Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

މަލާކް… 15ވަނަބައި

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
June 30, 2017 3 Mins Read
53 Comments

ކުއްލިއަކަށް މޫސުންބަދަލް ވެގެންދިޔައީ ހީވެސްނުކުރާހާ އަވަހަށެވެ. ސަމީހުފުރަން ބޭނުންނަމަ މިހާރުވެސް ފުރިދާނެއެވެ. ނަމަވެސްް ރުޅިއައިސް ރަތްވެފައިވާ ކަނޑުގެ ރާޅުތަަކުގެެ އެެއްވެސް ރަހުމެތް ނެތްކަން އެވަގުތު ދަތުރުކުުރަމުން ގެންދިޔަ އުޅަނދުތަކަށް ބަލާލުމުން އޭނާއަށް ވިސްނުނެވެ. އަވަހަށް އަރޫންއަށް ގުޅާފައި އެވާހަކަބުނެފައި އެތެރެއަށްވަނީ މާޔޫސްވާހާލުގައެވެ.

ބަލްޤިސް ޔާސީންއަށް ގުޅާލީ އަރޫންމެން އައި ވާހަަކަ އަންގާލުމަށެވެ. “ހެލޯ.. ޔާސީން ބުނިކަންތަށް ކޮށްދީފިން.. މިހާރު އެސޮރު ހުންނާނީ މާލޭގަ .. އެހެންވީމަ މާދަމާރޭ ޑިނާއެއް ތައްޔާރުކުރަމާދޯ.. ” ” އެހެންތަ.. ހާދަ ކިޔަމަންތެރި ކުއްޖެކޭ.. އެފަދަ ކުއްޖަކު އަހަރެމެންގެ ނޫރާއަށް ލިބުން އެއީ ހަމަ ނަސީބު.. މިހާރު ނޫޅޭނެ އެކަހަލަކުދިން ވަރަށް.. ” ޔާސީންވެސް ބަލްޤިސްގެ ވާހަކަތަކަށް ތާއީދުކޮށް އެތަށްކަމެއް ރާވަމުން ދިޔައިރު އަރޫން އަށް އޭނާގެ ދިރިއުޅުމަށް އަންނަން އުޅޭ ތޫފާނުގެ ހިލަމެއްވެސް ނުވެއެވެ. ފޯން ޗާޖުވުމާއެކު ފުރަތަމަވެސް ވައިފައި ޖައްސާލީ އަވަހަށް ކޮލެޖަށް އޭނާ ގެ ހަބަރުދިނުމަށެވެ. އެހެންނޫނީ މިހާ މުހިއްމު ދުވަސްވަރުގެ ލެސަންތައް ހޯދަން އުނދަގޫވަނެއެވެ. އަރޫން އަށް ފުރަތަމަވެސް ވައިބަރ އިންް މަލާކްގެ މެސެޖްތަކާއި މިސްކޯލްތަށް ފެނުމުން ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އެެެހެންނަަމަވެސް އަވަހަށް ކޮލެޖައް ހަބަރެއްވެލީ އެކަންކުރުން މުހިއްމުވީމައެވެ. އެއަށްފަހު މަލާކްއަށް ގުޅާލީ ތަންކޮޅެއް ހަމަޖެހިލައިގެންނެވެ. ނަމަވެސް މަލާކްގެ ފޯނުވަނީ ނިއްވާލާފައެވެ. ދެތިންފަހަރަށް ގުޅުމުންވެސް ލިބުނީ ހަމަ އެއްޖަވާބެކެވެ. ހަދާނެގޮތެއް ނުވިސްނުމުން އެންމެފަހުން އަރޫން ނިންމީ މާދަމާއެގެއަށް ދިއުމަށެވެ.

އަރައިގެން އައި އިރާއެކު ޒިޔާދާމަންޒިލް ހަލަބޮލިވެގެން ދިޔައެވެ. ކިއްލިއަކަށް ޖަޒްލާން އައުމާ މަލާކްމެން ފުރަން ތައްޔާރުވުމުގައެވެ. ޖަޒްލާން އެރިއިރާއެކު އެގެއަށް ދިޔައީ ހަމަ އެމީހުނަށް ސަޕްރައިޒްއެއްްދޭށެވެ. އެއާއެކު އޭނާވެސް ސަޕްރައިޒްވީ މަލާކްއަށް އެފަދަ ވަނައެއްލިބި ސްކޮލަޝިޕްއެއްގައި ފުރަން އުޅޭކަން އެނގުމުންނެވެ. މަލާކްއަށްް ކިޔެވުމުގެ އިތުރުން ކުރަންޖެހޭނެ ހަރަދުތައް ކޮށްދޭން ޖަޒްލާން އިނާމެއްގެ ގޮތުން ހުށަައެޅިއެވެ. ކޮންމެތާކު ހުއްޓަސް ދައްޗެއްނެތި އެކަން ކޮށްދެވޭނެކަން އޭނާއަށް އިނގޭތީއެވެ. އެގޮތުން ކޮންމެ މަހަކު މަލާކްގެ އެކައުންޓަށް ފައިސާ ޖަމާކޮށްދޭގޮތަށް ނިންމުނެވެ. މަލާކް އާއިއެކު މައިޝާއާއި މީރަންވެސް އަވަދިނެތިއުޅުނީ ހަވީރުފުރަން އޮތްގަޑިއަށް ތައްޔާރުވުމުގައެވެ.

އަރޫން އަށް ނިދުނީ އެހާލަހުންކަމުން ހޭލެވުނީ ދިހައެއްޖަހަންވެފައި ހުއްޓައެވެ. އޭރު ސަމީހުގެ އިތުރުން ބަލްޤިސްވެސް ވަނީ އެނބުރި އައިސްފައެވެ. ހެނދުނުގެ ނާސްތާކޮށްލުމަށްފަހު އަރޫން އަވަސްކޮށްލާފައި ބޭރަށްދާން ތައްޔާރުވަނިކޮށް ސަމީހު އެދުނީ އޭނަޔާއެކުގައި އޮފީހަށް ގޮސްލުމަށެވެ. އެއާއެކު މަލާކްމެންގެއަށް ދިއުން ފަސްކޮށްލުމަށްފަހު ބައްޕަޔާއެކުގައި އަރޫންދިޔައީ ދައްކަންއުޅެނީ ސީރިއަސް ވާހަކައެއްކަން ވިސްނުމުންނެވެ. ޖަޒްލާާން ގުޅުމުން ބިންޔާވެސް އޭނަމަންމަ ކޮޓަރިއަށް ވަންގަޑީ ހަމަޖެހިލައިގެން މަލާކްމެންގެއަށް ދިޔައީ ޖަޒްލާންގެ އެދުމުގެ މަތިން އެދުވަހުގެ މެންދުރުގެ ކެއުމަށް އެގޭމީހުނާއެކު ބައިވެރިވެލުމަށެވެ.

“ދަރިފުޅާާ މިފަހަރުވެސް ބައްޕަޔަށް މާފްކުރޭ.. ބައްޕަހަކަށްނޭންގެ ދަރިފުޅުގެ މަންމަގެ އެހުންނަނީ ކޮންކަހަލަ އުޅުމެއްކަމެއް އެކަމަކު ދަރިފުޅު ނުރުހޭކަމެއްގަ ބައްޕަ މަންމައަށް އެއްބާރުލުމެއް ނުދޭނަން.. ” ސަމީހިގެ ވާހަކަައް އަޑުއަހަން އިން އަރޫން އިނީ ވާނުވާ ނޭންގިފައެވެ. ” މިކިޔަނީ.. ދަރިފުޅުގެ ކައިވެނި ބައްޕަގެ ރައްޓެހި ޔާސީންގެ ދަރިފުޅާާ ކުރަން މަންމަ .. ނިންމައިފިޔޭ.. އެކަމަށް އެދުނީ ހުދި ޔާސީން.. ” “ކީކޭ.. އަޅުގަނޑު.. ނޫން ބައްޕާ.. އަޅުގަނޑު ބޭނުމެއް ނޫން އެކުއްޖާޔާ ކައިވެނިކުރާކަށް .. އެހެންނޫނަސް..” އަރޫން ބުނަަންއުޅުނު ވާހަކަ ހުއްޓާލީ މަލާކް ގެނެސްގެން ނޫނީ އެދެމީހުންގެ ގުޅުން ހާމަކުރަން ބޭނުން ނުވާތީއެވެ. “ދަރިފުޅަށް އިނގޭތަ ދަރިފުޅި ގެނައީވެސް މަންމަ އެހެންވެގެން.. މަންމަބޭނުންވަނީ އެ ނޫރާ އާއި ދަރިފުޅި ބައްދަލްކުރުވަން.. ބައްޕައަށް އެހުރިހާ ކަމެއް ގޭގައުޅޭ ހާދިމް ރާޖޫގެ ކިބައިން އޮޅުންފިލީ .. އޭނަ މަންމަ ފޯނުން ވާހަކަ ދެއްކީރު އަޑު އިވުނީ..”ސަމީހު އަރޫންގެ މޫނުމަތިން އަރަމުންދާ ކުލަތއް ދެނެނުގަނެވުން ނަމަވެސް ހަގީގަތް ހާމަކޮށްދިނެވެ. އެވަގުތު އަރޫން ގެ ފޯނު ރިންގުވާންފެށުމާއެކު ބަލާލިއިރު ޝަމާލް ގުޅަނީއެވެ. “އޭޑޫޑް ކޮންތާކު.. ތިގެއަށްވެސް ގޮސްފަ މިއައީ.. ތަންކޮޅެއް އަވަހަށް އާދެބަލަ މަލްކޮމެންގެއަށް ވަގުތެއްނެތް.. ” ” ވަޓް .. ކިހިނެއްވީ.. އަނެއްކާ ..” އަރޫންް ހިތަށްއެރި އެއްޗަކުން މުުޅިމީހާ ފިނިވެގެން ދިޔައެވެ. “ސާބަސް އިނގޭ.. މަލްކޮގެ މެސެޖްތަށް ކިޔާނުލަންދޯ.. ” “ހޫމް އެގަޑީގަ ހާސްވެފަ ހުރިވަރުން މެސެޖްތަކާވެގެން ނޫޅެވުން އަވަހަށް ގުޅީ އެކަމަަކު އޮތީ ނިންވާލާފަ.. ” އަރޫން އަދިވެސް ވާނުވާގައި ހުރުމުން މެސެޖްތަށް ކިޔާލާފައި ވީ އެންމެ އަވަހަށް އައުމަށް ބުނެ ޝަމާލް ފޯނުބޭއްވިއެވެ.

“ހެއި އަރޫން .. މަލާއަށް ހަމަ ލިބުނީ ޓޮޕްޓެން އިން އެއްވަނަ.. އަދި އިނގޭތަ ބިޒްނަސް އިން ދުނިޔޭން އެއްވަނަ.. (ހެޕީފޭސް) .. އަރޫން މަލް އަށް ސްކޮލަޝިޕްއެއްވެސް ލިބުން.. އެކަމު އިޓަލީއަށް ދާންޖެހެެނީ.. (ސޭޑްފޭސް) އެކަމު ދެރަނުވައްޗޭ.. އަރޫންގެ މީހެއްގޮތުގަ އަބަދުވެސް މަލްހުންނާނީ.. (ކިސް) އިންޝާ ﷲ އަރޫން ޕްރައުޑްވާވަރުގެ ކާމިޔާބެއް ހާސިލްކޮށްގެެން އަންނާނީ.. ”

” އަރޫން އަޅެ ހަބަރެއްވެސް ނުވަމެއްނު.. ކީއްވެތަ .. މަލް އާ ރުޅީތަ.. (ކްރައިންފޭސް) .. ”

“ހެއިއަރޫން .. މަލާމިއުޅެނީ ފުރަންވާއިރަށް ޝޮޕިންކޮށްލަންދާން ދޮން..އާ ކުޑާއާއެކުގަ.. އިނގޭތަ މާދަމާ ހަވީރު ފުރަންޖެހޭ.. ދޮން އާއި ދޮންތަބޭވެސް ދޭ.. (ހެޕީފޭސް)”

މެސެޖްތަށް ކިޔާނިންމާލިއިރު އަރޫން ހުރީ އަމިއްލަ ނަފްސު ކުއްވެރިކޮށް ހަދާނެ ގޮތް ހުސްވެފައެވެ މަލާޚް ގެ މެސެޖްތަށް ގަސްދުގައި ނުކިޔާ ބެހެއްޓުނީމައެވެ. އޭރު އަބަދު މާހިލްގެ ނަންއިވޭތީ ހަމަ ފޫހިވީއެވެ. ނަމަވެސް އެދުވަހު އެހެން ހެދުމުން މިއަދު އަމިއްލަޔަށް އަމިއްލަ ނަފްސުކުއްވެރިކުރަން މަޖްބޫރުވީއެވެ. އަނެއްކޮޅުން މަންމަގެ ކަންތަށް ހުުރިގޮތުން އެވާހަކަތަށް ވެސް މަލާކްއަށް ކިޔާނުދެވިއްޖެނަމަ އޭރުންވެސް ހައްތަހާ އަމިއްލަ ނަފްސައް ދެވޭނެ އަނިޔާއެވެ. ބޯހާސްވުމުން އަރޫން މޭޒުމަތީގައި މުއްކަވާ ޖަހާލިއަޑަަށް ސަމީހުވެސް ދިޔައީ ސިއްސައިގެންނެވެ. ދަރިފުޅުގެ ދިރިއުޅުމަށް މިއައީ ކިހާވަރެއްގެ ތޫފާނެއްކަން ހުދުއޭނާއަށް ވެސް ކޮންމެވެސް ވަރަކަށް އިނގޭކަހަލައެވެ. ނަމަވެސް އަރޫން ގެ އަނގައިން ނުބުނާތީ ޔަގީން ނުވަނީއެވެ. ” ބައްޕާ އަޅުގަނޑު ވަރަށް އަވަހަށް ދާންޖެހިއްޖެ.. އެންމެރަނގަޅުތޯ .. ” ހާސްވެ ކަންބޮޑުވެފައި އަރޫން އަހާލިއެވެ. ސަމީހު އަވަހަށް ބޯޖަހާލީ އެއައި ކޯލަކީ ވަރަށްމުހުއްމު ކޯލެއްކަން ޔަޤީންވީމައެވެ. ހަމަ އެގޮތަށް ފޯނަށް ބަލަހައްޓައިގެން ހުރި އިރު އަރޫންގެ މޫނުމައްޗަށް އަރާފައިބަމުންދިޔަ ކުލަވަރުން ކަމެއް ގޯސްވެއްޖެކަން ސަމީހުއަށް ނަގައި ގަނެވުނީމައެވެ. ސަމީހުގެ ޖަވާބުލިބުމާއެކު އަވަހަށް އަރޫން އޮފީހުން ނިކުމެ ޓެކްސީއެއް ނަގައިގެން މިސްރާބްޖެހީ މަލާކްމެންގެއަށް ދިއުމަށެވެ.

ފޯނުހުޅުވާލާފައި ވައިބަރ ބަލާލުމާއެކު މަލާކްއަށް އަރޫން މެސެޖްތަށް ކީކަން އެނގުނެވެ. އެއާއއެކު މިލާފައިވާ މޫނު އެއްކޮށް އުޖާލާވެގެން ދިޔައެވެ. އަރޫން  އަށް ގުޅާލީ އެންމެފަހަރަކު ނަމަވެސް ފުރުމުގެ ކުރިން ދެކެލަން ބޭނުންވާވަރުންނެވެ. އަރޫން ކާރުދާލެއް ލަސްކަމުން އިރު އިރުކޮޅާާއެހެން ބުނެލައެވެ. ޑްރައިވަރަކަަށް ހުރިމީހާ ވެސް އެކަމާހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. ވަކިހިސާބަކަށް ދެވުންތަނާ އަރޫޫން ކާރުން ފޭބީ ޓްރެފިކްބޮޑުކަމުން ކުުރިއަށް ނުދެވުނީމައެވެ. ކައިރީ ޖެހިގެން އޮތް ގޯޅިއަށް އަޅާލިތަނުނން އަރޫންގެ ފޯން ރިންގްވާން ފެށިއެވެ. ” ހެލޯ މަލް މިދަނީ މިހާރު ދެން މާލަހެއްނުވާނެ.. ” “އަޅެ އަވަހަށް އަންނައްޗޭ.. ވެއިޓިން ލަވް.. ” މަލާކް ވެސް ބުނެލިއެވެ. އަރޫން މަލާކްއާއި ވާހަކަ ދައްކަމުން ބާރަށް ހިނގާފައި ހަތަރަންގޯޅިހަމަވީ ހިސާބައްއެރުމާއެކު ގޯޅިއަކުުން އައި ސައިކަލެއްގެއަޑު ނުހަނުގާތުން އިވުނެވެ. އެއާއއކު އަރޫން އަށް ވީގޮތެއްނޭންގުުނެވެ. މަލާކްއަށް އަރޫންގެ ހަޅޭކުގެ އަޑު އިވުމާއެކު ކުލިއަކަށް ފޯނުުކެނޑުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެނގުނެވެ. އެއާއެކު އެދެލޯ ކަރުނުފުރި ބަންޑުންވީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ. އަތޫން ފޯނުދޫވެ ވެއްޓެނިކޮށް ޝަމާލް އަށް ހިފުނީ ހަމަކިިރިޔާއެވެ. “މަލްކޮ.. ކިހިނެއްވީ.. ” ” އަރޫން.. ކުޑާބޭ .. އަރޫން..” މަލާކް އަށް ބުނެވުނީ އެހާވަރަށެވެ. ބަޑިފަޅައިގެން ދިޔައީއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ދުރުގައިވިޔަސް….. (ނޯޓް)

Next

ޓެކްސީ ވާހަކައިގެ ކިޔުންތެރިންގެ ސަމާލުކަމަށް

Next
June 30, 2017

ޓެކްސީ ވާހަކައިގެ ކިޔުންތެރިންގެ ސަމާލުކަމަށް

Previews
June 30, 2017

ދުރުގައިވިޔަސް….. (ނޯޓް)

53 Comments!

  1. maroon says:
    June 30, 2017 at 1:05 pm

    V reethi ?

    1. Layaa says:
      June 30, 2017 at 1:22 pm

      Aww thanks roon.. ?

  2. Greeny says:
    June 30, 2017 at 1:10 pm

    Me first

    1. Layaa says:
      June 30, 2017 at 1:25 pm

      Awwn dear dhen faharakun dhw .. first.. ? btw thnx?

    2. Faalih says:
      July 1, 2017 at 12:57 pm

      Really

  3. annoying reader says:
    June 30, 2017 at 1:12 pm

    alhey dnt kill aroon, aroon ge mamma ves ulhey faadeh dhw,libunu landu vaki kuda tha mihaaru. plz malaak and aroon dhuru nukuruvachey, love it.

    1. Layaa says:
      June 30, 2017 at 1:27 pm

      Thank you my dear annoying reader .. ??

  4. ??? says:
    June 30, 2017 at 1:24 pm

    Omg varah reethi and plx mala and aroon dhurunuurahchey plx layaa

    1. Layaa says:
      June 30, 2017 at 1:32 pm

      Layaavess beynumehnun edhekudhin dhurukuran.. dhenvaagoi balamaa.. btw thank you my dear ???

  5. §ama? says:
    June 30, 2017 at 1:27 pm

    Reethi ❤❤

    1. Layaa says:
      June 30, 2017 at 1:35 pm

      Thank you my dear sama? ❤❤

  6. Some one says:
    June 30, 2017 at 1:27 pm

    Wow!!!!! V riiithi!!! When nxt prt????

    1. Layaa says:
      June 30, 2017 at 1:42 pm

      Thank you my dear some one insha allah honihiruge fahun.. i have! 3 assignments to submit before that ehenve ingey..??

  7. Juvey says:
    June 30, 2017 at 1:34 pm

    Wow v nice ..?

    1. Layaa says:
      June 30, 2017 at 1:45 pm

      Thank you my dear juvey??

  8. kiaara says:
    June 30, 2017 at 1:37 pm

    vr reethi mi part vxx…

    1. Layaa says:
      June 30, 2017 at 1:46 pm

      Thanks kiaa ?ly .. ❤

  9. HARLEY quinn says:
    June 30, 2017 at 1:50 pm

    wowww, amazingggly nice

    1. Layaa says:
      June 30, 2017 at 3:52 pm

      Thank you my dear HARLEY quinn ?❤

  10. Scarlet says:
    June 30, 2017 at 1:51 pm

    Varah reethi mi baives??…alhey aroon ah kihineh baa vaany?..And I hate that balgish??… Waiting for next part?❤

    1. Layaa says:
      June 30, 2017 at 3:54 pm

      Owwwhh. Scarlet thank you my dear ?❤

  11. Xxxx says:
    June 30, 2017 at 1:54 pm

    V.nice dear

    1. Layaa says:
      June 30, 2017 at 3:57 pm

      Thank you my dear Xxxx ?❤

  12. Adha? says:
    June 30, 2017 at 2:10 pm

    Alhey kihinehtha mivee.. aroon ah dhera gotheh nahadhahchey layaa.. varah reethi mi part ves.. next part varah kiyaahiyvefa meenee???

    1. Layaa says:
      June 30, 2017 at 3:59 pm

      Alhey thankyou my dear adha.. ly.. insha Allah hinihirugefahun kiyaalandheynan.. ???

  13. Lian says:
    June 30, 2017 at 2:23 pm

    Varah reethi mi part ves..next part varah kiyaahiyvefa mihury???????

    1. Layaa says:
      June 30, 2017 at 4:06 pm

      Thank you my dear Lian ?❤

  14. Some one says:
    June 30, 2017 at 2:26 pm

    Owkey!!! Waiting. . . . . .
    Waiting. . . . .

  15. nonns says:
    June 30, 2017 at 2:39 pm

    Noooooooo. My loabi vaa aroon ah evy kihineih. Nooo dont do this layaa. Pls I beg u. Anyways varab reethi mi part but last aprt kiyaafa rovijje aron ah veegotheh neyngeythy. Pls dont do this. When next ep?

    1. Layaa says:
      June 30, 2017 at 4:09 pm

      Alhey nonns .. hamajehibala ingey ? abadhu ufalugaehvess life nudheynudhw.. ly.. n thankyou so much thihen abadhuvess hunaathee .. ✌?❤

  16. Niushali says:
    June 30, 2017 at 7:02 pm

    Alheyh kuru kamaa eyhh? rythi story eh ekam .. next part dhigu Koh genes dhehchey dear ..

    1. Layaa says:
      June 30, 2017 at 9:34 pm

      Thank you my dear Niushali❤

  17. sam♥ says:
    June 30, 2017 at 7:53 pm

    alhey layaa aroon ah dhera gotheh nuhadhah chey plx … eherun sam v dhera vaaane …. 🙁 anyways stry hama perfect igey …. love it ♡♡♡

    1. Layaa says:
      June 30, 2017 at 9:32 pm

      Awwn thank you my dear sam♥ .. ?❤

  18. Chum handi says:
    June 30, 2017 at 8:04 pm

    vrh reethi… srry mihaaru cmnt nukureveythy….. i’m quite busy….. waiting for the next part…..

    1. Layaa says:
      June 30, 2017 at 9:27 pm

      Awwn thankyou chum.. konmemeehkauvess busyvaane own life ga emahsalehnun.. ly. ?❤❤

  19. " " says:
    June 30, 2017 at 10:16 pm

    Varah dhuvaskoffa mi anekka vaahaka kiyanfeshy.. Miadhu fenunyma kiyaaly.. Dhen huttaanulevunu mi episode nimendhen ves.. Layaa..Next episode ah inthizaaru kurany mi..

    1. Layaa says:
      July 1, 2017 at 8:59 am

      Haadha rangalhey.. ? ly.. thank you so much my dear “” ❤

  20. zoya says:
    June 30, 2017 at 11:13 pm

    V reethi plz aroon aa malaak aa dhuru nukuraathi….varah dhera vaane eyrun…

  21. zoya says:
    June 30, 2017 at 11:15 pm

    Kon irakun next part nikun nany????

    1. Layaa says:
      July 1, 2017 at 9:00 am

      Thank you so much my dear zoya… insha allah honihiruge fahunn.. ?❤

  22. ???? says:
    July 1, 2017 at 1:42 am

    Salhi. …. waiting for the next part

    1. Layaa says:
      July 1, 2017 at 9:01 am

      Thank you my dear ?❤

  23. Robin says:
    July 1, 2017 at 11:10 am

    Adhi kiriyaa mi kiyaalevuny mi part…?hama varah furihama mi part ves❤?❤

    1. Layaa says:
      July 2, 2017 at 7:57 pm

      Thank you my dear Robin❤

  24. malaak mom? says:
    July 1, 2017 at 2:31 pm

    reethi mi baivess.kn iraku dhn aneh bai..

    1. Layaa says:
      July 2, 2017 at 7:59 pm

      Thankyou malaakmom .. ?❤

  25. malaak mom? says:
    July 1, 2017 at 2:45 pm

    keehve tha aharemen kuraa comment jahai nudheny????

    1. Layaa says:
      July 2, 2017 at 8:00 pm

      Keekay thibunee dhoonyaa .. comment theene fennaakahnu

  26. zoya says:
    July 2, 2017 at 10:11 am

    Ehen nubuney Layaa uxy V ma kamah vex vedhaaneh nun

    1. Layaa says:
      July 2, 2017 at 8:03 pm

      Yes dear v busy.. next weekga final exam.. and next weekga appointment vess inert hamajehifa.. dhekanthakajvess maledhaan ebajehey.. anehkolhun dhevana courhuge 3 assignment ebain dheefa… Bt stry vess innaane konmevess varakah liyelaafa .. bodah filaavalhukiyan mihaaru time midhenee.. ehenve lassvanee hope u all frnds understand..

  27. Scott the Alpha says:
    July 2, 2017 at 10:11 pm

    maroon,aroon dont they look alike!!

  28. zoya says:
    July 3, 2017 at 10:12 am

    I can understand aslu Layaa haadha molhey hurihaa kameh shedule eh henn viya thigendhany hope zoya ah vex thihen vaanama!

Comments are closed.


All Right Reserved!