Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިލްކު ކޮށްލީ ހިތޭ……05

Noor💙 Level 710 Stories100 Comments100 Login500 Comments
June 27, 2017 8 Mins Read
51 Comments

ފަލަކުއާއި ޝައިބާ ދިރިއުޅުމަށްޓަކައި ފޮނި އުއްމީދުތައް ކުރަމުން ދިޔައީ ދެމީހުންވެސް އެކަކު އަނެކެއްގެ ހުވަފެންތައް ހިއްސާ ކުރުމަށް ޚާއްސަ ވަގުތަކަށް އިންތިޒާރު ކުރަމުންނެވެ.ބޯމަތިން ނަގަމުން ދިޔަ ކަޅުފުސް ވިލާތަކުގެ ކުޑަވެސް ހިލަމެއް ނުވާ ޙާލުގައެވެ.

********************

އޭގެ އެއްހަފްތާ ފަހެވެ.ޑިއުޓީއަށް ދާން ނިކުތް ފަލަކުގެ މޫނުމަތީގައި އެހެން ދުވަސް ދުވަހާއި ޚިލާފަށް ވަނީ މާޔޫސްކަމެވެ.މިއަދަކީ މިއީ އޭނާގެ އުފަން ދުވަހަށް ވާއިރު ޔޫލް ރޭގައި އެހާ ދަންވަންދެން މެސެޖު ކުރަން އޮތްއިރުވެސް ވިޝް ނުކުރީމައެވެ.އަނެއް ކޮޅުން ޝައިބާވެސް ހަނދާން ނުވީތީއެވެ.ފޫހި ހިނގުމެއްގައި ގޮސް ހޮސްޕިޓަލަށް ވަންނަން ދިޔަ ފަލަކުގެ އުނަގަނޑުގައި ޔޫލް އައިސް އަތް އަޅުވާލުމުން ފަލަކު ދިޔައީ އެއްލި ގަނެގެންނެވެ.ފަލަކު ޔޫލްގެ އަތް ނައްޓުވާލުމަށްފަހު އެތެރެއަށް ވަންނަން ހިނގައިގަތެވެ.އަނގައިން ބަހެއްވެސް ބޭރު ކޮށްލުމެއް ނެތިއެވެ.ޔޫލްއަށް އެއްމިޔަކަނުން ހިނިތުން ވެލެވުނީ ފަލަކު ނުރުހިފައި ހުރި ސަބަބު އިނގޭތީއެވެ.ޔޫލް ނުވާކަމަކަށް ހަދާލާފައި ގޮސް ސައިން އިން ވުމަށްފަހު އޭނާގެ ރޫމަށްވަނީ ދެޖީބަށް އަތް ޖަހާލައިގެން ހުރެ ހަމަޖެހި ލައިގެންނެވެ.ފަލަކު ހިތްހަމަ ނުޖެހިފައި ހުރިކަން އެނގުމުންވެސް ޔޫލް ހަމަ އަޅައިވެސް ނުލުމުން ފަލަކުގެ ހިތަށް ތަދުވިކަން ގައިމެވެ.ފަލަކުދެކެ އެހާ ލޯބިވާ ކަމަށް ބުނަމުން އައި ޔޫލްއަށް ފަލަކުގެ އިޙްސާސްތަކާއި ދޭތެރޭ އެއްވެސް ފަރުވާލެއް ނެތީހެއްޔެވެ؟

ހިތާއި ހިތުން ކުދިކިޔަމުން ގޮސް ފަލަކުގެ ރޫމް ދޮރު ހުޅުވާލިއިރު މޭޒު މަތީގައި ބައިންދާފައި އިން ޕާރުސަލް ފަލަކުގެ ލޮލުގައި އަޅައިގަތެވެ.ފަލަކުއަށް އެވަގުތު ދޮރުން އެތެރެއަށް ދެމި ގަނެވުން ގޮތެއްވެސް ނޭނގުނެވެ.ފުރަތަމަވެސް ޕާރުސަލް ކައިރީގައި ބާއްވާފައި އޮތް ރަތް ކުލައިގެ ނުފޮޅޭ ފިނިފެންމާ ނަގައި ވަސް ބަލައިލިއެވެ.އަދި ގޮނޑީގައި އިށީނދެ ހަމަޖެހި ލުމަށްފަހު ޕާރުސަލް ކަނޑައިލިއިރު އޮތީ ވަރަށް ރީތި މަޑު ނޫކުލައިގެ ހެދުމެކެވެ.އެ ހެދުން ނަގައި ގައިގައި ޖައްސާލަން ނިއުޅާލިތަނާ އޭގެ ތެރެއިން ކުޑަކުޑަ ޕީޗް ކުލައިގެ ފޮއްޓެއް ވެއްޓުނެވެ.އެ ފޮށި ހުޅުވައި ނުލެވިގެން އުޅެނިކޮށް ދޮރުގައި ޓަކިޖެހި އަޑު އިވިގެން އެއްޗިހި ޑްރޯވަރ ތެރެއަށް ލުމަށްފަހު ކަމްއިން އޭ ބުނެލިއެވެ.ތަރުޖަމާ ކުރާ ކުއްޖާ އައިސް ގޮނޑީގައި އިށީނެވެ.

**************

“ދަރިފުޅު ދެން އަވަހަށް ތެދުވެބަލަ…..މަންމަ މިދަނީ ފަތް މަސްހުނި މޮޑެން….ބައްޕަވެސް އަންނާނެ މިހާރު…..މާގިނައިރު ވީމަ ފަތް ހިތިވެސް ވާނެ….ސައި ބޮއިގެން އައިސް އޮވެބަލަ ނިދަން….”ޝައިބާ މޫނުގައި އަޅާފައި އޮތް ބާލީސް ނެގުމަށްފަހު ކުޑަކުޑަކޮށް ލޯހުޅުވައި ލުމުން އަފީފާ ކޮޓަރިން ނިކުތުމަށް ހިނގައިގަތެވެ.

**************

ތަރުޖަމާ ކުރާ ކުއްޖާ ދިޔުމުން ކުޑަކުޑަ ފޮށި ހުޅުވާލިއިރު އޭގެ ތެރޭގައި އިން ރީތި މަޑު ފިޔާތޮށި ކުލައިގެ ޑައިމަންޑް އަނގޮޓި ފެނިފައި ފަލަކުއަށް ދެލޯ ބޮޑު ކޮށްލާފައި އަނގަ މަތީގައި އަތް އަޅައިލެވުނެވެ.ފަލަކުގެ ފޯނުވެސް ރިންގުވާން ފެށީ ހަމަ އެވަގުތުއެވެ.ގުޅަނީ ޔޫލްއެވެ.ފޯނުނަގައި ކަންފަތުގައި ޖައްސާލި އިރަށް ޔޫލް މިއޮއް ހުރިހާއިރު ހިތުގައި އޮބަހައްޓައިގެން އުޅުނު ލޯބީގެ ބަސްތައް އޮއްސާލިއެވެ.ފަލަކު ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.ޔޫލް ހިތުގައި ހުރި ބަސްތައް ބޭރުކޮށް ނިންމާލީ އެގުޅުމުގައި ކައިވެނީގެ ގޮށްވެސް ޖަހަން އެދެމުންނެވެ.އެ ލޯބިވެތި ބަސްތަކުން ފަލަކުގެ ދޫ ވަނީ ހަރަކާތް ކުރުމަށް ނުކުޅެދިފައެވެ.ފަކުގެ ޚަބަރެއް ނުވުމުން ޔޫލް ދެތިން ފަހަރަކު ހަލޯއޭ ގޮވައިލިއެވެ.އެވަގުތު ފަލަކުވެސް މީޓް މީ އިން މެޑިކަލް ސްޓޯރ ރޫމް އޭ ބުނެ ފޯނު ކަނޑައިލުމަށްފަހު ސްޓޯރ ރޫމަށް ދިޔުމަށް އަވަސްވެގަތެވެ.

*************

“ދަރިފުޅާ ޒީލް އެބައިން ދަރިފުޅު ހޯދަން އައިސް ސިޓިންގ ރޫމްގަ.މަންމަ މިދަނީ ތަރުކާރީ ކޮޅެއް ގަންނަން ފިހާރައަކަށް”.އަފީފާ ކޮޓަރި ދޮރު ހުޅުވާލަމުން ޝައިބާއަށް ގޮވައިލުމަށްފަހު ސޯފާގައި އިށީނދެލައިގެން އިން ޒީލްއަށް ޝައިބާ އެބަ އާދެއޭ ކިޔައި ހިނިތުންވުމެއް ރައްދު ކޮށްލުމަށްފަހު ނިކުމެގެން ހިނގައްޖެއެވެ.

ބޮލުމެދަށް ހުޅިއެއްޖަހާ ދައްޗަކުން ހައްޔަރު ކޮށްލަމުން އައިސް ޒީލް އާއި ކުރިމަތި ލަމުން ޝައިބާ ސޯފާގައި އިށީނދެ ހަމަ ޖެހިލިއެވެ.”ހޫމްމް..މިރޭ އަހަރެން ދާނަން ފަލަކު ގޮވައިގެން ޝޮޕިން ކޮށްލަން..އެކަމަކު އަށްގަޑި ބައި ހާއިރު ގޮސްގެން ވާނީ…މިރޭ އަހަރެމެން އިންނާނީވެސް ދަންވަރު ޑިއުޓީއެއްނު…އެހެންވީމަ އަހަރެން މެސެޖް ކޮށްލާނަން ދާންވީ ތަނަކާ ގަޑިއާ..އޯކޭ އެއްނު..”ޝައިބާ ވަރަށް ރޭވުންތެރި ކަމާއިއެކު މިރެއަށް ކޮށްފައިވާ ޕްލޭން ޒީލްއާއި ހިއްސާ ކޮށްލިއެވެ.ޝައިބާގެ ވާހަކަތައް އަޑުއަހާފައި ޒީލްވެސް އިނީ ވަރަށް ހިތްހަމަ ޖެހި އުއްމީދު އައު ވެފައެވެ.މިރޭ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އެހިތުގެ އަޑު ފަލަކުއަށް އިއްވަން އޭނާވަނީ އަޒުމް ކަނޑަ އަޅާފައެވެ.

*************

ޔޫލްއާއި އެހާ ގާތުގައި ވެވުމުން ފަލަކުގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައިރު އިޝްގީ އޮއިވަރުގައި އެ ދެހިތް ބެހިގެންދާން އުޅޭ ކަހަލައެވެ.ފަލަކު ޔޫލްގެ މޭގައި ފޮރުވާފައިވާ މޫނު ނެރެ ޔޫލްއާއި ކުރިމަތިލަމުން ވާހަކަ ދެއްކިއެވެ.”އަސްލު އަހަރެންވެސް ބޭނުމެއް ނުވޭ ކައިވެނިން ބޭރުގައި މިފަދަ ނުޙައްޤު ގުޅުމެއް ކުރިއަށް ގެންދާކަށް..ޔޫލްގެ ޙައްޤަކަށް އަހަރެން ހަދައިދީ…ހެޔޮ ކިތަންމެ އަވަހަކަށް ވިޔަސް.އަދި އެދުވަހަކުން ޔޫލްގެ އަތުން މި ރިންގު އަޅުވަދީ”.ފަލަކުގެ ވާހަކަތައް އަޑުއަހާފައި ޔޫލްގެ ހިތަށް ލިބުނު ހިތްހަމަ ޖެހުން އަދި މާ ބޮޑެވެ.އޭނާގެ އަތުތެރެއަށް ފަލަކު ލާދިން އަނގޮޓި ޖީބަށް ލަމުން ވީ އުފަލެއްގެ ބޮޑުކަމުން ލެޓްސް ގެޓް މެރީޑް މައި ލަވް އޭ ކިޔައި ފަލަކު ގެނެސް އެ ތުނިތުނި ހަށިގަނޑުގައި ބައްދާލިއިރު ޔޫލްގެ ހިތް ފަލަކުގެ ލޯބިން ފުރާލިއެވެ.

************

ރެޑްވޭވް އިން ތަރުކާރީ ކޮޅެއް ގަނެގެން ނިކުތް އަފީފާ މީހެއްގެ ގައިގައި ލައިގަނެފައި އޭނާގެ އަތުގައި އޮތް ކޮތަޅު ދޫވެގެން ވެއްޓުނެވެ.އަވަހަށް ކޮތަޅަށް ތަރުކާރީކޮޅު އަޅަން ގުދުވިތަނާ ކުރިމަތީގައި ހުރި މީހާވެސް ޓޮމާޓޯތައް ހޮވާ ކޮތަޅަށް އަޅައި ދިނުމަށްފަހު މަޢާފް ކުރައްވާށޭ ބުނެލިއެވެ.އަފީފާ އިސް އުފުލައި ބަލައިލީ އެއީ އޭނާއަށް ބީރަށްޓެހި އަޑެއް ނޫންހެން ހީވުމުންނެވެ.އާނ އެކެވެ.ކުރިމަތީގައި އެހުރީ އޭނާގެ ޅަދުވަހުގެ އެކުވެރިޔާ ސީމާ އެވެ.އޭނާއަށް ވީ އުފަލުން ދެލޯ ބޮޑުކޮށްލާފައި ސީމާ އޭ ބުނެލެވުނުއިރު، ސީމާގެ ޙާލުވެސް ހަމަ އެފަދައެ.ވާނީވެސް އެހެންތާއެވެ.ސްކޫލް ދައުރު އެކުގައި ނިންމާލާފައި އަފީފާ ރަށަށް ދިޔުމުން އެކަކު އަނެކެއްގެ ޚަބަރު ލިބޭނެ ގޮތެއްވެސް ނެތުނީއެވެ.ގުޅޭނެ ނަމްބަރެއް ހޯދަން އޭރު ހިތަށްވެސް ނޭރީމައެވެ.ސީމާ އަފީފާގެ އަތުގައި ހިފައިގެންފައި މާލޭގައިހޭ އުޅެނީ ކިޔައި ސުވާލުކޮށްލިއެވެ.އެހާ ދުވަސް ކޮށްފައި ދެ އެކުވެރިން ދިމާވުމުން ދެމީހުންވެސް ތިބީ ވަރަށް އުފާވެފައެވެ.”ހިނގާ ވާހަކަ ދައްކާލަން ގެއަށްދާން..އަހަރެމެން ގެ މިތަނާ މާ ދުރެއް ނުވާނެ..”އަފީފާ ސީމާއާއިއެކު އެގެއަށް ދިޔުމަށް ހިނގައިގަތީ އެކުވެރިޔާއާއި ހިއްސާކުރަން ބައިވަރުު ވާހަކަތައްވެސް ހުރީމައެވެ.

ސީމާމެންގޭގެ ތަނަވަސް ބޮޑު ސިޓިންގ ރޫމުގައި ދެ އެކުވެރިން ތަފާތު ގިނަވާހަކަތައް ހިއްސާކުރަމުން ދިޔައެވެ.”މަންމާ…ބައްޕަ ބުނުއްވީ މިއަދު ތަންކޮޅެއް ލަހުންނޯ ގެއަށް އާދެވޭނީ މަންމަގާތު ބުނާށޯ..ގުޅާ ގުޅާ މަންމަ ފޯނެއް ނުނެގިޔޯ”.އެތެރެއަށް ވަދެގެން އައި ޔޫލްގެ އަޑަށް އަފީފާވެސް މޫނު އަނބުރައި ބަލައިލިއެވެ.”އެހެންތަ..މަންމަ ފޯނުވީ ޗާޖަށް ޖެހުން ގޮތަށް ކޮޓަރީގަ”.ސީމާ ދަރިފުޅާއި ވާހަކަ ދެއްކުމަށްފަހު ތެދުވެގެން ގޮސް ޔޫލްގެ އަތުގައި ހިފައިލުމަށްފަހު އަފީފާއަށް އޭނާގެ ދަރިފުޅު ތަޢާރަފް ކޮށްދިނެވެ.ޔޫލްވެސް އަފީފާއަށް ހިނިތުންވުމެއް ރައްދު ކޮށްލުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ.ޔޫލްގޮސް ކޮޓަރިއަށް ވަންނަންދެން ބަލަހައްޓައިގެން އިނުމަށްފަހު ޔޫލްއާއި ބެހޭގޮތުން އަފީފާ އިތުރަށް އޮޅުން ފިލުވާލިއެވެ.ވާނީވެސް އެހެންތާައެވެ.ދަރިފުޅުގެ ފޯނުގައި އިން ފޮޓޯއާއި ޔޫލް އެހާވެސް ވައްތަރުވީއެވެ.ސީމާގެ ފަރާތުން ޔޫލްއަކީވެސް ޑޮކްޓަރެއްކަން އޭނާއަށް އެނގުނެވެ.އަނެއްކޮޅުން މަސައްކަތްކުރަނީ ޝައިބާއާއި އެއް ހޮސްޕިޓަލެއްގައެވެ.ވީއިރު ޔޫލްއަކީ އެޒުވާނާއަށް ވުން ވަރަށްވެސް ގާތެވެ.ދެމީހުން އެގޮތުގައި ވާހަކަ ދައްކަން ތިބެފައި އަފީފާ ގެއަށްދިޔައިރު ހުރީ ހަތަރުގަޑި ބައިވާން ކައިރިވެފައެވެ.ގެއަށް ދިޔައިރު އަފީފާގެ ހިތްވަނީ އުފަލުން ފުރިފައެވެ.ޝައިބާ މަސައްކަތްކުރަނީ ސީމާގެ ފިރިމީހާގެ ހޮސްޕިޓަލެއްގައި ކަން އެނގި އެމީހުންގެ އެހާ ރީތި ފިރިހެން ދަރިއަކުވެސް ހުރީމައެވެ.

*********

އަފީފާގެއަށް އައި އިރު ފަލަކުއާއި ޝައިބާ ޑްރާމާއެއް ބަލަން ސިޓިންގ ރޫމުގައި ތިއްބެވެ.އޭނާ އެތެރެއަށް ވަދެގެންގޮސް ކާމޭޒު މަތީގައި ތަރުކާރީ ކޮތަޅު ބެހެއްޓުމަށްފަހު ޝައިބާއަށް ގޮވައިގެން ގެންގޮސް އަތުގައި އޮތް ގަނޑުކޮޅާއި ފޯނު ދިއްކޮށްލާފައި އެ ގަނޑުކޮޅުގައި އިން ނަމްބަރ ސީމާ ޖަހާފައި ސޭވްކޮށްދޭށޭ ބުންޏެވެ.ޝައިބާ ނަމްބަރ ސޭވް ކޮށްދިނުމަށްފަހު މަންމައަތަށް ފޯނުލައިފައި ގޮސް ފަލަކުގެ ގާތުގައި ސޯފާގައި އިށީނދެ ދެފައި ވަށްކޮށްލުމަށްފަހު ޓީވީއަށް ނަޒަރު ހިންގާލަމުން ވާހަކަ ދެއްކިއެވެ.”ޙަޤީގަތް ފަޅާއެރީތަ؟”ފަލަކުވެސް ޖަވާބުގައި އެންމެ ފަހުވަގުތު ޑީ އެން އޭ ރިޕޯރޓް އޮތީ ބަދަލުކޮށްފައޭ ބުނެލިއެވެ.

ރޭގަނޑުގެ ވަގުތެވެ.ފަލަކުއާއި ޝައިބާ މަޖީދީ މަގަށް ނިކުތީ ކުޑަކޮށް ޝޮޕިން ކޮށްލާށެވެ.އޭރު ގަޑިން ނުވައެއްޖަހަން ދަނީއެވެ.ލެކިއުޓަށް ވަދެ ސެންޓުފުޅިއަކުން ވަސްބަލާލަން ނެގިތަނާ ފިރިހެން ސެންޓެއްގެ ވަސް ފަހަތުން ދުވިހެން ހީވެގެން ފަލަކު ފަހަތް ބަލައިލިއިރު ގާތުގައިހުރި ޒީލް ފެނުނެވެ.ޝައިބާ ކޮބާތޯ ހަތަރު ފަރާތުން ހޯދާލިއިރުވެސް އޭނާގެ އަސަރުވެސް ނެތެވެ.”ޒީލް މިތާ ކީއް ތިކުރަނީ؟”.ޒީލްއާއި ސުވާލުކޮށްލި އިރުވެސް ފަލަކު އެކި ފަރާތްފަރާތަށް ބަލަމުން ދިޔައީ ޝައިބާ ފެނޭތޯއެވެ.”ފަލަކުއާއި ޝައީ މިތަނަށް ވަންނަތަން ފެނިގެން މިއައީ…އެކަމު ކޮބާތަ ޝައީ؟އެތެރެއަށް ވަދެ ހޯދާ ހޯދާ ނުވެއް ފެނުނު..”ޒީލް ނޭނގޭކަމަށް ހަދާފައި ވާހަކަ ދެއްކިއެވެ.

އޭގެ އިރުކޮޅެއް ފަހުން ފަލަކުގެ ފޯނަށް ޝައިބާގެ މެސެޖެއް އައެވެ.”ފަލްކީ…ސޯ ސޮރީ…ކްލާސް މޭޓަކާއި ދިމާވެގެން ވާހަކައިގަ ހުރެގެން ނިކުމެވުނީ…ސީ ޔޫ.”ފަލަކު މެސެޖު ކިޔާލުމަށްފަހު ޒީލްގާތު ދަނީއޭބުނެ ފިހާރައިން ނިކުންނަން ހިނގައިގަތީ ގެއަށް ދިޔުމަށެވެ.މިރޭ އެހާވަރަކުން އެއައީވެސް ޝައިބާ އެއްޗިހި ގަންނަން ހުރީމަ ވިއްޔާއެވެ.”އަހަރެން ސައިކަލުގަ ފަލަކު ގެއަށް ގެންގޮސްދީފާނަން”.ޒީލްގެ އެދުމަށް ފަލަކު އިންކާރު ކުރަމުން ނޯ ތޭންކްސް އޭ ބުނެ ކުރިމަތިން އައި ޓެކްސީއެއް މަޑުކުރުވާފައި އެއަށް އަރައިގެން ހިނގައްޖެއެވެ.ޒީލްއަށް ހިންހަމަ ނުޖެހުނު ވަރުން ދެއަތް މުށްކަވާލެވުނެވެ.މިރެއަށް އޭނާވަނީ ފަލަކުއަށް ޕްރޮޕޯސް ކުރަން ހާދަ ތައްޔާރީތަކެއްވެސް ވެފައެވެ.ހުރިހާ ކަމެއް ފެނަށް ދިޔައީއެވެ.ޒީލް އަވަސް އަވަހަށް ޝައިބާއަށް ގުޅައިލީ އަދިވެސް އިތުރު ގޮތެއް އޮތްތޯއެވެ.”އަޅެ…ކޮންމެވެސް ގޮތަކުން ހުއްޓުވިނަމަ…ދެން މިރެއަކު ނުވާނެ.އެހެން ނޫނަސް އަހަރެން އެގޮތަށް ނޭނގި ދިޔައީމަވެސް ފަލްކީ ހުންނާނީ ހިތްހަމަ ނުޖެހިފަ..ފޮނުވި މެސެޖަށް ކިޔާފަ ރިޕްލައިވެސް ނުކުރި..ދެން ފޯނުން ރީތި މެސެޖެއް ލިޔެލާފަ ޕްރޮޕޯސް ކޮށްފަ ބާރައިގެ ކުރިން ވިޝްކުރަންވީނު..”.އެހާ ވަރުން ހޯދައިދިން ފުރުސަތު ގެއްލުވާލީމައި ޝައިބާ ހުރީ ހިސާބަކަށް ރުންކުރު ވެފައެވެ.

“ލަވް…ކީއް ކޮށްލަނީ؟”ޓެކްސީގައި އިނދެފައި ފޯނު ރިންގުވާން ފެށުމުން ގުޅަނީ ކާކުތޯ ބަލައިވެސްނުލާ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއިރު ޔޫލްގެ އަޑު އިވުމުން ފަލަކުގެ ހަރާބު ވެފައިވާ މޫޑް ރަނގަޅު ވިއެވެ.އަދި ޝޮޕިންކޮށްލައިގެން ގެއަށް ދަނީ ކަމުގައި ބުންޏެވެ.ފަލަކު އެކަނިކަން އެނގުމުން އެނދުގައި ހަމަޖެހިލައިގެން އޮތް ޔޫލް ތެޅިގަތީ ފަލަކު ގެއަށް ލައިދޭން ދިޔުމަށެވެ.ނަމަޥެސް ފަލަކު އެއިނީ ޓެކްސީގައި ކަމަށް ބުނުމުން ބޮލަށް މަހާލި މެރޫން ކުލައިގެ ޓީޝާޓް ބޮލުން ދަމައިގަތުމަށްފަހު އެނދުމަތީގައި ބޭއްވިއެވެ.ދެމީހުން ފޯނުގައި ތިބުމަށްފަހު ފޯނު ބޭއްވީ ޓެކްސީ ގޮސް ގޭދޮރު މައްޗަށް މަޑުކޮށްލުމުންނެވެ.

ޑްރައިވަރާއި ރުފިޔާ ހަވާލުކުރުމަށްފަހު ގެއަށް ވަންނަން އެނބުރިލިތަނާ އެއްފައި މައްޗަށް ތިރިވެ ފިނިފެންމަލެއް ހިފައިގެން އިން ޒީލް ފެނިފައި އެކަހަލަ ކަމަކަށް ނުވިސްނާހުރި ފަލަކުއަށް ސިހިފައި މޭގައި އަތް އަޅައިލެވުނެވެ.”ވިޝް ޔޫ އަ ވެރީ ހެޕީ ބާތްޑޭ”.ފަލަކުވެސް ތޭންކްސް މިއީ ކޮންމެއްހޭ ކިޔައި ހިނިތުން ވެލަމުން މަލުގައި ހިފައިލިއެވެ.އެވަގުތު ޒީލް ވީ އުފަލުން އޭނާގެ ފަޓުލޫނު ޖީބުން ހިތެއްހެން އިން ކުޑަ ފޮއްޓެއް ނަގައި ހުޅުވާލުމަށްފަހު ފަލަކުއަށް ދިއްކޮށްލަމުން ވިލް ޔޫ މެރީ މީ އޭ ބުނެލީ ފޮނި އުއްމީދާއި އެކުގައެވެ.ފަލަކުއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ.ވަގުތުން އެ ރީތި މޫނުމަތީގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައެވެ.އަދި އަތުގައި އޮތް ފިނިފެންމާ ދޫވެގެން ވެއްޓުނެވެ.ޒީލް ތެދުވެ ފަލަކުގެ މޫނަށް ބަލައިލިއެވެ.ފަލަކު އިސްދަށަށް ޖަހުމަށްފަހު ސޮރީ އޭ ބުނެލިއެވެ.ޒީލްއަށް އެވަގުތު ފަލަކުގެ މަޑުމަޑު ދެއަތްތިލައިގައި ހިފައިލެވުނު ގޮތެއްވެސް ނޭނގުނެވެ.ފަލަކުގެ ލޯތްބަށް އެދި އާދޭސްކުރަން ފެށިއެވެ.އަދި ދުވަހަކުވެސް ފަލަކުގެ ހިތަށް ތަދުވާނެފަދަ ކަމެއް ނުކުރާނެކަމަށް ވަޢުދުވާން ފެށުމުން ފަލަކުގެ ކެތްތެރިކަން ކޮޅުންލާ ޒީލްގެ އަތް ނައްޓުވާލުމަށްފަހު ޒީލްއަަށް ފުރަގަސް ދެމުން ވާހަކަ ދެއްކިއެވެ.”ޒީލްއަކީ ވަރަށް ރަނގަޅު ބައިވެރިއަކަށް ވާނެކަން ޔަޤީން..އެކަމަކު އަހަރެން ލޯބިވަނީ އެހެން މީހެއްދެކެ…ސޮރީ”.ފަލަކު ދޮރާށި ހުޅުވާ އެތެރެއަށް ވަދެގެން ދިޔައިރުވެސް ޒީލް އެހުރިގޮތަށް ހުރީއެވެ.އޭނާގެ ހިތުގައި ހަމަ ރަނގަޅަށްވެސް ރެނދު ލައިފިއެވެ.އަތުގައި އޮތް ފޮށި ތެރޭގައި އޮތް ރީތި އަނގޮޓިއަށް ބަލަހައްޓައިގެން ހިތް މަރުވެފައިހުރި ޒީލްއަށް ހަމަ ހޭވެރިކަންވީ ފޯނު ރިންގުވާން ފެށުމުންނެވެ.އަނގޮޓި ޖީބަށް ލާ ފޯނު ބަލައިލުމަށްފަހު ޝައިބާގެ ކޯލް ބިޒީ ކޮށްލާފައި ސައިކަލަށް އަރައި ދުއްވާލީ ވަކި މިސްރާބެއް ނެތިއެވެ.

އެއްޗިހިވެސް ބަދަލުނުކޮށް އެނދަށް އަރައި ބާލީހުގައި ބައްދައިގެން އޮތް ފަލަކުގެ ހިތަށްވެސް މިރޭވަނީ ތަދުވެފައެވެ.އޭނާ ޒީލްއާއި ދޭތެރޭ އެހާ ގާތް ގޮތެއް ބެހެއްޓީ ފަހަރެއްގައިވެސް ޒީލްގެ ހިތުގައި އެފަދަ އިޙްސާސެއް ހޭލަމުންދާކަން ނުދެނެހުރެއެވެ.އެކަން ކުޑަކޮށްވެސް ފަހުމް ވީނަމަ ދުރުކަމެއް ބަހައްޓަން ޚުދު އޭނާވެސް މަސައްކަތް ކުރީހެވެ.އެވަގުތު ޔޫލްމަތިން ހަނދާން ވެގެން ޔޫލްއަށް ގުޅައިލިތަނާ ޝައިބާ އައިސް ކޮޓަރިއަށްވަނުމުން ފޯނު ކަނޑާލުމަށްފަހު ނިދާކަމަށް ހަދައި ދެލޯ މަރައިލީ މިރޭގެ އެކަމުގައި ޝައިބާގެ އަތެއްވެސް ވާހެން ހީވާތީއެވެ.އެންމެ ފުރަތަމަ ލެކިއުޓުން ޒީލްއާއި ދިމާވީއެވެ.ޝައިބާ ދިޔަނުދިޔަ ތަނެއް ނޭނގި ގެއްލުނީއެވެ.ކޮންމެ ގޮތެއްވިޔަސް އެއީީކީ އިއްތިފާޤެއް ކަމަކަށް އޭނާގެ ހިތް ޤަބޭލެއް ނުކުރެއެވެ.

ޝައިބާ ފަލަކުގެ އެނދާއި ކައިރި ވެލުމަށްފަހު ފަލަކު އޮތީ ނިދާފައިކަން ޔަޤީން ކޮށްލިއެވެ.އަނެއްކާވެސް ޒީލްއަށް ގުޅަން ފެށިއެވެ.އެންމެ ފަހުން ޒީލް ފޯނު ނަގައި ހަލޯއޭ ބުނެލިއެވެ.އެއަޑުގައިވި މަޑުމޮޅިކަމުންވެސް ކަންތައްތައް ރަނގަޅު ނޫން ކަން ޝައިބާއަށް އެނގުނެވެ.”ފަލަކުއަށް މެސެޖު ކުރީމަ ކީކޭތަ ބުނީ؟އަނެއްކާ ޖަވާބެއް ނުދިނީތަ؟”ޝައިބާ ވާހަކަ ދައްކަމުން ދިޔައީ ޒީލް ފަލަކުއާއި ބައްދަލުކުރަން ގެއަށް އައިކަން ނޭނގިހުރެއެވެ.ލޯމަރައިގެން އޮތްފަލަކުގެ ހިތުގައި ދިލަ ތަދެއް އުފެދިގެން ދިޔައީ އެކަމުގައި ޝައިބާވެސް ފަލަކުގެ ހިތް ނޭނގޭ ޙާލު ޒީލްއަށް ހިތްވަރު ދިނީތީއެވެ.”އޯކޭ އޯކޭ..ލެޓްސް ފައިންޑް އަ ވޭ..ޑިއުޓީއަށް ގޮސް ދޯ”.ޝައިބާ ފޯނު ނިންމާލުމަށްފަހު ޗާޖަށް ޖަހާފައި ތުވާލި ހިފައިގެން ގޮސް ފާޚާނަައަށްވަނީ ޑިއުޓީއަށްދާން ފެން ވެރުމަށެވެ.

ޝައިބާ ފާޚާނައަށް ވަނުމުން ފަލަކު ބާލީސްދަށުން ފޯނު ނަގައި ބަލައިލިއިރު ޔޫލްގެ ހަތަރު މިސްޑް ކޯލް އޮތެވެ.ނަމަވެސް ކޯލް މީ އާފްޓަރ އިލަވަން ތާރޓީ އޭ ކިޔައި މެސެޖު ކޮށްލީ ޝައިބާ ޑިއުޓީއަށް ދިޔައީމަ ހަމަޖެހިލައިގެން ޔޫލްއާއި ވާހަކަ ދެއްކުމަށެވެ.

ފަލަކުގެ ޚަބަރެއް ނުވުމުން ފިލްމެއް ބަލައިލަން އޮތް ޔޫލް މެސެޖު ކިޔާލާފައި އޯކޭ ލަވް އޭ ކިޔައި ރިޕްލައި ކޮށްލިއެވެ.އެވަގުތު ކޮޓަރި ދޮރުގައި ޓަކި ޖަހައިލުމަށްފަހު ސީމާ އެތެރެއަށް ވަދެގެން އައީ ކޮފީތައްޓެއް ހިފައިގެންނެވެ.ކޮފީ ތަށި ޔޫލްއަށް ދިނުމަށްފަހު މަންމަ މިދަނީ ނިދަން އޮށޯންނަންށޭ ކިޔާފައި ދަމުން ދިޔައީ ކޮޓަރި ދޮރު ލައްޕާފައެވެ.

ޝައިބާ ޑިއުޓީއަށް ދިޔުމުން ފަލަކުއަށް ކެތް ނުކުރެވިގެން ޔޫލްއަަށް ގުޅައިލިއެވެ.ފަލަކުގެ ކޯލް ބިޒީ ކޮށްލުމަށްފަހު ޔޫލް ފަލަކުއަށް ގުޅިއެވެ.ޔޫލްގެ އަޑު ޖެހުމުން ފަލަކުއަށް ރޮވެން ފެށިއެވެ.އެނދުގައި އޮށޯވެލައިގެން އޮތް ޔޫލް ތެދުވެ އެނދުގައި އިށީނދެ ވަރަށް ހާސްވެފައި ކިހިނެތްވީތޯ ސުވާލުކޮށްލިއެވެ.ޒީލް ޕްރޮޕޯސްކުރި ވާހަކަ ކިޔައިދިނުމުން ޔޫލް ރުޅި ގަދަވެގެން ދިޔައީ އިންތިހާއަށެވެ.އޭނާ ހުރީ ޝައިބާ ދެކެވެސް ނުރުހިފައެވެ.އަދި ވަގުތުން ފަލަކުއާއި ބައްދަލް ކުރަން ބޭނުންވިއެވެ.ނަމަވެސް އޭރު ބާރަ ޖަހަން ދަނީއެވެ.އެހެންވެ ޔޫލްއަށް މަޖުބޫރުވީ މާދަމާ ހެނދުނު ޑިއުޓީއިން ދިމާވަންދެން މަޑުކުރުމަށެވެ.ފޯނުގައި ދެމީހުން އެތަށް އިރަކު ތިބުމަށްފަހު ނިދިއިރު ހުންނާނީ ދޭއްޖަހަން ގާތްވެފައެވެ.

*************

“ސޯ…ކިހިނެތް ދެން ހަދާނީ….އެކަމަކު ފަލަކުގެ ލޯބިވެރިއެއް ހުންނަ ކަމެއް އަހަންނަކަށް އެނގިފައެއް ނެތް…ނަމެއް ނުބުނޭތަ؟”ވޯޑުން ނިކުމެގެން އައި ޝައިބާ ވާހަކަ ދައްކަމުން ދިޔައީ ޒީލްއާއި އެވެ.ޒީލްގެ ފަރާތުން ފަލަކު ލޯބިވާ އެހެން މީހަކު ހުރިކަން އެނގުމުން ޝައިބާހުރީ ހައިރާންވެ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.ފަލަކުގެ އުޅުމަކުންވެސް އަދި ވާހަކަ އަކުންވެސް ފަލަކު މީހަކާ ރައްޓެހި ވެގެން އުޅޭކަމެއް އޭނާއަށް އެނގިފައެއް ނެތެވެ.

**************

ހޮސްޕިޓަލް އެތެރެއަށް ވަދެގެން ދިޔަ ފަލަކު ރޫމަށް ނުވަދެ މަޑުކޮށްލީ ޑިއުޓީ ނިންމާލާފައި ނިކުންނަން ދިޔަ ޝައިބާ ހަނައަޅައި ލުމަށްފަހު ފަލަކުއާއި ދިމާއަށް އަންނަ ތަން ފެނުމުންނެވެ.

“ފަލްކީ…ސޮރީ ރޭގަ އެހެން ބުނެނުލާ ދެވުނީމަ”.މޫނުމަތިން ދެރަވާގޮތް ދައްކާލުމަށްފަހު ޝައިބާ ވާހަކަ ދެއްކިއެވެ.”އިޓްްސް އޯ ކޭ..މިގަޑީގަ ނެތް ހުރެވޭކަށް..”ފަލަކުވެސް ޝައިބާ އެގޮތަށް އޮވާލީތީ ވެފައިހުރި ފޫހިން އުޒުރު ދައްކަމުން ގޮސް ރޫމަށްވަނީ ފަސް އެނބުރި ބަލައިލުމެއްވެސް ނެތިއެވެ.

**********

ޝައިބާ ގެއަށް ދިޔައިރު އަފީފާ ހުރީ ސައި ތައްޔާރު ކޮށްފައެވެ.ޒުހޭރު ސައި ބޮއިގެން އައިސް އޭރު ސިޓިންގ ރޫމުގައި އިށީނދެ ޓީވީ ހުޅުވައި ސައުދީ ޗެނަލަށް ލުމަށްފަހު ހަމަޖެހިލިއެވެ.އަފީފާ ހުރީ ދަރިފުޅުގެ އިންތިޒާރުގައި ސައި ނުބޮއެވެ.ޝައިބާ އެއްޗިހި ބަދަލު ކޮށްލައިގެން އައަުމުން ދެމައިން އެކުގައި ގޮސް ސައިބޯން އިށީނެވެ.ތަފާތު ވާހަކަތައް ދެކެވެމުން ގޮސް އަފީފާ ޔޫލްގެ ވާހަކަ ފެށުމުން ޝައިބާ ކޮށިއަރާގޮތް ވިއެވެ.އަނެއްކާ މަންމަަށް ޔޫލް އިނގުނީ ކިހިނެތްބާއޭ ޝައިބާ ހިތާއި ހިތުން ކިޔައިލިއެވެ.އެވަގުތު އަފީފާވެސް އޭނާގެ އެކުވެރިޔާގެ ދަރިފުޅު ޔޫލް އަކީވެސް ޑޮކްޓަރެއްކަން އޮޅުން ފިލުވައިދިނީ އެވާހަކަ އަޑު އަހާފައި ޝައިބާގެ ހަރަކާތްތައް ހުންނަ ގޮތެއް ބަލާށެވެ.

***********

ރޫމުގައި ޕޭޝަންޓުން ބަލަމުން ދިޔަ ޔޫލްއަށް ފަލަކު ދެކިނުލައި ކެތްވެސް ވަނީކީއެއް ނޫނެވެ.ނަމަވެސް ދައްކަން އައިސް ތިބި މީހުން ގިނަކަމުން އަދި ހަމަ ރަނގަޅަށް ނޭވާލާނެ އަވަށްޖެއްވެސް ނުވެއެވެ.

“ކަމް އިން”.ދޮރުގައި ޓަކި ޖަހައިލުމަށްފަހު ފަލަކުގެ ޖަވާބެއް ލިބުމުން އެތެރެއަށް ވަދެގެން އައި އަރޫޝާ އައިސް ކުރިމަތީގައި އިން ގޮނޑީގައި ހަމަޖެހި ލުމަށްފަހު ވަރަށް ރީތި ގޮތަކަށް ދެ އަސްދޫނި ބޭނުން ކޮށްގެން ޑިޒައިން ކޮށްލާފައި އޮތް ކާޑެއް ދިއްކޮށްލިއެވެ.ފަލަކު ކާޑުގައި ހިފައި ކިޔާލިއިރު އެއީ ކައިވެނީގެ ދައުވަތު ކާޑެކެވެ.

ފަލަކު ދެލޯ ބޮޑުކޮށްލާފައި އަރޫޝާއަށް ބަލައިލުމުން އަރޫޝާ އާނ އެކޭ ބުނާފަދަ ގޮތަކަށް ބޯޖަހައިލިއިރު އެމޫނުމަތިން އުފާވެރިކަން ފައުޅުވޭވޭ ހުއްޓެވެ.

“އަޅެ ރަންކީއިރު ބުނެވެސް ނުލާ….ކޮން ދުވަހެއްތަ؟..ހޫމްމް…ފްރައިޑޭ ނައިޓް ދޯ…”އަރޫޝާ ކުރިން އަންގާވެސް ނުލީތީ ޝަކުވާ ކޮށްލަމުން އަނެއްކާވެސް ކާޑަށް ބަލައިލުމަށްފަހު ވެޑިން އޮތީ ކޮން ރެއެއްގައިތޯ ޔަޤީން ކޮށްލަމުން ފަލަކު ވާހަކަ ދެއްކިއެވެ.

“އެތެރެއަށް ވަދެެވޭ އިނގޭ”.ފަލަކުއާއި އަރޫޝާއަށް އެކީ ކަހަލަ ގޮތަކަށް ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގެން އައިސް ދެޖީބަށް އަތް ޖަހާލައިގެން ހުރި ޔޫލްއަށް ބަލައިލެވުނެވެ.”ހިނގާ ކާންދާން…ވަރަށް ބަނޑުހައި…”ބަނޑުގައި އަތް ކާއްތާލަމުން ޔޫލް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.ނަމަވެސް ތިދެމީހުން ދާށޭ، އަހަރެން ބަލައި އެޑަމް އެބަ އާދެއޭ ކިޔާފައި އަރޫޝާ ނިމުމެގެން ހިނގައްޖެއެވެ.

ކޮމްޕިއުޓަރ ކްލޯޒް ކޮށްލުމަށްފަހު ހޭންޑް ބޭގް ކޮނޑުގައި އަޅުވައިލަމުން ފަލަކުވެސް ރޫމުން ނިކުތުމަށް ހިނގައިގަތެވެ.ނަމަވެސް ޔޫލް ފަލަކުގެ އަތުގައި ހިފާލުމަށްފަހު އަނެއް އަތުން ރޫމްގެ ދޮރު ތަޅުލިއެވެ.އަދި ވަރަށް ލޯބިން ފަލަކުގެ ފުރަގަހުން ބައްދާލުމަށްފަހު އެރީތި ކަނދުރާގައި ދަތްދޮޅި އަލުވާލިއެވެ.ފަލަކުގެ ފަން އިސްތަށި ގަނޑުން ދުވަމުން ދިޔަ މީރުވަހުން އެގޮތުގައި މުޅި ދުވަސް ހޭދަ ކޮށްލުމަށް ޔޫލްގެ ހިތް އެދެމުން ދިޔައެވެ.

“އަހަރެން ފަލަކުދެކެ ވަރަށް ވަރަށް ލޯބިވޭ….ތިއީ ހަމައެކަނި އަހަރެންގެ ހައްޤެއް…..ކީއްވެ ޒީލް ގާތު ނުބުނީ އަހަރެމެން ރައްޓެހި ވެގެން އުޅޭ ވާހަކަ…އަހަރެންގެ ލޯތްބަށް އިތުބާރު ނުކުރެވެނީތަ؟މިހިސާބަށް ދިޔައީމަވެސް ލޯބި ބޭނުންވަނީ މިގުޅުން ސިއްރު ކުރަންތަ؟ޒީލް މަގޭ ލޯބި ކޮޅަށް އެ ނަަޒަރުން ބަލާތަން ދެކެން އިތުރަކަށް ދެން ކެތެއް ނުވާނެ….”ޔޫލް އެހުރި ގޮތަށް ހުރެ ވާހަކަ ދައްކަމުން ދިޔައިރު ހީވަނީ ފަލަކުގެ ލޯބިން މޮޔަވެފައިވާ މީހަކު ހެންނެވެ.ޔޫލް އެހާ ގާތުގައި ވުމުން ފަލަކުގެ ހިތުގެ ހިނގުންވެސް ވަނީ އަވަސް ވެފައެވެ.އަނެއްކޮޅުން ފަލަކު ބީވެދާނެ ކަމުގެ ބިރު ޔޫލްގެ ހިތުގައިވެސް އަށަގެންފައިވަނީ އިންތިހާއަށެވެ.ފަލަކު ހުރީ ޔޫލްގެ ވާހަކައިން ހަމަ ހަދާނެ ގޮތެއްވެސް ނޭނގިފައެވެ.އެދެމީހުންގެ ގުޅުން އެންމެނަށް އެނގުމުން ޔޫލްގެ ބައްޕައާއި ހިސާބަށްވެސް އެ ޚަބަރު ދާނެކަން ގައިމެވެ.އެ ދުވަހަކުން އެ ދެމީހުންގެ ލޯބިން ބިނާ ކުރަމުން އެދާ ގަނޑުވަރު ގިރާ ނުލާނެ ބާވައެވެ.

ކުއްލިއަކަށް ދެ މީހުންނަށްވެސް ސިހުން ވެގެން ދިޔައީ ރޫމްގެ ތަޅުގައި ކޮންމެވެސް މީހަކު ހިފާލި އަޑަށެވެ.ފަލަކު ދޮރު ހުޅުވަން ދާން އުޅުމުން ޔޫލް ފަލަކު ގެންގޮސް ފާރުގައި ލައްކޮށުމަށްފަހު ފަލަކުއަށް ވިސްނާނެ ފުރުސަތެއްވެސް ނުދީ އެ ރީތި ތުނި ތުނި ފިޔާތޮށި ކުލައިގެ ތުންފަތުގައި ބޮސްދޭން ފެށީ އޭނާގެ ހަލަބޮލި ވެފައިވާ ހިތަށް ހިތްހަމަ ޖެހުމެއް ލިބޭތޯއެވެ.އޭރުވެސް އެމީހަކު ތަޅުގައި ހިފައިލުމަށްފަހު ޓަކި ޖަހަމުން ދިޔައެވެ.ފަލަކު ހާސްވެގެން ފޮޅުވާލާފައި ޔޫލްގެ އަތުތެރެއިން ނިކުތުމަށް ގަދަ ހަދަމުން ދިޔައެވެ.ނަމަވެސް ފަލަކުގެ މޭގައިވާ ހިތަކީ ޔޫލްގެ އަލަކަށް ވާއިރު،ސާހިބު މީހާއަށް ކިޔަމަން ވުމަށްވުރެ ބޮޑު އުފަލެއް އެ ހިތަށް ލިބޭނެ ހެއްޔެވެ؟އެންމެ ފަހުން ޔޫލްގެ އެހަރަކާތުގައި ފަލަކުއަށްވެސް ބައިވެރި ވެވުނީއެވެ.

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

ކުރު ވާހަކަ- ހިތުގެ ފުންމިނުން..

Next

ފަހަރު ތަޢުބާ ވެވުނު ޖިހާދު1000

Next
June 27, 2017

ފަހަރު ތަޢުބާ ވެވުނު ޖިހާދު1000

Previews
June 26, 2017

ކުރު ވާހަކަ- ހިތުގެ ފުންމިނުން..

51 Comments!

  1. Noor says:
    June 27, 2017 at 12:03 am

    Here is the 5th part of “milku kollee hithey”..plzz help me to correct mistakes..?

  2. Yaashaa says:
    June 27, 2017 at 12:15 am

    Yayyy me first… Varah reeeeethi… Waiting for next part… ??

    1. Noor says:
      June 27, 2017 at 1:17 am

      Thanx Yaashaa..?

  3. Siyaa says:
    June 27, 2017 at 12:18 am

    Thnks n v nice saibaa n yoool nugulhuvahcey

    1. Blume says:
      June 27, 2017 at 12:38 am

      OMG..can’t wait to read the nxt prt…??❤❤??

    2. Noor says:
      June 27, 2017 at 1:18 am

      Thanx Siyaa & Blume

  4. Reader says:
    June 27, 2017 at 12:18 am

    Second me. V reethi

    1. Noor says:
      June 27, 2017 at 1:19 am

      Thanx Reader

  5. maroon says:
    June 27, 2017 at 12:19 am

    Sweet ?

    1. Noor says:
      June 27, 2017 at 1:19 am

      Thanx maroon

  6. ximi says:
    June 27, 2017 at 12:22 am

    Vvv reethi story. Maadhan ves up kohladheynveenu.vv kiyaahithun next part

    1. Noor says:
      June 27, 2017 at 1:20 am

      Thanx ximi…will try dear..but cant promise..

  7. Adha? says:
    June 27, 2017 at 12:23 am

    Haadha cute ey yool nd falak ulhey goiy dw..? varah loabi mi part ves..? waiting for next part..❣?

    1. Noor says:
      June 27, 2017 at 1:21 am

      Thanx Adha..

  8. Blume says:
    June 27, 2017 at 12:37 am

    OMG..can’t wait to read the nxt prt…??❤❤??

    1. Noor says:
      June 27, 2017 at 1:21 am

      Thanx Blume

  9. Rau says:
    June 27, 2017 at 12:40 am

    woww…varah salhi… alhe dhn next part ah kn iraku tha? sad ending eh nugennahchey…

    1. Noor says:
      June 27, 2017 at 1:26 am

      Thanx Rau..On Thursday..i will try to bring a happy ending..

  10. reader says:
    June 27, 2017 at 12:41 am

    Name of falak was written as faku at two parts

    1. Noor says:
      June 27, 2017 at 1:27 am

      Awwwwhh..thanx mistake bunela dhineethy…next time i will b more careful…thanx reader..

  11. AKI says:
    June 27, 2017 at 12:42 am

    Vv reethi next part konirakun up kohlaanee

    1. Noor says:
      June 27, 2017 at 1:28 am

      Thanx AKI..In sha Allah on Thursday..

  12. sam♥ says:
    June 27, 2017 at 12:56 am

    wow haadha cute ey falak n yool … edhekudhin dhuru nukurah chey vvv lobii falak n yool i love it ♡♡♡ waiting next part….

    1. Noor says:
      June 27, 2017 at 1:29 am

      Thanx sam.lets hope 4 the best dear…

  13. Tutee ? says:
    June 27, 2017 at 1:42 am

    Awlhe , mi part wes vrh rythi .. Yool haadha loabiyey ulhey goiyy .. ?? waiting for next part ?

    1. Noor says:
      June 27, 2017 at 1:58 am

      Thanx Tutee

  14. ROMAN REGINS says:
    June 27, 2017 at 3:24 am

    Wow nice love it this part and when next part

    1. Noor says:
      June 27, 2017 at 11:30 am

      Thanx ROMAN REGINS..in sha Allah Thursday

  15. Z,M says:
    June 27, 2017 at 4:23 am

    Very nice ????

    1. Noor says:
      June 27, 2017 at 11:30 am

      Thanx Z,M

  16. HARLEY quinn says:
    June 27, 2017 at 4:54 am

    woww.. one of the best story… keep up the great hard work.
    hopes to read another episode of this story sooonn..

    1. Noor says:
      June 27, 2017 at 11:36 am

      Thanx HARLEY quinn

  17. yaanaa says:
    June 27, 2017 at 5:24 am

    Wow it so beautiful ❤Hama habeys ingey…luv u

    1. Noor says:
      June 27, 2017 at 11:37 am

      Thanx yaanaa

  18. Xxxx says:
    June 27, 2017 at 8:47 am

    Awesome story.. Good job???

    1. Noor says:
      June 27, 2017 at 11:38 am

      Thanx Xxxx

  19. Eekko says:
    June 27, 2017 at 9:25 am

    Wow … vvv rythi

    1. Noor says:
      June 27, 2017 at 11:39 am

      Thanx Eekko

  20. nonns says:
    June 27, 2017 at 12:16 pm

    Wow. Varab nyc story eh and next ep kiyaalaa hithun hureveny keeves noon. Anekka konfadha kalhu vilaa gandeh baa boamathi kollaanee. Komme kameh viyas yool and falak rhen meehakaa marry nukuruvachey.eyrun nonns roe roe halaaku vaane. Btw when next ep?

    1. Noor says:
      June 27, 2017 at 12:24 pm

      Thanx nonns…in sha Allah wednesday night 12 ge fahun as soon as possible dear

  21. annoying reader says:
    June 27, 2017 at 2:32 pm

    falky and yool vaki nuruchey plzz. i lovethis story.. shaiba ulhey zeel set veytho. shaiba ge mamma ves dhw. plz falky and yool marry kuruvaba avahah.

    1. Noor says:
      June 27, 2017 at 4:10 pm

      Thanx annoying reader…will try not to disappoint u dear..

  22. Maly says:
    June 27, 2017 at 3:57 pm

    V reethi mi story ves.. nd falak aa yool dhurunukuraathi..

    1. Noor says:
      June 27, 2017 at 4:14 pm

      Thanx Maly..plx keep reading..i assure that u wont b disappointed.

  23. Andooo says:
    June 27, 2017 at 4:05 pm

    Beautiful and romantic story ingey, kind of watching a movie…really touching

    1. Noor says:
      June 27, 2017 at 4:14 pm

      Thanx Andooo..

  24. Azoo says:
    June 27, 2017 at 4:18 pm

    V.reethi mevaahaka

    1. Noor says:
      June 27, 2017 at 5:02 pm

      Thanx Azoo

  25. messi says:
    June 27, 2017 at 5:06 pm

    wow… haadha ryhchey

    1. Noor says:
      June 27, 2017 at 5:55 pm

      Thanx messi

  26. Ainth says:
    August 18, 2017 at 8:22 pm

    Masha Allah. Mi baives v furihama

Comments are closed.

Next Episodeމިލްކު ކޮށްލީ ހިތޭ……06←


All Right Reserved!