Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ލޯބި ވެވުމުން……8

Noor💙 Level 710 Stories100 Comments100 Login500 Comments
May 1, 2017 4 Mins Read
42 Comments

އަޖައިބެއްފަދަ ފުރިހަމަ ރީތިކަމެއް ލިބިފައިވާ އެކޮޓަރި ތެރެއަށް ބަލަމުންދިޔަ ޝަނާޔާ ސިހުނީ ޖިއާން އޭނާގެ އެ ބާރުގަދަ އަތްދަނޑި މައްޗަށް ޝަނާޔާ ނަގައިގަތުމުންނެވެ.

ދެލޯބިވެރިން އެކުގައި އުފާވެރި ވަގުތު ކޮޅެއް އެ ރީތި ގަނޑުވަރުގައި ހޭދަ ކުރުމަށްފަހު ޖިއާން އެރޭ ޝަނާޔާ ކޮޓަރިއަށް ގެނައި އިރު ހުރީ ގަޑިން މެންދަމު ދޭއް ޖަހަން ކައިރިވެފައެވެ.ޝަނާޔާއަށް މިރޭ ލިބިގެން އެދިޔައީ އޭނާ ކުޑަކޮށްވެސް އުއްމީދު ކުރި އުފަލެއް ނޫނެވެ.ޖިއާންގެ ދުނިޔޭގައިި ޝަނާޔާއަށްޓަކައި ބިނާކުރެވިފައި އެވާ ގަނޑުވަރުވެސް އޭނާ ޝަނާޔާދެކެ ލޯބިވާ މިންވަރު ހެކި ދޭނެއެވެ.ޝަނާޔާއަށް ޖިއާންގެ އަނބިމީހާ އަށް ވުމުގެ ދަޢުވަތުވެސް ލިބިގެން ދިޔައީ އެގަނޑުވަރުންނެވެ.ޝަނާޔާގެ އުފާވެރިކަމުގެ ކޮޅެއްވެސް ނެތެވެ.

ޖިއާންގެ ކޮނޑުގައި ބޯއަޅާލައިގެން އެނދުގައި އިށީނދެ އިން ޝަނާޔާ ޖިއާންއާއި، ތަންކޮޅެއް ދުރުވެލައިފައި،އަހަރެމެންނަށް ހަމަ އަސްލުވެސް މިގުޅުމަށް ނަމެއް ދެވިދާނެހޭ ކިޔައި، ކުޑަކުއްޖަކު ފަދައިން ޖިއާންގެ ރީތި ދެލޮލަށް ބަލަހައްޓައިގެން އިނދެ ސުވާލުކޮށްލިއެވެ.އެ މޫނު މަތީގައި އެވަނީ ކޮންފަދަ މަޢުސޫމް ކަމެއް ހެއްޔެވެ؟ޝަނާޔާގެ އެ މަޑުމައިތިރި ލޯބިވެތި އަދާތަކަށް ޖިއާންގެ ހިތުގައި ވާލޯބި ދަނީ ދުވަހެއް ދުވަހަކަށް ފުން ވަމުންނެވެ.ޝަނާޔާގެ ސުވާލަށް ޖިއާންވެސް ވިސްނާލިއެވެ.އަދި ޝަނާޔާ ގެނެސް ޖިއާންގެ މެޔާލާ ބޮނޑިކޮށްލަމުން ވާހަކަ ދެއްކިއެވެ.\”ކީއްވެ އެހެން ނުވާން ވީ؟އަހަރެން ޝަނާދެކެ އެހާވެސް ލޯބިވޭ..އަދި ތި ލޯތްބަށްޓަކައި އަހަރެން ކުރަން ޖެހިލުންވާނެ އެއްވެސް ކަމެއް ނޯންނާނެ..\”

އާދުވަހަކަށް އިރުއަރައިފިއެވެ.ގަޑިން ހެނދުނު އަށެއް ޖަހަނީއެވެ.ނަމަވެސް ޝަނާޔާ އަދިވެސް ސައިބޯން ކާކޮޓަރިއަށް ނުދާތީ ހުސްނާ އައިސް ދޮރުގައި ޓަކިޖަހައި ދެތިން ފަހަރަކު ގޮވާލިއެވެ.ނަމަވެސް ދަރިފުޅުގެ ޚަބަރެއް ނުވުމުން ދޮރުގެ ތަޅުގައި ހިފާ އަނބުރާލިއިރު ކޮޓަރި ހުރީ ތަޅު ނުލާކަމުން އަވަހަށް ދޮރުހުޅުވާ ބަލައިލިއިރު ޝަނާޔާ ރަޖާލައިގެން ނިދާފައި އޮތްތަން ފެނުނެވެ.ހުސްނާ އަވަސްވެގަތީ ދަރިފުޅަށް ގޮވާށެވެ.އެހެނީ ޝަނާޔާ އޮފީހަށް ދާގަޑި އެއޮއްގެން ޖެހެނީއެވެ.

ގޮވަންވެގެން އައިސް އަތްޖައްސާލިއިރު ދަރިފުޅު އޮތީ ހުމާ ފިހިފިހިއެވެ.އެހެންވެ އަވަހަށް ކޮޓަރިއަށް ގޮސްކުޑަ ރުމާލެއް ހިފައިގެން އައިސް ތެތްމާލައިފައި ޝަނާޔާގެ ނިތްކުރީގައި އަޅައިލިއެވެ.ހަމަ އެވަގުތު ޝަނާޔާގެ ފޯނު ރިންގުވާން ފެށުމުން ހުސްނާ އެ ފޯނަށް ޖަވާބު ދިނުމަށްފަހު އެނދުމަތީގައި ފޯނު ބޭއްވިއެވެ.ނިއުމާ އެގުޅީ މިއަދު ޝަނާޔާ އޮފީހަށް ނުދާތީ ވީގޮތެއް ބަލާލާށެވެ.ފަރަހާ ކައިވެންޏަށްފަހު ދިރިއުޅުން މެލޭޝިއާ އަށް ބަދަލުކުރުމުން ޝަނާޔާ މިހާރު އެންމެ ގާތްކޮށް އުޅޭ އެކުވެރިއަކީ ނިޢުމާއެވެ.

މެންދުރުވުމާއި ގާތަށް އެޅިއިރު ޝަނާޔާގެ ހުންވެސް ތަންކޮޅެއް މަޑު ވެއްޖެއެވެ.ތެދުވެ އެއްޗެއް ކާލައިގެން ގޮސް ސިޓިންގރޫމް ސޯފާގައި އިށީނދެ ހަމަޖެހިލުމަށްފަހު ޓީވީ ހުޅުވާލިއެވެ.ނަމަވެސް މާކަ ގަޔާވާ ގޮތެއް ނުވިއެވެ.މާ ބޮޑަށް ޖިއާންމަތިން ހަނދާން ވަނީއެވެ.މަންމައަށް ޝައްކު ވެދާނެތީ ޖިއާން އަބަދުވެސް ޝަނާޔާއާއި ބައްދަލް ކުރަނީ މެންދަމުގެ ވަގުތުތަކުގައެވެ.

އެކަމަކު މިއަދު ހަމަ މާބޮޑަށް ޖިއާންގެ އަތުތެރޭގައި ވުމަށް އެދެވެނީއެވެ.ހިތާއި ހަނގުރާމަ ކޮށްކޮށް އެންމެފަހުން ބަލިގަބޫލުކޮށް ހަތިޔާރު ބަހައްޓަން ޝަނާޔާއަށް މަޖުބޫރު ވިއެވެ.މަންމަގާތު އެދަނީ ފެންވަރާލަން ކަމަށްބުނެ ގޮސް ކޮޓަރިއަށްވަދެ ދޮރުލައްޕާ ތަޅުލުމަށްފަހު އެނބުރިލީއިރު ކުރިމަތީގައި ޖިއާން ހުއްޓިލައިގެން ހުރިތަން ފެނުމުން ޝަނާޔާ ކުޑަކޮށް ސިހުނެވެ. ޝަނާޔާ ޖިއާން ދެކިލާހިތުން ކެތްމަދު ވެފައިވާކަން ޖިއާންއަށް އެނގުނީ ކަން ގައިމެވެ.ޝަނާޔާ ހިތާހިތުން ކިޔާލިއެވެ.

ޖިއާން ހުރީ ޝަނާޔާ ހުންއައުމުން ވަރަށް ހާސްވެ ކަންބޮޑުވެފައެވެ.ރޭގަ އެހާ ދަންވަންދެން ޝަނާޔާއާއި އެކު އުޅެފައި ޖިއާން ދިޔައިރުވެސް ހުމުގެ އެއްވެސް އަސަރެއް ނެތްއިރު،އެހާ ކުއްލިއަކަށް ހުން އައީމައެވެ.ޖިއާން ޝަނާތާގެ ނިތްކުރީގައި ހުން ހުރިތޯ ބަލާލަން އަތްޖައްސާލުމަށްފަހު، ޖީބުން ވަރަށް ރީތި ކުޑަ ހުދުކުލައިގެ އެހެއްޖަހާފައި އިން އަނގޮޓިއެއް ނަގާ ޝަނާޔާގެ ވާތު އަތުގެ ކަށި އިނގިލީގައި އެޅުވިއެވެ.އަދި އެ އަނގޮޓި ދުވަހަކުވެސް އިނގިލިން ނުނެގުމަށާއި،އެއީ ޝަނާޔާގެ ރައްކަލަކަށްޓަކައި އެޅުވި އެއްޗެއް ކަމަށް ބުންޏެވެ.

ޖިއާން އެ ބުނި އެއްޗަކުން ޝަނާޔާގެ ހިތުގައި ސުވާލު އުފެދުނެއްކަމަކު އޭނާ ހަމަހިމޭންކަން އިޚްތިޔާރު ކުރީ އެވަގުތު ޖިއާންއާއިއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލަން ބޭނުންވެފައި ހުރި ވަރުންނެވެ.އަދި އާނ އެކޭ ބުނުުުމުގެ ގޮތުން ބޯޖަހާލަމުން ޖިއާންގެ ކޮލުގައި ދޮނެއް ދިނުމަށްފަހު \”ލަވް ޔޫ\” އޭ ބުނެލިއެވެ.ޖިއާންވެސް ލޯބިވެތި ހިނިތުން ވުމެއް ރައްދު ކޮށްލިއެވެ.ޝަނާޔާގެ އެ ހަރަކާތުން ޖިއާން މާބޮޑު ރިއެކްޓެއް ނުކުރުމުން، ޖިއާން ކޮންމެވެސް ކަމަކާއި ވިސްނަމުންދާކަން ޝަނާާޔާއަށް ފަހުމް ވިއެވެ.ޝަނާޔާ އޭނާގެ ދެއަތުން ޖިއާންގެ މޫނުގައި ހިފައި އޭނާއާއި ހަތަރުކަޅި ހަމަކޮށްލުމަށްފަހު ޖިއާންގެ ސަމާލުކަން ހުސްވެފައި އެވަނީ ކޮންކަމަކަށްތޯ ސުވާލުކުރިއެވެ.އެވަގުތު ޖިއާން ވަރަށް ސީރިއަސްވެލާފައި، ޝަނާޔާ ގެންގޮސް އެނދުގައި ބޭންދުމަށްފަހު،ތީ އަމައެކަނި އަހަރެންގެ ޙައްޤެކޭ ކިޔައި ޝަނާޔާ ގައިގައި ބައްދާލިއެވެ.ވައިރޯޅި އަކަށްވެސް އެދެމެދަށް ނުވަދެވޭނެ ފަދަަކުންނެވެ.އަދި ރޭގައި އެއްވެސް ކަހަލަ ތަފާތު ކަމެއް އިހުސާސް ކުރެވުނު ތޯ ސުވާލުކުރިއެވެ.އެވަގުތު ޝަނާޔާއަށް ސުވާލުން ފުރިގެންވީ ނަޒަރަކުން ޖިއާންއަށް ބަލައިލެވުނެވެ.ޖިއާން ގެ މޫނުމަތިން ފާޅުވަމުންދިޔަ ނުތަނަވަސްވެރިކަމުން ކޮންމެވެސް ކަމެއް ގޯސްވެފައި ވާކަން ޝަނާޔާއަށް ޔަޤީން ކުރެވުނެވެ.

ރޭގައި ޖިއާން ދިޔުމުން ޝަނާޔާ ބޭނުންވީ ފެންވަރައިލައިގެން އައިސް ހިތަށް ލިބުނު ހިތްހަމަޖެހުމުގައި އަރާމުކޮށް ނިދާލާށެވެ.އެހެންކަމުން ފެންވަރަން ވަދެ މާގަނޑު ދަށުގައި ހުރިހިރު އޭނާއާއި ދާދިގާތުން ހޫނު ނޭވާތަކެއް އިހުސާސް ކުރެވުނެވެ.ނަމަވެސް އެއީ ޝަނާޔާއަށް ހީވި ގޮތެއް ކަމުގައި ނިންމާ އަވަހަށް ފެންވަރާލައިގެން އައިސް ނިދާ ހެދުން ލައިގެން އޮށޯތީއެވެ.އޭނާއަށް ނޭނގުނު ކަމަކީ އެވަގުތު ޝަނާޔާއަށް ބަލަމުންދިޔަ އިތުރު މަޚްލޫގަކު ފާޚާނަތެރޭގައި ވާކަމެވެ.ޖިއާންގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ރޭގެ ވާހަކަ ކިޔައިދިނުމަށްފަހު ޝަނާޔާ ޖިއާންގެ ގައިގަ ބައްދާލިއެވެ.

ޝަނާޔާގެ ވާހަކަ އަޑުއަހާފައި ޖިއާންގެ ޝައްކު ޔަޤީނަށް ބަދަލުވިއެވެ.އަދި ޖިއާންގެ ބާރުގަދަ އަތު ތެރޭގައި ޝަނާޔާ ފޮރުވާލިއެވެ.މުޅި އުމުރަށް އެއަތުގެތެރޭގެ ހިމާޔަތުގައި ޝަނާޔާ ބާއްވަން ބޭނުންވާ ކަހަލައެވެ.ޖިއާން ހުރީ އިންތިހާ އަށް ދެރަވެ ރުޅިވެސް އައިސްފައެވެ.އެއީ އޭނާ ނޫން އިތުރު އެއްވެސް ފަރާތަކަށް ޝަނާޔާގެ ހަށިގަނޑުން ދުވަހަކުވެސް އަރާމެއް ލިބުމަށް ނޭދޭތީއެވެ.

ޖިއާންއާއި،ޝަނާޔާވަނީ އެކަކު އަނެކެއްގެ އަތުތެރޭގައި ލޯބީގެ އެތައް މާތަކެއް ފޮޅުވާފައެވެ.ނަމަވެސް ވަކި ހުދޫދެއްގެ ތެރެއިންނެވެ.ޝަނާޔާއަކީ ލަދުރަކި،މަޑުމައިތިރި އަޚްލާޤު ރަނގަޅު ކުއްޖަކަށް ވެފައި ،އެދެމީހުންނަށް އެޅޭ ފިޔަވަޅަކުން ޝަނާޔާއަށް ހުތުރު ނަމެއް ލިބުމަކަށް ޖިއާން ދުވަހަކުވެސް ނޭދެއެވެ.

ނޭވާ ހާސްވާހެން ހީވާތީ ޝަނާޔާ ކުޑަކޮށް ޖިއާންއާއި ދުރަށް ޖެހިލަން އުޅުމުންވެސް ޖިއާން ދިޔައީ އޭނާގެ މެޔާލާ ޝަނާޔާ އިތުރަށް ފިއްތަމުންނެވެ.އޭރު ޖިއާންގެ ލޮލުންވެސް އަލިފާން ކަނި ބުރަމުން ދެއެވެ.ޝަނާޔާގެ ހަށިގަނޑާއި އިތުރު ފަރާތަކުން ކައިރިވާން އުޅުނުކަން އެނގުމުން ޖިއާންގެ ހިތް ނުރުހުނު ވަރުން އެތެރެހަށި ކެކި އުތުރި އަރަމުން ދަނީއެވެ.ޖިއާންގެ ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލު ޝަނާޔާއަށްވެސް އިޙުސާސް ކުރެވެމުން ދިޔައެވެ.އަދި ޖިއާން އާއި ދުރަށް ދެވޭތޯ ޝަނާޔާގެ އަތުން ޖިއާންގެ ބުރަކަށީގައި ތަޅަމުން ދިޔައެވެ.ކުއްލިއަކަށް ޝަނާޔާގެ ނޭވާ ހުއްޓުނު ކަހަލައެވެ.އެވަގުތު ބޭއިޚްތިޔާރުގައި ޝަނާޔާގެ ދުލުން ވޭނީ އާހެއް ބޭރުވެގެން ދިޔުމާއި އެކު އޭނާގެ ހަބަރު ހުސްވިއެވެ.ޖިއާންގެ ބުރަކަށީގައި ތަޅަމުންދިޔަ ޝަނާޔާގެ އަތް ވެއްޓުނު އިހުސާސް ކުރެވުމުން ޖިއާންއަށް ތެޅިގަނެފައި ޝަނާޔާއަށް ބަލައިލެވުނެވެ.އޭރު ޖިއާންގެ ހަށިގަނޑަށް އެރި ބާރުގަނޑުވެސް މައިތިރި ވެއްޖެއެވެ.ކުރެވުނު ކަންތައް އިހުސާސް ވުމުން ޖިއާންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.އަވަސް އަވަހަށް ޝަނާޔާ އެނދުގައި ބާއްވާފައި ނޭވާ ލާ ތޯ ބަލައިލިއެވެ.ޝަނާޔާގެ ނޭވާ އިހްސާސް ކުރެވުމުން ޖިއާންއަށް ހިންހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

މަޑުމަޑުން ޝަނާޔާގެ ނޭވާ ހަމައަކަށް އެޅެމުން ދިޔައެވެ.އެހެނަސް ލޮލެއް ނުހުޅުވައެވެ.\”ދަރިފުޅާ މަންމަ މިދަނީ ރައްޓެއްސަކަށް ގޮވާލަން ހުޅުމާލެއަށް ދާން..މަންމައަށް އާދެވޭނީ ތަންކޮޅެއް ލަހުން…ދަރިފުޅު މާ ލަސްނުކޮށް އެއްޗެއް ކާލައިގެން ހުންނާތި…ފުރިޖުގަ އިންނާނެ އަނބުފަނި ފުޅިއެއްވެސް…\”ކޮޓަރި ދޮރާއި ދިމާލުން ހުސްނާގެ އަޑު އިވުނެވެ.އެވަގުތު ޝަނާޔާގެ އަޑުން ލައްބަ މަންމާ އޭ ޖިއާން ބުނެލިއެވެ.ޝަނާޔާ ހޭއެރިކަމެއް ނޭނގި އިނދެއެވެ.ޖިއާންގެ އަޑު އިވުމުން ޝަނާޔާ ދެލޯ ހުޅުވާ ޖިއާންއަށް ބަލައިލި އިރު ޝަނާޔާގެ މޫނުމަތީ ފުޅާ ހިނިތުންވުމެއް ހުއްޓެވެ.އަދި ލާނެއް ރާގެއްގައި މިހާރު އަހަރެންގެ އަޑުވެސް ނަކަލް ކުރަނީހޭ އަހާލިއެވެ.ޝަނާޔާގެ އެ ލާނެތް ބެލުމުން ޖިއާން ލަދުގަންނަ ގޮތްވިއެވެ.އޭނާއަށް އެވަގުތު ޝަނާޔާ ހޭއަރާފައި އޮތްކަން އެނގުނު ނަމަ ހަމަ ހިލާ އެއަޑުން މަންމައާއި ވާހަކަ ދައްކާކަށް ނުކެރުނީހެވެ.

ޝަނާޔާގެ މަޑުމަޑު އަތްތިލައިގައި ލޯބި ކޮށްލަމުން \”އައި އޭމް ސޯ ސޮރީ\” އޭ ބުނެ އިސްޖަހާލިއެވެ.އަދި އޭނާގެ ސަބަބުން ޝަނާއަށް މިއަދު ކަމެއް ވީނަމަ އޭނާއަށްް ދުވަހަކުވެސް އަމިއްލަ ނަފްސަށް މަޢާފެއް ނުކުރެވޭނެ ކަމަށް ބުނެ އަމިއްލަ ނަފްުސު ކުއްވެރި ކުރަމުން ދިޔައެވެ.ޝަނާޔާ ބޭނުންވީ ވެދިޔަ ކަންތައް މަތިން ހަނދާން ނައްތާލާށެވެ.އެއީ ޖިއާން ގަސްތުގައި ދުވަހަކުވެސް ޝަނާޔާއަށް ދެރައެއް ނުދޭނެކަން އޭނައަށް ކަށަވަރު ވާތީއެވެ.އަދި އޭނާ އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް ޖިއާންއަށް އިތުބާރު ކުރާކަމަށް ބުންޏެވެ.

\”ޖިއާން ކީއްވެގެންތަ ރޭގަ ތަފާތު އިޙުސާސެއް ކުރެވުނު ތޯ ސުވާލުކުރީ؟\”އެންމެފަހުން ޝަނާޔާއަށް ކެތްނުކުރެވިގެން އޭނާގެ ހިތަށް އުނދަގޫ ކުރަމުންދިޔަ ސުވާލު
ކޮށްލިއެވެ.ޖިއާން އިންތިޒާރު ކުރަމުން އެދަނީވެސް ޝަނާޔާ އެ ސުވާލު ކުރާނެ ވަގުތަކަށެވެ.އެވަގުތު ވަރަށް ލޯބިން ޝަނާޔާގެ ގައިގަ ބައްދާލުމަށްފަހު އެއީ ރޭގެ ޚާއްސަ ކަމުން ކަމަށް ބުންޏެވެ.އާނ އެކެވެ.ރެއަކީ ޝަނާޔާގެ ދިރިއުޅުމަށް މިހާތަނަށް އައި އެންމެ ޚާއްސަ ރެއެވެ.މުޅިއުމުރަށް ޖިއާންގެ ޙައްޤަކަށް ވުމުގެ ދަޢުވަތު ލިބުނު ރެއެވެ.ޝަނާޔާގެ މަޢުސޫމް ހިތް ހަމައަކަށް އެޅުވުމުގައި ޖިއާން ކާމިޔާބު ވިއެވެ..

**ނުނިމޭ**

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

ލޯ މެރޭ ހިިނދު ހީވޭ ގާތުގާ ވާހެން (25)

Next

މާހާ 1

Next
May 1, 2017

މާހާ 1

Previews
April 30, 2017

ލޯ މެރޭ ހިިނދު ހީވޭ ގާތުގާ ވާހެން (25)

42 Comments!

  1. Lovegirl says:
    May 1, 2017 at 2:50 am

    Me first dew.vvvv reethi mi part ves❤

    1. Noor says:
      May 1, 2017 at 7:03 am

      Thanx Lovegirl

  2. Jeem says:
    May 1, 2017 at 2:58 am

    V reethi

    1. Noor says:
      May 1, 2017 at 7:03 am

      Thanx Jeem

  3. Mary says:
    May 1, 2017 at 3:03 am

    Its lovely…..????

    1. Noor says:
      May 1, 2017 at 7:04 am

      Thanx Mary

  4. sheni says:
    May 1, 2017 at 3:52 am

    V reethi ekam mistake tha ebahuri.. egey phone in typ kuraathikan.. but its nice i love it ?? next part ves up kolachey..
    Best of luck!!!

    1. Noor says:
      May 1, 2017 at 7:06 am

      Thanx for undstanding sheni…

  5. rym says:
    May 1, 2017 at 4:41 am

    i love this story :3…but 6th part is misssing.. i cudnt found 6th part…can u please upload 6th part please.. 🙂

    1. Noor says:
      May 1, 2017 at 7:08 am

      Thanx rym…6th part mi up kollany ingey…

  6. ssss? says:
    May 1, 2017 at 6:37 am

    Varah rythi?

    1. Noor says:
      May 1, 2017 at 7:11 am

      Thanx ssss

    2. Noor says:
      May 1, 2017 at 7:17 am

      Frnds….mivaahaka dhen genesdheveyny konme dhe dhuvahun eh dhuvahu eve. Aee sunday, Tuesday, Thursday, adhi saturday ga eve. Readers mivaahaka ah inthizaaru kuraane kamah unmeedhu kuran..?

  7. Ninni says:
    May 1, 2017 at 7:17 am

    Heevanee Lara ge Meekaaeel vaahaka kiyey hen.. varah vaththaru..

    1. Noor says:
      May 1, 2017 at 7:29 am

      Thanx dear…ummeedhu kuran vaahaka nimey iru mee thafaathu story akah vaanekamah.

    2. Shiu says:
      May 1, 2017 at 5:48 pm

      Ehen nubunan maves mi hunanee. Copy kohfaa ves coincidence ekey viya bunanee. Lolah fennan hunna iru ves.

  8. princess says:
    May 1, 2017 at 8:03 am

    V v v reeti☺ but v kuru? edemeehun merry kuraanetha? E gulhun kuriah gendevey ne tha? So interesting… ummeedukuran anehbai v avahan kiyaalan libeyne kamah . Wish u all the best. Waiting……..??

    1. Noor says:
      May 2, 2017 at 7:12 am

      Thanx for waiting dear…

  9. Khadheeja says:
    May 1, 2017 at 8:06 am

    Wwooooow???

    1. Noor says:
      May 1, 2017 at 8:19 am

      Thanx dear

  10. Xahy says:
    May 1, 2017 at 8:16 am

    V reethi

    1. Noor says:
      May 1, 2017 at 8:19 am

      Thanx Xahy

  11. nonns says:
    May 1, 2017 at 8:17 am

    Keep It up. Kon irakun next part up kohdheny. Inthizaaru kurevey eba

    1. Noor says:
      May 1, 2017 at 8:20 am

      Thanx nonns…hopefully Tomorrow

  12. myly❤ says:
    May 1, 2017 at 10:07 am

    Not bad noor??story v reethi waiting for the next part?

    1. Noor says:
      May 17, 2017 at 4:42 pm

      ?????

  13. princess says:
    May 1, 2017 at 12:13 pm

    Asluves v reeti but so sade deduvahun ehduvahu genesdeyne vaahaka bunyma nunimenys vaahaka gehluvaa nulahchey baeh vaahaka thah gehleyne detin partun hope noor didn’ t do that this story

    1. Noor says:
      May 2, 2017 at 7:16 am

      In sha Allah eheneh nuvaane…thanx dear

  14. Fathun Sheeni says:
    May 1, 2017 at 12:53 pm

    Mi part eh nukiye

    1. Noor says:
      May 1, 2017 at 5:41 pm

      Oh…

  15. Rainy princess says:
    May 1, 2017 at 4:33 pm

    vara reethi stry….waiting for the next part <3

    1. Noor says:
      May 1, 2017 at 4:51 pm

      Thanx dear

  16. Rym says:
    May 1, 2017 at 5:57 pm

    Yeah thankoo im waiting for th 6th part

    1. Noor says:
      May 1, 2017 at 7:02 pm

      Plx click to noor…u will get all the parts frm that page.

  17. S.S.R says:
    May 1, 2017 at 7:44 pm

    Nice. waiting for the next part…

    1. Noor says:
      May 1, 2017 at 7:54 pm

      Thanx dear

  18. rym says:
    May 2, 2017 at 2:04 am

    story v reethi.. waiting…nextpart…

    1. Noor says:
      May 2, 2017 at 7:40 am

      Thanx dear

  19. Fary says:
    May 2, 2017 at 3:30 pm

    Ayey vara lahun mi kiyunee. Vvv nice ? waiting for mext ?

    1. Noor says:
      May 17, 2017 at 4:42 pm

      ?????

  20. Jiaann says:
    May 7, 2017 at 2:00 am

    Jiaan ladhehnugannane ey noor. J for jiaan. Jinni eke mamee. Jiaanmen ladheh nugannane ey ehhn vyma. Adhi e yaaniu akah ves nygeyne ladhugannakah. Shanaaya dhen ladhu gathas. Halehga mi ulheny
    E yaaniu ehnooney. Hama shanaayaa ey. Hope u will understand noor 🙂

  21. Jiiaann says:
    May 7, 2017 at 2:02 am

    Jiaan ladhehnugannane ey noor. J for jiaan. Jinni eke mamee. Jiaanmen ladheh nugannane ey ehhn vyma. Adhi e yaaniu akah ves nygeyne ladhugannakah.

Comments are closed.


All Right Reserved!