Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އެ ތޫފާނީ ރޭ (3)

Psenhi Level 410 Stories100 Comments100 Login
July 3, 2017 4 Mins Read
34 Comments

“ޝިމްލާ!”

އަޑު އައިލެއް ބާރުކަމުން ޝިމްލާއަށް ދެކަންފަތުގައި އަތްއަޅާ ބާރުކޮށްލެވުނެވެ. އެއަށްފަހު ދެލޯ ބޮޑުކޮށްލަމުން ކޮޅަށް ތެދުވިއެވެ.

“ބެމް ބެމް ބެމް”

އޭރު ޝިމްލާގެ ކޮޓަރީގެ ދޮރުގައި ތަޅާލެއް ބާރުކަމުން ހީވަނީ ދޮރުވެސް ވައްޓާލަން އުޅޭހެންނެވެ. ސީލިންގް ނުކޮށް ހުންނަ ކޮޓަރިއެއްކަމުން ދޮންމަންމަގެ ހަޅޭކުގެ އަޑު ކަންފަތުގައި ގުގުމަމުންދިޔައީ ބާރު ގުގުރިއެއްގެ ސިފައިގައެވެ.

އަވަސް ފިޔަވަޅުތަކެއްގައި ޝިމްލާ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު ޙަލީމަ ފުރަތަމަވެސް ހިފީ ޝިމްލާގެ ދިގު ބުޅި އިސްތަށިގަނޑުގައެވެ. އެއާއިއެކު އަތުގައި ކަރަންޓް ޖެހުމުން އަތް ދަމައިގަންނަހެން ޙަލީމަގެ އަތް ދަމައިގަތެވެ. މިފަހަރު ޙަލީމަގެ ލޮލުގައިވީ ނަފްރަތު ކުއްލިއަކަށް ބިރުވެރިކަމަށް ބަދަލުވިއެވެ. ނޭނގޭ ބާރަކުން އޭނާގެ އަތް ދުރައްލީހެން ޙަލީމައަށް ހީވިއެވެ.

ދެން ޙަލީމަ ގަސްދުކުރީ ޝިމްލާ ދެރަވެ ލަދު ގަންނަވަރަށް އެއްޗެތި ކިޔާލާށެވެ. ގައިގާ ހުރިބާރެއްލައި ހަޅޭއްލަވާށެވެ. ނަމަވެސް ދުލަށް ލީ ބާރަކުން ފައިދާއެއް ނުކުރިއެވެ. އަނގައިން އެއްވެސް އަޑެއް ބޭރެއް ނުވިއެވެ. އޭނާގެ އަޑުވަނީ ބެދިފައެވެ. އެންމެފަހުން ހިތާހިތުން ކުދިކިޔަމުން އެނބުރި ކޮޓަރިއާއި ދިމާއަށް ޙަލީމަ ދިޔައީ ޖެހިލުންވެ ހުރެއެވެ.

އެދުވަހަށްފަހު ޙަލީމައާއި ހަނާގެ އުނދަގޫތަކުން ޝިމްލާވަނީ މިންޖުވެފައެވެ. ކިތަންމެ ވިސްނުންތެރިކަމާއިއެކު ޝިމްލާއަށް ގޮތްގޮތް ހަދަން ރޭވި ކަމުގައިވިއަސް އެއިން އެއްވެސް ކަމެއް ޙަލީމައަށް ކާމިޔާބުވާގޮތެއް ނުވެއެވެ. މިކަމާ ޙަލީމަ ހުންނަނީ ތުންފިއްތައިގެންނެވެ.

އަނެއްކޮޅުން ޝިމްލާއާއި ސާޝާގެ ގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ބަދަހިވަމުންނެވެ. ދެމީހުންގެ ދެމެދުގައިވަނީ އާދަޔާ ޚިލާފް ގާތް އެކުވެރިކަމެއް އުފެދިފައެވެ. ދެހިތުގައިވެސް އެއް ވިންދެއް ޖަހަމުން ދިޔައިރު އެއްވެސް މީހަކު އެކަން ފާޅުކުރާކަށް ބޭނުމެއް ނުވެއެވެ. ޙާއްސަކޮށް ޝިމްލާއަކަށް އޭނާއަށް ކުރެވެމުންދާ އާ އިޙްސާސަށް ދޭނެ ނަމެއްވެސް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ސާޝާ ފެނުމުންނާއި އެއަޑު ކަންފަތުގައި ޖެހުމުން ހިތަށް ހިތްހަމަޖެހުން ލިބޭކަމެވެ. އެ ސޫރަ ދެކެލުމަށް ހިތް ބޭޤަރާރުވެފައި ވާކަމެވެ. ނޭނގޭ ބާރަކުން ސާޝާގެ ގާތަށް ޝިމްލާގެ ނަފްސު ދަމަމުންދާކަމެވެ.

ސާޝާގެ ހިތް ޝިމްލާއަށް ހިބަކޮށްދީފައިވާތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް ސާޝާ ދެކޭގޮތުގައި ޝިމްލާގެ ލޯބީގެ ހައްޤުވެރިއަކީ އެހެން ފަރާތެކެވެ. ސާޝާ އެ މަސައްކަތްކުރަނީ އެމީހަކާއި ހިސާބަށް ޝިމްލާ އަމާނާތްތެރިކަމީއިއެކު ގެންގޮސްދެވޭތޯއެވެ. މިކަމުގައި ސާޝާއަށް ވެވެންއޮތް ކޮންމެ އެހީއެއް އޭނާ ވާނެއެވެ. އެއީ ޝިމްލާއަށްވެސް އެންމެ ރަނގަޅުގޮތް ކަމުގައި ސާޝާގެ ހިތް ބުނެއެވެ. ނަމަވެސް ހިތާމައަކީ އިޚްތިޔާރުން ބޭރުގައިވިއަސް ބައެއް ފަހަރު ސާޝާއަށް އޭނާގެ ނަފްސު ކޮންޓްރޯލް ނުކުރެވޭ ވަގުތުތައް މަދުންނަމަވެސް އަންނަކަމެވެ. އޭނާގެ ހިތުގެ އެދުމަށް ޢިޖާބަދެވޭކަމެވެ.

***

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަލްވިން އިނީ އޮފީހުގެ ބައެއް މަސައްކަތްތައް ފުނިޖެހިފައި ހުރުމުން އެމަސައްކަތްތައް ހަމައަކަށް އަޅުވާލައިފައި ނޫނީ ގެއަށް ނުދަންވެގެންނެވެ. އެހެން އިންދާ ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައިން ޖީބުގައިއޮތް ފޯނުނަގާ ނަންބަރުތަކަކަށް ޑައިލްކޮށްލިއެވެ.

“ޑޮޓްއަ ޑޮޓް ޑޮޓް ޑޮޓްއަ ޑޮޓް. ތްރްރްންން ތްރްރްންން. ތްރްރްންން ތްރްރްންން”

“ވައަލައިކުމް ސަލާމް. ޑޭޑް ތިކޮޅަށް ދިޔަފަހުން ޚަބަރެއް ނުވާތީ  ހިތަށް އެރީ ގުޅާލާނީއޭ. ކިހިނެތްތޯ ކަންތައްތައް. އާދެ! އެހެންދެއްތޯ؟ ކޮންއިރަކުންތޯ މިކޮޅަށް ދަތުރުއޮތީ؟ އާދެ! މަންމަކައިރީ ނަންގަނެފިންތޯ ތިވާހަކަ؟ އާދެ! އަޅުގަނޑު ހަމަ ރަނގަޅު الحمدلله. އާދެ! ނޫޙުބެއަށްވެސް އަޅުގަނޑުގެ ސަލާމް ބުނެދެއްވައްޗޭ! ދެން މިވަގުތު ބާއްވާލަނީ.”

ފޯނު ކަނާލުމަށްފަހު އަލްވިން އެނބުރި އޭނާގެ މަސައްކަތައް ރުޖޫއަވިއެވެ.

***

“އަދިވެސް އެސޮރު ހަމަ އެހެން ހުންނަނީ ދޯ؟ ނޫޅެދޯ އެހެން ކައިވެންޏެއް ކުރާކަށް؟”

ނޫޙު ވާހަކަދެއްކީ ޖިހާދު އާއެވެ.

“އާނ! އެސޮރު އަދިވެސް އެމަންޖެގެ ޚިޔާލުގައި ދުވަސްތައް ގުނަނީ. ކީއްކުރާނީ؟ އެހާ ލޯބިންއުޅުނު ދެކުދިން ކައިވެނި ކޮށްފަ އެހާ އަވަހަށް ގެއްލުނީމަ އެހެންވެސް ވެދާނެ. އެސޮރު އުޅޭގޮތުން އެކަހަލަ ވާހަކައެއް ދައްކާލާކަށްވެސް އަހަރެމެންނަކަށް ނުކެރޭ.”

ޖިހާދު ހިތާމައާއި އެކު ކަންއޮތްގޮތް ނޫޙަށް އޮޅުން ފިލުވާދިނެވެ.

ދެ އެކުވެރިން އެތަށް އިރަކު ވާހަކަދައްކަން ތިބުމަށްފަހު ރެސްޓޯރެންޓުން ބޭރަށް ނިކުތީ ވަރަށް ގަދަޔަށް ދުފައިވެސްލައިގެންނެވެ.

ކުރިއަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކު ޖިހާދުގެ ހިނގުން މަޑުޖެހުނެވެ. ނޫޙަށް ވާނުވާ ނޭނގޭ ހާލު ކުރިއަށް ބަލާލެވުނީ ޖިހާދަށް އެހާބޮޑު ހައިރާންކަމެއް ލިބުނު ސަބަބެއް ދެނެގަތުމަށެވެ. އޭރު ޒުވާންފުރައިގެ އަންހެން ކުއްޖަކު މަޑު ހިނގުމެއްގައި އައިސް އެމީހުންނާއި އަރާ ހަމަވަނީއެވެ.

ޝިމްލާ ޖިހާދުމެން ފަސްދީ ދިޔައިރުވެސް ޖިހާދު ހުރީ ކަޅި ޖަހާނުލާ ބަލަހައްޓައިގެންނެވެ. އަނގަ ހުޅުވިފައިވުމުން އަނގައިން ސޮނި ފައިބައިގަތެވެ. ނޫޙަށް މިމަންޒަރުފެނި ޖިހާދުގެ ބޮލުގެ ފުއްކިބައިގައި އަތުން ޖަހާލިއެވެ.

“ސާބަސް ކަލެއަށް! ކަލޭ ކުރިއަކުން އުޅުނު ގޮތެއް ނޫން ތިއީ ގައިމު. މުސްކުޅިވީމަތަ އަދިކިރިޔާ އަންހެން ކުދިންނަށް ހިތްކިޔަންފެށީ. އެވެސް ކަލެއާއި ބަލާއިރު ދަރިއެއްހާ ކުޑަކުއްޖަކާ. އަޖައިބެއްފަހެ ނުވާނެތަ؟” ނޫޙުގެ އަޑުގައިވަނީ ނުރުހުމެވެ.

“ހާއްހާ ހީ ހެހެހެ”

ނޫޙު ހިތްހަމަ ނުޖެހިފައި ހުރިކަން އެނގުމުން ޖިހާދުގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އަދި އެ އަންހެން ކުއްޖާގެ ވަނަވަރު ނޫޙުގެ ގާތުން އަހައިގެން ހޯދާ އެކުއްޖާ މާލެ ގެންދަން ބޭނުންކަމާއި އެކަމުގެ ފަހަތުގައިވާ ސިއްރުވެސް ޖިހާދު ނޫޙަށް ކިޔައިދިނެވެ.

އިރުއޮއްސި އަނދިރިކަން މުޅި ރަށަށް ވެރިވެއްޖެއެވެ. ނަމާދުކުރުމާއި ޤުރުއާން ކިޔެވުމަށް އާދަވެފައިނެތް ޝިމްލާ މިހާރުވެސް އުޅެނީ އަވަދިނެތި ބަދިގޭގެ މަސައްކަތުގައެވެ. ރޭގަނޑުގެ ކެއުމަށް މޭޒުމަތި ތައްޔާރުކޮށްލުމަށްފަހު ދޮންމަންމަ ބަލާ ހިންދީ ޑްރާމާއިން ތަންކޮޅެއް ފެނޭތޯ ޝިމްލާވެސް ބަލައެވެ. މިގަޑީގައި ހިންދީ ޑްރާމާ ސީރީސްތައް ބެލުމަކީ ޙަލީމަގެ ކޮންމެ ރެއެއްގެވެސް އާދައެވެ.

“ޙަލީމާ! ޙަލީމާ!”

ދޮންއާދަނު އަޑުގެ ކޮޅަށް ޙަލީމައެށް ގޮވާލި ނަމަވެސް އޭނާ ބީރުކަންފަތެއް ދީގެންއިނީ އެއަޑު ނީވޭތީއެއްނޫނެވެ. ބަލަމުންދާ ޑްރާމާއިން އެންމެ ތަންކޮޅެއްވެސް ގެއްލިދާނެތީއެވެ.

“ބައްޕާ! ކޮންއިރަކު ބައްޕައައީ؟ ކިހިނެތް ހަދައިދޭންވީ؟” ޝިމްލާގެ މޫނުމަތީގައިވަނީ ފުޅާ ހިނިތުންވުމެކެވެ. އެތަށް ދުވަހަކަށްފަހު އަނެއްކާވެސް ބައްޕަ ފެނުމުން ޝިމްލާ ހުރީ ނުހަނު އުފާވެފައެވެ.

“ހަމަ ދެންމެ ލެފީ. އަން ދަރިފުޅާ މި މަސްކޮޅަށް ކޮންމެވެސް ގޮތެއް ހަދާލަބަލަ. ކޮތަޅުގަ ހުންނާނެ ބިސްކޮޅަކާއި މޭކޮޅެއްވެސް. ދަރިފުޅަށް ކަމުދާ ގޮތެއް ހަދާ. ދައްތައެއް ހިޔެއްނުވޭ އަވަހަކަށް އަންނާނެހެނެއް.” ޓީވީއާއި ދިމާއަށް ބަލަހައްޓައިގެން އިން ޙަލީމައަށް ކަޅިއެއް އެއްލުމަށްފަހު ދޮންއާދަނު އޭނާގެ އަތުގައިހުރި މަސްކޮތަޅު ގެންގޮސް ސިންކުގެ ތެރެއަށް ލިއެވެ.

“ޙަލީމާ! ކޮބާތަ ހަނާ؟ އެމަންޖެ ގޭގަ ނެތީދޯ؟” ފެންވަރަން ކޮޓަރިއަށް ވަންނަންދިޔަ ދޮންއާދަނު ޙަލީމައަށް ގޮވާލާފައި އެއްސެވެ.

“ހޫމް. ހަނާވީ ކްލާސްކުއްޖެއްގެ ގެއަށް ގޮސް. އަދި ނާދެ.” ޓީވީއަށް ނަޒަރު ހުއްޓާލައިގެންއިނދެ ޙަލީމަ ޖަވާބުދިނެވެ. ދަޮޮޮޮޮޮޮޮޮޮންއާދަނު ދެފަރާތައް ބޯހޫރާލަމުން ގޮސް ކޮޓަރިއަށްވަނެވެ.

ބަދިގެއިން ސަލާމަތްވެގެން ޝިމްލާ ފެންވަރަން ދިޔައީ ބައްޕަ ނަމާދުން ފައިބައިގެން އަންނަންވާއިރަށް ކާންވެސް ތައްޔާރުކޮށްދީފައެވެ. ގަޑިން އޭރު އަށެއް ޖަހައިފިއެވެ. ޝިމްލާ އަތްމަތި އަވަސްކޮށްލިއެވެ.

އާދަވެގެން ކޮންމެ ރެއަކުވެސް ނުވައެއްޖަހާއިރު ސާޝާ އޭނާއާއި ބައްދަލުކުރަން އަންނާނެއެވެ. އޭގެކުރިން އޭނާގެ މަސައްކަތްތައް ނިންމާލުމަށްފަހު ކޮޓަރިއަށް ވަނުމަކީ މިހާރު ޝިމްލާގެ އާދައެކެވެ. ނަމަވެސް މިރޭ މިވީގޮތުން އަދި ކައިގެން ތަށިތައް ނެގޭއިރު ހުންނާނީ ވަރަށް ލަސްވެފައެވެ.

ހުރިހާ އެންމެން ކައި ނިމުމުން ޝިމްލާވެސް ކުޑަ ބަތްކޮޅެއް ކާލައިގެން އެއްޗެތި ހޫނުކުރުމަށްފަހު ބަދިގެ ތަޅުލިއެވެ. އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިއަށް ވަންނަން ދިޔަ ނަމަވެސް ހުއްޓެން މަޖުބޫރުވީ ބައްޕަ ގޮވާލުމުންނެވެ.ޝިމްލާއަށް ފުރަތަމަވެސް ބަލާލެވުނީ ފާރުގައި ހަރުކޮށްފައިހުރި ބޮޑު ގަޑިއަށެވެ. އޭރު ގަޑިން ނުވައެއްޖަހާ ފަސް މިނެޓް ހިނގައިފިއެވެ.

“ލައްބަ ބައްޕާ! ކިހިނެތްވީ؟” ޝިމްލާ މަޑު ފިޔަވަޅުތަކެއް އަޅަމުންގޮސް ދޮންއާދަނުގެ ކައިރީގައި ޖެހިގެންހުރި ސޯފާގައި އިށީނދެލިއެވެ.

“ދަރިފުޅު ގާތުގައި ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައި އެބައޮތް. އުންމީދުކުރަން ދަރިފުޅު މިކަމަށް އިންކާރުނުކޮށް ބައްޕަ ބުނާގޮތަށް ހަދާނެކަމަށް.” ދޮންއާދަނުގެ ރާގު ހުރިގޮތުން އެންމެ ބޮޑަށް ހައިރާންވީ އުނދޯލީގައި ދުފަންއިން ޙަލީމައެވެ. ޙަލީމަގެ ތޫނު ކަންފަތް ވަގުތުން އެދިމާއަށް ސަމާލުކަންދިނެވެ.

“ބައްޕަގެ ރައްޓެއްސެއް އެބަކިޔާ ދަރިފުޅު މާލެ ފޮނުވާށޭ. އެއީ ވަރަށް ހިތްހެޔޮ ބައެއް. ވަރަށް މުއްސަނދި ފޯރާ ބައެއް. އެމީހުން ދަރިފުޅު ގެންގޮސް އެގޭގައި ބަހައްޓައިގެން ކިޔަވަދޭނެ ވާހަކަ ބުނި. އެއްވެސް އަގެއް އަހަރެމެން އަތުން ނުނަގާނަމޯ. މިއީ ކިހާ ރަނގަޅު ފުރުޞަތެއް. ދަރިފުޅު ކީކޭ ބުނަނީ؟” ދޮންއާދަނުގެ ވާހަކަތައް އަޑުއަހަން އިންއިރު ޝިމްލާގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. ބައްޕަ އޭނާ ދުރަށް ފޮނުވާލަން އުޅޭކަމުގެ އިޙްސާސް ކުރެވުމުން ޝިމްލާގެ ހިތުގައި ކޫރުން އެޅުނެވެ. ނަމަވެސް ބައްޕަގެ ނަޞޭޙަތާއި އާދޭހަށް ނޫނެކޭ ބުނާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އެހެންކަމުން ބައްޕަ ބުނާގޮތަކަށް ޢަމަލު ކުރާނެކަމަށް ބުނަމުން ޝިމްލާގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕުމަށްފަހު ދޮރުކައިރިއަށް ތިރިވެ ކުޑަކަކޫޖަހާލިއެވެ. އޭރު ޝިމްލާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގެންފިއެވެ.

“ޝިމް! ޝިމް! ކިހިނެތްވީ؟ ކީއްވެ ރޮނީ؟” ސާޝާއަށް އިތުރަށް ކެތްނުވުމުން ޝިމްލާގެ ކުރިމައްޗަށް ފާޅުވިއެވެ. ޙަޤީޤަތް އެނގިހުރެވެސް ޝިމްލާއާއި ސުވާލުކުރިއެވެ.

“ސާޝާ! އަހަރެން. އަހަރެން. ބައްޕަ އަހަރެން ފޮނުވާލަނީ. މާދުރަށް. ބައްޕައާއި ދުރަށް. އެންމެންނާއި ދުރަށް. ސާޝާއާއިވެސް…” ޝިމްލާއަށް ބުނެވުނީ މިހިސާބަށެވެ. ލޮލުގައިވާ ކަރުނައިގެ ތެރެއިން ސާޝާއާއި ދިމާއަށް ބަލާލިއެވެ.

“ދެންން ސާ ސާޝާވެސް އަހަންންނަށް ގެއް ގެއްލޭނީތަ؟” ތުރުއަޅާ އަޑަކުން ޝިމްލާ ވާހަކަދެއްކިއެވެ. ސާޝާއަށް އެއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ޙަޤީޤަތް ހާމަކޮށްދެވޭކަށްވެސް ނެތެވެ. ޝިމްލާ ރޯތަން ދެކޭކަށްވެސް ކެތެއްނުވެއެވެ. ސާޝާއަށް ކުރެވުނުހާވެސްކަމަކީ ޝިމްލާގެ ލޮލުން ފޭބި ކަރުނަތައް ފުހެލައިދިނުމެވެ. އެއަށްފަހު ޝިމްލާ އަތްދަނޑި މައްޗަށް އުފުލާލައިގެން ގެންގޮސް އެނދުގައި ބޭއްވިއެވެ. އިރުކޮޅެއްގެ ތެރޭގައި ޝިމްލާގެ ދެލޮލުން ނިދީގެ އަސަރު ފާޅުވެއްޖެއެވެ.

ޝިމްލާ އަވަހަށް ނިންދެވީ ސާޝާ އޭނާއަށް ލިބިފައިވާ ބާރަކުންނެވެ. ޝިމްލާ އިތުރަށް ހިތާމަކުރަން އޭނާ ބޭނުންނުވީއެވެ. ޝިމްލާ ރޯތަންދެކެން އެހިތަށް ކެތްނުވީއެވެ. ޝިމްލާއަށް ނިދިއްޖެކަން ޔަޤީންވުމުން ސާޝާ ޝިމްލާގެ ނިތްކުރީގައި އެތަށް ފަހަރަކު ބޮސްދިނުމަށްފަހު ކޮޓަރިން ނިކުމެގެންދިޔައެވެ. އެޭޭޭރު ސާޝާގެ ދެލޯވެސްވަނީ ފެންކަޅިވެފައެވެ.

“އަހަރެން މިއައީ! ދެން ކަލޭ ބޭނުންވާގޮތައް އަހަރެން ކަންތައް ކޮށްދޭނަން. ކަލޭގެ ކޮއްކޮގެ ކައިވެންޏާއި އަހަރެން ރުހި ޤަބޫލް.” ބަރު އެހާމެ ބިރުވެރިކަމުން ފުރިގެންވާ އަޑެއް އިވިގެންދިޔައެވެ.

އައިކަން އޭނާގެ ފަސްއެނބުރި އެއަޑު އައި ދިމާއަށް ބަލާލިއެވެ. ކަޅުކަންގަދަ ބޮޑު ފޮނުގަނޑެއްގެ ތެރެއިން ރަތް އަނގުރުފަދަ ދެލޯ ފެންނަން ހުއްޓެވެ. އެއެއްޗެއްގެ އަނގަ ހުޅުވިފައިވާއިރު ގަދަ ދަނބު ކުލައިގެ ދިގު ދުލެއް ނިކުމެފައިވެއެވެ. ދުލުގެ ދެފަރާތުން ތިރިން ފެހިކުލައިގެ ދެ ދަތް ނިކުމެފައިވެއެވެ. ނިތްކުރިމަތީގައި އޮފުއަރައަރާހުރި ކަޅު ދިގު ދަޅު ފެންނަމީހަކު ބިރުން ފިތްކަނޑައިގެންދާހާވެއެވެ. ހީވަނީ ދެންމެދެންމެ މީހެއްގެ ދުވަސް ދުއްވާލަފާނެ ހެންނެވެ.

“ސާޝާ!”

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ވާށެ އޯގާ ހިތާ 11

Next

އަންވާރު ސީސަން 2 (ހަތަރުވަނަ ބައި)

Next
July 4, 2017

އަންވާރު ސީސަން 2 (ހަތަރުވަނަ ބައި)

Previews
July 3, 2017

ވާށެ އޯގާ ހިތާ 11

34 Comments!

  1. Psenhi says:
    July 3, 2017 at 10:06 pm

    I know I told tomrrw. Kurin liye ninmaalevunyma upkohly. Tuesdayge episode Mee. Hope u like it. 🙂

  2. maroon says:
    July 3, 2017 at 10:07 pm

    ? v salhi?

    1. Psenhi says:
      July 3, 2017 at 10:25 pm

      Thnkx maroon 🙂

  3. Scarlet says:
    July 3, 2017 at 10:25 pm

    Nice hama?

    1. Psenhi says:
      July 4, 2017 at 12:57 pm

      Thnkx

  4. Pinkish says:
    July 3, 2017 at 10:32 pm

    Nice

    1. Psenhi says:
      July 4, 2017 at 12:58 pm

      Thnkx Pinkish

  5. Lucifer says:
    July 3, 2017 at 10:33 pm

    v salhi. v interesing.

    1. Psenhi says:
      July 4, 2017 at 12:59 pm

      Thnkyou Lucifer

  6. Ish says:
    July 3, 2017 at 10:39 pm

    Very interesting….
    Dhen anna part miah vurw dhigu kohlahchey..
    Keep it up ?

    1. Psenhi says:
      July 4, 2017 at 12:59 pm

      Thnkyou Ish. Dhigukuran dhw? Visnanymi 😉

  7. Huba says:
    July 3, 2017 at 11:04 pm

    Varah Salhi thankolheh kuree

    1. Psenhi says:
      July 4, 2017 at 1:00 pm

      Thnkx Huba. Hehe

  8. Rain says:
    July 3, 2017 at 11:40 pm

    Saasha ey buneema furathama heekuree anheneh kamah.. dhn v hadi firihenunah saasha keema

    1. Psenhi says:
      July 4, 2017 at 1:01 pm

      Thnkx Rain. Ey thankolheh Unique kohliyyey. Jinnieh vyma 😉

  9. Adha? says:
    July 3, 2017 at 11:44 pm

    Varah salhi mi part ves.. waiting for next ep?❣?

    1. Psenhi says:
      July 4, 2017 at 1:02 pm

      Thnkyou Adha. 🙂

  10. sam♥ says:
    July 4, 2017 at 12:25 am

    nice

    1. Psenhi says:
      July 4, 2017 at 1:02 pm

      Thnkyou Sam

  11. khajja says:
    July 4, 2017 at 3:21 am

    Masha allh v rythi ? shimlaa fenuny ma jihaadhu ah ehaavaru a vy eynage dharifulhuge wife shimlaa aai vaththaru v matha? Jihaadhuge dharifulhaai shimlaage kaiveni kureveynehen v hyvey shim komme gothevviyas mifaharu Male’ dhey gos kiyevumuge furusathu libijjenama kiyavaa!!!! Stry v ves rythi shimlaa ah dheragothennuhadhachchey psenhi nxt prt kon irakun avahah up kolladhehchchey plx keep it up gud nyt ???❤?❤?❤???????????

    1. Psenhi says:
      July 4, 2017 at 1:03 pm

      Thnkyou khajja. V ginain vahaka kiyavathar jahaa. He he let’s c dhw

    2. khajja says:
      July 4, 2017 at 3:53 pm

      Aan v ginain vaahaka kiyan hoby dhw??? ehennoonas mauloomaathuves libeyny ehchehi kiyaa fothuge thereyga ulhunyma dhw?? kon irakun nxt prt v kiyaahiyvefa mi iny avahah up kolla dhechchey plx??❤❤?????????

    3. Psenhi says:
      July 5, 2017 at 2:02 pm

      Nenge bunakah. Adhi kuriakah nudhey bxy kamun

  12. who am i? says:
    July 4, 2017 at 3:35 am

    wow varah salhi ❣❣❣

    1. Psenhi says:
      July 4, 2017 at 1:04 pm

      Thnkx

  13. nux says:
    July 4, 2017 at 3:53 am

    v nice mi partvess v eba inthizaaru kurevay next partah ??????

    1. Psenhi says:
      July 4, 2017 at 1:04 pm

      Thnkx nux

  14. Noor says:
    July 4, 2017 at 9:08 am

    Wow..interestingggg..??

    1. Psenhi says:
      July 4, 2017 at 1:05 pm

      Thnkyou Noor 😉

  15. zzzzaaaaauuuu says:
    July 4, 2017 at 1:45 pm

    salhi ngey…

    1. Psenhi says:
      July 4, 2017 at 3:35 pm

      Thnkx

  16. Xna says:
    July 4, 2017 at 8:06 pm

    V rythi?????? . Well done n keep going??

    1. Psenhi says:
      July 4, 2017 at 9:08 pm

      Thnkx xna

  17. Ish says:
    July 6, 2017 at 12:51 am

    When is the next part
    Can’t wait?

Comments are closed.

Next Episodeއެ ތޫފާނީ ރޭ (4)←


All Right Reserved!