Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

މަލާކް…16ވަނަބައި

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
July 3, 2017 3 Mins Read
47 Comments

ސައިކަލު އެއައި ބާރުމިނުގައި މަތަނުވުުމުން އައިސްޖެހުނީ އަރޫންގެ ގައިގައެވެ. އެއާއއެކު ވިއްސައިގެން އަރޫންޖެހުނީ ކަންމައްޗަށް ހުރި ފިހާރާއިގެ ދޮރުބުޑަށެވެ. ނަމަވެސް ސައިކަލް މަތަވީ އޭގެ ކަހާލައިގެން ވިއްސަކަށް ފޫޓުދުރަށް ދިޔަފަހުން ޕާކިންޒޯންގައި ހުރި ސައިކަލްތަކުގައި ޖެހިގެންނެވެ. އަރޫންގެ އިތުރުން ސައިކަލުގައި ދުއްވަން އިންމީހާއަށް ވެސް ބޮޑެތިއަނިޔާތަކެއްވެ ވަނީ ހޭނެތިފައެވެ.

އެމަޖެންސީރޫމްގައި ކޮޅުކޮޅުމައްޗަށް ޑަކްޓަރުންނާއި ނަރުހުން އަވަދިނެތި އުޅެމުން އެދަނީ ދެންމެ އެކްސިޑެންޓްވެގެން ގެނައި ދެމީހުނަށް އަވަސް ފަރުވާދިނުމުގައެވެ. ސަމީހުއަށް އޭޑީކޭއިން ގުޅުމާއެކު ބިންޔާކައިރީގައި ބުނެފައި އަވަހަށް އެދިމާއަށް ދިޔައެވެ. އޭރު ޗެކިންއަށް ދާން ވަގުތު ކައިރިވެފައި ވުމުން އިތުރަށް މަޑުކުރެވެން ނެތުމުން މަލާކްމެން ތިބީ ފެރީއަށްދާން ކާރުގައެވެ. އޭރުވެސް މަލާކްގެލޮލުން ކަރުނަނުހިކެއެެވެ. މިޝާގެ ކޮނޑުގައި ބޯއަޅާލައިގެން ރޯން އޮތް އިރު އެތަކެއްފަހަރަކު ކެތްތެރިވުމަށް މިޝާދިޔައީ ނަސޭހަތްތެރިވަމުންނެވެ. ބިންޔާއާއި ޖަޒްލާން ހޮސްޕިޓަލަށްދިއުމުން ޝަމާލްދިޔައީ އެއާޕޯޓަށެވެ.  ހަވީރު ހަތަރެއްގެ ފްލައިޓުން މަލާކްމެން ފުރިއިރު އަރޫން ލިބިފައިވާ ގެންލުންތަކުގެ ބޮޑުކަމުން ވަނީ އައިސީޔޫ އަށް ބަދަލްކުރެވިފައެވެ. އޭރު ބަލްޤިސްގެ އިތުރުން ޔާސީންގެ އާއިލާވެސް ހޮސްޕިޓަލަށް އަތުވެއްޖެއެވެ.

ލޯބިން ގުޅިލާފައިވާ ދެހިތް ކުއްލިގޮތަކަށް އެހެން ވަކިވެގެން ދާންޖެހުމުން ކުރެވޭ އިހްސާސަކީ ކިހާ އަސަރުހުރި ހިތްދަތި އިހްސާސެއްކަން މަލާކްއަށް އެނގުނީ އަދި އަލަށެވެ. ވީއިރު އެކަމަށް އޭނާ ކެތްތެރިކަމާއެކު ކުރިމަތިލާން ތައްޔާރެއްނުވެއެވެ. ލޮލުން އަންނަމުން ދިޔަ ކަރުނަތަށް ކިތަންމެފަހަރަކުވެސް ފޮހެލައިފިއެވެ. ނަމަވެސް އެއަކަށް ހުއްޓުމުމެއް ނައެވެ. ހުރިހާކަރުނައެއް ވެސް އަރޫން ފަދައިން ބީވެގެން ދަނީހެން ހީވާފަހަރުވެސް އާދެއެވެ.

ހިޝާމް އާއި ޝަމާލް އަދި މިޝާ އަށް ހޮސްޕިޓަލަށް ގޮސް ސަމީހު ކައިރީގައި މަޑުކޮށްލި ވަގުތު އައިސީރޔޫގެ ދޮރުހުޅުވާލާފައި ޑޮކްޓަރަކުނިކުތެވެ.

“ޕޭޝަންޓްގެ ހާލު ވަރަށްދަށް އޭ.ބީ ޕޮޒިޓިވް ލޭވެސް ބޭނުންވޭ.. އަޅުގަނޑުމެންނަށް ވެވުން އެންމެ ރަނގަޅަކަށް މިދަނީ ފަރުވާދެމުން..  އަވަހަށް ލޭހޯދައިދެއްވާ.. ” އެހެންބުނުމާއެކު އިތުރު ސުވާލެއްކުރާނެ ފުރުސަތު ނުދީ ޑޮކްޓަރު ވަނީ އެތެރެއަށެވެ. ” ސަމީހު ހަމަޖެހޭ އަހަރެްނގެ ހުންނަނީ އޭ.ބީ.ޕޮޒިޓިވް.. ” ހާސްވެ ކަންބޮޑުވެފައިވާ ސަމީހުގެ ކޮނޑުގައި އަތްއަޅާލަމުން ހިޝާމް ވާހަކަ ދެއްކިއެވެ. ވަގުތުން ލެބޯޓަރީއަށް ގޮސް ކްރޮސްމެޗް ހެދުމަށްފަހު ހިޝާމްގައިން ލޭނެގުނެވެ. އެހުރިހާއިރު ސަމީހު ހިޝާމް އާއެކު އުޅުމުން ބަލްޤިސްގެ މޫނުހީވަނީ އަނގުރު އަލިފާންގަނޑެއް ހެންނެވެ. ޔާސީން އާއި ޒާމިޒާއާ ވާހަކަ ދައްކަމުން ދިޔަނަމަވެސް އިރު އިރު ކޮޅާ މިޝާއާ ދިމާއަށް ވެސް ބަލާލަނީ ނުރުހުމުގައެވެ. ޝަމާލް ކައިރީގައި އިން މިޝާ ނޫރާގެ ލޮލުގައި އަޅައިގަތީ ބަލްޤިސް މާވަރަކަށް އެދިމާއަށް ބަލަންފެށުމުންނެވެ. މަޑުހިނގުމެއްގައި އެދިމާއަށް ދިޔައީ ދަންނަ މޫނެއް ހެން ހީވާތީއެވެ.

“ހައި.. ” މިޝާމެންނާއި އަރާ ހަމަވެލާފައި ނޫރާ ހައިޖަހާލިއެވެ. އެވަގުތު ޝަމާލްއަށް ނޫރާފެނި އިސްޖަހާލެވުނެވެ. މިމަންޒަރު ކައިރީގައި ހުރި މިޝާރަނގަޅަށް ދުއްޓެވެ. “ޝަމާލް ކިހިނެއްތަ.. ވަރަށްދުވަސްވެއްޖެ ދޯ ދިމާނުވާތާ.. މީ ވައިފްތަ ނޫނީ ގަރލް ފްރެންޑްތަ.. ” މިޝާއަށް އިޝާރާތްކޮށް ނޫރާއަހާލިއެވެ. އެހެންގޮތެއްނެތް ކަން އެނގުމުން ޝަމާލްވެސް ނޫރާއަށް ޖަވާބުދިނެެެވެ. ” ރަނގަޅު.. މީ އަހަރެންގެ ފިއުޗަރ ވައިފް..  ދޯ މިޝް.. ” ” އެހެންތަ.. އަހަންނަށް ކިއަނީ ނޫރާ.. ” ސަލާމްކުރަން އަތްދިކޮށްލުމުން މިޝާވެސް ސަލާމް ކޮށްލިއެވެ. “ހިނގާބަލަ ހަމަޖެހިލައިގެން ވާހަކަ ދައްކާލަން އިހަށް ކެންޓީނަށް އަހަރެން ބޭނުން ޝަމާލްއާ ވާހަކައެއް ދައްކަން.. މިޝާވެސް.. ” ހީލާފައި ނޫރާ ހިނގައިގަތުުން ނުދަންހުރި ޝަމާލް ގެ އަތުގައި މިޝާހިފުމުން ނުދަން ހުރެވެސް ދިޔައީ ގޮތް ހުސްވުމުންނެވެ.

ސަމީހުއާއި ހިޝާމް ވެސް ކެންޓީންއަށްދިޔައީ ލޭނެގުމަށްފަހުގައި ރަނގަޅުއެއްޗެއް ކާލުމަށެވެެ. ޔާސީން އާއި ރާމިޒާގެ ކައިރީގައި  ބަލްޤިސް ކައިރީ ހުރެދިނުމަށް އެދުމަށް ފަހުގައެވެ. ކެންޓީނަށް ވަދެގެން އައި ނޫރާ އާއި ޝަމާލްމެން އިށީންދެލި ތަންކޮޅެއް އެތެރޭގައި ހުރިމޭޒެއްގައި ކަމުންއެތަން ތަންކޮޅެއް ހިނމޭންވެފައި ހިތްގައިމެވެ. ނޫރާ އާއި މިޝާވެސް ނެގީ ހޮޓްޗޮކްލެޓްއެއް ނަމަވެސް ޝަމާލްބޭނުންވީ ކަޅުކޮފީއެކެވެ. “ހޫމް ކީކެތަ ކިޔަންތިއުޅެނީ.. ” މާގިނައިރު އެތާގައި ހޭދަކުރަން ބެނުން ނުވުމުން ޝަމާލް އިސްވެ ވާހަކަ ދެއްކިއެވެ. ” އަހަރެން ދައްކަން އުޅޭވާހަކަ ދޯ.. އެންމެ ފުރަތަމަ ބެނުމީ ޝަމާލްއަށް ތިހާ ލޯބި ވައިފީއެއްލިބެން އުޅޭތީ މަރުހަބާކިޔާލަން.. އަސްލުވެސް މިޝާ ވަރަށް ލޯބި.. ދެން ދޯ.. ” އެހެންބުނެފައި ނޫރާ ފުންނެވާއެއް ދޫކޮށްލިއެވެ. ” އަހަރެން މިއުޅެނީ މެރީކުރަން.. އެރޭންޖް މެރިއެޖް.. އެކަމަކު އިނގޭތަ ހުރިހާދުވަހަކު އަހަރެން އެންމެ އިންތިޒާރު ކުރިމީހާއާ… ” ޝަމާލްގެ މޫނަށް ނަޒަރު ހުއްޓާލުމާއެކު ނޫރާއެހެންބުނީ ޝަމާލްއަށް ވާގޮތް ރަނގަޅަށް ބަލާޅުމުގެ ބޭނުމުގައެވެ. ” ވަޓް… ނޫރާ އަރޫންއާ.. ކިހިނެއް .. ” ޝަމަާލްއިނީ އިވުނު އަޑުތައްގަބޫލުކުރަން ދަތިވެފައެވެ. މިޝާވެސް އަނގަހުޅުުވުނި ޝަމާލްގެ އަނގައިން އަރޫންގެ ނަން އަޑުއިވުމުންނެވެ. އެވާހަކަ މަލާކްއަށް އިނގިއްޖެނަމަ ވާނެގޮތެއްވެސް ނޭންގެއެވެ. ” ޔެސް ޝަމާލް .. އަރޫން.. އަހަރެމެންގެ ޕޭރެންޓްސް އެކަން ހަމަޖެއްސީ.. މިފަހަރު އަރޫން މިކޮޅަށް އެގެނައީވެސް އަހަރެންގެ އެދުމަށް ބަލްޤިސްދައްތަ ކައިރީގަ ބައްޕަ ބުނުއްވައިގެން.. އަހަރެންބޭނުންވީ.. ހުރިހާދުވަހު އަރޫން އަހަރެންގެ ލޯތްބައް ފުރަގަސްދިނުމުންވެސް މޮޅުލިބުނީ އަހަރެންނަށްކަން އަރޫންއަށް އަންގަދޭން.. އެކަމަކު.. ” އެހިސާބަށް ބުނެވުމާއެކު ނޫރާގެ ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ. އިތުރަށްވާހަކަ ދައްކަންއުނދަގުވެ ކަރުބެދެގޮތްވީއެވެ.

މަލާކްމެންނަށް ދެވުމާއެކު މީރާންގެ މަންމަކީ ވަރަށް ހޫނު މަރުހަބާއެކެވެ. ނަމަވެސް އޭރުވެސް މަލާކްގެ މީޑު އެއްކޮށް ހަމަޔަކަށް ނޭޅެއެވެ. އިރު ިއރުކޮޅާ ދެލޮލުން ކަރުނަ ފާއްދާލައެވެ. މާގިނައިރު ނުހުރެ ހަމަޖެހިފައިވާ ކޮޓަރިއަށްމަލާކް ދިޔައީވެސް އެހެންމިހުނަށް އެކަން ފާހަގަ ވިޔަ ނުދޭށެވެ. ނަމަވެސް އޭރު މީރާންއާއި މައިޝާއަށްވެސް ކަމެއްވެއްޖެކަން އެނގިއްޖެއެވެ. ހަމަޖެހިލައިގެން އެމީހުން މިޝާއަށް ގުޅާ ހުރިހާ ކަމެއް އޮޅުން ފިލުވީ އެރޭގައެވެ. މައިޝާހީކުރިގޮތާ ހިލާފަސް މަލާކްއެދަނީ މާބޮޑަށްވެސް ހިތާމަކުރަމުން ކަން އެނގުމުން މައިޝާއަވަހަށް މަލާކްގެ ކޮޓަރިއަށްދިޔައީ ވާހަކަދައްކާލުމަށެވެ. ނަމަވެސް އޭރު މަލާކްއަށް އޮތީނިދިފައިކަމުން އެކަން ކާމިޔާބުވާ ގޮތެއްނުވިއެވެ.

ނޯޓް: މަލާކް ވާހަކަ ކިތަންމެ ކުރުކޮށްނަމަވެސް މި އަޕްކޮށްލީ.. މިއަންނަ ހަފްތާގައި ފައިނަލް އެގްޒާމް އޮތުމާއެކު އެވާހަކަބުނެލަންވެގެން.. ލަޔާގެ ކިޔެވުން ހުރިގޮތުންނާއި މިހާރު ވިހެއުމަށްވެސް 3 މަހަށް ވެފައުހުރިމަ ޑޮކްއަށް ދަށްކަންވެސް އެބަޖެހޭ.. ނެކްސްޓްވީކްގަ.. އުންމީދުކުރަންހުރިހާ އެކުވެރިންނަށްވެސް ލަޔާގެ މި ހާލަތު ޤަބޫލުކުރެވޭނެ ކަމަށް.. އިންޝާ ﷲ ޓެސްޓް ނިމުންހާ އަވަހަކަށް 17 އަދި 18 ދެޕާޓްވެސް އެކު އެކީހެންކިޔާލަން ލިބޭނެ ވާހަކަ  ބުނެލަން.. އެންޑް ވަރަށްބޮޑަށް މާފަށްއެދެން ހުރިހާ ފްރެންޑްސް ކައިރިންވެސް މިހެން ދިމާވީމާ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

މިލްކު ކޮށްލީ ހިތޭ……10

Next

ޞަފަރު 10 (ފަހުބައި)

Next
July 3, 2017

ޞަފަރު 10 (ފަހުބައި)

Previews
July 3, 2017

މިލްކު ކޮށްލީ ހިތޭ……10

47 Comments!

  1. AKI says:
    July 3, 2017 at 3:02 pm

    haadha inthizaaru kohfin may

    1. Layaa says:
      July 4, 2017 at 5:41 am

      Ehentha AKI ? btw thanks my dear.. ❤

  2. Star gurl says:
    July 3, 2017 at 3:09 pm

    it’s ok dear.. alhe.. I wonder layaa kyhvebaaey preg iruga up kurany story.. ihah breakeh nagaalinama.. layaa ah undhahuleh nuveytha……. and kiyavaa kuhjeh… pfft.. I feel pity for yuh layaa..

    1. Layaa says:
      July 4, 2017 at 5:44 am

      Thanks my dear kiaa ? keehkuraanee kuraahiyvaa kamehveema start kurevunee? hehe btw v happyvejje ❤?

  3. Star gurl says:
    July 3, 2017 at 3:10 pm

    ??

  4. ??? says:
    July 3, 2017 at 3:16 pm

    It’s okey layaa baehfahru kehkuranves vaanedhoa
    Story hama best ☺☺☺?

    1. Layaa says:
      July 4, 2017 at 5:46 am

      Awwn thank you so much my dear ?❤

  5. Naana says:
    July 3, 2017 at 3:18 pm

    Its ok?….May God bless u and ur baby….gud luck 4 ur exam.
    waiting…❤

    1. Layaa says:
      July 4, 2017 at 11:38 am

      Thank you so much my dear Naana ? m so happy.. ? ❤?

  6. sam♥ says:
    July 3, 2017 at 3:23 pm

    best of luck layaa n stry vvvv lobii ekm aroon n noora marry nukuruvaathii plx plx plz …. preg vaahaka bunymaa v v happy veh je …. 🙂 🙂 🙂 🙂 🙂 love u layaa … tc … waiting …♡♡♡

    1. Layaa says:
      July 4, 2017 at 11:41 am

      Awwn thank you so much dear sam♥ .. ly 2.. ??❤?

  7. Flower princess says:
    July 3, 2017 at 3:37 pm

    It’s ok layaa no need to be sorry I will wait….♡♡♡♡

    1. Layaa says:
      July 4, 2017 at 11:42 am

      Alhey v ufaavejje ? thank you so much dear Flower princess❤?

  8. Some one says:
    July 3, 2017 at 4:03 pm

    Itsss owkey layaa!!! N gd luk 4 ur exam! N i hope layaa beynun kahala baby eh libeyne kamah!!! ☺ n when nxt prt up kurevey varu vaanii?

    1. Layaa says:
      July 4, 2017 at 11:45 am

      Thank you my dear Some one.. ? insha allah layaavess hope kuranee egothah .. ? next part test ah fahu adhi dhuvass kandanaalhaa Bt next week kan ingey..❤?

  9. Khadu says:
    July 3, 2017 at 4:12 pm

    Ok inthizaar kuraanan vaahka v vrithe?????????

    1. Layaa says:
      July 4, 2017 at 11:46 am

      Ehentha ? thank you so much dear Khadu ?❤?

  10. HARLEY quinn says:
    July 3, 2017 at 4:19 pm

    woww, interestinggg,
    ohhh what will heppens next??? i really wanna knww…

    1. Layaa says:
      July 4, 2017 at 11:48 am

      Thank you my dear HARLEY quinn.. ? dhenvaagotheh balaalan keitherivelaa ingey ?❤?

  11. Sinaa says:
    July 3, 2017 at 5:57 pm

    We will wait .. gd luk 4 ur exam and tgc of ur baby

    1. Layaa says:
      July 4, 2017 at 8:24 pm

      Thank you so much dear Sinaa.. ?? ❤?

  12. m says:
    July 3, 2017 at 6:14 pm

    take care layaa… mwah

    1. Layaa says:
      July 4, 2017 at 8:25 pm

      Thank you so much dear m .. ? ?

  13. khajja says:
    July 3, 2017 at 6:56 pm

    Wow??? its ok gud luck 4 ur exam n tgc of our baby stry v rythi noora aa aroon nugulhuvachchey mi accident ah fahu nooraa aroon mathin foohikollaabala thanks 4 the luvly stry layaa n mee layaage first baby tha? Congra all the best gud luck ly ????❤❤❤❤???????????????

    1. Layaa says:
      July 4, 2017 at 8:27 pm

      Alhey v ufaavejje ? thank you so much my dear khajja.. me layaage second kid ? ❤?

  14. Chum handi says:
    July 3, 2017 at 7:24 pm

    story habeys…. good luck on your exam…. but dhenn i warn you…. baby liben ulhey iru baliyyaa readers upset vedhaane yey kiyaafa story up nukuraathi….. may allah bless you and your baby…. gdnyt… ly….

    1. Layaa says:
      July 4, 2017 at 8:40 pm

      Alhey Layaa v ufaavejje thikahala Loabi frnds thibikan enguneema .. ?? ?? ly.. thank you so much my dear chum… ❤?

  15. Adha? says:
    July 3, 2017 at 8:10 pm

    Omg! Layaa u r preg and studying too.. ekam ves story up kuramun thi gendhany.. haadha rangalhey layaa..may allah bless u and ur baby.. nd exam in ves rangalhu nathyjaa eh dhehvaashi.??? mi part ves varah reethi ingey…Aroon aa dhimaa nuve malaak e dhiyaee?.. dhen annehkaa e noora gandaa aroon aa nugulhuvahchey layaa…? waiting for the next ep❣?❤

    1. Layaa says:
      July 4, 2017 at 8:30 pm

      Aameen… ?.. btw thank you so much my dear adha .. ly.. ?❤?

  16. nonns says:
    July 3, 2017 at 8:16 pm

    Wow. Varah reethi mi part. gud luck for ur exams. And may allah bless you and you baby. Night.

    1. Layaa says:
      July 4, 2017 at 8:36 pm

      Aww thank you so much my dear nonns .. ? ❤?

  17. shau says:
    July 3, 2017 at 9:14 pm

    MayAllah bless u n ur baby N Gud luck for your exam dear

    1. Layaa says:
      July 4, 2017 at 8:35 pm

      Thank you so much my dear Shay.. ?❤?

  18. Robin says:
    July 3, 2017 at 10:04 pm

    Dhn vaany kihineh baa ey hithah arany. Varah kiyaalanee hithun mihury next part.??..will be waiting.. Take care layaa?❤

    1. Layaa says:
      July 4, 2017 at 8:37 pm

      Ehentha ? .. btw thank you so much my dear Robin .. ❤?

  19. super girl says:
    July 3, 2017 at 10:39 pm

    congra layaa nd best of luck for yuh exam

    1. Layaa says:
      July 4, 2017 at 8:31 pm

      Thank you my dear super girl.. ?❤?

  20. sheen says:
    July 3, 2017 at 11:55 pm

    It’s ok dear.. v ufaavejje vaanuvaa neyngi vaahaka genesdhinun huttaalumuge badhaluga veegothaai vaanvi goiy bunela dhineema.. kiyuntherunge ihusaasthakah gadharu kuraa writer eh kan gaboolukohfin… thanx

    1. Layaa says:
      July 4, 2017 at 8:28 pm

      Thank you so much my dear sheen.. ?❤?

  21. Hawwi says:
    July 4, 2017 at 5:08 pm

    Layaa ehaa bodah sorry feel vaa eicheh noon dhen ..hama jehilaigen hus vaguthu libunima liyefa up kureema OK hawwi ah wait kohgen hunnaanan..insha allah

    1. Layaa says:
      July 4, 2017 at 8:23 pm

      Ehentha hawwi ? varah ufaavejje .. ? thank you so much ❤?

  22. Anonymous says:
    July 5, 2017 at 11:06 am

    vaahaka v salhi.. hiyy thalhuvaalaafa thi ninmaaly..

    1. Layaa says:
      July 6, 2017 at 6:25 pm

      Ehentha ? thank you my dear Anonymous?❤

  23. foohi says:
    July 5, 2017 at 1:02 pm

    mi site ah vaahaka liyanee hus kiyavaa kudhintha , abadhu exam ga

    1. Layaa says:
      July 6, 2017 at 6:27 pm

      Manmage ungun kahvalhaa hamayahvess ungenunothee ehenveema examves onnanehnudhw ?? dhe ehaa foohi nuveba ingey ?❤

  24. EYEMEE says:
    July 12, 2017 at 2:39 pm

    V rythi mi part vx.. v dhuvas kohlaafa vaahaka mi kiyaalee.. Ekm vx mi libuny hithaamaveri habareh… Btw its k…. Ekm v inthizaaru kureveyne next part ah… ☺

  25. Mysha says:
    July 13, 2017 at 2:36 pm

    Kobatha mihaaru e maahil…..
    Eyy kee konkahala balgish ehtha… hux aa ves decide nukoh nooraa aa merry kuruvan.
    Aroon ah avas shifaa akah edhen….
    Plx..
    Malaak n aroon dhurunukurah chey…
    Mi part ves vv nice…

    N congra….

Comments are closed.

Next Episodeމަލާކް… 17ވަނަބައި←


All Right Reserved!