Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އައިޝާ 20

Axoo
March 22, 2017
4 Mins Read
69 Views
14 Comments

ސޯފާގައި ހާރޫނު ކައިރީއިން މީހާ ފެނި އައިޝާއަށް ފަހަތަށް ޖެހެވުނެވެ. އީޝަލްވެސް ދެލޯ ބޮޑުކޮށްލާފައި އައިޝާއަށް ބަލާލީ ގަބޫލުނުކުރެވިގެންނެވެ. އެދެމީހުންނަށް ވީގޮތް ފެނި ނީމާ ހައިރާންވިއެވެ. ކޮޓަރިއަށްވަދެ އެއީ ކާކުތޯ ސުވާލުކުރަންފެށިއެވެ. ނަމަވެސް އައިޝާއަށް ޖަވާބެއް ދެވުމުގެ ކުރިން ހާރޫނު ނީމާއަށް ގޮވާލުމުން ނީމާ އަވަސްވެގަތީ ހާރޫނު ގޮވިކަމެއް ބަލަން ދިއުމަށެވެ.

” އީޝޫ ދޮން ވަރަށް ބިރުގަނޭ އެބަ.. ހުޝާމް ކީއްކުރަން މިގެއަށް އައީ..” އައިޝާއަށް އަދިވެސް ހުރެވުނީ މޭގައި ހިފަހައްޓާލައިގެންނެވެ. އީޝަލް ބަހެއް ނުބުނެ އައިޝާ އަތުގައި ހިފައިގެން ގޮސް ދޮރުކައިރީގައި އެމީހުންނަށ ްނުފެންނާނޭހެން މަޑުކޮށްލިއެވެ.

” އަޅުގަނޑު މިއައީ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން.. އަޅުގަނޑު މިދައްކާ ވާހަކައާއި ދޭތެރޭގައި ބޭބެ ވަރަށް ފުންކޮށް ވިސްނާނެ ކަމަށް އަޅުގަނޑު ހީކުރަން.. ” ހުޝާމް ބުނި ޖުމްލަ އަޑު އިވިފައި އައިޝާގެ ހިތް ތެޅިގަތެވެ. ހުޝާމް އެއުޅެނީ ކީއްކުރަން ހެއްޔެެވެ. ދެވަަނަ ޖުމްލަ އަޑު އިވުމާއެކު އައިޝާ ގައިގެ ލޯލިތައް ކޮޅަށް ޖެހުނެވެ.

” އަޅުގަނޑު މިވާހަކަދައްކަން ބޭނުންވަނީ އައިޝާގެވެސް ހާޒިރުގަ” ހުޝާމް ގެ ޖުމްލައިން ހާރޫނަށްވެސް ލިބުނީ ހައިރާންކަމެކެވެ. ބަދިގޭގައި ސައިހަދަން ހުރި ނީމާއަށް ވެސް ލިބުނީ ހައިރާންކަމެކެވެ. ހާރޫނު ހަމަ އެހައިރާންކަންމަތީ އިނދެ އައިޝާއަށް ދެތިން ފަހަރަކު ގޮވާލިއެވެ. އައިޝާއަށް ހުރިތަނުން ގޮޑުލާންވެސް ނުކެރުނެވެ. މުޅިމީހާ ދާހިއްލާލީ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. އީޝާލް ސިއްރުން އެތައްފަހަރަކު އައިޝާކައިރީގައި ދިއުމަށް ބުނަމުން ގެންދިޔައެވެ. އެންމެ ފަހުން ހާރޫނު އެވަރަށް ގޮވާއިރު ހުންނަން ނުކެރިގެން ހިތްވަރުކޮށްލާފައިވެސް އައިޝާ ކުރިއަށް ދެތިން ފިޔަވަޅު އަޅާލިއެވެ. އިސްޖަހާލައިގެން ހުރެ މަޑުމަޑުން ހިނގާފައި ގޮސް ހާރޫނު އިށީނދެގެން އިން ދިމާއިން ފަހަތުގައި ހުއްޓުނީ  އެއްވެސް މީހަކަށް ބަލާނުލައެވެ. މިހާ ގިނަދުވަސް ފަހުން އައިޝާފެނުމުން ހުޝާމްގެ ހިތަށް ލިބުނީ ބުނަން ނޭނގޭފަދަ ހިތްހަމަޖެހުމެކެވެ.

” ބޭބެމެންނަށް އެނގޭނެ ފަދައިން އަޅުގަނޑުގެ ކައިވެނިވަނީ ކުރެވިފައި.. އެކައިވެންޏަކީ އަޅުގަނޑު އެހެން ކުއްޖަކާ ކައިވެނި ކުރަން ނިންމާފައވަނިކޮށް އަޅުގަޑުގެ އާއިލާ މީހުންގެ އެދުމުގެ މަތިން އަޅުގަނޑުވެސް ބޭނުންވެގެން ކުރިކައިވެންޏެއް” ހުޝާމް ފަހުން ބުނެލިޖުމްލައާއި އެކު އައިޝާ އިސްއުފުލާލައި ބަލާލެވުނެވެ.

” އަޅުގަނޑުގެ އަންހެނުންދެކެ އަޅުގަނޑު ވަރަށް ލޯބިވޭ… އެހެންނަމަވެސް ބޭނުންވޭ އަޅުގަނޑު އެންމެ ފުރަތަމަވެސް ކައިވެނި ކުރި ކުއްޖާއާއި ކައިވެނިކުރަން.. މިކަމުގަ އަޅުގަނޑުގެ އަންހެނުންގެވެސް އެއްވެސް އިއުތިރާޒެއް ނެތް..” ހުޝާމްގެ ވާހަކަ އަޑު އެހުމަށްފަހު ހާރޫނު ފުންނޭވައެއް ދޫކޮށްލިއެވެ. އެވަގުތު ނީމާއައިސް މޭޒުމަތީގައި ސައިތަބަށް ބެހެއްޓިއެވެ. އަދި ތަންކޮޅެއް ދުރުގައި ހުއްޓިލިއެވެ.

” ހުޝާމްއަކީ ބޭބެ ދެކޭ ގޮތުގައި ވަރަށް ދީންވެރި އަދި އެހާމެ ހިތްހެޔޮ ކުއްޖެއް.. ހުޝާމް އެއްވެސް މީހަކަށް ދެރައެއް ދޭނެއެކޭ ބޭބެގެ ހިތެއް ނުބުނޭ.. ހުޝާމްކަހަލަ ދީނީ ކަންތައްތަކަށް ލޯބި ކުރާ ކުއްޖަކަށް ދެއަނބިން ގެންގުޅެވިދާނެ.. އެކަމަކު ބޭބެ ހިތަށް އަރަނީ  ހުޝާމް ބޭބެމެން ކައިރީގައި ތިވާހަކަ ދައްކަންޖެހުނީ ކީއްވެގެން ބާއޭ” ހާރޫނު ސުވާލުކޮށްލިއެވެ.

” ބޭބޭ.. އަ.. އަޅ..އަޅުގަނޑު ދެ އަ..ންބަށް އިންނަން ބޭނުން..ވ..ވާ ކުއްޖަކީ އަ..އަ..އައިޝާ” ނޭވާ ހިފަހައްޓާލަމުން ހުޝާމް ބުނެލި ޖުމްލައިން އެންމެންނަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ. ވާންވީ އުފާ ކަމެއް ނޫނީ ދެރަކަމެއް އައިޝާއަކަށް ނޭނުގުނެވެ. ހާރޫނުވެސް ދޭނެ ޖަވާބެއް ނޭގިފައި ބަލަހައްޓައިގެން އިނީއެވެ.

“އެންމެ ކުޑަ ދުވަހުން ފެށިގެންވެސް އަޅުގަނޑު އެންމެ އިންނަން ބޭނުންވި ކުއްޖަކީ އައިޝާ.. ބޭބެެ އަދި އައިޝާގެވެސް އެއްވެސް އިއުތިރާޒެއްް ނެތިއްޔާ އަޅުގަނޑު ބޭނުންވަނީ ވީހާވެސް އަވަހަކަށް އައިޝާއާއި ކައިވެނިކުރަން” ދެންވެސް ވާހަކަދެއްކީ ހުޝާމްއެވެ.

” ތިކަހަލަ ކަންތައްތަކީ އެއްފަހަރުން ޖަވާބުދެވޭ ކަހަލަ ކަންތައްތަކެއް ނޫން.. ވިސްނާލަން ވަގުތުކޮޅެއް ބޭނުންވަނީ..” ހާރޫނު މަޑުމައިތިރިކަމާއެކު ބުންޏެވެ.

” އެންމެ ރަނގަޅު.. އަޅުގަނޑު ދެން ގޮސްލަނީ” މިހެން ބުނެ ހުޝާމް ނިކުންނަން ހިނގައިގަތީ މެހެމާންދާރީއަށްޓަކާ ޝުކުރުއަދާކޮށްފައެވެ. ހުޝާމް ދިއުމުން ހާރޫނު ބަލާލީ އައިޝާއަށެވެ. އީޝަލް އައިސް އައިޝާ ކައިރީ ހުއްޓުނީ އައިޝާއަށް ހިތްވަރު ދިނުމަށްޓަކައެވެ.

އޭރުވެސް އައިޝާ ހުރީ ކުރިންހުރި ގޮތަށް އިސްޖަހާލައިގެންނެވެ.

” އައިޝާ.. ބައްޕަ ނުބުނާނަން ހުޝާމްއަކީ ގޯސްކުއްޖެކޭ.. ދެއަންބަށް އިނުމަކީ ދެރަވާންޖެހޭ ވަރުގެ ކަމެއްވެސް ނޫން.. ދަރިފުޅު ނިންމާ ކޮންމެ ގޮތަކާ ބައްޕަ ރުހި ގަބޫލު.. އެހެންވީމަ މިކަމަށް ގޮތެއް ނިންމަން ބައްޕަ ދޫކޮށްލާނީ ދަރިފުޅުގެ އަތްމައްޗަށް” ހާރޫނުގެ ވާހަކައަށް ބޯޖަހާލުމަށްފަހު އައިޝާ އިޝަލްއާއި އެކީ ގޮސް ކޮޓަރިއަށް ވަންއިރުވެސް ހުރީ ދެންމެ ވެދިޔަ ކަންތައް ޤަބޫލުކުރަން ދަތިވެފައެވެ.

ވޭތުވެދިޔަ ދެމަސްދުވަހުގެ ތެރޭގައި ރިޒްވާނަށް މާލޭގެ ސުކޫލަކުން ރަނގަޅު ވަޒީފާއެއް ލިބުނެވެ. މިހާރު ރިޒްވާނަކީ ރާއްޖޭގެ މަޝްހޫރު ސުކޫލެއްގެ އިސްލާމް ޓީޗަރެކެވެ. ސުކޫލުގައި އޮތް އެކްސްޓްރާ ކްލާހެއް ނިންމާލާފައި ރިޒްވާން ގެއަށް ދާން ނިކުތްއިރު ގަޑިން ނުވައެއް ޖަހަން ގާތްވެދާނެއެވެ. މަޖީދީ މަގު އޮތް ގޮތަށް ހިނގާފައި ދިޔައިރު ހިޔާލަށް ފެންނަމުން ދިޔައީ މިއަދު ހިބާ ރިޒްވާން ކައިރީގައި ރުއި ރުއިމެވެ. ރިޒްވާންއަށް ހިބާގެ ތަފާތު ލޯބީގެ މެސެޖްތަކާއި ކޯލުތައް ލިބޭތާ މަހެއްހާ ދުވަސްވެދާނެއެވެ. މިއަދު އެންމެ ފަހުން ރިޒްވާން މަސައްކަތް ކުރާތަނަށްވެސް އައީއެވެ. ރިޒްވާންގެ ހިތުން ޖާގައެއް ދޭތޯ  ރޮއެ އާދޭސް ކުރިއެވެ. ނަމަވެސް ހިބާ އެއުޅޭ ވައްތަރަކީ ރިޒްވާން އެއްވެސް ގޮތަކަށް ހިތްހަމަޖެހޭ ސިފަތަކެއް ނޫނެވެ. ރިޒްވާން ދެކޭ ގޮތުގައި އަންހެން ކުދިންނަކީ ލަދުވެތި ވާންޖެހޭ ބައެކެވެ. އެގޮތަށް ލަދެއްނެތި ފިރިހެނެއްގެ ފަހަތުން އުޅުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެކެވެ. ގެއަށް ވަންނަން އުޅުނު ވަގުތު ފަހަތުން މީހަކު ގޮވާލި އަޑަށް ރިޒްވާން އެނބުރި ފަހަތް ބަލާލިއެވެ. ފަހަތުގައި ހުރީ މެދުއުމުރުގެ އަންހެނެކެވެ. އެއަންހެން މީހާ މަޑުމަޑުން ހިނގާފައި އައިސް ރިޒްވާން އާއި އަރާ ހަމަކުރިއެވެ.

” ރިޒްވާން ދޯ ކިޔަނީ” އެއަންހެންމީހާ އަހާލުމުން  ރިޒްވާން ބޯޖަހާލިއެވެ.

” އަހަންނަށް ކިޔަނީ ހަބީބާ.. އަހަންނަކީ ހިބާގެ މަންމަ” ހަބީބާގެ ޖުމްލައިން ރިޒްވާންގެ މޫނުމަތިން ހައިރާންކަން ފާޅުވެގެން ދިޔައެވެ. ހިބާ ހަބީބާ ކައިރީ އެވާހަކަވެސް ދެއްކީބާއޭ ހިތަށް އެރިއެވެ.

” އަހަންނަކީ ދުވަހަކުވެސް އެއްވެސް މީހެއް ކައިރީގައި ކަމަކަށް އެދި އާދޭސްކުރި މީހެއްނޫން.. އެކަމަކު މިއަދު އަހަރެން މިވަނީ ގޮތްހުސްވެފަ.. އަހަރެންގެ ދަރިފުޅު މިއަދުވަނީ ނަފްސާނީ ބައްޔެއްގެ ޝިކާރައަކަށްވެފަ.. އެތަކެއް ޑޮކްޓަރުންނަކަށް ދެއްކިއްޖެ.. އެކަމު ރަނގަޅެއްނުވި.. ހިބާ މިދުނިޔެމަތިން ބޭނުންވަނީ އެންމެ ކަމަކަށް.. އެއީ ރިޒްވާންގެ މީހަކަށްވުން.. އަހަރެން ރިޒްވާން ކައިރީގައި އާދޭސްކުރަން.. އަހަރެންގެ ދަރިފުޅަށް އެހީވެދީ…” ފަހު ޖުމްލައާއިއެކު ހަބީބާގެ އަޑު ކުރަކިވެގެން ދިޔައެވެ.

” މަންމައެއްގެ އިހްސާސްތައް ހުންނާނެ ގޮތް އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ.. އެކަމަކު އަޅުގަނޑު ބުނަން ބޭނުންވޭ ދެތިން ވާހަކައެއް.. ބަލިތަކަށް ޝިފާ ދެއްވާނީ ގަދަކީރިތިވަންތަ ﷲ.. އެކަމަށްޓަކާ އެފަރާތަށް ދުއާ ދެންނެވުން އޮންނާނީ.. ދެން އޮތް ވާހަކައަކީ އެކަމުން ސަލާމަތްވެވޭނީ ހިބާގެ ވެސް ހިތްވަރުން… އެކަހަލަ ކަންތައްތަކުން ދުރުވާނީ ގިނައިން ނަމށދުކޮށް ގުރުއާން ކިޔަވައި އަދި އެނޫންވެސް ހެޔޮކަންތައްތައް ކުރީމަ.. އެންމެ ފަހު ވާހަކައަކަށް ބުނަން ބޭނުންވަނީ އަޅުގަނޑު ބޭނުމެއްނުވޭ ހަރާމް ގުޅުމެއް ބާއްވާކަށް އަޅުގަނޑު ބޭނުންވަނީ ވިހާވެސް އަވަހަކަށް ކައިވެނި ކުރަން އަދި އާއިލާ މީހުންނާއި މަޝްވަރާކޮށްފަ އަޅުގަނޑަށް ޖަވާބެއް ދެވޭނީވެސް.. ” ރިޒްވާން ބުންޏެވެ.

” ރިޒްވާންގެ އާއިލާއަކީ ކޮބާ.. އެނގޭ މިތާ ކައިރީގައި ކަން އުޅެނީ..” ގެތަކާ ދިމާއަށް ބަލާލަމުން ހަބީބާ އަހާލިއެވެ. ރިޒްވާން އިންގިލި ދިއްކޮށްލުމާއެކު ހަބީބާ މޫނުމައްޗަށް ވެރިވީ ފޫހިކަމެކެވެ. އެންމެ ރަނގަޅޭ ބުނުމަށްފަހު އައިކޮޅަށް ދިއުމުން ރިޒްވާންވެސް ގޭތެރެއަށް ވަދެގެން ދިޔައެވެ.

މުޅި ރޭ ރިޒްވާން ހޭދަކުރީ ވިސްނާ ފިކުރުކުރުމުގައެވެ. މީހަކަށް އެހީވެގެން ރިޒްވާނަށް ވާނެ ދެރައެއް ނޯންނާނޭ ހިތަށް އެރިއެވެ. ހަބީބާ ދެއްކި ވާހަކައިންނާއި ހަރަކާތްތައް ހުރިގޮތުން ހަބީބާ ހިބާއަށް އެއްވެސް ރީތި އަހްލާގެއް ދަސްކޮށްދީފައި ނެތްކަންވެސް އެނގުނެވެ. ރިޒްވާނަށް ހިބާގެ އުޅުން ބަދަލުކުރެވިދާނެއެވެ. އަދި ރޒްވާން ހިތްއެދޭ ފަދަ ކުއްޖަކަށް ހެދި ދާނެއެވެ. އެއްކޮޅުން ރިޒްވާނަށް ނުނިދިގެން އުޅުނުއިރު އަނެއްކޮޅުން އައިޝާވެސް ވަނީ ރޭގެ ނިދިން މަހްރޫމްވެފައެވެ. އެކި ގޮތްގޮތުން އެކަމާ ވިސްނާ ވިސްނާ ބޯހަލާކުވަނީއެވެ. ހިތުގައި އެތަކެއް ސުވާލެއް އުފެދިފައިވީއިރު އެހުރިހާ ސުވާލެއްގެ ޖަވާބަކަށް ވަނީ އެންމެ ޖަވާބެކެވެ. އެއީ އައިޝާ ހުޝާމްގެ އަންބަކަށް ވާން ބޭނުންވުމެވެ.

ފަތިސް ނަމާދުކޮށްގެން ރިޒްވާން މިސްކިތް ބޭރުގައި މަޑުކޮށްގެން ހުރީ ހާރޫނު ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ނކުތުމާއެކު ދެބަފައިން މިސްރާބުޖެހީ ގެއާ ދމާއަށެވެ.

” ބައްޕާ އަޅުގަނޑު ވާހަކައެއް ދައްކަންބޭނުން” ހިތްވަރު ކޮށްލާފައި ރިޒްވާން ބުނެލިއެވެ. ހާރޫނު ކުރިއަށް ގެންދާށޭ ބުނުމުން ރިޒްވާން މީހަކާ އިންނަން ބޭނުންވާ ވާހަކ ބުންޏެވެ. އެވަގުތު ރިޒްވާންގެ މޫނުމަތިން ލަދުވެތިކަން ފެނުމުން ހާރޫނު ހޭންފެށިއެވެ. އަދި ކޮންކުއްޖެއްތޯ އަހާލިއެވެ. ރިޒްވާންގެ ޖަވާބު އިވުމާއެކު ހާރޫނުގެ މޫނުމަތިން ސީރިއަސްކަން ފެންނަންފެށިއެވެ. ޤަބޫލު ނޫނީ ކަމަށް ހީކޮށް ރިޒްވާން ހާރޫނު ޤަބޫލު ނޫނިއްޔާ ނުކުރާނެ ކަމުގައި ބުންޏެވެ.

” ދަރިފުޅު ކުރަން ބޭނުންވާ އެއްވެސް ކަމަކަށް ބައްޕަ ހުރަހެއް ނާޅާނަން.. އެކަމަކު އޭގެ ކުރިން ބައްޕަ ދަރިފުޅުކައިރީގައި ބުނަން ބޭނުންވާ ވާހަކައެއް އެބައިން.. އެއީ އިއްޔަ އެގޭ ހުޝާމް އާއި އޭނަ އާއި އައިޝާގެ ކައިވެންޏަށް އެދިގެން އެވެސް ދެ އަންބަށް އަނެއްކާ ދަރިފުޅުވެސް އެގޭ ކުއްޖަކާ ވިއްޔަ ގުޅެން ބޭނުންވެގެން ތިއުޅެނީ.. އިތުރު މައްސަލަތަކެއް ކުރިމަތި ނުވަންޏާ ބައްޕައަށް އެއްވެސް މައްސަލައެއް ނެތް..” ހާރޫނުގެ ވާހަކަ އަހާފައި ރިޒްވާންވެސް ހިސާބަކަށް ކަންބޮޑުވިއެވެ.

” އެހެންވީމާ އެންމެ ފުރަތަމަ ދޮންތަ ޖަވާބެއް ދިނުމަށްފަހު އަޅުގަނޑު ގޭއެހެން މީހުން ކައިރީ މިވާހަކަ ދައްކާނީ.. އޭގެ ކުރިން ބުނެފިއްޔާ އަޅުގަނޑު މުސްތަގުބަލަށްޓަކާވެސް  ދޮންތަ އާނބަސް ބުނެފާނެ.. ” މިކަަހަލަ ވާހަކައިގައި ތިބެ ހާރޫނާއި ރިޒްވާން ގެއަށް ވަންއިރު ނީމާ ސޯފާގައި ކޮފީ ބޯންއިނެވެ. ނީމާ ކައިރީގައި އައިޝާވެސް ފޯނުން ގުރުއާން ކިޔަވަން އިނެވެ. ހާރޫނާއި ރިޒްވާން ގޮސް އެތާނގައި އިށީނުމުން ނީމާ އަވަސްވެގަތީ އެދެބަފައިންނަށް ސައި ހެދުމަށެވެ. އައިޝާ ކިޔަވާ ނިންމާލުމަށްފަހު ރިޒްވާނާއި ހާރޫނަށް ހެނދުނުގެ ސަލާމް ކޮށްލިއެވެ.

” ކޮބާ ދަރިފުޅު ވަކި ގޮތެއް ނިންމައިފިންތަ” ހާރޫނު ސުވާލުކޮށްލިއެވެ.

-ނުިނިމޭ-

35
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Axoo

Other Articles

Previous

އެ ހަނދާން

Next

ފޮޓޯގަނޑު ( ދެވަނަ ބައި…..)

Next
March 22, 2017

ފޮޓޯގަނޑު ( ދެވަނަ ބައި…..)

Previews
March 22, 2017

އެ ހަނދާން

14 Comments

  1. Angolhi says:
    March 22, 2017 at 10:09 pm

    V kamudhaa vaahaka eh mee…. Mi vaahaka kiyaalan dhn konme dhuvhaku liibeyne tha….? Vaahaka nereyne dhuvas tha ingijeyaa v rangalhu….

  2. Aish says:
    March 22, 2017 at 10:11 pm

    Nys mee kon rizuvaanehthr

    1. Ell says:
      March 23, 2017 at 8:43 am

      Aisha and eeshal get adopted brother

  3. kiya says:
    March 22, 2017 at 10:29 pm

    Vvv reethi story koniraku aneh part

  4. Shabyyy says:
    March 22, 2017 at 10:30 pm

    Thankolheh dhigukoh liye dheefaanantha???Neema aai haaroon ge dharieh kamah vaany rizvaan aky..

  5. Aish says:
    March 22, 2017 at 10:37 pm

    Ehn dho

  6. Eleesha ? says:
    March 22, 2017 at 10:56 pm

    Mii vaahakaiga goas kanthahthakah hiyvaru dheefaii nuhunnaanee vrh hiy hama jehy… ? I like this story very much…. ? alhugandu beynun vanee mii kahala vaahathah ginain kiyaala libun…
    Good luck hayyu…. ?
    Jazaakahllah hairan ?

  7. Shaaa says:
    March 22, 2017 at 11:12 pm

    I luv dis story. Wen nxt part?

  8. imagination says:
    March 22, 2017 at 11:49 pm

    say yesss aishaaa… <3

  9. Rahuma Ibrahim says:
    March 23, 2017 at 1:02 am

    Kobaatha ” Aneesa” ?????

  10. Niyer says:
    March 23, 2017 at 2:32 am

    Vahaka baraabaru. Ekam maa kuree ?

  11. Saandy says:
    March 23, 2017 at 5:41 am

    Mee v reethi vaahakaeh… Ekam adhives kury genesdheyleh… Hayyu alhe miahvure dhigukolladheebala…

  12. Usha says:
    March 23, 2017 at 11:59 am

    Vaahaka liyan beynun noonihyaa nuliyeba. .

  13. Jazbaath says:
    March 23, 2017 at 1:27 pm

    Maa kurin ves engey vaane goi. Ehenve ehaa kamaku nudhey!

Comments are closed.

All Right Reserved!