އެއީ ކީއްވެ؟ ހުރިހާ ބައިތަކެއްގެ ހަނދާން އާކޮށްލުމެއް
ގިނަ ކިޔުންތެރިންގެ އެދިލެއްވުމަކަށް މިވާހަކަ ކުރުގޮތަކަށް ފާއިތުވެ ދިޔަ ބައިތަކަށް އަލިއަޅުވާލުމެއް؛
- މަޝްހޫރު އާށާ އޭނާގެ ހައިބަތުގައި މީހުންނާ ސަލާމް ކުރަމުން މުބާރަކްބާދް ހޯދަމުން އެހާމެ ޒީނަތްތެރި ކޮށްފައިވާ ހޯލަކަށް ވަދެގެން ދިޔައެވެ. މިހޯލުވެސް އޭނާއަށްޓަކައި ތައްޔާރު ކޮށްފައިވާ ކަހަލައެވެ. ހަމަޔަޤީނުންވެސް ކޮންމެވެސް ބޮޑު ކަމަކަށް ތައްޔާރު ކޮށްފައިވާކަން ދޭހަވެއެވެ. އެހެންނުވާންވީ ކީއްވެ ހެއްޔެވެ. އެހަފްލާއަކީ އޭނާގެ 125 ވަނަ ފޮތް މާކެޓަށް ނެރެނީއެވެ.އޭނާގެ ޤަލަމުން އެތަށް ފޮތެއް އޭނާ ލިޔެފިއެވެ. ތަފާތު ނަންތަކުގަ އޭނާ ފޮތްތަށް ލިޔުނެވެ. ސުކޫލްތަކުގެ ލައިބްރަރީއަށް ހަދިޔާ ކުރިއެވެ. އޭނާ އަކީ ހުނަރުވެރި މުސައްނިފާއެކެވެ. ގިނަ ނޫސްތަކެއްގެ ފަލަ ސުރުޙީތަކުގަވެސް އޭނާގެ ފޮތްތަކުގެ ވާހަކަ ލިޔެވެނީމަދެއްކޮށްނޫނެވެ. މިއަދުގެ އެޙަފްލާއަށް ސޮސައިޓީގެ ގިނަ ބޮޑެތި މީހުންނާ އާއި ވިޔަފާރި ވެރިންނަށް ދަޢުވަތުދެވި އެމީހުންވެސް އައިސްތިއްބެވެ.
މިހަފްލާގައި އަޝާ ވާހަކަ ދައްކަން ޖެހުނެވެ. މައިކް ކާރީ ހުރެ އޭނާ ވަށައިގެން ހޯދާލިއެވެ. ކޮންމެ ވެސް މީހަކު ފެނޭތޯ ކަންނޭގެއެވެ. އަދި އޭނާ ވާހަކަ ދައްކަންފެށިއެވެ.
“ތިޔަ އެންމެހާ ބޭފުޅުން އަޅުގަނޑުގެ ފޮތަށާއި އަޅުގަޑަށް ދެއްވާ ތަރުހީބަށް ފަށް ފަށުން ޝުކުރު ދަންނަވަން. އަޅުގަނޑުގެ ފޮތްތަކުގެ ސޮފްހާތަކުގައި ވަރަށް ގިނަ ވާހަކަ އަޅުގަނޑު ލިޔެފަ ހުންނާނެ. އަދި ބައެއްފަހަރަށް ޙުދު އަޅުގަނޑާއި ބެހޭ ވާހަކަ އެފޮތްތަކުގެ ސޮފްހާތަކުގައި ފަވާލެވިފައިވާނެ އެކަމަކު އަޅުގަނޑު އަސްލު ބުނަންބޭނުންވިޔަސް ނުބުނެވިފައިވާ ގިނަ ވާހަކަ އަދި ލިޔަން އުޅުނަށް ނުލިޔެވިފައިވާ ގިނަ ވާހަކަތަށް އަޅުގަނޑު މިއަދުގެ މިހަފްލާގައި ބުނަން ބޭނުންވޭ. ކޮންމެ މީހެއްގެ ހަޔާތުގެ ސޮފްހާތަކުގައި އެތަށް ހާސް ވާހަކަ ފެވިގެން ގޮސްފައި ހުންނާނެ ކޮންމެ ގަޑެއް ހިއްލާލުމާއެކު ހަޔާތުން ދުވަހެއް މާޒީއާއި އެކުވެގެން ދިޔައީ އެމާޒީތަކުގަ ސޮފްހާތަކުގައި އުފާވެރި މާޒީގެ ހަނދާންތަކާއި ފޮނި ހަނދާންތަކާއި ހިތި ހަނދާންތަށް ފެވިގެން ގޮސްފައިވާނެ. މިއިން ބައެއްވާހަކަ ތަކަކީ މީހާއަށް ޒަޙަމް ތަކެއް ގެނެސްދެވޭ ވާހަކަ ތަކެއް. އޭނާގެ ޒަހަމްތަށް ބޭރަށް ނެރެ ދައްކާލެވެނީ މަދުބަޔަކަށް.. ގިނަފަހަރަށް ޅެމެއް ހަދާލިޔަސް ބުނެވޭނީ އެޅެމުގެ މާނަ އޮންނާނީ ޅެންވެރިޔާގެ ބަނޑުގައޭ.. ހަމަ އެގޮތަށް އަޅުގަނޑުގެ ފޮަތްތަކުންވެސް މާނަ ހޯދުމަކީ އެކިޔާމީހާއަށް ޝައުގުވެރި ކަމާއެކު ނުކިޔާނަމަ އޮޅުން އަރާނެ ބައެއް ވާހަކަތަށް. އަޅުގަނޑު ގެ މިފޮތަކީ ވަރަށް ތަފްސީލުކޮށް އަޅުގަނޑާއިވެސް ގުޅުވައިގެން އަޅުގަނޑު ލިޔެފައިވާ ފޮތެއް.އަޅުގަނޑު މިފުރުސަތުގަ އަޅުގަނޑުގެ އެންމެ ގާތްއެކުވެރި ނަބީލްއަށް ސުޓޭޖަށް އައުމަށް ދަޢުވަތު ދެން އަދި މިފޮތަކީ އަޅުގަނޑުގެ ފަރާތުން އޭނާއަށް ދެވޭ ހަދިޔާއެއް.. ނަބީލް ސުޓޭޖަށް ވަޑައިގަންނަވާ..”
ޖަލްސާއަށް އައިސް ތިބި މެހްމާނުންގެ ތެރެއިން އެއްބޭފުޅަކު ތެދުވެގެން އައިސް އިސްޓޭޖަށް އެރިއެވެ. އެއީ ނަބީލް އެވެ. ނަބީލް އަކީ ޕޮޓޯ ގުރާފަރެކެވެ. ޓީ.ވީއެމްގެ ޕޮރުގުރާމްތަކުގެ ރެކޯޑިންވެސް ހަދައިދޭ ސީނިޔަރ މުވައްޒަފެކެވެ.
“ނަބީލް މިއީ އަޅުގަނޑު ބުނަން އުޅެފައި ނުބުނެވިފައިވާ ވާހަކަތަށް ލިޔެފައިވާ ފޮތް. ”
ނަބީލް އެފޮތް އެހަފްލާތެރޭ އާޝާ އަތުން ހޯދާ ޝުކުރު އަދާކުރިއެވެ.
އެމީހުން ހަފްލާ ނިންމާލީ ބިލެއް މީރު ކުރުމަކުންނެވެ. ނަބީލް ގެޔަށް އައުމާއެކު ދަބަހުން އާޝާ ދިންފޮތްނެގިއެވެ. ވަރަށް ރީތިކޮށް ރިހި ކުލައިގެ ގަޑެއް ލާފައިވާ ފޮތެކެވެ. ފޮތުގެ ބޭރުގައި އަންހެން މޫނެއް ކުރަހާފައި ހުއްޓެވެ އަދި އޭގެ ތިރިން ރަންއަކުރުން އެފޮތުގެ ނަން އޮތެވެ.
“އެއީ ކީއްވެ؟” ނަބީލް ދެތިންފަހަރު މިނަންކިޔާލާފަ ފޮތް ހުޅުވާލިއެވެ. އަދި ފޮތްކިޔާ ލައިޓް ޖައްސައިގެން އާޝާ ދިން ފޮތުގެ ތެރެއަށް ސަމާލުކަން ދިނެވެ. އޭނާގެ ކުރިމަތީ އެފޮތުގައިލިޔެފައިވާ ވާހަކަތަށް ސިފަވެގެން އަންނަންފެށިއެވެ.
އަހަރެންގެ އަވަށަކީ މީސްކޮޅު މަދު އަވަށެކެވެ. އެހާމެ ރީތި ގުދުރަތުގެ ލާމަސީލު ނަމޫނާއެކެވެ. ފެހިކަން ގަދަ ނުހަނު ސާފު ރިކުލައިގެ ދޮންވެލި ހުރި ސުވަރުގެއެއްފަދަ އަވަށެކެވެ. އަވަށުގެ ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލިއަސް އެއްތަނަށް ވުރެ އަނެއްތަން ރީއްޗޭ ބުނާހާ މިތަނުގައި ވެއެވެ. ގިނަ ފަތުރުވެރިންގެ މަންޒިލަކީވެސް މިއީއެވެ.
އަވަށުގައި މިއޮންނަނީ އެންމެ ޢާއިލާއެކެވެ. ވަރަށް އެއްބައިވަންތަ އެެވެ. އެކަކު އަނެކަކަށް އެހީވުގައިވެސް މިސާލެއް ނެތެވެ. އެއްބަޔެއްގެ އުފަލާ ހިތާމައިގަ އަމިއްލަ ފަރުދުން ތަކެއް ހެން ބައިވެރި ވަމުން ދިޔައެވެ.
އަހަރެންގެ މަންމަޔާ ބައްޕަ ނިޔާވީ ކިހިނެއް ކަމެއް އަހަރެން މިހާރު ހަނދާނެއް ނެތް. އަހަރެންގެ މައިންބަފައިން ނިޔާވުމާއެކު އަހަރެން ބަދަލުވީ އައްޑު އަތޮޅު ހިތަދޫއަށް. އެރަށަކީވެސް އަހަރެންގެ ރަށް ސ. ހުޅުދޫ ކަހަލަ ފެހިކަންގަދަ ރަށެއް. ރަށުގެ އާބާދީ ބޮޑުވެފަ ފެންނަނީ ހުސް ބީރައްޓެހިން އަހަރެން ހާސްވި ހުސްނުދަންނަ މީހުންގެ ތެރެއަށް އާދެވުނީމާ.. އަހަރެންގެ ރަށުގެ ގިނަ ރަހްމަތްތެރިން އަހަރެންކާރީ މިއަލަށް އާދެވުނު ރަށުގެ ވާހަކަ ވަރަށް ތަފްސީލުކޮށް ކިޔާދީފައި ވެއެވެ.
ސާޖިދާ ބުނީ އެރަށުގެ މީހުން ނުބައި ވާނެކަމަށެވެ. ލަމްރަތު ބުނީ އެރަށުގެ މީހުން ވަރަށް އެކަކު އަނެކަކާއި ހަސަދަވެރި ވާނެކަމަށެވެ. ޝާދިޔާ ބުނީ މިރަށުގެ މީހުން ވަރަށް އަނިޔާވެރިވެސް ވާނެކަމަށެވެ. އަހަރެން އެރަށައް އައީ ވަރަށް ބިރުންނެވެ. އިތުރު އެހެން ގޮތެއް ނެތީމައެވެ. އަހަރެންގެ ޢުމުރަކީ 9 އަހަރެވެ. ކުޑަކުޑަ ކުއްޖަކު އެކަނި ފަޅުގެއެއްގަ ނުބަހަށްޓަންވެގެން ބޮޑުދައިތަ އަހަރެން ހިތަދުއަށް ގެނައީއެވެ. ކޮންމެ ކަމަކާ އަހަރެން ހުރީ ވަރަށް ޙާސްވެ ކަންބޮޑު ވެފައެވެ.
އަޑުއިވިފައިވާ ގޮތާއި ވަރަށް ތަފާތެވެ. ބޮޑުދައިތަ އަހަރެން ފެންނައިރަށް ބައްދާލިއެވެ. އަހަރެންގެ ގައިގާ ބައްދައިގެން ވަރަަކަށް ރުއިއެވެ. އަހަރެންގެ މަންމަމެންގެ ހަނދާން ކުރަމުންނެވެ. އަހަރެންގެ އަނގައިގަ ލައްވާ ކާންދިނެވެ. މަންމައެއްހެން އޯގާތެރިއެވެ.
ބޮޑުދައިތަވެސް ވަނީ ހުވަފަތްވެފައެވެ. ބޮޑުދައިތަގެވެސް އަހަރެންނާއި ދާދި އެއްޢުމުރުގެ އަންހެންހެން ކުއްޖެއް ހުއްޓެވެ. އެއީ ދުންޔާއެވެ. ދުންޔާ ވެސް އަހަރެންނަށް ވަރަށް ރަނގަޅެވެ. ދައްތާއޭ ކިޔާފަ އަހަރެންގެ ފަހަތުން ދުވެ ދުވެފަ އުޅެއެވެ. އަހަރެންދެކެ ދުންޏާވެސް ވަރަށް ލޯބިވެއެވެ. އަހަރެންވެސް ދުންޏާދެކެ ވަރަށް ލޯބިވެއެވެ. ދެމީހުން ދަނީވެސް އެއް އިސްކޫލަށެވެ އަދި އެއްގުރޭޑެއްގައެވެ. މިކަމުން ދެމީހުން ފިލާވަޅު ދަސްކުރުމުގައި އާއި ކިއެވުމުގެ ވާދަވެރިކަމެއް އުފެދުނެވެ. އަބަަދުވެސް ކޮންމެ ގުރޭޑަކުންވެސް އެއްވަނަ ލިބި ފާސްވަނީ އަހަރެންނެވެ. މިކަމާ ކޮންމެވެސް ވަރަކަށް ބޮޑުދައިތަ ހިތްހަމަ ނުޖެހޭކަން އަހަރެންނަށް އެނގެއެވެ. އެއީ ބޮޑުދައިތަ ތައުރީފްގެ ބަހެއްވެސް ބުނެނުލާނެއެވެ. ކިޔެވުމަށްވުރެ ދުންޏާ އިސްކަންދިނީ ފެށަންއާއި މޭކަޕް ކުރުމަށެވެ. ތަފާތު ގޮތްގޮތަށް ހެދުން އެޅުން އެއީ އޭނާ އެންމެ ކުރާހިތްވާ ކަމެވެ. އަހަރެން ކިޔެވުމުގެ މުހިންމު ކަމުގެ ވާހަކަ ދުންޏާއަށް ކިޔާދެމެވެ. ގަދަކަމުން ފިލާވަޅު ދަސްކުރަން ބައިންދަމެވެ. އެހެނަސް ކިޔަވާކަށް އެހާބޮޑު އަހައްމިޔަތު ކަމެއް އޭނާ ނުދިނެވެ. އަބަދުވެސް އަހަރެންނަށް ހީވަނީ އަހަރެންނަކީ ބޮޑުދައިތަމެންނަށް ބުރައެކޭއެވެ. އަހަރެން ބޭނުންވީ ވީހާ މޮޅަށް ކިޔަވައިގެން އަހަރެންގެ އަމިއްލަ ރަށަށް ދާށެވެ. ކޮންމެ ގޮތެއްވިޔަސް
ބޮޑުދައިތަމެން ރަނގަޅަސް އެގެޔާމެދު އެމީހުންނާމެދު އަމިއްލަވަންތަކަމެއް އަހަރެންނަށް އިޙްސާސެއް ނުކުރެވުނެވެ. ދުވަސްތަށް މަސްތަކަށް މަސްތަށް އަހަރުތަކަށް ބަދަލުވިއެވެ. އަހަރެންގެ ޢުމުރުން 17 އަހަރެވެ. އޯލެވެލްގައި ގަދަ ދިހައެއްގައި ހިމެނިގެން އަހަރެން ފާސްވިއެވެ. ދުންޏާ ކިރިޔާ ފާސްވީއެވެ. ވާނީ އެހެންނޫން ހެއްޔެވެ އޭނާ މުޅިން އެިސްކަންދެނީ މޭކަޕް އަށެވެ. އަހަރެން ގެންގުޅެނީ އެންމެ ބޮލުގައި ލާން ތެޔޮފުޅިއަކާއި މޫނުގަ ޖަހާ ފުށްދަޅެއް އެކަންޏެވެ.
އަހަރެންގެ މޭޒުމަތި މުއްސަނދި ވެފައިވަނީ ފޮތްތަކުންނެވެ.ސުކޫލުއިން އަހަރެންނަށް ވަރަށް ގާތް ރަހްމަތްތެރިއަކު ލިބުނެވެ. ގުރޭޑް 5 އިން ފެށިގެން އަހަރެންނާ އަބާ އާއި ސުކޫލް މަސައްކަތްކޮށް ވަނީ ވަރަށް ގާތް ރަހުމަތްތެރި ކަމެއް އުފެދިފައެވެ. އަނެއްހެން ބުނަންޏާ އަބާ އަކީ އަހަރެންގެ ބެސްޓު ފުރެންޑެވެ. އަހަރެން ރަށުން އައިފަހުން ސުކޫލުން އަބާއާއި ދިމާވެ މިހާރު ދެމީހުން އެކީގައި ކިޔެވުންވެސް ނިމުނިއެވެ. އަބާ އަކީ ވަރަށް ތަފާތު އަންހެން ކުއްޖެކެވެ. އޭނާ ކިޔެވީ ހަމައެކަނި ނަމަކަށެވެ. ނޫނީ މައިންބަފައިންނަށް ކޮށްދޭ ކަމެއްގެ ގޮތުގައެވެ. އޭނާ ޤަބޫލް ކުރާ ގޮތުގައި އަންހެން ކުދިން މާމަށްޗަށް ކިޔެވުމަކީ ބޭނުން ކަމެއް ނޫނެވެ. ފިރިމީހާ ކިޔަވައިގެން ހުރީމާ ނިމުނީއެވެ. ލިޔަން ކިޔަން އަދި ހިސާބު އެނގުނިމާ ނިމުނީއެވެ. ހިސާބުން ފައިސާބޭނުން ކުރަންވާ ގޮތް އެނގޭނެއެވެ.
އަބާ އޭނާ ބުނިހެން ކައިވެނި ކުރީއެވެ. ރަށުގެ ކަމުވޮށިވެގެންވާ މީހަކާއެވެ. އަބާގެ ފިރިމީހާ ބޮޑު ހަފްލާއެއް ބޭއްވިއެވެ. ހުރިހާ އަންހެންކުދިން މި ހަފްލާގައި ބައިވެރި ވިއެވެ. އަހަރެންނާ ދުންޏާވެސް ބައިވެރިވީމެވެ. ހުރިހާ މީހުން ވަރަށް މަޖާ ކުރިއެވެ. އަބާގެ ފިރިމީހާ ގެ ރަހްމަތްތެރިންގެ ފައުޖާއި އާއިލާ މީހުންވެސް މިހަފްލާއަށް ބައިވެރި ވިއެވެ. ހުރިހާ މީހުން ވަރަށް އެކުވެރިއެވެ.
އަހަރެންނަށްވެސް އަދި ޝާހިދު އަށްވެސް އަހަރެން ފެނުނީ އެ ހަފްލާގެ ތެރެއިންނެވެ. ޝާހިދު އަކީ އަބާގެ ފިރިމީހާ ޔޫނުސް ގެ ގާތް އެކުވެރިއެކެވެ.އަަހަރެންނަށް އޭނާއާއި މެދު އެއްވެސް ޝަޢުގުވެރިކަމެއް ނުވެދުނު. އެހެނަސް އޭނާ އަހަރެން ކާރިޔަށް އައިސް އަތާއަތްޖޯޑުކޮށް ސަލާމްކުރި. އެދުވަހު އެންމެން އެކަކު އަނެކަކު ގަޔަށް ފެންޖަހާ ވަރަށް މަޖާކުރިއެވެ. ޝާހިދު ގަސްތުގަ އަހަރެން ތެންމާލިއެވެ. މިމަންޒަރު ބަލަންހުރެފަ ދުންޏާ އައިސް ޝާހިދު ތެންމާލިއެވެ. އަބާގެ ކާވެނީގެ ހަފްލާއާއި ޕާރޓީ ނިމުނީ ވަރަށް މަޖާކުރުމަށް ފަހުއެވެ. ޕާރޓީ ނިންމާފަ އަހަރެންނާ ދުންޏާ އައީ ގެޔަށެވެ. ގެއަށް އައިމަގުމަތީ ދުންޏާ ވަރަށް ޝާހިދުގެ ވާހަކަ ދެއްކިއެވެ
“ދައްތާ އަޅެ އޭނާ ހާދަ ސުމާރޓޭ ދޯ” ދުންޏާ ގެއަށް ވަންނަމުން ބުނެލިއެވެ. އަހަރެން ހަމައެކަނި ހީލީ އެވެ. ސަބަބަކީ އަދި ދެންމެ ފެނުނު މީހަކާ ބެހޭގޮތުން މާގިނަ ތަޢުރީފް ކުރަން އަހަރެން ބޭނުންނުވާތީއެވެ.
“ދައްތަޔަށް އެނގޭތަ އެއްފަހަރުން އަހަރެންނަށް އޭނާ ދެކެ ލޯބިވެވިއްޖެ.ދައްތަ ބަލަން ހުންނާތި އޭނާ ކޮންމެވެސް ދުވަހަކުން އަހަރެންގެ ކައިވެންޏަށް އެދިގެން އަހަރެންގެ މަންމަ ކާރިޔަށް އަންނާނެ. އިވިފަ ވާގޮތުން އެއީ ވަރަށް މުއްސަނދި މީހެއްވެސް މެ” ދުންޏާ ވަރަށް އުފާވެފަ ޝާހިދުގެ ވާހަކަ ދައްކަމުން ދިއައެވެ. އެކަމަކު އޭނާ ނިސްބަތް ކުރާ މީހާއާއި ބެހޭ އެއްވެސް ސައްހަ މައުލޫމާތެއް އަހަރުމެން އެކަކަށްވެސް ނުމެއެނގެއެވެ.
“ދެން ރަނގަޅުތާ ގޭގަ ތިހެން އިންދާ މާބޮޑު ކަމަކާނުލާ މުއްސަނދި ބައިވެރިއެއްވެސް މަގޭ ދުންޏާއަށް ލިބުނީ ކިހާ ނަސީބު ރަނގަޅު” ބޮޑުދައިތަ ދުންޏާއާއި ދިމާކުރަމުން ބުނެލިއެވެ. ބޮޑުދައިތަ އަކީ މަޖާ މިޒާޖެއްގެ މަންމައެކެވެ. ދުންޏާގެ ގާތް އެެކުވެރިއެއްގެ ބައި އޭނާ ދުންޏާއަށް ފުރިހަމަ ކޮށްދެއެވެ.
ޖެހިގެން އައިދުވަހު އަބާގެ ފަރާތުން އަހަރެންނަށް ކެއުމުގެ މެންދުރު ކެއުމުގެ ދަޢުވަތު ލިބުނެވެ. ބޮޑުދައިތަގެ ހުއްދަ ހޯދައިގެން އަހަރެންނާ ދުންޏާ އެގެއަށް ދިއައީމެވެ.
“ނިޝާ ވެސް ކައިވެންޏަށް އަވަހަށް ރަނގަޅު ކުއްޖަކު ހޯދާ ފަހަރެއްގައި މިއަދުގެ ހަފްލާއިން ނިޝާއަށްވެސް ކުއްޖަކު ސެޓްވެދާނެނު” ބޮޑުދައިތަ އަހަރެމެން އެގެއަށް ދަނިކޮށް ގޮވާލާފަ ބުނެލިއެވެ. އަހަރެން ހަމައެކަނި ހިނިތުން ވެލީއެވެ. ބޮޑުދައިތަގެ ފަރާތުން މިކަހަލަ ހަޖޫ ކިޔުމާއި މަލާމާތް ކުރުން މިއީ އަހަރެންނަށް އާކަމެއް ނޫނެވެ.
އެއްގޮތަކަށްވެސް އަވަހަށް ކައިވެނި ކުރާކަށް މީހަކާ ހިތާވާކަށް މިއީ އަހަރެންގެ މެނިފެސްޓޯގައި ހިމެނޭ ކަންތަކެއް ނޫނެވެ. އަހަރެންގެ އުންމީދުތަކާއި ހުވަފެންތަކުގެ ސައިލާބު މާބޮޑެވެ. މާދިގެވެ.
އެހަފްލާއަށް އަހަރެމެންނަށް ދެވުނު އިރު މީހުން ކާންވެސް ފަށައިފިއެވެ. އަހަރުމެން ޓުރެފިކްގައި ޖެހިގެން ތަންކޮޅެއް ލަސްވީއެވެ.
އަހަރެމެން ވަދެގެން ދިޔައިރު ކުރީދުވަހު ކައިވެނީގެ ހަފްލާއިން ފެނުނު ޒުވާނާވެސް އެއްފަރާތުގައި ހުއްޓެވެ. ދުންޏާ އަހަރެންގެ ގައިގަ ކޮއްޓާލާފަ އެމީހާ މަށައްދައްކާލިއެވެ. އެއީ ކުރީދުވަހު ފެނުނު މީހާ ކަމުގައި ސިއްރުން ބުނެލިއެވެ. އަހަރެން އަޅާވެސް ނުލާ ދިއައީ ބަދިގެ ފަރާތުގައި ހަރަކާތްތެރި ވަމުންދާ އަންހެން ވެރިން ކާރިޔަށެވެ.
“އަހަރެންނަށް މީހުން ކިޔާއުޅެނީ ޝާހިދު، ތިޔައީ ކުރީދުވަހު ކައިވެނީގެ ހަފްލާއިން ފެނުނު އަންހެންކުއްޖެކޭ ހަނދާންވަނީ” ޝާހިދު ދުންޏާ ކައިރިއަށް ގޮސްސަ ވާހަކަ ދައްކަން ފެށިއެވެ.
“އަހަރެންގެ ނަމަކީ ދުންޏާ.. ވަރަށް އުފާވެއްޖެ މިއަދުވެސް ދިމާވީމާ” ދުންޏާ ވެސް ޝާހިދު އާއި ސަލާމް ކޮށްލަމުން ބުނެލިއެވެ.
“އެދުވަހު އެނގިފަ އޮތީ ތިޔައީ ދުންޏާ ކަން.. ކޮބާތަ ދެން ރަތް ހެދުން ލައިގެން ހުރި އަންހެންކުއްޖާ ދުންޏާގެ ކާރީ އަބަދު އެކުއްޖާ ހުރީ. ފެނިފަ އެކަމަކު ގެއްލިއްޖެ އެހާއަވަހަށް” ޝާހިދު އަހާލިއެވެ.
“ހޫން އެއީ އަހަރެންގެ ދައްތަ ނިޝާ”
“އަސްތާ އެއީ ވަރަށް ލޯބި އަންހެންކުއްޖެއް ކުއްޖާގެ ރީތި ކަމާއި އެއްވަރަށް ނަންވެސް ރީތި.. މިއަދު ކޮބާތަ އޭނާ ނުވެސް އާދޭތަ ދުންޏާއާއި އެކު؟” ޝާހިދު ވަށައިގެން ހޯދާލަމުން ބުންޏެވެ.
ޝާހިދުގެ މިތަޢުރީފް ކުރުމުން ދުންޏާ ދެރަވާގޮތްވިއެވެ. ސަބަބަކީ ޝާހިދު ތަޢުރީފް ކުރީ ދުންޏާގެ ދައްތައަށް ކަމެވެ. ދުންޏާއަށް ނޫންކަމެވެ. އެކަމަކު ރޭއްސުރެ ދުންޏާ އެހުންނަނީ ޝާހިދުއާއި ހެދި އަރާހިކިފަވިއްޔާއެވެ.
“އޭނާ ވަނީ ބަދިގެ ފަރާތުގައި ތިބި އަންހެންވެރިން ކައިރިޔަށް.” ދުންޏާ ފޫހިގޮތަކަށް ޖަވާބުދިނެވެ.
އެވަގުތު އަހަރެން ބޭރަށް ނިކުތްތަން ފެނިފަ އެޒުވާނާ އަހަރެން ކާރިޔަށް އައެވެ. އަބާވެސް އެވަގުތު އަހަރެން ކާރީ ހުއްޓެވެ.
“އަބާ ހާދަ ގޯހޭ މިކަހަލަ ރީތި އެކުވެރިން ތިބޭއިރު އަހަރެމެންނަށް ދައްކާވެސް ނުލާ ތައާރަފް ވެސް ކޮށެއްނުދޭ” ޝާހިދު މާ މަޖާވެފަ އަހަރެމެން ކާރިޔަށް އައިސް ބުންޏެވެ.
“އަސްތާ އެހެންދޯ ނުކުރާ ކުށަކަށް މާފް އެދެން މިއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ނިޝާ…ނީޝް.. މިއީ ބުޗާ ދޮންމަނިކުގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ޝާހިދު ހުރިހާ އެއްޗެއް ސެންސަރު ކޮށްފަ މިބުނީ މިއީ ޝާހިދު” އަބާ ހިނިތުން ވަމުން އަހަރެންނަށް ޝާހިދު އަދި ޝާހިދު އަށް އަހަރެން ތައާރަފް ކޮށްދިނެވެ. އަހަރެން ހަމަ އެކަނި ސަލާމް ގޮވާލީއެވެ. އަދި ހިމޭނުން ހުރީމެވެ.
“އަބާ މީނާ މާޝާﷲ ވަރަށް ރީތި އެކަމަކު މީނާގެ ކޮންމެވެސް ބައެއް އުނިކަމަށް އަހަރެންނަށް ފާހަގަ އެބަކުރެވޭ އަޅެ އަބާމެންނަކަށް އެކަމެއް ފާހަގަ އެއްނުކުރެވޭތަ؟” ޝާހިދު ހަށަން ބަންނަމުން އަހަރެމެން ކާރީ ހުއްޓިލަމުން ބުނެލިއެވެ. އަބާ އާއި އަހަރެން ހައިރާންވެފަ ޝާހިދު އަށް ބެލީމެވެ.
“އެއީ އަނެއްކާ ކޮންއުނިކަމެއް… އަހަރެންގެ ނަޒަރުގަ އޭނާ ހަމަ ވަރަށް ފުރިހަމަ މާޝާﷲ” އަބާ ބުނެލިއެވެ. އަހަރެން ރުޅިވެރިކަމާއެކު ޝާހިދު އާއި ދިމާލަށް ބަލަން ފެށީމެވެ.
“އަސްތާ ކާލާފާނެހެން ހީވާކަހަލަ ބެލުމަކުން އަޅުގަޑާއި ދިމާލަށް ބަލާނެ ކަމެއްނެތް..އަޅުގަނޑު އެހެންބުނީ އަޅުގަނޑާއި ވާހަކަ ނުދެއްކީމާ މަންމަނު ކުއްޖެކޭ ހީކޮށް”
“ޝާހިދު އަހަރެންގެ އެކުވެރިޔާ އަކީ މަންމަނު ކުއްޖެއް ނޫން މާތް ﷲ އޭނާއަށް ވަނީ ރީތި އަޑެއް ދެއްވާފަ އަދި ސުކޫލްގެ ލަވަ މުބާރާތުގައި މުޅި ސުކޫލުން އެއްވަނައަށްވެސް ދިޔައީ ހަމަ އަހަރެންގެ މި އެކުވެރިޔާ،މައުލޫމާތަށްޓަކައި ބުނެލީ”
“އެހެންވެއްޖެއްޔާ ބުނެބަލަ ތިޔަ އެކުވެރިޔާ ކާރީ މި ހަފްލާޔާ ގުޅޭ ލަވައެއްކިޔާދީބަލާށޭ”
އަބާ އަހަރެންނަށް އިށާރާތް ކޮށްލިއެވެ. އަދި ލަވަކިޔާދިނުމަށް އާދޭސް ކުރިއެވެ.
ދުންޏާ އަހަރެންގެ އަތަށް މައިކް ލާދިނެވެ. އަހަރެން ގެއްލިފައިވާ މީހެއް ހެން ލަވަކިޔަންފެށީމެވެ.
“ހަވީރުގެ ވަގުތުގައި ދިމާވި އެޒުވާނާ އަހަރެންގެ ހިތް ފަތަހަ ކޮށްފިއެވެ…
ލަދުން އަހަރެން މޯޅިވާގޮތަށް މިއަދު އޭނާ އަހަރެންގެ ހިތް ފަތަހަ ކޮށްފިއެވެ
އުފާވެރި ދުވަސްތަކަކަށް އަހަރެންގެ ހިތް އެދެމުން ދަނީއެވެ.
ހަވީރުގެ ވަގުތުގައި ދިމާވި އެޒުވާނާ އަހަރެންގެ ހިތް ފަތަހަ ކޮށްފިއެވެ.”
އަހަރެންގެ ލަވަނިމުމާއެކު އަތްތިލަބަޑީގެ އަޑުން މުޅި ތަން ގުގުމާލިއެވެ. ހުރިހާ މީހުން އަހަރެންނަށް ތައުރީފް ކުރިއެވެ. އަހަރެމެންނަށް ގެޔަށް އާދެވުނީ އިރުވެސް އޮއްސުނު ފަހުންނެވެ.
ޝާހިދުގެ އެކުވެރި ރަމްޒީ ސިޓީ ބޮނޑި ތަކެއް ހިފައިގެން ޝާހިދު ކާރިޔަށް އޭނާގެ ގެޔަށް އައެވެ.
“އެކުވެރިޔާ ނިކަން މިސިޓީ ތަކުގެ ޖަވާބު ދީބަލަ.. މިއީ ހާދަ ބޮޑު ވޭނެކޭ މިކުދިން ކަލެއަށް މަޑުކޮށްގެން އެތިބެނީ އުފަންވީއްސުރެ ތޯއްޗެއް”
ރަމްޒީ ހުރިހާ ކަރުދާހެއް ޝާހިދުގެ ކުރިމައްޗަށް ޖެހިއެވެ.
- “އެކުވެރިޔާ ނިކަން މިސިޓީ ތަކުގެ ޖަވާބު ދީބަލަ.. މިއީ ހާދަ ބޮޑު ވޭނެކޭ މިކުދިން ކަލެއަށް މަޑުކޮށްގެން އެތިބެނީ އުފަންވީއްސުރެ ތޯއްޗެއް”ރަމްޒީ ހުރިހާ ކަރުދާހެއް ޝާހިދުގެ ކުރިމައްޗަށް ޖެހިއެވެ.
ތިޔައިން އެއްވެސް ސިޓީއަކަށް ޖަވާބުދޭން އަހަރެން ބޭނުމެއް ނޫން.. ބުނަންތަ އެކުވެރިޔާ ވާހަކައެއް ބުނަންތަ އަހަރެން ބޭނުމެއް ނޫން އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ރަށިއާ، ޖަރުމަނު، ނޫނީ ވިލާތު ކުއްޖެއް އަހަރެން ބޭނުމީ ހަމަ ހަތަރު ކަށިމަތި ދިވެހި އަންހެން ކުއްޖެއް ކަޅަސް ދޮނަސް ފަލަސް ހިކިޔަސް”
“ނާހަމަ ރަނގަޅަށްތަ މިހިރީ ފައްކާ ދިވެއްސެއްތާދޯ؟ ދެން ބުނެބަލަ ކަލޭ ދެކޮނޑަށް ސެންޓު ބުރުވައިގެން މޫނުގައި ފެއަރ އިން ލަވްލީ ފުށް ޖަހައިގެން ނަލަވެގެން ތިޔަ ހަރީ ކޮންހަގުރާމަޔަކަށޯ؟”
ރަމްޒީ ޝާހިދު އާއި ދިމާކޮށްލިއެވެ.
“ރަމްޒީ އަކަށް ނޭނގޭތަ އަހަރެން މިހާވަރަށް ރީތިވެގެން މިހިރީ އިންނަން މިއުޅޭ ގޮއްޔެގެ ގެޔަށް އާނ ބަސް ބުނޭތޯ އަހަންދާން”
“ސަހާދެއް މަވެސް ދަންތަ ތިޔަ ކުޅިވަރު ދެކި އަތުން ހިފާ އަޖުމަ ބަލާލަން”
“ހިނގާ އެކަމަކު ބުނަން ކަލޭގެ ތިޔަ ކަށިނެތްދޫ ހިމޭނުން ބާއްވާތި.. ބުނަންނުވާ އެއްޗިހި ނުބުނާތި.. ބުނަންވާ އެއްޗިހި ބުނާތި.. މަގޭ ކޮނޑުން ތިންފަށް އަރުވާލަދޭތި.. ކަލޭގެ ތިޔަ ބުއްދީގެ ބޭނުންކޮށްގެން” ރަމްޒީގެ ބޮލުގައި ޖަހާލަމުން ޝާހިދު ބުނެލިއެވެ.
“ހޫނ ކުރިހުރިހާ ހުކުމެއް ލޮލާއި ބޮލުން ގަބޫލް.. ދެން އެއީ ކޮންގެއެއްގެ ފަންމިންޏެއްތަ ފަހެ ބައްދަލު ކުރަން އަހަރުމެން މިދަނީ.. ފަހަރުގައި އެގޭގެ ގެންގުޅޭ ކުއްޖާ މަށާއިވެސް ހިތާވެދާނެނު”
“ރަމްޒީ އަށް އެނގޭނެ ރޭގަ ޕާޓީގަ ލަވަކިޔާލި އަންހެން ކުއްޖާ”
“އަސްތާ ރަނގަޅަށް ނުވެސް އެނގެނީސް ގޮސް އިންނަން އަހަން ކެރިދާނެތަ ގޭގެ ފައިވާން ހަރުގަޑުން ތޯއްޗެއް ވެލްކަމް ވެސްލިބޭނީ މިހިރަ މޮޔަ އާޝިގް”
“އަހަރެން މިއޮއްރީތި މީހާ ތިހާ ބޮޑަކަށް ކަޑަ ނުވާނެ ރަމްޒީ ކަލޭތީ އަދި ކުޑަކުއްޖެއް މަޑުކުރޭ އިނގޭ އަނެއްކާ ކަލޭ ފޮތްހިފައިގެން ފިލާވަޅުނަގަން ހުރޭ މަގޭ ހިޔަނީގަ” ޝާހިދު ކޮނޑު އަރުވާލަމުން ބުނެލިއެވެ.
“ރަމްޒީ ކަލޭ ކާރީ ބުނަންތަ އަދި ރަނގަޅު ފިލާވަޅެއް ހަޔާތުގައި ހޯދަންޖެހޭނީ ވަކި ވައްތަރެއްގެ އަނބިން ތިމާފަހަތުގައި ވިއްދާފަ ތިބޭ އަނބިންނެއް ނޫން.. ތިމާޔާ ގެއަށް އައިސް ވަންނަ އިރަށް ސަތެކަ ސުވާލު ކުރާމީހުންނެއްނޫން. ފިރިންގެ މިނިވަންކަން ފިރިންނަށްދޭ އަޅުވެތި އަނބިން އެއީ ދިވެހި އަންހެންކުދިން”
“އޮއްހޯ އެހެންވީއިރު ކަލޭ ބޭނުންތިވަނީ އަންބެއްނޫން ޖާރިޔާއެއް އެވެސް އަޅުވަތި ޖާރިޔާއެއް” ރަމްޒީ އޭނާ ގެނައި ކަރުދާސް ޑަސްބިންއަށް އަޅާލިއެވެ.
“ހޫން ދެން މިހާރު މިގަަރުނަށް ވާވަރަށް ފިލާވަޅު ލިބިއްޖެއެއްނު ދެން ހިނގާ އެގޭދޮށަށް މުގޯލި އަޅަން ދާން”
ދެވެރިން އެއްކޮށް ގެއިން ނިކުންނަކޮށް އެގޭގޯތީގައި ހުރެފަ ފަރީދާ އެމީހުން ހުއްޓުވިއެވެ. ފަރީދާ އަކީ މަންމަމެންގެ ޒަމާނުއްސުރެ ގޭގައި އުޅޭ ހާދިމާއެކެވެ. މަންމަޔާ ބައްޕަ ނިޔާވުމުންވެސް ޝާހިދު ދޫކޮށްފަ ނުގޮސް އޭނާ ގޭގައި މަސައްކަތް ކުރަމުން ދަނީއެވެ. ޝާހިދު ދެކެ އަމިއްލަ ދަރިއެއްފަދައިން އޭނާ ލޯބިވާތީއެވެ.
“ކޮންތާކަށް ދެވެރިން ނައްޓާލީ މިއޮއްފަދަ ރޭގަނޑު”
“މަންމާ މިދަނީ ބޭރަށް ދާން ރައްޓިހި ކުއްޖަކާ ބައްދަލު ކޮށްލަން” ޝާހިދު ފަރީދާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
“ދެންމިރޭގެ ކެއުމޯ” ފަރީދާ ދެރަވެފަ އަހާލިއެވެ. ފަރީދާ ވަރަށްބޮޑަށް ޝާހިދުގެ ކަންތަކަށް ހާއްސަ ކަންދެއެވެ.
“ބޮޑުދައިތަޔަކަށް ނޭނގޭތަ އޭނާ ދާގެތަކުން އޭނާއަށް ރަނގަޅު ފަރިއްކޮޅު ތައްޔާރު ކުރާނެކަމެއް” ރަމްޒީ ޖީބައް އަތްޖަހާލައިގެން ވަރަށް މަޖާވެފަ ބުނެލިއެވެ.
ޝާހިދު އާއި ރަމްޒީ ދިޔަގޮތަށް ދިޔައީ ނިޝާމެންގެޔަށެވެ. އެގޭގެ އެޑްރެސް އަބާއަތުން ހޯދާފަ އޮތުމުން މާއުނދަގުލެއް ނުވިއެވެ.
ދުންޔާ ގޭގެ ބެލްކަނީގައި ގަހަށް ފެންދޭން ހުއްޓެވެ. ޝާހިދުގެ ކާރު ގޭޓުން ވަދެގެން އައިތަން ފެނިގެން ދުންޔާާ ދުވަމުން ގޭތެރެއަށް ވަނެވެ. އަދި އުފަލުން ޝާހިދު އައިކަމުގެ އުފަލުގައި މަންމަޔަށް ގޮވަމުންދިޔައެވެ. ޝާހިދު އާއި ރަމްޒީ މިމަންޒަރު ފެނިގެން ކާމިޔާބުވީ ކަމުގައި ބުނެ ދެމީހުން ދެމީހުންނަށް ބަލާލާފަ ހީލަމުން ގޭގެ ދޮރުކާރީ ގެޔަށް ނުވަގެ މަޑުކޮށްލިއެވެ.
“މަންމާ ނިކަން އަވަހަށް އައިސް ބަލަ އަހަރުމެންގެ ޖިފްޓި ގަޑަށް ރަސްކަލަކު ވަޑައިގެންފި”
“ކާކޭ…ކީކޭ ތިޔަ ކިޔަނީ؟” ދުންޔާގެ މަންމަ ބަދިގޭގައި ހުރެފަ ކުޑަތުވާލިން އަތް ފޮހެމުން ނިކުމެ ޝާހިދު މެންނާ ސަލާމް ކުރިއެވެ.
“ދަރުފުޅު މެން ބޭރުގައި ތިތިބީ ކީއްވެ އާދޭ ވަދޭ އެތެރެއަށް”
“އަހަރެންގެ ނަމަކީ ޝާހިދު…”
“އެނގެޔޭ ތިޔައީ ޝާހިދު ކަން.. އަހަރެންގެ އަންހެން ދަރިންކޮޅު ދުވާލު ދާހަތަރު ދައްކަނީ ޝާހިދުގެ ވާހަކަ އެހެންވީމާ އެނގެގޭނެނު”
“އަސްލުވެސްތަ އަޅުގަނޑުގެ ގޯސްވާހަކަބާ ދައްކަނީ މީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރި ޜަމްޒީ” ޝާހިދު އެމީހުންނަށް ރަމްޒީ ތަޢާރަފް ކޮށްދިނެވެ.
“އުހުން އަހަރެން ތަޢާރަފް ވާނީ އަހަރެން އަމިއްލަޔަށް.. ޝާހިދުގެ ތައާރަފް ޝާހިދުދީ” ރަމްޒީ ކުރިޔަށް ޖެހި މަންމަގެ އަތުގައި ހިފާ ސަލާމް ކޮށްލަމުން ބުނެލިއެވެ
“އަހަރެންގެ ނަމަކީ ރަމްޒީ.. ދުންޔާ އަށް އެގޭނެ ރަމްޒީ ގެ މާނަ ދޯ ދުޏްޔާ”
“އުނހު އަހަރެންނަށް ނޭނގޭ ”
“އައްދެ ދައްތަޔަށް އެނގޭނ ދޯ ދައްތާ ރަމްޒު ގެ މާނަ ނޫން މަ ބުނެދޭނީ ރަމްޒުގެ މާނަ. ރަމްޒަކީ މަގޭ މަންމަޔާ ބައްޕަގެ ލޯބީގެ ނިޝާން މިހާރު ތިދެމީހުންނަށް ވެސް އެނގިއްޖެތަ ރަމްޒުގެ މާނަ އަދި އަހަރެންނަކީ އަހަރެންގެ މީނދަ އެކުވެރިޔާގެވެސް ރަމްޒު. އަދި އިރުކޮޅަކުން އަހަރެން ވާނީ އަހަރެންގެ މީނދަ އެކުވެރިޔާ ކުރާ ކައިވެނީގެވެސް ރަމްޒަކަށް” ރަމްޒީ މިހެން ބުނުމުން ހުރިހާ މީހުން ހޭން ފެށިއެވެ.
“ލައްބަ މިހާރު އެނގިއްޖެ ރަމްޒުގެ މާނަ މީގެ ކުރިން އަހަރުމެން ހީކޮށްގެން ތިބީ މުޅިން އެހެން އެއްޗެއް ދެން ބުނެބަލަ ތިޔަ ދެކުދިން މިގެޔަށް ތިޔައައީ ކޮންބޭނުމަކުތޯ؟” ޖަމީލާވެސް މަޖާވެފަ ބުނެލިއެވެ.
“ދައްތާ މިވަގުތު އަޅުގަނޑަކީ އެކަނިވެރިއެއް.. އެހެންވެ ބޮޑެތި މީހުން ދައްކަން ޖެހޭ ވާހަކަ ދައްކަން މިއައީ ދައްތަ ގެ އިއުތިރާޒެއް ނެތީއްޔާ އަޅުގަނޑުގެ އެކަނިވެރިކަން ފިލުވާދެވިދާނެ ދައްތަގެ ދަރިފުޅު އަޅުގަޑާއި އެކު އަޅުގަނޑުގެ ކުޑަކުޑަ ގެޔަށް ފޮނުވައިގެން އަޅުގަނޑުގެ ގެޔަށް ބަހާރު މޫސުމް ގެނެވިދާނެ އަދި އަޅުގަނޑުގެ އެކަނިވެރިކަންވެސް ފިލާ ހިނގައިދާނެ”
ޝާހިދު މިހެން ބުނުމާއެކު ދުންޔާާ ލަދުން މޯޅިވެލިއެވެ. އޭނާ ހީކުރީ ޝާހިދު އެއިޝާރާތް ކުރަނީ އޭނާއަށް ކަމަށެވެ.
“ދައްތަގެ އަންހެންދަރިފުޅު ވަރަށް ނަސީބު ރަނގަޅު ގެގަ އިންދާ އެއްވެސް އުނދަގުލަކާ ނުލާ ޝާހިދު ކަހަލަ ބައިވެރިޔަކު ލިބުނު ކަން ޝާހިދުގެ އަތުގައި މަދު އެކައްޗެއްވެސް ނެތް ވިޔަފާރި ފުޅާދާއިރާއެެއްގަ މާލޭގައި ކުރަމުން ދަނީ ﷲ ވަނީ ޝާހިދުއަށް ހުރިހާ ފުރިހަމަ ކަމެއް ދެއްވާފަ ދެން އޮތީ ދައްތަގެ އަންހެންދަރިފުޅު ފޮނުވައިގެން ޝާހިދުގެ ގޭގައި އާކުލައެއްޖެއްސުން” ރަމްޒީ ޖަމީލާ ކުރިމަތީ އިށީނދެ އިނދެގެން ޝާހިދުއަށް ތައުރީފް ކުރަމުން އެކި އެކި މަޖާ ވާހަކަ ދައްކަމުން ދިޔައެވެ. ދުންޔާާ މިކަމުން މަޖާކަމެއް ލިބިގަންނަމުން ދިޔައެވެ.
“އަޅުގަޑުގެ ގޭގައި މަދީ ގެވެހި ވަފާތެރި އަންހެންކުއްޖެއް.. އަޅުގަނޑުގެ މިއެދުން ދައްތައަށް ފުރިހަމަ ކޮށްދެވިދާނެ”
“ދައްތާ އަޅުގަޑާއި ޝާހިދު މިއީ ކުޑައިރުއްސުރެގާތް އެކުވެރިން ޝާހިދުގެ ކަހަލަ ބައިވެރިޔަކު ދައްތަގެ ދަރިފުޅުގެ އަތުގައި ހިފާކަން އެއީ ދައްތަމެންގެ ހެޔޮނަސީބު ދައްތަގެ މިދަރިފުޅު އެގޭގެ މަލިކާއަކަށް…..”
“ރަމްޒީ މާނގަގަދަވެގެން ތިޔައުޅެނީ ދައްތަމެންނަށްވެސް ވާހަކަ ދައްކަން ފުރުސަތު ދީބަލަ.”
އެވަގުތު ސައިހިފައިގެން ނިޝާއައިސް ސައިތަބައްބަހައްޓާފަ ދާން ހިގައިގަތެވެ. ޝާހިދު ތެދުވެފަ ނިޝާ ހުއްޓުވިއެވެ.
“ނިޝާ ދަނީ ކީއްވެތަ؟”
“އަޅުގަނޑަށް ބަދިގޭގައި ވަރަށް ބައިވަރު މަސައްކަތް އެބައޮތް އެހެންވެ ދަނީ”
“ބަދިގޭ މަސައްކަތްތަށް ވުރެ މުހިންމު މަސައްކަތެއް މިވަގުތު މިތަނުގައި އެބައޮތް އިއުތިރާޒެއް ނެތިއްޔާ މަޑުކޮށްލަ ފާނަންތަ؟”
ޝާހިދު މިހެން ބުނެލަމުން ޖަމީލާއާއި ދިމާލަށް އެނބުރުނެވެ. އޭރު ޖަމީލާއާއި ދުންޔާހައިރާންވެފަ ޝާހިދުގެ ހަރަކާތަށް ބަލަންތިއްބެވެެ.
“ދައްތާ އަޅުގަނޑުމެން މިއަދު މިގެޔަށް އައި ބޭނުމަކީ ދައްތަގެ މިއަންހެން ދަރިފުޅުގެ ކާއިވެންޏަށް އެދި ދައްތަގެ އިއުތިރާޒެއް ނެތިއްޔާ”
ޝާހިދު މިހެން ބުނުމުން ހައިރާންވެފަ ޖަމީލާ އާއި ދުންޔާ އެކަކު އަމެކަކަށް ބަލާލިއެވެ. އަދި ރުޅިވެރިކަމާއެކު ނިޝާއާއި ދިމާލަށް ބަލާލާފަ ދުޏްޔާ ދިޔައީއެވެ.
“ކަލޭ ހަމަ މިހާރު އެތެރެއަށް ދޭނިޝާ..” ޖަމީލާ ރުޅިވެރިކަމާ އެކު ނިޝާ އެތަނުން ފޮނުވާލާފަ ޝާހިދު އާއި ކުރިމަތިލިއެވެ.
“ދަރިފުޅާ ޝާހިދު ނިޝާއަކީ އަހަރެންގެ ދަރިއެއްނޫން ޔަތީމް ކުއްޖެއް އަހަރެން ހީކުރީ ދަރިފުޅު ބޭނުންވަނީ ދުޏްޔާ ކަމަށް.. ކޮންމެ ގޮތެއް ވިޔައަސް ހައިސިއްޔަތުން ތިޔަދެކުދިން މާގުޅޭ”
“ޔަތީމަކަށް ވާނީ ކިހިނެއް..ދައްތަ މެންތިތިބީނު ނިޝާއަށްޓަކައި އަޅުގަނޑުމެން ދެން އަންނަ އާއްދިތަ ދުވަހަކު އަންނާނަން އޭރުން ދައްތަ މެންގެ ޖަވާބަކަށް އިންތިޒާރު ކުރާނަން” ޝާހިދު މިހެން ބުނެލާފަ އަވަހަށް އެތަނުން ނިކުމެންގެން ދިޔައީއެވެ.
“ޝާހިދު ނިޝާއާއި ކާވެނި ކުރީމާ އޭނާގެ ޔަތީމްކަން ފިލާނެ.. އަންނަ އާދީއްތަ ދުވަހަށް ދައްތަގެ އެދަރިފުޅު ގަބޫލީޔާ ތައްޔާރު ކުރުވާ.. ރަންކިޔުއްވަން އަންނާނީ ޙުދު އަހަރެން” ރަމްޒީ ވެސް މިހެން ބުނެލާފަ ޝާދހިދުގެ ފަހަތުން ދިޔައީއެވެ.
ޖަމީލާ ދިޔަގޮތަށް ދިޔައީ ދުންޔާގެ ކޮޓަރިއަށެވެ. މާދުރަށްވެސް އޭނާ ރޯއަޑު އިވެއެވެ.
“އަޅެ ދަރިފުޅާ ހުއްޓާލަބަލަ ތަގްދީރުގައި ވާން އޮތްކަމެއް ވާނެ”
- ޖަމީލާ ދިޔަގޮތަށް ދިޔައީ ދުންޔާގެ ކޮޓަރިއަށެވެ. މާދުރަށްވެސް އޭނާ ރޯއަޑު އިވެއެވެ.”އަޅެ ދަރިފުޅާ ހުއްޓާލަބަލަ ތަގްދީރުގައި ވާން އޮތްކަމެއް ވާނެ”
“މަންމާ އަހަރެންނަށް ކުޑައިސުރެ އަހަރެންނަށް ވަނީ މިހެންނެއްނު އަސްލު ޝާހިދު ދެކެ ކުރީގައި ލޯބިވީ އަހަރެންނެއްނޫންތަ އެކަމަކު ކާވެނި އެކުރަނީ ދައްތަޔާ ކިޔެވުމުގެ ރޮނގުންވެސް ދައްތަ އަހަރެން ފެއިލް ކޮޮށްލި އޭނާ ވިހަލާ ހަރުފައެއް ފަދައިން އަހަރެންގެ އުފާ ތަކަށް ވިހަލާފި މިކަމަށް ޓަކައި އަހަރެން ދައްތަޔަށް ދުވަހަކުވެސް މާފެއް ނުކުރާނަން..”
ދުންޔާ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.
” މަންމަޔަށް ހީވަނީ ދަރިފުޅުގެ ހަޔާތަށް ޝާހިދުއަށް ވުރެ މާގާބިލް މީހަކުވެސް އައިސް ދާނެއޭ. އެހެންނޫނަސް ﷲ ޔަތީމު ކުއްޖަކަށް ބައްލަވާ ވޮޑިގަތީ ނަސީބެއްނު ގޭގަ އިންދާ ރަނގަޅު ހާންދާނެއްގެ މީހެއް އައިސް އޭނާއާއި ކައިވެނި ކުރާކަން. އެހެންނޫނީ އެކަންތަސްގަޑުވެސް އޮންނާނީ އަހަރެމެންގެ ބޮލުގައި ނޫންތަ ” ޖަމީލާ އެއްނޭވާއިން ހުރިހާ ވާހަކައެއް ދައްކަމުން ދިޔައެވެ.
“މަންމާ ބުނާނެއެއްޗެއް ނެތް ދެން އަސްލު ޔަތީމަކީ އަހަރެން، އޭނާއެއްނޫން، އަހަރެންގެ އުފާތަށް ކަތިލާފަ އަހަރެންގެ ލޯބިވެރިޔާ
ޖަހައިގެން އޭނާ އާއި ކައިވެނިކޮށްގެން އެގެޔަށް ގޮސް އެގޭގައި އޭނާ ރަނި ކަންކުރާގޮތް ބަަލަން އަހަރެންނަށް ކެތްވާނެތަ؟”
ދުންޔާ ރޮމުން މަންމަގައިގާ އޮޅުލައިގެން ވާހަކަ ދެއްކިއެވެ.
“މަންމާ އަހަރެން ގެ ހުރިހާ އުފާތައް އޭނާ ކަތިލާއިފި އަހަރެން ދެން އޭނާއަށް ދައްތަވެސް ނުކިޔާނަން މަންމަމެން އަހަރެންދެކެ ލޯބި ވާނަމަ އޭނާ ހަމަ މިހާރު މިގެއިން ނެރެލާ އެގޮތްކުޑަ އަންހެން ކުއްޖާ ޝާހިދުއަށް ޖާދު ޖެއްސީ ކޮންގޮތަކުން ކަމެއްވެސް ނޭނގޭ..ދީވާނާ އެއްހެން މިއަދު އައިސް އޭނާގެ ކައިވެންޏަށް އެދުނީ.. އަހަރެން ބޭނުމެއް ނޫން އެއަންހެނާގެ މޫނު ދެކެންވެސް މަންމާ އޭނާ މިގެއިން ނެރެލާ ހަމަ މިހާރު”
ދުންޔާ އެންމެ ފަހުގެ ނިންމުން ނިންމި ކަހަލައެވެ.
ދުންޏާ ދެއްކި ހުރިހާވާހަކައެއްވެސް އެކޮޓަރީގެ ބޭރުގައި އަޑުއަހަން ހުރި ނިޝާއަށް އަޑުއިވުނެވެ. އޭނާ ވަރަށް ދެރަވިއެވެ. މޫނުގައި އަތް އަޅައިގެން ގެއިން ނިކުމެގެން ދުވަމުން އޭނާ ދިޔައީ އަބާމެންގެ ގެޔަށެވެ.
އަބާ ނިޝާ ހިންހަމަ ޖައްސަން ވާހަކަ ދައްކަމުން ދިޔައެވެ.
“އަބާ އަހަރެންނަކަށް ނޭނގޭ ޝާހިދު އެއީ ކާކު ކަމެއް ކޮއްކޮ ޝާހިދު އާއި ގަޔާވެގެން އުޅުނީ އަހަރެން އެދެމެދަށް ވަންނާކަށް ބޭނުމެއްނޫން ކަމަކާ ނުލާ ކޮއްކޮގެ ކުރިމަތީ އަހަރެންނަކީ ކޮއްކޮގެ އުފާތަށް ފޭރޭމީހަކަށްވެ ނިމިއްޖެ އަބާ”
“ޝާހިދު އެންމެ ފަހަރަކުވެސް ނުބުނޭ ތިމަންނަ ދުންޏާ ދެކެ ލޯބިވެއެކޭ ފެށުނީއްސުރެ އޭނާ އުޅުނީ ނިޝާއާއި އަޅައިގެނެގެން.. އަބަދުވެސް އޭނާ އަހަރުމެންނާ ދިމާވާ ކޮންމެ ފަހަރަކުވެސް ދައްކަމުން ދިޔައީ ނިޝާގެ ވާހަކަ.. ދުންޏާ އަމިއްލަ އަށް އޭނާއާއި ދިމާކުރި އެކަމަކު ޝާހިދު ބަލާވެސް ނުލި”
“ތިކަމާ ބޮޑުދައިތަ އާއި ދުންޏާ ތިބީ އަހަރެންދެކެ އިންތިހާއަށް ރުޅިއައިސްފައި.. އެމީހުން އަހަރެންނާ ދިމާލަށް ނުކިޔާކަށް އެއްޗެއްނެތް”
“ތިކަމާ ފިކުރު ނުކުރޭ. ޝާހިދު އާއި ނިޝާގެ ކައިވެނީގެ ފަހުން ދުވަސްކޮޅަކުން ބޮޑުދައިތަމެން ހަމަޔަކަށް އެޅިދާނެ.މިކައިވެންޏަށް ނޫނެކޭ ނުބުނާތި.. ލޯމަރާލާފަ ޝާހިދުގެ އަތުގައި ހިފާ ނިޝާ”
“އަބާތީ މިދުނިޔޭގައި އަހަރެންގެ އެންމެ ގާތް އެކުވެރިޔަކަށް ހުރިމިހާ ތިކަމަކީ ރަނގަޅު ކަމެއްކަމަށް ވާނަމަ އަހަރެންވެސް ރުހިގަބޫލް”
ވަރަށް އާދައިގެ ސަޔަކާ އެކު ޝާހިދު އާއި ނިޝާގެ ކައިވެނި ކުރެވުނެވެ. ނިޝާއާއި ޝާހިދުވެސް ޕާރޓީ ބާއްވަން ބޭނުންނުވީއެވެ.
އެދެމީހުންގެ ކާވެނީގެ ހަފްލާގައި ތިބީ އަބާއާއި އޭނާގެ ފިރިމީހާއާއި ޝާހިދުގެ އެންމެ ގާތްއެކުވެރި ރަމްޒީއެވެ. ބޮޑުދައިތަމެންނަށް ވެސް ދަޢުވަތު ދިނެވެ. އެކަމަކު އެމީހުން ނާދެއެވެ.
ކައިވެނީގެ ފަހުން ނިޝާ ބަދަލުވީ ޝާހިދުގެ ގެޔަށެވެ. އެގެއިން ފަރީދާ ދައްތަ ނިޝާއަށް ވަރަށް ފުރިހަމަ އަށް މަރުހަބާ ކިޔެވެ.
ގޭގެ އެކިތަންތަން ނިޝާއަށްދައްކާ ހެދިއެވެ. ބަދިގޭގެ ހުރިހާއެއްޗެއް ވަކިވަކިން ނިޝާއަށް ދެއްކިއެވެ. ޝާހިދު އެމީހުންގެ ފަހަތުގައި ހީލާހީލާ ހުރެފަ ކޮޓަރިއައްދިޔައީ އެެވެ.
ފަރީދާ ކައިރިން ނިޝާއަށް ސަލާމަތްވެވުނީ އިރުތަކެއް ފަހުންނެވެ. ނިޝާ ކޮޓަރިއަށް އައިއުރު އިންތިޒާރުގައި ޝާހިދު އިނެވެ. ނިޝާ ކޮޓަރިއަށް އައުމުން އޭނާ ތެދުވެގެން ގޮސް ނިޝާގައިގާ ބައްދާލިއެވެ. އަދި ވަރަށް ލޯބިން ގެނެސް އެނދުގައި ބޭންދާލާފަ ބޮޑު ދަބަހެއް ނަގާ ނިޝާގެ ކުރިމަތީ ހުޅުވާލިއެވެ.
“ނިޝާ ކައިވެނީގެ ކަންތަކުގައި މާބޮޑަށް ހަރަކާތްތެރިވާން ޖެހިގެން އަހަރެންނަށް އެއްވެސް ޝޮޕިންެއެއްވެސް ނުކުރެވުނު..އަހަރެންނަކަށް ނޭނގޭ އަނބިމީހާއަށް ފުރަތަމަ ދޭންޖެހެނީ ކޮންއެއްޗެއް ކަމެއް.. އަހަރެމެން ދިވެހިން ކިޔަނީ ކައިވެނި ވާ ދުވަހު އަނބިމިހާއަށް 3 ގަޑެތި ދޭށޭދޯ އެހެންވެ އަހަރެން މިހިރީ އަތުޖެހުނު އެއްޗެއް ގަނެފަ ކޮންމެ އެއްޗަކުން 3 ގަޑެތި އޮންނާނެ”
ޝާހިދު އެހެދުންތަކުގެ ތެރެއިން ވަރަށް ރީތި ޝޯލްއެއް ނަގާ ނިޝާގެ ކޮނޑުގައި އަޅުވާލިއެވެ.
“މިކޯއްޗެއްތޯ؟”
“މިޝޯލްއަކީ މިއީ އަހަރެންގެ މަންމަގެ ޝޯލްއެއް އަހަރެންނަށް މީތި ވަރަށް ރީތި އަހަރެން ބޭނުމީ ކާވެނީގެ ފުރަތަމަ ދުވަހު އަހަރެންގެ އަނބިމީހާ މީތި ބޭނުންކުރަން ނިޝާ ގަބޫލްތަ؟”
“ކީއްވެތަ ޤަބޫލް ނުވާންވީ މިއީ ކަލާގެ ލޯބި އަދި ކަލާގެ އަންބަކަށް ވުމުން ކަލާގެ ފަރާތުން ލިބުނު ފުރަތަމަ ހަދިޔާ ޢުމުރު ދުވަހަށްވެސް އަޅުގަނޑު މިހަދިޔާ ރައްކާކުރާނަން”
ނިޝާއާއި ޝާހިދު އެކަކު އަނެކަކުގެ ގައިގާ ބައްދާލިއެވެ. އަދި ޝާހިދު ނިޝާގެ ނިންމަތީ ބޮސްދިނެވެ.
“ﷲ އިރާދަ ކުރެއްވީޔާ ކަލާގެ ލޯބި އަބަދުވެސް އަޅުގަޑަށް ލިބުން މިންވަރު ކުރައްވާށި ޢާމީން” ނިޝާ ކަރުނަވީ އަޑަކުން ބުނެލިއެވެ.
“އަސްތާ ކަމަނާ މިއީ ރޯންވީވަގުތެއް ނޫން ﷲ އިރާދަ ކުރެއްވީޔާ މުޅި ޢުމުރަށްވެސް އަހަރެން ލޯބިވާނީ ނިޝާދެކެ” ނިޝާގެ ލޮލުން ފާއްދާލާފައިވާ ކަރުނަތަށް އިނގިލިން ފޮހެލަމުން ޝާހިދު ބުނެލިއެވެ.
ޝާހިދުގެ އެކުވެރިންނަށް ޝާހިދު ކައިވެނި ކުރިކަން އެނގިގެން ކުޑަ ހަފްލާއެއް ތައްޔާރު ކުރިއެވެ.
ޝާހިދު އާއި ނިޝާއަށް ދައުވަތު އެރުވިއެވެ. އެދެމީހުން ކޮޓަރިން ބޭރަށް ނިކުތްތަން ފެނިގެން ފަރީދާ ދައްތަ އެދެމީހުން ހުއްޓުވިއެވެ.
“ކޮންތާކަށް ދެމީހުން ނައްޓާލީ”
“މިދަނީ ރައްޓިހި ކުދިން ކޮޅެއް ހަފްލާއެއް ބާއްވާފަ އޮތީމާ އެކަމުގައި އެމީހުން ކާރިޔަށް ދޯ ނިޝާ”
“އަހަރެން އެހެރީ ކައްކާވެސްފަ ކުރީގަ ނުބުނޭވީއްޔާ ނުކާނަމެކޭ އެހެންވެ ކެއްކީ”
“ބޮޑުދައިތާ މީގެ ފަހުން ކައްކާނީ މިގޭގައި އަހަރެން ބޮޑުދައިތަ އަރާމު ކޮއްލާ”
“އެއީ ތެދެއް ބޮޑު މަންމާ އަހަރެން މިގެޔަށް ގެނައި ބަންގާޅީ ކުއްޖާ މީ.. އެހެންވެ ބަދިގޭ ޒިންމާ އެއްކޮށް މީނަޔާ ޑިޔުޓީ ހަވާލު ކުރޭ”
ޝާހިދު މިހެން ބުނީމާ ތިންމީހުން ބާރަށް ހުނެވެ. ފަރީދާ އާއި ވަކިވުމުގެ ސަލާމް ކޮށްލާފަ އެމީހުން ދިޔައީއެވެ. ހިނިތުންވެލާފަ އޭނާވެސް އެމީހުން ދިޔުމުން ދޮރުލައްޕާލާފަ ދިޔައީ އޭނާގެ ކޮޓަރިއެވެ.
ނިޝާ ގެވެހި އަންބެއްހެން ގޭގެ މަސައްކަތާ ރަސްމީގޮތުން ހަވާލު ވިއެވެ. ހީވީ މިކަހަލަ ދިރިއުޅުމަކީ އޭނާ ކޮއްފަރިތަ ދިރި އުޅުމެއް ހެންނެވެ. ފަރީދާ އޭނާގެ ފަހަތުގައި ކަމަކަށް ބޭނުންވެގެން ބުނެލާނެ ކަމަށް މެއްސެއްހެން އެނބުރި އެނބުރި ހުއްޓެވެ.
“ބޮޑުދައިތަ ކިހިނެއްތޯ ޝާހިދު މެން ދަންނަނީ؟”
“އަސްތާ ތިޔައީ ދިގު ވާހަކައެއް ދަރިފުޅާ.. އަހަރެން މިގެޔައް އައީ ޝާހިދުގެ ޢުމުރުން 3 އަހަރު.. އެކްސިޑެއްޓުގައި އޭނާގެ މައިންބަފައިން ނިޔާވީމަ ވެސް އޭނާ ދޫކޮށްފަ ދައްތަޔަށް ނުދެވުނު”
“ދެން ބޮޑުދައިތަ އެހެންކައިވެންޏެއްވެސް ނުކުރަންތަ؟”
“އާން އޭރު އަހަރެންނަށް ވަނީ ޒިންމާދާރު ވަޒީފާ މިލްކުވެރިކަން ސާބިތު ވެފަ.. އަހަރެންގެ މުސާރަ ސަރުކާރުން ލިބޭ ދެން ކައިވެންޏެއް ކުރަން ބޭނުންނުވީ ޝާހިދު އަކީ އަހަރެންގެ ދަރިއެއް ފިރިމީހާ އަށް ދޭންވާ ލޯބި ނުދެވިދާނެތީ ބިރުގަތީ”
“ހީވާގޮތުން ޝާހިދުވެސް ބޮޑުދައިތަ ދެކެ ވަރަށް ލޯބިވޭ”
- “އަސްތާ ތިޔައީ ދިގު ވާހަކައެއް ދަރިފުޅާ.. އަހަރެން މިގެޔައް އައީ ޝާހިދުގެ ޢުމުރުން 3 އަހަރު.. އެކްސިޑެއްޓުގައި އޭނާގެ މައިންބަފައިން ނިޔާވީމަ ވެސް އޭނާ ދޫކޮށްފަ ދައްތަޔަށް ނުދެވުނު””ދެން ބޮޑުދައިތަ އެހެންކައިވެންޏެއްވެސް ނުކުރަންތަ؟”
“އާން އޭރު އަހަރެންނަށް ވަނީ ޒިންމާދާރު ވަޒީފާ މިލްކުވެރިކަން ސާބިތު ވެފަ.. އަހަރެންގެ މުސާރަ ސަރުކާރުން ލިބޭ ދެން ކައިވެންޏެއް ކުރަން ބޭނުންނުވީ ޝާހިދު އަކީ އަހަރެންގެ ދަރިއެއް ފިރިމީހާ އަށް ދޭންވާ ލޯބި ނުދެވިދާނެތީ ބިރުގަތީ”
“ހީވާގޮތުން ޝާހިދުވެސް ބޮޑުދައިތަ ދެކެ ވަރަށް ލޯބިވޭ”
“އެހެންތާ ވާނީ ކުޑައިރުއްސުރެ އަހަރެން އޭނާ ގެންގުޅުނީ އެއީ ވަރަށް ނަސީބު ރަނގަޅު ކުއްޖެއް ދަރިފުޅު ކަހަލަ ރަނގަޅު ކުއްޖަކު އޭނާގެ ހަޔާތަށް އައުންވެސް މިއީ ރަނގަޅު ފާލެއް.. މިހާރު އަހަރެންނަށް ލޯމަރާލެވިދާނެ އެއްވެސް ފިކުރެއް ނެތި”
ފަރީދާ ނިޝާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. ނިޝާ ލަދުން މޯޅިވެލިއެވެ.
ފަރީދާ ބިސްތަކެއް ނަގައިގެން ކޮންމެވެސް މަސައްކަތެއް ކުރަން އުޅުނެވެ. އެވަގުތު ނިޝާ އޭނާ ހުއްޓުވިއެެވެ.
“ބޮޑުދައިތަ ތިއަންނަނީ ޒަމާނުއްސުރެމިގޭގައި މަސައްކަތް ކުރަމުން މިއަދު މިތާ މަޑުން އިނދެފަ ކުރަންވާ ކަންތަށް ބޮޑުދައިތަ އަހަރެން ކާރީ ބުނެދެއްވާ. މިއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.”
“ދަރިފުޅުގެ ޢުމުރު ދިގު ކުރައްވާށި..” ފަރީދާ ނުހަނު ލޯބިން ނިޝާގެ ބޮަލުގައިގައި ފިރުމާލަމުން އޭނާގެ ލޮލުން ފާއްދާލާފައިވާ ކަރުނަ ފޮހެލިއެވެ. އެއީ އުފާވެރިކަމުގެ ކަރުނަ އެވެ. ނިޝާވެސް ވަރަށް ހިނިތުންވެލާފަ މަސައްކަތާއިގެން އުޅެގަތެވެ.
ޝާހިދު އޮފީހުން ގެޔަށް އައިސް ބަދިގެ ފަރާތަށް ދިޔައެވެ. ނިޝާ ފައްތަކެއް ނޮޅަން ބަދިގޭގައި ހުއްޓެވެ. ޝާހިދު ނިޝާގެ ފުރަގަހުން ގޮސް ނިޝާ ގައިގަ ބައްދާލިއެވެ. ނިޝާ ސިހިފަ ޝާހިދު އާއި ވީފަރާތަށް އެނބުރުނެވެ. އަދި ހުރިހާ ފައްތަކެއް ބިންމައްޗަށް ވެރުނެވެ.
“ރަނގަޅު ކުދިން އޮފީން ގެޔަށް އަންނަ ގޮތަށް ބަދިގެޔަކަށް ނޫން އަންނާނީ އަތްފަޔާ މޫނުދޮވެގެން ކާގެޔަށް އަންނާނީ”
“ނޫން ރަނގަޅު މީހުން އޮފީހުން ގެޔަށް އަންނަ ގޮތަށް އައިސް އަނބިމީހާއަށް އުނދަގޫ ކުރާނީ އޭގެ ފަހުން އޭނާ ހަދާފައިވާ މީރު ކާތަކެތި ކާނީ ދެންވެސް އުނދަގޫ ކުރާނީ އޭއި އަސްލުވެސް ވަރަށް ބަނޑުހައިވެއްޖެ ނެތްތަ ކާނެ އެއްޗެއް”
“ތިޔައުޅުއްވަނީ ކާކަށް ނޫނެއްނޫންތޯ މިގޭގައި ވަރަށް ތަފާތު ކާނާ އެބަހުރި އަވަހަށް އަތްފައި ދޮވެގެން ކާން ވަޑައިގަންނަވާ”
“އެހެންވެއްޖެއްޔާ އަހަރެން ބަސްއަހައިގެން މިއިށީނީ ތިޔަ ކެއްކި ހުރިހާ އެއްޗެއް ނިކަން އަތުރާލަބަލަ”
އެދެމީހުންގެ އުފާވެރިކަން ދެކެފައި ފަރީދާ ހިނިތުންވެލަމުން އެތަނުން ނިކުތެވެ.
ޝާހިދު އާއި ނިޝާ ހަވީރު ސައިބޯންތިބެފަ ނިޝާއަށް ހުދުކުލައިގެ ސިޓީއެއް ދިއްކޮއްލިއެވެ.
“މިޔޯ”
“މިއީ މިއަވަށު އަންހެނުންގެ ކޮމިޓީން އިންތިޒާމު ކޮއްގެން ހުޅުވާ އަންހެނުންގެ އޮފީސް އެތާނގެ ނަމަކަށް ކިޔަނީ “ފާގަތި އަންހެނުން” މިއުޅޭ ޖުވޭމެން މިކަމުގައި އިސްކޮށް އުޅެނީ އެމީހުން ބޭނުންވަނީ އަހަރެންގެ އަނބިމީހާ މިއޮފީސް ރަސްމީގޮތުން ހުޅުވާދެއްވުމަށް”
“ވާހް އަސްލުވެސްތޯ..އަޅުގަޑު އަދި މިއަވަށަށް ނުލާހިކު އާވާނެ އެއްވެސް ބަޔަކު ނުވެސް އެނގޭ ކައިވެންޏަށް އަހަރެއް ވީއިރު ތިޔަ ކޮމިޓީން ދިމާވެފައި މަދު ބަޔަކާ އަދި އަޅުގަނޑު އެވަރަށް ބޭރުތެރެއަށް ގޮސްވެސް ނުމެއުޅެން ދެން ކީއްވެ އަޅުގަނޑު އެތަން ހުޅުވަން…”
“އައްދެ ކަމާތީ އަޅުގަނޑުގެ އަނބިމީހާ ކަމަށްވާތީ މިޝަރަފު ލިބެނީ.. އަސްލުވީގޮތަކީ މި އޮފިސް ހުޅުވަންޖެހެނީ އަހަރެން އޮފީހުގެ ފަރާތުން އެކަމަކު ހަމަ އޮފީސް ދަތުރަކު މާދަމާ އަހަރެން ލަންޑަނަށް ފުރަން ޖެހޭ ވީމާ މިމަސައްކަތް މަގޭފަރާތުން ކަލާއަށް ކުރަންޖެހެނީ”
“އެހެންދޯމިވީ”
ޝާހިދު ފުރައިގެން ދިޔައީއެވެ.
ނިޝާ ވަރަށް ފުރިހަމަޔަށް ތައްޔާރު ވެލިއެވެ. ހުދުކުލައިގެ ޖަރީކޮއްފައިވާ ކުރުތާއަކާއި ކަޅު ބެލްސެކެވެ. އެއާއި ގުޅުވާފަ ހުދާއި ކަޅުން ޖަރީ ކޮއްފައިވާ ރީތި ބުރުގާއެކެވެ. ނިޝާ ހީވަނީ ސާދަވިލޭރޭގެ ހަނދު ހެންނެވެ.
ނިޝާއަށް ސޮސައިޓީގެ އެންމެ އިސްކޮށް އުޅޭ އަންހެން ކުއްޖާ މަރުހަބާ ކިޔަމުން އޮފީސް ނިޝާއަށް ދައްކަމުން ދިޔައެވެ. ރަަސްމީކޮށް އޮފިސް ހުޅުވުމުގެ ވަގުތު ނުޖެހޭތީ އެދެމީހުން ތަފާތު ވާހަކަ ދައްކަން އެއްފަރާތެއްގައި ތިއްބެވެ. އެކުއްޖާ ނިޝާއަށް އެއަވަށުގެ ބައެއް ކަންތަކުގެ ވާހަކަ ކިޔާދިނެވެ. އަންހެނުންގެ ކޮމިޓީން ކުރާ ބައެއްމަސައްކަތުގެ ވާހަކައެވެ. މިހަފްލާއަށް ރަށުގެ ކަމުވޮށިވެގެންވާ ގިނަ އަނދަދެއްގެ އަންހެން ކަނބަލުން ހާޒިރުވެ ތިއްބެވެ. އެއީ ހައްތާވެސް އަންހެނުންގެ ކޮމިޓީ މެމްބަރުންނެވެ. އެއިން ކޮންމެ މޫނަކީ ނިޝާއަށް އާމޫނެކެވެ.
- ނިޝާއަށް ސޮސައިޓީގެ އެންމެ އިސްކޮށް އުޅޭ އަންހެން ކުއްޖާ މަރުހަބާ ކިޔަމުން އޮފީސް ނިޝާއަށް ދައްކަމުން ދިޔައެވެ. ރަަސްމީކޮށް އޮފިސް ހުޅުވުމުގެ ވަގުތު ނުޖެހޭތީ އެދެމީހުން ތަފާތު ވާހަކަ ދައްކަން އެއްފަރާތެއްގައި ތިއްބެވެ. އެކުއްޖާ ނިޝާއަށް އެއަވަށުގެ ބައެއް ކަންތަކުގެ ވާހަކަ ކިޔާދިނެވެ. އަންހެނުންގެ ކޮމިޓީން ކުރާ ބައެއްމަސައްކަތުގެ ވާހަކައެވެ. މިހަފްލާއަށް ރަށުގެ ކަމުވޮށިވެގެންވާ ގިނަ އަނދަދެއްގެ އަންހެން ކަނބަލުން ހާޒިރުވެ ތިއްބެވެ. އެއީ ހައްތާވެސް އަންހެނުންގެ ކޮމިޓީ މެމްބަރުންނެވެ. އެއިން ކޮންމެ މޫނަކީ ނިޝާއަށް އާމޫނެކެވެ.ސޮސައިޓީގެ ވަރަށް ގިނަ މީހުން އެހަފްލާއަށް އެއްވެފައި ތިއްބެވެ. ނިޝާ އޭނާއަށް ހާއްސަ ކުރެވިފައިވާ އައިޓަމް ފުރިހަމަ ކުރުމަށް ރިބަން ފަށް ކަނޑާލާފައި ސުޓޭޖް މައްޗަށް ދިޔައެވެ. އަދި ޕޯޑިޔަމްގެ ކާރިޔަށް ހުއްޓިލާފަ ވަށައިގެން ނަޒަރު ހިންގާލިއެވެ.
“ސޮލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ މި އުންމަތުގެ މާތް ނަބީއްޔާ ސޮލައްﷲ އަލައިހި ވަސައްލަމްއަށް..މިސޮލަވާތުގައި އެކަލޭގެ ފާނުގެ އާލު އަސްހާބުންނާއި މިތުރު ސޮހާބީން ޝާމިލް ކުރަން މިޖަލްސާއަށް ވަޑައިގެންތިއްބެވި އެންމެހާ ބޭފުޅުންނާއި މިއަދުގެ ޝަރަފްވެރި މެހްމާން.. އައްސަލާމް އަލައިކުމް
އަންހެނުންޖެ ޖަމްއިޔާއިން އިސްނަންގަވައިގެން މިފަދަ މަރުަކަޒެއް ޤާއިމު ކުރެއްވުމުކީ މިއަދުގެ ސަރުކާރުންވެސް އަންހެންކަބަލުންނަށް ދެއްވާ ޙާއްސަ ގަދަރާއި އިހްތިރާމް ދައްކުވާދޭކަމެއް.. އަންހެން ކަބަލުންނަށް ވަޒީފާގެ ދޮރު މިގޮތަށް ހުޅުވިގެން ދިއުން މިއީ ވަރަށް މާތް މަގުަސަދެއް.. ގިނަ ފައިދާތަކެއް ދިވެހި އަންހެން ކުދިންނަށް ލިބިގެން ދާނެ..މިފަދަ މަރުކަޒެއްގައި ޙިދުމަތް ދޭންފެށުމުން ކާމިޔާބުލިބޭނީ ހަމަ އަންހެން ކުދިންނަށްކަން ގައިމު.. ކޮންމެ އަންހެނަކީ އެމީހުންގެ ގޭގެ ޒީނަތްތެރިކަން ދަރިން ތަރުބިއްޔަތު ކުރުމުގެ ފުރަތަމަ ފިޔަވަހި.. ވީމާ މިކަންބަލުންގެ ޙިދުމަތުގެ އަގުވަޒަން ކުރުން ކޮންމެހެން ބޭނުން …”
ނިޝާ އޭނާގެ ތަގުރީރް ވަރަށް ދިގުކޮށް ދިނެވެ. ގިނަ މީހުންގެ އިހްތިރާމް އާއި ލޯބި ލިބިގެން ދިޔައެވެ. އެކަން އެނގުނީ މުޅި ހޯލު ގުގުމާލީ އަތްތިލަ ބަޑީގެ ފައްވާރާއަކުންނެވެ.
ޝާހިދު ލަންޑަނަށް ދިޔައެވެ. އޭނާގެ ލޯބިވެރިޔާއާއި އެކު ވަގުތު ހޭދަ ކުރާށެވެ. ޝާހިދު ނިޝާއާއި ކައިވެނި ކުރީ ހަމަ އެކަނި ގެވެހި ރީތި އަންބެއް ގޭގައި ބައިންދާށެވެ. އޭނާގެ މިނިވަންކަމުގައި އޭނާ އުފަލުގައި އުޅޭށެވެ. އޭނާގެ ނަޒަރުގައި އަނބިންނަކީ ގޭގައި ކުދިން ގޮވައިގެން އުޅޭ މީހުންނެވެ. ފިރިހެނުން މިނިވަންކަމާއެކު އުދުހިލަން ޖެހޭނެއެވެ. ރީތި މާމަލާމެލަށް ޒިޔާރަތް ކުަރަން ޖެހޭނެއެވެ. ޝާހިދުގެ ލޯބިވެރިންގެ ލިސްޓު ދިގެވެ. އޭނާ ރާއްޖޭތެރޭގެ މަޑުމައިތިރި ބަސްމަދު ކުއްޖަކާ އިނީ އެކުއްޖާގެ ހޭލުންތެރިކަން ނުހުންނާނެ ކަމަށް ބަލާފައެވެ. ނިޝާއަށް ޝާހިދު ގެ ހަޔާތުގެ އެސިލްސިލާގެ ރޭކާއެއްވެސް ނުމެލައެވެ. ޝާހިދު އާއި ކައިވެނި ކޮށްގެން އެގެޔަށް ގޮސް ނިޝާ އުޅެނީ ވަރަށް އުފަލުންނެވެ.
ފައިސާގެ ތަނަވަސްކަން ހުރުމަކީ ގިނަ ކުދިން އެމީހުންގެ ދަލުގައި ޖެހޭ ކަމެއްކަން ނިޝާއަށް އެނގެއެވެ. އެކަމަކު އޭނާ ޝާހިދުއަށް ވަރަށް އިތުބާރު ކުރެއެވެ. ފަހަރެއްގައިވެސް އަންހެން ކުއްޖަކުގެ އަސީރަކަށް ޝާހިދު ވެދާނެ ކަމަށް ނިޝާ ހުވަފެނުންވެސް ނުދެކެއެވެ. ޝާހިދުވަނީ އޭނާ އަކީ ތެދުވެރި ވަފާތެރި ބަސްމަދު މީހެއްކަމުގެ ޔަގީންކަމާއި ހިތާބު ނިޝާއަށް ދީފަވީއްޔާ އެވެ.
ލަންޑަންއަށްގޮސްފަ ޝާހިދު ނިޝާއަށް އޭނާ އާއި ގުޅޭ ނަމްބަރު ދިނެވެ. އަދި ކޮންމެ އިރަކު ނިޝާއަށް ގުޅާ މިސްވެޔޭ ކިޔާފަ ވަރަށް ވާހަކަ ދެއްކިއެވެ. ނިޝާ ހުރީ އުފަލުން ފުރިފައެވެ. އެހާ ލޯބިވާ ފިރިޔަކު ލިބުން އެއީ އޭނާ ކުރި ދުޢާއެވެ. ﷲ އޭނާގެ ހިތުގެ އެދުން ފުރިހަމަ ކޮށްދެއްވާފިއެވެ.
ނިޝާ ބަިގޭގައި ހުއްޓާ ފޯނު ރިންގުވާންފެށުމުން ފަރީދާ ދައްތަ ފޯނު ނެގިއެވެ. ޝާހިދު އާއި ވާހަކަ ދައްކާ ލުމަށްފަހު ނިޝާއަށް ގޮވިއެވެ.
“ދަރިފުޅާ ނިޝާ މިއޮތީ ޝާހިދު ގުޅާފަ އެސޮރު ލަންޑަންގަވެސް އެކަނި ވާތީ ނުހުރެވިގެން އެގުޅަނީ..”
ނިޝާ އަތުގައި ފުށް ހުންނާތީ ފަރީދާ ނިޝާގެ ކަންފަތުގައި ފޯނު ޖެއްސިއެވެ.
“މިހާރުވެސް އަޅުގަނޑު މިހަދަނީ ޝާހިދު އަށް އެންމެ މީރު ސަލަޑް ބޮޑުދައިތަ ބޭނުން ވާތީ މުޅިގޭގައި އެވަސް ގަޑު”
އުފާވެރި އަޑަކުން ނިޝާ ވާހަކަ ދައްކަމުން ދިޔައެވެ.
“ނިޝާ މަތިން ހަނދާންވެގެން ނުވެސް ހުރެވޭ މާދަމާ މާލެދާންވީދޯ؟ ވަރަށް ލޯބިވޭ ނިޝ ޢީދު ދުވަސް އަހަރެން ފާހަގަ ކުރާނީ ނިޝާއާއި އެކު ގޭގައި ތައްޔާރު ވާތީ ޢީދަށް ދެދުވަސް ކުރިން އަންނާނަން. ކަމަނާ ޝޮޕިންވެސް ކުރަނވާނެނުދޯ”
ޝާހިދު ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ސިއްރު ލޯބިވެރިޔާ ރިޝްމީ ހަމަ ޖެހި ފިތިގެން ނުރުހުންތެރި ކަމާއެކު މޫނު ހަދައިގެން އިނެވެ. ނިޝާއަށް ގުޅަންވެސް މިވަގުތު އޭނާއަސް ހުއްދަ ހޯދަން ޖެހިފައިއޮތީ ރިޝްމީގެ ފަރާތުންނެވެ. މިވަގުތަކީ އޭނާ ރިޝްމީއަށް ހިބަކޮށްދީފައިވާ ވަގުތު ކަމުންނެވެ.
ޝާހިދު ފޯނު ބާއްވާފަ ރިޝްމީ އާއި ދިމާލަށް އެނބުރިލިއެވެ.
“ވާހް ވާހް ތިޔަގޮތަށް އަނބިން ހައްދައިގެން ގޮތްދައްކައިގެން އުޅެން ކަލޭމެން ފިރިހެނުން ހާދަ މޮޅޭދޯ.. އަތުގައި ދެތިން ފައިސާ ފޮތި އޮތީމާ ތިޔަތިބީ މަގު އޮޅިފައި” ރިޝްމީ ރުޅިގަދަވެގެން އަތުގައިވާކޯކް ތަށި ތަޅުންގަު މައްޗަށް ޖަހާލާފަ ކޮޓަރިން ނިކުންނަން ދާން ހިނަގައިގަތެވެ. ޝާހިދު ވަގުތުން އޭނާ ހުއްޓުވިއެވެ.
“ލޯބިވެރިޔާ އަި ރުޅިވާކަށް ނުވެއެއްނު މިއީ ހަމަ ފޯމަލިޓީ އޭ”
“އެކަމަކު ދެންމެ އޭނާ ކާރީ ބުނީމެއްނު ޢީދަށް މާލެ ދާވާހަކަ ހުރިހާ މުނާސަބަތެއް އޭނާ ކާރީ މަށައް އޮތީ ކޯޗެއް؟ ކަލޭގެ ހަޔާތުގައި އަހަރެންނަކީ ކިރުތައްޓަށް ވެއްޓިފައިވާ މެއްސެއްފަދަ”
ރިޝްމީ މިހެންބުނެފަ ރޯންފެށިއެވެ.
ޝާހިދުގެ މަކަރުވެރި ވާހަކަ ތަކުން ރިޝްމީގެ ރުޅިމަޑުވާގޮތްވިއެވެ.
- “އެކަމަކު ދެންމެ އޭނާ ކާރީ ބުނީމެއްނު ޢީދަށް މާލެ ދާވާހަކަ ހުރިހާ މުނާސަބަތެއް އޭނާ ކާރީ މަށައް އޮތީ ކޯޗެއް؟ ކަލޭގެ ހަޔާތުގައި އަހަރެންނަކީ ކިރުތައްޓަށް ވެއްޓިފައިވާ މެއްސެއްފަދަ”ރިޝްމީ މިހެންބުނެފަ ރޯންފެށިއެވެ.
ޝާހިދުގެ މަކަރުވެރި ވާހަކަ ތަކުން ރިޝްމީގެ ރުޅިމަޑުވާގޮތްވިއެވެ.
“ލޯބިވެރިޔާ އަހަރެން ކަލާ ބޭނުން ހުރިހާ އެއްޗެއް ލޯތްބާއި ފައިސާއިން ނުދެންތަ؟..ދެން އެއީ އަނބިމީހާ ޖެހޭނެނު އޭނާ ހަމަޔަކަށް އަޅުވަން އަދި ކައިވެނީގެ ކުރީކޮޅު މަމިހިރީ މިތަނަށް ކަލާ ކާރިޔަށް އައިސް ނޫންތަ؟”
“ތިޔަ ހެންވެއްޖެއްޔާ އަހަރެންނާ ކައިވެނި ނުކުރީ ކީއްވެ؟” ރިޝްމީ ކުސްތަޅަމުން ޝަކުވާ ކުރިއެވެ.
“އަހަރެން އަބަދުވެސް ބޭނުންވަނީ ލޯބިކުރަން އެކަކު ކައިވެނި ކުރަން އެކަކު.. އަހަރެން އަބަދުވެސް ރިޝްމީ ދެކެ ލޯބިވާނަން އެވީނު.. ރިޝްމީ ފިގަރ ގެއްލިދާނެތީ ދަރިން ހޯދަން ބިރުގަނޭ އަހަރެންގެ ފެމިލީ ބޮޑުކުރަން އަހަރެންގެ ހަނދާނެއް ދުނިޔެއަށް ގެންނަން އަހަރެންވެސް ބޭނުން އެހެންވެ ރާއްޖެތެރޭ ޙާއްސަކޮށް އައްޑޫ ގެ ރީތި ކުދިންގެ ތެރެއިން ކުއްޖަކު ހޮވާލީ.. އެހެންނޫނަސް އައްޑޫ މީހުން އެހާ ފަހަތުގައި އަޅުވައިގެން ނޫޅޭނެ ހަމަ ފައިސާ ދިނީމާ ހުރިހާ ކަމެއް ހަމަޖެހޭނެ ދެން ދުވާލަކު ތިންފަހަރު ގުޅީމާ އޭނާގެ އެއްވެސް ޝަކުވާއެއް ނޯންނާނެ އެހެންވެ އޭނާ އާއި އިނީ”
ޝާހިދުގެ މަކަރު ވެރިކަމުގެ ދަލުގައި ރިޝްމީ ހަމަރަނގަޅަށް ޖެހި ބޭނުން ހުރިހާކަމަކަށް މަރުހަބާކިޔާލިއެވެ. އަންހެންކުއްޖެއްގެ އިއްފަތްތެރިކަމާއި އަބުރަށް ވިސްނާލުމެއް ނެތިއެވެ.
“މަކަރު ވެރި ފިރިހެނުން ދުނިޔޭގައިވެސް އުޅޭ ތިވަރުގަ މީހެއް މަށެއް ނުދެކެން” ރިޝްމީ އެނދުން ތެދުވެ ހެދުން ލަމުން ބުނެލިއެވެ. އޭރުގައި ޝާހިދުގެ މޫނުމަތީގައި ކުޅެމުންދަނީ ކާމިޔާބު ވީ ކަމުގެ ހިނިތުންވުމެވެ. އަބަދުވެސް ޝާހިދު ބޭނުންގޮތަކަށް ކުޅެލަން ރިޝްމީގެ ރީތި ހަށިގަނޑު ޝާހިދުއަށް ލިބެއެވެ. މިއަދަކީ އެންމެ ފުރިހަމަ ގޮތުގައި ވެސް ޝާހިދުއަށް އެމަލުން ފޮނިކަން ލިބުނު ދުވަހެވެ. އަދިވެސް ދަހިވެތި ކަމާއެކު ޝާހިދު ރިޝްމީގެ ނިވާކަން ކުޑަ ހަށިގަނޑަށް ބަލަމުން ދިޔައެވެ.
ފިރިހެނާ އަކީ އުފެދުމުގައިވެސް ދަހިވެތި ބައެކެވެ. ރީތި އަންހެންކުދިންނަކީ އެމީހުންގެ ބަލިފައެވެ. އެއްވެސް ޝަރުތަކާ ނުލާ ޙަޒާނާއެއް ލިބުނީމާ އެޙަޒާނާއިން ކާން ބޭނުވާނެ ނޫންހެއްޔެވެ.
ނިޝާ އޭނާ މަހްމަލް ބޮޑު އެނދުގައި ފުރޮޅި ފުރޮޅި އޮތެވެ. ނިދިވަނީ އޭނާގެ ލޮލަށް އަލްވަދާޢު ކިޔާފައި ކަހަލައެވެ. ނިދޭތޯ އޭނާ ކުރާ ބުރަމަސައްކަތުން އިތުރަށް އޭނާގެ ސިކުނޑި ވަރުބަލިވުން ފިޔަވާ އެެހެން ކަމެއް ނުވެއެވެ.
އޭނާގެ ކޮޓަރީގައި ވާ މަޑުކުލައިގެ ސަބަބުންވެސް އިތުރަށް އެކޮޓަރި ރީތި ކަމަށް ފެނެއެވެ. މިއީ ކޮންމެ އަންހެން ކުއްޖަކުވެސް ހަޔާތުގައި ބޭނުންވަނެ އުފާވެރިކަމާއި ނަސީބެެވެ. އާއެކެވެ. ރީތި އަމިއްލަވަންތަ ކަން ހުރި އަމިއްލަ ގެއެކެވެ.
އަމިއްލަ ޔޭ ކިޔޭނެ ކޮޓަރިއެކެވެ.
ނިޝާގެ ކައިވެނި ކުރެވުނު ފަހުންވެސް އެއްއަހަރު ވަނީއެވެ.. އޭނާގެ ބޮޑުދައިތަ އާއި ދުންޔާ ވަނީ އޭނާ އެމީހުންގެ ގެޔަށް ވަނުންވެސް މަނާކޮށްފައެވެ. އެމީހުންވެސް އޭނާގެ ގެޔަށް ނާދެއެވެ. މިކަމާ ނިޝާ ވަރަށް ހިތާމަ ކުރެއެވެ. އެންމެ ކުޑަމިނުން އެމީހުންގެ އެކައިވެނި ހަފްލާއަށްވެސް އެދެމީހުންކުރެ މީހަކު ނާދެއެވެ. މާދަމާޔަކީ ޢީދު ދުވަހެވެ. އެދުވަހަކީ ހުރިހާ ތިމާގެ މީހުން އެކަކު އަނެކަކަށް ސަލާމް ކޮށް އުފާވެރިކަން ފާހަގަ ކުރާދުވަހެވެ. ވީއިރު އޭނާ ފަރީދާ ދައްތަ ގޮވައިގެން އެގެއަށް ދާނެއެވެ. ބޭޒާރުކޮށްފަ ނެރެލިޔަސް ވަރިހަމަ ކަމުގައެވެ. އެހެންނޫނަސް ޝާހިދު ވަނީ ދުންޔާ ގެޔަށްވެސް ގެންނަން ބުނެފައެވެ. އެމީހުންގެ ރުޅިވެރިކަމެއް ޝާހިދުއަށް ރޭކާލިޔަކަ ނުދެއެވެ.
ޝާހިދު ދެދުވަސް ތެރޭ ރާއްޖެ އައެވެ. އޭނާ ބޭނުންވަނީ ޢީދުގެ ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވާށެވެ. ޙުދު އޭނާ ބޮޑުދައިތަޔާއި ދުންޏާ އަށް ގުޅިއެވެ. އަދި ގެޔަށް އަންނަން ދަޢުވަތު ދިނެވެ.. އެއްވެސް ނުރުހުމެއްނެތި އެދެމީހުން އެއްބަސް ވިއެެވެ. މިޔުޒިކް ބޭންޑެއް ގެނެސްގެން މިޔުޒިކާއި ލަވައިގެ ޕޮރުގުރާމެއްވެސް އެހަފްލާއަށް ރޭވިގެން ދިޔައެވެ. ހުރިހާކަމެއްް ވެސް ވަރަށް ފާޑުވެރިކަމާއެކު އިންތިޒާމު ކުރީ ޙުދު ޝާހިދުއެވެ.
ލަވައިގެ ތެރޭގައި ނެށުމުގެ ޕޮރުގާރެއްވެސް އޭނާ ހަމަޖެއްސިއެވެ. އަދި އޭނާ ނަށަން ބޭނުންވީ ދުންޔާ އާއި އެކުގައެވެ. ވަރަށް ގާތްކޮށް ދެމީހުން ގައިގޯޅިވެގެން ނެށިތަން ނިޝާއަށް ފެނުނެވެ. އެކަމަކު އެއްވެސް ނުބައިޙިޔާލެއް ނިޝާ ހިތަކު ނެތެވެ. ސަބަބަކީ މިހާރު ޝާހިދު އަކީ ދުންޏާ ގެ ޅިޔަނަށް ވާތީއެވެ. އެހެނަސް ދުރުގައި އެމަންޒަރު ބަލަން ހުރި ފަރީދާއަށް އެކަން ކަމަކު ނުދިޔައެވެ. އެހެނަސް މަސްލަހަތަށް ބަލާފަ އޭނާ ހިމޭންކަން އިޙްތިޔާރު ކުރިއެވެ. މުޅި ހަފްލާގައި ހިމޭންކަމާއެކު އެއްކަނެއްގައި އިންނަންޖެހުނީ ނިޝާއަށެވެ. ޝާހިދު އާއި ދުންޔާ ނަޝަމުން ދިޔަ މަންޒަރު ބަލާށެވެ.
ނިޝާ ދާން ހިގައިގަތްތަނާ އަރިއަޅާލައިގެން ވެއްޓެންދިޔައެވެ. ކާރީގައި ހުށިޔާރު ކަމާއެކު ހުރި ފަރީދާ ނިޝާ އަތުލަފި ކޮށްގެން ގެޔަށް ވެއްދިއެވެ.. ޝާހިދު އާއި ދުންޔާވެސް ދުވެފަ އެތެރަށް އައެވެ. ނަސީބަކުން އެހަފްލާގައި އެމީހުންގެ ފެމިލީ ޑރ ވެސް އިންނެވިއެވެ. ވަގުތުން ނިޝާ ޗެކްއަޕް ކުރިއެވެ.. އަދި އޭނާ ދިނީ އުފާވެރި ޙަބަރެކެވެ. އާއެކެވެެ. ނިޝާ މަންމަޔަކަށް ވަނީއެވެ. ޝާހިދު ބައްޕަޔަކަށް ވަނީއެވެ. ޝާހިދު އުފަލުން ވަރެއް ނެތެވެ. މިހަބަރުވީ އީދުގެ އެހަފްލާ އިތުރަށް އުފާވެރިކަން ގެނައި ހަބަރަކަށެވެ.
ޝާހިދު ވަރަށް ލޯބިން ނިޝާ އުރާލިއެވެ. މިމަންޒަރު ބަލަން ބޮޑުދައިތަ އާއި ދުންޔާ ތިއްބެވެ. އެމީހުންގެ މޫނުމަތިން އުފާވެރިކަން ފެންނާކަށް ނެތެވެ. އެހެނަސް ދެއްކުންތެރި ކަމުގެ ގޮތުން ދެމީހުން ނިޝާ ކާރިޔަށް އައިސް މަރުހަބާ ކިއެެވެ.
“ޝާހިދު އަޅުގަނޑަށް ހީވަނީ މިއީ ނޯމަލް ކޭސްއެއް ނޫންހެން ނިޝާ ވަރަށް ވަރުދެރަ އަޅުގަޑަަށް ފެންނަނީ ނިޝާ ބެޑް ރެސްޓު ނަގަން ކުރިޔަށް އޮތް ތިންމަސް.. މާދަމާ ހޮސްޕިޓަލުން އިތުރު ޓެސްޓް ހައްދަން ވާނެ” އެމީހުންގެ ޑރ އެމީހުންނަށް ލަފާދިއެވެ.
ޝާހިދު ވަގުތުން ލަފާދިނީ ނިޝާގެ ކަންތައް ކުރަން ދުންޔާ އެގޭގައި މަޑު ކުރާށެވެ. އެއީ ފަރީދާ ދައްތަ އެކަނި ހުރިހާ ކަމެއް ނުވާނެތީއެވެ.
ނިޝާވެސް މިކަމާ އެއްބަސް ވިއެެވެ. އެކަމަކު ފަރީދާ ދައްތަ އެހާގަބޫލެއް ނޫނެވެ. އޭނާގެ މޫނުމަތިން ފެނުނީ ނުރުހުންތެރިކަމެވެ.
“ބޮޑުދައިތާ ކިހިނެއްތޯވީ ދުންޔާ މަޑުކުރުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް ނޫންތޯ ނިޝާ ވިހަންދެކަ ދޯ ނީޝް” ޝާހިދު ދުންޔާގެ ކޮނޑުގައި އަތްބާއްވާލަމުން ބުންޏެވެ.
“ނޫނޭ އަޅުގަޑު މައްސަލައެއް ނެތް ދުންޔާ ކޮއްކޮ ބިޒީ ނޫނީޔާ އައިސް ވަދެލިޔަސް އޯކޭތާ.. އަދި މިގޭގައި އުޅެން އުދަގުލަސް” ފަރީދާ ބުނެލިއެވެ.
“ނޫނޭ އަޅުގަޑު އުޅޭނީ މިގޭގައި އޭރާށް ދައްތަގެ ކަންތަށް ކޮށްދޭން މާފަސޭހަވާނެ ވިހަންދެކަ އަޅުގަޑު ދައްތަ ބަލާނަން އަދި ވިހެއީމާ ދަރިފުޅު ނަގާނީވެސް އަޅުގަނޑު މަންމަ އޯކޭ ދޯ އަޅުގަނޑު މިގޭގައި މަޑު ކޮށްލިޔަށް ކުރިޔަށް އޮތް 7 މަސް”
ދުންޔާ އޭނާގެ މަންމަޔާ ކާރި ވެލާފަ ލޯމަރާލަމުން ހިނިތުން ވަމުން ބުނެލިއެވެ.
“އެކަމަކު ދަރިފުޅާ ތިޔައައީ ދެން މިހާރު މިގޭގައި މަޑުކުރާކަށް ނޫނެއްނު މާދަމާ އަންނާނީ ހެދުން ހިފައިގެން ހިނގާ ދެންދާން”
“އަސްތާ މަންމަޔަށް ހީވަނީތަ ދައްތަ އަތުގައި ހެދުން ނެތްހެން.. ކުރިންވެސް އަޅުގަޑު ލަނީ އޭނާގެ ހެދުންތަކެއްނު.. ދެން މިގޭގެ ކަބަޑު ވާނީ އަޅުގަނޑު ކަބަޑަށް ދޯ ދައްތާ އޭނާ ލާންޖެހޭނީ ދެން މާބަނޑު ސުޓައިލް ހެދުމެއްނު..ނޫންތަ”
ދުންޏާ ނިޝާ ކާރިޔަށް ޖެހިލާފަ ނިޝާގެ ކޮޑުގައި ބޯ އަޅާލަމުން ބުނެލިއެވެ.
“ޔަގީނެއްނު ހުރިހާ ހެދުމެއް ދުންޏާ ކޮއްކޮޔަށް އެކަމަކު އެންމެ ޝޯލްއެއް ފިޔަވާ އެއީ ކާވެނީގެ ދުވަހު ޝާހިދު ދެއްވި ފުރަތަމަ ހަދިޔާ އަހަރެން އޮންނާނީ އޭތި ރައްކާކޮށްފަ”
ނިޝާ ވަރަށް ލޯބިވެތި އަދާއަކާއެކު ޝާހިދުއަށް ބަލާލަމުން ބުނެލިއެވެ.
“ބޮޑުދައިތާ ދުންޔާއަށް އެންމެ ރީތި ބޮޑު ކޮޓަރި މިހާރު ތައްޔާރު ކޮއްލާ އެކޮޓަރި އެހުންނަނީ ނިޝާއާއި އަޅުގަނޑުގެ ކޮޓަރި އެންމެ ކާރީގަ އެހެންނޫނަސް ވިހެއީމާ ކުދިން ރޯއަޑު އިވޭނެ އަހަރެން ނިދާނީ އޮފީސް ރޫމްގަ އެތާވެސް ބެޑެއް ހަދާދޭތި..މިހާރުއްސުރެ ނިދަން އާދަކުރަން ޖެހޭނެ އެކަނި”
ޝާހިދުގެ މިވާހަކަޔަށް އެންމެން ހުނެވެ.
- “ބޮޑުދައިތާ ދުންޔާއަށް އެންމެ ރީތި ބޮޑު ކޮޓަރި މިހާރު ތައްޔާރު ކޮއްލާ އެކޮޓަރި އެހުންނަނީ ނިޝާއާއި އަޅުގަނޑުގެ ކޮޓަރި އެންމެ ކާރީގަ އެހެންނޫނަސް ވިހެއީމާ ކުދިން ރޯއަޑު އިވޭނެ އަހަރެން ނިދާނީ އޮފީސް ރޫމްގަ އެތާވެސް ބެޑެއް ހަދާދޭތި..މިހާރުއްސުރެ ނިދަން އާދަކުރަން ޖެހޭނެ އެކަނި”ޝާހިދުގެ މިވާހަކަޔަށް އެންމެން ހުނެވެ.
“އަހަރެން ދައްތަ އެކަކުން ދޭކަށް ބަދަލުވަންދެން ފުރިހަމަ ޙިޔާލު ބަހައްޓާނަން ދައްތަ ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވާނަން ކައްކާނީ ގެ ސާފުކޮށް ހަދާނީ އަހަރެން ޅިޔަންބެޔަށް ޖެހޭނީ ކުރިޔަށް އޮތް ދުވަސްތަކުގައި އަހަރެން ކައްކާ ކާއެއްޗެތި ކާން އާދަކުރަން އަހަރެން ކަމަރު މިބަންނަނީ މި މަސައްކަތް ފުރިހަމަޔަށް ހިތުގެ އަޑިން ކުރާހިތުން.”
“އެންމެ ރަނގަޅު އަހަރެން ފުރަތަމަ ދުންޔާ ކޮއްކޮ ޓެސްޓު ކުރަން ބޭނުން”
ޝާހިދު އެންމެންގެ މޫނަށް ބަލާލަމުން ބުނެލިއެެވެ.
“އެކިހިނެތް؟”
“ދޭބަލަ ދައްތަ ހަދާކަހަލަ މީރު ސައިތައްޓެއް ހަދައިގެން އަންނަން އޭގެ ރަހައިން އެނގޭނީ ކޮއްކޮ އަށް މިގޭގައި ހުރެވޭނެކަން ނުވަތަ ނޫންކަންއެހެން ނޫނީ ނޭޕާލް ކުދިން އަޅާ ގެ ފުރާލާނަން”
“ހޭވައްލާ ތައްޔާރު މިހާރު މިއަންނަނީ ސައިތަށި ހިފައިގެން ރަހަބަލަން ހުންނަވާ ސުކޫލް ޓެސްޓުން ފާސްނުވިޔަސް ޅިޔަންބެގެ ތިޔަ ޓެސްޓުން އަހަރެން ފާސްވާނެ”
މިކަމާ ހުރިހާ މީހުން ހޭންފެށިއެވެ. ވަރަށް މަޖަލުގައި އެމީހުންގެ ދުވަހާއި އެރޭ ހޭދަވިއެވެ. ދުންޏާވީ އެގޭގެ މެމްބަރަކަށެވެ.
ޖެހިގެން އައިދުވަހެވެ. ޝާހިދު އޮފިހަށް ދާން ނަގާފައިވާ ގަމީސް ލުމާއެކު އޭގެ އެއްގޮށް ނެތްކަން އެނގިގެން ނިޝާއަށް ގަޮވަންފެށިއެވެ. ދުންޖަހާފައި އައިސް ކައިރީގައި ހުއްޓުނީ ދުންޔާއެވެ.
“ނިޝާއަށް ގޮވުމުގެ ބަދަލުގައި މީގެ ފަހުން ކަންކަމުގައި އަޅުގަޑަށް ގޮވާ.. ކިހިނެއްތޯ ހަދާދޭންވީ އައިއެމް އެޓް ޔޯ ސާރވިސް” ހަށަންބަންނަމުން ދުންޔާ ބުނެލިއެވެ.
“އާނހަނދާންނެތިގެން ނިޝާއަށް ގޮވުނީ މީގެ ފަހުން ނުގޮވާނަން އެކުންމިގޮށް ހަރުކުރަން ކޮންމެ ކޮންމެ މީހަކަށް ނޭގިދާނެ”
“ނުވާނެ އެހެންނެއް ދެއްވާ އަޅުގަނޑު އަތަށް ކޮބާ ބަރަނި އާއި ތިނޯސް”
“އެހެރީ އެތާ ވަށްގަޑު ތެރޭ ތިނޯސްވެސް ބަރަނިވެސް އެހާ އުނދަގޫ ނޫނިއްޔާ މީތި ހަރުކޮށްދީފާނަންތަ”
ދުންޔާ ވަރަށް ފާޑުވެރިކަމާއެކު ޝާހިދު ގަމީސް ލައިގެން ހުއްޓާ ގަމީހުގައި ގޮށްހަރުކުރިއެވެ. މިކަމުގެ ތެރޭ އޭނާގެ އަތަށް ތިނޯސް ހެރުމާއެކު ޝާހިދު އޭނާގެ އަތް ޝާހިދުގެ އަނގަޔަށް ލިއެވެ. ދުންޔާ ދުރަށް ޖެހިލިއެވެ. އަދި ގަމީހުން ތިނޯސްނައްޓުވާލިއެވެ
“ކޮބާ މަބުނިމެއްނު ތިޔައީ ކުޑަކުދިންނޭ”
ޝާހިދު މިހެން ބުނަމުން ތައްޔާރު ވާންފެށިއެވެ. ހެނދުނުގެ ސައިތައްޔާރުކަރަން ދަނީ ބުނެފަ ދުންޔާ ދިޔައީ އެވެ. އެދެމީހުންގެ ހިތުގައިވެސް ތަފާތު އިހްސާސެއް ކުރުވަމުންނެވެ.
ދުންޔާ އެކޮޓަރިން ބޭރަށް ނިކުމެ ދޮރުގައި ލެނގިލިއެވެ. އަދި އޭނާގެ އަތަށް ބަލާލިއެވެ. އަދި އަމިއްލަ އަތުގައި އޭނާ ބޮސްދިނެވެ. ހިނިތުންވެ ހުރެއެވެ. ދުރުގައި މިމަންޒަރު ބަލަން ފަރީދާ ހުއްޓެވެ. ވީގޮތެއް އޭނާއަށް ނޭނގުނެވެ. ކޮންމެވެސް ވާން ނުޖެހޭ ކަމެއް ވެއްޖެކަން އޭނާއަށް އެނގުނެވެ. އެއްޗެކޭ ބުނުމުގެ ބަދަލުގައި އޭނާހިޔާޜު ކުރީ ހިމޭން ކަމެވެ. މަސްލަހަތަށް ބަލާފަައެވެ.
ހެނދުނުގެ ނާސްތާއަށް ޝާހިދު މޭޒު ކާރީ އިށީނެވެ. އަދި ހަމައެކަނި ފާންފޮއްޗަކާ ޖޭމް ކޮޅެއް ޖައްސާލައިގެން ކާންފެށިއެވެ. ހަމަ އެވަގުތު ދުމެއް ޖެހިހެން ދުންޔާ ބަދިގެ ފަރާތަށް އައެވެ. އަދި ކުދި ކިޔަން ފެށިއެވެ.
“އަލެ އަޅުގަނޑު ނުލާހިކު ފަތިހު ތެދުވެ ފަރީދާއްތަ ބޮލުކޮށައިގެން މަނިކުފާނަށް ކެވޭ ހުރިހާ އެއްޗެއް ހެދިން އެކަމަކު މަނިކުފާނު ތިޔަ ކޭންބައްލަވަނީ ޕާން މިއީ އިންސާފުތޯ”
“ނާހަމަ ތެދެއްތަ ތިހެންވެއްޖެއްޔާ މިއީ ކޮންޕާނެއް އަވަހަށް ގެނޭ ތިޔަ ހެދި ތަކެތި މަވެސް ކާނީ ދުންޔާ ހެދި ތަކެތި އެފަކީރު އެހާވަރުންދޯ”
ދުންޔާ ޝާހިދުގެ އަނގައިގަ ލައްވާ ކާންދިނެވެ. މިމަންޒަރު ބަދިގެ ފަރާތަށް އައި ނިޝާއަށް ފެނުނެވެ.
ޝާހިދު ކައިނިމިގެން ތެދުވެ އޭނާ އޮފީހަށްގެންދާ ބުރިފްކޭސް ކޮބާތޯ އަހާލިއެވެ. ހަމަ މިހާރު މިގެންނަނީ އޭ ބުނަމުން ދުންޔާ ދުވެލާފަ އެތެރެއަށް ދިއައެވެ. އެވަގުތު ނިޝާއައިސް ޝާހިދު ގެފުރަގަހުން ބުރަކަށީ އަތްޖައްސާލިއެވެ. ސިހިފަ ޝާހިދު ނިޝާއާއި ވީފަރާތަށް އެނބުރުނެވެ.
“ބަލަ އަޅުގަނޑަށް ގޮވާވެސް ނުލާ އޮފީހަށް ދުރުވަނީތޯ؟ އަޅުގަޑު މިހާރު ނުކުޅެދޭ މީހަކަށްވެސް ހައްދަވާފަ ޝާހިދު އާއި މުޅިން ވަކި ކޮށްފި” ނިޝާ ޝަކުވާ ކުރަމުން ބުނަމުންދިއެވެ.
“އަސްތާ ނޫނޭ ކަމަނާ އަޅުގަނޑަށް ކަމަނާގެ ސިއްހަތަށް ވުރެ މުހިންމު އެއްޗެއް ނެތް ބަނޑުގައިވާ މިހާންދާންގެ ވާރިސް ފުރިހަމަ ސިއްހަތުގައި ނިކުންނަން ޖެހޭނީ މަންމަޔަށް އެއްވެސް ގެއްލުމެއް ނުދީ ހުރިހާ ކަމެއްވެސް ވަނީ ކަމަނާ ބޭނުންފުޅުވާގޮތަށް އުފަލުގައި އިންނަވާ” މިހެންބުނަމުން ޝާހިދު ނިޝާގައިގާ ބައްދާލާފަ ނިންމަތީ ބޮސްދިނެވެ. ބުރިފްކޭސް ހިފައިގެން އައިސް އައިސް ހުރި ދުންޔާ މިމަންޒަރު ފެނިފަ ހުއްޓުމެވެ. މަޑު ހިނގުމެއްގައި ގޮސް ދުންޔާ ބުރިފްކޭސް ޝާހިދު އާއި ދިމާލަށް ދިއްކޮށްލިއެވެ. ޝާހިދު އެނބުރިލާފަ ބުރިފްކޭސް ހޯދާލަމުން ދުންޔާ އާއި ދިމާލަށް ހިނިތުންވެލާފަ ދިޔައީއެވެ.
“ޅިޔަންބޭ އަވަހަށް ގެޔަށް އަންނަން ހަދާން ކުރަންވާނެ”
“އެޔޯ ” ގޮސްގޮސްހުރެފަ ހުއްޓިލާފަ ޝާހިދު އަހާލިއެވެ
“އަޅުގަނޑަށް ރޭގަނޑު އެތަށް ދަމެއްވަންދެން ކާއެއްޗެތި ހިފައިގެން އިންތިޒާރެއް ނުކުރެވޭނެއެހެންވެ”
“އައްދެ އަނބިމީހާ ނުކުރާ އަމުރު މިކުޑަ ފަހަރި މިއޮއްކުރަނީ”
ޝާހިދު ނިޝާއަށް ބަލާލާފަ ހީލަމުން މިހެން ބުނެފަ ބޯޖަހާލާފަ ދިޔައީއެވެ.
- “އައްދެ އަނބިމީހާ ނުކުރާ އަމުރު މިކުޑަ ފަހަރި މިއޮއްކުރަނީ”ޝާހިދު ނިޝާއަށް ބަލާލާފަ ހީލަމުން މިހެން ބުނެފަ ބޯޖަހާލާފަ ދިޔައީއެވެ.
ރޭގަނޑު އެތަށް ދަމެއްވިއިރުވެސް ޝާހިދު ގެޔަށް ނާދެއެވެ.
ނިޝާއާއި ދުންޔާ އޮށޯވެލައިގެންތިބީ ނިޝާގެ އެނދުގައެވެ. ކުއްލިއަކަށް ކާރު ގޭގެޕޯޓިކޯތެރެއަށް ވަންއަޑު އިވިގެންް އަވަހަށް ތެދުވެގެން ދާން ދުންޔާ އުޅުނެއެވެ. ނިޝާ ދުންޔާ މަޑުކުރުވިއެވެ.
“ކޮއްކޮ ދާނެ ކަމެއްނެތް”
“އެކަމަކު ޅިޔަންބެ …”
“އަޅާނުލާ އެހާލަހުން އަންނަރޭ އޭނާ އަންނާނީ ކައިގެން ކޮއްކޮ ނިދާލާ”
ކުޑަކޮށް ހިންހަމަ ނުޖެހިފައިވީނަމަވެސް ދުންޏާ ބޭރަށް ނުގޮސް ނިދާލީއެވެ.
ޖެހިގެން އައިދުވަހެވެ. ބަގިޗާތެރޭގައި މާގަދަޔަށް ސަކަރާތް ޖަހާ ހުނުމުގެ އަޑުގަދަވާތީ ނިޝާ އޭނާގެ ކޮޓަރީ ކުޑަދޮރުން ބޭރަށް ނަޒަރު ހިންގާލިއެވެ. އޭނާއަށް ފެނުނީ ދުވަހަކުވެސް އޭނާ ފެންނާނެ ކަމަށް އުންމީދު ކުރި މަންޒަރު ތަކެއް ނޫނެވެ.
ޝާހިދުއާއި ދުންޔާ ސުވިމިންގު ޕޫލްތެރޭގައި އެކަކު އަނެކަކުގެ ގަޔަށް ފެންޖަހާ މަޖާކުރަނީއެވެ. ދުންޏާ ލާފަ ހުރި ހެދުމަކީ ޅިޔަނެއްގެ ކުރިމަތީ ލާން ލަދުގަންނަން ޖެހޭފަދަ ހެދުމެކެވެ. އެހާވެސް ނިވާކަން ކުޑައެވެ. އެވަގުތު ޝާހިދު އަށް ވެސް ނިޝާ ކުޑަދޮރުން ބަލަން ހުރިތަން ފެނުނެވެ. އަދި އަންނާށޭ ކިޔާ ހަނާ އަޅަންފެށިއެވެ. ނިޝާ ވީފޫހިން ކުޑަދޮރުގެ ފޮތިގަނޑު ކަހާލާފަ ގޮސް އެނދުގައި އިށީނެވެ. ދުންޏާ އާއި ޝާހިދު އެކަކު އަނެކަކަށް ބަލާފަ މަލާމާތުގެ ގޮތަކަށް ހީލީއެވެ. އެރޭގެ ދަންވަރެވެ. ނިޝާއަށް ހޭލެވުނީ ފެންބޮވައިގަނެގެންނާއި ބަނޑަށް އުނދަގޫވާތީއެވެ. އެނދުގެ އޭނާއޮންނަ ފަޅިން އޭނާ ކުކުރަމުން އެނބުރިލީ ދުންޔާ އަށް ގޮވާށެވެ. އެކަމަކު ދުންޏާއެނދުގައި ނެތެވެ. ވަރަށް އުނދަގުލުން ނިޝާ ފެންބޯން ފެންއަޅާފައި ހުންނަ ޖަގިހިއްލާލިއެވެ. ޖަގުގައި ފެންނެތެވެ. އޭތިވެސް ހުރީ ހުސްކޮށެވެ. ފެންބޯން ބޭނުމީއްޔާ މިގަޑީގައި އޭނާ ދާންޖެހޭނީ ކާގެއަށެވެ. ފެންލިބޭނީ އޭރުންނެވެ. ކޮޓަރިން ނިކުތުމާއެކު އޭނާއަށް އިވެމުންދިޔައީ ދުންޔާގެ ހުނުމުގެ އަޑެވެ. އެވެސް ޝާހިދު ނިދާކޮޓަރިންނެވެ. ނިޝާގެ އަތުން ބިއްލޫރި ފެންއަޅާ ޖަގު ދޫވެ ބިންމަށްޗަށްވެއްޓި ޖަގު ތެޅި ފުނޑުފުނޑު ވިއެވެ. މިއަޑަށް ސިޓިންރޫމްގަ ނިދާފަ އޮތް ފަރީދާ ދައްތަޔަށް ހޭލެވިގެން އަވަހަށް އައެވެ. އަދި ހައިރާންވެފަ ނިޝާއާއި ދިމާލަށް ބަލަން ހުއްޓެވެ.
“ދަރިފުޅާކިހިނެއްވީ މާބޮޑަށް ފެންބޮވާއިގަތީތަ؟”
“ޖަގު އަތުން ދޫވީ” ތުރު ތުރު އަޅާ އަޑަކުން ނިޝާއަށް ބުނެވުނެވެ.
“އެއީ މާބޮޑު ކަމެއް ނޫން ދައްތަ އެތަން ސާފުކޮށްފާނަން ކޮޓަރިޔަށް ދޭ ދައްތަ އަންނާނަން ފެން ހިފައިގެން”
އެވަގުތު ދުންޏާވެސް ހަލުއިކަމާއެކު ނިޝާމެން ކާރިޔަށް އައެވެ.
“އަޅެ ދައްތަ މިޔޯ މިތާ ކީއްކުރަނީ ދައްތަ ނިދާފަ ކަމަށް ހީކޮށް މަ މިއައީ”
“ދުންޏާ ބޭރުގަ ކީއްކުރަނީ މިގަޑީގަ އަހަރެން ފެންބޯންވެގެން ބެލިއިރު ޖަގުގަފެނެއްވެސް ނެތް ގޮވާލާކަށް ދުންޔާވެސް ނެތް އެހެންވެ ފެންއަޅަންއަންނަނިކޮށް ޖަގު އަތުން ދޫވީ”
“ޅިޔަންބެ ކޮފީބޯންވެގެން ބުނީމާ މިގަޑީގަ އައީ ދައްތަވެސް ނިދާފަ އޮތީމާ އައިސްލީ”
އެވަގުތު ޝާހިދު އައިސް އެމީހުންނާ އަރާހަމަ ކުރިއެވެ.
“އަނހަ ކީއްވެ މަގޭ ކަމަނަ ތެދުވެގެން މިއުޅެނީ” ޝާހިދު ނިޝާގެ ދެކޮނޑުގައި ހިފާ ތަޅުވާލަމުން ބުނެލިއެވެ.
ނިޝާގޮވައިގެން ޝާހިދު ކޮޓަރިއަށް ވަނެވެ އަދި ނިޝާ އެނދުގައި ބާއްވާލުމަށްފަހު ރަޖާ އަޅާލަދިނެވެ.
“މިކޮޓަރީ ގެ މިއެނދު ކާރީ ދެން މާދަމާ ހަރު ކުރާނީ ބެލް އެއްދޯ ދުންޔާ” ޝާހިދު ލާނެއް ކަމާއެކު ދުންޔާ އަށް ދޯއެއްދިނެވެ. ދުންޔާ އެއްބަސް ވުމުގެގޮތުން ބޯޖަހާލަމުން ނިޝާކާރީ އެނދުގައި އޮށޯވެލިއެވެ.
“އެއްވެސް ބެލް އެއްހަރުކުރުމުގެ ބޭނުމެއްނެތް” ނިޝާ މޫނު އަނބުރާލަމުން ބުނެލިއެވެ.
ނިޝާގެ ބަޑުގައި ރިއްސާތީ ހޮސްޕިޓަލަށް ގެންދިޔައެވެ. ބޮޑުދައިތަ އާއި ދުންޔާވެސް ޝާހިދު އާއި އެކު ހޮސްޕިޓަލަށް އައެވެ. ވިއްސާ ކޮޓަރީގައި މާގިނަ އިރެއް ނުވަނީސް ނިޝާ ވިހެއެވެ. އެކަމަކު ވޯޑަށް ނިޝާ ދޫކުރެވެން ނެތްވާހަކަ ޑރ ބުންޏެވެ. މާކޮމްޕުލިކޭޑެްއީއެވެ.
“ދުންޔާ ދެންމިތާ އަހަރެމެން މަޑުކުރުމުގެ ބޭނުމެއްނެތް ވިއްސާ ކޮޓަރިން ނިޝާ ނެރޭނީ މާދަމާ ހެނދުނު ހިނގާ ގެޔަށް ދާން ބޮޑުދައިތަވެސް މާދަމާ އާދޭދޯ”
ނިޝާ ވިއެހީ އަންހެންކުއްޖެކެވެ. މިކަމާ ބޮޑިދައިތަ ތަފާތު ކޮށް ވާހަކަ ދެއްކިއެވެ. އެންމެ ފުރަތަމަ ލިބެންޖެހޭނީ ފިރިހެން ކުއްޖެކޭ ކިޔާފައެވެ.
ޝާހިދު އާއި ދުންޏާ ދިޔައީ ގެޔަށެވެ.
“ފަރީދާ ދައްތަވީ ރަށަށްގޮސްފަ ދުންޔާ އެކަނި އެގޭގައި ބިރު ގަންނާނެތަ؟” ޝާހިދު ކާރުގައި ދަމުން ދުންޏާއާއި ވާހަކަ ދެއްކިއެވެ.
“ޅިޔަންބެ ހުންނާނަމެއްނު ވީއިރު ކޮންބިރެއް”
“އެންމެ ރަނގަޅު އަހަރެން ދުންޔާ ވައްޓާލާފަ ދާނީ އޮފީހަށް އާދެވޭނީ ރޭގަނޑު އަހަރެން އަންނާނީ ބޭރުން ކައިގެން”
“އެންމެ ރަނގަޅު” މިހެން ބުނެލާފަ ގެޔާއަރާ ހަމަވުމުން ފޭބީއެވެ. މާނަ ވީގޮތަކަށް ހީލާފައެވެ.
- “ފަރީދާ ދައްތަވީ ރަށަށްގޮސްފަ ދުންޔާ އެކަނި އެގޭގައި ބިރު ގަންނާނެތަ؟” ޝާހިދު ކާރުގައި ދަމުން ދުންޏާއާއި ވާހަކަ ދެއްކިއެވެ.”ޅިޔަންބެ ހުންނާނަމެއްނު ވީއިރު ކޮންބިރެއް”
“އެންމެ ރަނގަޅު އަހަރެން ދުންޔާ ވައްޓާލާފަ ދާނީ އޮފީހަށް އާދެވޭނީ ރޭގަނޑު އަހަރެން އަންނާނީ ބޭރުން ކައިގެން”
“އެންމެ ރަނގަޅު” މިހެން ބުނެލާފަ ގެޔާއަރާ ހަމަވުމުން ފޭބީއެވެ. މާނަ ވީގޮތަކަށް ހީލާފައެވެ.
“ނިޝާ ކަލާއަށް ލިބުނީ ލޯބި އަންހެންކުއްޖެއް. ” ނަރުސް ކުއްޖާ ނިޝާ ހޭލެވުމާ އެކު ކާރިޔަށް އައިސް ދަރިފުޅު ނިޝާއަށް ދައްކާ ލަމުން ބުނެލިއެވެ.
“އެހެންތަ ދައްކަބަލަ.. އަވަހަށް ގެނޭ މަންމަގެ ޕަރީ ހާދަ އިންތިޒާރެއް ކަނބުލޮ މަންމަ ކުރުވާފިޔޭ ސިސްޓަރ އަވަހަށް ދީ މަގޭ އަތަށް މަގޭ ދަރިފުޅު މަގޭ ލޮލުގެ ނޫރު..”
“އަސްތާ މިއޮތީ ކަލާގެ މޭގެ ފިނިކަން.. އަވަހަށް ތިޔަ ކަރުހިއްކުން ފިލުވާލަދީ އެއޮތީ މިހާރުވެސް ބޯހިތުން.. މަންމަގެ މޭގައި ލައްވާހިތުން އެކުކުރަނީ އަވަހަށް ހިފާ އަން މިއޮތީ މިފުށްގަޑު ﷲ އަށް ހަމްދު ހުރި ސިއްހަތު ރަނގަޅު ދަރިއެއް ” ނަރުސް ނިޝާގެ އުނގުގައި ދަރިފުޅު ބާއްވާލަދިނެވެ. ނިޝާ ނުހަނު ލޯބިން ދަރިފުޅުނަގާ އޭނާގެ މޭގައި ލައްކޮށްލާފަ ލޯތްބާއެކު ފިއްތާލިއެވެ. އެވަގުތު އެކުޑަ ކުޑަ ލޯބި އަޑުން ކުކުރާލިއެވެ. ނަރުސް ކުއްޖާ އާއި ނިޝާ އެކަކު އަނެކަކަށް ބަލާލާފަ ހީލިއެވެ. އަދި މަޑު މަޑުން ބޭބީ ތިރިކޮށްލާފަ ބުއްދޭން ފެށިއެވެ.
“ދެން އަޅުގަނޑު އަންނާންނަ އިރު ކޮޅަކުން މިމަންޖެ ބަޮއި ނިމެންވާއިރަށް އަންނާނެ.. ބަލާބަލަ އަޑުލައްވާފަ ބޯ ގޮތް ހީވަނީ ކާން ނުދީ އަހަރުތަކެއް ވަންދެން ހުރިހެންދޯ” ނަރުސްގެ މިވާހަކައަށް ދެމީހުންވެސް ބާރަށް ހުނެވެ.
“ކޮބާތަ ބޭބީ ބައްޕަ ބުނޭ އެތެރެއަށް އަންނާށޭ”
“އަސްތާ އެމީހުން ދިޔަތާ ކޮންއިރެއް…” މިހެން ބުނެލާފަ ނަރުސް ކުއްޖާ ގޮއްސިއެވެ.
ދުންޏާ ޝާހިދުގެ ކޮޓަރީގައ މަޑުމަޑުން ޓަކިޖަހާލަމުން އެތެރަށް ވަދެ ނިދިފައޮތް ޝާހިދުގައ ބޮލުގައި ފިރުމަންފެށިއެވެ.. ސިހިފަ ޝާހިދުއަށް ހޭލެވުނެވެ. އަދި ހައިރާންވެފަ ތުނިތުނި ނިދާހެދުމުގެއި އިން ދުންޔާއަށް މަސްތީ ގޮތަކަށް ބަލާލިއެވެ.
“ގޭގަ އެކަކުވެސް ނެތީމާ ބިރުގަތީ އެހެންވެ މިކޮޓަރިއަށް މިއައީ ފެންބޮވައިގެން އެކަމަކު ފެންވެސް ނުލިބުނު”
“މަބުނީމެއްނު ދޫނި ބިރުގަނެދާނޭ އާދޭ މަގޭ މޭގެ ކާރީ އޮށޯވެލަން ބިރު ގަންނާކަށް ނުޖެހޭނެ އަދި މިމުލައްދަނޑީގެ ބާރު އެބަހުރި އަވަހަށް އާދޭ ތިޔަ ކަރު ހިއްކުން ފިލުވާލަދޭނަން”
ދެންވެގެންދިޔައީ ވެގެން ނުވާނެ ވަގުތު ކޮޅެކެވެ. އެއްވެސް ލަދެއްނެތި ދުންޔާގެ ހަށިގަނޑު ޝާހިދު އަށް ހަދިޔާކުރީއެވެ. ޝާހިދުގެ ވަހުށީ ކަމާއި ބޭވަފާރެތިކަން އެވަގުތު ހާމަ ވެގެން ދިޔައެވެ. ޝާހިދު ދުންޔާގެ އިއްފަތްރެކަން ނަގާލީއެވެ. އެއީ ނިޝާގެ ކޮއްކޮ ކަން އޭނާ ހަނދާންނުވިއެވެ. ހަމަ އެގަޮތަށް ދުންޔާއަށް މި ކުރެވޭކަމެއް ކުރެވެނީ ޅިޔަންބެޔާއެކު ކަން ދުންޔާވެސް ހަނދާންނެތެވެ. އެދެމީހުން އެކަމުގެ އުފަލާއި މީރު ކަމުގެ ލައްޒަތު ލިބިގަތެވެ. އެއްވެސް ލަދެއްނެތިއެވެ.
ހޮސްޕިޓަލުން ނިޝާ ގެޔަށް އަންނާންވާއިރަށް ގޭތެރެ ތަރުތީބް ކޮށްލުމުގައި ފަރީދާ ދައްތަ އަވަދި ނެތި އުޅުނެވެ. އެވަގުތު ކުއްލިއަކަށް ތުވާލި އަނދެލައިގެން ޝާހިދު ގެ ކޮޓަރިން ބޭރަށް ނިކުތް ދުންޔާ ފެނިގެން ފަރީދާ ދައްތަ ހައިރާންވިއެވެ. ދުންޔާ އިސްޖަހާލަމުން ކުރިއަށް ހިނގައި ގަނެފަ ހުއްޓިލާފަ ފަރީދާ އާއި ދިމާލަށް އެނބުރުނެވެ.
“ކަލޭ ހެނދުނު އިރު ނައަރަނީސް މިކޮޓަރި ކާރީ ތިއޮތީ ޖާސޫސް ކުރަންދޯ؟”
“ކަލެއަކަށް ނޭނގޭތަ ބޭބީގޮވައިގެން ނިޝާ ގެޔަށް އަންނަވާހަކަ ބުނިކަމެއް އެހެންނުވާނީ ކަލޭގެ ހޭ ހުންނާނީ އެހެންކަމެއްގަވީއްޔަ”
ފަރީދާ ދައްތަ ރުޅިގަދަވެގެން ދުންޔާ އާއި ދިމާލަށް އަޑުލިއެވެ.
“ކަލޭ މީގެފަހުން މިކޮޓަރި ކާރީ ކުނިކަހަންވާނީ މެންދުރުގަޑީގަ”
“ބުނަންތަ ވާހަކައެއް މަ މަސައްކަތްކުރާނީ މަގޭ އަމިއްލަ އިހްތިޔާރުގަ މަށަށް ފެންނަގޮތަކަށް ކަލޭތީ މިގޭގައިވާ މެހްމާނެއް އެކަންދަނެގެން އުޅޭތި.. ތިޔައީ މިގޭގެ ވެރިޔާއެއްނޫން”
ދުންޔާ ބުނާނެއެއްޗެއް ނޭގިފައި ފަރީދާ ދިޔަތަން ބަލަން ހުއްޓެވެ. އަދި ރުޅިގަދަވެގެން އޭނާގެ ކޮޓަރިއަށްގޮސް އަޑުގެ ނެތްކޮޅަށް ބާރަށް ދޮރު ލައްޕާލިއެވެ.
ކުޑަ ހަފްލާއަަކާ އެކު ނިޝާ ބޭބީ ގޮަވައިގެން ގެޔަށް އައެވެ. ޝާހިދުވެސް ހޮސްޕިޓަލުން ނިޝާއާއި އެކު ގެޔަށް އައެވެ.
“ދަރިފުޅާ މިއީ ދަރިފުުގެ ގެ” ނިޝާ ވާހަކަ ދައްކަމުންދިޔައީ އޭނާގެ ދަރިފުޅާއެވެ. އެންމެ ދެދުވަސްވީ އެދަރިފުޅު ލޯހުޅުވަންވެސް ބޭނުންނެތިފަ ކަހަލަ ގޮތަކަށް ލޯމަރާތަގުޅިކޮއްގެން މަންމަގެ އުނގުތެރޭ އޮތެވެ.
“ޝާހިދު ކޮބާ..ދުންޔާ.. ” ނިޝާ އެނބުރިލާފަ ޝާހިދު ކާރިން އަހާލިއެވެ.
“އޭނާގެ ތަބީއްތު އެހާރަނގަޅުނުވީމާ ނިދިފަ ކަންނޭގެ އޮތީ ބުނި ބޭބީ ގޮވައިގެން އައިމަ ގޮވާށޯ”
އެވަގުތު ފަރީދާ ދައްތަ ބޭބީގެ ސާމާނު ހިފައިގެން ގޭތެރެއަށް އައިސް ވަންނަނީއެވެ. އަދި ވަރަށް މާނަވީ ގޮތަކަށް ޝާހިދު އާއި ދިމާލަށް ބަލާލިއެވެ. ޝާހިދު އިސްދަށަށް ޖަހާލަމުން އޮފީހަށް ދަނީ އޭ ބުނެފަ ދިޔައީއެވެ.
ފަރީދާ ދައްތަަ ބޭބީ ގޮވައިގެން ހެނދުނުގެ ތާޒާ އަވިން ބޭބީ ހޫނުކޮއްލަން ބަގީޗާގަ ބޭބީ ގޮަވައިގެން އިނެވެ. ނިޝާ އެއްފަރާތުގައި ހުރި ބެންޗުގައި ވިސްނުމަކަށް ގެއްލިފަ ވަރަށް ހިމޭން ކަމާއެކު އިނެވެ. ނިޝާގެ މިހިމޭންކަމާއި އެކަނިވެރިކަން ފަރީދާ ދައްތަ ހިތްހަމަ ނުޖެހުނެެވެ. ބޭބީ ބާއްވާ ދާނުގަ ބޭބީ ބާއްވާލުމަށްފަހު ނިޝާ ކާރިޔަށް ފަރީދާ ދައްތަ ޖެހިލިއެވެ. އަދި ނިޝާގެ ބޮލުގައި ފިރުމާލިއެވެ.
“ދަރިފުޅާ ތިޔަ ހިމޭންކަމުގެ ސިއްރަކީ ކޮބާ؟ ހިތުގައި ގިލަންވެރިކަމެއް ވާނަމަ މިދައްތަޔާ ވާހަކަ ދައްކާލާ މާބޮޑު ކަމެއް ނުކޮށްދެވުނަސް ޔަގީނުންވެސް ހެޔޮދުޢާ ކޮށްދޭނަން. މި ކޮނޑު ހުންނާނީ ދަރިފުޅުގެ ހައްގުގާ މީގަ ބޯބާއްވާލާފަ ހިތްހަމަ ޖެހޭވަރަށް ރޯލާ. ދަރިފުޅުގެ ބޮޑުދައިތަގެ ރަނގަޅު ކަން ދަރިފުޅަށް އެހީވުމަށް ދުންޔާ މިގޭގައި ބެހެއްޓުން.މިހާރު ފުރިހަމަ 9 މަސްވީ ދެން ކޮއްކޮ އެގޭގެ ކަންތަައްވެސް ކުރަންޖެހޭނެ އަބަދަކު ހިލޭގެއެއްގަވެސް ނުހުރެވޭނެނެނު.ބޮޑުދައިތަވެސް އެގޭގައި އެއުޅެނީ އެކަނިވިއްޔަ. މިހާރު ބޭބީގެ ކަންތަށް ދަރިފުޅަށްވެސް ކުރެވޭނެ. ގެތޭރެގެ މަސަައްކަތުގައި އަހަރެން ދަރިފުޅާއެކު ވާނަން.”
“ފަރީދާ ދައްތާ ދުންޔާ އެހެންފޮނުވާލުމުން ބޮޑުދައިތަ ބުނާނީ ކީކޭ”
- “ދަރިފުޅާ ތިޔަ ހިމޭންކަމުގެ ސިއްރަކީ ކޮބާ؟ ހިތުގައި ގިލަންވެރިކަމެއް ވާނަމަ މިދައްތަޔާ ވާހަކަ ދައްކާލާ މާބޮޑު ކަމެއް ނުކޮށްދެވުނަސް ޔަގީނުންވެސް ހެޔޮދުޢާ ކޮށްދޭނަން. މި ކޮނޑު ހުންނާނީ ދަރިފުޅުގެ ހައްގުގާ މީގަ ބޯބާއްވާލާފަ ހިތްހަމަ ޖެހޭވަރަށް ރޯލާ. ދަރިފުޅުގެ ބޮޑުދައިތަގެ ރަނގަޅު ކަން ދަރިފުޅަށް އެހީވުމަށް ދުންޔާ މިގޭގައި ބެހެއްޓުން.މިހާރު ފުރިހަމަ 9 މަސްވީ ދެން ކޮއްކޮ އެގޭގެ ކަންތަައްވެސް ކުރަންޖެހޭނެ އަބަދަކު ހިލޭގެއެއްގަވެސް ނުހުރެވޭނެނެނު.ބޮޑުދައިތަވެސް އެގޭގައި އެއުޅެނީ އެކަނިވިއްޔަ. މިހާރު ބޭބީގެ ކަންތަށް ދަރިފުޅަށްވެސް ކުރެވޭނެ. ގެތޭރެގެ މަސަައްކަތުގައި އަހަރެން ދަރިފުޅާއެކު ވާނަން.””ބޮޑުދައިތަ ކިއްވެ ދުންޔާ ފޮނުވާލަން ތިޔަބުނަނީ..؟ އަަހަރެން ނަށް އެނގޭ ބޮޑުދައިތަ ހިންހަމަ ނުޖެހޭ ކަންތަށް މިގޭގެތެރޭ އެބަ ހިނގާކަން އެކަމަކު ބޮޑުދައިތަ ބޭނުމެއްނުވޭ އަހަރެންނަށް ކިޔާދޭކަށް ތިޔަހެން މާދުރުން ދުރުން ދެއްކިޔަސް އަހަރެންގެ ސިކުނޑިޔަކަށް ނުވިސްނޭނެ.”
“އަހަރެންގެ ބޮލުގައި ޖަހާފައިމިހިރަ ނުރަޔަކީ މީހަކު އުކާލި ވެއްޔެއްނޫން އެކޮއި މިއީ ދައިތަވެސް މުސްކުޅިވެގެން ހަމަ ތަޖުރިބާގެ އަލީގައި ޖަހާފައިވާ މުސްކުޅި ނުރަ. އަލިފާން ތިބޭތަނެއްގައި ޕެޓްރޯލް ގެންގުޅޭކަށް ނުވާނެ އެހެންނޫނަސް ދުންޔާ އެއީ ޒުވާން އަންހެންކުއްޖެއް ވަރަށް ގިނަ ޒުވާންކަމުގެ މަރުހަލާ ކަޑައްތު ކުރާނެ އެހެންނޫނަސް އޭނާ މިހާރު އެހެރީ ފިރިވުރާވަރަށް އަރާފަ މީހަކާ އިންނަންބޭނުންވާ ހިސާބައްގޮސްފަ ވިމާ އޭނާގެ މަންމަ އޭނާއަށްޓަކާ ކުއްޖަކު ހޯދާ ވާހަކަވެސް ދައްކާނީ އެގެޔަށް އޭނާ ދިޔަމަކާ ނޫންތަ”
“ސާބަސް ބޮޑުދައިތާ ދޭބަލަ މަށަށް ކިރުތައްޓެއް ގެނެސްދޭން.”
ނިޝާ ބޮޑުދައިތަ ދައްކަމުން ދިޔަ ވާހަކަ މެދުކަނޑުވާލިއެވެ. ފަރީދާވެސް ހިމޭންކަމާއެކު ބަދިގެފަރާތަށް ދިޔައިއެވެ ވިސްނުމެއްގެ ތެރެއަށް ގެއްލިގެންދިޔައީ ނިޝާ އެވެ. ބޮޑުދައިތަ އެދެއްކީ ކޮންފަދަ ވާހަކައެއްބާވައެވެ. އަހަރެންގެ ހިތާ ސިކުނޑިގެ މިއަރާރުމުގެ ޙަބަރު ބޮޑުދައިތަޔަށް ލިބިފައިވަނީ ކިހިނަކުން ބާވައެވެ. އަހަރެންގެ އަމިއްލަ މަންމަ އެއްނެތެވެ. އެކަމަކު މަންމަގެ ހުރިހާ ކަމެއް ބޮޑުދައިތަގެ ފަރާތުން އަހަރެންނަށް އިހްސާސް ކުރެވެއެވެ. މިއީ އިއްތިފާގެއްބާވައެވެ. އަހަރެން ބޮޑުދައިތަ އެބުނިހެން ދުންޔާ ފޮނުވާލާނީއެވެ. އޭނާއަށްވެސް ރަނގަޅުވާނީ އެގޮތެވެ.
ދުންޔާ ފޮށިހިފައިގެން މަޑުހިގުމެއްގައި ގެއިން ނިކުންނަނިކޮށް ދޮރާށި ހުޅުވާލާފަ ވަނީ ޝާހިދު އެވެ. ޝާހިދު ހުއްޓުން އަރާފަ ބޭރަށް ފޮށި ހިފައިގެން ނިކުތް ދުންޔާއަށް ބަލާލާފަ ވީކީއްތޯ ސުވާލު ކޮށްލިއެވެ. އޭނާ އިޝާރާތްކޮށްލީ ގެޔާދިމާލަށެވެ.
“ތީނަގެ ލޯބިވާ ކަމަނާ ފާނު ބުނީ މިގެއިންނިކުންނާށޯ..”
“އެޔޯ .. އަނެއްކާ އޭނާއަށް ކަމެއް ފެނުނީތަ؟”
“ކަމެއް ފެނިގެނެއްނޫން މިގޭގަ އެއުޅޭ މުސްކުޅިމީހާ އޭނާގެ ބޮަލަށް ސަވާރުވެގެން މިއުޅެނީ”
“ދުންޔާ އެއްވެސް ތާކަށް ދާނެ ކަމެއްނެތް.. މަޑުކުރޭ މަ ވާހަކަ ދައްކާނަން”
ޝާހިދު ދިޔައީ ނިޝާ ކޮޓަރީގައި ހުއްޓާ އޭނާ ކާރިޔަށެވެ. ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލައިގެން ހުރި ނިޝާ އެނބުރި ދޮރުން ވަދެގެން އައިމީހާއާއި ދިމާލަށް ބަލާލިއެވެ.
“ބުނިންތަ ދުންޔާ ކާރީ މިގެންއިން ދާން..”
“އާނ ބުނިން ކޮބާތޯ އޭގެ މައްސަލަޔަކީ”
“މައްސަލަ އޮތްވާހަކަ އެއްނޫން މަބުނީ އެކަމަކު އަދި ވިހާ ގަދަނުވަނީސް އޭނާ ފޮނުވާލުން ރަނގަޅު ނުވާނެތީ..”
“އެޔަކު މައްސަލައެއްނެތް ބޮޑު ދައިތަވެސް އުޅެނީ އެކަނި އެހެންނޫނަސް ފަރީދާ ދައްތަ އަހަރެންގެ ކަންތަށް ކުރާނެ”
ނިޝާ ޝާހިދުގެ ވާހަކަ މެދު ކަނޑާލާފަ ބުނެލިއެވެ.
“ތިޔައީ ހެއްވާ މައްސަލައެއް ހަމަ ފަރީދާ ދައްތަ ހުއްޓާތާ ދުންޔާ މިގޭގައި ބެހެއްޓުވީވެސް މިހާރު ކޮބާ މައްސަލަޔަކީ އަމިއްލަޔަށް ބުނެބަލަ.. ބުނަންތަ މިގޭގެ ވެރިޔަކީ އަހަރެން މިގޭގައި ތިބެވޭނެ އަހަރެން ބުނާ އެންމެނަށް އަޑު އިވިއްޖެތަ”
ޝާހިދުގެ އެންމެ ފަހުގެ ނިމުން ނިންމި ކަހަލަ އެވެ.
“އެހެންތޯ އަޅުގަނޑު ހީކުރީ މިގޭގެ ވެރިޔަކީ އަޅުގަނޑޭ އަދި ކަންތަށް ނިންމަނީ އަޅުގަނޑުވެސް އެންމެ އެދޭގޮތަށޭ.. ”
ނިޝާގެ ވާހަކައަށް ޖަވާބެއްނުދީ ޝާހިދު އެކޮޓަރިން ނިކުމެގެން ދިޔައީއެވެ.
ޝާހިދުގެ އޮފީސް މިހުން ކުޑަ ހަފްލާއެއް ތައްޔާރު ކުރިއެވެ. އެއޮފިހުގެ އެންމެ ސީނިއަރ އަދި އެންމެ ގިނަ ދުވަސްވީ މީހާގެ އުފަންދުވަހެވެ. އެވެސް އަންހެނެއްކަމުން އޭނާ ބޭނުންވި ހުރިހާ މުވައްޒަފުންގެ އަނބިންވެސް އެހަފްލާއަަަށް އައުމެވެ.މިކަމާ މުވައްޒަފުންގެ އަނބިންގެ އެކުވެރިކަމުގެ ހަފްލާއެއް ހަމަޖައްސާލީއެވެ.
މިހަފްލާއަށް ޝާހިދު އައީ ނިޝާގެ ބަދަލުގައި ދުންޔާ ގޮވައިގެންނެވެ. މިކަމާ ހަފްލާއަށް ދެންއައިސްތިބި އަންހެންވެރިން ހަޖޫ ކިޔާ ޗުކްޗުކް ލައްވަންފެށިއެވެ. މިމަންޒަރު ރަމްޒީއަށް ފެނުނެވެ
“އެކުވެރިޔާ އާދެބަލަ އެއްފަރާތަކަށް އަހަރެން ވަރަށް މުހިންމު ވާހަކައެއްދައްކަން ބޭނުން” މިހެން ބުނެލާފަ ރަމްޒީ ޝާހިދު ގޮވައިގެން އެއްފަރާތަކަށް ޖެހިލިއެވެ.
“އެކުވެރިޔާ ބުނަންތަ ބުއްދިވެރި ވާހަކައެއް.. ކަލޭގެ އެނދު ފަޅުފިލުވަން އަމިއްލަ ކޮޓަރީގައި ދުވާލަކު ގައުމެއްގެ، ރަށެއްގެ އަދި ޖިންސެއްގެ މީހެއްވައްދާ މަޖާކުރިޔަށް މައްސަލައެއްނެތް..ހުތުރެއް ނުވާނެ ފެންނާނެ ލޮލެއްވެސް ނުވާނެ އެކަމަކު މިކަހަލަ އެއްވުންތަކަށް އެއްހާސް ލޯހުންނާނެ ވާހަކަޔާ ބަސްގިނަ އަންހެން ވެރިން އަންނާނެ. ކޮންމެ މީހަކު ލާފަ ހުންނަ ހެދުމުން ހީވާނީ މިއީ އެންމެ މާތް އިންސާނާ ހެން ވިމާ ޙާއްސަ ކުރާތި ހަލާލު އަނބިމީހާ މިކަހަލަ އެއްވުންތަކަށް އަންނަން މިކަމުން ތިމާގެ ގަދަރާ އިއްޒަތް އުފުލިގެން ވާނީ ރަންޑިން ރަގަޅުވާނީ ވަގުތީ ބޭނުމަށް”
ރަމްޒީ، ޝާހިދު ކާރީ ދެއްކި ވާހަކަ ދުންޔާ އަށް އަޑުއިވުނެވެ. މިކަމާ އޭނާ ހިންހަމަ ނުޖެހުނީތީ ހަފްލާދޫކޮއްލަން ޝާހިދު މެންނަށް ޖެހުނެވެ.
ފަރީދާ އާއި ނިޝާ ބޭބީ ގޮވައިގެން ކޮޓަރިއާއި ދިމާލަށް ދިޔައެވެ. މިކޮޓަރިއަކީ ނިޝާ ބަލިވެ އިނީއްސުރެ ނިޝާއަށް ވަނުން މަނާ ކޮޓަރިއެވެ. ފުރަތަމަ ބަލިވެއިނުމުން ސިޑިން މައްޗަށް އަރަން ޖެހޭތީ ކަންތަށް ބޮޑުވަނީއެވެ. މިހާރު ވިހެއީމާ ދަރިފުޅު ރޯވަރުން ޝާހިދުއަށް އުނދަގޫވެދާނެތީ ނިޝާއަދިވެސް އޮންނަންޖެހުނީ ގޭގެ ފުރަތަމަ ފުލޯގައި ބޭބީއާއި އެކު އެކަނިއެވެ. ފަރީދާ ދައްތަ ނިދަނީ ސިޓިންރޫމްގައި ގޮދަޑި އަޅާލައިގެންނެވެ. ދުންޔާ ނިދަނީ މަތީބައިގައި ހުންނަ ޝާހިދު ކޮޓަރިއާއި ޖެހިގެން އިންނަ ކޮޓަރީގައި އެފުލޯގައެވެ. އެކަމަކު މިއަދު ނިޝާ ބޭނުންވީ އެކަންތަށް ބަދަލު ކުރާށެވެ. ނިޝާ ބޭބީއާއި އެކު ނިދަންޖެހޭނީ ޝާހިދު އާއި އެއްކޮޓަރީގައެވެ. ބޭބީގެ ރުއިމުން ނިޝާއަށް އަސަރު ކުރާވަރަށް ބޭބީގެ ބައްޕައަށްވެސް އަސަރު ކުރަން ޖެހޭނެއެވެ. ދިރިއުޅުމުގެ ފަލްސަފާއަކީ މިއީއެވެ.
އެކޮޓަރީގެ ދޮރު ހުޅުވާލާފައި ފަރީދާ ދައްތަ އާއި ބޭބީގެ ފަހަތުން ނިޝާ ކޮޓަރިއަށް ވަނެވެ. ނިޝާއަށް ހަޅޭއްލަވައިގަނެވުނެވެ. މުޅި ކޮޓަރި ޒީނަތްތެރި ކޮށްފައިވަނީ ދުންޔާގެ ތަފާތު ވައްތަރަށް ނަގާފައި ހުރި ފޮޓޯތަކުންނެވެ. ނިޝާގެ އެއްވެސް ހިލަމެއް މިކޮޓަރީގައި ނެތެވެ.
ނިޝާ ހުރިހާފޮޓޯތަށް ނަގާ ބިންމަށްޗަށް އުކަމުން ދިޔައެވެ. އެވަގުތަކީ ބޭރުގައި ތިބެފަ ދުންޔާ އާއި ޝާހިދުއަށްވެސް ގެޔަށް އައިސް އެކުއެކީގައި ވަދެވުނު ވަގުތެވެ.
ފޮޓޯތައްޖެހުނީ ކޮޓަރިއަށް ވަން ދުންޔާގެ ފައިގައެވެ. ޝާހިދު އާއި ދުންޔާ އެކަކު އަނެކަކަށް ބަލާލިއެވެ. ކަންތައް ގޯހުން ގޯސްވެއްޖެ ކަން އެމީހުންނަށް އެނގުނެވެ.
- ނިޝާ ފޮޓޯތަކާއި އުކާލި އެއްޗިހި ޖެހުނީ ކޮޓަރިއަށް ވަން ދުންޔާގެ ފައިގައެވެ. ޝާހިދު އާއި ދުންޔާ އެކަކު އަނެކަކަށް ބަލާލިއެވެ. ކަންތައް ގޯހުން ގޯސްވެއްޖެ ކަން އެމީހުންނަށް އެނގުނެވެ.ޝާހިދު އަވަސް އަވަހަށް އެކޮޓަރިން ނިކުމެގެން ދިޔައީއެވެ. ދުންޔާ ކުރިޔަށް ޖެހިލާފަ އެއްޗެތި ހޮވަންފެށިއެވެ.
އެކޮޓަރީގެ ކަބަޑުގައިވެސްހުސް ދުންޔާގެ އަންނައުނެވެ. ނިޝާ ރުޅިވެރިކަމާއެކު ހުރިހާ އެއްޗިހި ބޭރަށް އުކަމުން ދިޔައެވެ.
“ދައްތާ ތިއައީ އަދި ކުރީދުވަހު ދޮވެފަ ބޭރަށް ނުގެންދެވޭ ހެދުންތައް.. ކީއްވެ ތިޔަ އުކަނީ”
“އެހެންވެތަ މިއެއްޗިހި މިކަބަޑު ތެރޭ ހުންނަންވީ.. މަށަކީ މޮޔައެއް ކަމައްތަ ތިޔަ ހީކުރަނީ” މިހެން ބުނެލާފަ ނިޝާ އިސްއުފުލާފަ ދުންޔާ އާއި ދިމާލަށް ބަލާފަ ބަސްހުއްޓުނެވެ. އެހެންނުވާންވީ ކީއްވެތޯއެވެ. އެވަގުތު ދުންޔާ ބޭނުންކޮށްފައި އެއޮތީ ނިޝާގެ ކައިވެނީގެ ފުރަތަމަ ހަދިޔާގެ ގޮތުގައި ޝާހިދު ދެއްވި ޝޯލްވީއްޔާއެވެ.
ޖަޒްބާތުގައި އައި ރުޅީގަ ނިޝާ ދިޔަގޮތަށްގޮސް ދުންޔާގެ ކަންފަތްމަތީގައި ބާރު އެތިފަހަރެއް އަޅުވާލިއެވެ. ވިތަދުންނާއި ހައިރާންކަމާއެކު ދުންޔާއަށް ހޫރިގަނެވުނެވެ. އަދި ބިންމަށްޗަށްވެއްޓުނެވެ.
“ކަލެއަށް ހަމަ ރަނގަޅަށް އެނގޭނެ މިޝޯލްއަކީ އަހަރެން ބޭނުންނުކޮށް ބާއްވާފަ އޮންނަ ޝޯލްއެއްކަން. ކަލެއަށް މގައި އަތްލަން ކެރުނީ ކިހިނެއް ކާކުގެ ހުއްދަޔަކާއެކު ކަލޭ މީގައި އަތްލީ”
ނިޝާ، ދުންޔާގެ އަތުން ޝޯލް ޖަހާގަތެވެ.
“ކަލޭމިގެޔަށް އައީ މަގޭ ހަޔާތްބަރުބާދު ކުރަންވެގެން މިއީ މަގޭ ޝޯލް މަގޭގެ ކަލޭ ހަމަ މިހާރު މިގެއިން ނިކުމޭ” ރޮމުން ރޮމުން ނިޝާ އެތިވަރު ގޮވަމުން ދިޔައެވެ. އެވަގުތު ހޫރެމުން ހޫރެމުން ކަހަލަގޮތަކަށް އައިސް އެކޮޓަރިއަށް ވަނީ ޝާހިދުއެވެ. އެވަގުތުވެސް ޝާހިދު ހުރީ މަސްތުވެފައިކަން ވަރަށް ސާފުކޮށް އެނގެން ހުއްޓެވެ.
“ފަރީދާ ދައްތަ ދޭ ބޭބީ ގޮވައިގެން ބޭރަށް، ނިޝާގެ ސިއްހަތަށް މާރަނގަލެއްނުވާނެ ތިޔަގޮތަށް ހަޅޭއްލަވާ އަޑުގަދަ ކުރުމަކުން މިޔޯ މިހުރިހާ އެއްޗެތި މުޅިމިތަނުގަޔޯ؟”
“ތިޔަ ސުވާލު ކުރަން އެންމެ އެކަށީގެންވަނީ އަހަރެން މިޔޯމިއީ ކޮންކަމެއް؟ އަހަރެން ބަލިކަމުގެ ބަހަނާ ދައްކާފަ ކަލޭމެން ދެމީހުން ތިޔަ ކުޅުނު ކުޅިަވރު ވަރަށް ތާހިރު 9 މަސް ފަހުން އަހަރެން މިކޮޓަރިއަށް މިއައީ މިތާ އަހަރެންގެ ވަސްވެސް ނެތް.މިއީ އަހަރެން ދެކެން ބޭނުންވި ދުވަސްތަކެއްނޫން. ”
“ނިޝާ ބޭނުންވާނީ އަރާމާ އުފާ އަހަރެން ދެކޮޅެއް ނަހަދަމެއްނު. ދެން މާގަދަޔަށް ހަޅޭއްލަވާ އަޑުގަދަ ކުރީމާ ހަމަ ގެއްލުންވާނީ ނިޝާއަށް ނިޝާ ހަމަ ރީތިކޮށް ތިރީފުލޯގައި އުޅެންވީ މަށާއި ދުންޔާ މަތީ ފުލޯގައި އުޅެދާނަން ނިޝާއަށް އެއްވެސް ކަމެއް އުނިނުވާގޮތަށް” މިހެން ބުނެލާފަައި ޝާހިދު ދުންޔާ ގެނެސް އޭނާގެ ގައިގާ ބައްދާލިއެވެ. ނިޝާގެ ކުރިމަތީގައެވެ.
“ޝާހިދު ތިޔައީ އަހަރެންގެ ކޮއްކޮއޭ.. ކިހިނެއްތިހާ ހަޔާތް ކެނޑުނީ.. މިއީ މަގޭގެ އުޅޭނީވެސް މަބޭނުންތާކުބޭނުން ކޮޓަރިއެއްގައި ބޭނުން ފުލޯއެއްގައި. މަ އެހެންކޮޓަރިއަކަށް ދާންޖެހޭ އެއްވެސް ގޮތެއްނޯންނާނެ. ތިޔައީ މަގޭ ފިރިމީހާ މިހިރަ ގޮތްކުޑަ ކުއްޖާ ޖެހޭނީ މިގެއިންދާން މިއީ މަގޭގެ” ނިޝާ ރޮމުން ރޮމުން ޝާހިދުގައިގަ އޮޅުލަމުން ވާހަކަ ދައްކަމުން ދިޔައެވެ.
ޝާހިދު ނިޝާކޮއްޕާ އޭނާ އާއި ދުރުކޮއްލިއެވެ.
“ބުނަންތަ ނިޝާ ރަނގަޅު ވާހަކައެއް. ތިޔަނިޝާ މަގޭ މަގޭ މަގޭ ތިޔަ ކިޔާ އެއްވެސް އެއްޗަކީ ނިޝާ ގެއިން އައިއިރު ގެނާ އެއްޗެއް ނޫން. ހަނދާން ހުންނާނެ ނިޝާ މިގެޔަށް ގެނައީ އެންމެ ދެހެދުން.. މިކޮޓަރިއަކީވެސް މިފުލޯއަކީ ވެސް މިޝޯލްއަކީވެސް ހަމަ އަހަރެންގެ މިލްކުވެރި އެއްޗިހި ބޭނުން މީހަކަށް ދެވިވެސް ދާނެ ބޭނުންވީމާ އަތުލެވިވެސްދާނެ މިކަމާ ނިޝާއަށް ބުނެވޭނެ އެއްޗެއް ނޯންނާނެ”
މިހެން ބުނެފަ ޝާހިދު އެޝޯލް ނިޝާގެ އަތުން އަތުލިއެވެ. އަދި ނިޝާގެ ކުރިމަތިން ދުންޔާގެ ކޮނޑުގައި އަޅުވާލިއެވެ.
“ބަލާ ކިހާރީތި ދުންޔާއާއި މާގުޅޭމީތި ނޫންތަ”
ނިޝާ މޫނުގައި ދެއަތް އެޅިއެވެ. އަދި ބާރަށް ރޯންފެށިއެވެ. ނިޝާ މަޑުމަޑުން އެކޮޓަރިން ނިކުންނަން ދިޔައެވެ.
“ހޫން ރަނގަޅު ކުއްޖެއް އަވަހަށް ގޮސް އެމިހަކަށް ދީފަ ހުރި ކޮޓަރިއެއްގައި ނިދާލާ ތިޔައީ ވިސްނުންތޫނު ރަނގަޅު ކުދިންގެ ގޮތް” ޝާހިދު މަލާމާތުގެ ރާގަކަށް ބުނެލިއެވެ.
ދުންޔާވެސް އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
“އަނހަ ލޯބިވެރިޔާ ތިޔަދަނީ ކީއްްވެ؟. ދާންވާމީހާ އެެދިޔައީއޭ”
“އަހަރެންމިދަނީ ތިރިޔަށްދާން”
“ތިރިއަށްދާންޖެހޭ މީހާގޮސް ނިމިއްޖެ..ދުންޔާ ނިދާނީ ހުންނާނީ މިކޮޓަރީގައި މަށާއެކީގައި އެހެންނޫނަސް ނިޝާއަކީ ވަރަށްވިސްނުންތޫނު ކުއްޖެއް މާދަމާ ވާއިރަށް މިކަން ހަނދާންނެތޭނެ. ” މިހެންބުނެލާފަ ޝާހިދު ގޮސް އެކޮޓަރީ ދަޮރު ލައްޕާލާފަ އެނދުގައި ދުންޔާ އާއި އެކު އިށީނެވެ.
ނިޝާ ރޮމުންރޮމުން ދިޔައީ އޭނާ ނިދާކޮޓަރިއަށެވެ. ފަރީދާ ދައްތަވެސް ބޭބީ ގޮވައިގެން އެކޮޓަރިއަށް އައެވެ. އޭރު ނިޝާ ކުޑަދޮރުގައި ބޯޖަހާލައިގެން ރޮއިނަގަނީއެވެ. އެއީ ހިތްދަތި މަންޒަރެކެވެ.
“ދަރިފުޅާ ހުއްޓާލާ ތިހެން އަދި ހިތްހަލާކު ކޮށްލާކަށް ނުވާނެ. ދިރިއުޅުމަކީ ހަނގުރާމަޔެކޭ ބުނާއަޑެއް ފަހެ ދަރިފުޅު ނާހަމުތަ؟ ހިތްވަރު ކުރޭ ކަރުނައަކީ އެމީހާގެ ބަލިފައި ތިޔައީ ވަރަށް ހިތްވަރުގަދަ ކުއްޖެއް.”
ނިޝާ އެނބުރިލާފަ ފަރީދާ ކާރިޔަށް ގޮސް ބޭބީ އުރިއެވެ. އަދި ބޭބީގެ މޫނުގައި ބޮސްދެމުން އަނެއްކާ ބާރަށް ރޯންފެށިއެވެ.
ފަރީދާ ނިޝާގެ ބުރަކަށީގައި ލޯބިން ފިރުމަންފެށިއެވެ
“ދަރިފުޅާ ކަލާންގެ ރަސްކަންފުޅަށްޓަކައި ހުއްޓާލާ. ތިޔައީ މާފިނޑިގޮތެއް..”
“ބޮޑުދައިތަޔަކަށް ނޭނގޭތަ އޭނާ ބުނިއެތި މިގެޔަކު.. އަހަރެންގެ އެއްވެސް މީހެއް .. އެއްޗެއް ނޯންނާނޭނުބުނޭތަ ”
“ބޮޑުދައިތަވެސް އަޑުއެހިން ތިޔަހުރިހާ އެއްޗެއް އެކަމަކު އެއީ ދަރިފުޅުގެ ހިތްވަރު އެލުވާލަންވީ ކަމެއްނޫން.. ދަރިފުޅު މިއަދު ވިސްނަންވީ މަންމައެއްގެ ނަޒަރުން އެއްގޮތަކަށްވެސް ޝާހިދުގެ އަންބެއްގެ ނަޒަރުންނެއްނޫން.. ދަރިންނަށްޓަކައި މައިން ޒަހަރުވެސް ބޮނީ އެދިރިއުޅުމަކީ ޒަހަރު ފަދަ ހިތި އެއްޗަކަށްވިޔަސް ލޯމަރާލާފަ ބޯނެ.. ވީއިރު ކީއްވެ ދަރިފުޅަށް މިކުޑަ ފުރާނަޔަށްޓަކައި ނުތެދުވެވެންވީ ދަރިންނަކީ ﷲ ދެމަފިރިންނަށް ދެއްވާފައިވާ އަމާނާތެއް މިދަރިފުޅަށް ތިޔަ ދެމަފިރިންގެ ލޯބި ބޭނުންވާނެ”
“ބޮޑުދައިތާ އަހަރެންނަށް މިގޭގައި ކެތެއް ނުވާނެ..މިގޭގެ ހަތަރު ފަރާތުން އަހަރެންނަށް އަޑުއިވެނީ ދެޔޯތަކެއްގެ އަޑު މަލާމާތާއި ފުރައްސާރާއިގެ އަޑު ގަދައަޑުން ދުންޔާ ހޭއަޑު އެއާއިއެކު ޝާހިދުގެ ބަސްތަކުން އަހަރެންގެ ހިތްވަނީ ކަތިލެވިފަ.. މިފަޒާއިން އަހަރެންނަށް ދުވަނީ ބޭވަފާތެރި ކަމުގެ ވަސް.. އަހަރެންގެ ޒަމީރު މިގޭގައި އަހަރެން އުޅުމަށް ދެކޮޅު އެބަހަދާ އަހަރެންގެ ނޭވާ ހީވަނީ ފިތި ދާނެހެން ”
“އެކަމަކު ދަރިފުޅާ މިކުޑަ ކުއްޖާ އާއި މެދު ވިސްނާ ތިޔައީ ޝާހިދުގެ އަންބެއްގެ ނަޒަރުން ނުވިސްނާ.. ދިރިއުޅުމުގެ ދެވަނަ މާނަޔަކީ ޒަހަރު ކަމުގައި ވިޔަސް ދަރިންނަށްޓަކައި އެމައިން އެޒަހަރަކީ މީރު ޖޫސް ކަމުގައި ހަދައިގެން ބޯލާނެ ދިރިއުޅުމުގެ މިމަރުހަލާ ދަރިފުުޅު ކަޑައްތު ކުރަންޖެހޭނީ ވަރަށް ވިސްނުންތޫނު ކަމާއެކު ހަނދާންކުރަންވާނެ”
ފަރީދާ ނިޝާ ހިތްހަމަޖެހޭތޯ ވާހަކަ ދައްކަމުންދިޔައެވެ.
“އެކަމަކު ބޮޑުދައިތާ އެހުރިހާ ބަސްތަކެއް އަހައިގެން ކާކަށްތަ ފިޔަވަޅު އަޅަން ފަސޭހަވާނީ މިގެޔަކީ އޭނާގެ މިލްކެއް މިއެއްޗިއްސަކީ އޭނާގެ އެއްޗިހި އަދި އަހަރެންގެ އެއްވެސް އަގެއް މިގެޔަކު ނެތްކަން އޭނާގެ ބަހުރުވައިން ސާފުކޮށް އެނގެން ހުރި ނޫންތަ މިހެންވެ ދެންމިގޭގައި އުޅުމަކީ އަހަރެންގެ ޒަމީރު ގަބޫލް ކުރާކަމެއް ނޫން. ”
ނިޝާ ފަރީދާ ދައްތަގެ ކޮނޑުގައި ބޯއަޅައިގެން ރޮމުން ގެންދިޔައެވެ. ހަޔާތުގެ މިހަލަނބޮލިކަމާއި ކުރިމަތި އޭނާ ލާނީ ކިހިނެތްބާއޭ އޭނާ ވިސްނަމުން ދިޔައެވެ
- ނިޝާ ފަރީދާ ދައްތަގެ ކޮނޑުގައި ބޯއަޅައިގެން ރޮމުން ގެންދިޔައެވެ. ހަޔާތުގެ މިހަލަނބޮލިކަމާއި ކުރިމަތި އޭނާ ލާނީ ކިހިނެތްބާއޭ އޭނާ ވިސްނަމުން ދިޔައެވެޝާހިދުގެ އޮފީސް މީހުން އަހަރީ ދުވަސް ފާހަގަ ކުރަން ބޭނުންްވީ ޝާހިދު އަލަށް ގަނެލި ބަންގުލޯގައެވެ. އެއަހަރީ ދުވަހަކީ ހުރިހާ މުވައްޒފުންނާ އެމީހުންގެ އަނބީން ބައްދަލުކޮށް ހީޔާލު ބަދަލު ކުރާނެއެވެ.
ނިޝާ އާއި ދުންޔާ އަށް ވެސް މިހަފްލާގެ ދައުވަތު ކާޑު ހިފައިގެން އައިސް ޕިޔޯނު މީހާ ދިނެވެ.
މުޅިގޭތެރެ އަލަތު އަންބެއްހެން ތައްޔާރު ކުރެވުނެވެ. ފުއްޕާހަމާއި ތަފާތު ޑިޒައިންތަކުން މުޅިގޭގެ އެއްފުލޯ ޒީނަތްތެރި ކުރުވިއެވެ. ދަމާލެވިފައިބާ ބެނާތަކުންވެސް ރޭގެ މުހިއްމުކަން ދޭހަވެއެވެ.
ދުންޔާ ހުރީ މަތީ ފުލޯގައެވެ. ކެއުމުގެ ކަންތަށް ދުންޔާ ހަދާފައިވަނީ މަތީގައެވެ. ނިޝާ ބޭރަށްވެސް ނުމެނިކުމެއެވެ. ރޭގެ ހާދިސާ އިން އޭނާވަނީ ފުން ކަނޑަކަށް އަރަގު ކޮށްފަ ކަހަލައެވެ. ރުއިން ނޫންކަމެއް އޭނާ ނުކުރެއެވެ. ގެތެރޭގައި ހިނގަނީ ކޮންކަންތަށް ތަކެއްތޯ ބަލާކަށް އޭނާ އެވަރަކުން ނޫޅެއެވެ. އޭނާގެ ހާލަތު އެންމެ ކާރިން ފެންނަން ހުރީ ފަރީދާ ދައްތަ އަށް ކަމުން އޭނާ ކުދި ކުދި ކަންކަމުގައި ހެލިފެލިވެ އުޅުނެވެ.
ހަފްލާ ފެށުނީ ރޭގަނޑު 8 ޖެހިއިރުއެވެ. ދޮރާށި ކާރީ ޝާހިދު އާއި އެކު މެހްމާނުންނަށް ސަލާމް ކުރަން ނިކުމެ ހުރީ ދުންޔާ އެވެ. މަންޒަރު ރީތި ނޫނަސް އެނޫންގޮތެއްވެސް ނެތްކަހަލައެވެ.
އެއްބަޔަކު އަނެއްބަޔަކުގެ ތައާރަފަށް ފަހު ގޭތެރޭގެ އަގުބޮޑެތި ފަރުނީޗަރުތަކުގެ ވާހަކަ އަންހެން ވެރިން ދެއްކިއެވެ. އެއިން ކޮންމެ އެއްޗަކީ ބޭރުން ގެނައި ތަކެތި ކަމާއި ގަތީ ކިހާވަރަކަށް ކަން ވަރަށް ފަރިތަ ކަމާއެކު ދުންޔާ ކިޔާދެމުން ދިޔައެވެ. ކެއުމަށް އިންސާފު ކުރަން މީހުން މަތީބަޔަށް ދިޔުމުން ނިޝާ ބޭބީ ނިންދަވާފަ އެމީހުން ކާރިޔަށް އައެވެ. އެވެސް ފަރީދާ ދައްތަ ބުނިބުނުމަށެވެ.
“ދަރިފުޅާ ތިގޮތަށް ކަމަކު ނުދާނެ މިއަދު ދަރިފުޅު އެތަނަށް އެމީހުންނާ ބައްދަލު ކުރަން ނުދިއުންވާނީ ވަރަށް ބޮޑު ގޯހަކަށް.. ވީމާ ހިތުގައި ވާ ހިތާމަ ފޮރުވާފަ ފިރިމީހާގެ އިއްޒަތަށް ޓަކައި އެތަަނަށްދޭ އަދި އެމީހުންނާ ހިންހެޔޮކަމާއެކު ވާހަކަ ދައްކާލާ ފަހަރެއްގައި އެމީހުންގެ ސަބަބުން ހިތަށް ފިނިކަމެއް ލިބުންވެސް ގާތެއްނު. އަހަރެން ބޭބީ ކާރީ ހުރެލާނަން”
ކިޔަމަންތެރި ކުޑަކުއްޖެއްފަދައިން ނިޝާ ފަރީދާގެ ވާހަކަ ޤަބޫލްކުރިއެވެ. އަދި ހުދުކުލައިގެ ކުރުތާއެއްލުމަށްފަހު ކަޅު ކުލައިގެ ބެލްސެއްލިއެވެ. އަދި ހުދާއި ކަޅުން ޖަރީކޮށްފައިވާ ބުރުގާއަކުން އިސްތަށިގަނޑު ނިވާކޮށް ހުޅިއެއްޖަހާލިއެވެ. ނިޝާގެ ރީތިކަމާއި ފަރިކަމުގެ ސަބަބުން އެހެން އަންހެނުންގެ ރިތިކަން ފަނޑުވި ކަހަލައެވެ.
މަޑުހިނގުމެއްގައި ނިޝާ އެމީހުން ކާން ތިބިތަނަށް ކާރިވެލިއެވެ.
ޝާހިދު ކަޅި ޖަހާނުލާ އެރީތީގެ ރާނީއަށް ބަލާލަމުން އިސްޖަހާލިއެވެ. ދުންޔާ ކާންވެސް އިނީ ޝާހިދުއާއި ޖެހިގެން އިންގޮޑީގައެވެ. އެވަގުތު ނިޝާ އައުމުން އެންމެން އެކަކު އަނެކަކަށް ބަލާލިއެވެ. ކުންފުނީގައި ދުވަސްވިމީހުން ފަހަރީއޭ ކިޔާ ގޮވާލިއެވެ. އަލަށް ކުންފުނީގައި ގުޅުނުމީހުން ހައިރާންވެފައި އެއްފަހަރު ޝާހިދުގެ މޫނަށް އަނެއްފަހަރު ދުންޔާގެ މޫނަށް އަނެއްފަހަރު ނިޝާގެ މޫނަށް ބަލާލަބަލާލަ ތިއްބެވެ.
“ހޫން މީސްތަކުންނޭ މިރީތި ކަމަނާޔަކީ އަޅުގަނޑުގެ ލޮބުވެތި އަނބިމީހާ..މީގެ ދެދުވަސް ކުރިން ބޭބީއެެއް ލިބުނީ އޭގެ ސަބަބުން އަޅުގަނޑު މެންނާއެކު މިހަފްލާގައި މާގިނަވަގުތު ނޫޅެވުނީ ކުޑަ ބޭބީ ކަންތަށް އެހެންމީހަކާ ހަވާލު ކުރަން ނިޝާ ގަބުލެއްނޫން އާދޭ ނިޝާ ކާންއިށީނދޭ”
“އަސްތާ މިއޮއްހުރިހާއިރު އަޅުގަނޑު ހީކުރީ މީނީ ކަމަށް ޝާހިދުގެ އަނބިކަނބަލުން އެހެންވެ ހަފްލާއަށް ގެނައި މާބޮނޑިވެސް ދެވުނި އޭނާއަށް އަތުގައި ހިފައިގެން އެހާ ގާތްކޮށް ނުހުންނާނެނޫންތޯ އަންބަކު ނުނީޔާ ކިހިނެއް އެނގޭނީ މިއޮތްޒަމާނެއްދޯ ”
ނިޝާގެ މުނުގެ ކުލަ ފަނޑުވެގެން ދިޔަގޮތް ހުރިހާމީހުންނަށް ފެނުނެވެ. ނިޝާ އެއްވެސް އެއްޗެކޭ ނުކިޔާ އެތަނުން ދިޔައީއެވެ.
“އެއީ އެއްވެސް ކަމެއްނޫން ތިޔަބޭފުޅުން ކެއުމަށް އިންސާފު ކުރައްވާ”
އެވަގުތު ޝާހިދު އިށީންނަމުން ބުނެލިއެވެ.
އައިސްފަ ތިބި އަންހެންވެރިންގެ ނަޒަރުގައި މިއީ ވަރަށް ގޯސް ކަމެކެވެ. ގޭގެ ވެރިމީހާ އެމީހުންނާ ވާހަކަ ނުދެއްކިއެވެ. އެއީ އެމީހުންގެ ގަދަރު ކުޑަވާކަމެކެވެ. ހުރިހާ މީހުން އެއްބަސް ކިޔާލާފަފަ ހަފްލާ ނިންމާލީއެވެ. ކޮންމެ ގޮތެއްވިޔަސް ޝާހިދުގެ އަނބިމީހާއަކީނިޝާއެވެ. އޭނާ އެމީހުންނާ ވާހަކަ ނުދެއްކީއެވެ. ދުންޔާވެސް ޝާހިދު ވެސް ބުނާނެއެއްޗެއް ނޭނގިފައި ތިއްބެވެ.
ނިޝާގެ މިހަރަކާތުން ޝާހިދު ވަރަށް ރުޅިގަދަވިއެވެ. އެނާ ދެކޭގޮތުގައި އެއީ އޭނާގެވެސް އަގު އޭނާގެ މުވައްޒަފުންގެ ކުރިމަތީ ވެއްޓުނީއެވެ.
“އަސްލުވެސް އަހަރުމެން ހީކުރީ ޝާހިދުގެ އަތާއި އަތްގުޅާއިގެން ހުންނާނީ ޝާހިދުގެ އަނބި މީހާ ކަމަށް އެހެންވެ ފަހަރީޔޭ ކިޔާފަ ގޮވާވެސް ލެވުނު.. އެކަމަކު އޭރުވެސް އޭނާ ނުބުންޏެއްނު މަށަކީ ނޫނޭވެސް.. މިހާރުގެ ފައިސާ އޮތީމާ އުލޭ ވައްތަރު ދޮތަ” ސަލީމާ ގެ އަންހެނުން އެހެންއަންހެނުންނާ އެކު އެގެއިން ނިކުންނަކުން ބުނެލިއެވެ.
ޝާހިދުއަށާއި ދުންޔާއަށް ވެސް މިއަޑު އިވުނެވެ.
“ދެން އާދޭ ހުރިހާ ބޭފުޅުން ކެއުމަށް” ޝާހިދު ހުރިހާ ފިރިހެން ވެރިންނަށް ބަލާލާފަ ބުނެލިއެވެ.
“ނޫނޭ ޝާހިދު ދެން އެހާ ކެއުމެގެ ޝައުގެއް ނެތްް އަޅުގަނޑުމެން ގޮސްލާނަން. ޝާހިދު ހަމައެކަނި ގޭތެރެ ހަމަޔަށް އަޅުވާ ލޯބިދީގެން ލޯބިން އުޅުއްވާ އަޅުގަނޑުމެންގެ އުފަލަކީވެސް ޝާހިދު އުފަލުގައި ހުރުން” ރަމްޒީވެސް އެހެންމީހުންނާއެކު ދިޔައީއެވެ. ފިރިހެންވެރިންވެސް އެހަފުލާއިން ނިކުމެ ތަން ހަމަހިމޭންވިއެވެ.
ޝާހިދު ވަރަށް ހިންހަމަނުޖެހިގެން ނިޝާ ކޮޓަރީގައި އިންދާ ނިޝާކާރިޔަށް ދިޔައެވެ.
“ނިޝާ ތިޔަ ކުރީ ވަރަށް ދަށް ފަންތީގެ ނާތަހުޒީބު އަމަލެއް. ގޭތެރޭގެ މާހަލު ކިތަންމެ ކިލަނބުވެފައި އޮތަސް އަހަރެންގެ އޮފީސް މީހުންގެ ކުރިމަތީ އަހަރެންގެ އަގުވެއްޓޭ ގޮތަށް ނިޝާ އުޅުން އެއީތަ ތިޔަ ބުނާ އަނބިންގެ ގޮތަކީ.. ކަލެއަކަށް ނޭނގޭނެ އެމީހުންނަކީ މަށަށް ކިހާ މުހިންމު މީހުން ކަމެއް.. ކަލޭ ބޭނުންވަނީ ދުނިޔޭގެ ކުރިމަތީގައި އަހަރެން ބަދުނާމު ވުންތަ އެއީތަ ކަލޭގެ ލޯބި…..ވާހަކަ ދައްކަބަލަ ބަލަ ކަލެއާއި އޭ މަމިވާހަކަ ދައްކަނީ”
ޝާހިދު އެހުރިހާ ވާހަކަ އެއް ދެއްކި އިރުވެސް ނިޝާ އަގައިންވެސް ނުބުނެ އިސްޖަހާލައިގެން އެނދުގައި އިށީދެގެން އިނެވެ. މިކަމާއިވެސް ޝާހިދު ވަކިން ރުޅިގަދަވިއެވެ. ޝާހިދު ދިޔަ ގޮތަށް ގޮސް ނިޝާގެ އަތުގައި ހިފާފަ ނިޝާ އެންދުން ކޮޅަށް ނެގިއެވެ.
“ބަލަ ބީރުވީތަ މަކަލެއާއި އޭ ވާހަކަ ދެއްކީ.ކަލޭ ލަދެއް ނުގަނޭތަ ކަލޭގެ ފިރިމީހާގެ އަގު ވައްޓާލާފަ އިންނާކަށް.. މަ މިޖެހުނީ ހަފްލާ ދޫކޮށް ކަލޭ ލޮއްސަން އަންނާކަށް ނު.. ”
“އާނ އަހަރެންވެސް ލަދުން މިއިނީ ބުނާނެ އެއްޗެއް ނެތިގެން. ޙާއްސަ ކޮށް ކަލޭގެ އަންބަކަށް ވާތީ އަދި މާލަދު ގަނޭ”
“އަސްތާ ކަލޭގެ ދޫވެސް ދިގުދޯ”
“އާން މިއޮތް ހުރިހާ ދުވަހު ދޫ ހިމޭނުންބާއްވައިގެން ނިކުތް ނަތިޖާ ރަނގަޅެއްނޫނެއްނު..މިދޫ ހިމޭނުން ބާއްވައިގެން ފެންނަ ކަންތަށް ނުފެންނަ ކަންތަށް ކަމަށް ހަދައިގެން އުޅެވުނީތީ އަހަރެންގެ އަމިއްލަ ނަފްސު އަހަރެންނަށް މަލާމާތް ކުރޭ.. ދެން މިދޫ ހިމޭނުން ބާއްވައިގެން އަހަރެންނަށް ލިބޭނެ ވަކި އުފަލެއް ނުމެނެތް.ބަރުދާސްތު ނުކުރެވޭ ފަދަ ހިތާމަ އަހަރެންނަށް ލިބިއްޖެ. އަހަރެންގެ ކުރިމަތިން އަހަރެންގެ ފިރިމީހާ ޖަހައިގަނެފި އަދި އަހަރެން ބިނާކޮށްފައިވާ އަހަރެންގެ ގަނޑުވަރެއްފަދަ ގެ ފުނޑު ފުނޑު ވެއްޖެ ތަފާތަކީ އެބިނާ ތަޅައިގެން ދިޔައިރު އޭގެ އަޑު އަހަރެންށް ނީވުނުކަން” ނިޝާ މިހެން ކިޔާފަ މޫނުގައި އަތްއަޅާއިގެން ބާރަށް ރޯންފެށިއެވެ.
- ނުނިމޭ
7 Comments!
Comments are closed.
Dear Readers
These pages I have published on the request of many fans(Admirers) of this story.
this is just weekly one day small story 🙂
hope to get your love and support always to this book too
Rozy
Thank you Rozy
Thank you En
vvvv reethi
Thank you maree…?
Vrh reeethi
Kobaatha next part nimuneetha mihishaabun