ޒައިފް އަކީ މާލޭ ގެ ގެދޮރު ހުރި މުއްސަނދި އާއިލާއެެއްގެެ ކުއްޖެކެވެެ.ޝާމިންް ގެ ބައްޕަ އަހަަންމައިދީ އާއި ޒައިފް ގެ ބައްޕަ ފަހުމީ އަކީ ދެ ބިޒްނަސް ޕާޓުނަރުންނެވެ. އެހެެން ކަމުން ވަރަށްް ކުރީއްސުރެެންވެސް އެމީހުން އެރަށަށް ގޮސްއުޅެއެވެ.އޭރުއްސުރެންވެސް ޒައިފް އާއި ޝާމިން އަކީ ވަރަށް ގާތްދެއެކުވެރިންނަށްވަނީވެފައެެވެެ.އާއްމުކޮށްވެސް ސްކޫލް ގެ ބޮޑު ޗުއްޓީ ތަކުގަޔާއި ޢީދު ބަންދު ތަކަށް ޒައިފް އެެ ރަަށަށް ގޮސްއުޅެއެވެ.މި ދަތުރަކީވެސް އެފަދަގޮތަކަށް އެރަށަށް ކުރެވުނު ދަތުރެކެވެ.އޭ ބުރޯ!އަށެއްޖަހާއިރުވާނެ ދޯ ތާސްގަނޑެއްޖަހާލަން މީ ދެން ޗުއްޓީގެެވެސް އެންމެ ފަހު ހަފްތާވިއްޔަ ގޭ ބޮޑުދޮރުއަށިން ބައިސްކަލު ވައްދާލަމުންް ޝާމިން ބުނެލިއެވެ.އާނދޯ!މިރޭ އެންމެން ހަމަކުރަންްވާނެެ ކުރީރޭވެސް ޝަކީލު ފަނި ހަދާފަ ދިޔައީ އޭ އެންމެންނަށް އަންގާލައްޗޭ! އިޝާ ގެ ފަހުން ހޮޅުއަށްޓަށް އަންނަން ޒައިފް ދޮރުއަށިހޮޅުވާލަމުން ބުނެލިއެވެ. އާނ މިރޭ ޝަކިއްޓޭއަކަށް ފަންޔެއް ނެހެދޭނެ ފޯރި އާއި އެކު އެއްބައިވެލަމުންް ޝާމިން ބުނެލިއެވެ.މިރޭ ކަޓުޖައްސައިފިއްޔާ އޭނަ އަށް ވާނެ ވަރުގަދަ ލަނޑެއްދޭންދޯ!ޝާމިން ގެ މި ބަހުންވެސް ކުޅުމުގެ ފޯރި ހަމަވެގެންދިޔައެެވެ.ޝާމިން އެހާވަރަަށް ވާހަކަ ދައްކަމުން ދިޔައިރުވެސް ޒައިފް ހުރީ ދޮރުއަށިހޮޅުވާލި ގޮތަށް އޭތާ ޤަބުވެފައެވެ. މުޅިން އެހެންޙިޔާލީ ދުނިޔެއެއްގައެވެ.
ޒައިފް ގެ ހިތުގައި ހަޤިގަތުގައިވެސް ފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް ޒުހާ އަށްޓަކައ ވަނީި
ވަރަށް ޙާއްސަ ޖާގަ ދެވިފައެވެ.ޒުހާ ގެ ހާލަކީވެސްމިއެވެ.ނަމަވެސް ދެމީހުންވެސް އެއްވެސްމީހަަކާ އެވާހަކަ ހިއްސާކޮށްފަކައެއްނުވެއެވެ.ލަދާކާހުރެތަދެއްނުފިލާނޭމީހުންބުނާތީ އަޑުއަހަމެވެ.އެހެންކަމުން މިހެން ހަމަ ހުރުމަކުން ކަމެއްނުވާނެ ކަމަށް ޒައިފް ޤަބޫލުކިކުރިއެވެ.މީހަކާއި މި ވާހަކަތައް ހިއްސާކުރުމީ އެންމެ މޮޅުގޮތް ކަމަށް އޭނާދެކުނެވެ.ޝާމިން ބައިސްކަލުގޭތެރެއަަށްް ލާފަ އައި އިރުވެސް ޒައިފް ހުރީ އެ ހުރި ފިޔަވަޅުމަތީގައެވެ. ހުރިގޮތުން ހީވަނީ ތަނެއްރީތިކޮށްލުމަށް ބަހައްޓާފައި ހުުރި މޮނިއުމަންޓް އެއް ހެންނެވެ.ބަލާލިކޮންމެ މީހަކަށްވެސް ހުރީ ވަރަށް ފުން ޙިޔާލެއްގައިކަންއެންްގޭނެއެވެ.ޒައިފް ހުރިގޮތްފެނިފައި ގޭތެރެއިން ނިކުމެންއައި ޝާމިން ގެ ގާތަށްއައީ ލާނެތް ހިންޏެކެވެ.ޝާމިން އަކީވެސް ވަރަށް ލާނެތްސަމާސާ މިޒާޖެއްގެ ކުއްޖެކެވެ.އެފަދަ ފުރުޞަތެއް ލިބެއްޖެނަމަ ޒައިފްް ވެސް އޭނަ އަށް ލަންޑެއްނުދީއެއް ދުލެއްކޮށެއްނުލައެވެެ.އެހެން ކަމުން ޝާމިން ދެކުނީ މީ ޒައިފް އަށް ލަނޑެއްދޭން އޭނާ އަަށް ލިބުނު ރަނުގެ ފުރުޞަތެއްކަމުގައެވެ. ލަސްހަރަކާތްތަކަކާއިއެކު މަޑު މަޑުން ދުރު ދުރަށްް ފިޔަވަޅު އަޅަމުން އޭނާ މިސްރާބުޖެހީ ޒައިފް އާއި ތަންކޮަަަަަަަަަަަަަަަަަަަަޅެއް ގާތަށް ޖެހިލުމަށްށެވެ.އޭރުވެސް ކަމެއްވާހެންވެސްް މީހަކަށް ހީނުވާކަހަލައެވެ.ގަބުވެފަ ހަމަ އެހުރިގޮތަށް ޒައިފް އަށް ހުރެވުނީއެވެ.ސިއްސައިގެންގޮސް އޭނާ އަށް ހޭވެރިކަންވީ މީހަކު ވަަރަށްބާރަށް އޭނާގެ ކަންފަތްދޮށުގައި ހަޅޭލަވައިގަތުމުންނެވެ.ސާބަހޭ އިންގޭ ހަމަ ގެއްލި ހުސްވެފަ ކޮންކަމަކާތަ ތިހާވަރަކަށްތިވިސްނަނީ އަހަރެންކައއިރީގަވެސް ބުނެލައިގެން އުޅުނީމަ ދޯ އަހަންނަށްވެސް އެހީތެރިކަމެއް ފޯރުކޮށްްދޭން އެނގޭނީ!ދެން ބުނަންބޭނުން ނުވަންޔާ ނުބުންޔަސް އެންމެ ރަނގަޅު ވަރަށްދެރަވެލާފާޑަަށް އެއްލޯމަރާާލަމުން ޝާމިން ބުނެލިއެެވެ.ހަޤީގަތުގައި އޭނާ ގެ މަޤްސަދަކަށްވީ ޒައިފްގެ ހިތުގައި ހުރި ވާހަކަތަށް އޭނާ ގެ ދުުުލުން ހޯދުމެެވެ.ެއެއީޒައިފް ގެ ހަރަކާތްތަކުން މިހާރަކަށް އައިސް އޭނާ ކޮންމެވެސް ވާހަކަ އެއް ބުނަން ބޭޭނުންވެ ނުބުނެވިފައިހުންނަހެން ޝާމިން އަށް ހީވާތީއެވެ.
ކުއްލިއަކަށް އިވުނީ އިޝާ ނަމާދު ބަންގީގެ އަޑެވެ.އަވަސް އަވަހަށް ޒައިފް ވާހަކަ ދެއްކަންފެށިއެވެ.
ދެެންތިވާހަކަ އެއް ނޫނޭ މާދަމާ އެހެންކޮމެެސް މަޖާކަމެއްކޮށްލަން އެންމެން އެއްވީމަ ވާނެދޯ ރާވަން ޝާމިން ދެއްކިވާހަކައިގެ މައުލޫ އޮޅުވާލަމުން ޒައިފް މުޅިން އެހެެން ވާހަކައެއްފެށިއެވެ.ހޯހޯ.. ކޮންމެހެން މައުލޫއޮޅުވާލާނެ ކަމެއްނެތް…މަށަށްވާނެ ކިޔާދޭން ޔަޤީނޭ މި ރަށުން އަހަރުންނަށް ނާނގާ ބިޓެއް ސެޓުކުރަނީކަން…ޝާމިން ގެ މި ބަސްތަކާއި އެކު ޒައިފް މުޅިން ރަކިވެ ތަންކޮޅެއް ބާރަށް ހިނގައި ގަތެވެ.ދެމީހުންވެސް އެ ހިސާބުުން އެވާހަކަ ބާއްވާފަ އެރީ މިސްކިތަށްށެވެ.އިޝާ ނަމާދުން ފައިބައިގެން އައިސް ޝާމިން ގެ ބައްފަ ވަނީ ކާ ކޮޓަރިއަށްށެވެ.ދަރިފުޅާ ޝާމިން ދަރިފުޅާ ޒައިފް މިރޭ ނުވެސް ކާ ރެއަކީތަ؟އަހައްމައިދީ ކާ މޭޒުކައިރީ އިށީންނަމުން ތަންކޮޅޭއްްބާރާށް ގޮވާލިއެވެ. އޭރު ޒައިފް އާއި ޝާމިން ވެސް ތިބީ ސިޓިންގް ރޫމް ސޯފާގައ ޙަބަރު ބަލާށެވެ.ޒައިފް ޝާމިން އަށް ލޮލުގެ އިޝާރާތަކުން ބަދިގެ އާއި ދިމާ އަށް އިޝާރާތްކުރަމުންތެދުވެ ހިނގާއިގަތީ ބަަދިގެއާއި ދިމާއަށްދިއުމަށްށެެވެ.
އަހަންމައިދި އާއި ފަހުމީ އަކީ ވަރަށް ދުވަސް ވީ ދެ ރަހްްމަތްތެރިން ކަމުން އަހައްމައިދީ ޒައިފް އަބަދުވެސް ދެކެނީ ހަމަ އޭނާގެ އުފަން ދަރިއަކު ފަދައިންނެވެ.ޒައިފް އެކޭ އެހެކުދިންނެކޭ އެއްވެެސް ތަފާތެއްނުކުރެއެވެ.ހަމަ އެފަދައިން ފަހުމީވެސް ހަމަ އެހެންނެވެ.ބައެއް ކުދި ޗުއްޓީތަކުގައި ޝާމިންގެ ޢާއިލާ ވެސް މާލެ އާދެއެވެ.އެ އަންނަ އައުމުގައި ޝާމިން މެންގެ ޢާއިލާވެސް ދިރިއުޅޭނީ ޒައިފް މެންގެ ބޮޑު ގަނޑުވަރެއް ފަދަަ ގޭގައެވެ.ޒައިފް ގެ މަންމަ ހަބީބާ ވެސް ހަމަ އެހާހެވެ.އެހެން ކަމުން އެ ދެ ޢާއިލާގެ މެދުގައި ވަނީ ވަރަށް ވަރުގަދަ ރަހުމަތްތެރިކަމުގެެ ގުޅުމެއް އުފެދިފައެވެ. މި ދަތުރުގައި ޒައިފް އެކަނި ތުރާކުނަށް ޗުއްޓީއަށް އެ ފޮނުވީ ވެސް ޝާމިންމެން ގެ ޢާއިލާ އަށް ފަހުމީ ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ.
(ވާހަކަ އަދި ނުނިމޭ!)
ކުރިއަށް އޮތްބަޔަށް އިންތިޒާރުކޮށްލައްވާ!!!!!!!!!
5 Comments!
Comments are closed.


Waiting in shaa ALLAH. ?❤
Heewey Warah Reethi Waaanehen
Haadha kurey mi part dhigu Koh up kohdheebala pls pls
Diaolugues thakuga komakoalhi jahliyya faseyha vaane kiyan.
Adhi dhenas dheythereyga Hus space dhinumun ithura furihama vegn dhaane..good luck
sama aireen reen and amin thank you for ur comments