ލަސްވި ލަސްވިހެން އަހަރެންގެ ހިތުގެ ތެޅުންދިޔައީ އަވަސް ވެގެންނެވެ. އެހެން ނުވާވަރެއް ހެއްޔެވެ؟ އޭރު އެއޮއްގެން ދިހައެއްޖެހީއެވެ.އަދިވެސް އިޔާންގެ ހަބަރެއް ވީކީއެއްނޫނެވެ.ގުޅާގުޅާ ފޯނުނެގިނަމަވެސް އެއްކަމެކެވެ. އަހަރެންގެ ބައްޕަ ފިޔަވާ ހުރިހާ ފިރިހެނުންވެސް ނުކުތީ އިޔާން ހޯދާށެވެ.ބައްޕަ މަޑުކުރީ އަހަރެމެން ކައިރީގައެވެ.

ފުދޭވަރެއްގެ ނަލަ ހަނދުވަރެއް ދެމުންދިޔައީތީ ޕިކްނިކަށް ގެނައި ލައިޓުތަކުގެ ބޭނުމެއްނުޖެހުނެވެ.އަހަރެންނާއި ކުޑީއާ ތިއްތައްތަ ފިޔަވާ އެންމެންވެސް ޓެންޓުތެރެއަށް ވަދެއްޖެއެވެ.އިޔާންގެ މަންމަ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އަހަރެންގެ މަންމަވެސްވަނީ ޓެންޓަށެވެ.މަންމަވަންނަމުން އަންނާށޭ ބުނުމުންވެސް އަހަރުމެން އިރުކޮޅަކުން ވަންނާނަމޭ ބުނެހިނގައިގަތީ ގޮނޑުދޮށާދިމާއަށެވެ.

ބަބުޅަމުންދިޔަ ތަރިތަކުން ފުރިފައިވާ އުޑާ ދިމާއަށް ބަލަހައްޓައިގެން އަހަރުމެން ތިންމީހުން އެރީތި ދޮންވެލިގަނޑުމަތީގައި ޖައްސަލައިގެން ތިބިއިރު ހާލުހާލުން ދޫނިގޮވާއަޑު އިވެއެވެ. ނަމަވެސް އެހިތްގައިމު މަންޒަރުބެލުމަށްވުރެ އަހަރެން އެވަގުތު ބޭނުންވީ އިޔާން ދެކެލާށެވެ.

“ޒީ. ރޮނީތަ… ޒީ.. ޒީޝަން…” އަހަރެންގެ ކޯތާފަތްތެންމަމުން ދިޔަ ކަރުނަތަކުގެ އިހްސާސް އަހަރެންނަށް ކުރެވުނީ އަހަރެންގެ ކާރިއިން ކުޑީ އަހަންނަށް ގޮވަންފެށީމައެވެ. އަހަރެންނަށް އިހްތިޔާރަކާނުލައި ކުޑީގެގައިގަ ބައްދާލެވުނެވެ.ކުޑީ ހައިރާންކަމާއެކު އަހަރެންގެ ބުރަކަށީގައި ފިރުމަމުންދިޔައިރު ތިއްތައްތަ ކިހިނެތްވީތޯ ސުވާލުކުރަމުން ގެންދިޔައެވެ.އަހަރެން ދުލުން ބަހެއްނުބުނެވެނީސް ތިއްތައްތަ ފޯން ރިންގުވާންފެށިއެވެ.ތިއްތައްތަބެގެ ކޯލެއްކަމުން ތިއްތައްތަ ފޯނުނަގަމުން އަހަރެންމެން ތިބިތަނުން ކުޑަކޮށް ދުރަށް ޖެހިލިއެވެ.

ފުރުސަތުގެ ބޭނުންހިފަމުން އަހަރެން ދެލޯފޮހެލާ ހަމަޖެހިލީމެވެ.ކުޑަކޮށްބޮލުގައި ރިއްސަނީކަމަށް ބުނެ އަހަރެން ގަސްތުގައި ދޮގެއް ހަދާލީމެވެ.ކުޑީ އަހަރެންގާތު ނިދަންދާންވީ ދޯއޭ ބުނެލިތަނާ ތިއްތައްތަ އަތުވެއްޖެއެވެ. ފާހާނާކުރަންދާން ޖެހިގެންނެވެ. އަހަރެން މަޑުކުރާނީއޭ ބުނުމުން ކުޑީއާ ތިއްތައްތަ ހިނގައްޖެއެވެ.އަހަރެން އެކަނި ބޭރުގައި ނީންނަންވެގެން ތެދުވެގެން ޓެންޓުތަކާ ދިމާއަށްދާން ހިނގައިގަތީމެވެ.

އަހަރެން އެންމެ ފުރަތަމަ ނެގި ފިޔަވަޅާއެކު ހުއްޓުންއެރީ ފަހަތުން ދަންނަ އަޑެއް އިވުނީތިއެވެ.އުފަލުންގޮސް އަހަރެން ފެންކަޅިވިއެވެ.އެއިވުނީ އިޔާންގެ އަޑާމެދު އަހަންނަކަށް ކުޑަވެސް ޝައްކެއް ނެތެވެ.އަހަރެން ވަގުތުން ފަހަތަށް އެނބުރުނީމެވެ. އޭރު ހައެއްކަފޫޓު ދުރުގައި އިޔާންހުއްޓެވެ.މޫނުސާފުނުވިއެއްކަމަކު ދެމުންދިޔަ ހަނދުވަރުގެ ސަބަބުން އިޔާން ލައިގެން ހުރި ފެހިކުލައިގެ އަތްދިގު ޓީޝާޓާއި ޒަމާނީ ފެޝަނާއި އެއްގޮތަށް ކަކުލާ ހަމައިން ވީދާފައިހުރި ޑެނިމް ޖިންސް އަހަންނަށް ފާހަގަކުރަން އެނގުނެވެ. އަހަރެން ފައިވާނަކާ ފައިވާނެއްކިޔާ އެދިމާއަަށް ދުއްވައިގަތީމެވެ.

އަހަރެން އިޔާންއާ އަރާ ހަމަވިއިރު އުފަލުންގޮސް ރޮވިއްޖެއެވެ. އެންމެ ފުރަތަމަ ވެސް ގޮސް އަހަރެން އިޔާން ގައިގަ ބައްދާލީމެވެ. ނަމަވެސް ކުއްލިއަކަށް އިޔާން ދޫކޮށްލުމާއެކު އަހަރެން އިޔާންގެ ކޯތަާފަތް މައްޗަަށް ހޫނުއެތިފަހަރެއް ދިނީމެވެ. އެއްގޮތަކަށްވެސް އިޔާން ދެރަކޮށްލާކަށެއްނޫނެވެ. އަހަރެން ދެރަވެފައި ހުރިލެއް ބޮޑުކަމުންނެވެ.

އަހަރެން ހީކުރިގޮތާ ހިލާފަށް އިޔާންގެ މޫނުމަތިން ފެންނަމުން ދިޔައީ ލާނެއް ހިނިތުންވުމެކެވެ.ކޯތާފަތް މަތީ އަތްއަޅައިންހުރެ އިޔާން ވާހަކަދެއްކިއެވެ. “ކިހިނެއްވީތަ ހާދަ ރޭސްވެފަ ތިހިރީ.، އާނ އެހެންޏާ މުޅިމީހާތިހިރީ ސަތޭކަ ނުވަދިހައައް އަރާފަ ވިއްޔަ،.. ” އޭނަ ބެލީ އިތުރަށް އަހަރެން ރުޅިއަރުވާލެވޭތޯއެވެ. ” މީހަކު ރުޅިނާންނަ ވަރެއްތަ،.. މިހާރު އެއޮށް އެގާރަ ގަޑިބައިވަނީ.، އިރުއޮސްފުހުން އިރު ގެއްލުނު މީހާއަށް އަދިކިރިޔާ ތި އެނގުނީ އަންނަން…  ކީއްކުރަން ގެނގުޅޭ ފޯނެއްތަ.. ގުޅާގުޅާ ފޯނެއް ނަގާކަށް އެނގުނީކީނުން،،. ނޭނގޭތަ އަހަރެން ހާސް..،” އަހަރެން ދުލަށް އައި ހާ އެއްޗެއް އެއްފައްޗަކަށް ކިޔަމުންދިޔައީމެވެ.ނަމަވެސް އަހަރެންގެ ފަހުޖުމްލަ ފުރިހަމަ ނުވަނީސް އިޔާން އަހަރެންގެ އަނގަ މަތީ އަތްއެޅިއެވެ.

“ޝްޝްޝް… ސޮރީ އަހަރެން ފޯން ހޯދަން މަޑުކުރިތަނަކާ ކަލެމެން ގެއްލިއްޖެ.، ކިހާވަރަކަށް ގޮވިން. މަ ކުރިން އައި ރަށެއް ނޫންވެ މަށަށް މަގުއޮޅުނީ… ދެން ވަލުން ނުކުމެވުނީމަ ހަމަ މިއައްޔޭ… މަވަކި މިސްއެއް ނުވާނެތަ ޒީ މަތިންނެއް.. ސޮރީ ޒީ،.. މަ ނުހިތަން ޒީ ތިހާ ދެރަވާނެކަމެއް…”    “ދެރަވާންނުން އައި ލަވް ޔޫ ޑޭމް އިޓް،،،،، ” އަހަރެންނަށް އެއްވެސް އިހުތިޔާރަކާ ނުލާ ބުނެވުނެވެ. އެވަގުތު އަހަރެންނަށް އިޔާންއާ ހަތަރުކަޅި ހަމަކޮށްލެވުނެވެ. ސިހިފައި ހުރި އިޔާން ކަޅިޖަހާނުލާ ސީދާ އަހަރެންގެ ލޮލަށް ބަލަމުންދިޔައެވެ. އަހަރެންގެ މޭގައި އޮތް ހިތް މޭފަޅާލާ ނުކުންނަން މަސައްކަތް ކުރަމުން ދިޔައެވެ.އެހިތަށް އިތުރު ސިހުމެއްލިބުނީ ޓެންޓުތަކާ ދިމާއިން ބައްޕަ އަހަންނަށް ގޮވާއަޑު ކަންފަތުގައި ޖެހުމުންނެވެ.

އަހަރެން އޯއިއޭ ބުނަމުން އެދިމާއަށް ދުއްވައިގަތީމެވެ.ބައްޕަ ކާރި އިޔާން ފެނިއްޖެ ވާހަކަ ބުނުމުން ޒިމްބެއަށް ގުޅާ އަންނާށޭ ބުނެފައި އިޔާން ކޮނޑަށް އަތް ވައްޓާލައިން ވީ ކީއްތޯ އޮޅުން ފިލުވަމުން ބައްޕަ ދިޔައީ އިޔާން މަންމަ ކާރިއަށެވެ. އިޔާން ފަހަތަށް އެނބުރިލަމުން އަހަންނަށް ލޮލުގެ އިޝާރާތުން އޭނަގެ ކޮނޑުގައި އޮތް ބައްޕަގެ އަތް ދައްކާލިއެވެ.އަދި އަހަންނަށް އެއްލޯ މަރާލިއެވެ. އަހަރެން ލަދުގަތެއް ކަމަކު ހިނިތުންވަމުން އެމީހުން ފަހަތުން ހިނގައިގަތީމެވެ.

ތުއްތޮންބެއާ ޒިމްބެމެން އައުމުން އަހަރެންނާ ކުޑީ އެމީހުންގެ ބޮލަށްއެރިގެން އެރޭ ނުނިދާ ކޮންމެވެސް މަޖާކަމެއް ކުރަން ނިންމީމެވެ. އަހަރމެންގެ ތެރެއިން އެންމެ ބޮޑީ ތިއްތައްތަ ކަމުން ތިއްތައްތަގެ އެދުމުގެ މަތިން އަހަރެމެން ލަވަބަަޒީ ކުޅެން އެއްބަސްވީމެވެ. އިޔާން ގެއްލިގެން އުޅުނީތީވެ އެކަކުވެސް ނުއެއް ކައެވެ. އެހެންކަމުން އެންމެންވެސް އެންމެފުރަތަމަ ކެއީއެވެ.ކާން ހުރީ އެކިވައްތަރުގެ ހެދިކާއާ ބިސްކޯދާއި ކޭކެވެ.

އަލިފާންގަނޑެއް ރޯކޮއްގެން ވަށައިން އަށް މީހުން އެ ހުދުވެލިގަނގުގައި އިށީނދެލައިގެން ތިބީމެވެ. ގްރޫޕް ބަހަން އެންމެ ފުރަތަަމަވެސް އިސްނެގީ އިޔާންއާ ތިއްތައްތައެވެ. އިޔާން ވިސްނާކަށް ނުހުރެ އެންމެ ފުރަތަމަވެސް ނެގީ އަހަރެންނެވެ. އަހަރެން ލޯބޮޑުކޮއްލަމުން އެފަޅިއަށް ދިޔައީމެވެ.ދެން އަހަރުމެން ގުރޫޕަށް ނެގީ ކުޑީއާ އަމަންއެވެ.އެދެމީހުން ތިބީ އަމިއްލަ ވާހަކައިގައެވެ.އެކަމުގެ ފައިދާނަގަމުން އިޔާން އަހަރެން ކަންފަތްކައިރި ސިއްރުން އައި ލަވް ޔޫ ޓޫ އޭބުނެލިއެވެ. އަހަރެން އުޅަންބޯށިން އޭނަ ކޮއްޕާލީމެވެ.އަދި ނޫންކަމަށް ކުޑީއާ ދިމާކޮށްލީމެވެ.

މަޖަލާއި ފޯރީގައި ވަގުތުތައް ފާއިތުވެގެން ދިޔަގޮތްވެސް ނޭނގެއެވެ. ގަޑިން ތިނެއްޖެހިއިރުވެސް އަހަރުމެން ޓީމުން އެއްޕޮއިންޓުވެސް ނުކެނޑެއެވެ.އޭރު ތިއްތައްތަމެން ޓީމުން ދެފަހަރަށް ޕޮއިންޓުކެނޑިއްޖެއެވެ.އިޔާން ފަހުންވެސް އަހަރެންކާރި ސޮރީ އޭ ބުންޏެވެ.ނަމަވެސް ފަހުން އަނެއްކަވެސް އަހަރެން ރުޅިއަރުވާލިއެވެ.  ” މިހެން ވާނެކަން އެނގުނުނަމަ މިއަށްތުރެ ކުރިން ގެއްލުނީމުހޭ.، އެހެންނަމަ މާކުރިން ލޯބިލޯބި ހަގްއަކާ ތައްޕަޅަކާ ލިބުނިސްވިޔަ… އަދި މާދަން ވެސް ގެއްލެނވީ ދޯ..”

 

 

 

5

4 Comments

  1. flower girl

    April 19, 2017 at 3:56 pm

    wow!! when nxt part

  2. suha

    April 19, 2017 at 4:18 pm

    V nice

  3. Lenora

    April 19, 2017 at 7:03 pm

    Thnx….. Mi weekend ga……

  4. eyenee

    April 24, 2017 at 5:22 pm

    kobai aneh bai weekend vs dhiya ee ???????????

Comments are closed.