ކުއްލިއަކަށް އެކޮޓަރިތެރެ ރަތް ކުލައިން ދިއްލިގެން ދިޔައެވެ. އީތަން ފަހަތް ބަލާލިއެވެ. ރޭނގަޑެއްފަދަ އަނދިރިކަމަކުން ކަޅުވެފައިވާ މޫނެއްގެ ވެރި އަންހެނަކު އެކޮޓަރީގެ މެދުގައި ހުއްޓެވެ. ހުދު ފަށުވިކޮޅެއްފަދަ ދިގު އިސްތަށިގަނޑު ވަޔާ ވިހުރެމުންދިޔައިރު ދެފައި ބިންމަތީގައި ނުޖެއެހެވެ. އެމިހާގެ ދެލޯ ލޭރަތް ކުލައިން ދިއްލިގެން ދިޔައިރު އިސްކޮޅުން ދިގުކަމުން ސީލިންގުގައި ކިރިޔާ ނުޖެހޭ ކަމެވެ. އެމީހާއާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު އީތަން ގުދުވެލަމުން ކަރުބުޑުން ހަޅޭލަވާގަތެވެ. އެވަގުތު އީތަންގެ އަނގައިން އަލިފާންކަނި ބުރައިގެން ދިޔައެވެ. އިސާހިތަކު […]
އެކަކު އަނެކެއްގެ އަތުތެރޭ ނިދާފައި ތިބީ ކުރިއަށް އަންނަށް އޮތީ ކިހާ ބޮޑު ތޫފާނެއްކަން ނޭނގޭ ހާލުގައެވެ. މާޔާއާއި އެކީ މިއަދު އުފާވެރި ދިރިއުޅުމަކަށް އެޅި ފުރަތަމަ ފިޔަވަޅަކީ މިގޮތަށް ދެމި އޮންނާނެ އެއްޗެއް ނޫންކަން އެނގޭނެ ނަމަ މިރޭ ނިމިގެން ދިޔައީ ހީ ހިތާމަކުރުގައިކަން ގައިމެއެވެ. ………………………………………………………………………………. ދުވަސްތަށް މާޒީއާއި އެކުވަމުން ދިޔައީ އެތަށް ބަޔަކަށް އެކި ކުލަތަށް ދައްކަމުންނެވެ. ބައެއް މީހުންގެ ހިތުގައި އުއްމީދުތަށް އާލަވެ ކުލަގަދަ ހުވަފެންތަށް ދެކެމުން ދިޔައިރު އަނެއް ބައި […]
ލިއާ ގެ މި ވާހަކަ ވަރަށް އަވަހަށް ފެނިގެންދާނެ… 🙂 އިންތިޒާރުކޮށްލައްވާ!
ހުދު ކުލައިގެރީތި ވެޑިން ޑްރެސްގައި ލުއި މޭކަޕެއްގައި ޝަނާޔާގެ ރީތިކަންވަނީ ދެގުނައަށް އިތުރު ވެފައެވެ. ޑްރެސިން ޓޭބަލްގެ ކުރިމަތީގައި އަލަތު ކައިވެންޏަށް ތައްޔާރުވެގެން އިން ޝަނާޔާގެ މޫނުމަތީގައި ވަނީ ނުތަނަވަސް ކަމެވެ.އޭނާގެ ހަށިގަނޑުން އެއްބައި މަދުވެފައިވާ ކަހަލައެވެ.އެހިތަށް ލުޔެއް ލިބޭތޯ ވެސް ވާހަކަ ދައްކާނީވެސް ކާކު ގާތު ކީކޭ ކިޔާފަކަމެއްވެސް އޭނާ އަކަށް ނޭނގެއެވެ.އިނގޭހާވެސް ކަމަކީ އޭނާގެ ހިތުން ބައެއް މަދުވާ ކަމެވެ.އަދި ޔާނިޢުގެ ލޯބިން ޝަނާޔާގެ ހިތް ނުފުރޭ ކަމެވެ. “ޖިއާން ދަރިފުޅާ!މަންމަ މިއައީ ދަރިފުޅު […]
ދެމީހުންނަށް ހޭވެރިކަންވީ އެންމެން އެއްފަހަރާ ހަޅޭއްލަވައިގަތުމުންނެވެ. އެންމެން ފޯރިނަގާފައި ސަކަރާތް ޖަހަމުން ދިޔަ އިރު އަމާންވެސް އުޅުނީ ހަޔާ ކޮނޑަށް ލައިގެންނެވެ. ހަޔާ އެނާގެ އަތުތެރޭގައި ގެންގުޅެލާގޮތުން ހުދު ހަޔާވެސް ހުރީ އަޖައިބުވެފައެވެ. 6 ޖެހުމުން ހުރިހާ ފިރިހެންކުދިން ގެޔަށްދިޔައީ ހުރިހާ އަންހެންވެރިން ގެއަށްލާފައެވެ. އަމާންވެސް ހަޔާ ގެއަށްލާފައި ގޮސް އޭނާވެސް ގެއަށްވަދެ ފެންވަރާލައިގެން އެނދުގައި ޖައްސާލިއިރު އެތުންފަތްމަތީ ވަނީ ހިނިތުންވުމެކެވެ. ދެލޯމަރާލައިގެން އޮތްއިރު މިއަދުވީ ހުރިހާކަމެއް ހަނދާންކުރަމުން ދިޔައެވެ. “ދަރިފުޅާ” ދޮރުގައި ޓަކިޖަހާލަމުން ޒުބޭދާ އަމާންއަށް […]
“އާލް..ދެން ކިހިނެއް އަހަރެމެން ހަދާނީ..މުލް މެން ކާރިއަކުވެސް ނުބުނެވޭނެ. އަހަރެމެންވެސް އެގޮތަށްތަ މަރުވެގެން ދާނީ..ނޫން އާލް…ނޫން…އެއީ އަޅެ ކޮންކަހަލަ މީހެއް. އިންސާނުންތަކެއް ނޮޅާލައިގެން އެކި ގުނަވަންތަކޭ އެކަނީ..އާލްގެ މަންމަ އާ ބައްޕަވެސް.. ދެން އަހަރެމެން…ނޫން އާލް.. އަހަރެން ބޭނުމެއް ނޫން މިހެން ވާކަށް އަހަރެން ބޭނުމެއް ނޫން އާލްއާ ވަކި ވާކަށް އަހަރެންގެ މަންމަ….ވެސް..ނޫން……!!!!!” ރޭގަނޑުގެ އެ ހަމަހިމޭން ވަގުތުވެސް އަހަރެމެންގެ ބިރުވެރިކަން ވަނީ އިންތިހާއަށް ގޮސްފައެވެ. އެންމެން އެންމެ ހިތްހަމަ ޖައްސާލައިގެން ނިދާވަގުތު އަހަރެމެން ދެމީހުންގެ […]
ދިމްރާއަށް އެ އެއްޗެހި ދަސްކުރަން ހުއްޓާ އިތުރު މެސެޖެއް އާއި އަޑު އިވިގެން ދިޔައެވެ.އެހެންކަމުން އަވަސް އަވަހަށް ގޮސް ބަލައިލިއިރު F-83 ނަންބަރު ފައިލް ދިނުމަށް ޔުއާން މެސެޖު ކޮށްލާފައި އޮތެވެ.އެއާއެކު ވަގުތުން ދިމްރާ އެ ފައިލް ހޯދާފައި ފައިލް ލާން ހާއްސަ ކޮށްފައިވާ ޖާގަޔަށް ފައިލް ލިއެވެ.ދެމިނެޓުވެސް ނުވާނެއެވެ. ވީއިރު ޔުއާން އިންނާނީ މިހާރު ރަނގަޅަށްވެސް ހައިރާންވެފައެވެ.ލިބުނު ކާމިޔާބުގައި ދިމްރާ ކުޑަކޮން ނަށާލާފައި ގޮސް ގޮނޑީގައި އިށީނެވެ. “މީޓިންއެއް އެބައިން ދިހަ މިނެޓް ތެރޭ..މުނާޒު ކައިރިއަށް […]
ޝަނާޔާ ގޮސް ފެންފުޅިއެއް ހިފައިގެން ކޮޓަރިއަށް ވަދެ ދޮރު ތަޅުލި އަޑަށް އެނދުގައި އިށީނދެލައިގެން އިނދެ ފޯނާއި ކުޅެން އިން ޔާނިޢުއަށް ސިހިފައި ޝަނާޔާއަށް ބަލައިލެވުނެވެ. ޝަނާޔާ މަޑު ހިނގުމެއްގައި ގޮސް ފެންފުޅި ޑްރެސިން ޓޭބަލް މަތީގައި ބެހެއްޓުމަށްފަހު އައިސް ޔާނިޢުގެ ގާތުގައި އިށީނެވެ.މިރޭ ޔާނިޢު ޝަނާޔާގެ ކައިރީ މަޑުކުރުމުން އޭނާގެ ހިތަށްވަނީ ލުޔެއް ލިބިފައެވެ.ޔާނިޢު އެދެމެދުގައި އޮތް ބާލީސް ނަގާ ޝަނާޔާއާއި އިތުރަށް ކައިރި ވެލާ ޝަނާޔާގެ ގައިގައި ލޯބިން ބައްދާލީ އެހިތުގައިވާ ހިތާމަތަކަށް ކުޑަނަމަވެސް […]
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަދިވެސް އަނާނީއަކާ ރީޝާ ވާހަކައެއް ނުދައްކައެވެ. ކޮލެޖުން ފެނުމުން ބީރައްޓެހި ގޮތަކަށް ހިނިތުންވެލާކަން އެކަންޏެވެ. އެވެސް މަދު ފަހަރަކުއެވެ. މިކަމާ އަނާނީ ކިތައްމެ ދެރަވިޔަސް، އަދިވެސް އިސްވެ ވާހަކަ ދައްކަން ޖެހުލުންވެއެވެ. އަރީން ބުނިހެން، ރީޝާއަށް އަމިއްލައަށް ވިސްނުނީމާ އައިސް ވާހަކަ ދައްކަން ފަށާނެ ކަމުގެ އުއްމީދުގައި ހުރީއެވެ. ނަމަވެސް އެހެން ވާ ތަނެއް އަދި ނުފެނެއެވެ. އަނެއްކޮޅުން އެދުވަހަށްފަހު އަރީންއަކާވެސް ދިމައެއް ނުވެއެވެ. ހަޤީޤަތުގައި އަރީންގެ ނަންބަރު އަދިވެސް އިނީ ބްލޮކު […]