Skip to content
އެސްފިޔަ

މާހާ 1

ދުވަހަކީ ދުނިޔޭގެ ކުޑަކުދިންގެ ދުވަހެވެ. ފުއްޓަރުފުށީގެ މަދަރްސާގައި އެކަން ފާހަގަކުރެވެމުން ދިޔައިރު، އެމަދަރުސާގެ ގޯތިތެރެވަނީ، އެކި އުމުރުފުރާތަކުގެ މީހުންތަކުން ފުރާލެވިފައެވެ. އެތަނުގައި ގިނައީ ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިންނެވެ.

” ޕައްއްއްއް ” ކުއްލިއަކަށް އެއްޗެއް ފަޅައިގެންދާފަދަ ބާރުއަޑެއް ކަންފަތްދޮށުގައި އިވުމުން، ސިހިފައި މާހާއަށް ބަލާލެވުނެވެ. އޭރު، އޭނާއާއި ޖެހިގެން ހުރި ގޮނޑީގައި އިން ޝިމާޒް އިނީ އަނގަޔަށް ވަރަށް ހެއްވާ ވައްތަރެއް ޖައްސައިގެން، މަލެއްދޭ ފަދައިން ޕިނެއް ދިއްކޮށްގެންނެވެ. ފަޅައިގެން ގޮސްފައިއޮތް މާހާ ގެންގުޅުނު ރަތް ފުއްޕާހަމުގެ އެތިކޮޅުތައްވެސް ބިންމަތީގެ އެކި ދިމަދިމާއަށް އެޅިފައިއޮތެވެ. ޝިމާޒް އިންގޮތް ފެނުމުން މާހާއަށް ބިނދެބިނދެފައި ވަރަށް ބާރަށް ހޭންފެއްޓުނެވެ. މާހާ ކިތަންމެ ވަރަކަށް އަދި ކިތަންމެ ގިނައިރަކު ހޭންއިނަސް ޝިމާޒްއަށް ވަރިހަމައެވެ. ޝިމާޒް އިނީ ހަމަ އޭނާގެ ގޮތުގައެވެ. އެހެންކަމުން، މާހާއަށްވެސް ހޭންފެއްޓިގޮތަށް އެތައްއިރެއްވަންދެން ހުއްޓުމެއްނެތި ހެވުނެވެ.

އޭރު، އެދެކުދިން ތިބީ މަދަރްސާގައި ކުޑަކުދިންނަށް ޚާއްސަކޮށްގެން އޮތް ހަރަކާތްތަކުގެ ތެރެއިން ފުއްޕާހަން ފަޅާ ހަރަކާތުގައި ބައިވެރިވެގެންނެވެ. އެހަރަކާތުގައި ޖެހެނީ ފުއްޕާހަން ފުއްޕިފުއްޕީނުން ފަޅާލާށެވެ. މޮޅުވާނީ އެންމެ އަވަހަށް ފުއްޕާހަން ފަޅާލެވޭ ކުއްޖެކެވެ. މާހާ ގެންގުޅުނު ފުއްޕާހަން ޝިމާޒް ކުއްލިއަކަށް ފަޅައިލީ ހަމަގަސްދުގައެވެ. ފުއްޕާހަން ފުއްޕާފައި، އެފަޅާނުލެވިގެން މާހާ އުޅުނު ގޮތް ޝިމާޒް ވަނީ ދެކިފައެވެ. އޭރު، މާހާ ހުރީ ދާހިއްލާ، ފާޑެއްގެ ގޮތެއްވެ، ދެލޯވެސް ބޮޑުވެފައެވެ. މާހާގެ ފުއްޕާހަމަށް ޝިމާޒް އަތުގައި އޮތް ޕިން ހަރާލީ އެމަންޒަރު ބަލަން ކުޅަދާނަނުވެގެންނެވެ.

“ޔޭ.. ޔޭ.. އަހަރެން މޮޅުވީ..” ޢުމުރުން 12 އަހަރުގެ މާހާ، އޭނާއިން ގޮނޑިން ތެދުވެ، ކޮޅަށްހުރެ، ފުއްމަންފެށިއެވެ. އޭރު، އަދި އެހެން ކުދިން އުޅެނީ އެކުދިންގެ ފުއްޕާހަން އެއްކޮށް ފުއްޕާވެސް ނުނިމިގެންނެވެ. މާހާގެ ހަރަކާތްތަކަށް ބަލަންއިން ޝިމާޒް އިނީ، އޭނާގެ ފަރާތުން މާހާ އުފާވާފަދަ ކަމެއް ކޮށްދެވުނީތީ ހިނިތުންވެލައިގެންނެވެ.

އިނާމުގައި ހިފަމުން މާހާ ޝިމާޒްއަށް ބަލައިލީ ޝުކުރުވެރިކަމުގެ ލޮލަކުންނެވެ. ޝިމާޒް ކުރިކަމަކުން އޭރު އޭނާ ސިއްސައިގެން ދިޔައަސް، މިހާރު އެހުރީ ވަރަށް އުފާވެފައެވެ. އޭނާގެ ހިނިތުންވުމުން އެކަން ފާޅުވޭވެ ހުއްޓެވެ. ދެކުދިން ވެގެން އިނާމު ކެނޑިއިރު، އޭގައި ހުރީ ޗޮކްލެޓާއި މެޓަލެވެ. އެއެއްޗެހި މާހާ ކެއީ ޝިމާޒަށްވެސް ދީގެންނެވެ.

………………………….

” ޒ.އަތޮޅު މަދަރްސާގެ ގްރޭޑް 6 އޭ ކުލާހުން، ސްޓޭޖް މަތިން އޭ ފާސް ހާސިލް ކުރާކުދިން. އައިޝަތު މާހާ ނިޒާރު. ”

” ޒ. އަތޮޅު މަދަރްސާގެ ތަކުގެ މެދުގައި ބޭއްވުނު 88 ވަނަ ގުރުޢާން ކިޔެވުމުގެ މުބާރާތުން 3 ވަނަ. އައިޝަތު މާހާ ނިޒާރު. ”

މިއިން ކޮންމެ ފަހަރެއްގައި އޭނާގެ ނަން ގޮވައިލެވޭހިނދު، މާހާ އިނާމުބަލާ ދަނީ ހިނިތުންވެ ހުރެގެންނެވެ. އެހިނިތުންވުން އޭނާއަށް ހައްގުވެސްމެއެވެ. މާހާ އިނާމު ބަލާ ދާތަންބަލަން ތިބޭ ގިނަމީހުން ތިބެނީ ހަސަދަވެރިވެފައެވެ. އަނެއްބައިމީހުން ތިބެނީ އަޖައިބުވެ، އަންތަރީސްވެގެން ތަލިން ކުޅުހިކޭގޮތްވެފައެވެ. ވާނީވެސް އެހެންތާއެވެ. މާހާއަކީ ކިޔެވުމުގައި ގްރޭޑް ފެންވަރުގައި ފާހަގަކޮށްލެވޭ ކުއްޖަކަށްވެފައި، އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވެ އެކަންތައްތަކުންވެސް މޮޅު ކާމިޔާބީ ތަކެއް ހާސިލްކުރަމުންދާ ކުއްޖެކެވެ. މީހަކު ކިތަންމެ ވަރަކަށް ހަސަދަވެރިވިއަސް، އެކަމަކާ މާހާ މާ ބޮޑު އަޅައެއް ނުލައެވެ.

މާހާގެ ކާމިޔާބީގެ ސިއްރު ހޯދުމަށްޓަކައި، ބައެއް ބެލެނިވެރިން އޭނާގެ މަންމައާވެސް އެތައް ސުވާލުތަކެއް ކުރިމަތިކުރިވައެވެ. ” އޭނަ ކިޔަވަނީ އިމްތިހާނު ޖެހެން އުޅޭއިރުން. އާއްމުކޮށް އޭނާ އުޅޭނީ ރައްޓެހިކުއްޖެއްގެ ގެއަށް ގޮސް ހީސަމާސާކޮށް މަޖާކުރުމުގަ. ފޮތެއްގައި އަތްލަނީ ވަރަށްމަދުން. އޭނަ ކުރަހާ، ގުރުއާންކިޔަވާ، ނޫނީ ކުޅިވަރުގެ ކޮންމެވެސް ކުއިޒެއްގަ އުޅޭނީ. ކިޔަވަމުންވެސް އެކަންކަން ކުރާނެ. އެއްދުވަހަކާ އެތައް ހަރަކާތަކުވެސް ބައިވެރިވެދާނެ މަދަރްސާއަށް ދަމުންވެސް.  އެކަންކަން އޭނާ ފުރިހަމަ ކޮށްލާ ގޮތާއި މެދު ޚުދު އަހަރެންވެސް އަޖައިބުވޭ.” މަދީހާއަށް އެސުވާލުތަކުގެ ޖަވާބުދީފައި އަވަދި ނުވެއެވެ.

ބެލެނިވެރިން މަސައްކަތްކުރަނީ އެމީހުންގެ ދަރިންވެސް މާހާފަދަ މޮޅު ކުއްޖަކަށް ހެދޭތޯއެވެ. ގިނަ ބެލެނިވެރިން  އެމީހުންގެ ދަރިންނަށް ނަސޭހަތްދެނީވެސް މާހާއާއި އެކުވެރިވެގެން އުޅެ މޮޅުވުމަށެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި މޮޅުކުއްޖަކާއެކީ އުޅޭނަމަ އެހެން ކުދިންނަށްވެސް އެކަމުން ހެޔޮ އަސަރު ކުރާނެއެވެ. ކަންވަނީވެސް އެހެންނެވެ.

މާހާއާއި އެކީއުޅޭ ގިނަ ކުދިންނަކީވެސް ވަރަށް މޮޅުކުދިންތަކެކެވެ. އެކުދިން މާހާއާއި ގުޅެނީވެސް މާހާ މޮޅުކަމުންނެވެ. އެކަން އޭނާ ފާހަގަ ކުރަނީ ދަށް ނަތީޖާ ލިބޭ ކުދިން އައިސް އެއިން ކުއްޖަކާ މާބޮޑަށް އެކުވެރިވެ ގުޅޭން އުޅެފިނަމަ، އެކުދިންނާއި އެކަހެރިހެރިވެ، ދުރުކޮށްލާގޮތުންނެވެ.

އެހެންނަމަވެސް، މާހާއަކީ އެފަދަ ކުއްޖެއް ނޫނެވެ. އޭނާ ކިތަންމެ މޮޅަސް، ބޮޑާވެރިކަމުގެ އެއްވެސް ސިފައެއް ނުހުރެއެވެ. އޭނާ، އެކުދިންވެސް ގެންގުޅެނީ ވަރަށް ގާތްކޮށްގެންނެވެ. ޝިމާޒަކީވެސް އެތަނުން ކުއްޖެކެވެ. މާހާގެ ކިލާހު އެކުވެރިއެކެވެ. މާހާ، އެކުދިންނާއި ވާހަކަދައްކައި ހީސަމާސާވެސް އެވަރަށް ކުރެއެވެ. އަދި ފިލާވަޅުވެސް ބުނެދެއެވެ. އެރީތި ސިފަ މާހާގެ ކިބައިގައި ހުރުމުގެ ސަބަބުން އެކުދިންގެ ހިތްތަކުގައިވެސް އެއްވެސް ބުރަކަމެއް މާހާއާއިމެދު ނުވެއެވެ. މާހާގެ އެކުވެރި މޮޅު އެހެން ކުދިން، އެކުދިންނާ މެދު ކަންތައްކުރާގޮތުން އޭނާގެ ހިތްވެސް ނުރުހެއެވެ. ބައެއްފަހަރު ފޫހިވެސްވެއެވެ. އެކުދިންގެ ކޮންކުށެއް އޮވެގެން ބާއޭ އޭނާގެ ހިތަށްވެސް އަރައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (22)

  1. nonns

    Reethi vaanehen heevey

    1. Rose Mallow
      nonns

      Iraadha kurehviyya.. 🙂

  2. nuz

    wow varah reethi dhaa goeh waiting heavay v asarugadhavaaneheh daily kon up kohladhaythi gl dear

    1. Rose Mallow
      nuz

      Thanks .. iraadha kurehviyya hama nuz thi heekura kahala vahaka akah vaane 🙂

  3. shafu

    v reethi…. when next part

    1. Rose Mallow
      shafu

      thanks dear .. wednesday 🙂

  4. Shaa

    When next part up kurany????????

    1. Rose Mallow
      Shaa

      wednesday 🙂

  5. Shahoo

    Heevany reethi vaanehen. Vaahaka genesdheny kn dhuvasthakehga tho?

    1. Rose Mallow
      Shahoo

      Thanks dear ..Monday.. wednesday ga.. 🙂

  6. Nikko

    Dhen alhe hiyaaly vaahakayakas onna atholheh onna rasheh kynama

    1. Rose Mallow
      Nikko

      sorry dear.. Rose ves thihen visnaafa ves ekam vahakaige gothun aslu nameh dheyhiyy nuvee..

    2. Rose Mallow
      Nikko

      Vahaka nimuneema rose bunaanan ei keehvekan..

  7. Maako

    Varah reethi might part ves

    1. Maako
      Maako

      Mi*

    2. Rose Mallow
      Maako

      thanks maako 🙂

  8. Chum handi

    vrh salhi….. when next part…

    1. Rose Mallow
      Chum handi

      Thanks dear.. Wed.. nd Chum handi ” Thi name varah unique. 🙂

  9. SomeOne

    No hard feeling..
    Okay..??

    Knme kujjaku vs furathama vaahaka kiyaafa salhi vma, nuvatha salhi vaane kamah unmeedhu koffa comment kurany..
    Dhn vaahaka hadi hen heevaa kudhin alhaa nulaa ehn vaahaka eh kiyanee comment eh kohnulaa..

    Ekm mi faharu hithah eree kamu nudhiyas bunelan..

    Mi Vaahaka kiyaafa continue kuraa hitheh neh..
    Hiyaalakee thafaathu ehchennu..
    Eki meehumah kamudhaany eki ehches ennu..
    Sorry..

    Ekm thy vaahaka liyan molhu kujjeh kan engey..
    And All The Best..?
    Rose ge ehn vaahaka eh liyan fesheema kiyaalaanan..
    Ehchekeh heenukurahchey..
    ??

    1. Rose Mallow
      SomeOne

      Ya. its ok . Eki meehunnah kamudhaanee vs eki vahaka. I understand your feelings. Thanks. thi dhin hiyyvarah 🙂

  10. myly❤

    good job rosemallow waiting for the next

  11. ammmmmday

    good stry… eki meehunge hiyaalu thafaathu vaane.. so e ee mahsalaeh nun you can keep it up..

Comments are closed.