Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އާާވާ ހަނދާން 13

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
April 20, 2017 11 Mins Read
32 Comments

“ދަރިފުޅާ. ބައްޕަ ކައިރިއަށް މީހަކު އައި ދަރިފުޅާއި އިންނަން ވަލީ ހޯދަން. ބައްޕަ ބެލިބެލުމުން އެއީ ވަރަށް ރަގަޅު މީހެއް. މާލޭގެ ގެދޮރުވެރި މުއްސަންޖެއް. އޭނައާއި ކައިވެނި ކުރުމަށްފަހު ދަރިފުޅު ނުޖެހޭނެ ތިހެން ބުރަކޮށް ވަޒީފާއަށް ދާކަށްވެސް. އަރާމް ދިރިއުޅުމެއް އުޅެވޭނެ. ދަރިފުޅަށް އެނގޭނެ އެއީ ކާކުކަން. އޭނަ ބުނި ގޮތުން ދަރިފުޅު ކުރިން އުޅުނީ އޭނަގެ އޮފީހުގައި. އާމިދު ނަމަކަށް ކިޔަނީ ބައްޕަ ހަނދާންވާގޮތުން” ނާޒިމްގެ ވާހަކަ ދެއްކި ނިމުނު އިރު ފަޒުނާއަށް އިދެވުނީ ހުއްޓުން އެރިފައެވެ. ބައްޕަގެ ކޮންމެ ޖުމްލައެއް އޭނާގެ ސިކުޑިއަށް ނަގައިގަންނަން ވީ ދަތިކަމަކަށެވެ.

“ދަރިފުޅާ. ކިހިނެތް ވަނީ އާމިދު” ހައިރާންވެ އެއްޗެއް ނުބުނެވިފައި އިން ފަޒުނާއާއި ނާޒިމް ސުވާލުކޮށްލިއެވެ.

މިއަދު ބައްޕަ ކައިރިއަށް އައި އިރު ފަޒުނާއަށް ހީވީ އެތައް ދުވަހަކަށްފަހު ނުލިބުނު ބައްޕަގެ ލޯބި ލިބެނީ ކަމަށެވެ. އެހެންނަމަވެސް އުއްމީދުގެ އެހުޅުކޮޅު އެނިވުނީ ކިހާ އަވަހަކަށް ހެއްޔެވެ؟

“ބައްޕައަށް އެނގިލައްވާތޯ އަޅުގަނޑު ކުރިން އުޅުނު އޮފީހުން ވަކިވި ސަބަބު. ތި ބުނުއްވާ އާމިދު އަޅުގަނޑަށް ބިރު ދައްކައި އެކިގޮތްގޮތުން އުނދަގޫ ކުރި. އަޅުގަނޑަށް އެކަންތަކަށް ކެތްނުވެވިގެން އެއޮފީހަށް ދިޔުން ހުއްޓާލީ. އޭނަ ދެކެ އަޅުގަނޑު ގަތް ބިރެއްގެ ސަބަބުން އަރޫމެންގޭގަ އަޅުގަނޑު ހުރިން އެއްމަހަށް ވުރެ ގިނަ ދުވަސްވަންދެން. ދެން މިއަދު ބައްޕަ ތިބުނުއްވަނީ އެމީހާގަނޑާއި އަޅުގަނޑު އިންނާށޭތޯ” ފަޒުނާ އާމިދު ގެ ހަގީގަތް ބައްޕައަށް ކިޔައިދޭން މަސައްކަތް ކުރިއެވެ.

“ދަރިފުޅާ. އެނގޭތަ ލޯބިވީމަ މީހުން ކުރާނެ އެކިކަހަލަ ކަންތައް. ބައެއް މީހުން ލޯބި ފާޅުކުރާނީ އެކިގޮތްގޮތަށް. ދަރިފުޅު އޭނަ ދެކެ ރުޅި އަންނާތީ އާމިދަށް އެހެން ކަންތައް ކުރެވުނީ ދަރިފުޅު ދެކެ އޭނާ ވާ ލޯތްބެއްގެ ބޮޑުކަމުންހެން ބައްޕައަށް ހީވަނީ.  ދަރިފުޅު އަޅެ އޭނައަށް ފުރުސަތު ދީބަލަ. މީ ބައްޕައަށް ކޮށްދޭ ކަމެއްގެ ގޮތުގައި”

ފަޒުނާ ކިތައްމެ ވަރަކަށް އާމިދުގެ އަނދިރި ފަރާތް ނާޒިމަށް ދައްކައިދޭން އުޅުނު ނަމަވެސް އެކަން ކާމިޔާބު ވާ ގޮތެއް ނުވިއެވެ. އާމިދުގެ ވިސްނުންތޫނުކަމުން އޭނާ ވަނީ ކުރިއާލައި ނާޒިމްގެ ލޮލުގައި ނުފިލާނެ ވަރެގެ އަނދުނެއް އަޅުވާފައެވެ.

“އަޅުގަނޑު ތިކަމާއި ދޭތެރޭ ވިސްނާލަން ކުޑަ ދުވަސްކޮޅެއްދީ” އިސްޖަލާއިގެން އިދެ ފަޒުނާ އެހެން ބުނި އިރު އޭނާގެ އަޑުގައި ވަނީ ހިތާމައެވެ. ބައްޕަގެ ލޯތްބައްޓަކައި އޭނާގެ މުޅި ހަށިގަނޑާއި ނަފުސު ގުރުބާންކޮށްލަންވީ ހެއްޔެވެ؟

“ބައްޕައަށް އިނގޭ ދަރިފުޅު ބައްޕަގެ ބަސް ގަބޫލްކުރާނެކަން. ވިސްނާލާފަ ޖަވާބެއް ދީ އިނގޭ” ގޭގެ ދޮރުން ނިކުތް ފަޒުނާ ނިކުތްއިރު ނާޒިމް ފަހު ބަހަކަށް ބުނެލިއެވެ.


 

ފޯނަށް މެސެޖެއް އައުމުން ކުރަން އިން މަސައްކަތް ހުއްޓާލުމަށްފަހު ފަޒުނާ އޮފީހުން ބޭރަށް ނުކުތެވެ. އޭރު އޭނާގެ އިންތިޒާރުގައި އާމިދު މަގުގެ އެއް ކަންމަތީ ހުއްޓެވެ. ލައިގެން ހުރި އެއްޗިއްސާއި މޫނުމަތިން ދައްކާލި ކުލަވަރުން އޭނާގެ ބޮޑާކަން ފެނިގެންދިޔައެވެ.

“ކޮންކަމަކާ ވާހަކަ ދައްކާލަން ބޭނުންވީ ” އަތުގެ އިޝާރާތުން ކައިރީގައި އޮތް ކަޅު ކުލައިގެ ކާރަށް އެރުމަށް އާމިދު އެދުނެވެ.

“ކާރަށް އަރާކަށް ނޫން މިއައީ. އަހަރެން އާމިދު ކައިރީ ވަރަށް ބޮޑު ވާހަކައެއް ދައްކާލަން” ފަޒުނާ ކާރަށް އެރުމަށް ދެކޮޅު ހެދިއެވެ.

” ކޮން ވާހަކައެއް އަނެއްކާ.. މެރީ ކުރާ ތާރީހު ފައިނަލް ކުރަންތަ. ވެޑިންގެ ކުލަ ޗޫސްކުރަންތަ.. ހުރިހާ ކަމެއް ފަޒޫ ޑިސައިޑް ކުރޭ. އަހަރެން ބޭނުންވާ ވަރަށް ލާރި ދޭނަން.. އަހަރެންގެ އަބިމީހާއަށް ފަޒޫ ވީމަ އެނިމުނީ އަހަންނަށް” ވިހަ ހިނިތުންވުމަކާއި އެކު އާމިދު އެހެން ބުނެލިއިރު ފަޒުނާގެ ރުޅިގަނޑު ދިޔައީ އުތުރި އަރައިގެންނެވެ. ފަޒުނާ އާމިދުއާއި ބައްދަލްކޮށްލަން ބޭނުންވީ ބައްޕަ ކައިރީ އާމިދު އެދިފައިވާ އެދުން އަބުރާ ގެންދިޔުމަށް އެދޭށެވެ. އެހެންނަމަވެސް އާމިދު ފަސޭހައިން ދޫދޭނެހެން އޭނާގެ ވާހަކަ ހުރިގޮތުން ހީނުވެއެވެ.

“އާދޭސްކުރަން . އަހަރެންގެ ނިކަމެތިކަމުގެ ފައިދާ ނުނަގާ. އެއްމެ ކުޑަ އިރުއްސުރެ ބައްޕަގެ ލޯބި އަހަންނަށް ލިބެނީ ކިރިއަ ކިރިއާ. އެވެސް މާލީ ގޮތުން ވެދޭ އެހީއެއްގެ ގޮތުގައި.އިއްޔެ ބައްޕަ އަހަންނާއި ބައްދަލްކޮށްލަން ބޭނުންވީމަ އަހަރެންވީ އުފާ ބަޔާންކޮށްދޭން ވެސް ނޭނގޭ. އެކަމަކު އާމިދު މިއަދު ތިކުރާ ކަމަކުން ބައްޕަގެ ހިތް އަހަންނަށްޓަކާއި ދުވަހަކުވެސް ހެވެއް ނުވާނެ. އާމިދު ޕްލީސް . އާމިދަށް އެކަނި އަހަންނަށް އެހީވެދެންވެން އޮތީ” އާދޭހާއި އެކު ފަޒުނާ ބުނެލިއެވެ. މުޅި ދެލޯވަނީ ކަރުނައިން ފޯވެފައެވެ.

“އެކަމަކު ފަޒޫ އަހަރެން ފަޒޫ ދެކެ ވަރަށް ލޯބިވެޔޭ. އަހަރެން ހިތަށް ތަދުވޭ ފަޒޫ ތިހާ ބުރަކޮށް މަސައްކަތް ކުރާތަން ދެކެން. އަދި ތި އުޅެނީވެސް ބާ ޖިފުޓިގަނޑެއްގައެއްނު. އަހަރެންނާއި މެރީ ކުރީމަ އަރާމް ކަންމަތީ އުޅެވޭނެ. ނުޖެހޭނެ ތިހާލުގަ އުޅޭކަށް. ފަޒޫ ބޭނުން ކޮންމެ އެއްޗެއް ކޮންމެ ވަގުތަކު ހޯދަދޭނަން.. އަހަރެން ހީކުރަން ފަޒޫ ވިސްނާފަ ރަގަޅު ޖަވާބެއް ދޭނެ ކަމަށް. އެކަމަކު ހަނދާން ކުރާތި ނޫނެކޭ ބުނެފިއްޔާ ..”

“ފަޒޫ މިތާ ކީއްކުރަނީ” އާމިދުގެ ވާހަކަ މެދުކަނޑާލީ އެވަގުތު އެތަނަށް އައި އަޝްފާން ފެނުމުންނެވެ.

“އޮހޯ.. އެއްކަލަ ފިރިމަނިކުފާނު ވަޑައިގެންނެވީ ދޯ، ދޮގު ހަދައިގެން އަހަރެން ކައިރިން ސަލާމަށް ވެވޭނެ ކަމަށްތަ ހީކުރީ” އާމިދު ރުޅިވެރިކަމާއި އެއްކޮށް އެހެން ބުނެލީ ވިހަ ހިނިގަނޑަކާއި އެކީގައެވެ.

“ފަޒޫ ހިނގާ ދާން” ފަޒުނާގެ އަތުގައި ހިފައި އަޝްފާން ކުރިއަށް ހިގައިގަތެވެ. އަދި އާމިދުގެ އާއި ދިމާލަށް ނުރުހުންވެފައި ބަލާލިއެވެ.

އަޝްފާން އެންމެ ހިދުކޮޅަކަށްވެސް ފަޒުނާ އެ ނުލަފާ އާމިދުގެ ހިޔަނި އެޅޭ ހިސާބުގައިވެސް ބަހައްޓަން ބޭނުން ނުވިއެވެ. ބާރު ހިނގުމެއްގައި ގޮސް ފަޒުނާ ކާރަށް އަރުވައި ދުއްވާލިއެވެ. ފަޒުނާގެ ގެއާއި ހަމައަށް ދެވުނު އިރު އަޝްފާން އެތައް ފަހަރެއްގެ މަތިން ދެންމެ ހިގައިދިޔަ ކަންތަކާއި ތަކުރާރުކޮށް ސުވާލުކުރިއެވެ. އެހެން ނަމަވެސް ފަޒުނާގެ ޖަވާބަށްވީ ހަމަހިމޭންކަމެވެ. މިއާއިއެކުވެސް އަޝްފާން ދޫދޭކަށް ބޭނުން ނުވިއެވެ. ފަހަތުން ގޮސް ފަޒުނާ އާއި އެކީ އެގެއަށްވަނީ ޖަވާބު ހޯދުމަށެވެ.

“ފަޒޫ. އަހަރެން މިތަނަކުން ނުދާނަން އަހަރެން މިކުރާ ހުރިހާ ސުވާލަކަށް ޖަވާބު ނުލިބެނީސް” ތަޅުދަޑިފަތި އެނދު މައްޗަށް އެއްލާލުމަށްފަހު ހަށަންބަދެލަމުން އަޝްފާން ބުނެލިއެވެ.

“ފަޒޫ އޭއި” އޭނާއާއި އެއްމެ ބަހެއްވެސް ނުބުނެ އަލަމާރިން ޓީޝާޓެއް ނަގައި ފާހަނައަށް ވަންނަން ދިޔަ ފަޒުނާއަށް އަޝްފާން ބާރަށް ގޮވާލިއެވެ. އެހެންނަމަވެސް ފަޒުނާ އެއަށް ދިނީ ބީރު ކަންފަތެކެވެ.

30 މިނިޓަށް ވުރެ ގިނަ ވަގުތު ފާހަނާއިގައި ހޭދަ ކުރުމަށްފަހު ފަޒުނާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އެހާ ލަސްވުމުން އަޝްފާން ހިގައިދަނެ ކަމަށް ހީކޮށް ނުކުތްއިރު އެނދު މައްޗަށް ދެފައި އަރުވައިގެން އެދިމާލަށް ބަލަހައްޓައިގެން އަޝްފާން އިނެވެ. އަޝްފާން އިނީ ފަޒުނާ ނިކުންނަ އިރެއްގެ އިންތިޒާރުގައެވެ.

“އަހަރެން ހިނގައިދާނެ ކަމަށް ދޯ ހީކުރީ ތިހާ ލަސްވީމަ” އަޝްފާންގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ފަޒުނާ ބޯ ޖަހާލިއެވެ.

“ސޮރީ.. ފަޒޫއަށް ނެތް އެވާހަކަ އެއްވެސް މީހެއް ކައިރީ ބުނެވޭކަށް” ފަޒުނާ އަޝްފާން ކައިރީ އެނދުމަތީ އިށީންނަމުން ބުނެލިއެވެ.

“އެ ކީއްވެ. އަހަރެން ހީކުރީ ދެމީހުން ހުރިހާ އެއްޗެއް ޝެއާރ ކުރާހާ ގާތްކަމަށް. ގައިމު އަހަންނަށް ދިމާވާ ހުރިހާ ކަމެއް ފަޒޫ ކައިރީ ބުނަން. އިޝާގެ ވާހަކަވެސް ބުނީ ފަޒޫ ކައިރީ ފުރަތަމަ”

” ދެމީހުން ގާތް. އެކަމަކު އަހަރެން ބޭނުމެއްނޫން އެއްވެސް މީހަކަށް މިކަން އެނގޭކަށް. އަމުދުން އަހަރެން އަރޫ އާއި އިޝާ ގާތުވެސް ބުނަން ބޭނުން ނުވާކަމެއް ކިހިނެތް އަޝްފާން ގާތު ބުނާނީ” އިސްޖަހާލައިގެން އިނދެ ފަޒުނާ ބުނެލިއެވެ.

“އެކަމަކު ފަޒޫ. އެމީހަކީ ފަޒޫ ރޮލާކާލަންވެސް ޖެހިލުން ނުވާވަރުގެ ނުލަފާ މީހެއް. އޭނައާއި އެއްކޮށް ފަޒޫ ފެނުމުން އަހަރެން އެކަން ނުވާ ކަމަކަށް ހަދާލަންވީތަ. ނޫނީ އެއީ ނޯމަލް ކަމެކޭ ހިތަށް އަރުވާލަންވީތަ. ހަމަހޭގައި ހުއްޓައި އަހަންނަކަށް ނުވާނެ އެކަމެއް. އެނގޭތަ އޭނަ ފަޒޫ ކައިރީ ހުރިތަން ފެނުމުން އަހަންނަށްވީ ވަރު. ހިތަށް އެރި ގޮސް މޫނުމަތީ ޖަހާފާނަމޭ. އެކަމަކު މާމީހުން ގިނަވީމަ އަޅާނުލީ. ޕުލީސް ފަޒޫ. ބުނެބަލަ ކޮން ވާހަކައެއްތަ ދެމީހުން ދެއްކީ. ކޮން ކަމަކާއި ތަ އޭނަ ފަޒޫއާއި ބައްދަލު ކުރީ. އަނެއްކާ އޭނަ ފަޒޫއަށް ކަމަކަށް ފޯސް ކުރަނީތަ. ނޫނީ ބިރުދައްކަނީތަ” ހިތުގައި ފުނިޖެހިފައިވާ ސުވާލްތައް އަޝްފާން ކޮށްލިއެވެ.

” ޕުރޮމިސް އިޝާ އާއި އަރޫ ކައިރި ނުބުނަން” ކަނައަތް ދިއްކޮށްލަމުން ފަޒުނާ އަހާލިއެވެ. ޖަވާބުގައި އަޝްފާން ފަޒުނާގެ އަތުގައި ހިފައި ކުޑަކޮށް ހިނިތުންވެލިއެވެ.

ފުން ނޭވާއެއްލުމަށްފަހު ފަޒުނާ ވީގޮތް ކިޔައިދޭން ފެއްޓިއެވެ. ބައްޕަ ފޯން ކޯލުން ފެށިގެން ދެންމެ ހިނގައިދިޔަ ހުރިހާ ކަމެއްގެ ތަފްސީލެވެ. ހިތުގައި ވި ވޭނާއި އުދާސް އަޝްފާން ކުރިމަތީ ބަންޑުންކޮށްލިއެވެ. ދެލޮލުން އޮހެރެމުންދާ ކަރުނަތަކުން ކޯތާފަތް ވަނީ ތެމިފައެވެ. ގައިގެ ވަރު ދޫވެ ކައިރީގައި އިން އަޝްފާންގެ ކޮނޑުމަތީ ބޯއަޅާލެވުނީ ގޮތް ހުސްވެފައިވާ މީހެއް ފަދައިންނެވެ. ފަޒުނާގެ ވާހަކަތަށް ސާފުވަމުން ދިޔަ ވަރަކަށް އަޝްފާންގެ މޫނުމައްޗަށް އަރާފައިބަމުން ދިޔަ ކުލަތައް ވީ ގަދައެވެ. ފަޒުނާގެ ހާލަތަށް ދެރަވިއެވެ. އެކަމަކު އެއަށްވުރެ ބޮޑަށް ރުޅިއައިސް ހިތްހަމަނުޖެހުނެވެ. ދެއަތް ބާރަށް މުއްކަވާލެވުނީ އެއަތު ތެރެއަށް ލައި އާމިދު ޗިސްޗިސްކޮށްލާނަމޭ ހިތަށްއަރައެވެ.

“ފަޒޫ ހުއްޓާލާ. އަހަރެން ދިރި ހުރިހާ ހިދަކު ތިކަން ވިޔަކަ ނުދޭނަން. އާމިދެއް ކޮންމެ މީހެއް ކަމަކު ފަޒޫއާއި ނުބެވެހޭނެ. އަހަރެން މިއަދު ފަޒޫ ބައްޕަ ކައިރިއަށް ގޮސް ތިކަން ހަމައަކަށް އަޅުވާނަން.. ” ފަޒުނާގެ އަތުގައި ހިފަހައްޓަމުން އަޝްފާން އަޒުމާއި އެކީ ބުނެލިއެވެ.

“ނޫން އަޝްފާން. އޭރުން ބައްޕަ އަހަރެން ދެކެ ހިތްހަމަނުޖެހޭނެ. އަހަރެން ބޭނުން ބައްޕަގެ ލޯބި. އުމުރުން 21 އަހަރު ވީ އިރު އެންމެ ދުވަހަކު ބައްޕަ އަހަންނަށް ލޯބިން ދަރިފުޅާއޭ ކިޔާފަ ގޮވާލީ. ” ފަޒުނާ އަޝްފާންގެ ނިންމުމަށް ދެކޮޅު ހެދިއެވެ.

“އެކަމަކު ފަޒޫ. ފަޒޫގެ ހަށިގަނޑުގެ ބޭނުމުގަ އޭ އޭނަ އެއުޅެނީ. ތި ކުޑަ ކުއްޖެއް ނޫންކަންނޭނގެ އެވަރު ވިސްނެން. ބައްޕައެއް ކަމަކު ނުޖެހޭނެ ލާރިގަނޑަކަށް ފަޒޫ ވިއްކާލާކަށް. ” އަޝްފާން ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“ޕްލީސް. އަހަރެން މިވާހަކަ މިދެއްކީ ކޮންމެހެން އަޝްފާން ގެ ހިޔާލު ހޯދާކަށް ނުން. އަޝްފާން އަކަށް ނޭނގޭނެ އަހަރެންގެ ހާލަތެއް. ކުޑައިރުއްސުރެ މައިންބަފައިން ގާތު އުޅެ ބޮޑު މީހަކަށް ނޭނގޭނެ އެލޯބި ނުލިބޭ މީހަކަށް ކުރާނެ އިހްސާސެއް. ޕްލީސް ދޭ. އަހަރެން ވިސްނާފަ ގޮތެއް ނިއްމާނީ ” ފަޒުނާގެ އަޑުގައި ވަނީ ރިހުމެވެ.

“އޯކޭ.. އަހަރެން ގޮސްދާނަން. އެކަމަކު ރަގަޅަށް ވިސްނާފަ ޖަވާބެއް ދޭނީ” ދޮރުން ނުކުއްނަމުން އަޝްފާން ބުނެލިއެވެ.


 

ދުވަހަކީ ވައިމަޑު އަދި ކަނޑުގެ އޮއިވަރުވެސް މަޑު ދުވަހަކެވެ. އޮފީސް ދަތުރެއްގައި އަރޫޝާއާއި އޭނާގެ ދެ ބޭބެ އަދި ފަޒުނާ އަދި އިޝާ މާލެ އަތޮޅު މާފުއްޓަށް ދަތުރު ކުރަމުން ދިޔައެވެ. އެމީހުންނާއި އެކު އޮފީހުގެ އިތުރު ދެ މުވައްޒަފުންވެސް ދަތުރުގައި ބައިވެރިވިއެވެ.

“ހާދަ ފޫއްސޭ މި މީހުންނާއި އެކީ ދަތުރުކުރަން” އަރޫޝާ ޝަކުވާ ކޮށްލިއެވެ.

“ހިގާ ބަލަ ގޭމެއް ކުޅެން. ޓުރުތް އޯ ޑެއާރ.. އާދޭ އެއްމެން މިތަނަށް” އަރޫޝާ ފިލުވާނެ ގޮތެއް ހުށަހެޅިއެވެ.

އެއްމެން ގޭމް ކުޅުމަށް ބަށް ބުރެއްގައި އިށީދެލިއެވެ. އަރޫޝާއާއި ޖެހިގެން އަޝްފާން އިން އިރު އޭނާއާއި ޖެހިގެން އިނީ އިޝާއެވެ. އިޝާގެ ކުރިމަތީ އަޝްފާގް އިން އިރު އޭނާގެ އަތުގައި ހިފައިލައިގެން ދީނާ އިނެވެ. އިޝާ އެތަން ފެނުނަސް ނުފެންނަ ކަމަށް ހަދައިލައިގެން ހުރީ އަޝްފާގު ދެކެ އަދިވެސް އައިސްފައިވާ ރުޅިގަނޑު މައިތިރި ނުކުރެވޭތީއެވެ.

“އޯކޭ. ފެއްޓުމުގެ ކުރިން ރޫލްސްތައް އަޑުއަހާ.. ޓުރުތް އޯ ޑެއާރ ވިޔަސް ކޮންމެ މީހަކަށް ނެނގޭނީ ހަމައެކަނި ޓުރުތު. އޭރުން މަޖާ ވާނީ. ދެން ކުރާ ފުރަތަމަ ސުވާލަށް ޖަވާބު ނުދެވިއްޖެ ނަމަ ދެވަނަ ސުވާލު ކުރެވޭނެ. އެކަމަކު ފުރަތަމަ ސުވާލުގެ ޖަވާބު ނުދިނުމުގެ އަދަބެއްގެ ގޮތުން އެމީހަކު ޖެހޭނެ މާލެ ގޮސް އެއްމެނަށް ކާން ދޭން. އެއްމެން އޯކޭ”

އެއްމެން އެއްބަސްވުމުން އަރޫޝާ ފެން ހުސްކުރި ކުޑަ ފުޅިއެއް އެންމެންގެ މެދުގައި ބާއްވައި އަބުރާލިއެވެ. އެތައް ފަހަރު އެބުރުމަށްފަހު އެންމެ ފުރަތަމަ ނަސީބު ލައްވާލީ އަޝްފާގަށެވެ.

“މަ ސުވާލު ކުރާނީ ބޭބެއާއި” އަޝްފާން އިސްނެގިއެވެ.

“ކޮބާ އެއްކަލަ ކުއްޖާގެ ނަމަކީ” އަނގަފުޅާކޮށް ހީލަމުން އަޝްފާން އެހިއެވެ.

“އެ ސީކުރެޓެއް. ތިނޫން ސުވާލެއް ކުރޭ” އަޝްފާގު ކުރިމަތީ އިން އިޝާގެ ނަން ހާމަކުރަން ދެކޮޅު ހެދިއެވެ.

“ކިހިނެތްވީ އޯ.. ނަން ނުބުނެވެނީ އަހަރަމެން ތި މިސްޓީރިއަސް ޕުރިންސެސް ހޯދަފާނެތީތަ. ދެން އޯކޭ ނަންނުބުނިއަސް ދެމީހުން މީޓްވި ގޮތް ކިޔައިދީބަލަ . އެހެންވީމަ ބޭބެ ޖެހޭނެ އެކޮޅަށްގޮސް އަހަރަމެން ބުނާ ކަމެއް ކުރަން އަދަބެއްގެ ގޮތުން” އަޝްފާން ހިނގަޑަކާއި އެކީ ބުނެލިއެވެ.

އަޝްފާގު ވަކިވަކިން އެންމެނަށް ބަލާލި ނަމަވެސް އޭނާގެ މަގުސަދަށްވީ އިޝާގެ މޫނު މައްޗަށް އަރަމުން ދިޔަ ކުލަ ވަރު ދެކިލުމެވެ. އިޝާގެ އަތްފައި ފިނިވެގެން ދިޔައެވެ. އަޝްފާގު އެބުނަން އުޅޭ އެއްޗަކުން ހަގީގަތް އެއްމެނަށް އެގިދާނެތީ ހިތުގެ ތެޅުން އަވަސްވިއެވެ. އަޝްފާގު ހުއްޓުވަން ކިތައްމެ ބޭނުން ވިޔަސް ކައިރީގައި އެންމެން ތިބުމުން ގޮތް ހުސްވެފައި އިނުން ނޫންކަމެއް ކުރެވެން ނެތެވެ.

“އެ ކުއްޖާއާއި ދިމާވީ ރޯދަމަހެއްގެ އިރު އޮއްސުނު ވަގުތު ބޭބެ ގެއަށް ދިޔަ މަގުމަތީ” އަޝްފާގު އެއް ޖުމްލައިން އިޝާއާއި ދެމީހުންގެ ފުރަތަމަ ދިމާވުން ކިޔައިދިނެވެ. އަދި އިޝާގެ މޫނުމަތިން ފެނުނު ހާސްކަން ފެނި އިތުރަށް ތަޅުވާލާ ހިތް ވިއެވެ. އެހެން ނަމަވެސް އަނގަ ހުޅުވާލިތަނާ އިޝާ އޭނައަށް ބަލާލި ގޮތަކުން އިތުރަށް އެއްޗެއް ނުބުނެ ނިއްމާލިއެވެ.

އެކި މީހުންނަށް ބުރު ދިމާވުމަށްފަހު މިފަހަރު ގޮސް ހުއްޓުނީ ފަޒުނާއަށެވެ.

“ލޯބި ނުވާ މީހަކާއި މެރީ ކޮށްފާނަން” އަވަސް އަރުވާލާއިފައި އަޝްފާން އެހެން ބުނެލި އިރު ހީވަނީ ކުރިއާލައި ސުވާލު ތައްޔާރުކޮށްގެން އިންހެނެވެ. އެކަން އެންމެނަށްވެސް ފާހަގަވިއެވެ. އެހެންނަމަވެސް މިގޭމްގެ ގޮތުން އެއީ މާބޮޑުކަމަކަށް ހަދައިނުލައި ދޫކޮށްލީއެވެ.

“މަޖްބޫރު ވެގެން ނޫނީ ނުކުރާނަން” ފަޒުނާގެ ޖަވާބު ކުރުވެފައި ސާދާއެވެ. މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފެންނަން ހުއްޓެވެ. އެއްވެސް މީހެއް ކައިރީ އެވާހަކަ ނުބުނަން ވައުދު ވެފައި އެއްމެން ކުރިމަތީ އޭނާ ބޭޒާރު ކުރަން އަޝްފާން އުޅޭހެން ހީވެއެވެ.

ފަޒުނާއަށްފަހު ދެން ބުރު ދިމާވީ އަނެއްކާވެސް އަޝްފާގަށެވެ.

“ރުޝް މިފަހަރު ސުވާލު ކުރާނީ” އަރޫޝޤ އަވަސް އަވަހަށް އަތް މައްޗަށް ނެގިގޮތުން އެންމެންގެ ގާތަށް ހިނިއަންނަ ގޮތް ވިއެވެ.

“ވަރަށް ލޯބި ކުއްޖެއްތަ އެއީ. އަޅެ ޕުލީސް އަހަރަމެންނަށް އެކުއްޖާ ހުންނަ ގޮތް ކިޔައިދީބަލަ” އަރޫޝާ  ބޭނުން ވީ ބޭބެގެ  ހިތް ވަގަށް ނަގައިގެން އުޅޭ ކުއްޖާގެ ހަގީގަތް ހޯދުމަށެވެ. ދުވަހަކުވެސް އެއްވެސް އަންހެން ކުއްޖެކާއި ހެދި ނޫޅޭ އަޝްފާގުގެ ހިތް ދެވުނީ ކާކަށްކަން އެތާ ތިބި އެއްމެން އެގެން ބޭނުންވިއެވެ.

“އަބަދު އޭނަގެ ވާހަކަ ނުދައްކަބަލަ”  ގާތުގައި އިން ދީނާ އަށް ކަޅިއެއް އެއްލަމުން އަޝްފާގު ބުނެލިއެވެ. މިފަހަކަށް އައިސް އަޝްފާގު އުޅެނީ ދީނާ މާ ކައިރިކޮށްގެންނެވެ. މީންޓިންތަކަށްވެސް ގިނައިން އިޝާގެ ބަދަލުގައި ގެންދަނީ ދީނާއެވެ. މިހުރިހާ ކަމަކާއި ހެދި ދީނާއަށް ހީވެފައި އޮންނަނީ އަޝްފާގު އޭނާ ދެކެ ލޯބިވާހެންނެވެ. އެހެން ނަމަވެސް އަޝްފާގުގެ ހިތުގައި ދީނާއަށް ލޯބިނުވާކަން އޮފީސް އެއްމެނަށް އެނގެއެވެ. ދީނާއަށް ނޭނގޭ ހަގީގަތަކީ އަޝްފާގު އެކަންތައް ކުރަނީ އިޝާ ރުޅިއަރުވާލަން ކަމެވެ. އެލޯބިން ގަސްދުގައި މަހުރޫމްކޮށްލުމުން ދޭ ބަދަލެއްގެ ގޮތުގައެވެ.

“އެކުއްޖާ ދޯ. ވަރަށް ދޮންވާނެ. ވަރަށް ރީތި ވާނެ. ރީތިކަން ކުރުގޮތަކަށް ރީތިކަން ސިފަކޮށްދީފާނަން. ހަނދާން ވޭތަ އިޝާ ސިފަކޮށްދެމުން ބުނީމެއްނު އެއްމެ ބެލުމަކު ފޯލް ވާނޭ. ބޭބެއަށް ވީ ހަމައެވަރު. ” އަޝްފާގުގެ އެސިފަކޮށް ދިނުމުން އިޝާގެ ދޮން ކޯތާފަތް ރަތް ވެގެން ދިޔައެވެ. އިޝާ ލަދުގަނެ އިސްޖަހައިލުމުން އަޝްފާގުގެ މޫނު މައްޗަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ.

ގޭމް ކުޅެ ނިއްމާލީ ފެރީ އައިސް ބަދަރާއި ކައިރިކޮށްލުމުންނެވެ. ދިގު ދަތުރަކަށްފަހު މަންޒިލާއި ހަމައަށް އަދެވުނު އިރު އެއްމެންގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ ހިނިތުންވުމެވެ. މާލޭގެ ކޮންކުރީޓް ޖަންގަލީގައި އުޅުމަށްފަހު ރަށްފުށުގެ ހިތްގައިމު މާހައުލަށް ފައި ބީއްސާލުމާއިއެކު ހިތަށް ފިނިކަން ލިބިގެން ދިޔައެވެ. ސާފު މީރުވައިން މޭތައް ފުރާލިއެވެ. ކޮންމެ މީހެއްވެސް އެމީހެއްގެ ދަބަސް ކޮނޑުގައި އަލުވައިލައިގެން ހުންނަން ހަމަޖެއްސި ގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ.

ހުންނަން ހަމަޖެހުނު ގެއާއި ދިމާލަށް ދިޔުމުން އަންހެން ފިރިހެން ކުދިން ބައިވިއެވެ. އަންހެން ކުދިން ތިބެން ހަމަޖެހުނީ ފިޔާތޮށި ކުލައިގެ ބޮޑު ގެއެއްގައެވެ. ފިރިހެން ކުދިން ތިބީ ދެތިންގެ ފަސްދީ ހުރި ގެއެއްގައެވެ. އަށެއް ޖެހިއިރު އޮތް ރޭގަޑުގެ ކެއުމަށް އިންސާފުކުރީ އެއްމެން އެއްކޮށެވެ. ކެއުން ނިއްމާލުމަށްފަހު އިޝާ ވާވަރަކަށް ކިޔާތީ އަޝްފާން ދިޔައީ އިޝާ ގޮވައިގެން ރަށުގެ ބަދަރު މަތީ ހިގާލުމަށެވެ. ދެން ތިބި މީހުން ގޭގައި ކެރަމް ކުޅެން މަޑުކުރީއެވެ.

އިރުކޮޅަކަށް ހިގާލުމަށްފަހު އިޝާ އަދި އަޝްފާން ބަދަރު މަތީ ބަހައްޓާފައި ހުރި ޖޯލިފަތީގައި އިށީނެވެ. އިޝާ ޝޯހުވެ ހިނިތުންވެލީ މައްޗަށް ބަލާލި އިރު ފެނުނު ފުރިހަމަ ވެފައިވާ ހަނދު ފެނުމުންނެވެ.

“އަޝްފާން ބަލާބަ ހަނދު ލޯބިކަން” އެއަޑުގައި ވަނީ ޖޯޝެވެ. ނަމަވެސް އެއަޑު އަޝްފާނަށް އިވުނުހެން ހީނުވެއެވެ. އޭނާގެ ލޯ އަމާޒު ވެފައި ވަނީ ކުރިމަތިން ފެންނަމުން ދިޔަ ބިޔަ ކަނޑަށެވެ.

“އަޝްފާން. ކޮން ކަމަކާ ތި ވިސްނަނީ” އަޝްފާންގެ ލޯމަތީ އިޝާ އަތް ހޫރާލިއެވެ.

“އޭން .. ކަމެއް ނުވޭ” އަޝްފާނަށް ހޭވެރިކަންވެރިވިއެވެ.

“ޔަގީންތަ. އަޝްފާން މިހާރު އިޝާމަތިން ފޫހިވަނީ ދޯ”

“ނޫން. މާދަމާގެ މީޓިންއާއި މެދު ކުޑަކޮށް ވިސްނުނީ. އެހެން ނޫނަސް އަހަރެން މޮޔައެއް ނޫނޭ ތި މޮޔަ ކުއްޖާ ދެކެ ފޫހިވާކަށް” އަޝްފާން އޭނާގެ އަމިއްލަ ހިޔާލުން ބޭރުވެ ދެރަވެފައި ވާ އިޝާ ހެއްވާލަން އުޅުނެވެ.

ދެމީހުން އެތައް އިރަކު ބަދަރުމަތީ އެކި ވާހަކާއިގައި ތިއްބެވެ. ހީ ސަމާސާ ކުރުމާއި ލޯތްބާއި އަޅާލުމާއި އެކީ އުފާވެރި ވަގުތަކެއް ހޭދަކުރިއެވެ.


 

ގަޑިން 1 ޖަހައި ބޮޑުވަނީއެވެ. ކައިރީގައި އޮތް އިޝާ ފުންނިންޖެއްގައި އޮތް ނަމަވެސް ފަޒުނާގެ ދެލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ރޭގަޑު ކަމުން ކޮޓަރީގެ ދޮރުތައް ވަނީ އެއްކޮށް ލައްޕައި ތަޅުއަޅުވާފައެވެ. އެހެންކަމުން ވައި ދައުރުވާނެ އެއްވެސް ގޮތެއް ނެތެވެ. ފިނި ވައިގެ މީރުކަން ހޯދުމަށް ފަޒުނާ ގެއިން ބޭރަށް ނުކުތެވެ. އަދި ގޭގެ ދޮރު ކުރިމަތީ ހަދާފައި ހުރި އުދޯލީގައި އޮށޯތެވެ. އޭރު ހިތަށް ސިފަވަމުން ދިޔައީ މަންމަގެ ހަނދާންތަކެވެ. ކޮންމެ ދުވަހަކު ގޭގައި ކުޑަ އުދޯލީގައި ރައްޓެހިންނާއި އެކު ޖެހި ސަކަރާތެވެ. އަދި ކޮންމެ ރެއަކު މަންމަ އޭނަ ނިންދަވަން ބޮޑު އުނދޯލި ހެއްލަމުން ކިޔައިދިން ލަވަތަކާއި ވާހަކަތަކެވެ.

“ފަޒޫ” އިވުނު އަޑާއި އެކު ހިޔާލީ ދުނިޔޭގައި އޮތް ފަޒުނާ ދިޔައީ ސިއްސައިގެންނެވެ. އަދި ގެއާއި ދިމާލަށް ބާރަށް ދުއްވައިގަނެވުނެވެ. ބިރުން ސިހިސިހި ހިތް އިތުރަށް ބިރުގަތީ މީހަކު ފަޒުނާގެ އަތުގައި ހިފާ ދަމައިގަތުމުންނެވެ.

“ހާދަ ބިރުން. މަމީ ޖިންނިއެއް ނޫނޭ ތިހާ ބިރުން އުޅޭކަށް” އަޝްފާން ސަމާސާގެ ހިނިގަނޑެއް ޖަހައިލިއެވެ.

“އަޝްފާން ހާދަ ގޯހޭ. ބިރުން ހަލާކު ވާވަރު ވެއްޖެ” ފަޒުނާ އަޝްފާންގެ މޭގައި މަޑުން ތަޅާއިގަތެވެ. ބިރުގަންފައިވާ ވަރުން އެދެލޮނުން ކަރުނައިގެ ތިކިތައް ބަބުޅަމުން ދިޔައެވެ.

“ވަރަށް ސޮރީ. އެކަމަކު ވަރަށް މަޖާވެއްޖެ ފަޒޫ ބިރުގަތްތަން ފެނިފަ. މިއޮތް ދަންވަރު ބޭރަށް ނިކުތްތަން ފެނި އަހަރެން ހީކުރީ ތީ ވަރަށް ބިރުކުޑަ ކުއްޖެއްކަމަށް” ފަޒުނާ ގަންފައިވާ ބިރު ފެނި އަޝްފާނަށް ހެވުނެވެ.

ގޭގެ ވަށައިގެންވާ ފާރު ހުރީ ތަންކޮޅެއް ތިރީގައި ކަމުން ދެމީހުން އެތާނގައި އިށީނެވެ. ދެންމެ ޖެހި ސަކަރާތް މަޑުވެ ދެމީހުންގެ މެދަށް ހަމަހިމޭންކަން އައެވެ. އާމިދުގެ ކަންތަކަށް ފަހު ފަޒުނާ ބެލީ އަޝްފާން ކެތްމަދުވެ އިންތިޒާރު ކުރެވެމުން ދިޔައީ ފަޒުނާ އާއި ދެމީހުން އެކަނިވެރިވާނެ ވަގުތަކަށެވެ. އެދުވަހަށް ފަހު އަޝްފާންގެ ސިކުޑީގައި ވަނީ ފަޒުނާއެވެ. ދެމީހުން އެއްކޮށް ދިރިއުޅުނު އިރު ކުރި މަޖާކަންތަކާއި ޖެހި ސަކަރާތެވެ. އެކަކު އަނެކަކާއި ހިއްސާކުރި ވާހަކަތަކެވެ. އޭނާގެ ހަޔާތަށް އިޝާ އައުމުން ފަޒުނާއި ދުރުވި ނަމަވެސް އެއެކުވެރިކަން މަތިން އަބަދުވެސް އޭނާ ހަނދާންވެއެވެ. ނޭނގި ނަމަވެސް ފަޒުނާ ވަނީ އޭނާގެ ހިތުން ބުނެދޭން ނޭދޭ ޖާގައެއް ހޯދާފައެވެ. އެކަމަކުވެސް ފަޒުނާ އެ ކައިވެންޏަށް އާއެކޭ ބުނެފިނަމަ އޭނާގެ ހަޔާތުން ފަޒުނާ އެއްކޮށް ދިޔައީއެވެ. އެއްޗެއްގެ އަގު އެގޭނީ އެއެއްޗެއް ގެއްލުމުންނޭ މީހުން ބުނެއެޅެއެވެ. އަޝްފާންގެ ހިތް ބިރުގެންފައިވަނީ ފަޒުނާ އޭނާގެ ހަޔާތުން ބީވެދާނެ ކަމަށްޓަކައެވެ.

“ފަޒޫ ތަރިވެސް ގުނަންތަ” ދެމެދުގައިވި ހަމަހިމޭންކަން އަޝްފާން ނަގާލިއެވެ.

“ނޫން. އެކަމަކު ހަނދު ކިހާ ރީތި” ކަޅު އުޑުގައި ބަބުޅަމުން ދިޔަ ހަނދަށް އިޝާރަތްކޮށްލަމުން ފަޒުނާ ބުނެލިއެވެ.

“ހެހެހެ..މޫން ގާލްއެއް ދޯ”

ދެމީހުންގެ މެދުގައި މިކަހަލަ ކުދި ވާހަކަތައް ދެކެވެމުން ގޮސް އެންމެ ފަހުން ފުން ނޭވާއެއް ލުމަށްފަހު އަޝްފާން ފުން ނޭވާއެއް ލުމަށް ފަހު ހިތުގައި ވި އެއްމެ ބޮޑު ސުވާލު ފަޒުނާއާއި އަމާޒުކޮށްލިއެވެ

” ފަޒޫ ދެން ހަމަ އޭނައާއި މެރީ ކުރަނީތަ”

އަޝްފާން އެހެން ބުނެލުމުން ފަޒުނާ އޭނާއަށް ބަލާލިއެވެ.

“ދަނީ. ވަރަށް ނިދި އައިއްސި” ފަޒުނާ ފާރު މަތިން ތެދުވެ ގެއާއި ދިމާލަށް ދާން އުޅުނެވެ. އެހެންނަމަވެސް އަޝްފާން އެއަތުގައި ހިފައި އިތުރަށް ކުރިއަށް ދިޔުމަށް ހުރަސްއެޅިއެވެ.

“އަހަރެން ކުރި ސުވާލުގެ ޖަވާބު ވަރަށް ބޭނުން. ފަޒޫ ތިހެން ބުނި ދުވަހުން ފެށިގެން އަހަންނަށް ތިނޫން ކަމަކާއި ނޫނީ ނުވިސްނޭ. އެކަމަކު ފަޒޫ ވިސްނާފަ ޖަވާބެއް ދޭނީ. އާމިދު އަކީ ފަޒޫ ލޯބިވާ މީހެއް ނޫންކަން ހަނދާންކޮށްދެން. މަޖުބޫރުން ވިޔަސް ލޯބިވާ ނުވާމީހަކާއި މެރީކޮށްގެން ލިބޭނެ އުފަލެއްނެތް” އަޝްފާން ހުރީ ފަޒުނާގެ ދެ ކޮނޑުގައި ހިފަހައްޓައިލައިގެންނެވެ. ދެމީހުން ތިބީ ހަތަރުކަޅި ހަމަކޮށްގެން އެކަކު އަނެކަކެއްގެ ނޭވާ އެޅޭ ހިސާބުގައެވެ.

“އަހަރެން ގަބޫލްކުރަން އަހަންނަށް ބައްޕަގެ ލޯބި ބޭނުން ނަމަ އާމިދުއާއި ކައިވެނި ކުރަންޖެހޭނެކަން. އެއާއިއެކު އަހަންނަށް އެނގޭ އަހަރެންގެ ހަށިގަނޑާއި ފުރާނައަކީ ފައިސާއަށް ގަނެވޭނެ އެއްޗެއް ނޫންކަން. ބައްޕައަށް ވެސް މިހާރު އެކަން އެނގިލައްވާނެ. އެކަމަކު ފަޒޫ ދެރަވަނީ ފަޒޫ ލޯބިވާ މީހާއާއި މަޖުބޫރުން ވިޔަސް ކައިވެނި ކުރެވެން ނެތީމަ. އެނަސީބު މިއަދު ނެތީމަ” ފަޒުނާގެ ކޯތާފަތް ކަރުނުން ތެމުނު އިރު ކުރިމަތީ ހުރި އަޝްފާނަށް ހުއްޓުމެތް ނެތި ބެލެމުން ދެއެވެ. ފަޒުނާގެ ހިތަށް އެތައް ޝުއޫރުތައް އަރަމުން ދިޔައެވެ. އަޝްފާންގެ ލޯބި ލިބޭނެ ނަމައެވެ. އެ އަޅާލުން މުޅި އުމުރަށް ލިބޭނެ ނަމައެވެ.

‘އެއީ ކާކު” އަޝްފާން ކިއިރާ އިވޭވަރަށް އަހާލިއެވެ. ނަމަވެސް އެއަށް ޖަވާބުދޭން ފަޒޫ ބޭނުމެއް ނޫނެވެ. އޭރުން އިޝާގެ ރަހުމަތްތެރިކަން ގެއްލި އަޝްފާން މުޅި އުމުރަށް ގެއްލިދާނެވެ. ފަޒުނާ އަޝްފާން އެ ސުވާލަށް އެއްވެސް ޖަވާބެއް ނުދީ އެތެރެއަށް ހިގައިގަތެވެ. އަޝްފާން މިފަހަރު ފަޒުނާގެ އަތުގައި ހިފައި ހުއްޓުވަން ނޫޅުނެވެ. އޭދެ ބަދަލުގައި އޭނާވެސް މިސްރާބު ޖެހީ ޖެހިގެން ހުރި ގެއާއި ދިމާލަށެވެ. ދެތިން ފަހަރު ފަޒުނާ ހުރިތޯ ބަލާލަން ފަހަތް ބަލާލެވުނެވެ.


 

ރަށުގެ ދޮންވެލި ތުނޑިމަތީގައި އަޝްފާން އިން އިރު އޭނާގެ ކޮނޑުގައި  ބޯ އަޅާލައިގެން އިޝާ އިނެވެ. އަޝްފާންގެ ނަޒަރު ހުއްޓިފައިވަނީ އެއްފަރާތުގައި ކުދިންނާއި އެކު ވެއްޔާއި ކުޅެން އިން ފަޒުނާއަށެވެ. ދެމީހުންގެ ދެމެދެގައި ރޭގަ ވީ ކަންތަކަށްފަހު އަޝްފާން އެ ޝައުގުވެރިކަން އެއްކޮށް ހުސްވެފައިވަނީ ފަޒުނާއަށެވެ. އެރީތިކަމާއި މެދު ދެވަނަ ފަހަރަށް ވިސްނާލަން އޭނާގެ ސިކުޑި މަޖުބޫރު ކުރުވުއެވެ. ޖެހޭ ވައިރޯޅިއާއި އެކު އެ ފަން އިސްތަށިގަނޑު ވިހުރިލާތަން ފެނި ހިތް މަޑުން އޮންނަ ވަރެއް ނޫނެވެ. އެހެންނަމަވެސް ކައިރީގައި އިން އިޝާ ހަނދާންވުމުން ކުޑަ ހިދުކޮޅަކަށް ނަމަވެސް ދޫވެފައިވާ ހިތް މައިތިރިކުރުވަން މަޖުބޫރެވެ.

“އަން ލޯބި މަލެއް” އިޝާމެން ކުރިމަތިން ދަމުން އަތުގައި އޮތް މާ އަޝްފާގު ދީނާ އަތަށް ދިނެވެ. އަދި ވައްކަޅިން އިޝާއާއި ދިމާލަށް ބަލައިލީ އޭނާގެ މަގުސަދު ހާސިލްވިތޯ ބެލުމަށެވެ. އޮފީހުގައިވެސް އަޝްފާން ދީނާ ކައިރިކޮށްގެން އުޅެނީ އިޝާ ޖޭ ކޮށް ރުޅިއަރުވާލުމަށެވެ. ވަކިން ހާއްސަކޮށް މިރަށް އައިފަހުން އެކަން ބޮޑުވެއްޖެއެވެ. މީ 2 ދެވަހުގެ ދަތުރުގެ ފަހު ދުވަހެވެ. މި ކުޑަ ވަގުތުކޮޅު ތެރޭގައި އަޝްފާން ގިނަ ވަގުތު ހޭދަކުރީ ދީނާ ފަހަތުންނެވެ. ހާއްސަކޮށް އިޝާ ފެންނަން ހުރި ނަމަ ދީނާ އާއި ފުލާޓުކުރުން ގަދަކޮށްލައެވެ. އިޝާ މިކަންތަކަށް ދިނީ ބީރު ކަންފަތަކެވެ. ނުފެންނަ ކަމަށް ހަދައި އަޅާނުލަނީ އެވެ. އެހެން ނަމަވެސް ދެންމެ އަޝްފާގު ބަލާލިގޮތުން އިޝާ އޭގެ ރައްދުދޭން ބޭނުންވިއެވެ. ކައިރީގައި އިން އަޝްފާންގެ ގަޔާއި ކައިރިވެލައި އެތަތު ތެރެއަށް ވަދެގަތެވެ.

“މަޑުން އިނދެބަލަ” ރުންކުރު ގޮތަކަށް އަޝްފާން އެހެން ބުނެލިއިރު އެއަޑުގައި ވި ހިތްހަމަނުޖެހުން އިހުސާސްވެ އިޝާ އެތަނުން ދިޔުމަށް ތެދުވިއެވެ. އެވަގުތު އެތާ ތިބި އެއްމެންގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ.

“ސޮރީ” އަޝްފާނަށް އޭނާއަށް ކުރެވުނު ކަންތަކާއި ދޭތެރޭ ދެރަވިއެވެ.

“އިޝާ. އަހަރެން މިއުޅެނީ ކުޑަކޮށް ބޮލުގައި ރިއްސާތީ. މާ އަވަހަށް ރުޅި އިސްކުރެވުނީ” އަޝްފާން މާފަށް އެދުނެވެ.

“އިކްސް އޯކޭ. ހިނގާ ބޭސްކާން ދާން، މިތާ އަވީގައި އިންނަންޏާ އިތުރަށް ބޮލުގައި ރިއްސާނީ” އަޝްފާންގެ އަތުގައި ހިފާލަމުން އިޝާއާއި ދެމީހުން ކުރިއަށް ހިގައިގަތެވެ.

އޮފީހުގެ މިކުރު ދަތުރު ނިއްމާލިއިރު ކޮންމެ މީހަކަށްވެސް އެތައް ސުވާލެއްގެ ޖަވާބު ލިބިގެން ދިޔައެވެ. ބައެއް މީހުނަށް ހިތުގައި ވި އޮޅުންބޮޅުން ގިނަވެ ސުވާލުތައް އިތުރުވިއެވެ. ކޮންމެ ގޮތަކަށްވިއަސް އެއްމެން ދަތުރު ނިއްމާލީ އެފަދަ އެހެން މަޖާ ދަތުރަކަށް އިންތިޒާރު ކުރެވޭ ހާލުގައެވެ.


އޮފީހުގެ މީޓިންއަކަށް އެންމެހާ މުވައްޒަފުން ހާޒިރުވިއެވެ. މަތީގައި އޮތް އެޕާރޓުމެންޓވެސް އޮފީހުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމުން ބޮޑު ކޮންފެރެސް ރޫމެއް އެބައިގައި ވަނީ ގާއިމްކުރެވިފައެވެ. އެއްމެން މޭޒު ކައިރީގައި އިށީދެލައިގެން ތިބި އިރު މީޓިން ކުރިއަށް ގެންދަމުން ދިޔައީ އަރޫޝާއެވެ. މިހާރު ހިގަމުންދާ ޕުރޮޖެކުޓްތަކާޢި އަލަށް ސޮއިކުރެވުނު ޕުރޮޖެކުޓްތަކުގެ ތަފްސީލް އޮފީހުގެ އެއްމެނާއި ހިއްސާކުރަމުން ގެންދިޔައެވެ.

“މާފުށީ ދަތުރަށް ދާނީ ބޭބެއާއި އިޝާ ، ތުލުސްދޫއަށް ފަޒޫއާއި ދޮންބެ”

“ނޫން” ހަތަރު މީހުން އެއްފަހަރާ ބާރަށް ބުނެލިއެވެ.

“ކިހިނެތްވީ” އަރޫޝާ ހުރީ ވާނުވާގައެވެ. އިޝާއާއި އަޝްފާގު އެކަކު އަނެކަކެއްގެ މޫނަށް ބަލާލިއިރު އަޝްފާނާއި ފަޒުނާއަށް ދެމީހުންގެ މޫނަށް ބަލާލެވުނެވެ.

“އަމްމް.. އިޝާއަށް ނެތްތަ އަޝްފާން އާއި އެކީ ދެވޭކަށް. ޕުލީސް”

“ތެދެއް ، ދޮންބެވެސް ބޭނުންވަނީ އިޝާ އެކީ ދާން” އަޝްފާން އިޝާގެ ނިންމުމަށް ތާއީދު ކުރިއެވެ.

“ދެން ބޭބެ ކީއްވެޔޯ އިޝާއާއި އެކީ ދާން ބޭނުންނުވަނީ. ފަޒޫވެސް ކީއްވެޔޯ” އަޝްފާގާއި ފަޒުނާ ނޫން ބުނި ސަބަބު އަރޫޝާ ހޯދަން ބޭނުންވިއެވެ.

“ބޭބެ އިޝާއާއި އެކީ ދިޔުމަށްވުރެ ރަގަޅުވާނެ އެއްނު ދެލޯބިވެރިން އެއްކޮށް ދިޔައިމަ” އަޝްފާގު ހެދީ ބޮޑު ދޮގެކެވެ. އޭނާ ހުރީ އިޝާއާއި އެއްކޮށް ދާހިތުން ކެތްމަދުވެފައެވެ. ފުރަތަމަ ނޫނެކޭ ބުނީ އިޝާ ރުޅިއަރުވާލުމަށެވެ. އެހެންނަމަވެސް އަޝްފާނާއި އިޝާގެ ވާހަކަ އަޑުއިވި ގޮތް ބަދަލުކުރީއެވެ.

“ފަޒޫ ވެސް ބޭނުންވަނީ މިދަތުރު އަޝްފާގާއި އެކީ ދާން. ވަރަށް މާފުއްޓަށް ދާހިތްވޭ އެބަ” ފަޒުނާ ގެ ޖަވާބު އަޑުއިވި އަޝްފާނަށް ބަލައިލެވުނެވެ. ކޮންމެހެން ފަޒޫ އެރަށް ދާހިތަކުން ބުނިއެއްޗެއް ނޫންކަން އަޝްފާނަށް ރަގަޅަށް އެނގެއެވެ. ފަޒުނާ އެބަލަނީ ވީހާވެސް ބޮޑަކަށް އޭނައާއި ދުރުގަ އުޅެވޭތޯއެވެ. އޮފީހަށް އަޔަސް ގިނަ ފަހަރު އުޅެނީ މެއިން ރޫމުގައެވެ. ކުރިން ދައްކާނެ ވާހަކައެއް ހުސްނުވެފައި ހުންނަ ފަޒުނާ ކޮންމެހެން ދައްކަން މަޖުބޫރު ވާހަކައެއް ނޫނީ ނުދައްކައެވެ.

“ހު. ތިދެމީހުންނަށް މާފޮޅުވަން އެހެން ވަގުތެއްވެސް ލިބިދާނެ. މާފުށިން ވާހަކަ ދެއްކި މީހާ ބޭނުންވަނީ ބޭބެއާއި ބައްދަލުކޮށް އެގްރިމެންޓު އެކޮޅުގަ ސައިން ކުރަން. ދެން އިޝާ. އެއްމެ ފަހުން މާފުށީގަ އެޅި ގެސްޓުހައުސްގެ ޑިސައިނިން ވެސް ހަވާލުވީ މިކޮޅުން. ސޯ ޔޫ އާ ސްޓަކް ވިތް ބޭބެ. ފަޒޫ އާއި ދޮންބެ އެއްކޮށް ދާން ޖެހެނީ. ފަޒޫ އެކޮޅުގަ ހެދި އެގްރިމެންޓުގައި ދިމާވި މައްސަލައަކާއި ގުޅިގެން އެކޮޅުގެ ޕުރޮޖެކް ހުއްޓުމަކަށް އައިސް އޮތީ.  އެކޮޅަށް ގޮސްގެން އެކަންވާނީ. ޕުލަސް އެމީހުން ޑިމާންޑުކުރަނީ މިކޮޅުން މީހަކު ގޮސްގެން އެގްރިމެންޓު އެމީހުން ގާތުގައި ތިބެގެން ހައްލުކުރަން އޮތީ. ދޮންބެ ދާންޖެހޭނެ ފަޒޫ އަށް ސަޕޯޓުދޭން ދެން އަގްރީމެންޓު ނިމުނީމަ ސައިން ކުރަން. ސޯ ސޮރީ ޓު ޑިސަޕޮއިންޓު ޔޫ އޯލް. އިފް ޔޫ ވިލް އެސްކިޔުސް މީ އައި ހޭވް އަ ވެޑިން ޓު ޕުލޭން” އަރޫޝާ ދިގު ސްޕީޗެއް ދިނުމަށް ފަހު މީޓިންގް ނިއްމާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ހިތް އެދެނީ (12)

Next

ވަކިނުވިނަމަ………..

Next
April 20, 2017

ވަކިނުވިނަމަ………..

Previews
April 20, 2017

ހިތް އެދެނީ (12)

32 Comments!

  1. maroon says:
    April 20, 2017 at 10:59 am

    i am very sorry. but i did submit the story yesterday. sorry for the late upload. i hope you would like the story. plz leave a comment if u do. if there is anything that needs to be corrected plz say , so i can do better.
    thanku u for the patience

  2. Smile says:
    April 20, 2017 at 11:25 am

    Wow me first dho 🙂 vvv reeethi vaahaka, mivaruves kuruhen heevany kiyaahiy vee leh bodu kamun, alhe aneh part ehaa las nukurahchey :*

    1. maroon says:
      April 20, 2017 at 2:49 pm

      Yes dear
      Thanku v bodah. You made me SMILE ❤

  3. Annu says:
    April 20, 2017 at 11:49 am

    V v v Nice….next part when..avahan up kndhenchey plx…… V wait kurevey vaahaka eh mii…

    1. maroon says:
      April 20, 2017 at 2:50 pm

      Thanku ANNU

  4. Kiara says:
    April 20, 2017 at 12:35 pm

    Olhun araa, mistake eba huri..
    Dhathuru gossa ashfaq ulhuny dheena govaigen..ekm dhe faharah vaahakaiga inn ashfan, isha j kuran dheena govaigen ulhun vaahaka..?
    Ehgoih dhe name vma balaalaafa liyahchey

    1. maroon says:
      April 20, 2017 at 1:05 pm

      v bodah sorry e dhe mistakah. avahah type kureema olhigen liyevuny. dhn faharun ragalhu kureveythw balaanan 🙁
      thanku for reading

  5. lara says:
    April 20, 2017 at 12:36 pm

    wow v salhi next part konirakun

    1. maroon says:
      April 20, 2017 at 6:11 pm

      thanku lara <3

  6. Khajja says:
    April 20, 2017 at 1:02 pm

    Masha allah v rythi mi dhathuruga emyhunge mis understandings thah naththailaa emyhun gulheyne kamah ummydhu kuran v v v thanks maroon loabi stry eh genes dheythy luv u??????

    1. Amm says:
      April 20, 2017 at 1:51 pm

      Maroon…
      Hadha varakah thi inthizaaru kuruvanee.. dhen ehen nahadhahchey….. iyye ge v up vey tho belin
      But nice im part ves ❤
      Dhen ashfaan n Faxu , ashfaag n isha gulhuva bala eirun v reethi vaane
      Pls avahah next part up kohlahchey

    2. maroon says:
      April 20, 2017 at 6:13 pm

      hehe lets see dhw khajja .
      love u 2

  7. Maree says:
    April 20, 2017 at 1:59 pm

    vvv reethi

    1. maroon says:
      April 20, 2017 at 6:16 pm

      thanku maree..

  8. Maurifa says:
    April 20, 2017 at 2:04 pm

    V v v happy vaane fazu aa dhonbe aa gulhunyma. Aslu up vaaaleh lasvyma kada ee. Komme dhuvahaku noony dhedhuvahun eh dhuvahu ves koddheynama. Dhamakun badieh jahaalaahen thi up kollany. V v v fooohi ehenve

    1. maroon says:
      April 20, 2017 at 6:18 pm

      thanku for reading maurufa
      offyhah dhamun kiyavamun vaavaru miee. ekams try kuraanan

  9. kiyaa says:
    April 20, 2017 at 3:08 pm

    Woah so nice??
    Onemore part up kihdhyba plxx..vvv kiyaa hithun huhtaa thi ninmaaly??

    1. maroon says:
      April 20, 2017 at 6:20 pm

      thankyu kiyaa
      mi weekend ga balaanan thankolheh ginain liyeveythw
      much love

  10. Maureen says:
    April 20, 2017 at 4:46 pm

    Nice

    1. maroon says:
      April 20, 2017 at 7:44 pm

      Thanku maureen

  11. Nikki says:
    April 20, 2017 at 4:48 pm

    Haadha rychey..Ashfaan aai Fazoo gulhu vadhybw..Nd Isha aai Ashfaq gulhuva dhybw..

    1. maroon says:
      April 20, 2017 at 7:45 pm

      Nikki thanku vaahaka kiaaleema
      Lets see dhw

  12. Rose says:
    April 20, 2017 at 5:17 pm

    Waiting for the next part. V v salhi

    1. maroon says:
      April 20, 2017 at 9:35 pm

      Thanku ?

  13. ? says:
    April 20, 2017 at 6:44 pm

    Dear when is next epi

    1. maroon says:
      April 20, 2017 at 9:36 pm

      I really dnt want to give any exact time mifaharu. Ekam avaskuraanan

  14. ReeXa says:
    April 20, 2017 at 7:42 pm

    Reethi. Adhikiriyaa vaahaka e vaahaka akah vanee . When next part

    1. maroon says:
      April 20, 2017 at 9:00 pm

      Good to know i am improving ?

  15. Cherry says:
    April 21, 2017 at 12:35 am

    Alhey loabi vey varah. Cherry hithah mi arany anekka aroo ah e 4 myhunge haalathu feel vany baa ey ehen dhathuru e plan kolly. Waiting for the next hama . V salhi
    Keep it up

    1. maroon says:
      April 21, 2017 at 7:40 am

      Cherry i was waiting for ur comment.. ❤
      Dhathuruga vaa goiy balama dhn episodun
      Love u ❤

  16. Naash says:
    April 21, 2017 at 2:27 pm

    V reethi ingey mi partves. Maroon thikuraa hihvarah hama saabas.???

    1. maroon says:
      April 21, 2017 at 4:32 pm

      Naash thanku dear ❤ happy to know m improving

Comments are closed.

Next Episodeއާވާ ހަނދާން 14←


All Right Reserved!