Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފުން ލޯބި (31)

Mimmi ❤️ Level 410 Stories500 Comments100 Comments1K Comments
April 16, 2017 6 Mins Read
78 Comments

*** ތިން އަހަރު ފަސް***

 

އަހަރެންގެވެސް ކިޔެވުން ނިމި އިންތިޒާރު ކުރެވުމުން ދިޔައީ ގުރެޖްއޭޝަންއަށްށެވެ. ރާއްޖެ ދެވޭތީ އަހަރެން ހުރީ ނުހަނުއުފާ ވެފައެވެ. ހައިކަލްގެ ހަބަރެއް ނުވާތާ މިހާރު ތިން ދުވަސް ވަނީއެވެ. އަހަރެން މެސެޖް ކުރިޔަސް ރިޕްލައިވެސް ކުރަނީކީ ނޫނެވެ. ޒައިން ކައިރީ އަހާލުމުން ބުނީ ހައިކް މާ ބިޒީ ކަމަށް ވެދާނެކަމަށެވެ. އެހެން ކަމުން މާ ބޮޑަށް ހައިކަލްއަށް އުނދަގޫ ނުކޮއް އަހަރެންވެސް ކެތްކޮއްލައިގެން ހުރީ ރާއްޖެ ދެވެން ދެކަށެވެ. އޭރުން ކުރިމަތީ ހުރެ ހިތުގަ ހުރި ހުރިހާ ޝަކުވާއެއް ކޮއްލެވޭނެތީއެވެ. މިހާރު ހައިކަލް ނުފެންނަ ތާ ފަސް އަހަރުވީއެވެ. ފަހުން އައި ދެ ޗުއްޓީގަވެސް ބައްޕަ އަހަރެން އެކަނި ދާންޖެހޭތީ ނުފޮނުވީއެވެ. އަހަރެންވެސް މާ ބޮޑު ޝަކުވާއެއް ނުކޮއް ކެތް ކޮއްލައިިގެން ހުރީ ކިޔެވުން ނިމެންދެކަށެވެ. ހިތްހަމަ ޖެހޭ ފަދަ މޮޅު ނަތީޖާއަކާއެކު އަހަރެން ކޯސްނިންމާލީ މަންމައާ ބައްޕަ ފަހުރުވެރި ވާނެ ފަދަ މޮޅު ޑޮކްޓަރއަކަށް ވެެގެންނެވެ. އެންމެ ފަހުން އަހަރެން އިންތިޒާރު ކުރަމުން އައި ގްރެޖްއޭޝަން ނައިޓްވެސް އައިސްފިއެވެ. ސްޓޭޖްމަތިން ސެޓްފިކެޓް ހިފައިގެން ފޭބީ މަންމައާ ބައްޕަގެ މޫނުމަތިން އުފާވެރިކަން ގެނެސްދެމުންނެވެ. މަންމައާ ބައްޕަ ބޭނުންވާ ކަހަލަ މޮޅު ކުއްޖަކަށް ވެވުނީ އެތަކެއް ރެޔެއްގެ ނިދި ނަގާލާ އަހަރެން ކުރި ބުރަ މަސެއްކަތުންނެވެ. ކުރި ބުރަމަސެއްކަތުގެ ފޮނިކަން މިރޭ އަހަރެންނަށް އިހްސާސްކޮއްލެވިއްޖެއެވެ.

” ވީއާ ސޯ ޕްރައުޑް އޮފް ޔޫ ބޭބީ ގާލް..” ހަފްލާ ނިންމާލާފަ ކާރަށް އަރަން ދަމުން ބައްޕަ އަހަރެން ބޮލުގަ ފިރުމާލާފަ ބުނެލިއެވެ. ގެޔަށް ދެވުނު އިރު އަހަރެން ހުރީ ކުޑަކޮއް ނިދި އަންނަގޮތްވެފައެވެ. ގޭގެ ދޮރުހުޅާލިއިރު މުޅިގޭތެރެ އަނދިރިކޮއް އޮތުމުން އަހަރެން ހައިރާންްވެފަ މަންމައަތު ބާރަށް ހިފާލީމެވެ. ލޮލުގެ ފެނުން ގެއްލިގެން އުޅުނު ހާލު ހިތައްއަރާފަ  މިހާރުވެސް އަނދިރިކަންދެކެ ކޮންމެވެސް ވަރަކަށް ޖެހިލުންވެއެވެ.

” ކަރަންޓް ނެތީތަ.. އެކަމް އެހެން ގޭގޭގަ އެބައޮތެއްނު ކަރަންޓް.. ޒާމެން މީހަކުވެސް ނޫޅެނީތަ..” އަހަރެން އެހެން ބުނަމުން އަތުގަ އޮތް ފޯނުން އަލިކޮއްލަން ހަދާލިތަނާ މުޅި ސިޓިންރޫމް އަލިވެގެން ދިޔައެވެ.

” ސަޕްރައިސް..” އެންމެން އެއް އަޑުން ކިޔާލިއެވެ.

ސިޓިންގް ރޫމް ފާރުގަ ރަން ކުލައިގެ އަކުރުން ވެލްކަމް ޑރ.ޔަލްވީ ޖަހާފައިނެވެ. މުޅިތަން ޒީނަތްތެރި ކުރެވިފަ ވަނީ ކަޅާ ރަން ކުލައިގެ ހަންތަކުންނެވެ. ސިޓިންގް ރޫމް ޓޭބަލް މަތި ފަޅުފިލުވާލާފަ ވަނީ ބޮޑު ކޭކަކުންނެވެ. ފަސް ހަފޮތް މަތި މައްޗައް އިންނަގޮތުން ހަދާފަ އިން ވަރަށް ރީތި ކޭކެވެ. ކޭކު މަތީގަ ވީއާ  ސޯ ޕްރައުޑް އޮފް ޔޫ ޖަހާލާފައިނެވެ.

 

” އަޅޭ… އައި ލަވް ދަ ސަޕްރައިސް..” އުފަލުން ހުރެ އަަހަރެން ބުނެލީމެވެ.

” ޒައިން އެންޑް އައިޝާ.. ކޮބާ ހައިކް.. އޭރުވެސް ހިތަށް އެރިޔޭ ޔަލްއަށް ސަޕްރައިސްދޭން ހައިކް އަންނާނޭ..” ޒައިންއާ އައިޝާ ފުނުމުން އުފަލުން ހުރެ ހައިކަލްގެ ވާހަކަ އަހާލީ ހައިކަލް އައި ކަމަށް ހީކޮއްށެވެ. ނަމަވެސް ހައިކަލްގެ ވާހަކަ ބުނުމުން  ޒައިންގެ މޫނުމަތީގަ ވީ ހިނިތުންވުން ބަދަލުވިތަން ކިތަންމެ ރީއްޗައްވެސް އަހަރެންނަށް ފާހަގަވިއެވެ.

 

” ޔަލް..  ހައިކް ނާދޭ.. ޔަލް ތިއުޅެނީ ޓޫ ޑޭސް ތެރޭ ފުރާކަށްނު..” ޒައިން އަހަރެން ކައިރިޔަށް ޖެހިލަމުން ބުނެލިއެވެ. ޒައިންގެ މޫނު މަތިން ފެންނަ ކުލަތަކުން ކޮންމެވެސް ކަމެއް ސިއްރުކުރާކަމުގެ އިހްސާސް ކުރެވުނެވެ. ނަމަވެސް ދެދުވަސް ތެރޭ ހައިކަލްއާ ދިމާވާނެތީ ހިތުގަވި ޝަކުވާތަކުގެ މައްޗައް ހިނިތުންވުން އިސްކުރީމެވެ. އެންމެން އެކީގަ ސަކަރާތް ޖަހާ މަޖާ ކުރަން އެތައް އިރަކު ތިބީމެވެ. އަހަރެން ނިދަން ވަދެފަ ފޯނު ބަލާލީ ހައިކަލްގެ މެސެޖެއް ލިބިފަ އިންނާނެ ކަމަށެވެ. ނަމަވެސް ކޮންގްރެޓްސްގެ ހިސާބުވެސް ކިޔާލާފަ ނެތުމުން ހިތުގަ ޖެހުނެވެ. ވައިބާރ އިން ހައިކަލްއަށް ގުޅާލީމެވެ.

” ހައިކްް.. އިނގޭތަ މިރޭ މީ ކޮން ރެޔެއްކަން.. ދެމީހުން އެންމެ އިންތިޒާރު ކުރަމުން އައި ރޭ.. ފައިނަލީ ޔަލް ކިޔަވާ ނިމިގެން ހައިކް ކަހަލަ ޑޮކްއަކަށް ވީ.. އެންމެ ފަހުން ދިމާވި ދުވަހު  ބުނީމެއްނު ބަސް އަހައިގެން މޮޅަށް ކިޔަވައިގެން އެނބުރި ހައިކް ކައިރިޔަށް އަންނާށެ… އިން ޝާ ﷲ ވަރަށް އަވަހަށް ހައިކް ކައިރިޔަށް ދާނަން.. ޔަލް ދިޔައިމަ ތިހެން ބިޒީކޮއް ޓައިމް ނުދީ ނޫޅެވޭނެ އިނގޭ.. ސޯ މިހާރު ދެން ބިޒީވެގެން އުޅޭ.. މިސިންގް ޔޫ ސޯ ބޭޑްލީ..”  ތިން ފަހަރު ގުޅި އިރުވެސް ފޯނު ނުނެގުމުން ހައިކްއަށް މެސެޖްކޮއްލީމެވެ.

” އައި އޭމް ބިޒީ.. ވިލް ކޯލް ޔޫ ޓްމޯރޯ..” އެޔަށް ލޯބިން މެސެޖް ކޮއްލީމަވެސް ހައިކަލްއަށް ރިޕްލައި ކުރަން އިނގުނު ގޮތަކީ މީހެއްޔެވެ. އަހަރެންނަށް ދެރަވެގެން ރޮވުނެވެ. އެންމެ ފަހުންރޭ ޑައިނަމޯގަ އިނދެ ކިޔަވާށޭ ކިޔާފަ ހައިކް ދެއްކި ވާހަކަތައް ހަނދާންވިއެވެ. އެރޭވީ ދެމީހުން އެކުގަ ހޭދަކުރި އުފާވެރި ވަގުތުތައް އިއްޔެ ވީ ކަމެއްހެން ލޮލު ކުރިމަތިން ސިފަވަމުން ދިޔައެވެ. ކުއްލިޔަކަށް ސިއްސައިގެން ދިޔައީ ފޯނު ރިންގްވާ އަޑަށެވެ. އޭރު ވައިބާރއިން ޔާނު ގުޅަނީއެވެ. އެއީ އަބަދުވެސް ޔާނުގެ އާދައެވެ. އަހަރެންގެ ރިޕްލައިއެއް ނުލިބޭއިރުވެސް ހުއްޓުމެއްނެތި ކޮންމެ ދުވަހަކު އެތަށް މެސެޖެއް ޔާނު މި ވޭތުވެދިޔަ ފަސް އަހަރުތެރޭގަ ކުރިއެވެ. އޭގެން އެއްވެސް މެސެޖަކަށް އަހަރެންް ރިޕްލައިއެއް ނުކުރަމެވެ. ސީން އަރުވާފަ އިގްނޯ ކޮއްލަނީއެވެ. ނަމަވެސް މިރޭ ދެރަވެފަ ހުރި ވަރުން އަހަރެން ފޯނު ނެގީމެވެ.

” ހަލޯ ޔަލް.. ” ފޯނު ނެގުމާއެކު ޔާނު ބުނެލިއެވެ.

އަހަރެން ވާހަކަ ދެއްކި ގޮތުން ޔާނުއަށް އަހަރެން ރޮނީކަން ފާހަގަވާކަށް މާ ގިނައިރުތަކެއް ނުނެގިއެވެ.

” ޔަލް..” ބޭރުން ޒައިން ގޮވާ އަޑަށް އަހަރެން ގޮސް ދޮރުހުޅުވާލީމެވެ.

ދޮރު ކުރިމަތީ ހުރި ޔާނު ފެނިފަ އަހަރެން ހައިރާންވިއެވެ. ޔާނު މިގަޑީ މިތަނަށް އައީ ކިހިނެއްބާއޭ ހިތަައްއެރިއެވެ.

” އާދެބަ ސިޓިންގް ރޫމަށް..” ޔާނު އަހަރެން އަތުގަ ހިފައިގެން ސިޓިން ރޫމަށް ދިޔައެވެެ. އޭރު ޒައިންއާ އައިޝާ އުޅެނީ ބަދިގޭގަ ކޮންމެވެސް އެއްޗެއް ކައްކާށެވެ.

” ޔަލް އައި ނޯ ޔަލް މި ހުރިހާ ދުވަހު އަހަރެން ތި އިގްނޯ ކުރަނީ އަހަރެންނަށްްކުރެވުނު ކުށުގެ ސަބަބުންކަން.. އެކަމާ އެއްވެސް ޝަކުވާއެއްވެސް ނެތް..” ޔާނު ވާހަކަ ދެއްކިއެވެ.

” ކީއްވެ ތި ރޮނީ.. ހައިކް އެއްޗެކޭ ބުނީތަ..” ޔާނު ފުން ނަޒަރަކުން އަހަރެންްގެ ލޮަލަށް ބަލާލަމުން ސުވާލުކޮއްލިއެވެެ. އަހަރެންނަށް ބޭއިހްތިޔާރުގަ ރޮވިއްޖެއެވެެ.

” ޔަލް ނުރޮއެ ވެގެން އުޅޭގޮތް ކިޔާދީބަ..” ޔާނު އަހަރެންގެ ކަރުނަ ފޮހެލަ ދެމުން ބުނެލިއެވެެ. އެ އޯގާތެރިކަމަށް އަހަރެންގެ ހިތް އެދެމުން ދިޔައެވެ.

އިހްތިޔާރަކާ ނުލާ ހިތުގަ ވީ ޝަކުވާތަށް ޔާނު ކުރިމަތީ ބަންޑުން ކޮއްލީމެވެ. ޔާނު އަހަރެންގެ ހުރިހާާ ވާހަކައެއް އަޑުއަހަން އިންއިރު އެ މޫނުމަތިން އެއްވެސް ކަހަލަ ހައިރާންކަމެއް ނުވެެއެވެ. ހީވަނީ ޔާނުއަށް މާކުރިން އެކަން އިނގިފަ ވާހެންްނެވެ. ޔާނު އަހަރެންނަށް އެތައް ގޮތަކުން ހިތްވަރުދީ ހެދިއެވެ. މާލެ ދެވެން ދެން މާގިނަ ދުވަސް ނެތުމުން އަހަރެންވެސް ހިތްހަމަ ޖައްސާލައިގެން ހުންނަން ނިންމީމެވެ.

” ބައިދަވޭ ޔާނު ކޮންއިރަކު އައީ..” އަހަރެންނަށް ފުރަތަމަ ކުރަން ޖެހޭ ސުވާލު ކޮއްލެވުނީ އެންމެ ފަހުންނެވެ.

” ޒައިންމިނާއެކު އައީ.. ޒައިންއާ އައިޝާއާވެސް އުޅެނީ އަހަރުމެންގޭގަ.. އެމީހުން ޔަލްގެ ގުރެޖްއޭޝަންއަށް ސަޕްރައިސްދޭން އަންނަވެގެން އަހަރެން ކައިރީވެސް ބުނީ.. ދެން ހިތައްއެރީ ޔަލް ދެކިލަން ގޮސްލާނީއޭ.. އެކަމް އިނގޭ ދިޔަސް ޔަލް އަހަރެންދެކެ ފޫހިވެފަކަން ހުންނާނީ.. އަހަރެން ފެނިއްޖިއްޔާ ޔަލް މޫޑް އޮފްވާނެކަން.. އެހެންވެ ޔަލްއަށް ނުފެނި މިރޭވެސް އުޅުނީ.. ދެން ދެންމެ ފޯނު ނަގާފަ ވާހަކަ ދެއްކިގޮތުން އިނގިއްޖެ ޔަލްއަށް ކޮންމެވެސް ކަމެއްވީ ކަން.. ” ޔާނު ކިޔާދިނެވެ.

” ތެންކް ޔޫ ސޯ މަޗް..” ޔާނުއަށް ބަލާލާފަ ހިނިތުންވެލަމުން ބުނެލީމެވެ.

” ވެއިޓް.. ޒައިން އުޅެނީ ޔާނު މެންގޭގައޭ.. ކީއްވެ ހައިކްމެންގޭގަ ނޫޅެނީ.. އަނެއްކާ މައްސަލައެެއް ޖެހުނީތަ… އެހެންވެތަ މިރޭ ހައިކްގެ ވާހަަކަ އެހީމަ ޒައިން ފާޑަކަށް ހުރީ..” އަހަރެން ހިތުގަ އުފެދުނު ހުރިހާ ސުވާލެއް ކޮއްލީމެވެ.

” ނޫން އެއީ ހައިކްމެންގޭ ފެމިލީ ބައެއް އައިސް އުޅޭތީ ވިވަގުތަށް ޔާނުމެންގެޔަށް ޗޭންޖްވެލީ.. ” އަހަރެންގެ ސުވާލަށް ޖަވާބުދިނީ ބަދިގެއިން ނިކުމެގެން އައި ޒައިންއެވެ.

” އޯހް.. އެހެންތަ..” އަހަރެން ބުނެލީމެވެ. ޒައިންމިނާ ވާހަކަ ދައްކަން އިރުުކޮޅަކު މަޑުކޮއްލުމަށް ފަހު ދިޔައީ ނިދާށެވެ. ޔާނުއާ ހިތުގަ ހުރި ޝަކުވާތައް ޝެއާކޮއްލެވުނީމަ އަހަރެން ހުރީ ހިތްހަމަޖެހިފައެވެ. ދުވަހެއް ދުވަހަކަށް އަހަރެންނާ ޔާނުގެ ގުޅުންވެސް ދިޔައީ ރަނގަޅު ވަމުންނެވެ. ޒައިންމިނާއެކު މަޖާކޮއް އުޅެން ފެށުމުން ދެދުވަސް ފާއިތުވިގޮތްވެސް އަހަރެންނަށް ނޭންގުނެވެ.

ފުރާ ދުވަސް ޖެހުމުން އަހަރެން ހުރީ ނުލާހިކް އުފާވެފައެވެ. ހައިކަލް ދެކޭ ހިތުން މިހާރު ކެތްކުރެވެނީކީވެސް ނޫނެވެ. ފްލައިޓްގަ އިން އިރުވެސް އަހަރެން އިނީ ލަވައެއް ޖަހާލައިގެން ހައިކަލްގެ ހަނދާންތަކަށް ގެއްލިފައެވެ. ދެމީހުންގެ އެކުގަ ހޭދަ ކުރެވިފައިވާ ދުވަސްތައް ހަނދާންއާ ކުރަމުން އަހަރެން ދިޔައީމެވެ. އެހެނަސް އަހަރެންގެ ހިތުގަ ރިއްސާލީ ފަހަކަށް އައިސް ހައިކަލް އަހަރެންނާ ދޭތެރޭ ކަންކުރަމުން އަންނަ ގޮތް ވިސްނާލާފައެވެ. ފޯނުން ކުރިން ހައިކަލް ކޮއްފަ ހުރި މެސެޖް ތަކާ މިހާރު ކުރާ މެސެޖްތައް އަޅާކިޔާލެވުނެވެ. އަހަރެންދެކެ ލޯބިވާ ކަމަށް ދުވާލަކު އެތައް ފަހަރަކު ބުނަމުން އައި ހައިކަލް މިހާރު އެހެން ބުނި ދުވަހެއްވެސް އަހަރެން ހަނދާންނެތެވެ.

މީހުން އެބުނަނީ ތެދެއްޔެވެ؟ ލޯބީގެ ފޮނި މީރުކަން އިހްސާސް ކުރެވޭނީ ފުރަތަމަ ދުވަސްކޮޅުގަ ހެއްޔެވެ؟ ގިނަ ދުވަސް ވާ ވަރަކަށް ކޮންމެ މީހަކުވެސް ބަދަލްވާނެއޭ ބުނާ އަޑު އިވެއެވެ. ނަމަވެސް އެއީ އަހަރެން ގަބޫލު ކުރާ ހަގީގަތެއް ނޫނެވެ. ލޯބިވަންޔާ ކިތަންމެ ގިނަ ދުވަސް ވިޔަސް ބަދަލުވުމެއްނެތި ދެމީހުނަށް ފުރަތަަމަ އުޅުނުހެން ލޯބިން އުޅެވިދާނެއެވެ.

އެކަމް އަހަރެންނަށް ގޮތް ނިންމަން ނޭންގުނީ ހައިކަލްގެ ބަދަލްވަމުން  ގޮސްފަވާ މިޒާޖާ މެދުގައެވެ.

 

ޓްރޮލީތައް ހިފައިގެން ބޭރަށް ނިކުތް އިރު އައިޝާ ހުރީ ޒައިން އަތުގަ ހިފާލާއިގެންނެވެ. އެހެން ކަމުން އަހަރެންވެސް މަންމައާ ޔާނުއާ ދެމީހުނާ އެއްވަރަށް ހިނގާފަ ބޭރަށް ނިކުތީމެވެ.  އަހަރެންގެ ފިޔަވަޅު ހުއްޓުނީ ބޭރު ގޮނޑިބަރީގަ އިނށީންދެލައިގެން އިން ހައިކަލް ފެނިފައެވެ. އަހަރެން ފެނުމުން ހައިކަލްވެސް ކޮޅަށް ތެދުވިއެވެ. އެއް ފަހަރު އަހަރެންނަށް އަނެއްފަހަރު ޔާނުއަށް ބަލާލިއެވެ. އަހަރެންނާއެކު ޔާނު  ފެނުމުން ހައިކަލްގެ ހިތަށް އެތަށް ސުވާލް ތަކެއް ފުނިޖެހޭނެކަން އިނގެއެވެ. އަނެއްކާ ހައިކަލް އަހަރެންދެކެ ރުޅި އަންނާނެ ހެއްޔެވެ. ހައިކަލް އަހަރެންނަށް ވަގުތު ނުދެންޔާ ހައިކަލް އާ އަހަރެން ކަންކަން ޝެއާ ކުރާނީވެސް ކިހިނެތްހެއްޔެވެ؟

” ޔަލް އެންޑް ޔާނު…” ހައިކަލް ހައިރާންވެގެން ބަލަން ހުރެ ބުނެލިއެވެ.

“ނަން އޮފް ޔުއާ ބިޒްނަސް ތިއްތި.. ޖަސްޓް ޓެލްހާ ދި ޓްރޫތު..  ” ޔާނު ހައިކަލްއާ ވާހަކަ ދެއްކި ގޮތުން އަހަރެން ހުރީ ހައިރާންވެފައެވެ. ހައިކަލްއަަށް އަހަރެންނާއެކު ޔާނު ހުއްޓާ ފެނުނީ ޔާނު ފޮނިވެލީހެއްޔެވެ. އެކަމް ޔާނު އެބުނީ ކޮން ޓްރޫތް އެއްގެ ވާހަކަ ހެއްޔެވެ؟ އަނެއްކާ ހައިކަލް އަހަރެންނަށް ކަމެއް ސިއްރު ކުރަނީ ހެއްޔެވެ؟ ޒައިންވެސް ހައިކަލް ފެނުމުން ބަހެއް ނުބުނެ ހުރުމުން އެދެމެދުގަ ކުރިން އޮތް ގުޅުން ނެތްކަން އަހަރެންނަށް ފާހަގަވިއެވެ.

” ކިކޭ ތިބުނީ ޔާނު..” އަހަރެން ކެތް ނުވެގެން އަހާލީމެވެ.

” ތިއްތި ކައިރިން އަހާބަ.. މި ހުރިހާ ދުވަހު ކެތްކޮއްގެން މިހިރީ އޭގެން ކަމަކުން ޔަލްގެ ކިޔެވުމަށް އަސަރު ކޮއްފާނެތީ.. އެންމެނަށް އިނގޭއިރުވެސް ޔަލްއަށް ޓަކާ ތެދުހާމަ ނުކޮށްމިތިބީ.. އައި ތިންކް އިޓްސް ޓައިމް ޓް ޓެލްހާ ދި ޓްރޫތު..” ހައިކަލްއާ ދިމާލަށް ބަލާލަމުން ޔާނު ބުނެލިއެވެ. ޔާނު ދައްކާ ވާހަކަތަކުން އަހަރެން ކުޑަކޮއް ހާސްވާން ފެށިއެވެ. އެ ދައްކަނީ ކޮން ހަގީގަތެއްގެ ވާހަަކަ ހެއްޔެވެ؟ އެންމެންނަށް އިނގޭއިރު އަހަރެންނަށް ނޭންގެންވީ ކީއްވެ ހެއްޔެވެެ؟  އަނެއްކާ ހައިކަލްއަށް ކަމެއް ވީ ހެއްޔެވެ؟

” ވަޓް އާ ޔޫ ޓޯކިން އެބައުޓް.. ކިހިނެތް ވެގެންތަ މިއުޅެނީ.. ކޮން ހަގީގަތެއްގެ ވާހަކަ ތި ދައްކަނީ.. ތި ކިޔާ އެއްޗެއް އިނގޭ ގޮތައް   ކިޔާބަ..” އަހަރެން ވާނުވާ ނޭންގިފަ ހުރެ ސުވާލު ކޮއްލީމެވެ. ހައިކަލް މަންމަ ކައިރިން ހުއްދަ ހޯދައިގެން އަހަރެން އަތުގަ ހިފާލައިގެން ދިޔައީ އެއާޕޯޓްގަ ހުންނަ ރެސްޓޯރެންޓަށެވެ. މަންމަ ޒައިން މިނާއެކު ފެރީއަށް އަރަން ދިޔަތަން އަހަރެން ދެކުނީމެވެ. ނަމަވެސް ޔާނު އެތާ ގޮނޑިއެއްގަ މަޑުކޮއްލައިގެން އިނެވެ.

” ހައިކް.. ކިހިނެތް ވެގެންތަ މިއުޅެނީ..” އަހަރެން ހައިކަލްއާ ހަތަރު ކަޅި ހަމަ ކޮއްލަމުން ބުނެލީމެވެ. އަހަރެންނަށް ޖަވާބު ދިނުމުގެ ބަދަލުގައި ހައިކަލް އިސް ދަށަށް ޖަހާލީއެވެ. އެހާ ގިނަ ދުވަސް ވެފަ ފެނުނީމަ އުފަލުން ހުރި ހެނެއްވެސް ހިޔެއްނުވެއެވެ.

” ޔަލް އަހަރެންނަކަށް ނޭންގެ މިވާހަކަ ފަށާނެ ގޮތެއްވެސް…”

? ނުނިމޭ ?

Share Article

Follow Me Written By

Mimmi ❤️

Level 410 Stories500 Comments100 Comments1K Comments

? ? Inspired by reader's comments ? ?

Other Articles

Previous

ނޭދެން ވަކިވާކަށް…(04)

Next

ކަކުނި 5

Next
April 17, 2017

ކަކުނި 5

Previews
April 16, 2017

ނޭދެން ވަކިވާކަށް…(04)

78 Comments!

  1. Mimmi ❤️ says:
    April 17, 2017 at 12:04 am

    Guys here is 31st part ?
    Thankolheh dhigukoh genesdhen ulhuny.. Ekam bxy kamun ehaa dhigukoh nulevunu ?
    And M sorry thankolheh lahun upkohdhevunyma.. Enjoy reading ? Good night all ?

  2. Khajja says:
    April 17, 2017 at 12:06 am

    Yehhh me first dhw masha allah v rythi n thanks mimmi mikahala rythi stry eh up koh dheythy

    1. Khajja says:
      April 17, 2017 at 12:18 am

      Ekam haadhakurey mi prt but i luv it nxt prt kon irakun n dhigukollah chey nxt prt keep it up n gud nyt??????

    2. Mimmi ❤️ says:
      April 17, 2017 at 1:00 am

      Thankx Khajja ? Next part maadhan genesdheynan
      in sha allah ?

  3. Rapunzel says:
    April 17, 2017 at 12:08 am

    Anekaa haikal kykurn baa eagerly waiting mimmi
    Avahah upkohdhecheyy

    1. Mimmi ❤️ says:
      April 17, 2017 at 1:01 am

      Thankx Rapunzel ? Next part maadhan genesdheynan in sha allah ?

  4. Baby says:
    April 17, 2017 at 12:09 am

    Alhey haadha reethi hisaabakun ney thi nin maaley. Dhen kihine baaa vaaaney. I love this story

    1. Mimmi ❤️ says:
      April 17, 2017 at 1:01 am

      Thankx Baby ? Keep on reading ?

  5. Chum handi says:
    April 17, 2017 at 12:43 am

    Aww…. yal ah dhera gotheh nahadhahcheyyy….. when next part? Anyways waiting… Good night ❤️ Ly..

    1. Mimmi ❤️ says:
      April 17, 2017 at 1:03 am

      Thankx chum handi ? In sha Allah maadhan genesdheynan.. Good night dear ?

  6. Saandy says:
    April 17, 2017 at 2:21 am

    Adhi kiriyaa mi story mi kiyaalevuny… Alhe Yal ah haadha dhera gothekey thi hadhany… Next partah keiytherikameh nethi inthizaaru kureveny hama Haikalmen e sirru kohgen ulhunu kameh balaalaa hithun… Anekkaa Haikal ah bayyeh jehuneebaa?? Keep it up Mimmi <3

    1. Mimmi ❤️ says:
      April 17, 2017 at 4:29 pm

      Thankx Saandy ?

  7. Aysh says:
    April 17, 2017 at 4:36 am

    Varah interesting. Mi vaahaka ga kithah part indhey Tha mimmi??

    1. Mimmi ❤️ says:
      April 17, 2017 at 4:36 pm

      Thankx Aysh.. Adhi liyamun dhaa story eh v ma neynge ehn bunelakah. ekam 40 varu ulheynehen hyvani ?

  8. luhan says:
    April 17, 2017 at 5:37 am

    V kiya hitjun indha nimuny..Nxt prt avas kohdheythi ingey..Luv it..??

    1. Mimmi ❤️ says:
      April 17, 2017 at 4:37 pm

      Thankx luhan ?

  9. Any says:
    April 17, 2017 at 6:58 am

    Vv reethi mivahaka?

    1. Mimmi ❤️ says:
      April 17, 2017 at 4:38 pm

      Thankx Any ?

  10. Maree says:
    April 17, 2017 at 7:23 am

    vvv reethi

    1. Mimmi ❤️ says:
      April 17, 2017 at 4:39 pm

      Thankx MAree ?

  11. lara says:
    April 17, 2017 at 8:17 am

    Alhey haik ehenmeehakaa innytha anehkaa so sad….. ehen nahadhahchey ingey v dheravaane.

    1. Mimmi ❤️ says:
      April 17, 2017 at 4:40 pm

      Keep on reading ?

  12. ReeXa says:
    April 17, 2017 at 9:26 am

    Mi part vx varah reethi. ..

    1. Mimmi ❤️ says:
      April 17, 2017 at 4:40 pm

      Thankx ReeXa ?

  13. Faathee says:
    April 17, 2017 at 9:37 am

    Alhe avaha vegen ulhey goi ingey nama…. vaahaka hama v reethi. Obiness to the max. Keep going girl ??

    1. Mimmi ❤️ says:
      April 17, 2017 at 4:42 pm

      Thankx Faathee ?

  14. Afa says:
    April 17, 2017 at 11:27 am

    Hyk is married?? ???

    1. Mimmi ❤️ says:
      April 17, 2017 at 4:43 pm

      Keep on reading dear ?

  15. Nana says:
    April 17, 2017 at 11:47 am

    Nice.. Next part avas kohla dhehchey plx plx plx

    1. Mimmi ❤️ says:
      April 17, 2017 at 4:43 pm

      Thankx Nana ?

  16. ella says:
    April 17, 2017 at 12:26 pm

    When next part???

    1. Mimmi ❤️ says:
      April 17, 2017 at 4:44 pm

      Tonight In Sha Allah ?

  17. Kiara says:
    April 17, 2017 at 3:28 pm

    5 years ey..
    Haadha dhuvahekey nufeni..
    Ehaa varakah ketheh nukureveyne i akah..
    Emme faharaku vs Haikah keeh vaanee Yal dhekilan ai nama..

    Haadha vayey dhn..
    Ehaa loabin ulhefa vs dhuru v tha hama..?
    Dhn kurin ladu dhin yaan vareh neh..v foohi..

    1. Mimmi ❤️ says:
      April 17, 2017 at 4:45 pm

      Asluves dhw.. Keep on reading dear ?

  18. mai says:
    April 17, 2017 at 4:14 pm

    Ahahnaky v ginain vaahaka kiya myheh.. bimma laara shine.. mee v mashhooru myhun.. asl aharen bnelaany my vvvv kuh gina vaahaka ekey

    1. Mimmi ❤️ says:
      April 17, 2017 at 4:35 pm

      Thank you for the comment. ?
      I am just a beginner so mashhooru story writers aa compete kurevey vareh nuvey adhi. And kuh ginaey bunyma dhen anna part thakuga try kuraanan varah ekanthah rangalhu kureveythw. No body is perfect dear. Mistakes hedhigen dhw kuriyah dheveynives. Anyways will try to improve that ?

  19. Princess says:
    April 17, 2017 at 4:17 pm

    Alhe haikal ehn meehakaa marry kureetha? Eagerly waiting for next episode

    1. Mimmi ❤️ says:
      April 17, 2017 at 4:46 pm

      Thankx Princess ?

  20. Xeeee says:
    April 17, 2017 at 6:58 pm

    Haikal ah keynuvegen betray v dho ???how sad alhey yal haadha dheravaaaney

    1. Mimmi ❤️ says:
      April 20, 2017 at 12:09 am

      Asluves dhw ?

  21. imagination says:
    April 17, 2017 at 8:42 pm

    i think he is going to propose her.. eheheh

    1. Mimmi ❤️ says:
      April 20, 2017 at 12:10 am

      Hehe I don’t think so ?

  22. Mimmi ❤️ says:
    April 17, 2017 at 11:51 pm

    Guys I am really sorry I cant upload it tonight ? Maadhan upkohla dheynan next part ?

  23. Faathee says:
    April 18, 2017 at 9:28 am

    Hey mimmi waiting ingey

    1. Mimmi ❤️ says:
      April 20, 2017 at 12:11 am

      Uploaded ?

  24. nonnx says:
    April 18, 2017 at 9:38 am

    KOBAA ?????

    1. Mimmi ❤️ says:
      April 20, 2017 at 12:11 am

      Uploaded ?

  25. lara says:
    April 18, 2017 at 10:51 am

    koba vaahaka haik dhakkaa vaahaka aduanhaa hithun kehmadhuvefa mi innany plx plx avas……………….

    1. Mimmi ❤️ says:
      April 20, 2017 at 12:12 am

      Thankx lara ?

  26. junchin says:
    April 18, 2017 at 11:30 am

    Haadha slow eadhoa vaahaka nikun nale

    1. Mimmi ❤️ says:
      April 20, 2017 at 12:12 am

      Yah dhw.. Aslu midhuvas kolhu kudakoh bxy v ma las v ?

  27. zey says:
    April 18, 2017 at 11:37 am

    Hyvaany hama hayat ge vaahaka henn mi kiyai dheny… Anehkaa ham murat ge personality??

    1. Mimmi ❤️ says:
      April 20, 2017 at 12:17 am

      Hehe no.. This story is totally different dear. I have watched that series. I story base kohfa innaany haalu ulhunu kujjakah eynage lifega eyna go through kuraa kanthakuge mahchah. Ekam E drama base vefa onnaany hayat hadhaa dhogehge mahchah.. Read the link below than you’ll know better ?https://en.wikipedia.org/wiki/A%C5%9Fk_Laftan_Anlamaz

  28. Ivrisha says:
    April 18, 2017 at 5:02 pm

    Kon irakuntha next part?????
    Varah kiyaahithun mihunnany

    1. Mimmi ❤️ says:
      April 20, 2017 at 12:22 am

      Uploaded ?

  29. aaliya says:
    April 18, 2017 at 6:51 pm

    Kobaatha vaahaka?

    1. Mimmi ❤️ says:
      April 20, 2017 at 12:23 am

      Uploaded ?

  30. Annu says:
    April 18, 2017 at 7:13 pm

    Kbaaatha vaahaka.. V kiyaahithun mihunnany….busy tha vaahaka up knleveyhaaa vx… Free vi irakun avahan up kohdhenchey……. Waiting waiting……………………………..

    1. Mimmi ❤️ says:
      April 20, 2017 at 12:24 am

      Thankx Annu ?

  31. Ivrisha says:
    April 18, 2017 at 7:56 pm

    Kobaa next part

    1. Mimmi ❤️ says:
      April 20, 2017 at 12:29 am

      Thankx Ivrisha ?

  32. aal says:
    April 19, 2017 at 12:14 am

    Adhives maadhan naannanytha? Bunaa bahuge ithubaaru hunnaathy v foohivey

    1. Mimmi ❤️ says:
      April 20, 2017 at 12:25 am

      Sorry aal.. UPloaded ?

  33. Aisha says:
    April 19, 2017 at 10:27 am

    Konirakun story up kurany??
    Mimmi please reply.

    1. Mimmi ❤️ says:
      April 20, 2017 at 12:25 am

      Uploaded ?

  34. Mimmi ❤️ says:
    April 19, 2017 at 10:54 am

    Guys I am really sorry for the delay. ? In sha Allah miadhu upkohla dheynan.. Liyamun upload kuraa story eh v ma kameh dhimaa v ma nuliyeveny.. Ehnve bunaa date ah upkoh nudheveny. Hope you guys will understand ?

  35. Reader says:
    April 19, 2017 at 11:22 am

    Thanks mimmi for responding…Understand vey kame dhimaa v ma upkoh nudhevidhaane kamah…varah wait kurevey mi story ah…MIadhu avahah upkohla dheeba…

    1. Mimmi ❤️ says:
      April 20, 2017 at 12:26 am

      Thankx Reader ?

  36. Aki says:
    April 19, 2017 at 12:58 pm

    mimmi dhooni konirakun up kohla dhey nee

    1. Mimmi ❤️ says:
      April 20, 2017 at 12:27 am

      Already uploaded ?

  37. ella says:
    April 19, 2017 at 9:00 pm

    Eagerly waiting for the next part.hope i can get to read it tonight.

    1. Mimmi ❤️ says:
      April 20, 2017 at 12:30 am

      Thankx ella ?

  38. Ivrisha says:
    April 19, 2017 at 9:56 pm

    Kon irakuntha next part

    1. Mimmi ❤️ says:
      April 20, 2017 at 12:31 am

      Upload kohlaafa innaane ?

  39. Nn says:
    April 19, 2017 at 10:46 pm

    Inbileehuge kaivenyah v dho mi vahaka. Madhan mirey akun neyri

    1. Mimmi ❤️ says:
      April 20, 2017 at 12:34 am

      Nooney.. Aslu hama bxy kamun.. mimmi offys ninmaafa college ninmaafa ais story liyany. ekam midhiya dherey bxyvegen upkoh nudhevuny.. hope you’ll understand ?

  40. Ivrisha says:
    April 19, 2017 at 11:58 pm

    Ivee ge comments kyhvetha nuhunnany mihaaru 3 comment kurevihje iyye aa miadhu . But none of them is here . Why esfiya admin?? Btw story varah nice. Waiting for the next part.

    1. Mimmi ❤️ says:
      April 20, 2017 at 12:36 am

      Thankx Ivi ? commnt approve nuve inyma ae..

Comments are closed.


All Right Reserved!