Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުގައިވިޔަސް… 2 ވަަނަ ބައި

writer Level 310 Stories100 Comments
April 6, 2017 6 Mins Read
3 Comments

” ނޭނގެ އެއްނު އޭނަ މިހާރު މީހާކާ ނީންނަ ކަމެއްވެސް… އޭރުވެސް..” ނީލްގެ ވާޙަކަތަށް ހުއްޓާލީ ނާކިލްގެ އަނޑަށެވެ.

“ހުއްޓާލާ ނީލް.. އައިވޯންޓް ޓު ބީ އެލޯން..ޕްލީޒް..” ނަކީލް ގެ އެދުމުގެ މަތިން ނީލް ކޮޓަރިން ނިކުމެގެން ދިޔައެވެ.

އަދިވެސް ނަކީލް ގެ ހިތް އެދިގޮވަމުން ދިޔައީ އެ ހިތުގެ ވެރިޔާއަށެވެ. ކިތަންމެ ވަރަކށް ހިތްދަތިކަން ދީފައި ދިޔަނަމަވެސް މެއެވެ. ޝަކުވާ ކުރެވި ނަޕްރަތުކުރެވެނީ ނަކީލް ވި ލޯބީގައި ކޮޅުފައި ޖެހީތީއެވެ. ދުވަހަކުވެސް މާފެއް ނުކުރާނަމެވެ.

……………………………………………………………………………….

މާޔާ އައިޖީއެމްއެޗް ހޮސްޕިޓަލްގައި އަވަދިނެތި މަސައްކަތް ކުރަމުންގެންދިޔައީ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އެންމެ ފުރިހަމައަަށް އަދާކުރެވޭތޯ ބަލައި އެކަމަށް ފަރުވާ ތެރިވަމުންނެވެ. ކޮޓަރީގެ ދޮރު ހުޅުވާފައި ވަތް ދެބައި އުމުރުގެ އަންހެން މީހާ އައިސް މާޔާ އިން މޭޒުކައިރީގައި ހުރި ގޮނޑީގައި އިށީންނެވެ.

އެއާއި އެކު މާޔާ އެމީހާއާއި ވަރަށް ވެސް ހިތްހެޔޮކަމާއި އެކު ވާހަކަ ދައްކަމުން ދިޔައީ ގާތް މީހަކު ފަދައިންނެވެ.  މާޔާ ގެ ކިބައިގައި ހުންނަ ހިތްހެޔޮކަމާއި ބަލި މީހުންނަށް ބަހައްޓާ އޯގާތެރިކަމުގެ ސަބަބުން މާޔާ ވެފައިވަނީ މީހުންތެރޭގައި ވަރަށް މަޤްބޫލު ޑޮކްޓަރެއްގެ ގޮތުގައެވެ.

އޭގެ ސަބަބުން މާޔާއާއި އެކު މަސައްކަތްކުރާ އެހެން މުވާޒަފުންނަށްވެސް މާޔާ އެކީ މަސައްކަތްކުރުމަށް ވަރަށް ފަސޭހަވެގެންދެއެވެ.

ފާރިލް އައިސް މާޔާ އިން ކޮޓަރީގެ ދޮރު ހުޅުވާލީ ދެންމެ އިން ބަލިމީހާ ނިކުމެގެން ދިޔުމުންނެވެ. ބަލިމީހެއްގެ ފައިލަކަށް ބަލަހައްޓައިގެން ހުރި މާޔާ  ބަލާލީ ފާރިލް ގޮވާލި އަޑަށެވެ.

” މައި… މިއަދު ގެއަށް ވެސް ނުދަނީތަ…” ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންނަމުން ފާރިލް ސުވާލުކޮށްލި އިރު ނަޒަރު ހުއްޓިފައިވަނީ މާޔާގެ ހަރަކާތްތަކަށެވެ. ކޮންފަ މައުސޫމުކަމެއް ހޭ ފާރިލް ހިތަށް އަރަމުން ދިޔައެވެ.

” އުހުން… ދާންވީ ހަމަ… ” ހިނިތުންވުމެއް ރައްދުކޮށްލަމުން މާޔާ ފައިލް ބޭއްވުމަށް ގެއަށް ދާން ތައްޔާރުވެލިއެވެ.

” މިހާރު ނަތިއްކޮ ހުންނާނެ ދޯ މަންމައަށް ވަރު ދައްކާލާފަ… ހެހެހެ… ” ފާރިލް ވާހަކައެއް ފެށޭތޯ މަސައްކަތްކުރިއެވެ. އެންމެ ފަސޭހައިން މާޔާ ވާހަކަ ދައްކުވޭނީ އެކަހަލަ މައުލޫއަކުން ކަމަށް ވާތީއެވެ.

މާޔާއާއި ފާރިލް އަކީ ދެ ޑޮކްޓަރުންނެވެ. ތައުލީމް ހާސިލްކުރީ އެއް ޔުނިވާސިޓީއެއް ގައި ކަމުގައި ވުމުން މާޔާގެ މިޒާޖު ފާރިލް ރަގަޅަށް ދަނެއެވެ.

” ހޫމްްމް… މަންމަ އަދިއަކު ނުނގުޅާ… ނަތީއްކޮ ހޭލިނަމަ ގުޅާނެ…މިހާރަކަށް އައިސް ހޭލާއިރު ކައިރީގައި ނެތިއްޔާ  ވަރަށް ރޮއެ ހަދާނެ… ” މާޔާ މޫނުގައި ވަނީީ ފަޑު ހިނިތުންވުމެކެވެ. ނަތީޤްގެ ވާހަކައެއް ދެއްކިއަސް މާޔާގެ ހާލަކީ މިއީއެވެ.

” ހީ އިޒް ކިއުޓް… ” ފާރިލް މާޔާއާއި ބައިވެލިއެވެ. އަބަދުވެސް މާޔާ އުފަލުގައި ބަހައްޓަން ފާރިލް ބޭނުންވެއެވެ. މާޔާ އުފަލުގައި ހުންނަތަން ފެނުމުން ހިތަށް ބުނެދެން ނޭނގޭ އިހްސާސްއެއް ކުރުވާތީއެވެ.

” އެހެންނު ވާނީ.. ހީ އިޒް އަ ޖޫނިއަރ ވާޝަން އޮފް ހިޒް ޑޭޑް..” މާޔާއަށް ވާހަކައިގެ ފޯރީގައި ހުރެ ވިސްނައިނުލައި ބުނި ޖުމްލައިން އެ މޫނު މަތިން ފެންނަން ހުރި ހިނިތުންވުން ފަޑުވެއްޖެއެވެ.

“ހިތަށް އަރާ ބައެއް ފަހަރު… މަންމަ ހުންނަ ކަން ނަސީބެކޭ.. އެހެން ނޫންނަމަ ކޮންދަފަ ހާލެއްގައި އަހަރެން އުޅެން ޖެހޭނީ … އެހެން ނޫންނަމަ މާއީ އަކަށް ލާހިކެއް ނޫން ބޭބީ އެހެންމީހަކާއި ހަވާލުކޮށްފަ މަސައްކަތަށް ނިކުންނަން.. މަންމަ ނެތް ނަމަ…” މާޔާގެ  ލޮލަށް ކަރުނަ ޖަމާވާން ފެށުމުން  މާޔާ ވާހަކަ މެދުކަނޑާލިއެވެ.

” އަހަރެން މިހުރީނު… އަހަރެން ހުއްޓާ މާޔާ ދުވަހަކުވެސް ހާލުގައެއް ނުޖޭހެނެ…” ފާރިލް ވަރަށް މާނަފުން ނަޒަރަކުން މާޔާއަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. މާޔާގެ އެންމެ ހިނިތުންވުމަކަށްޓަކައި ފާރިލް ހުރީ ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށެވެ.

ފާރިލްގެ ހިތުގައި މާޔާއަށް ހާއްސަ މަޤާމެއް ދެވެން ފެށުނީ ކޮންދުވަހަކުން ފެށިގެން ކަމެއް ހުދު ފާރިލް އަކަށް ވެސް ނޭނގެއެވެ. ފާރިލް މާޔާ އާއި ދިމާވީ އާކުދީންނަށް ބޭއްވި ޕާޓީގެ ތެރެއިންނެވެ.އެދުވަހުން ފެށިގެންވެސް ފާރިލްގެ ހިތުގައި މާޔާ ދިޔައީ ރަނިކަން ކުރަމުންނެވެ. އެހެންނަމަވެސް ހިތުގައި ސިއްރުކޮށްގެން އުޅޭ ލޯބި ދުލުން ހާމަކުރަން ޖެހިލުންވިއެވެ. މާޔާގެ އުފާވެރި ހަޔާތް މިގޮތަށް ބަނަކޮށްލި މީހުންނަށް ފާރިލް ނަފްރަތުކުރެއެވެ.

” ހިނގާ ދާން..” މާޔާ ނިކުންނަން ހިނގައިނަމުން ފާރިލްއާއި މުހާތަބު ކޮށްލިއެވެ.

މާޔާ ގެއަށް ލުމަށް ފަހު ފާރިލް ގެއަށް ދިޔައީ ކުރަންޖެހިފައި އޮތް ކަމެއް ހަދާންވުމުންނެވެ.  މާޔާގެ އިންތިޒާރުގައި އިން މާޔާގެ މަންމަ އާރިފާ އިނީ ކާން ތައްޔާރުކޮށްފައެވެ.

” މަންމާ … އަދިވެސް ނުކަންތަ…” މާޔާ އާރިފާ ކައިރީ އިށީންނަމުން އަހާލިއެވެ.

” ދަރިފުޅު އައީމަ ކާން ވެގެން މިހުންނަނީ… ދަރިފުޅު ހިނގާ ކާން މަންމަ ވަރަށް ބަޑުހައި..” އާރިފާ ތަށިތަށް އަތުރަމުންދިޔައެވެ.

މާޔާވެސް ކެއުމުގައި މަންމައާއި ބައިވެލީ މިހަަކަލަ ރަގަޅު މަންމައަކު ލިބުނީތީ ހެއްދެވި ފަރާތަށް ޝުކުރުއަދާކުރަމުންނެވެ.

” މަންމާ.. މިއަދު ވަރަށް ވަރު ދެއްކިތަ ނަތީ…” މާޔާ އިތުރަށް ސުވާލުކޮށްލިއެވެ.

” ނޫން …ދެން އެއީ މަންމަގެ މާޔާ ކަަހަލަ ބަސްއަހާ ކުއްޖެކޭ… ދަރިފުޅު ލޯމަތިން ގެއްލުމަށްފަހު ހޯދާކަށް ނުރޯނެ… ” އާރިފާވެސް މާމަ ދަރިފުޅުގެ ވާހަކަތަށް ކިޔައިދިނުމުގައި ފޯރިހިފާފައި ހުރެއެވެ. ވާނީވެސް އެހެންތާއެވެ. އެ ކުޑަ އާއިލާގެ ހުރިހާވެސް ދިރުމަކީވެސް ނަތީޤްއެވެ.

” މަންމަ އަށް އެކަނި ނަތީ ބަލަން އުދަނގޫ ވަންޏާ  އެހެން މީހަކު ހޯދަންތަ… މިބުނީ މަންމަ މިހާރު ހުންނަނީ ވަރަށް ވަރުބަލިވެފަ… ގޭގަ ހުރިހާ ކަމެއް ބަލަހައްޓމުން ނަތިއްކޮގެ ކަންތައް ކުރަންޖެހޭތީ މަންމަ ކިހާ ބަލިވާނެ… އެހެންވެ..” މާޔާ ވިސްނަމުން ދިޔަ އެއްޗެއް މަންމައާއި ހިއްސާކޮށްލިއެވެ. އެއްވެސް ހާލެއްގައި މަންމަ ގެ އުމުރުން ދުވަސް ވަމުން ދާ ވަރަކަށް އެހާ ގިނަ ބުރަ ތަކެއް އުފުލުވާކަށް މާޔާ ބޭނުމެއް ނުވެއެވެ.  ބައްޕަ ނިޔާވުމުން އިތުރު އެއްވެސް މީހެއްގެ އެހީއަކާއި ނުލައި މާޔާ ބަލައި ބޮޑުކޮށް ކިޔަވަދިނީ ކިހާ ބުރަމަސައްކަތުން ކަން މާޔާއަށް ވިސްނެއެވެ.  މާޔާގެ ވާހަކަ ތަށް އަޑު އަހަން އިން އާރިފާ ނޭވާއެއް ދޫކޮށްލިއެވެ.

” ދަރިފުޅާ.. މަންމަ އަށް އެނގޭ ދަރިފުޅު މަންމަައާއި މެދު ވަރަށް ވިސްނާކަން… އެކަމަކު މަންމަ ބޭނުމެއް ނޫން އެހެން މީހަކާއ ކުޑަމީހާ ހަވާލުކުރާކަށް.. މީސްމީހުންނަށް އިތުބާރުކުރާކަށް ނުވާނެއެއްނު.. އެހެންނޫނަސް ގޭގެ މަސައްކަތްތަށް ވެސް ކޮށްނުލެވޭހާ މަންމަ މުސްކުޅިއެއްވެސް ނޫނެއްނު… ” އާރިފާ ބޭނުންވީ މާޔާއަށް ވިސްނުވައިދޭށެވެ.

“މަންމަ ނަތިއްކޮ ބެލިއަސް ގޭގެ މަސައްކަތް ކޮށްދޭނޭ މީހަކު ހޯދައިފިއްޔާ މަންމައަށް ކިހާ ލުއިވާނެ..” މާޔާ ފެންނަ ގޮތެް ބުނެލިއެވެ.

” މައި… މިހާރު ވެސް ދަރުފުޅެއްނު ގޭގެ މަސައްކަތް ވެސް ތިކުރަނީ.. ހަމަ ގައިމުވެސް ގެއަށް އައުމަށް ފަހު ކުޑަމީހާއާއި ގޭގެ މަސައްކަތް ބަލަހައްޓަނީ ދަރިފުޅު.. މަންމަ އަށް އެހާ ބުރައެއްވެސް ނޫނެއްނު… ދަރިފުޅަށް ފެންނަ ގޮތެއް ރަގަޅުވާނެ.. އެކަމަކު ވަރަށް ސަމާލުވާންޖެހޭނެ..”  އާރިފާ މާޔާގެ ނިންމުމާ މުޅިން ހިތްހަމަ ނުޖެހުނު ކަމުގައި ވިޔަސް އެކަން އިތުރަށް ހާމަކުރާކަށް ބޭނުމެއް ނުވިއެވެ.

” މަންމާ… މަންމަ ހިތްހަމަ ނުޖެހޭ ގޮތަށް މައި ބޭނުމެއް ނޫން އެއްވެސް ކަމެއް ކުރާކަށް.. ތީ މައިގެ ހުރިހާވެސް މީހަކީ..” މާޔާ  ކައި ނިމިގެން ތަށިތަށް ނަގަމުން ބުނެލިއެވެ.

“ދަރިފުޅު ދޭ ކޮޓަރިއަށް…ވަރަށް ވަރުބަލި ވެފައެއް ނު ހުންނާނީ ވެސް މިހާރު…މަންމަ މިކަން ކޮށްފާނަށް..” މާޔާ އެތަނުން ފޮނުވަމުން އާރިފާ ބުނެލިއެވެ. މާޔާގެ ހިތުގެ ހާލު އާރިފާ ރަގަޅަށް ދަނެއެވެ.

އާރިފާ ބޭނުންވަނީ މާޔާ އެ މާޒީގެ ހަދާންތަކާ ދުރަށް ދިއުމަށެވެ. އެކަނި ދުނިޔެއާއި ހަނގުރާމަ ކުރުމަކީ ކިހާ އުދަނގޫ ކަމެއްކަން އާރިފާ ރަގަޅަށް ދަނެއެވެ. ވީރާނާ ވެފައިވާ މާޔާގެ ހަޔާތް އަލުން އާބާދުކުރަން އާރިފާ ކިތަންމެ ހާވެސް ބޭނުންވެއެވެ. އެކަމުގެ ކުރިމަގު މިހާރު އާރިފާއަށް ވަނީ ފެންނަށް ފަށައިފައެވެ.

ފާރިލްގެ ސިފައިގައެވެ. ކޮންމެވެސް ގޮތަކުން މިވާހަކަ ފާރިލްއާއި ހިއްސާކުރަން އާރިފާ ބޭނުންވިއެވެ. ދަރިފުޅުގެ އުފަލައްޓަކައި އާދޭސްކުރަންވެސް އާރިފާ ހުރީ ތައްޔާރަށެވެ.

………………………………………………………………………………………………………………………………

ސިޑިން ފައިބައިގެން ތިރިއަށް އައި ނަކީލްގެ ނަޒަރު ހުއްޓިފައިހުރީ ލިވިންގްރޫމްގައި ވާހަކަ ދައްކަން ތިބި މީހުންނަށެވެ. ބޮޑު ތަނަވަސް ލިވިންގްރޫމް ތަރުތީބުކޮށްފައި ހުރި ގޮތުން ވަރަށް ޝާހީވައްތަރު ޖަހައެވެ. ސޯފާގައި  ލިލީ އާއި ވާހަކަ ދައްކަން އިން ނީލް ލޮލުގެ އިޝާރާތުން މަލީސާއަށް ނަކީލް ދައްކާލިއެވެ. ކުޑަ ހިނިތުންވުމެއް ވެރިކުރަމުންނެވެ. މިދުވަސްވަރު އެގޭގައި އެންމެ އޮލަކޮށް ދެކެވޭ ވާހަކައަކީ ނީލްއާއި ލިލީގެ ކައިވެނީގެ ވާހަކައެވެ.

“އަހަން… ނަކީލް… ދަރިފުޅާ މާ ހެދުނަކާ ކޮންތާކަށް ތިދަނީ…” މަލީސާ ކޮރެއާ ބަހުން ބުނެލިއެވެ.

” ތާކަށް ނޫން.. ހަމަ ނިކުމެލީ… ” ނަކީލްވެސް  މަންމައަށް ޖަވާބުދާރީވިއެވެ.

“މާ ރަގަޅަކަށް ނު މިވީ… ހެލްޕް ދޮންބޭ…” ނީލް ނަކީލްއަށް ބަލައިލަމުން އެދުނީ އެމީހުންގެ މަޝްވަރާގައި ބައިވެރިވުމަށެވެ. ހިނިތުންވުމެއް ރައްދުކުރަމުން ނަކީލްވެސް އެންމެނާ ބައިވެރިވެލިއެވެ. އެންމެން މޫނު މަތިން އުފާވެރިކަން ފާޅުވަމުން ދިޔަ އިރު ނަކީލް ވެސް ގަދަކަމުން ހިނިތުންވެލައިހުއްޓެވެ. ނީލް އާއި ލިލީގެ ކައިވެނީގެެ މަޝްވަރާ ތަކާއި ތައްޔާރީތަށް ކުރާނެ ގޮތް ރާވަމުން ދިޔައިރު ނަކީލްއަށް މާޒީގެ ހަދާންތަށް އުދަނގޫ ކުރަމުން ދިޔައެވެ.

ކިތަންމެ ވަރަކަށް މަސައްކަތް ކުރި ކަމުގައި ވިޔަސް ނަކީލް އަށް އެހަދާންތަކާ ދުރަށް ނުދެވުނެވެ. އެހަދާންތަށް ކިތަންމެ ފޮހެލަން ބޭނުންވިއެއް ކަމަކު ނަކީލްގެ ހިތް ވަނީ އެކަމަށް ނުކުޅެދިފައެވެ. އަހަރެން މިހާލުގައި ޖެއްސީ ކީއްވެހެއްޔެވެ. އިންތިހާއަށް ލޯބި ދިނީމަ އެ ލޯބީގެ ބަދަލް މިގޮތަށް ދިނީ ކޮން ކަމެއް އުނި ކުރެވުނީމައި ހެއްޔެވެ. އޭގެ ފަހުން ނުގުޅީވެސް އެއްވެސް ވަރަކަށް ހިތުގައި ރަހުމެއް ނުވާތީ ބާވައެވެ. ނޫނީ އެރު ވީ ލޯތްބަކީ އަވާމެންދުރަކަށް ވީމަހެއްޔެވެ. އެންމެ ފަހަރަކުވެސް ގުޅާތޯ ހާދަ އިންތިޒާރެއް ކުރީމެވެ.

ހިޔާލަކަށް ގެއްލިފައި އިން ނަކީލް އަށް ހޭވެރިކަންވީ މަލީސާގެ އަޑަށެވެ. ނަކީލް މަލީސާއަށް ބަލާލި އިރު މަލީސާގެ ލޮލުން ފެންނަމުން ދިޔައީ އެހެން ކަހަލަ ކުލަވަރެކެވެ.

” ނީލް ގެ ކައިވެނި ނިމުނީމަ މަންމަ ދެން އެންމެ ދެކެން ބޭނުންވަނީ ދަރިފުޅުގެ ކައިވެނި.. ބައްޕަގެ ވެސް އެދުމަކީ އެއީ…”

ނަކީލް ދޭނެ ޖަވާބަަކަށް މަލީސާ އިންތިޒާރު ކުރަމުން ދިޔައީ މިފަހަރު ތަފާތު ނިންމުމެއް އަޑު އިވިދާނެ ކަމަށެވެ.

ވޭތުވެ ދިޔަ ތިން އަހަރުތެރޭ މަލީސާ އާއި ނިހާލް  ނަކީލްއަށް ދިރިއުޅުމާއިގެން ކުރިއަށް ދިޔުމަށް އެތަށް ނަސޭހަތެއް ދީފައިވެއެވެ. ދެލޮލުގެ ކޮއެހެން ބަލައި ބޮޑުކުރި ދަރިފުޅުގެ ހަޔާތް ބަރުބާދުވެގެން ދާތަން ބަލަން ކެތްނުވާތީއެވެ.

“މަންމާ… އަޅުގަނޑު ބޭނުމެއް ނުވޭ އަދި…” ނަކީލްގެ ވާހަކަ މެދުކަނޑާލީ ނިހާލްގެ އަޑަށެވެ.

އޮފީސް ދަތުރު ކުރުކޮށްފައި ގެއަށް އައީ ނީލްގެ ކަައިވެނީގައި ބައިވެރިވުމަށެވެ. ނިހާލްގެ ވެސް އެދުމަކީ ނަކީލް ވީހާވެސް އަވަހަކަށް މީހާކާއި އިނުމެވެ.

” ވަރަށް ގިނަ ވަގުތު ބޭކާރު ކޮށްލައިފީމެއްނު އެއްވެސް ގޮތެއް ފޮތެއް ނެތް އަންހެނެއްގެ ފަހަތުން…” ނިހާލްގެ އަޑުގައިވަނީ ރުޅިވެރިކަމެވެ.

ބައްޕަގެ މިޒާޖަށް އައިސްފައިވާ ކުއްލި ބަދަލާއި ގުޅިގެން އެއްޗެއް ބުނަން އަނގަ ހުޅުވާލި ނާކިލްވެސް ޖެހިލުންވިއެވެ. އިންތަނުން ކޮޅަށް ތެދުވެލައި ބައްޕައާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

ނީލްވެސް އިނީ ވާނުވާ ނޭނގި ހައިރާންވެފައެވެ. ލިލީ ގޮވައިގެން ގެއަށް ލައިދޭން ނިކުތީ މަންމަ މެލީސާގެ އެދުމުގެ މަތީންނެވެ.

” އަހަރުމެއް ކީއްކޮށްގެން ތަ ނަކީލް އަހަރުމެންނަށް ތިގޮތަށް ބަދަލް ދޭންޖެހެނީ… އެންމެ ފުރަތަމަ ވެސް ބައްޕަގެ އެދުމުގައި ކޮޅުފައިން ނުޖެހިނަމަ ތިބުނާ އަންހެނަކާ ހުރެ ތިހާލުގައި ޖެހޭކަށްވެސް ނުޖެހޭނެއެއްނު…ނަކީލް އަކާ ނޫންތަ ވާހަކަ މިދައްކަނީ..” ނަކީލް އެއްވެސް ބަހެއް ނުކިޔައި ދުރަށް ބަލަަހައްޓައިގެން ހުރުމުން ނިހާލް އިތުރަށް ރުޅިގަދަވިއެވެ.

” ބައްޕާ… އަޅުގަނޑު ބޭނުމެއް ނޫން އިތުރަށް އެއްވެސް ކައިވެންޏެއް ކުރާކަށް … އައި ސިމްޕްލީ ޑޯންޓް ވޯންޓް.. ދިސް އިޒް މައި ލައިފް.. ނޮޓް ޔުއަރ ވޭ ޓު އިމްޕްރޫވް ޕްރޮފިޓް އިން ބިޒްނަޒް…” ނަކީލް ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއިރު އެ ދެލޮލުން ނަފްރަތް ހާމަވާން ހުއްޓެވެ.

” ނަކީލް… ތިކިޔޭ އެއް އެބަ އެނގޭތަ..” މެލީސާ ވެސް ހިތްހަމަ ނުޖެހުނެވެ. ނަކީލްގެ ފަރާތުން ދުވަހަކުވެސް މިފަދަ އަމަލެއް ފެނިދާނެކަމަކަށް މެލީސާ އުއްމީދުކޮށްފައި ނުވުމުން ބުނެވުނީވެސް ތަންކޮޅެއް އަޑުހަރުކޮށެވެ.

” އައި ވޯންޓް މެރީ ޖެނީ… މަންމަމެން ތިކަން ހުއްޓާލަން ވެއްޖެއެއްނު… ކޮންމެ ދުވަހަކު އެކައްޗެއް ..އެއް ޓޮޕިކެއް..އައި އެމް ފެޑް އަޕް އޮފް ދިސް…” ނަކީލް ގެ  އެންމެ ފަހު ނިންމުން ނިންމާލި އިރު އެ ދެލޮލުން ފެންނަމުން ދިޔައީ ސާބިތުކަމެވެ.

” ހުއްޓާލާ… ދެން ބޭކާރު ވާހަކަ އެއް އަޑު އަހާކަށް ބޭނުމެއް ނޫން… ނީލްގެ ކައިވެނި ކުރެވޭ ދުވަހު ނަކީލްގެ ކައިވެނި ވެސް ކުރެވޭނެ … އެއްބަސް ވިޔަސް ނުވިޔަސް… ނަކީލް ޖެހޭނީ ޖެނީ އާއި އިންނަން..މީ އަހަރެންގެ އެންމެ ފަހު ނިންމުން..” ނަކީލްގެ މޫނަށް ބަލަހައްޓައިގެން ހުރެ އެންމެ ފަހު ނިންމުން ނިމާލި އިރު ނިހާލް ގެ މޫނުމަތިން ފަތަހައިގެ ކުލަވަރު ފެންނަމުންދިޔައެވެ.

ކިތަންމެ ބޭނުން ނުވިޔަސް ނިހާލް ގެ ނިންމުމާއި ދެކޮޅު ނުހަދާނެ ކަން އެނގޭތީއެވެ. ނިހާލް އެތަނުން ދިޔުމަށް އެޅި ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ނަކީލް ގެ ހުނުމުގެ އަޑަށެވެ.ނިހާލް ގެ ފަހަތުން ހިގަމުން ދިޔަ މެލީސާވެސް ބަލާލީ ކަންބޮޑުވުމާއިއެކުގައެވެ.

” ހައްހައްހެހެހެ… ސޯ… ބައްޕައަށް މުހިއްމީ ލާރި ދޯ… ވީއަރ ނަތިންގް… ނީލްވެސް ލިލީ އާއި ކައިވެނި ކުރުވަނީ ލިލީގެ ބައްޕަގެ އެހީގައި ވިޔަފާރި ފުޅާކުރާކަށް ނޫންތަ… ބައްޕައަށް އަހަރެން ލޯބީގެ ގޮތުން ގުޅުނު މީހަކު ކަމު ނުގޮސް ނީލް ބޭނުން މީހަކު ކަމުދިޔައީ އެހެން ވެއެއް ނޫންތަ.. އެންޑް ޔޫ ވޯންޓް މީ ޓު މެރީ ޖޭން ޖަސްޓް މިކައުސް ފޯ ޕަވަރަ ޑޭޑް.. ދިސް އިޒް ނޮޓް ޑަން… ޔޫ ކެން ފޯސް މީ ޓު މެރީ ހާ… ޑޭޑް ހެޕީ ވާނެއް ނު… ނިމުނީނު..”

ނަކީލް  މަލާމާތުގެ ރާގަކަށް ވާހަކަ ދައްކަމުން ގެންދިޔަ ކަމުގައިވިޔަސް  އެއަޑުގައިވާ ވޭން ރަގަޅަށް ހާމަވާން ހުއްޓެވެ. އަވަސް ފިޔަވަޅުތަކުގައި ބޭރަށް ނިކުމެގެން ދިޔަތަން ބަލަން މެލީސާ އާއި ނިހާލްެއަށް ތިބެވުނީއެވެ.

………………………………………………………………………….

ރޭގަނޑުގެ ވަގުތެވެ. މާޔާ ތައްޔާރުވަމުން ގެންދިޔައީ މިރޭ ފާރިލް އާއި އެއްކޮށް ބޭރަށް ދާން ހަމަޖެހިފައިވާތީއެވެ. ކޮޓަރިން ނިކުންނަމުން އެނދުގައި ނިދާފައި އޮތް ނަތީޤް އަށް ބަލާލީ ލޯބިންނެވެ. ނަތީޤްއަށް ބަލާލެވޭ ކޮންމެ ފަހަރަކު މާޔާގެ ހިތުގައި ފޮރުވިފައިވާ ސޫރަ ތާޒާވެއެވެ. އެއްވެސް ތަފާތެއް ނެތް ކަހަލައެވެ.

މަޑުމަޑުން  ކޮޓަރިން ނިކުމެގެން ހިގާފައި  ސިޓިންްގް ރޫމަށް ނިކުތް މާޔާގެ ފިޔަވަޅުތަށް ހުއްޓުނީ އެކޮޅުން ދައްކަމުން ދިޔަ ވާހަަކައިގެ ސަބަބުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

ދުރުގައިވިޔަސް… 1 ވަނަ ބައި

Next

ހިތް ނުރޮއްވާ…….!!!!!!

Next
April 6, 2017

ހިތް ނުރޮއްވާ…….!!!!!!

Previews
April 6, 2017

ދުރުގައިވިޔަސް… 1 ވަނަ ބައި

3 Comments!

  1. Chum handi says:
    April 6, 2017 at 6:31 pm

    haadhA kuru koh…. when next part… story salhi

  2. shafu says:
    April 6, 2017 at 8:09 pm

    nice………… waiting 4 next part…………

  3. Max says:
    April 7, 2017 at 12:34 pm

    Nice story….

Comments are closed.

Next Episodeދުރުގައިވިޔަސް… (3 ވަނަބއި)←


All Right Reserved!