“ބޭބޭ އިޝާ ބާތްޑޭ އެބައާދެއެއްނު ހިގާބަލަ ކަމެއް ރާވަން” ހެދުނު ސައި ބޯން އިން އަރޫޝާއާއި ދިމާލަށް ހައިރާންކަމާއި އެކު ބަލައިލެވުނީ ކުއްލިއަކަށް އޭނަ ކައިރީ އިޝާގެ ވާހަކަ ދައްކަން ފެށުމުންނެވެ.
“ކީއްކުރަން… އިޝާ. އަމްމް. ބޭބެ” އަޝްފާގަށް ބުނެވުނު ނުބުނެވުނު އެއްޗެއް ނޭނގި އަނގައޮޅޭ ގޮތްވިއެވެ.
“ހާދަ ވަރެއް ތިވަނީ. އަނެއްކާ ކޮށި އެރީތަ” އަޝްފާގަށް ވީ ގޮތް ފެނި އަރޫޝާއަށް ހެވުނެވެ.
“ނޫނޭ.. ކީއްކުރަން ބޭބެ ކައިރީ އިޝާގެ ވާހަކަ ތިދައްކަނީ އައުޓް އޮފު ދަ ބުލޫ” އަޝްފާގު އަހާލިއެވެ.
“ދޮންބެ ކައިރިއަކު ނުއެއް އެހޭނެ އެއްނު އެދެމީހުން ބުރޭކް އަޕްވީމަ. ދެން ފަޒޫ މިދުވަސްކޮޅު ޓެސްޓްވީމަ އެހާ ވަގުތެއް ނުދެވޭނެއެއްނު.. ދެން ބާކީ ހުރީ ބޭބެ އެކަނި . ރުޝް މިފަހަރު ބޭނުން އިޝާގެ ބާތްޑޭ ވަރަށް ބޮޑަށް ސެލެބުރޭޓް ކޮށްލަން. ކިތައްމެ ވަރަކަށް ފޮރުވަން އުޅުނަސް އެނގޭ ވަރަށް ދެރަވާނެކަން. އިނގޭތަ އެއްމެ ފުރަތަމަ އިޝާ ރައްޓެހިވީ އޭޝް ކިޔާ ކުއްޖަކާ.. އެއީ އަސްލު ނަމެއް ނޫން އިނގޭ، އިޝާ އަހާ އަހާ ނުބުނި އަސްލު ނަމެއް. އެކުއްޖާ އެއްވެސް ސަބަބެއް ނުބުނެ ގުޅުން އެއްކޮށް ހުއްޓާލީ. ޝީ ވެންޓް ތުރޫ އަ ވެރީ ހާޑް ޓައިމް އެމީހާ ގަނޑުގެ ހަނދާންތަކާއި ދުރުވާން.. މިހާ ދުވަސްވީ އިރުވެސް ހިޔެއް ނުވޭ އިޝާ އޭނަ މަތިން ހަނދާން އެއްކޮށް ނައްތާލެވުނުހެން. ދޮންބެ ކައިރީ ނުބުނައްޗޭ މިވާހަކަ. އިޝާ އޮފީހުގަ ގެންގުޅެއެއްނު ބުރައުން ކުލައިގެ ފޮތެއް. އޭގެ ފަހަތުގަ ހުންނާނެ ބައިވަރު އެއްޗިސް އޭޝްއާއި ބެހޭ ގޮތުން ލިޔެފަ. ފަހުން އެކަންވެސް މަދުކޮށްލީ ދޮންބެއަށް ފީލިންގްސް އުފެދެން ފެށީމަ” އަޝްފާގު ކުރި ސުވާލުގެ ޖަވާބު ދެވި މައުޟޫއިންވެސް އަރޫޝާއަށް ބޭރުވެވުނެވެ. އިޝާގެ ހަޔާތުގެ ސަފްހާތައް ކުރިމަތީ އިން އަޝްފާގަށް ކިޔައިދިން އިރު އަރޫޝާއަށް ނޭނގެނީ އިޝާގެ އެ “އޭޝް” އަކީ އޭނާގެ ބޭބެކަމެވެ. އިޝާގެ ހަޔާތުގައި ދިމާވި އެންމެ ބޮޑު ހިތާމާއިގެ އަސްލަކީ އަޝްފާގު ކަމެވެ.
ކައިރީ ހުރި ކޮފީ ޖަގުން ދެވަނަ ފަހަރަށް ތައްޓަށް ކޮފީ އަޅައިގެން ބޮމުން އަޝްފާގު އަރޫޝާ އިޝާގެ ވާހަކަ ދައްކަމުން ދިޔައިރު އަޑުއަހަން އިދެވުނީ ޝައުގާއި އެކުގައެވެ. އިޝާގެ ކޮންމެ ވާހަކައެއްވެސް އޭނާއަށް މުހިއްމެވެ. އިޝާގެ ނަން އިވޭ ކޮންމެ ފަހަރަކު އެހިތް އުފަލުން ނަށާލާކަހަލައެވެ. އެހެންނަމަވެސް މިހާރު އަރޫޝާ އެދައްކާ ވާހަކަތަކުން އިޝާއަށް ލިބިފައިވާ ކޮންމެ ހިތާމައަކަށް އަމިއްލަ ނަފުސު ކުށްވެރިކުރެވެއެވެ.
“ސޯ ދާނަން ދޯ މިއަދު އޮފީސް ނިއްމާލާފަ ޝޮޕިންއަށް” އަޝްފާގު ސައިބޮއި ނިއްމާ ކައިރީގައި ހުރި ފެންތަށިން ކޯވަރެއް ބޯލިއެވެ.
އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމަށްފަހު އަޝްފާގު އަވަސް ހިގުމެއްގައި އޮފީހަށް ދާން ނުކުތެވެ. ކާރުގެ މިސްރާބު ހުރީ އޮފީހާއި ދިމާލަށް ހުރި އިރު އަޝްފާގުގެ ހިތުގައި ވަނީ އިޝާގެ ބުރައުން ފޮތް ބަލާލުމުގެ ޝައުގެވެ. އޮފީސް ފެށޭ ގަޑިއަކީ ނުވައެއް ޖަހާއިރު ކަމުގައި ވިޔަސް އަޝްފާގު މަސައްކަތަށް ހުންނަ ލޯއްބެއްގެ ބޮޑުކަމުން އަބަދުވެސް އަށެއް ޖަހަންވާއިރަށް އޮފީހަށް ދެއެވެ. އަޝްފާންމެން މިކަމާ ދިމާ ކުރިއަސް މިއަދު މިގަޑީ ދިޔުމުން އޭނާއަށް އިޝާގެ ފޮތް ބަލާލުމުގެ ނަސީބު ލިބޭނެއެވެ.
އަވަސް ހިގުމެއްގައި އައިސް އަޝްފާގު މަޑުނުކޮށް އިޝާގެ މޭޒުމަތި ހާވަން ފެށިއެވެ. ތަރުތީބުކޮށް އަތުރާލައިފައިވާ އިޝާގެ މޭޒުމަތީ ފޮތް ފެންނަން ނެތުމުން އަޝްފާގު އިޝާގެ ޑެސްކު ދަށުގައި ހުރި ކަބަޑު ތެރެ ހާވާލިއެވެ. އެއްމެ ތިރީ ވަށްގަނޑުގެ އެއްމެ އެތެރޭގައި ކަހަލަ ގޮތަކަށް ފޮރުވައިފައިވާ ފޮތް ފެނުމުން އަޝްފާގަށް ޔެސް އޭ ބުނެ އުފާ ފާޅުކުރިއެވެ. ކާމިޔާބު ހިނިތުންވުމަކާއި އެކީ އަވަހަށް ފޮތް ހުޅުވާލިއެވެ.
އިޝާގެ ގޮނޑީގައި އިށީދެލައިގެން އިން އަޝްފާގު ފޮތުގެ ފަހަތުން ފެށިގެން ގަނޑު އުކަމުން ދިޔައެވެ. އިޝާގެ އަމިއްލަ އަތުން އިޝާ ލިޔެފައިވާ ހިތުގެ އުދާސްތައް ކުރިމަތީ ފެންނަން މިއޮތީއެވެ. އިޝާ އެންމެނަށް ފޮރުވަމުންދާ އިހުސާސްތައް އިޝާއަށް “ވަގަށް” ކިޔޭތީ އަޝްފާގު ހުރީ ކުޑަކޮށް ޖެހިލުންވެސްވެފައެވެ. ދޭތެރެއަކުން ކެބިންގެ ދޮރާއި ދިމާލަށް ބަލާލެވެނީ އިޝާ އައިސްދާނެތީ ބިރުންނެވެ.
އަދި އިޝާ އޭނާ އާއި ބެހޭ ގޮތުން ލިޔެފައިވާ ކޮންމެ ޖުމްލައެއް ކޮންމެ ލަފުޒެއް ތަކުރާރުކޮށް ކިޔާލެވި ސިކުޑީގެ އެއް ފަރާތުގައި ގުގުމަމުން ދިޔައެވެ. އިޝާ މުޅި ފޮތުގައިވެސް އަޝްފާގަށް މުހާތަބުކޮށްފައިވަނީ އޭޝްގެ ނަމުންނެ. ދޭތެރެއަކުން އަޝްފާގުގެ ރީތިކަމަށާއި އޯގާތެރިކަމަށް ތައުރީފުކޮށްފައި ހުއްޓަސް ގިނައީ ޝަކުވާއެވެ. ” އަހަރެންގެ ކުށަކީ ކޮބާ” ފަދަ ޖުމްލަތަކުން އަޝްފާގުގެ ހިތް ކަތިލަމުން ދިޔައެވެ.
ކިތައްމެ ފަހަރަކު މާފަށް އެދުނަސް އިޝާގެ ހިތް އޭނާއަށް ހެޔޮނުވާނެއޭ އަޝްފާގުގެ ހިތް ބުނަމުން ދިޔައެވެ. އެހެންނަމަވެސް އެހަނދާން ހިތުގައި ނުފޮހެވޭނެހެން ފޮރުވިފައި އަބަދަށް ހުންނާނެއެވެ.
ޑައިރީއެއް ފަދަ ފޮތަށް ގެއްލިފައި އިން އަޝްފާގަށް ކުއްލި ސިހުމެއް ލިބުނީ ހަމަހިމޭންކަން ވެރިވެފައިވާ މާހައުލުން އަޑެއް އިވުމުންނެވެ. ކެބިންގެ ދޮރުން މީހެއްގެ ހިލަމެއް ފެންނަން ނެތްކަމުގައި ވިޔަސް އަވަހަށް ކޮޅަށް ތެދުވީ ރިސްކެއް ނުނެގުމަށެވެ. ކިޔާލާ ހިތްވެފައި ހުރިލެއް ބޮޑުކަމުން އަޝްފާގު އެފޮތް މޭޒުމަތީ އޮތް އޭނާގެ ސޫޓްކޭސް ތެރެއަށް ލިއެވެ. ފަހުން ކިޔާލުމަށެވެ. އަދި އަވަސް ހިގުމެއްގައި ގޮސް ގޮޑީގައި އިށީނެވެ. އެވަގުތު އިޝާ އެތެރެއަށް ވަންތަން ފެނި އަޝްފާގަށް ފުން ނޭވާއެއް ލުމަށްފަހު ހިނިތުންވެވުނެވެ. ނަސީބު އަތުގައި ލައްވާލީ މަދު ސިކުންތުކޮޅެއްގެ ފަރަގުންނެވެ.
އެދުވަހު އޮފީހުގައި އަޝްފާގަށް އެއްވެސް ވަރަކަށް މަސައްކަތަށް ފޯކަސްކުރެވޭ ގޮތެއް ނުވިއެވެ. އިރުއިރުކޮޅާ އިޝާއާއި ދިމާލަށް ބެލެމުން ދިޔައެވެ. އިޝާއާއި މިހާ ކައިރީގައި ހުއްޓަސް ދެމީހުން މެދުގައި ބަޔާން ނުކުރެވޭނެ ފަދަ ދުރު މިނެއްވާ ކަމުގެ އިހުސާސްވަމުން ދިޔައެވެ.
“ބޭބެ ހިގާ ދާން” ބަރާބަރު 4 ޖެހުމާއި އެކީ އަރޫޝާ އަޝްފާގު ހޯދަން އައެވެ.
“އާން ހިގާ ދާން” އަޝްފާގު ދޮރުން ނިކުންނަމުން އަޝްފާގު އެންމެ ފަހު ފަހަރަށް އިޝާއަށް ބަލާލި ވަގުތު ދެމީހުންގެ ނަޒަރު ދިމާވިއެވެ. އަޝްފާގު ހިނިތުންވުމެއް ހަދިޔާ ކޮށްލާފައި ކެބިން އިން ނިކުތްއިރު އިޝާއަށް އެކަނިހުރެ ހިނިތުންވެނެވެ. ހީވީ އަޝްފާގު ލޯބިން ހިތުގައި ފިރުމާލިހެންނެވެ.
ތިން ދުވަސް ފަހުން އަންނަ އިޝާގެ ސަޕްރައިސް ޕާޓީއަށް ރެޑީވާން ފަހަރަކު ފިހާރައަކަށް އަރޫޝާއާއި އަޝްފާގު އަރަމުން ދިޔައެވެ.
“ބޭބޭ. މިކޭކު އަޅަން މި ޑިސައިން ރީތިތަ” ކޭކު އަޅާ ފިހާރައަކަށް ވަދެ އަގުތައް އަހާލުމަށްފަހު އަރޫޝާ ހޮވައިފައިވާ ދެތިން ޑިސައިން އަޝްފާގަށް ދައްކަމުން ހިޔާލު ހޯދިއެވެ.
“މީތި ވަރަށް ރީތި. އެކަމަކު ހުދު ކުލައިގެ މަލުގެ ބަދަލުގަ ނޫ ކުލަ ވަރަށް ރީތި ވާނެ” އަޝްފާގު އިޝާއާއި ބެހޭ އެއްމެ ކުޑަ މައުލޫމާތުވެސް އަދިވެސް ހަނދާން ހުރެއެވެ.
“ބޭބެއަށް ކިހިނެތް އެނގުނީ އިޝާއަށް އެންމެ ރީތި ކުލަ. އަބަދު ކުރިމަތީ އިންނާތީ އެނގުނީ ދޯ. ގެންގުޅެނީ އަބަދުވެސް އެކުލައިގެ އެއްޗިސް ވިއްޔާ” އަރޫޝާ އޭނާއަށް ހީވާ ގޮތަކަށް ބުނެލި އިރު އޭގެ ރައްދުގައި އަޝްފާގު ހިނިތުންވެލިއެވެ.
ކޭކު ހުކުރުވިލޭރެއަށް ނިއްމަން އޯޑަރު ދިނުމަށްފަހު އަޝްފާގާއި އިޝާ ޕާރޓީ ޒީނަތްތެރިކުރާނެ ތަކެތި ގަންނަން ދިޔައެވެ. އަދި އެއަށްފަހު ހަދިޔާ ގަންނަން ދިޔައެވެ. އަރޫޝާ އިޝާއަށް ދޭން ކުޑަ އެހެންނަމަވެސް ވަރަށް ރީތިކޮށް ހަދައިފައިވާ ލޭންޕެއް ނެގިއިރު އަޝްފާގު ހުރީ ނަގާނެ އެއްޗެއް ނޭނގިފައެވެ. އިޝާ ގޮވައިގެން މިކަހަލަ ފިހާރައަކަށް ވަދެއްޖެއްޔާމުން އިޝާ ހުންނަނީ ދާން ބޭނުންނުވެފައެވެ، ގިނަ އެއްޗިއްސަކީ އިޝާ އަބަދުމެ ގަންނަން ބޭނުންވެފައިވާ ތަކެތިކަން އަޝްފާގު ކައިރީ އެތައް ފަހަރެއްގެ މަތިން އިޝާ ބުނެފައިވާ ހަނދާން އޭނާ އާވިއެވެ.
“މީ ކިހިނެއް ވާނެ” ނަގާނެ ނުނަގާނެ އެއްޗެއް ނޭނގިފައި ހުރެ އަޝްފާގަށް އެއްމެ ފަހުން ނެނގުނީ ވަކި ލާރި އަޅަން ހަދާފައި ހުރި ބޮޑު ދަޅެކެވެ.
“ސާބަސް ބޭބެ. އިޝާއެއީ ކުޑަ ކުއްޖެއް ނޫނޭ ވަކި ލާރި އެއްކުރަން” ބޭބެގެ ކުޑަކުއްޖެއް ފަދަ ވިސްނުން ފެނި އަރޫޝާއަށް މަޖާވިއެވެ.
“އެކަމެއް ނޭގެ. އެދަބަސް އަޅުވައިގެން ހިނގާ އިރު ހީވަނީ ލާރި ގޯންޏެއް ހެން. ކުރިން ދުވަހަކު އިޝާއަތުން ދަބަސް ވެއްޓި ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް ވެރުނު. ބޭބެއަށް ޔަގީން 100 ހަމަވާނެކަން އެވެރުނު ބައިން އެކަނިވެސް” އަޝްފާގު ކުރިން ދުވަހު އޮފީސް ތެރޭ ވީ ކަންތައް އަރޫޝާއަށް ކިޔާދިނެވެ.
“އޯކޭ.. ބޭބެ ތި ދީ ، އެކަމަކު ބުނެގެން ނުވާނެ އަހަރެން ހުއްޓައޭ ތި ނެގީ” އަރޫޝާ އާއި ދެމީހުން ހިނިގަނޑެއް ޖަހާލަމުން ކައުންޓަރާއި ދިމާލަށް ހިގައިގަތެވެ.
އިޝާގެ ބާތްޑޭއަށް ޝޮޕިންއަށް އަރޫޝާއާއި އަޝްފާގު އެކަނި ދިޔަ ކަމުގައި ވިޔަސް ޕާރޓީއަށް ރެޑީ ވުމުގައި އަޝްފާނާއި އަރޫޝާ ވެސް ބައިވެރިވިއެވެ.
މެރިން ބުލޫ ތީމް ކުލައަކަށް ހަދައިގެން ޓެރަސް ތައްޔާރު ކުރަމުން ދިޔައީ މިރޭ ޕާރޓީ ބޭއްވުމަށެވެ.
“ދޮންބޭ ދެންމެ އޭ އަދި ހަދާންމިވީ. އިޝާ ބުނި ދޮންބެ އެހެން ކުއްޖެއް ފަހަތުން އުޅޭ ވާހަކަ.. ވެލް ފަހަތަކުން ނޫނޭ ބުނީ. ލޯބިވަނީ އޭ ބުނީ.. އެއީ ތެދެއްތަ” ބޮކި ހަރުކުރަން ހަރުގަނޑަށް އަރައި ހުރި އަޝްފާނާއި އަރޫޝާ ވާހަކަ ދައްކަމުން ބުންޏެވެ.
“އޭން.. އެހެން ކުއްޖެކޭ.. ކޮން އިރަކު އިޝާ އެހެން ބުނީ” އަޝްފާން ހަރުގަނޑުން ތިރިބަލަމުން އަހާލިއެވެ.
“މިދިޔަ ފްރައިޑޭ އެއީ.. ފަޒޫ ވެސް ހުރިން ދޯ” ކައިރީގައި ހުރި ފަޒުނާއަށް އަރޫޝާ ދޯ އެއް ދިއްކޮށްލިއެވެ.
“އާން.. އެވާހަކަ އަހަން މަވެސް ހަނދާން ނެތުނީއޭ. މިހާރު ކޮން ކުއްޖެއް އަނެއްކާ” ފަޒުނާ އަރޫޝާގެ ވާހަކާއިގައި ބައިވެރިވިއެވެ.
“ދީނާތަ މިފަހަރު” އަރޫޝާ ސަމާސާކޮށްލިއެވެ.
“ދީނާއަކަށް ނުވާނެ އެއްނު. އެއީ އެހެން މީހެއްގެ ހައްގެއްނު” އަޝްފާން އަޝްފާގަށް ކަޅިއެއް އެއްލާލަމުން ބުންޏެވެ.
“ދީނާ މާ ވަރަކުން އުޅުނަސް އެގެއްނު ބޭބެ ނޫޅޭކަން. ދެން ވާހަކަ އޮޅުވާ ނުލާ ބުނެބަލަ ކާކުކަން” އަޝްފާގުވެސް ހުރީ އެސުވަލުގެ ޖަވާބުގެ އިންތިޒާރުގައެވެ.
“ނެތް އެހެން ކުއްޖެއް. ތިވާނީ އިޝާއަށް ހީވި ގޮތަކަށް.. ދޮންބެ ދަނީ ފެންވަރަން ދެން. ވަރަށް ވަރުބަލިވެއްޖެ” އެއްމެ ފަހު ބޮކި ހަރުކުރުމަށްފަހު އަޝްފާން ބޭނުންވީ އެތަނުން އަވަހަށް ދާށެވެ. އެއްވެސް މީހަކު އިޝާއާއި ދެމީހުން ރުޅި ވިސަބަބު އަހައިފިނަމަ އަޝްފާން ގާތަށް ނޭނގޭ ރުޅިއެއް އާދެއެވެ.
އަޝްފާގު ފެންވަރާލައިގެން އަށެއްގެ ހަބަރު ބަލާލަން ބައްޕައާއި އެކު އިށީދެގެން އިންދާ އަރޫޝާ އައިސް އިޝާ ބަލާ ދިޔުމަށް އެދުނެވެ.
“އަޝްފާނާއި ދެކުދިން މިހާރު ވާހަކަވެސް ނުދައްކަނީތަ” ޝާހިދު އަރޫޝާ ކުރެން އަހާލިއެވެ.
“ނޫން. އެމީހުން ވާހަކަ ދައްކާ. ހީނުވޭ ކަމެއްވެގެން އުޅޭހެން ވެސް. އެކަމަކުވެސް އޮޑް ވާނެއެއްނު އިޝާއަށް ދޮންބެއާއި އެކީ ތަންތަނަށް ދާން”
“ދީބަ ތަޅުދަނޑި. ބޭބެ ކާރު ފަޒީލް އަތުގަ އަދިވެސް ވީ” އަޝްފާގު ބޭރަށް ދިޔަ އިރު ފަޒީލާއި ކާރު ހަވާލުކުރި ފަހުން ކާރު ލިބޭ ގޮތް އަދިނުވެއެވެ. ފަޒީލް އަންހެނުން ވިހައިގެން އުޅޭތީ މިދުވަސްކޮޅު ކާރު އަތުލައިފިނަމަ އުނދަގޫ ވެދާނެތީ އަޝްފާގު އަޅާނުލާ ހުރީއެވެ.
އަރޫޝާ ކޮޓަރިއަށް ކާރުގެ ތަޅުދަނޑި ބަލައި ދިޔައެވެ.
“ދަރިފުޅު ކޮން ދުވަހަކުން މީހަކާ އިންނަނީ.. ބަލާބަ ފަޒީލް ވެސް މީހަކާއި އިނދެގެން ދަރިން ލިބި އުފަލުގަ އުޅޭތަން. ބައްޕަވެސް ދަރިފުޅަށް އެކަހަލަ އުފަލެއް ލިބޭތަން ވަރަށް ދެކިލާ ހިތްވޭ” ޝާހިދު އޭނާގެ އުއްމީދުތައް ކައިރީގައި އިން ދަރިފުޅާއި ހިއްސާކުރިއެވެ.
“ބައްޕާ.. އިރާދަކުރެއްވިއްޔާ އަހަންނަށް ކުދިން ލިބި އެކުދިން ބޮޑެތި ވާތަން ބައްޕަ ދެކިލައްވާނެ. އެކަމާ މާ ބޮޑަށް ފިކުރު ނުކުރައްވާ”
“އެއީ ދޮގެއް ބައްޕާ.. ބައްޕަމެން ބޭބެއަށް އިންނާނެ ކުއްޖަކު ހޯދައި ނުދީފިއްޔާ ބޭބެ މުސްކުޅިވާ އިރުވެސް ހުންނާނީ މިހެން” ދެބަފައިން ދައްކަމުން ދިޔަ ވާހަކަ އަޑު އިވި ކާރު ތަޅުދަނޑި ހިފައިން އަރޫޝާ ހެމުން ބުނެލިއެވެ.
“އެއީ ތެދެއްތަ ދަރިފުޅާ.. އަބަދު ތިހެން މަސައްކަތުގަ އުޅެގެން ފަހުން ލިބޭނީ ކޮން އުފަލެއް.. ގޮސް އަންހެން ކުދިންނާއި ވާހަކަ ދައްކާ ދަރިފުޅަށް ކަމުދާ ކަހަލަ ކުއްޖެއް ހޯދަބަލަ.. އެހެން ނޫނީ ބައްޕަމެން ހޯދަންތަ ދަރިފުޅު އިންނަން ރަގަޅު ކުއްޖެއް” ޝާހިދު ހިޔާލެއް ފާޅުކުރިއެވެ. ބައްޕަ އެ ވާހަކަ އަޑުއެހުމަށް ފަހު އަޝްފާގު މޫނު ކުނިކޮށްލައި އަރޫޝާއާއި ދިމާލަށް ބެލިއެވެ. އަރޫޝާއަށް އެކަން މަޖާވެ ބަދަލުގައި ހީލިއެވެ.
“އޯކޭ ދެން ބޭބެ ދަނީ އިޝާ ބަލައި. ގުޅާފަ ބުނޭ ތިރިއަށް ފައިބާށޭ” އަޝްފާގު ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. ބައްޕަގެ ވާހަކައިގެ މިސްރާބު ހުރީ އެހާ ގަޔާވާ މައުޟޫއަކަށް ނުވުމުންނެވެ.
ކާރުގެ ފަހަތު ސީޓަށް އިޝާ އެރުމާއި އެކު އަޝްފާގަށް ކާރުގެ ލޯގަނޑުން އިޝާއާއި ދިމާލަށް ބަލާލެވުނެވެ. އިޝާ ލައިގެން ހުރީ ހުދުކުލައާއި މެރޫން ކުލައިގެ ބޮޑު ފަސްބަޔެއް ހުރި ދިގު ހެދުމެކެވެ. މިއާއި އެކު އަޅައިގެން ހުރީ ޕްލޭން މެރޫން ޝޯލްއެކެވެ. އަޝްފާގު ލޯގަނޑުން އޭނާއަށް ބަލަހައްޓައިގެން އިންކަން އެނގި އިޝާއަށް ލަދުރަކި ގޮތަކަށް ހީލެވުނެވެ. އެމަސްތު ކުރުވަނިވި ހިނިތުންވުމަށް ފޫހި ކަމެއް ނެތި އަޝްފާގަށް އެތައް އިރަކު ބަލަހައްޓައިގެން ހުރެވިދާނެއެވެ.
“ކާރުން ފައިބައިގެން އެއް ފަހަރާއި ކަހަލަ ގޮތަކަށް ދެމީހުންނަށް ސިޑިއާއި ދިމާލަށް ހިގައިގަނެވުނެވެ. އަޝްފާގަށް ތަން ދިނުމުގެ ގޮތުން އިޝާ ހިގުން ލަސްކޮށްލާ ފަހަތަށް ޖެހުނެވެ. އަޝްފާގު ފަހަތުން އިޝާވެސް މައްޗަށް އަރަމުން ދިޔައެވެ. ފުރަތަމަ ބުރިއަށް ދެވުމާއި އެކު އަޝްފާގު ކުއްލިއަކަށް ފަހަތަށް އެބުރުނެވެ.
“ކިހިނެތްވީ” ދެލޯ ބޮޑުކޮށްލަމުން އިޝާ އަހާލިއެވެ.
“ހެޕީ 20ތް ބާތްޑޭ އިޝާ” ޖީބުން ކަޅު ކުލައިގައި ޕާރުސަލްކޮށްފައިވާ ކުޑަ ފޮއްޓެއް ދިއްކޮށްލަމުން އަޝްފާގު ބުނެލިއެވެ. އިޝާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަޝްފާގު އޭނަގެ ބާތްޑޭ ހަނދާން ހުރިބާއޭ ހިތާއި ސުވާލުކޮށްލެވުނެވެ. އެއްފަހަރު ހަދިޔާއާއި ދިމާލަށް އަނެއް ފަހަރު އަޝްފާގުގެ މޫނަށް ބަލައިލެވުނީ ދެން ކަންތައްކުރަންވީ ކީއްކަމެއް ނޭނގިފައެވެ. ހަދިޔާ ހިފަން އަތް އިސްކުރިކަމުގައި ވީނަމަވެސް އަތް މުއްކަވާލެވުނީ ނުކެރިގެންނެވެ.
އިޝާގެ އަތުގައި ހިފައި އަޝްފާގު ހަދިޔާ ދިނެވެ. އަދި ލަސްނުކޮށް އަވަހަށް ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. އެއްމެ ފަހަރަކުވެސް ފަހަތް ބަލައި ނުލައި ދިޔަ އަޝްފާގުގެ ނަޒަރުން ގެއްލުނު އިރުވެސް އިޝާއަށް ހުރީ ހުއްޓުން އަރާފައެވެ. އަރުކޮޅަކު މިހެން ހުރުމަށްފަހު އިޝާ ބޯ ކުޑަކޮށް ހަލުވާލައި ހަމަ ވިސްނުމަށް އެބުރިއައެވެ.
އިޝާ ގެއަށް ވަދެ އެތެރެ ހޯދާލިއިރު ޓީވީ ބަލަން ސޯފާގައި އިން އަޝްފާގު ފިޔަވައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަޝްފާގާއި ދެމީހުން އެކަނިވާން މިވަގުތު ބޭނުންނުވާތީ އިޝާ ގޮސް އަރޫޝާގެ ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. އެހެންނަމަވެސް އެތެރެއިން ތަޅުލައިފައި ހުރުމުގެ ސަބަބުން ދޮރު ހުޅުވޭގޮތެއް ނުވިއެވެ. އެހެންކަމުން ޖެހިގެން ހުރި ފަޒުނާގެ ކޮޓަރިއާއި ދިމާލަށް ހިގައިގަތެވެ. ފަޒުނާގެ ކޮޓަރިން އެއްވެސް މީހެއްގެ ހިލަމެއް ފެންނަން ނެތުމުން އިޝާ ބެލްކަންޏަށް ނިކުތެވެ. އެތަނަށް ވުރެ އެހިތަށް ހަމަޖެހިލައިގެން ހުރެވޭނެ ތަނެއް ނެތުމުންނެވެ.
ރެއަކީ ފިނި ރެއެކެވެ. އިރުއިރުކޮޅާއި ޖެހޭ ފިނިވައި ރޯޅިން އިޝާއަށް އުފާވެރިކަން ގެނެސްދެމުން ދިޔައެވެ.
“ސުވާލެއް ކޮށްލަންތަ” ފަޒުނާ ހުރީ އަޝްފާން ފެންވަރައިގެން ފާހަނައިން ނުކުންނަ އިރެއްގެ އިންތިޒާރުގައެވެ.
‘ކޮން ސުވާލެއް. ޕްލީސް އިޝާއާއި ބެހޭ ސުވާލެއް ނޫން. ކޮންމެ މީހަކަ ހަމަ އިޝާ ކޮންމެސް އެއްޗެކޭ ކިޔައިގެން އެބަ އުޅޭ. ބޯ ފަޅައިގެންދާ ވަވަރުވޭ” ނުރުހުންވެ ހުރެ އަޝްފާން ބުނެލިއެވެ.
“އޯކޭ. މިސުވާލު އިޝާއާއި ގުޅޭ. އެކަމަކު މިކުރަނީ އޭގަވެސް ފަޒޫ އިންވޯލްވާތީ” ފަޒުނާ އިނީ އެނދުގައި އިށީދެލައިގެންނެވެ.
“ހމމމ. ކޮށްބަލަ” އަޝްފާން ހުރީ ފަޒުނާގެ ފަހަތުގައި ނުފެންނަހެން ޖިންސްލާށެވެ.
“އިޝާއާއި ބުރޭކަޕްވީ ފަޒޫއާއި ހެދިތަ. މިބުނީ ކުރިން ދުވަހު ހޮސްޕިޓަލުގަ ބުނީމެއްނު އިޝާއާއި އެކީ ނޫޅެވޭނޭ ދެމީހުންގެ ފްރެންޑްޝިޕަށް ހުރަސްއެޅެންޏާ.. އެކަހަލަ އެއްޗެއް ކީމެއްނު” ކަންބޮޑުވުމާއި އެކީ ފަޒުނާ އަހާލިއެވެ.
“ނޫން ތިހެންވެ އެއްނު..”އަޝްފާން ގެ ކުރު ގޮތަކަށް ޖަވާބު ދިނުމަށްފަހު ހޭވިފައިވާ އިސްތަށިގަނޑު ހަމައަކަށް އެޅުވޭތޯ ލޯގަނޑު ކުރިމަތީ ހުއްޓިލިއެވެ.
“ދެން ކީއްވެތަ” ފަޒުނާ އެނދުން ތެދުވެ އަޝްފާން ކައިރީ ޑްރެސިންގް ޓޭބަލް ކައިރީ ހުއްޓިލިއެވެ.
“ކަމެއް ނުވެޔޭ ބުނެފީމެއްނު” ފަޒުނާ ތަކުރާރުކޮށް އެހުމުން އަޝްފާންގެ އަޑު މި ފަހަރު ބާރުވިއެވެ. ފަޒުނާ އިތުރަށް އެއްވެސް އެއްޗެކޭ އޭގެ ފަހުން ނުބުނުމުން އަޝްފާން ފަޒުނާއަށް ބަލާލިއެވެ.
“އައި އޭމް ސޮރީ.. ފަޒޫއަށް ރަގަޅަށް އެގެޔެއްނު އިޝާއާއި ދެމީހުން ވަކިވީ ދެމީހުންނަށް ހެޕީ ފިއުޗާއެއް ނެތުމުންކަން. އައި ލަވް ހާ.. ބަޓް ވީ އާ ނޮޓް މެންޓް ޓު ބީ”
“ދެން އެހެން ވެއްޖެއްޔާ އިޝާ އެދައްކަނީ ކޮން އެހެން އަންހެން ކުއްޖެއްގެ ވާހަކަ. އައި ތިންކް ދެމީހުން މާ ކުލޯސްކޮށް އުޅޭތީ އިޝާއަށް އެހެން ހީވަނީހެން” ފަޒުނާ އޭނާއަށް ހިވާގޮތެއް ބުނެލިއެވެ.
“ވެދާނެ ތިހެން ކަމަށްވެސް. އެކަމަކު މިހާރު ދެން މައްސަލައެއް ނެތެއްނު” ފަޒުނާގެ މޫނުމަތިން ކަންބޮޑުވުން ފެންނަމުން ދާތީ އަޝްފާން ބުނެލިއެވެ.
“އަޝްފާނަށް މައްސަލައަކަށް ނުވެދާނެ. އެކަމަކު އަހަންނަށް ވަރަށް އުދަގޫވާނެ އޭ. ޝީ އިޒް މައި ބެސްޓް ފުރެންޑް. އިޝާ އެހެން ހީކުރާހާ ހިނދަކު އައި ޑޯންޓް ތިންކް އަޝްފާނާއި މިހާ ކުލޯސްކޮށް އަހަންނަށް އުޅެވޭނެހެން” ފަޒުނާ ގޮތް ނިއްމުމަށްފަހު ކޮޓަރިން ދާން އުޅުނެވެ. އަޝްފާން ދެތިން ފަހަރު ގޮވާލުމުން ފަހަތް ބަލާވެސް ނުލައެވެ.
“ފަޒޫ ޕްލީސް ދެން ތިހެން ހަދާކަށް ނުވާނެއެއްނު” އަޝްފާން ފަޒުނާގެ ފަހަތުން އެކޮޓަރިއަށް ވަނެވެ.
“ނޫން އަހަރެން ބޭނުމެއް ނޫން އަޝްފާނާއި މިހާ ގާތް ގުޅުމެއް ބާއްވާކަށް” ފަޒުނާ އަދިވެސް ހުރީ އެގޮތުގައެވެ.
“ފަޒޫ ތިކިޔަނީ އިޝާއަކީ ފަޒޫގެ ބެސްޓްފުރެންޑަށްވީމަ އޭނަ ދެރަކޮށްލާކަށް ބޭނުމެއްނޫނޭ. ވެލް އެހެންވެއްޖެއްޔާ އަހަންނަކީ ދެން ކާކުތަ ފަޒޫ ކައިރީ. ގައިމުވެސް އަހަންނަށް އެނގޭ ހަގީގަތަކީ އަހަރެން ފަޒޫ އާއި ދޭތެރޭ ދެކެމުން އައީ ނުލާހިކު ގާތްކޮށްކަން. ވަރަށް ދެރަ ވެއްޖެ މިއަދު ތިހާ ދުރުކޮށްލީމަ” އަޝްފާންގެ އަޑުގައިވި ނުތަނަވަސްކަން ފަޒުނާ ފާހަގަވިއެވެ.
“އަޝްފާން އަންޑަސްޓޭންޑް ވެބަލަ. އަހަރެން ކޮން މޫނެއް އިޝާއަށް ދައްކާނީ. އިޝާ އެހެން ބުނި ދުވަހުން ފެށިގެން އަހަރެންނަށް ވިސްނެނީ އެކަމާ.. އިޝާ ކިތައްމެ ހަމަޖެހިލައިފައި އުޅުނަސް ހީވޭ އިޝާ އަހަރެން ދެކެ ރުޅި އައިސް ހުންނަހެން” ފަޒުނާ އަށް އިޝާގެ ރަހުމަތްތެރިކަން ގެއްލި ދާނެހެން ހީވާތީ ކަންބޮޑުވުން ފާޅުކުރިއެވެ. ފަޒުނާ ޑްރެސިން ޓޭބަލް ގޮނޑީގައި އިސްޖަހައިލައިގެން އިށީނެވެ.
“ފަޒޫ ވާހަކައެއް ބުނަންތަ” ފަޒުނާ ކުރިމަތީ ހުރި އަޝްފާން ފުން ނޭވާއެއްލުމަށްފަހު ބޮޑު ވާހަކައެއް ދެއްކުމަށް ތައްޔާރުވިއެވެ. “ހަނދާންވޭތަ އަހަރެން ފަޒޫ މޫނުމަތީ ޖެހި ހަނދާން. އެރޭ އަހަރެން ވަރަށް ގިނަ އިރު އޮތިން އަހަންނަށް ކުރެވުނު ކަންތަކާއި ވިސްނަން.ވަރަށް ދެރަވި ފަޒޫ ގައިގަ ޖެހުނީމަ. އަދި ހަމަ ރޭ އަހަންނަށް އެނގުނު ފަޒޫ އެހެންމީހުނަށް ބަހައްޓާ އޯގާތެރިކަން. އަހަންނަށް އެންމެ ކަމުދާ އެއްސިފަ އެއީ. އެދުވަހުން ފެށިގެން ދެމީހުންގެ ފުރެންޑްޝިޕް ފެށުނީ. އަހަރެން ގެ ހަޔާތުގައި އެހެންމީހަކަށް ނުކިޔާދޭ އެތައް ވާހަކައެއް ފަޒޫ އަށް ކިޔައިދޭން ބޭނުންވި. ވަރަށް އުފާވި ދުވަހަކުވެސް ނުލިބޭ ރައްޓެހިކަމެއް ފަޒޫ ފަރާތުން ލިބޭތީ. ކޮންމެ ކަމެއް ހެޔޮ ހެޕީކަމެއް ވިޔަސް އަދި އަހަރެން ދެރަވާ ކަމެއްވިޔަސް އަހަންނަށް އެންމެ ފުރަތަމަ ހޯދެނީ ފަޒޫ. އެއްމެން އެއްތާކު ތިބޭ އިރު މަޖާކަމެއް ވެއްޖެއްޔާ އެއްމެ ފުރަތަމަ އަހަންނަށް އިހުތިޔާރުން ބޭރުން ނަމަވެސް ބެލެނީ ފަޒޫއަށް އެކަން މަޖާވިތޯ. ފަޒޫ މިގެއިން ގޮސް އެހެންމީހަކާއި އިންނަން ޑިސައިޑް ކުރިކަން އެނގުނު ދުވަހު އަހަރެންނަކަށް ނޭނގެ އަހަރެންނަށް ހުރެވުނު ތަނެއް ވެސް. ކޮންމެ ސިކުންތަކެއްގައި އަހަންނަށް ފީލްވި ފަޒޫ އަހަރެންގެ ހަޔާތުން އެއްކޮށް ބީވެގެން ހިގައިދާނޭ. އިޝާ އަހަރެންގެ ހަޔާތަށް އައިކަމުގައި ވިޔަސް އަހަންނަށް ނޭނގޭ ކަހަލަ ފީލިންގެއް އެއްއައި ފަޒޫ އަހަންނާއި ދުރުގަ އުޅޭތީ. އެހެންވެ އެރޭގެ މިގެއަށް ބަދަލުވާން އެދުނީ” އަޝްފާން ހިތުގައި ފުނިޖެހެމުން އައި ހުރިހާ ވާހަކައެއް ބަންޑުންކޮށްލިއެވެ.
ފަޒުނާއާއި އަޝްފާން ދައްކަމުން ދިޔަ ވާހަކަތައް އަޑު އިވޭ ހިސާބުގައި އިޝާ ހުރި ކަމެއް އެކަކަށްވެސް ނޭނގެއެވެ. އަޝްފާން ދުލުން ބޭރުވަމުން ދިޔަ ކޮންމެ ލަފުޒެއް ހީވަމުން ދިޔައީ އިޝާގެ މެޔަށް ހަރަމުންދާ ހަންޖަރުތަކެއްހެންނެވެ. އިޝާގެ ޝައްކުތައް އިޝާގެ ހާޒިރުގައި އަޝްފާން ދިޔައީ ތެދުކުރަމުންނެވެ. ދެލޮލުން ކަރުނަ ހިލާލުމުން ދަބަހުން ޓިޝޫއެއް ނަގައި ދެލޯ ފުހެލިއެވެ. ނަސީބުގައި ނެތް ލޯތްބަކަށް އެއްމެ ކަރުނަތިއްކެއްވެސް ބޭކާރު ނުކުރުމަށް އަޒުމް ކަނޑައެޅިއެވެ. އަޝްފާންގެ ބޮޑު ތަގުރީރު ނިމުމުން އިޝާ ބެލްކަނިން ކޮޓަރިއަށް ވެނެވެ.
“އިޝާ” މީހެއްގެ ހިލަމެއް ވީހެން ހީވުމުން ބެލްކަނީގެ ދޮރު ކައިރީގައި ހުރި އިޝާ ފެން ފަޒުނާ ގޮވާލިއެވެ.
“ކީއްކުރަނީ މިތާ” މިފަހަރު ހައިރާންކަމާއި އެކީ ސުވާލުކުރީ އަޝްފާނެވެ. އިޝާ އެތާނގައި ހުރެދާނެ ކަމަށް އެއްވެސް ގޮތަކަށް ހީވެފައި ނެތުމުން ދެމީހުނަށް ވެސް އެކަކު އަނެކެކެއްގެ މޫނަށް ބަލައިލީ ދެންމެ ދެއްކި ވާހަކައާއި މެދު ކަންބޮޑުވެގެންނެވެ.
“އަޝްފާގު ގެޔަށް ލައިދިން އިރު އެއްވެސް މީހެއް ފެންނަން ނެތުމުން އަރޫ ކޮޓަރިއަށް ދިޔައީ. އަރޫ ކޮޓަރީ ތަޅުލައިފަ ހުރުމުން މިކޮޓަރިއަށް އައީ. ދެން ތިދެމީހުންގެ ޒުވާބުގަނޑު ނިމެންދެން ބެލްކަނީގަ މިހުންނަނީ” އިޝާ ބެލްކަންޏާއި ދިމާލަށް އަތް ދިއްކޮށްލިއެވެ.
“އަޅޭ. ހަނދާންވެސް ނެތުނީ. މަޑުކުރޭ އަރޫއަށް މިގުޅަނީ” ލައިގެން ހުރި ޖިންސުގެ ޖީބުން ފޯންނަގައި އަރޫޝާގެ ނަންބަރަށް ގުޅަން ފަޒުނާ އުޅުނެވެ. އިހްސާސްތަކުގެ އަވައިގައި ޖެހި ޕާޓީ މަތިން ދެމީހުންވެސް ހަނދާންނެތުނީއެވެ.
“އަދި އިރުކޮޅަކު މަޑުކޮށްލާ.. އިޝާ ވެސް ބޭނުން ތިދެމީހުން ކައިރީ ވާހަކައެއް ބުނަން” ފަޒުނާ އަރޫޝާއަށް ގުޅުމުގެ ކުރިން އަވަސް އަވަހަށް އިޝާ ފަޒުނާއަތުން ފޯން ނެގިއެވެ. އިޝާ އަނެއްކާ ކޮން ވާހަކައެއް ބުނަން ބޭނުންވެގެންބާ ދެމީހުންގެ ހިތައްވެސް އެރިއެވެ. ދެންމެ ދެމީހުން ދެއްކި ހުރިހާ ވާހަކައެއް އިޝާއަށް ސާފުކޮށް އިވޭނެއެވެ. އަނެއްކާ އިޝާ ރުޅިއައީ ނޫން ބާވައެވެ.
“ތީ ބޮޑު ދެ މޮޔައިން” އިޝާ އެއްމެ ފުރަތަމަ ބުނި ޖުމްލައިން އަޝްފާނާއި ފަޒުނާއަށް އެކަކު އަނެކަކަށް ބަލައި ލެވުނީ ސުވާލު މާކްތަކަކާއި އެކީގައެވެ.
“ފުރަތަމަ ކާކު ފައްޓާނީ ؟ ފަޒޫ އިން ފަށަމާ.. އަޝްފާން ތީ ކުޑަ ކުއްޖެއް ނޫން ނަމަ އެނގޭނެ ފަޒޫ އަޝްފާން ދެކެ ލޯބިވާ ވަރު. އެހާ މީރުކޮށް ކޮފީ ގިރައިދީފަ އެހާ ލޯބިން ހުރިހާ ކަމެއް ކޮށްދޭނީ ލޯބިވާ މީހުނެއް ނޫންތަ. ފަޒޫ މިގެއިން ދިޔައީވެސް އަހަރެން އަޝްފާނާއި އެކީ އުޅޭތަން ފެނި އުނދަގޫ ވެގެނެއް ނޫންތަ؟ ޔޫ ސްޓާރޓެޑް ޓު އެވޮއިޑް ހިމް.. އެހެން މީހަކު ތިމާ ލޯބިވާ މީހަކާއި އުޅޭތަން ފެނި ކުރާނެ އަސަރު އަހަންނަށް އެނގޭ.. ޔާ.. ހެޕީ ވާނެ އޭނަ އުފާކޮށް އުޅޭތީ . އެކަމަކު ދެރަވެސް ވާނެ އެއުފަލުގެ އަސްލަކަށް ތިމާ ނުވުމުން” އިޝާ ވާހަކަ ދައްކަމުން ދިޔައިރޔ ފަޒުނާއަށް ހުރެވުނީ އިސްޖެހިފައެވެ.
“ދެން އަޝްފާން . ވައި އާރ ޔޫ މޭކިން އަ ފޫލް އައުޓް އޮފް ޔޯސެލްފް އެންޑް އެވަރިވަން. އަހަންނަކަށް ނޭގެ އަޝްފާން އަހަރެން ދެކެ ހަގީގީ ލޯބިވީހެނެއް. އެނގޭ ހާވެސް އެއްޗަކީ އަޝްފާނާއި ކިތައްމެ ކައިރީ ހުއްޓަސް އަޝްފާނަށް ފަޒޫ އާއި ދިމާލަށް ނޫނީ ނުބެލޭކަން. ދެމީހުން އެކަނި ވާ ވަގުތުވެސް ގިނައިން އަޝްފާނަށް ދެއްކެނީ ފަޒޫގެ ވާހަކަ ކަން އެނގޭތަ. އަބަދު ފަޒޫ މިވެނި ކަމެކޭ އެވެނި ކަމެކޭ. އިޝާއަށް ހީވީ ދެން ތިދެމީހުންގެ ފްރެންޑްޝިޕް މާ ވަރުގަދަ ވީމަކަމަށް އެހެންވަނީ..އެކަމަކު އެއީ ނޫންކަންނޭނގެ މައްސަލައަކީ .. ތިދެމީހުންނަށް ވެސް އެކަކު އަނެކަކު ދެކެ އެހާ ވަރަށް ލޯބިވާ އިރު އިޝާ އަށް ތިދެމެދަށް ވަދެވުނުކަން. އައި އޭމް ރިއަލީ ސޮރީ އެބައުޓް ތެޓް ފަޒޫ. ފަޒޫ ކުޑަކޮށް ނަމަވެސް އަޝްފާނަށް ފީލިންގްސް އޮތްކަން އެނގުނު ނަމަ އަހަރެން އަޝްފާނާއި ކައިރި ނުވީމުސް.. ތެދަށް ބުނަންޏާ އަހަރެންނާއި އެއްކޮށް އުޅުނަސް ޑީޕް އިންސައިޑް ހީ ލަވްސް ޔޫ . އަދިވެސް” އިޝާގެ މިފަހަރުގެ ތަގުރީރުގެ އަމާޒަކަށް ވީ އަޝްފާނެވެ. ހުރިހާ ވާހަކައެއް ބަންޑުން ކޮށްލީ އަމިއްލަ ނަފްސް ކުށްވެރި ކުރަމުންނެވެ. ހީވަނީ ކުރިއާލައި މިވާހަކައަށް ރެޑީވެގެން ހުރިހެންނެވެ.
“ސޯ ޕްލީސް އިޝާއަށްޓަކައި ނަމަވެސް ތިދެމީހުން ގުޅެންވީއެއްނު. އައި ވުޑް ބީ ވެރީ ހެޕީ” އިސްޖަހައިގެން ތިބި އަޝްފާނާއި ފަޒުނާގެ ހަމަހިމޭންކަން އިޝާއަށް އުދަގޫ ކުރުވިއެވެ. އަޝްފާނާއި ފަޒުނާއަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނީ ދެން ކަންތައް ކުރަންވީ ގޮތެއް އެކަކަށްވެސް ނޭނގޭތީއެވެ.
ތަނަށް ވެރިވެފައި އޮތް ހަމަހިމޭންކަން މިފަހަރު ނަގައިލީ ދޮރުގައި މީހަކު ޓަކި ޖަހާލުމުންނެވެ. އިޝާ ގޮސް ދޮރުހުޅުވާލިއެވެ.
“އިޝާ މިތާނގަތަ؟ މުޅި ގެ ހޯދިއްޖެ.. ބޭބެ ކައިރީވެސް އެތައް ފަހަރަކު އަހައިފީމޭ އިޝާ ކޮބައިހޭ. ތިން މީހުން އެކަނި ތިބެގެން ކީއްކުރަނީ” އަރޫޝާ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ.
“ކުޑަ ކޮށް ވާހަކަ ދައްކާލަނީ ދޯ” ފުޅާ ހިނިތުންވުމަކާއި އެކީ އިޝާ ބުނެލިއެވެ. އަޝްފާން ނިތްކުރި އަރުވާލި އިރު ފަޒުނާ އާއެކޭ ބުނެ ކޮޓަރިން ނިކުތެވެ. “ހިނގާބަލަ ޓެރަހަށް. ވަރަށް ފިނިވައިރޯޅި އެބަޖެހޭ” ފަޒުނާގެ ފަހަތުން އަރޫޝާ އިޝާގެ އަތުގައި ހިފައި ހިގައިގަތެވެ. އަށްގަޑި ބައިގައި ފަށަން ހަމަޖެއްސި ޕާޓީ ލަސްވެގެން މިދިޔައީ އިޝާ ވީތަނެއް އަރޫޝާއަށް ނޭނގުމުންނެވެ.
“ބައްޕާ.. މަންމާ، ބޭބެވެސް އާދެބަލަ. އެއްމެން އެއްކޮށް މަޖާކޮށްލަން. މަންމަމެން އަބަދު ގޭތެރޭ އޮންނާކަށް ނުވާނެއެއްނު” އިޝާއަށް ޝައްކު ނުވާނެހެން ޕާރޓީއަށް އައުމަށް އަރޫޝާ އެއްމެނަށް ދައުވަތު ދިނެވެ.
“މިރޭ ބޮކިވެސް ނުދިއްލާ ރެއަކީތަ” އެހެންޏާ އިރުއޮއްސޭ އިރަށް ދިއްލާފައި އޮންނަ ޓެރަސް މިރޭ އަދިރިކޮށް އޮތުމުން އިޝާ އަހާލިއެވެ.
“ބިރުގަތީ ދޯ މަޑުކޮށްލާ” “ސަޕްރައިސް .. ހެޕި ބާތްޑޭ އިޝާ” އެއްމެން އެއްފަހަރާ ކަހަލަ ގޮތަކަށް އިޝާއަށް ތަހުނިޔާ ކިޔެވެ. ލިބުނު ކުއްލި ސަޕްރައިސްއާއި އެކު އިޝާގެ މޫނު މައްޗަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. “ތެންކް ޔޫ” އިޝާ ދެލޯ ބޮޑުކޮށްގެން ވަށައިގެން ބަލާލިއެވެ. އެކި ޝޭޑްތަކުގެ ނޫކުލައިގެ ފުއްޕާހަން ވަނީ ތަރުތީބެއްނެތި ބިންމައްޗަށް އުކާލެވިފައެވެ. ނިވި ދިއްލާ ބޮކިތަކުން ތަބުތަކާއި ފާރުތައްވަނީ ޒީނަތްތެރިކޮށްފައެވެ. ފޮނިކާ ތެކެއްޗަށް ލޯބިކުރާ އިޝާއަށް ލިބުނު އެއްމެ ބޮޑު އުފަލަކީ މަދުނުވާ ވަރަށް ފުރިފައިވާ ޑިސާރޓް ޓޭބަލެވެ. އަދި އޭގެ މެދުގައި އޮތް ރީތި ކޭކެވެ.
އިޝާ ތަކުރާރުކޮށް އެއްމެނަށް ޝުކުރުއަދާކުރިއެވެ. ޕާރޓީ ވަރަށް ފޯރިއާޢި އެކު ކުރިއަށް ދިޔައެވެ. ޕާޓީ ފެށުނުތާ އިރުތަކެއް ނުވެ އޮފީހުގެ މުވައްޒަފުންނާއި އިޝާގެ އާޢިލާ އެއްކޮށް އެތެނަށް އައުމުން އިޝާއަށް ލިބުނު އުފާ މާބޮޑުވިއެވެ. މަޖަލާއި ފޯރީގައި ޕާރޓީ ނިއްމާލެވުނު ހުރީ 10 ޖަހާ ބޮޑުވެފައެވެ.
އަޝްފާނާއި ފަޒުނާއާއި ދޭތެރޭ ވީ ހަމަހިމޭންކަމުގެ ސާލެއް ލެވިފައެވެ. މިރޭ ދެކެވުނު ހުރިހާ ވާހަކައަކާއި މެދު ދެމީހުންނަށްވެސް ފުންކޮށް ވިސްނާލެވިލއެވިއެވެ. އަރޫޝާއަށް މިކަން ފާހަގަ ވިޔަސް މަޑުކޮށްލީ ޕާރޓީ ނިމިގެން އެވާހަކަ ދައްކާށެވެ. އަޝްފާން އިޝާއާއި ވަކިން ވާހަކަ ދައްކާލަން ބޭނުންވާތީ އޭނާގެ އެދުމުގެ މަތިން ގޭގެ ޑްރައިވަރު އިޝާގެ އާޢިލާ ވަކިން ގެޔަށް ލައިދިނެވެ.
“ހޭ ހެޕީ ބާރތްޑޭ” އަޝްފާން ހުރީ އިޝާ އެކަނި ވެލާނެ އިރެއްގެ އިންތިޒާރުގައެވެ. “ތެންކު ޔޫ” ލުއި ހިނިތުންވުމެއް އަޝްފާނަށް ހަދިޔާކޮށްލިއެވެ.
“އަހަރެން ބޭނުން ވަރަށް ބޮޑު ވާޙަކައެއް އިޝާ ކައިރީ ދައްކަން. އޭގެ ކުރިން ވަރަށް ބޮޑަށް ތޭންކްސް ތިހާ އަންޑަސްޓޭންޑިން ކުއްޖަކަށް އިޝާ ވީމަ” އަޝްފާންގެ ވާޙަކަ ކުރިއަށް ގެންދިޔައިރު އިޝާ ކަނުލައި އަޑުއަހަން ހުއްޓެވެ.
“އަސްލު ތެދަށް ބުނަންޏާ އަހަރެން ހީކުރީ ދެމީހުންނަށް އެކުގައި އުފަލުގަ އުޅެވިދާނެ ކަމަށް. އިޝާއާޢި ރައްޓެހިވެގެން އުޅުނު އިރު އަހަންނަށް ފަޒޫ ދެކެވެސް ލޯބިވެވިއްޖެކަމަށް އަހަރެން އިއުތިރާފުވަން. ކިތައްމެ ނުވާން މަސައްކަތް ކުރިއަސް އަހަންނަށް ނުހުއްޓުވުނު. މިރޭ އިޝާ އެ ދެއްކީ ހުސް އަހަރެން ދައްކަން ބޭނުންވެފަ ހުރި ވާހަކަ. ޖަސްޓް ބިލީވް މީ. އިޝާ ތީ މީހަކަށް ލިބޭނެ އެއްމެ ރަގަޅު ގާލް ފުރެންޑް. ޔޫ އާރ ޕޭފެކްޓް. އިޝާގެ ކޮންމެ ސިފައެއް ދެކެ އަހަންނަށް ލޯބިވެވުނު. އެކަމަކު ތީ އަހަރެންގެ ޕާފެކްޓް ކުއްޖާއެއްނޫން. ޔޫ ޑިސާވް ޓު ބީ ވިތް ސަމްވަން ހޫ ލަވްސް ޔޫ މޯދޭން މީ. އަހަރެންމީ އެމީހާއަށް ނުވި ނަމަވެސް އިޝާގެ ހަޔާތަށް އަދި އެމީހާ އަންނާނެ. ކާކު ބޭނުން ނުވާނީ އިޝާ ކަހަލަ ރީތީ އަހްލާގް ރަގަޅު ކުއްޖެއް”
އިޝާ އަޝްފާންގެ ވާހަކަ އަޑުއަހަމުން ދިޔައިރު ލޮލުން ކަރުނައިގެ ތިކިތައް ބަބުޅަމުން ދިޔައެވެ. “އޭ ޑޯންޓް ކުރައި، އިޝާ ޕްލީސް” އަޝްފާން އިޝާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އިޝާ މެޔާއި ކައިރިކޮށްލިއެވެ. މި މަންޒަރު ބަލަން ދުރުގައި އެއްމެން ތިބި އިރު ފަޒުނާ އެދިމާލަށް އައެވެ.
“އިޝާ ” ފަޒުނާ އިޝާގެ އަތުގައި ހިފާލިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލައި ގަދަކަމުން ހީލިއެވެ.
“އިޝާގެ ބާތްޑޭ ޕުރެސެންޓަކަށް އިތުރު އެއްޗެއް ދެވިދާނެތަ ފަޒޫއާއި އަޝްފާނަށް.. ޖަސްޓް ސޭ ޔޫ ލަވް އީޗް އަދާރ” އިޝާ ދެއަތް ދަތްދޮޅިއާއި ކައިރިކޮށްލިއެވެ. އަދި އަޝްފާނާއި ފަޒުނާއަށް ބަލައިލުމަށްފަހު ފުޅާކޮށް ހިނިތުންވެލިއެވެ. އެވަގުތު އަރޫޝާއާއި އަޝްފާގު އެތަނަށް އައެވެ. އިޝާ މިރޭ ޕާރޓީ ތެރޭގައި ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެދެމީހުން އެކަކު އަނެކަކު ދެކެ ކުރިންސުރެ ލޯބިވެވިއްޖެކަމާއި އިޝާ އޭގެ ހުރަހަކަށް އިތުރަށް ވާން ބޭނުން ނުވާ ކަމެވެ.
އިސްނަގައި ބުނާނީ ކާކުކަން ނޭނގި އަޝްފާނާއި ފަޒުނާއަށް ތިބެވުނެވެ. “ދޮންބޭ. ފިރިހެން ކުދިންނޭ ފުރަތަމަ ބުނާނީ އައި ލަވް ޔޫ އޭ. އޭގެ ފަހުން ފަޒޫ ބުނާނީ އައި ލަވް ޔޫ ޓޫ” އެއްމެންވެސް ތިބީ ދެމީހުން އެހެން ބުނާނެ އިރެއްގެ އިންތިޒާރުގައެވެ. ހިތުގައި ފޮރުވިފައިވާ ލޯބި ފާޅުކޮށްލަން ދެމީހުންގެ ހިތް އެދިގޮވަމުން ދިޔައެވެ.
“އައި ލަވް ޔޫ” ޖީބަށް އަތް ޖަހައިލައިގެން ހުރި އަޝްފާން ފަޒުނާއާއި ހަތަރު ކަޅި ހަމަކޮށްލަމުން ބުނެލިއެވެ.
“އައި ލަވް ޔޫ ޓޫ” ފަޒުނާ ލަދުގަނެ އިސްޖަހައިލިއެވެ. އެވަގުތު ކައިރީގައި ހުރި އިޝާ ފަޒުނާ އަޝްފާން ގާތަށް ކޮށްޕާލިއެވެ. އަޝްފާން ފަޒުނާ ކައިރިކޮށްލަމުން އިޝާއަށް ތުންފަތުން ” ތެންކުޔޫ” ބުނެލިއެވެ.
އަޝްފާނާއި ފަޒުނާގެ ލޯބީގެ ކުރި ފަޅައި މާތައް އަޅަން ފަށައިފިއެވެ.
“ހޭ” ޓެރަހުގައި ވާހަކަ ފޮތެއް ކިޔަން އިން ފަޒުނާއަށް އަޝްފާން މާ ބޮޑިއެއް ދިއްކޮށްލިއެވެ.
“ތެންކް ޔޫ” ފަޒުނާ މެދުގައި އިން ރަތް ފިނިފެންމަލުން ވަސްބަލާލިއެވެ. އަޝްފާން ފަޒުނާގެ އުނގުމަތީ ބޯ އަޅާލުމަށް ފަހު ލޯމަރާލިއެވެ. ދުވަހުގެ ބުރަ މަސައްކަތަށް ފަހު ފަޒުނާ ކައިރިއަށް އައުމުން އެ ބުރަކަން ފިލައިގެން ދާ ކަހަލައެވެ. އިހްތިޔާރުން ބޭރުކޮށްފައިވާ އެހިތްވަނީ ފަޒުނާއަށްޓަކައި ހުސްކުރެވިފައެވެ. ފަޒުނާގެ ހާލަކީވެސް މީއެވެ. އަޝްފާނަށް އޭނާގެ ހިތް ދިނީ ލޯބިންނެވެ. މަންމައަށްފަހު މިހާ ބޮޑަށް އޭނާ ދެކެ ލޯބިވީ ދެވަނަ މީހެއް ފަޒުނާގެ ހަޔާތަކަށް ނާދެއެވެ. ވަފާއާއި ލޯބިން އަޝްފާންގެ ހިތް އޭނާ މިލްކުކުރިއެވެ.
އަރޫޝާގެ ކައިވެނި ދެ ހަފްތާއަށް ފަސްކުރެވިގެން ދިޔައީ ލާމިއު އޮފީސް ދަތުރެއްގައި ކުއްލިއަކަށް ދާންޖެހުމުންނެވެ. އެހެންނަމަވެސް ކައިވެނީގެ ތައްޔާރީތައް މަޑު ޖެހުމެއްނެތި ކުރިއަށް ގެންދިޔައެވެ. މިއަދަކީ ޕާޓީއަށް އަރޫޝާގެ ފަރާތުން ބައިވެރިވާ އެއްމެ ގާތް ދެ ރަހްމަތްތެރީންނާއި ދެބޭބެ އިންގެ ހެދުމުގެ ޑިސައިން ހޯދައި ފަހަން އަމީރާއާއި ހަވާލުކުރާ ދުވަހެވެ. އެއްމެންގެ ހިޔާލު މިކަމަށް ބޭނުންވާތީ އަރޫޝާ އެއްމެން އެއްގަޑިއަކަށް އެގެއަށް ހާޟިރުކުރުވިއެވެ.
“ދޮންބެއާއި ބޭބެއަށް އަހަރެން އޮންނާނީ ދެ ޑިސައިނެއް ހޯދާފަ. ދެމީހުން ބަލާފަ ޗޫސްކުރޭ ކޮންމެވެސް އެކައްޗެއް” އަރޫޝާ ދެ ޑިސައިނުގެ ފޮޓޯ ގަނޑެއް އަޝްފާން އަތަށް ދިއްކުރިއެވެ.
“ފަޒޫ ހޯދާ މީގެން ރީތި ޑިސައިނެއް. އިޝާ މިހިރީ އަތް ދިގު ހެދުންތަކުގެ ޑިސައިން. މީގަ އެހެން ކުލަ ހުއްޓަސް ހެދުން ފަހާނީ ރެޑް އާއި ވައިޓް ކުލައިން. ދެން އިޝާ އަޅާނީ ރެޑް ޝޯލްއެއް އިނގޭ” އެއްމެން އެކި ޑިސައިންތައް ބަލަމުން ދިޔަ އިރު އަޝްފާނާއި ފަޒުނާއަށް އެކަކު އަނެކަކާއި ސަމާސާކުރުން ހުއްޓައެއް ނުލެވުނެވެ. އިރުއިރުކޮޅާ އަޝްފާން ފަޒުނާގެ ކަންފަތް ބުޑުގައި ބުނެލާ އެއްޗަކުން ފަޒުނާއަށް ހެވެއެވެ. ދެލޯބިވެރިން އޭނާ ކުރިމަތީ މާފޮޅުވާތީ އިޝާއަށް އުދަގޫވާ ގޮތްވިއެވެ.
“މީ ހެދުން ވަރަށް ލޯބިވާނެ ދޫނި ލައިގެން ހުންނަ އިރު” އަޝްފާން ބުނެލި އަޑު އިޝާއަށް އިވުމުން އިޝާ ތުންފަތުން ގޮތެއް ހަދާލިއެވެ. މިހާރު އަޝްފާންގެ “ދޫނި” އަށް ފަޒުނާ ބަދަލުވީ ހެއްޔެވެ؟ އަޝްފާން އޭނައާއި އެހާ ލޯބިން ނޫޅުނީ ކީއްވެބާއޭ ހިތަށް އަރަމުން ދިޔައެވެ. ހީވަނީ އަޝްފާން އޭނަ ޖޭ ކުރުވަން ގަސްދުގައި ކުރާ ކަމެއްހެންނެވެ.
“އަޝްފާގު މިހެދުންތަ އިޝާއާއި ގުޅެނީ ނޫނީ މީތިތަ” އިޝާވެސް ވަކި ދެރަވާކަށް ބޭނުން ނުވާތީ ކައިރީ އިން އަޝްފާގު ކައިރީ އަހާލިއެވެ. އަޝްފާގަށް އިޝާ ކުއްލިއަކަށް އެސުވާލު ކޮށްލުމުން ވަކި ހެދުމެއް ނަގާކަށް ނޭނގުނެވެ.
“ހު. އެކައްޗެއްވެސް ނޭނގޭ މީހެއްމީ” އިޝާ އައިސްފައިވާ ނުރުހުން ބޭލީ އަޝްފާގަށެވެ.
“ދޫންޏާ. ބޭބެ އަކަށް ނޭނގޭނެ އޭ. ގެނޭ ހެލްޕް ވެދޭނަން” އިޝާ ރުޅިއައުމުން އަރޫޝާ ގާތަށް އައީ ހިންޏެވެ.
މިކަހަލަ ކުދި ކުދި ކަންތަކުން އިޝާއަށް ދިޔައީ އުނދަގޫ ކުރުވަމުންނެވެ. ފަޒުނާއާއި އަޝްފާން އެއުޅެނީ ނުލާހިކު އުފަލުންނެވެ. ދެން އެއްމެ ކައިރީގައި އުޅޭ އަރޫޝާ އެއުޅެނީ ލާމިއު އާއި އިންނާށެވެ. އޭނާ ލޯބީގައި ދެކުނު ހުވަފެނެއް އެހެން މީހުން ހާސިލްކުރާ އިރު ނާއުއްމީދު ވެގެން ދެއަށް އުރާލައިގެން ހުންނަން ވީ ހެއްޔެވެ؟ އުފަލެއް އެހިތަށް ލިބެން ނެތީ ހެއްޔެވެ؟ އޭނާގެ ހާލަތަށް ބަލާލާނެ މީހަކު ނެތި އެކަނިވެރިއަކަށް ވެއްޖެއެވެ.
މިއަދީ ކައިވެނީގެ ދައުވަތު ކާޑު ހެދުމަށް ހަމަޖެއްސި ދުވަހެވެ. ބަޔަކާއި އެކަން ހަވާލުކުރަން އުޅުމުން އިޝާ އެކަމާއި ދެކޮޅު ހަދައި އަމިއްލަ އަށް އެކަން ކުރުމަށް އިސްނެގީ ސިކުޑީގައި ދައުރުވަމުންދާ ފިކުރުތަކުން ދުރުވުމަށެވެ.އެހެން ނަމަވެސް އެކަން ކާމިޔާބު ވާ ގޮތް ނުވީ އިޝާ މޭޒު ކައިރިއަށް އައި ވަގުތު އެހީ ވެދޭން ކަމަށް އަރޫޝާ އެއްމެން ގޮވައިގެން އައުމުންނެވެ. ނިކަން ތަރުތީބުކޮށް ކަންތައް ކުރުމަށް ގަޔާވާ އިޝާއަށް އެއްމެން މޭޒުމަތީ ތިބި އެއްޗިސް އެއްތަން މިތަނަށް ލާން ފެށުމުން ހާސްވާ ގޮތް ވިއެވެ. ދެތިން ފަހަރު އެހެން ނުހަދަން ނުހެދުމަށް އެދުމުންވެސް އެއްވެސް މީހަކަށް އަޑުއިވޭ ކަމަކަށް ނުވިއެވެ.
“ޕްލީސް އެކަކުވެސް އެއްވެސް އެއްޗެއްގަ އަތް ނުލާ.. އަޝްފާގު ރިބަން މިވަރަށް ކަފައި ކޮޅު ލައިޓަރުން ވިރުވާލާ. ދެން ތި ދެމީހުން މި ކަރުދާސް މި ޑިސައިނަށް ކަފާ” އިޝާގެ މިފަހަރުގެ އަޑު ބާރެވެ.
“އިޝާ އޯކޭތަ” އަޝްފާން ފަހަތުން އަރޫޝާއަށް ވެސް އަހާލެވުނެވެ. ދެބުމަ ގޮށް ޖެހިފައިވާ އިޝާ މޫނު މައްޗަށް ގަދަކަމުން ފުޅާ ހިނިތުންވުމެއް ގެނައެވެ. އަދި އާއެކޭ ބުނުމެގެ ގޮތުން ބޯޖަހައިލައި އަވަހަށް މަސައްކަތާއިގެން ކުރިއަށް ހިގައިގަތެވެ. އިރުކޮޅަކުން އަރޫޝާ ކޭކު ގެނައުމުން އިޝާ އަވަސް އަވަހަށް އޭގެން ދެތިން ފަހަރު ސަމުސާ ފުރާ އަގަޔަށް ލިއެވެ. މިތަން ފެނި އަރޫޝާއަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެނގުނެވެ. އާއްމުކޮށް އިޝާ ހާސްވެ ކަންބޮޑުވެފައި ހުރުމުން ގިނައިން ކައި ހަދައެވެ. ހާއްސަކޮށް ފޮނި އެއްޗިސްސެވެ.
“އިޝާ އޯކޭތަ ހުރިހާ ކަމެއް. ކާޑު ނުހެދެންޏާވެސް ބުނޭ އިނގޭ. ”
“އަޅޭ ޕްލީސް އެއްމެން ތިހެން އެހުން ހުއްޓާލަފާނަންތަ” އިޝާ ރުޅިއައިސްގެން ގޮނޑިން ތެދުވިއެވެ.
“ޔެސް އައި އޭމް ފައިން . އައި އޭމް ހެޕީ. ތި އެއްމެން އުފަލުގަ އުޅޭ އިރު އިޝާ ކީއްވެތަ ހެޕީ ނުވާންވީ.. އަރޫ ތިއުޅެނީ މީގެ 3 އަހަރު ކުރިން ރައްޓެހިވެގެން އުޅުނު ކުއްޖާއާޢި މެރީ ކުރަން.. ކީއްވެ އިޝާ ހެޕީ ނުވާންވީ އެކަމާ.. ފަޒޫ އެއުޅެނީ ވަރަށް ހެޕީކޮށް. އައި އޭމް ސޯ ހެޕީ ފަޒޫއަށް ތިހާ އުފާ އެތައް ދުވަހަކަށް ފަހު ލިބުނީތީ. އަޝްފާން ، އިޝާ ވަރަށް އުފާވޭ އެންމެ ފަހުން އަޝްފާން ހަގީގީ ލޯބިވާ ކުއްޖާއާއި އެކީ އުފަލުގައި އުޅޭތަން ފެނި..އެއްވެސް މީހެއް ދެކެ އިޝާ ޖެލަސްއެއް ނުވޭ. އެކަމަކު ކުޑަކޮށް ރުޅިވެސް އާދޭ އަހަންނަށް އެތައް ވައުދެއް ވެފަ ތިހެން ހެދީމަ. އައި އޭމް ޖަސްޓް ސޭޑް އެންޑް ކޮންފިއުސުޑް އެބައުޓް މައި ސެލްފް އަހަންނަށް ތި ކަހަލަ ނަސީބެއް ނުލިބޭތީ. ވާހަކައެއް އަހާލަންތަ. އަޝްފާނަށް އަހަރެން މާ ބޮޑަށް ނީޑީވީ. ކަމުދާ މީހެއް ނޫންކަން އެނގުނީ ރައްޓެހިވެ ވަކިވާން އުދަގޫވެފަ ހުއްޓާ. ދެން ހުރި މީހާ އިޝާ ބޭވަފާތެރިވީ އޭ ކިޔާފަ އެއްލަލީ. އެކަކުވެސް ފަހަތް ބަލައި އިޝާގެ ހާލު އަހާލިންތަ. މީ މިފެމެލީ ތެރޭ ރީތި ސިފަހެން ޑީއެންއޭގަ ހުންނަ ކަމެއްތަ. އަޝްފާންވެސް ހެދީ އެހެން. އަދި މިހަރަ އޭޝް ގަނޑުވެސް” އިޝާ އެއްފަހަރު އަޝްފާނަށް ޝަހާދަތް އިގިލި ދިއްކުރުމަށްފަހު ދެން ހަމަ އެގިލި ކައިރީ އިން އަޝްފާގަށް ދިއްކޮށްލިއެވެ.
އޭޝް އޭ ބުނެ އަޝްފާގަށް އިގިލި ދިއްކޮށްލިތަން ފެނި އެންމެންގެ ލޯ ބޮޑު ވެގެން ދިޔައެވެ. އެވަގުތު ފެން ކޯވަރެއް ބޯން އިން ފަޒުނާއަށް ކޮށި އަރާގޮތްވިއެވެ. “އޭޝް އޭ” އަޝްފާނާއި އަރޫޝާއަށް ހައިރާންކަމާއި އެކީ އަހާލެވުނެވެ.
“އަމްމްމް.. އައި ޝުޑް ގޯ” ހިތުގައި އުފެދުނު ހުރިހާ ޝަކުވާއެއް ބޭރުކޮށްލި އިރު އިޝާއަށް އޭޝްއަކީ ކާކު ކަން ބޭޒާރުކޮށްލެވުނުކަން އެނގި ތިރީ ތުންފަތުގައި ދަތްއަޅައި ގަނެވުނެވެ.
30 Comments
Comments are closed.
Fazoo n ashfaan gulhen beynunvi kudhinna congrats ?
Hope you will like mi episodves ❤
Thank u maroon.. nd congrats fazoo nd ashfaan.. dhen avahah ishaa aa ashfaag aa gulhuvaa.. mi part ves v reethi.. keep it up.. next part kon irakun
Alhey maly first dhw
Thanku maly
Thank u
alhey kiya kiya indhaa eh nimuny………. v reethi
Hehe. Thanku shafu
Salhi ey ingey…keep it uo
Thanku dear
Yeah… nice story keep it up
Thanku ?
Faxoo nd Ashfaan gulhunas faxoo ah hamajahsaafa oih marriage owhh?Ekan adhives hahlu nuve ehnu..
Ekam ves faxoo aai Ashfan gulhuny thy v ufaavehje..
Maroon isha aai ash gulhuvadhybw..Next prt avaskohla dhehchey..the suspence is killing me
Kurin episodegga innaane bappa ahves ngeyney fazoo ekan beynun nuvaanekan bunefa. His response will come adhi fahun. Just wait ngey. Thanku for reading blume
Ashfan nd faxoo congratulations…
Blume ge huriha ships:
1-Faxoo and Ashfan
2-Isha and Ashfaq
3-Aroosha and Lamiu
Shukuriyya dhekudhinge faraathun ?
Hurihaa Shipeh sail vaathw balama
Vrh loabi
❤
Story varah reethi. Aneh part avahah genes dhechey. And isha ah varah hurt kure vijjeh. So maroon plx isha and ash gulhuva dhy. Love it
Thanku daily reader .. yh genesdheynan.. ❤
Saaaabaheyyy ishaa dharifulhaa..kiyaalaa kiyaalaa..hithuga huri hurihaa ehcheh bandun kohlaa..???
Bandun kolli varun e othy ash ves egifa ennu ? thanku kiara
dhen next part konirakun
miehaaru ma hethae konmes varege henhamajehume liebeje……..ekam v kadaves veje……
Feelings kiyaidheygen kada nuvahchey ?
Thanku isha … ❤
Maroon…. shaany ah varah hurt vey mi story kiyaairu. Hehehe Feels like maroon ah shaanyge life ingigen kiyaidheyhen. Anywys story is speechless. Asluves varah reethi. Varah curious vefa mihury aneh part kiyan. Love it
Shaany complete nukuran baahvaafa oi dairy complete kohdheny dhw. Hehe
Shaany dear thanku ngey.. diary annaane adhi fahun. Keep waiting ❤
Mashaa Allah mi part ves v reethi furihama,kiyaa hithun moyavanee ,plx nest part soon
Kon irakun 18 vana bai ninun nani
Mi story yan varan inthizaaru kuran .kon irakuntha next part