Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުން އިހުސާސެކޭ 3

Aishasha Level 310 Stories100 Login
April 6, 2017 3 Mins Read
10 Comments

ހުކުރު ދުވަހުގެ ހެނދުނު އަނާނީއަށް ހޭލެވުނު އިރު ތުނިތުނިކޮށް ވާރޭ ވެހެމުންދިޔަ ތަން ކުޑަދޮރުން ފެންނަން ހުއްޓެވެ. ވަރަށް ކަންނެތް ގޮތަކަށް އެނދުން ތެދުވީ، ކޮންމެހެން ތެދުވާ ހިތަކުންނެއް ނޫނެވެ. އަދިވެސް ނިދަން އޭނާ ބޭނުމެވެ. ރޭގައި މާ ދަންވަންދެން ފޯނާ ކުޅެން އޮވެވުމުން، ނިދުނީ ވަރަށް ލަހުންނެވެ. އެހެންކަމުން، އަދިވެސް އެ ދެލޮލުން ނިދީގެ އަސަރު ނުފިލައެވެ. ނަމަވެސް، ހުކުރު ދުވަހަށްވުމުން، ގޭގައި ކުރަން ޖެހޭ މަސައްކަތްތައް ގިނަވާނެއެވެ. އަދި، ލިއުދައްތައާއި އަޒްކާ ހޭލަން ވާއިރަށް ސައި ތައްޔާރު ކުރަންވެސް ޖެހޭނެއެވެ. މީގެ އިތުރަށް، މިއަދަކީ ލިއުދައްތަގެ ފިރިމީހާ ބެންކޮކުން އަންނަ ދުވަހެވެ. އަނާނީއަށް ފައިސަލްބެ އެންމެ ފުރަތަމަ، އަދި އެންމެ ފަހު ފަހަރަށްވެސް ފެނިފައިވަނީ އަނާނީ އަލަށް މާލެ އައި ދުވަހެވެ. ހަމަ އެދުވަހު، ފައިސަލް ބެންކޮކަށް ފުރައިފިއެވެ. އަދި އެކޮޅުގައި 2 މަސްދުވަހުގެ ވޯކްޝޮޕެއްގައި އުޅެފައި އެނބުރި ޤައުމަށް އަންނަން ހަމަޖެހިފައިވަނީ މިއަދު ކަމަށް ލިއުދައްތަ ވަނީ ބުނެފައެވެ. ފައިސަލް އަންނަން ވާއިރަށް، އެގޭގައި ހުހަށް ހުރި ކޮޓަރި ސާފުކޮށް ނިންމަން ޖެހޭނެކަމަށް ވެސް ލިއުޝާ ވަނީ އަނާނީއަށް އަންގައިފައެވެ. ސަބަބަކީ، ފައިސަލް ބެންކޮކުން އަންނާނީ އެކޮޅުގައި ކިޔަވަން ހުރި އޭނާގެ ކޮއްކޮއެއްވެސް ގޮވައިގެން ކަމަށްވާތީއެވެ.

އެދުވަހު މެންދުރަށް ކައްކައި، ގޭތެރެ ފޮޅައި ސާފުކުރުމަށްފަހު، އަނާނީ ދެން ދިޔައީ އެއްކަލަ ހުސް ކޮޓަރި ސާފުކުރާށެވެ. އެކޮޓަރީގެ ތަޅު، ލިއުދައްތަ ދިން ތަޅުދަނޑިއަކުން ހުޅުވައިފައި ވަންއިރު، މުޅި ކޮޓަރިތެރެ ވަނީ ހިރަފުހުން ފުރިފައެވެ. މީން ދުވަހަކުވެސް މީހަކު ވަދެފައި ހުރި ތަނެއް ހެނެއް ހިއެއްނުވެއެވެ. ނަމަވެސް، އެހެން ނިދާ ކޮޓަރިއެކޭ ވެސް އެއްފަދައިން، އެނދާއި އަލަމާރި ފަދަ ފަރުނީޗަރު އެބަހުއްޓެވެ.

އަނާނީއަށް ދެފަރާތަކަށް ބޯހޫރުވައިލެވުނީ، މިތަން ސާފުކޮށް އަވަހަކު ނުނިމޭނެކަން އެނގޭތީއެވެ. މިހާރުވެސް އޭނާ އެހުރީ ވަރުބަލި ވެފައެވެ. ކިތަންމެ ފިނި ދުވަހަކަށްވިޔަސް، އޭނާގެ މޫނުމަތިން ދާތިކިތައް ވިދަން ހުއްޓެވެ.

އެކޮޓަރި ސާފުކޮށް ނިމެން ކައިރިވެފައި ހުއްޓައި، ޖެހިގެން ހުރި އޭނާގެ އަމިއްލަ ކޮޓަރިން ފޯނު ރިންގުވާ އަޑަށް، އަނާނީ ދިޔައީ ގުޅަނީ ކާކުތޯ ބަލައިލާށެވެ. ރީޝާގެ ކޯލެއްކަން އެނގުމުން، އަވަހަށް ފޯނު ނެގިއެވެ.

“ކީއްކުރަނީ؟ މިއަދު ބޭރަށް ދެވޭނެތަ؟ ރޭ ވެސް ނުދަމެންނު.” ރީޝާ ބުންޏެވެ.

“ރޭ ނުދެވުނީ ވިއްސާރަކަމުންނެންނު.” އަނާނީ ހަނދާން ކޮށްދިނެވެ. “މިއަދު ވަރަށް ބިޒީއޭ. މިހާރުވެސް ކޮޓަރިއެއް ސާފުކުރުމުގަ. ލިއުދައްތަގެ ހަޒްބަންޑު އެބައާދެޔޯ މިއަދު އޭނަގެ ކޮއްކޮއެއް ގޮވައިގެން. އޭނަ ހުންނަ ކޮޓަރި މި ސާފުކުރަނީ. ހިއެއް ނުވޭ އެމީހުން އަންނަން ވާއިރަށް ވެސް ނިމޭނެހެނެއް!” މިހެން ބުނިތަނާ ސިޓިންގ ރޫމުން ބަޔަކު ވާހަކަ ދައްކާ އަޑުވެސް އިވެން ފެށިހެން ހީވާން ފެށިއެވެ. “މިހާރުވެސް ނޭނގެ ނާންނަ ކަމެއް. އައި ކެން ހިއާރ ވޮއިސަސް!” ސަމާސާ ރާގަކަށް އަނާނީ އިތުރުކޮށްލިއެވެ. “އިޓްސް ލައިކް ޑީލިންގ ވިތު އަ ޑިޒާޒްޓާ!”

“ހްމްމް، ކޮންމެވެސް ބަހަނާއެއް ދައްކާނެކަން އެނގޭ ގުޅިއިރުވެސް. މިގަޑިއަކު ނޫނޭ ބޭރަށް ދާނީ. މިރޭ އެބޮތް މަގޭ ފްރެންޑެއްގެ ބާތުޑޭ ޕާޓީއެއް. އަނާ ދާންޖެހޭނެ! ނުގޮއްސިއްޔާ ތިގެއަށް ވެސް ދާނަން. މަ ގޮއްސިއްޔާ ލިއުދައްތައާ ދިމާއަށް މާރީތި އެއްޗެއް ނުބުނެވޭނެ އެނގޭ! އޭނަ އަނާ ތިގެންގުޅެނީ ނޯކަރެއް ހެން ވިއްޔަ!” މިފަހަރުވެސް ރީޝާގެ ރުޅިވެރި ބަސްތައް ލިއުޝާއަށް އަމާޒުވިއެވެ. އަދި އެއަށްފަހު، އެ ރުޅިވެރި ރާގު ބަދަލުކޮށް، އެގެއަށް އަންނަން އުޅޭ ފައިސަލްގެ ކޮއްކޮއާ ބެހޭގޮތުން އަހައިލިއެވެ. “ފިރިހެން ކުއްޖެއްތަ؟ ހޮޓު ވާނެދޯ! އަނާ ވާނެ ސެޓުކުރަން މިފަހަރު!”

“ހޫނ، މަށެއް ނޫޅެން!” އެވަގުތު ކުއްލިއަކަށް އަނާނީ ހަނދާންވީ ޔާނިއު މަތިންނެވެ. މިއޮއްހާއިރު، އޭނާ ޔާނިއު މަތިން އެއްވެސް ވަރަކަށް ހަނދާނެއް ނެތެވެ. އެކަމާ އޭނާ ކުޑަކޮށް ހައިރާންވި ނަމަވެސް، އުފާވެސް ވިއެވެ. ސަބަބަކީ، އޭނާ ޔާނިއު ދެކެ ވަނީ ލޯބި ނޫންކަން، އަމިއްލަ ނަފްސަށް ސާބިތުކޮށްދެވުމެވެ. ލޯބިވާ މީހެއް މަތިން ހިނދުކޮޅަކަށް ވެސް ހަނދާން ނެތުމަކީ ވާނެ ކަމެއް ނޫނެވެ.

“ހަހަހަ، އޯކޭ! މިރޭ 8 އަށް ރެޑީ ވާތި! ބާއި!” ފޯނު ކަނޑައިލުމުގެ ކުރިން ރީޝާ ހަނދާންކޮށްދިނެވެ.

އަނާނީ އޭނާގެ ކޮޓަރިން ނުކުތް އިރު، ސިޓިންގ ރޫމުގައި އެއްވެސް މީހަކު ފެންނަން ނެތުމުން ފުންނޭވާއެއް ލެވުނެވެ. “ފައިސަލްބެމެން އަދި ނާދޭ ދޯ ނަސީބަކުން!” މަޑުމަޑުން ބުނެވުނެވެ. އަދި އެއަށްފަހު، ސާފުކުރަން ހުރި ކޮޓަރިއަށް ވަނުމަށްޓަކައި އެތާ ދޮރު ހުޅުވައިލީ، އެ އެނދުގެ ބެޑުޝީޓު ބަދަލުކުރުމުގެ ނިޔަތުގައެވެ. އޭރުން ހުރިހާ ކަމެއް ނިމުނީއެވެ.

ދޮރު ވަކި ހިސާބަކަށް ހުޅުވައިލިތަނާ، އަނާނީ ސިހުނީ ކޮޓަރިތެރޭގައި މީހަކު ހުރުމުންނެވެ. އޭނާ ހުރީވެސް މަތިން ފޭރާމެއް ނުލައި، ހަމައެކަނި ބޮކްސާއެއް ލައިގެނެވެ. އަތުގައި ތުވާއްޔެއްވެސް އޮތެވެ. އަނާނީއަށް އަވަސްއަވަހަކަށް ދޮރުލައްޕައިލެވުނު އިރު، މާނޭވާ ލެވެން ފެށިއެވެ. މި ކުރެވުނީ ކީއްހެއްޔެވެ؟ ފައިސަލްބެމެން އައި ކަން އޭނާއަކަށް ނުވެސް އެނގއެވެ. މިއީ އޭނާ ގަސްދުގައި ކުރި ކަމެއް ނޫނެވެ. މޭގައި އަތް އަޅައިލައިގެން ހުރެ، އަނާނީ އަމިއްލަ ކޮޓަރިއަށް ވަދެ ދޮރުޖެހިއެވެ.

“އޭނައަށް އަހަރެން ފެންނަންވެސް ފެންނާނެ. ހީކުރާނީ ކީކޭބާ!” އަނާނީ އަމިއްލަ ނަފްސާ ހިތާހިތުން ވާހަކަދައްކަން ފެށިއެވެ. “އެކަމަކު އޭނަވެސް ނުޖެހޭނެ ކޮޓަރި ތަޅުނުލާ ހުންނާކަށް! މަގޭ ކުށެއް ނޫން މިއީ! ދެން ރަނގަޅު ލިއުދައްތަމެން ކައިރީ ނުބުނެފިއްޔާ…”

އޭގެފަހުން އެދުވަހު އަނާނީ އިނީ ކޮޓަރިންވެސް ނުކުންނަން ނުކެރިފައެވެ. ނަމަވެސް އިރު އޮއްސެން ކައިރިވެފަ ހުއްޓާ، އަޒްކާ އައިސް އަނާނީގެ ކޮޓަރީގައި ތަޅަން ފެށުމުން، ދޮރު ހުޅުވައިލިތަނާ، ބުށްތަށްޓެއް ހަދައިދޭށޭ ކިޔައި ބޮޑާހާކަން ފެށިއެވެ. އެންމެފަހުން އަނާނީއަށް ޖެހުނީ ކޮޓަރިން ބޭރަށް ނުކުންނާށެވެ.

“ކޮބާ އަޒްކޮ މަންމި؟” ބަދިގެއާ ދިމާއަށް މިސްރާބު ޖަހަމުން، މުޅިގޭތެރެ ރަނގަޅަށް ބަލައިލީ ފައިސަލްގެ ކޮއްކޮ ފެންނަން ހުރިތޯއެވެ. އޭނާ ފެންނަ ހިސާބަށް ދާކަށް އަނާނީއަކަށް ނުކެރޭނެއެވެ. ނަސީބަކުން، ފެންނާކަށް ނެތެވެ.

“ޑެޑީއާ އެއްކޮށް ބޭރަށް ގޮއްސި.” އަނާނީގެ ހެދުމުގައި އެލިގަނެގެން، އޭނާއާ އެއްކޮށް ބަދިގެއަށް ވަންނަމުން އަޒްކާ ޖަވާބުދިނެވެ. އަދި ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން ބުނެލިއެވެ. “އާނ، އަދި ބުނި ލޫކަސް ތިއްތިއަށް ސައި ހަދައްޗޯ!”

“ލޫކަސްއޭ؟” މިހެން އަހައިލެވުން އިރުވެސް އެއީ ކާކުކަން އަނާނީއަށް އެނގެއެވެ. އޭނާގެ މޭތެޅެން ފެށިއެވެ.

“މަށޭ އެއީ.” ފަހަތުން އައި މި އަޑަށް އަނާނީއަށް ބަލައިލެވުނެވެ. އޭރު ލޫކަސް ބަދިގެއަށް ވަދެގެން އަންނަނީއެވެ. އައިސް އަނާނީއާ ދާދި ކައިރީގައި މަޑުކޮށްލިއެވެ. “އަޒްކޯ، ޓީވީން އެބަދައްކާ ޑޯރާ! ދޭބަ ބަލަން. ތިއްތި މިއައީ އަޅުވަދީފަ” އަޒްކާގެ ކޮލުގައި ހިފައިލަމުން ލޫކަސް މިހެން ބުނިތަނާ، އަޒްކާ ހަޅޭއްލަވަމުން ބަދިގެއިން ނުކުމެގެން ދިޔައީ އޭނާގެ ފޭވަރިޓް ކާޓޫން ބަލާހިތުންނެވެ.

އަޒްކާ ދިޔުމުން ލޫކަސް އަނާނީއާ އިތުރަށް ކައިރިވެލިއެވެ. އޭނާގެ މޫނުމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. ނަމަވެސް، އަނާނީ މަސައްކަތް ކުރީ ހަމަޖެހޭށެވެ. ކިތަންމެ ހާސްވެފައި ހުއްޓަސްވެހެވެ. ލޫކަސް މި އުޅެނީ ކީއްކުރަންބާއޭ ހިތަށް އެރިއެވެ. ނަމަވެސް މޫނުމަތިން އެކުލަވަރު ނުދައްކައިވޭތޯ ބަލަމުން، އަޒްކާގެ ބުށްތަށި ހެދުމައިގެން ކުރިއަށް ދިޔައެވެ.

“ސޯ.. އަނާނީ ހްމް؟” ލޫކަސް ވާހަކަ ދައްކަންފެށިއިރު ވެސް އެ މޫނުމަތިން އެ ލާނެތް ހިނިތުންވުން ފިލައިނުދެއެވެ. “ވަޓްސް ދަ ޑީލް ހިއަރ؟ ޔޫ ހޭވް ސީން މައި ބޮޑީ، ވެން ވިލް އައި ސީ ޔޯޒް؟”

“ވަޓް..” ލޫކަސް ހުރެފައި އެ ބުނެލި އެއްޗަކުން އަނާނީއަށް ހީވީ މޫނުމަތީގައި އެތިފަހަރެއް ޖެހިހެނެވެ. އޭނާ ހުރީ އެފަދަ އެއްޗެއް އިވިދާނެ ކަމަކަށް އެއްވެސް ވަރަކަށް ހީކޮށްގެނެއްނޫނެވެ. އޭނާއަށް ހަޤީގަތުގައިވެސް ލިބުނީ ބޮޑު ސިހުމެކެވެ. ލޫކަސްއާ އޭނާ އަސްލު ދިމާމިވީ އަދިކިރިޔާއެވެ. ފުރަތަމަ ދިމާވުމުންވެސް އެފަދަ އެއްޗެއް ބުނަން ކެރުމުން ލޫކަސްއަކީ ހާދަ ގޮތެއް ނެތް މީހެކޭ ހިތަށް އެރިއެވެ. އަދި ރުޅިވެސް އާދެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aishasha

Level 310 Stories100 Login

Other Articles

Previous

ފުން އިހުސާސެކޭ 2

Next

ހިތް ނުރޮއްވާ…….!!!!!!

Next
April 6, 2017

ހިތް ނުރޮއްވާ…….!!!!!!

Previews
April 6, 2017

ފުން އިހުސާސެކޭ 2

10 Comments!

  1. shaff says:
    April 6, 2017 at 10:42 am

    Reethi varah
    Waiting for the next part??

  2. Sumaa says:
    April 6, 2017 at 11:06 am

    Vv rythi ?

  3. YammYoon says:
    April 6, 2017 at 11:08 am

    Nic… Ekm komme parteh vx ehaa kurukoh genesdheny kyvvetha…

  4. Naxy says:
    April 6, 2017 at 12:21 pm

    Nice story…. kon irakun next part…

  5. Maree says:
    April 6, 2017 at 12:26 pm

    vvv reethi mi vaahaka

  6. Kiara says:
    April 6, 2017 at 12:30 pm

    Ahahahah..
    Haadha laaneh sorekey dhw

  7. shafu says:
    April 6, 2017 at 8:44 pm

    wow… when next part….

  8. Dhimra and Yuan shipper says:
    April 6, 2017 at 10:54 pm

    Kon iraku tha prt 4 up kohdheyny..Mi stry v rythi ..My second favorite stry mii..

  9. Dhimra and Yuan shipper says:
    April 6, 2017 at 11:44 pm

    V rythi ..ekam kyve kohme baeh ves maa kuru koh gennany..Pls next prt ga stwry avas koh dhigu koh genes dhehchey..

  10. Aishaaa says:
    April 7, 2017 at 5:17 pm

    Kon irakun anneh bai genes dheny….avas koh dheebaaa…vvvvvvvv reethivaahaka eh..

Comments are closed.

Next Episodeފުން އިހުސާސެކޭ 4←


All Right Reserved!