Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދެނީ (13)

Psenhi Level 410 Stories100 Comments100 Login
April 20, 2017 5 Mins Read
38 Comments

ހެނދުނު ހެނދުނާ ލައިބާ ދިޔައީ އޮފީހަށެވެ. ކިޔެވުން ނިމުމަށްފަހުވެސް ލައިބާ މަސައްކަތުކުރަނީ ޝައިމްގެ އޮފީހުގައެވެ. ޝައިމްގެ އޮފީހުގެ ކަންތައްތަކާއި ހަވާލުވުމަށްފަހު އިހްސާން ވަނީ ލައިބާއަކީ އެއޮފީހުގެ އެޗް އާރ ޑިޕާޓްމެންޓްގެ ހެޑް އަކަށް ބަދަލުކޮށްފައެވެ. އެއީ މަޤާމުގެ ގޮތުން ދެމީހުން އެއްކޮށް ތަންތަނަށް މާގިނައިން ދާންޖެހުމުން އަލްކޮގެ ޝަކުވާ އަންނާތީއާވެސް އެއްކޮށެވެ.

ލައިބާ އިންތިޒާރުކުރީ އޮފީސް ނިމިގެން ގެއަށް ދެވޭނެ ވަގުތަކަށެވެ. އެއީ އެހިތުގެ ވެރިޔާއާ ދެކޭހިތްވާވަރުންނެވެ. ޝައިމް މިއަދު އޮފީހަށް ނުނިކުތަސް މައްސަލައެއް ނެތްކަމާއި އަންނަ ހަފްތާއިން ފެށިގެން އޮފީހާއި ހަވާލުވުމަށް ޝާހިދު ވަނީ އެދިފައެވެ. އޭރުން އިހްސާން ދެން މަސައްކަތް ކުރާނީ ޝާހިދުގެ އޮފީހުގައެވެ.

ނިމޭ ގަޑި ގާތްވާވަރަކަށް ލައިބާގެ ހިތް އަވަސްވެފާވެއެވެ. ފަސް މިނެޓަށް ވުމުން ކުރަންހުރި މަސައްކަތްތައް ބެހެއްޓުމަށްފަހު ދަބަސްނަގާ ހިނގައިގަތެވެ. ވަރަށް އަވަސް ހިނގުމެއްގާ ނިކުންނަން ދިޔަ ލައިބާއަށް ކުއްޖަކު ގޮވާލުމުން ފަހަތަށް ބަލާލެވުނީ ހިނގުން ކުރިއަށް ގެންދަމުންނެވެ. ދެން އިހްސާސްވީ މީހެއްގެ މޭގާ ވަރަށް ބާރަށް ބޯޖެހުނުކަމެވެ. “އަމް ސޮރީ ޝައިމް!” ލައިބާ މަޑުމަޑުން އެހެން ބުނެލުމުން އެމީހަކު ބާރަށް ހޭންފެށިއެވެ. އެވަގުތު ލައިބާ ރަކިވެގެން މޫނު ރަތްވިއެވެ. ކުރިމަތީ ހުރީ ޝައިމްއެއްނޫނެވެ.

“ހާދަ ވަރެއް ވެފައޭ ތިހުރީ” ލައިބާގެ ހިތުގެ ހާލު އިހްސާނުއަށް އެނގޭހެން ހީވެއެވެ.

ގެއަށް ދިޔައީއްސުރެވެސް މިއަދު ލައިބާގެ ދެލޯ ހޯދަނީ ޝައިމްއެވެ. ދެތިން ފަހަރު އަނީސާ ގާތުގާވެސް ޝައިމް ގޭގާ ނެތީހޭ އެހިއްޖެއެވެ. “މެންދުރު ކައިގެން ދިޔަގޮތަށް އަދި ނާދެ” އިރު އޮއްސުނުއިރުވެސް އަނީސާގެ ޖަވާބަކީއެއެވެ.

އަލްކޮއަށް ކުރިން ކާންދީ ނިންދެވޭތޯ ލައިބާ މިރޭ މަސައްކަތް ކުރީ ޝައިމް ބުނެފައިވާ ގަޑިއަށް ޓެރެސްއަށް ދެވޭތޯއެވެ. އަށެއް ޖަހަންވާއިރަށް އަލްކޮ ނިދައިފިއެވެ. ލައިބާ އަވަސް ފިޔަވަޅުތަކެއްގާ ކޮޓަރިން ނިކުތީ އޭނާގެ ކޮޅަރިއަށް ދިއުމަށެވެ.

ޝާހިދު މިރޭ އެށެއްގެ ޚަބަރުވެސް ބަލަން މަޑުނުކޮށް ކައިގެން ކޮޓަރިއަށް ވަނެވެ. ޝާހިދު ކޮންމެވެސް މުހިއްމު ވާހަކައެއް ދައްކަންވެފާ އޮތީކަން އަނީސާއަށް އެނގުނެވެ. އެއީ އަބަދުވެސް ޝާހިދުގެ އާދައެކެވެ. އަނީސާ އަތްމަތި އަވަސްކޮށްލާފާ ކޮޓަރިއަށް ދިޔައެވެ.

“އަނީ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފާ އެބައޮތް. ކުރިންވެސް އެއްދުވަހު މިވާހަކަ އަނީއާ ޝެއާ ކޮށްލިންދޯ! އަހަރެން މި ގަސްތުކުރަނީ ލައިބާ މިގޭ ކުއްޖަކަށް ހަދަން. އިހްސާންއާއި ލައިބާގެ ކާވެނި ކުރުވަން. އޭރުން އަލްކޮއަށް މަންމަމެއް ލިބުނީ. އަސްލު މިހުރިހާ ދުވަހު އިންތިޒާރު މިކުރީވެސް އެދެކުދިންގެ ފަރާތުން އެކަހަލަ އިޝާރާތެއް ފެނޭތޯ. ލައިބާވެސް އެހެން ކުއްޖަކާ އަދި ގުޅުން ބާއްވާހެން ހިއެއްނުވޭ. އެހެންވީމަ އަވަހަށް މިވާހަކަ ދެއްކުން ކަންނޭނގެ ރަނގަޅީ. އަނީގެ ހިޔާލަކީ ކޮބާ؟” ޝާހިދު އޭނާ ބޭނުންވާގޮތް އޮޅުންފިލުވާދިނެވެ.

“އަހަންނަކަށް ހިއެއްނުވޭ ތީ ރަނގަޅު ކަމެއްހެނެއް. މިހެން މިބުނީ މިހާ ދުވަސްވީއިރު އެދެކުދިންގެ ލޮލުން އެކަހަލަ ކަމެއް ނުފެންނާތީ. އެކަމަކު…” އަނީސާގެ ޖުމްލަ މެދުކަނޑާލިއެވެ.

“އެކަމަކު ކިހިނެއްވީ؟” ޝާހިދު އަނީސާގެކިބައިން ކުރިއަށް ގެންދިއުމަށް އެދުނެވެ.

“އެކަމަކު އަހަންނަށް ހީވަނީ ޝައިމް އާއި ލައިބާ އެއްކުއްޖަކު އަނެއްކުއްޖެއްދެކެ…” “ނުވާނެ ތިކަމެއް. ޝައިމްއެއްނޫން. ލައިބާއާއި ޝައިމްއާ ދެމެދު ތިކަހަލަ ގުޅުމެއް ނޯވޭ. އޮންނީކަށް އަހަރެން ބޭނުމެއްވެސްނޫން. އަލްކޮއަށްޓަކާވެސް ލައިބާ ކާވެނިކުރާނީ އިހްސާންއާ. އަހަރެންގެ އެދުމަކަށް އެމަންޖެ ފުރަގަހެއް ނުދޭނެ” އނީސާގެ ޖުމްލަ ނުނިމެނީސް މިފަހަރު ހުއްޓުވީ ޝާހިދުއެވެ.

ޝާހިދުއާއި އަނީސާ ދެއްކި ވާހަކަ އެކޮޓަރި ހުރަސްކޮށް ދިޔަ ލައިބާއަށް ރަނގަޅަށް އަޑުއިވުނެވެ. ދޮރު ރަނގަޅަށް ނުލެއްޕި ހުރުމުން ޝާހިދު އެންމެ ފަހުންބުނި ދެތިން ޖުމްލަ ސާފުކޮށް އަޑުއިވުނެވެ. ލައިބާއަށް ހީވީ އެނާގެ މެއަށް މީހަކު ހޫނު ފެންއެއްޗެއް އޮއްސާލިހެންނެވެ. ލައިގެން ހުރި ހެދުމުގެ ފަސްބައިގާ ދެއަތުން ހިފަހައްޓައިގެން ކޮޓަރިއާއި ދިމާއަށް ދުއްވައިގަތެވެ.

ދުވެފާދިޔަ ލައިބާގެ ހަރަކާތްތަކަށް އިރުކޮޅަކު ބަލަންހުރި އިހްސާން އަވަސް ފިޔަވަޅުތަކެއްގާ ކުރިއަށް ހިނގައިގަތެވެ. ޝާހިދުމެންގެ ކޮޓަރިއާއި އަރާ ހަމަވުމުން އެތެރެން ދައްކަމުންދިޔަ ވާހަކައަށް އިހްސާންގެ ސަވާލުކަން ހުއްޓުނެވެ.

“އަހަންނަކަށް ހިއެއް ނުވޭ ތީއަދި ރަނގަޅު ނިންމުމެއް ހެނެއް. ޝައިމް އިރެއްގަ ފަހަރަކު އަންހެން ކުއްޖަކާއެކު އުޅުނަސް އޭނާގެ އުޅުން މިހާރު ވަރަށް ބަދަލުވެއްޖެ. ޝާހިދަށްވެސް މިކަން އެނގޭނެ. އެދެކުދިް އުޅޭ ގޮތުން އަހަރެންގެ ހިތް ބުނަނީ ޝައިމްވެސް ލައިބާވެސް އެކަކު އަނެކަކުދެކެ ވަރަށް ލޯބިވެޔޭ. އިހްސާންއާ ކާވެނި ނުކުރިއަސް އޭރުންވެސް ލައިބާ ހުންނާނީ މިގޭގަ އަލްކޮގެ ހިދުމަތުގަ. އަލްކޮދެކެ ލައި ވަރަށް ލޯބިވޭ.” އަނީސާގެ ވާހަކަ ނިމުނު ވަގުތު ދޮރުގާ މީހަކު ޓަކިޖަހާލިއެވެ. އެތެރެއަށް ވަނުމަށް ބުނުމުން ވަދެގެން އައީ އިހްސާންއެވެ.

“ބައްޕާ އަޅުގަނޑު ވަރަށް ބޮޑު ވާހަކައެއް ނަންގަންނަން ވެގެން.” އިހްސާން ވާހަކަދެއްކީ އިޙްތިރާމާއެކުއެވެ.

“އަވަހަށް ބުނޭ!” ޝާހިދު ބުނެލިއެވެ.

“އަޅުގަނޑަށް ވަރަށް ކަމުދާ ކުއްޖެއް އެބަހުރި. އެއީ ބައްޕަވެސް ދަންނަ ކުއްޖެއް. އަދި އަޅުގަނޑު އެކުއްޖާ ގާތުގާ މިކަހަލަ އެއްވެސް ވާހަކައެއް ނުދައްކަން. އެއީ ބައްޕަމެންގެ ހުއްދަ ހޯދައިގެން ނޫނީ އެކަހަލަ ކަމެއް ނުނިންމަން. މިހާރު އަޅުގަނޑުގެ ތިބިހާވެސް ބަޔަކީ ތިއީ. އެއްފަސްގަނޑެއްގާ އުޅުނަސް މަންމަމެންނަށް އަޅުގަނޑަކީ ނެތްމީހެއްކަން ބައްޕައަށްވެސް އެނގިލައްވާނެ.” އިހްސާންގެ ވާހަކަ ކުރިއަށް ގެންދިޔައިރު އެމޫނުގާ މޮޅިވެރިކަންވިއެވެ.

“އެއީ އަނެއްކާ ކޮންކުއްޖެއް؟ ދަރިފުޅަށް ކަމުދާ ކޮންމެ ކުއްޖަކުވެސް ބައްޕަ ބަލައިގަންނާނަން. ބައްޕައަށް ޔަޤީންކަން އެބައޮތް ދަރިފުޅުގެ ހޮވުމާމެދު.” ޝާހިދު ވާހަކަދެއްކިއެވެ.

“އެއީ ލައިބާއަށް ވެދާނެބާއެވެ! އެހެންކަމަށް ވާނަމަ އަހަރެންގެ އެދުން ފުރިހަމަވީއެވެ. އެހަން ކުއްޖަކަށް ވިއަސް ފަރުވާލެއްނެތެވެ. އަހަރެންގެ ދަރިފުޅުގެ އުފަލަށްވުރެ އަމިއްލަ އެދުން އިސްކުރާކަށްނެތީމެވެ. އެހެން ވެއްޖެނަމަ އަނީ އެބުނާގޮތަށް ލައިބާއާ ޝައިމްގެ ދެމެދުގާ ގުޅުމެއްވާނަމަ އެދެކުދިންވެސް ބޭނުންވާގޮތަށް ކަންތައްކޮށްދޭނީއެވެ.” ޝާހިދު ހިތަށްއެރިއެވެ.

“މާދަމާ އެކުއްޖާއާ ވާހަކަ ދައްކާފަ ބައްޕަމެންނާ ބައްދަލު ކުރުވާނަން. އޭރުން ބައްޕަމެންނަށްވެސް އެނގޭނެނުން.” އިހްސާނު ވާހަކަދެއްކީ މަޑުމަޑުންނެވެ.

އެއީ ލައިބާ ހެއްޔެވެ؟ ޝައިމްއާއި ލައިބާ އެކަކު އަނެކަކު ދެކެ ވާލޯބި ހާމަކޮށް ނުދެވެނިސްދެކުދިން ދުރުވާން ޖެހެނީ ހެއްޔެވެ؟ މިއީ އަދި އިންސާފުވެރި ގޮތެއްނޫނެވެ! އެތަށް ދުވަހަކަށްފަހު ގެއްލިފަވާ ދޮށީ ދަރި ފެނި ބައްޕައެއްގެ ހިތުގާ ހިނގާނެ އިހްސާސްތައް އަނީސާއަށް ވިސްނެއެވެ. ނަމަވެސް ތިމާގެ ހުރި ހަމައެކަނި ދަރިފުޅުގެ އުފާތައް އެގޮތަށް ގެއްލިގެންދާތަން ދެކެން ކެތްވާނީފަހެ ކިތަށް މަންމައިންނަށް ހެއްޔެވެ؟ އިހްސާން އެބުނާ ކުއްޖަކީ ލައިބާއަށް ނުވުމަށް އެދި އަނީސާއަށް ދުޢާކުރެވުނެވެ.

ގަޑިން ރޭގަނޑު ނުވައެއްޖެހީއެވެ. އަޅިކުލައިގެ އަތްދިގު ޓީޝާޓަކާއި މަޑުނޫ ކުލައިގެ ސްކިނީއެއް ލައިގެން ޓެރެސްގާހުރި އުނދޯއްޔެއްގާ އިށީނދެލައިގެން އެއިނީ ޝައިމް ފިޔަވާ އިތުރު މީހެއްނޫނެވެ. އެ ފިރިހެންވަންތަކަން މިރޭ އެތަށް ގުނައެއް ފުރިހަމަވެފާވެއެވެ.

ޓެރެސްގެ ވަށައިގެން ދިއްލާފާވާ އުއްބައްތިތަކުގެ ސަބަބުން ރީތި އަލިކަމެއް ފެންނަން ހުއްޓެވެ. އިންދާފައިވާ ތަފާތު ކުލަކުލައިގެ ފިނިފެންމާ ގަސްތަކުގެ މީރުވަސް މުޅި މާހައުލު އެއްވަސް ކޮށްފާވެއެވެ. ވަރަށްވެސް ރޮމެންޓިކް މާހައުލެކެވެ.

ގަޑިން ނުވަގަޑި ބައި ވީއިރުވެސް ލައިބާގެ ހަބަރައް ނުވިއެވެ. ޝައިމް މާޔޫސްވާކަށް ބޭނުމެއްނޫނެވެ. އޭނާގެ ލައިބާ އަދި އަންނާނެކަމަށް އެހިތް ބުނެއެވެ. “އެވާނީ އަލްކޮ އަދިވެސް ނުނިދަނީ ކަމަށް!” ޝައިމް އަމިއްލަ ނަފްސަށް ބުނެދިނެވެ.

މިހާރު ގަޑިން ދިހައެއް ޖަހައިފިއެވެ. ޝައިމް އިންތިޒާރު ކޮށްކޮށް މާޔޫސްވާގޮތްވިއެވެ. “އަހަންނަށް މި ހީކުރެވުނީ އަނެއްކާ ރަނގަޅަށްބާ؟ ލައި އަހަންނާ ލައިކް ނުވަނީތަ؟ ލައި އަހަންނާ މީޓް ކުރަން ބޭނުން ނުވަނީތަ؟ ނޫން. އަހަރެންގެ ހުށައެޅުން ލައި ޤަބޫލްކުރިއިރު އެމޫނުމަތިން އަހަންނަށް ފެނުނީ އުފާވެރިކަން.”

ޝައިމް އެންމެފަހުން ނިންމީ ތިރިއަށްގޮސް ލައިބާއަށް ވީގޮތެއް އޮޅުންފިލުވާށެވެ.

“ޝައިމްތަ؟ ކިހިނެތްވީ؟” ކޮޓަރީގެ ދޮރުގާ ޓަކިޖެހުމުން ދޮރު ހުޅުވި އިހްސާން ސުވާލު ކޮށްލިއެވެ. “ދޮންބޭ! އަލްކޮ ނިދައިފިދޯ؟ ކޮބާ ލައި؟” ޝައިމް އެތެރެއަށް ބޯދިއްކޮށްލަމުން ބުނެލިއެވެ. “ކޮޓަރީގަ ކަންނޭނގެ. އަލްކޮ ނިންދަވާފަ ދިޔަފަހުން ވަރަށް ގިނައިރުވެއްޖެ.” އިހްސާންގެ ޖަވާބު އެޑުއިވުމުން ޝައިމްއަށް އިތުރަށް ވިސްނާލެވުނެވެ. އަދި މަޑުމަޑުންގޮސް ލައިބާގެ ކޮޓަރީ ދޮރުގާ ޓަކި ޖަހާލިއެވެ. ދެތިން ފަހަރު ޓަކި ޖެހުމުންވެސް އެއްވެސް ޚަބަރެއް ނުވުމުން ޝައިމް މާޔޫސްވިއެވެ.

“މަންމާ! ލައި ކޮބާތޯ ބަލާލަދީފާނަންތަ؟ ވަރަށް މުހިއްމު ކަމަކު” ޝައިމްގެ ކުރެހިފައިވާ އަޑުން ޓީވީ ބަލަން އިން މަންމައާ މުޚާތަބްކުރިއެވެ. ދަރިފުޅުގެ މިލާފައިވާ މޫނު އެމަންމައަށް ސިއްރެއްނުވިއެވެ. އެބަ އަންނަން ކަމަށް ބުނެ އަވަސް ފިޔަވަޅުތަކެއްގާ ސިޑިން މައްޗަށް އަރައިގެންގޮސް ގެއްލިއްޖެއެވެ.

“ލައި އޮތީ ބޮލުގަ ރިއްސާތީ. މަންމަ މިއައީ ބޭސްދީފަ. މިހާރު އެބައޮތް ނިދަން. ހެނދުނުން ދޯ ދެން ތިވާހަކަ ދައްކާނީ!” އަނީސާ ހުރީ ދެރަވެފައެވެ. ޝައިމްގެ އިތުގެ ހާލު އެމަންމަ އެންމެ ކުރިއްސުރެވެސް އައީ ދެނެގަންނަމުންނެވެ. އެވަގުތު އަނީސާ ހަނދާނަށް އައީ ޝާހިދުގެ ވާހަކަ ހުރި ގޮތެވެ. އެއާއި އެކު އޭނާގެ ލޯ ކަރުނުން ފުރުނެވެ. އަދި އިހްސާން އެބުނި ކުއްޖަކީ ލައިބާއަށް ނުވުމަށް އެހިތް އެދެމުންދިޔައެވެ.

ޓެރެސްގައި ހުރި ކުޑަ މޭޒުކައިރީ ޝައިމް އިށީނދެލިއެވެ. ފެންކަޅިވެފައިވާ ދެލޮލުގެ ތެރެއިން މޭޒުމަތީގާ ބަހައްޓާފާހުރި އުއްބައްތީގެ ހުޅުކޮޅަށް ބަލަހައްޓައިގެން އިނެވެ. ދެން ޖީބުގައިވާއެއްޗެއް ނަގާ މުއްކެވިފައިވާ އަތާދިމާއަށް ބަލަހައްޓައިގެން އިނެވެ.

“ލައި! ކީއްވެ؟ ކީއްވެ އަހަރެން މިގޮތަށް ތަޅުވަނީތި؟ ލައި ބަލިވެ ނާދެވެންޏާވެސް ގުޅާލާފަ ބުނެވޭނެ. އެޓްލީސްޓް މެސެޖެއް ކޮށްލިނަމަ. އަހަރެން ކިހާ އިންތިޒާރެއް ކޮށްފިން. ލައި އާއެކު ކިހާ ފޮނި ހުވަފެންތަކެއް…” ޝައިމްގެ އަޑު ބެދިއްޖެއެވެ. ދެން ފެނުނީ އެދެލޮލުގާ ގިނަވެފާހުރި ކަރުނަތައް ފައިބަންފެށިތަނެވެ.

ދެލޯ ފުހެލުމަށްފަހު ޝައިމް އޭނާގެ މުށްކެވިފައިވާ އަތް ހުޅުވާލިއެވެ. އަދި އެއަތުގެ ތެރޭގައިވާ ރަތްކުލައިގެ ކުޑަ ފޮށީގައިވާ އެއްޗެއް ނެގިއެވެ.

ގަޑިން މެންދަމު ދޭއް ޖެހީއެވެ. އުނދޯލީގާ އޮށޯވެލައިގެން ނިއްކުރިމަތީ އަތް ބާއްވާލައިގެން ޝައިމް އޮތީ ނިދާފައެއް ނޫނެވެ. މިރޭގެ ނިދި ވަނީ ޝައިމްއާ މާދުރުފައެވެ. އެގޮތުގާ  ޝައިމްއަށް އެތާ އޮވެވުނީ ކިހާ އިރަކުކަންވެސް ނޭގޭފަދައެވެ. މެންދަންވެއްޖެކަން އެސިކުނޑިއަށް ރޭކާވެސް ނުލަނީއެވެ. ނުވަތަ އެ ހަމަހިމޭންކަން އެހިތާމައަށް ލުޔެއް ދީފާނެހެން ހީވަނީއެވެ.

“ޝައިމް!” އަމިއްލަ ދުނިޔެއަކަށް ގެއްލިފާއޮތް ޝައިމްއަށް ކުއްލިއަކަށް ބަލާލެވުނީ އަޑު އައި ދިމާއަށެވެ.

“ލައި! އަމް ސޯ ހެޕީ ޔޫ ކޭމް. އެނގޭތަ ޝައިމް ހިތުގަޖެހުނު ވަރު. މިނޫނީ ދުވަހަކުވެސް އަންހެން ކުއްޖެއްގެ ސަބަބުން މިލޮލުން މިގޮތަށް ކަރުނައެއް ނާދޭ!” ޝައިމް އޮތްތަނުން ތެދުވެ ދުވެލާފާގޮސް ލައިބާގެދެއަތުގާ ހިފާ ގަޔާ ކައިރިކޮށްލީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ.އޭރުވެސް އެދެލޮލުން ކަރުނަ ނުހިކެއެވެ.

ޝައިމް މަޑުމަޑުން ލައިބާގެ ކައިރީ ދެކަކޫމަތީ އިށީނދެލިއެވެ. އަދި އަތުތެރޭގައިވާ އަނގޮޓި ނަގާ ލައިބާއާއި ދިމާއަށް ދިއްކޮށްލިއެވެ.

“ލައި! އައި ލަވްޔޫ. ފްރޮމް ދަ ވެރީ ފަސްޓް ޓައިމް އައި ސޯޔޫ، ޔޫ އަރ ދަ އޮންލީ ޕާރސަން އައި ޑްރީމް އޮފް. އައި ވަނަ ސްޕެންޑް މައި ހޯލް ލައިފް ވިތް ޔޫ. ވިލް ޔޫ ބީ މައި ވައިފް؟”

ޝައިމް އެތަކެއް ދުވަހު ދުލުން ހާމަކޮށްދޭން ބޭނުންވި ބަސްތައް ބުނާނެ ހިތްވަރު މިރޭ ލިބުނީއެވެ. އެހިތުގެ އެދުން ލައިބާގެ ކުރިމަތީ ބަންޑުން ކޮށްލެވުމުން ކުރެވުނީ ވަރަށްވެސް ފޮނި އިހްސާސެކެވެ.

ލައިބާގެ ޖަވާބެއްގެ އިންތިޒާރުގާ ޝައިމް މަޑުކޮށްލުމަށްފަހު އެފުން ދެލޮލަށް ނަޒަރު ހިންގާލިއެވެ. އެތަށް އިރަކު ރޮއިފާވާކަން އެ ރަތްވެފައިވާ ދެލޮލުން ހާމަވެގެންދެއެވެ. ޝައިމްގެ މޫނުމަތީގެ އުފާވެރިކަން ވަގުތުން ފަނޑުވެގެންދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ވަކިނުވިނަމަ………..

Next

ކަކުނި 7

Next
April 20, 2017

ކަކުނި 7

Previews
April 20, 2017

ވަކިނުވިނަމަ………..

38 Comments!

  1. Nana says:
    April 20, 2017 at 10:40 pm

    Wooooaah salhi mi part vx.. Me first tha?

    1. cenhi says:
      April 20, 2017 at 11:39 pm

      Hmm Nana 1st

  2. xim says:
    April 20, 2017 at 10:49 pm

    sis story v reethii ingey…..keep it up

    1. cenhi says:
      April 20, 2017 at 11:40 pm

      Hmm Nana 1stthikujjaya hedhieynu mireyves story nuliyevuny.

    2. cenhi says:
      April 20, 2017 at 11:43 pm

      Thankx xim bro

  3. maroon says:
    April 20, 2017 at 11:06 pm

    V reethi story❤
    “SHAIM” v loabi nameh ?

    1. cenhi says:
      April 20, 2017 at 11:41 pm

      V handsome kujjekey ey aslvs

    2. cenhi says:
      April 20, 2017 at 11:42 pm

      Thankx maroon

  4. Maree says:
    April 20, 2017 at 11:28 pm

    vvvvv reethi

    1. cenhi says:
      April 20, 2017 at 11:42 pm

      Thankx mary

  5. unknown says:
    April 20, 2017 at 11:48 pm

    alhe lai aa shaim ingeyyy…

  6. Khajja says:
    April 21, 2017 at 1:44 am

    Mashallah v lobi stry n lai gaboolukobbala shaimge edhun pls u know he luvs u than try to understand

  7. Lam Herr says:
    April 21, 2017 at 5:57 am

    V salhi…alhe lai shaim libey goi hadhaaadhenchey… V v v v v v nice part vx… When next part…

  8. Lovegirl says:
    April 21, 2017 at 6:10 am

    V reethi mi part ves.☺

  9. Anonymous says:
    April 21, 2017 at 7:38 am

    Thankyou ol

  10. Cherry says:
    April 21, 2017 at 10:30 am

    V v rythi
    Alhey shaim ah lai libeyne dhw :'( kyvvetha shahid ah nuvisneny shahid ves loabi nuvaa myhaka marry koggen life eh nulibunu kannn
    Plz darlin ehn nuhadhacchey
    Really love my shaim

    1. cenhi says:
      April 21, 2017 at 1:22 pm

      Thank u. Happy ending eh annaneye adhi madukolla

    2. cenhi says:
      April 21, 2017 at 1:23 pm

      Miadh nufeni madhan last part fenunyma kihineh vaane thankolheh dhigukohlan.

    3. Cherry says:
      April 22, 2017 at 10:53 am

      Hama ok vaaane.
      Igeytha cherry huvafenuga ves fenunu mi story ge kanthah gadeh. Ekam vaanuvaa eh nei handhaaneh. Hehhehe

  11. Rose says:
    April 21, 2017 at 10:47 am

    Eyy shaim ah lai libey goeh hadhaathi. …..

  12. Blue says:
    April 21, 2017 at 11:07 am

    Miadhu adhi eh part up kohdhyba pls

  13. Aki says:
    April 21, 2017 at 1:33 pm

    miadhu up kohla dheebaa pls pls… kiyaahithun mihaaru inthizaaru koh halaaku vehje

  14. princess ? says:
    April 21, 2017 at 2:57 pm

    Wow..salhi…???? hama rohvaalaafi…whn next part??

  15. princess ? says:
    April 21, 2017 at 2:59 pm

    M waiting cenhi… ??

  16. naxo says:
    April 22, 2017 at 8:19 am

    wow v reethi????

  17. ssss? says:
    April 22, 2017 at 10:52 am

    Wow….. Varaha rythi mi story

    1. Aki says:
      April 22, 2017 at 11:55 am

      kihaairaku vaahaka up kohla dhey nee

    2. Cenhi says:
      April 22, 2017 at 12:19 pm

      Nenge bunakah

  18. Maurifa says:
    April 22, 2017 at 5:16 pm

    Nukuraaane up eh. Kuraaane nama mihaaru koffa onnaany. Ehenya comment egga liyuntheriya bunefa in iyye up nukoh dhigukoh final part up kuraa vaahaka. Mi vaahaka kithamme rycchas kadaee up nukoh koffymey bunumaa kuraanamey bunaa irah nukurun. Miadhu isha men story ves maroon namegga up koffa einy. Kuda thankolheh liyefa. V vai

    1. cenhi says:
      April 22, 2017 at 7:28 pm

      Thank u maurifa. V ufavejje story rythivyma. Cenhi ah up kirevun irakun kuranan BT vahaka ninmalaafa.

    2. Aki says:
      April 22, 2017 at 7:36 pm

      v kiyaahithun mihuree..

  19. Lam Herr says:
    April 22, 2017 at 7:40 pm

    Alhe KB tha vaahaka… V kiyaaahithun mihunnany… Avahan up knladhybala…

  20. cenhi says:
    April 23, 2017 at 12:31 am

    Sry ol. Hama mininmaalevuny. Upkollymi. In Sha Allah madhan kiyaalan libeyne.

    1. Cherry says:
      April 23, 2017 at 8:44 am

      Thank you dear
      ??

  21. Sifaa says:
    April 23, 2017 at 1:38 pm

    Kobaatha story… buneemennu mi up kohlanee ey… Dhen kobaatha….

  22. Sifaa says:
    April 23, 2017 at 1:40 pm

    Admin kobaatha story…

  23. Afaan says:
    April 23, 2017 at 1:40 pm

    Alhey kobaatha story…

  24. cenhi says:
    April 23, 2017 at 2:01 pm

    Adhi approve nulibey kidhinney 🙁

Comments are closed.

Next Episodeހިތް އެދެނީ (ފަހުބައި)←


All Right Reserved!