“ހައި! ކޮންނަމެއް ކިޔަނީ؟” ލަވައިގައި އިވުނުހެން އެއަޑުގައި ވަނީ ޝާއިރީ ކަމެކެވެ. އަހަރެން ޖަވާބުނުދިނުމުން ކުއްލިއަކަށް ހަނދާންވެގެން ކަހަލަ ގޮތަކަށް އޭނާގެ މޫނުމަތީގައި ކުރިން ފާޅުވަމުންއައި ލާނެތްކަން ފިލައި ގޮސްފިއެވެ. އަދި އަވަސްއަވަހަށް އަހަރެންގެ އަނގަ މަތިން އޭނާގެ އަތްތިލަ ދުރު ކޮށްލިއެވެ.
ހިތްހަމަޖެހުމުގެ ނޭވާޔާއެކު އަހަރެންގެ “އާހް”ގެ އަޑު މުޅި މާހައުލަށް ފެތުރިގެން ދިޔައެވެ. ފަހަތަށް ފިޔަވަޅެއް އަޅައި ހަމަޖެހިލީމެވެ. އަދި އެތަނުންދިޔުމަށް އައިކޮޅަށް ހިނގައިގަތީމެވެ. އަހަރެންގެ ޢަމަލްތަކުން އޭނާވެސް އިތުރު ބަހެއްބުނަން ޖެހިލުންވެފައި އިނެވެ. މަގުގެ އެއްފަރާތުގައި ހައްދާފައި ހުރި މިދިލިގަހާ އަރާ ހަމަވުމުން އަހަރެންނަށް ފަސްއެނބުރި ބަލާލެވުނެވެ. ސައިކަލްގެ ބައްތީގެއަލިން އަހަރެންނަށް އަނެއްކާވެސް ހިއްވަރުލިބިފައިވާ ކަހަލައެވެ. ނަމަވެސް މިފަހަރު އަހަރެންގެ މޭގައިވާ ހިތް ވިރެނެފެށިއެވެ. ސައިކަލްމަތީގައި އޭނާ އިނީ އާޝޯހުވެފައި އަހަރެންގެ ހަރަކާތްތަކަށް ބަލާށެވެ. ފަސްއެނބުރި ބަލާލެވުނީތީ ލަދުގަތެވެ. ނަޒަރު ތިރި ކުރުމަށްފަހު ހަލުވި ފިޔަވަޅުގައި ކުރިން އެމަގަށް އަހަރެން ވަން ގޯޅިން ކަނައަތްފަރާތަށް އޮބާލީމެވެ. އޭނާގެ ތޫނު ކަޅިރަވައިގެ އަލި ދޯދިތަކުން އަހަރެންގެ ހަށިގަނޑު ވަންހަނާކުރެވިއްޖެކަމުގެ އިހްސާސަކާއެކު ގެޔާދިމާލަށް ބާރަށް ހިނގައިގަތީމެވެ.
…………
“މިހާރަކަށް އައިސް މަރިޔަން އުޅެނީ ބޭނުންހާ ގޮތަކަށް. އަހަރެންގެ ދަރިއަށް ލިބުނުހާއެއްޗެއްކައިގެން އަރާމުގައި. ބަލަ ތިޔަ ކޯހެއް ހެދީވެސް އެސޮރު ދީގެންނޭ. މައޭރުވެސް ބުނީމޭ އެހެން މަންޖެއެއް ހޯދާށޭ. އެކަމު ކިޔެއްކުރާނޫ؟ އެސޮރަށް ހުރީ ފެންމަތުރާފަ ތޯއްޗެއް. އަދިވެސް އެއުޅެނީ. ”
ދޮރާށި ލައްޕާލުމަށްފަހު ގޭގެ މައި އޮޅިޔާ އަރާހަމަވިއިރު މަންމަގެ މިބަސްތައް ކަންފަތުގައި ޖެހުނެވެ. ” ރަޝީދާ! ތަންކޮޅެއް މަޑުން ވާހަކަ ދައްކަބަލަ. އެމަންޖެ މިހާރު ގެޔަށް އަތުވެދާނެ. ޔަގީން އިވުނަސް އެކަމާަ އެއްވެސް ނުރުހުންތެރިކަމެއް ނުދައްކާނެ. އެހާ ޙުލްގުހެޔު ކުއްޖަކާ އަހަރުންގެ ޔާމީނު އިނީ.” ބައްޕަގެ އަޑުގައިވަނީ މަޑުމައިތިރިކަމާއި ކުލުނެވެ.
އިތުރު ވާހަކައެއް އަޑުނީވުމުން ގޭގެ މައިދޮރު ހުޅުވާ ބަލާލީމެވެ. އަހަރެންގެ ފިޔާތޮށިކުލައިގެ ދޯޕައްޓާ ރީތި ކުރަމުން ފައިވާން ބޭރުގައި ބަހައްޓާ އެތެރެއަށްވަދެ ހަމަޖެހިލީމެވެ. އަދި ތަރުފާލު އަޅާފައިވާ ކުޑަސިޓިންރޫމުގެ އުތުރު ފަރާތުގައި އެލުވާލެވިފައިވާ ކުޑަ އުނދޯލީގައި ދުފާ ތަބައްހިފައިގެން އިން ބަފައިބެއާއި ކައިރީގައި ބިލަތް އަރިއެއް ކަފަންއިން މައިދައިތަ އަށް ހިނިތުންވެލީމެވެ. ޖަވާބުގައި ބައްޕަ އަހަރެންނަށް ހިނިތުންވެލައި ކާން ދިޔުމަށް ބުންޔެވެ. އުދޯއްޔާޖެހިގެން ދޮރު ކުރިމައްޗަށް ވާގޮތަށް ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ބަލައި ފުންނޭވާއެއް ލެވުނެވެ. އޭރު ގަޑިން 8 ޖެހީއެވެ.
………..
‘އެއީ ކާކުބާއެވެ؟ މީ އަހަރެންގެ ހިތް މިހާ ބޮޑަށް ތެޅުނު ފުރަތަމަ ފަހަރެވެ. އޭނާ އަށް އަހަރެން އިނގޭބާއެވެ؟ ‘ ހުޅުވާލެވިފައިވާ ކުޑަދޮރުން ކޮޓަރިތެރެއަށް ޖެހެމުންދާ މަޑު ވައިރޯޅި އަހަރެންގެ ހަށިގަނޑުގައި ބީހެމުންދެއެވެ. ރަތްކުލައިގެ ތުނި ދޮރޮފޮތި ތެރެއިން ގޯތިތެރޭގައި ހުރި ކުންނާރު ގަހުގެ ފަތްތައް ވިހުރިލާތަން ފެނެއެވެ. ގަހުގެ ތިރީގައި ހަތަރުބަޔަށް ހުރި ޖޯއްޔެއް ހުރެއެވެ. ހިކިފަތްތައް ބިންމަތީގައި ތޮޅިލާ އަޑު އިވެއެވެ. އެމަންޒަރު ބަލަމުން ބާލިސް މައްޗަށް ވިހުރުވާލެވިފައި އޮތް އަހަރެންގެ ދިގު އިސްތަށިގަނޑުގައި ކަނައަތުން ކުޅެމުން ގެންދިޔައީމެވެ. ހިތަަށް އަރަމުންދިޔައެެވެ. ‘ ދެން ދުވަހަކުވެސް އެފަދަ ނަޒަރަކުން ހިލޭ ފިރިހެނަކަށް ނުދެކޭނަމެވެ. އަހަރެންނަކީ ހަމައެކަނި ޔާމީންގެ ހައްޤެކެވެ. ޔާމީން ރިސޯޓުން ޗުއްޓީ ނަގައިގެން އަންނަން އޮތީ ހަފްތާއެއްހާ ދުވަހެވެ. އަންބެއްގެ ހައިސިއްޔަތުން އަހަރެންގެ ވާޖިބުތައް ބަރާބަރަަށް އަދާ ކުރާނަމެވެ.’ އެހެން އޮއްވައި އަހަރެންނަށް ނިދުނީ ކިހާއިރަކުކަމެއް ނޭގުނެވެ.
…..
“ރަޝިއްތާ! ރަޝިއްތާ! އަތޮޅުވެރިންގޭގައި މިއަދު ކެއްކުމެއްބާއްވަން ހުރިހާ އަންހެންވެރިން 10 ޖަހާއިރަށް އަންނާށޯ ޕިޔޯނު އެބަ ގޮވާ.” ބައިސްކަލުގައި އައިސް ގޭގެ ދޮރުމަތީގައި ކުނިކަހަން އޮތް މަންމައާ އަރާހަމަކުރަމުން ހުސޭނު ބުނެލިއެވެ. “އެހެންތަ ރަންކޮޅާ! އަނެއްކާ ކޮންކަމަކު ބާއްވާ ކެއުމެއްތަ؟” ތެދުވެ އިލޮށިފަތި ހެޔޮވަރު ކުރަމުން ނިކަން ގަޔާވެފައި ހުރެ މަންމަ ބުނެލިއެވެ. “އެއީ މަސްވެރިންގެ ކޮމިޓީގެ ފަރާތުން މާލެއިން ގެންނަ ތަމްރީނުޓީމަަށް މަރުހަބާ ކިޔުމުގެ ގޮތުން އަތޮޅުގެއިން ދޭ ކެއުމެއް. ރަށުއެންމެން ބައިވެރިވާގޮތަށް. އެވެރިން ލަފަނީ ހަތަރުގަޑި ބައިގަޔޯ.”
ނޫކުލައިގެ ޕާކިސްތާނު ހެދުމަކާއި މަޑު އަޅިކުލައިގެ ދޯޕައްޓާއެއް ގަޔަށް ހެޔޮވަރު ކޮށްލުމަށްފަހު އަވަސް އަރުވާލާފައި ސައިބޯލައިގެން ބަދިގޭގެ ދޮރު ލައްޕާލުމަށްފަހު އަހަރެންގެ ކަޅު އަތްދަބަސް ކޮނޑުގައި އަޅުވާލަމުން، ގޯތިތެރެއިންލާފައި ގޮސް ދޮރޯށި ހުޅުވާލީމެވެ. “މަންމާ އަޅުގަނޑު ދެންދަނީ ޑިއުޓީއަށް. މޭޒުމަތީގަ ހުންނާނެ ސައިހަދާފަ. ބައްޕަ ބުނުއްވީ މަންމަ ކުނިކަހާ ނިމުނީމަޔޯ ސައިބައްލަވާނީ. ރޭޑިޔޯއިން މާރީތި ޕޮރުގުރާމެއްއަންނާތީ އެބައިންނެވި.” އިސްޖަހާލައިގެން ހުރެ މަންމައާ ހަތަރުކަޅިހަމަނުކޮށް ހިނިތުންވެލާފައި އަހަރެން ހިނގައިގަތީމެވެ.
…
“ގުޑްމޯނިނގް މޭމް! މިއަދަށް އެޕޮއިންޓްމަންޓް ނަގާފައިވަނީ މުޅި ޖުމްލަ 13 ޕެޝަންޓުން. އެއީ 9 އަކުން 12 އަށް އަދި 12:30 އިން 4 އަަށާ ދެދަންފަޅިއަށް ބަހާލާ ގޮތަށް. އަޅުގަނޑު މޭޒުތައްޔާރު ކޮށްފިން. ޕްރިސްކްރިޕްޝަން ސްލިޕްމަދުވެދާނެތި އޯޑަރު ދީގެން މިއިނީ. 8:30 ގަ ޑޮކްޓަރުންނަާ ނަރުހުންގެ ބައްދަލުވުމެއް މީޓިން ރޫމްގަ. ނިމެންދެން އަޅުގަނޑު ރިސެޕްޝަންގަ މަޑުކޮށްލާނަން. ” ޒުހުރާގެ ހިންގުންތެރިކަމާމެދު އަހަރެން ފަޚުރުވެރި ވެއެވެ. އެއީ އަހަރެންގެ ސެކެޓްރީއެވެ.
ހިނިތުންވެލާފައި މިޓިންގްރޫމަށް ދާން ހިގައިގަތްތަނާ ފުރަގަހުން އަނެއްކާވެސް އިވުނީ ޒުހުރާގެ އަޑެވެ. “ޑރ.އިމްޔާ” އަހަރެން ފަސްއެނބުރި ބަލާލީމެވެ.
8 Comments!
Comments are closed.

Reethi.
Ekam thankolheh dhigu kollinama
Dhen faharakun dhigu kollaa hey.
Waiting for the next part
Varah reethi next part up vaane irehge inthizaaruga ?
Story ok thunkolheh kiyun faseyhakon type kohlaahchey
Story varah reethi. Maa kury. Kon irakun next part
heevey reethi vaanehen… alhe 1st part eh nufenun… konmes kuhjaku link fonuvaaladheebr..plx
thanks mal, first part aki https://www.esfiya.com/26434/
reethi.. kon irakun next part up……
Nice..