެހެން ބުނުމާއި އެކު ދެރަވެފައި ތިބި ޔާއިންއާއި ޔައިނާ ކައިރިއަށް ހިނިއައެވެ. ފަހުފަހަރަށް ދެމީހުންނަށް އަލްވަދާއު ކިޔުމަށްފަހު އެމީހުން ދޮރު ލައްޕާލިއެވެ. އެވަގުތު ޔައިނާ ހުރީ އިސްޖަހާލައިގެން ދެރަވެފައެވެ.
“ބޭބީ! މުޅި ގެ އެއްކޮށް މި ލިބުނީނު.” ޔާއިން ބުނެލީ ޔައިނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ގެންނާށެވެ. ޔައިނާ ޔާއިންގެ ގައިގާ ބައްދާލިއެވެ. “އާނ އަދި ނުބުނެވިއޭ މިއުޅެނީ، މަގޭ ޖާނުގަނޑު މިއަދު ހަމަ ޖާނުންފިދާކޮށްލައިފި އެހާވެސް ލޯބި..” ޔާއިން އެހެން ބުނުމާއި އެކު ޔައިނާ އޭނާގެ މޭތެރޭ އިތުރަށް ބޮނޑިވިއެވެ.. ޔާއިން ޔައިނާ ދެއަތްދަނޑިމައްޗަށް އުފުއްލާލީ ކުއްލިއަކަށެވެ.
“ދެން މިރޭ ނުކެރޭނެ ނޫނެކޭ ބުނާކަށް، ވަރަށް ތެޅުވީމެއްނު، މިރޭ އޮންނާނެ އެ ތެޅުވި ކޮންމެ ދުވަހަކަށް އަދަބު…” ޔާއިން ބުނެލީ ސިޑިން މައްޗަށް އަރަމުންނެވެ. ޔައިނާ ދެލޯ ބޮޑުވިއެވެ.. “ހާދަ ގޯހޭ…” ޔައިނާ އެހެން ބުނެފައި ޔާއިންގެ މޭތެރޭ އޭނާގެ މޫނުފޮރުވާލިއެވެ. ޔާއިން ގޮސް ޔައިނާ އެނދުމަތީ ބޭއްވިއެވެ. އަދި މޫނުމައްޗަށް ވެއްޓުނު އިސްތަށިކޮޅުތަށް އެއްފަރާތްކުރަމުން އެ މޫނާއި ކައިރިވިއެވެ. ޔައިނާ ކައިރިވަމުންދިޔަ ޔާއިންގެ މޫނަށް ބަލަން ހެވިފައި އޮތެވެ. އަދި މޫނުގައި ނުޖެހެނިސް ދެއަތުން މޫނުގައި އަތް އަޅާ ފޮރުވިއެވެ.
ޔާއިން ހެމުން ޔައިނާގެ ދެއަތް ނެއްޓުވޭތޯ އުޅުނެވެ. “އާނ..! އޯކޭ.. ދެން އެހެންވިއްޔާ ނިދަން މި އެރީ، ވަރަށް ނިދިވެސް އައިއްސި…” ޔާއިން އެހެން ބުނެފައި ލައިގެން ހުރި ގަމިސް ބާލަމުން ފާހަނައަށް ވަނީ ސޯއްޓެއް ހިފައިގެންނެވެ. އިރުތަކެއް ނުވެ އޭނާ ނިކުތެވެ. ޔައިނާ މޫނުމަތިން އަތް ނަގާ ޔާއިން ގެ ހަރަކާތްތަކަށް ބަލަން އޮތެވެ. ޔާއިން ޔައިނާއާއި ދިމާ ބަލައިވެސްނުލާ އަނެއްފަޅިއަށް ގޮސް އަރާ ލޯމަރައިފިއެވެ.. ޔައިނާ ތުން ދަމާލަމުން އެނދުން ތެދުވިއެވެ. “ހަހް ހާދަ ފޫހިވާ ސޮރެކޭ މީ އަދި…” ހިތާހިތުން އެހެން ކިޔާފައި ޔައިނާ ތެދުވެ އެނދުގައި އިށިނީ ޔާއިންއާއި ފުރަގަހަށް ވާގޮތަށެވެ. އެއަށްފަހު ލައިގެން އިން މެކްސީގެ ފަހަތުގައި އިން ޒިބް ދަމާލެވޭތޯ އުޅުނެވެ. ނަމަވެސް އޭނާގެ އަތެއް ނުފޯރިއެވެ. އެ ޒިބު އަޅުވައިވެސް ދިނީ ސުމާއެވެ.
ޔައިނާ ސިހުނީ ފަހަތުން މީހަކު އެ ޒިބަށް ކުޑަކޮށް ދަމާލުމާއިއެކުއެވެ. ޔައިނާގެ ނޭވާ އަވަސްވިއެވެ. ޔާއިން ޔައިނާގެ ބަނޑުގައި ދެއަތް އަޅާލަމުން ކޮނޑުމަތީ ބޯ އެޅިއެވެ. “ބޭބީ އަށް ހީވޭތަ ދެން މިހާ ސަޅި ޗާންސެއް އޮއްވާ ރިވެންޖް ނުނަގަ ނިދާނެހެން؟” ޔާއިން ބުންޏެވެ. ޔައިނާ ހިނިއައެވެ. ޔައިނާ އެ އަތު ތެރެއަށް ވިރިގެން ދިޔައީ އޭނާއަށް އެ ހިތް ހަދިޔާ ކުރިފަދައިން ހަށިގަނޑުވެސް ހަދިޔާކުރަމުންނެވެ. ޔާއިން ޔައިނާ އެ އަތުތެރޭ ގެންގުޅެލި ގޮތްވެސް އޭނާ ދުވަހަކުގެ ކޮޅުންވެސް ހަނދާނެއްނުނެތޭނެއެވެ.
އެހާވެސް ލޮތްބާއި އެކުގައެވެ. ކޮންމެ ހަރަކާތަކާއި އެކުވެސް ހާމަވަނީ އޭނަ ޔައިނާދެކެވާ ސާފު ލޮތްބެވެ. ޔައިނާގެ ހިތް ޔާއިންއަށް ހުޅުވާލި ފަދައިންވެސް ހަށިގަނޑު ހުޅުވާލީ ޔާއިންއަށް އެ ހައްޤު ލިބިގެންވޭ ބުނާފަދަ ގޮތަކަށެވެ.
…….
ޔައިނާ ޔާއިންގެ އަތުތެރޭ ލޯ މަރާލައިގެން އޮތް އިރު ޔާއިން އޮތީ އެ މޫނަށް ބަލަހައްޓައިގެންނެވެ. އޭނާ އަދި ޔައިނާވެސް ކުރި ފޮނި އިންތިޒާރުގެ ނިމުން މިއަދު އައިއްސިއެވެ. އުފާނުވާންވީ ކީއްވެހެއްޔެވެ؟ މީ ދުވަހަކުވެސް ހަޤީޤަތަށް ވެދާނެ ހުވަފެނެއްކަމަށް ދެމީހުންނަށްވެސް ގަބޫލެއްނުކުރެވުނެވެ. ޔާއިން ޔައިނާގެ ނިތުގައި ބޮސްދިނުމުން ކުއްލިއަކަށް ޔައިނާ ލޯހުޅުވިއެވެ. ޔާއިން އާއި ހަތަރު ކަޅީ ހަމަވުމުން ޔައިނާ އެ އަތު ތެރޭ މޫނު ފޮރުވާލީ ލަދުންނެވެ. “ސުބުހާނައް ﷲ… ޔަނާ ލަދުގަތީތަ؟” ޔާއިން އެހީ ޔައިނާ އިތުރަށް ލަދުގަންނާނެކަން އިނގޭތީއެވެ. ލަދުގަންނައިރު މޫނަށް އެ އަރާ ކުލަ ޔާއިންއަށް ވަރަށް ކަމުދެއެވެ. ހަމައެހެންމެ އޭނާ ލަދުގަންނަ ކޮންމެފަހަރަކު އޭނާގެ މޫނު ފޮރުވާލާނީ ޔާއިންގެ މޭތެރޭއެވެ.
ޔައިނާ ހީލި އަޑު ޔާއިންއަށް އިވުނެވެ. “ބޭބީ!!!! ދެން ނިދާލަންވީނު ތިހެން ލަދުނުގަނެ..” ޔާއިން ބުންޏެވެ. ޔައިނާ ކުޑަކޮށް ހަށިގަނޑު ހަމަޖައްސާލަމުން ޔާއިންގެ އަތުތެރޭ ނިދަން ތައްޔާރުވިއެވެ. ޔާއިންވެސް ޔައިނާއަށް ފަސޭހަވާނެހެން އަތް ރަނގަޅުކޮށްލާ ރަޖާގަނޑު ރަނގަޅުކުރިއެވެ. “ނޭނގެ މިދުވަހަކަށް އިންތިޒާރު ކުރިވަރެއްވެސް، ގައިމުވެސް ތީ ކޮންމެ ރެއަކު ފެންނަ ހުވަފެނުގެ ރާނީއަކީ…. ތި ރާނީ ލިބޭތޯ މި ހުރިހާއަހަރު އިންތިޒާރުގައި ހުރިން….” ޔާއިން ބުންޏެވެ. “ދެން ތިޔަ ރާޖާ ލިބޭތޯވެސް އެންމެ ކުޑައިރުންފަށައިގެންވެސް އިންތިޒާރުގައި ހުރިން…” ޔައިނާ ޔާއިންގެ ހަށިގަނޑުގައި އޮޅުލައިގަންނަމުން ފުރިހަމަކޮށްލިއެވެ. ޔައިނާ ފުން ނިންޖަކަށް ގެނބެންދެންވެސް ޔާއިން އޮތީ އެ މޫނުމައްޗަށް ބަލަހައްޓައިގެންނެވެ. މައުސޫމްކަމުން ފުރިގެންވާ އެ މޫނުމަތިން އަދިވެސް ފެންނަނީ އެންމެ ފުރަތަމަ އޭނާގެ ހިތާއި ކުޅެލި 14 އަހަރުގެ ޔައިނާއެވެ. އޭނާ ނިދަން އޮތް އިރުވެސް އޮތީ ވަރަށް އަރާމުގައި ހިތްހަމަޖެހިގެންނެވެ. އެވަރަށް ރޮއެ ރޮއެފައި އުޅުނު ޔައިނާ ހެން މިހާރު ހީވެސްނުވެއެވެ.
ދެމީހުން ހިތުގެ އެންމެ ފުންމިނުން މާތް ﷲ އަށް ހަމްދުކުރަމުން ދިޔައިރު ހިތުން އެތަކެއް އަޒުމްތަކެއްވެސް ކަނޑައެޅިއެވެ. ދުވަހަކުވެސް އެކަކު އަނެކަކު ދެރަނުކުރުމަށާއި ދުރުނުކުރުމަށެވެ. އަބަދުވެސް އިންތިހާއަށް ލޯބިދިނުމަށެވެ.
61 Comments!
Comments are closed.






Salaam!! Tvgc ingey guys! Gonna miss u all and i will b back with a new story!! Maybe it will be the radio drama one in Vfm but with a lot of changes ingey..! and keep on listening to rynge story every week. Hykuran radio drama dhaagoii kamudhaane kamah. 🙂 Aaand thankyou for the support ingey 🙂 ly tc.
wowoww
vrh reethi
ekm maa avaahah nimmaaly thi
Wow… v salhi…?
Beautiful n lovely ??
Maa avahah nimunuhen heevanee……….
Vaahaka varah reethi ………..
masha allah… vvvvvv reethi…. mi story…. waiting for your next story… and kiaaraa menn story ge new season eh fashan v nun….
yaainge athu therey nidhan thahyaaru vi… LOL
Yaainves yainaa ah faseyha vaanehen ai rangalhu kohlaa rajaa gamdu rangalhu kohli….LOL
Dhen anna story ehga sifa kurun rangalhu kurun edhen. If you wanna learn read shine’s story. sifa kurumaky kobaikan ingeyne. specially kuhveri loabige last partga romantic kohlaafa inbain. Thikahala kuda kudhinge sifa kurumeh nuun hunnaany.
alhey adhi season 3 genes dheyn feney 🙂 yaail ge bai ves genessa please! varah reethi mi vaahaka
Miaky saathu nibaanaa saathiyaa eh nooney dharinge dharinge love stories gennan. Dhiulhi and haasaru dhigu koh
Masha allah…! ryn vrh molhu nd vrh rythi story eh mee. Ryn ge huriha story ves rythi.. Huriha parts ves kiyan. But comment eh nukuran. Ekm ves ryn ah thauryf kurevey.. May god bless u ryn… vrh gina ehchehi bunan beynun. Ekm neynge bunaane gotheh. I’m speechless.. Thnk u.. And… I love u so so much… Waiting for ur new story..
Awwwwnnnn
Its amazing
Rynnn
❤❤❤
When will u come back
Gonna miss u too
??
i thought e dhemyhun loabivaan feshunu goiyy bunedhyfa kamah ninmaany..
ekam ves story rythi.. dhen anna story miahvuren rythi vaane kamah ummeedhu kurany.. 🙂 🙂
Nimuneeee… varah reethi
Thankolheh avas aruvaalaigen thi nimmaaly ryn exam ves dhuvaskolhu vyma dhw aslu
Btw v v v salhi
Hama habeys
Waiting for the new one ??
The best story writter in esfiya. Nobody can beat ryn. Ekan engigenn dhaane hurihaa writters ge profile balaaleema vx. Ryn is the only one in level 6. So ehen readers and readers ge fans hajam beys hoadhaigen dhe eru eraku beynunn kurumah ilthimaas kuran. Mi varah vaahaka!!
I LOVE YOUR STORIES RYN!! ??
U are the BEST!!
Guiry. There are lot of writers who are great than this. This is a discusting concept.
LOL
Digesting tablet’s ?????
Dhivehi fahulavaanu ufehdhi ehcheh Tha??
Ehenviy iru thi nukereyne kaanves:)-
Hahaha ?? a big LOL to Dhivehi fahulavaanu. Level 6 ah araafa einy kyhvekan in’geytha? E e kurin genesdhin story ah amillayah kuri comment thah eha ginavefa beykaru vahaka liye story eha dhigu dhammaly ma. Rynge molhu kamakun araigen ulhey Level eh noon e e. Dhen lalalaa. Hama hini annany mikahala thane dhore neygey myhun ulheythy ??
Aisha e e ehme ingey o.. Piss dhivehi fahulavaanu. Aisha knws more. 😛 Guys hajam plx. Ryn hama molhy eyh! Aand Aisha thr Ryn amihla ah cmnt kuri iru kairy inyh liyan v ehchehi kiyaidhn? Hama hini aadheyy hajam nuvegn dhakkaa galhi vaahaka in..
Haha ” Ehme mOlhu”
Alhe kiyaalintha points libey goi?.. Aslu Aish ebuny Ryn Author ID in kuraa commentey. E comment thah count kohfa badge dheyni. Ryn aky readers aa frndly comment thakah reply kuraa meeheh. & ehaa gina story genesdheefa huryma Ryn kuraa commntves ginavaane dhw. The sad part is Liyumuge fenvarah balaafa nei points dhey gothakah point systemga. egothah dhenya Shine ah libeyni. 100% yageen.Dhivehi fahulavaanu buneba hajam beys vikkan hurithaneh? I cant hajam it… So i need hajam kuraa beys. aaan ebuny viyyaa ryn level 6ga othy best story writer ah veemaey. hama heveny thi comment kiyaafa. No body can beat ryn ey.. haha. Grade 6ge kudhinge storyves beat kureveyne rynge story aa balaafa. So Levelga 6ga othy keehvekan rangalhah inge ehnu… aslu heevany Dhivehi fahulavaanu mi ryn hen.
Ma sha Allah..❤ mi story hama v perfect ..not only this one… Ryn ge hurihaa story ehves hama eahaa furihama ?
U r the best story writter ever ❤
Wow. So beautiful
Rangalhu nimun Kan…emme haasaru bonDi Gina stry akah vaany Mi story…
Aslutha??? Ehaa haasarubondi ginakan ngey iru mi stry nukiyaanama… Kudhin kudhin message kuraairu writer ge feelings ah vx kudakoh visnaalabala dhw…!!!
Haadha avahaka thi mimmalee but it’s vvv nice
Are kon aissi eh ..!!!haha
Vaahaka reethi
dear inaa, mi ulheni saath nibhana kulheykah nooney, ekm mi story kurin genes dhini suma men ge part, mifaharu genes dhini dhekudhin ge vaahaka, but yaail ge bai maazin expect kurihen kiyan beynun vaaathi buneli.its non of ur business it was a reqst for reen. so dhelu beyrun jehenya kahanbah v varu vedhane. varah vedhun ?
hi. yaina raajjein oiyava kiyavaaafa bbeyrah gos 3 aharu dhuvahun mbbs hedhi goiy konmes kujjaku buneladheeba
Finally haasarunimuny dhen mikahala haasareh nuliyahchey
Asluves.. komme part ehga hama ekahcheh.. edhemyhun hiydhathiva vaahaka, kehtheri vaahaka…blah blah blah
Masha Allah v v reethi…Ryn I love you.. And I like you stories very much. And your the best…
And ryn aa aechehi kiyaa kuddin aa bunelan othy ryn ge story ta kamu nudhanyaamu nukiyaashey… And kiyaafa ryn aa aechehi nukiyumege beynumeanun kobaa..
Ryn waiting for next story.
This is a bullshit story. Hus haasaru. 4 episode in nimmaleveyne mi vahaka haasaru kuru koffa.
Ryn liyaa story thah reechas mi storyge consept rangalheh noon..ekuga bonduvefa ,loabivefaves kaiveni kuran jeheny anehkkaaves ekuga ulhegentha….dat is a bad idea…
As we thought before,they will get marry and move to abroad and they lived happy ever after….
. Lol ?
N every story will have same thing… Like inthihaa ah loabiivegen roe hithaama kuri vaahaka…kehtherii kamuge inthihaaaaa..then hus doctor in ulhey vaahaka….doctor kan kiyeveee emme 3 aharun kan….fanii hadhan partey eh ulheyne…. Dhen vaahaige ulhey anhen kujjaa vrh hikivaaane….
Then twist akah gennaanee abadhuvxx accident eh.!…plxx try a different story RYN
Good luck
As we thought before,they will get marry and move to abroad and they lived happy ever after….
. Lol ?
N every story will have same thing… Like inthihaa ah loabiivegen roe hithaama kuri vaahaka…kehtherii kamuge inthihaaaaa..then hus doctor in ulhey vaahaka….doctor kan kiyeveee emme 3 aharun kan….fanii hadhan partey eh ulheyne…. Dhen vaahaige ulhey anhen kujjaa vrh hikivaaane….
Then twist akah gennaanee abadhuvxx accident eh.!…plxx try a different story RYN
Good luck and good nyt
concept ah zero. kudhin kithamme rulhi ayas hinhama nujehenyaa buneveyne. ahannah hama gaimuves mi vaahka reeccheh nuvi nimunu iru ves. aee kommehen ryn liuneemah ehmun. I read ur othr stories they r gud. ekam meethi hama dislike. like I mean hw can those two fall in love nd marry. wen they were romancing I cud only thnk yuck. mee mihaaru vaahak liyumuge trend eh thah. family ishgy lowbi
True… Ryn ge ehn story thah v reethi ekamaku mi story ge concept reehchehnun hama ehgothakahves. vv sad bunihen yuck feel eh annany. Ma miulheny magey bestfrnd propose kurymaves yuck feel vegen kudairuhsuren ekyga viyya ulhuny ??
drama series ye rishta kya kehelata he ga inna scene eh ebain… nubunaanan copy ekey…. ethan kiyaali vaguthu hama heevee e drama fenunuhen…. hama kuda thankolheh ves thafaatheh nei. faharegga vedhaane ihthifaageh kamah ves.
Yeh rishta ga dhiulhi and haasaru dhigu hen mi vaahaka ga vx ehaa dhigu ebai
Mi story ves reethi❤ryn ah ehchehi kiyaa meehunnah bunelan othyyy hama thi ulhenee hajam nuveggenney….. thi meehunnah thihaa molhah sifa kuran igehyyaa story liyen fashan viyyehnne dhowww… grade 6 ga ulhey kudhin liyaa story miyah vureh reethiyya thi meehun liyaa story perfect vaane dhoww.. level ves enme high vaane so thimaa ehen meehunan ehchehi kiyaa iru thimaage haalathaa medhu visnaalun muhhinmu…….. writing for another story….. luv u ryn……
poor yaail when he finds out his sister and brother got married
another story ended dw. good job ryn. there wsnt a dull moment in ur stories no matter what anybody says. hats off to u ?
Sorry sara but all r good this story is copyed to shine story I know ryn told he didn’t but sad ryn I hope you will understand I love your story but also one more thing in our region Muslims can’t marry brothers I know
Yaain was yanaa mom ge sis ge son eh kan but aey yanaa ge Bodu daitha thaa maruvius
So how they can this story is also coped to yey rista kiya kehelaatha hey ah I’m not very exited ??aky ga uly fa but I hope next time concept OK vaanekama I always love your story tc run
❤❤
Haasaru ginakan..
Dhn aslu v hiy hama nujehiyje ekyga ulhen fonuvee ekaku anekaku das kuran kamah bunyma.. egothakah daheh nuvaane myhunneh ryn..aee thiba ge v goas gabool kurumeh and dynaa hilaaf.. v dera mikahala msg deythi..
Dhn yaina marry kuryma ladhun moonun aiy nunaga.. nuihna iru demyhun thunfathah bos dinumuga.. and last thankolhu kuhveri lobi copy koffa.. pis pis.. dhen dhw vaahaka nuliyane nama ey hithah aranee nagatv comntun libeny hiy varey e ehchekey mi ehchekey kiyaagen.. adi ibaraiy kurun vx ekolhu kolhun..
My v goas msg thakeh dhin story eh.
Alheyy Sad for You Ryn.?
Ryn Ge stories Thaku therein Emme Negetive Comments Libunu Story I Guess???
Assu Ehen Evee Thankolheh Ginain Beykaaru bai Ginaveema Ingeyy.? Dhen Faharakun Rangalhu kohlaathi.? Sister And brother Ge relation Eii Vrh Swyt Ehcheh. Furathama Kolhu Emeeehun Ah eii Real Beybe Kokko Kameh Neygunas Loabi Vi. Assu That’s The odd Part Their. Assu Edhemeehun Cousin Ah vias.
Ryn Your A talented Writer. Komme Gotheh Viyas Mi Story Akaa Hedhi Baeh Readers Disappointed Vefa Thibi kan ingey Comments kiyaaleema.Ryn Thee Vrh talented kuhjje. So Explore New Ideas. Baeh Faharu Hurihaa Storys Ga Ehgothakah Vanyaa Ves Eha reecheh nuvaane. Baeh Faharu Abadhu nujehey Loabi Vaa meehaa aa Marry kuraakasheh. Sometimes there Should be Happy and Sad Endings. Ryn Biruveri Vaahaka Thah ves Liyan vaane. Make Use Of Your Creative Mind.☺☺
I don’t Comment Doesn’t Mean I don’t Read.☺…..☺…..☺
Vrh fahun Mi vahaka Mi Kee. Cox Mi vahaka Upload vaan feshi iru I was reading Some Other Story.You Always Were My Fav & Always Will Be.✨✨✨✨
Ryn vrh dhera Vi Dho Assu Mihen Veema.
Baeh Readers Heevee Mi Nunimigen Thibee hen. But I Understand Them Too. Eki Meehun visnaanee Eki gothah. Thats Not A Problem. THIS IS NOT A COPY OF KUHVERI LOABI…. Shinege Ves Rynge ves Story Thankolhakun ehgothas. Can’t Say this Is a FULL COPY. Ehen Libey Negetive Comments Hiyvareh Gothuga Balaingen Kuriah Dheyy.☺☺☺
Good Luck?
That’s what i said Zafaa. Alah mi Ryn ge vaahaka akah comment kuree. ekam vaahaka kiyan. Ryn ge vaahaka thah maa eggoih vanee. fathun Buenlan beynun vanee Ryn vnews ga huri laarage vaahaka thah kiyailaifiyya varah kurin erun libeyne ryn.
Ryyyn…esfiya site is so boring without you guys…shine layaal ushaali dhn mi meehinge vaahaka eh nuves libey mihaaru kiyaalaakah..dhn eyyn ves dhiya ee tha…come back soon guys
Hey
yo 😛
Hmm
V reethu v salhi bt heevany gadhakamun nimmaaleehen … ?
Ryn dhen aaa vahaka eh fashanveenu. Ryn ge stories mathin miss vaneeeeee. Come back soon.
yes, I agree….
varaaaaaaaaah reethi… I am waiting 4 a new story….
Vvvvv reethi ingey bt that beybe kokko thankolheh odd
Alhey Rynoo, we r waiting….. Dhn story ah cmmnt kuraa kudhin kairi bunan beynumee, comment kuraairu writer ge feelings ah vx visnaalachey… Negetive comment eh vyas thankolheh nicekn comment kuraashey… I MISS U RYN GANDAA!!!!!!!!
Baby Garllll?. Daym I miss you so much Ryn?❤… Please come back?? This site seems so empty without you Garrl. ❤?
Please.? Will you?
Vrh reethi mi story vexx… But Kury story than gothah lyrics thah linama adhi maa reethi vees kanneyge
aslu eha kamaku nudhey ehbadu ehbafa dhemyhun gulhun neih kamaku emyhunah egumuge maa kurin egothah wisnanfashaafa dhw othy!
Love this story