Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުގައިވިޔަސް… (14 ވަނަ ބައި)

writer Level 310 Stories100 Comments
April 28, 2017 5 Mins Read
34 Comments

” ޔޫ ހޭވް ނޯ ރައިޓް ޓު ސޭ ދެޓް..” މާޔާގެ އަޑު ތުރުތުރު އަޅަމުންދިޔައެވެ.

” އަހަރެން އެހާ ނަފްރަތު ކުރަނަމަކަ އެކުދިންނެއް ނުވެސް ވިހާނަންދޯ… އަދި އަމިއްލަ ނަފްސަށް އެކަމުން ނުރައްކާއެއް އޮތްކަން އެނގޭއިރުވެސް … ނަކީލްއަށް ނޯންނާނެ އެއަށް އެއްޗެއް ބުނުމުގެ ހައްޤެއް އެނގިއްޖެތަ..” މާޔާ އަޑަށް ބާރުލާފައި ބުނި އިރު ލޮލުން ކަރުނަ ފައިބަމުންދިޔައެވެ.

ނަކީލްއަށް ހުރެވުނީ މާޔާ ބުނި އެއްޗެއްގެ މާނަ ނަގައިންނާނެ ގޮތެއްވެސް ނޭނގިފައެވެ. ” ދަރީން…ވަޓް ޑުޔޫ މީން… ކޮން ނުރައްކަލެއް… ކޮން ދަރީންނެއް…؟ ” މާޔާއާއި ނަކީލް ސުވާލުކޮށްލީ ހަމަޖެހެން މަސައްކަތްކުރަމުންނެވެ.

މާޔާ ނަކީލްކުރި ސުވާލަށް ޖަވާބު ނުދީ ދާންފެށުމުން ނަކީލް ބޯހާސްވިކުރުވިއެވެ. އަވަސް ހިނގުމެއްގައި ގޮސް މާޔާގެ އަތުގެ މުލަށްދަޑީގައި ހިފަައި ނަކީލްއަށް ކުރިމަތިވާހެން ގެނައީ ކުއްލި ހަރަކާތަކާއި އެކީގައެވެ. އޭގެ ސަބަބުން މާޔާ ކުޑަކޮށް ސިހުނު ނަމަވެސް ނަކީލްއާއި ދިމާލަށް ބަލާކަށްވެސް ގަސްތެއްނުކުރިއެވެ. މާޔާ އިސްޖަހައިގެން ހުރުމުން ނަކީލްގެ ކެތްތެރިކަން ކޮޅުންލާންފެށިއެވެ.

” މައި..އަހަރެން މައި އާ ސުވާލެއް ކުރީމޭ… މައި ބީރުވީތަ..އޭން..” އަޑަށް ބާރުލާފައި ނަކީލް ބުނެލިއެވެ.” ޖަވާބެއް ދީބަ… ކީއްކޭ ތިކީ..”

ނަކީލްގެ ސުވާލަށް މާޔާ އެއްވެސް ޖަވާބެއް ނުދިންތާގައި ނަކީލްއާއި ދިމާލަށް ބަލާވެސް ނުލިއެވެ. އެހެން ނަަމަވެސް އެހިތުގެ ހާލު ނަކީލްއަށް މިހާރު އެގޭނަމަ އެގޮތަށް ރުޅިއިސްނުކުރީސްކަން ޔަޤީނެވެ. މާޒީގެ ސަފްހާތަކުން ހިތަށް ވެރިވަމުންދިޔަ އުދާސް ކަރުނައިގެ ސިފައިގައި ފާޅުނުކުރުމަށް އަމިއްލަ ނަފްސާ ކުރަމުންދާ ހަނގުރާމަ ނަކީލްެއަށް ވިސްނޭނެ ނަމަ އެހެން ސުވާލުނުކުރީހެވެ.

އެހެންނަމަވެސް ސިކުޑިއަށް އިތުރުވެފައިވާ ސުވާލުތަކުގެ ޖަވާބު ހޯދަން ނަކީލް ކޮންމެހެންވެސް ބޭނުމެވެ. މާޔާ ސިއްރުކުރަމުންދާ ކަންތައް އެނގެން އަތުރުކުރި އޮޅައިގެން ހުރި ފަދައެވެ.

” ޖަސްޓް ޓޯކް..ޓޭމް އިޓް..” ނަކީލް އައިސްފައި ހުރި ރުޅިގަނޑު ބޭލީ ބެލްކަނީގެ  ރެއިލިންއަށެވެ.މާޔާ ސިހިފައި ނަކީލްއަށް ބަލާލީ އަތަށް  ތަދުވާނެ ވަރު އަންދާޒާކުރެވޭ ހާލުގައެވެ.ރުޅި އައިސްފި ނަމަ އަތުންފައި ކތަންމެ ބޮޑު ގޯހެއްވެސް ހަދަން ފަސްނުޖެހޭނެއެވެ.

” ޔޫ ނޯ ވަޓް މައި… އައި ލަވްޑް ޔޫ އަ ލޮޓް… އަހަންނާ ދޭތެރޭ މައި ކޮންމެ ގޮތަކަށް ކަންތައްކުރި ކަމުގައި ވިޔަސް…މައި ފާރިލް ދެކެ ލޯބި ވި ކަމުގައި ވިޔަސް… މައި އަހަންނަށް ބޭވަފާތެރިވިކަމުގައި ވިޔަސް.. އަހަންނަށް މައި ދެކެ ލޯބިވުން ހުއްޓައެއް ނުލެވުނު…ޔޫ ރުއިންޑް މީ… އަހަރެން ހުރިހާ ކަމެއް ދޫކޮށްލީ މައި އަށްޓަކާއި..އެންޑް ޔޫ ބިޓްރެއިޓް މީ…މައި ފުރަތަމަވެސް އަހަންނާއި ދެމެދު ހުރި ފަރަޤްތައް ކިޔައިދިންގޮތަށް އަހަރެންގެ ލައިފްއަށް ނައިނަމަ… އޭރުވެސް ވަކި ލޯބިވީީކީ ނޫންވިއްޔާ…އޭރުން އައި ވޯންޓް ހޭވް ޓު ފޭސް ޔޫ އެވަރ އަގެއިން… އެކަމް ނޫން…  އަހަރެންގެ ދަރިއަކަށް ބަލިވެ އިދެ ވިހެއި އިރު…އުހުން… ވިހައި މިހާ ދުވަސް ވީ އިރު ވެސް އަހަންނަށް ނާންގާ ހުރީ ކީއްވެ؟.. މައި … ދެޓް ބޭބީ އިޒް މައިން ޓޫ… ޔޫ ކޮންމްޕްލީޓްލީ ރޫއިންޑް މީ އެންޑް މައި ފެމިލީ…ވައި ޓިޓް ޔު ކަމް ޓު މައި ލައިފް އިން ފާސްޓް ޕްލޭސް… ” ނަކީލް މާޔާއަށް ފުރަގަސްދީގެން ހުރެ ހިތުގެ  އުދާސްތަށް ބަންޑުން ކުރަމުންދިޔައެވެ.

” އެނީވެޒް… އަހަންނަށް ތެދު ތެދަށް ކިޔައިދީ މާޔާ.. އާދޭސް ކޮށްފަ… އަހަރެން ބޭނުން މައިގެ ލައިޕްގަ ވި ހުރިހާކަމެއް އެނގެން… ހެޔޮނުވާނެ.. މައި ބޭނުމީ އަހަރެން މި ވޭނުގަ ނިމިދިޔުންތަ… އަހަރެންގެ ކުށަކީ މައި ދެކެ އިންތިހާއަށް ލޯބިވުންތަ…؟” ނަކީލްގެ އަނޑުން ހިތަށް ކޮށްފައިވާ އަސަރު ކިތަންމެ ރަގަޅަށްވެސް ހާމަވެއެވެ.

ނަކީލް ފަހަތް ބަލައިލި އިރު މާޔަ ނެތުމުން ކުޑަކޮށް ހައިރާންވި ނަމަވެސް ދެން އިވެން ފެށީ މާޔާގެ މަޑު ގިސްލުމުގެ އަޑެވެ. އެ އަނޑު އައި ދިމާލަށް ނަކީލް ބަލާލި އިރު ބެލްކަނީގައި ހުންނަ ގޮނޑިގައިރީ ބިންމަތީ އިށީންދެގެން މާޔާއިނީ ކަކުލުގައި ބޯ އަޅައިގެންނެވެ. މާޔާ އިންގޮތް ފެނިފައި ނަކީލްއަށް އުދަނގޫ ވިއެވެ. މާޔާ އެގޮތަށް ރޮނިކޮށް އަދި ދުވަހަކުވެސް ނަކީލްއަށް ފެނިފައި ނުވާތީއާއިވެސްމެއެވެ. އެ ނިކަމެތި ކުއްޖާއަށް އަތުތެރޭ ހިމާޔާތްދޭން ކިތަންމެ ބޭނުން ވިޔަސް ޒަމީރު އެކަމާ ދެކޮޅުހަދާފަދައެވެ. މާޔަގެ ބޭވަފާތެރިކަން ހިތަށް ސިފަވާ ކޮންެމެފަހަރަކު އެހިތުގައިވެސް މިވަރަށް ރިއްސައެވެ. ނަކީލް މާޔާ ކައިރިއަށް ޖެހިލާ މާޔާ ކައިރީ އިށީނެވެ. ނަކީލް އިންކަން މާޔާއަށް އިހްސާސް ކުރެވުމުން މާޔާ ބޯ ހިއްލާލާފައި ނަކީލްއާއި ދިމާލަށް ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ.

” މައި..ޓެލްމީ ދަ ޓްރުތް… ބުނާނެ އަހަރެން ތެދު ބުނާނެ ފުރުސަތެއް ނުދިނޭ… އެކަމް ތެދު ބުނަން ވީމަވެސް ތިއުޅޭނީ އަހަރެން ތަޅުވަން..” ނަކީލްގެ ރުޅީގަނޑު މިހާރު ފިނިވެފައިވާފައެވެ. މާޔާއާއި ވާހަކަ ދައްކަމުން ދިޔައީ އޯގާތެރިކަމާއި އެކުގައެވެ.

“ކީލް އަހަންނަށް ވާހަކައެއް ދައްކާނެ ފުރުސަތެއް ދިނިންތަ…އެންމެ ފަހަރަކުވެސް އަހަރެންގެ ފަރާތުން ހަޤީޤަތް އެނގެން ބޭނުންވިތަ… އަހަރެން ކިހާ މަސައްކަތެއް ކުރިން ކިޔައިދޭން…ހުރިހާކަމެއްވެސް ކިޔައިދޭން…ކީލް އަމިއްލައަށް އަހަންނަށް ބޭވަފާތެރިއެއްގެ ލަޤަބް ދިނީ… އަހަރެން ކިހާ އާދޭހެއްކުރިން އަހަރެން ދޫކޮށްނުލަން…ބާކީކޮށްނުލަން…ކީލް އަޑުއެހިތަ އެއްވެސް އެއްޗެއް…އަހަރެން ވަރިކޮށް ބިކަ ކޮށްލީ ނުދަންނަ ގައުމަކަށް…އަހަރެންގެވެސް އޮންނަނީ ހިތެއް ނޫންތަ ކީލް..” މާޔާ އަށް އަދިވެސް ރޮވެމުންދިޔައިރު އިސްޖަހައިގެން ވާހަކަ ކުރިއަށް ގެންދިޔައީ ނަކީލްއާއި ދިމާލަށް ބަލައިފިނަމަ އެއް ހިތްވަރުވެސް ގެއްލިދާނެތީއެވެ.

” އަހަރެން ވަރަށް އުންމީދުކުރިން ކީލް އަހަރެން ދޫކޮށްނުލާނެކަމަށް…ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް ކީލް އަހަންނަށް އިތުބާރުކުރާނެ ކަމަށް..އެކަމް … ކީލް… ގަބޫލުކުރިއަސް ނުކުރިއަސް އަހަރެން ލޯބިވީ އަދި ވަނީ ވެސް ހަމައެކަނި ކީލް ދެކެ.. ދުވަހަކުވެސް ފާރިލް އާމެދު ކީލް ތިވިސްނާފަދަ ނަޒަރަކުން ނުދެކެން..ނުވެސް ދެކޭނަން..” މާޔާ ގެ ވާހަކަ މެދު ކަނޑާލީ ނަކީލް އެވެ.

“ތިކަން ވަރަށް ސާފްކޮށް ފެނިފަނު އޮތީ ..ކޮންގޮތަކަށް ކިހިނެތްކަން ދެކުނީ..” ނަކީލް ރުންކުރު ގޮތަކަށް ބުނެލީ މާޔާއާއި ފާރިލް އެއް އެދެއްގައި އެއްވެސް ފޭރާމެއްނެތި އަރާމު ނިންޖަކުން ނިދާފައި ތިއްބާ ފެނުނު މަންޒަރު ހިތަށް ސިފަވަމުންނެވެ.

” އެނގޭ އަހަރެން ދައްކާ އެއްވެސް ވާހަކައެއް ކީލް ޤަބޫލެއް ނުކުރާނެކަން..އެކަން ކީލް ނޫން މީހަކާ އަހަރެން ކައިރިއެއް ނުވަން ދުވަހަކުވެސް… އަހަރެންގެ ދިފާއުގަ އެދުވަހުވެސް އެއްވެސް ހެއްކެތް ނެތް..މިއަދުވެސް ނެތް… ” މާޔާ ކިތަންމެ ވަރަކަށް ތެދު ބުންޏަސް ނަކީލް ޤަބޫލުކުރަން ބޭނުންނުވާފަދައެވެ. ނަކީލް އެންމެ ފަހަރަކުވެސް މާޔާއަށް އިތުބާރުކުރާނެ ނަަމައެވެ. އިތުބާރަކީވެސް ވަރަށް އެހެން ކަހަލަ އެއްޗެކެވެ. އެ ގެއްލުމަށްފަހު ދެވަނަ ފަހަރަށް އަބުރާ ހޯދުމަކީވެސް އެހާމެ އުދަނގޫ ކަމެކެވެ.

“ކީލް އަހަރެން ދޫކޮށްލި ދުވަހު އަހަރެންގެ މުޅި ދުނިޔެ ހުއްޓުނު ކަހަލަ… އައި ހެޑް ނޯ ރީޒަން ޓު ލިވް ފޯ… ފާރިލްގެ އެތަށް އާދެހަކަށް ފަހު އަހަރެން ކޮރެއާއިން ރާއްޖެ ދާން ފުރީ.. އަހަރެން ކީލްގެ ފޯނަށް އެތަށް ފަހަރަކު ގުޅިން… އެކަމް އެންމެ ފަހުން ޔޫ ބްލޮކްމީ… އަހަރެން ހުރިހާ ކަމެއް މަތިން ފޫހިވީ..ކީލް ދެން ނުލިބޭނެހެން ހީވާތީ… އަހަރެންވެސް ހާދަ ހިތާމައެއް ކުރީމޭ ކީލް… އެކަމް ނިވި ނިވި އޮތް ހަޔާތަށް ދިރުމެއް ލިބުނީ އަހަރެން ބަލިވެ އިންކަން އެނގުނު ދުވަހުން… އާފްޓާރ އަ ލޯންގް ޓައިމް އައި ސްމައިލްޑް … ހިތަށް އެރީ ކީލް ކައިރީ މިވާހަކަ ބުނެފިއްޔާ ޔޫ ވިލް ކަމް ބެކް ޓުމީ… އެހެންވެ ވަރަށް މަސައްކަތްކުރިން ކީލްއަށް ކިޔައިދޭން…ތިގޭގެ ފޯނަށް އެތަށް ފަހަރަކު ގުޅިން…” މާޔާއަށް ގިސްލެވެން ފެށުނެވެ. އަޑުބެދޭގޮތްވުމުން ކަކުލުން މޫނު ފޮރުވާލީ އިތުރަށް ކުރިއަށް ގެންދާނެ ހިތްވަރުވެސް ފަޑުވާހެން ހީވުމުންނެވެ. އެދުވަސްތަކަކީ މާޔާގެ ހަޔާތުގައިވެސް ކުރިމަތިވި އެންމެ ހިތްދަތި ދުވަސް ތަކެވެ.  ނަކީލްވެސް މާޔާގެ ވާހަކަތަށް ޝައުޤުވެރިކަމާއި އެކީ އަޑޫއަހަމުން ގެންދިޔައެވެ.

” ނަކީލްގެ މަންމަ ބުނީ ނަކީލް ބޭނުމެއް ނޫނޭ މައި އާ ވާހަކަދައްކާކަށް… އަހަރެން ބަލިވެ އިން ވާހަކަ ވެސް ބުނިން… ބުނީ ނީލް ބޭނުން ނުވެޔޭ އަހަންނާ ގުޅުން ހުރި އެއްވެސް އެއްޗެއްވެސް.. ޔޫ އާރ ނޮޓް ޝުއަރ އޭ މީ ކީލްގެ ބޭބީ އެއް ކަމާއި މެދު… އެތަށް ފަހަރަކު ގުޅިން އެފަހުންވެސް… އައި ވޯންޓެޑް ޓު ހިޔަރ ޔޫ ސޯ ބޭޓްލީ…އެކަމް ފަހުން ގޭގެ ފޯނު ނަންބަރ ވެސް ބަދަލުކުރީ.. އަހަންނަށް ކިޔައިދެވޭނެ އެއްވެސް ގޮތެއް އެބައޮތްތަ ކީލް… އޭރު ކީލް ބޭނުންނުވީ އަޑުއަހަން…އަހަރެންގެ ބޭބީވެސް ބޭނުންނުވީ…  އެންމެފަހުން ބަނޑުގައި އޮތް ދަރިފުޅަށްޓަކައިވެސް ހިތްވަރާއި އެކީ އުޅެން ފެށީ…  ދުވަސް ވާ ވަރަކަށް އަހަރެން ބަލިވާންފެށީ.. ކީިލްއަށް އެނގޭތަ އަހަރެން ކީލްއަށް ބޭނުންވި ވަރު އެދުވަސްވަރު.. ކުރި ސްކޭންތަކުން އެނގުނީ އަހަރެން ބަލިވެއިނީ ޓްރިޕްލެޓްއަކަށް އަކަން… އެކަމް ..އެކަމް… އަހަރެން މާ ބޮޑަށް ބަލިވާންފެށީމަ ޑޮކްޓަރުން ލަފާދިނީ އެބޯޝަން އަކަށް.. އިޓް ވުޓް ރިސްކް މައި ލައިފް އެހެން ނޫނީ… އެނގޭތަ އިޓް ވޯޒް އަ ފިފްޓީ ފިްފްޓީ ޗާންސް..އަހަރެން ނޫނީ ބޭބީސް… އަހަރެންގެ ވިސްނުން ބަދަލުކުރެވޭތޯ އެންމެންވެސް ވަރަށް މަސައްކަތްކުރި…އެކަމް އަހަރެން ކިހިނެތް އަހަރެމެންގެ ލޯބީ ނިޝާން ނައްތާލާނީ.. އައި ވެންޓް ތްރޫ އެވްރީތިންގް އެލޯން…  ބަޑަށް ދުވަސް ހަމަވާ ވަރަކަށް އަހަރެންގެ ބަލިހާލަތު  ދިޔައީ ދުވަހެއް  ދުވަހަކަށް އިތުވަމުން..އެންމެ ފަހުން ސިޒޭރިއަން ހެއްދީ… އޭރު އަހަރެންގެ ހާލު ވަރަށް ސީރިއަސް… އައި ވޯކް އަޕް ފްރޮމް އަ ކޯމާ އާޕްޓާރ އަ މަންތް.. އެންމެ ފަހަރަކުވެސް އެ ދެކުދީންގެ މޫނެއްވެސް ފެނުމުގެ ފުރުސަތެއް ނުލިބުނު..ނަތީޤް ނެތްނަމަ އަހަރެން މިހެން ކީލް ކުރިމަތީ ނުހުންނާނެ.. ހިތްވަރުކޮށްފަ ދިރިއުޅުމާއި ކުރިމަތިލީ ނަތީޤްއަށް ޓަކައި.. ދެން ކީލް ބުނެބަ… ހޫ ރޫއިންޑް ހޫ” މާޔާއާށް ރޮވޭ ވަރުން ކިޔާ އެއްޗެއްވެސް ދޭހަވަނީ އެހާ އުދަނގުލުންނެވެ.

މިއޮތް ހުރިހާހިރު މާޔާއަށް ބަލައިގެން އިން ނަކީލްއަށް ވެސް ކެތްވީ ވަކި ވަރަކަށެވެ. ނޭނގި ނަމަވެސް އެތަށް ގޮތަކުން މި އަންހެން ކުއްޖާއަށް އަނިޔާ ދެވިއްޖެ ކަމުގެ އިހްސާސްކުރެވެން ފެށިއެވެ. ނަކީލްގެ ދަރިއަކު އުފަންކުރުމަށް މާޔާ އުފުލި ވޭން ތަސައްވުރުކުރެވުނުފަދައެވެ. ނަކީލް މާޔާގެނެސް މެޔާލާބޮޑިކޮށްލީ ހިމާޔަތް ދޭ ފަދައަކުންނެވެ.

” އައި އޭމް ސޮރީ…ސޮރީ… މައި އާ ދިމާލަށް އެހެން ބުނުމުގެ އެއްވެސް ހައްޤެއް އަހަންނަކަށް ނެތް… އައި އޭމް ސޮރީ..ދެން ނުރޮއި..” ނަކީލް މާޔާގެ ބުރަކަށީ ފިރުމަމުން ގެންދިޔައިރު މާޔާގެ ގިސްލުމަކަށް ވަކި ބަދަލެއް ނާދެއެވެ. ކިތަންމެ ކުުރުގޮތަކަށް މާޔާ ކަންވީގޮތް ކިޔައިދިން ނަމަވެސް ނަކީލްއަށް ހުރިހާ ކަމެއް ސިފަވާފަދައެވެ. ފުރަތަމަ ފަހަރަށް މާޔާ ދެއްކި ވާހަކަ ތަކާއި މެދު ވިސްނަން މަޖްބޫރުވިއެވެ. މާޔާ ނާކީލްއަށް އެވަރަށް ގުޅިނަމަ އެކަމެއް ނަކީލްއަށް ނޭނގުނީ ކީއްވެހެއްޔެވެ. މާޔާ ނަކީލް ހޯދަން ގުޅީކަމެއް ނަކީލްއަކަށް އެގިފައެއްނެތެވެ.މިކަމުގެ ފަހަތުގައި ފޮރުވިފައިވަނީ މާޔާގެ ބޭވަފާތެރިކަން ހެއްޔެވެ..ނުނީ ބައެއްގެ މޮޅު ރޭވުންގަނޑެއް ހެއްޔެވެ.ކޮންމެ ގޮތެއްވިޔަސް ހަޤީޤަތާއި ހަމައަށް ވާސިލްވާން ނަކީލް އަޒުމް ކަނޑައެޅިއެވެ.

މާޔާގެ ގިސްލުމުގެ އަޑު ކެނޑުނުހެން ހީވުމުން ނަކީލް މާޔާ ދުރުކުރުމަށް އުޅުނެވެ. އެެހެން ނަމަވެސް އެއްވެސް ހަރަކާތެއް ނެތި ހަބަރުހުސްވެފައި އޮތް މާޔާފެނިފައި ނަކީލްގެ މެޔަށް ހީވީ ހޫނުފެން އެއްޗެއް އޮއްސާލިހެންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (24)

Next

ލޯބި ވެވުމުން……6

Next
April 28, 2017

ލޯބި ވެވުމުން……6

Previews
April 28, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (24)

34 Comments!

  1. writer says:
    April 28, 2017 at 9:22 pm

    here it is… sorry readers for being late once again . v gina sababu thakaa hure upload nukurevi las v.
    1. i had exams this whole week
    2. vaahaka upload kuran balaa iru esfiya site load eh nuwey.. server not available arany dhn phn in liyaakah neyge
    3. eyes varah bodah sakarai vegen beys alhaigen had to stay away from reading and writing.
    so here is the things. my eyes arent still ok… i am supposed to give it maximum rest. ekam ves kuraa hiy vaa kameh nukoh ves nuhureveyne thaa..
    busy kamun dhigu vaahaka liyaane time eh nuwey … and maaginain screen ah balaigen inaakah kethen ves nuwey.. its really pain ful.
    i hope readers wont complain about lenght of episodes… i went through a lot to write this much ves.
    sorry if i dont meet up to ur expectation. i can be the worse writer in esfiya :’)
    sorry again.. keep reading

    1. Chum handi says:
      April 28, 2017 at 10:27 pm

      it’s ok… chum akee ves loa vrh sakaraai kujjeh…. ainu alhaigen ulhenee ves.. doc angaafa onnanee dhuvaalaku 2hrs ah vureh gina vaguthu comp screen nuvatha efadha ayyeh elhey ehcheh kurimatheega neenan… but thibunaahen emeehaku kuraahih vaa kame nukure nuhureveyne dho doc bugnas… and GWS…. we are ok with ur situations…. hope to see yah soon… bye… gdnyt…

    2. Anonymous says:
      April 28, 2017 at 11:30 pm

      its ok.. hurihaa kudhinves understand vaane.. mi part ves vv reethi. GWS

    3. writer says:
      April 30, 2017 at 11:42 am

      thank you for understanding… aslu comments thah ves kiyaa nuleveny mihen v ma… keep reading. varah ufaa vejje readers ehaa understanding vaathy

  2. heelaa says:
    April 28, 2017 at 9:37 pm

    thanks for uploading the story..story is so nice..keep it up..getwell soon writter

    1. writer says:
      April 30, 2017 at 11:43 am

      thank you HEELAA … keep reading

  3. ??? says:
    April 28, 2017 at 9:42 pm

    Awn. Its ok. Keep it up. Story varah nice masha allah

    1. writer says:
      April 30, 2017 at 11:44 am

      thankyou

  4. daily reader says:
    April 28, 2017 at 9:49 pm

    Loved it i really hope keel finds the truth as soon as possible. And gws writer. Ur not the worst <3

    1. writer says:
      April 30, 2017 at 11:45 am

      lets see whether keal finds truth or not and how he reacts.. all i can gurantee is that this story is going to take a turn soon…keep reading…

  5. Isha says:
    April 28, 2017 at 11:02 pm

    Its okay dear.. Gws igey? varah reethi mi episode ves varah kiyhaahithun kiyhaa vaahakaeh miee ?.. Once again gws

    1. writer says:
      April 30, 2017 at 11:46 am

      thank you ISHA.. keep reading

  6. meeheh says:
    April 29, 2017 at 12:40 am

    I <3 this story

    1. writer says:
      April 30, 2017 at 11:47 am

      thank you… keep reading..

  7. cya says:
    April 29, 2017 at 1:08 am

    It’s ok dear

    1. writer says:
      April 30, 2017 at 11:48 am

      thank you for understanding

  8. ssss? says:
    April 29, 2017 at 6:07 am

    It ok…. V v happy vejje evarun vess vaahaka liye dhiniithii??? thank you writer for you hard work ??

    1. writer says:
      April 30, 2017 at 11:49 am

      thank you..

  9. ? says:
    April 29, 2017 at 1:00 pm

    Just lurve this story
    It’s ok bbe. Vaahaka up kuran hiyvaru kurythymirogun kuriyah dhiumah huri shaugu feney. So wish you hama continues success ??

    1. writer says:
      April 30, 2017 at 11:49 am

      v ufaa vejje appreciate kurythy.. thank you

  10. Shaya says:
    April 29, 2017 at 1:39 pm

    It’s okay…speechless… Next part varah kiyaa hiyvehjje… Avaskohllahchey vaguthu v varakakun

    1. writer says:
      April 30, 2017 at 11:51 am

      thank you… veehaa ves avahah upload kureveytho massakai kuraanan In Sha Allah

  11. Aki says:
    April 29, 2017 at 5:19 pm

    next part avahah up kohla dheebaa pls pls

    1. writer says:
      April 30, 2017 at 11:58 am

      i ll try

  12. Rock ? says:
    April 30, 2017 at 2:06 am

    Eyna maruvytha?? ???

    1. Shau says:
      April 30, 2017 at 8:48 am

      Writter ah ingeyne????

    2. writer says:
      April 30, 2017 at 12:13 pm

      eyna mareh nuwey …hehe…dhn ehaa avahah maraa nulaane thaa… keep reading 😀

    3. Chuppi says:
      April 30, 2017 at 1:32 pm

      Eynaaa mareh nuvey
      Eynaaa eba hanaa alhaaa

    4. writer says:
      April 30, 2017 at 2:09 pm

      chuppi.. thats the same thing came to my mind …hehe

  13. izzz says:
    April 30, 2017 at 12:58 pm

    Mi kithah episodes ge story eh??

    1. writer says:
      April 30, 2017 at 2:08 pm

      thiah bunaane ehcheh neyge adhi… less than 30 episodes

  14. izzz says:
    April 30, 2017 at 12:59 pm

    Mi kithah episodes ge story eh tha writer??

  15. Azuna says:
    May 1, 2017 at 2:40 am

    It’s ok.. v nice

  16. Princess says:
    May 2, 2017 at 9:26 pm

    Kn irakun up vaanee? Waiting waiting ❤

Comments are closed.

Next Episodeދުރުގައިވިޔަސް… (15ވަނަ ބައި)←


All Right Reserved!