ދުރުގައިވިޔަސް… (24 ވަނަ ބައި)
” އައި އޭމް ރެޑީ..ޑރ ބޭނުން ގޮތަކަށް ކަންތައް ކުރެއްވީމަ ހުންނާނީ ރަގަޅަށް…އައި ވޯންޓް ޓު ފައިޓް.. ” މާޔާ ޑރ މުހާތަބު ބުނެލިއިރު އެއަޑުގައިވާ ސާބިތުކަމުން ޑރ ކިމްގެ މޫނުމަތީވި ހިނިތުންވުންވެސް ފުޅާވެގެންދިޔައެވެ.
……………………………………………………………………………..
ޑޮކްޓަރ ކިމްގެ ބެލުމުގެ ދަށުން މާޔާގެ ބައްޔަށް ފަރުވާ ކުރުން ފެށިގެންދިޔައީ މާޔާއާއި ނަކީލްގެ ހިތުގައި އެތަކެއް އުއްމީދުތަކެއް އާލާކުރުވަމުންނެވެ. މާޔާއަށް ފަރުވާކުރުމަށް ހޮސްޕިޓަލްގައި އެޑްމިޓްކުރާ ދުވަސްދުވަހު ގިނަ ވަގުތު ނަކީލްވެސް ހޭދަކުރަނީ މާޔާއާއި އެކީގައެވެ. ބައެއްފަހަރު ނަތީޤްވެސް އައިސް މަންމަގެ ހާލުބަލައި ހަދާއިރު މަންމަ ބަލިކަން އެ ޅަހިތަށް ވިސްނެނީ ކަންނޭނގެއެވެ. ގިނަވަގުތު ނެނީ އާއި އެކީ އެފަދަ ދުވަސްދުވަހު ހޭދަކުރަނީ ކިޔަމަންތެރިކަމާއި އެކީގައެވެ. ނޫނީ ބައެއް ދުވަސްދުވަހު ނަކީލް މަންމަމެން ގެއަށް ނަތީޤް ގެންދަނީ އެކަނި ކޮށްނުލުމަށެވެ. ވަރަށް ގިނަ ކަންތައްތަކުން އެކުއްޖާ މަހްރޫމް ވަމުންދާއިރު މާމާމެންގެ ލޯބި ދެވޭތޯ ބަލަންވާނެތާއެވެ.
ނަތީޤް މެލިސާމެންނާއި އެކީ ގިނަ ވަގުތުތަށް ހޭދަކުރާތީ އެމީހުންވެސް ތިބެނީ ހިތްހަމަ ޖެހިފައެވެ.ކުރީ ކޮޅު މާ އަވަހަށް ގެންދާތީ ޝަކުވާކުރިކަމުގައި ވިޔަސް މިހާރު ހަތަރު ފަސް ގަނޑިއިރު އެގޭގައި ހޭދަކުރުވާތީ އެމީހުން ދެކެނީ އެއީ ޝަކުވާތަކުން އަންނަ ހެޔޮ ބަދަލެއް ކަމަށެވެ. ނަކީލްގެ ދިރިއުޅުމުގައި ކަންތައްވަމުންދާ ގޮތުގެ ކުޑަ ނަމަވެސް ހިލަމެއް އެމީހުންނަށް ވެފައި ނެތްއިރު ނަކީލްވެސް އެވާހަކަތަށް ހިއްސާކުރަން ބޭނުން ނުވާފަދައެވެ. ހިއްސާ ކޮށްގެންވެސް ލިބޭނެ ވަކި ފައިދާއެއްވެސް ނީންނާނެކަން ވިސްނޭތީވެސްމެއެވެ. މާޔާ ނެތުމުން ދެރަވުމުގެ ބަދަލުގައި އެމީހުން ވާނީ އުފާކަން ނަކީލްއަށް އެނގެއެވެ.
ފަރުވާގައި ގިނަ ދުވަސް ވަމުންދާވަރަކަށް އެކިއެކި އުދަނގޫ ތަކާއިވެސް މާޔާއަށް ކުރިމަތިވަމުންދިޔައެވެ. ކެންސަރ ބަލީގެ ފަރުވާ އަކީ ކިހާ ވޭން ހުރި ކަމެއްކަން މާޔާއަށް މިހާރު އިހްސާސްކުރެވެއެވެ. ފަރުވާނުކޮށް ހުރިއިރަށް ވުރެ މިހާރު މާބަލިހެންވެސް މާޔާއަށް ހީވެއެވެ. ގައިގައި އަޅާވޭނުން ކެތްކުރަން ދަތިވެފައި ހުންނަ ވަގުތުތަކުގައި ނަކީލްގެ ހިތްވަރުދިނުމުން އެހިތަށް ދިރުން ގެނެސްދެއެވެ. އެދަފަ ކޮންމެ ވަގުތެއްގައިވެސް ނަކީލް ދެގޮތެއް ނުވެ މާޔާ ކައިރީ ހުންނާތީ އެހިތަށްވެސް ވަނީ ހިތްހަމަޖެހުން ލިބިފައެވެ. އަނެއްކޮޅުން ނަކީލް އަށް މާޔާ އެވޭނުގައި އުޅޭތަން ބަލަން ކެތްވަނީކީ ނޫނެވެ. އެހެން ނޫނަސް މިނޫން ގޮތެއް ނެތެވެ. މާޔާ ސަލާމަތްކުރަން ބޭނުންނަމަ ނަކީލް ޖެހޭނީ ކެތްތެރިވެގެން ހުުންނާށެވެ.މިފަދަ ވަގުތެއްގައި ނަކީލް ބަލިކަށިވެއްޖެނަމަ މާޔާއަށް ހިތްވަރު ދޭނެ މީހެއްނުހުންނާނެތީއެވެ.
މާޔާ ހުރީ ފެންވަރައިގެން އައިސް ޓްރެސިންގް ޓޭބަލް ކައިރީ ހުއްޓިލައިގެންނެވެ. މީހާވަނީ ފުދޭވަރަކަށް ހިިކިފައެވެ. ދެލޯކައިރި ކަޅުވެފައި ހުރިގޮތުންވެސް މާޔާގެ ބަލިކަން ފެންނަ ކޮންމެ މީހަކަށް އިހްސާސްކުރެވޭނެއެވެ. ބޮލުގައި ފުނާ އަޅަމުންދިޔައީ ނަކީލްއަންނަން ވާއިރަށް ކުޑަކޮށް ތައްޔާރުވެލުމަށެވެ. ފުނާ ދުރުކޮށް ބަލައިލެވުނީ ބޮޑު ތަންގަނޑެއް ހެން އިސްތަށިކޮޅެއް އޭގައި އޮތުމުންނެވެ. މާޔާގެ ހަރަކާތްތައް ހުއްޓުމެއް އައި ނަމަވެސް އެ އިސްތަށިކޮޅުނަގައި ކައިރީ ހުރި ޑަސްބިނަށް ލީ އޭގެތެރއަށް ވެސް ނަޒަރު ހިންގައިލަމުންނެވެ.އެވަގުތަކީ ނަކީލްވެސް ނަތީޤްއާއި އެކީ ވަގުތު ހޭދަކުރުމަށްފަހު ކޮޓަރިއަށް އައިސް ވަތް ވަގުތެވެ. އެހެން ކަމުން މާޔާއަށް ދެންމެ ވީގޮތް ނަކީލްއަށް ކިތަންމެ ރަގަޅަށްވެސް ފެނުނެވެ. މާޔާ އެ އިސްތަށިގަނޑު ދެކެ ވާ ލޯބި ކިތަންމެ ރަގަޅަށްނަކީލް ދަނެއެވެ. ރީތިވާން މާބޮޑު ސަމާލުކަމެއް ނުދިނަސް އިސްތަށިގަނޑަށް އަބަދުވެސް މާޔާ ބަލާނެއެވެ. އެހެންކަމުން އެހިތުގައި މިވަގުތު އުފެދިފައިވާ ޖަޒްބާތްތައް ނަކީލްއަށް އިހްސާސްކުރެވުނު ފަދައެވެ. ނަކީލް އައިސް މާޔާ ކައިރިއަށް ހުއްޓި މާޔާގެ ކޮޑުމަތީ މޫނުޖެއްސީ އެއަތުގެ ތެރެއަށް މާޔާ ގެންނަމުންނެވެ. މާޔާވެސް ލޯގަނޑުން ބަލަން ހުރެފައި ނަކީލްއަށް ފަޑުހިނިތުންވުމެއް ހަދިޔާ ކޮށްލީ ކެތްތެރިވާން މަސައްކަތްކުރަމުންނެވެ.
“ކިހިނެތް ވީ ފްރިންސަސް… އެނގޭނު މިހެން ވާނެ ކަން ކުރިންވެސް… ހިނގާ ދޯ ކުރުކޮށް ކޮށާލަން…” ނަކީލް ވާހަކަ ދެއްކީ ލޯތްބާއި އެކުގައެވެ. އެހާ ދިގު އިސްތަށިގަނޑެއެއް ފައިބާ ހުސްވާތަން ބަލަން ވެއްޖެއްޔާ މާޔާގެހުރިހާ ހިތްވަރެއްވެސް އެލިދާނެތާއެވެ.
” ހިނގާ ދޯ ބާލަން… އިޓް ކިލްސް މީ ނައު” މާޔާ ނަކީލްއަށް ބަލަމުން އެހެން ބުނެލީ ފަޑު ހިނިތުންވުމެއް ވެރިކޮށްގެންނެވެ.
” އެހެންތަ… އޭސް ޔޫ ވިޝް… އެކަމް ވެސް މައި ކޮންމެ ގޮތަކަށް ހުއްޓަސް ނަތިންގް ވިލް ޗޭންޖް ބޭބީ… ޔޫ އާރ ބިއުޓިފުލް ފްރޮމް އިންސައިޑް” ނަކީލް އެހެން ފަހަރުތަކެކޭ އެއްގޮތަކަށް މިފަހަރުވެސް މާޔާއަށް ހިތްވަރުދިނެވެ. ނަކީލް ބޭނުންވަނީ މާޔާ ހިތްހަމަޖެހިގެން ހުރުމެވެ. ނަކީލް މާޔާގެ އެ އެދުންވެސް ފުރިހަމަ ކޮށްދިނީ ލޯތްބާއި އެކީގައެވެ.
” އަދި މިހާރު މާ ރީތި…” ނަކީލް މާޔާއަށް ތައުރީފްކޮށްލީ ހަޤީގަތުގައިވެސް މާޔާ ރީތިވުމުންނެވެ. އޭރު މާޔާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުރެ ބޮލުގައި އަތްހިންގާލިއިރު ކުރެވުނީ ތަފާތު އިހްސާސެކެވެ. މާޔާވެސް ނަކީލް އަށް ބަލައި ހިނިތުންވެލީ މިއީ އަބަދުވެސް ރީތި މީހެކޭ ބުނަމުންނެވެ.
…………………………………………………………………………….
އާދުވަހަކަށް އިރުއެރީ އެތަށް ބައެއްގެ ހަޔާތަށް އެކިއެކި ބަދަލްތައް ގެނުވަމުންނެވެ. ބައެއްމީހުންގެ އުންމީދުތައް އާލާކޮށްދެމުން އިރުއެރިއިރު އަނެއްބައި މީހުންގެ އުއްމީދުތައް ފުޑުފުޑުކުރަމުންނެވެ. މާޔާއަށް ހޭލެވުނީ އިރުގެ އަލި ކޮޓަރިތެރެއަށް އެޅުމުންނެވެ. ކަންނެތް ގޮތަކަށް ލޯ ހުޅުނވިއިރު ނަކީލް ކުޑަދޮރުގައިރީ ހުރެފައި މާޔާ ކައިރިއަށް އައީ އާދުވަހަކަށް މަރުހަބާ ކިޔަމުންނެވެ.
” ހާދަ ކަންނެތްވެއްޖެ އޭ ދޯ ޕްރިންސަސް..ހެހެ… އަވަހަށް އާދޭ މޫނު ދޮވެގެން… ބްރެކްފާސްޓް އިން ބެޑް އިޒް ވެއިޓިން ފޯ ޔޫ…” ނަކީލް މާޔާގެ މޫނުގައި މަޑުމަޑުން ފިރުމާލުމަށްފަހު ބުނެލީ އަދިވެސް ކަންތެތް ވެފައި މާޔާ ނަކީލްއާއި ދިމާލަށް ބަލަން އޮތް ގޮތުންނެވެ.
” ކަންނެތް ކުރާކަށްނު ކީލް ބޭނުންވަނީ…” މާޔާ ނަކީލްއަށް ރައްދު ދިނީ ނިދި ބަރުވެފައިވާ އަޑަކުންނެވެ. ނަކީލް އާއި މާޔާ ސިހިގެން ދިޔައީ ކޮޓަރިއަށް ވަތް ނަތީޤް ދުވެފައި އައިސް އެދަށް އެރުމުންނެވެ. ނަތީޤް އައިސް މާޔާގެ މަގަތަށް އަރާ އޮށޯވެލައި ބާރަށް ބައްދައިލީ މަންމަގެ ހޫނުކަން އިހްސާސްކުރަން ކަންނޭނގެއެވެ. އެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމުން މާޔާ އަށް ޔަޤީންވީ އެހިތުގައި ކޮންމެވެސް ކަމެއް ވާ ކަމަށެވެ.
” މޯނިންގް މަންމީގެ ޕްރިންސް… ހިނގާ ދޯ ސައިބޯން ދާން..” މާޔާ ލޯތްބާއި އެކު ނަތީޤްކައިރީ ބުނެލީ ނަތީޤް ނުކައި ހުރެދާނެކަމަށެވެ.
” މަންމީ ހާދަ ލޭޒީ އޭ…. ކޮއްކި އާއި ބައްޕިއާއި ދެކުދިން ކައިފިން…މަންމީ އެކަނި ނުކައި ތިހިރީ..” ނަކީލް ފަދައިން ނަތީޤްވެސް ކޮށްލީ ހަމަ ޝަކުވާއެވެ.
“މަންމީ…ކޮބާ މަންމީގެ ހެއަރ” ނަތީޤް އެސުވާލުކުރީ މާޔާގެ ބޯ ފެނުމުންނެވެ. މިސުވާލަކީ ކުރިންވެސް ކުރިމަތިވާނެ ސުވާލެއްކަމުން އެ އަށް ޖަވާބުދިނީ ނަކީލްއެވެ.
” ހެހެ…އެހެންތަ… މަންމީ ލޭޒީ އެއް ނުވާނޭ…ތި ހަމަަ ކޮއްކީ އަށް ހީވާ ގޮތް..” މާޔާ ނަތީޤްގެ އިސްތަށިކޮޅާއި ކުޅެމުން ބުނެލީ އެހެން ހެދުމުން ނަތީޤް ރުޅިއަންނާނެކަން އެނގިހުރެއެވެ.
“މަންމީ އާ ގޮތެއް ޓްރައި ކޮށްލަނީ އެއީ… ރީޗެއްނޫންތަ މަންމީ މިހާރު..” ނަކީލް ސީދާ ސުވާލަށް ޖަވާބުދޭން ބޭނުންނުވީ ނަތީޤް އަދި މާކުޑަކަމަށް ވުމުންނެވެ. ނަތީޤް ބޯޖަހައިލީ އެކަމަށް ތާއިދުކުރަމުންނެވެ.
“ޑެޑީ…. ހިނގާބަ… ތިންކުދިން ބޭރަށް ދެއެއްނު މިއަދު… ޕިކްނިކަށް…” މާޔާ އިސްތަށިކޮޅާއި ކުޅުމުން މާޔާއާއި ދުރަށް ޖެހިލާ ނަތީޤް ދެން އެރީ ނަކީލްގެ އުގަށެވެ. މިއަދު ހެދުނު ހެދުނާ ދެމީހުން ޕްލޭން ހެދީ އެކީގައި މަޖާ ވަގުތުކޮޅެއްވެސް ހޭދަކޮށްނުލެވޭތާ ވަރަށް ގިނަ ދުވަސްވުމުންނެވެ.
” ޔަޕް…ލެޓްސް ގޯ ދޯ… ކޮއްކީ ދޭބަ ކޮއްކީ ބޭގް ރެޑީ ކުރިތޯ ބަލަން…ޑެޑީ މިއަންނަނީ…”ނަތީޤްގެ ކޮލަށް ދޮނެއް ދެމުން ނަކީލް ވާހަކަ ދެއްކީ ނަތީޤްއަށް ވިސްނޭދަފަ ގޮތަކަށެވެ. ތަނަކަށް ދާން ބުނެފިއްޔާ ނަތީޤް ވަރަށް ފޯރިހުރެއެވެ. އެހެންކަމުން އަބަދުވެސް އުޅޭނީ ދެވޭލެތް ލަސްވެގެންނެވެ. އެހެންކަމުން އެ އާދަ ކެނޑުވޭތޯ މަސައްކަތް ކުރަމުން ގެންދަނީ ވަރަށްވެސް ވިސްނުންތެރިކަމާއި އެކީގައެވެ.
” އޯކޭ ޑެޑީ…” މިހެން ބުނެ ނަތީޤް ދުވެފައި ކަހަލަގޮތަކަށް ބޭރަށް ނިކުންނަން އަވަސް ވެގަތުމުން މާޔާ ބޯ ދެފަރާތަށް ހަރަކާތް ކޮށްލީ ޕިސްޕިސް ލައްވަމުންނެވެ.
” ހަމަ ނަކީލް ގެ ގޮތް އެހުންނަނީ…. ކަމަކަށް ލަހެއް ފަހެއް ނޯންނާނެ..” މާޔާ އެދުން ތެދުވަމުން ބުނެލީ ނަކީލްއާއި ދިމާލަށެވެ. އޭރު ނަކީލްވެސް އުޅުނީ އެދުން ތެދުވާންކަމުން މާޔާއާއި ދިމާލަށް ލޯއަޅައިލީ ފޮނިވެލަމުންނެވެ.
” ހެވޭ ދެން… އަވަހަށް ރެޑީވެގެން ސައިބޯން އުޅޭ…. އޭރަށް ބޭސްކައިގެން ދެވޭނީ… އެހެންނޫނީ އެނގޭނު ވާނެގޮތް..” މާޔާ ކައިރީ އަވަސްކުރަން ބުނަމުން ނަކީލްވެސް ނިކުމެގެން ދިޔައީ ބޭރަށް ދިޔުމަށްޓަކައި ވާންހުރި ތައްޔާރީތަށް ހުރީ ނިމިފައި ތޯ ބެލުމަށެވެ.
މާޔާ އާއި ނަކީލްގެ މެދުގައި ހުރެގެން ހިނގަމުން ދިޔަ ނަތީޤް އަށް ބެލެނީ އެ އުމުރުގެ އެކި ކުދިން ޕާކްތެރޭގައި އުޅޭތީ އެކުދިންނާއި ދިމާލަށެވެ. މާޔައާއި ނަކީލްގެ އަތުގައި ހިފައިގެން ހިނގަމުން ދިޔައިރު ނަތީޤްގެ އަގައިން އެންމެ މިނިޓެކަށްވެސް ވާހަކަ ހުސްނުވާ ފަދައެވެ. އެހެންކަމުން މާޔާއާއި ނަކީލްގެ މޫނަށްވެސް ވަނީ ހިތްހަމަޖެހުން ވެރިވެފައެވެ. ހިތްހަމަޖެހޭ ހިސާބަކަށް ދެވުމުން އެތާ ކައިރި ހުރި ގަހެއްގެ ހިޔާލުގެ ދަށުގައި މަނޑުކޮށްލައި ގެނައި އެއްޗެހި ތަރުތީބުކުރުމާއިގެން ނަކީލް އުޅެގަތީ މަޔާއާއި ނަތީޤް ވަރުބަލިވެދާނެ ހެން ހީވުމުންނެވެ. މަޖަލާއި ސަކަރާތުގައި ވަގުތު ހޭދަކޮށްލެވުނު ގޮތެއްވެސް ނޭނގުނީ މިފަދަ ދުވަހަކަށް އިންތިޒާރުކުރާތާ ގިނަ ދުވަސް ވުމުން ކަމަށްވެސް ވެދާނެއެވެ.
” ކޮއްކީ މާމާ ގެއަށް ލާފަ ޑެޑީ އަންނާނަނަން އެނގޭ މަންމީ ގޮވައިގެން ތާކަށް ގޮސްފައި… ވަރަށް އަވަސް ވާނެ އިނގޭ… ކޮއްކީ ހުންނައްޗޭ ބަސްއަހައިގެން މާމައަށް އުދަނގޫ ނުކޮށް… އިނގޭ..” ނަކީލް މާޔާގެ އުނގުގައި އިން ނަތީޤް އާއި ވާހަކަ ދެއްކީ ރުހުން ހޯދާ ފަދައަކުންނެވެ.މާޔާ ގޮވައިގެން ޑރ ކިމްގެ އެޕޮއިންޓްމެންޓަކަށް ދާން ޖެހުމުން ނަތީޤް ގޮވައިގެން ދިޔުމަކީ އެންމެ އަކަށޭނެ ގޮތްކަމަށް ޤަބޫލުނުކުރެވޭތީއެވެ، އެތަނުން ނަތީޤްއަށް އަޑުއިވެން ނުޖެހޭ ޒާތުގެ ވާހަކައެއް އަޑުއިވިއްޖެ ނަމަ އެކުޑަ ފުރާނައަށް ނަފްސާނީ ގޮތުން އަސަރުކޮށްފާނެތީވެސް ބިރުގަންނެވެ.
” އޯކޭ ޑެޑީ… ކޮއްކޮ ބަސްއަހަމޭ..” ނަކީލް ބަސް ގަބޫލްކުރަމުން ނަތީޤް ހިނިތުންވެލިގޮތުންވެސް އެހިތް ލޯބިން ފުރުނެެވެ. މިއަދު ނަތީޤް ގެންގުޅެން އެހާ ފަސޭހައީ މާޔާ ދިން ތަރުބިއްޔަތުގެ ފުރިހަމަ ކަމުން ކަން ޔަޤީނެވެ. އެހެންނޫނީ އެދެމަފިރިން މިއަދު އުޅެން ޖެހޭނީ ކޮންފަދަ ހާލެއްގައި ކަމެއްވެސް ނޭނގެއެވެ. ނަކީލް ގޭތެރެއަށް ވަނުމުން މާޔާ ވެސް ނަކީލްގެ ފަހތުން ވަނީ އެތަށް ދުވަހެއްވީ ފަހުންނެވެ. މިހުރިހާ ދުވަހަކުވެސް ނަތީޤް އެގެއަށް ގެނައި ކަމުގައިވިޔަސް އަބަދުވެސް މާޔާ މަޑުކުރަނީ ކާރުގައެވެ. އެހެންނަމަވެސް ނަތީޤް މިއަދު ކުރުނުކޮށް ކިޔަން ފެށުމުން މާޔާ އަށް ޖެހުނީ ވަންނާށެވެ.
” އަަހަން… ދަރިފުޅާ…. މާމަގެ ދޫނި…” މެލިސާއަށް ނަތީޤް ފެނުމުން ދުވެފައި އައިސް އޮޅުލައިގަތީ ކައިރީ ހުރި މާޔާއަށް ލޯ އަޅާލަމުންނެވެ.
” ބާއީ މަންމީ… ޑޭޑީ… ކޮއްކޮ ވަރަށް ލޯބިވޭ..” ނަކީލްމެން ދާން އުޅުމުން ނަތީޤް ޅައަޑުން ގޮވާލާ ނުލާހިކު ލޯބިން ބުނެލިގޮތުން މާޔާ އާއި ނަކީލް އެއްފަހަރާ ކަހަލަ ގޮތަކަށް ލަވް ޔޫ ޓޫ އޭ ބުނެލީ އަތުން ހަނާއަޅަމުންނެވެ.
އޭރު ސިޑިކައިރީ ޖެނީ މިމަންޒަރު ބަލަން ހުރީ އިންތިހާއަށް ރުޅިގަދަވެފައި ހުރެއެވެ. މާޔާގެ މޫނުގައި އެވާ ހިތްހަމަޖެހުމުގެ ސަބަބުންވެސް ޖެނީގެ ރުޅިގަނޑުވީ ހައްތަހާވެސް އިތުރެވެ.
މާޔާ އެގެޔަށް ވަތް އިރުން ފެށިގެންވެސް ކުރެވެމުން ދިަޔައީ ތަފތު އިހްސާސެކެވެ. ކޮންމެވެސް ކަމެއް ވާން އުޅޭކަމުގެ ސިގްނަލް ސިކުނޑިން ދެމުން ގެންދާހެން ހީވާތީ ހިތްބިރުގަންނަނީއެވެ. އެހެން ނަމަވެސް މާބޮޑު ކަމަކަށް އެކަން ނުހެދީ މިއަދު ޑރ ކިމް އާއި ބައްދަލުކުރަން ޖެހުމުން އެކަމާއި ހާސްވެ ކަންބޮޑުވީ ކަމަށް ނިންމަމުންނެވެ.
ނަކީލްއާއި މާޔާ އެކުގައި ގޮސް ވަނީ ޑރ ކިމް އަށް ހާއްސަކުރެވިފައިވާ ކޮޓަރިއަށެވެ. ދެމީހުންގެ ހިތުގެ ވިންދުވެސް އަވަސް ވެފައިވީ ކިމް ބުނަން ބޭނުން ވާ ވާހަކަ އަކައަކީ މާޔާގެ ފަރުވާ އާއި ގުޅިފައިވާ މުހިއްމު ވާހަކައަށް ވީތީއެވެ.
” ވެލްކަމް…” ޑރ ކިމް އެމީހުންނަށް އެތެރެއަށް އައުމަށް މަރުހަބާކީ ހިނިތުންވެހުރެއެވ.
” މާޔާ ކިހިނެތްތަ” ކިމް މާޔާއަށް ރަގަޅަށް ބަލާލަމުން ސުވާލުކޮށްލީ ހާލު އޮޅުންފިލުވުމަށެވެ. މާޔާގެ ކެތްތެރިކަމާއި ހިތްވަރުގަދަކަން ކިމްއަށް ވަނީ ވަރަށް ގާތުން ފެނިފައި ކަމުން ކިމް ހާއްސަ ސަމާލުކަމެއް މާޔާއަށް ދެއެވެ.
” ގުޑްް…” މާޔާ ހާސްވެފައި ހުރިވަރުން ޖަވާބުވެސް ދިނީ ވަރަށް ކުރުކޮށެވެ. ހަމަ ސިކުޑީގެ ކަނަކުން އިންޒާރެއް ދެމުން ގެންދިޔައީ ކަމެއް ގޯސްވާން އުޅޭކަމެވެ.
“މާޔާގެ ޕްރޮގްރެސް ވަރަށް ރަގަޅު… އެހެން ބަލި މީހުންނާއި ބަލާފައި ބޭހަށް ފުދޭވަރަކަަށް ރަގަޅަށް މާޔާ ރެސްޕޮންޑް ކުރަމުން ގެންދަނީ…”ޑރ ކިމް ވާހަކަ ދައްކަމުން ގެންދިޔައީ މޭޒުމަތީގައި އޮތް މާޔާގެ ފައިލްގެ ގަނޑުތަކަށް ބަލަމުންނެވެ.
” އެހެން ވީމާ އޭގެ މާނައަކީ މައި އެކީ ރަގަޅުވާނެ އޭތޯ…” ނަކީލް ކެތްތެރިކަމެއްނެތް ގޮތަކަށް ސުވާލުކޮށްލިއެވެ.
” އޯލް ވީ ކެން ޑޫ އިޒް ޓު ހޯޕް… އެކަމް މާޔާގެ ޓިއުމަރ ސައިޒަކަށް ބަދަލެއް ނާދޭ… އެހެންކަމުން ދެވަނަ ވިސްނުމަކަށްވެސް ދާން ޖެހިދާނެ… ދެން އަބަދުވެސް ބުނާހެން އެނީތިންގް ކޭން ހެޕަން… ސޯ ވީ ހޭވް ޓު ބީ ރެޑީ..” ޑރ ކިމްގެ ވާހަކަތަށް ހުރިގޮތުން ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް މާޔާއަކަށްވެސް އަދި ނަކީލްއަކަށްވެސް ނުވިސްނުނެވެ.
……………………………………………………………………………
ނަކީލް ކޮޓަރީގައި އެކަނި ބަހައްޓާފައި މެލިސާ ތިރިއަށް ދިއައީ މުހިއްމު ފޯނެއް އައުމުންނެވެ. ކޮޓަރީގައި އެކަނި ހުރެ ހުރެ ފޫހި ވުމުން ނަތީޤް ބެލްކަންޏަށް ނިކުތީ ބެލްކަނީގެ ދޮރު ހުޅުވާފައި ހުރުމުންނެވެ.ނަތީޤް އިސްކޮޅުން ކުރުކަމުން ބޭރު ފެންނަ ގޮތެއް ނުވިނަމަވެސް އެތާ ހުރި މާގަސްތަށް ކައިރިއަށް ދިޔައީ އޭގެއިން ވަސްބަލާލުމަށެވެ. ނަތީޤް އަކީ އަބަދުވެސް މާތަކަށް ފޯރި ހުންނަ ކުއްޖެއްކަމުން އެދިމާލަށް ދިޔައީ ދުވެފައިކަހަލަ ގޮތަކަށެވެ.
” ދެއަރ ޔޫ އަރ ޑެވިލް…” ނަތީޤް ސިހިގެންދިޔައީ ޖެނީގެ އަޑު ފަހަތުން އިވުމުންނެވެ. ނަތީޤްގެ ހިތް ތެޅެމުން ދިޔަ ގޮތުން ހީވަނީ މޭފަޅައި ނިކުމެދާނެ ހެންނެވެ. އެކުޑަ ކުއްޖާގެ މޫނުން ދާހިއްލާފައި ވީއިރު ދެލޮލުން ފެންނަމުން ދިޔަ ބިރާއި ހާސްކަން ޖެނީއަކަށް ސިއްރެއް ނުވިއެވެ. އެހެންކަމުން ޖެނީ އެއް މިޔަކަނުން ހީލީ ނަތީޤް އިތުރަށް ބިރުގަންނަވާލުމަށެވެ.
” ބޭރެއް ނުބަލާނަންތަ… ދައްތަ ނަތީޤް އަށް ދައްކަ ފާނަން.. މި ބުނީ އުރާލައިގެން… އެނގެއޭ ވަރަށް ބަލާ ހިތުން ކަން ތިހިރީ..” ޖެނީ ނަކީލްއާއި އެއް ހަމައެއްގައި އިށީންދެގެން ވާހަކަ ދައްކަން ފެށީ ޖެނީގެ ހިތުގައި އޮތް މަޤްސަދުހާސިލްވޭތޯއެވެ. ލައްކަ ދުވަހު މިފަދަ ފުރުސަތަކަށް ބަލަ ހުރެވިއްޖެއެވެ. އެހެން ކަމުން މިއަދު މި ލިބުނު ފުރުސަތު ގެއްލުވާލާކަށް ޖެނީ ބޭނުމެއް ނުވިއެވެ.
” ނޫން… ތީ އައްޗީ ކުއްޖެއް… ކޮއްކޮ ބޭނުމެއް ނޫން…” ނަތީޤް ޖެނީގެ އަތްފޮޅުވާލާފައި ކޮަޓަރިއަށް ވަންނަން އުޅުނުއިރު އެ ދެލޮލުން ވިދާ ބަބުޅަމުންދިޔައީ ކަރުނައެވެ. ޖެނީ ނަތީޤްއަށް ވުރެ ހުޝިޔާރުމުން ނަތީޤްއަށް އެކަމެއް ކާމިޔާބު ވާގޮތެއް ނުވިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ނަތީޤް އުރާލައިގެން ރެއިލިން ކައިރިއަށް ދިޔައިރު ނަތީޤް ގަދަ ހަދަމުން ދިޔައީ ޖެނީގެ އަތްދަށުން ސަލާމަތް ވުމަށެވެ. ބިރުން ރޮވެން ފެށުމުން މަންމައަށް ގޮވަންފެށުމުން ޖެނީ ހައްތަހާވެސް ރުޅުގަދަވިއެވެ. ނަތީޤްގެ ކަންފަތުގައި ހިފައި އަނބުރާލި ގޮތުން އެކުއްޖާއަށް ވީތަދުން ހަޅޭލަވައިގަނެވުނެވެ. ރުއިން އެތަށް ގުނައަކަށް ބާރުވެގެން ދިޔަ އިރު މިކަމުން އެއްވެސް އަސަރެއް ޖެނީއަކަށް ނުކުރިއެވެ. ނަތީޤް ގެނެސް ރެއިލިން ދަނގަޑު މަތީ ބޭންދިއިރު އެކުޑަ ހިތަށް ވެސް މިއުޅެނީ ނުރައްކަލެއްގައި އިހްސާސްވިއެވެ. އުސް އިމާރާތުން ވެއްޓިދާނެ ކަމުގެ ބިރު ހީވަމުން ދިަޔައީ އިންތިހާއަށެވެ.
” މާ އަނޑުގަދަ ކުރަންޏާ މިތަނުން ވައްޓާލާނަން… ކާކަށް އަޑު އިއްވަން މާ ވަރަކަށް ތި ރޮނީ.. ނާންނާނެ މީހާކު… މާމާ ވީ ބޭރަށް ގޮސް…. އިޓްސް ޔޫ އެންޑް މީ ޑެވިލް… ލައްކަ ދުވަހު ކެތްކޮށްފިން… އަހަންނަށް ނަކީލް ގެ ލޯބި ނުލިބުނިއްޔާ ވަކި ކަލެއްއަށްވެސް ކަލޭގެ މަންމައަކަށްވެސް ނުލިބޭނެ… އެގިއްޖެތަ..” ޖެނީ ނަތީޤްގެ ކޮޑުގައި ހިފައި ތަޅުވައިގަތް އިރު ނަތީޤް އެތަނުން ނުވެއްޓުނީ ހަމަ ކިރިޔާއެވެ.
” ހެހހެހެހހެ… ތި ޑެވިލް ނެތް ނަމަ މިއަދު ނަކީލް އެއީ ހަމަ އެކަނި އަހަރެންގެ މީހެއް…. މިއަދު ކުޅި ދައްކާލާނަން… މާޔާ އަށްވެސް މިއަދު އެނގޭނެ ލޯބިވާމީހަކު ދުރަށް ދިޔައިމަ ވާގޮތް… ސޯ ގުޑްބާއި ޑެވިލް… ޖަސްޓް ޑައި..” ޖެނީ މިހެން ބުނެލިއިރު އެއަޑުގައިވާ ނުރައްކާތެރި ރާގުންވެސް ނަތީޤްއަށް ގިސްލެވެން ފެށުނެވެ.
……………………………………………………………………………….
ނަކީލްއާއި އެކީ މާޔަ އައީ ކާރު ޕާކްކޮށްލުމަށްފަހު ނަތީޤް ބަލައި އެ އިމާރާތަށް ވަނުމަށެވެ. އެހެންނަމަވެސް މަތިން އިވުނު އަޑާއި އެކު ބިންމައްޗައް ބަލައިލީ އެއްޗެއް ވެއްޓުނު ހެން ހީވުމުންނެވެ. އެއާއި އެކު ފެނުނު މަންޒަރުން މާޔާގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
44 Comments!
Comments are closed.



hope u like it …. keep reading… cant promise when will next part be cox i ll be very busy next week.. after next week dhn kurin kuri gothaha kuraanan In Sha Allah
wow ..story v reethii … eulhey jeny koncheh hithah araagen thaa aeulhenyy alhey …. evanyy lobii eh vess nun v fooohivey …. alhey natheq thaa evahtaalii hama …. noooo… waiting next part .. thankoo writer … ♥
yeh… sam first dhwww.. hehehe
congrats sam…. dhw… higaa vaagotheh balamaa
hahaha, aslu ves dhw, lets go and kill her
hehehe…melody… writer ves govaigen dhahchey
Wow
😀
alhey natheeg maraa nulaa…v reethi vaahaka
lets see kihinei tho vaany
Jeny haadha goahey dw thy devil? akee..e kuhjaa tha e vahtaaly ethanun.. varah curious vehje. Love this part too..??
Nd I’m waiting too.. for next part ??
lets see dhw… thank you..
vaahaka in pic balaafa heevanee natheeq n maayaa maru vaneehen … ekamu maraa nulaathi eyrun hadi vaane
pik ga eherey nakeel egey… lets see dhw vaagotheh… varah avahah hurihaaa suwaal thakah javaabu libeyne.. keep waiting
V reethi maa shaa ALLAH
Thank you sama
hurihaa readerssss!!! enmen hingaa e jeny maran dhaaaan!!! writervx dhaan vaane dhw?? hehe vvv salhi ingey mi baivx! hama habeys! keep it up writer!☺☺☺
Ma ready hama…avahah dhaan hingaa??
Kon eccheh hifaigen dhaanvyy?? hehe!??
Aaan writer hama thahyaarah mihry… hehe…i ll try my best
love take me with you!!!
when you kill her i’ll give her pain killers!!!
Pic vrh Lwbi.. Kim soo hyun.. I love.. ❤❤❤❤??? plxx maayaa nd natheeg ah dhera gotheh nahadhahchey.. I will kill u jeny devil.. ?????
He is my fav… hehe… lets see what happens
My fav too writer… ❤?
Jennyyyyy
Huvaa maraalaaanan
hehe…keep reading
Wow. Varah reethi mi part. Ekam maaya maraanulachey. Eyrun mi story varah vai vaane. Alhe natheeq maraanulachey. Eoh loabi kuda kuda furaana salaamai kurey. Gud night
thank you… lets see dhw dhn vaagotheh… gudnyt nonns
Alhey ekuhjaa fulhah dheragotheh nuhadhahchey.. e jenny nerebala emieehunge life inn bodu kameh eiee.. Hehehe writer this part is also beautiful as other parts???.. Waitting varah birun mihiriee ves ?
ehentha…thank you…. jenny kuri kameh ves egeyny dhn oi part in… higaa dhw vaagotheh balamaa…
Mioh Jenny eh dhoo!! Alhe Natheeq tha e vattaalee… writer Natheeq eoh loabi loabi baby maraanulachey!! Mi Jenny railing mathin vettuniyya maa rangalhu vaane! Eyna e hury Nakeel aai hedhi moya vefa… eyna ah emme kuda minun move on kuraa kahves neygunu!!! Adhi Melyssa men ves haadha foari eh hureyey dho e Jenny ah!! E meehun emeehun ge amilla dhariyah ves nuvisnaa e ulheny dhuniye matheega laari keveytho….
oh… btw writer …. mi story haadha reechey,
Maaya aslu v dhera vaane dho maaya ge hair baalan jehunyma… that’s what will happen to me too… maaya gothah i also love my long long hair… and ehkala picture eydhee nakeel dho.. e kujja ves e hury fun visnumakah gellifa ehnun dho writer… hehe… btw mi part ves vvvvv reethi!!??
thankyou booklover…. jenny kuri kameh ves egeyny kiyaaleema kuriyah part…. baeh meehunnah heevany lwbi vaa meeha liben jeheyne ey komme gothakun ves….laari muhimmu vee ma vaani ekahala gotheh dhw… keep reading book lover… that is nakeel in that picture…
Ohhhh..curious to read next part..you r just superb dear..???
Thank you
akhey jeny bireh vx nuganeytha a kuda kuda furaanayah ehn hadhan.. varah asaru gadha vaahakaeh
Thank you… keep reading
Natheeq maraanulaa. Haadha dheraey natheeq maraalanyya.so sad… Waiting for the next part
Heevanee natheegu ge Màama hen maruvaane….kiyaa leema dhw egeynee ves
vaahaka reethi but nakyl maru vejjeyya u must kill jenyyy vess… i just hate her…. gudnyt… ly..
That stupid jenny ????
Jenny dho evehtuny
hahaha mihaaru writer ah ithuru korean fan eh libijje dhw!! “song Hye-kyo…korean” 🙂 🙂 evx adhi e jeny marailan hnguraama akah dhaan vefa ohva.. heheh 🙂
Varah reethi????