ފަލަކު ފޯނަށް ޖަވާބު ނުދިނުމުން ޔޫލް ހައްތަހާ ރުޅިގަދަ ވާގޮތް ވިއެވެ.ކޮންމެ ހާލެއްގައި ވިޔަސް ޔޫލްގެ ޙައްޤަކަށް ފަލަކު ހަދާނެއެވެ.ފަލަކު ރުހުނަސް ނުރުހުނަސް މެއެވެ.އޭނާ އުފާވެރި ޙަޔާތަކަށް ކުރި ފޮނި އުއްމީދު ނެތިކޮށްލާ ދުނިޔެ މަތިން ފޫހިކޮށްލާ ލޯތްބަށް އޮތް އިތުބާރު ގެއްލުވާލި މީހަކީ ފަލަކުއެވެ.
***********
ނިދިފައިއޮތް ފަލަކުއަށް ހޭލެވުނީ އޭނާގެ ގައިމަތީގައި އަޅާފައި އޮތް ރަޖާ ނަގާ ކޮނޑުގައި ހިފައި މީހަކު ތަޅުވައި ގަތުމުންނެވެ.ފަލަކު ފުންމައިގެން ތެދުވެ ދެލޯ ފޮހެލުމަށްފަހު ބަލައިލީ އޭނާއަށް އެއުޅެވެނީ ހުވަފެނެއްގައި ހެން ހީވުމުންނެވެ.ވާނީވެސް އެހެންތާއެވެ.އޭނާގެ އުމުރުން 28އަހަރު ވެގެން ދިޔައިރު އިސްވެ އަފީފާ އޭނާގެ ކުރިމައްޗަށް އައި މިއީ ފުރަތަމަ ފަހަރެވެ.
“މަންމާ!!!”.ލިބުނު ހައިރާން ކަމުގައި ފަލަކުގެ ދުލުން ނިކުތްހާވެސް ބަހަކީ އެއީއެވެ.
“މަށަކަށް މަންމާއޭ ކިޔާނެ ކަމެއް ނެތް…އިންސާނިއްޔަތަށް ޓަކައި މަގޭ ކަލޭ ބަލާ ބޮޑުކޮށްފަ ތިހުރީ މިދުވަސް ދެކޭކަށް ނޫން.އެކަމަކު މިއަދު ކަލޭ ތިހުރީ ކަލޭ މަންމަ އަހަރެންގެ ފިރިމީހާ ޖަހައިގަތް ފަދައިން އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅުގެ އުފާވެސް ފޭރި ގަންނަން ފައިމުޑި ވިއްދާފަ….”އަފީފާ ރުޅި އައިސްގެން ތުރުތުރު އަޅާ ޙާލު އޭނާގެ ހިތުގައި ފޮރުވާފައިހުރި ޒަމާންވީ އުދާސްތައް ބޭރު ކުރަމުން ދިޔައިރު ފަލަކު އިނީ އިވިގެންދިޔަ ބަސްތަކުން ހަރަކާތެއްވެސް ގެންނަން ނޭނގިފައެވެ.އެމަންމަ އޭނާއަށް މިއޮއް ހުރިހާ ދުވަހު ނަފްރަތު ކުރަމުން އެއައީ އެ ސަބަބާއި ހުރެ ހެއްޔެވެ؟ޝައިބާއަކީ އޭނާއާއި އެއްބަނޑު ކުއްޖެއް ނޫނީ ހެއްޔެވެ؟އަނެއްކާ މަންމަ އެބުނި ފަދައިން ޝައިބާވެސް ލޯބިވަނީ ޔޫލްދެެކެ ހެއްޔެވެ؟ފަލަކުގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަ ތަކުން އެރީތި ދެލޯ ފުރިގެން ބަންޑުން ވާން ފެށިއެވެ.
“އަހަރެން ބޭނުމީ ކަލޭ މާދަމާ ޑިއުޓީއަށް ގޮސް އެ ކައިވެންޏަށް އިންކާރު ކުރަން…”އަފީފާ އޭނާ ބޭނުންވާ ގޮތް ހަރުކަށި ކަމާއިއެކު ހާމަ ކުރުމަށްފަހު ޕައްކިޔާފައި ދޮރު ޖެހުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައިރު ހީވީ ދޮރުވެސް ވައްޓާލަން އުޅުނު ހެންނެވެ.ފަލަކުއަށް އަޑުން އަޑު ނަގައި ރޮއިގަނެވުނެވެ.އެއީ އޭނާގެ މަންމަ ނޫނިއްޔާ އޭނާގެ އުފަން މަންމަ ކޮބާ ހެއްޔެވެ؟އޭނާގެ ޙަޔާތުގައި މިހާރުވެސް ނަގާފައި ހުރި ރާޅުތައް މަދީ ހެއްޔެވެ؟މަންމަގެ ލޯތްބަށް އެދިއެދި ރޯލަރޯލާ ހަޔާތުން ބޮޑުބައެއް ހޭދަވީއެވެ.ކުއްލިއަކަށް މަންމަ ކަމަށް ހީކޮށްގެން އުޅުނު މަންމަ އޭނާގެ މަންމައަށް ނުވުމުން އެހިތުގައި ޝަކުވާތައް ފަށްފަށް ވެގެން ދިޔައެވެ.އަނެއްކޮޅުން ޝައިބާ އާއި ދެމީހުންނަށް ލޯބި ވެވިފައި އެވަނީ އެކަކު ދެކެކަން އެނގުމުންވެސް ހިތަށް ކޮށްފައިވާ އަސަރު ބުނެދޭންވެސް ނޭނގެއެވެ.ތަޤުދީރު އެކޮށްލި ސަމާސާ އަކުން ފަލަކުގެ ހިތުގައި ލޮނުމިރުސް އެޅިފައިވާ ކަހަލައެވެ.
*********
އާދުވަހަކަށް އިރުއެރީވެސް ފަލަކު ހިތާމައިން ރޯލަރޯލާ އިންދައެވެ.ރޭ ހަތަރުދަމު ނުނިދާ ރުއިމުގެ ސަބަބުން އޭނާގެ ދެލޯވަނީ ރަތްވެ ވަޅުވަންނަ ގޮތް ވެފައެވެ.ހީވަނީ ދުވަސްގަނޑެއް ވަންދެން ބަލިވެ އުޅެފައި ހުރި މީހެއް ހެންނެވެ.ފެން ވަރައިގެން ނިކުމެ ތައްޔާރު ވުމަށްފަހު އޮފީހަށްދާން ނިކުތްއިރު ގޭތެރެއަށް ވަދެގެން އައި ޒުހޭރު ފެނުމުން ފަލަކުއަށް އިސް ޖަހާލެވުނީ އޭނާގެ ލޮލުގައި ވިދަމުންދާ ކަރުނަތައް ބައްޕައަށް ފެނިދާނެތީއެވެ.އޭނާ ޖަވާބު ބޭނުންވާ އެތައް ސުވާލުތަކެއް އެބަހުއްޓެވެ.އަދި އެސުވާލުތަކުގެ ޖަވާބު ލިބޭނީ ބައްޕަ ފަރާތުން ކަންވެސް ފަލަކުއަށް ރަނގަޅަށް އިނގެއެވެ.ނަމަވެސް މިއީކީ އެކަމަށް އެންމެ އެކަށޭނަ ވަގުތަށް ނުވާތީ ޒުހޭރުގެ ސުވާލެއް ކުރިމަތި ވުމުގެ ކުރިން ގޮސް ނިކުމެ ދޮރާށި ލެއްޕުމަށް ފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ.
**********
ހޮސްޕިޓަލަށް ވަންނަން ދިޔަ ޔޫލްއަށް ޑިއުޓީ ނިންމާފައި ނިކުތް ޝައިބާ ފެނުމުން ކުޑަކޮށް ވާހަކަ ދައްކާލަން ޝައިބާގާތު މަޑުކޮށްލީ މާދުރުން މަޑު ހިނގުމެއްގައި އަންނަ ފަލަކު ފެނުމުންނެވެ.އެވަގުތު ކޮޅުވެސް ޔޫލްއާއިއެކު ހޭދަކޮށްލަން ލިބުމުން ޝައިބާގެ ހިތަށް ރާޙަތެއް ލިބިގެން ދިޔައެވެ.އޭނާއަށް ޔޫލްދެކެ ވެވިފައި އެވަނީ ހާދަ ލޯތްބެކެވެ.
އެމީހުންނާއި އަރާ ހަމަވުމުން ފަލަކުވެސް ގަދަކަމުން ހިނިތުންވުމެއް ރައްދު ކޮށްލުމަށްފަހު އެތެރެއަށް ވަދެގެން ދިޔައީ އެ ދެމީހުން ކުރެ އެކަކާވެސް ވާހަކަ ދައްކާނެހާ ހިތްވަރެއް ނެތުމުންނެވެ.އޭނާ އެވަނީ އަމިއްލަ ހިތުގައި އަތްއަޅާފައި ޝައިބާ އަށްޓަކައި އޭނާގެ ލޯބި ޤުރުބާން ކުރަން ނިންމާފައެވެ.
ސައިން އިން ވުމަށްފަހު ރޫމަށްދާން ހިނގައިގަތް ފަލަކުގެ އަތުގައި ހިފައިގެން ޔޫލް އޭނާގެ ރޫމަށް ދާން ހިނގައިގަތެވެ.ނަމަވެސް ފަލަކު އަތް ފޮޅުވާލުމަށްފަހު މިވަގުތަކު ނޫނޭ ކިޔައިފައި ގޮސް އޭނާގެ ރޫމަށްވަނެވެ.އެވަގުތު ފަލަކުގެ ފަހަތުން ކަހަލަ ގޮތަކަށް ނަރުސްކުއްޖަކު އެރޫމަށް ވަނުމުން ދެއަތް މުށްކަވާލާފައި ޔޫލް އެތަނުން ދިޔައީ ރުޅިއައިސް ރަތްވެފައިވާ ޙާލުގައެވެ.
***********
“ދަރިފުޅާ ތިހެން އެއްޗެއް ނުކައި އޮއްވާ ބަލިވެދާނެ….ދަރިފުޅު މާބޮޑަށްށޭ ތި ހާސްވަނީ…އެހެންނޫނަސް އަދި ފަލަކު ކައިވެންޏަށް ރުހިގެންނެއްނު އެކަން ވާނީވެސް”.
އަފީފާ މާ ހަމަޖެހިލާފައި ވާހަކަ ދައްކަމުން ދާތީ ޝައިބާއަށް ހައިރާން ކަމާއިއެކު މަންމައަށް ބަލައިލެވުނެވެ.އަފީފާވެސް އިތުރަށް ސިއްރު ކުރަން ނުހަދާ ހުރިހާ ވާހަކައެއް ފުރަތަމަ ފަހަރަށް ދަރިފުޅާއި ހިއްސާކުރިއެވެ.އަދި ފަލަކުއަށް ކައިވެންޏަށް އާނ ބަސް ބުނަން ނުކެރޭނެކަމަށް ބުނެ ޝައިބާ ހަމައަކަށް އެޅުވިއެވެ.ފަލަކުއަކީ ޝައިބާގެ މަންމަގެ ދަރިއެއް ނޫންކަން އެނގުމުންވެސް އޭނާއަކަށް މާބޮޑު އަސަރެއް ނުކުރިއެވެ.އޭނާއަށް އެ ޙަޤީގަތް ނޭނގޭ އިރުވެސް އެވަނީ ޔޫލް ޙާސިލްކުރުމަށް ފަލަކުއަށް ނޭނގި އެހާ ހަޑިހުތުރު ޢަމަލެއްވެސް ހިންގާފައި ވިއްޔާއެވެ.
*********
“ބިޒީ ނޫނީއްޔާ ވާހަކަ ދައްކާލަން ކޮންމެވެސް ތަނަކަށް ދާންވީނު؛”.ޑިއުޓީ ނިންމާލާފައި ނިކުމެ ބޭރުގައި މަޑު ކޮށްލުމަށްފަހު ފަލަކު ޔޫލްއަށް މެސެޖް ކޮށްލިއެވެ.މެސެޖު ކިޔާލުމަށްފަހު ޔޫލްވެސް އަވަސް ކޮށްލާފައި ނިކުމެގެން އައީ ފަލަކުގެ ޖަވާބަކަށް އޭނާވެސް ކެތްމަދު ވެފައިވާތީއެވެ.ޔޫލް ފަލަކު ގޮވައިގެން ގެއަށްދިޔަ މަގުމަތީގައި ޔޫލްގެ މަންމަވީ ރައްޓެއްސަކާއި ބައްދަލް ކޮށްލަން ވިލިނގިއްޔަށް ގޮސްފައި ކަމަށް ބުންޏެވެ.އެހެންވެ ޔޫލްގެ މަންމައާއި ކުރިމަތިލާން ނުޖެހޭނެތީ ފަލަކުގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއްލިބުނެވެ.
“އިށީނދޭ..ހަމަޖެހިލައިގެނެއްނު ވާހަކަ ދެއްކޭނީ”.ޔޫލް އެނދުގައި އިށީނދެ ހަމަޖެހިލުމަށްފަހު އަތުން ދެތިންފަހަރަކު އެނދުމަތީގައި މަޑުމަޑުން ޖަހާލާފައި ބުނެލިއެވެ.ފަލަކުއައިސް އެނދުގައި ޔޫލްއާއި ތަންކޮޅެއް ދުރުގައި އިށީނުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
“އަހަރެން މިކައިވެނި ކުރާކަށް ބޭނުމެއް ނޫން…..”ފަލަކުގެ ޖަވާބު އިވިފައި ޔޫލް އެނދުން ތެދުވެ ދެޖީބަށް އަތް ޖަހާލަމުން ވާހަކަ ދެއްކިއެވެ.”ތި ނިންމުން ތި ނިންމީ އަހަރެން ފަލަކުއަށް ދެރައެއް ދޭން އުޅޭކަމަށް ހީވެގެންނަމަ، އަހަރެން ޔަޤީންކަންދެން އަދިވެސް ފަލަކުދެކެ ވަރަށް ލޯބިވާ ކަމަށް”.އާނއެކެވެ.ޔޫލް އެ ހާމަކުރީކީ މުޅިއަކުން ދޮގެއްވެސް ނޫނެވެ.ފަލަކު ދެކެ ވާލޯތްބެއްގެ ބޮޑުކަމުން ޔޫލްގެ މުޅި ދިރިއުޅުން އެވަނީ ބަދަލުވެފައެވެ.
އެބަސްތައް އިވިފައި އިސްދަށަށް ޖަހާލައިގެން އިން ފަލަކުގެ ހިތުގައި ޖެހުނުލެއް ބޮޑުކަމުން ހިންދިރުވާލެވުނެވެ.ޔޫލްދެކެ ފަލަކުވެސް ހަމަ އެހާ ލޯބިވެއެވެ.ނަމަވެސް މިއަދު އޭނާ އެވަނީ ބަލާބޮޑުކުރި ކަމުގެ ދިޔަ ދޭން ޖެހިފައެވެ.އެވެސް އެމީހަކު ދެކެ މުޅި މި ދުނިޔެއިން ވެސް އެންމެ ލޯބިވެވުނު މީހާގެ ހިތުގައި ޖައްސާފައެވެ. އެންމެ ފަހުން ވަރަށް ކެތް ކޮށްފައި ފަހު ހަތިޔާރު ނަގައި ބެހެއްޓީ ޔޫލް އިތުރަށް ފަލަކު ބޭނުން ނުވާނެކަމަށް ޔަޤީންކުރާ ޙާލުގައެވެ.
ފަލަކު ލޯބިވަނީ ޒީލް ދެކެއޭ ބުނުމުން ޔޫލްގެ ހިތުގައި ހީވީ މިނިކާ ޖަނަވާރެއް ވަކި ދަމައިގަތް ހެންނެވެ.އެހިތުގައި ނަގައިގަތް ދިލަ ތަދުން ޔޫލްއަށް މޭގައި އަތް އަޅައިލެވުނީ ބޭއިޚްތިޔާރުގައެވެ.އަދި ލޮލަށް ޖަމާވި ކަރުނަތައް އަތުން ފޮހެލީ އަސަރާއި އެކުގައެވެ.އެވަގުތު ފަލަކުއަށް ފުރަގަސް ދީގެން ހުރެވުނު ކަމީވެސް އޭނާގެ ނަސީބޭ ޔޫލްގެ ހިތަށް އެރިއެވެ.ފަލަކު ޔޫލްގެ އިޙްސާސްްތަކާއި އެއްވެސް ރަހުމެއްނެތި ކުޅެލިއިރު، ފަލަކުދެކެ ލޯބިން ޔޫލްގެ ދެލޯ ކަރުނުން ފޯވެފައިވާ މަންޒަރު ފެނިއްޖެނަމަ ފަލަކު ހިތާއިހިތުން ކިހާ މަލާމާތެއް ކުރާނެ ހެއްޔެވެ؟
ޔޫލް ފަލަކުއަށް ކުރިމަތި ލީއިރު އޭނާވަނީ ފަލަކުގެ ކިބައިން ބަދަލު ހިފުމަށް އޭނާގެ ލޭކޮށިފައިވާ ހިތުން އަޒުމް ކަނޑައަޅާފައެވެ.އޭނާ ފަލަކުދެކެ އެހާ ލޯބިވީއިރު، އެހިތުގައި ރޯވެފައިވާ އަލިފާނުގެ ހުޅުގަނޑުވެސް އެހާ ބޮޑެވެ.”އޯހް…ބަޓް ޔޫ ޑޯންޓް ހޭވް އެނީ ޗޮއިސް ލެފްޓް…މިފޮޓޯތައް މުޅި ދުނިޔެއަށް ފެންނާކަށް ފަލަކުވެސް ނޭދޭނެ ކަންނޭނގެ…..”ޔޫލް ފޯނަށް ބަލައިލަމުން ފަލަކުއަށް ރައްދު ކޮށްލި އިންޒާރުގެ ބަސްތަކުން މިފަހަރު ހަމަ ރަނގަޅަށްވެސް ފަލަކުއަށް ގޮތް ހުސްވެއްޖެއެވެ.އެންމެ ފަހުން ފަލަކު ގެއަށްދިޔައީ ކައިވެންޏަށް އެއްބަސް ވެފައެވެ.ޝައިބާއަށް ޔޫލް ނުލިބުމަށްވުރެވެސް އޭނާގެ މުޅި އާއިލާގެ ޢަބުރު އޭނާގެ ސަބަބުން ވެއްޔާއި މޮޑެވޭތަން ބަލަން ހުންނާކަށް ފަލަކުއަކަށް ކެތެއް ނުވާނެއެވެ.
**********
“މިހާރު ހާދަ ލަސްވެސް ވެއްޖޭ…އެއޮއްގެން ހަތަރުގަޑި ވިހި ވާން ދަނީ”..ޝައިބާ ފަލަކު ނައިސްގެން އަފީފާގާތު ކުދި ކިޔަމުން ދިޔައެވެ.މިހާރު ހަމަ ދެމައިން އެކުވެގެން ޔޫލްއާއި ފަލަކު ދުރުކުރުމަށް އެތިބީ އަތުކުރި އޮޅާލާފައެވެ.ނޭނގުމެއްގެ ތެރެއިން ވިޔަސް މިފަހަރު ތަގުދީރު ދުރުކޮށްފައިވާ ދެލޯބިވެރިންގެ އެ ގުޅުމުގައި ގޮށް ޖެހިގެން ދާން އެއުޅެނީ ޝައިބާގެ އަމިއްލަ އަތުން ތައްޔާރު ކުރެވިފައިވާ މަޅިފައްޗެއްގެ ސަބަބުންނެވެ.އެއްވެސް ޙަޤީގަތެއް ނެތް ޔޫލްގެ ލޮލުގައި އަނދުން އަޅުވަން ނަގާފައިވާ ފޮޓޯތައް މިއަދު އެވަނީ ޔޫލްއާއި ފަލަކުގެ ގުޅުމުގެ އަސްލު ކަމުގައި ވެފައެވެ.
ފަލަކުއަށް އައިސް ގެއަށް ވަދެވުނުއިރު ޒުހޭރު އިނީ ސިޓިންގ ރޫމުގައެވެ.ފަލަކު ގޮސް ބައްޕަގާތު ސޯފާގައި އިށީނުމަށްފަހު އޭނާ ކައިވެންޏަށް ޤަބޫލު ވާހަކަ ބުންޏެވެ.އޭރު ޝައިބާވީ އަފީފާއާއި އެކު ކޮޓަރީގައެވެ.ފަލަކުގެ ޖަވާބުން ޒުހޭރުވެސް އިނީ ވަރަށް ހިތްހަމަ ޖެހިފައެވެ.ޔޫލްއަކީ އެހާ ރަނގަޅު ޢާއިލާއެއްގެ ކުއްޖަކަށް ވެފައި ޔޫލް ފަލަކު ނުހަނު އުފަލުގައި ގެންގުޅޭނެ ކަމަށް ޔަޤީންކުރާ ޙާލު ހަނީފްއަށް ގުޅާލުމަށްފަހު އެ އުފާވެރި ޚަބަރު ދިނެވެ.މަންމަ ކޮޓަރިން ނިކުމެ ނިކުމެ ހުރި ޝައިބާއަށް އެއަޑު އިވުމުން އޭނާގެ އަތުގައި އޮތް ފޯނު ދޫވެގެން ވެއްޓުނެވެ.އޭނާއަށް ހީވީ އޭނާގެ ދުނިޔެ ހުއްޓުމަކަށް އައީ ހެންނެވެ.
ފަލަކުއާއި ޒުހޭރުއަށް އެދިމާ ބަލައިލެވުނު އިރު އަފީފާވެސް އެއަޑަށް ކޮޓަރިން ނިކުމެއްޖެެއެވެ.ޝައިބާ ފޯނު ނެގުމަށްފަހު ފޯނު ހިފައިގެން ކޮޓަރިއަށް ދެމިގަތީ އެއުފަލުގައި އޭނާ ބައިވެރިވާން ބޭނުން ނުވާތީއެވެ.ޒުހޭރު ފަލަކުއާއި ޔޫލްގެ ކައިވެނީގެ ޚަބަރު ދިނުމުން އަފީފާއަށް ފަލަކުއަށް ބަލައިލެވުނީ ރޭގައި އެހާވަރު ކޮށްލީމަވެސް ފަލަކުއަށް ކައިވެންޏަށް އެއްބަސް ވާން ކެރުނީތީ ހަމަ ހައިރާން ވެހުރެފައެވެ.އަފީފާގެ އެ ބެލުމުގައިވާ ނުރައްކާތެރި ކަމަކުން ފަލަކު ބޭނުންވީ އިހަށް ކޮޓަރިއަށްވެސް ނުގޮސް ބައްޕަގާތު މަޑު ކޮށްލާށެވެ.އެހެން ނޫނަސް މިހާރު ޝައިބާ ގާތުގައި ހުއްޓަސް އެދެ މީހުންނަކީ ދެބީރަށްޓެހިން ފަދައެވެ.ދެބެންގެ ގުޅުން ވަނީ ލޯބީގައިޖެހި އެހާވަރަށް ހީނަރުވެފައެވެ.އަފީފާ ކިތަންމެ ރުޅިއަޔަސް ދެން އޭނާއަކަށްވެސް ކުރެވޭނެ ކަމެއް ނެތެވެ.ފަލަކުއާއި ދިމާއަށް މޫނު ހަދާލާފައި ގޮސް ކޮޓަރިއަށް ވަނީ ހުރިހާ މަގެއް ބަންދުވީކަން އެނގި ގޮތް ހުސްވެގެންނެވެ.
**********
އޭގެ ދެދުވަހެއްގެ ތެރޭގައި ރަންކިޔާ، މިރޭ މީ ކައިވެނި ކުރަން ހަމަޖެހިފައިވާ ރެއެވެ.ޔޫލްމެންގެ ގެ ‘ސީވިއު’ފެއްސާއި ހުދުން ދިއްލާލައި،ޒީނަތްތެރި ކޮށްލާފައިވަނީ ބަލާލި މީހެއްގެ ލޯ ތަރަތަރަ ޖަހާހާވެސް ފުރިހަމައަށެވެ.ހުރި ހަމައެކަނި ދަރިފުޅުގެ ކައިވެނީގެ ޙަފްލާގައި ހަނީފް އެއްވެސް ކަމެއް އުނިވިޔަ ދޭނެ ހެއްޔެވެ؟ސީމާގެ މޫނުމަތިވެސް ވަނީ އުޖާލާވެފައެވެ.އެންމެ ފަހުން އޭނާ ކުރި ދިގު އިންތިޒާރުވެސް ނިމުމަކަށް އައީތީއެވެ.އެދެމަފިރިންގެ ހުރިހާ އުއްމީދެއް ދަރިފުޅުގެ ކައިވެންޏާއިއެކު ފުރިހަމަ ވެގެން ދާނެއެވެ.
***********
ޑްރެސިން ޓޭބަލްގެ ކުރިމަތީގައި އިން ފަލަކު ތައްޔާރު ކުރުމުގައި ދެ ބިއުޓީޝަނުން ހަރަކާތްތެރި ވަމުން ދިޔައެވެ.ހުދުކުލައިގެ ބޮޑު ވެޑިން ޑްރެސްގައި އިން ފަލަކު ލުއި މޭކަޕެއްގައި އިންއިރު އޭނާގެ ރީތިކަން ވަނީ އެތައްު ގުނައަކަށް އިތުރު ވެފައެވެ.ކައިރީގައި އެނދުގައި އިށީނދެލައިގެން އިން ޝައިބާ އަށްވެސް އާ ކައިވެންޏަށް ތައްޔާރު ކުރެވިފައިވާ ފަލަކުގެ ރީތިކަމަށް ހިތާއިހިތުން ތަޢުރީފް ކޮށްލެވުނެވެ.
ނަމަވެސް މަޖުބޫރު ވެގެން ކުރާ އެ ކައިވެނީގައި ފަލަކުގެ ހިތް ވަނީ އެއްވެސް ކަމަކަށް އުއްމީދު ކުރުން ހުއްޓާލާފައެވެ. ޝައިބާގެ އުފާތައް ފޭރިގަނެގެން ކުރަންއުޅޭ ކައިވެނިން އެއްވެސް އުފަލެއް ނުލިބޭނެކަމަށް ބުނެ ބަލާބޮޑުކުރި މަންމަ ވަނީ ފަލަކުއަށް ފައުޅުގައި އެތައް ބަދުދުޢާއެއް ކޮށްފައެވެ.އަނެއްކޮޅުން ބައްޕަ ފަރާތުން އެނގުނު ގޮތުގައި މަންމަވަނީ ފަލަކު މިދުނިޔެއަށްލީ ނޭވާއާއިއެކު ދުނިޔެ ދޫކޮށް ގޮސްފައެވެ.މަންމައާއި ބައްޕަ ކައިވެނިކުރީ ޝައިބާގެ މަންމައާއި ކައިވެނި ކޮށްގެންހުރި ނަމަވެސް އެކަން ދެމީހުންނަށްވެސް ސިއްރު ކޮށްގެން ކަމަށް ބައްޕަވަނީ ފަލަކުގެ ކުރިމަތީގައި އަމިއްލައަށް އިޢުތިރާފް ވެފައެވެ.އަދި މަންމަ ފަރާތު އާއިލާގައި މިހާރު ދުނިޔޭގައިހުރީ ފަލަކުގެ ބޮޑުދައިތަކަމަށް ބުންޏެވެ.ކޮންމެ ގޮތެއްވިޔަސް މާޒީވެ ގޮސްފައިއެވާ ކަންތަކުގައި ދެ މަންމައިންގެވެސް ކުށެއްނެތެވެ.ނަމަވެސް އެންމެ ކުޑައިރުއްސުރެ އެހާ ލޯބިދިން ބައްޕަ ކުއްވެރިކޮށް އެ ބައްޕައަށް އިނގިލި ދިއްކުރާކަށްވެސް ފަލަކު ބޭނުމެއް ނުވެއެވެ.
“ދަރިފުޅާ އަވަހަށް އާދޭ..ޔޫލްގެ ބައްޕަ އެބައިން ކާރުގައި ދަރިފުޅު ބަލާ އައިސް.ޝައިބާއާއި ދެކުދިން ދޭ ކާރުގަ….ބައްޕަ ދާނަން މަންމަ ގޮވައިގެން ސައިކަލްގަ…”ޒުހޭރުގެ އަޑަށް ފަލަކުއާއި ޝަައިބާއަށް އެކީ ކަހަލަ ގޮތަކަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ.
**ނުނިމޭ**
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
82 Comments!
Comments are closed.





What a twist noor….dhn vaanee keehbaaa…..story v v v nice engey…..btw m first dhw???
Thanx ❤mixoo n myly..ya..u r the 1st dear
Me first mi part ves vv reethi waiting for next part
Thanx cya..❤
Yes haahaa now u poop shaibaa?luv this story ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
Thanx yaanaa..❤
Affefaa maa fonivegen ulheyne kameh neh kohnmehn.. Falak marry kuraany yool aa balanhunnahche…..
Haha…asluves dhw..thanx Zuhairu..❤
wow ..varah rythi hyvany hama sifa vaahen ?
Thanx messi…❤
Tool thenku
Thanx Azoo…❤
wowo..amazing..?
Thanx Pinkish.❤
Pls pls pls…shaiba aa yool dhurukoh..falak aa gulhuvahchey…ehen nunii mi nuves kiyaanan..
Anyways v v v reethi..
Thanks ‘Me’.❤
Story loabika dear.. ???????????adhi mihaa avahah up kohlla dheythee v.happy ..keep it up?
& thihaa loabi comment kuraathy varah ufaavey..❤
noor … yool n falky kaivenii kuruvah chey … ithuruu mahsalayeh jehey goveh nuhadhha chey plx plx plx… falky n yool wow .lovely ♡♡♡ waiting next part …. love
Thanx 4 the lovely comment sam♥❤
vaahaka varah furihama.. next part avahah up kohla dheythi pls … noor konme haalega ves yool n falki marrry kuruvaathi … ??? shaibaa dherakohfa bahahtaa abadhuves
Thihaa interestaa eku mivaahaka kiyaathy thank u AKI..❤❤❤
Wow..v reethi.. avahah shaiba aa zeel kuri kanthah falhaa aruvaalaafa falak aa yool abadhah gulhuvaa. next part kon irakun.. v inthizaaru kurevey..
Thihaa interestaa eku mivaahaka kiyaathy thank u Maly..❤❤❤
meethi kiyaafa handhaan vany dil ka rishtha,
Reallyyy…anyways thanx naash..❤
Nice story?
Thanx Rose..❤?❤
Noor haadha molhey wow v salhi mipart ves
Thanx Neel….❤?❤
V v v reethi. Hurihaa vaahaka eh hen kiyan ,ekamu comenteh mi story ah noony nukuran.
Awwwwhhh..reallyyy..varah ufaavejje mivaahaka ah thifadha khaassa gotheh behetteethee..thanx Mishy..❤❤❤
Hey Noor ☺
V reethi mi part ves.. ?
Waiting for the next part..
Ohhh..happy to c ur comment Liaa…its really a pleasure dear..❤❤❤
Varah reethi mi part ves.. eagerly waiting for next part ?❤?
Thanx Adha..varah ufaavey thigothah daily koh comment kuraa frndnnaa dhimaaveema..❤❤❤
noor!! vvvv salhi. mihaaru anehbai kiyaa hithun hurevenyky ehnuun!! masha allah you’re fabulous!! keep it up. waiting waiting. when nxt part???
Ohhhh thanx song joong ki..KOREAN..THANK U..will try to up tomorrow night…❤❤
ok thanks
Wc.?
WOW!! V salhi.. Alhe Yool badhalu hifan dhw Falak aa marry kuran e ulheny.. First nightga Yool ah angahchey Zeel aa Falakge medhuga gulhumeh nuhin’gaakan.. Kurin liyunu vaahaka-ahvure mi story maabodahves reethi.. Waiting for the next part.. Keep it up Noor 🙂
Hey Saandy…its really a great pleasure to c ur comment …THANK U..❤❤❤
Wow??? . V reethi mi part vx??
Thanks ummi..❤❤❤
Omg varah reethi fabulous
Asluves varah molhuigey mashaallh
Keep it up
Ohhh..so happy to read ur comment ???thanks dear..❤❤❤
I want…. falak n yool marry kuraa nyt ga zeel ge dhulun hurihaa vaahaka eh komeves gothakah yool ah kiyaadheen…. n ekamugaa zeel zinmaaavaan…… or arooshaage dhulun….. konmevess gothakun e missunderstand filuvaalaa…. plx Pls Pls….erun vee reethivaane…. n geness dhechee falak ge mom ge whole stry…..pls egee.noor pls
Falak ge kusheh neiykan yool ah ingeyne adhi…but Falak mom ge story egothah gennan i didnt plane dear…lets c if i can manage bringing that details too…thanks 4 the idea dear..
Feshunyn suren vs mi vaahaka kiyan bt adhi mi commenteh kohlevuny hama reethi kamun. Mi nw mi site in enme reethi adhi enme kiyaa hithun kiyaa story.alhe kithah parts tha mi story ga innany? All the best
Varah ufaavejje comment kolleema..thanx laimaan…adhi nenge bunaakah…hama kiyuntheringe supportaai eku mi liyany…….❤❤❤
Masha allah❤….mi part vx hama habeyys….eagerly waiting 4 nxt part……..❤
Thanx Naana..❤❤❤
Vrh vrh salhi v ufaavey ehaa avahan vaahaka update vaathee
Thanx Rish..its bcs of the lovely readers love & support dear..
V v salhi ekam haadha kurey
Thanx jam..ya i know dear..but dhigukoh liyan varah undhagu phonun type kuraathy..but still readers ufalaa eku balaigannaathy varah ufaavey….❤❤❤
Masha allah noor.. U r great. Noor story kiyan abadhu ves. But adhi alah mi comment eh kohly hama nuhurevigen. V rythi story eh mee. hama kehtheri kameh nethi inthizaaring for next ep. Pls upld soon. Luv u mikahala rythi story genesdheythyy dear. ??????
Ohhh asluves varah ufaavejje comment kollyma…mikahala comments kiyaafa varah hiyvaru libey …thanx dear..❤❤❤
Masha allah v rythi falak ah dhera ennudhechchey falak look ah hurihaa eh cheh kiyaadhy adhi zeel ves prty ah ais maafan edhifa v goiy kiyaadhybala look ah eyrun e mis unders tanding rangalhuvaany noor stry v rythi v furihama gud job ???keep it up waitin nxt prt kon irakun nxt prt thanks 4 the luvly stry noor???❤❤❤????????
& thanks for the lovely comment dear..May b tonight ves liyevuniyyaa up kohdheynan..❤❤❤
Kihineh baa vaani dw marry kureveyne baa..noor mi v dhigu story eh tha
hama partakah fahu parteh miliyany readers ge supportaa eku…thanx for the comment dear..❤❤❤
Wowwwwww… mi part vx varah reethi. .
Thanx ReeXa..❤❤❤
V reethi story ey… Next part v avaha up koh dhechhey
Thanx Falak..May b tonight later …❤❤❤
Wooww.. i luurrvv this story.. ❤❤❤keep it up noor.. btw this is the first time i am commenting on a story ?.. waiting for the next part?
Ohhhh..ur comment means alot to me dear…thanks
?Noor ge age bunedhyba…..?plx..?…I love this part a lot.♥️….alhe kihineh baa vani..?….waiting for next ep???
Thanx Lai..❤❤❤
Ebunaahen bunebala noor your age….btw love this part ❤️
Thanx dear…sorry dear…public ga vyma…
Noor ulhey rah bunedhyba…… nubunachey secret ekey…at least atoll……I ♥️♥️♥️♥️♥️♥️This part so much……I became a fan of you???..Waiting impatiently for the next part
Hulhumale’.ohhh thanxx dear..❤❤❤
Mirey 9 haairu up kohdheveynetha
Yes…in sha Allah will up at 9…❤❤
wow a lovely part.. Noor you are the best
Thanx..happy to c ur comment after a long time..❤❤
wow nice Thanks noor
Thanx & wc sheen..❤❤❤
Vrh vrh salhi… ??
Thanx Mathoo..❤❤❤