އަފްރިންގެ ރީތި ހިތްގައިމު ހިގުމުގައިވެސް އެކުލެވިގެންވަނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެކެވެ.މާގިން އިރެއްނުވެ ގެއަށް ދެވުނެވެ.އަފްރިން ނަވިން އަށް ބަލާލައިފައި ހީލިއެވެ.އަފްރިންގެ އެލުއި ހިނިތުންވުން ފެނިފަ ނަވިންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ.ތެދެކެވެ.ވަރަށް ރީތި އަދި އެހާމެ މުއްސަނދީ ކުދިންވެސް ނަވިން އަށް ފެނިފައި ވެއެވެ.ނަމަވެސް މިހިތްގައިމު މަޑުމޮޅި ކުއްޖާއަށް ނަވިންގެ ހިތް ލެބެން ފަށައިފިއެވެ.ނަވިން ސިހުނީ އަފްރިން ޝުކުރު އަދާ ކޮށްލުމުންނެވެ.ނަވިންއަށް ހިނިތުން ވެވުނެވެ.ނަވިން އަށް އެއްޗެއް ނުބުނެވިގެން އުޅުނު އިރު އަފްރިން ގެއަށް ވަދެއްޖެއެވެ.އޭރު ދައްތަ ވެސް ނުނިދައެވެ.އަފްރިން ގެއަށް ނައިސްގެން ނުނިގެން އިނީއެވެ.އަފްރިންގެ ތެމި ފޯވެފައިވާ ހަށިގަނޑު ފެނުމުން ބޮޑުދައިތަ ހިތްހަމަ ނުޖެހުނެވެ.އަދި ބުންޏެވެ.ދަރިފުޅާ.ބޮޑުދައިތަ ކިތަށް ދުވަހު ބުނެފިން ރޭގަނޑު އަތިރީ ޖޯލީގައި ނޯންނަަަަަަށޭ މިވަރަށް ބުނާއިރުވެސް ތިކަމެއް ނުހުއްޓޭ.މީހުން އަބަދުވެސް އެތަނުގެ ނާމާން ވާހަކަ ދައްކާ.ދަރިފުޅު ބިރެއްވެސް ނުގަންނަނީތަ؟އެހެން ބުނުމުން އަފްރިން ހީލައިފައި ބުންޏެވެ.އަހަރެން ބިރެއް ނުގަނޭ.އެއަށް ވުރެ އިންސާނުންދެކެ އަހަރެން ބިރުގަނޭ.އެހްނ ނޫނަސް ތިކަހަލަ ކަމެއް އަޅުގަނޑަކާއި ދިމަލެއް ނުވާނެﷲ އިރާދަކުރައްވަފިއްޔާ،ދައްތާ ދެން އަޅުގަނޑު މިދަނީ ފެންވަރަން.ދައްތަ ނިދަންދޭ އަވަހަށް.އަފްރިން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ
ހުރިހާ ވާހަކައެއް ދެއްކި އިރު ކަންފަތް ދީގެން ނަވިން ހުއްޓެވެ.ނަވިން އަށް އެގުނީއެވެ.،އަފްރިން ކޮންމެ ރެއަކު ދާތަނެވެ.ހިތްހަމަޖެހުނެވެ.އުފާވިއެވެ.ދެން އޭނާ އަފްރިން އާއި ބައްދަލު ކުރާނީ އެތަނުންނެވެ.އަފްރިންއާއި ވާހަކަ ދެއްކުމަށް ނަވިންގެ ހިތް މިހާ އެދެމުންދަނީ ކީއްވެކަމެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ.ވާރޭ އެރު ހުއްޓާލައިފިއެވެ ގެއަށް ދިއުމަށް ނަވިން ހިގައިގަތެވެ.އޭރުވެސް ޖެހޭ ފިނި ރޯޅީގެ ސަބަބުން ނަވިންގެ ހަށިގަނޑު ތުރުތުރ އަޅމުންދިޔައެވެ.އެވަގުތު ހަދާންވީ އަފްރިން ނަވިންގެ ހަށިގަނޑުގައި ބައްދާލި ގޮތެވެ.އެނޭވާގެ އިހްސާސް ނަވިންއަށް ކުރެވުނު ހިނދު ނަވިންގެ ހިތުގެ ގޮވުމަށް ނަވިން ބާރު އަޅަމުން ދިޔަވަރެއް އެފަކީރަކަށާް ނޭގޭނެއެވެ.
އަފްރިން ފެންވަރަން ހުރިއިރުވެސް ލޮލަށް ސިފަވެގެން ދިޔައީ ނަވިންގެ ސޫރައެވެ.ނަވިންގެ ލޮލުގައިވީ މަސްތުކަމެވެ.އަފްރިން އަވަސް ކޮށްލައިގެން ނިދަން އޮށާޯވެއްޖެއެވެ.ނަމަވެސް އެއްގަޑި އިރު ފާއިތު ވެގެން ދިޔައިރުވެސް އަފްރިންއަށް ނުނިދުނެވެ.ޙިޔާލުތަކަކުން އަފްރިންގެ ހިތް ފުރިުގެން ގެބެމުން ދިޔައެވެ.ނަވިންގެ ހާލަކީ ވެސް ހަމަ މިފަދަްެވ.ނަވިންގެ ޙިޔާލުތަކުން އަފްރިންގެ ހިތް ތުރުތުު އަޅަމުން ދިޔައެވެ.ނަވިންގެ ހަށިގަނޑުގައި ބައްދައިގަނެވުނު ކުރެވުނު އިހްސާސް ހިތައް އައެވެ.އަފރިން ލޯމަރައިލިއެވެ.ނިދޭތޯއެވެ.ޙިޔާލު ކުރެވެމުން ދިޔަ އިރު މިވެވެނީ ކިހާވަރުގެ ކަމެއްކަމެއް ނަވިންއަށްވެސް ނޭގުނެވެ.ނަމަވެސް ނަވިން ނިދީ އުފަލުން އޮވެއެވެ.
ހެނދުނު އަފްރިންއަށް ހޭލެވުނީ ވަރަށް ލަސްވި ފަހުންނެވެ.އޭރު ރީނާވެސް ސައިބޯން އުޅެއެވެ.ި އަފްރިންގެ ހިތުގެ އުދާސްތައް ކިތްންމެ ފޮރުވަން އުޅުނު ކަމުގައި ވިޔަސް ރީނާއަކަށް ފޮރުުވި ނޯވެއެވެ.ރީނާ ސުވާލު ކުރެއެވެ.އަފްރިންގެ ހިމޭނެކަމާ މެދުގައިއެވެ.އަފްރިންގެ ރީތި ކަމަކީ ފިރިހެނަކު އާޝޯހު ކޮށްލާނޭ ފަދަ ކަމެކެވެ.ނަމަވެސް ފޮނި ގޮތއެއްވެސް ނުހުރެއެވެ.މިކަމާ ރީނާ ހަމަ ބޯގޮވައެވެ.
ނަވިން އަށް ހެލެވުނީ 12ޖަހަން ވެސް އުޅެނި ކޮށެވެ.ފުން މަސްތު ނިންޖެއްގައި ހިންހަމަ ޖެހުން ނަވިންގެ އެ ދޮލޮލުން ފާހަނގަ ވާން ހުއްޓެވެ.ނަވިންގެ ހިތާ ސިކުނޑި ވިސްނައިދޭން އަދި ދޭން އުޅޭ މެސެޖަކީ ކޮބައިކަމެއް ނަވިންއަކަާށް ނޭގެއެވެ.ޙިޔާލު ތަކުން ހޭލައްވަިލީ މަންމަ ނަވިންގެ ކޮޓަރީގެ ދޮޜުގެ ތަޅުގައި ހިފާފައި ގޮވާލުމުންނެވެ.ނަވިން ނިދި މޫޑުގައި ވީނަމަވެސް ގަޑިއަށް ބަލައިލިއެވެ.ކުއަލިއަކަށް ތެދުވެލީ ކަމެއް ހަނދާން ވުމުންނެވެ.ފޯނަށް ބަލައިލިއެވެ.އަސްތާއެވެ.އަވަސް އަވަސް ކޮށްލައިގެން ފެންވަރައިގެން ބޭރަށް ނުކުމެލިއެވެ.މަންމަ ކާން ބުނުމުން ރައްޓެއްސެއްގެ ގެއަށް މިދަނީ ކާން ކަމަށް ބުނެ ނަވިން ނުކުމެލިއެވ.ކަޅު ކުލައިގެ ޖިނަސެްއަކާއި ޕީޗްކުލައިގެ ގަމީހެއްްެ ލައިގެން ހުރިއިރު ނަވިންގެ ފޮިރިހެންވަންތަކަން ފާޅުކޮށް ފެންނަ މީހަކަށް ފަހުމް ނުވެ ނުދާނެއެވެ.ހައިބަތު ހުރރި ހަށިގަނޑެކެވެ.އެފަން އިސްތަށި ގަނޑު ވަޔާ ނިްތްކުރި މައްޗަށް ފައިބައިފައި ހުއްޓެވެ.ނަވިން ސިޑިން ފޭބުނު އިރު ބަންގި ގޮވާނިމިއްޖެއެވެ.އަބަދުވެސް ނަވިން ނަމާދު ވަގުތުގައި ކުރެވޭތޯ ބަލައެވެ.އެހެންކަމުން ސައިކަލު އިސްޓާޓު ކޮށްލީ މިސްކިތާ ދިމާލަށް ދިއުމަށެވެ.އެވަގުތު ކަން ދިމާކުރި ގޮތުން ފައިސަލު އާއި ދިމާ ވެއްޖެއެވެ.ދެކުދިން އެކުގައި ނަމާދު ކޮށްލައިގެން ފައިސަލުގެ އެދުމަކަށް އެގެއަށް ކާން ދިޔައެވެ.ދޮރުން ވަދެގެން ދިޔައިރު ވެސް ނަވިން ބަލާލުމަސް ހިތް އެދޭ ސުރަ އެއް ނުފެނުނެވެ.އޭގެ ބަދަލުގައި ރީނާ އައިސް ނަވިންގެ ކުރިމަށްޗަށް އެރިއެވެ.ނަވިން.ހިގާބަލަ.ދަތުރެއް ރާވަން.ހާދަ ފޫއްސޭ.އަހަރެން މިހުންނަަނީ އަފްރިން ދަ އިރު މާލެ ދާން ވެގެން.ބެއިޙްތިޔާރުަގްއި ނަވިން އަށް އަހާލެވުނެވެ.ކޯންއިރަކުތަ؟ރީނާ ހީކުރީ ރީނާ ދާތީވެ ދެރަވަނީ ކަމަށެވެ.ނަވިންގެ ހިތުގަ ރީނާދެކެ ލޯބިވާކަމަށް ވާނެކަމަށެވެ.ނަމަވެސް އަދި ނުބުނެވިގެން އުޅެނީ ކަމަށެވެ.ރީ.ތިހެން ހުންނާނީތަ؟މިހާރު ބަނޑުހައުވެގެން ހާންތިވަނީއޭ.އެފައިސަލު އެދިޔައީ ކީއްކުރަންތަ؟ސާބަސް.ރީނާ ކައިރިއަށް އައި ހިނިގަނޑު މައިތިރިއެއް ނުކުރެވުނެވެ.މީހަކު ދެން ބަނޑަށް ޖެހުންސް ބޮޑު ވަރުތީ.އެގުތެވެ.ނަިވިންގެ ފުރގަހަށް ވީ ފަރާތުގެ ކޮޓަރި ދޮރު ހުޅުވުނު އަޑު އިވުނެވެ.ރީނާ ގޮވާލިއެވެ.އަފްރީ.ހިނގާބަލަ.ކަންދާަން އެންމެން އެއްކޮށް.އަފްރިން އަށް ދެކޮޅެއް ނުހެދުނެވެ. އެހެންވެ ކާގެއާއި ދިމާލަށް އެކުދިންގެ ފަހަތުން ދާން ހިގައި ގަތެވެ.އަފްރިންއަކަށް ނަވިން ހުރި ކަމެއް އެގިފައި ނެތެވެ.އެހެން ނުންނަމަ ނުނިކުތީސް ކަން ގައިމެވެ.ރޭގަދިމާވި ކަމަކުން އިންތިހާއަށް އަފްރިން ލަދުގަަނެފައި ވެއެވެ.އަފްރިންއަށް އަދިވެސް ނަވިންގެ އެ ހޫނު ނޭވާ އިހްސާސް ވާފަދައެވެ.ލަދުވެތިކަން އއްފަރާތް ކޮށްލުމަށްފަހު އަފްރިން ކާން ފެށިއެވެ.ނަވިންއަށް އަފްރިންގެ މޫނަސް ނަޒަރު ހުއްޓުނެވެ.އެމޫނު ގައިވަނީ އިންތިހާއަށް މައުސޫމު ވެތި ލޮބުވެތި ގޮތެކެވެ.ނަވިންއަށް އަފރިންގެ މޫނުން ނަޒަރު ވަކި ކޮށް ނުލެވުނެވެ.ކައިރީގައި އިން ރިނާ އަށް މަންޒަރު ފެނި އެ މޫނުގެ އުފާވެރިކަން ގެއްލުނެވެ.ނަވިން އެހެން މީހަކާ ދިމާލަށް އެހާ ލޯބިކޮށް ބެލުން އެއި އޭނާ ހިތް އެދޭ ގޮތެއް ނޫނެވެ.ނަވިންއަކީ އޭނާ ކުޑައިރުއްސުރެ ފެށިގެން އެންމެ ލޯބިވާ ފަރާތެވެ.ނަވިންއަށް ސިހުމެއް ލިބުނީ ފައިސަލު އައުމުންނެވެ.ފައިސަލުގެ ލާނެއް ހިނިގަނޑުގެ ސަބަބުން އަފްރިން ވެސް ސިއްސައިގެން ދިޔައެވެ.ކޮބާ ކިހާ ވަރެއްވެއްޖެ.ހަމަ ގައިމުވެސް އަހަރެން މަދުން ނުކާނަން.ފައިސަލުގެ މަލާމާތް ރައްދު ކުރީ ނަވިންއަށެވެ.ވާނީ ވެސް އެހެންތާއެވެ.ތައްޓަށް އެޅުނުހާ ކާއެއްޗެއް ތިބީ މޭޒުމަތީގައެވެ.ނަވިން ގަތީ ލަދެވެ.އޭނަގެ ހިއްސު ތައް ސަލާމަތުން ހުރި ކަމެއް ހުދު އޭނާ އަށް ވެސް ނެގެނީ ކަންނޭގެއެވެ.ނަމަވެސް ދެރަނުވާން ނަވިން އެއްވެސް ބަހެއް ބޭރެއް ނުކުރިއެވެ.އަފްރިން ކައިރިއަށް ވެސް އައީ ހިންޏެވެެ.ހަތަރު މީހުން ކައި ނިމުމުން ތަށިތައް ނެގުމުގައި އަފްރިަން އާއި ރީނާއާއި ދެކުދިން މަޝްޢޫލު ވިއެވެ.
ނަވިންއައި ފައިސަލު ނުކުތީ ބޭރަށެވެ.ދެކުދިންގެ ސަމާސާ ވާހަކަތަކުން އަދި އިރު އިރު ކޮޅާ ހުނުމުގެ އަޑު އަފްރިންގެ ކަންފަތުަގއި ޖެހެމުން ދިޔައެވެ.ރިނާވެސް ހުނުމުގެ އަޑު އަހަމުން ދިޔައެވެ.އޭނާގެ ހިތުގެ ވެރިޔާގެ އަޑު އި ވޭ ކޮންމެ ފަހަރަކު އުފަލުން މޮޔަވަމުން އެހިތް ދެއެވެ.މިއަދު އޭނާވެސް ބޮޑު ވެއްޖެއެެވެ.19އަހަރު ފުރިއްޖެއެވެ.ދިރިއުޅުމުގެ ކަންތައް ތަކާއި ހަވާލު ވާނެ ބައިވެރިއަކު ރީނާވެސް ބޭނުމެވެ.އޭނަގެ ހިތުގެ ވެރިޔާ ކަމުގައިވާ ނަވިން އަށް އަދި އެކަން ފަހުމު ނުވަނީއެވެ.
ދެކުދިން އެކުގައި ތަށިތައް ނަގައި ސާފުކޮށް ލުމަށްފަހު ބޭރަށް ނުކުތެވެ.ރީނާއަށް ހޯދައިލެވުނީ ނަވިން ފެނޭތޯއެވެ.ނަމަވެސް ދިޔަކަން އެގުމުން އެހިތް ޝަކުވާ ކުރިއެވެ.ނަިވިން އާއި ފައިސަލު ދިޔައީ ފައިސަލު މަސައްކަތް ކުރާ ސައިޓާއި ދިމާލަށެވެ.ކަން ހިގަމުންދާ ގޮތް ބެލުމަކީ ފައިސަލުގެ ޒިންމާއެކެވެ.ބުރަކޮށް މަސައްކަތް ކޮށްގެން ލާރިހޯދަން ފައިސަލުއަށްވެސް އެގެއެެވެ.ދެކުދިން ވާހަކަދައްކަމުން ދިޔައި ކުރީގެ ހަނދާން ތަކާ ބެހޭ ގޮތުން ނެވެ.އެކުގައި ވަގުތު ހޭދަކުރި އިރު އެއީ އުފާވެރި އަދި ހިތްހަމަޖެހޭ ދުވަސް ތަކެކެވެ.ނަވިން އަށް ބުނެވުނެވެ.ފައި.އަޅެ ބިޓެއްވެސް ނުނަގަނީތަ؟ހިނިގަނޑެއް ޖަހާލުމަށްފަހު ފައި ވެސް ހަމަ އެސުވާލު ތަކުރާރު ކުރިއެވެ.ނަވިންއަށް އޭނާގެ ފަންއިސްތަށިގަނޑުގައި އަތް ހިންގާލުމަށްފަހު އެކުގައި ހިނިގަނޑެއް ޖަހާލެވުނެވެ.އަހަރެންވެސް ތިކަމާ އުޅެންވީ.ހިތްހަމަޖެހޭ ކަހަލަ ކުއްޖެއް ނެތީހަމަ.ނަވިންގެ އެވާހަކަ ނިމުނު އިރު އެމީހުން ކުރީގެ ހުރި ގހެއަކުން ނުކުތް އިސްތަށިގަނޑު ފަން ރީތި ލޫޅާފަތި ހަށިގަނޑެއް ހުރި އަންހެން ކުއްޖެއް ދައްކާލުމަށްފަހު އެއީ މަގޭ ފަންމިންޏޭ ބުނެލިއެވެ.ނަމަވެސް އެކަން އަދި ނުވެޔޭ ބުނީ މާޔޫސް ކަމާއެކުގައެވެ،އައްދޭ އައްދޭ.އަދިވާނެ.ނަވިން ވެސް އެކުއްޖާއަށް ތައުރީފު ކޮށްލިއެވެ.މޫނު ނުފެނުނަސް ރީތިވާނެ ހެންހީވޭ.ފައިއަށް ބެލުނު ގޮތަށް ނަޒަރު ވަކކޮށްލުމެއްނެތި ހުރެވުނީއެވެ.ނަވިން ގެއަށް ދާވާހަކަ ބުނުމަށްފަހު ސައިކަލުގައި ނައްޓާލިއެވެ.ރެއަށް އިނަތިޒާރު ކުރަމުން ނަވިންދިޔައެވެ.އަފރިންގެ ސަބަބނުން އޭނާގެ ހިތް އޮޅުން ބޮޅުންވާހެން އޭނާއަށް ހީވެއެވެ.ހަވީރުގައިވެސް ކަންނެއްކަމާއެކު ކޮޓަރި ސޯފާގައި ނަވިން ފޯނާއި ކުޅެމުންދެއެެވެ.ތަފާތު ވައްތަރުގެ ދިޕްރެޝަން އަކީ ކޮބައިތޯ ބެލުމަށެވެ.ެއެކައްޗެއްވެސް އޭނާގެ ބޮލަށް ނައެވެ.އަފރިންގެ މައްސަލަ ބަލާކަށް ނަވިންއަށް އެހާ ފަސޭހަ ކަމަކަށް ނުވިއެވެ.ހިތޔާ ސިކުޑި ބުނެދިނީ ދެން ހުއްޓަލުމަށެވެ.ކޮންމެއަކަސް މިރޭ އޭނާ އަފްރިންއާއި ބައްދަލު ކުރާނެއެެވެ.ވާހަކަދައްކާނެއެވެ.އަފްރިން އެހެން ހިމޭނުން އިދެކަ ނުދޭނެއެެވެ.
އެންމެ ފަހުން ވަގުތު ކޮޅުވެސް އައިސް ޖެހިއްޖެއެވ.ނަވިން މިސްރާބު ޖެހީ އަތިރިއާއި ދިމާލަށް ހުންނަ ޖޯލިތަކާއި ދިމާލަށެވެ.މިރޭ ސައިކަލުވެސް ބަހައްޓައިފައި އައީ ސައިކަލު ހިފައިގެން އައިސްހުރިނަމަ އަފްިރިންއަށް ފެނިދާނެތީއެވެ.މަޑުމަޑުން ގަސްތަކުގެ ތެރއެިން ލާފައި ޖޯލިފަތި ހުރި ދިމާއަށް ނަވިންއަށް ނުކުމެވުނެވެ.އަންހެން ކުއްޖެއްގެ ގިސްލުމުގެ އަޑު އޭނަގެ ކަންފަތަާާއި ހަމައަށް ފޯރުނެވެ.އެއީ ދެވަނަ މހެއްނނޫނެވެ،ހަމަ އަފްރިންއެވެ.ނަވިންގެ ހިތްބާރަށް ތެޅެމުންދިޔައެވެ.މިއަނަހެން ކުއްޖާގެ ހިތާމަތަކުގައި އޭނާވެސް ބައިވެރިވާަން ބޭނުމެވ.ނަވިން އަށް އެއްގޮތަކަށްވެސް ސަބަބެއް ނޭގެއެވެ.އޭނާގެ ހިތްވެސް ރޮވުނެވެ.އެހިތުގަ ވާހާ އަސަރެއް އޭނާއަށްވެސް ކުރެވޭހެން ހީވަމުން ދިޔައެވެ.ނަވިންމަޑުމަޑުން އަފްރިންގެ ކައިރީގައި ހުއްޓިގެން ހުއްޓެވެ.އަދި މަޑުމަޑުން ބުނެލިއެވެ.ތިގޮތަށް މިތަނަށް އައިސް ތިރޮމުން ގެންދަނީ ކީއްވެގެންތަ؟ސަބަބު ބުނެވިދާނެތަ؟އަފްރިން ދިޔައީ ސިއްސައިގެންނެވެ.އޭނާއަށް ކޮންޓުރޯލެއްނުކުރެވުނެވެ.އަދިވެސްބާރަށް ރޮއިގަނެވުނީއެވެ.ނަވިންއަށް އަފރިންގެ އަތުގައި ހިފާލެވުނެވެ.އެއަށް ހީވަނީ ގަނޑު ފެން ކޮޅެއްހެންނެވެ.އެހާވެސް ފިނިވެފައެވެ.ހަދުވަރުގެ ރިހިއަލީގައި ނަވިންއަށް އެކުއްޖާގެ ކަރުނަތައް އެ ފިރިހެންވަންތަ އަތުން ފޮހެވުނު ގޮތެއްވެސް ނޭގުނެވެ.އަފްރިންއަށްވެސް އެކަމަށް އިޖާބަދެވުނީފަހެ ކިހިނަކުން ކަމެއް ނޭގުނެވެ.ނަވިން މަޑުމަޑުން އަފްރިން ގެ އަތުގަިއި ދެއަތުން ހިފާލިއެވެ.ތިހާ ލޯބި ކުއްޖެއް މިހެން މިތާ އިންނަނީ އަދި ތިމޫނުގައި ތިވަ ނުތަނަވަސް ކަމަކީ ކޮބައިކަމެއް އަހަރެން ވަރަށް ބަލާލަން ބޭނުންވޭ.އަހަންނަކީ ގާތް ރަހުމަތްތެރިއަކު ކަމަށް ދެކެފިނަމަ އަހަރެން ވަރަށް އުފާވާނެ.އަފްރިންގެ ތިއުދާސް ތަކަކީ ކޮބައިކން އަހަރެން އެގެން ބޭނުން.ނަވިންއަށް ބުނެވުނީ އެހާ ހިސާބަށެވެ.ކީއްކުރަން އަހަރެން ބުނަންވީ.ތީ އަހަރެންގެ ކާކު.އަހަންނަކީ މީ ދުނިޔޭގަ އެއްވެސް ހިންހަމ ޖެހުމެއް ލިބިފަ ނެތް މީހެއް.އެކަނި ވެރިޔެއް.އަހަންނަކީ މީ މީހެއްގެ އަޅަކަށް ވެފައިވާ މީހެއް.ނަވިން އަށް އަފްރިންގެ އަގަމަތީގައި އަތް އަޅއިލެވުނެވެ.ޝޝޝޝޝ.މީހަކު އަންނަ އަޑު އެބައިވޭ.އައި މީން ބައިވަރު މީހުން ވާހަކަދައްކާ އަޑު.އަފްރިންއަށް ތެޅިގަނެވުނެވެ.އަޅެ.އަހަރެމެން ދެމީހުން ފެނުނީމަ ވަރަށް ގޯސްވާނެ.މީހުން ފާޑު ފާޑުގެ ވާހަކަ ދައްކާނެ.އެހެން ކަމުން މިތާގައި ފިލާ ހުރުން ބުއްދިވބެރިވާނީ.އަހަރެން ފެންނާކަށް ބޭނުމެއްނުން.ެއހެންބުނުމާއެކު ނަވިން އަފރިންގެ އަތުގައި ހިފާގެން ގސް މަގޫގަސްތަކެއް ބޯކޮށް ހެދިފައި ހުރި ތަނެއްގައި މަޑުކޮށްލިއެވެ.އެތާގެ ހުރެވުނު ގޮތުން ނަވިންގެ ހޫނު ނޭވާ އަފްރިންގެ ކަދުރާ ހޫނު ކުރަމުން ދިޔައެވެ.ނަވިންގެ މަޑު މަޑު ތުންފަތުން އަފރިންގެ ކަދުރާގައި ނޭގުމެއްގެ ތެރެއެިން ބޮސްދެވުނެވެ.އެވަގުތަކީ ދެމީހުންނަށްވެސް ތަފާތު އިހްސާސްތަކެއް ކުރެވުނު ވަގުކޮޅެކެވެ.ކުއްލިއަކަށް ފައިކައިރިން އެއްޗެއް ދުވާހެން ހީވުމުން އަފރިން އަށް ހަޅޭއްވެސް ނުލެވުނީ ކިރިޔާެއެވެއެވަގުތު ނަވިންއަށް އަފްރިންގެ އުނަގަނޑުގައި ހިފުނެވެ.އަފރިން ބިރުން ނަވިންގެ ހަށިގަނޑުގައި ބާރަށް ބައްދައިލެވުނެވެ.ނަވިންއަށް ހުރެވުނު ތަންވެސް ހަދާންނެތުނު ކަހލައެވެ.ދުވަހަކުވެސް ނުކުރެވޭ ކަހަލަ އިހްސާސް އެއް ކުރެވެމުން އޭނަގެ ހިއްސު ތައް މަތަކުރަން އުދަގޫ ވަމުން ދިޔައެވެ.ނަވިންގެ ހަށިގަނޑުގައި އަފްރިން ބައްދާފައިވަނީ އެހާވެސް ކައިރިކޮށެވ.އަފަރިން އަށް ވެސް ކުރެވެމުން ދިޔައީ އެހެން އިހްސާސެކެވެ.ނަވިންގެ ހަށިގަނޑުގެ ހޫނުކަމުން އޭނަގެ ބޭގަރާރުވެފައިވާ ހަށިގަނޑަާްށް ފިނިކަމެއް ލިބެމުން ދާހެން ހީވިއެވެ.ނަވިންއަށް މަޑުމަޑުން ދުރަށް ޖެހެވުނެވެ.އަފްރިންވެސް ދުރުގައި މަޑުކޮށްލިއެވެ.

3

7 Comments

  1. shafu

    May 18, 2017 at 11:13 am

    vvv reethi……….waiting for next part

  2. Yallu

    May 18, 2017 at 11:23 am

    Story nice but mistakes v Gina. Maa Avas aruvaalaifa liyefa huri hen hyvany. Paragraph thah vaki kohlaifa myhun dhahkaa vaahaka komaa koalhi ehge thereyga liyefa huryma kiyan vx balaalan vx faseyha vaany. And story maa lahun dho thi up kurany vx. But up koh dhinyma v bodah thanks. ❤️❤️

    • Amin

      May 18, 2017 at 8:52 pm

      Yaallu aa thaaedhu. Story line reethi.. But v mistakes Gina.. Upload kurumuge kurin eh fahar namaves kiyalaba ingey.. thi kura hihvara saabas

  3. Anonymous

    May 18, 2017 at 11:50 am

    fuvghuihbvuiv

  4. Sunoo

    May 18, 2017 at 1:37 pm

    It’s ok next time ragalhuvaane.

  5. Cenhi

    May 18, 2017 at 2:28 pm

    Story rythi ekm maa avas kohlafa jumlatha ninmanula baibaivefa huri jumlathakeh. Dhen fashuvi kohlafa hamajehilaigen liyunyma hyvany v nice vanehen. Good luck

  6. Janu

    May 19, 2017 at 8:28 pm

    Wow.nice story.lov to read.but mistake ebahuri

Comments are closed.