Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

އެދެމޭކަލާޔާ ގާތުގާ ވުމަށް (ފުރަތަމަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
May 1, 2017 7 Mins Read
47 Comments

“އަވްފް….ހެހެ..ވޫޕްސް.. ތަދުވި؟..ދެމް ކޮން ތަދެއް ވާނީ. ކަލެޔަކަށް ނޭންގޭނެ މިހާރު އެއީ ކޯޗެއް ކަމެއް. ހިއް. ހެހެ..އަވްފް” ކޮޓަރި ތެރެއިން އިވެމުން ދިޔައީ މީހަކު ހީހީފައި އެއްޗެއް ކަފަމުން ދިޔަ އަޑެވެ. ކުއްލިޔަކަށް މުޅިތަމުގައި ވަރުގަދަ އެލާމެއްގެ އަޑުހިފާލިއެވެ. ދެން ފެނުނީ ފުލުހުންގެ ވަރުގަދަ ތީމެއް އައިސް އެކޮޓަރިތެރެއަށް ވަދެގަތް ތަނެވެ. ފެނުނު މަންޒަރުން ގިނަ ފުލުހުންނާ ސިފައިން ތިބީ މޭ ނުބައި ކޮށްފައެވެ.

މާސްކެއް އަޅައިން އިން މީހެއްގެ ކައިރީ އެއޮތީ މަރުވެ ކުނިވެފައިވާ މީހެކެވެ. އޭނާގެ ހަންގަނޑު އެއްކޮށް ދަމާލައިފައިވާއިރު ހީވަނީ ބިރުވެރި ކަމުގެ ކޮޅެއް ނެތްހެންނެވެ. ގައިގެ އެކި ގުނަވަންތައް ބުރި ކޮށްފައިވާއިރު ހިތާ ގޮހޮރާ މޭދާވަނީ ނަގާ ވަކިން ބާއްވާލައިފައެވެ. އެއްބަޔަކު އެތަނުން ނިކުކޮތީ ހޮޑުލަމުންނެވެ. ހިތްވަރު ގަދަ ހަތް މީހުން އެތާ ތިބިއިރު އެމީހުންގެ ކުރިމަތީ ހުރި މީހާގެ މޫނުމައްޗަށް އަރާ ފައިބަމުން ދާކުލަވަރު އެކަކަށް ވެސް ނުފެނެއެވެ.

“ހޭންޑްސް އަޕް..” ވަރަށް ހިތްވަރު ކޮށްފައި މުލައިލް ބަޑި ދިއްކޮށްލަމުން ބުނެލިއެވެ. “ހިއް..ހެހެ..ހިޒަން ސީ ހިޒަން ގޯން” އެހެން ބުނެލުމަށް ފަހު އޭނާގެ އަތުގައި އޮތްވަޅީގެ ފިތަކަށް އޮބާލުމުން ބަލަބަލާތިއްބާ ފާރުން ދޮރެއް ކެހިގެން ދިޔައެވެ. އެމީހާ ވަނުމާއެކު އެ ދޮރު ވެސް ގެއްލުނެވެ. “ވަޓް ދާ..” މުލައިލް އައި ރުޅީގައި އެ ތަނުގައި ބާރަށް ގޮށްމުއްކަވާފައި ޖެހިއެވެ. އެއާއެކު ބިއްލޫރިތަށް ފުނޑު ފުނޑުވެގެން މުލައިލްގެ އަތަށް ހެރިގެން ދިޔައެވެ. ހަމަ އެވަގުތު އޭނާގެ އަނގައިން ވޭނީ އާހެއްގެ އަޑު ނިކުމެގެން ދިޔައެވެ.

އެމީހުންނަށް އެއީ ބިއްލޫރިކަން ނޭންގުނީ ފާރާއެއްކުލައިން ކުލަލާފައި ހުރުމުންނެވެ.”ސާރ…ކިހިނެއް ތި ހެއްދެވީ..އައި ނޯ ދެޓް ވީ ލޮސްޓް ދެޓް މޭނިއެކް. އެކަމް ސާރ ވެސް އުޅެން ވާނީ ބަލާލައިންނެއް ނު..އެންޑް އޭނަގެ ހުރީ އަންހެން އަޑެއް. އެކަމް އަމިއްލަޔަށް ބުނީ ކޮންމެސް ހިޒާނެކޯ..އޯމައި ގޯޑް.. އައި ތިން ދެޓް ޕާސަން އިޒް ހޭވިންގް ޑީ.އައި.ޑީ..” މުލައިލް ހައިރާން ވެފައި ސިނާއާ ދިމާލަށް ބަލާލިއެވެ.

“އެދެމޭ ކަލާޔާ ގާތުގާ ވުމަށް..ފެންނާތީ ޔާރާގެ މޫން..ތެދެކޭ ތިއީޔޭ..” “ކަޓް!!!” ވަހީދުގެ އަޑަށް ރުއާ މަޑުޖެހިލިއެވެ. ޝޫޓިންގް މެދުތެރޭން އެގޮތަކަށް ހުއްޓުވުމަކީ ރުއާ އެންމެ ހިންހަމަ ނުޖެހޭ ކަންތަކެވެ. “ޔުނާޝް.. ނެތެއްނު އެކްސްޕްރެޝަން އެއް…ކިހާ ސަޅި ރުއާ…އަލުން އިނގޭ..ފްރޮމް ދަ ޓޮޕް.” ވަހީދުގެ އެބެލުމުން އުނދަގޫވެފައި ހުރި ރުއާ ހުރީ ވަރަށް ބޮޑަށް ހިންހަމަނުޖެހިފައެވެ. ފިލްމު ކުޅެމުން ދާއިރު ކޮންމެ ޑައިރެކްޓަރަކުވެސް އެފަދަ ނަޒަރަކުން ބަލާތީއެވެ. ވީ ފުއްސާއެކު ރުއާ ކުޑަ ބްރޭކެއް ނެގިއެވެ. ލައިޓިންގް ހަމަޖައްސަން ހުރި ލައިތް ކައިރިޔަށް އައީ ނުލަފާ ހިންޏެކެވެ.

ގަނޑުތަށްއުކަމުން ދިޔައިރު އަލާނިޔާގެ މޫނުމަތިން ފެންނަނީ ކާމިޔާބީގެ ހިނިތުންވުމެވެ. މީ އެންމެ ފަހުގެ އެތިފަހަރޭ ހިތަށް އަރުވާލައިން އަލާނިޔާ ހުރިހާ ގަނޑެއްބަލާ ނިންމާލިޔެވެ. އަޅާފައިވާ ނަންބަރު އައިނު ނަގާ ކުރިމަތީގައި އިން ހާޝިރް އަށް ފުން ނަޒަރަކުން އޭނާ ބަލާލިއެވެ. އެމޫނު ވަނީ މިލާ މޯޅިވެފައެވެ. އެންމެ ޒުވާންއިރު ކުރިމަތިވީ ހާދިޘާ އޭނާގެ މުޅި ދިރިއުޅުން ހަލާކުކޮށްލައިފައިވާފަދައެވެ. އޭސީގެ ގަދަފިނި މުޅި ކޮޓަރި ތެރޭ ވީއިރުވެސް އެ ދޮންމޫނުގައި ދާހިއްލާލައިފައިވެއެވެ. އިސްދަށަށް ޖަހާލައިން އިން އިރު ދެއަތް ދެއަތާ ފިއްތާލައިން އިނެވެ. އޭރުވެސް އެ ލޮލުގައި ތާޒާ ކަރުނަ ވިދަމުން ދިޔަކަން އަލާނިޔާ އަށް ފާހަގަ ވިއެވެ.

“ހާޝިރް.” އަލާނިޔާގެ ޖާދުވީ މިޔުޒިކެއްފަދަ އަޑު އެކޮޓަރިތެރޭ މިޔުޒިކެއްފަދައިން ހިނގާލިއެވެ. ހާޝިރް ވެސް މޫނު ފުހެލަމުން އިސްއުފުލާ ބަލާލިއެވެ.”ހާޝިރް..އަހަންނަކަށް ނޭންގެ މިވަގުތު ތި ހިތުގަ ހިނގާ ޝުއޫރުތަކާ ޖަޒުބާތުތަކެއް. މީ ފަސޭހަ ވަގުތެއް ނޫންކަންވެސް އިނގޭ..އިންޝާﷲ މިފަހަރު ކާމިޔާބު ވާނީ އަހަރެމެން. އަހަރެން އެ ޔަގީންކަން ދެން.”

ގަޑިބަލާލަމުން އަލާނިޔާ ކޯޓުލައިގެން މިސްރާބުޖެހީ އަޑުއެހުން އޮންނަ މާލަމަށް ދާންށެވެ.”ބައްލަވާ..އަޅުގަނޑު މެން އިއްޔަ ހެދި ލޭގެ ރިޕޯޓުން ދައްކާ ގޮތުގައި ހާޝިރްހެ ބައްޕަ، ރިޔާޒްގެ ގައިން ފެނުނުދެވަނަ ޑީއެންއޭއާ ފައިޒާންގެ ޑީއެންއޭއާ އެބަ ދިމާވޭ…އިއްޒަތްތެރި ފަނޑިޔާރު، 26 ސެޕްޓެމްބަރވީ ހޯމަ ދުވަހުގައި އަނިޔާވެރި ގޮތަކަށް މަރާލެވިފައިވާ އަހްމަދު ރިޔާޒް މަރާލައިފައިވަނީ ޏ.ކާލުގޭ ފައިޒާން އިލްޔާސް ކަމަށް ބުނާ މަންޒަރު ދުށްހަތަރު ހެކިވެރިންގެ ހެކިބަހުންވެސް ވަރަށް ސާފު ގޮތެއްގައި އެނގިގެންދަނީ ހާޝިރް އޭނާގެ އަމިއްލަ ބައްޕަ މަރާލައިފައި ނުވާ ކަމާ އެކަން ކޮށްފައިވަނީ ފައިޒާންކަން ސާބިތުވޭ.” ހެކިތަކާ ގަނޑުތަށް ގާޒީއާ ހަވާލް ކުރުމަށް ފަހު އަލާނިޔާ އޭނާ އިށީންނަން ހަމަޖެހިފައިވާ ތަނުގައި އިށީންދެލިއެވެ. އޭރު ފައިޒާންގެ ގާޒީވެސް އިނީ އިސްޖަހަލައިގެނެވެ. އަލާނިޔާގެ ނަޒަރު ހުއްޓިފައިވަނީ ހާޝިރްއަށެވެ.

އުމުރުން ވިހިއަހަރުގައި ތިމާގެކުރިމަތީގައި ބައްޕަ މަރާލެވި އެކުށް ތިމާގެ ބޮލުގައި އެޅުވުމުން ވާނީ ކިހިނެއްތޯއެވެ؟ ހާޝިރްއަށް ދިމާވީ މިފަދަ ހިތްދަތި ގޮތެކެވެ.19 އަހަރުގެ އަލާނިޔާ އަކީ ވަރަށް ފަހުން ވަކީލުކަން ކިޔަވައިގެން ރާއްޖެ އައި ކުއްޖެކެވެ.  އަބަދުވެސް އިންސާފަށް ލޯބިކުރާ އަލާނިޔާ ވަކީލުކަން އަބަދުވެސްކޮށްދެނީ އިންސާފާ އެއްކޮޅަށެވެ. ދުވަހަކަކުވެސް މީހެއްގެ ކުށެއް ފޮރުވުމަށްޓަކާ އެހީތެރި ވެފައިނުވާ އަލާނިޔާ އެއްވެސް އެހެން ވަކީލަކަށް ބަލިކޮށްލެވިފައެއްނުވެއެވެ. އަލާނިޔާ ގަބޫލް ކުރާގޮތުގައި އަބަދުވެސް ކާމިޔާބުވާނީ އިންސާފުވެރި އަދުލްވެރިންނެވެ.ހާޝިރްގެ މައްސަލަ އެންމެ ފުރަތަމަ ލިބުނު ދުވަހުވެސް އަލާނިޔާ އެއާ ހަވާލުވީ ހާޝިރްގެ މާޔޫސީމޫނު ބަލަން ހިތަށް ކެތްނުވެގެނެވެ. އަދިހަމަ އެހެންމެ ނާއިންސާފުން ހައްޔަރުވެފައިވާ އެ ޒުވާނާ ސަލާމަތް ކޮށްދޭށެވެ.

ހާޝިރްގެ މޫނުވަނީ ރަތްވެފައެވެ. ކަރުނަތައް ހިފެހެއްޓުމަށްޓަކާ ތިރީ ތުންފަތުގައި ދަތްއަޅާލައިން އޭނާ އިނީ މުޅީން ހިމޭންވެފައެވެ. ވަގުތު ޖެހުނީއެވެ. ގާޒީ ގެ ވާހަކަ ފެށުނެވެ.”26 ސެޕްޓެމްބަރވީ ހޯމަދުވަހުގެ މެންދުރުގެ ވަގުތެއްގައި އަނިޔާވެރި ގޮތަކަށް ތޫނު ހަތިޔާރު ބޭނުން ކޮށްގެން މަރާލެވިފައިވާ މ.ވާރޭގޭ އަހްމަދް ރިޔާޒް މަރާލާ އަދި އެކުށް އޭނާގެ ނަވާރަ އަހަރުގެ ދަރި ހާޝިރް ރިޔާޒް ގެ ބޮލުގައި އަޅުވާފައިވާތީއާ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ދެވަނަ ބާބުގެ 21 ވަނަ މާއްދާގަ ބަޔާން ކޮށްފައިވާގޮތުގެ މަތިން މީހެއްގެ ދިރިހުރުމުގެ ހައްގަށް ރައްކާތެރި ނުވެ އެ ހައްގު ނިގުޅައިގަނެފައިވާތީ ޏ.ކާލުގޭ ފައިޒާން އިލްޔާސްގެ މައްޗަށް މަރުގެ ހުކުމް ސާބިތުވުމާއެކު އުމުރަށް ޖަލަށް ލުމަށް ކޯޓުން ކަނޑައަޅާ ނިންމަން.”

އަލާނިޔާ މޫނުމަތީ އަތް އަޅާލީ ﷲ އަށް ހަމްދު ކުރަމުންނެވެ. ހާޝިރްގެ އަތުގައި ހިފާލަމުން އަލާނިޔާ ނިކުތް އިރު ކުރިމަތިން އެކިއެކި މީޑިއާތަކުގެ މީހުން ފެނުނުމުން ގަތްލަދުން އަލާނިޔާ ހާޝިރްގެ އަތުން ދޫކޮށްލިއެވެ. އަލާނިޔާ އެ އަތުގައި ހިފުމުން ބުނެދޭން ނޭންގޭކަހަލަ ހިންހަމަ ޖެހުމެއް ހާޝިރްއަށް ލިބުން ނަމަވެސް އެކަން ނުދައްކާ މީޑިއާއަށް ފުރަގަސް ދެމުން އޭނާ ގޮސް ކާރަކަށް އެރީ އެތާ އިތުރަށް މަޑުކުރަން ބޭނުން ނުވީތީއެވެ. ނަމަވެސް އަލާނިޔާ މަޑުކޮށްލީ ނޫސްވެރިންގެ ބައެއް ސުވާލުތަކަސް ޖަވާބުދޭންށެވެ.

“އަޅުގަނޑުމެން ނަށް ކޮންމެ ފަހަރަކު ވެސް މި ފެންނަނީ އަލާނިޔާ ކޮންމެ ކޭޙެއްވެސް ވަރަށް ފުރިހަމަޔަށް ހޭންޑަލް ކުރުމަށްފަހު ވިން ކުރާތަން… މީގެ ސިއްރަކީ ކޮބައިތޯ؟” އެއީ މުޅިން އާ ސުވާލެއް ނޫންނަމަވެސްއަލާނިޔާ ގަސްތުކުރީ ޖަވާބު ދޭށެވެ.” އާދެ. ތިބުނީ ރަނގަޅަށް. މި ސުވާލަށް މި ޖަވާބު ދެނީ އަދި އަލަކަށް ނޫން. އެކަމު ބުނެލާނަން. އަޅުގަނޑު ދުވަހަކުވެސް ދޮގެއްގެ މައްޗަށް ބިނާކޮށް އައިސްފަ އޮންނަ އެއްވެސް މައްސަލައެއް ނުނަގަން. އެއީ ވާގޮތަކީ. އަބަދުވެސް އަދުލްއިންސާފުގެ މަގު މޮޅުވާނީ.. އެއްވެސް އަޅަކަށް މާތް ﷲ ބޭއިންސާފުން ކަންތައްތައް ވިޔަކަ ނުދެއްވާނެ.. އެކްސްކިއުޒް މީ..”

އަލާނިޔާގެ ވާހަކަތަކުން އެންމެން ހެން އަނގަބަންދު ވެފައިތިއްބާ ފޯނެއް އައުމުން އަލާނިޔާ ގޮސް އޭނާގެ ކާރަސް އެރުމަށްފަހު ބްލޫޓޫތް އޮންކޮށްލަމުން ފޯނަށް ޖަވާބު ދިނެވެ. “ހެއި ލައިތް.. ގެސް ވަޓް؟!.. ޓްރުތް ވިންސް އަގެއިން..” އަލާނިޔާ އޭނާގެ އެންމެ ގާތް އެކުވެރިޔާއާ އެ އުފާވެރި ހަބަރު ހިއްސާކޮށްލިއެވެ. ދެމީހުން އެކި އެކި ވާހަކަ ދައްކަމުން ދަނިކޮށް ކޮންމެސް މީހަކު ލައިތްއަށް ގޮވާލިއެވެ. “އޭ ދަނީ.. ރުއާ މެޑަމް ރެޑީއޯ ޝޮޓްނަގަން.. ހޮޓު އިނގޭ އޭނަ ވަރަށް. މަގޭ ކަވާއަކަށް މިގެން ގުޅޭ ޖޮބް ހަމަ ހަބޭސް. ބާއި” އަލާނިޔާ ވެސް ހެމުން ހެމުން ގެއަށް ވަތްއިރު ގޭތެރެއިން ލުއި މިއުޒިކެއްގެ އަޑު އިވެމުން ދިޔައެވެ. ދުވަމުން ދިޔަ މީރުންވަހުން އަލާނިޔާގެ ބަނޑުފުރުނު އިރު ފުން ނޭވާއެއް އެތެރެއަށް ދަމާލިއެވެ. އޭރު ކައްކަން ހުރި ޔުސްރާ ލަވަ ނިއްވާލުމަށްފަހު ދެމީހުންނަށް ކާން ހަދަނީއެވެ.

“އޯއެމްޖީ!!!! ސޫޕް.. ޔެސް.. މީތި ކާހިތުން މިއަދު އުޅުނީވެސް. ހަބަރު ބެލިން ދޯ. އަހަރެމެން މޮޅުވީ..އާހް ފައިނަލީ..ހާޝިރް އެކަމުން ސަލާމަތްވީ..” ލައިގެން ހުރި ހުދު ގަމީހުގެ ކަރުގޮށް ނައްޓާލަމުން އަލާނިޔާ ވާހަކަ ދެއްކީ އެގޭގައި އުޅޭ އޭނާގެ އެންމެގާތް އެއް ރަހުމަތްތެރިޔާ ކަމުގައިވާ ޔުސްރާއާއެވެ. ޔުސްރާވެސް ކާން އިށިންނަމުން އަލާނިޔާގެ އުފާވެރި މޫނަށް ބަލާލިޔެވެ. އެހާ ދޮންނޫނަސް އޮޅަލި ކުލައެއްގެ މޫނުމަތިން ފެންނާނީ ތާޒާކަމާ އުފާވެރި ކަމެވެ. ކަނދުރާއާ ހިސާބަށް ކޮށާލެވިފައިވާ ކަޅުކަން ގަދަ ފަން އިސްތަށިކޮޅު އެމޫނާ ނުހަނު ގުޅެއެވެ. މަޑު ފިޔާތޮށި ކުލައިގެ ގެ ތުންފަތުގައި ހިނިތުންވުމެއް ވީއިރު ބޯ، ދިގު އެސްފިޔަތަކުން އަލާނިޔާގެ ޖާދުވީ ރީތިކަން އިތުރު ކޮށްދެއެވެ. “ޑޫ ޔޫ ލައިކް ހާޝިރް؟”

ޔުސްރާގެ ސުވާލުން އަލާނިޔާ ކޮށިނޭރީ ކިރިޔާއެވެ. “ވަޓް!!.. ނޫން..އަހަންނަށް އޭނަގެ ލޮލުން ފެނުނީ އިންތިހާ ދަރަޖައިގެ ވޭނާ ހިތާމަ. އަޅުގެ މިބަލިކަށި ހިތަށް ކެތްނުވީ..” ނުހަނު ފިލްމީ ގޮތަކަށް އަލާނިޔާ އެހެން ބުނެލުމުން ދެމީހުން އެކުގައި ހޭން ފެށިއެވެ. އަދި ކެއުމައިގެން ކުރިއަށް ދިޔައެވެ.

“މަށަކަށް މިކަމެއް ނުވާނެ. އޭނަ މަށާ ދިމާއަށް ބަލަނީ ބުޅާ މަސްގަނޑަކަށް ބަލާހެން. ކިހާދެރަކަމެއް. ފިލްމީ ދާއިރާގަވެސް އަހަރެން އެންމެ ވައިވާ ކަންތައް މީ. މަ މިލްފިލްމު ނިމުނީމަ ދެން މިދާއިރާއިން ދުރަށް ދާނަން. އައި ވޮނަ ގޯ ޓު އެމެރިކާ އެންޑް ސެޓްލް ދެއާ..” ރުއާ ވާހަކަ ދައްކަމުން ދިޔައީ އެގޭގައި މަސައްކަތް ކުރާ ނިހާޝާ އާއެވެ. މެންދުރުގެ ކެއުމަށް ތައްޔާރު ވަމުން ދިޔައިރު ނިހާ އުޅެނީ ރުއާގެ ކޮއްކޮއެއް ގޮތަށެވެ. ނިހާ އެގެއަށް އައިތާ އެއް އަހަރު ވީއިރު ނިހާގެ ހަނދާނަށް އައީ އޭނާ އެންމެ ފުރަތަމަ އެގެއަށް އައި ދުވަހެވެ. ގޭގެ ބޮޑުކަމުންނާއި ފަރުނީޗަރުގެ ފުރިހަމަ ކަމުން އަނގަ ނަގައިން ބަލަން ހުރެވުނީއެވެ.

މއ. ޕެލަސްގެއަކީ ހަމަ ރަނގަޅަށްވެސް ޕެލަހެއްކަން ނިހާ އެދުވަހު ގަބޫލު ކުރިއެވެ. ދުވަސްތައް ފާއިތު ވަމުން ދިޔަ ވަރަކަށް ނިހާ ދިޔައީ އަޖައިބު ވަމުންނެވެ. ކޮންމެ ހަފްތާއަކު ދޮރު ފޮތިތަކާ ކަވަރުތަކާ މުޅި ގޭގެ ކުލަ ބަދަލު ވެގެން ދާއިރު ހީވަނީ ޝާހީ ގަނޑުވަރެއްގައި އުޅެވޭހެންނެވެ. ނަމަވެސް އެއްވެސް ކޮޓަރިއަކަށް ވަނުމުގެ ހުއްދައެއް ނޯވެއެވެ. ނިހާގެ ކޮޓަރި ފިޔަވައެވެ. އަދި ރޭގަނޑު އަށެއްގެ ފަހުން ކޮޓަރިން ބޭރަށް ނިކުތުމުގެ ހުއްދައެއްވެސް ނޯވެއެވެ. ފުރަތަމަ ނިހާއަށް ވަރަށް އުނދަގޫވިއެވެ. ނަމަވެސް ފަހުން ނިހާ އެހުރިހާކަމަކަށް ހޭނި އެކަންކަމަށް ގަބޫލު ވީ ރުއާގެ ރަނގަޅު ކަމުންނެވެ.

“ނިހާ..ކޮން ފިކުރެއްގަ؟ އަވަހަށް ކާން ފަށާ” ރުއާގެ އަޑަށް ސިހުނު ނިހާ ހީލަމުން އަވަހަށް ކާން ފެށިއެވެ. މެންދުރުގެ ކެއުމަށްފަހު ރުއާވެސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ހީވާގޮތުން އަރަމު ކޮށްލާށެވެ. ނިހާވެސް ބާކީ ހުރި މަސައްކަތް ހަވީރަށް ފަސްކޮށްލަމުން އޭނާގެ ކޮޓަރިއަށްވަދެ ޖައްސާލިއެވެ.

“ސާރ. އިތުރު ހައިޑްއައުޓެއް ފެނިއްޖެ. ވަރަށް ހީވޭ މިފަހަރު އަތުލައި ގަނެވޭނެހެން. އެކަމު މިފަހަރު އެއީ ހޮސްޕިޓަލެއް.” ސިނާ އެހެން ބުނެލުމާއެކު މުލައިލް ވަރަށް ވިސްނަން އިނުމަށްފަހު އެތެރެއަށް ވަނެވެ. އަދި ހުދު ކޯޓަކާ ހުދު ގަމީހެއްލައިން ނިކުތްއިރު މުލައިލް ހީވަނީ ހަމަ ޑޮކްޓަރެއްހެންނެވެ. “ލެޓްސް ގޯ..” އެންމެންވެސް ތިބީ ހޮސްޕިޓަލެއްގެ މުއައްޒަފުން އަޅާކަހަލަ ހެދުމެއް އަޅައިންނެވެ. ސިނާ ނަރުހަކަށްވެގެން ހުރިއިރު ދެން ތިބި ހަތަރު ވަރަކަށް މީހުން ތިބީ މަސައްކަތު މީހުންގެ ހެދުމުގައެވެ. މުލައިލް ގެ ޖީބުގައި އޮތް ޑާރޓްތަކަށް ބަލާލަމުން ހިނިތުންވެލިއިރު ކައިރީގައި ހުރި ސިނާގެ މޫނުމައްޗަށްވެސް މާނަވީ ހިނިތުން ވުމެއް ވެރިވިއެވެ.

“އައްސަލާމް އަލައިކުމް. އަޅުގަނޑަކީ ޑޮކްޓާ ނިހާން.” މުލައިލް އޭނާގެ އަތުގައި އޮތް ކާޑު ދައްކާލަމުން އެތަނުން ދިމާވި ޑޮކްޓަރަކާ ވާހަކަ ދައްކަން ފެށިއެވެ. ވާހަކައިގައި ތިބެ ކުރިއަށްދަމުން މުލައިލް އޭނާއަށް ލިބިފައިވާ މައުލޫމާތާ އެއްގޮތަށް ދާންޖެހޭ ކޮޓަރިއަށް ދާން މިސްރާބު ޖެހިއެވެ. އަދި އެހިސާބަށް ދެވުމުން ވާހަކަ ދައްކަން ހުރި ޑޮކްޓަރާ ސަލާމް ކޮށްލުމަށްފަހު އެ ކޮޓަރިއަށް ވަންނަން މިސްރާބު ޖެހިއެވެ. އޭރު ސިނާއާއި އޭނާގެ ޓީމު މީހުން އެތަނަށް އައިސް ހަމަވެއްޖެއެވެ.

އެއްވެސް ބޯޑެއް ނެތް ކޮޓަރީގެ ދޮރުގައިވަނީ ހުދުކުލަ ލައިފައެވެ. މުލައިލް މަޑުމަޑުން ދޮރު ހުޅުވާލުމާއެކު އިވިގެން ދިޔައީ ބާ ދަނގަޑު ކެހޭއަޑެވެ. އެ އަޑަށް މުލައިލްގެ އިތުރުން ދެން ތިބި މީހުންވެސް ސިހުނެވެ. މަރުގެ ހަމަހިމޭން ކަނަ ވެރިވެފައިވާ އެ ކޮޓަރީގެ ތެރޭގައި މުޅިންވެސް ބެހެއްޓިފައި ހުރީ ކުޑަކުދިން ކުޅެން ގެންގުޅޭކަހަލަ  މަޑު ބެއާ ފަދަ ތަކެއްޗެވެ. މުޅިތަން ފުރާ ކުޅޭ އެއްޗެހި ބެހެއްޓިފައި ވީއިރު ހުދުކުލައިގެ ކޯޓެއްލައިން ބުދެއްގެ ގައިގައި ބައްދާލައިން ކޮޓަރީގެ ކަނެއްގައި އިން ކުއްޖެއް އެމީހުންގެ ލޮލުގައި އަޅައިގަތެވެ. މަޑުމަޑުން އެހިސާބަށް ގޮސް ސިނާ އެ ކުއްޖާއަށް ލޯބިން ގޮވާލިއެވެ. ނިތްކުރި މަތިން ކޮށާލެވިފައިވާ އެ އިސްތަށިކޮޅުގެ ސަބަބުން ނާ އިސްދަށަށް ޖަހައިން އިނުމުގެ ސަބަބުން އެ ކުއްޖާގެ މޫނު އެއްވެސް ވަރަކަށް ނުފެނެއެވެ. ސިނާ ގޮވާލުމާއެކު އިސް އުފުލާ އެ ކުއްޖާ ބަލާލިއެވެ. ސިންގާއެއްގެ ސޫރަ ކުރެހިފައިވާ މޫނުމައްޗެއް އަޅައިން އިން އިރު ކުޑަކުއްޖަކާ ނުހަނު ވައްތަރެވެ. ނަމަވެސް ރަނގަޅަށް ބަލައިފަނަމަ އެއީ ބޮޑު މީހެއްކަން އެނގިންދާނެއެވެ. އެންމެން ވެސް ހައިރާންވެފައި ތިއްބާ އެ މީހަކު ތެދުވެއްޖެއެވެ. އަދި އެ ބުދުގައިގައި ބާރަށް ބައްދާލަމުން ރޯން ފެށިއެވެ.

އެއާއެކު އެތާތިބި އެންމެންގެ ހައިރާންކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. ސިނާ އަށް ބޭއިހުތިޔާރުގައި މުލައިލް އަށް ގޮވާލެމުނެވެ. މުލައިލް ވެސް އެ ވަގުތު މާބޮޑުކަމަށް އެކަން ނުހެދިޔައަސް އެ ނަމުން މުލައިލް އާ މުހާތަބު ކުރަން އަންގާފައި އޮންނަނީ ހަމައެކަނި އޮފީހުގައެވެ.

މުލައިލްގެ ނަން އަޑު އިވުމާއެކު އެ މީހަކު ރުއިން ހުއްޓާލިއެވެ. އެތަނުން އެކަކަށްވެސް ހައިރާންވެފައި ބަލަހައްޓައިން ތިބުން ނޫންކަމެއް ނުކުރެވުނެވެ. އެ މީހާ މަޑުމަޑުން މުލައިލެ ގެ ކާރިއަށް ޖެހުމަށްފަހު މުލައިލްއަށް ގޮވާލިއެވެ. “މުލް..ތީހަމަ މުލް ތަ؟.. މީ އާލް.. މުލް.. މީ އާލް.. އަހަރެން މިތަނުން ގެންދޭ..ޕްލީޒް. ސޭވްމީ މުލް..” އެ ކުއްޖާއެހެން ކިޔަމުން މަޑުމަޑުން މުލައިލްގެ ގާތަކަށް ޖެހެމުން ދިޔައެވެ. މުލައިލްވެސް ހުށިޔާރުވެލީ ދަނޑިވަޅުގެ ބޭނުން ރަނގަޅަށް ހިފާލާށެވެ. އަދި އަތުގައި އޮތް ޑާޓް އަތަށް ހެޔޮވަރު ކޮށްލިއެވެ.

“މުލް ވެސް؟؟؟ އާލް ހީކުރީ މުލް އާލް ދެކެ ލޯބިވާކަމަށް. އެކަކުވެސް ނުވޭ…އެންމެން ވެސް ގޯސް..އައި ސޯ ދެޓް..ގޯ އަވޭ!!!!” ހަޅޭއްލަވައި ގަންނަމުން އެކުއްޖާ އެތަނުގެ ފަހަތުގައި ހުރި ދޮރަކުން ނިކުމެގެން ދިޔައެވެ. މުލައިލްއަށް ލިބިފައިވާ ހައިރާންކަން ކިތަންމެ ބޮޑަސް އެ ކަންކަން އެއް ފަރާތް ކޮށްލަމުން ދުވެފައި އޭނާގެ ފަހަތުން ނިކުތެވެ. އެ ދޮރުން ވަދެވުމާއެކު އަނެއްކާވެސް ލިބުނީ އިތުރު ހައިރާންކަމެކެވެ. އެމީހުންގެ ސުވާލުތަކުގެ ބޮޅަށް އިތުރުވީ އާ ބޮޅެކެވެ. މިހާރު އެމީހުންނަށް އެ ތިބެވުނީ ބޮޑު ތަކުރުފާނު މަގުގައެވެ. އެއީ އެ ހޮސްޕިޓަލުގެ މައިދޮރު އިންނަ ފަރާތުގެ ފުރަގަހެވެ. އަނެއްކާވެސް ފެއިލްވީއެވެ. އެ މީހަކު ގެއްލުނީއެވެ. މުލައިލް ފުންނޭވާއެއް ދޫކޮށްލިއެވެ. ދެރޭ ނުނިދާ ހުރުމުގެ ސަބަބުންނާ ވިސްނާ ފިކުރުކުރުމުގެ ސަބަބުން އެ ދޮން މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. މަޑުމަޑު އަޅި މުށިކުލައެއް ހުންނަ އެ ލޯ ވަނީ ރަތްވެފައެވެ. މިހާރު އެމީހަކު ހޯދުމަށް އެތަކެއް މަސައްކަތެއް ކުރެވިފައިވާއިރު އެއްވެސް ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. އެއްމަސްދުވަހުގެ މަސައްކަތުން މުޅި އެކު ދެފަހަރު ހަމަލޮލަށް ފެނުމުގެ ފުރުސަތު ލިބި ނުފެނުމުން އެންނެންވެސް ވަނީ މާޔޫސްވެފައެވެ. ކޮންމެ ފަހަރަކުވެސް އެމީހުން ހައިރާން ކޮށްލަމުން އޭނާ ފިލަނީއެވެ.

އެއްމަސް ދުވަހުގެ ތެރޭގައި ހަރަތު މީހުން ނުހަނު އަނިޔާވެރި ގޮތަކަށް މަރާލެވިފައިވިރު މިކަން ވަނީ މުޅިރާއްޖެއަށް ސިއްރު ކުރެވިފައެވެ. މުލައިލް މެންގެ ޓީމުގެ އިތުރުން ގައުމުގެ ބައެއް ބޮޑުންނަށް ފިޔަވައެވެ. ފަސްވަރަކަށް މިނެޓުގެ ހަމަހިމޭން ކަމަށްފަހު ސިނާ އިސްވެ ވާހަކަ ދައްކަން ފެށިއެވެ.” ސާރ… އަޅުގަނޑު އޭރު ބުނީ ހަމަ ރަނގަޅަށް. އޭނަގެ އަޑުން އެއީ އަންހެނެއް ކަން އިނގޭ…އެކަމު މިހާރު ޔަގީންވެއްޖެ އޭނަގެ ޑީ އައި ޑީ ހުންނަކަން. އެއީ ޑިސޯސޮއޭޓިވް އައިޑެންޓިޓީ ޑިސްއޯޑާރ. މީ ވަރަށް އުނދަގޫވާނެކަމެއް. އެކަމު ހިތްވަރު އެލުވާލައިން ނުވާނެ. އެން ޓްރަސްޓް ކުރެވޭވަރު ސައިކޮލޮޖިސްޓެއްވެސް ބޭނުންވާނެ.” މުލައިލް އެއްވެސް ޖަވާބެއް ދިނުމެއްނެތި ކުރިއަށް ހިނގައިގަތެވެ. ދެން ތިބި މީހުންވެސް މިސްރާބުޖެހީ އޮފީހަށް ދިއުމަށެވެ. މިވަގުތު ކިތަންމެ ވާހަކައެއް ދެއްކިއަސް މުލައިލް އަޑު ނާހާނެކަން އެންމެނަށްވެސް އިނގޭތީއެވެ.

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. އަލާނިޔާ ރީތިވަމުން ދިޔައީ އެކުވެރިންނާ ބައްދަލު ކޮށްލުމަށް ރަސްފަންނަށް ގޮސްލާށެވެ. ހުދުކުލައިގެ ކްރޮޕް ގަމީސްކޮޅަކާ ކަޅު ސިކިނީ އެއްލައިންހުރި އިރު އެބައްޓަން ރީތި ހަށިގަނޑު ވަރަށްވެސް ފުރިހަމައެވެ. އިސްތަށިގަނޑަށް އެއްވެސް ގޮތެއް ނުހަދާ މިނިވަންކަމާއެކު ދޫކޮށްލެވިފައިވާއިރު އެ ސާދަކަމަށް އެތައްބައެއް ފިދާވާހާ ވެއެވެ. އަނެއްކޮޓަރީގައި އުޅޭ ޔުސްރާވެސް ރީތިވެލައިން ނިކުތްއިރު ހީވަނީ ހޫރު ޕަރީއެއްހެނެވެ. ލުއި މޭކަޕެއް ކޮށްފައިވާއިރު ރަތް ލޭކުލަ ޖައްސާލެވިފައިވާ ތުންފަތް އެ ދޮން މޫނު ފުރިހަމަ ކޮށްދީފައިވެއެވެ. ދަނބު ކުލައިގެ ކަކުލާ ހިސާބަށް އަރާހެދުމުގައު ހުރިއިރު އިސްތަށިގަނޑުވަނީ ދެފަރާތުން ނަގާ ފުރަގަހަށް ވާގޮތަށް ގަތާލެވިފައެވެ. ހީވަނީ ބޭންޑެއް އަލާލައިން ހުރިހެންނެވެ. ދެމީހުން އެކަކު އަނެކަކަށް ތައުރީފު ކޮށްލަމުން ފޮޓޯއެއް ނެގުމަށްފަހު ދާންވީ މަންޒިލާ ދިމާއަށް މިސްރާބު ޖެހިއެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

އިއުނާސް (1)

Next

ލޯބި އަހަރެން ވާނަމޭ

Next
May 1, 2017

ލޯބި އަހަރެން ވާނަމޭ

Previews
May 1, 2017

އިއުނާސް (1)

47 Comments!

  1. imagination says:
    May 1, 2017 at 1:13 pm

    hei everyone.. tests nimuni ma m back as promised.. so miothy furathama bai.. hope hurihaa kudhiinah ves kamudhaane kamah. and story up vaani sunday, tuesday and fridayga.. please leave a comment.. lots of luv <3

  2. Saandy says:
    May 1, 2017 at 1:23 pm

    V salhi feshun… V interesting story akah vaanehen heevany feshun aissa oiy gothun… Kon dhuvasthakehga mivaahaka up kurany?? Keep it up Imagination 🙂

    1. Saandy says:
      May 1, 2017 at 1:25 pm

      Story kiyan feshi iru neiy commenteh kiyaa nimigen comment kolli iru miothy aissa… Tuesday ah inthizaaruga mihury

    2. imagination says:
      May 1, 2017 at 1:26 pm

      thanks saandy <3 insha allah sunday tuesday and fridayga..

    3. Saandy says:
      May 1, 2017 at 1:29 pm

      Saandy aky Imagination ge fan eh.. fb id libidhaanetha?

    4. Manje says:
      May 1, 2017 at 9:11 pm

      Saandy chaance mat maaro tum . .Lol

  3. RiMu says:
    May 1, 2017 at 1:38 pm

    Neygunu vee nuvee ves.. Adhi eh faharu kiyan jeheyny… Reethi vaane kamah ummedhu kuran.. Name tha varah salhi v thafaathu.. Try ur best..

    1. imagination says:
      May 1, 2017 at 1:43 pm

      ikr.. fahah dhaavarakah hurihaa suvaalu thakehge javaabu thakeh libemun dhaane ingey.. thanks rimu <3 <3

    2. RiMu says:
      May 1, 2017 at 1:48 pm

      Ur wlcm.. I will keep reading… Waiting for Nxt part ?

  4. Shau says:
    May 1, 2017 at 1:46 pm

    Abadhuves biruveri romantic stories thah v v kiyaa hihvey… N mi story v thafaath vaane hen heevany.. Ummeedhu kurany up kuraane kamah dissapoint Nukoh.. Thnxx imagination fr da luvly story.. Keep it up??

    1. imagination says:
      May 1, 2017 at 2:47 pm

      thanks.. in sha allah disappoint eh nukuraanan??

  5. RiMu says:
    May 1, 2017 at 1:46 pm

    Dhe faharu Keema egijjeh, aslu thin baeh dhww miulhenee kiyamun dhiyairu 3 Bai mix Vefa Othyma olhuny ery.. Neyge bune dheykah.. Hope Nxt part wud b better.. IMAGINATION salhi Igeyy vaahaka.. Do ur best ?

    1. imagination says:
      May 1, 2017 at 2:49 pm

      haha.. thanks. aslu meega mi ulheni friends thakeh and a villain. dhen film star yaki ves vaki part eh.. ??

  6. Shau says:
    May 1, 2017 at 1:49 pm

    Imagination plxx plxx story up kurahchey.. Gina faharah Writters hama story thah liyun huhtaalany 3episode upkurumah fahu.. Story hama habeyss.. Gudluck??

    1. imagination says:
      May 2, 2017 at 12:05 pm

      labba. nuhuhttaanan. in sha allah.. thanks shau ?

  7. Jjj says:
    May 1, 2017 at 2:00 pm

    Ebain mistake eh, i consider it a mistake cause law kiyavaigen vakaalathu kureven nufesheyne, adi specially criminal kameh at the age of 19! Because 16 years ga olevel ninmafa 17 & 18 years ga alevel hadhaigen law ah join kohgen are you saying she studied widin a year? Or else if she skipped alevels, 3 years therey law eh nukiyeveyne. Realistic koh gendiyaima adi maa salhi vaane. Anehhen vrh salhi noice plot. ?? no hard feelings.!!!

    1. Jjj says:
      May 1, 2017 at 2:10 pm

      Vakalathu kureven nufesheyney mi bunee vakalathu kurumuge huhdha libunas crime thanthanuga libeyney after a year or so

    2. imagination says:
      May 1, 2017 at 2:50 pm

      aan dhw.. age ah visnaanulaa liyevifa eyni.. dhen mifaharu imagine kohlaani dhw. ?? hehe glad u liked this. and more comments fennaane kamah ummeedhu kuran ?

  8. Zail says:
    May 1, 2017 at 2:08 pm

    Interesting hmm ..I think its gonna b nice ..waiting fr next part ..keep it up imagination?

    1. imagination says:
      May 1, 2017 at 2:45 pm

      thank you <3

  9. i sher says:
    May 1, 2017 at 2:26 pm

    Very interesting…..hevey varah rethi vaaehen…?

    1. imagination says:
      May 1, 2017 at 2:46 pm

      thanks i sher.. keep reading ..

  10. Report! says:
    May 1, 2017 at 3:27 pm

    Wow.. V reethi vaane hen heeevani. Adhi ekm ekah cheh ces neygeythi kudakoh vaanu vaaga. Hope annan huri parts thakuga vaanuvaa ingeyne kamah..❤

    1. imagination says:
      May 2, 2017 at 12:07 pm

      ahah.. okey. in sha allah dhen anna part ga kommesvarakah ingeyne… hope to see more comments of u.. ?

  11. Dhimyan says:
    May 1, 2017 at 3:29 pm

    Mi vaahaka rythi vaane henhyvany

    1. imagination says:
      May 2, 2017 at 12:08 pm

      thank you dhimyan <3

  12. nonns says:
    May 1, 2017 at 4:03 pm

    I love it. Upcoming parts reethi vaanehen heevey

    1. imagination says:
      May 2, 2017 at 12:08 pm

      awwnn.. ? thanks nonns

  13. shafu says:
    May 1, 2017 at 5:29 pm

    reethi……..when next part

    1. imagination says:
      May 2, 2017 at 12:09 pm

      thanks. in sha allah miadhu liyefa up kohladheynan

  14. Jjeyツ says:
    May 1, 2017 at 6:05 pm

    V v v v v v v v v v v v v v v v salhi???. V v interesting. Btw faahaga vi one mistake. ‘Gen’ beynun kuran jehey than thanuga ‘gen’ beynun nukoh vaahaka dhahkaa style ah liyevifa huhnakan v faahaga vi. Misaalakh last paragraph ga skiny eh laigen liyumugen badhal ga liyefa inii skinii eh laiin… hope next part ga rangalhu kollane kamah. Other things hama perfect ingey… v improved kureega liyun vahaka yaa balaafa.. waiting for nest part dear?❤

    1. imagination says:
      May 2, 2017 at 12:10 pm

      labba. in sha allah dhen ekahala mistakes madhu kureveytho balaanan.. thanks thihaa supportive veema.. ?

  15. Anonymous says:
    May 1, 2017 at 7:41 pm

    Mistake eh..
    ?
    Hatharu jahan jeheythaakh…harathu jahaafa iny

    1. imagination says:
      May 2, 2017 at 12:11 pm

      woops.. mi rangalhu kohllani.. thanks ?

  16. S.S.R says:
    May 1, 2017 at 8:17 pm

    Feshun varah reethi! kon irakunba 2 vana part kiyaalan libeyny?

    1. imagination says:
      May 2, 2017 at 12:11 pm

      in sha allah today.. thanks s.s.r ?

  17. Jinn says:
    May 1, 2017 at 8:36 pm

    mikahala vaahaka varah reethi vaane hen heevany!

    1. imagination says:
      May 2, 2017 at 12:12 pm

      thanks

  18. angry says:
    May 1, 2017 at 9:10 pm

    Miyakun neygey vaanuvaa…baivaru nanthah hureema…foohii

    1. Imagination says:
      May 1, 2017 at 10:24 pm

      Woops. Sorry kuriyah huri baithah kiyaalaane kamah ummeedhu kuran.eyrun ingeyne..?

  19. Shaa says:
    May 1, 2017 at 10:21 pm

    Haadha baivaru meehun ulheye..vaanuva

    1. imagination says:
      May 2, 2017 at 12:13 pm

      dhen anna art kiyaalah chey.. eyrun ingeyne okey?

  20. Kiara says:
    May 2, 2017 at 12:47 am

    Effaharu kiyaigen vaanuvaa eh neyngunu..
    Olhun bolhun araafa innanee..

    Furathama kiyamun dhiya iru heevee crime scene aee nagamun dhiya film ge shot hen..
    Ekm fahun adhi mi eguny vaki vaki kanthah thah kann..

    Thafaathu bayehge vaahaka genna iru “********” mi gothah hadhalaafa inna nama vs kudakoh get vaan faseyha vaane..
    Hiyaaleh mee dhn..

    1. imagination says:
      May 2, 2017 at 12:14 pm

      okey.. dhen anna part thigothah.. thanks thi cool hiyaalah ?

  21. Maree says:
    May 2, 2017 at 8:21 am

    v reethi

    1. imagination says:
      May 2, 2017 at 12:14 pm

      thank you maree <3

  22. Ko Chuu says:
    June 20, 2017 at 11:29 pm

    Aye, I’m impressed

Comments are closed.

Next Episodeއެދެމޭ ކަލާޔާ ގާތުގާ ވުމަށް (ދެވަނަބައި)←


All Right Reserved!