Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ޞަފަރު (9 ވަަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
July 2, 2017 5 Mins Read
50 Comments

“ދިރިހުރިހާ ހިނދަކު އެއްނު ދޯ.. ހީވޭތަ އަހަރެން ކަލޭ ދިރިހުއްޓަ ދޭނެހެން؟” މައުވާން ނުރައްކާތެރިގޮތަކަށް ބުނެލިއެވެ. އަދި އޭނާގެ އަތުގައި އޮތް ތުނޑުޖަހާފައިވާ ލަކުޑިބުރި ޒާންގެ މެއަށް އަމާޒުކޮށްލިއެވެ. ގައިގައި ހުރި ބާރެއްލާފައި އޭނާ އެ ލަކުޑިބުރި ޒާންއާ ދިމާއަށް އެއްލިއެވެ. ޒާން ދެލޯ މަރާލީ އޭނާގެ އަޖަލު އައިސް ޖެހުނީކަން އެނގުމުންނެވެ.

“ނޫން!” އިވިގެން ދިޔަ އަޑާއެކު ޒާން މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އެއާއެކު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހިންދިރުވާލަމުން އޭނާއަށް ހުރިތަނުގައި ހުރެވުނީ ފެންނަން ހުރި މަންޒަރުގެ ހިތްދަތިކަން ފެނިފައެވެ. އިޚްތިޔާރަކާނުލާ އެދެލޯ ފުރި ހޫނު ކަރުނަތައް އެ ދެކޯތާފަތް މައްޗަށް ފައިބައިގަތެވެ.

މައުވާންގެ ހާލަކީވެސް ހަމައެއެވެ. ގުޑިލަންވެސް ނުކެރިފައި އޭނާއަށް ހުރެވުނީއެވެ. އޭނާ އެއްލި ލަކުޑިބުރި ޞިފްރީންގެ ބަނޑަށް ހެރިފައިވީއިރު ބޮކިޖަހާފައި ކަޅުކުލައިގެ ލޭ ނިކުންނަމުން ދިޔައެވެ. ކޮޅަށް ހުރި ޞިފްރީން ޚަބަރު ހުސްވެގެން ވެއްޓެން ދިޔައީ އޭގެ އިރުކޮޅެއް ފަހުންނެވެ. ތަންކޮޅެއް ދުރުގައި ހުރި ޞަފޫރާ ވިދުވަރެއްހާ ހަލުވިކޮށް އައިސް ޞިފްރީން ވެއްޓުނަނުދީ ހިފަހައްޓާލިއެވެ. ޞިފްރީންގެ ބޯ އޭނާގެ އުނގުގައި ބާއްވާލަމުން އޭނާ ބަލާލީ މައުވާންއާ ދިމާއަށެވެ. އޭރު އެ ދެލޯ ރަންކުލައިން ދިއްލިފައިވިއެވެ. އެ މޫނުމަތީގައި އެކި ގޮތްގޮތަށް ރަތްކުލައިގެ ރޮނގުތަކެއް އެޅިފައިވީއިރު އެ ރޮނގުތައްވެސް ވަނީ ދިއްލިފައެވެ. މާމަގެ ރުޅި ފެނި މައުވާންއަށް ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ.

“ރި.. ރީން…!” ޒާން އަށް ހޭވެރިކަމެއް ވުމުން އޭނާ ޞިފްރީން ގާތު ކުޑަކަކޫ ޖަހައިގެން އިށީނެވެ. މޮޔައެއް ފަދައިން އޭނާ ޞިފްރީންގެ ހަށިގަނޑުގައި ހިފައި ތަޅުވަމުން ގެންދިޔައެވެ. “ރީން! ރީން! ލޯހުޅުވަބަލަ! ރީން ޕްލީސް..” ޒާން ގެ ގިސްލުމުގެ އަޑު މުޅި މާހައުލުގައި ހިފާލިއެވެ.

މައުވާން އޭނާގެ ދެއަތް މުއްކަވާލިއެވެ. އަމިއްލަ ނަފްސުދެކެ ރުޅި އައިސްފައިވާ ހާލު އޭނާ ގޮސް ޞިފްރީން ނަގައިގަނެގެން މައްޗަށް އުދުއްސައިގަތެވެ. ނުވިސްނާހުރި ޞަފޫރާއަށްވެސް ލިބިގެން ދިޔައީ ސިހުމެކެވެ.

“އޭނަ އެ ރީން ގެންދަނީ! އޭނަ އެއުޅެނީ ރީން މަރާލަންތަ؟” ޒާން ފުންމައިގެން ތެދުވަމުން ގޮވާލިއެވެ. ޒާންގެ ހާލާމެދު ހަމްދަރުދީވެހުރެ ޞަފޫރާ އޭނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. މައުވާން ޞިފްރީން ގޮވައިގެން އެދިޔައީ ޞިފްރީންއަށް ފަރުވާކުރަންކަން ޞަފޫރާއަށް އެނގެއެވެ. މައުވާން ޒާން ދެކެ ކިތަންމެ ރުޅިއައި ނަމަވެސް އޭނާ ޞިފްރީންއަށް އަނިޔާއެއް ވާކަށް ނޭދޭނެކަން ޞަފޫރާއަށް އެނގެއެވެ.

“ޒާން ދޭ ގެއަށް.. އަހަރެން ޞިފްރީން ސަލާމަތާއެކު ޒާން ގާތަށް ގެންގޮސްދޭނަން..” ޞަފޫރާ ޒާންގެ ބުރަކަށީގައި އަޅައި ކުޑަކޮށް ކޮއްޕާލަމުން ބުނެލިއެވެ. އަދި މައުވާން ފަހަތުން ދުންކަނޑާފައި ދާންފެށިއެވެ. މަންޒަރު ބަލަން ހުރި ޒާންގެ ހިތުގައި ބޮޑު ހައިޖާނެއް އުފެދިފައިވިއެވެ.

** **

ސަންގުމަރުމަރު ހިލައިން ހަދާފައިވާ ބޮޑު ގަނޑުވަރަށް ހަނދުގެ ރިހި އަލި އެޅިފައިވުމުގެ ސަބަބުން ފެންނަމުން ދިޔައީ ހިތްގައިމު ގޮތަކަށެވެ. ވަށައިގެންވާ ފެހި ގަސްތަކާއި ފެންކޯރުތައް އަދި ފަރުބަދަތަކުގެ ސަބަބުން އެ ގަނޑުވަރު އިތުރަށް ޝާހީކަމަށް ދައްކައެވެ. ތަފާތު ވައްތަރުގެ މޭވާ އަޅާފައިވާ ތަބަކެއް ހިފައިގެން ގަނޑުވަރުގެ ސިޑިތައް ގިރާކުރަމުން މައްޗަށް އަރަމުން ދިޔަ މައުރީންގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. ރަތް ކުލައިގެ ފަހަތަށް ދިގު ހެދުމެއް ލާފައިވީއިރު އޭނާގެ ރީތިކަމަށް ކުޑަވެސް ފަނޑުކަމެއް އައިސްފައެއް ނުވެއެވެ. ހިނގާފައި ގޮސް އޭނާ ބޮޑު ދޮރެއްގެ ކުރިމަތީގައި ހުއްޓެލި ވަގުތު އޭނާގެ އަމުރަށް ކިޔަމަންވެ އެ ދޮރު ހުޅުވިގެން ދިޔައެވެ.

“ތީފް!” ދޮރު ހުޅުވުމާއެކު މައުރީން ގޮވާލިއެވެ.

މައުރީން ފެންނައިރަށް އެނދުމަތީގައި އިން ލަތީފްގެ މޫނު އުޖާލާވެގެން ދިޔައެވެ. ބަލަބަލާ ހުއްޓާ މައުރީން އައިސް ލަތީފްގެ މަގަތުގައި އިށީނެވެ. އޭނާ ތަބަކުގައިވާ މޭވާގެ އެތިކޮޅުކޮޅު ލަތީފްގެ އަނގައަށް ލަވައިދެމުން ގެންދިޔައީ ލޯތްބާއެކީގައެވެ.

“ކޮބާތަ މައުވާން؟ މިޔަދު ނުވެސް ފެނޭ..” ލަތީފް މައުރީންއަށް ބަލާލަމުން އަހާލިއެވެ. އެއާއެކު މައުރީން ޗުސްތަޅާލިއެވެ.

“ޞިފްރީންގެ ފަހަތުން އޭނަ އަބަދު އުޅޭނީ.. ނޭނގެ މިޔަދު ދިޔައީ ކޮންތާކަކަށް ކަމެއްވެސް..” މައުރީން ހީލަމުން ބުނެލިއެވެ. ދެން އެދެމެދަށް ވެރިވީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ.

“ތީފް އަސްލު ވަރަށް ބޭނުންވޭ ދޯ ޒާންއާ މާރިޔާގެ ގާތަށް ދާން..؟” އިރުކޮޅެއް ފަހުން މައުރީން ވިސްނުންތެރިކަމާއެކު އަހާލިއެވެ. އެއާއެކު ލަތީފް ދިޔައީ ފާޑަކަށް ސިހިގެންނެވެ. ލޯބިވާ އަނބިމީހާއާއި ދަރިފުޅު ނުފެންނަތާ މިހާ ގިނަ އަހަރުވީއިރުވެސް މައުރީން އެކަމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. އޭނާވެސް މައުރީން ގާތު އެމީހުންނާ ބެހޭ ވާހަކައެއް ނުދައްކައެވެ. ނަމަވެސް ކުއްލިއަކަށް މައުރީން އެމީހުންގެ ވާހަކަ އެ ދެއްކީ ކީއްވެގެންބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

ލަފީތް އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ނަމަވެސް އޭނާއަށް އެއްޗެކޭ ނުބުނެވުނީ ބޭރުން އިވެންފެށި އަޑެއްގެ ސަބަބުންނެވެ. ވޭނީ އަޑަކުން މަންމާއޭ ކިޔާ އެ ގޮވަނީ މައުވާންކަން އެ ދެމީހުންނަށް ވެސް އެނގުނެވެ. ބަންލާފައި އެ ކޮޓަރީގެ ދޮރު ހުޅުވުމާއެކު އެތެރެއަށް ވަދެގެން އައި މައުވާންގެ މޫނު ފެނުމުން މައުރީންއަށް ކޮޅަށް ތެދުވެވުނެވެ. އޭނާ އިތުރަށް ހައިރާންވީ މައުވާންގެ އަތުތެރޭގައި އޮތް ޞިފްރީން ފެނުމުންނެވެ. ޞިފްރީންގެ ބަނޑަށް ހެރިފައިވާ ލަކުޑިބުރިއާ ފައިބަމުން ދިޔަ ލޭތައް ފެނުމުން މައުރީން އަވަސް އަވަހަށް އެދިމާއަށް އައެވެ. މައުވާން ގާތު ޞިފްރީން އެތަނުގައި ހުރި އެނދުގައި ބޭއްވުމަށް އޭނާ ބުނެލީ އަވަސް އަރުވާލާފައެވެ.

“ދަރިފުޅާ.. ކި..ކިހިނެއްވީ ކަމެއް މީ؟” ލަތީފް މައުވާންގެ ކޮނޑުގައި އަތް އަޅާލަމުން އަހާލިއެވެ. ފެންނަމުންދާ މަންޒަރުގެ ސަބަބުން ލަތީފްގެ ބޮލަށް ހުރީ އުނދަގޫވެފައެވެ.

“މަންމާ ޕްލީޒް.. ރީން ސަލާމަތްކޮށްދޭތި..” ލަތީފްގެ ސުވާލަށް ޖަވާބުދިނުމެއް ނެތި ރޮވިފައިވާ އަޑަކުން މައުވާން ބުނެލިއެވެ. އެންމެ ކުޑައިރުއްސުރެ ޞިފްރީންއަކީ އެ ހިތުގެ ވިންދެވެ. އޭނާއާހެދި ޞިފްރީންއަށް ކަމެއް ވެއްޖެނަމަ އޭނާ އަމިއްލައަށް މަރުވާނެއެވެ. އެހާވެސް ބޮޑަށް އޭނާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ.

ޞަފޫރާއަށް އެ ހިސާބަށް އާދެވުނު އިރު މައުރީންގެ ކޮޓަރި ބޭރުގައި މައުވާން އާއި ލަތީފް ތިއްބެވެ. އިސްޖެހިފައިވީއިރު މައުވާންގެ މޫނުމަތި ވަނީ މިލާފައެވެ. އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން ލަތީފް މައުވާންގެ ބުރަކަށީގައި އިރުއިރުކޮޅާ ފިރުމާލައެވެ.

“ކޮބާ މަގޭ ދަރި؟” ޞަފޫރާ އައި ގޮތަށް އަހާލީ ހާސްވެފައި ހުރެއެވެ.

“މަންމަ އެބަ ފަރުވާކުރޭ..” މައުވާން މަޑުމަޑުން ބުނެލިއެވެ. އެއާއެކު ޞަފޫރާ ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލިއެވެ. ޖިންނިންގެ ތެރޭގައި މައުރީންހާ މޮޅު ބޭސްވެރިއެއް ހުންނާނެހެން އޭނާއަށްވެސް ހީނުވެއެވެ. މައުރީންގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށްލުމަށްފަހު އޭނާވެސް ބޭރުގައި މަޑުކުރިއެވެ.

އިރުކޮޅެއްފަހުން މައުރީން ދޮރު ހުޅުވާލިއެވެ. އެއާއެކު މައުވާން އަވަސްއަވަހަށް އެތެރެއަށް ދެމިގަތީ ޞިފްރީންގެ ސޫރަ ދެކިލުމަށް އެ ހިތް ބޭޤަރާރުވެފައިވާ ހާލުގައެވެ. އެނދުގައި އޮތް ޞިފްރީން ބަލި ގޮތަކަށް ދެލޯ ހުޅުވައި މައުވާންއާ ދިމާ ބަލާލިއެވެ.

“ރީން.. އައި އެމް ސޯ ސޮރީ..” މައުވާން ޞިފްރީންގެ އަތުގައި ހިފާލަމުން ބުނެލީ މަޑުމަޑުންނެވެ. އޭނާގެ ސަބަބުން ގެއްލުން މިވީ އޭނާ އެންމެ ލޯބިވާ ފަރާތަށެވެ.

“ޒާން…. ގެނެސްދީ…. ޒާން…..” އެހާލުގައި އޮވެގެންވެސް ޞިފްރީން ހޯދަމުން ދިޔައީ ޒާންއެވެ. ޒާންއަށް އެއްވެސް ކަމެއް ނުވާކަން ޔަޤީންކުރަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. އެ އަޑު އިވުމުން މައުވާންގެ ހިތުގައި ރިއްސާލި ނަމަވެސް ވިދުވަރެއްހާ ހަލުވިމިނުގައި އެތަނުން ނިކުމެގެން ދިޔައީ ޞިފްރީންގެ އެ އެދުން ފުރިހަމަކޮށްދިނުމަށްޓަކައެވެ. މައުވާން އެ ދިޔައީ ކީއްކުރަންކަން އެނގުމުން ޞަފޫރާއަށް ބަލާލެވުނީ ލަތީފްއާ ދިމާއަށެވެ.

“ޒަ.. ޒާން އަކީ؟” ޖެހިލުންވެ ހުރެ ނަމަވެސް ލަތީފް އަހާލިއެވެ.

“އާނ.. ތި ހީކުރެވުނީ ރަނގަޅަށް.. އެއީ ލަތީފްގެ ދަރިފުޅު..” ޞަފޫރާ އެހެން ބުނުމާއެކު ލަތީފްގެ އިތުރުން މައުރީންއަށް ވެސް ލިބިގެން ދިޔައީ ހައިރާންކަމެވެ. ޞިފްރީން އިނދެގެން އުޅޭ އިންސާނަކީ ލަތީފްގެ ދަރިއެއްކަން ކުރިން އެދެމީހުންނަކަށް ނޭނގެއެވެ. އެ ވަގުތުން ފެށިގެން ލަތީފް ގެންދިޔައީ މައުވާން ޒާން ގޮވައިގެން އަންނާނެ އިރަކަށް އިންތިޒާރުކުރަމުންނެވެ. އޭނާގެ ދަރިފުޅު ދެކިލުމަށް އެހިތް ކެތްމަދުވެފައިވިއެވެ.

** **

ޒާން ބަލިގޮތަކަށް ދެލޯ ހުޅުވާލިއެވެ. ގޯތިތެރޭގައި ބަހައްޓާފައިވާ ފަތްޖެހި އެނދުގައި އޭނާ އޮތް އިރު ކައިރީގައި މާރިޔާ އިނެވެ. ޒާންގެ ނިތްކުރީގައި ހިފަހައްޓައިގެންހުރެ ކޮންމެވެސް އެއްޗެއް ކިޔަވަމުން ދިޔަ މީހާ ފެނި އޭނާ ތެޅިގަތީ ބިރެއް ފެނިގެން އުޅޭ ފަދައިންނެވެ. ހުދުކުލައިގެ ތާކިހަލެއް އަޅާފައިވީއިރު މެއާ ހަމައަށް ދިގުކޮށްފައިވާ ތުނބުޅި ނުރައިން ފުރިފައިވިއެވެ. އެމީހާ ލައިގެން ހުރީ ހުދުކުލައިގެ އަތްދިގު ގަމީހަކާއި މުންޑެކެވެ.

“މަންމާ! މީނަ ގެންދޭ މިތަނުން..! ހެޔޮނުވާނެ މީނަ ގެންދޭ! މީނަ އަހަންނަށް އުނދަގޫ ކުރަނީ!” މާރިޔާއަށް ބަލާލަމުން ޒާން ހަޅޭއްލަވަމުން ދިޔައެވެ. އޭނާގެ ދަރިފުޅު އޮތް ހާލު ފެނި މާރިޔާގެ ދެލޮލުން ކަރުނަ ނިރާލިއެވެ. ދެލޮލުގެ ކޮއި ފަދައިން ބަލާ ބޮޑުކުރި ދަރިފުޅަށް ޖެހިފައި މިވަނީ ކޮންފަދަ މުސީބާތެއް ހެއްޔެވެ؟

ރޯމަހެއް ތެޅޭ ފަދައިން ޒާންގެ ހަށިގަނޑު ތެޅެމުން ދިޔައެވެ. އޭނާގެ ދެލޮލުގެ ކަޅި އެކި ދިމަދިމާއަށް ދައުރުކުރަމުން ދިޔައެވެ. އެއްލިކަޅިއަކުން އޭނާގެ ލޮލުގައި އަޅައިގަތީ ގޯތިތެރޭގައި ހައްދާފައިވާ ބަނބުކެޔޮ ގަހުގެ ގޮތްޕެއްގައި އިން މައުވާންއެވެ. ގަދަކަމުން އަތް ހިއްލައި އޭނާ ޝަހާދަތް އިނގިލި އެދިމާއަށް ދިއްކޮށްލިއެވެ. ކިޔެވެލި ކިޔަވަން އިން ހަސަނުގެ އިތުރުން މާރިޔާ އެދިމާއަށް ބަލާލި ނަމަވެސް އެއްވެސް އެއްޗެއް ނުފެނުނެވެ.

“އެހުރީ އޭނަ! އަހަރެންގެ ރީން ގެންދިޔަ މީހާ އެހެރީއޭ..! އޭނަ މަރާލަބަލަ ހެޔޮނުވާނެ! އަހަރެންގެ ރީން ގެނަސްދީ މަންމާ! އަހަރެންގެ ރީން!” މޮޔައެއް ފަދައިން ޒާން ރޮއިހޭރެމުން ދިޔައެވެ. އެވަގުތު ހަސަނު މާރިޔާ ގާތު ނިކަން އަވަހަށް ފެންތަށްޓެއް ގެނެސްދިނުމަށް އެދުނެވެ. މާރިޔާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެނބުރި އައީ ލޯވަށްޓަކަށް ފެން އަޅައިގެންނެވެ. ހަސަނު އެ ފެންތަކަށް ކޮންމެވެސް އެއްޗެއް ކިޔެވުމަށްފަހު އޭގެއިން ފެންފޮދެން ޒާންގެ ހަށިގަނޑަށް ވިއްސާލިއެވެ. އެއާއެކު ޒާންގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. މުޅި މީހާ ހިމޭންވެ ދެލޯ މެރިގެން ދިޔައެވެ. މާރިޔާ އޭނާގެ ދެލޮލުން ފޭބި ކަރުނަތައް ފުހެލަމުން ހަސަނާ ދިމާއަށް ބަލާލިއެވެ.

** **

ޒާން ފެންނާނެ ކަމުގެ އިންތިޒާރުގައި ހުރި ލަތީފްގެ މޫނަށް މާޔޫސްކަމުގެ ކުލަވެރިވީ ޒާން ނުލައި މައުވާން އައުމުންނެވެ. ނަމަވެސް މައުވާން މައިނޭވާ ލަމުން ދިޔަގޮތުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެއެންމެންނަށް ނަގައިގަނެވުނެވެ.

“އެމީހުން ފަންޑިތަ ހަދަނީ..” މައުވާން ކަންބޮޑުވެފައި ބުނެލިއެވެ. ޞަފޫރާއާއި މައުރީންގެ މޫނުމަތިންވެސް ލަތީފްއަށް ފެނުނީ ހާސްކަމެވެ.

“އަހަރެމެން ސަލާމަތްވާނެތަ؟” ޞަފޫރާއަށް ބަލާލަމުން މައުރީން އަހާލިއެވެ. އެވަގުތު ޞަފޫރާ ވެސް ކޮނޑުއަރުވާލުން ނޫން އިތުރުކަމެއް ނުކުރެއެވެ.

“ނޫން.. މައުއަށް އެއްވެސް ކަމެއް ވިޔަކަ އަހަރެން ނުދޭނަން.. އަހަރެން އެތަނަށް ގެންގޮސްދީ.. އަހަރެން އެމީހުން ހުއްޓުވާނަން..” މައުރީންގެ ދެކޮނޑުގައި ހިފާލަމުން ލަތީފް ބުނެލިއެވެ. މައުރީން ލަފީތްގެ ދެލޮލަށް ބަލާލީ ހިތްދަތިވެފައިވާ ހާލުއެވެ. ލަތީފް އޭނާ ދެކެ އެހާ ލޯބިވާއިރުވެސް އޭނާ ލަތީފްއަށް ހާދަބޮޑު އޮޅުވާލުމެއް އޮޅުވާލާފައި އެބަވެއެވެ. އެކަން ލަފީތްއަށް އެނގިއްޖެ ނަމަ ލަތީފް އޭނާގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކޮށްފާނެ ހެއްޔެވެ؟ އެވަގުތު މައުރީންގެ ދެލޯ ފުރިގެން އައެވެ.

“ތީފް.. އަހަރެން ތީފްއަށް ވަރަށް ބޮޑުކަމެއް ސިއްރުކޮށްފައި ވާނެ..” މައުރީން މަޑުމަޑުން ބުނެލިއެވެ. “އަހަރެން ތީފް މިތަނަށް ގެނައި އިރު މާރިޔާ އިނީ ދެވަނަ ފަހަރަށް ތީފްގެ ދަރިއަކަށް ބަލިވެ..”

މައުރީން އެހެން ބުނުމާއެކު ލަތީފް މައުރީންގެ ކޮނޑުން އަތް ދޫކޮށްލިއެވެ. އެހާ ބޮޑު އޮޅުވާލުމެއް މައުރީން އޭނާއަށް އޮޅުވާލީތީ އެހިތުގައި އެތައް ޝަކުވާއެއް އުފެދިގެން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ފަސްވަނަބައި:-

Next

މިލްކު ކޮށްލީ ހިތޭ…….08

Next
July 2, 2017

މިލްކު ކޮށްލީ ހިތޭ…….08

Previews
July 2, 2017

ފަސްވަނަބައި:-

50 Comments!

  1. Liaa says:
    July 2, 2017 at 1:11 pm

    hey guys.. sorry Liaa ah reyga up kuran ulhe ulhe up eh nuwi internet massala eh dhimaa vegene.. Today adhi 1 part genasdheveythow v balaanan ingey.. 🙂
    Loves <3

  2. HARLEY quinn says:
    July 2, 2017 at 1:27 pm

    woww. amazinglyy nice , cant await to c what will heppen next…
    me first yayyyyy!!!

    1. Liaa says:
      July 2, 2017 at 2:05 pm

      Thanks dear ☺

  3. Lian says:
    July 2, 2017 at 1:30 pm

    Woww..mi part ves vv nice ???love it ??me second dhww

    1. Liaa says:
      July 2, 2017 at 2:06 pm

      Thanks Lian ☺

  4. Juvey says:
    July 2, 2017 at 1:31 pm

    Wow ..thanx liaa ..???loves ?

    1. Liaa says:
      July 2, 2017 at 2:07 pm

      Thanks Juvey ☺?

  5. Pinkish says:
    July 2, 2017 at 1:34 pm

    haadha ragalheyy… waiting..

  6. Adha? says:
    July 2, 2017 at 1:36 pm

    Love this part.. ? liaa reen and zaan adhi gulhuvahchey. Fanditha hadhaigen dhemeehun dhuru nukuruvaathi ingey.. hehe.
    Waiting for next part. ??❣

    1. Liaa says:
      July 2, 2017 at 2:07 pm

      Thanks Adha.. lets see dhw wat happens ☺?

  7. khajja says:
    July 2, 2017 at 1:45 pm

    Wow v interesting haadhahaareeh chey liaa u r the best gud job waiting???❤❤❤❤???????

    1. Liaa says:
      July 2, 2017 at 2:08 pm

      Thanks khajja ☺??

  8. Flower princess says:
    July 2, 2017 at 1:51 pm

    Very nice

    1. Liaa says:
      July 2, 2017 at 2:08 pm

      Thanks flower princess ☺

  9. Ilha says:
    July 2, 2017 at 1:53 pm

    Varah nice waiting next part….

    1. Liaa says:
      July 2, 2017 at 2:09 pm

      Thanks dear.. ☺

  10. nonns says:
    July 2, 2017 at 1:58 pm

    Wow varah obi mi part ves. Luv u too liaa. Waiting for the next ep

    1. Liaa says:
      July 2, 2017 at 2:09 pm

      Thanks nonns ☺

  11. Nix says:
    July 2, 2017 at 2:06 pm

    Wow amazing ❤❤… but thankolheh kuru.. next part dhigu kohla dheythi noor plx..??

    1. Liaa says:
      July 2, 2017 at 2:10 pm

      Thanks nix☺
      Noor eh noon ingeyy.. Liaa.. olhunii dhw ?

  12. sem says:
    July 2, 2017 at 2:28 pm

    Wow v v reethi mi part ves

    1. Liaa says:
      July 2, 2017 at 6:12 pm

      Thanks sem ?

  13. ROMAN REGINS says:
    July 2, 2017 at 2:47 pm

    Love it

    1. Liaa says:
      July 2, 2017 at 6:13 pm

      Thankyou dear ?

  14. laah says:
    July 2, 2017 at 3:06 pm

    v reethi mi vaahaka… dhnme kiyaa ninmaalymi…ummedhuku kuran miyadhu anehba kiyaa Levane kamah ???

    1. Liaa says:
      July 2, 2017 at 6:13 pm

      Ehentha dear? Thankyou mi story kiyaalaafa lobi comment eh kolleema ?

  15. sam♥ says:
    July 2, 2017 at 3:31 pm

    waiting ♡♡♡love it

    1. Liaa says:
      July 2, 2017 at 6:14 pm

      Thank u dear ☺

  16. who am i? says:
    July 2, 2017 at 3:35 pm

    wow wow ❣❣❣

    1. Liaa says:
      July 2, 2017 at 6:14 pm

      Thank u who am i ?

  17. Scarlet says:
    July 2, 2017 at 4:00 pm

    Nice….❤?

    1. Liaa says:
      July 2, 2017 at 6:15 pm

      Thank u sacarlet ☺

  18. Hawwi says:
    July 2, 2017 at 4:35 pm

    V reethi..next part ah wait kohgen mihiri..liaa ur a good writer

    1. Liaa says:
      July 2, 2017 at 6:15 pm

      Thank u Hawwi ☺

  19. aishath says:
    July 2, 2017 at 4:36 pm

    wow love it waiting for next part

    1. Liaa says:
      July 2, 2017 at 6:16 pm

      Thanks aishath☺

  20. Riz says:
    July 2, 2017 at 5:03 pm

    Varah reethi.waiting for the next part

    1. Liaa says:
      July 2, 2017 at 6:16 pm

      Thanks Riz ☺

  21. xim says:
    July 2, 2017 at 5:13 pm

    loabikann?

    1. Liaa says:
      July 2, 2017 at 6:17 pm

      Thanks xim ?

  22. Aireen says:
    July 2, 2017 at 6:24 pm

    Miadhu Dheyn Next Part Eh Neh ? Btw Its Amazing

    1. Liaa says:
      July 3, 2017 at 12:34 pm

      Thank u Aireen☺

  23. Saandy says:
    July 2, 2017 at 6:29 pm

    WOW!! V salhi mibaives.. Latheef Maureen salaamaiy kuran ulheynebaa e hageegaiy en’guneema.. Waiting for the next part.. Keep it up Liaa 🙂

    1. Liaa says:
      July 3, 2017 at 12:38 pm

      Thanks saandy ?

  24. ROMAN REGINS says:
    July 3, 2017 at 2:20 am

    Nice part and keep it up

    1. Liaa says:
      July 3, 2017 at 12:39 pm

      Thanks ROMAN BEGINS ?

  25. ?? says:
    July 3, 2017 at 2:27 am

    Nxt prt kon irakuntha???

    1. Liaa says:
      July 3, 2017 at 12:39 pm

      Thank u dear ?

  26. remoo says:
    July 3, 2017 at 2:28 am

    v reeethi emmen vx salaami kurachey….

    1. Liaa says:
      July 3, 2017 at 12:40 pm

      Thank u remoo ☺

Comments are closed.

Next Episodeޞަފަރު 10 (ފަހުބައި)←


All Right Reserved!