ފަތިސްނަމާދުގެ ބަންގީގެ އަޑާއެކު އަފްރީން ދެލޯ އުނގުޅަމުން ގޮސް ފާހަނަޔަށް ވަނީ ފެންވަރާލުމަށެވެ. ފެންވަރައިގެން ނިކުމެ ނަމާދުކޮއްލައިގެން އަފްރީން ތިރިއަށް ފޭބީ އާދައިގެ މަތިން ކޮފީއެއް ތައްޓެއް ބޯލުމަށެވެ. އަފްރީން ކޮފީމަގު ހިފައިގެން ނިކުމެ ގޭގެ ބިއްދޮށް ފަރާތު ބަގީޗާގައި ހުރި ބެންޗެއްގައި އިށީނދެ އިދެ ކޮފީ ބޯންފެށިއެވެ. އޭރު އިރުގެ އަލި ކޮންމެސް ވަރަކަށް ވަނީ ބިމަށް ފޯރާފައެވެ. އެ ބަގީޗާއަކީ އަފްރީންގެ މަންމަ މިޝާ ވަރަށް ރަގަނޅަށް ބަލަހައްޓަމުންދާ ބަގީޗާއެކެވެ. ތަފާތު އެކިވައްތަރުގެ މާގަސް […]
އެންމެ ފަހުން ޝަނާޔާއަށް ކެތްނުކުރެވިގެން އޭނާގެ ހިތަށް އުނދަގޫ ކުރަމުންދިޔަ ސުވާލު ކޮށްލިއެވެ.ޖިއާން އިންތިޒާރު ކުރަމުން އެދަނީވެސް ޝަނާޔާ އެސުވާލު ކުރާނެ ވަގުތަކަށެވެ.އެވަގުތު ވަރަށް ލޯބިން ޝަނާޔާގެ ގައިގައި ބައްދާލުމަށްފަހު އެއީ ރޭގެ ޚާއްސަކަމުން ކަމަށް ބުންޏެވެ.އާނ އެކެވެ.ރެއަކީ ޝަނާޔާގެ ދިރުއުޅުމަށް މިހާތަނަށް އައި އެންމެ ޚާއްސަރެއެވެ.މުޅި އުމުރަށް ޖިއާންގެ ޙައްޤަކަށް ވުމުގެ ދަޢުވަތު ލިބުނުރެއެވެ.ޖިއާންގެ އަނބިމީހާއަށް ވެވޭ ދުވަހަކީ ޝަނާޔާ އެންމެ އުފާވާނެ އެއްދުވަހެވެ.ނަމަވެސް މަންމައަށް އޮޅުވާލައިގެން އެކަން ކުރަން ޖެހޭތީ ޝަނާޔާ ފަސް ޖެހެނީއެވެ.އެހެންވެ […]
“އޭތް. ރައޫފްބެއޭ ބުނީމަ މި ހަނދާންވީ. އެގޭ ރުކާން އަދިވެސް ހުންނަނީ ހުހަށްތަ؟” ކުއްލިއަކަށް ޔާމިން އެހެން އަހާލުމުން މިއުވާން ހައިރާންވިއެވެ. “ކިހިނެއްވީ؟” ޔާމިންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މިއުވާންވެސް ކޮށްލީ ސުވާލެކެވެ. “އެގޮނޑިއަށް ކުރިމަތިލާންކަމަށް.” ހިނިގަނޑަކާއެކު ޔާމިން ބުނެލުމުން މިއުވާން ޗޮކެއް ކަނޑާލަމުން ބޯހޫރާލިއެވެ. “ސާބަހޭ ޔާމްބެ. ތިގޮތް ދޫކޮށްލަބަލަ ދެން. ދިރިއުޅުމާ ދޭތެރޭ ތަންކޮޅެއް ސީރިއަސްވާން ވެއްޖެއެއްނު މިހާރު.” މިއުވާން ބުނެލިއެވެ. “ސީރިއަސް؟ އަހަރެންނަކަށް ނޭނގެ ސީރިއަސްވާކަށް. ފުރަތަމަ ޖެހޭނީ ތިކަން ދަސްކުރަން. […]
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. އަލާނިޔާ ރީތިވަމުން ދިޔައީ އެކުވެރިންނާ ބައްދަލު ކޮށްލުމަށް ރަސްފަންނަށް ގޮސްލާށެވެ. ހުދުކުލައިގެ ކްރޮޕް ގަމީސްކޮޅަކާ ކަޅު ސިކިނީ އެއްލައިންހުރި އިރު އެބައްޓަން ރީތި ހަށިގަނޑު ވަރަށްވެސް ފުރިހަމައެވެ. އިސްތަށިގަނޑަށް އެއްވެސް ގޮތެއް ނުހަދާ މިނިވަންކަމާއެކު ދޫކޮށްލެވިފައިވާއިރު އެ ސާދަކަމަށް އެތައްބައެއް ފިދާވާހާ ވެއެވެ. އަނެއްކޮޓަރީގައި އުޅޭ ޔުސްރާވެސް ރީތިވެލައިން ނިކުތްއިރު ހީވަނީ ހޫރު ޕަރީއެއްހެނެވެ. ލުއި މޭކަޕެއް ކޮށްފައިވާއިރު ރަތް ލޭކުލަ ޖައްސާލެވިފައިވާ ތުންފަތް އެ ދޮން މޫނު ފުރިހަމަ ކޮށްދީފައިވެއެވެ. ދަނބު […]
އަރްޖޫ ގޯތި ތެރެއަށް ނުކުތީ ގޭތެރެއިން ދިމްރާގެ އެއްވެސް ހިލަމެއް ނުވުމުންނެވެ. ބޭރަށް ނުކުމެ ނަޒަރު ހިންގާލުމާއިއެކު ގޭގެ ގޯތިތެރޭ ހުރި ހުސްތަން ކޮޅުގައި ހަދާފައި ހުރި އަަށި ކައިރީ ދިމްރާ އިށީންދެގެން އިންތަން ފެނުނެވެ.ގޮނޑީގައި އިށީންދެލައިގެން އިންއިރު ދިމްރާގެ ލެޕްޓޮޕް އަށިމަތީ ބަހައްޓާލައިގެން ދިމްރާ އިނީ އެއާ ކުޅޭށެވެ.އަރްޖޫ ގޮވާލުމާއިއެކު ސިހުން ލިބި ދިމްރާއަށް ލެޕްޓޮޕް ލައްޕާލެވުނު ގޮތްވެސް ނޭނގުނެވެ. ”ކީއްވެ ބޮކިވެސް ނުދިއްލާ ކަނު އަނދިރީގަ” އަރްޖޫ އައިސް އަށި ކައިރީ ދިމްރާ އިށީންދެގެން […]
ކަކުލާއި ހަމައަށް އަންނަ ކުކުޅުބިސް ކުލައިގެ ހެދުމާއިއެކު އަހަރެންލީ އައިސްބްލޫކުލައިގެ ޖިންސެކެވެ. އެހެދުމާއި ގުޅުވައިގެން ރީތި ރަތްކުލައިގެ ޝޯލްއެއް އަޅާ ބޮލާއި މޭމަތި ފޮރުވާލީމެވެ. މޫނުގައި ޖަހާފައިހުރި ކެލީ ފުށުގެ ސަބަބުން މޫނުގެ ކުލަ އިތުރަށް އަލިވެފާ އޮމާންކަމަށް ދައްކައެވެ. ވަރަށް ގިނަ ދުވަހަށްފަހު މިރޭ އެސްފިޔަތަކުގާ މަސްކަރަ ޖައްސާލާ ލޮލުގައި ގަދަ ފިޔާތޮށިކުލައިގެ އައިޝެޑޯއެއް ޖައްސާލުމަށްފަހު ކޮލުގައި މޭކަޕްކޮށް ފުރިހަމަކޮށްލުމުން ހިތަށް ހަމަޖެހުމެއްލިބުނެވެ. ތުންފަތުގައި ޖައްސާނެ ކުލައެއް ކަނޑައެޅުނީ ލިޕްސްޓިކް ތަކާއި ދިމާއަށް ބަލަހައްޓައިގެން ހުންނަތާ […]
ލޫކަސް ލުތްކެއް ޖަހާފައި އަނާނީ އޭނާއާ ދިމާއަށް އަނބުރައިލި ވަގުތު، އެ ބާރުމިނުގައި އަނާނީ އައިސް ތަތްވީ ލޫކަސްގެ މޭމަތީގައެވެ. އަނާނީ ބަލާކަށް ނުހުރެ ލޫކަސް އޭނާއާ ދުރަށް ކޮއްޕައިލިއެވެ. “ކިިހިނެއް ވެގަނެގެންތަ ތިއުޅެނީ؟” ދަތްކުނޑި ވިކާލައިގެން ހުރެ އަނާނީ ކިޔައިލިއެވެ. އޭރު އޭނާގެ ދެލޯ، ރުޅި އައިސްގެން ގޮސް މިނިކާވަގެއްގެ ދެލޮލެކޭ އެއްފަދައެވެ. “އެހެން ފިރިހެނުން އަތްލީމަ ކަމަކަށް ނުވޭ ދޯ! ހަމަ މަ ވީމަ” ލޫކަސް ބުނެލިއެވެ. “ކޮން އެހެން ފިރިހެނުންނެއްތަ؟” އަނާނީ ސުވާލުކޮށްލީ […]
ވަރަށް ގިނައިރު ވަންދެން ތެތް އެއްޗެއްސާއިއެކު ފެންޖަހާ ކުލަޖެހުމުގާ އަހަރެމެން ފުރާގެ ދެތިން ކުއްޖަކާއި ބައިވެރިވެގެން އަހަރެންވެސްއުޅުނީމެވެ. މެންދުރުވާން ގާތްވުމުން ހައްވަދައިތަމެންގެއާއި ދިމާއަށް އެނބުރި ދިޔައީ ތެތްބާލާ ފެންވަރައިގެން ބަދިގެއަށް ވަންނާށެވެ. ދިޔަ މަގުމަތީވެސް ދެޖިންސުގެ ޒުވާނުން ފެން ޖަހާ ކުލަ އުނގުޅާ މަންޒަރު ފެންނަމުން ދިޔައެވެ. ނަމަވެސް މޫނުގައި ރެއިންބޯ ފުއް ޖަހައިގެން ފެންކުލައިން ފެންވަރައިގެން ހުރުމުންހެން ހީވެއެވެ. އަހަރެންގެ ގައިގާ އިތުރަށް ކުލަކޮޅެއް އުނގުޅާލާނެ މީހަކު ނުވިއެވެ. މެންދުރުގެ ކެއުމަށް މަންމަމެންގެ ރައްޓެހިންނާއި އަހަރެން […]
އޭޝް އޭ ބުނެ އަޝްފާގަށް އިގިލި ދިއްކޮށްލިތަން ފެނި އެންމެންގެ ލޯ ބޮޑު ވެގެން ދިޔައެވެ. އެވަގުތު ފެން ކޯވަރެއް ބޯން އިން ފަޒުނާއަށް ކޮށި އަރާގޮތްވިއެވެ. “އޭޝް އޭ” އަޝްފާނާއި އަރޫޝާއަށް ހައިރާންކަމާއި އެކީ އަހާލެވުނެވެ. “އަމްމްމް.. އައި ޝުޑް ގޯ” ހިތުގައި އުފެދުނު ހުރިހާ ޝަކުވާއެއް ބޭރުކޮށްލި އިރު އިޝާއަށް އޭޝްއަކީ ކާކު ކަން ބޭޒާރުކޮށްލެވުނުކަން އެނގި ތިރީ ތުންފަތުގައި ދަތްއަޅައި ގަނެވުނެވެ. “ދަނީ” އިޝާ ރޮބެޓެއްހެން ދާން އުޅުމުން އަރޫޝާ ގޮސް އޭނާ […]