ފުން ލޯބި (37)
” އައި ނޯ ހައިކް.. އެކަމް ހައިކްއަށް ކަންތަށް އިނގިފަ ތިއޮތީ މުޅިން ރަނގަޅަކަށް ނޫން.. ދެއާއިޒް ސަމްތިންގް ޔޫ ނީޑް ޓް ނޯ..” އަހަރެން ބުނެލީމެވެ. ހައިކަލްގެ ހުރިހާ ސަމާލުކަމެއް ހުއްޓިފަވަނީ އަހަރެންނަށްށެވެ. ބުނަން މިއުޅޭ ވާހަކައިގެ ގޮތުން އަހަރެން ހުރީ ކުޑަކޮށް ޖެހިލުންވެފައެވެ. އިތުރަށް ހައިކަލް ދެރަ ކުރަން ބޭނުން ނުވިނަމަވެސް މިހަޤީގަތް ކޮންމެހެން ހައިކަލްއަށް އިނގުން މުހިންމު ކަމުގަ އަހަރެންނަށް ވިސްނުނެވެ.
” ހައިކް އަހަރެންނަށް ޓްރަސްޓް ކުރަންތަ.. މިހެން މި އަހާލީ ހައިކް ހީކޮއްފާނެ އަހަރެން މިއުޅެނީ ހައިކް އާ ރާޔާ ދުރުކުރަން ކަމަށް.. ” އެ ވާހަކަ ބުނުމުގެ ކުރިން ހިތުގަ އުފެދިފައިވާ ސުވާލު ހައިކަލްއާ ކޮއްލީމެވެ.
” ޔަލްއަށް ގަބޫލް ކުރަން ދަތިވިޔަސް ޔަލްއަށްވުރެ ބޮޑަށް އަހަރެން އިތުބާރު ކުރާ މީހެއް ނުހުންނާނެ.. ޔަލް ތީ އަހަރެންގެ ހަޔާތުގަވެސް އަހަރެން ލޯބިވި ހަމައެކަނި ކުއްޖަކީ.. އަހަރެންނަށްވުރެ ބޮޑަށް ޔަލް އިނގޭނެ މީހެއްވެސް ހުންނާނެހެން ހިޔެއް ނުވޭ..” ހައިކަލްގެ ވާހަަކަ ތަކުން އަހަރެންނަށް އިތުރު ހިތްވަރެއް ލިބުނެވެ.
” ފަސްޓް އޮފް އޯލް ޔަލް އާ ޝަމްމު އުޅެނީ ރައްޓެހިވެގެނެއްނޫން.. އެއީ ޔަލްގެ އެންމެ ކްލޯސް ފްރެންޑް.. އެއް ގެއެއްގަ އުޅޭތީ ދެން ފްރެންޑްވެސް ވާނެތާ ދޯ..” އަހަރެންގެ ވާހަކަ މެދު ކަންޑާލަން ޖެހުނީ ހައިކަލް ކޮއްލި ސުވާލުންނެވެ.
” ވަޓް.. ޝަމްމު ޔަލްމިންގޭގަ ކީއްކުރަނީ..” ހައިކަލް އެހެން އަހާލުމުން އަހަރެންނަށް ހިނިވެސް އައެވެ.
” އަސްލް ޝަމްމު ބައްޕައެއީ ޔަލްގެ ބައްޕަގެ ވަރަށް ކްލޯސް ފްރެންޑެއް.. ދެން ޔަލް ކިޔަވަން ދިޔުމުން އެމީހުން އުޅުނީ ޔަލްމިން ގޭގަ.. މިހާރުދެން އެންމެން އެއްކޮށް އުޅެނީ… ” އަހަރެން އޮޅުން ފިލުވަދިނީމެވެ. އެވަގުތު ވެއިޓަރ އޯޑަރ ކުރި ޑްރިންކްސް ގެނެސްދިނެވެ.
“އަސްލު އެދެދުވަހު ހައިކް ބަލަން ހުރިތަން ފެނިގެން ޖޭ ކޮއްލަން އެހެން ކްލޯސްވީ ޝަމްމުއާ ދެމީހުންގެ މެދުގަ ތި ހީކުރާ ކަހަަލަ އެއްވެސް ގުޅުމެއްނެތް.. ކުރީ ދުވަހު ވީ ގޮތަކީ ޔަލްމެން ދިޔައީ މޫދަށް.. ދެން ޔަލްއާ ޝާންއާ ދެމީހުން ސްނެޕްކުރަން ތިއްބާ ފޯނު ޗާޖް ދިޔައީމަ ޝާން ޝަމްމު ފޯނު ނަގާފަ ކޯޑް އިނގެޔޭ ކިޔާފަ ފޯނު ހުުޅުވީ.. ޔަލްްއަށް އެގަޑީ ފެނުނީ ވައިބާރ މެސެޖެއް.. ދެން އަސްލު ޝަމްމު ގާލް ފްރެންޑެއް ނެގިކަމަށް ހީކޮށް އެ ކޮންވަޒޭޝަންް ބަލާލީ އޭނައާ ޖެއްސެންވެގެން.. ކަންދިމާކުރި ގޮތުން އަހަރެންނަށް މި ހުޅުވާލެވުނީ ރާޔާގެ ކޮންވަޒޭޝަން.. ހައިކްއަށް އިނގޭތަ ޔޫން އިޒް ނޮޓް ޔުއާ ބޭބީ.. އެއީ ޝަމްމުގެ ދަރިއެއް..” އަހަރެންގެ ފަހު ޖުމްލައާއެކު ހައިކަލް ދެލޯ ބޮޑު ކޮއްލައިގެން ބަލަން އިނެވެ.
” ވަޓް..” ހައިކަލްއަށް ބުނެލެވުނެވެ.
” ޔެސް ހައިކް.. ޝަމްމު އިނީ ރާޔާ އަށް މެސެޖް ކޮއްފަ
” ރާޔާ އަހަރެންނަކަށް ހިޔެއް ނުވޭ މިކުރެވެނީ ރަނގަޅު ކަމެއް ހެނެއް.. އެތަށް ބައެއްގެ ދިރިއުޅުން މި ހަލާކުވަނީ.. އަހަރެންނަށް ފެނޭ ޔަލް އުޅޭ ހާލް.. އަނެއްކާ އަހަރެންވެސް ބޭނުން އަހަރެންގެ ދަރިފުޅާއެކު ވަގުތު ހޭދަ ކުރަން.. ހައިކަލްވެސް އެ ހުންނަނީ އޮޅުންގަނޑެއްގެ ތެރޭގަ ..” ޝަމްމު
” ޝަމްމު ވަޓްސް ރޯންގް ވިތު ޔޫ.. ފުރަތަމަވެސް ޝަމްމު އެއްބަސް ވެގެން ދޯ އަހަރެން ޕްރެގްވީ. އޭރު ހުރިހާ ކަމަކަށް އެއްބާރުލުން ދީފަ މިހާރު ކިކޭ ތިކިޔަނީ.. ޝަމްމު ބޭނުންވާ އެހެން ކަންތައް އަހަރެން ކޮއްދެމެއްނު.. ޝަމްމުވެސް އެ ޔަލްވީއާ ހިތާވީ ދޯ.. ކޮންމެ މީހަކުވެސް އޭނަ ވަރެއް ނެތިގެން މިއުޅެނީ ކީއްވެތަ. ..” ރާޔާ
” ރާޔާ އަހަރެން ކައިރީވެސް ދޮގު ހަދައިގެން ޔަލްގެ ވާހަކަ ދައްކާފަ ހުރީ.. ޔަލް އަހަރެންނަށް ހައިކަލްގެ ހުރިހާއެއްޗެއް ކިޔާދިން.. އަނެއްކާ ޔަލްއާ އެކު އުޅެން ފެށީމަ އަހަރެންނަށް ރަނގަޅަށް އޭނަ ދަސްވެއްޖެ.. އަހަރެން މިވާހަކަ މިދައްކަނީ ޔަލްދެކެ ލޯބިވާތީ އެއް ނޫން.. ރާޔާއާ އެކު އަހަރެން އުޅެން ބޭނުންވާތީ.. އަހަރެން އަބަދުވެސް ލޯބިވަނީ ރާޔާދެކެ.. ހިނގާބަ ޔޫން އާ ތިންމީހުން އެކުގަ ލައިފްއެއް ފަށަން.. އަހަރެން ރާޔާއަށް ހުރިހާ އުފަލެއްހޯދަދޭނަން.. މިހާރުވެސް ހައިކަލް ކައިރިން ނުލިބޭ އުފާ ތި ހޯދަނީ އަހަރެން ކައިރިންނެއްނު..” ޝަމްމު
” އަހަރެންގެ އުފަލަކީ ހައިކަލް. .” ރާޔާ
އެހިސާބަށް އަހަރެންނަށް ކިޔުނީ.. ރާޔާ އެންމެ ފަހުން ކުރި މެސެޖް ޝަމްމު އިނީ ރީޑްނުކޮށް.. ޝަމްމު މޫދުން އަންނަ ތަން ފެނިގެން އަހަރެން ދުވެފަ ގޮސް ފޯނު މޫދަށް ވެއްޓުނު ކަމަށް ހަދާލީ.. ވައިބާރގަ ސީން ކޮއްފައިންތަން ފެނިދާނެތީ..” އަހަރެންގެ ވާހަކަަތަށް ޤަބޫލް ނުކުރެވިފަ ހައިކަލް އިނެވެ. އަހަރެން މަޑު މަޑުން ހައިކަލް އަތުގަ ހިފާލީމެވެ.
” އޭގެ މާނައަކީ ޔޫން އަކީ ޝަމްމުގެ ބޭބީ އެކޭ..؟ އެ ދަރިފުޅަށްޓަކައި އަހަރެންގެ ހުރިހާ އުފަލެއް ޤުރްބާން މިކުރީ އެހެން މީހެއްގެ ދަރިޔަކަށްޓަކައޭ.. އަހަރެން ހިޔެއް ނުކުރަން ރާޔާވެސް އަހަރެންނަށް ތިހާ ބޮޑު އޮޅުވާލުމެއް އޮޅުވާލާނެ ކަމަކަށް.. ތިން އަހަރު މިވީ… ” ހައިކަލް ރުޅިގަދަވާން ފެށިއެވެ. އިންސާނަކަށް ކެތްކުރެވޭނީ އެވަރަކަށެވެ. އެހާ ބޮޑު އޮޅުވާލުން ގަނޑެއް ތެރޭގަ ހައިކަލް ބަހައްޓައިގެން ރާޔާ އުޅުނީ ހައިކަލް ކާމިޔާބު ކުރެވޭތޯކަން ޔަގީނެވެ.
” ހައިކް.. އައި އޭމް ރިއަލީ ސޮރީ.. އަހަރެން ވަރަށް ދެރަވޭ ހައިކް ތިހެން އިންނާތީ.. ހައިކް މިއަދު ދެއްކި ވާހަކަތަކުންވެސް އަހަރެންނަށް އިނގޭ ޔޫން ދެކެ ހައިކް ލޯބިވާވަރު.. އެކަމް ކިތަންމެ ލޯބި ވިޔަސް އަމިއްލަ ދަރިއަކަށް ނުވާނެއްނު.. ކޮންމެ ގޮތެއްވިޔަސް ޔޫން އަކީ ޝަމްމުގެ ބޭބީއެއް ކަމަށް އޭނަވެސް އެ އޮތީ އެއްބަސްވެފަ..” އަހަރެން ބުނެލީމެވެ.
” އޭގެ މާނައަކީ އަހަރެންނާ ރާޔާއާ ދެމެދު އެފަދަ ގުޅުމެއް ނުހިނގައޭ ދޯ.. އެއީ އަހަރެން ގަސްތުގަ ކުރި ކަމަކަށް ނުވިޔަސް އަބަދުވެސް އެކަމާ ގިލްޓީ ފީލްވެފަ އަހަރެން ހުންނަނީ.. ޔަލްއާ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އަހަރެންގެ ބޭވަފާތެރިކަން ހަނދާންވޭ.. އެކަމް އެފަދަ ގުޅުމެއް ނުހިނގާކަން އިނގުމުން ވަރަށް ހެޕީވެއްޖެ..ދެން ރާޔާ ކީއްވެބާ އެވަރަކުން އަހަރެމެން ދެމީހުން ދުރުކުރުވަން އެ މަސެއްކަތް ކުރަނީ.. މިކަމަކީވެސް ވަރަށް ކުރިންސުރެ ޕްލޭންކޮއްގެން ކޮއްފައޮތް ކަމެއް.. އެކަމް ޔޫން ދޯ.. އައި ސްޓިލް ކާންޓް ބިލީވް..” ހައިކަލް ޔޫން ދެކެ ލޯބިވާވަރުން އޭނައަށް އެކަން ގަބޫލްކުރަން ދަތިވީއެވެ. އެހެނަސް އަހަރެންގެ ވާހަކަތަށް ހައިކަލް ގަބޫލް ކުރުމުން ހައިކަލް އަހަރެންނަށް އިތުބާރު ކުރާވަރު ދޭހަވިއެވެ. ހައިކަލްއާ އެތަށް ވާހަކައެއް ދައްކައިގެން އަހަރެން ހައިކަލް ހަމަޔަކަށް އެޅުވޭތޯ މަސެއްކަތް ކުރީމެވެ. ހައިކަލް އެންމެ ފަހުން ނިންމީ ރާޔާ އާ ޔޫންއާ ވަކިވާށެވެ. ތިން އަހަރު ދުވަހު އެއްކޮށް އުޅެފަ ޔޫންއާ ވަކިން އުޅެންވެސް އުނދަގޫވާނެއެވެ.
” ހައިކް އަބަދުވެސް ހަނދާން ކުރައްޗޭ އަހަރެން އަބަދުވެސް ހައިކްއަށް ވެއިޓް ކުރާނަން.. ހައިކް އަހަރެންގެ ލައިފް އަންނާނެ ދުވަހަކަށް ވަރަށް އިންތިޒާރު ކުރެވޭ..” ހައިކަލްއަށް ބަލާލަމުން އަހަރެން ބުނީމެވެ. ރާޔާގެ ކަންތައް ނިންމަން ކުޑަ ދުވަސްކޮޅެއް ބޭނުން ވާކަމަށް ހައިކަލް ބުނެލިއެވެ. ހުރިހާއެއްޗެއް އިނގުނީ އަހަރެންގެ ފަރާތުންކަން އިނގިއްޖެ ނަމަ އަހަރެންނަށް ކަމެއް ކޮއްފާނެތީ ހައިކަލް ބިރުގަތީއެވެ. އިރުކޮޅެއް ވަންދެން ވާހަކަ ދައްކަން ތިބެފަ ދެމީހުން ދިޔައީ ދުއްވާާލާށެވެ. ހައިކަލްވެސް ފަހުން ރާޔާގެ ވާހަކަ ނުދެއްކުމުން އަހަރެންވެސް އެވާހަކަ ދައްކާކަށް ނޫޅެމެވެ. އެވާހަކަ ދައްކައިފިއްޔާ ހައިކަލް އަނެއްކާވެސް މޫޑްއޮފްވާނެ ކަން އިނގެއެވެ. މިހާރުވެސް ބޭރު ފުށުން ކިތަންމެ ހަމަ ޖެހިލާފަ ހުރި ނަމަވެސް ވަރަށް ގިނަ ކަންތަކާ ވިސްނަމުން ދާކަން އަހަރެންނަށް އިނގެއެވެ.
” ޔަލް ބަލައިގެން އުޅެއްޗޭ.. ޝަމްމުއަށްވެސް އެއްވެސް ވަރަކަށް އިތުބާރު ކޮއްގެން ނުވާނެ.. ކޮންމެ ފަދަ ލަނޑެއްވެސް އޭނަ ދީ ފާނެ.. އަހަރެން ބޭނުންވަނީ ރާޔާ އަނގަ ބެދޭނެހެން މިކަން ބަސްޓް ކޮއްލަން.. އަހަރެން އަންނަންދެން ވެއިޓް ކުރައްޗޭ.. ” ފެރީއިން ފައިބަމުން ހައިކަލް ބުނެލިއެވެ. އަހަރެން ޒައިންއަށް ގުޅައިގެން ގެޔަށް ދިޔައީ ހައިކަލްއާ އެކު ދާތަން ޝަމްމުމެން މީހަަަކަށް ފެނިދާނެތީއެވެ.
އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ރާޔާގެ ކަންތައް ނިންމާފަ ހައިކަލް އަހަރެނަށް ގުޅާނެ ދުވަހަކަށެވެ. ހަފްތާއެއް ފާއިތު ވި އިރުވެސް ހައިކަލްގެ ހަބަރެއް ނުވުމުން އަހަރެން ހިތް ނުތަނަވަސް ވާންފެށިއެވެ. ހައިކަލް ރާޔާ އާ ދުރުވާން އެހާ ދުވަސް ނަގަނީ ކީއްވެބާއޭ ހިތަށްއެރިއެވެ. ޝަކުވާ އުފެދުނު ނަމަވެސް ހައިކަލްއަށް އިތުބާރުކޮއްފަ އަހަރެން އިންތިޒާރުގަ ހުރީމެވެ.
ޒައިންމެން ކިޔާވަރުން އައިޝާއާ ދެމީހުނާއެކު ކޮފީއަކަށް އަރާލީމެވެެ. އަހަރެން ޒައިންމިނަށް ރާޔގެ ވާހަކަތަށް ކިޔާދިނީމެވެ.
” މަށަށް އޭރުވެސް ޔަގީންވި ރާޔާގެ ކޮންމެވެސް މޮޅު ރޭވުމެއް ކަމަށް.. އެކަމް އޭނައަށްޓަކައި ހައިކް އަހަރެންނާ ހުރިހާ ގުޅުމެއް ކަނޑާލީމަ ހިތަށް އެރީ ހައިކްގެ އެއްވެސް ކަމަކު އަޅާނުލާ ހުންނާނީއޭ..” ޒައިން ބުނެލިއެވެ.
” ދެން އެކަން ހަނދާން ނައްތާލާ.. މިހާރު ހުރީ ހަގީގަތެއް އެހުރި ފެންނަން.. ހައިކް އުޅެނީ ރާޔާއާ ޔޫން ގޭން ނެރެންވެގެެން..” އަހަރެން ބުނެލީމެވެ.
***
” ޔަލް މިހާރު ހާދަ ނުފެނެޔޭ.. މާ ބިޒީ ދުވަސް ކޮޅެއްތަ..” ގެޔަށް ވަދެގެން އައި ޝަމްމު އަހަރެން ފެނިގެން ސުވާލު ކޮއްލިއެވެ.
” ބިޒީތަ.. ޝަމްމު ކަންނޭންގެ ނުފެންނަނީ..” ޝަމްމުއާ ވާހަކަ ދައްކަން ކިތަންމެ އުނދަގޫ ވިޔަސް އެކަން ނުދައްކާވޭތޯ ބަަލަމެވެ.
” ބައި ދަ ވޭ ފޯން ކަމުދޭތަ.. ދިމާ ނުވާތީ އަހާވެސް ނުލެވިގެން މިއުޅެނީ..” އަހަރެން ހަމަޖެހޭ ގޮތް ދައްކަމުން ވާހަކަ ދެއްކީމެވެެ.
” ޔާ.. ވަރަށް ސަޅި އެ ފޯނު.. ހާދަ ކަމަކާ ވިސްނާހެން ހީވެޔޭ.. ހިނގާބަ ބުރެއް ޖަހާލަން ދާން..” ޝަމްމު ބުނެލިއެވެ.
” މިރެޔަކު ނޫން ދޯ.. ވަރަށް ޓަޔަޑް ވެފަ މިހުރީ.. ދެންމެ މިއައީ ޑިއުޓީއިން..” އަހަރެން ނުދާންވެގެން ބަހަނާއެއް ދައްކާލީމެެވެ.
ޝަމްމުއާ ރާޔާގެ ވާހަކަ ތަކުން ހީވަނީ ޝަމްމު ރާޔާއާ ހިތްހަމަ ނުޖެހިފަ ހުރިހެންނެވެ. އެހެން ކަމަށްވަންޏާ އަހަރެން އެވާހަކަ އަހައިފިއްޔާ ތެދައްް ކިޔާދޭނެ ހެއްޔެވެ؟ ހައިކަލްއަަށް އިތުބާރު ކުރާށޭ ބުނެފަ އޮއްވާ އެވާހަކަ ޝަމްމުއާ ދެއްކުން އެއީ އެހާ ރަނގަޅުކަމެއް ނޫން ކަމަށް ވިސްނުނެވެ. ޝަމްމުވެސް މާގިނަ ވާހަކަތަކެއް ނުދައްކާ އޭނަގެ ކޮޓަރިއަށް ދިޔުުމުން ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. ޝަމްމުއާ ފޭސް ކުރަންވެސް މިހާރު އަހަރެންނަށް ހާދަ އުނދަގުލެެވެ. އެކަމް ރާޔާއާ ދައްކާފަ ހުރި ވާހަކަ ތަކުން ޝަމްމުވެސް ކޮންމެވެސް ވަރަކަށް އަހަރެން ކޮޅަށް ބުރަވާހެންވެސް ހީވެއެވެ. އެހެން ނޫންނަމަ ހައިކަލްގެ ކައިވެންޏާމެދު އަހަރެންގެ ހިތުގަ ޝައްކު އުފެދޭ ގޮތަށް ޝަމްމު ވާހަކަ ދައްކަންވީ ކީއްވެ ހެއްޔެވެ؟ ހައިކަލް ބޭވަފާވީކަމަށް ނިންމައިގެން ހުއްޓާ އެކަމާ އަހަރެންނަށް ދެވަނަ ފަހަރަށް ވިސްނާލަން މަޖްބޫރްވީ ޝަމްމުގެ ވާހަކަތަކެވެ. ޝަމްމު އެ މަސެއްކަތް ކުރަނީ ކޮންމެވެސް ގޮތަކުން އަހަރެންނަށް އެކަން އަންގަންބާއޭ ހިތަށްއެރިއެވެ. ކުއްލިޔަކަށް އަހަރެން ސިއްސައިގެން ދިޔައީ ފޯނު ރިންގްވާ އަޑަށެވެ. ހައިކަލްގެ ނަން ފޯނަަށް އަރާފަ އިންތަން ފެނުމުން އުފަލުން ހުރެ ފޯނު ނެގީމެވެ.
” ގޭގަތަ..” ހައިކަލް ބުނެލިއެވެ.
” ހޫމް.. ކަންތައްތައް ކިހިނެތް މިހާރު.. ރާޔާގެ ކަަަަންތައް ކިހިނެތް..” އަހަރެން ސުވާލް ކޮއްލީމެވެ. ޖަވާބެއް ނުދީ ހައިކަލް ފޯނު ކަންޑާލުމުން އަހަރެން ހައިރާންވިއެވެ. އަނެއްކާ އަހަރެންނަށް ސަޕްރައިސްއެއްދޭން އަންނަނީ ކަންނޭންގެއެވެ. އިރުކޮޅަކުން ގެޔަށް ވަދެގެން އައި ހައިކަލް ފެނިފަ އަހަރެން އުފަލުން ތެދުވެވުނެވެ.
” ހައިކް..” އުފަލުން ހުރެ އަހަރެން ގޮވާލީމެވެ.
” ޔަލްވީ.. އަހަރެން ޔަލްވީއަށް ހާދަ އިތުބާރެއް ކޮއްފައޭ އެވާހަކަތަށް ގަބޫލް ކުރީ.. ހިޔެއް ނުކުރަން ޔަލްވީ އަހަރެން ކައިރީ އެހާ ބޮޑެތި ދޮގުތަކެއް ހަދާނެ ކަމަކަށް.. މިއޮތީ ޑީއެންއޭ ޓެސްޓް ރިޕޯޓް.. އެއީ ޝަމްމުގެ ދަރިއަކަށް ވިއްޔާ ކީއްވެ އަހަރެންނާ މެޗްވަނީ.. ގައިމް މީ ރާޔާއަށް ނުވެސް އިނގި އަހަރެން ހެދި ޓެސްޓެއް.. ” ހައިކް ރުޅިވެރިކަމާއެކު އަހަރެންގެ މޫނު މައްޗަށް ސިޓީއުރައެއް ހޫރާލިއެވެ. އަހަރެންނަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ.
” އަހަރެން ޔަލްވީއަށް ހުރިހާ ވާހަކަ ތަކެއް ކިޔާދިނީ އެއްވެސް އޮޅުވާލުމެއްނެތި.. ޔަލްވީއަށްވެސް އިނގޭނެ އަހަރެންގެ ދަރިފުޅުދެކެ އަހަރެން ލޯބިވާވަރު.. ދެން ކީއްވެ މޮޅެތި ދޮގު ހަދައިގެން އަހަރެންގެ އިހްސާސްތަކާ ތި ކުޅެނީ.. އަހަރެންގެ ހިތަށް ކުރާނެ އަސަރު އެއްފަހަރުވެސް އިހްސާސް ކޮއްނުލެވޭތަ.. އަހަރެން ރާޔާގެ ފޯނުވެސް ބެލިން.. ތިބުނާ ފަދަ އެއްވެސް މެސެޖެއް ޝަމްމުއަށް ފޮނުވާފައެއްނެތް.. އެއީ އަސްލެއް ނަމަ ޔަލްވީވެސް އޭގެ ސްކްރީން ޝޮޓް ނަގާނެކަންނޭންގެ.. އެކަމް އިތުރު ދޮގުތަކެއް ހަދަންދޯ މޫދަށް ވައްޓާލީއޭ ކީ.. ތީ އަހަރެން އެއްވެސް ވަރަކަށް ޔަލްވީ ފަރާތުން އުންމީދު ކުރި ކަމެއް ނޫން.. ހީ ވެސް ނުކުރަން ޔަލްވީ ތިހާ ދަށު ދަރަޖައަކަށް ވެއްޓޭނެކަމަކަށް.. ” ހައިކަލްގެ ރުޅިއައިސްފަ ހުރި ވަރުން އަހަރެންނަށް މުހާތަބް ކުރީވެސް ޔަލްވީ ކިޔާފައެވެ.
” ވެއިޓް.. އެހެންވީމަ ހައިކް އަދިވެސް ތި ގަބޫލް ކުރަނީ އެ ރާޔާ ދައްކާ ވާހަކަ ދޯ.. އަހަރެން ހީ ކުރީ ހައިކް އަހަރެންނަށް އިތުބާރު ކުރާކަމަށް.. އެކަމް މިއަދު އިނގިއްޖެ ހައިކްއަށް ހަގީގަތަށްވުރެވެސް މުހިންމީ ރާޔާގެ ދޮގު ވާހަކަތަށްކަން..” އަހަރެންނަށްވެސް ކެތް ނުވެގެން ހައިކަލް ކުރިމަތީ ބަސް ބުނީމެވެ.
” ރާޔާއެއް ނޫނޭ މިތާ ދޮގުވާހަކަ ދައްކަނީއެއް.. ޔަލްވީއޭ ހުރިހާ ނުބައި ރޭވުމެއް ރާވައިގެން ތިއުޅެނީ.. އެދުވަހު ޔަލްވީ އަހަރެން ކައިރީ އެވާހަކަ ދެއްކުމުން އަހަރެން ނިންމީ ޑީއެންއޭ ހަދައިގެން ރާޔާއަށް އަންްގަން އަހަރެންގެ ދަރިއެއް ނޫންކަން އަހަރެންނަށް އިނގުނުކަން.. އެކަމް ޑީއެންއޭގެ ނަތީޖާ މިއަދު ލިބުމުން އަހަރެން މިހިރީ ހައިރާންވެފަ.. ގައިމް އަހަރެންގެ ދަރިއެއް ނޫންނަމަ ރިޕޯޓްގަ އެހެން ނީންނާނެ ދޯ.. ދެން ބުނޭ ރާޔާގެ މޮޅު ޕްލޭންއޭ.. ބަލަ ރާޔާއަށް އެއްޗެއް ޕްލޭންކުރަން އިނގޭނީވެސް އަހަރެން މިކަމެއް ކުރަން އުޅޭކަން އޭނައަށް އިނގި ގެނެއްނު.. ބުނަން ޔަލްވީ ވާހަކައެއް.. ޔަލްވީ ތި ކަން ކުރި ގޮތުން އަހަރެން މިހިރީ ވަރަށް ޔަލްވީ ދެކެ ފޫހިވެފަ.. ހީވެސް ނުކުރަން ތިކަހަލަ މަކަރުވެރިޔަކަށް ވެދޭނެކަމަކަށް.. އަމިއްލަ އެދުމުން ފޯވެފަ ހުރިޔަސް ތިދެން ބޮޑުވަރު…” ހައިކަލް ހިތު ހުރިހާއެއްޗެއް އަހަރެންނާ ދިމާލަށް ކިޔަމުން ދިޔައެވެ. ޝަމްމުވެސް އަޑު ގަދަކަމުން ކޮޓަރިން ނިކުމެ ވާނުވާ ނޭންގިފަ ހުއްޓެވެ.
” ހުއްޓާލަ.. ހައިކަލް ހިތަށް އައިހާ އެއްޗެއް ކޮންމެހެން އަހަރެންނާ ދިމާލަށް ކިޔާނެކަމެއްނެތް.. އަހަރެން ވަރަށް ކެތްކޮއްފިން.. ހައިކަލްއަށް ރަނގަޅަކަށް އަހަރެން ހަޤީގަތް އިގުމުން މި ކިޔާދިނީވެސް.. އެކަމް ގޯސް މިވީ އަހަރެންނެއްނު.. ހައިކަލް ހަނދާން ކުރާތި ހުރިހާ އެއްޗެއް އިނގޭ ދުވަހުން ހައިކަލް އަންނާނެ ދެރަވެގެން އަހަރެން ކައިރިޔަށް މާފަށް އެދެން.. ” އެހެން ބުނެލާފާ އަހަރެންގޮސް ކޮޓަރިއަށް ވަދެ ބާރަށް ދޮރުލެއްޕީމެވެ.
ނުނިމޭ
93 Comments
Comments are closed.
Here is the 37th part ? Good night all ?
WOW!! V v salhi… What?? DNA match v?? I guess, e vaany Yal ah fenna huvafenakah… Next partah eba v inthizaaru kurevey… Keep it up Mimmi 🙂
Ekm hieh nuvey ey huvafeneh hn…
=Tinkerbell=
Evaany dhogu report eh kmh….DNA tst hadhaanefaathy..maa kurin vs thahyaaru kohfa oiy report eh kmh vaany e….
=Tinkerbell=
Hadhaafaanethy*
=Tinkerbell=
V reethi keep it up mimmi
Wow mimmi so soon. Mi part ves varah reethi.??????
varah reerhi mi part ves..
keep it up
Woooow v v salhi next part avahah genesdheythi ingey???
Wow mimmi your the best ???mibaives v salhi
Maasha allah. Vara salhi ?
Oh no.. mi v kihineh. . BT mi part vx reethi… waiting for next part
See see mimmi ves e raaya kolhah dhani. Hmph. Yagyne shammu and raaya erey restaurant ga thibi yal zain ah evaahaka kiyaa dhin iru. Emeehun results change kuri. Varah foohi vey. Mivi gothun haikal gandakah yal deserve eh nuvey. Hus ekkala meehun. Yal ehen kujjaku hoadhaigen life start kurey. Varah foohi vejjey mi part kiyaafa.
DNA report dhogu koh dho e othee…. alhey noooonnn….. Haik akah neynge tha raya faara laafaane kameh…. Yal dhogeh nahadhaane…. BTW stort salhi… miadhu adhi eh part???❤
Alhe kihineh miviii…. Pls yal ah dhera gotheh nahadhaathi……story Vrh reethi.. When nxt part…pls pls avahah up kohdhiibaa
Khinh mi vany??alhe v salhi ekm..
Alhey… aee huvafenakah vaane nama kihaa rangalhu.. shammu ves raaya aa gulhigen yal aa haik dhurukurany dhw.. mimmi ehn nahadhahchey ingey.. next part ah inthizaaru kurevey..
Egenuney maa reethikoh bust vma knmevs nubaeh vaanekan..
Ehgothakee aee huvafenakah vunn..
Aneh gothakee raya hama molhy makaru hadhaa olhuvaalan..
V salhi vaahaka ingey..
V inthixaaru vs kurevey vaahaka ah..
Yageen yal ah dhin phn ga dhahkaavaahaka adu ivey gothah hadhaafa huryma emyhun DNA avahah match kuruvy kanneyge.. n yeah raayaa aky vx hospital ga ulhey myhehnu…
Btw v salhi mi part.. dhn whn nxt part
Alhe Raya ah ingunee dhw khonmes gothakah.v reethi. Waiting for next part
Alhey dhen haadha dherayey???????????
Dhn shammu ge dhari eh noon kan engunyma..
shammu nd raayaa fight eh hingaalaany ?
dhn eh 2myhnn kiyaalaany emyhunge hurihaa reyvumeh…?
ehisaabun eh dhemyhun ge dhulun hurihaa kameh falhaa araany.. ?
Dhn haik yal gaathu maafah edheyny egothah vaahaka dhekkunyma ?
nd bunaany edhemyhn ge faraathun ekan bust kollan vegen kulheli drama ekey ??
Dn raayaa ge kantha nimmaa laafa yal nd haik? marry kuraany Dhen……!!!!
Wow wow …DNA test match v whyyy????????..nuvaane ehnneh haik yal ah trust kuraane ..waiting for next part???
Speechless .. Shammu thedhah kiyaadheynee dhw fahun hyk kairee .. Ekam vexx yal dhn haik ah wait kuraane kameh neiyy .. Move on with your life yal baby .. Fahun raayaa and shammu gulheyny kanneyge .. Yal wil b with sum1 else .. Haik is waste .. Dhw ?? Varah kiyaahiyyvany mi strory hama .. Adhi 1 part we want .. Plxxx plxxxxx mimmi .. I love you .. Ummeedhu kuran kiyan libeyne kamah adhi 1 part .. ??☺☺????????
Hiyy haraamey thi loaibahtaka dhennnn… Inthixaareh ma nukuraanamey…. Thiya loabi libifaa mihn v maa.. Aharen enburi dhaaneheyyyyyyy…. ????????????
y is rayaa doing this
shammu kanneynge dhen yal ah help vaani… shammu please help her. <3
MaaShaa ALLAH. Vv reethi. Huvafeneh hen hsadha heevey
Yal dhogu nahadhàanekan haik ah engen vane dho waiting
Heevanu eyna evaahakathah 3rd person akaa share kureema flop very hen haik kuran ulhunu kanthah ??
Kobaa magey kuri comment????
Wow… love u mimmi
wooow v salhi avaha next part avas mimmi mivahaka avaha nuninmaathi pla den neh kamuda vahakaeh ???????????????????????
Dhen maa rangalhu yal aa shammu aa gulhuny aa haikal varah vaii dhen mihaaru
Kobaa story….mimmi… cant wait
Haadha las vejje miadhu?? Anehka kihinehvy?? ???
story v v salhi , but yal ah v gothun v dhera …. waiting 4 next part
V reethi koniran aneibainerenee
wen next part?? atleast rply kobba dhw story up nuvanyaa kiyuntheringe comment thakah?? wiating waiting for next part..
Guys sorry for the delay.. In Sha Allah mirey upkohla dheynan.. Aslu mi dhedhuvahu maa bxy kamun kury dhe partge commnt thakah reply nukurevigen miulheny..
thankolheh dhiguu kohlachey
Mimmi koba story
Mimmmmiiii….
Can’t wait ????
Alhe kobaa tha story??? Mihaaru kithanme faharaku check kurevijje…… ?❤
50 faharu check kurevijje mimmi ehn buni fahun .. Kobaatha ??????????????
Kobaatha alhe. Eagerly waiting for the story.
Story update nuvanya nuvaa vaahaka vx bunan vaane dhw.
Asluves dhw
Mimmi avas vaahaka kiyaahithun kehmadhuvefa mi inny ummeedh kuran yal aa haik adhives vakinuvaanekamah?
Mimmi plx avahah up kohladhy story v kiyaaa hithunn meeny ????
Mimmi kon iraku?? Habareh veba?? Plx.. ?????
Alhe adhives tha??? Thankolheh avas kohba dhw…. Up nukurevuny keehve kamaa dhn up kuraane dhuvaheh ves bunelaanama….. ??
Story up vaani kon irakuntha ? Up vaane time eh bunebaa. It’s so bored ? vaahaka up nuvathy
Alhw vara eba inthizaaru kurevey. Maa Las vehje mi faharu
Alhe avahah up kohdhybahh
V wait kurevey eba
guys im really sorry for the delay…. something came up.. & i am really busy with those stuffs…. wifi nulibeythee comment nukurevuny… try kuraanan veehaaves avahakaa up kolla dheveythoa… ???? most probably tomorrow…. ❤❤❤
Tomorrow never comes???
Vaahaka Avaha up kohladheebala pls pls pls pls
Hama kameh dhimaa vx vedhaane i understand.bxy viima up nuvedhaane hama.vaahaka liyumakii easy kameh noon.story is awesome? nd i am still waiting for the next part??
Hadha lahey next part upload valeh
Mihaa gina dhuvas kohfa up kuranyaa kuree part thakah vure dhigukoh genesdheyne kamah unmeedhu kuran… Eyrah readers ves hiyyhama jeheyne….. ?
ADHIWES UPDATE NUWEY WAAHAKA !! MIDHEN BODUWAREHNU
Adhi kihaa dhuvahaku inthizaaru kuran jeheyne tha. Varah kiyaa hiyyvey
Nunimey vaahaka kiyan v foohi.. Vaahaka liye nimunyma up kuran v nu.. Eyrun kiyuntherin rulhi annaakah nujeheyne dho
I agree with your comment
?????
Dhn vaahaka up nuvanyaa nuvaa vaahaka bunanvynun.. it has been so many days.. mihaaru mi story kiyanvx foohi vehjje. Inthizaaruvx kurevyni vakivarakah story up vaan dhn ???
Busy ves vedhaane ekm mihaa Gina dhuvas vaa iru update nuvanyaa kada dhw enme kuda mi nun busy vaahaka vx bunan jeheyne.. Update kuraa iru kurany vx nulaa hiku kuru koh
Mimmmi ?????…
Dhera vejje .. Rovijje ??????????
N now it’s getting bored and bored ?
Mi story feshunee sureh kiyan aslu vrh faahagah vey mimmi mihar eh haa noolhey kan vahaka upload kuraakah aslu vrh dhera kantha mee mimmi hope u will correct this n future
Mimmi haadha lahey story waiting for next part.
Kobaa haadha las vejjeyey. kihaadhuvaheh vaane tha adhi. buneleema ehnu egeynee. comment nukoh thiben.
Bxy viima vaahaka up nuvedhaane kan ingey bt dhn up vaane dhuvaheh buniima kiyuntherin hiyhama jeheyni
Readersves understand vaan vaane dhw kameh dhimaavedhaane kan.. mi ehkoh liye nimifa oi story eh noon v ma kameh dhimaava haalathuga upkoh nuleveny.. Kurinves dhe dhuvahu up kohla dheynamey bunin.. Ekamves upkoh levey varu nu v ma anehkaa ithuru dhuvaheh bunan nukerifa mi iny.. I will try to upload the story as soon as possible.. hope you all will understand..
dhen Upload kohleveyne final dhuvaheh bunevidhaane nu.
?
mimmi ingeyey bxy kamunkan upload nukureveny ekamaku kiyaahivaaleh bodukamun aadheys mikureveny
Funloabi mihithuge nuegunaaas … vaahaka kiya hiy vanee…
Vaahaka upload kurun huhtuneetha
Koba next episod haadha inthizaareh kurevey….waiting………………?
Dhw reysh
????
Mivaruge writers eh adhi nudheken. Bunaa ehves eh cheh dhimaleh nuvey.
Week eh vaairu vx upload eh nukureveytha? Dhn varah foohi vey
Upload nukurevenyaa vaagoiyy angaalinama. Bxy viyas mee boduvaru. Bxy meehun keehkuran mikahala kankamaa havaaluvani. Varah salaan.
Alhe dhn upload kuran vehjje eh nun!!!! V kehkure vihjje. Nuvanyaa nuvaane vaahaka buneba??
konirakun vaahaka up kohla dheynee
Really sorry for the delay?
will upload story on monday❤??
Then Monday vas ahnaana mimmi
Veehaa ves dhigukoh genes dheyn vaane….. Ehaa dhuvas fahun up kuraa iru ves kuda thanfukeh up kureema dhn readers ves bored vaane dhw…. Hope mi kahala kan kan rangalhu kuraane kamah .. Luv you…. ?❤
Mimmi koba story waiting gah hama mithibeee
Miyadhu Me Monday dho kudhinay
kobaaaa storyyy???? mimmi kobaatha story?????