“އަލްހަމްދުލިﷲ..މި ބަލާވެރިކަމުން ތި ދެކުދިން ސަލާމަތް ވެއްޖެ..ބާއްޖަވެރި މުސްތަޤުބަލަކަށް އެދެން..ބޭބެގެ ދުޢާ ވަނީ ތި ދެކުދިންނާއެކު..” އަލިބެގެ މޫނުމަތި ވަނި އުޖާލާވެފައެވެ. އެތަނުގައި ތިބި ގިނަބައެއްގެ ހިތްތަކުގައި ބިރުވެރިކަން ވީނަމަވެސް ކޮންމެ މީހަކުވެސް ޝުކުރު ކުރަމުން ދިޔައީ މުސީބާތުން ސަލާމަތް ވުމުންނެވެ. އަލިބެ އެފުޅިއަށް ބަލާލަމުން އޭތި ކަޅުކުލައިގެ ކޮތަޅަކަށްލައި އައްސާލިއެވެ. އެފުޅިއަށް ހަދަންވާގޮތް އަލިބެއަށް އެނގެއެވެ. ކައިޝާގެ އަތުގައި ހިފަހައްޓައިގެން ހުރި އީތަންގެ ހިތުގައި ޒިއަދަންއާއި މެދު ހަމްދަރުދީވިޔަސް އޭނާގެ އުނދަގުލުން ސަލާމަތް ވުމުން އުފާވެސް ވިއެވެ. ދެން އެއްވެސް ފިކުރެއް ނެތި ކައިޝާއާއި އެއްކޮށް އުފާވެރި ދުވަސްތަކެއް ހޭދަކޮށްލެވިދާނެއެވެ.
**
ކައިޝާއާއި އީތަން ޖެހިގެން އައި ދުވަހު ފުރައިގެން ދިޔައީ ރިސޯޓަކަށެވެ. އަމްޖަދާއި ސަރަފިއްޔާގެ ފަރާތުން ލިބުނު ކައިވެނީގެ އެއަގުބޮޑު ހަދިޔާ އީތަންމެން އުފަލުން ބަލައިގަތީ އެދެމަފިރިންނަށް ޝުކުރުކުރަމުންނެވެ. އީތަންއާއި ކައިޝާ ތިބީ ފެންނަމުންދާ ހިތްގައިމު މަންޒަރުތަށް ފެނި އާޝޯޚުވެފައެވެ. މީހުން ބުނަނީ ތެދެކެވެ. ރާއްޖެ އަކީ އެހާވެސް ހިތްފަސޭހަ ތަނެކެވެ. ވަށައިގެންވާ މާހައިލު އެކަމަށް ހެކިވާނެއެވެ. ޤުތުރަތީ އެހިތްގައިމު މަންޒަރުން ހިތްތަކަށް އުފާވެރިކަން ގެނުވައެވެ. ޖެހެމުންދާ ނަލަނަލަ ވައި ރޯޅިތަކުން ޖިސްމަށް ލުއިކަމެއް ގެނުވައެވެ. އީތަންއާއި ކައިޝާ ކައިވެނީގެ މާތް ގުޅުމުން ގުޅިގެންދިޔައީ އެހިތްފަސޭހަ މާހައުލުގައެވެ. ކައިޝާގެ އެލަދުވެތިކަން އީތަންގެ ހިތަށް އާޖޯޝެއް ގެނުވަމުން ލޯބީގެ ކަނޑެއްގައި އޮޔާބެހިގެން ދިޔައިރު ދެހިތްވަނި އުފަލުން ފޮޅިފައެވެ.
އީތަންގެ ތަނަވަސް މޭމަތީގައި ބޯއަޅައިގެން އޮތް ކައިޝާގެ މޫނުމަތިން ހިނިތުންވުންފިލާ ނުދެއެވެ. ދެހިތަށް ހިތްހަމަ ޖެހުމާއި އުފާވެރިކަން ލިބިފައިވިއެވެ. “އެބައަންނަން ފާޚާނައަށް ވަދެލާފަ..” އެނދުގެ ފަޑީގައި އަޅުވާލެފައިވާ އީތަންގެ ޓީޝާޓް ގަޔަށް މަހާލަމުން ކައިޝާ ބުނެލިއެވެ. ކައިޝާއާއި ދިމާއަށް ބަލާލަމުން އީތަން ހިނިތުންވެލިއެވެ. ކައިޝާ ފާޚާނައަށްވަތްތާ ކުޑައިރުކޮޅެއްވީތަނާ އީތަން ސިހިގެން ދިޔައީ ކައިޝާގެ އަޑު ޖެހުމުންނެވެ. ފާޚާނާއިގެ ދޮރާ ދިމާއަށް ބަލާލިއިރު އެދޮރުން ނިކުމެގެން ކައިޝާ އަންނަތަން ފެނުމުން އީތަންގެ ހިތަށް ނުބައި ގޮތްތަކެއް ވިއެވެ. އަނެއްކާވެސް އޭނާގެ އުފާވެރިކަން ފޭރިގަންނަން އުޅެނީބާއެވެ. ޒިއަދަން އެނބުރި އައީ ހެއްޔެވެ؟ އާތް!..މަންމާ..ކަކުނި..ބައިވަރު ކަކުނި..” ކައިޝާ ރޮއެގަތެވެ. ދެލޮލުން ފެންއަންނަމުން ދިޔައެވެ. އެހާވެސް ބޮޑަށް އޭނާ ވަނީ ބިރުގެންފައެވެ. އީތަން އެނދުން ފުންމާލައިގެން ގޮސް ފާޚާނާއަށް ވަނެވެ. އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. އީތަންއަށް ހަމަ ޖެހުމުގެ ނޭވައެއް ލެވުނެވެ.
“ކޮބާ ނެތެއްނު؟ އެއީ ހީވިގޮތެއް ކަންނޭނގެ..އެހެންނުވާނީ ލައިޓް ނުޖައްސާ ފާޚާނާއަށް ވަންނަންޏާ” ކައިޝާގެ ބޮލުގައި އީތަން ޖަހާލިއެވެ. އެވަގުތު ކައިޝާގެ މޫނުނަތިން ފެނުނު ހާސްކަން ފިލާދިޔައެވެ. އީތަންވެސް ހިނިތުންވެލިއެވެ. އެހެން ނަމަވެސް ސިކުނޑިގެ ކަނަކުން އިންޒާރު ދެމުން ދިޔައެވެ. ކޮންމެވެސް ކަމެއް ވާން އުޅެނީއެވެ. ކައިޝާ ފާޚަނާއާއި ދިމާއަށް ހިނގަތްވަގުތު ކޮޓަރީގައި ހުރި އެނދާ ދިމާއިން އަޑެއް އިވުނުވެ. “އެއިވުނީ ކޮން އަޑެއްތަ؟ “ފަސްއެނބުރިލަމުން ކައިޝާ ވަށައިގެން ހޯދާލީ އަޑުއައި ދިމާއެއް ނޭނގުމުންނެވެ. އީތަން ބަލާލީ އެނދާ ދިމާއަށެވެ. “ވެދާނެ އެއީ ބޭރުން އިވުނު އަޑެއް ކަމަށް..”އެހުރިގޮތަށްހުރެ އީތަން ބުނެލިއެވެ. ކައިޝާވެސް އިތުރު ސުވާލެއް ނުކުރިއެވެ. އީތަން އެނދުހުރިދިމާއަށް ބަލާލިއިރު އާދައިގެ ކަކުންޏަކަށްވުރެ ބޮޑު ކަޅުރަތް ކުލައެއްގައިވާ ކަކުންޏެއް ފެނުނެވެ. މަޑުމަޑުން އޭތި އެނދުދަށުން ނިކުމެގެން އީތަން އާއި ދިމާއަށް އަންނަންފެށިއެވެ. އީތަން އަށް ފަހަތަށް ބަލާލެވުނީ ކައިޝާ ހުރިކަމަށެވެ. ނަސީބަކުން އޭރު ކައިޝާ ފާޚާނައަށް. ވަންނަނީއެވެ. އީތަން ބަލަބަލާ ހުއްޓަ އެއްކަލަ ކަކުނިން ދުންތަކެއް އެރުމަށްފަހު މުޅިކޮޓަރި ފުސްކޮށްލިއެވެ. އެވަގުތު މުޅިކޮޓަރިން ފަރުހަކިވަސް ދުވަމުން ދިޔައިރު ދުންތަކުތެރެއަށް އީތަންވެސް ގެއްލިގެން ދިޔައީ އެކަކުންޏާއެކުއެވެ.
**
ހުސްނާ އިނީ ކޮޓަރީގައެވެ. މަޖުދާ އޭނަގެ ފިރިމީހާއާއި އެއްކޮށް ބޭރަށް ދިޔައ ގޮތަށް އަދި ނާދެއެވެ. ސަރަފިއްޔާއާއި އަމްޖަދުވެސް މިރޭވީ ޕާރޓީއަކަށް ގޮހެވެ. ހުސްނާ އީތަންމަތިން ހަނދާން ކުރިއެވެ. އެދެކުދިންނަށް ބާއްޖަވެރި ދިރިއުޅުމެއްް ދައްކަވާތޯ ހުސްނާ ދުޢާ ކުރިއެވެ. އަމިއްލަ ޙާލަތާއި މެދު ހިތާމަކުރުމުން ޒުއްނޫރުގެ ތަސްވީރެއް ހިތުގައި ކުރަހާލެވުނެވެ. މަދު ދުވަސް ކޮޅަކަށް ނަމަވެސް ހުސްނާގެ ހަޔާތުގެ ބައިވެރިއަކަށްވި ފަރާތަކީ ހަމައެކަނި ޒުއްނޫރެވެ. ހުސްނާގެ ޚިޔާލީ ދުނިޔެ ވިއްސިވިހާލިވެގެން ދިޔައީ އިވުނު ގަދަފަދަ އަޑު ފަށްގަނޑަކުންނެވެ. ހިތުގައި ބިރުވެރިކަމުގެ ރާޅެއް ހިނގާލިއިރު އެދެލޮލުންވެސް ސިހުން ފެންނަމުން ދިޔައެވެ. “ޒުއްނޫރު!” ކުރިމަތިން ފެނުނު ސޫރައަކުން ހުސްނާގެ ހިތުގެ ތެޅުންވެސް މަޑު ޖެހިލިކަހަލައެވެ. ޒުއްނޫރު މިހާރު އައުމުގެ ބެނުމަކީ ކޮބާހެއްޔެވެ؟ ހުސްނާ އެހާލުގައި ވީތީވެ މަލާމަތް ކުރަންހެއްޔެވެ؟ ހުސްނާ މޫނު އަނބުރާލިއެވެ. މިހާލަތުގައި އިނދެ ޒުއްނޫރާއި ބައްދަލު ކުރާކަށް އޭނައެއް ނޭދެއެވެ. “އަހަންނަށް އިނގޭ ހުސްނާގެ ހިތުގައި އެތައް ޝަކުވާއެއް ވާކަން..އަހަރެން މިއަދު ހުސްނާގެ ކައިރިއަށް މިއައީ މަޢާފަށް އެދެންވެގެން..އަހަރެންގެ ސަބަބުން ހުސްނާ އުފުލަމުން ތިދާ ވޭނާއި ހިތާމަ ދެކޭކަށް އަހަންނަށް ކުޅަދާނައެއް ނޫން…އަހަންނަށް މަޢާފުކުރޭ” ޒުއްނޫރުގެ ދެލޯ ކަރުނުން ވިދާލިއެވެ. ހަޤީގަތުގައިވެސް އޭނައަަކީ ބޮޑު ކުށްވެރިއެކެވެ. މިއަދު ހުސްނާގެ އެހާލަތުގެ ޒިންމާވެސް ނަގަން ޖެހޭނީ ހަމައެކަނި އޭނާ ކަމުގައި ޒުއްނޫރު ދެކުނެވެ. ޒިއަދަން ކުރި ކުށެއްނަމަވެސް އެއަމަލު ޒިއަދަން އެހިންގީ އީތަންއަށް ދެރައެއް ދޭށެވެ. އެކަމަކީ ޒުއްނޫރުގެ ފަރާތުން ބަދަލު ހިފުމަށް ޒިއަދަން ކުރި ކަމެކެވެ. ކުޑައިރުންފެށިގެންވެސް ލޯތްބާއި އަޅާލުން ލިބިފައިވަނީ އީތަންއަށް ކަމުގައި ވީތީވެއެވެ. ޒިމްރީނާވެސް ޒިއަދަންއަށް ވިސްނައިދީފައިވާ ގޮތަކީއެއީއެވެ. ޒިއަދަންގެ އެހުންނަ ބަދަލުހިފުމުގެ ރޫޙު އާލާވެފައި އެވަނީ ޒިމްރީނާގެ ތަރުބިއްޔަތުންނެވެ. ނަމަވެސް މިއަދު އެކަމާ ހިތާމަކުރުމަކުން އެދުވަސްތަކެއް ބަދަލެއް ނުކުރެވޭނެއެވެ. ޒުއްނޫރު ކަކޫޖަހައިގެން ޓައިލްސްމަތީގައި އިށީނދެ ހުސްނާގެ އަތުގައި ހިފާލިއެވެ. އެތައް ޒަމާނަކަށްފަހު އެއަތުގެ ބީީހިލުން އިހުސާސް ކުރެވުމުން ހުސްނާއަށް ތަފާތު އިހުސާސެއް ކުރިއެވެ. ޒުއްނޫރު މަޢާފަށް އެދުމުން އެވަގުތު މަޢާފު ކުރަން ހުސްނާގެ ހިތް އެދުނަސް އެހާ ފަސޭއައިން އެދުވަސްތައް މަތިން އޭނާ ހަނދާން ނައްތާލާނީ ކިހިނަކުން ހެއްޔެވެ؟ “އަހަރެން ނޫރަށް އެންމެ ބޭނުންވި ދުވަހު ކޮބާ؟ ހާލު ބަލައިލަން އައިންތަ؟ އަހަރެން އެކަނިމާ އެކަނި ދަރިފުޅު ބަލާ ބޮޑުކުރިއިރުވެސް ޒުއްނޫރުގެ ހިލަމެއްވެސް ނުވޭ..އަހަރެން ކިިހިނެއް އެދުވަސްތަށް މަތިން ހަނދާން ނައްތާލާނީ..ހާދަ ދެރައެއްވިއޭ..ނޫރަށް އިޙުސާސެއް ނުކުރެވޭނެ އަހަރެން އުފުލި ވޭނާ ތަކުލީފެއް..” ހުސްނާގެ އަޑު ބެދުނެވެ. އިތުރަށް ވާހަކައެއް ނުދެއްކުނެވެ. “އަހަންނަށް އިޙުސާސް ނުކުރެވުނަސް ހުސްނާ ކުރި ހިތާމަތަށް އެންމެ ގާތުން ދެކުނު މީހަކީ އަހަރެން..އަހަރެންނަށް ހުސްނާގެ ކައިރިއަށް ނާދެވުނީ މަޖޫބޫރުވީމަ..ހުސްނާ އެކަނިމާއެކަނި އީތަން ބަލާ ބޮޑުކުރިނަމަވެސް ތާއަބަދު އީތަންގެ ހަށިފާރަވެރިއެއްހެން އަހަރެން ހުރިން..އީތަން ބޮޑުވެފައި އެހުރީ ބައްޕަގެ ލޯބިވެސް ލިބިގެން..” ޒުއްނޫރު ބުނެލި ވާހައަކުން ހުސްނާ ދެލޯ ބޮޑުވެގެން ދިޔައެވެ. އީތަން ދުވަހަކުވެސް އޭނަގެ ބައްޕަގެ ވާހަކަ ނުދައްކައެވެ. ދެބަފައިން ވެގެން އޭނއަށް އޮޅުވާލީއެވެ. ހުސްނާގެ ހިތުގައި އީތަންއާއި މެދު އެތައް ޝަކުވާއެއް ވިއެވެ.”އަހަރެން އީތަން ކައިރީގައި ވަޢުދު ކުރުވިން އަހަރެންގެ ވާހަކަ ހުސްނާއަސް ކިޔައި ނުދޭނެކަމަށް..އެހެންވެ އީތަން އެކަންތައް ސިއްރު ކުރީ..” ޒުއްނޫރު ބުނެލިއެވެ. ހީވީ ހުސްނާގެ ހިތުގައި އޮތް އެއްޗެއް އެނގިގެން ބުނެލި ވާހަކައެއް ހެންނެވެ. ހުސްނާއިނީ އަނގައިން ބަހެއް ނުބުނެއެވެ. ޒުއްނޫރު އޭނައަށް ކުރިމަތިވި މަޖުބޫރީތައް ކިޔައިދެމުން ދިޔައެވެ. ޒިމްރީނާގެ ބައްޕަ ދިން އިންޒާރުތަކުގެ ވާހަކައެވެ. އޭނާގެ މަންމަ އިންސާނުންނަށް ކުރާ ނަފުރަތެވެ. އެންމެ ފަހުން ޒިމްރީނާގެ އަތްދަށުގައި ހުސްނާ ވީއިރު މަދަދަށް އެދި ނާދެވުނީ ޒުއްނޫރުގެ ބައްޕަ އެދުވަހު މަރުވުމުން ކަމުގައި ބުނެލީ ހިތްދަތި ކަމާއެކުއެވެ. ޒިއަދަން ހުސްނާއަށް އަނިޔާކުރިި ދުވަހު އިބްޒާ ހުރީ ޒުއްނޫރު ގައިދު ކޮށްގެންނެވެ. އެދުވަހު ޒުއްނޫރަށް ވަފާތެރި ޖިންނިތަކެއްގެ އެހީތެރިކަން ނުލިބުނުނަމަ އެވަގުތަށ ނަމަވެސްް އޭނައަށް އެތަނަށް ނުދެވުނީހެވެ. “އަދި އިނގޭތަ ބައްޕަ މަރުވަމުންވެސް އެދުނީ އެންމެ ކަމަކަށް އެއީ ހުސްނާގެ މަޢާފަށް..ވަރަށް ރޮއެފަ ބުނި އެދުވަހު އެގޮތަށް ކަންތައް ނުކުރެވުނު ނަމަ މިހުރިހާކަމެއް ނުހިނގާނޭ..އަމިއްލަ ނަފުސު ކުށްވެރިކުރާހާލު ނިމިގެން އެދިޔައީވެސް..” ޒުއްނޫރު އޭނައާއި ހުސްނާގެ ކައިވެނި ކުރެވުނު ގޮތާ އެކަމުގެ މަޤުސަދުވެސް ކިޔައިދިނެވެ. އޭނައަށް ހުސްނާދެކެ ލޯބިވެވުނު ގޮތާ އެކަމުގެ ސަބަބުން އޭނާގެ އާއިލާއިން ކުރިމަތި ކުރުވި ފިއްތުން ތަކާ އޭނާއަށް މަޖުބޫރު ކުރުވި ގޮތްތަކުގެ ތަފުސީލު ކިޔައިދިނީ މާޒީ ހަނދާން ކުރަމުންނެވެ. ޒުއްނޫރު ކިޔައިދެމުންދާ ވާހކަތަށް ހުސްނާއަށް މަންޒަރުތަކެއްގެ ސިފައިގައި ފެންނަމުންދާކަހަލައެވެ. އެހާވެސް ހުސްނާ އިނީ އެވާހަކަތަކަށް ޝައުގުވެރިވެފައެވެ. މާޒީގެ އެސޮފުހާތަށް ހަނދާންކުރަން ޒުއްނޫރަށްވެސް ފަސޭހައެއް ނޫނެވެ. އެއީ ހިތްދަތި ދުވަސްތަކެކެވެ. ލޯބިވާ ފަރާތްތަކާ ދުރުގައި އުޅެން ޖެހުމުން އެހިތުގައިވަނީ އެތަށް ކޫރުމެއް އެޅިފައެވެ. ޒުއްނޫރުގެ ވާހަކަތަކުން ހުސްނާގެ ހިތުގައިވި ކިލަނބުކަން ފޮހެވިގެން ދިޔައެވެ. ހަޤީގަތް އެނގި ހާމަވުމުން އެހިތް ސާފު ވެއްޖެއެވެ. ” އަހަރެންގެ ހިތުގައި އެޅި ވޭން އެއްވެސް މިހަކަށް އިހުސާސެއް ނުކުރެވޭނެ..ނަމަވެސް މާޒީވެ ގޮސްފައިވާ ކަމެއްގެ ނަފުރަތު ހިތުގައި އުފަންކޮށްގެން ހުންނާކަށް އަހަރެންގެ ހިތެއް ނޭދޭ..ނޫރުގެ ބައްޕައަށް އަހަރެންގެ ހިތުގެ އަޑިން މާފު މިކުރަނީ އެދުވަސްތައް އަހަރެންގެ ހަޔާތުން ފޮހެލުމަށް..އެހެން ނޫންނަމަ އުމުރުގެ ބާކީީ މިއޮތް ދުވަސްތަކުގައިވެސް އަހަރެންނަށް އެދުވަސްތަކާ މެދު ހިތާމަ ކުރުން ނޫން ކަމެއް ނުކުރެވޭނެތީވެ..އަހަރެންގެ ހިތުގައި އަދިވެސް ނޫރަށްޓަކައިވާ ލޯބި ކަފުން ކުރެވިފައިވީނަމަވެސް މިހަޔާތުން އިތުރު ފަރާތަކަށް ޖާގައެއް ނުދެވުނު ސަބަބަކީވެސް ނޫރުދެކެވާ ސާފު ލޯބި..އަހަރެން ކިތައްމެ މަސައްކަތެއް ކުރިޔަސް އެލޯބި ފޮހެވިގެން ނުދިޔަ…ތާއަބަދު އަހަރެން އިންނަނީ ނޫރުގެ އިންތިޒާރުގައި..އެކަމަކު މިއަދު އަހަރެންގެ ހާލަތު ތަނެއް ނުދޭ ނޫރަށް ކުރީގެ އުފާވެރި ހަޔާތް ހޯދައިދިނުމަށް..އަހަންނަކީ ބޭކާރު މީހެއް..އަހަރެން ނޫރަށްވެސް މާފުކޮށްފިން..އެކަމަކު އަހަރެންގެ ދިރިއުޅުމުން ޖާގައެއް ނުދެވޭނެ..”ހުސްނާ ހިތްދަތި ވީވަރުން ވާހަކައެއް ނުދެއްކުނެވެ. އެހިތުގައި އަޅަމުންދާ ވޭނަކަށް ކެތެއް ނުކުރެވުނެވެ. ޒުއްނޫރު އޭނާގެ ދެއަތުން ހުސްނާގެ ހަށިގަނޑުގައި ހިފަހައްޓާލިއެވެ. އެދެލޮލުން ފެންނަނީ ބަދަލެއް ނުވާ ލޯތްބެވެ. ޒުއްނޫރު ހުސްނާގެނެސް އެމޭގައި ޖައްސާލިއެވެ. ކިތައްމެ ދުވަހެއް ވިޔަސް އެލޯބި އެގޮތުގައި ވާނެ ކަމުގެ ޔަޤީންކަން ދެމުންނެވެ.
**ެ
“މާމަ ކީއްކުރަން އަހަރެން ތިގެނައީ..އިނގެއެއްނު ކައި އަހަރެން ނުފެނިގެން ހޯދާނެކަން..” އީތަންގެ އަޑުގައި ވަނީ ހިތްހަމަ ނުޖެހުމެވެ. އިބްޒާ އެއްވެސް އަންގާލުމެއްނެތި އެފަދަ ގޮތަކަށް އީތަން ގެނައުމުން ހިތްހަމަ ނުޖެހުނީއެވެ. އަދި އެވެސް އެފަދަ އުފާވެރި ރެއެއްގައެވެ. އިބްޒާއަށްވެސް ވިސްނެންވާނެއެވެ. އީތަންއަކީ މިހާރު މީހެއްގެ ފިރިއެކެވެ. ކައިޝާއަށްވެސް ހުރިހާ ހަޤީގަތެއް ކިޔައި ނުދީ ހުރުމުން އެހިތުގައިވެސް އެތައް ސުވާލެއް އުފެދޭނެ ކަމާމެދު އިބްޒާ ވިސްނާ ނުލަނީހެއްޔެވެ؟ “ދަރިފުޅު ތިހެން އުފަލުގައި އުޅުނަސް މާމަ އުފަލެއް ނުވެޔޭ..ދަރިފުޅު ކައިރީގައި ބުނީމެއްނު އިންސާނުންނާ އެކިގައި ނޫޅެވޭނެޔޭ..ދެން ކީއްވެތަ ތިހެން ކަންތައް ތިކުރީ؟..ތީ މިހާރު ނުވިސްނޭ ކުއްޖެއް ނޫނެއްނު..އީތަންއަށް ވެސް ވިސްނެންޖެހޭނެ ތިހެން ކަންތައްކުރުމުން އެއަންހެން ކުއްޖާއަށްވެސް ލިބޭނީ ގެއްލުންކަން..” އިބްޒާވެސް ހުރީ ރުޅިގަދަވެފައެވެ. އެހާވަރުން އިންސާނުންނާ ދުރުގައި އުޅެން ބުނުމުނުވެސް އީތަންއަށް ވިސްނުނު ކަމަށް ނުވިޔެއެވެ. ވާނީވެސް އެހެންތާއެވެ. ޒުއްނޫރު އެހުންނަނީ ހުރިހާކަމެއް ވަރިހަމަ ކޮށްލައިގެންނެވެ. ހުސްނާގެ ފައިބުޑަށް ވެއްޓި އާދޭސް ކުރަމުން އެދަނީ އިބްޒާގެ ިއތްޒަތް ވެއްޔާލާ މޮޑެލަމުންނެވެ. އިބްޒާ ދަްތކުނޑި ވިކާލިއިރު ދެލޯ ވިދާލީ ރަތްކުލައިންނެވެ. ޒުއްނުރު ފަދައިން އީތަންގެ ހާލަކީވެސް އެއީ ކަމުގައި ވުން އެކަށީގެންވެއެވެ. އިންސާނުންނަކީ ބަލިކަށި ބައެކެވެ. އިބްޒާ އެންމެ ނަފުރަތު ކުރަނީ އިންސާނުން މާއަވަހަށް ޖަޒުބާތީވާތީއެވެ. އަދި އެހެންމެ އޭނަގެ ފުރާނަފަދައިން ލޯބިވި ދަރިފުޅު މަރުވީވެސް އިންސާނެއްގެ ސަބަބުން ކަމަށްވީތީވެއެވެ. “މާމައަށް އަދި ވިސްނޭނެ..ދެން އެހެން ނޫނަސް އަހަރެންމީ ޖިންނިއެއްވެސް ނޫނެއްނު..ބާރުތަކެއް ލިބިގެންވިޔަސް އަހަރެން މިއުޅެނީ ހަމަ އިންސާނެއް ފަދައިން ދެން ކޮބާތަ އިންސާނަކާ ކައިވެނި ކިުރމުން އޭނއަށް ލިބޭނެ ގެއްލުމެއް؟..އަހަރެންގެ ދިރިއުޅުމުގައި މިހާރު އެއްވެސް އުނދަގުލެއް ދުއްތުރާލެއް ކުރާނެ މީހެއް ނެތް..” ޒިއަދަން މަތިން ހަނދާންކުރަމުން އީތަން ބުނެލިއެވެ. އިބްޒާގެ ލޭކެކިގަތެވެ. ޒުއްނޫރާ އީތަން އެއްބަސްވެގެން ޒިއަދަންގެ ދުވަސް ދުއްވާލީއެވެ. އެހެން ނޫންނަމަ އޭނައަށް ޒިިއަދަން ހޯދޭނެއެވެ. އިބްޒާ ކެނޑިނޭޅި އަދިވެސް އެދަނީ ޒިއަދަން ހޯދަމުންނެވެ. އެހެންނަމަވެސް އެކަމުގައި ކުރިއެރުމެއް ނުލިބޭތީވެ އޭނަ އެހުންނަނީ މާޔޫސް ވެފައެވެ. އީތަން ދެލޯމަރާލަމުން އިބްޒާގެ ކުރިމަތިން ގެއްލުނެވެ. “ދަރިފުޅަށް 25 އަހަރުވުމުން މާމަ ބުނި ބަސްތަށް ހަނދާން ހުންނާނެ ކަމުގައި އުއްމީދުކުރަން..އެދުވަހަކުން ދަރިފުޅަށް ވިސްނޭނެ..” އިބްޒާގެ އެބަސްތަށްވީ އޭނަގެ ހިތުތެރޭގައެވެ.
**
އީތަން އާއި ކައިޝާ ރިސޯޓުން އެނބުރި އައީ އެތަށް ހަނދާނެއް ހިތުގައި ރައްކާކުރަމުންނެވެ. ދެމީހުންގެ މޫނުމަތިންވެސް ނުފިލާ ހިނިތުންވުމެއް ފެންނަމުން ދިޔައެވެ. އީތަންގެ ކުއްލި ގެއްލުމާއި ފެނުމުން ކައިޝާއަށް މާ ބޮޑު އަސަރެއް ނުކުރީ އެކަންތަކަށް އޭނާ ހޭނެން ޖެހޭނެޔޭ ހިތް ބުނުމުންނެވެ. އީތަންވެސް އެވާހަކަ ނުދެއްކީ ކައިޝާގެ ސުވާލެއް ކުރިމަިތި ނުވުމުންނެވެ. އީތަންމެން އެނބުރި އައުމުން އެގެއަށް ބަހާރު މޫސުންއައި ފަދައެވެ. އުފާވެރިކަމާއެކު ދުވަސްތައް ގުނަމުން ދިޔައީ އެއްވެސް ފިކުރެއް ނެތިއެވެ. ލޯބީގެ އަޙުދު ތަކާއި ވަޢުދުތަށް ވަމުން އީތަންއާއި ކައިޝާގެ ދިރިއުޅުމުގައި ތަފާތު އެތަށް ކުލައެއް ޖެހެމުން ދިޔައެވެ. ވަގުތު އެއީ ހުރިހާ ކަމަކަށްވެސް އޮތް ހައްލެވެ. ހުސްނާވެސް މިހާރު އެހާތަށް ހޭނިފައި ވިއެވެ. ދޭތެރެއަކުން ޒުއްނޫރު އާދެއެވެ. މާގިނަ ވާހަކަތަކެއް ނުދެކެވުނަސް އެދެމެދުގައިވާ ގުޅުމަށް ކިލަނބުކަމެއް ނައިސް އެގޮތުގައި ދެމިއޮތެވެ.
” ކައި އަދިވެސް އީޝަލްގެ ޚަބަރެއް ނުވޭތަ؟ ” އީތަން އޮތީ ޖޯލިފަތީގައެވެ. އެއް އަތް ބޯމަތީގައިވާއިރު ދެލޯ އަމާޒުވެފައިވަނީ ސާފު އުޑުމަށްޗަށެވެ. ކައިރީގައި ކައިޝާއިންއިރު އެއަތުގައިވަނީ އަނބު މަޖާތަށްޓެކެވެ. އަނގަޔަށް ގޮތްގޮތް ހަދަމުން މަޖާކަމުން ދިޔައިރު ދާކިތިތަށް އެދޮން މޫނުން ބަބުޅަމުން ދިޔައެވެ. ކައިޝާ އީތަންއަށް އެތިކޮޅެއް ދިއްކޮށްލަމުން ފެން ފޮދެއް ބޮލިއެވެ. “އިޝްގެ ޚަބަރެއް ނުވޭ..އަހަރެން ވަރަށް މަސައްކަތްކުރިން..މަންމަވެސް ބުނި އެގެޔަށް ދިޔައީމޯ އެކަމަކު ދޮރު ތަޅ:ުލާފައި ހުރުމުން އެނބުރި އައީ..ދެން ބައެއް މީހުން ބުނެއުޅެޔޯ ރައުލްގެ މަރަށްފަހު އޭނަގެ ބައްޕަވެސް ގެއްލުނީ ހަމަ ކުއްލިއަކަށޯ..ވެދާނެ ދޯ އެއްވެސް މިހަކަށް ނޭނގި އިންޑިއާއަށް ދިޔައީ ކަމަށް..އެމީހުންނަކީ މާގިނަ ބަޔަކާ ގުޅުންބާއްވާ ބައެއް ނޫންވީމަ މާބޮޑު އެއްޗެއް ނޭނގުނު..” ކައިޝާ ބުނެލިއެވެ. އީޝަލް ކޮބައިބާއެވެ؟ ރަނގަޅުވުމުން އޭނަ މަތިން ހަނދާން ހުންނާނެބާއެވެ؟ މިހާރު ދުނިޔޭގައި އޮތްކަމެއްވެސް ނޭނގެއެވެ. އަހަރު ދުވަސް ފާއިތުވެގެން ދިޔައިރު އީޝަލްގެ އެއްވެސް ޚަބަރެއް ނުވުމުން ކައިޝާ އެކަމާ ހިތާމަކުރިއެވެ. އެކުވެރިޔާއަށް ހެޔޮ ގޮތް މިންވަރުކޮށްދެއްވުމަށް އެދި ދުޢާކޮށްލިއެވެ. “ކައި..” އީތަން ގޮވާލި ހިޔާލީ ކަނޑަކަށް ގެނބެމުންނެވެ. އެއަޑުގައި އެތަށް އިޙުސާސެއް އެކުލެވިގެންވެއެވެ. “ހޫމް…ކީކޭ..” ކައިޝާއަށް ބޮޑަށް ސަމާލުކަން ދެވެނީ މަޖާ ތައްޓަށެވެ. ” އެއްދުވަހަކު އަހަރެން ގެއްލިއްޖިއްޔާ ކައި ކިހިނެއްހަދާނީ..” އީތަންގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ. ކައިޝާއާއި ވަކިން އުޅުމުގެ ޚިޔާލުންވެސް އީތަންގެ ހިތަށް އެހާއަސަރު ކުރެއެވެ. “މިހާރުވެއް ކަންތައް ކުރާގޮތަށް ހަމަ ހުންނާނި..އެއްވެސް ކަމެއް ނުކުރާނަން..އަހަންނަށް އިނގޭ އީތަން އަހަރެންގެ ކައިރިއަށް އަންނާނެކަން..ސޯ ކިއްކުރަން ހޯދަން އުޅެންވީ…ހެހެ..”އެއްވެސް ވިސްނުމެއްނެތި ކައިޝާ ބުނެލިއެވެ. މިހާރުވެސް އޭނަ އެތައްފަހަރަކު އީތަން ގެއްލިގެން އުޅެންޖެހެއެވެ. އެކަންތަކަށް އޭނާ ވަނި ހޭނިފައެވެ. ކައިޝާ ހީލިއެވެ. “ދެން މިއަދު މާ މޫޑި ވެފައި ތި އޮންނަނީ..ކިހިނެއްވީ؟” އީތަންގެ އެމަޑުމައިތިރި މިޒާޖުން ކައިޝާއަށް އުނދަގޫވިއެވެ. ކަމެއް ނުވެޔޭ އީތަން ބުނެލިޔަސް ކައިޝާގެ ހިތެއް ޤަބޫލު ނުކުރިއެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން ޔަޤީނެވެ. އެހެން ނޫންނަމަ އެހާ ސަކަރާތްޖަހާ މީހަކު މިއަދު މާމަޑުން އިނުމުގެ މާނައެއް ނެތެވެ. ކައިޝާ އިތުރު ވާހަކައެއް ނުދައްކައެވެ.
ރަތްވިލާ އުދަރެސް މަތި ފުރަމުން ދިޔައިރު އީތަންގެ މޫނަށް އެޅިފައިވާ އޮރެންޖުކުލައިން ރީތިކަން ދެގުނަވެފައިވާ ކަހަލައެވެ. ކޮލުގައި މަސްޖަހާލައިފާއިރު ތުނިކޮށް ފަޅާފައިވާ ތުނބުޅިން ފިރިހެންވަންތަކަން އިތުރުވެފައި ވިއެވެ. ތުނިކޮށް ކޮށާލެވިފައިވާ އެ އިސްތަށިގަނޑު އެމޫނާ ނުހަނު ގުޅެއެވެ. އީތަންގެ ރީތިކަމަށް ކައިޝާގެ ހިތް ތަޢުރީފުކުރިއެވެ. އޭނައަށް ލިބިފައިވަނީ ހާހުން ގުނާލެވޭނފަދަ ފިރިއެކެވެ. ހިތް ހެޔޮަކަމާއި ސާދާކަމުން ކައިޝާގެ ހިތުގައިވާ ލޯބި އިތުރުވުން ނޫން ގޮތެއް ނުވެއެވެ. އީތަންގެ ދިރިއުޅުމަށް އާދެވުނުކަން އެއީ އޭނާގެ ނަސީބެވެ. އެހާ ޅައުމުރުގައި ކައިވެނި ކުރެވުމުން ކައިޝާ ހީކުރީ ތަފާތު އެތައް މައްސަލައެއް ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް އީތަން އެއަށްވުރެ މާހަރުދަނާވެފައި ޒިއްމާދާރެވެ. ކައިޝާއަށް ޝަކުވާ ކޮށްލާނެ ފުރުސަތެއް ނުދެއެވެ. އެދެމެދުގައި ޖެހޭ ކުދި ކުދި މައްސަލަތައްވެސް އީތަން ހައްލު ކުރަނީ ލޯތްބާިއިެކުއެވެ. ދުވަސް ވާވަރަކަށް އެލޯބި ފުުންވަމުން ދަނީ ދެހިތުގައި އެތައް ހަނދާނެއް އުފަން ކުރުވަމުންނެވެ. ” ހެލޯ…ވަރަށް ސަކަރާތް ކަމެއް ދިމާވެގެން މިއުޅެނީ..އާދެބަލަ މިކޮޅަށް..” އީތަން އިނީ ފޯނު ކަންފަތު ޖަހައިގެންނެވެ. އެކޮޅުން އިވުނު ހައްމާދުގެ އަޑުގައި ހުރި ހާސްކަމަކުން އީތަންގެ ބޮލުގައި ރިއްސާލިއެވެ. އަނެއްކާ ކިހިނެއްވީބާއެވެ؟ އީތަންއަވަސް އަވަހާ މިދަނީއޭ ބުނެ ޖޯލިން ތެދުވިއެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެއޭ އެހިތް ބުނަމުން ދިޔައެވެ. ކައިޝާވެސް ޖޯލިން ތެދުވަމުން އަޅައިގެން ހުރި ބުރުގާ ރީތިކޮށްލަމުން އީތަންގެ ފަހަތުން ހިނގައިގަތެވެ. އީތަން ސައިކަލު މިސްރާބު ހުރީ އެމީހުންގެގެއާ ދިމާއަށެވެ. އެގެއަށް ދެވެން އޮންނަނީ އަތިރީ މަގުން ކަމަށް ވުމުން އެމަގަށް އަޅާލިވަގުތު މީހުންތަކެއް މޫދާ ދިމާއަށް ދުވަމުންދާ މަންޒަރު ފެނުނެވެ. ކައިޝާ އީތަންގެ މެދުހަށީގައި ބާރަށް ހިފަހައްޓާލިއެވެ. އީތަން ސައިކަލު ސްޕީޑް ބާރުކޮށްލަމުން ޖެހިގެން އޮތް ގޯޅި އެޅީ ކައިޝާ ބިރުން އިނީމައެވެ. ގޭ ދޮރުމައްޗަށް ސައިކަލު މަޑުކޮށްލިިއިރު ހުސްނާ އިނީ ގޭދޮރުމަތީގައެެވެ. މޫނުމަތިން ހާސްކަން ފެންނަމުން ދިޔައިރު ދެލޮލުން ފެންނަނީ ބިރުވެރިކަމެވެ. “އެއީ ތެދެއްތަ ދަރިފުޅާ..ގަބުރެއް ލައްގައިގެންނޯ އުޅެނީ..” ގެއަށް ވަދެގެން އައި ކައިޝާއަށް ބަލާލަމުން ހުސްނާ ބުނެލި ވާހަކަ އީތަންއަށް އިވުނެވެ. ސައިކަލު ސްޓާޓް ކޮށްލަމުން ޕޮލިސް ސްޓޭޝަނަށް މިސްރާބު ހުރި އިރު އެހިތަށް އުދަގޫ ވަމުން ދިޔައެވެ.
55 Comments
Comments are closed.
sorry i cudnt rpl to some of urs comments on last part..i jux nw read it..n thought rpl kuriyas kudhinnah nufennaaney so eheneve btw its beena exactly 6 days since v met last time so first i want knw hw r u all?
heekuran kamudhaane kamah n sorry cudnt make it long enuf to satistfy u guys but still hoping u all will accept this part too…:)
thankx:)
Alhe kiyaahithun indha enimune.. anehkka aee eeshalge bahpakanneynge dhw.. elehgee.. eww ..
Masha allah v reethi mibaivess.. koniraku dhen next part? Waiting ingey ..
neynge dhw kaakuge kamei..btw eeshal ge parents vaanee maakurines maruvefa n eyna balanee aunt n her hus( ramziyyaa n raqeeb- raul’s mom n dad) so hama vedhaane knme fadha meeheige gaburakahaves..thank u 🙂
Yeh mee first dhw.. btw adhikiyaanulan kiyaalaafa commenteh dheynan
hehhe aarn dhw:)
Varah salhi?.. Anihkaa kihineh vaanbaa miulheni.. Waiting ?
Aisha 2 nd dhw
yaay dhw:)
thank u sooo much..neynge dhw vaane gothei bunaakah..keep waiting:)
Woww. Vreethi mi part. keep it up kaya 😀 when nexy part?
Next. Me second dhw.
i guess u r 3rd:)
Really.. …third?
hehehe…ehen kamah mibalanee..heekuran next time ga nonns ah 1st libeyne kamah..hheheh:)
thank u sooo much nonns:) keep waiting..:)
V reethi.. anekka kaakuge gaburehbaa.. eeshal ge bappa ge tha… next part ah inthizaaru kuran..
Me 3rd dhw.. heheh
4rth hen heevanee..hehhe:)
e gaburuge haqeegai ingeyne varah avahaa so keep in touch..:)
Haadha dhigu inthixaarakh fahugaey kiyaalan mi libunee ekam ves vvvv salhi
dhw layaa..thanks dear:)
varah reethi mi part vx.. alhey ehaa biruveri nukuraathi ingey.. ekani vaa gadyga mi vaahaka mathin handaan v ma biruganey..
thanks alot dear:) biruveri dhw? hehhe..arrn mibalanee ehaaves biruveri nukureveythw.:)
amazing….. dhuvasvias up koh dhyfee mennun…. so it’s ok…. waiting for the next part…..
dhuvaskohlaafa comment kohleema m v happy..:) thank u chum:) keep WAITING:)
Kon iraku dhen oi part up vaani. Im so. Curious to knw. I love ur stories
thank u so much flower piririncess..insha allah soon i ll try to up..thanku for waiting:)
Hey kaya!this part is also amazing…mi story up veythw varah balan..anehkaa twist eh dho kihineh vaa veaanee hehe
Love this story❤
Ehehe waiting for the next part..
thank u sooo much zail:) i always apriciate ur support:) keep waiting to knw more:)
Psenhi hykury vahaka nimen ulheny kamah. Nice anekkaves interesting kohlythi
thank u:)psenhi dn nei kanneyng maa gina prts ei…heheh…hope u ll stay till de end:)
Alheyy…..kiya kiyaa indha e nimunee….aneh bai kiyaa hih vaneeeeeeeeeeee…..kayaaaaaa…avahah up kohdhehchey….
aneibai kiyaalan wait kuraane kamah heekuran..thank u azu:)
Aaaa!? mamma! Gabureh lehgee o.. hehehe.. dhen mi gaburu mathin handhaan vaavarun mirey nidheyne kamehves neyngey? varah reethi mi part ves.. ehaa dhuvass kohfa viyass up kohla dhinythy thankyou..?
Waiting for next part..?
hehhe..Adha:) ehaa biru nugannahchey ingey :)btw thank u so much for ur lovely comments:)
Varah salhi.waiting for next part………
awwn dear thankoooo soooo much:)
Varah reethi.? Kaya vareh hamaneiy….? Hehe.
Ibza hivvarukolla adhi Ziyadhan mareh nuvey. And husna ves alun noor aa gulhen fennany. Hehe.. Kaives thihaa cool nubebala. Ethan ah 25 yrs veema adhi vaanegothevves neyge ennu. Miharu Anekka Kaakugeebbaa mifenuny? Story Varah interesting… Thanks and Love you ? Bodubodukoh ?. Story liyaathy ingey… Hehe…
waiting for the next part…
one of de most sweet reader:) thank u soo much dear jinn:) happy to c ur comment..n m v interested dat u think abt evry part of this dtory:) keep waiting:)
WOW… V v salhi… Raqeebge gaburubaa e leggy… Ekam eyna maraanulahchey… Ibzaa kanneynge dhen nubaibai kulheyny… Waiting for the next part… Keep it up Kaya 🙂
most dearest supporter saandy:) thank u sooo much for always supporting:)
Mi prt ves v rythi…Mikahala rythi vaahaka eh share kuraathy v bodah thnQ..Nxt prt avas koh dhehchey kaya
thihaa loabi comment ei kohleema m v happy:) insha allah i ll try to up ASAP:) keep waiting
Haadha lahakun up kurany….mihaaru mi vaahaka kiyaa hithun moya vaa varu vejje…..v v v reethi mi stry……???
thank u soo much lahun up kureemaves kiyaalaafa comment kureeema:)
Kwbr thr mithr ga ulhey ethan jinni
arnn dhw…may b gaburuge postmotem hadhanee kanneynge..hehehe:)
Aee Alibe ge gaburu hen mashah heevanee…mi part ves vvvvv reethi…waiting for next episode…
hehehhe..neynge dhw vedhaane hama..hhehhe..keep waiting:)
Ownn. Its okay. Missed you.?….V salhi mi part vs.. btw tiles eh noon. Thashimushi ?. Ethankolhu hama alhaigathee kiyamun dhiya iruga.. interesting ingey.. when is next part kaya?
awwn thank u dear:) heheh..egothah kiyaathyve liyevifaves ehuree hama ehen..hehhe:) v balaigen liyanee ekamves missvedhaane dhw hama…jj abadhuves thigothugaa hunnanyaa mistakes hoadhaane kamah mibalanee..hehhe..v bodah shukuriyyaa:) btw keep waitinge ingey dear
🙂
wow! OBINESS TO THE MAX❣❣
How’s u kaya? n engey up nuve gina dhuvas vy bxy vyma kann..
Keep it up kaya ❣?
thank u dear 🙂 v v happy to c such alovely comment from a lovely reader:)
Yeyyy finaly stry up vejje dhw ??haadha inthizaareh kurevejje ey mi stry ah n masha allah v rythi v furihama kiyaahithun kiyakiyaa indhanimijje?? nxt prt kon irakun mihaaru ibzaa ehury badhaluhifannikumedhw ekam kai aa eethan dhurunukuruvah chey eethange mom mennan hedhihen ingey plx eyge kurin inzaa ah heyovisnun dhevvaashi aameen stry v rythi obiness to the max ly n gud nyt?????❤❤❤????
thank u sooo much khajja:) khajja buni kantahah mind ga bahattaanan..ekam cnt promise for anything…hehheheh:) keep waiting dear:)