Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިލްކު ކޮށްލީ ހިތޭ……09

Noor💙 Level 710 Stories100 Comments100 Login500 Comments
July 2, 2017 6 Mins Read
122 Comments

“ދަރިފުޅާ އަވަހަށް އާދޭ..ޔޫލްގެ ބައްޕަ އެބައިން ކާރުގަ ދަރިފުޅު ބަލާ އައިސް..ޝައިބާއާއި ދެކުދިން ދޭ ކާރުގަ…ބައްޕަ ދާނަން މަންމަ ގޮވައިގެން ސައިކަލްގަ..”ޒުހޭރުގެ އަޑަށް ފަލަކުއާއި ޝައިބާއަށް އެކީ ކަހަލަ ގޮތަކަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ.

**************

ޝައިބާ ކިތަންމެ ބޭނުން ނުވިޔަސް އޭނާއަށް ޙަފްލާގައި ބައިވެރި ވުން ނޫން އިތުރު ގޮތެއް ނެތެވެ.ނުގޮސް ގޭގައި މަޑުކޮށްފިނަމަ ބައްޕަގެ އެތައް ސުވާލު ތަކަކާއި ކުރިމަތިލާން ޖެހޭނެއެވެ.ނުވިތާކަށް ފިޒާން މެންވެސް އެހާ ސުވާލު ގިނަ ކުރާނެއެވެ.ކޮންމެ ގޮތެއް ވިޔަސް އޭނާގެ އެހާ މަސައްކަތުންވެސް ފަލަކުއާއި ޔޫލް ދުރު ނުކުރެވުމުން ބަލި ގަބޫލު ކުރުން ނޫން ގޮތެއް ނެތެވެ.

*************

ހުރިހާ އެންމެންވެސް ތިބީ ކައިވެނި ކުރެވޭ ގަޑި ނުތަންވަޅު ވެފައިވާތީ މޭޒުކައިރީ ޖަހާފައި ހުރި ގޮނޑި ތަކުގައި އިށީނދެ ލައިގެން ކެތް މަދުވެފައެވެ.އަރޫޝާމެން ތިބީ ފަލަކުގެ އިންތިޒާރުގައި ގޭ ދޮރުމަތީގަައެވެ.

ރަތްކުލައިގެ ކާރުއައިސް މަޑުކޮށްލުމުން ޝައިބާއާއި އަރޫޝާގެ އެހީގައި އެބޮޑު ވެޑިން ޑްރެސްއާއި އެކު ފަލަކު ކާރުން ފޭބުމަށްފަހު އެތެރެއަށް ވަނުމަށް ހިނގައިގަތެވެ.ފަލަކު ދެއަތުން ހެދުމުގެ ދެފަރާތުގައި ހިފަހައްޓައިގެން ހުރިއިރު ފަހަތުން ހެދުމުގެ އެ ބޮޑު ލޭސް ފަސްބައިގައި ޝައިބާއާއި އަރޫޝާ ހިފައިދީގެން ތިއްބެވެ.

ޝިނާންއާއި ވާހަކަ ދައްކަން ހުރި ޔޫލްއަށް ފަލަކު ފެނުމުން އާޝޯޚު ވީވަރުން އޭނާގެ ދުލުގައި އޮތް ބަސްވެސް ހުއްޓުނެވެ.

“ހޭއި ބަޑީ…ތިވަރަށް ނުބެލިޔަސް ޝީ އިޒް އޯލް ޔޯސް އޭ”.ފުރުސަތުގެ ބޭނުންހިފައި ޝިނާންވެސް ޔޫލްއާއި ދިމާކޮށްލިއެވެ.އެވަގުތު ޔޫލްގެ މޫނު މައްޗަށް ލުއި ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ.ފަލަކުއަށްވެސް ޔޫލްގެ އެ އުފާވެރި މޫނު ފެނިފައި ހިނދުކޮޅަކަށް ނަމަވެސް ހުރިހާ ހިތާމަ ތަކެއް ހިތުން ފިލައިގެން ދިޔައެވެ.

ނަމަވެސް އެވަގުތު ދޮރާށި ހުޅުވާލުމަށްފަހު އެތެރެއަށް ވަދެގެން އައި ޒީލް ފެނިފައި ޔޫލްގެ ހިތުގައި ނަފްރަތާއި ހަސަދައިގެ ހުޅު ރޯވެގެން ދިޔައީ ބަސް ބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ.އެތެރެހައްޓަށް އުނދަގޫ ވެގެން ދިޔަލެއް ބޮޑުކަމުން ޔޫލްގެ ދެބުމަ ގޮށްޖެހިގެން ދިޔައިރު ދެއަތްވެސް މުއްކަވާ ލެވުނީ ނުހަނު ބާރަށެވެ.

**********

ޒީލް ފެނުމުން ފަލަކުގެ ހިތަށްވެސް ނުބައި ގޮތެއް ވެގެން ދިޔައިރު އަވަސް ހަރަކާތަކާއިއެކު ކައިރީގައި އިން ގޮނޑީގައި އިށީނދެލައިގެން އިން ޔޫލްއަށް ބަލައި ލެވުނެވެ.ނަމަވެސް ޔޫލް އިނީ ފޯނަށް ބަލަހައްޓައިގެން ކަމުން އެ މޫނުމަތީގައި ވި އަސަރުތައް ފަލަކުއަށް ފެންނަ ގޮތެއް ނުވިއެވެ.

އޭގެ ފަސްވަރަކަށް މިނެޓްފަހުން ހަނީފްއާްއި އެކު ޣާޒީއާއި ހެކިވެރިން އައިސް ގޮނޑީގައި އިށީނުމާއިއެކު ކައިވެނީގެ މަޖިލިސް ފެށިގެން ދިޔައެވެ.ހަނީފްގެ ދެމަފިރިންނާއި ޒުހޭރުގެ މޫނުމަތިން އުފާވެރިކަން ފިޔަ ޖަހަމުން ދިޔައިރު އަފީފާއާއި ޝައިބާވެސް ހުރީ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު ދައްކައިގެންނެވެ.ނަމަވެސް ފިޒާންގެ ފަހަތުގައި ހުރި ޒީލްގެ ހިތް ވަނީ ކުދިކުދި ވެފައެވެ.އޭނާ ޕާޓީއަށް އެއައީވެސް ހުރިހާ ޑޮކްޓަރުން ޕާޓީގައި ބައިވެރިވާނެތީ އިތުރު އެހެން ގޮތެއް ނެތުމުންނެވެ.އެހެނެއްކަމަކު ފަލަކު އޭނައާއި އޮތް ރަޙުމަތްތެރި ކަމުގެ ގުޅުންވެސް ކަނޑާލާފައި ވާއިރު ފަލަކުގެ އުފަލުގައި ބައިވެރިވާން އަންނަން ކިހާ ލަދުވެސް ގަންނާނެތާއެވެ.

“އަނބި ޤަބޫލު ކޮށްފިން”

.މަޢުނަވީ ގޮތަކަށް ފަލަކުއަށް ބަލައިލުމަށްފަހު ޔޫލްގެ ދުލުން ބޭރު ކޮށްލި އެ ބަހާއިއެކު ފަލަކުއާއި ޔޫލްގެ ކައިވެނީގެ ގޮށް ޖެހިގެން ދިޔައެވެ.އިސްދަށަށް ޖަހާލައިގެން އިން ފަލަކުގެ ދެލޮލުން އެވަގުތު ވެއްޓުނު ކަރުނަތިކި އޭނާގެ މުށްކަވާލައިފައިވާ ގަނޑުފެން ކޮޅެއްފަދަ ފިނި އަތްތިލައިގެ ނުފުށަށް ހިނދިގެން ދިޔައެވެ.

ކައިވެންޏަށްފަހު ޙަފްލާގެ ކަންތައްތައް ފެށިގެން ދިޔައެވެ.ޔޫލްގެ ދެމަފިރިންނަށް މަރުޙަބާ ކިޔުމަށް އެތައް ޢިއްޒަތް ތެރިންނެއް ޙަފްލާގައި ބައިވެރި ވެފައި ވެއެވެ.ގިނަޢީ ހަނީފްގެ އެކުވެރިންނާއި ޔޫލްގެ ރައްޓެހިންނެވެ.ކޮންމެ މީހެއްގެ ދުލުންވެސް ދެމަފިރިންނަށް އެތަށް ތަޢުރީފަކާއި އައު ކައިވެނީގައި ބަރަކާތް ލެއްވުން އެދި ދުޢާގެ ބަސްތައް އޮއްސަމުން ދިޔައެވެ.އެ ބަސްތަކުން ފަލަކުގެ ހިތުގެ އެންމެ ފުނަށް އަސަރު ކުރަމުން ދިޔައިރު އިރުއިރުކޮޅާ ޔޫލްއަށް ބަލައިލެވެއެވެ.ނަމަވެސް ޔޫލް ހީވަނީ ފަލަކުއަށް ނުބަލަން ކަމަށް ހުވާ ކޮށްގެން ހުރި ހެންނެވެ.

ކައިވެނީގެ ޙަފްލާ ނިމުނުއިރު ހުރީ އެގާރަގަޑި ބައިވެސް ވެފައެވެ.ޒުހޭރުވެސް ހާ ޙަޔާތެއް ފަށާފައިވާ ދަރިފުޅަށް އުފާވެރި މުސްތަޤްބަލަކަށް އެދި ދުޢާ ކުރާޙާލު ދަރިފުޅުގެ ބޮލުގައި ލޯބިން ފިރުމާލިއެވެ.އަދި ކެތްތެރި ކަމާއިއެކު ދިރިއުމުގައި ދިމާވާ ގޮންޖެހުން ތަކާއި ކުރިމަތިލުމަށް ނަސޭހަތްތެރި ވިއެވެ.އަދި ފަލަކުގެ ފޮށި ގެންގޮސް ކޮޓަރިއަށް ލައިދިނުމަށްފަހު ބައްޕަމެން ދެން ދަނީއޭ ކިޔައި ގެއަށް ދިޔުމަށް ހިނގައިގަތެވެ.

ޔޫލްގެ ގާތުގައި ހުރި ސީމާ އައިސް ފެންކަޅި ވެފައިވާ ފަލަކުގެ ދެލޯ ފޮހެލައިދިނީ އުފަން މަޔަކު ފަދައިންނެވެ.މަންޒަރު ބަލަން ތަންކޮޅެއް ދުރުގައި ފޯނެއްގައި ހުރި ހަނީފްވެސް ފޯނު ޖީބަށް ލުމަށްފަހު އައިނު ނަގައި ދެލޯ ފޮހެލީ އެދެމައިންގެ ލޯބި ފެނުމުން އުފަލުންގޮސް އެދެލޮލަށް ކަރުނަ ޖަމާވެފައި ހުރީތީއެވެ.

ސީމާ ފަލަކު ގޮވައިގެން ގޮސް ޔޫލްގެ ކޮޓަރިއަށް ވަނުމަށްފަހު އެނދުމަތީގައި މަޑުމަޑުން ފަލަކު ބޭންދުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައީ ފަލަކުއާއި ވާހަކަ ދައްކަން އިރުކޮޅަކު މަޑުކޮށްލާފައެވެ.

ޔޫލްއައިސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއަޑަށް ގަނޑުވެފައި އިން ފަލަކުއަށް ސިހިފައި ޔޫލްއަށް ބަލައިލެވުނެވެ.ނަމަވެސް ޔޫލް އެތެރެއަށް ވަދެގެން އައިސް ފަލަކުއަށް ބަލާލުމެއްވެސް ނެތި ފާހާނައަށްވަދެ ފެންވަރާލައިގެން ތުވާލި އަނދެގެން ނިކުމެ ސޯޓުބުރިއެއް ލުމަށްފަހު ފަލަކު އިށީނދެގެން އިން ފަރާތްނޫން އަނެއް ފަރާތުން އެނދަށް އަރައި އޮށޯވެ ހަމަޖެހިލާ ފޯނާއި ކުޅެން ކަމަށް ހަދާލީ ފަލަކުއަށް ބަލާލުމެއްވެސް ނެތިއެވެ.

ފަލަކުވެސް އެނދުން ތެދުވެގެން ގޮސް އޭނާގެ ހެދުންތައް އަޅައިގެން ގެނައި ފޮށި ހުޅުވުމަށްފަހު އޭގެން ނިދާ ހެދުމެއް ނަގައިގެން އައިސް ފާޚާނައަށް ވަންނަން އުޅެފައިވެސް އައިސް ޑްރެސިންޓޭބަލްގެ ކުރިމަތީ ހުއްޓިލީ އެބޮޑު ހެދުމާއިއެކު ފާޚާނަތެރޭގައި އުޅެން އުނދަގޫ ވާނެތީ ހެދުމުގެ ފަހަތުގައި ހުރި ގޮށްތައް ނައްޓުވައިގެން ފާޚާނައަށް ވަނުމަށެވެ.ނަމަވެސް އޭނާއަށް އުޅެއުޅެ ވަރުބަލުވީ އިރުވެސް އެގޮށްތައް ނެއްޓުވޭ ގޮތެއް ނުވިއެވެ.ވަރަށް މަސައްކަތުންވެސް ނެއްޓުވުނީ އެންމެ މަތީގައި އިން ގޮށް އެކަންޏެވެ.

އެންމެ ފަހުން ޔޫލްއަށް ކެތް ނުކުރެވިގެން ތެދުވެގެން އައިސް ފަލަކުގެ ހެދުމުގެ ގޮަށްތައް ނައްޓުވައިދޭން ފެށިއެވެ.ފަހަތުން އުނގަނޑާއި ހަމައަށް ހަރުކޮށްފައިވާ ޑައިމަންޑް ޝޭޕްގެ ވިހިގޮށް ނައްޓުވާލަދިންއިރު އެކަމުން ބުނެދޭން ނޭނގޭފަދަ އިޙްސާސެއް ކުރެވެމުން ދިޔައީ ހަމަ އެކަނި ފަލަކު އަކަށް ނޫނެވެ.ނަމަވެސް ޔޫލްއަކީވެސް ހުރިހާ ހިއްސުތަކެއް ސަލާމަތުން ހުރި ޒުވާންކަމުގެ ލޭ ހިނގަމުންދާ ފިރިހެނެއް ވިއްޔާއެވެ.ވީއިރު ކައިވެނީގެ އަލަތު ރޭ އަނބިމީހާގެ އުނގުން އުފާ ލިބިގަތުމަށް ނޭދެވޭނެ ހެއްޔެވެ؟

ހިތުގައި އުތުރި އަރަމުންދިޔަ ޖަޒުބާތުތަކުން ފަލަކު އަވަސްވެގަތީ ފާޚާނައަށް ދިޔުމަށެވެ.ނަމަވެސް ހަމަ އެ ސިކުންތުގައި އެބޮޑު ހެދުމުގެ ފެތުރިފައިވާ ފަސްބަޔަށް އެރި އަރި އަޅައިލައިގެން ގޮސް ވެއްޓެންދިޔަ ފަލަކުއަށް ހިފެހެއްޓުނީ ޔޫލްގެ އަތުގައެވެ.ޔޫލްވެސް އެކަހަލަ ކަމަކަށް ނުވިސްނާ ހުރުމުން ދެމީހުން ވެއްޓުނުއިރު ފަލަކުއަށް އޮވެވުނީ ޔޫލްގެ ގައިމަތީގައެވެ.ޔޫލްއޮތީ ނިދަންލީ ސޯޓާއިއެކު ހުސްގަޔާ ހަދާލާފައި ކަމުން ޔޫލްގެ ހަށިގަނޑުގެ ހޫނުކަން ފަލަކުއަށް އިޙްސާސް ވަމުން ދިޔައީ އިންތިހާ ދަރަޖައަށެވެ.އަނެއްކޮޅުން ފަލަކުގެ ހެދުމުގެ ކަރުން އެއްފަރާތު ކޮނޑުން ބޭލިފައި ވާއިރު އަވަސްވެފައިވާ ފަލަކުގެ ހިތުގެ ވިންދުވެސް ޔޫލްއަށް ދިޔައީ އިޙްސާސް ކުރެވެމުންނެވެ.ސާދަ ވިލޭރޭގެ ހަނދެއްފަދަ ރީތި އަނބިމީހާ އެފަދަ ހާލަތެއްގައި އެހާ ގާތުގައި ވުމުން ޔޫލްގެ ގަދަކަމުން ކޮންޓްރޯލް ކުރަމުންދިޔަ އިޙްސާސްތައް ކޮޅުންލިއެވެ.ފަލަކު ތެދުވަންވެގެން ޓައިލްސްތައްމަތީ އަތް އަޅައިލިތަނާ ޔޫލްގެނައި ކުއްލި ހަރަކާތަކާއިއެކު އޭނާއަށް އޮވެވުނީ ޓައިލްސްތައް މަތީގައެވެ.އަދި ޔޫލްގެ ބާމަތި ފުޅާ އެރީތި ފިރިހެންވަންތަ ހަށިގަނޑު އޭނާގެ ގައިމަތީ އޮތްއިރު އެ ހަށިގަނޑުގެ ބަރު ފަލަކުއަށް އިޙްސާސްނުވީ ޔޫލްގެ އެއްއަތް ފަލަކުގެ ގައިދަށަށްލާ އުނަގަނޑުގައި އަޅުވާލާފާއި ވާއިރު އަނެއް އަތުން ޓައިލްސްތައް މަތީ ވިއްދާލާފައި އޮތުމުންނެވެ.މޫނާއި މޫނު ކައިރި ވަމުންދިޔައިރު ދެމީހުންނަށްވެސް އެކަކު އަނެކެއްގެ ހޫނު ނޭވާތައް އިހްސާސް ކުރެވެމުން ދިޔައެވެ.ފަލަކުއަށް ލޯމަރާލެވުނީ އެންމެ ލޯބިވާމީހާ އޭނާގެ ފިރިއަކަށްވެ ފިރިމީހާގެ އަތުތެރޭގައި ފުރިހަމަ ޙައްޤާއިއެކު އެގޮތަށް ވެވުމުން ހިތަށް ކުރެވުންދިޔަ އުފާވެރި އިޙްސާސެއްގެ ބޮޑުކަމުންނެވެ.ޔޫލް ފަލަކުގެ ތުންފަތުގައި ބޮސްދިނީ ނުހަނު ލޯބިންނެވެ.ފަލަކުވެސް ޔޫލްގެ އެ ޙަރަކާތުގައި ބައިވެރި ވަމުންދިޔައީ ހިތާއި ފުރާނައިންނެވެ.

ނަމަވެސް ލޯމަރާލައިގެން އޮވެ ހިތުގެ އެދުމަށް އިޖާބަ ދެމުންދިޔަ ޔޫލްއަށް ހީވީ ފަލަކު އެދުވަހު ދުލުން ބޭރުކޮށްލި ތޫނު ހަންޖަރު ތަކެއްފަދަ ބަސްތައް އޭނާގެ ކަންފަތުގައި ގުގުމާލި ހެންނެވެ.އާނ އެކެވެ.ފަލަކު ހިތުގައި ވަނީ ޒީލްއެވެ.ޔޫލް ކުއްލިއަކަށް ފަލަކުގެ އުނަގަނޑުގައި އަޅުވާލާފައި އޮތް އަތް ދަމައިގަތުމަށްފަހު ތެދުވެގެން ގޮސް އަލަމާރިން ޓީޝާޓެއް ނަގައި ބޮލަށް މަހާލުމަށްފަހު ފަލަކުއަށް ބަލައިލުމެއްވެސް ނެތި ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ.އެ އޮތް ގޮތަށް ޓައިލްސްތައް މަތީގައި އޮތް ފަލަކުގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ތަކުން އޭނާގެ ދެކަންފަތް ތެންމަމުން ދިޔައެވެ.

ދެމީހުންވެސް އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާއިރު އެދެމެދަށް ލެވިފައި އެވާ ޒީލްގެނަމުގެ ފާރު ދުވަހަކުވެސް ވެއްޓިދާނެ ބާވައެވެ.ކިންގު ސައިޒުގެ ބޮޑު އެނދުގައި ލައްގަނެލައިގެން ދެ ކަކުލުގައި އަތް އައަޅައިގެން އިނދެ ރޮމުންދިޔަ ފަލަކުއަށް ނިދުނީވެސް އެގޮތުގައި ވަނިކޮށެވެ.

އެތައްއިރަކު ރަސްފަންނުގައި އިނުމަށްފަހު ޔޫލް ގެއަށް އައި އިރު ހުރީ މެންދަމު ދޭއްވެސް ޖަހާފައެވެ.އެނދުކައިރީ ކުރުގެޅިގެން ނިދިފައި އިން ފަލަކު ފެނިފައި ޔޫލްގެ ރުޅިގަނޑު މައިތިރިވެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.ފަލަކުގެ ގާތަށް ތިރިވެލުމަށްފަހު އެރީތި ރޮއިރޮއި ދުޅަވެފައިވާ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ނަގައި ކަންފަތުގައި އަޅުވާލަ ދިނެވެ.އަދި ތެދުވެގެން ގޮސް އޭސީ ރިމޯޓް ނަގައި އޭސީގެ ފިނި މަޑުކޮށްލުމަށްފަހު އެނދުމަތީގައި އޮތް ބްލޭންކެޓް ގެނެސް ފަލަކުގެ ފިނިބޮޑުވެފައިވާ ހަށިގަނޑު ނިވާކޮށްލިއެވެ.

**********

ނުނިދިގެން ދެފަރާތަށް ފުރޮޅި ފުރޮޅި އޮތް ޝައިބާއަށް ހީވަނީ އޭނާގެ ނޭވާވެސް ހާސްވަނީ ހެންނެވެ.މުޅި އުމުރަށްޓަކައި މިރޭ ފަލަކު ޔޫލްގެ އަނބިމީހާގެ ޝަރަފު ލިބިގަނެފައި ވާއިރު ގައިމު އެ ހަށިގަނޑުން އިތުރު އެހެން މީހަކަށް އުފާ ޙާސިލް ކުރެވިފައި ނުވާކަންވެސް މިރޭ ސާބިތު ވެގެން ދާނެއެވެ.ޝައިބާގެ ހިތަށް އަރަމުންދިޔަ އެއްޗިހި ތަކުން މިރޭގެ ނިދިވެސް ވަނީ އޭނައާއި ހާސްމޭލް ދުރުގައެވެ.އެ ޚިޔާލު ތަކުން އޭނާގެ ހިތާއި ސިކުނޑީގެ ހަމަޖެހުންވެސް ވަނީ ނަގާލާފައެވެ.

***********

ފަލަކުއަށް ހޭލެވުނީ ފޯނުގެ އެލާމްގެ އަޑަށެވެ.އޭނާގެ ގައިމަތިން އަޅާފައިވާ ބްލޭންކެޓް ފެނިފައި އެނދުގައި ނިދާލާފައި އޮތް ޔޫލްއަށް ބަލައިލިއެވެ.އަދި ތެދުވެގެން ގޮސް ޔޫލްގެ ގައިމަތީގައި ބްލޭންކެޓް އަޅާލަދިނުމަށްފަހު ފާޚާނައަށް ވަދެ ފެންވަރާލައިގެން ނިކުމެ ފަތިސް ނަމާދު ކޮށްލިއެވެ.

ބޭރަށް ނިކުތްއިރު ސިޓިންގ ރޫމް ސޯފާގައި ތަސްބީހަ ހިފައިގެން ޛިކުރު ކޮށްލަކޮށްލަ އިން ސީމާއަށް ފަލަކު ފެނުމުން ހިނިތުންވެލިއެވެ.ފަލަކުވެސް ސީމާގެ ގާތުގައި އިން ގޮނޑީގައިި އިށީނދެލީ މަންމަަ ނިމެންދެންނެވެ.ސީމާ ނިމުމުން ގޮސް އެތަނުގައި ހުރި ބިއްލޫރި މޭޒުމަތީގައި ބާއްވާފައި އޮތް ޚަތިމާއި ތަސްބީހަ ގެންގޮސް ކޮޓަރިއަށް ލުމަށްފަހު ދެމައިން އެކުގައި ބަދިގެއަށް ވަދެ ހަތެއް ޖަހަންވާއިރު ހުރީ ހެނދުނުގެ ސައިތައްޔާރު ކޮށްފައެވެ.

ހެނދުނުގެ ސަޔަށް އިންސާފު ކުރެވެމުން ދިޔައިރު ތައްޔާރު ކޮށްފައިވާ ކުޅިމަހުގެ މީރު ރަހައަށް ހަނީފް ތަޢުރީފް ކުރަމުން ދިޔައިރު ޔޫލްއަށް ވެސް އެކަމަށް ހިތާއި ހިތުން އެއްބަސް ވެވުނެވެ.ސީމާވެސް ހުރީ ފަލަކުގެ ކެއްކުމުގެ ހުނަރު ފެނިފައި ވަރަށް ހިތްހަމަ ޖެހިފައެވެ.

ފަލަކުއާއި އެކު ސީމާވެސް ދަބަސް ޕެކް ކުރުމުގައި އެހީތެރި ވަމުންދިޔައެވެ.ޔޫލްގެ ކަންތައްތަކަށް ފަލަކުއަށް އަދި މާ ރަނގަޅަށް ނޭނގޭނެތީއެވެ.ސީމާ ޔޫލްގެ ދަބަހަށް އެއްޗިިިހި އަޅަމުން ދިޔައިރު ފަލަކުއަށް ޔޫލްއާއި ބެހޭ ވަރަށް ގިނަ އެއްޗިހި ކިޔައިދިނެވެ.އެމީހުން ހަނީމޫނަށް ދަނީ ޝިމްލާއަށް ކަމުން މިއީ އެތަނުގައި ފިނި މޫސުމް ކަމުގައި ވާތީ ފަލަކު ބަލިވެދާނެތީވެސް ސީމާހުރީ ކަންތައް ބޮޑުވެފައެވެެ.ނަމަވެސް އެއީ ޔޫލް ދާން ބޭނުންވާ ތަނަށްވާތީ އެކަމަށް އެއްޗެކޭ ނުބުނީއެވެ.

“ކޮބާ ޕެކްކޮށް ނިމުނީތަ؟….މިހާރު ނިކުމެގެން ގަޑިއަށް ދެވޭނީ”ޔޫލް އައިސް ދޮރުމައްޗަށް އަރާ ހުއްޓުމަށްފަހު އަހާލުމުން ސީމާ އާނ މިނިމުނީއޭ ކިޔައި ފަލަކުގެ އަތުގައި ހިފައިގެން ކާރަށް އަރަން ދާން ނިކުތެވެ.އެވަގުތު ފަލަކުގެ ބައްޕަވެސް ގުޅާފައި މިހާރު ވަގުތު މާ ކުޑަތަން ވެފައިވާތީ ބައްޕަ ހުޅުލޭއިން އެމީހުންނާއި ދިމާކުރާނެ ކަމަށް ބުންޏެވެ.ދަބަހާއި ފޮށި ކާރުގެ ޑިއްކީއަށް ލުމަށްފަހު ޔޫލްގޮސް ކާރުގެ ކުރީ ސީޓަށް އެރިއިރު ފަލަކު ގޮވައިގެން ސީމާ އިނީ ފަހަތު ސީޓުގައެވެ.އެމީހުންނަށް ޓާމިނަލްއާްއި ހަމައަށް ނުދެވެނީސް ކުއްލިއަކަށް ވައިގަދަކޮށްލާ ވާރޭ ވެހެން ފަށައިފިއެވެ.އެހެންވެ ހަނީފް ކާރު ދުވެލިވެސް ތަންކޮޅެއް މަޑުކޮށްލިއެވެ.

މަންމައަކީ ނުލާހިކު ބޯބަލި މީހެއްކަމުން ޔޫލްގެ އެދުމަށް ހަނީފްއާއި ސީމާ ހުޅުލެއަށް ނުގޮސް މަޑުކުރީއެވެ.ސީމާ ފަލަކު ފެރީއަށް އަރަން ދިޔައިރުވެސް ހީވަނީ އޭނާގެ އުފަން އަންހެން ދަރިފުޅު ތަނަކަށް ދާތީ އުޅޭ ހެންނެވެ.ފަލަކުއަށްވެސް އެގެއަށް އައިސް އަދި އެއްދުވަސްވެސް ރަނގަޅަށް ނުވެގެން އުޅޭއިރު ސީމާގެ އެ އަޅާލުމާއި އޯގާތެރިކަމުން މަންމަގެ ލޯބި ލިބުނު ކަމުގެ އިޙްސާސް ކުރެވެން ފަށައިފިއެވެ.

*********

ފެރީ ހީވަނީ ދެންމެ ދެންމެ ބަންޑުން ޖަހާލަފާނެ ހެންނެވެ.ނަގަމުންދިޔަ ބިޔަ ރާޅު ތަކުގެ ތެރޭގައި ފެރީ ނެގިނެގިފައި ޖެހެމުން ދިޔައިރު ފަލަކުއަށް އިނދެވުނީ ބާރަށް ޔޫލްގެ ފައިގައި ހިފަހައްޓާ ލައިގެންނެވެ.ރާޅާ ޖަހާލާ ކޮންމެ ލުތްކަކާއިއެކު އަތަށް ބާރުލެވެމުން ދިޔައިރު ޔޫލްއަށްވެސް ދިޔައީ އެހަރަކާތުން ކޮންމެވެސް ވަރަކަށް ތަދު އިހުސާސް ކުރެވެމުންނެވެ.އޭރުވެސް ވެހެމުންދިޔަ ވާރޭ ކޮންމެވެސް ވަރަކަށް ތުނި ކޮށްލާފައި ވީނަމަވެސް ޖެހެމުންދިޔަ ވަޔަކަށް ބަދަލެއް ނާދެއެވެ.ކަނޑުވެސް ދިޔައީ ހައްތަހާ ގަދަ ވަމުންނެވެ.ޔޫލްއަށް ފަލަކުގެ ފުރަގަހުން އަތް ގެންގޮސް ފަލަކުގެ އުނަގަނޑުގައި އަޅުވާލުމަށްފަހު އޭނާއާއި ކައިރިއަށް ދަމާލެވުނީ ބިރުންގޮސް ދާހިއްލަމުން ދިޔަ ފަލަކުގެ މޫނު ފެނިފައި އަނބިމީހާއަށް އޭނާގެ އަތުތެރެއިން ހިމާޔަތް ދޭން ބޭނުންވީތީއެވެ.އެމީހުންނަަށް ދެވިއްޖެތޯ ބަލަން ޔޫލްގެ ބައްޕަވެސް މިހާރު ދެފަހަރު ގުޅައިފިއެވެ.ނަމަވެސް ހާލަތުގެ ނާޒުކު ކަމުން ފޯނަށް ޖަވާބު ނުދެވިގެން އުޅެނިކޮށް ދެފަހަރުވެސް ކޯލް މިސްވީއެވެ.

ފަލަކުއާއި ޔޫލްއަށް ހުޅުލެއަށް ދެވުނުއިރު އެމީހުންގެ އިންތިޒާރުގައި ފަލަކުގެ ބައްޕަ ހުއްޓެވެ.ބައްޕައަށް ހިތްހެޔޮ ކުރުމަށް ބުނުމަށްފަހު ފަލަކު ޔޫލްއާއިއެކު އެތެރެއަށް ވަނުމަށް އަވަސްވެގަތީ ޗެކްއިން ވާ ގަޑި ހަމަވާން ކައިރިވެފައި ވާތީއެވެ.

ޗެކްއިން ވުމަށްފަހު ފްލައިޓަށް އެރުމުގެ ކުރިން ޔޫލް ބައްޕައަށް ގުޅާލިއެވެ.ދެކުދިންގެ ޚަބަރެއް ނުވެގެން ކަންތައް ބޮޑުވެފައިހުރި ސީމާއަށްވެސް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނީ ދެކުދިންނާއި ވާހަކަ ދައްކައި ލެވުމުންނެވެ.ފަލަކުވެސް ބޯޓަށް އެރުމުގެ ކުރިން ޝައިބާގެ ފޯނަށް މެސެޖް ކޮށްލުމަށްފަހު ފޯނު ނިއްވާލިއެވެ.

**ނުނިމޭ**

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

މިލްކު ކޮށްލީ ހިތޭ…….08

Next

މިލްކު ކޮށްލީ ހިތޭ……10

Next
July 3, 2017

މިލްކު ކޮށްލީ ހިތޭ……10

Previews
July 2, 2017

މިލްކު ކޮށްލީ ހިތޭ…….08

122 Comments!

  1. HARLEY quinn says:
    July 2, 2017 at 8:51 pm

    wowww, amazingly nice as previous episodes…
    v v v v v v nice… keep up the good work, i love it so soooo much, & thnks for uploading so quik.
    yayyy me first….

    1. Noor says:
      July 2, 2017 at 11:41 pm

      ?Thanx HARLEY quinn..?

  2. AKI says:
    July 2, 2017 at 8:52 pm

    alhey noor dhooni haadha rangalhey.. ???????

    1. Noor says:
      July 2, 2017 at 11:42 pm

      ?Thanx AKI..?

  3. Maly says:
    July 2, 2017 at 8:59 pm

    Alhey.. thanks.. v v v reethi..

    1. Noor says:
      July 2, 2017 at 11:42 pm

      ?Thanx Maly..?

  4. jam says:
    July 2, 2017 at 8:59 pm

    V v reethi ..

    1. Noor says:
      July 2, 2017 at 11:43 pm

      ?Thanx jam..?

  5. Naana says:
    July 2, 2017 at 9:00 pm

    Alheyyy u r the bestt!
    Masha allah…vrh furihama mi part vx….n thnkxx??❤

    1. Noor says:
      July 2, 2017 at 11:44 pm

      ?Thanx n wc Naana..?

  6. nux says:
    July 2, 2017 at 9:03 pm

    wow wow kiyaa baathu hai thank you so much noor ur the best varah furihama mi part thahvess ???????love you

    1. Noor says:
      July 2, 2017 at 11:45 pm

      ?ohhhh thanx Nux..?

  7. yaanaa says:
    July 2, 2017 at 9:06 pm

    Heart attack Hama kiriyaa nujehunee..yool ves dho Hama yaanaa ge boyfriend be gothasheyyy e ulenee…mi vaahaka hama♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥?♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥?♥♥♥♥♥♥♥♥♥♥♥♥♥♥????

    1. Noor says:
      July 2, 2017 at 11:46 pm

      ?asluves tha..n thanx dear.?

  8. shan says:
    July 2, 2017 at 9:13 pm

    Saabahay noor. Noor ah mikan vedhaane. Heart beeting…..

    1. Noor says:
      July 2, 2017 at 11:47 pm

      ?its bcs i hav such a sweet encouraging readers like u…thanx shan?

  9. Eekko says:
    July 2, 2017 at 9:13 pm

    Vvv salhi … next part plxxxxxxxx …

    1. Noor says:
      July 2, 2017 at 11:48 pm

      ?thanx Eekko..In sha Allah tomorrow night around 12?

  10. Flufkin says:
    July 2, 2017 at 9:14 pm

    Varah reethi mi vaahaka.. comment kuri furathama faharu mee.. but mi vaahaka baraabarah kiyan..
    Its such a great story.. i simply love it.. falak n yool such a cute couple.. alhe emeehun dhuru nukurahcheyy.. waiting for the nxt part..

    1. Noor says:
      July 2, 2017 at 11:49 pm

      ?v.v.happy to know that..thanx Flufkin?

  11. Tutee ? says:
    July 2, 2017 at 9:28 pm

    I love this story ?

    1. Noor says:
      July 2, 2017 at 11:50 pm

      ?thanx Tutee?

  12. §ama? says:
    July 2, 2017 at 9:31 pm

    Oh love it?

    1. Noor says:
      July 2, 2017 at 11:51 pm

      ?ohh thanx dear?

  13. Chum handi says:
    July 2, 2017 at 9:45 pm

    omg… haadha loabi eyy…. dhen ves yool ah kiyaadheeba zeel menn ge vaahaka…. and e dhekudhin dhuru nukuracheyy…. looking forward for the next episode so eagerly….. gdnyt noor….

    1. Noor says:
      July 2, 2017 at 11:53 pm

      ?thanx chum handi…& have a v.gud night?

  14. ?Hajja? says:
    July 2, 2017 at 9:49 pm

    Alhey nooor dear. So swyt. Hyves nukuran mihaa avahah up kohdheyne kamah ves. V loabi. Dhen avahah yool ah angabala truth. Pls. Dhen kn irakun next ep.

    1. Noor says:
      July 2, 2017 at 11:55 pm

      ?happy t c ur comment ❤Hajja❤in sha Allah Tomorrow night around 12.?

  15. Saandy says:
    July 2, 2017 at 9:56 pm

    WOW!! V salhi mibaives.. Finally they got married.. Ekam haadha dhera gothekey dhw e Shaibaa aa Zeel aa hedhi evy.. Afeefaage nubaikamahves nimun annaane irehge inthizaaruga mihunnany.. Avahah Yool ah angabala Zeel aa Falakge medhuga gulhumeh nuhin’gaakan.. Waiting for the next part.. Keep it up Noor 🙂

    1. Noor says:
      July 2, 2017 at 11:56 pm

      ?v.happy to c ur comment dear.?

  16. Adha? says:
    July 2, 2017 at 9:57 pm

    Dhen falki hageegaiy kiyaa dheynveenu yool ah.. marry kohgenves strangers hen e ulheny.. varah dheravey? btw have a happy and romantic honeymoon..? hehehe….? noor.. its really wow ingey.. thanks mihaa avahah up kohleema.? waiting for next ep?❤

    1. Noor says:
      July 2, 2017 at 11:57 pm

      ?thanks n wc dear.?

  17. Reader says:
    July 2, 2017 at 9:59 pm

    You are the best ever. 3 part one day ga. Wowowowow

    1. Noor says:
      July 2, 2017 at 11:58 pm

      ?aslu appriciate kuraa readers ge sababun hivvaru libeny…thanx Reader.?

  18. ummi says:
    July 2, 2017 at 10:00 pm

    Hama habeys. ?noor ge jazbaathuga jehihjje?waiting 4 the next part?

    1. Noor says:
      July 3, 2017 at 12:00 am

      ?Haha..story nimendhen thihaa interest ga kiyaane kamah ummeedhu kuran..thanx ummi.?

  19. song joong ki..KOREAN says:
    July 2, 2017 at 10:02 pm

    saabahey noor. heekury v fahun kamah up kuraany. but u did it. u’re best!! vvv reethi

    1. Noor says:
      July 3, 2017 at 12:03 am

      ?thanx song joong ki..KOREAN…i like korean dramas..hama mi name fenunyma varah handhaanvey korean dramas mathin..?

    2. song joong ki..KOREAN says:
      July 3, 2017 at 12:53 pm

      hehe ehenthr. asluvx i love korean dramas mostly descedents of the sun. belintha??

    3. Noor says:
      July 3, 2017 at 2:17 pm

      Ya..aee song joong ki ge drama ennu…

    4. song joong ki..KOREAN says:
      July 3, 2017 at 4:28 pm

      heha yaaa ofcourse!!! song joong ki ge drama thah nulaahiku salhi vaaney 😉 😀

  20. bluerose says:
    July 2, 2017 at 10:05 pm

    love it. waiting for the next

    1. Noor says:
      July 3, 2017 at 12:03 am

      ?thanx bluerose..?

  21. Aisha says:
    July 2, 2017 at 10:06 pm

    Ahe noor zeel ge kanthah yool ah kiyaa dheeba.. lurrv this part too❤❤❤?

    1. Noor says:
      July 3, 2017 at 1:57 am

      ?Thanx Aisha…he will know by himself dear…e misundstandung clear vaane adhi dear…plx wait a little bit….?

  22. ??? says:
    July 2, 2017 at 10:08 pm

    Wowwwww nice
    Keep it up
    Thyhsma best loves u so much heheh

    1. Noor says:
      July 3, 2017 at 12:04 am

      ?thanx ???..?

  23. sam♥ says:
    July 2, 2017 at 10:15 pm

    noor thankooo … stry vvvv lovely ♡♡♡♡. waiting next part … yool n falky wow so cute n lovely ….hehe

    1. Noor says:
      July 3, 2017 at 12:05 am

      ?thanx sam♥..?

  24. zoya says:
    July 2, 2017 at 10:19 pm

    V v v reethi edhemeehunnah dhera eh nudheh chey please…..

    1. Noor says:
      July 3, 2017 at 12:05 am

      ?thanx zoya..?

  25. Nakhlahasscern says:
    July 2, 2017 at 10:28 pm

    Wow ❤️
    Keep it up

    1. Noor says:
      July 3, 2017 at 12:06 am

      ?thanx Nakhlahasscern..?

  26. Raal says:
    July 2, 2017 at 10:30 pm

    Wow nice

    1. Noor says:
      July 3, 2017 at 12:07 am

      ?thanx Raal..?

  27. Hawwi says:
    July 2, 2017 at 10:35 pm

    Got married …dhen kihineh baa vaani….noor hama molhey suspense create kuran

    1. Noor says:
      July 3, 2017 at 12:08 am

      ?thanx Hawwi..happy that u like my ideas..?

  28. Xxxx says:
    July 2, 2017 at 10:39 pm

    Noor dear,this is just amazing ??????? wooooow..ur a wonderful writer..n ehaa avahah up kureethee thankx??????

    1. Noor says:
      July 3, 2017 at 12:09 am

      ?thanx to u dear for been so supportive….?

  29. Ilha says:
    July 2, 2017 at 10:41 pm

    V v reethi avahah next up load kohlla waiting…❤❤❤❤❤❤❤❤❤❤❤❤❤????

    1. Noor says:
      July 3, 2017 at 12:10 am

      ?thanx Ilha..in sha Allah tomorrow night….?

  30. nonns says:
    July 2, 2017 at 10:49 pm

    Yayayy. Komme haalegga viyas emme fahun edhe meehun marry koffi ennu so im ok with that. And anekka edhemeehun divorce kuraa hisaabah nugendhachey :o. Whem next ep?

    1. Noor says:
      July 3, 2017 at 12:11 am

      ?thanx nonns for reading my story with so much interest..in sha Allah tomorrow night…?

  31. khajja says:
    July 2, 2017 at 10:52 pm

    ??????Wow masha allah v rythi noor haadha rangalhey thank u so much avahah up kolladhinyma ??? waitin nxt n gud nyt ❤❤???????

    1. Noor says:
      July 3, 2017 at 12:13 am

      ?v.happy to c such a lovely comment..thanx dear…hav a v.gud night.?

  32. Falak says:
    July 2, 2017 at 11:03 pm

    Awlhey… haadha reehchey alhe.. when next part? ❤

    1. Noor says:
      July 3, 2017 at 12:14 am

      ?thanx Falak..in sha Allah Tomorrow night?

    2. Falak says:
      July 3, 2017 at 12:56 am

      Noor awahah genasdhehchey dhn oiy part…
      Just cant wait ..
      Warahh warah kiyaahithun mihuri..
      Knme parteh vs warah kiyaahithun kiyaalevey.. mihaaru mi part vs kiyaalevijje 2 times ????❤
      Just love it noor ???❤❤

    3. Noor says:
      July 3, 2017 at 1:59 am

      ?sure dear..hama liyevunu haa avahakah up kohdheynan. In sha Allah….?

  33. ShAhu says:
    July 2, 2017 at 11:13 pm

    alhey… noor…u r da best.. seriously..
    and ma sha Allah.. this story is superb.. varah reethi.. i luv dis story…amazing..keep it up..
    waiting for next part

    1. Noor says:
      July 3, 2017 at 12:15 am

      ?ohhh so glad to know that…thanx ShAhu?

    2. ShAhu says:
      July 3, 2017 at 1:20 am

      and now iru irukolhaa eba check kohlevey.. story up vefa intho.. ?
      ehehehe..

    3. Noor says:
      July 3, 2017 at 2:00 am

      ?ohhh…varah ufaavey mi story thihaa interest aa eku kiyaathy…thanxx..?

  34. ### says:
    July 2, 2017 at 11:15 pm

    Are you boy or girl??
    Hama ahaalee..

    1. Noor says:
      July 3, 2017 at 12:16 am

      ?im a Girl..its ok..thanx 4 reading my story?

    2. song joong ki..KOREAN says:
      July 3, 2017 at 1:01 pm

      seriously???? u’re a girl?? kihineh ingeyneevx dhw. by the way, girl eh viyas boy eh viyas mi vaahaka hama habeys. v salhi, keep up the good works!!!

    3. Noor says:
      July 3, 2017 at 1:05 pm

      Thanx dear..?

  35. Falky says:
    July 2, 2017 at 11:45 pm

    Wow?….kiya kiyaa indhaa e nimunee….heevanee loamathin manzaru fennahen ….keep it up noor ?

    1. Noor says:
      July 3, 2017 at 12:19 am

      ?Awwwwhhh..varah ufaavey mihaa loabi comment kiyaalevunyma… thanks Falky….by the way i took nearly one month to finalize the name Falky…hehe?

  36. mary says:
    July 2, 2017 at 11:46 pm

    Kon irakun next part alheyyy v kiyaa hithun huhta enimuny

    1. Noor says:
      July 3, 2017 at 12:20 am

      ?Awwwwhhh…in sha Allah tomorrow night around 12?

    2. Noor says:
      July 3, 2017 at 12:28 am

      & thanx dear❤❤

  37. Maa says:
    July 2, 2017 at 11:48 pm

    Keep improving ur hard work…. plsss next part avahah up kohdheebala

    1. Noor says:
      July 3, 2017 at 12:21 am

      ?thanx Maa..in sha Allah Tomorrow night?

  38. zainab says:
    July 3, 2017 at 12:00 am

    wow hada salhiye noor are u marride hama ahaalee adhi alah mi coment kuree v salhi ?????????????

    1. Noor says:
      July 3, 2017 at 12:22 am

      ?ohhh…happy to c ur comment dear…yes i am..thanx dear?

  39. Falak says:
    July 3, 2017 at 12:06 am

    V reethi…haadha majale vaaneye honeymoon ga….

    1. Noor says:
      July 3, 2017 at 12:25 am

      ?haha..lets c hw much they control their feelings?

  40. Nan ? says:
    July 3, 2017 at 12:39 am

    This story is awesome! ❤️
    Can’t wait for next part
    Waiting eagerly for the honeymoon part ?
    Kithah parts tha ehkoh innany?

    1. Noor says:
      July 3, 2017 at 12:43 am

      ?thanx dear..not decided yet.?

  41. Usha says:
    July 3, 2017 at 2:44 am

    Alhey haadha reechey bunaane ehjehves neh ☺vvv hihhamajehey thigothah up kohdhey dhee ve ❤❤❤❤❤❤

    1. Noor says:
      July 3, 2017 at 10:30 am

      ?thanx Usha..?

  42. Z,M says:
    July 3, 2017 at 3:38 am

    Wow haadha reechey.??????

    1. Noor says:
      July 3, 2017 at 10:30 am

      ?thanx Z,M..?

  43. Pinkish says:
    July 3, 2017 at 3:39 am

    V v salhi mivaahaka… ?

    1. Noor says:
      July 3, 2017 at 10:31 am

      ?thanx Pinkish..?

  44. Neel says:
    July 3, 2017 at 6:52 am

    Vvvvvv reethi Noor your the best

    1. Noor says:
      July 3, 2017 at 10:32 am

      ?thanx Neel..?

  45. pink? says:
    July 3, 2017 at 6:57 am

    Woww..luv this story???

    1. Noor says:
      July 3, 2017 at 10:32 am

      ?thanx pink?..?

  46. Shyn says:
    July 3, 2017 at 7:05 am

    Vvvvvvvv loabi stry .noor is great writter.nxt part thankolheh dhigukodhechey noor. Wen txt prt?♡♡♡♡♡♡♡♡♡♡♡♡♡♡♡

    1. Noor says:
      July 3, 2017 at 10:34 am

      ?thanx Shyn..will try dear..in sha Allah tonight..?

  47. rish says:
    July 3, 2017 at 8:08 am

    Alhey noor haadha rangalhey.. vrh vrh reethi mi part vx?

    1. Noor says:
      July 3, 2017 at 10:34 am

      ?thanx rish.?

  48. Afee says:
    July 3, 2017 at 9:11 am

    Nice? Ekam abadhu falky nurohvahcheyy..

    1. Noor says:
      July 3, 2017 at 10:35 am

      ?thanx Afee..asluves dhw.?

  49. Yoooly says:
    July 3, 2017 at 10:59 am

    Noor ge 1st story ah vure mi story maa bodah vx rythi ..varah bodah improve vefa huri kamah faahaga kure vey..keep up the good work..?

    1. Noor says:
      July 3, 2017 at 11:07 am

      ?thanx dear 4 the cute compliment…v.happy to know that…?

  50. ahhhh says:
    July 3, 2017 at 11:13 am

    alhe next part thankolheh dhigukoh miadhu genesdhyba heyonuvane

    1. Noor says:
      July 3, 2017 at 1:06 pm

      In sha Allah…tonight will up dear..

  51. Afy says:
    July 3, 2017 at 11:16 am

    V v v salhi ?????????????

    1. Noor says:
      July 3, 2017 at 1:07 pm

      ?Thanks Afy..?

  52. Anonymous says:
    July 3, 2017 at 11:56 am

    thank unoor.. hee vx nukuraa gothakah mivany.. vvvv salhi.. getting more interesting.. waiting for another part..

    1. Noor says:
      July 3, 2017 at 1:08 pm

      ?Thanks Anonymous..?

  53. Nazu says:
    July 3, 2017 at 12:16 pm

    Vr shali mi part ves avahan up kondhey thi dhen oth part plx

    1. Noor says:
      July 3, 2017 at 1:09 pm

      ?Thanks Nazu…In sha Allah Tonight…?

  54. cya says:
    July 3, 2017 at 12:21 pm

    mi story ga kithah parts

    1. Noor says:
      July 3, 2017 at 1:14 pm

      ?not decided yet dear…?

  55. Shaai says:
    July 3, 2017 at 12:35 pm

    Alhey haadha reychey mibaives. Avahah upload kohdheythi v ufaave. Alhey daily koh up load kohdhiba. Plz. Im whaiting

    1. Noor says:
      July 3, 2017 at 1:15 pm

      ?thanx Shaai.varah beynun daily koh up kuran..but liyevey varakun mi up kohdheny dear…..?

  56. yuan says:
    July 3, 2017 at 12:49 pm

    Woh. Mihaaru esfiya ga huri emme reethi story. Keep it up noor. aslu mi story ehaa interesting vee avahah up kohdheythy. And thnak u for that. When next ep?

    1. Noor says:
      July 3, 2017 at 1:16 pm

      ?thanx yuan…in sha Allah soon…..?

Comments are closed.


All Right Reserved!