Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވާށެ އޯގާ ހިތާ 11

maroon Level 710 Stories100 Comments500 Comments100 Login1K Comments100 Stories
July 1, 2017 12 Mins Read
55 Comments

ސާއިމްގެ ދޫވެފައިވާ ހިތް އެދެމުން ދިޔައީ ޒައިނާއަށް އެހިތުގެ ހާލަތު ކިޔާ ދިނުމަށެވެ. ނަމަވެސް އޭގެ ކުރިން ޒިޔަމްގެ ހިޔާލް ހޯދަން ބޭނުމެވެ. ޒިޔަމްއަކީ އެއްމެ ގާތް އެކުވެރިޔާއަށްވެ ހުރެ ކޮއްކޮ އެއް ކައިރިއަށް ދިޔުމުގެ ކުރިން ކޮންމެހެން އަހަން ޖެހޭނެކަމަށް ސާއިމް ގަބޫލުކުރެއެވެ.

އެހެންކަމުން މިރޭ ޒިޔަމް އެގެޔަށް މެޗް ބަލަން އައުމުން އެވާހަކަ ދައްކަން ނިއްމައިގެން ސާއިމް ހުއްޓެވެ.


 

ޒިޔަމް ފިޔަވައި މާކޯނީގޭ އާއިލާގެ އެހެން މެމްބަރުން ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔައެވެ. އެކުވެރި މަޖާ މާހައުލެއްގައެވެ. ނަމަވެސް ޝާހިދުއާއި ޖެހިގެން އިން އަމީރާ ދޭތެރެ ދޭތެރެއިން ފޯނަށް ބަލާލައެވެ. ހީވަނީ ކޮންމެވެސް ކަމެއްގެ އިންޒިތާރުގައި އިންހެންނެވެ. ދޭތެރެ އަކުން  އެއްޗެއް ބުނެލިއަސް ސަމާލުކަން ވަނީ އެހެން ކަމެއްގައެވެ.

“ދަރިފުޅާ ކިހިނެތް ކްލިނިކްގެ ކަންތައްތައް. ބައްޕަ ބޭނުމެއް ނޫން އެކަން ދަރިފުޅުގެ ކިޔެވުމަށް އެއްވެސް ގޮތަކުން ބުރޫ އަރާކަށް” ޖޫސްތަށިން ފޮދެއް ބޯލަމުން ޝާހިދު ކުރިމަތީގައި އިން ޒައިނާ އާއި ވާހަކަ ދެއްކިއެވެ.

“ކްލިނިކް ރަގަޅު ބައްޕާ. ބައިވަރު ކަންތައްވެސް ދަސްވޭ އެބަ. މަންމާ! އަޅުގަނޑު ހަނދާން ނެތިފައޭ މިހިރީ. އަޅުގަނޑުގެ އާ ފުރެންޑެއް ޒީން ކިޔަނީ އަންނާނެ މާދަމާ މިގެޔަށް. ބައްޕައަށް އެގިލައްވާނެ ޒީން” ޒައިނާ ވަނީ ޒީން ގެއަށް އައުމަށް ދައުވަތު ދީފައެވެ. ޒައިނާ އުއްމީދުކޮށްގެން ހުރި ވަރަށް ވުރެ އަވަހަށް ޒީން އާއި ދެމީހުންގެ ގުޅުން ބަދަލި ވެގެން އެބަދެއެވެ. ޒީން އަކީ މަޑުމައިތިރި ބަސްމަދު މިޒާޖެއްގެ ކުއްޖެއްހެން ކުރިން ހީވިއަސް ޒީން އާއި އެކީ ގިނަ ވަގުތުތަކެއް ހޭދަކުރުމުން އެކަން މުޅިންހެން ބަދަލުވެގެން ދިޔައެވެ.

“ޒީން އުޅެނީ މިހާރު އޮފީހުގެ ވަޒީފާގައެއްނު.. ވަރަށް ކަންކަމާއި ކުރިމަތިލާން ކެރޭ ރަގަޅު އަހުލާގެއްގެ ކުއްޖެއްހެން ބައްޕައަށް ހީވަނީ” ޝާހިދު ޒީން އާއި ބެހޭ ގޮތުން ދައްކަމުން ދިޔަ ވާހަކަ ހުއްޓާލީ ކައިރީގައި އިން އަމީރާގެ ފޯން ރިންގުވާ އަޑަށެވެ. މޭޒުމަތީ އޮތް ފޯނުގެ ސްކުރީނަށް ބަލާލުމަށް ފަހު ޝާހިދު އަމީރާގެ މޫނަށް ބަލާލިއެވެ. އަމީރާގެ މޫނުމަތިން ހާސްކަމުގެ ކުލަވަރެއް ފެންނަމުން ދިޔައެވެ. ކާން އަގަޔަށް ލާން އުޅުނު އެތި ކޮޅު އަބުރައި ތަށީގައި ބޭއްވުމަށްފަހު އަމީރާއަށް ހުރެވުނީ ރިންގު ވަމުން ދިޔަ ފޯނަށް ބަލަހައްޓައިގެންނެވެ.

“އަމީރާ” ޝާހިދު މަޑުމަޑުން އަމީރާގެ ކޮނޑުގައި ހިފާލިއެވެ. އަމީރާ ޝާހިދުއަށް ބަލާލުމާއި އެކު ޝާހިދު ބޯޖަހާލިއެވެ. ފޯނު ނަގާށޭ އެ ހަރަކާތުގައި ވިއެވެ. ތުރުތުރު އަޅާއޮތް އަތުގެ އިނގިލިތަކުން އަމީރާއަށް ފޯނު ނެގުނީ ކެނޑެން އެއްމެ ރިންގަކަށް ވެފައި ވަނި ކޮށެވެ. އަވަސް ހިގުމެއްގައި ފޯނު ކަންފަތުގައި ޖަހައިލައިގެން ކޮޓަރި ތެރެއަށް ވަދެ ދޮރު ލެއްޕިއެވެ.

“މަންމަ އަށް އެގުޅީ ކާކު” ޝާހިދުއާއި އަމީރާގެ ހަރަކާތްތައް ބަލަން އިން ޒައިނާ ސުވާލުކޮށްލީ ޝައުގާއި އެކީގައެވެ. ނަމަވެސް އޭގެ ޖަވާބު ދިނުމުގެ ބަދަލުގައި ހިނިތުންވެލައި ދަރިފުޅު އެކަމައި ނުވިސްނުމަށް އެދުނެވެ. އަދި ވާހަކައިގެ މިސްރާބު  އެހެން ދިމާލަކަށް އަބުރައިލިއެވެ.

“ދޮގު ދޯ ތިހަދަނީ، ރަގަޅަށް ބެލިންތަ” އެކޮޅުން ދެއްކި ވާހަކަ އަމީރާ ގަބޫލުކުރަން ބޭނުން ނުވި ކަހަލައެވެ. ހިތް ބާރު މިނެއްގައި ތެޅެމުން ދާއިރު އަތްފައި ވަނީ ފިނިކޮށްލާފައެވެ. އެނދު ކައިރީގައި ފޯނުން ވާހަކަ ދައްކަން ހުރި އަމީރާއަށް އެނދުގައި އިށީދެވުނެވެ. އަދި ކައިރީގައި އޮތް ބާލީސް ނެގެސް ގަޔާލައި ބޮނޑިކޮށްލިއެވެ. އެކޮޅުން ދައްކަމުން ދިޔަ ވާހަކަ އަޑު އަހަމުން ދިޔަ އިރު ލޮލުން ފައިބަމުން ދިޔައީ ހިތާމާއިގެ ކަރުނައެވެ. ގޮތް ހުސްވެފައިވާ މީހެއް ފަދައިންނެވެ.

ޝާހިދު އަވަސް ގޮތަކަށް ކައި ނިއްމައިގެން ކޮޓަރިއަށް ވަން އިރު އަމީރާގެ މަޑު ގިސްލުމުގެ އަޑު ކޮޓަރި ތެރޭގައި ވިއެވެ. އެހިސާބުން ކަންތައް ވީގޮތް ދެނެގަނެވިއްޖެއެވެ.

“އަމީރާ ދެން ކުރާނެ ކަމެއް ނެތް. ހިތްވަރުކޮށްލާ. ކަރުނައިގައި އަމީރާ ރުއި ރޭތައް އަހަރެންގެ މިދެލޮލުން ދުށިން. ތިހިތުގައި އެޅި ވޭން އަހަރެންވެސް އިހްސާސް ކުރިން. އެކަމަކު އަމީރާ. އަހަރަމެންގެ އެބަ ތިބި ދެދަރިން. އެކުދިންނަށްޓަކައި ނަމަވެސް ހުއްޓާލާ. އަމީރާވެސް އަހަރެންވެސް ޒުވާން އުމުރު ފަހަނަޅާ ގޮސް މުސްކުޅިންނަށް މިވަނީ. ދުވަސްކޮޅަކުން މާމަ ކާފަ ކިޔާ ކުދިން ލިބޭނެ. އަހަރެން ބޭނުން އެދުވަސް ދެކެން. އަދި އަހަރެންގެ އިތުރުން ޒައިނާ އަދި ޒިޔަމްވެސް ބޭނުންވާނެ އަމީރާ އެމީހުން ކައިރީގައި ތިބެން. ތިގޮތަށް ރޮއި ހިތާމަ ކުރުމުން އަމީރާގެ ހިތަށް ލޯޑު ބޮޑުވާނީ. ދެން ހުއްޓާލާ. އިރާދަކުއްރެއްވިއްޔާ ދެރަ ގޮތެއް މެދުވެރިއެއް ނުކުރައްވާނެ” އަމީރާގެ ބޮލުގައި ޝާހިދު ފިރުމާލަމުން ވާހަކަ ދެއްކިއެވެ. އަމީރާ އަކީ ހިތުގެ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހަކަށް ވުމުން ޝާހިދު އަބަދުވެސް މަސައްކަތް ކުރަނީ އަމިރާ އުފަލުގައި ބަހައްޓައި ދެވޭތޯއެވެ. އެކަމަކު މިއަދު ޝާހިދުއަށް އަމީރާއަށް އެހީވެދެވެން އޮތީ ހަމައެކަނި ހަމްދަރުދީގެ ބަސްތަކުންނެވެ.

“ޝާހިދު، މަރުވަން ދެންވެސް އަހަރެން އިންތިޒާރު ކުރާނަން” ޝާހިދުގެ ކޮނޑުގައި ބޯ އަޅާއިލައިގެން އޮތް އަމީރާއަށް ބުނެވުނީ އެހާ ވަރަށެވެ. އަޑު ބެދިއްޖެއެވެ. ދެލޯ މަރާލުމަށްފަހު އަމީރާ ފުން ނޭވާއެއް ލިއެވެ. ބަރުވެފައިވާ ހިތަށް ލުއި ކަމެއް ލިބޭތޯއެވެ. އެހެން އޮވެ އަމީރާއަށް ނިދުނެވެ.


 

ޒީން މިއަދު އޮފީހަށް އައިސް އިނީ އިއްޔެ ޒިޔަމް ހަވާލުކުރި މަސައްކަތް ނިއްމުމުގައެވެ. ޒިޔަމް މޭޒު މަތި ފައިލްތަކުން ފުރިފައިވާ އިރު ހިވާގިކަމާއި އެކު މަސައްކަތް ކުރަމުން އެދަނީ މާދަމާ އައްޑޫގައި ހުޅުވޭ އެ ކްލިނިކްގެ ބުރާންޗުގެ އެއްމެ ފަހުގެ މަސައްކަތް ނިއްމުމުގައެވެ. ޝާހިދު މިދަތުރުގައި ދާން ނިއްމާފައި އޮތަސް އެއްމެ ފަހު ވަގުތު އެކަން ބަދަލުކުރަން ބޭނުންވީ އަމީރާއަށް އޭނާގެ އެހީތެރިކަން މިވަގުތު ބޭނުންވާތީއެވެ. މީ ޒިޔަމްގެ ފުރަތަމަ އަދި މިހާތަނަށް އޮފީހަށް ވަން ފަހުން ކުރަން ޖެހުނު އެއްމެ ބޮޑު މަސައްކަތް ކަމުން ހުރިހާ ކަމެއް އެއްމެ ރަގަޅަށް ކުރެވޭތޯ އުޅުނެވެ. ނޭނގޭ ކަމެއް އޮތިއްޔާ އޮފީހުގެ އެހެން ސްޓާފުން ކައިރީ އަހައި ދެން އެމީހުންގެ އެހީތެރިކަން ވެސް ހޯދަމުން ދިޔައެވެ.

ކަޅު ކުލައިގެ ބެލްސަކާއި ގަދަ ރަތް ކުލައިގެ ބުލައުސް އެއް ލައިގެން ހުރި ޝަމްހާ ލޮލުގައި އޮތް އަވި އައިނު ނަގައިލައި ހާމައަށް ދޫކޮށްލެވިފައިވާ އިސްތަށިގަނޑުގެ ތެރެއަށް މަހާލިއެވެ. އަދި އެކަނި ހުރެ ލިފްޓު ތެރޭގައި ހުރި ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. ގަދަ ރަތްކުލައިގެ ލިޕްސްޓިކުގެ ޝޭޑެއް ތުންފަތްމަތީގައި ވީ އިރު އެސްފިތަކާއި ބުމަވަނީ ކަޅު ކުލައިން ފަރި ކުރެވިފައެވެ. ލޮލުގައިވަނީ މަޑު ބުރައުން ކުލައިގެ ލެންސެއް ލައްވާފައެވެ. އަތުގައި އޮތް ކަޅުކުލައިގެ ދަބަސް ތެރެއިން ސެންޓު ފުޅިއެއް ނަގައި ގަޔަށް ހިތް ފުރޭ ވަރަށް ސެންޓު ބުރުވާލިއެވެ. އަދި އެއްމެ ފަހުގެ ބެލުމަކުން ލޯގަނޑަށް ބަލައި އެއްވެސް ކަމެއް އުނިތޯ ބަލާލިއެވެ.

ނުވަ ވަނަ ބުރިއަށް އާދެވުމާއި އެކު ލިފްޓުގެ ދޮރު ހުޅުވިއްޖެއެވެ.  ފުޅާ ހިނިތުންވުމަކާއި އެކީ އަރައިގެން ހުރި އުސް ހީލްއާއި އެކު ޝަމްހާގެ މިސްރާބު ވަނީ ޒިޔަމްގެ ކެބިންއާއި ދިމާލަށެވެ. އެހިގުމުގައި ދިޔައިރު މޮޑެލް އަކަށް ދޫ ނުކުރާނަމޭ ބުނާ ފަދައެވެ.

މަސައްކަތަށް ޢަރަގުވެގެން އިން ޒިޔަމްއަށް ކުރި މައްޗަށް ބަލާލެވުނީ ޝަމްހާގެ ފައިވާނުގެ އަޑަށެވެ. އެވަގުތު ޒިޔަމް ހުރީ ފޯނެއްގައި ކަމުން ޝަމްހާ ގޮސް ޒިޔަމްގެ މޭޒުގެ ކައިރީގައި މަޑުކޮށްލައި ޒިޔަމްއަށް ބަލަމުން ދިޔައެވެ. ޒިޔަމް އެކަމަށް ސަމާލުކަން ނުދީ ބެލީ ގުޅައިގެން ހުރި މީހާއަށް ކަންތައް ކުރަންވީ ގޮތް ކިޔާދިނުމަށެވެ. އެކޮޅުން ވާހަކަ ދައްކަމުން ދިޔައީ ބިދޭސީއެއް ކަމުން ޒިޔަމް ކިޔަމުން ދިޔަ އެއްޗެއް އެތައް ފަހަރަކު ތަކުރާރު ކުރަންޖެހުނެވެ.

އެތެރެއަށް ވަދެގެން އައި ޝަމްހާ ފެނި ޒީން ދިޔައީ ހައިރާންވެގެންނެވެ. ކުރިން ދުވަހު ދިމާވި ކަންތަކަށް ފަހު ޝަމްހާ ޒީންއާއި ދިމާލަށް ކީހާ އެއްޗެއް އަދިވެސް ހަނދާނުގައި އެބަ ހުއްޓެވެ. ހިތުން ދުއާ ކުރެވެމުން ދިޔައީ ޝަމްހާއަށް ނުފެންނާނެ ކަމަށެވެ.

“ޒިޔަމް ކިހިނެތް. މިއަދުވެސް ހަމަ އެހާ ބިޒީތަ” ޒިޔަމް ފޯނު ބޭއްވުމުން މޭޒު ކައިރީގައި އިން ގޮނޑި ދަމައިލައި އެއްފައި މައްޗަށް އަނެއްފައި އަރުވަމުން ޝަމްހާ އަހައިލިއެވެ.

“އާން މިއަދު މާ ބިޒީ” ކުޑަކޮށް ހީލަމުން ޒިޔަމް ވާހަކަ ދެއްކިއެވެ. ޝަމްހާއަށް ސަމާލުކަން ނުދީ ޒިޔަމް މަސައްކަތަށް އެބުރި ދިޔައީ ކުރަން ހުރި ކަންތައް ގިނަކަމުން އެކަންޏެއް ނޫނެވެ. ޝަމްހާ މާގިނައިން ޒިޔަމް ހޯދަން އަންނަ ސަބަބު ޒިޔަމްއަށް އެގެއެވެ. ދޭތެރެއަކުން ހާލު އަހުވާލު އަހާލުމަށް ކަމަށް ބުނެ މެސެޖެއް ފޮނުވަފާނެވެ. ނަމަވެސް ޒިޔަމް އޭގެން އެއްވެސް މެސެޖަކަށް ޖަވާބު ނުދެއެވެ. ޒިޔަމް ހީކުރީ ޝަމްހާއަށް އެވަރުން ދޭން ބޭނުންވާ މެސެޖު އެގޭނެކަމަށެވެ. ނަމަވެސް އެކަންތައް ދިމާވީ މުޅިން ތަފާތު ކޮށެވެ. ޝަމްހާ އޮފީހުން ނޫނީ ގެއިން އޭނާގެ މަގުސަދު ހާމަކުރަން އުޅެދާނެއެވެ. އަދި މެސެޖުތަކާއި ކޯލްތައް އިހުނަށްވުރެ ވީ އިތުރެވެ.

“މިހާރު ކޮން ދުވަހެއް ޒިޔަމްއާއި އެކަނި ބައްދަލުކޮށްލަން ބޭނުންވެގެން އުޅޭތާ. ހިނގާ ބަލަ ބޭރަށް.” ޝަމްހާ ޒިޔަމް ނަގައިގެން އިން ފައިލް ލައްޕާލިއެވެ. އެޔާއިއެކު އެހެން ނުހެދުމަށް ޒިޔަމް ބުނަން އުޅުނު ނަމަވެސް އެތެރެއަށް ވަދެގެން އައި ބައްޕަ ފެނި އެބަސްތައް ނުބުނީއެވެ.

“ޝަމްހާ ދަރިފުޅާ. މިތާ ކީއްކުރަނީ” ގޭގައި ހުރުމަށްފަހު ޝާހިދު އޮފީހަށް އެއައީ ޒިޔަމްއަށް އެހީވެދޭށެވެ.

“އަޅުގަނޑު މިހެން ދަމުން އައިސްލީ. ޒިޔަމް ކައިރީ ވަރަށް ބުނެފިން އަޅުގަނޑާއި އެއްކޮށް ކޮފީއަކަށް ނަމަވެސް ހިނގާށޭ. އެކަމަކުވެސް އަބަދު ބިޒީ ނޫން ބަހަނާއެއް ނޯވޭ” ޝަމްހާ ބެލީ ޝާހިދުގެ ބޭނުން މިވަގުތުގައި ހިފާށެވެ.

“ޒިޔަމް ވަރަށް ބިޒީއޭ ދޯ ދަރިފުޅާ. އައްޑޫގެ ބުރާންޗު ހުޅުވުން މާދަމާ އޮވޭ. ނުނިމި ހުރި ބައެއް ކަންތައް ކުރުމުގަ އެއުޅެނީ” ހިނިގަނޑަކާއި އެކީ ޝާހިދު ވާހަކަ ދެއްކިއެވެ. އަދި ޝަމްހާ އާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. ޒިޔަމް ބައްޕަގެ ވާހަކަ ތެދުކުރުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

“ބައްޕަ މިއައީ އޮފީހުގެ ކަންތަކާއި ހަވާލުވާން. ދަރިފުޅު ދޭ ގެއަށް ގޮސް އަރާމްކޮށްލަން. ހަވީރު ފުލައިޓުން ދޯ ޖާގަ ލިބުނީ. ދަރިފުޅާއި އެކު ޒީންވެސް ގެންދަންވީނު. އޭރުން ފަސޭހަ ވާނު، ބައްޕަ ހުސެއިނު ކައިރީ ބުނެގެން ޖާގަ އޮތްތޯ ބަލާފަ މިއައީ. ބުނި މިދުވަސްކޮޅު ވީމަ ފުރާ ގަޑީގަ އެއާޕޯޓަށް ގޮސްވެސް ޖާގަ ލިބޭނެއޭ”

“ކޮބާތަ ޒީން” ވާހަކަ މެދުކެނޑުމެތް ނެތި ދައްކަމުން ގޮސް ޝާހިދު ޒީން ކޮބައިތޯ އަހާލަމުން ޒީންގެ މޭޒާއި ދިމާލަށް ބަލާލިއެވެ. ޒީންއަށް އެކިބިން ތެރޭގައި ދެއްމެ ދެކެވުނު ހުރިހާ އެއްޗެއް އަޑު އިވުމުން ޝާހިދު އޭނާ ކޮބައިތޯ އަހާލުމުން އެދިމާލަށް ބަލައިލިއެވެ. ޝާހިދު ޒީން އާއި ދިމާލަށް ބަލައިލުމުން ޝަމްހާވެސް އެދިމާލަށް ބަލާލިއެވެ. އެޔާއިއެކު ދެލޯ ބޮޑުވެގެން ދިޔައީ ޒީން އަކީ ކާކުކަން އެނގުމުންނެވެ.

ޝާހިދު އެތަނަށް އަންނަން އެދުމުން ޒީން މަޑު ފިޔަވަޅު ތަކެއްގައި ގޮސް އެހިސާބަށް ހުއްޓިލިއެވެ. ޝަމްހާގެ މޫނަށް ބަލާލިއިރު މޫނުމަތީގެ ކުލަވަރު ވަނީ ނަފްރަތުން ފުރިފައެވެ.

“ޒީން ދާނަން ދޯ ޒިޔަމްއާއި އެކީ. އޭރުން ދެކުދިންނަށް އެކަކު އަނެކަކަށް އެހީ ވެދެވޭނެއެއްނު”  ޝާހިދު އޭނާގެ ހިޔާލު އަދި އެއްފަހަރު ކިޔާލަ ދިނެވެ. ޒީން ބޯ ޖަހައިލީ ބަސްއަހާ ކުޑަ ކުއްޖެއް ފަދައިންނެވެ. ދާން ބޭނުން ނުވާކަން ބުނަން އުޅުނަސް އެހިތްވަރު ނުލިބުނީ ޝަމްހާގެ ރުޅިވެރިކަމުން އަވަހަށް ފިލޭތޯއެވެ.

“އަޅުގަނޑު ގޮސް ދާނަން ޒިޔަމްއަށް އެހީވާން. ޖޮބަށް އެޕްލައި ކޮށްގެން ނުލިބިގެން މިއުޅެނީ. ގޭގަ އިންނަން ވީމަ ވަރަށް ފޫހި” ޒީން ބޯ ޖަހައިލުމާއި އެކު ޝަމްހާ އަވަސް އަރުވާލައިފައި ބުނެލިއެވެ. ޒީން ޒިޔަމްއާއި އެކީ ނުފޮނުވަން ބަހަނާއެއް ދައްކާލިއެވެ.

“ތިހެން ވީމަ މާ ރަގަޅަކަށްނު މިވީ. ޒިޔަމް އެދެކުދިން ގޮވައިގެން ދާނީ. ޝަމްހާވެސް ޒީންވެސް އަވަހަށް ދޭ ގެޔަށް ގޮސް ތައްޔާރުވެލަން. ނެތެއްނު މާ ގިނަ އިރެއް” ޝާހިދުގެ މިފަހަރުގެ ހިޔާލަށް ތިން މީހުންވެސް ބޭނުންވީ ނޫނެކޭ ބުނާށެވެ.

ޒިޔަމް ޝަމްހާ އޭނައާއި އެއްކޮށް ގެންދަން ބޭނުމެއް ނުވެއެވެ. ޝަމްހާ ހުރީ ޒީން ބައިވެރިވާތީ ހިތްހަމަ ނުޖެހިފައެވެ. ޒީން ފުރަތަމަ ނޫނެކޭ ބުނަން އުޅުނީ ޒިޔަމް އާއި ދެމީހުން އެކަނި ދާން ޖެހުމުންނެވެ. ނަމަވެސް މިހާރު ޖެހިލުންވަނީ ޝަމްހާ ދާތީއެވެ.


 

ރޭގައި ޒިޔަމް އާއި ދެކެވުނު ވާހަކަތަކަށް ފަހު ސާއިމް ވިސްނަމުން ދިޔައީ އޭނާ ވާ ލޯބި ޒައިނާއަށް ކިޔާލަދޭނެ ގޮތަކާއި މެދުގައެވެ. މިއީ ސާއިމް ލޯބީގައި ކުރާ ފުރަތަމަ ދަތުރަށް ވުމުން މިކަމުގައި އަލެވެ. އަންހެން ކުއްޖެއް ދެކެ އިންތިހާ ދަރަޖައަށް ލޯބިވެވިއްޖެއެވެ. ނުސީދާކޮށް ހިތުގެ ހާލަތު ބުނެދެވިއްޖެއެވެ. ނަމަވެސް ޒައިނާ ކުރިމައްޗަށް އަރައި އެ އިހްސާސްތައް ބަޔާންކޮށްދޭނެ ގޮތެއް ސިކުޑިއަކު އަދިއެއް ނެތެވެ. އެޔަށް ވުރެ ބޮޑަށް ސާއިމްއަށް ވިސްނެމުން ދިޔައީ ޒައިނާ ދޭނެ ޖަވާބަކާއި މެދުގައެވެ. އާއެކޭ ބުނެފިނަމަ ސާއމް މިހިރީ ލޯތްބާއި އޯގާތެރިކަމުން ޒައިނާގެ ފަސްބައި ފުރާލަދޭށެވެ. ނަމަވެސް ނޫނެކޭ ބުނެފިނަމަ ދެން ވާނެ ގޮތަކާއި މެދު ސާއިމް ވިސްނާކަށް ބޭނުމެއް ނޫނެވެ. ނޫނީ ވިސްނަން ބިރު ގަންނަނީއެވެ.

ޒީން ގެޔަށް ގޮސް ތައްޔާރު ވެލައިގެން ހަތަރެއް ޖަހަންވާއިރަށް ފެރީ ޓާމިނަލް ކައިރިއަށް ދިޔައެވެ. ޒިޔަމް އާއި ޝަމްހާވެސް ކުޑަ އިރުކޮޅެއްގެ ތެރޭގައި ޓެކްސީ އަކުން އެތަނަށް އައެވެ. އެއް ޓެކްސީއެއްގައި އެދެމީހުން އައިއިރު ޒީން ހުރީ ފެރީ ޓިކެޓް ނަގައިގެންނެވެ.

ޒީން ފެނުމާއި އެކު ޝަމްހާގެ މޫޑް ހަރާބުވެގެން ދިޔަ ކަހަލައެވެ. ނަމަވެސް މިދަތުރު އޭނާގެ މަގުސަދާއި ހާސިލްކުރުމަށް އޮތް ހުރަހަކަށް ހެދުމުގެ ބަދަލުގައި ޝަމްހާ ގަސްދުކުރީ އޭނާގެ ފައިދާއަށް މިދަތުރު އަބުރާލުމަށެވެ. އެހެންކަމުން ހިތުން ޒީންއާއި ދިމާލަށް ކުދި ކިޔަމުން މޫނުމަތިން ހިނިތުންވެލައިގެން ހަމަޖެހޭކަމަށް ދައްކާލައިގެން ހުއްޓެވެ.

އެތަނަށް އައި ފަހުން ޝަމްހާ ޒިޔަމްގެ އަތުގައި ހިފައިލައިގެން އުޅުނީ ޒީންއަށް ދެއްކުމުގެ ބޭނުމުގައެވެ. ޒިޔަމް ދެތިން ފަހަރަކު އަތުން ދޫކޮށް ދުރުގައި ހުރުމަށް އެދުނު ނަމަވެސް ޝަމްހާ ގޮތްދޫނުކުރުމުން ޒިޔަމް ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. ނަމަވެސް އެޔަށް ވިސްނުމެއް ޝަމްހާއެއް ނެތެވެ.

ފެރީގައި ޒިޔަމްއާއި ޖެހިގެން ޝަމްހާ އިންއިރު ކުރިމަތީގައި އެދެމީހުން ފެންނަ ގޮތަށް ޒީން އިނެވެ. އަތުގައި އޮތް ވާހަކަ ފޮތުން ފަހަރަކު ގަނޑެއް ކިޔަމުން ދިޔައިރު ފެރީގެ އިންޖީނުގެ އަޑު ތެރެއިންވެސް ޝަމްހާގެ ސެލްފީތަކުގެ އަޑު ކަންފަތުގައި ކަންފަތުގައި ހުއްޓުމެތް ނެތި ޖެހެމުން ދިޔައެވެ. ޒީންގެ ސަމާލުކަން ނުލިބުމުން ޝަމްހާ އިތުރަށް ޒިޔަމްއާއި ގާތްވެލިއެވެ. އަދި ޒިޔަމްގެ ކޮނޑުގައި ބޯ އަޅައިލައި ފޮޓޯ ނަގަން ފެށިއެވެ. ޒީން ދޭތެރެއަކުން ޒިޔަމްއާއި ދިމާލަށް ބަލާލިއެވެ. އޭރު ޒިޔަމްގެ މޫނުމަތީގައިވާ ހިތްހަމަނުޖެހުން ފެނި ގާތަށް ހިނި އަންނަ ގޮތްވިއެވެ. އެހެންވެ ކިޔަން އިން ފޮތުން މޫނުމަތި ފޮރުވާލިއެވެ. ޝަމްހާ ހީކުރީ ޒީންއަށް އެމަންޒަރު ބަލަން ކެތެނުވެގެން ކުރި ކަމެއް ކަމަށެވެ. އެހެންކަމުން ކާމިޔާބީގެ ހިނިތުންވުމެއް މޫނުމަތިން ދައްކާލިއެވެ.

އައްޑޫގައި ހުންނަން ހަމަޖެހިފައިވާ ގެޔާއި ހިސާބަށް ދެވުނު އިރުވެސް ޝަމްހާ ބުރަކޮށް އުޅުނީ ޒީން ޖެލަސް ކުރެވޭތޯއެވެ. އަދި ޒިޔަމްގެ ހިތް އޭނާއަށް ލެންބުވޭތޯއެވެ. ނަމަވެސް ޝަމްހާއަށް ނޭނގޭ ހަގީގަތަކީ މިއިން އެއްވެސް ކަމެއް ކާމިޔާބު ވުމުގެ ފުރުސަތު އަދި ނެތްކަމެވެ. ޒީން ޒިޔަމްއަށް ކުރަނީ އާދައިގެ ނަފުރަތެއް ނޫނެވެ. ޒިޔަމްއަށް ޒީން ނޫން އެހެން ފަރާތަކަށް އެހިތުން ޖާގައެއް ދެވެން ނެތެވެ.

ތިން މީހުން ހުންނަން ހަމަޖެއްސީ ރީތިކޮށް އިމާރާތް ކުރެވިފައިވާ ތިން ބުރީގެ ގެޔެއްގައެވެ. އެއްމެ ތިރީ ބައި ގޭގެ ވެރިންނަށް ހާއްސަކުރެވިފައިވާ އިރު ދެވަނަ ބައާއި މަތީ ޓެރެސް ހާއްސަ ކުރެވިފައިވަނީ މިދަތުރުގެ ބައިވެރިންނަށެވެ. މިގެޔަކީ ޒިޔަމްގެ ބައްޕަގެ ރައްޓެއްސެއްގެ ގެޔަކަށް ވުމުން ގެޔަށް އާދެވުމާއި އެކީ ލިބިގެން ދިޔައީ ހޫނު މަރުހަބާއެކެވެ. ރޭގަނޑުގެ ކެއުމަށްފަހު ގޭގެ ވެރިޔާ މޫސަ، ގޭގެ ކުޑަ ތައާރަފެއް ދިނެވެ. ދެވަނަ ބުރީގައި ހުންނަނީ ދެކޮޓަރި ކަމުން ޒިޔަމްއަށް ވަކި ކޮޓަރިއެއް ލިބުނު އިރު ޝަމްހާއާއި ޒީން އަށް ހަމަޖެހުނީ ދެންހުރި ކޮޓަރިއެވެ. ބޮޑު ސިޓިންރޫމަކާއި ސޯފާ ސެޓެއް ހުންނަ އެބައިގައި ބަދިގޭގެ ހިދުމަތްވެސް ލިބެން ހުރެއެވެ. ވެފައި ހުރި ވަރުބައްޔާއި އެކު ދެން އިތުރަށް މަޑު ކުރުމެއް ނެތި ތިން މީހުންވެސް ދިޔައީ ނިދާށެވެ.

ޒީން ކޮޓަރިއަށް ވަނީ ޝަމްހާގެ ފަހަތުންނެވެ. ޒީން ފާހަނާއަށް ވަން އުޅުމުން ކުރިން ވަންނަން ޝަމްހާ އެދުމުން ޒީން މަޑުކޮށްލިއެވެ. ޒީން ފާހަނާއިން ނިކުތްއިރު ޝަމްހާ އޮތީ ކުއީން ސައިޒުގެ އެނދުގެ މެދުގައި ފޯނާއި ކުޅެލަ ކުޅެލައެވެ. ޒީން ފޯނު ޗާޖަށް ޖެހުމަށްފަހު އެނދުގެ މަގަތުގައި އިށީނީ އެނދުން ޝަމްހާ އެއްފަރާތަށް ޖެހި ޒީންއަށްވެސް ޖާގައެއް ދޭނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ޝަމްހާ އެތައް އިރެއްވަން ދެން ފޯނާއި ގެއްލިފައި އޮތީ ޒީން ފެންނަކަމަށްވެސް ހަދާނުލައެވެ. ޒީން ޝަމްހާއާއި ވާހަކަ ދައްކަން ނުކެރިފައި އިނީ ޝަމްހާ އަދިވެސް ހުންނާނީ އޭނާ ދެކެ ރުޅިއައިސްފައި ކަމަށް ހީކޮށެވެ.

ދެއަތް މޮޑެލަ މޮޑެލައި އިން ޒީން ހައިރާންވެފައި ޝަމްހާއަށް ބަލައިލީ ޝަމްހާ ކޮށްލި ކަމަކުންނެވެ. އެދުން ބާލީހެއް ނަގައި ޒީން އިން ފަރާތުގެ ބިންމައްޗަށް އެއްލާލިއެވެ. އަދި ރުޅިވެރި މޫނަކާއި އެއްކޮށް ޒީންއަށް ބަލާލިއެވެ.

“އަހަރެންނަކަށް ނޯވެވޭނެ ކަލޭއާއި އެއް އެނދެއްގަ. އޮވޭ ބިންމަތީގަ” ހިތު ތެރޭގައި ފޮރުވައިގެން ހުރި ރުޅިވެރިކަން ޝަމްހާ ދައްކާލިއެވެ. އެހެން ބުނުމަށްފަހު ޒީންއަށް ފުރުސަތެއް ނުދީ އަނެއް ފަރާތަށް އެބުރުނެވެ.

ޒީން އެއްވެސް ޝަކުވާ އެއް ނުކުރެއެވެ. ކުޑަކޮށް ދެފަރާތަށް ބޯ ހަލުވާލުމަށްފަހު ތަޅުންގަނޑު މަތީގައި އޮށޯތެވެ. އޭސީގެ ފިނިކަން ތަޅުންގަނޑުގައި ހިފާލައިފާ އޮތް ވަރު ވަރަށް ބޮޑެވެ. ޒީން ތެދުވެ އިތުރު ރަޖާގަނޑެއް އޮތްތޯ ހޯދާލިއެވެ. ނަމަވެސް ފޮތިގަނޑެއްހާ ހިސާބުވެސް ނުފެނުމުން ޒީން ގެނައި ތުވާލި ނަގައި ގައިމަތީ އަޅައިގެން ނިދޭތޯ މަސައްކަތް ކުރިއެވެ.

ޝަމްހާ އިރުކޮޅަކު އެހެން އޮވެފައި ޒީން އަށް މިފަހަރު ކުރާ ޖެއްސުން ކާމިޔާބު ވޭތޯ ބަލާލިއެވެ. ޒީން އޮތީ އަނެއް ފަރާތަށް އެބުރިގެން ފަތްޖެހިފައެވެ. ކޮނޑާއި ހަމައިން ފައިތިލަ ނިވާވެފައި ވަނީ ހުދުކުލައިގެ ތުވާލިންނެވެ. ޒީން އޮތް ހާލު ފެނި ޝަމްހާގެ މޫނުމަތިން ކާމިޔާބުގެ ހިނިތުންވުމެއް ފާޅުވިއެވެ. އަދި އެވަރުން ނުފުދިގެން އޭސީގެ ފިނިކަން އިތުރަށް ގަދަކޮށްލުމަށްފަހު  ޝަމްހާ އަބުރާ ނިދަން ދިޔައެވެ.

ދެލޯ ތަގުޑިކޮށްގެން ނިދޭތޯ ޒީން މަސައްކަތް ކުރަމުން ދިޔައެވެ. ކޮޓަރި ތެރޭގައި ހިފާލައިފައިވާ ފިންޏެއްގެ ސަބަބުން ގައިގައި ތުރުތުރެއް އަޅަމުން ދިޔައެވެ. ގައިމަތީގައި އޮތް ތުވާލި މާވަރުގަދަ ހަތިޔާރަކަށް ނުވިއެވެ. އޭގެ ބާތަކުން މަދު ވަގުތުކޮޅެއްގެ ތެރޭގައި ފިނިކަން ވަދެ ހަށިގަނޑާއި ހަމައަށް ފޯރިއެވެ. ރޫރޫ އަޅާއޮތް ޒީން އަށް ނިދުމަށް ދިމާވެގެން ދިޔަ އަނެއް ހުރަހަކީ ކިބިހި އެޅެން ފެށުމެވެ. ނޭފަތް ބެދިފައިވާ ހާލު އަނގައިން ނޭވާ ލަމުން ޒީން އަށް ކިބިހި އެޅެމުން ދިޔައީ ހުއްޓުމެތް ނެތިއެވެ.

އެހާލުގައި ނުނިދޭނެކަން އެނގުމުން ޒީން ބާލީސް އަތަށް ނަގައިގެން ބޭރަށް ދިޔައެވެ. އޭރު ޝަމްހާ ދެކެ ހިތްހަމަނުޖެހެން ފަށައިފިއެވެ. ނަމަވެސް އެކަން ހަމައެކަނި ހިތު ތެރޭގައި ބާއްވާއިގެން ޒީން ނިދޭތޯ އުޅުނެވެ. ސިޓިންރޫމުގައި ހުރި ސޯފާއަކީ އެނދަކަށްވެސް ބަދަލުކުރެތީ މިރޭ ޒީންގެ ނަސީބު އޭނާ ހީކުރި ވަރަށް ވުރެ ރަގަޅު ވެގެން ދިޔައެވެ. ސިޓިން ރޫމުގެ ފަންކާ ޖައްސާލުމަށްފަހު ޒީން ބާލީސް ބޯދަށަށް ލައިގެން ނިދޭތޯ އޮށޯތެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ނިދި ބަރުވެފައިވާ އެއެސްފިޔަތައް ހިޞާރުކޮށްފިއެވެ.

ނިދިފައި އޮތް ޒިޔަމްއަށް ހޭލެވުނީ ކަރު ހިއްކައިގެންނެވެ. ދެލޯ އުނގުޅަމުން ބޭރަށް ނިކުތް އިރު ލޮލުގައި އަޅައިގަތީ ސޯފާގައި ނިދާފައި އޮތް ޒީންއެވެ. ޒީންގެ އިސްތަށިގަނޑު ބޮލުން ފެށިގެން ގޮސް ބިންމަތީގައި ޖެހޭ ހިސާބަށް ދޫކޮށްފައި އޮތެވެ. ޒިޔަމް މަޑު ހިގުމެއްގައި އައިސް ޒީން ކައިރިއަށް ހުއްޓިލިއެވެ. އެއްމެ ފުރަތަމަ ސިފައަކަށް ޒިޔަމްއަށް ޒީން ކަމުދިޔަ އެއްސިފައަކީ އެކަޅު އަދި މެރޫން ކުލަ ތަންތަންކޮޅުން ހުރި އިސްތަށިގަނޑެވެ. ހީވަނީ ސްޓައިލިސްޓެއްގެ ރީތި ފަރުމާއެއްހެންނެވެ. ނަމަވެސް އެޔަށްވުރެ ބޮޑަށް މިރޭ ޒިޔަމްއަށް ކަމުދަމުން ދަނީ ޒީންގެ މޫނުމަތިން ފެންނަމުން ދިޔަ މައުސޫމްކަމެވެ. ނިދާފައި އޮތް  ޒީންގެ މަޑު ފިޔާތޮށި ކުލައިގެ ތުންފަތް މަތީގައި ވި ލުއި ހިނިތުންވުމަށް ފޫހި ކަމެއް ނެތި ޒިޔަމްއަށް ބެލެމުން ދިޔައެވެ. ހަރުކިއްކުންވެސް ފިލާދިޔަ ކަހަލައެވެ.

ނިދިފައި އޮތް ޒީންއަށް ބަލަމުން ދިޔަ ޒިޔަމްއަށް ފަހަތަށް ޖެހެވުނީ ޒީންގެ ހަށިގަނޑުގައި ފެތުރިގެން ދިޔަ ރޫރުމެއްގެ ސަބަބުން ޒީންގެ ގެނައި ކުއްލި ހަރަކާތުންނެވެ. ޒިޔަމް ފަހަތަށް ޖެހިލި ގޮތުން ހީވީ ބިރެއް ފެނުނުހެންނެވެ. ނަމަވެސް ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައީ ޒީންގެ ލޯ އަދިވެސް މެރިފައި އޮތްތަން ފެނުމުންނެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު ޒިޔަމް އޭނާގެ އެނދުގައި އޮތް ރަޖާގަނޑު ގެނެސް ޒީންގެ ހަށިގަނޑު އޭގެން ފޮރުވާލިއެވެ. އަދި  ފަހު ފަހަރަށް ޒީންގެ މޫނަށް ބަލައި ހިނިތުންވެލަމުން އެތަނުން ދިޔައެވެ. އަދިވެސް ޒީންގެ ސޫރަ ފެންނަ ހިސާބުގައި މަޑުކުރަން ބޭނުމެވެ. ނަމަވެސް ޒީން އަށް ހޭލެވިއްޖެއްޔާ ކަމަކު ނުދާނެކަން އެނގެއެވެ.


 

ޒައިނާ އިޝާ ނަމާދުން ފޭބިތަނާ ޒިޔަމްގެ ފޯނެއް އައެވެ.

“ހަލޯ ބޭބެ.. އަޅުގަނޑަށް އަނބު ގެނެސްދެއްޗޭ” ޒައިނާ ފޯނު ކަންފަތުގައި ޖަހާލަމުން ގޮސް އެދުގައި އިށީނެވެ.

“ހެހެހެ… ގެނެސްދޭނަން. އެކަމަކު އޭގެ ކުރިން ބޭބެއަށް ކަމެއް ކޮށްދޭންވީނު.އޭރުން އަނބު ގެނެސްދޭނަން” ހެމުން ފޯނުން ގުޅައިގެން ހުރި ޒިޔަމް ބުނެލިއެވެ.

ޒައިނާ އަވަސްއަވަހަށް ކޮންކަމެއްތޯ އަހާލިއެވެ.

“ސާއިމްގެ އެޑުރެސް ބޭބެ ފޮނުވާނަން. ކޮއްކޮ ޑްރައިވަރ ކައިރީ ބުނެގެން އެގެޔަށް ދާންވީ އަށެއް ޖަހަންވާ އިރަށް. އެގެޔަށް ދެވުމުން ބޭބެ ކިޔާދޭނަން ދެން ކަންތައް ކުރަންވީ ގޮތް. އޯކޭތަ” ޒިޔަމް އެދުނު ކަންތައް އެގުމުން ޒައިނާ މޫނު ކުނިކޮށްލިއެވެ. ޑިޔުޓީގައި ބުރަ ދުވަހަކަށް ވުމުން ވެފައި ހުރި ވަރުބައްޔާއި އެކު އެއްވެސް ތާކަށް ދާން ބޭނުން ނުވާތީއެވެ. އެހެންކަމުން އެހެން މީހެއް ފޮނުވައިގެން އެކަން ކުރިއަސް އެއްމެ ރަގަޅުތޯ ސުވާލުކޮށްލިއެވެ. ނަމަވެސް ޒިޔަމް އެގޮތެއް ބޭނުންމެއް ނުވިއެވެ. ބުނީ މީ މުހިއްމު ކަމަކަށް ވުމުން ޒައިނާ ނޫން އެހެން މީހެއް ގޮސްގެންނުވާނެ ކަމަށެވެ.

“އޯކޭ ގޮސްދާނަން. އެކަމަކު ޕްރޮމިސްދޯ އަނބު ގެނެސްދޭނެކަމަށް.” ޒައިނާ ދޫނުކުރާނެކަން އެނގުމުން ޒިޔަމް ވައުދުވަމުން ފޯނު ބޭއްވިއެވެ.

އަށެއް ޖަހަން މާ ގިނަ ވަގުތެއް ނެތުމުން ޒައިނާ ލޯގަނޑު ކުރިމައްޗަށް ހުއްޓި ރެޑީވާން ފެށިއެވެ. ލުއި މޭކަޕެއް ކޮށްލައި ދޫކޮށްފައިވާ އިސްތަށިގަނޑު މައްޗަށް ނަގައި ދަތިއަކުން ހިފަ ހައްޓާލިއެވެ.

ޒައިނާ ޒިޔަމް ފޮނުވި އެޑްރެހަށް ގޭގެ ކާރުގައި ދިޔައެވެ. އަޅި ކުލައާއި ހުދު ކުލަ ލާފައިވާ ނުވަ ބުރީގެ އިމާރާތަށް ޒައިނާ ބަލާލިއެވެ. އެހިސާބުގައި ހުރި އެއްމެ އުސް އިމާރާތަށް ވުމުގެ އިތުރުން އެހެން ހާއްސަކަންތައް ވެސް އެމިރާތަށް ލިބެއެވެ. ކޮންމެ ބުރިއެއްގައި ވަކި ބެލްކަންޏެއް ހުންނަ އިރު އަނެއް ފަރާތުގައި ހަތަރެސް ކަން ކުޑަ ދޮރުތަކެއް ހުއްޓެވެ. ކުރީ ޒަމާނުގެ ޑިސައިން އަކަށް ހުއްޓަސް އެއިމާރާތުން މިޒަމާނުގެ ކުލަވަރުވެސް ފެންނަން ހުއްޓެވެ. ޒައިނާގެ ލޮލުގައި އެއްމެ ފުރަތަމަވެސް އަޅައިގަތީ ޓެރެސްމަތީގައި ވާ އައްޔެވެ.

ޒައިނާ ގޭގެ ބެލް ޖެހުމާއި އެކު ދޮރު ހުޅުވީ މެދު އުމުރެއްގެ އަންހެން މީހެކެވެ.

“ޒައިނާ” ލުއި ހިނިތުންވުމަކާއި އެކީ ޒައިނާއަށް ގޮވާލުމަށްފަހު އެތެރެއަށް ވަންނަން  އެމީހާ ދޮރު ހުޅުވާލަ ދިނެވެ.

އެމީހާއަށް ލުއި ހިނިތުންވުމެއް އަބުރައި ދެމުން ޒައިނާ އެތެރެއަށް ވަނެވެ. އަދި ވަށައިގެން ހޯދާލީ ސާއިމް ފެންނަން ހުރި ތޯއެވެ. ޒައިނާ ހީކުރި ވަރަށް ވުރެ  ސާއިމްގެ ދިރިއުޅުން މާސާދާ އެވެ. ޖާގަ ބޮޑު ވިޔަސް އަގުބޮޑު ފަރުނީޗަރުން ތަން ފުރާލާފާއެއް ނެތެވެ.

ޒައިނާ އަށް އެއްމެ އަޅައިގެތް އެކައްޗަކީ ސާއިމްގެ ފާރުތައް ޑިސައިންކޮށްފައިވާ ގޮތެވެ. އެހެންމީހުން މާ ގަސްތަކާއި ވާސްތައް ބަހައްޓާ ތަނުގައި ސާއިމް ބަހައްޓާފައި ހުރީ އެކި ކަހަލަ އެއްގަމު އުޅަނދުތަކެވެ. ސައިޒުގެ ގޮތުން ބޮޑުވާނީ ދެ އިންޗިއެވެ. އެކި ޑިސައިންތަކާއި ކުލަތަކުގެ އެވެ. ސާއިމްގެ ތަފާތުކަން ފެނި ޒައިނާއަށް ހިނިތުންވެވުނެވެ. އަދި އެއިން އެއްޗެހި ނަގައިގެން ރަގަޅަށް ބަލައިލީ އޭގައި ވަކި ހާއްސަކަމެއް އެކުލެވޭތޯ ބެލުމަށެވެ.

” ޒައި ” ސާއިމްގެ އަޑު އިވުމާއި އެކީ ޒައިނާ ދިޔައީ ސިއްސައިގެންނެވެ.  ހީވަނީ ވައްކަމެއް ކުރަން އުޅެނިކޮށް ފަޅާއެރީހެންނެވެ. ލިބުނު ސިހުމާއި އެކީ އެވަގުތު ޒައިނާ އަތުގައި އޮތް ކުޑަ މޮޓޯސައިކަލް އަތުން ވެއްޓުނެވެ. ނަމަވެސް ސާއިމްގެ ކުޅަދާނަކަމުން ބިންމައްޗަށް ވެއްޓުމުގެ ކުރިން އެ ނަގައި ފާރުމަތީގައި ބެހެއްޓިއެވެ.

“ހުއްދަ ނުހޯދާ އަދިވެސް މީހުންގެ އެއްޗެހި ނަގާތި” ހެމުން ސާއިމް ޒައިނާއި ދިމާކޮށްލިއެވެ.

“ސޮރީ.” ޒައިނާ މާފަށް އެދުނެވެ. “ތީ ކުޑަކުއްޖެއްތަ ޓޯއީސް ގެންގުޅެން” ޒައިނާވެސް ސަމާސާގައި ބައިވެރިލިއެވެ.

“ހިނގާބަ އަހަރެންނާއި އެކީ ޓެރަހަށް. އެއްޗެއް ދައްކާލަން ވެފަ އެބައޮތް” ސާއިމް ހިގައިގަތުމުން ޒައިނާ ސާއިމްގެ ފަހަތުން ދިޔައެވެ.

ޓެރަހަށް އެރުމާއި އެކު ޒައިނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ޓެރަހުގެ ދެފަރާތުގައި ގަސްތައް އިންދާފައިވާ އިރު އޭގެ މަތިންނާއި މުޅު ޓެރެސްގެ މަތި ދިއްލާފައިވަނީ ކުޑަ އަލި މަޑު ބޮކިތަކުންނެވެ. އުއްބައްތިތައް ޓެރަހުގެ އެކި ތަންތާގައި ދިއްލާފައި ހުއްޓެވެ. ޖެހޭ މަޑު ފިނިވައިރޯޅި އާއި އެކު އުއްބައްތިތަކުގެ ހުޅުކޮޅު ނަށާލާގޮތް ނުހާހިކު ރީއްޗެވެ. ދެތިން ފަހަރު ވަށައިގެން ބެލުމުންވެސް ޒައިނާގެ ހިތް ނުފުރު ކަހަލައެވެ. ސާއިމް އެތާގައި ހުރި ކަން ހަނދާނުގައި ނެތް ހާލު އަދިވެސް ބަލައި ހޯދެނީއެވެ. ޒައިނާ ވަށައިގެން ހޯދާއިރު ސާއިމްގެ ނަޒަރު ހުއްޓިފައި ވަނީ ޒައިނާ އަށެވެ. ދެޖީބަށް އަތް ޖަހައިލައިގެން ރޭލުގައި ލެގިލައިގެން ހުރީ ކުރިމަތިން ޖާދޫއެއް އެއް ފެންނަހެންނެވެ. ބަލާބަލާ ފޫހި ނުވެއެވެ. އިތުރުވަނީ ޝައުގެވެ. ވަމުން ދަނީ އުފަލެވެ. ހިތަށް ލިބެމުން ދަނީ ހަމަޖެހުމެވެ.

ހިދުކޮޅަކަށް އެހެން ހިޔާލަކަށް ގެބިގެން ދިޔަ ޒައިނާއަށް ސާއިމް ފެނުމުން އެކަން އެއްފަރާތް ކޮށްލުމަށް ފަހު ސާއިމް ކައިރިއަށް ދިޔައެވެ. ސާއިމް އޭނާ އަށް ބަލަންހުރި ގޮތުން ލަދުވެސްގަތެވެ.

“އަޅޭ ވަރަށް ލޯބި….. ހަނދާންވެސް ނެތުނީ އޭ. ބޭބެ ބުނި އައިސް ގުޅާށޭ” ޒައިނާ އަތުގައި އޮތް ފޯނުން ޒިޔަމްއަށް ގުޅަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން ސާއިމް ފޯނު ނަގައި އޭނާގެ ޖީބަށް ލިއެވެ. ޒައިނާ ލޯ ކުޑަކޮށްލަމުން ސާއިމްއާއި ދިމާލަށް ބަލައިލިއެވެ.

“އަދި ގުޅަން ވަގުތު އެބަ އޮތެއްނު. ހިނގާބަ އިށީދެލަން” ސާއިމް ޒައިނާގެ އަތުގައި ހިފައިގެން ގޮސް އެއްފަރާތުގައި ހުރި ބެންޗުގައި އިށީނެވެ. ޒައިނާ ހުރީ ސާއިމް ކުރަން އުޅޭ ކަންތައް ނޭގިފައެވެ.

“ވަރަށް ރީތި މިތަން.. ސޯ ރޮމޭންޓިކް.. ހީވަނީ ފިލްމެއްގައި އުޅޭހެން. މިތާ ހުރެވިދާނެ ކިތައްމެ ގިނަ އިރަކުވެސް. ފެއާރީ ޓެއިލްއެއްހެން ހީވަނީ…. ސާއިމް އެކަނިތަ މިތާ އުޅެނީ”  ޒައިނާއަށް އަދިވެސް ތައުރީފު ކުރެވެމުން ދިޔައީ އެތަނުގެ ފުރިހަމަ ކަމަށެވެ.

“އާން އަހަރެން އެކަނި މިތާ އުޅެނީ…މީ ވެދާނެ ވަރަށް ރީތި އެއްޗެހި ކަމަށް. އެކަމަކު މީ ވަގުތީ އުފަލެއް.. މިއަށް ބަލައި ފޫހި ވެދާނެ ދުވަސްކޮޅަކުން.. އަހަރެންގެ ނަޒަރުގައި މީ އެއްވެސް އަގެއް ނެތް އެއްޗެހިތަކެއް.. ހަޔާތުގައި އަގު ނުކުރެވޭނެ އެއްމެ އެއްޗެއް އޮތީ. އެއީ ލޯބި. މައިންބަފައިން އާއިލާ އަދި ގާތް މީހުން” ޒައިނާއަށް ސާއިމްގެ އަޑުގައި ވި ސީރިއަސްކަން ފެނި ބަލާލެވުނެވެ. އޭރު ސާއިމް އިނީ ކުރިމައްޗަށް ބަލަހައްޓައިގެން ވާހަކަ ދައްކާށެވެ.

“އަހަރެންގެ ހަޔާތުގައި ވަރަށް ފަހަކާއި ޖެހެންދެން އެހެން މީހެއްގެ ލޯތްބެއް ނުލިބޭ. އަދި ނުވެސް ދެން. އަހަރެންގެ ހުރިހާވެސް މީހުންނަކީ ގާތުގައި މިއުޅޭ ދެތިން ރައްޓެހިން” ސާއިމްގެ ލޮލުން ކަރުނަ ހިލާލި ނަމަވެސް އެކަން ފޮރުވައި ވާހަކަ ކުރިއަށް ގެންދިޔައީ އެކަން އޭނާގެ ބަލި ފަޔަށް ހަދަން ބޭނުން ނުވާތީއެވެ.

“ޒައި.. ޑިޔުޓީގައި އުޅޭ އިރު އެއީ ހަމައެކަނި މިހިތަށް ހަމަޖެހުމެއް ލިބޭ ވަގުތަކީ.. ގެޔަށް އާދެވުމާއި އެކީ ދެން އަހަރެން ވަށާލަނީ ފަޅުކަން.. އަހަރެންގެ ހަޔާތުގައި އަދިވެސް ނުލިބެނީ އާއިލާއެއްގެ ލޯބި. އަހަރެން އެއްމެ ދެކެން ބޭނުންވާ ދުވަހަކީ ކޮން ދުވަހަކުން ކަން އިނގޭތަ؟ ” ސާއިމް ޒައިނާއަށް ބަލައިލިއެވެ. ދެންމެ ސަމާސާކޮށް އުޅުނު ސާއިމްގެ މިޒާޖު އެއްކޮށް ބަދަލު ވެފައިވާކަން ޒައިނާ އަށް އެނގުނެވެ.

“އެއީ މަސައްކަތް ނިއްމާލުމަށްފަހު ގޭގެ ދޮރު ހުޅުވާލާއިރު ކުޑަ ކުޑަ ކުއްޖެއް ބައްޕާ އޭ ކިޔާފަ އައިސް އަހަރެންގެ ގައިގައި ބައްދާލާނެ ދުވަސް.. ” ސާއިމްގެ އަޑު ބެދުނެވެ. ލޮލަށް ޖަމާވި ކަރުނަތިކިތައް އޭގެ މަގާމު ދޫކޮށް އުނގުމަތީގައި އޮތް އަތުތެރެއަށް ވެއްޓުނެވެ. ސާއިމްއަށް ބަލަހައްޓައިގެން ހުރި ޒައިނާއަށް އެހިދު ސާއިމްގެ ކޮނޑުގައި އަތް އަޅާލެވުނެވެ. ހިތްވަރު ދިނުމުގެ ގޮތުންނެވެ. މީ އަދި އަލަށް ސާއިމްގެ މިފަރާތް ފެންނަ ފަހަރެވެ. ޒައިނާގެ ހިތަށް ތަދެއް އިހްސާސް ކުރެވިގެން ދިޔައެވެ. ސާއިމް ޒައިނާއަށް ބަލާލުމަށްފަހު ހީލިއެވެ. ލޮލުން ވެރުނު ކަރުނަތައް ފުހެލައި ހަމަޖެހެން އުޅުނުވެ.

“ޒައި.. އަދި މިދައްކަނީ ކޮން ދުވަހެއްގެ ވާހަކަ ދޯ.. އޭގެ ކުރިން އެބަ ޖެހޭ ބައިވަރު ކަންތައް ކުރަންވެސް” ހެމުން ސާއިމް ވާހަކަ ދެއްކުމުން ޒައިނާއަށް ވެސް ހެވޭ ގޮތްވިއެވެ.

“ޒައި އަހަންނަށް ކުއްޖެއް ދެކެ ލޯބި ވެވިއްޖެ. ވަރަށް ބޮޑަށް.. އެއީ އަހަރެން ދަތުރު ކުރަން ބޭނުންވާ މަންޒިލް.. އަބަދު އެކުއްޖާ ހޯދެނީ..އެކުއްޖާގެ ހިނިތުންވުމުން ސާއިމްގެ މޭފުރިގެންދޭ..ޒައި ހިނިތުންވެލަބަ..ޔޯ ސްމައިލް ޑްރައިވްސް މީ ކުރޭޒީ” ސާއިމް ޒައިނާއާއި ހަތަރު ކަޅި ހަމަކުރަމުން ބުނެލިއެވެ.

ސާއިމް ބުނެލި ބަސްތަކުން ޒައިނާގެ އަތްފައި ފިނިވެގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ޒައިނާގެ މޫނަށް ބަލަހައްޓައިގެން އިން ސާއިމްގެ ޖަޒުބާތުތައް އުތުރި އަރައިގެން ދިޔައެވެ. ލޭގެ ހިގުން ބާރު ވެގެން ދިޔައީ ލޭހޮޅިތަކަށް ކިރިއާ ހިފަހައްޓާލެވޭ ވަރަށެވެ. އެތައް އިހްސާސެއް އެބެލުމުން ބުނެދޭން ބޭނުންވާ ކަހަލައެވެ. ކޮންމެ ސިކުންތަކާއި އެކު ޒައިނާގެ ރީތިކަމުގެ ތެރެއަށް ސާއިމްއަށް ފީނެވެމުން ދިޔައެވެ. ޖެހެމުން ދިޔަ މަޑު ވައިރޯޅިއާއެކު ޒައިނާގެ އިސްތަށިގަނޑުން ބައެއް މޫނުމަތީގައި ޖެހެމުން ދިޔުމުން ސާއިމްއަށް އުދަގޫ ކުރުވިއެވެ. އެހެންކަމުން އެތަންކޮޅުގައި ހިފައި ޒައިނާގެ ކަންފަތުގެ ފަހަތަށް ގެންދިޔައެވެ. އަދި ޒައިނާގެ ދަތްދޮޅީގައި ހިފައި އުފުލާލިއެވެ.

“ސާއިމް” ޒައިނާއަށް އިހްތިޔާރަކާއި ނުލައި ބުނެވުނެވެ. ސާއިމްގެ ތޫނު ނަޒަރު އޭނާއަށް ހުއްޓިފައި ވާކަމުން ހިތުގެ ތެޅުން ބާރުވެގެން ދިޔައެވެ. ގަތް ލަދާއި އެކު ޒައިނާގެ މޫނުމަތި ރަތްވެގެން ދިޔައެވެ. ނަމަވެސް އެލަދާއި އެކުވެސް ޒައިނާއަށް ހުރެވުނީ ސާއިމް ބަލާނެ ވަރަކަށް ފުރުސަތު ދީގެންނެވެ. ސާއިމްގެ ފިކުރު ނޫނީ އެހެން ފިކުރެއް އެހިތާއި ސިކުޑީގައި ނެތް ކަހަލައެވެ. ސާއިމްގެ ލޮލުގެ ޖާދޫގައި އޭނާ ޖެހިއްޖެކަމުގެ އިހްސާސް ކުރެވުނެވެ. އުއްބަތީގެ އައްޔާއި އެކު ސާއިމްގެ ދެލޮލުން ފެންނަމުން ދިޔަ މަސްތުކަމުން ހިތުގައި އަލިފާން ރޯވި ކަހަލައެވެ. މުޅި ދުނިޔެ އެލޮލުން ފެންނަ ކަހަލައެވެ.


 

ނިދިފައި އޮތް ޒީން މޯޅިއެއް ދަމާލަމުން ލޯ ހުޅުވާލިއެވެ. އެޔާއި އެކު ފުންމައިގެން ތެދުވެވުނީ ގައިމަތީ އޮތް ރަޖާގަނޑު ފެނުމުންނެވެ. ރޭގައި ނިދި އިރު ގައިމު ޒީންއެއް ރަޖާގަނޑެއް ނުލިބިގެން އުޅުނެވެ. އެކަމަކު ހޭލި އިރު ގައިމަތީ މިއޮތީ ރަޖާގަނޑެކެވެ. އަވަސް އަވަހަށް އެނަގައި ފައްޖަހާލުމަށްފަހު ޒީން ކޮޓަރިއަށް ވަނީ ޝަމްހާ އަށް ޝުކުރު އަދާކުރުމުގެ ގޮތުންނެވެ.

ނަމަވެސް ކޮޓަރިއަށް ވަދެގެން ޝަމްހާއާއި ދިމާލަށް ބަލައިލިއިރު ކުރިން ލިބުނު ހައިރާންކަން އިތުރުވެގެން ދިޔައެވެ. ޝަމްހާ އެއޮތީ ގަދަ ނިދީގައި މިކޮޓަރީގައި އޮތް ހަމައެކަނި ރަޖާގަނޑު އަޅައިގެންނެވެ. އެއީ ކާކުގެ ކަމެއްކަން އެނގުމުން ޒީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި އަނގަމީތަގައި އަތް އަޅާލެވި ތިރީ ތުންފަތުގައި ދަތް އަޅައިގަނެވުނެވެ. ވެފައި ހުރި ހާސްކަމާއި އެކު ޒީން ބޯ ކަހައިގެން އަތްލި އިރު ބޮލުގައި ބުރުގާ ނެތުމުން ދެލޯ ބާރަށް މަރައި ތަގުޑި ކޮށްލިއެވެ. އެއީ ޒިޔަމްގެ ކަމަކަށް ވެއްޖެނަމަ ޒިޔަމްއަށް ޒީން ބުރުގާ ނާޅާ ހުއްޓާ ފެނުނީއެވެ. ޒިޔަމް ކުރިމަތީގައި ބާރު ގަދަވެގެން އުޅެން ހަދައިގެން މިލިބެނީ ހުސް ލަޑޭ ހިތަށް އެރިއެވެ.

Share Article

Follow Me Written By

maroon

Level 710 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

އަންވާރު ސީސަން 2 (ތިނަވަނަ ބައި)

Next

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ސަތާރަވަނަބައި)

Next
July 1, 2017

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ސަތާރަވަނަބައި)

Previews
July 1, 2017

އަންވާރު ސީސަން 2 (ތިނަވަނަ ބައި)

55 Comments!

  1. maroon says:
    July 1, 2017 at 5:41 pm

    Hello maroonge lovely readers… miothy 11 vana bai. Huredhaane ngey mistakes…leave a comment if u like the story..ragalhu kuran kameh othas buneladhy ngey. Eyrun dhw i can improve . Loves ???? thanku for all the support??

  2. Some one says:
    July 1, 2017 at 6:04 pm

    Wow!!!! Haaadha molhey!!! Ma sha allah!!! Alhe v kiyaaa hithun indha nimuniii! N dhigu koh genesdheythii v bst!!! Reyga es story up veythwww ove ove ovefa nidhiii! When nxt prt??

    1. maroon says:
      July 1, 2017 at 7:34 pm

      Thanku maroon ge work appreciate kuraathy.. next part monday ga. Eyge kurin liye vijjeyya upkoh dheynan. Loves … ??? thanku some one.. ?

  3. Ma says:
    July 1, 2017 at 6:17 pm

    Vvv nice stryyyy eh….. thankolhehh kuryy.. n dailyy kohhh upkohla dhinun vvvv edhen

    1. maroon says:
      July 1, 2017 at 6:29 pm

      Ma thanku ?
      Ehaa kurutha hama ?
      M trying my best ngey ?

  4. sem says:
    July 1, 2017 at 6:17 pm

    Wow v reethi

    1. maroon says:
      July 1, 2017 at 6:28 pm

      Thanku sem ?

  5. Azuna says:
    July 1, 2017 at 6:22 pm

    Nice

    1. maroon says:
      July 1, 2017 at 9:36 pm

      Thanku azuna ?

  6. mary says:
    July 1, 2017 at 6:23 pm

    Alhey haadha ryhchey kon irakun next part

    1. maroon says:
      July 1, 2017 at 9:36 pm

      Thanku mary ? monday night

  7. §ama? says:
    July 1, 2017 at 6:34 pm

    Reethi??

    1. maroon says:
      July 1, 2017 at 9:37 pm

      Thanku sama ?

  8. Addu manje says:
    July 1, 2017 at 6:57 pm

    Varah reethi.. Love it soo much.. 🙂

    1. maroon says:
      July 1, 2017 at 9:37 pm

      Thanku addu manje ?

  9. Naana says:
    July 1, 2017 at 6:59 pm

    Masha allah….vvvvvv rythi story eh……??????

    1. maroon says:
      July 1, 2017 at 9:38 pm

      Naana thanku dear ??

  10. Adha? says:
    July 1, 2017 at 7:16 pm

    Omg! Its amazing! Haadha molhey maroon.. i just love it..??ekam varah foohi mi shamhaa gandu ulhey gotheh.. varehge anheneh.. ?.. and as always saaee nd zai ulheygoiy hama varah cute finally propose kurany dw??? eagerly waiting for next ep.?ly❣❤

    1. maroon says:
      July 1, 2017 at 9:41 pm

      Yup kuran kanneyge e ulheny ?
      Shamha dhw ?
      Thanku adha .. i always wait for ur comment ??
      Ly too..tc ?

  11. Zoee says:
    July 1, 2017 at 7:36 pm

    Varah reethi

    1. maroon says:
      July 1, 2017 at 9:41 pm

      Thanku zoee ??

  12. Sheen says:
    July 1, 2017 at 7:52 pm

    V salhi

    1. maroon says:
      July 1, 2017 at 9:42 pm

      Thanku sheen ?

  13. Some one says:
    July 1, 2017 at 7:58 pm

    Yeyyy!!! Me frst dww! Alah

    1. maroon says:
      July 1, 2017 at 9:42 pm

      Yup ?❤❤
      Loves ?

  14. sam♥ says:
    July 1, 2017 at 8:01 pm

    wow wow wow just wow … alhey roon haadha lobii eyy mi stry .. sam n saee wow .cute n lovely ..♡♡♡.zim n zee ♡♡.waiting next part Roon keep it up roon …love u roon ♡♡♡
    thankx stry up kohladhinyy maaa ..heheh 🙂 🙂

    1. sam♥ says:
      July 1, 2017 at 8:05 pm

      oooops sory sam n xaee … hehhe 🙂

    2. maroon says:
      July 1, 2017 at 9:44 pm

      Hehehehe. Sam ??
      Thanku thihaa loabi commenteh kollyma. V happy vejje ??
      Loves ? tc

  15. khajja says:
    July 1, 2017 at 8:11 pm

    Masha allah v rythi v furihama???? v inthizaaru kurevijje havyruves avas avahah balaalevey stry up vejjetho?? kon irakun next prt v kiyaahithun indhaa e nimuny ?? waiting nxt prt n thank u so much 4 the luvly stry maroon ly???❤❤❤????????

    1. maroon says:
      July 1, 2017 at 9:45 pm

      Khajjaa thanku for the lovely comment ??
      Next ep monday night ga ngey..
      Love u ?
      Tc

  16. Xxxx says:
    July 1, 2017 at 8:32 pm

    Story iz just wooow??????waiting…

    1. maroon says:
      July 1, 2017 at 9:47 pm

      Thanku xxxx ??

  17. yaanaa says:
    July 1, 2017 at 8:46 pm

    Sali ey dhen hama ?? loves from yaanaa????

    1. maroon says:
      July 1, 2017 at 9:47 pm

      Thanku yaanaa ??
      Maroonge loves ?

  18. sheen says:
    July 1, 2017 at 8:49 pm

    v nice waiting for the next part

    1. maroon says:
      July 1, 2017 at 9:48 pm

      Thanku sheen .. dhe sheen ehtha miulheny ? ??

  19. ???? says:
    July 1, 2017 at 8:56 pm

    Varah salhi ??? waiting. …… keep it up roon

    1. maroon says:
      July 1, 2017 at 9:49 pm

      Thanku dear ?
      Your support is amazing ?

  20. Layaa says:
    July 1, 2017 at 9:49 pm

    Ma sha allah.. v reethi mipart vess.. roon i m waiting .. ❤????

    1. maroon says:
      July 1, 2017 at 9:53 pm

      Thanku layaa ??
      Malak storyves amazing.. ❤

  21. addu koyya says:
    July 1, 2017 at 10:00 pm

    Wow varah kiyaa hiyva stry eh?????????

    1. maroon says:
      July 1, 2017 at 10:31 pm

      Thanku addu koyya ??

  22. Anonymous says:
    July 1, 2017 at 10:21 pm

    Vvvv salhi mi part vx.. ashi mihar modhaa goi maa salhi… waiting for another part..

    1. maroon says:
      July 1, 2017 at 10:32 pm

      Thanku anonymous ??

  23. Naala says:
    July 1, 2017 at 11:33 pm

    Nice .masha ahllah…kiyaa hithun indha nimuni….v v v molhu….. Loabi egey…

    1. maroon says:
      July 2, 2017 at 7:00 am

      Thanku naala ??

  24. chim says:
    July 2, 2017 at 12:37 am

    Wow vv reethi?

    1. maroon says:
      July 2, 2017 at 6:59 am

      Thanku chim ??

  25. who am i? says:
    July 2, 2017 at 1:17 am

    wow varah reethi ??❣❣

    1. maroon says:
      July 2, 2017 at 7:01 am

      Thanku who am i??????
      ??

  26. kuds says:
    July 2, 2017 at 8:50 am

    “Dhathieh” noon liyaanee. “Dhahcheh ” liyaanee.nice story

    1. maroon says:
      July 2, 2017 at 3:44 pm

      Thanku ??
      Ragalhu kollaanan

  27. ?? says:
    July 3, 2017 at 2:30 am

    Stry v rythi v interesting kiyaalan libeyleh adhives lasvaahen haththahaahyvany interest hunnavarun avahah up kolla dheh chey????

  28. Some one says:
    July 3, 2017 at 1:00 pm

    Miadhu kn iraku storyy up vaaniii??? Hama kehtherikan kolhun laifa! Kiyaa hithun!

  29. maroon says:
    July 3, 2017 at 2:41 pm

    Mirey before 9

Comments are closed.


All Right Reserved!