އަފްރިންގެ ރީތި ހިތްގައިމު ހިގުމުގައިވެސް އެކުލެވިގެންވަނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެކެވެ.މާގިން އިރެއްނުވެ ގެއަށް ދެވުނެވެ.އަފްރިން ނަވިން އަށް ބަލާލައިފައި ހީލިއެވެ.އަފްރިންގެ އެލުއި ހިނިތުންވުން ފެނިފަ ނަވިންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ.ތެދެކެވެ.ވަރަށް ރީތި އަދި އެހާމެ މުއްސަނދީ ކުދިންވެސް ނަވިން އަށް ފެނިފައި ވެއެވެ.ނަމަވެސް މިހިތްގައިމު މަޑުމޮޅި ކުއްޖާއަށް ނަވިންގެ ހިތް ލެބެން ފަށައިފިއެވެ.ނަވިން ސިހުނީ އަފްރިން ޝުކުރު އަދާ ކޮށްލުމުންނެވެ.ނަވިންއަށް ހިނިތުން ވެވުނެވެ.ނަވިން އަށް އެއްޗެއް ނުބުނެވިގެން އުޅުނު އިރު އަފްރިން ގެއަށް ވަދެއްޖެއެވެ.އޭރު ދައްތަ ވެސް ނުނިދައެވެ.އަފްރިން […]
ހަވީރުގެ ފިނިފިނި ވައިރޯޅިން ޖައްވުވަނީ ހަމަހެމޭންކަން ގެނުވާފައެވެ.ނަވިން ރަށުތެރެ ބަލާލުމުގެ ނިޔަތުގައި ނުކުތީ ސައިކަލުގައި ބުރެއް ޖަހާލުމަށެވެ.އެހެންކަމުން ވަކި މިސްރާބެއް ނެތި ދުއްވަމުންދަނިކޮށް އަތިފަރާތުުގައި ވަރަށް ރީތިކޮށް އެލުވާލައިފައިވާ ޖޯލިފަތި ތަކެއްފެނުނެވެ.ސައިކަލުން ފައިބައިގެން އައިސް ޖޯލިފަތީގައި ޖައްސައިލީ ފިނިކޮށްލުމަށެވެ.އިރުކޮޅއްނުވެ ގާކޮޅެއް އައިސް ޖެހުނީ ނަވިންގެ ބޮލުގައެވެ.ތަދުވި ވަރިން ނަވިން ކައިރިއަށް ރުޅިއައިސް ފަހތަށް ބަލަލެވުނެވެ.ފެނުނު މަންޒަރުން ވަކިން ބޮޑަށް ރުޅިއައެވެ.ތެދުވެގެން ބާރު ހިގުމެއްގައި އައިސް ދޮންވެލި ގަނޑު މަތީގައި އިން އަފްރިން އަތުގަ ހިފައި ކޮޅަށް ނެގިއެވެ.އެއްޗެއް […]
ފިހާރައިން ނިމިގެން އަފްރީން މަޑު ހިގުމެއްގައި ހިގަމުން ދިޔައިރު ނަވިން އަށް ހުރެވުނީ އެސްފިޔަ ޖަހަލާން ވެސް ނޭގިފައެވެ.ހިތުގައި މަޑުމަޑުންނަމަވެސް ވިންދެއް ޖަހަމުންދާހެން ހީވިއެވެ.ހިތާ ހިތުން އެކުއްޖާގެ ރީތިކަމަށް ތައުރީފުކުރެވުނެވެ.ހިނދުކޮޅަކު މަޑުކޮށްލުމަށްފަހު ނަވިން ގެއަށް ދިޔައީ ހެނދުނު ނާސްތާއަށެވެ. އަފްރީންއަށް ގެއަށް ވަދެވުނީވެސް ކުދިކިޔަމުންނެވެ.އެނުދަންނަ ޒުވާނާ އޭނައަށް ބެލި ވަރުން ހިތްހަމަ ނުޖެހުނީއެވެ.އޭނަގެ އެއަސަރުގަދަ ލޮލުން ބެލީމަ އަފްރިންގެ ހިތް ބިރުގަތެވެ.ނަމަވެސް ނޭނގޭ ކަމަށް ހަދާލައިފައި އައީއެވެ.އަފްރިން އަކީ ވަރަށް ތަފާތު ވިސްނުމެއްގެ ކުއްޖެކެވެ.އެކަނިވެރިކަން އަބަދުވެސް އެއީ […]
ތޫފާނީރެއެކެވެ.ވައިއެހާ ބާރެވެ.ނަމަވެސް މަގުމެދުން ކަހަލަ ގޮތަކަށް އަންހެން ކުއްޖެއް އެކަނިމާއެކަނި ހިގަމުން ދެއެވެ.ގައިގަ ވަރެއް ނެތްފަދައަކުންނެވެ.ކުޑަދޮރު ކައިރީގައި ހުރި ނަވިންއައް ކުއްލިއަކަށް މަގު ހުރަސް ކުރި މި ކުއްޖަ ފެނިއްޖެއެވެ.ނަވިންއަށް އަތުގައި އޮތް ގަޑިއަށް ބޭއިހްތިޔާރުގަ ނަމަވެސް ބެލިއްޖެއެވެ.އަސްތާއެވެ.ގަޑިން އެކެއްވެސް ޖަހައިފިއެވެ.އެވަގުތު ނަވިންއަށް ހިތް ތެޅޭހެން ހީވިއެވެ.މާބަރަށެވެ.ނަމަވެސް ހިންދިރުވައިލިއެވެ.އަދި ހިަށް އަރަމުން ދިޔައެވެ.އަނެއްކާ އަހަރެން ޖިންނި އަވަލަނީ ހެއްޔެވެ.މިހާ ދަންވަރު އެހާ ރީތި ސޫރައެއްގައި ހުރި އަންހެން ކުއްޖެއް މަގުން ފެނިދާނެ ހެއްޔެވެ.ހިތް ކިތަންމެ ސުވަލެއް ކުރަމުން […]