Skip to content
އެސްފިޔަ

ހެލޯ

އެ އަޑު ކަންފަތުގައި ޖެހުމާއެކު އަހަންނަށް ހީވީ ގައިން ހީބިހި ނަގައިގެން ދިޔަހެންނެވެ. ހިތުގައި ބުނެދޭން ނޭނގޭ ކަހަލަ މިއުޒިކެއް ކުޅެވިގެން ދިޔައެވެ. އެ އަޑު އަހަން އަހަންނަށް މުޅި ދުވަސް ކީއްކުރަން މުޅި އުމުރުވެސް ހޭދަ ކުރެވިދާނެއެވެ. އެހެންނަމަވެސް މިފަހަރު އެ އަޑު އަހާލަން އަހަންނަށް ލިބުނީ އެންމެ 30 ސިކުންތަށެވެ. އެ އަޑުގެ ޖާދޫގައި ޖެހި އެއްޗެއް ނުބުނެ އަހަންނަށް ހުރެވުމުން އެ އަޑުގެ ވެރިޔާ ފޯނު ބޭއްވީއެވެ. އަހަރެން އަނެއްކާވެސް ގުޅާލީމެވެ.

“ލަކީ އެއަރލައިންސް! ރިޔާ ސްޕީކިން. ހައު މޭ އައި ހެލްޕް” އަނެއްކާވެސް އަހަރެންނަށް އެ ޖާދުވީ އަޑު އަހާލުމަށް ފުރުސަތު ލިބިގެން ދިޔައެވެ. އެ އަޑު އިވުމުން އަހަރެން އާޝޯހުވެ އަނގައިން ސޮނި ފައިބާ ހިސާބަށް ދިޔަ ކަމުގައި ވިޔަސް މިއީ އަހަންނަށް އަލަށް އިވިގެން އުޅޭ އަޑެއް ނޫނެވެ. މިހާރު އެ އަޑު އިވުމުގެ އުފާ އަހަންނަށް ލިބެމުންދާތާ 3 މަސް ވެއްޖެއެވެ. ރިޔާ އާ އަހަރެން އެންމެ ފުރަތަމަ ވާހަކަ ދެއްކީ އަލަށް އޮފީހަށް ވަން ދުވަހުއެވެ. އަހަރެންގެ މަސައްކަތުގެ ގޮތުން ވަރަށް ގިނައިން ލަކީ އެއާލައިނަށް ގުޅަން ޖެހެއެވެ. އަހަރެންގެ ނަސީބު ގަދަ ކަމުން އެންމެ ފުރަތަމަ ގުޅި ދުވަހު އެކޮޅުން ފޯނު ނެގީ ރިޔާ އެވެ. އެދުވަހުވެސް އަހަރެންނަށް އެ އަޑު އިވުމާއެކު ލޭހިނގުން އަވަސްވެ ބަސް ހުއްޓިފައި އެތައް އިރެއް ވަންދެން ހުންނަން ޖެހުނެވެ. ރިޔާ ޖެހުނީ މިއަދު ކަންތައް ވި ގޮތަށް އެންމެ ފަހުން ފޯނު ބާއްވާށެވެ. އަހަރެން ދެވަނަ ފަހަރަށް ގުޅާލުމުން ފޯނު ނެގީ އެހެން ކުއްޖެކެވެ. އެކަމަކު ރިޔާ އާ ވާހަކަ ދެއްކުމަށް އަދުނީއެވެ. އޭގެ ފަހުން 3 މަސް ފާއިތުވި އިރު އަހަރެން ކަންތައް ކުރަމުން އަންނަނީ އެ ގޮތަށެވެ. ރިޔާ ނޫން އެހެން މީހަކު ފޯނު ނެގުމުން ރިޔާ އަށް ޕާސް ކޮށްލުމަށް އަހަރެން އެދެނީއެވެ. ރިޔާއަށް ގުދުރަތުން ލިބިފައިވާ އެ މަސްތުކުރުވާ އަޑު ނާހާ އަހަންނަށް އެންމެ ދުވަހަކުވެސް ނުހުރެވެއެވެ. ހަދަންޖެހޭ ރިޒަވޭޝަނެއް ނެތް ދުވަހެއް ކަމުގައިވާނަމަ ފަލައިޓަކުން ސީޓް ލިބެން ހުރިތޯ ބަލާލުމަށޭ ނުވަތަ ކޮންމެވެސް ގައުމަކަށް ދަތުރުކޮށްލެވެން އޮތް ފެއަރ އާ ރޫޓް ބަލާލާށޭ ކިޔާފައި އަހަރެން ގުޅަމެވެ.

“ހެލޯ ރިޔާ”

“ޝަރާހު ދޯ”

“އާން ޝަރާހު. މިހާރު އަޑުވެސް އިނގޭތަ” ރިޔާ އަށް އަހަރެންގެ އަޑު ވަކި ކުރަން އިނގުމުން އަހަރެން އުފާވިވަރު މީހަކަށް ފެނުނުނަމަ ހައިރާންވެ އެމީހެއްގެ އަނގަ ހުޅުވިފައި އެތައް އިރެއް ވަންދެން ހުންނާނެކަން ޔަގީނެވެ.

“ކޮންމެ ދުވަހަކު ގުޅަންޏާ އަޑު އިނގޭނެ އެއްނު. މިއަދު ކީއްކޮށްދޭންވީ” ރިޔާ ހެމުން ހެމުން ބުނެލިއެވެ. އެ ހުނުމުގެ އަޑު އަހާލަން އަހަންނަށް ހުރެވުނީ ކަންފަތުން ކަންފަތަށް ހީލައިގެންނެވެ. އަހަރެން ލަންޑަނަށް މިދުވަސްކޮޅު އޮތް ފެއަރ އާއި ދަތުރުގެ ރޫޓް އޮޅުންފިލުވާލީމެވެ. އެ މައުލޫމާތު އަޑުއަހަން އަހަންނަށް ހުރެވުނީ ކުޑަ ކުއްޖަކު ފްލައިޓެއް ދާތަން ފެނިގެން ހުންނަ ގޮތަށެވެ.

އަހަރެންގެ ހިތުގައި މިހާރު ވަނީ ރިޔާގެ ސޫރަ ކުރެހިފައެވެ. ރޭގަނޑެއްފަދަ ކަޅު ދިގު އިސްތަށިގަނޑެއްގެ ވެރިއެވެ. ކަޅު އިސްތަށިގަނޑުގެ ތެރެއިން އެ ދޮން މޫނު ފާޅުވާއިރު ހީވާނީ ސާދަ ވިލޭރޭގެ ހަނދު ފެންނަހެންނެވެ. ރަތް ދޮން ކުލަ ދިހޭ އެކޯތާފަތް ފެންނަ ކޮންމެ މީހަކުވެސް އަޖައިބުވާނެކަން ޔަގީނެވެ. އެ ލޫޅާފަތި ހަށިގަނޑު ފެނުމުން ފިރިހެނުން ހޫރުޕަރީއެއް ނޫންބާއޭ ބުނެ ރިޔާގެ ފަހަތުން ދުވާއިރު އަންހެންވެރިން ރިޔާއާމެދު ހަސަދަވެރިވާނެއެވެ. އެ ފަރިކަން ފެނިފައި އަލީ ރަމީޒުގެ ލަވައެއްގައި ބުނާ ގޮތަށް އެ ކުރެހުންތެރިންވެސް މޮޔަވާވަރުވާނެކަމީ ޝައްކެއް ވަސްވާހެއް އޮތް ކަމެއް ނޫނެވެ. ދުވަހަކު ރިޔާ ލޮލަށް ފެނިފައިނުވިޔަސް އަހަރެންނަށް ގަބޫލުކުރެވިފައި މިވަނީ ރިޔާ އަކީ ރީތިކަމުގެ މިސާލަކަށް ވާނެ ކަމަށެވެ.

ލަންޑަނަށް މިދުވަސްކޮޅު އޮތް ފެއަރ އާއި ދަތުރުގެ ރޫޓް އޮޅުންފިލުވާލުމަށްފަހު އަހަރެން ބުނަން އެތައް ދުވަހަކު އަނގަ ހުޅުވި ވާހަކަ ބުނަން މަސައްކަތް ކުރީމެވެ. “ރިޔާ. މިހާރު މިހެން ވާހަކަ ދައްކާ ދައްކާ އަހަރެމެން މިހުރީ ރައްޓެހިންނަށް ވެފައެއްނުދޯ” ރިޔާ އަހަރެންގެ ވާހަކައަށް ހުމްއޭ ބުނެލިއެވެ. އެހެންވީމަ މިހާރު މަންޒަރާއެކު އަޑު އަހާލަން ހިނގާ” އަހަންނަށް ބުނެވުނު ޖުމްލައިން ހުނދު އަހަރެންވެސް ހުރީ ލަދުން ވިރިވިރިއެވެ.

“އޭނ. މަންޒަރާ އަޑޭ؟ ކީކޭ ޝަރާހު ތި ކިޔަނީ؟”

“މިބުނީ ދިމާވެލަން ހިނގާށޭ”

“އޯ.. ޝަރާހު މާ ފަށުވިކޮށް ވާހަކަ ދައްކަންޏާ ނޭނގޭނެ އެއްނު. އަމްމް އޯކޭ. ކޮން އިރަކުން ދިމާވާނީ؟” ރިޔާގެ ޖަވާބާއެކު އަހަންނަށް އުފަލުންގޮސް ނަށާނުލެވުނީ ހަމަ ކިރިޔާއެވެ.

“މިރޭ 8 އަށް އާމިނާފުޅު ކެފޭއަށް ދަމާ” އަހަރެން މިދުވަސްކޮޅު އެންމެ ނަންހިނގާ މަޝްހޫރު ރެސްޓޯރެންޓްގެ ނަން ބުނެލީމެވެ.

“އޯކޭ. އައި ވިލް ބީ ދެއަރ އެޓް 8”

“ކިހިނެތް ޝަރާހުއަށް ރިޔާ އިނގޭނީ؟”

“އައި ވިލް ބީ ދި ގާލް ވެއަރިން ދި ރެޑް ޑްރެސް އެން އަ ޒިބްރާ ޑިޒައިން ކްލަޗް”

“ސައުންޑް ލައިކް އަ މޫވީ” އަހަރެން ހެމުން ބުނެލީމެވެ.

“ހަހަ ޔާ.. އޯކޭ ބާއި ޝަރާހު. ސީ ޔޫ ޓުނައިޓް” ރިޔާ ފޯނު ބޭއްވުމުން އަހަރެންނަށް ބާރަށް ޔެސް އޭ ބުނެވުނެވެ. އޮފީސްގެ މަސައްކަތުގައި އުޅުނު އެންމެން އެއްފަހަރާ އަހަންނަށް ބަލާލިއެވެ. “ސޮރީ” އަހަރެން ބުނެލީމެވެ.

(ނުނިމޭ)

Comments (17)

  1. sam

    Nice me 1th

  2. ...

    reethi landeh libeyne soreh kanneynge thee.. ???

    1. cenhi
      ...

      Dhw me ahves hyvey

  3. Lovegirl

    Heevey v reethi vaanehen. When is the next part

  4. Lovegirl

    Waiting for the next part?

  5. Aabhy

    Hehehe lol???

  6. Nana

    Haha salhi.. Whn nxt part?

  7. Maree

    Hehehe v reethi

  8. Hehe

    Not 1th. But. 1ST

    1. Hithu hisaab.
      Hehe

      Maths gadeega nukiyevyma vaany ehnthaa. ?? mashah 2th. ?

    2. @
      Hehe

      Me ah 3th
      He he
      Maths is just a headache…. I hate it
      Story is vvvvvnice by the way….

  9. Khajja

    Stry v tuff misoru rythi bondi eh boanehen hyvany mifaharu ???

  10. sam

    Nice

  11. Falak

    V reethi

  12. shafu

    reethi

  13. Afa

    Bodieh boefa huttaalaany ingey ???

  14. Apher

    Wen next part… Nice storyyyy

Comments are closed.