Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވާށެ އޯގާ ހިތާ 9

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
June 27, 2017 7 Mins Read
46 Comments

“ޒީން މަންމަ މަރުވުމުގެ ކުރިން ޒީން މާ ބޮޑަށް މީހުންނާއި ދުރުން އުޅުނު ވާހަކަ ޔުމްނު ކިޔާދިން. ވީކެއް ކުރިން ކަމަށް ބުނީ… ކިހިނެތްވީ ޒީން އެގޮތަށް އުޅުނު ވާހަކަ ޔުމްނު ބުނަންވީ” ޒިޔަމް އެގެން ބޭނުންވާ ހުރުހާ ސުވާލެއްގެ ޖަވާބު ހޯދަން އަޒުމް ކަނޑަ އަޅައިގެން އިނެވެ.

“ޒީންއަށް… މީހަކު ޒީން ރޭޕް ކުރީ”

ޒިޔަމް އާއި އެއްގޮތަށް ޒީންވެސް މިއަދު ހުރީ ވަރުގަދަ އަޒުމަކާއިގެންނެވެ. ޒީންގެ ޖުމްލަ ކަންފަތުގައި ޖެހުމާއި އެކު ޒިޔަމް ދިޔައީ ހައިރާންވެ ހުއްޓުން އަރައިގެންނެވެ. ދެމީހުންނަށް ހަތަރު ކަޅި ކަމަކުރެވިގެން ދިޔައެވެ. ހަމަހިމޭންކަން އެދޭތެރެއަށް އަޔަސް ބުނަން ބޭނުންވާ އެތައް ވާހަކައެއް ދެމީހުންގެ ނަޒަރު ބައްދަލުވެގެން ހުރި ވަގުތު ކިޔާދެމުން ދިޔަ ކަހަލައެވެ. ދެމީހުންވެސް ތިބީ އަނެކާގެ ފަރާތުން އިޝާރާތެއްގެ އިންތިޒާރުގައެވެ.

 

“ނާހާނަންތަ އެއްވެސް ސުވާލެއް.. ޒީން ހީކުރީ ޒިޔަމް ގެ ބައިވަރު ސުވާލު ހުންނާނެ ކަމަށް. މިސާލަކަށް އެއީ ކާކު ކަމާއި..ޒީންއާއި އެމީހާއާއި އޮތް ގުޅުންވެސް… މީގެ އިތުރުން ކޮންތާކު ކޮން ވަގުތެއްގައި ހިގައި ދިޔަ ކަމެއްތޯ؟!!!…އަދި އަހަންވާނެ އެއްނު ޒީންއަށް އެގަޑީގައި ކުރެވުނު އިހްސާސްވެސް. އަދި އެފަހުން ކުރެވުނު އިހްސާސްވެސް” އެއްވެސް އިހްސާސެއް މޫނު މަތިން ނުދައްކައި ޒީން ވާހަކަ ދެއްކިއެވެ. ޒިޔަމްއަށް ހިންދުރުވާލެވުނީ ކުރިމަތިވާން މިއުޅޭ ކަޅު ބޯ ވިލާގަނޑުގެ ބިރުވެރިކަމުންނެވެ. ޒީންގެ ކުރިމަތީގައި އޭނާ ބޭޒާރު ވެއްޖެތާ ކިތައްމެ ދުވަހެކެވެ. ނަމަވެސް އިސްވެ ޒީން އެވާހަކަ ދައްކަން މިފެށީ މިއަދެވެ.

“ވެލް… އެމީހަކަށް އެނގޭނެ  ޒީންއަށް މިހާލު ޖެއްސީ އޭނަކަން. ކުރިން ނޭނގޭ ކަމަށް ހަދައިލައިގެން އުޅުނީ ކީއްވެ ކަމެއް ނޭނގެ.. ހަނދާން ނެތުނީ ކަންނޭނގެ ދޯ..ޒިޔަމް ސުވާލު ނުކުރިއަސް ޒީން ހުރިހާ އެއްޗެއް މިއަދު ކިޔާދޭނަން. ޒިޔަމް އިދޭ އަޑުއަހަން.. އެކަންތައް ދިމާވީ މީގެ ހައަހަރު ކުރިން ކ.ގުޅީގަ.. ޗުއްޓީއަށް ރަށަށް ގޮސް ޕާޓީއެއްގެ ތެރެއިން” ޒިޔަމް އަށް ވާހަކަ ދައްކަން ފުރުސަތު ނުދީ ޒީން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

ޒިޔަމް އޭނާގެ އަމިއްލަ ނަފްސު ކުރެވުމުން އިސްޖަހާލިއެވެ. މިއަދު ޒީން ކުރިމަތީގައި ބަލިކަށި މީހަކަށް ވެއްޖެ ކަމުގެ އިހްސާސް ކުރެވެން ފެށުނެވެ.

“އެނގޭތަ ޒީން އެދުވަހު ރުއި ވަރު. އިންސާނެއްގެ ލޮލުން ކަރުނަ ހުސްވާނަމަ ޒީންގެ ލޮލުން އެރޭ އެކަނިވެސް ކަރުނަ ހުސްވީސް. ޒީންއަށް ގުނާ އަދަދު ނުކުރެވޭ ވަރަށް އާދޭސްކޮށް ރޮއި ހިމާޔަތަށް އެދުނިން.. ދެލޯ މަރައިގެން އޮވެ އެކަމުން މިންޖު ކުރައްވާތޯ ދުއާ ކުރިން. މަންމަ އަބަދުވެސް ބުނާނެ އަނިޔާ ލިބޭ މީހާގެ ދުއާ އެކަލާނގެ އިޖާބަ ކުރައްވާނޭ. އެކަމަކު ޒިޔަމް.. އެކަމަކު އެދުވަހު އެނަސީބުވެސް ނެތް. ވަގުތު ފާއިރުވެގެން ދިޔައީ.. މާލަސްވީ” ޒީން ހިތުގެ އުދާސްތައް ބަންޑުން ކުރަމުން ދިޔައިރު ދެލޯ ތެންމަމުން ދިޔައީ ހިތި ކަރުނައިންނެވެ.

“އެރޭ ނިމުގެން ދިޔައީ ޒީންގެ ހަޔާތް އެފުށް މިފުށަށް ޖަހާލަމުން. މިއަދުވެސް އެކަމުގެ ބިރުވެރިކަން އޮވޭ. ޒިޔަމް ބުނެބަލަ ޒީން އެމީހަކަށް މާފުކޮށްދޭންވީތަ؟” ދެފަރާތަށް ކުޑަކޮށް ބޯ ހަލުވާލަމުން ޒީން ސުވާލު ކުރިއެވެ. އެހިދު ލޮލަށް ޖަމާވި ކަރުނަތިކިތައް ބަރުވެގެން ގޮސް ކޯތާފަތް މައްޗަށް އޮހިގަތެވެ.

ޒީން އައިއޭމް ސޯ ސޮރީ” ޒީންއަށް ކިރިއާ އަޑު އިވޭ ވަރަށް ޒިޔަމް މާފަށް އެދުނެވެ. އަދިވެސް އިސްޖެހިފައިވާ ހާލުގައެވެ. ހަމްދަރުދީ އާއި އެކީގައެވެ. ޒީން އެދައްކާ ވާހަކައަށް ޒިޔަމްއަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތެވެ. ޒީންގެ ތުހުމަތުގެ އިގިލި އެވަނީ އޭނާއަށް އަމާޒު ވެފިވައެވެ. ހަތިޔާރު ނަގައި އަމިއްލަ ދިފާއުގައި ތެދުވަން ހަތިޔާރެއްވެސް ނެތެވެ. އެހިތްވަރެއްވެސް ނެތެވެ.

ޒީންގެ ލޮލުގައި ވާ ތަދު ޒިޔަމް ކިތައްމެ ވަރަކަށް ބެލިއަސް އެ އިހްސާސެއް ނުވާނެކަން ޒިޔަމްއަށް އެނގެއެވެ.  އެކަމަކު މިއަދު ކުރާނީ ކީއް ހެއްޔެވެ؟ ބަލިވެފައިވާ ހަނގުރާމަ ވެރިއެއްހެން މާފަށް އެދި މައިޒާން ދޫކޮށްފައި ދިޔުން ނޫން އެހެން ގޮތެއް އެބަ އޮތް ހެއްޔެވެ؟

“ހެހެހެ ޒިޔަމް” ލޮލުން ފޭބި ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ޒީންއަށް ހެވުނެވެ. އެއްވެސް އުފާވެރިކަމެއް ނެތް ގޮތަކަށެވެ.

“ޒިޔަމް ކުޑަކޮށް މޮޔަ ދޯ.. ޒިޔަމް އަޑު އަހަންތަ މީހުން ވަރަށް ގިނައިން ބުނާނެ މީހަކު މަރާފަވެސް ސޮރީއޭ ހެއްޔޭ ބުނާނީ.. އެރޭ އެއަނިޔާވެރިކަމަށްވުރެ ޒީންގެ ހިތަށް މާފަސޭހަވީސް އެމީހާ ޒީން މަރާލި ނަމަވެސް. އެކަމުގެ ބަދަލުގައި މަރާލިނަމަ މާފުކޮށް ދިނީމުސް. މަރުވީމަ މީހާގެ އިހްސާސްތައްވެސް ފުރާނައާއި އެކީ ދާނެ. އެކަމަކު އެރެއަށްފަހު ޒީންގެ މިހިތަށް ހަމަޖެހުމެއް ނުލިބޭ.. ޒީންއަށް އިހްސާސް ކުރެވެނީ މީ އެއްވެސް އަގެއް ނެތް މީހެއްގެ ގޮތުގައި.. އަމިއްލަ ނަފުސު ކުށްވެރި ކުރެވޭ އެޕާޓީއަށް ދިޔަ މޮޔަ ހިތަށް އަރާފަވެސް. އެމީހަކަށް އެކަން އިހްސާސް ކުރެވުނީމަ އެގޭނީ އޭގެ ވޭނާއި ތަދު.. އެމީހަކު އުފަލުގައި ދުވަސްތައް ހޭދަ ކުރާއިރު ޒީންވީ ހަމަ ހުރެލާފަ މާފު ދޭންތަ” އެތައް ޝަކުވާ އަކަށްފަހު ޒީން މިފަހަރުވެސް ޒިޔަމްއާއި ކުރިން ކުރި ސުވާލު ތަކުރާރުކޮށްލިއެވެ. ލޮލުން ފައިބާން އުޅުނު ކަރުނަތައް އޮއްބާލަމުންނެވެ. ވޭނީ ހިނިތުންވުމަކާއި އެކީގައެވެ.

ޒީންއަށް ބުނާނެ އެއްޗެއް ކިޔަން ފުރުސަތު ދީގެން ޒިޔަމް އިނީ ކުށްވެރިއަކަށް ހުކުމް އިއްވާލާ އިރު އިންނަހެންނެވެ. އަތުގައި އޮތް ނޫކުލައިގެ ގަލަމުން އުގުމަތީގައި އޮތް ނޯޓު ފޮތުގައި އެގޮތް މިގޮތަށް ރޮނގު އަޅަމުން ދިޔައެވެ، ހީވާ ކަހަލައެވެ. ޒީންގެ ތުހުމަތުގެ މަޅީގައި ރަގަށް ބަދެވުނީއެވެ. އަޅާ ކޮންމެ ރޮނގަކާއި އެކީ އެމަޅީގެ ބާރު ގަދަވުމުން ދާހެންނެވެ.

“ޒިޔަމްއަށް އެނގޭތަ މިއެއް ނޫން އަދި އެއްމެ ގޯސް ހިސާބަކީ.. ޒީންގެ މަންމަ ކައިރީ ޒީންއަށް ކުށެއް ކުރެވުނުހެން އެނގުނު ހިސާބުން މާފަށް އެދެން ދިޔައިން. އެކަމަކު ކޮންމެވެސް ކަމެއްގަ މަންމަ ފުރަތަމަ ދެދުވަހު ހުރީ ރުޅިއައިސްފަ. ޒީންއަކަށް ނޭނގޭ ކޮން ކަމެއްކަން ސީދާ ބުނާކަށް. އެކަމަކު ބައެއް ފަހަރު ހީވޭ މަންމައަށް އެކަން އެނގި ރުޅިއައިސްގެންނޭ އެހެރީ.. ހިތްވަރުކޮށްލާފަ ތިން ވަނަ ދުވަހު ދިޔައިން. މަންމަ ހުން އައިސްގެން ބޮލުގަ ރިއްސާތީ އުޅުނީ. ގިނަ ވަގުތު އޮންނަނީ ނިދާފަ. ކާންށާއި ބޭސްކާން އެކަނި ތެދުވަނީ. ގައިގެ ވަރު ދޫވަމުން ދިޔަ. ވާހަކަވެސް އެހާ ގިނައިން ނުދައްކާ. ހަސީނާ ދައްތަވެސް ޒީންވެސް އާދޭސް ކުރުމުން ހޮސްޕިޓަލަކަށް ނުދިޔަ. ދެން އައީ ހުކުރު ދުވަހު ޒީން ހުރީ މަންމައަށް އެއްމެ މީރުކޮށް ސޫޕެއް ތައްޔާރުކުރަން ބަދިގޭގަ.. ހަސީނާ ދައްތަ ދުވެފައި އައިސް ބުނި ވާހަކައިން ޒީން އަށް ހީވީ…..”

އިރުއިރުކޮޅައި ދެލޯ ފުހެލަމުން ޒީން ވާހަކަ ކުރިއަށް ގެންދިޔައީ ކަރުނައިން ކޯތާފަތް ތެންމަމުން ދިޔުމުންނެވެ. މަންމަގެ ވާހަކަތަކަކީ އެއް އިރެއްގައި އެއްވެސް މީހެއް ކައިރީ ދައްކާފައިވާ ވާހަކަތެކެއް ނޫނެވެ. ފުނި ޖެހިފައި ހުރި ހަނދާންތައް ޒިޔަމްގެ ކުރިމައްޗަށް  އޮއްސަމުން ދިޔައީ ހިފެހެއްޓުމެތް ނެތިއެވެ.

“ޒިޔަމްއަށް އެނގޭތަ މަންމަ މަރުވުމުން ޒީންގެ މިދެލޮލުން މިއަދު ނޫނީ މިހާވަރަކަށް ކަރުނަ ނާދޭ. އެދުވަހު ހުރެވުނީ ގަބުވެފަ. މަންމައާއި އެކީ އަހަރެންވެސް ގެންދާނެ ނަމައޭ ހިތަށް އަރަމުން ދިޔަ. މަންމަ ކައިރިން މާފަށް އެދުމުގެ ފުރުސަތު ނުލިބެނީސް މަންމަ ޒީން ދޫކޮށްފަ ދިޔައީ. ހީވަނީ ޒީންދެކެ ރުޅި އައިސްގެން ދިޔަހެން” ރިހޭ ފައި މައްޗަށް ފޮއި ވެއްޓިފައިވާ މީހެއްހެން ޒީން ވާހަކަ ދެއްކިއެވެ. އެއްމެ އަގުހުރި ދެ އެތި ޒީން އަތުން ބީވެގެން ދިޔައީ އެއްމެ ހަފްތާއެއް ތެރޭގައެވެ.

ގޮތް ހުސްވެފައިވާ މީހެއްހެން ޒީން ދެއަތް ބޮލުގައި އަޅައި ބާރަށް ފިތާލިއެވެ. މިގަޑީގައި ކުރެވެމުންދާ ހުރިހާ އިހްސާސެއް ބޭރުވާ ނަމައޭ ހިތަށް އަރަމުން ދިޔައެވެ.

“ޒީން އަހަންނަށް އެނގޭ ޒީންއަށް މާފު ނުކޮށްދެވޭނެކަން. އެކަމަކު ޒީން އަމިއްލަ ނަފުސަށް ދޭންވާނެ އެއްނު. ތި ދެކަންތަކުގައިވެސް ޒީންގެ ކުށެއް ނެތެއްނު. އަނިޔާ ލިބުނީ ޒީންއަށް. ދެން މަންމަގެ މަރަކީ ޒީންގެ ކުށެއް ނޫން. އެއްވެސް މީހަކަށް މަރަކީ ކޮންޓުރޯލް ކުރެވޭނެ އެއްޗެއް ނޫން. ވަގުތު އައިސް ޖެހުނީމަ އެކަން މިނިމިގެން ދާނެ. އެއީ ތަގުދީރުގެ ނިޔާ” ހިތާމައިން ފޯވެފައިވާ ޒީންގެ ހިތަށް ތަސައްލީއެއް ދިނުމުގެ ގޮތުން ޒިޔަމް އޯގާތެރިކަމާއި އެކީ ވާހަކަ ދެއްކިއެވެ، ޖެހިލުންވެ ހުރެއެވެ، ޒީން އެބަސްތައް ފަސޭހައިން ގަބޫލުނުކުރާނެކަން އެގޭ ހާލުގައެވެ.

“ވަރަށް ގިނަ ވާހަކަ ދެއްކިއްޖެ ދޯ މިއަދު. ތެންކުޔޫ އަޑު އަހަން އިނީމަ. އެމީހަކަށް ދުވަހަކުވެސް ޒީންގެ މާފެއް ނުލިބޭނެ. މިއަދު މާ އޯގާތެރިވެގެން ވާހަކަ ދެއްކިއަސް އެއޯގާތެރިކަމަކުން ޒީންގެ ހިތެއް އެމީހަކަށް ހެވެއް ނުވާނެ.” ޒީން ތެދުވެ އަތް ދަބަސް ކޮނޑުގައި އަޅުވަމުން ޒިޔަމްއާއި ހަތަރު ކަޅި ހަމަކުރަމުން ބުނެލިއެވެ.

“އަދި ބުނަން .. ޒީން އެމީހަކަށް ބަދަލު ހިފެން އޮތް ކޮންމެ ގޮތަކުން ބަދަލު ހިފާނަން. އެކަމަކު ޒީން މީ އެހާ ގޮތް ކުޑަ ރަހުމް ކުޑަ މީހެއް ނޫން އެހާ ދަށު ދަރަޖައަކަށް ދާން” ދޮރުން ނިކުތުމުގެ ކުރިން ފަހަތް ބަލާލަމުން ޒީންގެ އިންޒާރުގެ ބަސްތައް ޒިޔަމްއަށް އިއްވާލިއެވެ. އެވަގުތު އިއްޔެ ކުރެވުނު ސުވާލުގެ ޖަވާބު ޒިޔަމްއަށް ލިބިގެން ދިޔައެވެ.


 

ޒައިނާގެ އިތުރުން ޔުމްނުވެސް މިރޭ ޝޮޕިންއަށް ދިޔުމަށް އޭނަ ކައިރީ އެދިފައިވާތީ ދެމީހުން ގޮވައިގެން މަޖީދީ މަގުގެ ފިހާރަތަކަށް އަރަމުން ޒީން ދިޔައެވެ. ޔުމްނުގެ ކައިވެންޏަށް ބާކީ އޮތީ ފަނަރަ ދުވަސް ކަމުން ތައްޔަރުވާން މިހާރުވެސް އޮތީ ލަސްވެފައެވެ. ކަނޑު ނޫ ކުލައާއި ހުދު ކުލައިގެ އެ ކައިވެންޏަށް ޔުމްނުގެ ހެދުން ބޭރުން ގެންނަ އިރު ހަފްލާއަށް ހާޟިރުވާ އެހެން މުހިއްމު މީހުން ހެދުން ފަހަނީ ޔުމްނުގެ ބޮޑުދައިތައެވެ. އެއްމެންގެ ހެދުން ފަހަން ހަވާލުކޮށްފައި އޮތް އިރުވެސް ޒީން ހެދުން ފަހަން ނުދެވިގެން އުޅެނީ ރީތި ޑިސައިނެތް ނުފެނިގެންނެވެ. މިއަދު ރީތި ޑިސައިނެއް ތިން މީހުން ވެގެން ހޯދުމަށްފަހު ފޮތި ގަންނަން ފިހާރަތަކަށް އަރަމުން ދިޔައެވެ.

“ޒީ ކޮން ދުވަހަކުންނޯ މެރީ ކުރަނީ” އެސް ޖެހި ލޭސް ފޮތި ގަޔާއި ކައިރިކޮށްގެން ހުރި ޒީންއާއި ޒައިނާ ވާހަކަ ދެއްކިއެވެ.

“ޒައި.. ތިވާހަކަ ދައްކާ މީހެއްގެ އަގުހުރި ވަގުތުތައް ބޭކާރު ކުރުމަށްވުރެ ރަގަޅުވާނެ އެހެން ވާހަކައެއް ދެއްކިއަސް. އަހަރަމެން މީހުންނާއި އިދެގެން ދަރިން ލިބި ކާފަ މާމައަށް ގޮވާ އިރުވެސް އެބުނާ ކަމުދާ ކުއްޖާއެއް ނުފެންނާނެ،”ޔުމްނުގެ ބަސްތައް އަޑު އިވުމުން އަގައެއް ގޮތެއް ހަދައިލައި ޒީން ލޯ އަޅައިލިއެވެ. ޒައިނާއަށް އެތަން ފެނި ހެވުނެވެ.

“ބީ އެފް އެއްވެސް ނުހުރޭ ދޯ ތިބުނީ. ކުރިން ރައްޓެހިވި ކުއްޖާ ގޯސްވީމަ ދޯ ތިހެން ތިބުނީ” އަމިއްލަ ހަޔާތަށް ރިއާއަތް ކޮށް ޒައިނާ ބުނެލިއެވެ.

“އުހުނ.. އެހެން މީހެއް ވެއްޖެއްޔާ އެކްސް ޕާޓުނާއެއްވެސް ހުރެއެއްނު..މީނަ ހަމަ ނަތިން.. ނަޑާ!” ސަމާސާ ކުރަމުން ޔުމްނު ވާހަކަ ދެއްކި އިރު ޒީން ހުރީ އެކައްޗެކޭވެސް ނުބުނެ ހެވިފައެވެ.

“ހެހެ.. ޒައިގެ ބޭބެ ކަހަލަ މީހެއް ދޯ. މަންމަމެން ކިތައްމެ ވަރަކަށް ކިޔަސް ބުނާނެ ޕާފެކްޓު ކުއްޖާ ނުފެނިގެންނޭ މިއުޅެނީ”

“ޒިޔަމް އަނެއްކާ ޒީން ގެން ގޮސްގެން ބީ އެފް އެއް ނުނެގުމަށް ފިލާވަޅު ނަގައި ދެނީ ތޯއްޗެއް”

ޒިޔަމްއާއި ދެމީހުންގެ ވާހަކަ އެގޮތަށް ގެނައުމުން ޒީން ކުޑަކޮށް ހިތްހަމަނުޖެހުނެވެ. އެއްވެސް ކަމެއްގައި ޒިޔަމްއާއި އެއްގޮތް ވާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އެކަން ޒައިނާއާއި ޔުމްނުއަށް ފޮރުވާލުމަށް ހިނިތުންވެލަމުން ފިހާރާއިގެ އެހެން ދިމާލަކަށް ދިޔައެވެ.

ޒީން ފިސިއޯތެރަޕީ ކްލިނިކްގެ މައި ނޯޓިސް ބޯޑުގައި އޮތް އިއުލާނެއް ލޮލުގައި އަޅައިގެތެވެ. މި ކްލިނިކްގެ އޮފީހުގެ މަގާމަކަށް ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތެވެ. ޒިޔަމްއާއި ކުރިމަތިލާނެ އިތުރު ގޮތެއް ފެނުމުން ހިނިތުންވެވުނެވެ.

އެދުވަހު ގެޔަށް ދެވުމާއި އެކީ ޒީން އެއްމެ ފުރަތަމަވެސް ލިބިފައި ހުރި ސެޓްފިކެޓުތަކާއި އެކި އިމްތިހާންތަކުގެ ނަތީޖާތައް އެއްކޮށް މާދަމާ އޮތް އިންޓަވިއުއަށް ދާން ތައްޔާރުވިއެވެ. އަދި އޭނާގެ މައުލޫމާތުތައް އިއުލާނުގައި ވާ އީމެއިލް އަށް ފޮނުވިއެވެ.

އެރޭ އޮތް ކޮލެޖުގެ ކުލާސްތައް ނިއްމާލުމަށްފަހު ގެޔަށް އައިސް ޒީން ނިދުމުގެ ކުރިން އެޑްމިނިސްޓުރޭޓިވް އޮފިސާރ އެއްގެ ތައްޔާރުވާނެ ގޮތް އިންޓަނެޓުން ހޯދާލިއެވެ. އާއްމުކޮށް ކުރާ ސުވާލުތަކާއި އެމަގާމުގެ މަސްއޫލިއްޔައްތެކެވެ.


 

ހެދުނު ސަޔަށް ޔުމްނު ނުކުތް އިރު ރީތިވެލައިގެން ހުރި ޒީން ފެނުމުން ކޮންތާކަށް ދާންހޭ ބުނެ ސުވާލުކުރުއެވެ. ޒީން ކްލިނިކްގައި ވަޒީފާއަކަށް އިންޓަވިއު އަކަށް ދާން ބުނުމުން ޔުމްނުގެ ޝައްކުގެ ސުވާލުތަކާއި ކުރިމަތިވިއެވެ. ޒީން އަކީ ތިމާވެއްޓާއި ބެހޭ ދާއިރާއިން ޑިގްރީ ނިއްމައިގެން ހުރި ކުއްޖަކަށް ވުމުން އެނޫން ދާއިރާއަކަށް ދާ ސަބަބެވެ. އަދި ޒީންއަށް ތިމާވެއްޓާއި ބެހޭ ތަންތަނަށް އެޕްލައި ކުރި ނަމަ ވަޒީފާ ލިބެން މާ އުދަގޫ ނުވާނެއޭ ވެސް ޔުމްނު ބުނިއެވެ. ޒީމް އެއީ މިހާރު ޖޮބަކަށް ނުދާތާ ގިނަ ދުވަސް ވުމުން މިތަންވެސް ބަލާލަނީ ކަމަށް ބަލައި ފުއްދާލިއެވެ.


 

މިއަދީ ކްލިނިކަށް މާގިނައިން ބަލިމީހުން އައި ދުވަހެއް ނޫންކަމުން ޒައިނާ މިވަގުތައް ހުރި މަސައްކަތް ނިއްމާލުމަށްފަހު ސްޓާފުންނަށް ހާއްސަ ކޮޓަރިއަށް ވަނެވެ. ޑޮކްޓަރުންނަށް ވަކި ތަނެއް ހުންނަ އިރު ކަސްޓަމާރ ސާވިސް އަދި ނަރުސް ކުދިންނަށް ހުންނަނީ ވަކި ތަނެކެވެ.

އެތާނގައި ކޮންމެ މީހަކަށް ވަކިން ކަބަޑެއް ހުންނަ އިރު އެހެން ވަސީލަތްތައްވެސް ހުރެއެވެ، ޒައިނާއާއި އިތުރު ކުއްޖަކު ސައި ކޮޓަރިން ކޮފީ ހިފައިގެން އެކޮޓަރިއަށް ވަނެވެ. އޭރު އެތާގައި ހުރި މޭޒު މަތީގައި ޒައިނާއަށް އެޑްރެސް ކުރެވި ކުޑަ ޕާރުސަލް ފޮއްޓެއް އޮތެވެ. ކޮފީތަށި އެއްފަރާތުގައި ބަހައްޓަމުން ޒައިނާ އަވަސް ވެގަތީ އެއީ ކާކުގެ ފަރާތުން އައިސްފައިވާ ހަދިޔާއެއްތޯ ބެލުމަށެވެ. ޕާރުސަލް އެތެރޭގައި ރަތް ކުލައިގެ ލިޕްސްޓިކް އަކާއި ސެންޓު ފުޅިއެއް އޮތެވެ.  އަދި ކުޑަ ކަރުދާސް ކޮޅެއްގައި ދިވެހި ބަހުން އެއްޗެއް ލިޔެފައި އޮތެވެ.

“ތި ދެލޮލަކީ ސިހުރެއް ހެއްޔެވެ؟ ތިރީތި ތުންފަތުގެ ހިނިތުންވުމުން މިހިތް ބޭޒާރު ކުރަން އުޅެނީ ހެއްޔެވެ؟ ”

ދެސުވާލެކެވެ. ލިޔެފައި ވަނީ ރީތި އަތު ލިޔުމަކުންނެވެ. ހޯދަން އުޅުނު ޖަވާބު ނުލިބި އިތުރަށް އެއީ ކާކުކަން އެގުމަށް ހތުގެ ޝައުގުވެރިކަން އިތުރުވިއެވެ. އެއީ ކޮންމެ މީހެއް ކުރި ކަމަކަށް ވިޔަސް އެއިބާރާތްތަކުން ޒައިނާ ރަކިކޮށްލާއިފިއެވެ. އިތުރަށް އެޔަށް ބަލަހައްޓައިގެން ނުއިދެ ޒައިނާ އެ ހަދިޔާއާއި ގަނޑުކޮޅު ކަބަޑަށް ލުމަށްފަހު  ޑިޔުޓީއަށް އެބުރި ދިޔައެވެ.އޭރުވެސް ސިކުޑީގައި އެބަސްތައް އާލާވެ ތަކުރާރު ވަމުން ދިޔައެވެ.


 

އެހެން ބައިވެރިންނާއި އެކު އިންޓަވިއު ކުރުމަށް އައި ކުދިން ބޭތިއްބި ގޮނޑީގައި ޒީން އިށީދެގެން އިނެވެ. ގިނަ ދުވަސްތަކެއް ވަންދެން އިންޓަވިއު އަކަށް ނާންނާތީ ނުތަނަވަސްކަން މޫނުމަތިން ފެންނަމުން ދިޔައެވެ. ޒައިނާގެ ފަރާތުން އެގިފައިވާ ގޮތުން ނަމަ އޮފީހުގެ ކަންތައްތަކުގައި މިހާރު ޝާހިދުގެ ބަދަލުގައި އިސްކޮށް ހުންނަނީ ޒިޔަމް ކަމުން ކުޑަކޮށް ހަމަޖެހުމެއް ލިބުނެވެ.ޒިޔަމް ކުރިމަތީގައި ކެރިގެން ވާހަކަ ދެއްކުމުގެ  ހިތްވަރު މިހާރު އެބަ ހުއްޓެވެ.

އިންޓަވިއުއަށް އެއްމެ ފަހު ކުއްޖާގެ ގޮތުގައި ޒީންއަށް އެތެރެއަށް އައުމަށް ބޭރުން ނުކުމެގެން އައި ކުއްޖާ އެދުނެވެ. އެޔާއިއެކު ހައިރާންވެފައި ދެލޯ ބޮޑުކޮށްލެވުނީ ޝާހިދުވެސް ޒިޔަމްއާއި އެކީ މޭޒުގެ އަނެއް ފަރާތުގައި އިމުންނެވެ. ގަދަކަމުން ހިނިތުންވެލަމުން ގޮސް ޒީން އޭނާ އިނުމަށް ހާއްސަކުރެވިފައިވާ ގޮނޑީގައި އިށީނެވެ.

“ޒީން ޖޮބު އިންޓަވިއުއަށްތަ. ނޫނީ ޒިޔަމް މިފަހަރުވެސް ކަމެއް ކުރީތަ” ކުޑަކޮށް ހިނިތުންވެލަމުން ޝާހިދު ބުނެލިއެވެ.

“ނޫން މިފަހަރު އިންޓަވިއުއަށް” ޒީންއަށް ވާހަކަ ދައްކަން ފުރުސަތު ދެމުން ޝާހިދު ޒީންގެ ފައިލް ބަލާލިއެވެ. މޭޒުގެ އެއް ފަރާތުގައި ހުރި ނޫކުލައިގެ ފައިލްތަކަކީ މިއަދު ވަޒީފާއަށް ކުރިމަތިލީ ކުދިންގެ ތެރެއިން އެންމެ މަތިން މާކްސް ލިބިގެން ހޮވާފައި ތިބި ފަސް ކުދިންގެ ފައިލެވެ. އެފައިލްތައް އޭނާއާއި ހަމައަށް އައީ އިންޓަވިއުކުރަން ކުޑަ ވަގުތު ކޮޅަކަށް ވެފައި ކަމަށް ހުރުމުން ފައިލްތައް ބަލާލުމުގެ ފުރުސަތު ނުލިބެއެވެ. ޒިޔަމްއަށް ވެސް ވީ އެވަރެވެ. ޒީން އިންޓަވިއުއަށް އަންނަކަން އެނގުނު ނަމަ މިއަދު އެގޮނޑީގައި އޭނާ ނުއެއް އިނީހެވެ.

“ޒީން މާސްޓާސް ތިހަދަނީ ތިމާވެށީގެ ދާއިރާއިން ދެން ކީއްވެ މި ދާއިރާއިން ކުރިއަށް ނުދަނީ” ޒީންގެ ފައިލް ރަގަޅަށް ކިޔާލުމަށްފަހު ޝާހިދު ސުވާލު ކުރިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ޒީން ބަލައލީ މޭޒުމަތީ އޮތް ގަނޑެއް ކިޔާ ކަމަށް ހަދައިލައިގެން އިން ޒިޔަމްއަށެވެ.

“ޒިޔަމް އިނީމަ އުދަގޫ ވަނީތަ” ދެއަތް މޮޑެލަ މޮޑެލަ އިން ޒީންގެ ފަރާތުން ޖަވާބެއް ނުލިބުނުން ޝާހިދު ސުވާލުކޮށްލިއެވެ.

“އުހުނ.. އެއީ މި ދާއިރާ އަކީވެސް މެނޭޖްމެންޓުގެ ދާއިރާއަކަށް ވުމުން އެކްސްޕީރިއަންސް ހޯދާލަން ބޭނުންވަނީ” މަޑުމައިތިރި ކަމާއި އެކު ޒީން ވާހަކަ ދެއްކިއެވެ.

“ކިހިނެތް ވާނެ މިގޮތް. ޒީންއަކީ ތިބުނި ކަންތައް ފަސޭހައިން ހަދާލެވޭނެ ގޮތް އެބަހުރި. ޒީންއަކީ މޮޅު ކިޔަވައިގެން ހުރި ކުއްޖެއް. މިތާގައި ޒިޔަމްގެ ދަށުން  ކްލިނިކުގެ ކަންތައް މެނޭޖުކުރުމަށް އެހީވެދޭންވީނު. ޒިޔަމްއަކަށް ނޭނގޭނެ މެނޭޖީރިއަލް ގިނަ ކަންތަކެއް. ސެލެރީވެސް ހައިވާނެ. ވޯކިން އަވާސްވެސް ފުލެކްސިބަލް ގޮތަށް. އޭރުން ޒީންއަށް ބޭނުންވާ އެކްސްޕިރިއަންސްވެސް ލިބޭނެއެއްނު” ޝާހިދު ވާހަކަ ދައްކަމުން ދިޔައިރު ޒީންއަށް އެއްޗެކޭ ނުބުނެ އިން ޒިޔަމްއާއި ދިމާލަށް ބެލެމުން ދިޔައެވެ.

“ދަރިފުޅާ ޒިޔަމް ކިހިނެތްވާނެ މިގޮތް. ޒީންގެ އެކްޕީރިއަންސް އެބަހުރި ކޮންމެހެން ސިއްހީ ދާއިރާ ނޫންކަމުގައި ވިޔަސް. އަނެއްކޮޅުން އެޑްމިން އޮފިސަރ އެއްގެ ގޮތުގައި ޒީން އޯވާ ކުއަލިފައިވޭ” ޒިޔަމްގެ ބަސް ހޯދާލުމަށް ޝާހިދު އަހާލިއެވެ.

‘އޯކޭ” ޒިޔަމް ބުނެލިއެވެ. ހީވަނީ އެނޫން ގޮތެއް ނެތިގެން ބުނީހެންނެވެ. އެހެންވިޔަސް ޒީން ހުރީ އުފަލުންނެވެ. ހީކުރި ވަރަށް ވުރެ ކައިރިން ޒިޔަމްއާއި އެއްކޮށް މަސައްކަތް ކޮށްލަން ލިބުމުން މަގުސަދާއި ހަމައަށް ވާސިލްވާން ފަސޭހަވާނެތީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

މަލާކް…14ވަނަބައި

Next

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ސޯޅަވަނަބައި)

Next
June 27, 2017

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ސޯޅަވަނަބައި)

Previews
June 27, 2017

މަލާކް…14ވަނަބައި

46 Comments!

  1. maroon says:
    June 27, 2017 at 5:33 pm

    Hurihaa kudhin mi ep mee 8 vana bai thankolheh kurukoh genesdhyfaivaathy eyge baehge gothuga genesdhin baeh… hope u will like it. If so leave a comment. Keiy madhuvefa thibi kudhin,inthizaarugai thibi kudhin v loves maroon ????? really appreciate ur support ❤

  2. Adha? says:
    June 27, 2017 at 5:48 pm

    Omg! Haadha avahakashey thi up kohladhiny.. ?varah happy vehje thankyou? but varah dheravefa meenee xeen hurihaa ehcheh kiyaadhin iruves xim ekahchekeyves nubunyma.. sorry akun nufudheyne ehnu dw…? .. varah reethi ingey mi part ves… ?❣waiting for next part..?

    1. maroon says:
      June 27, 2017 at 8:02 pm

      Adha thanku ?
      Assu vy gothaky kuree ep ga comment kuri kudhin avaskohaladheyn bunumun avahah liyan dhiyaee. Ehen noonas e ep kuruvyma aai ekko. M so glad u like it loves ?
      Xim ah visneyne nama dhw ???

  3. Izee says:
    June 27, 2017 at 5:57 pm

    Thanks. As always varah kiyaa hithun indha e nimuny. When nxt part

    1. maroon says:
      June 28, 2017 at 1:17 am

      Thanku izee ?

  4. HARLEY quinn says:
    June 27, 2017 at 6:08 pm

    woww. amazing..
    cant wait to read next episode..

    1. maroon says:
      June 28, 2017 at 1:19 am

      Thanku harley quinn.. emme las vegen by tmrw night next ep ? eyge kurin liye vijjeyaa upkoh dheynan?

  5. Xxxx says:
    June 27, 2017 at 6:08 pm

    Thank u maroon…u r a wonderful writer…dhigukoh genesdheythee v.happy…??story iz amazing as usual

    1. maroon says:
      June 28, 2017 at 1:32 am

      Xxxx thanku dear ???

  6. Queen says:
    June 27, 2017 at 6:55 pm

    V hadi waahaka. Who agree with me eh?

    1. maany says:
      June 27, 2017 at 7:11 pm

      mi vaahaaka v salhi .. m not agree with u.. sorry

    2. maroon says:
      June 28, 2017 at 1:21 am

      Thanku maany ?

    3. Queen says:
      June 27, 2017 at 8:04 pm

      Koahcheh riithy??

    4. Adha? says:
      June 27, 2017 at 8:05 pm

      I don’t agree with you.. mee hama ehvanaige story eh?

    5. maroon says:
      June 28, 2017 at 1:26 am

      Hadi viyas kiyaalyma thanku.
      Maany , adha, nonns thanku guys alot ?

    6. nonns says:
      June 27, 2017 at 9:49 pm

      I wont either 🙂 . I agree with maany and adha

  7. khajja says:
    June 27, 2017 at 7:01 pm

    Wow masha allah v rythi thank u so much maroon??❤❤ xim alhe sorry bunefa xin gulheynhurinama gulhen edhunnama aee dhw oiy gothaky xim viyya xin ge aburaa izzaiy veyyaa modely eynage iffaiytherikan nagaaly ehenvyma xim ah ekan kurevenjeheyne dhw anyway stry speachless ummydhukuran xim n xin gulheyne kamah adhi saaim n zeena gulheynekamah mihaaru zeena ah hadhiyaa fonuvanyves saaim dhw wow wow ohhh waiting nxt prt ?????❤❤❤?????

    1. maroon says:
      June 28, 2017 at 1:20 am

      Hehe khajjaa. Lets see thi kudhin couples ah vaanethw???

  8. Some one says:
    June 27, 2017 at 7:12 pm

    V v v riithi vaahaka! V happy vi avahah genesdhiniima! Really sprsn!! Thnkyu!!! N when nxt prt??

    1. maroon says:
      June 28, 2017 at 1:22 am

      Thanku someone. Good suprise? ?
      Latest by tmrw night

  9. yaanaa says:
    June 27, 2017 at 7:17 pm

    Haadha loebeyyyy maroonnnn luv this a lot a lot alotttt?

    1. maroon says:
      June 28, 2017 at 1:22 am

      Yaanaa thanku ??

  10. §ama? says:
    June 27, 2017 at 7:22 pm

    ???perfect

    1. maroon says:
      June 28, 2017 at 1:22 am

      Thanku sama?

  11. Smile says:
    June 27, 2017 at 7:24 pm

    Salhi 🙂 adhives dhigukoh genes dhey hiyvaan veenu 😛
    Dhen oiy part kon irakun ??

    1. maroon says:
      June 28, 2017 at 1:24 am

      Hahaha.. liyevey nama hama genesdhineemus… next ep latest by tmrw nyt. Thanku smile??

  12. Blume says:
    June 27, 2017 at 7:52 pm

    OMG!yes..mi prt haadha rychey..dhen onna prt kiya hithun mihiry kehmadhu vefa..maroon ly ❤?❤

    1. maroon says:
      June 28, 2017 at 1:25 am

      Thanku blume . Next ep latest by tmrw nyt.. ?

  13. aish says:
    June 27, 2017 at 8:49 pm

    V salhi

    1. maroon says:
      June 28, 2017 at 1:26 am

      Thanku aish?

  14. nonns says:
    June 27, 2017 at 9:52 pm

    Yayyy. Vvvvvvvvvvv obi mi part. And Varah kiyaa hithun hutta thi up kollee. Hithah eriyey mirey up kolladheyne nama ey. Thanks a bunch dear. Ly maroon. Gudnight

    1. maroon says:
      June 28, 2017 at 1:27 am

      Nonns ?
      M so glad u love the story?
      Hope u had a good night. Tc. Loves ?

  15. Ssss? says:
    June 27, 2017 at 9:54 pm

    Thank u thihaa kurin part upkohliima… Varah kurin kin but busy viima comment nukurevunii… Mi part vess varah rythi… Dhen anna part kon dhuvahakun

    1. maroon says:
      June 28, 2017 at 1:28 am

      Ssss thanku v bodah?
      Next ep latest by tmrw night. Eyge kurin liyevijjeya upkoh dheynan ?

  16. sam♥ says:
    June 27, 2017 at 10:45 pm

    oooo thank u roon ….. sam v happy vehje hehh
    thankxx vvvv bodah mihaa cute n lovely stry eh genesdhey thii love u so much roon♡♡♡ …
    yeh sam.ge name dhww saaim ge nicke name hehh …. i love
    suprice roon … sam asluvess suprice vehje hehehe… thankx sam happy kohlymaa heh. keep it up roon .. waiting next part ….
    i love this cute.cute .lovely stry …. ♡♡♡

    1. maroon says:
      June 28, 2017 at 1:30 am

      Thanku sam abadhuves thihaa support dheythy. And for the lovely and cute comment ?
      Loves tc??

  17. Addu manje says:
    June 27, 2017 at 11:03 pm

    Varah reethi.. Love this soo much.. kon iraku nxt part?? Eagerly waiting for nxt part..
    🙂

    1. maroon says:
      June 28, 2017 at 1:31 am

      Thanku addu manje… ? latest by tmrw night ?

  18. Aaby says:
    June 28, 2017 at 6:37 pm

    Varah loabi. Varah reethi. Avahah up kollaba pls. Inthizaaryge gitaa hifaagen mihuree pls. ??

    1. maroon says:
      June 28, 2017 at 7:44 pm

      Aaby thanku dear.. liyevunuhaa avahah upkohdheynan ngey… ??

  19. Shaloo says:
    June 28, 2017 at 8:17 pm

    V v rythi story. …..i like it. …..waiting for next episode. …keep it up. ……. ??

    1. maroon says:
      June 29, 2017 at 11:08 am

      Thanku shaloo ???

  20. smile says:
    June 29, 2017 at 8:37 am

    Maroon plx avahah vaahaka genesdheebala, haadha kiyaa hithuney mibunany 🙁

    1. maroon says:
      June 29, 2017 at 3:54 pm

      Mirey upkohdheynan

  21. Lim says:
    June 29, 2017 at 3:47 pm

    Buni last night ge kurin upkoh dheynamo.. Ekm Adhivx nukerey

    1. maroon says:
      June 29, 2017 at 3:56 pm

      28 june ga bunefa innany latest by tmrw night. So adhi vaguthu eba othennu. Plz check the date

Comments are closed.

Next Episodeވާށެ އޯގާ ހިތާ 10←


All Right Reserved!