Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަކުނި 11

ShaiShy Level 410 Stories100 Comments500 Comments
April 28, 2017 8 Mins Read
68 Comments

“ދަރިފުޅާ މިގަޑިގައި ކީއްކުރަން…މިއީ ހާދަ ދަންގަޑިއެކޭ..” ނިދިއަޑަކުން މަޖުދާ ބުނެލީ ދޮރު ބޮޑަށް ހުޅުވާލަމުންނެވެ. “މަންމާ ޕްލީޒް މިހާރު ސުވާލު ނުކޮށްބަ..މި ރޫމްގަ މިރޭ ނިދާނީ..” އެތެރެއަށް ދެމިގަންނަމުން ކައިޝާ ބުނެލިއެވެ. އެވަގުތު ކައިޝާގެ ފަހަތުން އެކޮޓަރިއަށް ކަކުންޏެއް ވަތްކަމެއް ދެމީހުންނަށްވެސް ރޭކާނުލައެވެ. މަޖުދާ ދޮރުލައްޕާލިއެވެ.

 

ފާހާނާއަށް ވަދެ އެއްޗެހި ބަދަލުކޮށްލާފައި މޫނު ދޮވެލަންވެގެން ކައިޝާ އިސްކުރި ދޫކޮށްލިއެވެ. މޫނަށް ދެތިން ފެންގޮށި އަޅާލަމުން ލޯ ހުޅުވާލާފައި މޫނުގައި ދެއަތް ކާތާލިއެވެ. ކުރިމަތިން ފެންނަން ހުރި ލޯގަނޑަށް ބަލާލަމުން އިސްތަށިގަނޑުގައި އައްސާފައިވާ ވޫލުކޮޅަށް ބާރުކޮށްލަމުން ކައިޝާ ފާޚާނައިން ނިކުންނަން ދޮރުހުޅުވާލިއެވެ. އެވަގުތު އާދަޔާ ޚިލާފަށް ހޫނު ވައިރޯޅިއެއް ގައިގާ ބީހިލިހެން ހީވިއެވެ. ހީވީ ކަނދުރާމަތި ފިއްސާލިހެންނެވެ. ކައިޝާ ކަނދުރާގައި އަތް ހާކާލަމުން ދެކޮޅު ހޯދާބަލާލިއެވެ. ފާޚާނަތެރެއަށް ބޯދިއްކޮށްލަމުން ކޮޓަރިތެރެއަށްވެސް ނަޒަރެއް ދިނެވެ. ތަފާތު އެއްވެސް ކަމެއް ފާހަގައެއް ނުކުރެވުނުނެވެ. ހީވި ހީވުމެއްކަމަށް ނިންމަމުން ކައިޝާ އޭނަގެ މަންމަ ކައިރީ ބިއްދަށަށް އަރާ އޮށޯތެވެ. ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއްވިއެވެ. އެނދުގައި ހަމަޖެހިލަމުން ކައިޝާ ދެލޯ މަރާލިއެވެ. މިރޭ އެފެނުނީ ކޮންކަހަލަ ހުވަފެނެއް ހެއްޔެވެ؟ އަދިވެސް ލޯ ކުރިމަތިން އެމަންޒަރުތަށް ސިފަވަމުން ދެއެވެ. ނުވިސްނަން އުޅުނަސް ވިސްނެނީ އެކަމާއެވެ. އެހުވަފެނުގައި “ދެ” އީތަން އެފެނުނީ ކީއްވެހެއްޔެވެ؟ އެކަމުގައި ފޮރުވިފައިވާ ސިއްރެއް އެބަވެޔޭ ކައިޝާގެ ހިތް ބުނެއެވެ. ނަމަވެސް ކޮންކަމެއްކަން ނުވިސްނުނެވެ. ހުވަފެނާމެދު ވިސްނަން އޮވެފައި ކައިޝާއަށް ނިދުނު އިރެއްވެސް ނޭނގެއެވެ.

 

ކައިޝާ ނިދާލާފާ އޮތީ ނިކަން އަރާމުކޮށެވެ. އެހެން އޮއްވާ ލައިގެން އޮތް ހުދުކުލައިގެ ޓީޝާޓް ބަނޑާ ދިމާއިން ހިއްލިގެން ދިޔައީ މީހަކު އެޓީޝާޓް ހިއްލާލިފަދައަކުންނެވެ. އެކޮޓަރީގައި ނިދާފައި ތިބި ތިން މިހުން ފިޔަވާ އިތުރު މީހަކު ފެންނާކަށް ނެތެވެ. ކައިޝާ އޮތް ދިމާ އެނދުން މައްޗަށް އަރައިގެން އައި ކަކުނީގެ ދެލޯ ދިއްލިފައިވަނީ ލޭ ރަތް ކުލައިގައެވެ. މަޑުމަޑުން އައިސް އެކަކުނި އެރީ ކައިޝާގެ ފައި މައްޗަށެވެ. ހަރުވާޅުމަތިން  ގޮސް ހާމައަށް އޮތް ކައިޝާގެ ބަނޑު މައްޗަށް އެކަކުނި އެރިއެވެ. އެކަކުނީގެ ދާނަފައި ކާއްތަމުން ކައިޝާގެ ބަނޑުމަތީ ދެކޮޅުދެކޮޅަށް ދުވަމުން ދިޔައެވެ. އެގޮތަށް ދެތިން ފަހަރު ބަނޑު މަތީގައި ދެކޮޅަށް ދުވެލާފައި ޓީޝާޓް އެތެރެއިން ވަދެގެގެން މައްޗަށް އަރައިގެން ދިޔައެވެ. އިރުކޮޅެއްފަހުން ކަނދުރާއާ ދިމާއިން ޓީޝާޓް އެތެރެއިން ނިކުމެގެން އައިސް ކައިޝާގެ މޫނުމައްޗަށް އެކަކުނި އެރިއެވެ. އެއަށްފަހު ކައިޝާގެ ކޯތާފަތް މަތިން ގޮސް ނިތްކުރިއަށް އެރުމަށްފަހު ނޭފަތްމަތިން ގޮސް ތުންފަތް މައްޗަށް އަރާ މަޑު ޖެހިލުމަށްފަހު އެކަކުނި ގެއްލިގެން ދިޔައީ ބަންގީގެ އަޑަށެވެ.  ކައިޝާއަށް ކޮންމެވެސް ކަހަލަ އިހުސާސެއް ކުރެވުނަސް ހޭލެވޭ ގޮތެއް ނުވިއެވެ. ބައެއް ފަހަރު އޭނަގެ ގައިގައި އެއްޗެއް ބީހޭހެން ވެސް ހީވިއެވެ. ލޯ ހުޅުވާލަން ކިތައްމެ ބޭނުމަސް ދެލޮލުގައި ތެރަސް ލާ ތަތް ކުރެވިފައިވި ކަހަލައެވެ.

 

ދެފަރާތަށް ފުރޮޅިލަމުން  މަޖުދާއަށް ހޭލެވުނީ އޭނާގެ ފޯނުން އިވެމުންދާ ބަންގީގެ އަޑަށެވެ. މޯޅިއަކަށް ދެމިލަމުން މަޖުދާ އަނެއް ފަރާތަށް އެނބުރިލިއިރު ފެނުނު މަންޒަރަކުން މެޔަށް ފިނިވެގެން ދިޔައެވެ. ކައިޝާގެ ބަނޑުމަތީގަޔާ މޫނުގައި އޮތީ ހުސް ލެޔެވެ. މަޖުދާ ހަޅޭލަވާގަންނަމުން އެނދުން ތެދުވެގެން ގޮސް ލައިޓް ޖައްސާލިއެވެ. ނަމަވެސް ކުރިން އެފެނުނު ކަހަލަ އެއްވެސް ކަހަލަ ކަމެއް ކައިޝާގެ ހަށިގަނޑުން ފެންނާކަށް ނެތެވެ. މަޖުދާ ބިރުން ހުރެ ގޮސް ކައިޝާއަށް ގޮވާލީ އޭނަ އެހާ ބާރަށް ހަޅޭލަވަގަތުމުންވެސް  ހޭނުލުމުންނެވެ.

 

“މްމްމްމްމް..މަންމާ ޕްލީޒް..ރޭގަ ވަރަށް ލަހުން ނިދުނީ..” ކަންނެތް ރާގަކަށް ކައިޝާ ބުނެލީ ދެލޯ މަރައިގެން އޮވެއެވެ. އެއަށްފަހު ބާލީހެއްގައި ބައްދާލަމުން އަނެއްފަރާތަށް އެނބުރި ހަމަޖެހިލިއެވެ. މަޖުދާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ ދެނެވެ. މޫނުގައި އަތް އުނގުޅާލަމުން ލައިޓް ނިއްވާލާފައި ނިދާ ބޮކި ޖައްސާލިއެވެ. އެވަގުތު އެކޮޓަރީ ފާޚާނާ ދޮރު ހުޅުވުނު އަޑަށް މަޖުދާ ސިހިގެން ދިޔައެވެ.

 

“ސާބަސް..މަޖޫ…ކިހިނެއްވެގެން މާބާރަށް ހަޅޭލަވަނީ..ބަލާބަލަ މީހާ ދާހިއްލާފޯވެފައި ހުރިވަރު..” ވުޟޫކޮށްގެން  ނިކުމެ މޫނުގައި ފެން ހިއްކަމުން ހުސްނާ ބުނެލިއެވެ. ފާޚާނާގައި ހުރި އިރު މަޖުދާ ހަޅޭލަވާގަތް އަޑު އިވުނު ނަމަވެސް ވުޟޫކޮށްލައިގެން ނިކުމެފައި ސުވާލުކޮށްލަން ހުސްނާ މަޑުކޮށްލީއެވެ. ހާސްވެފައި ހުރިވަރުން މަޖުދާއަށް ހުސްނާގެ މަތިން ހަނދާނެއްވެސް ނެތެވެ. އެހާ ބާރަށް ހަޅޭލަވައިގަނެވުނީ އެކޮޓަރީގައި ނިދާފައި ތިބީ ކައިޝާއާ ދެމިހުންކަމަށް ހީކޮށެވެ. މަޖުދާ ހީނލަމުން ކަމެއް ނުވެޔޭ ބުނެފައި ވުޟޫކޮށްލަށް އަވަސްވެގަތެވެ.

 

އިރުގެ ރަންދޯދިތަކުން ދުނިޔެ އަލިކުރަމުން އާދުވަހެއްގެ އިރު އަރައިގެން އައެވެ. އާދައިގެ މަތިން ހައްމާދުއާ އީތަން މިއަދުވެސް ކަސްރަތު ކުރުމަށް ނިކުމެ އުޅުނެވެ. ދުވަހަކީ އުޑުމަތި ބަނަ ދުވަހެއްކަމުން ފަތިހުގެ އެފިނިގަޑީގައި އިތުރަށް ފިނި ހިފާފައިވެއެވެ. އީތަންމެން ދުވަމުން ގޮސް އާންމުކޮށް އެމީހުން މަޑުކުރާ ހިސާބުގައި މަޑުކޮށްލައިގެން ތިއްބެވެ. ތަފާތު އެކި ވާހަކައިގައި ތިބެގެން ދެމީހުން މަޑުމަޑުން ހިނގަމުން ދެއެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ވިއްސާރަ ކަނި ޖަހަން ފެށުމުން ދެމީހުންވެސް އަނބުރާލީ ގެޔަށް ދިޔުމަށެވެ. އެވަގުތު ބާރު ދުވެއްޔެއްގައި ދުއްވާފައި ދިޔަ ކާރެއްގައި ޖެހި ހައްމާދު ދުރަށް ވިއްސައިގެން ދިޔައެވެ. ނަމަވެސް ބިންމަތީގައި ޖެހުމުގެ ކުރިން އީތަން ހައްމާދު ސަލާމަތް ކުރި ގޮތެއް ނުވިސްނިފައި ހައްމާދުއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އީތަން ދުވެފައި އައި ގަޑީގައި ހީވީ ވައިރޯޅިއެއް އައި ހެންނެވެ. އެހާވެސް ހަލުވި މިނެއްގައި އީތަންއަށް އާދެވެނީ އާދަޔާ ޚިލާފު ބާރެއް ލިބިފައި ވުމުންކަން ހައްމާދުއަށް އަބަދުވެސް ވިސްނެއެވެ. އެފަދަ އެތަށް ކަމަކުން އީތަން ވަނީ މީގެ ކުރިންވެސް އޭނަ ސަލާމަތް ކޮށްފައެވެ.

 

“ޑޫޑް..ވަޓް ވޯޒް ދެޓް..އަސްލުވެސް އަހަރެން އަބަދުވެސް ހިތައް އަރާ ކަލޭތީ އާދައިގެ މީހެއް ނޫނޭ..” ހައްމާދު ހެވިލާފައި ހާމަކުރީ އޭނަގެ ހިތުގައި އޮތްގޮތެވެ. އީތަންގެ ހަޤީގަތް އޮޅުން ފިލުވަން ހައްމާދު ބޭނުންވިޔަސް ދުވަހަކުވެސް އެފަދަ ސުވާލެއް ނުކުރެއެވެ. މިއަދުވެސް އީތަން އޭނާގެ ފުރާނަ ސަލާމަތް ކޮށްދިން ގޮތެއް ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ. ހައްމާދު ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުއްޓެވެ.

 

“ހައްމު ބުނެބަލަ އަހަރެން މީ އިންސާނަކަށް ނުވެއްޖިއްޔާ ބިރުގަންނާނަންތަ؟ އައި ނޯ މީ ވަރަށް ސިލީ ވާހަކައެއް ކަން..” އީތަންގެ ސީރިއަސް ނަޒަރުން ހައްމާދުގެ ހިތުގައި އެތަކެއް ސުވާލުތަކެއް އެނބުރެމުން ދިޔައެވެ. ނަމަވެސް ދުލާއި ހަމައަށް އެންމެ ސުވާލެއްވެސް އަންނަ ގޮތެއް ނުވިއެވެ. އީތަންގެ އެސުވާލަށް ދޭނެ ޖަވާބެއް ޚުދު ހައްމާދުއަށްވެސް ނުވިސްނެއެވެ. އެންމެ ކުޑައިރުން ފެށިގެން މިއަދާ ޖެހެންދެން އީތަންގެ ފަރާތުން ހައްމާދުއަށް ގެއްލުމެއް ލިބިފައެއް ނެތެވެ. ވީއިރު އީތަން ދެކެ ބިރުގަނެ ޖެހިލުންވާންވީ ސަބަބެއް ނޭނގުނެވެ. ވިސްނުމެއްގެ ތެރޭގައި ހުރެ ހައްމާދު ދެފާރަތަށް ބޯހުރުވާލީ ނޫނެކޭ ބުނާފަދައަކުންނެވެ. އީތަން ހިނިތުންވެލަމުން ހައްމާދުގެ ކޮނޑުގައި ހިފާ ގަޔާ ކައިރި ކޮށްލިއެވެ.

 

“ޑޭމިޓް! އަބަދު ކަލޭ ކޮންމެ ތާކަށް އަންނަނީ ކީއްކުރަންތަ؟ އަހަރެން ބަލާނަން ތިގޮތުގައި ކަލެއަށް ހުރިހާ މީހުންގެ ބޮޑީ ގާޑަކަށް ހުރެވޭތޯ..” އެމީހުންގެ ހަރަކާތްތަކަށް ބަލަން އިން ޒިއަދަން ކާރުގެ ހުންގާނު ހިފެހެއްޓި ގޮތުން ހީވީ އޭތި ފުނޑު ފުނޑު ވެދާނެހެންނެވެ. ޒިއަދަންގެ ލޮލުން ފެންނަމުންދާ ނަފުރަތުގެ އަލިފާނުން އީތަން އަޅިއަށް ހަދަން އުޅޭކަހަލައެވެ. އެހާވެސް އޭނަ އީތަން އަށް ނަފުރަތު ކުރެއެވެ. އީތަންއަށް ގެއްލުމެއް ނުދެވެންޏާ އޭނާ އެންމެ ލޯބިވާ ފަރާތް ތަކަށް އަނިޔާ ދެވުމުންވެސް ޒިއަދަންއަށް ކުދަނަމަވެސް ހަމަޖެހުމެއް ލިބިދާނެއެވެ. ކާރު ދުއްވާލަމުން ޒިއަދަން ލޯ މަރާލުމާއެކު ކައިޝާގެ ސޫރަ ސިފަވުމުން ހިނިތުން ވެލެވުނެވެ. އަދިވެސް އެހިތުގައި ކައިޝާ ރަސްކަން ކުރަމުން ދިޔަ ނަމވެސް ކައިޝާގެ ކާފަ ކުރި ކަންތަކަށް ދުވަހަކުވެސް މާފެއް ނުލިބޭނެއެވެ.

 

**

ކާމެޒުދޮށުގައި ތިބެގެން ހުރިހާއެންމެން މަޝްވަރާ ކުރަމުން ދިޔައީ ދަތުރެއް ރޭވުމަށެވެ. އެޚިޔާލު ހުށައެޅީ އީތަންއެވެ. މަޖާކޮށްލަން ދަތުތަރުދާން އެންމެންވެސް ތާޢީދު ކުރިއެވެ. މަޖުދާވެސް އަހުނަފުގެ ހަނދާންތަކާ ކުޑަކޮށް ދުރުވެލަން ބޭނުމެވެ. އެހެން ނޫންނަމަ ޑިޕްރެޝަންގެ ޝިކާރައަކަށްވެ އޭނަވެސް ނިމިގެން ހިނގައިދާނެއެވެ. ފެންވަރާ ތާޒާވެލައިގެން ކާގެއަށް ވަދެގެން އައި ކައިޝާއަށް މީއިން އެއްވެސް ކަމެއް ރޭކާ ނުލައެވެ. ހުސްނާ ހިނިތުންވެލަމުން ދެންމެއަކު އެމީހުން ރޭވި ކަންތައް ކައިޝާއާވެސް ހިއްސާކޮށްލިއެވެ.

 

“ނޫން..! ނުދާނަން..އެއްވެސް މީހަކު ގޮސްގެން ނުވާނެ!.” ހުސްނާގެ ވާހަކަ ނުނިމިގެން އުޅެނިކޮށް ކައިޝާ ހަޅޭލަވާގަތެވެ. ހުރިހާއެންމެންގެ ސަމާލުކަން ކައިޝާއަށް ހުއްޓުނީ އަޑުގަދަވުމުންނެވެ. ކައިޝާވެސް ބުނެވުނު އެއްޗެއް ވިސްނުމުން އަނގަމަތީއަތް އަޅައިގެން ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އީތަންގެ ތޫނު ނަޒަރު ކައިޝާއަށް އަމާޒުވެފައިވާތަން ފެނި އިތުރަށް ހާސްވިއެވެ. އޭރު ނިތް ކުރިމަތިން ދާކިތިތައް ފެންނަން ފެށިއެވެ.

 

“ކިހިނެއްވީ ދަރިފުޅު ކޮންކަމަކާ ހާސްވަނީ..” ކައިޝާ ހާސްވެފައި ހުރިތަން ދެކެފައި މަޖުދާ ސުވާލުކޮށްލީ ކަންބޮޑުވެ ހުރެއެވެ. ކައިޝާއަކީ ދަތުރުދާން ނުހަނު ފޯރި ހުންނަ ކުއްޖެއްކަމުން ކުއްލިއަކަށް އެގޮތަށް ނުދާނަމޭ ބުނާނީ ކޮންމެވެސް ސަބަބައެއް އޮތީމަ ކަމުގައި މަޖުދާގެ ހިތް ބުންޏެވެ. މަޖުދާގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި ކައިޝާ ދުވެފައި ކާގެއިން ނިކުމެގެން ދުއްވައިގަތެވެ. ފަހަތުން އީތަންވެސް ނިކުމެގެން ދިޔުމުން ދެން ތިބި މިހުން މަޑުކޮށްލީ އެދެމީހުންނަށް ވަގުތުކޮޅެއް ދިނުމަށެވެ. މަޖުދާ ކައިރީގައި ނުބުންޏަސް އީތަން ކައިރީ ސަބަބު ބުނެފާނެއެވެ. އެވިސްނުމުގައި ހުރެ މަޖުދާ ސިންކު ކައިރިއަށް ޖެހިލީ ތަށިތަށް ދޮވެލުމަށެވެ.

 

ކައިޝާ ދުވަމުން ގޮސް ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. ނަމަވެސް ކޮޓަރިއަށް ނުވަދެވެނިސް އެއަތުގައި މީހަކު ހިފެހެއްޓުމުން ސިހިގެންދިޔައެވެ. ދާދި ކައިރިން އީތަން ފެނުމުން ކައިޝާ ބިރުގަންނަގޮތްވިއެވެ. އީތަން އެހާއަވަހަށް އޭނައާ އަރާ ހަމަކުރީ ކިހިނެއް ހެއްޔެވެ؟ ކައިޝާއަށް އިތަންގެ ފިޔަވަޅުގެ އަޑެއްވެސް ނީވެއެވެ. ކުއްލިއަކަށް އެގޮތަށް ފެނުމުން ހިތުގައި އެތަށް ސުވާލެއް އެނބުރެމުން ދިޔައެވެ. އަނެއްކާ ކައިޝާއަށް ހުވަފެނުން ފެނުނުހެން “ދެ” އީތަން އުޅެނީ ހެއްޔެވެ؟ މިވަނީ ކިހިނެއް ހެއްޔެވެ؟ ސިކުނޑި ސުމަކަށްދާވަރު ވެއްޖެއެވެ.

 

” ކޮންކަމަކާ ބިރުގަންނަނީ..އަހަރެން ނޫޅެން ކައި ކާލާކަށް..ހިނގާބަލަ އެތެރެއަށް..” ހުޅުވިފައިވާ ކޮޓަރީގެ ދޮރަށް އިޝާރާތް ކުރަމުން އީތަން ބުނެލިއެވެ. ކައިޝާ ދޮރާ ދިމާއަށް ބަލާލަމުން ފަހަތަށް ޖެހިލިއެވެ. ދޮރު ހުޅުވީ ކާކުހެއްޔެވެ؟  ކައިޝާއަށް ތަޅުގައި އަތް ނުލެވިސް އީތަން ހިފެހެއްޓުމުން އަދިވެސް އެހުރި ގޮތަށް ހުރީއެވެ. އީތަން ހުއްޓި ހުރި ހިސާބުން އޭނަވެސް ތަޅާއި ހަމައަށް އަތެއް ނުފޯރާނެއެވެ. ޖެހިލުންވެ ހުރެ ކައިޝާ އެތެރެއަށް ވަނެއެވެ. ފަހަތުން އީތަން ވަދެފައި ދޮރުލައްޕާލުމުން ކައިޝާގެ އަތްފައި ފިނިވެގެން ދިޔައެވެ. އީތަން ކުރަން އުޅޭ ކަމެއް ނޭނގި ކައިޝާ ހުރީ ނޭފާ ހިފަހައްޓާލައިގެންނެވެ. އީތަންދެކެ ބިރުގަނެ ޖެހިލުންވާން ބޭނުން ނުވި ނަމަވެސް ކައިޝާގެ ހިތަށް ވަނީ ނުތަނަވަސްކަން ވެރިވެފައެވެ. އީތަން ގޮސް ކައިޝާގެ އެނދުގައި އިށީދެލިއެވެ. އެއަށްފަހު އޭނަކައިރީ އިށީނުމަށް ބުނެލީ ހިނިތުން ވެލަމުންނެވެ. ކަޅިޖަހާ ނުލާ ކައިޝާގެ ހަރަކާތްތަކަށް ބަލަން އިން އީތަންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ކައިޝާ އެވަނި ހަމަ ރަނގަޅަށްވެސް އީތަންދެކެ ބިރުގަނެފައެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ އަނެއްކާ ކައިޝާއަށް އީތަންގެ ހަޤީގަތް އެނގުނީ ހެއްޔެވެ؟ ކައިޝާ އައިސް އީތަން ކައިރީ އިށީނުމުން އެހިތަށް ކުޑަނަނަމެވެސް ލުޔެއް ލިބުނެވެ.

 

“ހޫމް…ދެން ބުނެބަލަ ކޮން ކަމަކާ ހާސްވަނީ…ކައި މަންމަ ބުނި ތީ ދަތުރުދާން ވަރަށް ފޯރި ހުންނަ މީހެކޭ..އެކަމަކު ކައިގެ މޫނުމަތިން ފެނުނު ހާސްކަމުން އަހަރެންނަށް އެނގިއްޖެ ކޮންމެވެސް ކަމެއް ސިއްރު އެބަ ކުރެއޭ..” ކައިޝާގެ މޫނަށް އަރާފައިބަމުންދާ ކުލަތަށް ދޭހަ ނުކުރެވިފައި އީތަން ބުނެލިއެވެ. އެހިތުގައި މިވަގުތު ހިނގަމުންދާ ކަންތައް އީތަންއަށް އެނގުނަސް ކައިޝާ ދަތުރު ނުދާން އެއުޅޭ ސަބަބެއް އޮޅުން ފިލުވަން ބޭނުމެވެ. ” އީތަން ކިހިނެއް ކޮޓަރީގެ ދޮރު ހުޅުވީ؟..މިބުނީ ދެންމެ ކައި ނުހުޅުވަން ދޮރެއް އެކަމަކު ފަހުން ހުރީ ހުޅުވިފައި.. އެވީ ކިހިނެއް؟” އީތަންގެ ސުވާލަށް ޖަވާބު ދިނުމެއްނެތި ކައިޝާ ކޮށްލި ސުވާލުން އިތަން ކުޑަކޮށް ސިހިގެން ދިޔައެވެ. އެއީ އެވަގުތު އަވަސް އަރުވާލައިފައި ހުރުމުން ނުވިސްނާ ކުރެވުނު ކަމެކެވެ. ކައިޝާ އެހާ ބިރުގަނެފައި އެހުންނަނީ އެކަމާކަން ވިސްނުމުން އީތަން ދައްކާނެ ބަހާނެއް ވިސްނާލިއެވެ. މިވަގުތު ކައިޝާއަށް ހަޤީގަތް އަންގަން އެހިތް ދެކޮޅުހަދަމުން ދިޔައެވެ. “ކައި ދޮރުގައި ހިފި ގަޑީ ހުޅުވިފައި ހުރި..އެވަގުތު އަހަރެން ކައިގެ އަތުގައި ހިފެހެއްޓިއިރުވެސް ދޮރު ހުޅުވިފައި ހުރިތަން ފެނުނު..” އީތަން ދޮގެއް ހަދާލިއެވެ. އެވަގުތު ކައިޝާއަށް ޢިތަންއާ ދިމާއަށް ބަލާލެވުނެވެ. އީތަން މިހާރު އޭނައަށް ކަންތައްތައް އޮޅުވައިލަނީ ހެއްޔެވެ؟ އަޑި ނޭނގޭ ސިއްރުތަކެއް އެބަވެޔޭ ކައިޝާގެ ހިތް ބުނަމުން ދިޔައެވެ. އީތަން އެވަރަކުން ސިއްރު އެކުރަނީ ކޮންކަމެއް ހެއްޔެވެ؟ އަނެއްކާ ކައިޝާއަށް ރޭގައި ފެނުނު ހުވަފެނާ ހަޤީގަތާ ގުޅުމެއް އޮތީ ހެއްޔެވެ؟ ވިސްނި ވަރަކަށް ކައިޝާ އިތުރަށް ހާސްވުން ނޫން ކަމެއް ނުވިއެވެ. އެދެމީހުންނަށް ވާހަކަ ކުރިއަށް ނުގެންދެވުނީ އެކޮޓަރިއަށް ވަދެގެންއައި މަޖުދާ ފެނިއެވެ. އީތަން ހީނލަމުން ކޮޓަރިން ނިކުމެގެން ދިޔައީ ކައިޝާގެ އިތުރު ސުވާލެއް ކުރިމަތި ވެދާނެ ކަމަށެވެ. އެސުވާލުތަކަށް އީތަން އަދި ތައްޔާރެއް ނޫނެވެ. ހަލުވި މިނެއްގައި އީތަން ނިކުމެގެން ދިޔައީ އޭނަގެ ބައްޕަ ގޮވާ އަޑަށެވެ. އެހެން މިހުންނަށް ނީވުނަސް ޒުއްނޫރު އީތަންއަށް ގޮވާއަޑު އެބައިވެއެވެ.

 

އީތަން ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލިއެވެ. ހައްމާދު މިވަގުތު ގޭގައި ނެތްކަން ނަސީބެކެވެ. އީތަން ކޮޓަރީގައި ދެކޮޅު ދެކޮޅަށް ހިނގަ ހިނގާ ހުއްޓާ އެނދު ދަށުން ނިކުމެގެން އައި ކަކުންޏެއް ފެނިފައި ހިނގުން މަޑު ޖައްސާލިއެވެ. އެކަކުނިން ދުންތަކެއް އެރުމަށްފަހު ޒުއްނޫރުގެ ސިފަ ޖެހުނެވެ.

 

“ދަރިފުޅާ ވަރަށް ވިސްނައިގެން އުޅޭތި..ޒިމްރީނާއާ ޒިއަދަން ވެގެން ބޮޑު ކަމެއް އެބަ ރާވާ…ބައްޕައަށް ވެސް އެޚަބަރު ލިބުމުން ދަރިފުޅަށް އަންގާލަން މިއައީ..ބައްޕަ މިދުވަސްކޮޅު މިއުޅެނީ ވަރަށް ބުރަކޮށް..އިނގެއެއްނު ދަރިފުޅުގެ ހަށި ރައްކަލަކަށް ބައްޕަ އަބަދުވެސް ޚާދިމުން ބަހައްޓާފައިވާކަން އެމިހުންގެ ތެރެއިން ގިނަބަޔަކު މިއަދު ވަނި އަންދާލާފައި ބައްޕައަށް އަދި ނޭނގެ އެއީ ކާކު ކުރި ކަމެއްކަން..އެކަންތައް ބަލަންވެގެން މިއުޅެނީ..ދެން މިވަގުތު ގޮސްލީ..މަންމައަށް ބަލާތި..ހުރިހާ ދިމާއަކަށް ލޯ ހުޅުވައިގެން އުޅޭނީ..” ޒުއްނޫރު އެނާ ބުނަން ބޭނުންވާ އެއްޗެއް ބުނުމަށްފަހު ވައިގެ ތެރެއަށް ގެއްލިގެން ހިނގައްޖެއެވެ. އީތަން ވިސްނާލިއެވެ. އޭނަގެ ބައްޕަ އެހާވަރަކުން އެއުޅެނި ކީއްވެހެއްޔެވެ؟ އޭނައަށް ވެސް އެތަކެއް ބާރެއް ލިބިގެންވާ ކަން އަންގައިދިނީ ބައްޕައެވެ. އެހެން ކަމަށް ވާނަމަ ޚާދިމުން ބަހައްޓަނީ ކީއްކުރަން ހެއްޔެވެ؟ އީތަންއަށް ފަންސަވީސް އަހަރު ވުމުން ބަލާ އަންނާނެ ކަމަށް ބައްޕަ ބުނެފައިވެއެވެ. އީތަންއަށް ބާރުތަކެއް ލިބިފައި ވިޔަސް އޭނައަކީ ޖިންނިއެއް ނޫންކަން އޭނަ ބައްޕަ ބުނެފައިވެއެވެ. އެހެން ކަމަށް ވާނަމަ އީތަންއަށް ޖިންނީންގެ ދުނިޔޭގައި ނޫޅެވޭނެއެވެ. ވީއިރު ބައްޕަ އޭނަ ގޮވައިގެން ދާނީ ކޮންތާކަށް ހެއްޔެވެ؟ އީތަން މެޔާ ދިމާއިން އަތް އެޅި ތޫނު ތަދެއް އިހުސާސް ކުރެވުމުންނެވެ. ޓީޝާޓް ބާލާފައި ލޯގަނޑު ކުރިމައްޗަށް ހުއްޓުނު ވަގުތު މެޔާދިމާއިން ކަނާތްފަޅީގައި އެޅިފައި ހުރި ރޮނގުތަކެއް ފެނުނެވެ. ހިވަނީ އެއްޗެއް ކުރަހާފައި ހުރިހެންނެވެ. އީތަން އެތަނުގައި އަތްޖައްސާލުމާއެކު އެރޮނގުތައް ފޮހެވިގެން ދިޔައެވެ. ނަމަވެސް އަދިވެސް ދިލަ ހޫނުކަމެއް ހަށިގަނޑު އެތެރެއިން އިހުސާސް ކުރެވެމުން ދިޔައެވެ. އީތަން ޓީޝާޓް ބޮލަށް މަހާލަމުން އެނދުގައި އޮށޯތުމާއެކު ދެލޮލަށް ބަރުވެގެން ނިދި ޖެހިއްޖެއެވެ. އަނދިރި މަގެއްގައި ހިނގަމުން އީތަން ދެއެވެ. އެއްވެސް ތަނެއް ނުފެންނައިރު އެމަގު ކޮޅުގައި ރޯކޮށްފައިވާ ބޮޑު އަލިފާންގަނޑެއް ހުއްޓެވެ. އީތަން އޭނަގެ ބާރު ދުވެލިގައި ދުވެފައި ގޮސް އެލިފާންގަނޑު ކައިރީ ހުއްޓުނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އިތަން މައްޗަށް ބަލާލީ އެއްޗެއް ތެޅޭއަޑަށެވެ. އެވަގުތު މޭގަނޑު އަތަށް ނައީ ކިރިޔާއެވެ. ޒިއަދަން މިހުރީ އޭނަގެ ދިގު ބޯވާ ފައިތަށް ކައިޝާގެ ފައިގައި އޮޅާލައިގެންނެވެ. ބޯކޮޅުވަތަށް ތިރިއަށް ކައިޝާއޮތި އަލިފާން ގަނޑާ ދިމާއަށެވެ. ޒިއަދަންގެ މޫނުމަތިން ނުލަފާ ހިނިތުންވުމެއް ފެންނަން ހުރިއިރު ކައިޝާގެ ދެލޯވަނީ މެރިފައެވެ. “އަސަރު ކުރޭތަ؟ އެހާވެސް ލޯބިވޭ ދޯ؟..އެކަމަކު ކީއްކުރާނި ކަލެއަށް އެއްވެސް އުފަލެއް ހައްޤެއް ނޫން..އަދި ކައިޝާއަށްވެސް..އަހަރެންގެ ކާފަވެސް އަނދާ އަޅިޔަށްވީ މިފަދަ އަލިފާން ގަނޑެއްގައި..މިއަދު ކަލޭ ހުރޭ އެކަހަލަ ދެވަނަ މަންޒަރެއް ބަލާލަން..ކައިޝާއަށްވެސް ފެންނަން ޖެހޭނެ އޭނަ ލޯބިވާ އީތަންއަށް ކަމެއް ނުކުރެވި ދުރުގައި ބަލަން ހުންނަތަން..” ޒިއަދަން އޭނަގެ ބަރު އަޑުން ތަނަށް ވެރިވަފައިވާ ހިމޭން ކަން ކަނޑުވާލިއެވެ. ޒިއަދަންގެ އެންމެ ހަރަކާތަކުން އޭނަގެ ފައިތަކުން ފަޔެއްގެ ކޮޅު ގޮސް ކައިޝާގެ ލޮލުތެރެއަށް ވަދެގެން ދިޔައެވެ. އެވަގުތު ކައިޝާ ހަޅޭލަވާގަތެވެ. ރޯމަހެއް ތެޅޭހެން ކައިޝާތެޅެމުން ދިޔަނަމަވެސް ޒިއަދަންގެ ފައިތަކުގައި ހައްޔަރުކޮށްލާފައި ވަނީ ދޫނުވާވަރެށެވެ. ކައިޝާގެ ވާތު ލޮލުން ލޭ އޮހޮރެމުން ދިޔައިރު އަނެއްފަރާތު ލޮލުން އޮހޮރެމުންދާ ކަރުނަފެނި އީތަންގެ ހިތް ކުދިކުދިވެގެން ދިޔައެވެ. އީތަންއަށް ބަލާލަމުން ޒިއަދަން ކައިޝާ ދޫކޮށްލުމާއެކު އަލިފާންގަނޑު ތެރެއަށް ވެއްޓެން ދިޔައެވެ.

 

“ކައިޝާ!” އީތަން ބާރަކަށް ގޮވާލިއެވެ. ދެލޯ ހުޅުވާލަމުން ފުންމައިގެން އެނދުން ތެދުވިއެވެ. ދާހިއްލާ ފޯވެ ހުރެ އީތަން ކޮޓަރިން ބޭރަށް ނިކުތީ ހާސްވެފައި ހުރިވަރުންނެވެ. އެފެނުނީ ކޮންކަހަލަ ހުވަފެނެއްހެއްޔެވެ؟ އަދި އެވެސް ދުވާލުގަޑީގައެވެ. އީތަން އަކީ ދުވަހަކުވެސް އެގޮތަށް ނިދި މީހެއް ނޫނެވެ. މިއަދު ކުއްލިއަކަށް ނިދެންވީ ކީއްވެ ކަމެއް ނުވިސްނުނެވެ. އީތަން ކޮޓަރިން ނިކުތް އިރު ގޭތެރެއަށް ވެރިވެފައިވަނީ ކަނު އަނދިރިކަމެވެ. އެހާ ގިނައިރު އީތަންއަށް ނިދަން އޮތް އިރު އެއްވެސް މީހަކު އޭނަ ކޮބައިތޯ ވެސް ބަލާނުލިއެވެ. “މަންމާ..މަންމާ..ކީއްވެތަ ލައިޓް ނުޖައްސާ މިއޮތީ؟..ކަރަންޓް ނެތީތަ؟ ހައްމު އެބައުޅެންތަ؟” ކަނުއަނދިރީގެ ތެރެއަށް ދެލޯ ހޭނެން ކުޑަ ވަގުތުކޮޅެއް ނެގިއެވެ. އީތަން ކަންބޮޑުވެފައި ހުރެ ސިޑިން މައްޗަށް އަރައިގެން ދިޔައީ ކައިޝާ ކޮބައިތޯ ބަލާލުމަށެވެ. އެއްވެސް މިހެއްގެ އަޑެއް ނީވުމުން އީތަންގެ ހިތް ނުތަނަވަސް ވިއެވެ. ކައިޝާގެ ކޮޓަރިއަށްވެދެ ހޯދާ ހޯދާ ނުފެނުމުން އެންމެފަހުން އީތަން އެގެއިން ބޭރަށް ނިކުތެވެ. އަޖައިބެކެވެ. މުޅި ހިސާބުން ކަރަންޓް ދިޔައީ ހެއްޔެވެ؟ އެއްވެސް އަލިކަމެއް ނުފެނެއެވެ. “ހެލޯ..އެއްވެސް މީހަކު އެބައުޅެންތަ؟  މިހިސާބުން ކަރަންޓް ދިޔައީތަ..؟” ކުރިމަތިން ފެންނަން އޮތް މަގަށް މީހަކު ވަތްހެން ހީވެގެން އީތަން ގޮވާލިއެވެ. އެއްވެސް ޖަވާބެއް ނުލިބުމުން އީތަން އެމިހަކު ދިޔަ ދިމާއަށް ހިނގައިގަތީ ދެފަރާތް ހޯދާ ބަލަމުންނެވެ. މިހިސާބުގަނޑު މިހުން ކޮބައިބާވައެވެ. އެއްވެސް އަޑެއް ނީވެއެވެ. ގަސްތަކުގެ ފަތްތައް ތެޅިލާ އަޑާ ފަނި ފަކުސާގެ އަޑު އިވެމުންދާ ގޮތުން ބިރުވެރިކަން އިހުސާސް ކުރެވުނަސް އީތަންވަނީ އެއަށްވުރެ ބޮޑަށް ކަންބޮޑުވެފައެވެ. މަޑު ހިނގުމެއްގައި އީތަން ގޮސް މަގަށް އެޅި ވަގުތު އެމަގުގެ މެދުގައި ހުރި ބޮޑު އަލިފާންގަނޑެއް ފެނިފައި ދެފައި ބިމުގައި ތައްވިކަހަލައެވެ. ދާދި ދެންމެއަކު ފެނުނު ހުވަފެނުގައިވެސް އެފަދަ ބޮޑު އަލިފާންގަނޑެއް ފެނުނެވެ. އީތަން މަތި ބަލާލިއިރު ޒިއަދަން އެއަލިފާންގަނޑުމަތިން ވިއްސަކަށް ފޫޓް މަތީގައި ހުއްޓެވެ. އޭނާގެ އެބޮޑު ދެއަތްތެރޭ ކައިޝާ އޮތީ ހަބަރު ހުސްވެފާ ކަހަލަ ގޮތަކަށެވެ. ޒިއަދަންގެ ވަށައިގެން ދިހަ މީހުން އެނބުރެމުން ދިޔައެވެ. ކަޅު ފޮތިގަނޑެއްގައި ބޯނިވާކޮށްގެން ތިބި އެމީހުންގެ ކޮންމެ މީހެއްގެ އަތުގައި ދޮންކޮށްފައިވާ ދަނގަނޑުތަކެއް ހުއްޓެވެ. ކޮޅު ތޫނުކޮށްހުރި އެދަގަނޑު ތަކުގެ ކޮޅުން ދުން އަރަމުންދިޔައެވެ. އީތަންގެ ދެއަތް މުށްކެވިގެން ދިޔައރު ދެލޯ ދިއްލިފައިވަނީ ގަދަ އޮރެންޖު ކުލައިގައެވެ. ވިދުވަރެއްހާ ހަލުވި މިނެއްގައި އީތަން މައްޗަށް އަރައިގެން ދިޔައިރު އީތަން ދިޔަ ހިސާބުން އަލިފާންކަނި ބުރަމުންދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

އާވާ ހަނދާން 17

Next

މާހާ – ޓްރެއިލާ 2

Next
April 28, 2017

މާހާ – ޓްރެއިލާ 2

Previews
April 28, 2017

އާވާ ހަނދާން 17

68 Comments!

  1. Ethan says:
    April 28, 2017 at 8:22 pm

    awwwn so this is about me dhw…hehehe ..btw I’m Ethan Ahmed ingey….nd varah salhi mi story dhaa goiy.. I LOVE IT!! <3

    1. kayashandy says:
      April 28, 2017 at 8:27 pm

      awwwnnnn ethan thaanks dear….v ufaa veje dhimaaveema.. n i hope i can c more comments frm u:)

    2. Ethan says:
      April 28, 2017 at 8:41 pm

      yeah sure, Kaya…ok dhw Kaya ey kiyas?? cox ehen hama kiyaa hiy vanee…

    3. kayashandy says:
      April 28, 2017 at 10:45 pm

      owwkkk…??❤

  2. Romeo says:
    April 28, 2017 at 8:24 pm

    Salhi

    1. kayashandy says:
      April 28, 2017 at 11:03 pm

      thank u ? ?

  3. kayashandy says:
    April 28, 2017 at 8:25 pm

    i cudnt upload due to some technical problems with my pc..angaaves nulevununeema v bodah sorry..i knw kudhin inthizaaru kuraanekan..felt v sad abt it..hope u all will enjoy this part..insha allah kuriah oithaanga date ah change annanyaa will let u knw..thanks mihaathanahves support dhemun aeema n hope u guys will follow till de end..keep waiting for next part..nyyyttzzz allll de luvly pplz..n vvvv big thaaaaaannnnkkksss:) 🙂

  4. Adam says:
    April 28, 2017 at 8:35 pm

    Varag salhi ekamaku thankolheh.kury..adhi update vaa leh ves las

    1. kayashandy says:
      April 28, 2017 at 10:46 pm

      insha allah next part dhigukoh up kureveythw balaanan…? thank u Adam?

  5. Aashoo says:
    April 28, 2017 at 8:44 pm

    Alhey kiya kiya indha e nimuny… Mi vaahaka up veytho belunu adhadheh neynge miharu… Vvv interesting. Hope next part kiyaalan avahah libeynekamah

    1. kayashandy says:
      April 28, 2017 at 10:48 pm

      alhe Aashoo sorry ehaa kiyaahithun indha kurukoh genesdhevuneema? next part insha allah tmrw nyt..keep waiting☺ ❤ thank u sooooo much??

  6. Imsha says:
    April 28, 2017 at 8:52 pm

    V salhi

    1. kayashandy says:
      April 28, 2017 at 10:49 pm

      thank u imsha???

  7. Imsha says:
    April 28, 2017 at 8:52 pm

    V salhi mi part waiting for the next part

    1. kayashandy says:
      April 28, 2017 at 10:49 pm

      thanks again❤

  8. zzzzaaaaauuuu says:
    April 28, 2017 at 8:53 pm

    vvvvv salhi kaya….. i l ove it and,……

    1. kayashandy says:
      April 28, 2017 at 10:49 pm

      and wat? hehhe…thank u dear ? ❤

  9. shafu says:
    April 28, 2017 at 8:54 pm

    vvv reethi…………

    1. kayashandy says:
      April 28, 2017 at 10:50 pm

      thank u shafu???

  10. luhan says:
    April 28, 2017 at 9:03 pm

    V salhi..?

    1. kayashandy says:
      April 28, 2017 at 10:51 pm

      thank u luhan…???btw u hv got a nice name?

  11. Rehendhi says:
    April 28, 2017 at 9:03 pm

    Salhi varah ….. Kai maraa nulahchey.. Ethan v dheravaane…. Waiting for next part…

    1. kayashandy says:
      April 28, 2017 at 10:53 pm

      owk rehendhi? hehhe thank u soooo much..❤keep waiting ☺

  12. Jjeyツ says:
    April 28, 2017 at 9:24 pm

    Its okay kayashandy.. ehn vs vaane. V happy vejje hurihaa kameh rangahuveema up kolladhy adhi veegoih bunela dhineema. v interesting mi pasrt vs ingey… waiting for tomrw nyt.. ?❤

    1. kayashandy says:
      April 28, 2017 at 10:54 pm

      i always feel happy to c ur comment…? thanku v v v bodah..?? keep waiting dear❤❤❤

  13. Misha says:
    April 28, 2017 at 9:32 pm

    Vvv salhi…?

    1. kayashandy says:
      April 28, 2017 at 11:01 pm

      thaaaankuu misha??

  14. Chum handi says:
    April 28, 2017 at 9:55 pm

    ziyadhan.. i’ll kill you…. hate u sosososoooooo much… story salhi… whn nxt prt…

    1. kayashandy says:
      April 28, 2017 at 11:00 pm

      thank u chum…? hingaa dhw ziadhan ah gothei hadhamaa? keep waiting for tmrw nyt❤

  15. silver mist says:
    April 28, 2017 at 9:58 pm

    Story vrh salhi….. when nxt part??? Can’t wait

    1. kayashandy says:
      April 28, 2017 at 10:59 pm

      insha allah tmrw nyt…? thank u dear n keep waiting ☺ ❤

  16. xim says:
    April 28, 2017 at 10:00 pm

    haadha inthizaareh kurifahunn ney mii story up mii v…..bt v v v v v reethi ingey ?keep going

    1. kayashandy says:
      April 28, 2017 at 10:59 pm

      arrrn ekey dhw xim v inthizaaru kuruvijjeye? foohi kamei nethi inthizaaru kureema vvvv bodah thanks n abadhuves support dheythyve v happy vey..??❤

  17. Nana says:
    April 28, 2017 at 10:29 pm

    Salhi vrh??

    1. kayashandy says:
      April 28, 2017 at 11:10 pm

      thank u so much Nana??

  18. Azu says:
    April 28, 2017 at 10:45 pm

    Hama aslutha eyee….noonee huvafenuge therein huvafen fennaneetha……kai ah ehennahadhaa……ziadhan????maraalaa avahah…..kaya stry is awsome..??

    1. kayashandy says:
      April 28, 2017 at 10:57 pm

      mihaaru eii aslu…innaane heylevuneema ennmen nufenigen magumahchah nikunna vaahaka so now it’s happening in real..? ziadhan is v strong n ethan is not a jinni even he got powers so ethan ah adhi hiyei nuvey maraa levidhaanehen…dn hingaadhw balamaa..? thannnnnnkkuuu dear???

  19. imagination says:
    April 28, 2017 at 10:53 pm

    omg.. kaayaa.. mibai ves hama vvvv salhi
    <3 <3 <3

    1. kayashandy says:
      April 28, 2017 at 10:55 pm

      awwwnnnn? ehentha dear…m glad dat u liked it?

  20. Saandy says:
    April 28, 2017 at 10:58 pm

    WOW!! V v salhi… No Kaya… Kai ah ehen nuhadhaathi… Eathan! Kai salaamaiy kurey… Ziyadhan ah ran’galhu bon’dieh dheebala eyna ithuru meehunthakeh numaranees… Waiting for the next part… Keep it up Kaya 🙂

    1. kayashandy says:
      April 28, 2017 at 11:09 pm

      kai ah gothei vedhaane dhw hama …keep waiting ☺ ethan ah kai salaamai kurevidhaane baa?? ziadhan v goas veema knnme fadha kameives kohfaane…adhi ethan ge nei ehaa power ei to compete with ziadhan so neyge dhw vaane gothei bunaakah…??
      thaaaaaankuuuu soooooo much dear saandy ??❤

  21. Aish says:
    April 28, 2017 at 11:47 pm

    Vv nice

    1. kayashandy says:
      April 29, 2017 at 7:02 am

      thank u ?

  22. Zail says:
    April 29, 2017 at 1:08 am

    Noooo.save Kai … Kayashandy i like the story?..waiting waiting fr da next Part..

    1. kayashandy says:
      April 29, 2017 at 7:03 am

      thank u zail? keep waiting ☺ ❤

  23. Who am I? says:
    April 29, 2017 at 3:42 am

    Omg ?wow varah salhi??
    save kai plx? ??

    1. kayashandy says:
      April 29, 2017 at 7:04 am

      thaaaaaankuuuu soooooo much??❤

  24. Zee says:
    April 29, 2017 at 7:03 am

    V v v v v salhi…

    1. kayashandy says:
      April 29, 2017 at 8:57 am

      thank u zee?

  25. Kaisha says:
    April 29, 2017 at 10:06 am

    EEthan help…

    1. kayashandy says:
      April 29, 2017 at 11:50 am

      hold on kai…? m coming ?hehhe….

  26. kaisha says:
    April 29, 2017 at 10:45 am

    Dont worry eethan.. I will be fine.. And ziyadhan u have to pay for thIs.. Later…

    1. kayashandy says:
      April 29, 2017 at 11:51 am

      kai haadha strong ey dhw…hehe? ziadhan mihaaru huree biruves ganefa kai thihaa hiiyvaru gadhaveema..hhehhe?? thaaankkuu dear??

  27. Rainy princess says:
    April 29, 2017 at 11:01 am

    Alhey haadha avahaka mi nimuneee..emme intresting v hisaabun nimihje ??
    Stry vara salhi..ehko kiyaalan libeyne nama ?
    waiting waiting…..

    1. kayashandy says:
      April 29, 2017 at 11:52 am

      thaaaaannnkkkkuuu soooooooo much rainy princess..?? m glad dat u liked it❤❤❤ keep waiting ☺ ❤

  28. kayashandy says:
    April 29, 2017 at 1:12 pm

    vvvvv salhiii..keep it up..

    1. kayashandy says:
      April 29, 2017 at 2:24 pm

      no offense but plx dnt use my name to comment some of de readers might get confused btw thank u so much?

  29. Zara says:
    April 29, 2017 at 1:58 pm

    Avas avas plz plz plz plz up up up!up! Up up up up up up!!!

    1. kayashandy says:
      April 29, 2017 at 2:30 pm

      awwwnnn zara ? kihinei up kuraanee adhi miulheny miadhu part liyan nufeshigen…its been a bxx day…keep waiting ☺ insha allah tonyt i ll upload ?

  30. Shy beauty says:
    April 29, 2017 at 2:57 pm

    V intrestng story eh…vvv reethi

  31. Book Lover says:
    April 29, 2017 at 6:09 pm

    Wow! Alhe dhen kihineh tha vaany??? Kayashandy liyaa vaahaka kiyaafiyya haadha curious veyey! The story was so nice! Maasha Allah! By the way, i write stories too but i dont share it with anyone. I just keep them to myself. ? Any way…. You are one of my fav writers now. Keep going. Hope mi vaahaka ehkoh up kohdheyne kamah! Thank you!!??

  32. Book Lover says:
    April 29, 2017 at 6:11 pm

    Wow!!!!!?? Alhe dhen kihineh tha vaany??? Kayashandy liyaa vaahaka kiyaafiyya haadha curious veyey! The story was so nice! Maasha Allah! By the way, i write stories too but i dont share it with anyone. I just keep them to myself. ? Any way…. You are one of my fav writers now. Keep going. Hope mi vaahaka ehkoh up kohdheyne kamah! Thank you!!??

    1. kayashandy says:
      April 29, 2017 at 11:16 pm

      alhey 12 kiyaalaba…inaane up kohfa..hehhe? thaaaankkuu soo much for de lovely comment ?

  33. fan says:
    April 29, 2017 at 8:04 pm

    kayashandy facebook id bunedheefanantha

    1. kayashandy says:
      April 29, 2017 at 11:15 pm

      i dnt use it dear?

  34. Maree says:
    April 30, 2017 at 12:36 am

    vvvv reeeethi

  35. Shaa says:
    April 30, 2017 at 2:24 am

    Salhi salhi..

  36. Heyo edhey faraathe says:
    April 30, 2017 at 8:21 am

    Sorry kaya shandy I was Little bxy ehnve vaahaka kiyaanei vaguthu nuvee

Comments are closed.

Next Episodeކަކުނި 12←


All Right Reserved!