އަހަންނަށް އާށޯޙުވެފައި ހުރެވުނީ އެދިމާލަށް ކަޅިވެސްޖަހާނުލާ ބަލަހައްޓައިގެންނެވެ. ހިޔާލީ ދުނިޔެއެއްގެ ތެރެއަށް އަހަންނަށް ގެއްލިފައި ހުއްޓާ އޭނާ އައިސް އަހަރެން ގެ ކުރިމަށްޗަށް ހުއްޓި ހުރެ ހަނާ އަޅާލިއެވެ. ލިބުނު ސިހުމާއި ގަތް ލަދެއްގެ ބޮޑުކަމުން އަަހަންނަށް އަވަހަށް މޫނު ނިވާކުރެވުނެވެ. ނަމަވެސް އޭނަ ހައިރާންވިހެނެއް ވެސް ހިޔެއް ނުވެއެވެ. ތަޢާރަފްވެލުމުގެ ގޮތުން އޭނާ އިސްވެ ވާހަކަ ދެއްކިއެވެ. “ވިލްދާން” އޭނާ ބުންޏެވެ. އަހަރެންވެސް ޖަވާބުގައި “ލާރާ” ބުނެލީ ހިނިތުންވުމެއް ރައްދުކުރަމުންނެވެ. ވިލްދާން ކިހާ ފުރިހަމަ ނަމެއް ހެއްޔެވެ. އެ ސާދާ ރީތި މޫނު، އެ ވަރުގަދަ މުލައްދަނޑި، ދެކޮލަށް އެޑޭ އަޑިކޮޅު، އަހަންނަށް ބޭ އިޙްތިޔާރުގައި ބުނެލެވުނެވެ. ހާދަހާ ވާ ފުރިހަމައެވެ. އަހަރެންގެ ފޮޓޯގަނޑުގައި ކުރެހިފައިވާ މިރީތި ސޫރަ ކިހާ ފުރިހަމަ ހެއްޔެވެ. އަހަރެންނަށް ތަޤުދީރުގައި ލިޔެވިފައިވާ ބައިވެރިޔާ […]
ދުނިޔެމަތީގައިވާ ޤުދުރަތްތެރިކަމަކީ އޭގެ ފުރިހަމަ ވާހަކަ ގަލަމުންވެސް ބަޔާން ނުކުރެވޭނެ ފަދަ މަންޒަރުތަކެވެ. އަހަރެން މި އަޖާއިބު ކުރުވަނިވި މަންޒަރުތައް ފޮޓޯ ގެ ސިފައިގައި ރައްކާކުރަމުންދަނީ އަހަރެންގެ އުމުރުން ވިހި އަހަރުންނެވެ. އޭރުއްސުރެން އަހަރެންގެ އިންސްޓަގަރާމް ބްލޮގަށް ފޮޓޯތައް ލަމުން ދަމެވެ. އެތައް ބައިވަރު ބައެއްގެ ތަރުހީބު އަހަރެންގެ ފޮޓޯތަކަށް އޮއްސެމުންދާތަން ބަލަން އަހަރެެން އިންނަނީ ހެވި ދިއްލިފައެވެ. ހުކުރު ދުވަހެކެވެ. އާދައިގެ މަތިން އަހަރެންގެ މިސްރާބު ރަށުގެ ތުނޑިޔަށް އަމާޒުކުރީމެވެ. ގަޑިން ފަސްގަޑި ބައިގައި އަހަރެން […]