Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވާށެ އޯގާ ހިތާ 7

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
June 25, 2017 11 Mins Read
33 Comments

ޒިޔަމްއަށް އެތަނަށް އާދެވުނު އިރު ސާއިމް ހުރީ ޒީންއަށް ބޭނުންވާ ޓެސްޓުތަކެއް ހެދުމަށް ލޭ ނަގާށެވެ. ޒިޔަމް އައިސް ވެގެން އުޅޭ ގޮތް އެހުމުން ސާއިމް ވީ ގޮތް ކިޔާ ދިނެވެ.

ދުޅަވެފައިވާ ތަން ބަލާލުމަށް ޒިޔަމް ޒީންގެ ފައިގެ މަތީގައި އަޅާފައި އޮތް ފޮތިގަނޑު ކަހާލިއެވެ. ޒިޔަމް ޒީންގެ ދުޅަވެފައިވާ ފަޔަށް ބަލައިލުމާއި އެކު ލާން އުޅުނު ނޭވާ އަރުތެރޭގައި ތާށިވީހެން ހީވިއެވެ. ދެތިން ފަހަރު އެސްފިޔަ ޖަހާލުމަށްފަހު ބެލި އިރުވެސް ފެންނަނީ ހަމަ ކުރިން ފެނުނު މަންޒަރެވެ. ޒިޔަމްގެ ހިތް ހުއްޓި މީހާ ގަނޑުވެގެން ދިޔަ ކަހަލަ އިހްސާސެއް ވިއެވެ.

 

“ކިހިނެތްވީ، އިތުރު ކަމެއްވީތަ” ޒިޔަމް ހައިރާންވެފައި އޭނާގެ ފަޔަށް ބަލަހައްޓައިގެން ހުރި ގޮތުން ޒީން ކޮޅަށް އިށީދެ ފަޔަށް ބަލާލިއެވެ. ކުރިންވެސް ހުރި ގޮތަށް ހުރުމުން ޒީން ޒިޔަމްއަށް ބަލާލިއެވެ. ޒިޔަމް މޫނުމަތިން ހީވީ ބިރެއް ފެނިގެން އުޅޭހެންނެވެ. ބަސް ހުއްޓި މީހާ ހުރީ އާގަމަވެފައެވެ.

‘ތެދެއް ކިހިނެތްވީ” ޒިޔަމްގެ ފަރާތުން ޖަވާބެއް ނުލިބުމުން ތަންކޮޅެއް ދުރުގައި އެވަގުތު ހުރި ސާއިމްވެސް އަޔެވެ. ޒިޔަމްއަށް އެއްފަހަރު ޒީންގެ މޫނަށް އަނެއް ފަހަރު ޒީންގެ ފަޔަށް ބަލާލެވެއެވެ.

“ސޮރީ ކަމެއް ނުވޭ” އަމިއްލަ ހިޔާލުތަކަށް ބާރު ފޯރުވުމަށް ޒިޔަމްއަށް ކުޑަ ވަގުތުކޮޅެއް ނެގިއެވެ. ނަމަވެސް މީހާގެ އެތެރެ ހަށީގެ ހަރާކާތްތައް ވަނީ އިހްތިޔާރުން ބޭރުގައެވެ. ހިތުގެ ތެޅުން ބާރުވެ ލޭހޮޅިތަކުގެ ވިންދު އަވަސްވެއްޖެއެވެ. ކުރިމަތިން މިފެންނަ މަންޒަރު ގަބޫލުކުރަން ސިކުޑިއަށް ދައްޗެވެ. ޒީންގެ ނަން ތަކުރާރުކޮށް ހިތުން ކިޔެމުން ދެއެވެ.

“ޒީންއަށް އެއްވެސް ބޭހެއް ދިނިންތަ” ޒީންގެ މޫނަށް ގެއްލިފައި ހުރި ޒިޔަމްއަށް ސާއިމްގެ އަޑު އިވުނީ ދެތިން ފަހަރެއްގެ މަތިން އެހުމުންނެވެ. އަގައިން ޖަވާބު ދިނުމުގެ ބަދަލުގައި ޒިޔަމް ބޯ ހޫރާލިއެވެ.

“އޯކޭ އެހެންވީމަ ޒީން ރެސްޓުކޮށްލާ.. ކަމެއް ދިމާވެއްޖެއްޔާ ނަރުސް ކުއްޖެއް ކައިރީ ބުނެލީމަ އަހަރެންނާއި ދިމާވާނެ..ޑރ.ޒިޔަމް ބޭރަށް އައިސްދެވިދާނެ ތޯ” ޒީންއަށް ބޭނުންވާ ފަރުވާ ދިނުމަށްފަހު ސާއިމް ޒިޔަމް ގޮވައިގެން ބޭރަށް ނުކުތެވެ.

“ކިހިނެތްވީތަ” ދޮރުން ނުކުމެ މަޑުނުވެ ސާއިމްގެ ސުވާލުތަކާއި ޒިޔަމްއަށް ކުރިމަތިލާން ޖެހުނެވެ.

“ކަމެއް ނުވޭ” ފަރުވާ ކުޑަ ރާގަކަށް ބުނި ކަމުގައި ވިޔަސް ކޮންމެވެސް ކަހަލަ ކަމެއް ގޯސްވެގެން އުޅޭ ކަމުގެ އިހްސާސް ސާއިމްއަށް ޒިޔަމްގެ މޫނުމަތިން ފެންނަމުން ދިޔައެވެ.

“ޒިމް.. އަހަރެން އެއްވެސް ހާލެއްގައި ރައްޓެއްސެއްގެ ހައިސިއްޔަތުން ނޫން މި ސުވާލު ކުރަނީ.. އަހަރެންމީ ޒީންގެ ޑޮކްޓަރ.. އަހަންނަށް އެގެން ޖެހޭ ކަމެއް އޮތިއްޔާ ޒިމް ބުނަންޖެހޭނެ. އެހެންނޫނީ ޒީންއަށް ގެއްލުންވާ ވާރުގެ ކަމެއްވެސް ނޭނގި ކުރެވުން އެކަށީގެންވޭ. ބުނެބަލަ ޒީންގެ ފައިން ކޯއްޗެއް ފެނިގެންތަ އެހެން އުޅުނީ” ސާއިމް ވާހަކަ ދައްކަމުން ދިޔައިރު ޒިޔަމް އޭނަގެ މޫނުމަތިން ފެންނަން ހުރި ހާސްކަން ފޮރުވޭތޯ އުޅުނެވެ.

“ސޭމް ކަމެއް ނުވެއޭ.. އެހާ ވަރު ވެފަ އޮތީމަ ބަލާލެވުނީ. އެއްކޮށް ރަގަޅު ނުވެ އޮތް ބޮޑު ފާރުގަނޑެއްވެސް އޮތިއްޔާ.. ސޭމް ހެން އަހަރެނަށް އެކަލަ ކަންތައް ފެންނަލެއް މަދެއްނު..” ހަމަ ޖެހޭ ޖަވާބެއް ދެވޭތޯ ޒިޔަމް މަސައްކަތް ކުރިއެވެ. އަދި ގަދަކަމުން ހިނިތުންވެލައިގެން ހުރީ ސާއިމްގެ ސުވާލުތަކުން ދުރުވުމަށެވެ.

“އޯކޭ.. މިފަހަރު ދޫކޮށްލާނަން. އެކަމަކު ޒީންގެ ކަމެއް އަހަންނަށް ނުފޮރުވައްޗޭ.. އަހަރެންގެ ވަރަށް ކުލޯސް ޕޭޝަންޓެއް އެއީ” ފުރަތަމަ ފަހަރަށް ވުމާއި އެކު ސާއިމްއަށް ދޫދިނެވެ. ނަމަވެސް ޒިޔަމް ކޮންމެވެސް ކަމެއް ފޮރުވަން އުޅޭ ކަމުގެ އިހްސާސް ކުރެވެމުން ދިޔައެވެ.

ޒިޔަމް އެޑްމިނިސްޓުރޭޓިވް ޑިޔުޓީއަށް ދިޔުމުގެ ކުރިން އެވަގުތު ޑިޔުޓީގައި ހުރި ޒައިނާ ޒީންގެ ކަންތައް ބެލުމަށް ފޮނުވިއެވެ. ޒީން ކައިރީ އެހީތެރިއެއް ނެތުމާއި އެކު ޒީންއަށް ރައްކާތެރިކަން ދޭން ހިތް ބުނަމުން ދިޔުމުންނެވެ.


 

ޒައިނާއަށް އެތަނަށް އާދެވުނު އިރު ޒީން ކައިރީގައި ޔުމްނު އައިސް ހުއްޓެވެ.

“ޒީން ދޯ ކިޔަނީ.. މީ ޒައިނާ އިނގޭ .. ޑރ.ޒިޔަމް ވިދާޅުވެގެން މިއައީ.. ކަމެއް ބޭނުމިއްޔާ އަޅުގަނޑު ކައިރީ ބުނެލާ އިނގޭތޯ” ސަލާމް ކުރުމަށް ޒައިނާ އަތް ދިއްކޮށްލިއެވެ.

“ޔެސް މީ ޒީން” ޒީންގެ އިތުރުން ޔުމްނުވެސް ޒައިނާގެ އަޑު އިވުމުން ބަލާލެވުނެވެ.

“އަޅުގަނޑު ކަމެއް ބޭނުމެއް ނޫން..” ލުއި ގޮތަކަށް ހިނިތުންވެލަމުން ޒީން އެހެން ބުނެލީ ޒައިނާ އައިސް އޭނާ ކައިރީގައި ހުރި ދެގޮނޑިން ކުރެ އެއްގޮނޑީގައި އިށީނުމުންނެވެ.

“ނޫނޭ.. ކަމެއް ބޭނުންވެދާނެ ދެއްތޯ ކުއްލިއަކަށް ވިޔަސް. އަޅުގަނޑު މަޑުކޮށްލާންނަން.” ފުޅާ ހިނިތުންވުމަކާއި އެކީ ޒައިނާ ވާހަކަ ދެއްކިއެވެ.

ޒައިނާ އެދެއްކި ވާހަކައަށް ބޯ ޖަހާލަމުން ޒީން އަނެއް ފަރާތުގައި ހުރި ޔުމްނުއަށް ބަލައިލިއެވެ. ދެމީހުން ވެސް ތިބީ ވަމުން މިދާ ކަންތައް އެގެން ބޭނުންވާ ފަދަ ބެލުމެއްގައެވެ. ނަމަވެސް ޒައިނާ އެމީހުންގެ އަޑު އިވޭ ހިސާބުގައި ހުރުމުން އެކަމާއި ބެހޭ ގޮތުން ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ.

އިރުކޮޅަކު ޒީން ކައިރީގައި ހުރުމަށްފަހު ޔުމްނު އޮފީހަށް ދިޔައީ ވަރަށް މުހިއްމު މީޓިންގެއް އޮތުމުންނެވެ.

“ކީއްވެގެންނޯ ޑރ.ޒިޔަމް އަޅުގަނޑު ކައިރިއަށް އަންނަން ބުނީ” ޔުމްނު ދިޔުމުން ޒީން ޒައިނާ އާއި ވާހަކަ ދެއްކިއެވެ.

“ބުނީ ތީ މިތާނގެ ވަރަށް މުހިއްމު ޕޭޝަންޓެކޯ. އެހެންވީމަ ޒީންގެ ކަންތައް ރަގަޅަށް ބަލާށޯ..ބައިދަވޭ ތީ އެއްކަލަ ދުވަހު ބައްޕަ ކައިރިއަށް ދިޔަ ކުއްޖާދޯ” ޒީން ކުރިން ފެނުނުހެން ހަނދާންވުމުން ޒައިނާ ވާހަކަ ދެއްކިއެވެ.

“އާން.. ހެހެހެ.. ތީ ޑރ.ސާއިމްއަށް އުދަގޫ ކުރާ ކުއްޖާއެއްނު” އެދުވަހު ކަންތައް ދިމާވި ގޮތް ދެމީހުން ހީހީފައި ކިޔާދޭން ފެށިއެވެ.


 

ޒިޔަމް އަށް އޭނާގެ ސިކުޑީގައި ހިނގަމުންދާ ކަންތަކުން ލުޔެއް ހޯދުމަށް ޝާހު އަށް އެވާހަކަތައް ކިޔާދޭން ކޮފީއަކަށް ދައުވަތު ދިނެވެ. ސާއިމްއަށް ނޭންގީ ހާލަތު އެކަމަށް އަދި ތަންނުދޭތީއެވެ.

“އެކުއްޖާ ފެނިއްޖެ.. ނާހާތި ކޮންތާކުންހޭ.. އަހަރެންނަކަށް ނެތް އެސުވާލުގެ ޖަވާބު ދެވޭކަށް” ޝާހު އައިސް އިށީނުމާއި އެކު ޒިޔަމް ވާހަކަ ފެށިއެވެ.

“އޯކޭ.. ދެން ކީއްކުރަން މިތަނަށް ތި ގެނައީ” ކުރިމަތީގައި ހުރި ކޮފީ ތަށިން ފޮދެއް ބޯލަމުން ޝާހު އެހިއެވެ. ޒިޔަމް ހުރީ ޝާހު އައުމުގެ ކުރިން ކޮފީއަށް އޯޑަރު ދީ ގެނެސްފައެވެ.

“މޭން!!.. އަހަންނަކަށް ނޭނގެ ވީ ގޮތެއްވެސް އޭނަ ފެނުމުން..ގަބޫލުވެސް ނުކުރެވިފަ ހުރީ..” އުފާވެފަ ހުރިވަރުން ޒިޔަމްގެ ލޮލުން ކަރުނަ ވިދަމުން ދިޔައެވެ.

“ކިހިނިކުންނޯ އޭނަކަން އެނގުނީ” ޝާހު އެހިއެވެ.

“އަދި ދިމާވި ސްޓޯރީ ނުކިޔައިދޭންދޯ.. އޭރުން އެނގޭނެ ކިހިނެތްކަން އޭނަކަން އެނގުނީ”

ޒިޔަމް އޭނާގެ މާޒީގެ ސަފްހާތައް ހުޅުވާލިއެވެ.

އެއީ ޒިޔަމް ކިޔަވަން ބޭރުގައި އުޅުމަށްފަހު ލިބުނު ޗުއްޓީއަށް މާލެ އައި ދުވަސްކޮޅެކެވެ. މާލެއަކީ މިހާރާއި އެއްގޮތަށް އޭރުވެސް ތޮއްޖެހިފައި އޮންނަ ތަނެކެވެ. އެހެންވުމުން ޒިޔަމް ގަސްދު ކުރީ މި ލިބުނު ދެތިން ހަފްތާ ތެރޭގައި ރާއްޖެތެރޭގެ ރަށަކަށް ދިޔުމަށެވެ. އެފުރުސަތު ހޯދުމަށް ބުރައަކަށް ނުވީ ޒިޔަމް އާއި އެކީ އޭލެވެލް ކިޔެވި ކުއްޖެއްގެ އެހީ ލިބުމުންނެވެ. އެކުއްޖާގެ ރައްޓެއްސެއް މާލެ އަތޮޅު ގުޅީގައި އުޅޭތީ އެރަށަށް ދެވޭނެ ގޮތް މެދުވެރި ވިއެވެ.

ރަށުގެ ނެރުން ވަދެވުމާއި އެކު ކުރެވުނީ ފޮނި އިހްސާސެކެވެ. ގައިގައި ބީހިލާ މަޑު ރޯޅިއާއި ތާޒާ ވައިން މޭފުރިގެން ދެއެވެ. އޮއްސެމުން ދާ އިރުގެ ދޯދިތައް އޮއިވަރު މަޑު ކަނޑަށް އެޅިފައިވާ އިރު ސިފަވަމުން ދަނީ ޖާދުވީ ތަސްވީރެކެވެ.

ރަށަކީ ހިތްހެޔޮ މީހުން އުޅޭ ރަށެކެވެ. މަގުމަތިން ދިމާވާ ކޮންމެ މީހެއްހެން ހިނިތުންވުން ހަދިޔާ ކުރެއެވެ. އެއް ހަފްތާ ފާއިތުވެގެން ދިޔައިރު ކޮންމެ ދުވަހެއްގެ ހަވީރުހެން ފުޓުބޯޅަ ކުޅެން ރައްޓެހިންނާއި އެކު ދެއެވެ. ރޭގަނޑު އޮންނަނީ މަސްބޭނުން ފަދަ ކުޅިވަރު ތަކަށެވެ.

މިއަދަކީ ޒިޔަމް ރަށަށް އައިތާ އެއް ހަފްތާ ފުރޭ ހުކުރު ދުވަހެވެ. މިއަދު އެއް ހަފްތާ ވަންދެން ކުޅެވުނު ފުޓުސަލް މުބާރާތުގެ ފައިނަލް އޮންނާނެއެވެ. ޒިޔަމް ކުޅޭ ޓީމް ފައިނަލަށް ދިޔުމުން ނިކަން ފޯރިއާއި އެކު ޒިޔަމް ހުރީ މެޗް ކާމިޔާބު ކުރާނެ ރޫހުގައެވެ.

ހުދު ކުލައިގެ ޖާސީއެއްގައި ޒިޔަމް ސްޓޭޑިއަމްއާއި ހިސާބަށް ދާން ހުސެއިންގެ ސައިކަލު ފަހަތަށް އެރިއެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނު ތަނާ ސައިކަލުގެ މައްސަލައެއް ޖެހިގެން ހުއްޓުނެވެ. ސައިކަލުގެ މައްސަލަ ހައްލުކުރަން ޒިޔަމް ފޭބި ވަގުތަކީ ޒިޔަމްގެ ލޮލުގައި އެކުއްޖާ އަޅައިގެތް ވަގުތެވެ. ބަށި ބޯޅަ ހިފަން އެއްމެ ކުރީގައި އިށީދެންނެވެ. ބަށި ދަނޑު ހުންނަނީ މަގާއި ތަންކޮޅެއް ދުރުގައި ކަމުން ޒިޔަމްއަށް އެކުއްޖާގެ މޫނު ސާފުކޮށް ފެންނެ ގޮތެއް ނުވެއެވެ. ހުސެއިން ސައިކަލު ހެދުމުގައި އުޅުނު އިރު ޒިޔަމްގެ ނަޒަރު އެކުއްޖާއިން ވަކި ނުވެއެވެ. އިރުކޮޅަކު އިށީދެ އިނުމަށްފަހު ތެދުވިއެވެ. ލިބިފައި ވަނީ ލޫޅާފަތި ހަށިގަނޑެކެވެ. ބޮލުގައި އޮތް ހުޅި ނައްޓާލާ އިސްތަށިގަނޑު ވިހުރުވާލި ވަގުތު މިފެންނަނީ ހަގީގީ މަންޒަރެއް ބާއޭވެސް ޒިޔަމް ހިތަށް އަރަމުން ދެއެވެ. އެކުއްޖާ ކުރިން ހުރި ގޮތަށް ބޯ ހުޅި އަކުން އައްސާލުމަށްފަހު އަނެއްކާވެސް ބަށީގެ ފޯރީގެ ތެރެއަށް ވަދެގަތެވެ. އެކުއްޖާގެ ކޮންމެ ހަރަކާތެއް ޒިޔަމް ދިޔައީ ހިތުގައި ފޮރުވަމުންނެވެ. ނޭނގި ނަމަވެސް އެކުއްޖާ އެދިޔައީ ޒިޔަމްގެ ހިތަށް އަސަރުތަކެއް ކުރުވަމުންނެވެ.

“އެ ކުއްޖާގެ ނަން އެނގޭތަ” ޒިޔަމް އަތުގެ އިޝާރާތުން ދައްކާލިއެވެ.

“މަށަކަށް ނޭނގޭނެ މިރަށު އަންހެން ކުދިންނެއް. އަޅައިގަތީތަ.. މޯޑުއަށް ދައްކާ އޭނަ އަށް އެނގޭނެ. ހިނގާ ދާން. ދުއްވޭ ވަރުވޭ މިހާރު” ހުސެއިން ވާހަކަ ދައްކަމުން ދިޔައިރުވެސް ޒިޔަމްއަށް ހުރެވުނީ އެދިމާ ބަލާށެވެ. އެފަދަ ލޯބި ކުއްޖަކަށް ކިޔާނީ ކޮން ނަމެއްބާ ހިތަށް އަރަމުން ދިޔައެވެ.

ޒިޔަމް އެދުވަހު މެޗް ނިއްމާލީ މުބާރާތް ކާމިޔާބު ކުރަމުންނެވެ. ނުފިލާ ހުރި ހިނިތުންވުމެއް މޫނު މަތީގައި ވީ އިރު ވިސްނެމުން ދިޔައީ އެކުއްޖާގެ މަތިންނެވެ. އަދި އެއްފަހަރު ނަމަވެސް ފެންނާނެ ނަމައޭ ހިތަށް އަރަމުން ދިޔައެވެ. މޯޑު ކައިރީ އެކުއްޖާގެ ސިފަތައް ކިޔައި ދިނުމުންވެސް ނަން އެނގޭ ވަރެއް ނުވިއެވެ. އެހިސާބުން އެކަންތައް އެއްފަރާތް ކޮށްލުމަށް ފަހު ޒިޔަމްއާއި އެއްމެން އަވަސްވެގަތީ ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށެވެ.

އެރޭގެ އިޝާ ނަމާދުން ފައިބައިގެން ޒިޔަމްއާއި އެކުވެރިން ދިޔައީ ސަޕޯޓަރުން ފަރާތުން އޮތް ކެއުމަކަށެވެ. މާގިނައިން ނުކައި ޒިޔަމް ގެޔަށް ދާން ހިނގައިގަތީ ވަރުބަލިވެފައި ވުމާއި އެކީގައި އަދި އޭނާ ހުންނަ ގޭގައިވެސް ޕާޓީއެއް އޮތުމާއި އެކީގައެވެ. އެގޭގެ ދައްތަ ރަށަށް އައިއްސުރެ ޕާޓީއަށް އައުމަށް ދައުވަތު ނުދޭ ދުވަހެއް ނާދެއެވެ. އެހެންކަމުން ނުކެއަސް ޕާޓީގެ ކޮންމެވެސް ހިސާބަކުން ފެނިލުން މުހިއްމެވެ.

ޒިޔަމްއަށް ދެވުނު އިރު ގެ ހުންނަ މަގުމަތީގައި ގޮނޑިތަކާއި މޭޒުތައް އަތުރާފައި ހުއްޓެވެ. ޕާޓީ ބާއްވަން ހަމަޖެއްސީ ގޭގެ ތެރޭގައި ކަމުން ވީ ގޮތް އެހުމުން އެއީ ތަންކޮޅެއް ކުރިން ކަރަންޓު ދިޔުމުގެ ސަބަބުން ވީކަމެއް ކަމަށް ދައްތަ ބުންޏެވެ. ޒިޔަމް ދެތިން ހެދިކާ އަދި ޖޫސް ތައްޓެއް އަތަށް ނަގައިގެން އެއްފަރާތުގައި ހުރި މޭޒު ދޮށުގައި އިށީނެވެ. އެގޭ ދެތިން ކުއްޖެއް ފިޔަވައި އެއްވެސް ކުއްޖެއް ޒިޔަމްއަށް ނޭނގެއެވެ. ބީރައްޓެހި ކޮށް އިދެގެން މުޅި ތަނަށް ނަޒަރު ހިންގާލި އިރު ޒިޔަމްގެ ލޮލުގައި އަނެއްކާވެސް އަޅައިގެތީ މިއަދު ހަވީރު ފެނުނު ކުއްޖާއެވެ. ފުރަގަސްދީގެން ހުރުމުން މޫނު ފެންނަން ނެތްކަމަކު އެފަރި އިސްތަށިގަނޑުން އެކަނިވެސް ޒިޔަމްގެ ހިތް އުފަލުން ފޮޅުނު ކަހަލައެވެ. ނެގި ޖޫސްތަށި އަވަސް އަވަހަށް ހުސްކޮށްލުމަށްފަހު ޒިޔަމް އެކުއްޖާއާއި ވާހަކަ ދައްކާލުމަށް ދާން އުޅުނެވެ. ނަމަވެސް އޭގެ ކުރިން ފެން ތައްޓެއް ބޯލުމަށް ޖެހިގެން ހުރި މޭޒަށް ދިޔައެވެ. ފެން ބޮއި ނިމުމުން ޒިޔަމް އެފަރާތް ބަލައިލި ވަގުތު ދެއްމެ އެތާގައި ހުރި ކުއްޖާ  ނެތުމުން ކުޑަކޮށް ހައިރާންވިއެވެ. އެއްމެ މިނެޓެއް ތެރޭ ލޯ ކުރިމަތިން އެގެއްލުނީއެވެ. ޒިޔަމް ވަށައިގެން ދެތިން ފަހަރެއްގެ މަތިން ހޯދާލިއެވެ. ނަމަވެސް އެއްވެސް ނިޝާނެއް ފެންނަން ނެތެވެ.

އިތުރަށް އެތާގައި މަޑުނުކޮށް ޒިޔަމް އެތެރެއަށް ދިޔައީ އެހެން ކަހަލަ އިހްސާސެއް ކުރެވެން ފެށުމުންނެވެ. އަޑު ތަކާއި މަންޒަރުތައް ފުސްވާން ފެށިއެވެ. މިއަދު އެހާ ބުރަކޮށް އުޅުމުން ވަރުބަލިކަމުގެ އަސަރު ފެންނަން ފެށީއޭ ހިތައި ނިދާލުމަށް ޒިޔަމް އޭނާއަށް ހާއްސަކޮށްފައިވާ ކޮޓަރިއަށް ދިޔައެވެ. ދޮރުގެ ތަޅުގައި ހިފި އިރު ހުރީ ތަޅުލާފައެވެ. ތަޅުލެވޭ ގޮތަށް ތަޅުދަނޑިއެއް ދީފައި އޮތަސް ޒިޔަމް ކޮޓަރީގައި ތަޅުލަނީ ހަމައެކަނި ނިދަން ވަންނަ ވަގުތުގައެވެ. މިކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ ޖީބުން ތަޅުދަނޑި ނަގައި ދޮރު ހުޅުވާލިއެވެ. އޭރު ހިތުގެ ވިންދު އަވަސްވެ އޮއްދާތަކުން ނިތްކުރި ދިޔައީ ތެމެމުންނެވެ.

ކޮޓަރީގައި އޭސީއެއް ނެތުމުން ނިދުމުގެ ކުރިން މޫނު ދޮވެލުމަށް ޒިޔަމް ފާހަނާއަށް ވަނެވެ. ހަމަހޭގައި ބާއޭ ހިތަށް އެރީ ސިންކު ކައިރީގައި ގުދުވެލައިގެން އޮތް ކުއްޖާ ފެނުމުންނެވެ. ނަމަވެސް އަމިއްލަ ސިކުޑީގެ މައްޗަށް ބާރު ފޯރުވޭ ވަރުގެ ކުޅަދާނަކަމެއް ޒިޔަމް ހަށިގަނޑުގައި ނެތް ކަހަލައެވެ. އެރީތި ކުއްޖާ އެހެރީ ހުވަފެނީ އާލަމެއްގައި އޭނާ ކައިރިއަށް އައިއްސައޭ ހިތް ސިކުޑިއަށް ވިސްނައިދެމުން ދެއެވެ. ދޮން ކަދުރާއާއި މަސްތުވީ ހަށިގަނޑެކެވެ.

އިރުގެ އަލި ލޮލަށް އެޅުމާއި އެކު މޫނު ކުނިކޮށްލަމުން ޒިޔަމް ލޯ ހުޅުވާލިއެވެ. ނަމަވެސް ރޭގައި ފެނުނު ހަގީގަތެއް ކަހަލަ ހުވަފެން ހަނދާން ވުމުން ޒިޔަމްގެ މޫނު މައްޗަށް އެރީ އެހެން ކަހަލަ ހިނިތުންވުމެކެވެ. ރޭގައި އެކޮޓަރީގައި ހިގައި ދިޔަ އެއްވެސް ކަމެއް ނޭނގޭ ހާލު ޒިޔަމް ފެންވަރާލަން ފާހަނައަށް ވަންނަން ތެދުވާން އުޅުނެވެ. ނަމަވެސް ގައި މަތީގައި އޮތް ރަޖާގަނޑު ހިއްލާލުމާއި އެކު އެހުވެފެނާއި މެދު ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރު ވިއެވެ. އޭނާއަކީ ނިދާފައި އޮންނަ އިރު އެހާ ހަރަކާތް ގިނަ މީހެއް ނޫން ނަމަވެސް މިހެން މިވީ ކީއްވެހޭ ހިތައި ސުވާލުކޮށްލެވުނެވެ. ހާސްވެފައި ހުރެ ޒިޔަމް އެކަންތަކާއި މެދު ވިސްނަމުން ދިޔަ ނަމަވެސް ހަނދާނަކަށް އިތުރު އެއްޗެއް އަންނަވަރެއް ނޫނެވެ. އިއްޔެ ހަވީރު ފެނުނު ކުއްޖާ ރޭގައިވެސް ފެނުނެވެ. ދެން އޭނާ ގެއްލުނީއެވެ. އެޔަށްފަހު ޒިޔަމް އައީ ކޮޓަރިއަށެވެ. އަނެއްކާވެސް އެކުއްޖާ ފެނުނީ ފާހަނަ ތެރެއިންނެވެ. ދެން ވީ ކިހިނެތް ހެއްޔެވެ؟ ރޭގައި ހަނދާން ހުރި ކަންތައް އަތުން ގުނަމުން ކަހަލަ ގޮތަކަށް ޒިޔަމް ކިޔަމުން ދިޔައެވެ. ދެން ވީ ކިހިނެތް؟ ތަކުރާރު ކޮށް ޒިޔަމް އެހެން ކިޔަސް ވީ ކަންތައް ޒިޔަމްގެ ހަނދާނަކަށް ނައެވެ. އެހެންކަމުން އެއީ ހަމަ ހުވަފެނެއް ކަމަށް ބަލައި ޒިޔަމް ތެދުވާން އުޅުނެވެ. ނަމަވެސް މިފަހަރު ޒިޔަމް ދިޔައީ ހުއްޓުން އަރައިގެންނެވެ. ރިހި ކެވެލި ކޮޅެއް ކައިރީގައި އޮތް ބާލީސް ކައރީ އޮތެވެ. އެޔާއި އެކު ޒިޔަމްގެ ހާސްކަން އިތުރުވެގެން ދިޔައީ އޭނާ ހީކުރަމުން އެދާ ކަންތަކީ ހަމައެކަނި ހުވަފެނަކަށް ނުވާނެއޭ ވިސްނުމުންނެވެ.

“އެރޭ ނިދަން ދިޔައިރު އަހަރެން ހުރީ އެކުއްޖާގެ ވާހަކަ މޯޑު ކައިރީ އަހަންވެގެން. އެކަމަކު އަހަންނަށް ވަރަށް ބޮޑު ގޯހެއް ހެދިއްޖެކަން އެގުމުން އަހާލަން ނުކެރުނީ. އޭގެ ފަހުން އެއް ހަފްތާ ވަންދެން ކޮންމެ ދުވަހަކުހެން ދަން ބަށި ކުޅޭ ކޯޓަށް. އެކަމަކު އޭގެ ފަހުން އެއްވެސް ތާކުން ފެންނަ ވަރެއް ނޫން. ދެން މިއަދު އެކުއްޖާ ފެނުނީ” ނިތްކުރީގައި އަތް ވިއްދައިގެން ހުރެ ޒިޔަމް ވާހަކަ ދެއްކިއެވެ.

“އެ ކެވެލި ކޮޅުގެ އަނެއް ފަށް އެކުއްޖާގެ ފައިން މިއަދު ދުށިން. ފުރަތަމަ ހުރީ ގަބޫލު ކުރަންވެސް ދަތިވެފަ. އެކަމަކުވެސް ނޭނގެ. އައި އޭމް ސޯ ލޮސްޓު ޝާހު. އަހަންނަކަށް ނުކުރޭނެ އެވާހަކަ އަހާލާކަށްވެސް” ގޮތް ހުސްވެފައިވާކަން ޒިޔަމްގެ މޫނު މަތިން ދައްކުވައި ދެއެވެ.

“ޒިޔަމް އެކަހަލަ ކަމެއް.. އޯ މައި ގޯޑު.. ” ދެފަރާތަށް ބޯ ހޫރާލަމުން ޝާހު ވާހަކަ ދެއްކިއެވެ. ޒިޔަމް އަކީ އެކަހަލަ ކަމެއް ކޮށްފައި ހުރި މީހެއްކަން ޝާހު އަށް ގަބޫލުކުރަން ދަތިވިއެވެ.

“ކޮންތާކުންތަ އެކުއްޖާ ފެނުނީ.. އޭނައަށް ޒިޔަމް ފެނުނުތަ. އެހެން ވެއްޖެއްޔާ އޭނައަށް އެނގޭނެ އެއްނު ޒިޔަމް ތީ އޭނަ…” ޝާހު ފައްޗަކަށް ސުވާލު އަމުލާލަމުން ދިޔައެވެ.

“ޔެސް. އެކުއްޖާ އަށް އިނގޭނެ އަހަރެންމީ ކާކުކަންވެސް. އެކަމަކު މިދިމާވީ ކޮންތާކުން ކަމެއް ނެތް ބުނެވޭކަށް” ކުރިން ވިސްނައިފައި ނުވާ އެތައް ސުވާލެއް ޒިޔަމްއާއި މިއަދު ކުރިމަތިލާން ޖެހިއްޖެ ކަމުގެ އިހްސާސް ވިއެވެ.

“މަށަކަށް ނޭނގެ ޒިޔަމް ތިއާއި މެދު ބުނެވޭނެ އެއްވެސް އެއްޗެއް އޮތްހެން. މަށަށް ހީވަނީ ތި ކުއްޖާއާއި ވީހާވެސް ދުރަށް ދިޔުން އެއީ އެއްމެ ރަގަޅުކަން ކަމަށް. އެހެން ނޫނީ ދެމީހުންނަށްވެސް ގެއްލުންވާނީ. އޭނައަށް ޒިޔަމްގެ ބިރުވެރިކަން އޮންނާނެ ދޯ..ނޯ އޮފެންސް އިނގޭ.. ދެން އޮތީ ޒިޔަމްގެ ކެރިއާރ. އެކުއްޖާ ހަގީގަތް ކިޔާ ދީ ފިއްޔާ ޒިޔަމް އަތުން ޕްރެކްޓިސް ކުރުމުގެ ލައިސެންސުވެސް ގެއްލުނީ ދޯ. މީ މަށަށް ފެންނަ ގޮތް..” ޝާހު އޭނާ އަށް ފެންނަ ރަގަޅު ގޮތް ކިޔާ ދިނެވެ. ޒިޔަމްއަށް އެއީ ތެދެއްކަން އެނގޭ ހާލުވެސް ޒީންއާއި ދުރަށް ދާން އެހިތް ނޭދެއެވެ. އެހިތުގެ މަލިކާ ފެންނާނެ ދުވަހަކަށް އިންތިޒާރު ކުރި ކުރުން ބޭކާރު ކޮށްލަން ވީ ހެއްޔެވެ؟

ޒިޔަމް އެދުވަހުގެ މަސައްކަތް ނިއްމާލުމަށްފަހު ޒީން ދެކި ލުމަށް ދިޔައިރު ޒީން ވަނީ ޑިސްޗާޖު ކުރެވިފައެވެ. ޒައިނާ ކައިރީ އަހާލުމުން ބުނީ ޒީންގެ ދުޅަ ކޮންޓުރޯލް ކުރެވުމުން ގެޔަށް ދޫކޮށްލީ ކަމަށެވެ.


 

ދުވަހު ބުރަކޮށް އުޅުމަށްފަހު ޒިޔަމްއަށް ގެޔަށް ދެވުނު އިރު ދިހައެއް ޖަހާ ބޮޑުވަނީއެވެ. ގެޔަށް އައިސް އެއްމެ ފުރަތަމަވެސް ޒިޔަމް ކަބަޑު ހުޅުވާލައި އޭގެން ރިހި ކެވެލި ކޮޅު ނެގިއެވެ. އަދި އަތްތިލަ މަތީގައި ރީއްޗަށް ފަތުރާލުމަށްފަހު ރަގަޅަށް ބަލާލިއެވެ. މިއަދު ޒީންގެ ފައިން ދުށް ކެވެލި ކޮޅާއި އެއްވެސް ތަފާތެއް ނެތެވެ. މެދުގައި ނޫ ކުލައި ތިން އެސް ހަރުކޮށްފައި ހުއްޓެވެ.

ޒީން އެއްމެ ފުރަތަމަ ދުވަހުން ފެށިގެން ޒީންގެ އުޅުނު ގޮތް ވިސްނާލިއެވެ. އޭނާ ފެނުމާއި އެކު ޒީން ރޯން ފެށި ގޮތެވެ. ދެއްކި ވާހަކައެވެ. ޒިޔަމްއާއި ދިމާލަށް ތުހުމަތުގެ އިގިލި ދިއްކުރި ސަބަބެވެ. “ކުރިން ވެސް… ކޮންމެ ފަހަރަކުވެސް” އެލަފުޒުތައް ޒިޔަމްގެ ސިކުޑީގައި އާލާވެ ތަކުރާރުކޮށް ކިޔެވެމުން ދިޔައެވެ. ޒީންއަކީ ހާއްސަ ޕޭޝަންޓެއްކަން ފުރަތަމަ ދުވަހުން ފެށިގެން ބެލި ކަމުގައި ވިޔަސް މިއަދު އެ ހާއްސަކުރުމުގެ މާނަ ފުން ވެއްޖެއެވެ. ޒީން އޭނާ ދެކެ އެހާ ރުޅި އެއަންނަނީ ޒިޔަމްގެ ހަގީގަތް ލޯ ކުރިމަތިން ފެނި އިހްސާސް ކުރެވުމުން ކަން ޒިޔަމްއަށް ވިސްނެނެ ފެށުނެވެ.

ޒިޔަމްއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެން ފެށުނެވެ. ޒީންއަށް އެ އިވޭ އަޑު ތަކަކީ އަނެއްކާ ޒީންއަށް ލިބުނު ޝޮކެއްގެ ސަބަބުން ވީ ކަމެކޭ ހިތް ބުނަމުން ދިޔައެވެ. ފިޓް ޖެހޭ ޕޭޝަންޓަކަށް ވުމުން ޒީންގެ ސިކުޑިއަށް އޭގެ ބާރުކޮށްލި ގޮތް ބޮޑީ ބާވައެވެ؟ ހިތުގެ މަލިކާގެ ދިރިއުޅުން ވެއްޔާއި މި މޮޑެލެވުނީ ބަސްނާހާ ހިތުގެ އެދުންތަކަށެވެ. އަމިއްލަ އެދުންތަކަށެވެ. ޒީންގެ ފަރާތުން މާފަށް އެދޭނީ ފަހެ ކިހިނަކުންނެވެ؟ އެކުށަކީ ޒިޔަމް އަމިއްލައަށްވެސް ނަފުސަށް މާފު ދެވޭ ވަރުގެ ކުޑަ ކަމެއް ނޫނެވެ. ކުރި ކުށުގެ ޝަޒާ އަކީ މީ ހެއްޔެވެ؟

 

ޒީން އަކީ އެކުއްޖާކަން އެނގުމުން ވާންވީ ދެރަކަމެއް ވާންވީ އުފާކަމެއް ޒިޔަމް އަކަށް ނުވިސްނުނެވެ. ސާހިލް ފެންނަން ނެތި ހިތާއި ޖާނު މިވަނީ ލޯބީގެ ކަނޑުގައި ބެހެން ދޫކޮށްލެވިފައެވެ. އޮޔާއި ވައިގެ ތެރޭގައި ހިތް ގެބިގެން ދާނީ އިސްނަގައި ބުނާނެ ހިތްވަރެއް ނުލިބޭ ހާލުގައި ހެއްޔެވެ؟ އެކުރެވެނީ މާނަ ނެތް އިންތިޒާރެއް ހެއްޔެވެ؟

އެހިތުގައި އުފެދި އުތުރެމުންދާ އަސަރުތައް ކިޔާދޭ އަޑު ޒީންއަށް އިއްވާލަ ދޭން ބޭނުމެވެ. ނަމަވެސް ވެފައި ހުރި މަޖުބޫރީ އާއި އެކު އެއަޑުތައް ކިޔާދޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟ ޒީންގެ އޯގާތެރިކަމަށް ޒިޔަމްގެ ހިތް ވަނީ ފެންބޮވައިގެންފައެވެ. ނިމުމެއް އިންތިޒާރެއް ކުރަން އެހިތަށް ޖެހި ދާނެކަމުގެ ބިރުވެރިކަން ޒިޔަމްއަށް ކުރެވެން ފެށިއްޖެއެވެ. ނެތް އުފާތަކަކަށް އުއްމީދު ކުރެވެނީއެވެ.


 

މަޑު ހިނގުމެއްގައި ކްލިނިކްގެ ރޫމަށް ވަދެގެން އައި ޒިޔަމްގެ ފަހަތުން ސާއިމްވެސް އެތެރެއަށް ވަނެވެ. އިއްޔެވީ ކަމެއްގެ ސަބަބުން ސާއިމް ހުރީ ޒިޔަމް ކްލިނަކަށް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. މިއަދަކީ ޒީންގެ އެޕޮއިންޓުމެންޓެއް ޒިޔަމްއަށް ހަމަޖެހިފައި އޮތް ދުވަހެއް ކަމުން އޭގެ ކުރިން ޒިޔަމްއާއި ދައްކަން ޖެހޭ މުހިއްމު ވާހަކައެއް އެބަ އޮތެވެ.

“ޒިމް.. ތީ މަގޭ އެއްމެ ގާތް ރައްޓެއްސަށް ވުމާއި އެކީ އަހަންނަށް ދޮގު ނުހަދާނެ ކަމުގެ އުއްމީދުގަ އިއްޔެ ފަހުން އަޅާ ނުލީ. އެކަމަކު އަހަރެން ފަހުން ފޮލޯއަޕަށް ޒީން ކައިރިއަށް ދިޔައިރު ޒައިނާ އެތާ އިންނަން ވީ ސަބަބެއް ބުނެދީފާނަން” ސާއިމް ގޮސް ޒިޔަމް ކުރިމަތީ ހުރި ގޮނޑީގައި އިށީންނަމުން ސުވާލު ކުރިއެވެ.

“އެވަރު ކަމެއް ވެގެން އުޅޭ އިރު ޒީން ކައިރީ އެހީ ވެދޭނެ މީހެއް ނެތުމުން އަހަރެން ޒައިނާ އެތަނަށް ފޮނުވީ. އެކަމުގަ ނެތް ކަންނޭނގެ މައްސަލައެއް” ޒިޔަމް ޒައިނާ ފޮނުވި ސަބަބު ކިޔާ ދިނެވެ.

“އިއްޔެ ޒީންއަށް ފަރުވާ ދިނީ އަހަރެންގެ ޕޭޝަންޓެއްގެ ގޮތުގައި. އެހެންވީމަ ޒީންއާއި ބެހޭ ކޮންމެ ކަމެއްގަ ޑރ.ޒިޔަމްވެސް އަންނަން ޖެހޭނީ އަހަރެން ކައިރިއަށް” ސާއިމްގެ އަޑުގައި ވަނީ ސީރިއަސްކަމެވެ.

“ހަމަޖެހިބަލަ.. އެގެއެއްނު ކުރިން ދުވަހު ޒީން ބައްޕަ ކައިރިއަށް ދިޔަކަން. އެހެންވީމަ އަހަރެން ބޭނުންވީ މިތާގެ ހާއްސަ ޕޭޝަންޓެއްގެ ގޮތުގަ ޒީން އަށް ފަރުވާ ދެވެން، ސޭމް ތިހާ ކަންބޮޑުވާ ވަރުގެ ކަމެއް ނޫން ކަންނޭނގެ އެއީ. އެންޑް ސޮރީ އަހާނުލެވި ކުރެވުނީމަ. ދެން ފަހަރަކުން އައި ވިލް ބީ ކެއާފުލް” ޒިޔަމް ދެމީހުންގެ މެދުގައި އުފެދިފައިވާ ނުރުހުން ކުޑަ ކުރެވޭތޯ އުޅުނެވެ.

“އަހަންނަކަށް އެނގިފައެއް ނެތް މިތަނުން ތިކަހަލަ ސާވިސް ފޯރުކޮށްދޭ ކަމެއް. އެކަމަކު ބީ ކެއާފުލް. ޒީންއަކީ ހަމައެކަނި ޒިޔަމްގެ ޕޭޝަންޓެއް ނޫން. ޒީންގެ ފަރުވާ އާއި މެދު ކުޑަ އިހްމާލެއް އެހެޔޮ ޒިޔަމްގެ ފަރާތުން ވިޔަސް ކުރާ ނަމަ” ސާއިމް ވާހަކަ ހުއްޓާލީ ޒިޔަމްއަށް އޭނާ ބުނަން އުޅޭ އެއްޗެއް އެގޭނެކަމުގެ ޔަގީންކަން އޮތުމުންނެވެ. މިދިޔަ ފަހަރު ދޫ ދިނަސް ސާއިމް މިފަހަރު ނުކުމެގެން އެދިޔައީ އިންޒާރެއް ދީފައެވެ.

ސާއިމް ނުކުމެގެން ދިޔުމުން އިރުކޮޅެއް ފަހުން ޒީން ވަނެވެ. ޒީން އެތެރެއަށް ވަނުމާއި އެކު ގޮނޑީގައި އިށީދެގެން އިން ޒިޔަމްއަށް ކޮޅަށް ތެދުވެވުނީ ބޭއިހްތިޔާރުގައެވެ. ކުރިން ޒީން ފެނުމުން ނުކުރެވޭ ކަހަލަ އިހްސާސެއް މުޅި ހަށިގަނޑުގައި ފެތުރިގެން ދިޔައެވެ.

“ޒީން އިށީދޭ” އަތުގެ އިޝާރާތުން ދައްކާލަމުން ޒިޔަމް އެދުނެވެ. ހިނިތުންވަމުން ޒީން ސޯފާގައި އިދެ އެއްފައި މައްޗަށް އަނެއްފައި ލީ އަދިވެސް ކުޑަކޮށް ތަދު ހުރުމުންނެވެ. އެހެން ދުވަހާއި ހިލާފަށް އިސްޓާކީނު ލައިގައިން އަންނަ ޒީންގެ ފައިތިލަ މިއަދު ފެންނަމުން ދިޔައީ ދުޅަ ވެފައި ހުރުމުން އިސްޓާކީނު ލައިގެން ނައުމުންނެވެ. ޒިޔަމްއަށް ޒީންގެ ކެވެލި ކޮޅު އަނެއްކާވެސް ފެނުމާއި އެކު ލުއި ގޮތަކަށް ހިނިތުންވެވުނެވެ.

“ވަރަށް ރީތި ކެވެލި ކޮޅެއް” ޒިޔަމް ހިނިތުންވެލަމުން ބުނެލިއެވެ.

“ތެންކުޔޫ.. ބައްޕަގެ ހަދިޔާއެއް. އެކަމަކު އަނެއްފައިގެ ކެވެލި ކޮޅު ގެއްލިއްޖެ” ޒީންވެސް ހިނިތުންވެލުމެއް ހަދިޔާ ކުރިއެވެ.

“ކޮންތާކަށް ގެއްލުނީ” ޒިޔަމްގެ ސުވާލުތައް ތަފާތު ވެފައި މޫނު މަތީގައި ވާ ކުލަވަރުވެސް އެހެން ދުވަސްތަކާއި ތަފާތުކަން ޒީންއަށް އިހްސާސް ކުރެވުނެވެ.ނަމަވެސް އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ ޒިޔަމްގެ ސުވާލުތަކަށް ފަސްޖެހުމެއް ނެތި ޖަވާބު ދޭން ފެށިއެވެ.

“ނޭނގެ. ވަރަށް ކުރިން ރަށަށް ގޮސް އުޅުނު އިރު. ހަމަ އެހާ ރީތީތަ” ޒިޔަމް އަދިވެސް ކެވެލި ކޮޅަށް ބަލަމުން ދާތީ ޒީން އެހިއެވެ.

“ހުމްމްމްމް. ވަރަށް” ޒީންގެ މޫނަށް ބަލާލަމުން ޒިޔަމް ލުއިކޮށް ހިނިތުންވެލިއެވެ. އަދި އެހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ހުރިހާ ކަމެއް ޒީންއަށް އެނގޭނެ ނަމައޭ ހިތަށް އެރިއެވެ.

“ދެން އެވާހަކަ ބާއްވަމާ.. ޒީން މަންމަ އަކީ ޒީންއަށް ކިހާ މުހިއްމު މީހެއްކަން ބުނެދޭންވީނު” ޒިޔަމް މައުޟޫ  ބަދަލުކޮށްލިއެވެ. ނަމަވެސް އެއިން ކޮންމެ ކަމެއްވެސް ނިމެނީ އެއް ހިސާބަކަށްކަން އެނގެއެވެ.

” މަންމަ އެއީ އެއްމެ މުހިއްމު މީހާ. ޒިޔަމްގެ މަންމަވެސް ހުންނާނެ އެއްނު. އެވަރު އެގޭނެއެއްނު” ކުރު ގޮތަކަށް ބުނެލިއަސް ޒީންއަށް މަންމައާއި ދޭތެރޭ ބުނެވޭނެ ބައިވަރު ވާހަކަ ހުރިކަން ޒިޔަމްއަށްވެސް އަދި ޒީންއަށްވެސް އެގެއެވެ.

“ކޮން ކަމެއް ޒީން މަންމައާއި އެކީ އެއްމެ ކުރާ ހިތްވަނީ” ސީދާ ސުވާލެއް ޒިޔަމް މިފަހަރު ކޮށްލިއެވެ.

“ބަށި ކުޅޭ ހިތްވަނީ. މަންމަ ވަރަށް މޮޅުވާނެ. އެކަމަކު މިހާރު ނުކުރެވޭނެ އެއްނު” ހިތްވަރުކޮށްލާފައި ޒީން މަންމައާއި ބެހޭ ގޮތުން އެތައް އިރެއް ވަންދެން ވާހަކަ ދެއްކިއެވެ.

“އޯކޭ..އެގިއްޖެ ޒީންއަށް މަންމަ މުހިއްމު ވަރު. އެކަމަކު ޒީން ގަބޫލު ކުރަންތަ ޒީންއަށް ކެއާ ކުރާ ޒީން ދެކެ ލޯބިވާ އެހެން މީހުންވެސް ތިބިކަން”ޒިޔަމްގެ ސުވާލަށް ޒީން ބޯ ޖަހައިލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

“ޒީންވެސް އެމީހުން ދެކެ ލޯބިވެޔެއްނު. ޒީން އެބަ ޖެހޭ އެމީހުންނަށްޓަކައި ކުޑަ ކަމެއް ކޮށްލަދޭން އިނގޭ.” އޯގާތެރިކަމާއި އެކު ޒިޔަމް ވާހަކަ ދައްކަމުން ދިޔައެވެ.

“މި އިވެނީނު އަޑުތައް. ޒީން ބުނީމެއްނު އެމީހުން ބައެއް ފަހަރު ކަންތައް ކުރަންވެސް ބުނެއޭ. އަދި ޒީންއަށް އެކަންތައް ކުރެވެއޭ މާ ހާސްވެފަ ހުންނަ އިރު..” ޒިޔަމް ވާހަކަ ދައްކަމުން ދިޔައިރު އެއްބަސް ވުމުގެ ގޮތުން ޒީން ބޯ ޖަހަމުން ދިޔައެވެ.

“އެގޭނތަ އެއިން ކަމެއް ކުރުމުން ޒީންއަށް ގެއްލުމެއްވެސް ވެދާނެކަން. އޭރުން އެއްކަލަ މީހުން ކިހާ ދެރަވާނެ ދޯ. ޒީން ކޮށްދޭންވީ ކަމަކީ އެކަހަލަ އަޑެއް އިވުމުން އެއްމެ ފުރަތަމަވެސް އެހެން މީހަކާއި ވާހަކަ ދައްކަންވީ. އެހެޔޮ ކޮންމެ ކަމަކާއި ބެހޭ ގޮތުން ވިޔަސް.ނޫނީ އޯކޭ އެކަނި ހުންނަ ނަމަ ލަވައެއް ކިޔާ ލިއަސް. ފޮތެއް ކިޔާލިއަސް އެއްމެ ރަގަޅުވާނެ. މިކަންތައްތައް ޓުރައި ކުރައްޗޭ ދެން އެއަޑު އިވޭ ފަހަރަކު. މިކަމުން ރަގަޅު ނުވެއްޖެއްޔާ ކިޔާ ދޭނަން އިތުރު ގޮތްތައް އިނގޭ” ކުޑަ ކުއްޖަކަށް ނަސޭހަތް ލައިދޭ ގޮތަކަށް ޒިޔަމް ޒީންއާއި ވާހަކަ ދައްކަމުން ދިޔައެވެ.

“މީގެ އިތުރުން ޒީން ޖެހޭނެ ގަޑިން ގަޑިއަށް ކައި ނިދައި ސްޓެރެސް ފުރީ ލައިފެއް އުޅެވޭތޯ ބަލަން” ޒީންގެ ޑޮކްޓަރުގެ ހައިސިއްޔަތުން  ޒިޔަމް ވާހަކަތައް ދެއްކިއަސް އެއޯގާތެރިކަމުގައި އެހެން މާނައެއް މިހާރު އެކުލެވެއެވެ.

ޒީން ބަސްއަހާ ކުޑަ ކުއްޖެއްހެން ބޯ ޖަހާލަ ޖަހާލަ އިނީ ޒިޔަމްގެ އަޑުގައި ވި ސީރިއަސްކަން އިހްސާސް ކުރެވުމުންނެވެ. އެހިދުކޮޅުގައި ޒީންގެ ހިތުގައި ޒިޔަމް ދެކެ އުފެދިފައިވާ ނަފްރަތުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ޒީންއަށް ބޭނުންވާ މުހިއްމު މައުލޫމާތު އަޑު އިވޭތީ އެކަމާ މާބޮޑަށް ޝައުގުވެރިވެވުނީއެވެ.

“ތެންކުޔޫ.. ދެން އަޅުގަނޑު ދަނީ. ފައިގަ ރިއްސާ އެބަ ވަރަށް ބޮޑަށް” ޒީން އުދަގުލުން ކޮޅަށް ތެދުވާން މަސައްކަތް ކުރިއެވެ.

“ފައިގަ ރިއްސަންޏާ ހިނގާ ފަރުވާ ދޭ ކޮޓަރިއަށް. ޑރ.ސާއިމްވެސް އެބަ އިންނެވި. ގޮވާލަންތަ” ފާރުގައި އަތް ޖައްސައިގެން ކޮޅަށް ތެދުވެ ހުރި ޒީންއާއި ޒިޔަމް ވާހަކަ ދެއްކިއެވެ. ކުޑަކޮށް އަވަސް އަރުވާލާފައެވެ.

“ނޫން އިޓްސް އޯކޭ. ޒީން މާ ގިނަ އިރު ވަންދެން ފައި ތިރިކޮށްގެން އިނީމަ ތަދުވާން އެފެށީ. ގެޔަށް ގޮސް ރެސްޓުކޮށްލީމަ ރަގަޅުވާނެ” ޒީން ޒިޔަމްގެ އެހީތެރިކަމަށް ދެކޮޅު ހެދިއެވެ. އަދި ފާރުގައި އަތް ޖައްސަމުން އެތަނުން ނިކުމެގެން ދިޔައެވެ.

ޒީން ދިޔަތަނުން ޒިޔަމްގެ ކޮޓަރިއަށް ޝަމްހާ އައިސްވަނެވެ.

“ޝަމްހާ މިތާ ކީއްކުރަނީ” ހައިރާންވެފައި ހުރެ ޒިޔަމް އަހާލިއެވެ.

“މިހެން ދަމުން ހިތަށް އެރީ ވަދެލާނަމޭ. ޒިޔަމް ބިޒީތަ. ހިގާ ބަލަ ކޮފީއަކަށް ދާން” ޝަމްހާގެ އަޑުގައި ވަނީ ފޯރިއެވެ.

“އެހެންތަ.. ކުޑަކޮށް ބިޒީ މިގަޑީ. އެބަޖެހޭ ކުޑަ ރިޕޯޓެއް ލިޔެލަން” ޝަމްހާ އާއި އެކީ ކޮފީއަށް ނުދާން ޒިޔަމް ބަހަނާ ދެއްކިއެވެ.

“އަބަދު ބިޒީ ވާކަށް ނުވާނެ. އެހެން ނޫނަސް އަބަދު ތި ހޭދަކުރަނީ މީހުންގެ ވާހަކަ އަޑު އެހުމުގައެއްނު. ކީއްތަ ވާނީ އެންމެ ފަހަރަކު ކުޑަ ބުރޭކަށް ނަގައިލިއްޔާ” ވާހަކަ ދައްކަމުން ޝަމްހާ ޒިޔަމްއާއި ކައިރިއަށް ޖެހެމުން ދެއެވެ. ޒިޔަމްއަށް މިކަމުން އުދަގޫ ވަމުން ދިޔައަސް ކެތްކޮށްލައިގެން ހުރީ ގަދަކަމުން ހިނިތުންވެލައިގެންނެވެ.

“ދެން އެހެން ފަހަރަކުން ދޯ. އަދި ދުވަސް އެބަ އޮތެއްނު” މިފަހަރުވެސް ޝަމްހާ ދޫ ދޭތޯ ޒިޔަމް ބުނެލިއެވެ.

“ހެހެހެ. ފަހަށް ތިބޭނީ ފަސް.. މިކޯއްޗެއް ގަމީހުގަ” ޒިޔަމްގެ ގަމީހުގައި ނެއްޓިފައި ހުރި ރޮނދި ފަށެއް ފެނުމުން ޝަމްހާ އެތަނަށް އިގިލި ދިއްކޮށްލިއެވެ. އަދި ޒިޔަމް ކައިރިއަށް ޖެހިލައި އެރޮނދި ބުރިކޮށްލަން އުޅެނެވެ.

ޒީންއަށް ފުރަތަމަ ބުރިން ތިރިއަށް ފޭބި ތަނާ އަތް ދަބަސް ޒިޔަމްގެ ކޮޓަރީގައި ބާއްވާފައި އާދެވުނު ހަނދާން ވިއެވެ. އެވަގުތު އެތާގައި ކަސްޓަމަރ ސާވިސް ކުއްޖެއް ފެންނަން ނެތުމުން އަމިއްލައަށް ގޮސް އެ ނަގަން ޖެހުނެވެ. ވަރަށް ކެތްކޮށްލާފައި ޒިޔަމްގެ ކޮޓަރިއާއި ހިސާބަށް ދެވިއްޖެއެވެ.

ވަނުމުގެ ކުރިން ކޮޓަރީގައި ޓަކި ނުދީ ޒީން އެތެރެއަށް ވަނެވެ. އެޔާއި އެކު ފެނުނު މަންޒަރުން ފަޔަށް އެގަޑީގައި ކުރެވެމުން ދިޔަ ތަދު މަތިންވެސް މީހާ ހަނދާން ނެތް ކަހަލައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ޞަފަރު (4 ވަނަ ބައި)

Next

ކުށަކީ ކޮބާ… 02

Next
June 26, 2017

ކުށަކީ ކޮބާ… 02

Previews
June 25, 2017

ޞަފަރު (4 ވަނަ ބައި)

33 Comments!

  1. maroon says:
    June 25, 2017 at 4:42 pm

    Eid mubarik readers. Tc.. ?

  2. yaanaa says:
    June 25, 2017 at 5:25 pm

    Luv it❣zeen n ziyam forever ❤

    1. maroon says:
      June 26, 2017 at 7:24 am

      Thanku yaana?

  3. Xxxx says:
    June 25, 2017 at 5:37 pm

    Story haadha reehchey…soo touching…..keep it up…

    1. maroon says:
      June 26, 2017 at 7:24 am

      Xxxx thanku ?

  4. Anonymous says:
    June 25, 2017 at 5:39 pm

    v reethi mi part ves , thankolhe avahah up kohla dheythi ,pls

    1. maroon says:
      June 26, 2017 at 7:25 am

      Sure dear. Thanku ?

    2. maroon says:
      June 26, 2017 at 7:36 am

      Thanku dear.. sure ??

  5. Blume says:
    June 25, 2017 at 5:52 pm

    Wow..haadha rychey..Nxt prt avas koh dhehchey…can’t wait to read what happens nxt..nd Eid Mubarak..ly maroon❤❤

    1. maroon says:
      June 26, 2017 at 7:25 am

      Blume thanku?
      Will try my best ly too

  6. Anonymous says:
    June 25, 2017 at 6:21 pm

    I told you xim ehen hedhiy gasthaku nuney!!!
    I was right!!!
    Xim and xeen forever

    1. maroon says:
      June 26, 2017 at 7:35 am

      Thanku anonymous..yez u are correct ?..loves

  7. Chim says:
    June 25, 2017 at 6:26 pm

    Story Vv reethi❤ waiting for next part?

    1. maroon says:
      June 26, 2017 at 7:34 am

      Thanku chim ?

  8. Adha? says:
    June 25, 2017 at 6:59 pm

    Omg! Shamhaa gandu zim ge gameehun rodhikolhu nahtan hutta kanneynge dw zeen ah fennaany.. hathahaa zeen zim dheke rulhi anna goiy vaany.. pls maroon ehen nahadhahchey ingey….. ?love this part.. ❣nd waiting for next part… happy eid-ul-fitr maroon?

    1. maroon says:
      June 26, 2017 at 7:33 am

      Adha was waiting for your comment ? hehe.. xim ves kuraa kanthakun kanneyge dhw eha rulhi annany.. ? see u next ep ?

    2. Adha? says:
      June 26, 2017 at 6:16 pm

      Alhey xim ah keehtha kurevuny.. xim ahneyngi kurevun kamehnu eyee.. nd rodhikolhu nahtadheyshey ves xim amihleyn noonehnu e edhuny xeen ah fenun eyee zim ge kushehtha? but xeen ge point of view in vissnanyaa hama xim dw goahee…. ekam ves dhen fahun oiygoiy kanneynge rangalhy dw.. love parts thah kn irakun tha fesheny varah kiyaa hiyvey?

  9. Shif says:
    June 25, 2017 at 7:34 pm

    Nxt part???

    1. maroon says:
      June 26, 2017 at 7:32 am

      Thanku shif kiyaalyma ? next ep soon. Latest tmrw morning

  10. Some one says:
    June 25, 2017 at 7:52 pm

    Wow!!!! V v v v salhi! When nxt prt???

    1. maroon says:
      June 26, 2017 at 7:31 am

      Thanku someone ..next part liyevunuhaa avahakah upkoh dheynan.. latest tmrw morning ?

  11. sam♥ says:
    June 25, 2017 at 8:06 pm

    hiii roon kihineh …
    stry haaadhaaa reechey … cute n lovely♡♡ … heheheh.. zim n zeen wow so so so cute hehe …. alhey zee anehkaa zim dheke rulhii ahnaaneee kahneyge efenaa manxarun…. roon zim n zee forever dhww…..
    ……EID MUBAARAK .. ROON.♡
    waiting next part …. keep it up roon ..♡♡♡♡♡ thankxx a lote mihaaa lovely stry eh up kohdheythy ..love u roon …. ♡♡♡

    1. maroon says:
      June 26, 2017 at 7:30 am

      Sam ..?. roon ragalhu. Hope u r doing fine too.. next ep kiyaalama for answers ? loves

  12. Naana says:
    June 25, 2017 at 8:32 pm

    Masha allah….vrh rythi vahaka eh….
    Waiting 4 nxt part…..

    1. maroon says:
      June 26, 2017 at 7:29 am

      Thanku naana ?

  13. nonns says:
    June 25, 2017 at 8:42 pm

    Wowww. Varah salhi… Thanks a lot dhigu koh mi part genesdhineema. Ekam readers ge hiyy dhuvahakuves nufureyne ingey. 🙂 anyways, varah avas zamaanegga ziyam n zeen ge love chapter fesheyne dhw. Saaim n zaina ge ves. Omg!! I cant wait… eid mubarik my loving maroon dear!!! 😀

    1. maroon says:
      June 26, 2017 at 7:28 am

      Thanku nonns..?
      Hehe.. love chapters incoming ngey ? loves

  14. Muoodh says:
    June 25, 2017 at 10:36 pm

    Character thakah dheefa huri name thah varah undhagoo masha. Ehenve kiyan vara undhagoo masha.

    1. maroon says:
      June 26, 2017 at 7:27 am

      Sorry for that. Dethin ep kiyaalyma faseyha vaane kanneyge. Thanku kiyaalyma ?

  15. Addu manje says:
    June 25, 2017 at 11:20 pm

    Varah reethi..

    1. maroon says:
      June 26, 2017 at 7:27 am

      Thanku addu manje ?

  16. HARLEY quinn says:
    June 25, 2017 at 11:33 pm

    wowww. waitinggg for the next…

    1. maroon says:
      June 26, 2017 at 7:26 am

      Thanku harley quinn ?

Comments are closed.

Next Episodeވާށެ އޯގާ ހިތާ 8←


All Right Reserved!