ދުރުގައިވިޔަސް 25 ވަނަ ބައި
ނަކީލްއާއި އެކީ މާޔަ އައީ ކާރު ޕާކްކޮށްލުމަށްފަހު ނަތީޤް ބަލައި އެ އިމާރާތަށް ވަނުމަށެވެ. އެހެންނަމަވެސް މަތިން އިވުނު އަޑާއި އެކު ބިންމައްޗައް ބަލައިލީ އެއްޗެއް ވެއްޓުނު ހެން ހީވުމުންނެވެ. އެއާއި އެކު ފެނުނު މަންޒަރުން މާޔާގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ.
ފެނުނު މަންޒަރަކުން އަނގަމަތީ އަތް އެޅުނީ ލިބުނު ސިހުމުގައެވެ. ނަކީލްއަށްވެސް ވީ މާޔާއަށް ވީވަރެވެ. މީހާ ހުރި ފިޔަވަޅުމަތީ ގަނޑުވީ ސިކުނޑިވެސް އެވަގުުތު މަސައްކަތްކުރުން ހުއްޓާލުމުންނެވެ.
ވެއްޓުނުގޮތަށް މުޅިއެތާގައި ލޭގެ ކޯރެއް ހެދިގެން ދިޔައީ ބަސްބުނާހާ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. ކުޑަކުޑަ ފުރާނައެއް ލެއާއި ތަތްތެޅިފައިވާ އިރު އޮތީ އެއްވެސް ހަރަކާތެއްނެތިފައެވެ. އެހާ މަތިން ވެއްޓުމުން އެކުނޑަ ހަށިގަނޑުގައި ކިހާ ވޭނެއް އަޅާނެހެއްޔެވެ. މާޔާއާއި ނަކީލްއަށް ދާދީ އެއްފަހަރާ ކަހަލަ ގޮތަކަަށް ދުއްވައިގަނެވުނީ އެކުއްޖާ ލައިގެން ހުރި ހެދުމާއި މިއަދު ނަތީޤްލައިގެން ހުރި ހެދުމާއި އެއްވައްތަރުކަމުންނެވެ.ހިތާއިހިތުން އެއީ އެމީހުންގެ ލޮލުގެ ކޮއިހެން ބަލަމުންގެންދާ ދަރިފުޅަށް ނުވުމަށް އެދި ދުއާކުރެވުނު އަދަދެއްވެސް ނޭނގެއެވެ. އެކުއްޖާއާއި ކައިރިވީ ވަރަކަށް މިވާގޮތް ދޭހަވާންފެށިއެވެ. މާޔާ އަޑުގެ ކޮޅަށް ހަޅޭލަވައިގަނެވުނީ ހިތަށް ކުރި އަސަރަކުންނެވެ.
“ނަތީޤް….” މާޔާ ގެއަޑުގައި އެކުލެވިފައިވަނީ ކޮންފަދަ އަސަރެއްތޯއެވެ. ހުރި ހަމައެކަނި ފުރާނަ އެގޮތަށް އޮއްވާ ފެނުމުން ކެތްވާނީވެސް ކޮންމަޔަކަށް ތޯއެވެ. އެ ފުރާނައަކަށް ޓަކައި މާޔާ ނުއުފުލަނީ ކޮން ބުރައެއްހެއްޔެވެ. ނަކީލްގެ ހާލާކީ ކޮބައިތޯއެވެ. ނަކީލް ދުވެގައި ގޮސް ނަތީޤް ނަގައި ބޭއްވީ އުގުމަތީގައެވެ.
“ނޯ ނޯނޯ…. ނޯ… ބޭބީ… ޑެޑީގެ ޕްރިންސް… ޕްލީޒް… ނޯ… އޮޕެން ޔުއާރ އައިސް… ޕްލީޒް…. މީހެކޭ… އެހިވޭދީ…. އެހީވެދީ…” ނަކީލްވެސް ގިސްލަގިސްލާފައި ރޮމުން އާދޭސްކުރަމުން ގެންދިޔައީ މިއީ ހަޤީގަތެއްކަން ޤަބޫލުކުރަން ބޭނުންނުވާ ފަދައަކުންނެވެ. މާޔާވެސް ނަކީލް ކައިރީ އިށީންދެ ނަތީޤްގެ އަތުގައި ހިފައިލީ ވިންދު ހުރިތޯ ބެލުމަށެވެ. އެ ވަގުތު ކޮޅުގައި ހިތުގައި އުއްމީދު އާލަވެގެން ދިޔައީ ވަރަށް ފަޑުކޮށް އެ ހިތުގެ ވިންދު އިހްސާސް ވުމުންނެވެ. އެ ތަނަށް ފުދޭވަރަކަށް މީހުން އެއްވެފައި ތިބި އިރު އެންމެންގެ ތުންުތުން މަތިން ވެސް އިވެމުން ދިޔައީ ކުއްޖަކު ވެއްޓުނު ގޮތުގެ ވާހަކައެވެ.
އެވަގުތަކީ މެލިސާވެސް އެތަނަށް އައި ވަގުތު ކަމުން މާ މީހުން ގިނަވެގެން އުޅޭތީ އެދިމާއަށް ދިޔައީ ކަންވެގެން އުޅޭގޮތް ބެލުމަށެވެ. ފުރާ ފުރިހަމަވެފައިވާ ދަރިފުޅު ރޮމުން ގެންދިޔައީ ކުޑަކުޑަ ނަތީޤް އުގަށްލައިގެންނެވެ. މެލިސާއަށްވެސް ހުރި ތަނަށް ތިރިވެވުނީ މަގެ ދަރިފުޅާއޭ ކިޔައި ގޮވަމުންނެވެ. އޭރު ޖެނީވެސް އެދިމާލަށް އައީ ކަރުނުން ފުރިގެންވާ ލޮލަކާއި އެކީގައެވެ. މީހަކަށް ޝައްކު ވެދާނެތީ އެކްޓްކުރަން ވެސް މޮޅީއެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި އެމްބިއުލާސް އައުމުން ކުޑަ ކުޑަ ނަތީޤް އެއަށް އެރުވުމުން މާޔާއާއި ނަކީލްވެސް ގޮސް އޭގެތެރެއަށް އެރީ އެއްވެސް ދިރުމެއް ނުވާ ފަދައަކުންނެވެ. އެދެމަފިރިންގެ ހުރިހާވެސް އުއްމީދެއް އެ ދަނީ މަރާއި ހަޤުރާމަކުރަމުންނެވެ. ހަށިގަނޑުގައި އިތުރަށް ދެން ހުންނާނީވެސް ކޮން ހަކަތައެއް ހެއްޔެވެ. މާޔާގެ ލޮލުން އެންމެ ފަހަރަކުވެސް ކަރުނަ ނުހިކޭ އިރު އެ ނަޒަރު ނަތީޤްއާއި އެންމެ ސިކުންތަކަށް ވެސް ވަކިނުވެއެވެ.
ނަތީޤްއަށް އެމަޖެންސީ އިންޓެންސިވް ކެޔަރ ޑިޕާޑްމެންޓަގައި ފަރުވާ ދެމުންގެންދިޔައިރު މާޔާއާއި ނަތީޤް އަށް އެންމެ މިނިޓެއްވެސް ހީވަމުން ދިޔައީ އެތަށް ޤަރުނެއް ހެންނެވެ. މެލިސާއާއި ނިހާލް އަދި ޖެނީވެސް އެތަނަށް ވަނީ އެވަގުތު ކަމުން މާޔާ ފެނުމުންވެސް އަޅާނުލީ މިވަގުތުގެ ނާޒުކު ކަމުންނެވެ. މެލިސާއަށް އަމިއްލަ ނަފްސުކުށްވެރި ކުރެވުނު އަދަދެއްވެސް ނޭނގުނެވެ. ގޭގެ ބެލްކަނީއިން ނަތީޤް ވެއްޓެން ޖެހުނީ މެލިސާގެ ފަރުވާކުޑަކަމުން ކަމަށް ޤަބޫލުކުރެވެން ފެށުމުން އެހިތްވެސް ރޫރޫއަޅައިގެން ދިޔައެވެ.
” ދަރިފުޅާ…މަންމައަށް މާފްކުރޭ..މިހެން މިވީ މަންމައާއި ހުރެ..” ގޮނޑީގައި ދެއަތުން މޫނުފޮރުވައިގެން އިން ނަކީލްގެ ކޮނޑުގައި މެލިސާ އަތްބާއްވައިލިއެވެ . އެއާއި އެކު ފެނުނީ ނަކީލް އެއަތުގައި ޖަހައި ފޮޅުވާލިތަނެވެ.
” މަންމަ ކީއްވެތަ… އަހަންނަށް އެނގޭ އަހަރެން ދުވަހަކުވެސް މަންމަމެންނަށް މުހިއްމެއް ނޫންކަން…މާޔާ ދެކެ ކިތަންމެ ރުޅިއެއް އެރިއަސް އެކުއްޖާގެ އޮތީ ކޮންކުށެއް…. މިހެން ވާނެ ކަން އެނގުުނު ނަމަ ދުވަހަކުވެސް މަންމަމެންނަށް ނަތީޤްއެއް ނުދެއްކީމުސް… އެނގޭތެ މަންމައަށް އެކުއްޖާއަށް ވާނެ ތަދު…” ނަކީލްގެ އަޑުގައި ވަނީ ވޭނާއި ޝަކުވާާއެވެ. ނަކީލް ޝަކުވާކުރަމުން ދިޔައީ ނަތީޤްއަށް މިނިޓެކަށް ނަމަވެސް އިހްމާލްވެވުނީތީއެވެ.
“އެނގޭތަ މަންމަމެންނަށް…މިއަދު ކިހާ އުފަލުންކަން ނަތީޤްހުރީ… އެނގޭތާ… ކިހާ އުފަލުންކަން ހުރީ މަންމަމެން ކައިރިއަށް ދެވޭތީ…އެކަމް ބަލާބަ މިވީ ގޮތެއް…” ނަކީލްއަށް ރޮވެން ފެށުމުން މެލިސާގެ ގައިގައި ބައްދައިގަތީ އެހިތްބަލިކަށިވެފައި ވުމުންނެވެ. ކިތަންމެ ރުޅިއަކާއި ޝަކުވާއެއްވިޔަސް އެވަގުތުވެސް ނަކީލް މަންމަގެ ހިމާޔާތަށް އިންތިހާއަށް ބޭނުންވިއެވެ.
” މާފްކުރޭ ދަރިފުޅާ… އެވަގުތު މަންމަ ބޭރަށް ދާން ޖެހުނީ.. ޖެނީ ހުރީމަ މަންމަ ދިޔައީ… އެކަމް ކީއްކުރާނީ…މިހެން ވާނެކަން އެނގުނުނަމަ މަންމަ އެއްވެސް ތާކަށް ނުދިޔައީސް…” ނަކީލްގެ ކައިރީ މެލިސާވެސް ހާމަކުރަމުންދިޔައީ ތެދުވާހަކަތަކެކެވެ. އެއީ ހުރި ހަމައެކަނި މާމާ ދަރިފުޅުވީއިރު އެހިތުގައިވެސް ކިހާ ވޭނެއް އަޅާނެ ހެއްޔެވެ.
މާޔާ އިނީ އެއްވެސް ހަރަކާތެއް ނެތި ހުއްޓުން އަރާފައެވެ. މިތަން ފެނި ޖެނީގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަ ޖެހުމެކެވެ. ނަކީލް ރުއިން ހުއްޓާލުމަށް ފަހު މާޔާ ގެނެސް މެޔާއި ލާ ބޮޑިކޮށްލިތަން ފެނުމުން އެހިތަށް ވެގެން ދިޔައީ ނުބައި ގޮތެެކެވެ. މިކުރެވުނު ކަމަކުން ނަކީލްއާއި މާޔާގެ ގުޅުން ކުރިއަށް ވުރެ ވަރުގަދަވާނީ ހެއްޔެވެ. ޖެނީއަށް ނަކީލް ނުލިބުނިއްޔާ ވަކި މާޔާއަކަށް ވެސް ލިބިގެން ނުވާނެއެވެ.
” އަހަރުމެންގެ ބޭބީއަށް ނުވާނެ ދޯ އެއްކަމެއްވެސް… ހީ ވިލް ބީ ފައިން ދޯ… އައި ކޭން ޓްރޭޑް މައި ލައިފް ފޯ ހިމް…. ނުވާނެ ދޯ އެއްކަމެއްވެސް..” ނަކީލްގެ މޭގައި މޫނު ފޮރުވައިގެން މާޔާ ވާހަކަ ދެއްކިއިރު ދިރިއުޅުމުގެ ހަގުރާާމައިގައި ވަރުބަލިވެފައިވާ މީހަކު ފަދައެވެ. ކުއްލި ގޮތަކަށް މި ދިމާވިކަމަކުން މާޔާގެ ހުރިހާ ހިތްވަރެއް ވަނީގެއްލިފައެވެ. ސިކުނޑިއަށް ކިތަންމެ ވަރަކަށް ބާރު ކުރަމުން ދިޔަކަމުގައިވިޔަސް ނުވިސްނާ ހުރެވޭނީވެސް ވަކި ކިހިނެތްހެއްޔެވެ. އެއީ މާޔާ ގެ ހުރިހާވެސް އެއްޗެކެވެ. އަލުން ދިރިއުޅުމާއި ކުރިމަތިލާން ދަސްކޮށްދިން ފަރާތެވެ. އެ ފަރާތާއި ނުލައި އެންމެ ދުވަހެއްވެސް ވޭތުކުރަން ޖެހިދާނެހެން ހީވުމުން ކެތްވާނީވެސް ކިހިނެތް ހެއްޔެވެ.
” ޝްޝް… ޑޯންޓް ސްޓްސް މައި… އިރާދަކުރެއްވިއްޔާ ނުވާނެ އެއްކަމެއްވެސް….ހީ އިޒް ބްރޭވް…. ” ނަކީލް މާޔާއަށް ހިތްވަރުލައިދެމުން ގެންދިޔައީ އަމިއްލަ ހިތަށްވެސް ވިސްނައިދެމުންނެވެ.
އިރުކޮޅެއްފަހުން ޑޮކްޓަރެއް ބޭރަށް ނިކުތުމުން އެދިމާލަށް މާޔާއަށް ދެވުނު ގޮތެއްވެސް ނޭނގުނެވެ. އެތެރޭގައިވި ނަތީޤްގެ ހަބަރެއް އެނގެން ބޭނުން ވެފައި ހުރިވަރުން އެންމެންވެސް އެތަނައެއްވީ ހިތްއަވަސް ވެފައިވާ ހާލުގައެވެ.
” ޑޮކްޓަރ ހައު އިޒް މައި ސަން…” ނަކީލް ހާސްވެފައިހުރެ ސުވާލުކޮށްލީ ބޭރަށްނިކުތް ޑޮކްޓަރ ކައިރިންނެވެ. އެއާއި އެކު ފެނުނީ ޑޮކްޓަރ ވެސް މާޔޫސްވެފައި އިސްޖަހާލިތަނެވެ.
” މިތަނަށް ގެނައި އިރުވެސް ވަނީ ވަރަށް ބައިވަރު ލޭ ފައިވާފަ… އެތެހަށީގެ ހުރިހާ ގުނަވަނެއްހެން ހުރީ ޗިސްޗިސްވެފައޭ ބުންޏަސް ދޮގަކަށް ނުވާނެ… ވީ ޓްރައިޑް އަވަރ ބެސްޓް… ޔުއަރ ސަން ވޯސް އަ ފައިޓަ… އައި އެމް ސޮރީ… ހީ އިޒް ނޯ މޯ..” ނަކީލްގެ ކޮނޑުގައި މަޑުމަޑުން ޖަހާލުމަށް ފަހު ޑޮކްޓަރ އެތަނުން ދުރަށް ދިޔައީ އެއާއިލާއަށް ވަގުތު ދެމުންނެވެ.
ޑޮކްޓަރ ދެންމެ އިއްވި ހަބަރަކުން ހީވީ އެތަނަށް ބޮމެއް ގޮއްވާލިހެންނެވެ. މެލިސާ އަބުރައިގަނެން ވެއްޓުުނު އިރު ނިހާލްއަށް ހިފުނީ ކިރިޔާއެވެ. ކާފަ ދަރިފުޅު އެހާ ކުއްލިއަކަށް ބީވެގެން ދިއުމުން އެހިތަށްވެސް ވަނީ ވަރަށް ފުން އަސަރެއް ކުރުވާފައެވެ. ޖެނީގެ މޫނުން ކާމިޔާބީގެ ހިނިތުންވުމެއް ވެރިވީ އެއިވުނު ހަބަރަކުންނެވެ. ދެން އޮތީ ނަކީލްގެ ފަހަރޭ ބުނެވުނީ ހިތާއި ހިތުންނެވެ. މިވޭނުގައި ދިރިއުޅެން ޖެހެންޏާ މާޔާވެސް ޖެހޭނީ މިއާއި ހަމަ ކުރިމަތިލާށެވެ.
ނަކީލް މަޑުމަޑުން ފިޔަވަޅުތަށް ފަހަތަށް ޖެހެމުން ދިޔައީ މަރުވެފައިވާ ހިތަކާއި އެކުގައެވެ. ގައިގައި ހަކަތަ ހުސްވެފައިވާ އިރު އެ ލޮލުން ކަރުނަ ވެސް ފައިވަން ހަދާން ނެތިފައިވާ ފަދައެވެ. ހަދާނަށް އައީ ނަތީޤްއާއި އކީ ހޭދަކުރެވުނު މަޖާއަދި ލޮބުވެތި ވަގުތުތަކެވެ. އެހާ ކިޔަމަންތެރި ބަސްއަހާ ކުއްޖަކަށް މިދިމާވީ ހާދަހާ ދެރަގޮތެކެވެ. މާޔާވެސް ނަކީލް ދޫކޮށްފައި ދާން އުޅޭ ހެން ހީވެސް ނުކޮށްހުއްޓާ ނަތީޤްވެސް އުމުރަށް ވަކިވީއެވެ. އެކަން ވީ އެހިތަށްވެސް ބަރުދާސްތުކުރަން ދަތި ކަމަކަށެވެ.
” ބާއީ މަންމީ… ޑޭޑީ… ކޮއްކޮ ވަރަށް ލޯބިވޭ..” ނަތީޤް ގެ ލޯބި އަޑުން މިއަދު ކޮށްލީ ވަދާއި ސަލާން ހެއްޔެވެ. ދެން ޑެޑީ އޭ ކިޔާ ނުވާނެހެއްޔެވެ. ނުދެތުވާނެ ހެއްުޔެވެ. ބައްޕައާއި އެކީ ސަކަރާތް ޖަހާނެ ކުއްޖެއް ހަމަ ނުހުންނާނެހެއްޔެވެ.
މާޔާ ދުވެފައި ގޮސް ހުއްޓުނީ ނަތީޤްގެ ފުރާނަ ނެތް މަސްގަނޑު ބާއްވާފައި އޮތް އެދުކައިރިއަށެވެ. ” ނޫން…ނޫން… ކޮއްކީ ހޭލަބަ… މަންމީ މިހިރީ އޭ… ހޭލަބަ ދޫނި… އެއްފަހަރު މަންމިއަށް ބަލާލަބަ…މަންމި ނުދާނަމޭ ދޫނި ދޫކޮއްފަ އެއްވެސް ތާކަށް…. ތެދުވެބަ… ބޭބީ … ޕްލީޒް ތެދުވެބަ… މަންމީގެ ސްޓްރޯންގް ބޭބީ އެއްނު ތީ…. ލޯ ހުޅުވަބަ ދޫންޏާ… ލޯ ހުޅުވަބަ…ޕްލީޒް.” މާޔާ ނަތީޤްގައިގައި އޮޅިލައިގެން އޮވެ އާދެސްކުރަމުންދިޔައީ މޮޔައަކު ފަދައިންނެވެ. ނަކީލްވެސް އައިސް މާޔާ ނަތީޤްއާއި ދުރުކޮށްލާ ވަރަށް ލޯބިން ނަތީޤްގެ ނިތުގައި ބޮސްދިނީ ވަދާއި ސަލާން ކުރާން ފަދައިންނެވެ.
” ކީލް… އަހަރެމެންގެ ބޭބީ މަރެއް ނޫވާނެ… މި މީހުނަށް އެކައްޗެއްވެސް ނޭނގެނީ… ހީ ކާންޓް… ހީ ކާންޓް ލީވް ހިޒް މަމް… ހީ ކާންޓް…” މާޔާ ހީވަނީ ހަމައިންވެސް ނެއްޓިފައި ހުރިހެންނެވެ. ނަތީޤް ކައިރިއަށް ޖެހިފައި ނަތީޤް ތަޅުވަން ފެށީ ހޭ އަރާތޯއެވެ. މާޔާ ސީޕީއާރުވެސް ދޭން ފެށީ އެގޮތްތުންވެސް ނަތީޤްގެ ހިތުގެ ހިނގުން އިއާދަވެދާނެހެން ހީވާތީއެވެ. މާޔާ އުޅޭ ގޮތް ފެނުމުން ނަކީލްގެ ހިތް ހައްތަހާވެސް ދިޔައީ ޒަހަމްވަމުންނެވެ. ނަކީލް މާޔާ ގަދަކަމުން ކަހަލަ ގޮތަކަށް ނަތީޤްއާއި ދުރުކޮށްލާއި މާޔާއަށް ވިސްނައިދެވޭތޯ ކުރި މަސައްކަތްވީ ބޭކާރެވެ. މާޔާ އެއްވެސް އެއްޗެއް އަޑުއަހަން ބޭނުންނުވާ ފަދައެވެ.
” ނޫން ކީލް…. ހީ ވިލް ވޭކް އަޕް… މައި ބޭބީ އިޒް ނޮޓް ޑެޑް… ހީ ކާންޓް ލީވް މީ ލައިކް ދަ ރެސްޓް… ނޯ…” މާޔާ ގެ އަމަލުތަށް ހުރި ގޮތުން ނަކީލް ކިޔާ އެއްޗެއްޗެސް ނީވޭ ފަދައެވެ. ކުރިމަތިން ފެންނަން ހުރީ ހަޤީގަތް ކަމަށް ވީހިނދު އެ ހަޤީޤަތް ޤަބޫލުކުރާކަށް ހިތްބޭނުމެއްނުވަނީއެވެ. އެންމެ ފަހުން ކެތްކުރަން ދަތިވުމުން މާޔާގެ ކޯތާފަތްތުގައި ޖަހާލެވުނީ ބޭއިހްތިޔާރުގައެވެ. މާޔާ އަށް ހޭވެރިކަންވީ ނަކީލްގެ އެހަރާތުންނެވެ. އަޑުން އަޑުނަގައި ރޮއެގަނުވީ ނަކީލްގެ މޭގައި މޫނު ފޮރުވައިގެން ހުރެއެވެ.
ނަތީޤްގެ ކަށުކަމާކެމީގެ ކަންތައްކޮށް ނިންމާލުމަށްފު ގެއަށް އައިސް ވަތްއިރު މާޔާއާއި ނަކީލްވެސް ތިބީ ވަރުބަލިވެފައެވެ. ނިހާލް ކިތަންމެ ވަރަކަށް އާދެސްކުރުމުންވެސް ނަކީލް އެގެއަށް ދާން އެއްބަސްނުވީ ކުރިން ދުވަހު ނިހާލް ދެއްކިވާހަކަތަައް އަދިވެސް އެހިތުން ނުފިލާތީއެވެ. ގެއަށް ވަމުމާއި އެކު ހުރިހާ ހަދާންތަކެއް އެއްފަހަރާ އުދަނގޫކުރަން ފެށިއެވެ. ނަތީިޤްއާއި ނުލައި ގެއަށް ވެރިވެފައިވަނީ ފަޅުކަމާއި ހުސްކަމެވެ.
ސޯފާގައި ވިސްނުމަކަށް ގެއްލިފައިއިން މާޔާ ކައިރިއަށް ނަކީލް ދިޔައީ މާޔާ ބޭސްނުކައި ހުރިކަން ހަދާންވުމުންނެވެ. މިވަގުތުގައިވެސް ހާދަހިތްވަރެއް ކުރަން އެބަ ޖެހެއެވެ. ހިތް ފުރެންދެން ރޯން ބޭނުންވިޔަސް މާޔާއަށ މިވަގުތުވެސް ނަކީލްގެ އެހީތެރިކަން އިންތިހާއަށް ބޭނުންވެއެވެ. ނަތީޤް ބީވެދިޔަ ފަދައިން މާޔާ ބީވެ ދާކަށް ނަކީލްއެއް ނޭދެއެވެ.
” މައި… ހިނގާ ދޯ އެއްޗެއް ކާން… ބޭސް ވެސް ކާން ޖެހެއެއްނު އަދި..” ނަކީލް މާޔާކައިރީ އިށީންދެ ބުނެލީ ލޯތްބާއި އެކުގައެވެ. މާޔާ ވޭނުންފުރިގެންވާ ގޮތަކަށް ނަކީލްއާއި ދިމާލަށް ބަލާލާއި ބޮލުގެ އިޝާރާތުން އިންކާރުކުރިއެވެ.
” މައި ކާން ވާނެ އެއްނު… އައި ކާންޓް ލޫސް ޔޫ… ޕްލީޒް… ޔޫ ހޭވް ޓު ބީ ސްރޯންގް..” ނަކީލް މާޔާއަށ ވިސްނައިދެވޭތޯ ބެލިއެވެ.
“އައި ކާންޓް… އައި އޭމް ޓަޔަޑް… ދެއަރ އިޒް ނޯ ހޯޕް ނައު…” މާޔާ ނަކީލްގެ އުނގުގައި ބޯ އަޅާލީ ވަރުބަލިވެފައި ހުރެއެވެ.
” ޔޫ ކާންޓް ގިވް އަޕް…. މައި އާ ނުލާއި އަހަންނަކަށް ނޫޅެވޭނެ… އިޕް ޔޫ ލީވް މީ އައި ވިލް ފޮލޯ ޔޫ… އެންމެންވެސް އަހަރެން ދޫކޮށްފައިދާތަން ބަލަން ކިހިނެތް ހުންނާނީ..” ނަކީލް ގާތަށް ރުޅިއައީ މާޔާ ބަލިގަބޫލުކުރިކަން އެނގުމުންނެވެ. އެރުޅީގެ ފަހަތުގައި ފޮރުވިފައިވަނީ ބިރާއި ހިތާމައެވެ. ވޭނާއި ކެކުޅުމެވެ.
” ސޮރީ..” މާޔާ ނަކީލްއާއި ދިމާލަށް ބަލާލައި ހިނިތުންވުމެއް ރައްދުކުރެވޭތޯ މަސައްކަތްކުރިއެވެ.
” މައި ވިސްނަަބަ.. ނަތީޤްއެއްވެސް ބޭނުމެއް ނުވާނެ އެއްނު މައި ތިހެން ނިމި ދާކަށް… ނަތީޤް މައި އާއި ނުލައި ދެއްކި ކެތްތެރިކަމަށް ޓަކައި ވިޔަސް ޔޫ ހޭވް ޓު ފައިޓް…” ނަކީލް މާޔާގެ ބޮލުގައި ފިރުމަމުން ބުނެލިއެވެ.
ކޮންމެ ގޮތަކަށް ހިތަށް ތަސައްލީ އެއް ދޭން އުޅުނަސް އެދެމީހުންގެ ހަޔާތަށް މިއަދު ވެރިވި ހުސްކަން ފިލާނީ ކިހިނަކުންހެއްޔެވެ. މީހެއްގެ ނުބައި ރޭވުމަކުން ގެއްލިގެން އެ ދިޔައީ ދެމަފިރިއެއްގެ މުސްތަޤްބަލެވެ. އެހިތާމަށް ބޭރުފުށަށް ނުދައްކާއި ވޭތޯ ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް އެކަން ކާމިޔާބު ވާނީ ކިހިނެތްހެއްޔެވެ. މާޔާއާއި ނަކީލްގެ ލޯބީގެ ނިޝާން އެ ނިވުނީ ދެމީހުން އެކަނި ކޮށްފައެވެ.އެހިތާމާއިގައި މުޅިއުމުރަށް އެދެމީހުން ތިބެނީ ތެޅިތެޅި ކަންޔަޤީނެވެ. އެޒަހަމްތަކަށް ފަރުވާ ލިބޭނީ ކޮންފަދައަކުން ހެއްޔެވެ. މަޔާކާއި ދަރިއަކުވަކި ވިއިރު ހާދާ ވޭނެއް އެހިތުގައި އަޅާނެތާއެވެ.
މިއީ ކޮންފަދަ އިންސާފެއް ހެއްޔެވެ. މައުސޫމް ފުރާނައެއް ދުނިޔެއާއި އަލްވަދާއު ކީއިރު އެ ހަރު ހިލަ ހިތަށް އަސަރެއްވެސް ނުކުރިއެވެ. އެހިތުގައި އީމާންތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ހަމަ ނެތީބާވައެވެ. އެކުޑަ ކުއްޖާ ކިހާ އާދޭހެއް ކުރާނެބާއެވެ.ކިހާ ބިރެއް ގަންނާނެބާއެވެ. އެރުއިމަކުން އެއްވެސް އަސަރެއްެވެސް ނުކުރިބާއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
58 Comments!
Comments are closed.



sorry… writer 26 vana part aa eky bahdhalu kohlaanan on saturday… i have exam this week… hope u will understand… feel free to comment… keep reading.. and take care
V v reethi.. hama rovijje. Dhen maaya aa keel aa dhemyhun dhuru nukurahchey.. nd jenny ekuri kushuge adhabu jenny ah libenjeheyne..
Me first dhw..
thank you…keep reading
Ohhj..alhe noon …hama rangalhahves rovijje..??
?keep reading
?? mi part kiyaafa hama aslahves rovehje.. e jenny gandu ethanun vehtunnama kihaa rangalhu… waiting for next part…..
Writer ah ves dhe thin faharaku mi part nuliye huttaa levunu roveyhen heevaaathy.. this was the most difficult part to write
Varah molhu ingey.. im proud of u writer ??
thank you Adha
Me second..story v reethi when next part
Thank you… dhn oi part saturdayga.. sorry
vvv ufaavehje avahah kiyaalan libuneema
But u will hate me next part lahun kuraathy… next week saturday aky emme avahah ves kurevrynr dhuwas.. sorry
y did u kill natheeq :'( varah foohi vey abadhu jenny menah kuri libeythi. maya ah hus dhera goh medhuveri kuruvani. she already lost 2 kids her parents too, nw natheeg, next jenny will take nakeel from her too. Hate the new twist. if only it were a bad dream :/
I can understand ur point… adhi story kuriyah othy… i promise u wont get dissapointed… keep reading dear
alhey … asluvess rovihje … dhen kyl n maaya dhuru nukurah chey plx plx plx…. waiting next part writer… thankoo… best of luck u r exam…. stry v lovely igey…♥♥♥
thank you…lets see dhww maagotheh
Mee hadha reethi vaahakaeh key kondhuvas thakaku mi vaahaka genes dheny
thank you any… dhn emme avahah vaahaka genesdhevyny saturdayga
Natheeg maraa liima kamaku nudhey
i can understand your point.. ekam mee mi story plan kohfa oi gothaky.. i hope u ll continure reading
alhey stry varan reethi… ekam hama aslu vs rovijje??. mayaa nd keel dhuru nukuranchey plz plz… nd Jenny kuri kushuge abadhu vs libejeheyne..
thank you Amin… lets see dhw vaagotheh…
asluvx hama rovijje!! vvv reethi..hama natheeg marailee dhw e nubai jenny!!
thank you… i actually felt this emotion while writing this part…
Alheyy. Nonns ah hama rovijje. Mi part kiyaafa. Maaya dear give up nukurachey. Eyrun nakeel fakeeru dhuniyein moya vaany thoacheh. Jennnyyyy!!!! If u were infront of ne right now I ll kill u. And that is in a horrible way.
lets hope maya doesnt give up… please continue reading to find out more
NOOOOOO!!!!
Writer…….Natheeq e oih loabi baby aslu ves maruvee tha???? Huvaa mi buny mihaaru e nubai nulafaa jenny eh dheke vv rulhi aisfi!! Eyna maraalaanamey ves mihaaru hithah araa…Natheeq…Natheeq…please nooo!!! Maaya aai Nakeel dhookohfa NUDHEYYYYY!!!!??
WRITERRR… Why did u kill Natheeq??? E baby dhuniyeyga bahattaafa e Jenny gandu railing mathin vattaa maraali nama! Aslu ves hama VVVVVVV DHERA VEJJE…mi vaahaka keema ves Natheeq akee v bas ahaa kujje kan ingey…. Natheeq means a lot to me..because booklover ge mom ge vvvv close friend eh pregnant vegen baby vihey thanun baby maruvee… hama e rey mom ge close friend ves maruvee… vvvv handhaan vaa dhuvaheh eyy…anekka writer ves thi remind kohdhinee e dhuvas mathin… Natheeq ge maru e dhuvas remind kohdheny…aslu ves vvv dhera vejje..and mi part miee mi mulhi vaahakaige ves mihaathanah emme heart touching bai…Natheeq ….PLEASE..PLEASE..PLEASSSSEEEEE …COME BACKKKK!!!!!!????
be strong… i am so sorry kuryge hadhaaneh mi vaaahakain aaveethee… even natheeq e name is very special for me that puts me in a very difficult position to write this episode… even after hearing so many good comments i am not happy for that reason… my prayers are with u
Varah reethi❤. Good luck for your exams?
thank you Eeny
It was really nice, i really like the flow of the story and by the way good luck with your exams. Hope i will be able to read the next part soon with more excitement. Thanks a lot for bringing such a nice story
thank you so much Sid.. after exam will be back with more excitement like u said… keep waiting
Alhey Jenny e insaanettha????
Haadha rulhi eh eba aadheyey
Maayaa varah varah kei gadha
Maasha allah?
Btw good luck bbe writer??❤️
thank you Cherry… maya vvv kei gadha
Could some one just give me a gun!!
Or Could some one take me to the Same place natheeg died, with that evil witch jenny??
I’ll show her what she desrves!!??
Writer you just made me so sad:(!!
Jenny maraalan maa lasves vege!!!
Sorry Song Hye Kyo… KOREAN… we shall teach jenny a lession
Mirey mi story kiyaafa kurin story eh kiyaafa nuroa varah roefin…?☹… Jenny koachekey hithah araigen e ulheny… If i were near her dhn I would heave slapped her tight, even though tht is not enough 4 her punishment… Keel n Maaya dhuru nukuracchey… ❤ this story
ehentha… sorry Shy dhera kohlevunyma… lets see dhw vaagotheh… nakeel loves maya alot so egidhaanetha eloabi ga huri baareh ves… keep reading.. thank you
???Alhey kurinves buneemehnu baby maranulashey. E nubaymeehagandu maraalinama. Huvafenakah Milan veenama e nubaimerhagandah fenena.???? ?????
sorry fathun… higaa dhw dhn vaan huri kanthaha balamaa
Vaahakaige namaa gulhuvaalii dw ☺☺vv rythi mivaahaka.ekam nathyq maraa liiima v dhera?
Hehe…. mihaaru gulheytha namaa vaahaka aa… story is filled with more suprises… keep reading to find out. Aslu writer v dhera v nathyq ah ehn hadhan jehunyma…ekam keekurany dhw…
How dare that jenny.??? she did something unforgivable.?she must be punished?? and tortured for what she did…? I hope nakeel and Mayaa vakinuvaane kamah☺☺
Lets see vaagotheh
mi part kiyaafa rovey.. jenny haadha goahey.. saithaaneh a e hama.. kuda kuda furaanyah ehn hadhan bireh vx nuganey nun.. maayaa hope dhookoh nulaathi,.. waiting for another part.. im sure next part will b more beautiful than this..
lets hope maya stays strong… thank you and i ll try my best
That jenny did something unforgivable?she must be punished?hope nakeel aa maya vaki nuvaane kamah?
lets punish her togather…. and keep reading to find out more… 😀
Jenny ah thiothy dhen Nakeel libifa. Kurin kudakoh sympathy vi Jenny ah ekam mihaaru “Hate You Jenny”. Melissa ya Jihad ves dhen this Jenny ah maafeh nukuraane. Please eyna beyzaaru kolla punish kurey. Hithah araa Hama gos e balconin vattaalaafaananmey. Ekam Roadhamas veema ekahala kameh kuran nukerigen miulheny. Ekam eyna beyzaaru kollaa adhabu dheyne jeheyne.
Higaa dhw vaagotheh balamaa
Alhe e thuhthu kuhjaage biruganfa inna moonukolhu hitha annani. Hama heebihinagaigen dhani efuraana eyruves ingenu egein libeyni dheraehkan..?? varah aslakaa vahtharu. Gud luck for ur exam. Like this story. Write ur exam too.??
Thank you
Alhey eoiy loabi kuhjaa e jeney salaamathun dhiya nudheythi.. story hama varah reethi ?
Higaa dhww vaagotheh balamaa…. thank you… aisha ge vaahaka up veytho v inthizaaru kurevey… v kiyaa hithun kiyaa vahaka eh…
Kobaa story avas kobbaa V salhi story thanks writer
Story up vaany saturdayga… writer reyga story ge half eh liyuny… ekam i have exams now eyah fahu kuraanan…. saturday