Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވާށެ އޯގާ ހިތާ 8

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
June 27, 2017 8 Mins Read
33 Comments

“ހެހެހެ. ފަހަށް ތިބޭނީ ފަސް.. މިކޯއްޗެއް ގަމީހުގަ” ޒިޔަމްގެ ގަމީހުގައި ނެއްޓިފައި ހުރި ރޮނދި ފަށެއް ފެނުމުން ޝަމްހާ އެތަނަށް އިގިލި ދިއްކޮށްލިއެވެ. އަދި ޒިޔަމް ކައިރިއަށް ޖެހިލައި އެރޮނދި ބުރިކޮށްލަން އުޅެނެވެ.

ޒީންއަށް ފުރަތަމަ ބުރިން ތިރިއަށް ފޭބި ތަނާ އަތް ދަބަސް ޒިޔަމްގެ ކޮޓަރީގައި ބާއްވާފައި އާދެވުނު ހަނދާން ވިއެވެ. އެވަގުތު އެތާގައި ކަސްޓަމަރ ސާވިސް ކުއްޖެއް ފެންނަން ނެތުމުން އަމިއްލައަށް ގޮސް އެ ނަގަން ޖެހުނެވެ. ވަރަށް ކެތްކޮށްލާފައި ޒިޔަމްގެ ކޮޓަރިއާއި ހިސާބަށް ދެވިއްޖެއެވެ.

ވަނުމުގެ ކުރިން ކޮޓަރީގައި ޓަކި ނުދީ ޒީން އެތެރެއަށް ވަނެވެ. އެޔާއި އެކު ފެނުނު މަންޒަރުން ފަޔަށް އެގަޑީގައި ކުރެވެމުން ދިޔަ ތަދު މަތިންވެސް މީހާ ހަނދާން ނެތް ކަހަލައެވެ.

ޒީން ދޮރު ހުޅުވާލި އަޑަށް ޒިޔަމް އާއި ޝަމްހާއަށް އެދިމާލަށް ބަލާލެވުނެވެ. އޭރު ޒިޔަމް ހުރީ ޝަމްހާގެ ދެކޮނޑުގައި އަތުން ހިފަހައްޓައިގެންނެވެ. ނުހަނު ގާތުގައެވެ. ކިރިއާ ދެ މޫނެ ޖެހޭ ނުޖެހޭ ވަރެވެ.

ޒިޔަމް ދެކެ ޒީން އައީ އަމަކަށު ރުޅިއެއްނޫނެވެ. އެރުޅީގައި ދެއަތް މުއްކަވާލެވުނީ ޒިޔަމް އަންހެނެއްގެ ގައިގައި އަތް ޖަހައިގެން ހުރުމުންނެވެ. ޒީން ބާރު ހިނގުމެއްގައި އައިސް ޝަމްހާ އާއި ޒިޔަމްގެ ދެމެދަށް ވަދެ ޒިޔަމް އާއި ކުރިމަތިލިއެވެ. އަދި މުއްކަވާލެވިފައިވާ އަތް ސީދާ ކުރަމުން ޒިޔަމްގެ މޫނު މަތީގައި ޖަހާލިއެވެ. ޖެހި ބާރު މިނެއްގެ ސަބަބުން އެއަޑު އެކޮޓަރި ތެރޭގައި ހުރި ކޮންމެ މީހަކަށްވެސް އިވޭނެއެވެ. ޒީން އަށް އެހެން ކަންތައް ކުރުމަށްފަހު އަނެއްކާވެސް މިކަހަލަ ކަމެއް ޒިޔަމްގެ ފަރާތުން ފެންނަމުން ދާތީ ޒީންއަށް ބަލަން ނުހުރެވުނީއެވެ. ޒިޔަމް އެހާލު އޭނާއަށް ޖެއްސި ފަދައިން އެހެން މީހަކަށް އެއަނިޔާ ކުރާތަން ޒީން ބަލާނީ ފަހެ ކިހިނަކުން ހެއްޔެވެ؟

ޒިޔަމްއަށް ދިފާއުގައި ބަހެއް ނުބުނެވެނީސް ޒީން ޒިޔަމްގެ މޭމަތީގައި އަތް ޖައްސާލުމަށްފަހު ދުރަށް ކޮއްޕާލިއެވެ. ޒިޔަމް ހުރީ އެކަހަލަ ކަމަކަށް ވިސްނައިގެން ނޫންކަމުން ފަހަތަށް ޖެހި މީހާ ބިން މައްޗަށް ނުވެއްޓުނީ ކިރިއާއެވެ.

“ކިހިނެތް ވެގެންތަ މިއުޅެނީ. ޒިމް އޯކޭތަ” ޝަމްހާ ޒީން އެއްފަރާތް ކޮށްލުމަށްފަހު ޒިޔަމް ކައިރިއަށް ޖެހިލިއެވެ. އަދި ޒިޔަމްގެ އަތުގައި ހިފައި ވާހަކަ ދެއްކިއެވެ.

“އާން އޯކޭ” ޒީން އާއި ދިމާލަށް ބަލާލަމުން ޒިޔަމް ބުނެލިއެވެ.

“މީ ކާކުތަ. ހަމަ އައިސް މީހުންގެ ގަޔަށް އެބަ އަރައޭ” ޝަމްހާ ޒީން އާއި ކުރިމަތިލިއެވެ. އޭރު ޒީންގެ މޫނުމަތިން ހައިރާން ވުމުގެ ކުލަވަރު ފެންނަމުން ދިޔައެވެ.

“ޝަމްހާ ހަމަޖެހިބަ. މީ އަހަރެންގެ ޕޭޝަންޓެކޭ. ޒީން މީ އަހަރެންގެ..” ޒިޔަމް ރުޅި އައިސްފައިވާ ޝަމްހާގެ ރުޅިގަނޑު މައިތިރި ކުރެވޭތޯ އުޅުނެވެ. ޒިޔަމް އަށް ޝަމްހާ އަކީ ކާކުކަން ނުބުނެވެނީސް ޝަމްހާ އަނެއްކާވެސް ޒީން އާއި ދިމާލަށް ހަޅޭތްލަވައިގަތެވެ.

“ޕޭޝަންޓެއް ކަމަކު ނުޖެހޭނެ ދޯ އައިސް އެހެން ކަންތައް ކުރާކަށް. ޕޭޝަންޓެއް ކަމަކު މެނާރސް ހުންނަން ޖެހޭނު. އަދި މާ ބާރުގަދަ މީހެއް ކަމަށް ހެދިގެން އެބަ އުޅެއެއްނު. އަންހެނަކަށްވެ ހުރެ ލަދު ގަންނަން ތިކަހަލަ ދަށު ދަރަޖައިގެ ކަންތައް ކުރާތީ. މިކަހަލ މީހުނަށް ފަރުވާ ދިނުމަށް ވުރެ ރަގަޅުވާނެ ފަރުވާ ނުކުރިއަސް” ޒިޔަމް އާއި ދެމީހުން އެކަނިވީ ވަގުތަށް ޒީން ހުރަސްއެޅުމުން އެކަމުގެ ރުޅި ޝަމްހާ ޒީންއަށް ބާލަމުން ދިޔައެވެ.

ޝަމްހާ ޒީން އާއި ދިމާލަށް ހަޅޭތް ލަވަމުން ދިޔައިރު ޒިޔަމް އިސްޖަހައިގެން ހުރި ޒީންއާއި ދިމާލަށް ބަލައިގެން ހުރެ ޝަމްހާ ހުއްޓުވޭތޯ އުޅުނެވެ. ނަމަވެސް ޝަމްހާ ދޫދިނުމެތް ނެތި ވާހަކަ ދައްކަމުން ދިޔައެވެ.

“ޝަމްހާ ދެން ހުއްޓާލާ. އަހަންނަށް ޔަގީން އެއީ ޒީން ގަސްދުގަ ކުރި ކަމެއް ނޫންކަން” ޒިޔަމްގެ އަޑު މިފަހަރު ބާރު ވުމުން ޝަމްހާ ހުއްޓާލިއެވެ. އަދި ލޯ ކުޑަ ކުރަމުން ޒިޔަމް އާއި ދިމާލަށް ބަލައިލީ ޒިޔަމް އެބުނި ބަސްތަކުގެ މާނަ ދޭހަ ނުވުމުންނެވެ.

ދެއަތް މޮޑެލަ މޮޑެލަ ހުރި ޒީންއަށްވެސް ޒިޔަމްގެ އަޑުގައި ވި އަމުރުވެރިކަން އިހްސާސްވެ ބަލައިލެވުނެވެ. އެވަގުތަކީ ޒިޔަމްވެސް އެދިމާލަށް ބަލައިލި ވަގުތު ކަމުން ދެމީހުންގެ ހަތަރު ކަޅި ކުޑަ ހިދުކޮޅަކަށް ހަމަވެގެން ދިޔައެވެ. ލަދުގެންފައިވާ ހާލު ޒީން އަނެއް ފަރާތަށް އެބުރިލައި ދާން ހިގައިގަތެވެ.

“ޒީން ކަމަކުތަ އައީ” ޒީން ދާން ހިގައިގަތުމުން ޒިޔަމް ސުވާލުކޮށްލިއެވެ. ނަމަވެސް ޒީން ޖަވާބު ނުދީ ނުކުމެގެން ދިޔައީ ދެން އިތުރަށް އެތާގައި ހުންނަން ބޭނުން ނުވާތީއެވެ. ބަލައި އައި އަތް ދަބަސް މަތިންވެސް ހަނދާން ނެތިފައި ހުރީ ދެންމެ ހިގައި ދިޔަ ކަންތަކުން ލަދުގެންފައި ހުރިވަރުންނެވެ. ޝަމްހާ އަކީ ޒިޔަމްގެ ކާކު ބާވައޭ ހިތަށް އަރަމުން ދިޔައެވެ. އަނެއްކާ ޝަމްހާ އަކީ ޒިޔަމްގެ ލޯބިވެރިޔާއަށް ވެއްޖެއްޔާ މިކުރެވުނީ ކޮން ކަހަލަ ކަމެއް ބާވައެވެ؟ މިފަދަ އެތައް “ވެދާނެ” ކަންތަކުން ޒީން ހާސްކުރުވަމުން ދިޔައެވެ.

ޒައިނާގެ ސަމާސާކުރުން ތަކުގެ ވާހަކަ ޝާހިދު ކައިރީ ދެއްކި ފަހުން ޒައިނާ އޭނައާއި ވީހާވެސް ދުރުން އުޅޭކަން ސާއިމްއަށް ފާހަގަވިއެވެ. ކުރިން ޖެއްސުން ކުރާހެން މިހާރު ޖެއްސުން ނުކުރެއެވެ. ކްލިނިކް ތެރެއިން ފެނުނަސް ކުޑަކޮށް ހިނިތުންވެލުމަށްފަހު ދުރަށް ދަނީއެވެ. މީގެ ދެތިން ދުވަހެއް ކުރިން ޒީން ކައިރީ އިންދާ ވާހަކަ ދެއްކި އިރުވެސް ޒައިނާ އިނީ ފާޑަކަށްކަން ސާއިމްއަށް ހީވިއެވެ. މިހުރިހާ ކަންތަކުން ސާއިމްއަށް އުދަގޫ ކުރުވަމުން ދާތީ އަޅައި ނުލައި ހުންނަން ހިތަކަށް ފަސޭހައެއް ނޫނެވެ. ފެންނަ އިރު އަހާލަމޭ ހިތަށް އެރިއަސް ޒައިނާ އެކަނި ހުންނަ ވަގުތަކާއި ދިމާ ނުވާތީ އަދި އެނަސީބެއް ނުލިބެއެވެ.

ސާއިމް މިރޭ ކްލިނިކަށް އަންނަން ޖެހުނީ އޭނާގެ ބަލި މީހެއް ކްލިނިކްގައި އެޑްމިޓު ކުރެވިފައި އޮތުމުންނެވެ. ސާއިމް އެބަލި މީހާއަށް މިރެއަށް ބޭނުންވާ ފަރުވާ ދިނުމަށްފަހު ގެޔަށް ދާން އުޅުނު ވަގުތަކީ ޒައިނާވެސް ޑިޔުޓީ ނިއްމާލުމަށްފަހު ދާން ނިކުތް ވަގުތެވެ.

“ހެލޯ” ސާއިމްގެ އަޑު ފަހަތުން އިވުމުން ޒައިނާ ފަހަތް ބަލާލިއެވެ. އޭރު ސާއިމްވެސް އޭނައާއި އެކީ ދޮރުން ނިކުތްނަނީ އެވެ.

“ސާއިމް” ޒައިނާ ލުއި ހިނިތުންވުމެއް ސާއިމްއަށް ހަދިޔާ ކުރިއެވެ.

“ކިހިނެތް މިހާރު’ ސާއިމް ހިނިތުންވެލަމުން އެހިއެވެ.

“ބޭބީ ކީއްވެތަ ޝިމް ގުޅީމަ ފޯނު ނުނަގަނީ.. ޕްލީސް ދެން ތިހާ ވަރަށް ނުތަޅުވަބަލަ” ޒައިނާއަށް ޖަވާބު ނުދެވެނީސް އަނެއް ފަރާތުން ހާޝިމްގެ އަޑު އިވިގެން ބަލާލިއެވެ.

“ޒައި  ބޭބީ ވާހަކަ ދައްކަބަލަ” ޒައިނާ ވާހަކަ ނުދެއްކުމުން އަނެއްކާވެސް ހާޝިމް ސުވާލު ކުރިއެވެ. ނަމަވެސް ޒައިނާ ހުރީ ހާޝިމްއާއި ވާހަކަ ދައްކަން ބޭނުންވެފައެއް ނޫނެވެ. އެޔަށްވުރެ ބޮޑަށް ހާޝިމްގެ ދެކެ މިހާރު ޒައިނާ ރުޅި އާދެއެވެ.

ހާޝިމްއާއި ވާހަކަ ދެއްކުމުގެ ބަދަލުގައި ޒައިނާ މަގުގެ އަނެއް ފަރާތުގައި އޭނާ ބަލައި އައިސް އޮތް ކާރާއި ދިމާލަށް ހިގައިގަތެވެ. ނަމަވެސް ޒައިނާ ހުއްޓުވީ ހާޝިމްއެވެ. ފަހަތުން އައިސް ޒައިނާގެ އަތުގައި ހިފައި ކުރި މައްޗަށް އެރިއެވެ.

“ތީ މަގޭ ހައްގެއް ކަމަށް ގަބޫލު ކުރަނީ. ޒައި އަހަންނަށް ސެކަންޑު ޗާންސެއް ނުދޭން ތިއުޅެނީ ކީއްވެތަ. އަހަރެން ނޫން އެހެން މީހަކު ފެނުނީތަ” ދެރަވާކަން މޫނު މަތިންނާއި ރާގުން ހާޝިމް ހަދއިލައެވެ.

“ޔެސް ޒައިނާ އަށް އެހެން މީހެއް ފެނުނީ. އަހަރެން މީ ޒައިނާގެ ބީއެފް” ފަހަތުން އައިސް ޒައިނާ ކައިރިއަށް ހުއްޓިލަމުން ސާއިމް ބުނި ޖުމްލައިން ހާޝިމްއާއި ޒައިނާއަށް ހައިރާންވެފައި ސާއިމްގެ މޫނަށް ބަލާލެވުނެވެ، ޒައިނާ ދެލޯ ބޮޑުކޮށްގެން ހުރި އިރު ސާއިމްގެ މޫނު މަތިން ފެންނަމުން ދިޔައީ ހަމަޖެހުމެވެ.

“ތެދެއްތަ ޒައި. މީނަތަ. ޒައި ބުނީމަ އަހަރެން ގަބޫލުކުރާނީ” ހާޝިމް ގަބޫލުކުރަން ދަތިވެފައި ވާ ރާގެއްގައި ޒައިނާ ކައިރިން އެހިއެވެ.

ޒައިނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އިސް އުފުލާލައި ސާއިމްއާއި ދިމާލަށް ދެވަނަ ފަހަރަށް ބަލާލި އިރު ލުއި ހިނިތުންވުމެއް ސާއިމްގެ މޫނުމަތިން ފެންނަމުން ދިޔައެވެ.

ކުޑަ ހިނދުކޮޅަކަށް ވިސްނުމަށްފަހު ޒައިނާ ބޯ ޖަހައިލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. އެޔާއި އެކު ހާޝިމްގެ ބަސް ހުއްޓުނު ކަހަލައެވެ.  އައި ރުޅިން ސާއިމްއާއި ދިމާލަށް ޝަހާދަތް އިގިލި ދިއްކުރުމަށްފަހު އެތަނުން ދިޔައެވެ. ހީވީ އިންޒާރެއް ދިން ހެންނެވެ. ސާއިމް ކުރިން ހުރި ގޮތަށް ހިނިތުންވެލައިގެން ހުރުމުން އިތުރަށް ރުޅި އައިކަން އެގުނީ އަތް މުއްކަވާލުމުންނެވެ.

ދެންމެ ހިގައި ދިޔަ ކަންތަކުން ޒައިނާ ހުރީ ސާއިމްއާއި ވާހަކަ ދައްކަން ނުކެރިފައެވެ. ސާއިމްވެސް އިތުރު އެއްޗެއް ނުބުނުމުން ޒައިނާ ގޮސް އޭނާ ބަލައި އައިސް އޮތް ކާރަށް އެރިއެވެ.

ނިދަން އަރައި އޮވެ ޒައިނާ އަށް ވިސްނެމުން ދިޔައީ މިރޭ ސާއިމް ބުނި ބަސްތަކާއި މެދުގައެވެ. ސާއިމް އެހެން ބުނީ އެވަގުތު ހާލަތު ކަން ދިމާކުރި ގޮތުން ވީނަމަވެސްމެއެވެ. އެކަންތައް ވިސްނަމުން ޒައިނާ ސާއިމްއަށް ފޭސްބުކުން ފުރެންޑު ރިކުއެސްޓު ފޮނުވާލިއެވެ. އެކުވެރިން ނޫން ގޮތަށް ސާއިމްގެ ޕުރޮފައިލް ބަލާ އިރު ފެންނަނީ ދެތިން ފޮޓޯ އެކަންޏެވެ. ސާއިމްއާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ޝައުގުވެރިވަމުން ދިޔައެވެ.

ރިކުއެސްޓު ފޮނުވާލުމަށްފަހު އިރު އިރުކޮޅައި ސާއިމް ގަބޫލުކުރޭތޯ ބެލެވެމުން ދިޔައެވެ. ނިދަން ލޯ މަރައިލިއަސް ފަސް މިނެޓު ނުވަނީސް ފޯނު ބަލާލެވެއެވެ. އެއް ގަޑި އިރު ޒައިނާ އެހާލުގައި އުޅުނު އިރުވެސް ސާއިމްގެ ފަރާތުން އެއްވެސް ހަބަރެއް ނުވިއެވެ. އުއްމީދުގެ ހުޅުކޮޅު އެހާ އަވަހަށް ނިއްވާލާކަށް ޒައިނާ ބޭނުމެއް ނުވިއެވެ. ސާއިމް މިގަޑީގައި އޮންލައިންގައި ނެތީ ކަމަށް ބަލައި ޒައިނާ ސާއިމްގެ ފޯނަށް ‘ތެންކުޔޫ ” ލިޔެ މެސެޖެއް ފޮނުވާލިއެވެ.

“ވެލްކަމް” ދެތިން މިނެޓު ތެރޭގައި ސާއިމްގެ ޖަވާބު ލިބުނެވެ. މެސެޖު ކުރުވެފައި ސާދާ ވިޔަސް އޭގެން ޒައިނާގެ މޫނު މައްޗަށް ގެނުވީ ފުޅާ ފުން ހިނިތުންވުމެކެވެ.

ސާއިމްއަށް ފޮނުވަން ދެވަނަ މެސެޖެއް ޓައިޕްކުރަން އިންދާ ސާއިމްގެ ދެވަނަ މެސެޖަކުން ފޯނު ވައިބުރޭޓު ވިއެވެ.

“އަދިވެސް މިރޭ ކުރި ސުވާލުގެ ޖަވާބެއް ނުދެމެއްނު”މެސެޖުގައި އޮތެވެ.

‘ޒައި ރަގަޅު. ސޭމް ކިހިނެތް” އަވަހަށް ލިޔެލުމަށްފަހު ޒައިނާ ފޮނުވާލިއެވެ.

“ރަގަޅު. ނުނިދާ ކީއްކުރަނީ”

“އޮތީ ހަމަ. ސޭމް ނުނިދާ ؟ ”

” ޖީ އެފް އާއި ވާހަކަ ދައްކަން އޮތީ ” ޖީއެފްގެ ނަމުން އެ މުހާތަބު ކުރަނީ އޭނާއަށްކަން އެގި ޒައިނާގެ ތުންފަތް މަތީގައި ލުއި ހިނިތުންވުމެއް ކުޅެލިއެވެ. ސަމާސާއެއް ނަމަވެސް އޭގެ ޖަވާބުގައި ފޮނުވާނެ އެއްޗެއް ނެގިފައި އޮތްއިރު ސާއިމްގެ ހިޔާލުތައް ސިކުޑީގައި އާލާވަމުން ދިޔައެވެ. ހީވަނީ ސާއިމް ފެންނަ ހިސާބުގައި ހުރެގެން ޒައިނާ ލަދު ގަންނަވާލަން އުޅޭ ހެންނެވެ.

ބާލީސް ގަޔާލައި ބައްދާލައިގެން އިން ޒައިނާގެ މޫނުމަތީގައި ވީ ފަޑު ނުވާ ހިނިތުންވުމެކެވެ. ސާއިމްއަށް ފޮނުވާނެ ޖަވާބެއް ނުވިސްނުމުން ހެމުންދާ އިމޯޖީ އެއް ފޮނުވާލިއެވެ. ސާއިމްގެ އެ ސަމާސާގައި ބައިވެރިވަމޭ ބުނުމުގެ ގޮތުންނެވެ. ނަމަވެސް ޒައިނާ ފޯނުން ބެލެންސް ހުސްވުމުން މެސެޖު ދާ ގޮތެއް ނުވިއެވެ. އެވަގުތު މާޔޫސްވިއެވެ. އަދި ބެލެންސް ޗެކު ކޮށްލިއެވެ. މިއޮތް ދަންވަރު ފިހާރަ ހުންނާނީ ބަންދުކޮށްފައި ކަމާއިއެކީގައެވެ.

ގިނަ އިރުވުމުން ސާއިމްގެ މެސެޖެއް އަންނާތޯ ޒައިނާ އިންތިޒާރުގައި އޮތެވެ.  ނަމަވެސް ޖަވާބެއް ނުލިބި ގިނަ އިރު ވުމުން އެސްފިޔަތއް ބަރުވެ ނިދި މީހާ ހިޞާރުކޮށްފިއެވެ. ނިދުނު އިރު ޒައިނާގެ އަތުގައި ފޯނު އޮތެވެ.

މިއަދު ހިގައި ދިޔަ ކަންތަކަށްފަހު ޒީންއަށް ޒިޔަމް އާއި ދެމީހުންގެ ދޭތެރޭގައި ހިގި ކަންތައް އެގޭކަން ޒިޔަމްއަށް ޔަގީންވިއެވެ. އެހެންނޫން ނަމަ ޒީން އައިސް އޭނަ ޝަމްހާ ކައިރިން ދުރު ނުކުރީހެވެ. މިހުރިހާ ކަމެއް އެނގުނު އިރުވެސް ޒިޔަމްއަށް ނޭނގޭ އެއްކަމެއް އެބަ އޮތެވެ. ޒީންއަށް ޒިޔަމްއަކީ ކާކުކަން އެނގޭ އިރުވެސް ޒިޔަމްގެ ފަރާތުން ފަރުވާ ހޯދުމަށް އަންނަ ސަބަބެވެ، ބަދަލު ހިފަން އުޅުނަސް ހަގީގަތް ކިޔައިދީގެން އެކަން ކުރުމުގެ ފުރުސަތު އެބަ އޮތެވެ. ޒީން އޭނާއަށް މާފެއް ނުކުރާނެއެވެ، ނަމަވެސް ބަދަލު ހިފަން ބޭނުން ނަމަ މިހާ ލަސްކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ޒީންއާއި މެދު ވިސްނި ވަރަކަށް ނިދި ޒިޔަމްއާއި ދުރަށް ދަމުން ދިޔައެވެ. އަހަރުތެކެއް ކުރިން ދިމާވި ކުއްޖާގެ ހިޔާލުތަކުންނެވެ، އެމީހެއް ކުރި ކުށެއްގެ ޝަޒާ ލިބޭނެހެން މިއަދު ޒިޔަމްއަށް މިއޮތީ އެކަމާއި ކުރިމަތިލާން ޖެހިފައެވެ. ނަފްސާނީ ޑޮކްޓަރަކަށްވެ ހުރެ އެހެން މީހެއް އެވަނީ ވިސްނުމާއި ފިކުރުގެ މައްޗަށް ބާރު ފޯރުވާފައެވެ.

ރޭގައި ލަހުން ނިދުމުން ޒިޔަމްއަށް ހޭލެވުނު އިރު ހުރީ ނުވައެއް ޖަހައި ބޮޑުވެފައެވެ. ފަތިސް ނަމާދަށްވެސް ނުހޭލެވުނީތާއެވެ. ނަމާދު ގަޟާ ކޮށްގެން ޒިޔަމް ކްލިނިކަށް ދިޔައިރު ދިހަ ގަޑި ބައި ވާން ކައިރިވެއްޖެއެވެ. މިއަދު ޒީންގެ އެޕޮއިންޓުމެންޓެއް ނެތްކަމުން ޒިޔަމް މަސައްކަތް ކުރަން ދިޔައީ އެއްމެ މަތީ ފުލޯގައި ހުރި އޮފީހަށެވެ. އޮފީހަށް ދިޔައިރު ޝާހިދު އޭނާގެ އިންތިޒާރުގައި އިނެވެ.

“ދަރިފުޅާ މީ ކްލިނިކް ނޫނަސް އަންނަން ޖެހޭނީ ގަޑިއަކަށްނު. ބައްޕަ އަބަދުވެސް ބުނަމެއްނު ގަޑިއަށް ފަރުވާތެރިވާށޭ” ޝާހިދު ޒިޔަމްއާއި ކްލިނިކް ހިންގުން ހަވާލުކުރި ފަހުން އޮފީހަކަށް ނާދެއެވެ. ނަމަވެސް މިއަދު ހެނދުނު ޒިޔަމް ހެނދުނުގެ ނާސްތާއަށް ނައުމުން މިއަދު ނާންނަނީކަމަށް ނިއްމައި އައީއެވެ.

“މާފުކުރައްވާ ބައްޕާ. އަޅުގަނޑަށް ނިދުނީ” ޒިޔަމް އައުމުން ގަޑި ނުޖެހުމަށް ނަސޭހަތްތެރިވެ ޝާހިދު ދިޔައެވެ.

އަތް ދަބަހުގައި ވޮލެޓާއި އެހެން މުހިއްމު ތަކެތި ހުންނާނެތީ ޒީން ކްލިނަކަށް އަޔެވެ. ކްލިނިކް ކުއްޖެއް ކައިރީ ބުނެގެން އެ ނަގަން އުޅުނަސް ނުނެގުނީ ޒިޔަމް އެކޮޓަރީގައި ތަޅުލައިފައި ހުރުމުންނެވެ. ޒިޔަމްއަށް ގުޅައި ވީ ގޮތް ކިޔާ ދިނުމުން ދެތިން މިނެޓު ތެރޭގައި ޒިޔަމްއައެވެ. ޒިޔަމް ކޮޓަރިއަށް ވަން ވަގުތު ޒީންވެސް ޒިޔަމްގެ ފަހަތުން ވަނެވެ.

“ޒީން” ޒިޔަމް ޒީންއާއި ކުރަން ބޭނުންވާ އެތައް ސުވާލެއް ހުރުމުން ގޮވާލެވުނެވެ، ހިތްވަރުކޮށްލާއިފައި ޒީންއާއި ވާހަކަ ދައްކާނަމޭ ހިތައިއެވެ.

“ލައްބަ. އަޅުގަނޑު ވަރަށް ބޮޑަށް ސޮރީ އިއްޔެވީ ކަންތަކާ” ދަބަސް ކޮނޑުގައި އަޅުވަމުން ޒީން ވާހަކަ ދެއްކިއެވެ. ޒީން ހުރީ ޒިޔަމް އާއި ދިމާލަށް ބަލާލަން ނުކެރިފައެވެ.

‘އަހަރެން ސުވާލެއް ކޮށްލަންތަ” ޒިޔަމްގެ ވާހަކައިގެ މައުޟޫ އެނގޭ ހާލު ޒީން އާ އެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

“އިއްޔެ ކީއްވެ އެހާ ރުޅިއައީ” ޒިޔަމްވެސް އެކުރީ އޭނާއަށް ޖަވާބު އެނގޭ ސުވާލެކެވެ.

“އަޅުގަނޑު ހީކުރީ.. ހީކުރީ ޒިޔަމް އުޅުނީ… ޒިޔަމް އެހެން ހުރީމަ..”

“ޒިޔަމް އުޅުނީ ޝަމްހާއަށް ކޮންމެވެސް ކަމެއް ކުރާށޭ” ޒީން އަޅައަޅައިގެން ބުނަން އުޅުނު ޖުމްލަ ޒިޔަމް ފުރިހަމަ ކޮށްދިނެވެ. އެޔާއި އެކު ދެމީހުންނަށްވެސް އެކަކު އަނެކަކެއްގެ މޫނަށް ބަލާލެވުނެވެ. ޒީން އެވާހަކަ ދޮގު ކުރާކަށް ބޭނުމެއް ނޫނެވެ. އެއީ ޒީން ހީކުރި ގޮތް ވީމައެވެ. ޒިޔަމް ހުރީ ޒީންގެ ޖަވާބެއް ލިބޭނެ އިރެއްގެ އިންތިޒާރުގައެވެ.  ޒީން އަނގައިން ޖަވާބެއް ނުދިނަސް ޒީންގެ ހަމަހިމޭންކަމުނާއި ޒީން އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރި ގޮތުން ޒިޔަމްއަށް ޒީންގެ ޖަވާބު ވިސްނުނެވެ.

“އަޅުގަނޑު ދަނީ” ޒީން ނިކުމެގެން ދިޔައިރުވެސް ޒިޔަމް ހުރީ ހަމަ އެ ފިޔަވަޅު މަތީގައެވެ.

މީ އާ ހަފްތާއެއް ފެށޭ ދުވަހެވެ. ޒައިނާ ހެނދުނު ޑިޔުޓީ އަށް ބަދަލުކުރެވުނެވެ. އަދި މިއަދަކީ ޒީންއަށް ޒިޔަމްގެ އެޕޮއިންޓުމެންޓެއް ހަމަޖެހިފައި އޮތް ދުވަހެއް ވެސްމެއެވެ.

ޒީން ކްލިނިކަށް ދިޔައިރު ޒިޔަމް ވީ ކުއްލިއަކަށް ހަމަޖެހުނު މީޓިންގްއެއްގައި ކަމުން ޒިޔަމް ނިމެންދެން މަޑު ކުރަން ޖެހުނެވެ. ޒީން އާއި އެއްކޮށް އެހެން މީހުންވެސް ބަލިމީހުންނަށް ހާއްސަކުރެވިފައިވާ ގޮނޑީގައި ތިއްބެވެ. އޭގެ ތެރެއިން ގިނައީ ސާއިމްއަށް ދައްކަން އައި މީހުންނެވެ.

“ހޭ ޒީ” ލޭގެ ސާމްޕަލްއެއް ހިފައިގެން ލެބަށް ދިޔަ ޒައިނާއަށް ޒީން ފެނުމުން ގޮވާލިއެވެ. ޒީންގެ ފައި ދުޅަވެގެން އެޑްމިޓު ކުރި ދުވަހު ދެކެވުނު ވާހަކައިގެ ތެރެއިން ދެމީހުންގެ ރައްޓެހިކަން ވަނީ ފެށިފައެވެ.

“ބޭބެ ވީ މީޓިންއެއްގަ ދޯ. ދެއްމެ އެދިޔައީވެސް،ވަރަށް ގިނައިރު ވާނެ ކަންނޭނގެ. ހިގާބަ ސައިބޯން ދާން، ވަރަށް ބަޑުހައި” ޒީން ކައިރީގައި އިން ގޮނޑީގައި އިށިންނަމުން ޒައިނާ ވާހަކަ ދެއްކިއެވެ. ޒައިނާގެ މިޒާޖާއި އެކުވެސް އޭނާގެ އެކުވެރިންގެ ލިސްޓު އެހާ ދިގެއް ނޫނެވެ، ގާތް ރައްޓެހިންގެ ގޮތުގައި ތިބެނީ ދެ އެކުވެރިންނެވެ. އެމީހުން މިހާރު ބޭރުގައި ކިޔަވަމުން ދާތީ ގާތް އެކުވެރިއަކަށް ޒައިނާއަށް ފުރުސަތު ދެވެން ފެށުނެވެ.

“ހިނގާ އަހަރެންވެސް ވަރަށް ބަނޑުހައި ވެއްޖެ” އެވަގުތު ބުރޭކަށް ނިކުތް ސާއިމްއަށް އެއަޑު އިވިގެން ބުނެލިއެވެ.

“ޑރ.ސާއިމް” ކުޑަކޮށް ހީލަމުން ޒީން ގޮވާލިއެވެ.

“ކަމް އޯން ޒީން. ޑރ.ސާއިމް ކިޔާ ވަރަށްވުރެ ގާތެއްނު މިހާރު.. ސޭމް ކިޔަން ވީނު. އޯކޭ ސާއީ ކިޔަސް. ބައެއް ކުދިންނަށް މާރީތި ނަމަކޯ”ޒައިނާ އާއި ދިމާލަށް ކަޅިއެއް އެއްލަމުން ސާއިމް ބުނެލިއެވެ، ބައެއް ކުދިންނަކީ އޭނާކަން އެނގި ޒައިނާއަށް ރަކި ގޮތަކަށް ހިނިތުންވެވުނެވެ.

ތިން މީހުން ހެނދުނުގެ ސައި ބުފޭ އަކުން އިންސާފު ކުރަމުން ދިޔައިރު ސާއިމް ޒައިނާ އޭނާއަށް އުދަގޫ ކުރި ގޮތް ހީހީ ފައި ޒީންއަށް ކިޔައިދެމުންދިޔައެވެ.

“އަޅޭ.. މި ޒައި ކިޔާދިން ގޮތުން ސާއިމް ގޯހީ.. ބުނީ ސާއިމް އެއްމެ ފުރަތަމަ ދުވަހު ތިމަންނަ ލޭ ނަގަން ހުއްޓާ ފަހަތުން އައިސް އުދަގޫ ކުރިއްޔޯ. އަދި ޕޮލިސް އޮފިސަރެއްހެން ސުވާލުކުރަން ފެށިއްޔޯ”ދެމީހުންގެ ކޯޅުން ގަނޑު އިވި ޒީންއަށް ހެވެމުން ދިޔައެވެ.

ޒައިނާ ތައްޓަށް އެޅީ ބިސްގަނޑަކާއި ސޮސެޖެއް ނަމަވެސް އެއިން އެކައްޗެއްވެސް ނުކައި ފޯނަށް ބަލަހައްޓައިގެން އިންގޮތުން ސާއިމްއަށް އުދަގޫ ކުރުވިއެވެ. ދޭތެރެ އަކުން ހީލިއަސް ސަމާލުކަން ވަނީ އެހެން ތަނެއްގައެވެ.  ކުރިން ރޭ އެއީ ޒައިނާގެ ލޯބިވެރިޔާ ކަމަށް  ބުނުމުން ހިތްހަމަ ނުޖެހިފައި ހުރީ ކަމަށް ބަލައި ސާއިމް އެހެން އަހާލަންވެގެން ފޯނު ނެގިއެވެ، ޒީން އަޑު އިވޭ ހިސާބުގައި އިނުމުން ސީދާ އަހާލަން ނުކެރުނީއެވެ.

ސާއިމްގެ ފޯނުގައި ޑޭޓާ ނުޖައްސާތީ މި ދެތިން ދުވަހު އޮންލައިންއެއް ނުވެއެވެ. ނަމަވެސް ކްލިނިކުގެ ވައިފައި އަށް އޮޓޯ އިން ކަނެކްޓު ވެވޭ ގޮތަށް ވައިފައި އޮންކޮށްފައި ހުރުމުން ބައިވވަރު ނޮޓިފިފިކޭޝަންސް އައިސް ހުއްޓެވެ. ފަހަރަކު އެއްޗެއް ބަލަމުން ގޮސް ޒައިނާގެ ފުރެންޑް ރިކުއެސްޓު ހުޅުވާލިއެވެ. ސާއިމް އަވަހަށް ޑޭޓާ އޮން ކުރުމަށްފަހު އެގަބޫލުކުރިއެވެ،  އަދި ޒައިނާއަށް ބަލައިލީ އިޝާރާތެއް އަންނާތޯ ބަލާލުމަށެވެ.

ސާއިމް ރިކުއެސްޓު ގަބޫލުކުރިކަން އެގުމާއި އެކު ޒައިނާގެ މިލަވެފައިވާ މޫނު އަލިވެގެން ދިޔައެވެ. ބޭއިހްތިޔާރުގައި ހިނިތުންވެވުނީ ސާއިމް ކުރިމަތީގައި އިންކަން ނޭނގޭ ހާލުގައެވެ، ނަމަވެސް ދެތިން  ސިކުންތެއް ތެރޭގައި ޒައިނާއަށް މިކަން ވިސްނި ސާއިމްއާއި ދިމާލަށް ބަލާލެވުނެވެ، ސާއިމް ހުރީ އޭނާގެ ހަރަކާތްތައް ބަލަންކަން އެގި ޒައިނާއަށް ތިރީ ތުންފަތުގައި ދަތްއަޅައިގަނެވި ހިނިތުންވެވުނެވެ.

“ޒައި ޑައެޓުގަތަ” ޒިންއަށްވެސް އެކަން ފާހަގަ ވުމުން އަހާލިއެވެ.

“ނޫން.. ކާން މިއުޅެނީ” ސާއިމްގެ ނަޒަރުން މިންޖުވެވޭތޯ ދުއާ ކުރަމުން ޒައިނާ ކާން ފަށައިގަތެވެ. ފަޑު ނުވާ ހިނިތުންވުމެއް ތުންފަތް މަތީ ވީ އިރު އެހިނިތުންވުން ފޮރުވަން ހަދައިގެން އިތުރަށް އެކަމާއި ވިސްނި ހެވެނީއެވެ. ސާއިމްވެސް ހިނިތުންވަލައިގެން އިނީ ޒައިނާގެ މޫޑު ބަދަލުކޮށްލެވުނީތީއެވެ. އަދި އެރީތި ހިނިތުންވުމުގެ އަސްލަކީ އޭނާކަން އެނގޭތީއެވެ.

ތިން މީހުން ސައިބޮއިގެން ކްލިނިކަށް ދިޔައިރު ޒިޔަމް އިނީ ޒީންގެ އިންތިޒާރުގައި އޭނާގެ ކޮޓަރީގައެވެ.

“ސޮރީ ލަސްވީމަ، މުހިއްމު ކަމެއް ދިމާވީ” ވާހަކަ ފަށާނެ އިތުރު ގޮތެއް ވިސްނުމުގައި ނެތުމާއި އެކު ޒިޔަމް ބުނެލިއެވެ.

“އިޓްސް އޯކޭ” ގަދަކަމުން ހިނިތުންވެލަމުން ޒީން އޭނާއަށް ހާއްސަކުރެވުފައިވާ ސޯފާގައި އިށީނެވެ.

“އެއަޑުތައް އިވޭތަ މިހާރު” އަތުގައި އޮތް ފޮތުގައި އެއްޗެއް ލިޔަމުން ޒިޔަމް ވާހަކަ ދެއްކިއެވެ.

“ނޫން” ޒީން މަޑުމަޑުން ޖަވާބު ދިނެވެ.

“ޒީން މަންމަ މަރުވުމުގެ ކުރިން ޒީން މާ ބޮޑަށް މީހުންނާއި ދުރުން އުޅުނު ވާހަކަ ޔުމްނު ކިޔާދިން. ވީކެއް ކުރިން ކަމަށް ބުނީ… ކިހިނެތްވީ ޒީން އެގޮތަށް އުޅުނު ވާހަކަ ޔުމްނު ބުނަންވީ” ޒިޔަމް އެގެން ބޭނުންވާ ހުރުހާ ސުވާލެއްގެ ޖަވާބު ހޯދަން އަޒުމް ކަނޑަ އަޅައިގެން އިނެވެ.

“ޒީންއަށް… މީހަކު ޒީން ރޭޕް ކުރީ”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ފަހަރު ތަޢުބާ ވެވުނު ޖިހާދު1000

Next

މަލާކް…14ވަނަބައި

Next
June 27, 2017

މަލާކް…14ވަނަބައި

Previews
June 27, 2017

ފަހަރު ތަޢުބާ ވެވުނު ޖިހާދު1000

33 Comments!

  1. Z,M says:
    June 27, 2017 at 4:18 am

    Varah salhi ???

    1. maroon says:
      June 27, 2017 at 12:46 pm

      Thanku dear ?

  2. Azuna says:
    June 27, 2017 at 4:27 am

    V V V reethi?❤❤

    1. maroon says:
      June 27, 2017 at 12:46 pm

      Azuna thanku ?

  3. Naxy says:
    June 27, 2017 at 4:52 am

    Vvv reethi….kon irakun next part

    1. maroon says:
      June 27, 2017 at 12:47 pm

      Naxy thanku… ? mirey hopefully

  4. Addu manje says:
    June 27, 2017 at 4:58 am

    Varah reethi.. emme muhimmu thankolhun thi ninmaalee.. waiting for nxt part. 🙂

    1. maroon says:
      June 27, 2017 at 12:48 pm

      Hehe. Ehen vyma dhen ethankolhun fashaany dhw dhen anna ep ?

  5. HARLEY quinn says:
    June 27, 2017 at 5:16 am

    ohhhh fantasticc….
    waiting for the next episode…

    1. maroon says:
      June 27, 2017 at 12:48 pm

      Thanku dear?

  6. Rash says:
    June 27, 2017 at 5:22 am

    Vvv reethi… ekm haadha kurey thankolheh dhigu koh genea dhyba…

    1. maroon says:
      June 27, 2017 at 12:49 pm

      Yes kuru kan negey. Ehen vyma mirey new episodeh innaane ?

  7. yaanaa says:
    June 27, 2017 at 5:39 am

    Oh my gosh!wow ❤it’s so romantic…aaaaaaa

    1. maroon says:
      June 27, 2017 at 12:49 pm

      Thanku yaanaa?

  8. Ssss? says:
    June 27, 2017 at 5:47 am

    Maroon thankolheh avahah next part up kohlaa dhevi dhaanetha… Miinii mihaaru vess next part kiyaahithun keiy madhuvefa…hehehe

    1. maroon says:
      June 27, 2017 at 12:50 pm

      Thikan kureythw balaanan ngey.. ? thanku loves ?

  9. sam♥ says:
    June 27, 2017 at 8:24 am

    alhey roon … ehme kiyaahih vii hissaaabun thinihmalyy anehkaa inthixaar kuran mijehhuny. heheh…. roon ge stry haaadha lovely ey …. saaim ge nicke name vv lovely igey ..SAM .♡ …stry nimun iruvess neygun ehaa reethi … waiting next part … keep it up roon . love u ♡roon ….
    ……….♡♡♡♡♡……….

    1. maroon says:
      June 27, 2017 at 12:51 pm

      Samge name dhw ? inthizaaru kurukoh dheveythw balaanan ngey?

  10. Xxxx says:
    June 27, 2017 at 8:34 am

    Just woooow? waiting waiting… Thanks 4 the wonderful story…

    1. maroon says:
      June 27, 2017 at 12:52 pm

      Thanku xxxx ?

  11. Chim says:
    June 27, 2017 at 8:36 am

    Vvv reethi???

    1. maroon says:
      June 27, 2017 at 12:52 pm

      Thanku chim ?

  12. Tutee ? says:
    June 27, 2017 at 9:06 am

    Maroon. Comment nukuriyas hama story kiyan ingey , i love this part too ..??And thankolheh awahah up kohdhybala .. ?

    1. maroon says:
      June 27, 2017 at 12:53 pm

      Hehehe. Glad to see ur comment tutee ? happy and thanku ?

  13. Some one says:
    June 27, 2017 at 10:41 am

    V nala!!! Alhe kn fadha hisaabakun thi nimmaaaliii! Can’t wait!! When nxt prt???

    1. maroon says:
      June 27, 2017 at 12:53 pm

      Oops mifaharu dhen vy goiy dhw…next part liyevunuhaa avahahkah ?

  14. nonns says:
    June 27, 2017 at 11:27 am

    Omg. Alhe emme nubai hisaabun thi nimmaalee. Urghhh. Want to read the next part so badly!!!!!!! Anyways. Hey maroon. Vvvvvvvvvvvvvvvvvv salhi ingey mi partves. Next part varah varah varah avahah up kolla dhechey. Kiyaa hithun mihaaru dhefainethaaku nujehe 😀 😀

    1. maroon says:
      June 27, 2017 at 5:37 pm

      Nonnsssss?? innanne up koffa but as a part of this ep ngey. Hope u ll like it ?

  15. Adha? says:
    June 27, 2017 at 1:12 pm

    Haadha cute ey zai and saaee ulheygoiy dw..?… hey maroon! Enmenge hiy thalhuvaalaafa dw mi part thi ninmaaly.. ehenveema thankolheh avahah next part up kohdhehchey ingey?mihaaru ley hiruvany next ep kiyaahithun?…

    1. maroon says:
      June 27, 2017 at 5:36 pm

      Hehehe.. new episode is uploaded . Hope u will like it dear thanks ?

  16. Xaan says:
    June 27, 2017 at 7:25 pm

    Mivaahaka v salhi

    1. maroon says:
      June 28, 2017 at 1:16 am

      Thanku ?

    2. maroon says:
      June 28, 2017 at 1:24 am

      Thanku xaan ?

Comments are closed.

Next Episodeވާށެ އޯގާ ހިތާ 9←


All Right Reserved!