Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދެނީ (11)

Psenhi Level 410 Stories100 Comments100 Login
April 16, 2017 4 Mins Read
52 Comments

ހަތަރު އަހަރުފަސް.

މިއަދަކީ ގ. ލޮޓަސްއަށް ޢީދެއް އައިސްގެން އުޅޭ ދުވަހެކެވެ. އަނީސާގެ ހުރި ހަމައެކަނި ދަރިފުޅު ހަތަރު އަހަރު އޭނައާއި ދުރުގާ ހުރުމަށްފަހު އަނެއްކާވެސް ފެންނަން އުޅެނީއެވެ.

ޝައިމްއަށް އާދެވެނީ މެންދުރު ކަމުން ހެނދުނުއްސުރެ އަނީސާ އުޅެނީ ބަދިގޭގައެވެ. ޝައިމްއަށް މީރުވާނެހެން ހީވާހާ އެއްޗެއް އޭނާ ތައްޔާރުކުރިއެވެ. ކައިރީގައި އަތްގާތް ކޮށްދެން ލައިބާވެސް އުޅުނެވެ. ނަމަވެސް ލައިބާއަށް ކަމެއް ކުރެވެނީ އަލްސަން ބައްޕަގެ ގާތުގާ ހުންނަ ވަގުތުތަކުގައެވެ. އެހެންނޫނީ އަލްސަން ހުންނާނީ އަބަދުވެސް ލައިބާގައިގާ ތަތްވެގެންނެވެ.

“މަންމީ! އަލްކޮ ވަރުބަލި” ތިން އަހަރުގެ ކުޑަކުޑަ އަލްސަން ނިދިއައުމުން އަބަދުވެސް ބުނަނީ އެހެންނެވެ.

“ލައި! ދަރިފުޅު ދެންދޭ އަލްކޮ ނިންދަވަން. އަނިއްތަ ދެން ތިތަށިތައް ދޮވެލާނަން. ” އޯގާތެރިކަމާއިއެކު އަނީސާ ބުންޏެވެ. ލައިބާ

އަލްސަން އުރާލައިގެން ސިޑިން މައްޗަށް އެރިއެވެ.

ޝައިމް ދަބަސް ކޮނޑުގާ އަޅުވައިގެން ފޮށި ހިފައިގެން ތަންކޮޅަކަށް ހިނގައިގަންތަނާ އޭނާގެ މަންމައާއި ބައްޕަ އިންތިޒާރުގާ ތިއްބާ ފެނުނެވެ. ޝައިމްގެ ނަޒަރު ހުއްޓުނީ ޝާހިދުއާއި އަނީސާގެ ގާތުގާހުރި އަންހެން ކުއްޖާއަށެވެ. އެކުއްޖާގެ އަތުގާހިފައިގެން ކުޑަ ފިރިހެން ކުއްޖަކު ހުއްޓެވެ.

އެއީ ޝައިމްއަށް އޮޅޭނެ މޫނެއްނޫނެވެ. އެބޮޑު ދެލޮލެވެ. އެރީތި ކަޅިރަވައެވެ. ދޮންމޫނާއި ފަރި ހިނިތުންވުމެވެ. ނަމަވެސް ކޮލުގާ ހިސާބަކަށް މަސްޖަހާފައިވުމުން ކުރިއަށްވުރެވެސް ރީތިކަމަށް ދައްކައެވެ.

“ލައި! އައި މިސްޑް ޔޫ އަ ލޮޓް. ބަޓް ހޫޒް ޗައިލްޑް އިޒް ދެޓް” ޝައިމްގެ ހިތުގާ ސުވާލު އުފެދުނެވެ.

އަލްސަންގެ ހަރަކާތްތަކަށް ސަމާލުކަންދީގެން ހުރި ލައިބާގެ ލޮލުގާ ޝައިމް އަޅައިގަތީ ޝައިމް އެމީހުން ތިބި ހިސާބަށް އައުމުންނެވެ.

ޝައިމްގެ ބޮޑު ދެލޯ އަވިއައިނުން ފޮރުވާފާވުމުން އެމޫނަށް ފުންކޮށް ބަލާލާކަށް ލައިބާ ޖެހިލުމެއްނުވިއެވެ. އެފަން އިސްތަށިކޮޅު މިހާރުހުރީ ކުރުކޮށް ކޮށާލާފައެވެ. ތުނބުޅިވެސްވަނީ ރީތިވަރަކަށް ދިގުކޮށްފައެވެ. ހަމުގެ ކުލަ ކުރިއަށްވުރެ އަލިވެފަ ހަށިގަނޑު ނިކަމެތިކަމަށް ދައްކައެވެ. ލާފައިހުރި ކަޅު އަތްދިގު ގަމީހުގެ އަތުކުރި އޮޅަނބުއްޓާއި ހަމައަށް އޮޅާލާފާ ވާއިރު ލައިގެންހުރި މުށިކުލައިގެ ފަޓްލޫނު ފައިކުރިވެސް ހުރީ ތަނބިކައްޓާ ހަމައަށް އޮޅާފައެވެ. ކަޅު ބޫޓާއިއެކު ކަޅު އިސްޓާކީނަށް އަރާފައެވެ. ޝައިމް ގަމީސް ލާފަ ބެގީނުކޮށް ހުއްޓާ ފެނުނު މީ ފުރަތަމަ ފަހަރެވެ.

“މާމާ! އެއީ ކާކުތަ؟” އަލްސަން ސުވާލުކޮށްލީ އަނީސާގެ ހެދުމު ފަސްބައިގާ ހިފާ ދަމަމުންނެވެ.

“އެއީ ދަރިފުޅުގެ ތިއްތި. މާމަ ބުނީމެއްނު ތިއްތިއެއް ހުންނާނެޔޭ.” އަނީސާ އަލްސަންގެ ކޮލުގާ ހިފާލަމުން އެ ކުޑަކުއްޖާއަށް ޝައިމް ތަޢާރަފް ކޮށްދިނެވެ. ޝައިމް ހުރީ އޮޅުންބޮޅުން ގަނޑެއްގެތެރޭގައެވެ.

“އަލްސަން!” ދުވެލާފާ ޝައިމްގެ ގާތަށް ދާންފެށުމުން ލައިބާ އަލްސަން ހުއްޓުވިއެވެ.

“ތިއްތި ގާތަށްދާން. ތިއްތި ގާތަށްދާން.” އަލްސަން ބޮޑާހާކަން ފެށިއެވެ. އިހްސާންއަށް އައިސް އެމީހުންގެ ކައިރީ މަޑުކޮށްލެވުނީ އެވަގުތެވެ.

“ބައްޕީ! ކޮއްކި އުރާލާ!” އަލްސަން ލައިބާގެ ކައިރީގާ ހުއްޓިލައިގެން ހުރި ޒުވާނާއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. އޭނާ އަވަސް އަވަހަށް އުރާލިއެވެ.

ދިގު އިސްކޮޅަކާއި ދޮން މޫނެކެވެ. ލައިގެން ހުރި ނޫ ޓީޝާޓު ގައިގާ ހިފާފާވުމުން ވަރުގަދަ ބޮޑީ ހާމަވެއެވެ. ކަޅު ބުޅި އިސްތަށިކޮޅު ކުރުކޮށް ކޮށާލާފައި ހުރިއިރު ތުނބުޅިވަނީ ތުނިކޮށް ހަދާލާފައެވެ.

މިއީ ޝައިމްއަށް މީގެކުރިން ދުވަހަކުވެސް ފެނިފާ ނުވާ މީހެކެވެ. “މިއީ ކާކުބާ؟ މީނައާ ލައިއާ އޮތީީ ކޮން ގުޅުމެއް؟ މިއީ މިކުއްޖާގެ ބައްޕައަށް ވަންޏާ މިއީ އަނެއްކާ. . .” ޝައިމްގެ ހިތަށް ތަދުކުރަމުންދިޔައީ ފުނިޖެހިފާވާ ސުވާލުތަކެކެވެ.

ޝާހިދު އައިސް ޝައިމްގެ ގައިގާ ބައްދާލިއެވެ މޫނުގައިވާ. ޝައިމްގެ ހައިރާންމެފައިވާ މޫނު ފެނުނީ އެވަގުތެވެ. “ދަރިފުޅާ އިހްސާން! ކަމް ހިއަރ. ޝައިމް! މިއީ ދަރިފުޅުގެ ދޮންބެ. މިވެސް ޑޭޑްގެ ދަރިއެއް”  ޝައިމްގެ ދެބުމަ ގޮށްޖެހުނީ ލިބުނު ހައިރާންކަމަކުންނެވެ. ބައްޕަގެ އެހެން ކުއްޖަކު ހުންނަ ވާހަކަ ކުރިން ދުވަހަކުވެސް އަޑުއިވިފައެއް ނުވެއެވެ.

“ހާއި ބްރޯ.” އިހްސާން ޝައިމްގައިގާ ކުޑަކޮށް ބައްދާލަމުން ބުނެލިއެވެ.

“ޑޭޑްއަށް އެނގެއޭ ދަރިފުޅުގެ ހިތުގާ ސުވާލު ގޯންޔެއް އެބައޮތްކަން. ދަރިފުޅު ކިޔެވުން ނިންމާލާފަ އަންނަންދެން ޑޭޑް މަޑުކުރީ. މިރޭ އިރާދަކުރެއްވިއްޔާ ތިހުރިހާ ސުވާލެއްގެ ޖަވާބު ލިބޭނެ.” ޝާހިދު މިހެންބުނެ ޝައިމްގެ ކޮނޑުމަތީ އަތް ބާއްވާލަމުން ކުރިއަށް ހިނގައިގަތެވެ. އެހެން އެންމެންވެސް އެމީހުންގެ ފަހަތުން ދިޔައެވެ.

ފްރެޝްވެލައިގެން ޝައިމް ބޭރަށް ނިކުމެލީ އަނީސާ ޝައިމްއަށް ހާއްސަކޮށްގެން މެންދުރުގެ ކެއުން ތައްޔާރުކުރި ވާހަކަ ޝާހިދު ބުނެފާވާތީއެވެ.

މިއަދުގެ ކެއުމުގައި އެންމެން އެއްކޮށް ބައިވެރިވުމުން އަނީސާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. މިއީ މަދުންނޫނީ ނުފެންނަ މަންޒަރެކެވެ.

ކާން އިންއިރުވެސް ޝައިމްގެ ނަޒަރު އިރުއިރުކޮޅާ ލައިބާއަށް ހުއްޓެއެވެ. “މަންމީ! އަލްކޮ ކާނީ މަންމިއަތުން” އަލްސަން އިހްސާންގެ އުނގުން ފައިބައިގެން ގޮސް ލައިބާގެ އުނގަށް އަރަމުން ބުނެލިއެވެ.

ފަނިތަށިން އެތިފޮދެއް ބޯލަންއުޅުނު ޝައިމް ވަގުތުން ކޮށިއެރިއެވެ. އަނީސާ މަޑުމަޑުން ޝައިމްގެ ބުރަކަށީ ދެފަހަކު ޖަހާލުމުން ޝައިމް ހަމައަކަށް އެޅުނެވެ. އެއަށްފަހު ފުން ނަޒަރަކުން ލައިބާއާއި ދިމާއަށް ބަލާލިއެވެ. އެހިތުގައިވީ ޝަކުވާއެވެ.

“ކީއްވެ؟ ލައިބާ ކީއްވެތަ އަހަންނަށް އިންތިޒާރު ނުކުރީ؟ އަހަރެން މިއައީ ބަދުވެގެން. އަހަރެން މިއައީ ލައިބާއާ އެކަށީގެންވާފަދަ މީހަކަށް ވާން އުންމީދުކޮށްގެން. ދެން ކީއްވެ؟” ޝައިމްއަށް އިތުރަށް އެތަނުގާ ކެތެއް ނުކުރެވުނެވެ. ޝައިމްގެ ޝައްކު ޔަޤީނަށް ބަދަލުވީއެވެ. ޝައިމްގެ ހިތުގެ މަލަކާއަކީ މިހާރު އެހެން މީހެއްގެ މިލްކެކެވެ. ޝައިމްގެ ދޮންބެގެ ދިރިއުޅުމުގެ އެއްބައެވެ. ދެން ދުވަހަކުވެސް ލައިބާ ޝައިމް އަކަށް ނުލިބޭނެކަން އެނުވިސްނޭ ހިތަށް ވިސްނަދޭން ޝައިމް ކިތަންމެހާވެސް ބޭނުމެވެ.

ޝައިމްގެ ނޭވާ ހާސްވާހެން ހީވިއެވެ. އިތުރަށް އެންމެ ކާއެތިކޮޅެއްވެސް އަރުތެރެއަކުން ނުދިޔައެވެ. ފެންފޮދެއް ބޯލުމަށްފަހު އަވަހަށް ތެދުވެގެން ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ.

އަލްސަންގެ ހަރަކާތާއި ވާހަކަތަކުން ޝައިމްގެ މިޖާޒަށް އައި ކުއްލި ބަދަލު އަނީސާއަށް ފާހަގަވިއެވެ. އަނީސާ ބޭނުންވީ އަވަސްވީގޮތަކުން ޝައިމްއަށް ހަޤީޤަތް ހާމަކޮށްދޭށެވެ. ނަމަވެސް ޝާހިދުވަނީ އޭނާނޫން އެހެންމީހެއްގެ ފަރާތުން އެވާހަކަތައް ޝައިމްއަށް ނޭންގުމަށްއެދިފައެވެ.

އަލްސަންގެ ފަރާތުން ސަލާމަތްވެގެން ލައިބާއަށް އެކޮޓަރިން ނިކުމެވޭވަރުވީ އަލްސަން ނިދީމައެވެ. އޭރު ގަޑިން އަށްގަޑި ބައިވެއްޖެއެވެ. ބަނޑުހައިވެފާ ހުރުމުން ފުރަތަމަވެސް ބެލީ ކާއެއްޗެއް ކެވޭތޯއެވެ.

ކައިނިމިގެން ތަށިދޮންނަން ހުރި ލައިބާއަށް ފަހަތަށް އެނބުރި ބަލާލެވުނީ ކާކޮޓަރިއަށް މީހަކު ވަންހެން ހީވެގެންނެވެ. އޭރު ކަޅިޖަހާނުލާ ލައިބާއަށް ނަޒަރު ހުއްޓާލައިގެން ޝައިމް ހުއްޓެވެ. އަމިއްލަ ނަފްސް ކޮންޓްރޯލްކުރަން ޝައިމް ކިތަންމެ ބޭނުންވިއަސް ޝައިމްއަކަށް އެކަމެއް ނުވެއެވެ.

“ޝައިމް ބަތްކާންދޯ ތިއައީ؟ އަނިއްތަ ބުނި ހަވީރު ސައިވެސް ނުބޮޔޭ. އަވަހަށް ކާން އިށީނދޭ. ވަރަށް ބަނޑުހައި ދޯ؟” ލައިބާ ވާހަކަދެއްކީ މަޑުމަޑުންނެވެ.

ޝައިމް ބަސްއަހާ ކުއްޖެއްފަދައިން މޭޒުދޮށުގާ އިށީނީ ބަނޑުހައިވެފާވާލެއް ބޮޑުކަމުންނެވެ. ކާން އިންއިރުވެސް ޝައިމްއަށް ބެލެނީ އޭނާގެ ކުރިމަތީ އިށީނދެލައިގެން އިން ލައިބާއަށެވެ. ލައިބާއަށްވެސް މިފަހަރު އެކަން ފާހަގަ ކުރެވުނެވެ. އެމޫނު ރަތްވެގެން ދިޔައީ އެހެންވެގެންނެވެ. ލައިބާ އަވަސް އަވަހަށް އޮސްޓްރޭލިޔާ ކިހިނެއްތޯ ސުވާލުކޮށްލީ ޝައިމްއަށް އެކަން ފޮރުވަމުންނެވެ.

“ކޮންގްރާ ލައި! މެރީ ކުރި ވާހަކަ ނުވެސް ބުނަމެއްނުން. ބުނެލިނަމަ ޕާޓީއަށް އާދެވުނީސް” ސަމާސާ ރާގަކަށް ޝައިމް އެހެން ބުނި ނަމަވެސް އެއީ ހަޤީޤަތެވެ. ޝައިމްއަށް ކުރިން އެކަހަލަ އިޝާރާތެއް ވީނަމަވެސް ލައިބާގެ ހިތުގައިވާ އެއްޗެއް ޔަޤީންކުރަން އަންނާނެއެވެ. އެހާވެސް ޝައިމް ލައިބާ އޭނާގެ މީހަކަށް ހަދަން ބޭނުމެވެ.

“އޭރުން ސަޕްރައިޒެއް ނުދެވޭނެނުން!” ލައިބާވެސް ކޮށްލީ ސަމާސާއެކެވެ. ނަމަވެސް ހިތުގެ އަޑިން ލައިބާ ޝަކުވާކުރިއެވެ.

“ލައި! ވައި ޑޫ އައި ސްޓިލް ވަނަ ޔޫ ޓު ބީ މައިން؟ ވައި ކާންޓް އައި ފޮގެޓް ޔޫ؟ ކޮސް އައި ލަވްޔޫ ސްވީޓްހާޓް. ބަޓް ޔޫ ވިލް ނެވާ ބީ މައިން. ބަޓް ސްޓިލް ވައި ޑޫ އައި ފީލް ޔޫ ލަވް މީ؟” ޝައިމްގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ލައިބާގެ ޚިޔާލުތަކެވެ. އެ މައުސޫމް އަންހެންކުއްޖާވަނީ ޝައިމްގެ ހިތް ފަތަޙަ ކޮށްފައެވެ. އެތަށް ރެއެއްގެ ނިދި ނަގާލާފައެވެ.

ޝައިމް ލައިބާއާއި ދުރުގާ ހުރުމުން އެހިތުގާ ލައިބާއަށްޓަކާވާ ލޯބި އިހްސާސްވިއެވެ. ލައިބާ އޭނާގެ ދިރިއުރުމަށް އައުމަށްފަހު އެހެން އަންހެން ކުދިން މަތިން ޝައިމް ފޫހިވިއެވެ. ޝައިމްގެ ވިޔާނުދާ ގޮތްގަނޑު ދޫކޮށްލިއެވެ. ހަރުކަށިކަން މަޑުމަޑުން ގެއްލިއްޖެއެވެ. މީހުންނަށް އިޙްތިރާމް ކުރަން ދަސްވެއްޖެއެވެ. ނަމާދުކޮށް ހެޔޮ ޢަމަލު ކުރުން ގިނަވެ ދީނީ ކަންކަމަށް ލޯބިޖެހުނެވެ. ލައިބާއާ އެކަށީގެންވާފަދަ ހިތްހެޔޮ ޚުލްޤުހެޔޮ ޒުވާނަކަށް އޭނާ ވީތާ ކޮންދުވަހެއް ހެއްޔެވެ؟ ނަމަވެސް ވަގުތު ފާއިތުވީއެވެ. ޝައިމްގެ ހިތުގެ ވެރިޔާ މިއަދު ޝައިމްއަށް ގެއްލިއްޖެއެވެ.

“ދަރިފުޅާ!” ޓަކިޖަހާލިއަޑަށް ޝައިމް މަޑުމަޑުންގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭރު ޝާހިދު ފުޅާ ހިނާތުންވުމެއް ދީގެން ދޮރުމަތީ ހުއްޓެވެ. ޝައިމްވެސް ގަދަކަމުން ހިނިތުންވެލީ އެމޫނުގާވާ އުދާސްތައް ބައްޕައަށް ދައްކަން ބޭނުންނުވުމުންނެވެ.

“ދަރިފުޅު ނިދަނީތަ؟” ޝައިމް ބޮލުގެ އިޝާރާތުން ނޫނެކޭ ބުނުމުން ދެންވެސް ވާހިކަދެއްކީ ޝާހިދެވެ.

“ޑޭޑް ދުވަހަކުވެސް އުންމީދެއް ނުކުރަން ޑޭޑްގެ މާޒީ ދަރިފުޅަށް މިގޮތަށް ކިޔާދެން ޖެހޭނެ ކަމަކަށް. އަކަމަކު އެދުވަސްވެސް މިއޮތީ އައިއްސަ. ދަރިފުޅަށް މިވާހަކަތައް ކިޔާދެން ބައްޕަ ބޭނުން.”

“އެއީ މީގެ އަހަރުތަކެއް ކުރި. އޭރު ދަރިފުޅުގެ މަންމައާއި ބައްޕަގެ ކާވެނި އަދި ނުވޭ…

. . .

ޝާހިދުއާއި އަނީސާ ކިޔަވަމުންދިޔައީ އެއް ސްކޫލެއްގައެވެ. ސްކޫލްގެ އެކިއެކި ހަރަކާތްތަކުގައި ދެކިދިންވެސް އިސްކޮށް ހަރަކާތްތެރިވިއެވެ. މިހަންކަމުން ދެކުދެންގެ ދެމެދުގާ އުފެދުނު ރައްޓެހިކަން މަޑުމަޑުން އެހެން ގުޅުމަކަށް ބަދަލުވިއެވެ.

އޭގެ ހަތަރު އަހަރު ފަސް

އަނީސާ އެކި ފަހަރު މަތިން ރިޕީޓް ވަމުންގޮސް ގްރޭޑް ދިހައެއް ނިމިއްޖެއެވެ. އޭރު ޝާހިދު ހަދަމުންދިޔަ ކޯސްވެސް ނިމުމަކާއި ގާތްވެއްޖެއެވެ.

އަނީސާ ވަރަށް ކުޑައިރު އޭނާގެ މަންމައާއި ބައްޕަވަނީ ނިޔާވެފައެވެ. މިހުރިހާ ދުވަހު އަނީސާ ބެލެހެއްޓީ އޭނާގެ ބޮޑުދައިތައެވެ. ބޮޑުދައިތަ ވަރަށް ބޮޑަށް ބަލިވެ އުޅެފަ ނިޔާވުމުން އަނީސާގެ ހުރިހާ ކަމެއް ބަދަލުވިއެވެ. އެއްދުވަހުން އަނެއްދުވަހަށް އަނީސާއަށް ގޭމީހުންގެ އަޅާލުން ކުޑަވެ އަނީސާ މިހާރުވަނީ ބާކީވެފައެވެ.

އެހެންކަމުން ޝާހިދު ބޭނުންވީ ކޯސް ނިމުނުހާ އަވަހަކަށް ކާވެނި ކުރާށެވެ. ކޯހުގެ އެންމެ ފަހު ޓެސްޓް ނިމުނު ދުވަހު ޝާހިދު އޭނާގެ ނިންމުން މަންމައަށް ހުށައެޅީ މަންމަ އެކާވެންޏަށް ރުހޭނެކަމުގެ އުންމީދުގައެވެ. މަންމައަކީ އަބަދުވެސް ރިވެތި އަޚްލާގުގެ ވެރިންނަށް ތައުރީފްކުރާ މީހެކެވެ. އަނީސާއަކީ އެފަދަ އަޚްލާޤެއްގެ ވެރިއަކަށް ވީތީއެވެ. ނަމަވެސް…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

މިހިތުގެ ވިންދޭ ތީ (ފަސްވަނަ ބައި)

Next

ނޭދެން ވަކިވާކަށް…(03)

Next
April 16, 2017

ނޭދެން ވަކިވާކަށް…(03)

Previews
April 16, 2017

މިހިތުގެ ވިންދޭ ތީ (ފަސްވަނަ ބައި)

52 Comments!

  1. Cherry says:
    April 16, 2017 at 10:31 am

    Salhi ?
    Dhethin faharu balaalin up vitho ves
    Hehhe
    Btw shaim dhiyathaa 4 years ennu vy. Eiii lai school nimunu aharu vyma lai vaany 16 ennu dear. Dhn 18 nuvanys lai marry kury?????
    Vaahaka salhi. V beynun shaim ah lai liben. ❤️????

    1. cenhi says:
      April 16, 2017 at 12:13 pm

      Yageentha hama marry kurikan. N 4yrs veeru 18 nuvanetha adhi.
      Yageenvane dhw next episode ga. Thankx

    2. Cherry says:
      April 16, 2017 at 2:25 pm

      4 years vyma 18 vithaa adhi 4 nuvaathy. Hehhehe
      Aa dhw adhi marry kuri kameh ves neyge ennu. Aslu cherry v kei madhu vaaane mihen huttakas. Hehehh

    3. cenhi says:
      April 16, 2017 at 7:32 pm

      U r v understanding n caring. Hehe

  2. lara says:
    April 16, 2017 at 10:39 am

    vaanuvaaeh neyge

    1. cenhi says:
      April 16, 2017 at 7:33 pm

      Next partga engeyne In sha Allah

  3. ssss? says:
    April 16, 2017 at 10:44 am

    Mi part thankolheh kurii but varah varah rythi….. Adhi eh part miadhu up kohlevidhaanetha plxxxx

  4. xim says:
    April 16, 2017 at 10:55 am

    shaim 4 year ah dhiyaeii…….dhn 20 year ga kamah dhn balaa kiya vaa nimunee ehnn v ma vaahaka hama jeheyy……story v reethii ingey sis…keep going?

    1. cenhi says:
      April 16, 2017 at 12:14 pm

      Dhw xim. Thankx

    2. cenhi says:
      April 16, 2017 at 12:16 pm

      Thankx ol. Madhan dhen upkureveyny. Feeling sick

  5. Mariyam Ubaid says:
    April 16, 2017 at 11:12 am

    Varah reethi

  6. Maree says:
    April 16, 2017 at 11:13 am

    vv reethi

  7. ReeXa says:
    April 16, 2017 at 12:38 pm

    Reethi

  8. Nana says:
    April 16, 2017 at 12:39 pm

    Vrh salhi

  9. Shaya says:
    April 16, 2017 at 12:51 pm

    Reethi…ekam maa kuree

  10. shiu says:
    April 16, 2017 at 1:55 pm

    V rythi.. Waiting for next part….

  11. Lai says:
    April 16, 2017 at 3:06 pm

    Get well soon cenhi! Btw vaahaka varah rythi but maa kury..?

    1. cenhi says:
      April 16, 2017 at 6:22 pm

      Thank u

  12. You says:
    April 16, 2017 at 4:35 pm

    Maa kuri vara salhi vahaka v kiyaaa hie vaaa

  13. cenhi says:
    April 16, 2017 at 6:21 pm

    Sry Ol. Asl v balikoh ulhemun reyga vahaka ebaives liyuny. Ehenve liyan beynunvarah nuliyevunu. Still sick n adhi ehves varaka nuliyeve. BT hopefully madhan konmes irakun thikudhinnah kiyalevevaru kurevetho balanan

  14. Khajja says:
    April 16, 2017 at 6:44 pm

    Shafakallah cenhi n stry v rythi masha allah nxt prt ga hagygaiy engunyma shaim ahaane dhw lai kairy marry kuran wow can’t wait nxt prt but wll try hehehe keep it up n luv u more?????

    1. cenhi says:
      April 16, 2017 at 7:30 pm

      Thihenbaa vaany. Let’s see

    2. cenhi says:
      April 16, 2017 at 7:30 pm

      Jazakallah khaira

  15. Shaa says:
    April 16, 2017 at 8:03 pm

    Nice story and gws ?

  16. Maree says:
    April 16, 2017 at 8:19 pm

    loabi kolhu baliveema v dheravehjje avas shifaa ahkahedhen

  17. cenhi says:
    April 16, 2017 at 8:55 pm

    Thank you loabiva readers

  18. broken says:
    April 16, 2017 at 10:58 pm

    Waitn fr nxt part…. gws ???

  19. Anee says:
    April 16, 2017 at 11:23 pm

    V v nice story. Waiting fr next prt. Gws…

  20. cenhi says:
    April 17, 2017 at 12:35 am

    Ninmaalymi next episode. Hope ull get 2 read it early morning. Good night

  21. ninna says:
    April 17, 2017 at 11:28 am

    Kobaa haadhalahey up vaaleh

  22. Aki says:
    April 17, 2017 at 12:52 pm

    v reethi dhen konirakun up kohla dhey nee

  23. cenhi says:
    April 17, 2017 at 2:16 pm

    Reyga upkohlin adhi approve nuve. Let me call this time

  24. cenhi says:
    April 17, 2017 at 2:21 pm

    Sry readers. Asl site manager out of country vymayo emassala dhimaavany. So Insha Allah, ull get 2 c da episode soon.

  25. Maree says:
    April 17, 2017 at 2:36 pm

    V hithaama kohfin ?????

  26. Shaya says:
    April 17, 2017 at 5:54 pm

    Dhen ehenveema konirakuntha vaahaka kiyaalan libeynee

  27. Afy says:
    April 17, 2017 at 8:18 pm

    Ehen vyma mathi mathin up koffa bahatta dear. Eyrah publish kuryma effaharaa varah Gina parts thah kiyaalan libeynennu

  28. Amyy says:
    April 17, 2017 at 8:54 pm

    Kon irakuntha next part up kohdheyni . v keymadhuvefa mi thibeny.avaskihladhyba plz plz plz

  29. Aki says:
    April 17, 2017 at 9:37 pm

    haadha lahey up kohla dheyle

  30. cenhi says:
    April 18, 2017 at 12:37 am

    V sad. Varah Gina story upvejje me story liyefa fonuvifahun. Sry ol readers. Madhan anekkaves try kuranan inge

    1. Cherry says:
      April 18, 2017 at 9:48 am

      E story thah may be vedhaanennu ekkala dhuvahu kommes kujjaku comment kuriennu baeh liyuntheringe liyunthah direct koh publish vaa vaahaka. So up vefa huri story thah up vefa hury ehen kamah balamaa dhw. Hehhehe
      Let’s wait dhw site manager back vegen approve kuran dhen. ?

  31. Sham cham says:
    April 18, 2017 at 11:52 am

    Next part plx

  32. Aki says:
    April 18, 2017 at 2:06 pm

    alhey haadha dheraey

  33. Annu says:
    April 18, 2017 at 2:59 pm

    Alhey haadha dherayey ehn v ma… Alhe try kohlaba adhi vx … Mi vaahaka up vi thoa irukolhakaa beley ebah kiyaaafa hithun…

  34. Raufa Riyaaz says:
    April 18, 2017 at 8:23 pm

    Kobaa 12 vana bai

  35. Aishath Yooin says:
    April 18, 2017 at 9:29 pm

    Adhi nunikume Raufa Riyaaz kiyaathy ve

  36. Blind says:
    April 18, 2017 at 10:33 pm

    Alhey kobaatha??
    Admin???

  37. cenhi says:
    April 19, 2017 at 8:18 am

    Hyvany 22nd GE fahun hen fennany. Its seems he will b back then

    1. Ana says:
      April 19, 2017 at 10:30 am

      that is very sad. the admin should understand that readers will be waiting to read. so, they should give that right to the writer so that he or she can upload on time. Admin jeheyne ehen meehakah assign kuran.

    2. Aki says:
      April 19, 2017 at 12:55 pm

      haadha dhera habare thidhinee ???

  38. Getu says:
    April 19, 2017 at 1:32 pm

    Dhennn nooo?
    Esfiya team ga alhe emme myhehtha ulheny?? Eyna nethyma evves kameh nuvaan?

  39. Annu says:
    April 19, 2017 at 4:26 pm

    Alhey haadha dherayey… Ebunaaahen esfiya teamga eyna ekani tha ulheny…thi v gothun mijeheny inthixaaarga hunnan 22nd ah….

  40. Ana says:
    April 19, 2017 at 10:51 pm

    Keeve tha Aharen ge comment nujahani? Ae comment ga esfiya admin kanthah kuraa goi kada ey bunee ma tha?

Comments are closed.

Next Episodeހިތް އެދެނީ (12)←


All Right Reserved!