Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދުރުގައިވިޔަސް… 1 ވަނަ ބައި

writer
April 6, 2017
4 Mins Read
41 Views
7 Comments

އިރު އޭނގެ ވާޖިބް އަދާކުރަމުން ދުނިޔެއާއި އަލްވަދާއު ކިޔަމުންދިޔައީ އަނދިރިކަންވެރިކުރުވަމުންނެވެ. އުނޑުގައި ރަތްވިލާތަކުން އެކިއެކި ޖާދުވީ މަންޒަރު ކުރަހައި ކުލަޖައްސަމުން ދިޔައިރު  ބަލާލެވޭ ކޮންމެ މީހަކަށްވެސް ހިތާ ހިތުން ތައުރީފްކުރެެވި ހިތްހަމަޖެހުން ލިބިގެން ދެއެވެ. މާހައުލަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ދޮންވެލިގަނޑަށް ބީއްސަމުންދިޔަ ކުދިކުދި ރާޅުތަކުން ކުޅެލާ ހިތްގައިމު މިއުޒިކީ އަޑުތަކުންނެވެ. އިރުއޮއްސޭ މަންޒަރުގެ ހިތްގައިމުކަން ތަސައްވުރުކުރަމުން އާއިލާއާއި ރައްޓެހީންނާއި އެކު ވަގުތު ހޭދަކުރުމަށް އައިސްތިބި  އެކިއެކި އުމުރުފުރާރތަކުގެ މީހުންގެ ސަބަބުން އާޓިފިޝަލް ބީޗް ވަނީ ކޮންމެވެސް ވަރަކަށް ހަލަބޮލިވެފައެވެ.

ބީޗަށް އެއްވެފައި ތިބި މީހުންގެތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހޯދަމުން ދިޔައީ މޫދާއި މާދުރުނޫން ހިސާބެއްގައި ދޮންވެލިގަނޑުގައި އިށީންދެލައިގެން އިން މާޔާއެވެ. ލައިގެން ހުރި ކަޅުކުލައިގެ ޖިލްބާބް އާއި އެއާއި ގުޅޭގޮތަށް އަޅާފައިވާ ރަތް ކުލައިގެ ޝޯލްއިން މަޔާގެ ރީތިކަން އިތުރުވެގެންދެއެވެ. އެ ކަޅުކުލައިގެ ހެދުމުގެ ސަބަބުން މާޔާގެ ރީތި ކަމާއި ދޮންކަން އިތުރަށް ހާމަވެގެންދެއެވެ. މޫދާ ދިމާލަށް ނަޒަރު ހުއްޓިފައި ވިއެއް ކަމަކު މާޔާގެ ހިޔާލުތަށް ވަނީ އެ ހިތަގައިމު މާހައުލާއި އެތަކެއް ރާސްތާއެއްގެ ދުުރުގައެވެ. ވަށައިގެންވާ މާހައުލުގައި ވަމުން ދިޔަ ކަންތައް މާޔާއަށް ނޭނގޭ ކަހަލައެވެ.

މާޔާ ހިތާހިތުން ޝަކުވާކުރަމުން ދިޔައީ މާޔާގެ އަމިއްލަ ތަޤްދީރާއި މެދުގައެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވެމުން ދިޔައީ އިންތިހާއަށް މީހަކު ދެކެ ލޯބިވެވުނީތީއެވެ. ލޯބިވުމަކީ ކުށެއް ބާވައޭ މާޔާ ހިތަށް އަރަމުންދިޔައެވެ. ނުވެނު ނަމައެވެ. ނޫނެކެވެ. ދެން ދުވަހަކުވެސް މީހަކު ދެކެ ލޯތްބެއް ނުވާނަމެވެ. މާޔާ ހިތާހިތުން ވާހަކަ ދައްކަމުން ދިޔައިރު ލޮލަށް ކަރުނަ ޖަމާވަމުންދިޔައެވެ. ” އެންމެ ފަހަރަކުވެސް  މައި ހުރިތަނެއް ބަލާލިނަމަވެސް އެނގިދާނެ އެއްނު.. ކުޑަކޮށްވެސް… މަސައްކަތް ކޮށްލިނަމަ…މައި ދެކެ ހަަމަ އެހާވެސް ނަފްރަތު ކުރަންތަ… ނޫނީ ލޯބި ހަމަ ނުވަނީތަ..” އަތުގެ ނުފުށުން މާޔާ ލޮލުން ފައިބަން ފެށި ކަރުނަތަށް ފޮހެލިއެވެ.

މާޔާ ކުއްލިއަކަށް ސިހުނީ ފަހަތުން ކުޑަކުއްޖަކު އައިސް ބައްދައިގަތުމުންނެވެ.

” މަންމީ…” މާޔާ މޫނު މައްޗަށް ހިނިތުން ވުމެއްް ވެރިކުރުވަމުން އެ ކުޑަކުޑަ އަތުގައި ހިފައި މާޔާގެ ތިން އަހަރަށް ދާ ދަރިފުޅު ގެނެސް އުނގުގައި ބޭންދިއެވެ. އެ މައުސޫމް ދެލޮލުން މާޔާއަށް ފެންނަނީ އުފާވެރިކަމެވެ. އެ މޫނު ފެންނަ އިރަށް ހުރިހާ ވޭނެއް ފިލައިގެން ދާކަހަލައެވެ.

“އަހަން..ނަތިއްކޯ… މަންމިގެ ދޫނީ… ކީއްކޮށްފަ ތިއައީ..”  މާޔާ ނުހަނު ލޯބިން ނަތީޤްގެ ބޮލުގައި ފިރުމަައިލަމުން އަހައިލީ ޖޯޝާއި އެކުގައެވެ. އެހެން އެހުމާއި އެކު ހީވީ ހުރިހާ ވާޙަކަ ތަކެއް ހިފަހައްޓައިގެން ހުރި ނަތީޤްއަށް ފުރުސަތު ލިބުނުހެންނެވެ.

” ދިޔައީ އެތާ އެކޮޅަށް.. ވަރަށް މަޖާ މަންމީ.. ކޮއްކި ދިޔައިން ކުޑަކުދިން ބަގީޗާއަށްވެސް…” މާޔާއަށް ނަތީޤްގެ މޫނުގައި ވާ އުފާވެރެިކަމާއި ޖޯޝް ފެނިފައި ހިތްހަމަޖެހުނެވެ.އެއްވެސް ފޫހިކަމެއް ނެތި އެ ވާހަކަަތައް އަޑުއަހަން އިިންނަތާ އިރުކޮޅެއް ވެދާނެއެވެ.

” ދެން ހިނގާ ދޯ ބޭބީ ގެއަށް ދަމާ…” ރޭގަނޑުވެ އަދިރިވާން ފެށުމުން މާޔާ ބުނެލިއެވެ.

“ނޯ…ނޯ މަންމީ.. މާދަން ގެއަށް ދާނީ..” ކުޑަކުޑަ ނަތީޤް ބޮޑާހާކާލިއެވެ. މާޔާއަށް ހެވުނީ ބޭއިހްތިޔާރުގައެވެ. މިހާރު މާޔާގެ ހުރިހާވެސް ކަމަކީ މިކުޑަ ދަރިފުޅެވެ. ބަނަވެފައި ވާ ހަޔާތް އުޖާލާވެ ދިރިހުރުމުގެ ހިތްވަރެއް ގެނުވީ އެކުޑަ ފުރާނައެވެ.

” ދޫނި.. މަންމީ ބުނި ގޮތަށް ހަދަން ވާނެ އެންނު ދޯ..ތީ ބަސް އަހާ ކުޖެއްނު.. އޭރުން މާދަން ދުއްވަން ދެވޭނީ..” ފަހަތުގައި މަޑުކޮށްލައިގެން ހުރި ފާރިލްގެ އަނޑަށް މާޔާ ބަލާލިއެވެ.

ފާރިލް މާޔާއަށް ހިނިތުންވުމެއް ރައްދުކުރުމަށް ފަހު ނަތީޤް އުރާލިއެވެ. މާޔާވެސް  ތެދުވެ ވެލި ފޮޅަމުން ފާރިލްއާއި އެއްވަރަށް ހިގަމުން ގޮސް ކާރުގެ ފަހަތު ސީޓަށް އެރިއެވެ. ކާރަށް އަރާކޮންމެ ފަހަރަކު ނަތީޤްއަށް ހީވާނީ ދެއީދް އެއްފަހަރާ ލައިގެން އުޅޭހެނެވެ.

ކާރު ދުއްވަމުންގެންދިޔަ އިރު ފާރިލްގެ ނަޒަރު ހުއްޓިފައި ހުރީ ފަހަތުގައި ސީޓްގައި އިން މާޔާއަށެވެ. އެއްވެސް ވަރަކަށް މޭކަޕެއް ކޮށްފަިއ ނެތްކަމުގައިވިޔަސް މާޔާގެ ހަން ރީތި ވެފައި އޮމާނެވެ. އެންމެ ލަކުނެއްވެސް ފެންނާނަށް ނެތެވެ. ލިޕްސިޓްކް ބޭނުންކުރެވިފައި ނުވިޔަސް އެ ތުންފަތުގައި ވަނީ މަޑު ފިޔާތޮށި ކުލައިން އިތުރު ފުރިހަމަ ކަމެއް ގެންދެއެވެ. މާޔާގެ ލޫޅާފަތި ހަށީގަނޑުން ކުއްޖަކު ވިހައިފައި ހުރިކަމެއް ބަލާ މީހަކަށް ނޭނގޭނެވެ.މާޔާ ހީވަނީ އަދިވެސް އެންމެ އަށާރަ އަހަރުގެ އަންހެން ކުއްޖެއް ހެންނެވެ.  ދަރިފުޅާ ސަކަރާތް ޖަހަމުން ގެންދާިރު ކޮލަށް އެޅޭ އަނޑިކޮޅުންވެސް މާޔާ އިތުރަށް ރީތިވެގެން ދެއެވެ. މާޔާ ގެ ރީތިކަމާއި މެދު ހިތާހިތުން ތައުރީފްކުރަމުން ދިޔައިރު އެ ތުންފަތުގައި މަޑު ހިނިތުންވުމެއް ދުވެލާފައި ހުއްޓެވެ.

ރޭގަނޑުގެ ވަގުތުކަމުން އުސް އިމާރާތްްތަކުގެ ތަފާތު ކުލަ ކުލައިގެ ބޮކިތަކުން މުޅިތަން ވަނީ ދިއްލާފައެވެ. މަގުތަމީގައި ބާރައް ދުވަމުން ދިޔަ ކާރުތަކާއި އުޅަނދުތަކުން މާހައުލުގެ ހަމަހިމޭންކަން ވަނީ ކެނޑިފައެވެ. ފަޒާތެރޭގައި ފިނިކަމުން އެހާ ގިނަ ބަޔަކު ބޭރުގައި ފައިމަގުގައި އުޅޭތަނެއް ނުފެނެއެވެ. އިމާރާތުގެ 45 ވަނަ ފްލޯގެ ބެލްކަނީގައި  ހުރި ޒުވާނާގެ ނަޒަރު ވަނީ މަގުމައްޗަށް ހުއްޓާލެވިފައެވެ. ކަޅުކުލައިގެ ލެދަރ ކޯޓާއި ގަދަ ނޫކުލައިގެ ޖީންސް ގައި ހުރިއިރު ހީވަނީ މޮޑެލްކުރާ މީހެއް ހެނެވެ. ލިބިފައިވާ ފަން އިސްތަށިގަނޑު ކުޑަކޮށް ދިގުކޮށްފައި ނިތްމައްޗަށް ދޫކޮށްލެވިފައިވާ ގޮތުން އެ ދޮން މޫނަށް އިތުރަށް ރީތިކަން ގެނެސްދެއެވެ. ބާމަތިފުޅާވެފައި ލިބިފައިވާ އާދައިގެ އިސްކޮޅެއްގެ ސަބަބުން ފިރިހެންވަންތަކަން އިތުރުވެގެންދއެވެ.  ބޭރަށް ނަޒަރު ހިންގާލައިގެން ހުރި އިރު އަތުގައި ހުރި ކޮފީތަށިން ފަހަރަކު ކޯވަރެއް ބޮމުން ދިޔައެވެ.

” ނަކީލް… ދިސް އިޒް ރިއަލީ ކޯލްޑް… ގެޓް އިން ބްރޯ…” މިހާ ފިނި އެރެއްގައި ވެސް ބޭރުގައި ނަކީލް ހުރިތަން ފެނިފައި ނީލް ކަންބޮޑުވިއެވެ.

މިއޮށް ފިނީގައި ބޭރަށް ނިކުންނަން ބޭނުން ނުވިއެއްކަމަކު ނީލް ލޯބިވާ ބޭބޭއަށް ޓަކައި ނިތުވެ. ހިޔާލަކަށް ގެއްލިފައި ހުރި ނަކީލްއަށް ހޭވެރިކަންވީ ނީލް ކޮނޑުގައި އަތްބޭވުމުންނެވެ.

” ވައި ޑިޑް ޔޫ ކަމް އައުޓް.. ފިނި ވާނެއޭ.. ” ނަކީލް އަވަހަށް އެތެރެއަށް ވަންނަން ހިގައިގަތީ ނީލްގެ ގޮތް އެނގޭތީއެވެ.
” އޯހް..  ދޮންބެއަށް ފިންޏެއް ނުވާނެތަދެން.. ހަމައެކަނި ނީލްއަކަށް ނޫނެއް ނު ވާނީ..” ނީލް ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައެވެ.

” އެހާ ފިންޏެއް ނޫނޭ ބޭރު..” ނަކީލްވެސް އަމިއްލަ ދިފާއުގައި ބުނެލީ ނީލް ހަމައަކަށް އެޅުވުމަށްޓަކައެވެ.

“ދޮންބެ.. ނީލް އަކީ މިހާރު ބޭބީ އެއްނު.. ދެ ހަޕްތާ ފަހުން ނީލްގެ ވެޑިން އޮތީ…ވިންޓަރ އަންނަން އުޅެނީ..އެވަރު ނީލް އަަށް ނޭނގޭނެ ކަމަށް ތަ ދޮންބެ ހީކުރީ..” ނޭވާއެއް ދޫކޮށްލަމުން ނީލް ބުނެލީ ނަކީލް އަށް ދޫދޭން ބޭނުންނުވާތީއެވެ.

“ހެހެހެހެ… ކޮއްކޮ ބޮޑުވެއްޖެދޯ…ބޭބެއަކަށް ނުވެސް އެނގުނު..”  ނަކީލް ހެމުން މާހައުލުގައި އޮތް ސީރިއަސް ކަން ކަޑުވަން މަސައްކަތްކުރިއެވެ.

“ދޮންބޭ… ނީލް އަށް ހުރިހާ އެއްޗެއްވެސް އެނގޭ.. ބޭބެ ތިހާ ޗޭންޖް ވީ ކީއްވެކަންވެސް އެނގޭ.. ހީހީފަ ފޮރުވަން އުޅޭ ހުރިހާ ސިއްރެއްވެސް އެނގޭ.. އަމިއްލަ ނަފްސަށް ތިގޮތަށް އަނިޔާ ދޭކަށް ނުވާނެ ދޮންބޭ..ބޭވަފާތެރިވި މީހާކަށް ޓަކައި ކީއްކުރަން ދޮންބޭ..” ނީލް ހިތުގައި ފޮރުވައިގެން ހުރި ވާހަކަތަށް ނަކީލްއާއި ހިއްސާކޮށްލީ މިފަދަ ކަންތަކަކާއި ހުރެ އުދަނގޫވާތީއެވެ. ލޯބިވާ ބޭބޭ މިހާލުގައި އުޅޭތަން ބަލަން ބޭނުން ނުވާތީއެވެ.  ނަކީލް ހިނގާފައިގޮސް ކުޑަދޮރުން ބޭރުބަލަން މަޑުކޮށްލީ ނީލްއާއި ކުރިމަތިލާން ބޭނުން ނުވާތީއެވެ.

” ދޮންބެ ހަމަ ކުއްލިއަކަށް ހުރެލާފަ ކޮރެއާއަށް ބަދަލްވާން ނިންމީވެސް އެހަދާންތަކާ ދުރުވާކަށް ނޫންތަ..” ނީލް އިތުރު ސުވާލްތަށް ކުރިމަތިކުރުވަމުންދިޔައެވެ.

ނީލް އާއި ނަކީލް އަކީ ކޮރެއާގެ ވަރަށް މުއްސަދި ފިރިހެނަކާއި ޗައިނާގެ މުއްސަދި އަންހެނަކަށް ލިބިފައިވާ ދެކުދީންނެވެ. ކުރިން ދިރިއުޅެމުން ގެންދިޔައީ ޗައިނާގެ ވަރަށް ހިތްގައިމު ސަރަހައްދެއްގައެވެ. ނީލް އަށް ބޮޑަށް މަންމަ ފަަރާތުގެ ސިފަތަށް ވާރުތަވެފައި ވާއިރު ނާކީލްއާށް ވާރުތަ ވެފައިވަނީ ބައްޕަގެ ސިފަތަކެވެ. އެހެންކަމުން ގިނަބައެއްގެ ސަމާލުކަމަށް ނަކީލް ވެގެންދެއެވެ. ރީތިކަމުން އެތަށް އަންހެން ކުދިންނެއް އެދިއެދިތިބެއެވެ.

“ދޮންބޭ.. މޫވް އޮން ކުރަން ވީނު..” ނީލް ވެސް ކުޑަދޮރުކައިރީ ހުއްޓެމުން  ނަކީލްއާއި ދިމާލަށް ބަލައިލިއެވެ.” ދޮންބެ އަދިވެސް ލޯބިވޭ ދޯ ފަހަރި ދެކެ..” ނީލް ގެ މި ސުވާލުން ނަކީލް ކޮޮންމެވެސް ވަރަކަށް ސިހުނެވެ. ނަކީލްއަށް ނީލްއާއި ދިމާލަށް ބަލާއިލެވުނީ ބޭއިހްތިޔާރުގައެވެ.

” ނޭނގެ އެއްނު އޭނަ މިހާރު މީހާކާ ނީންނަ ކަމެއްވެސް… އޭރުވެސް އުޅުނީ..” ނީލްގެ ވާޙަކަތަށް ހުއްޓާލީ ނާކިލްގެ އަނޑަށެވެ.

“ހުއްޓާލާ ނީލް.. އައިވޯންޓް ޓު ބީ އެލޯން..ޕްލީޒް..” ނަކީލް ގެ އެދުމުގެ މަތިން ނީލް ކޮޓަރިން ނިކުމެގެން ދިޔައެވެ.

އަދިވެސް ނަކީލް ގެ ހިތް އެދިގޮވަމުން ދިޔައީ އެ ހިތުގެ ވެރިޔާއަށެވެ. ކިތަންމެ ވަރަކށް ހިތްދަތިކަން ދީފައި ދިޔަނަމަވެސް މެއެވެ. ޝަކުވާ ކުރެވި ނަޕްރަތުކުރެވެނީ ނަކީލް ވި ލޯބީގައި ކޮޅުފައި ޖެހީތީއެވެ.  ދުވަހަކުވެސް މާފެއް ނުކުރާނަމެވެ.

 

11
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

writer

Other Articles

Previous

ހިތް ނުރޮއްވާ…….!!!!!!

Next

ދުރުގައިވިޔަސް… 2 ވަަނަ ބައި

Next
April 6, 2017

ދުރުގައިވިޔަސް… 2 ވަަނަ ބައި

Previews
April 6, 2017

ހިތް ނުރޮއްވާ…….!!!!!!

7 Comments

  1. Liu says:
    April 6, 2017 at 5:51 pm

    Keeveatha alun feanty..nimaali husaabu feashi nama dhw..mihaaru nimifa oh hisaabun kiyaalan varan beynun veafa mi huree..

    1. Liu says:
      April 6, 2017 at 5:52 pm

      Sory..hisaabu

    2. writer says:
      April 6, 2017 at 6:04 pm

      vaahaka alun mifeshy kiyuntheriyehge edhilehvuma… thankyou for reading 🙂

  2. fathun says:
    April 6, 2017 at 5:57 pm

    mifaharu hutanula nimendhen genedheyne kama hykuran

    1. writer says:
      April 6, 2017 at 6:05 pm

      In Sha Allah

  3. sham says:
    April 6, 2017 at 11:15 pm

    vvvv ves furihama

  4. ކަޔާ says:
    September 29, 2017 at 6:52 pm

    ވަރަށް ރީތީ މި ވާހަކަ

Comments are closed.

All Right Reserved!