Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ބޭނުމޭ(3)

siya Level 1
July 26, 2017 One Min Read
18 Comments

“އޭ ބްރޯ ވަރަށް ބޮޑު ކަމެއް ވެއްޖެ ދޭބަ ސީހައުސްއަށް މަ މިދަނީ މިހާރު.” ފޯނުން ވާހަކަދައްކަމުން މޭޒުމަތީގައި އޮތް ތަޅުދަނޑި ނގައިގެން ރަޔާން ދިޔައީ ބޭރަށެވެ. ސައިކަލު ދުއްވަމުން ދިޔަ އިރުވެސް ރަޔާން ގެ ސިކުނޑިވަނީ އާޝާންގެ ޚިޔާލްތަކުން ފުރިފައެވެ. އާޝާންގެ ފެންކަޅިވެފައިވާ ދެ ލޯ ރަޔާންގެ ހިތް އިތުރަށް ޒަޚަމް ކުރަމުން ދިޔައެވެ. ދިހަ ވަރަކަށް މިނެޓުތެރޭ ރަޔާން ގޮސް މަޑުކޮށްލީ ސީހައުސް އަށެވެ. އަވަސް ފިޔަވަޅުތަކެއްގައި ރަޔާން ގޮސް މަޑުކޮށްލީ އޭނާގެ އެންމެ ގާތް ރަޙުމަތތެރިޔާގެ ކައިރީގައެވެ. ” ކިހިނެތް ވެފަ މާ ހާސްވެފަ ތިހިރީ. އަނެއްކާ ރީތި ބިޓެއް ފެނުނީތަ؟” ރަޔާން އަށް ވެފް އިން ގޮތް ފެނުމުން ޒާއިޤު އަހާލިއެވެ. ރަޔާން އެއްޗެކޭ ނުބުނެ އިންނަން ފެށުމުން ބޮޑު ކަމެއް ވެއްޖެ ކަން ޒާއިޤަށް ވިސްނުނެވެ. ” އައި ސޯ ހާރ.” އެއިން ގޮތަށް އިދެ ރަޔާން ބުނެލިއެވެ. ” ވަޓް!!! ކޮންތާކުން؟؟” ޒާއިޤުވެސް ހައިރާންވެފަ އަހާލިއެވެ. ” އޮފީހުގެ ނިއު އެކައުންޓެންޓް. އެދުވަު އިންޓަވިއު ލިސްޓު ބެލިއިރު އޭނަގެ ނަން އޮތް. މަށެއް ހިއެއް ނުކުރަން އޭނައަށް ވެދާނެ ކަމަށް. އަނެއްކާ އެދުވަހު ބައްޕަ ބަލިވެގެން މެލޭ އަށް ދިޔަ ދުވަސް. މަށަކަށް ނޭގެ ދެން ހަދާނެގޮތެއްވެސް. ދުވަހަކުވެސް މާފެއް ނުކުރާނެ.” ރަޔާން ހުރީ ވަރަށް ދެރަވެފަ ކަން އޭނާގެ ވާހަކަތަކުން ޒާއިޤުއަށް އެގުނެވެ. ” ޔާންއަށް އޭރުވެސް ނަސޭހަތް ދިނިން. އެގޮތަށް ނޫޅޭށޭ. ޔާން އަށް އޭރު މުހިއްމު ނުވި އަހަރެންގެ ވާހަކަތައް. އެ ގެންގުޅުނު ރައްޓެހިން ޔާން ރަނގަޅަށް ހަލާކުކޮށްލާފަ ތިހިރީ. ފަހަރަކު އަންހެންކުއްޖެއްވިއްޔާ ގެންގުޅުނީ.” ޒާއިޤު ވަރަށް ހިތްހަމަނުޖެހިފައި ހުރެ ވާހަކަދެއްކިއެވެ. ” މަށަށް އިގެޔޭ ތިކަން. އޭނަ ދެކެ ލޯބިވާނެއޭ މަށެއް ހިއެއްނުކުރަމޭ. އެހެންނޫންނަމަ އެހެން ކަންތައް ނުކުރީސް. މަށަކަށް ނޭނގެ ދެން އޭނައާއި ފޭސް ކުރާނެ ގޮތެއްވެސް. ” ރަޔާންވެސް އޭނަގެ ހިތުގެ އުދާސްތައް ބޭރުކުރަމުން ދިޔައެވެ. ” އާޝާން އެއްޗެކޭ ބުނިތަ؟” ޒާއިޤު ސުވާލުކޮށްލިއެވެ. ޒާއިޤުގެ ސުވާލަށް ނޫނެކޭ ބުނުމުގެ ގޮތުން ރަޔާން ބޯ ހޫރާލިއެވެ. ” މަށަކަށް ނޭގެ ބުނާނެ އެއްޗެއް. ތިކަމުގަ 100% ގޯސް ހެދީ ރަޔާން. ކޮންމެގޮތެއްވިޔަސް ރަޔާން އާޝާން ބޭނުމިއްޔާ އޭން ކޮންވިންސް ކުރޭ. ތެދު ތެދަށް ހުރިހާ ވާހަކައެއް ކިޔާދީ.” ޒާއިޤުގެ ވާހަކަތައް ރަޔާން އަޑުއަހަމުން ދިޔައީ ކުއްވެރިއެއް ފަދައިންނެވެ. އަޞުރު ނަމާދަށް ބަންޤި ގޮވީ އެދެމީހުން އެހެން އާޝާންގެ ވާހަކައިގައި ތިއްބައެވެ.

އޮފީހުން ނުކުމެގެން ގެއަށް ދިޔައިރު އާޝާން ހުރީ ރޮއެ ރޮއެ ހަލާކުވެފައެވެ. ނަސީބު ރަނގަޅުކަމުން ގޭގަ އެކަކުވެސް ނޫޅެއެވެ. ދިޔަ ގޮތަށް ގޮސް އާޝާން ވެއްޓިގަތީ އެނދު މައްޗަށެވެ. އޭރުވެސް އެ ދެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އެ ހިތަދަތި ދުވަސްތައް އާޝާން އަށް ހަނދާންވަމުން ދިޔައެވެ.

*********************************************************************************

އާޝާން އާއި ރަޔާން އެންމެ ފުރަތަމަ ދިމާވީ އެދެމީހުން ގްރޭޑް ދިހައެއްގަ އުޅެނިކޮށެވެ. އާޝާންގެ މަންމަ އާއި ބައްޕަ ވަރިވުމުން އަޝާން ނުވައެއް ނިންމި އަހަރު އެދެމައިން މާލެ ބަދަލުވީ އާޝަންގެ މަންމައާއި އެއްބަނޑު އެއްބަފާ ދައްތަ ކައިރިއަށެވެ. އާޝާން އަކީ ކިޔެވުމަށް މޮޅު ކުއްޖެއް ކަމުން ވަރަށް ފަސޭހައިން އަހްމަދިއްޔާ ސްކޫލް އިން ޖާގަ ލިބުނެވެ. އަހްމަދިއްޔާގައި ކިޔަވައިދެނީ އަންހެން ފިރިހެން ވަކިން ކަމަށް ވުމާއެކު ދެޖިންސުގެ ކުދިން އެހާ ގިނައިން ދިމާނުވެއެވެ. ރަޔާން އަށް އެންމެ ފުރަތަމަ އާޝާން ފެނުނީ ސްކޫލް ފަށައިގެން ވަރަށް ދުވަސް ވެފައި ވަނިކޮށެވެ. އެންމެ ފުރަތަމަ ފެނިލުމުންވެސް އާޝާންގެ އެ ރީތި ސޫރަ ރަޔާންގެ ހިތުގައި ބިންވަޅުނެގިއްޖެއެވެ. އާޝާން ހާސިލްކުރުމަށް އެ ވަގުތު ހިތުގައި އަޒުމް ކަނޑައެޅިއެވެ. ނަމަވެސް ޙަޤީޤަތަކީ އެޔަށްވުރެ މާ ކުރިން އާޝާންއަށް ރަޔާން ފެނިފައިވާ ކަމެވެ. ރަޔާން ދެކޭ ހިތްވާ ކަމެވެ. ރަޔާންއާއި ވާހަކަދައްކަން ބޭނުންވާ ކަމެވެ. ނަމަވެސް ހިތުގައި އެ ހުރިހާ ކަމެއް ފޮރުވައިގެން އުޅުނީ އޯލެވެލްގެ ފަހު އަހަރު ކަމަށް ވުމާއެކު ކިޔެވުމަށް އިސްކަންދޭންވެގެންނެވެ. ނަމަވެސް ރަޔާން ދިޔައީ އާޝާން ހާސިލްކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންނެވެ. އެންމެފަހުން އާޝާން އެ ގުޅުމަށް އާއެކޭ ބުނީ ރަޔާން ބޭނުންވާލެއް ބޮޑުކަމުންނެވެ. ދެމީހުންގެ ގުޅުން ކުރިއަށް ދިޔައީ އެއްވެސް މީހަކަށް ނޭގޭ ގޮތަށެވެ. ރަޔާން އާއި ރައްޓެހި ވިއެއް ކަމަކު އާޝާން ސްކޫލް ނިންމާލީ މުޅި ސްކޫލުން އެއްވަނަ ހޯދަމުންނެވެ. ސްކޫލް ނިމުމުން އާޝާން އަށް ކުޑަ ނަމަވެސް މިނިވަން ކަމެއް ލިބުނެވެ. އޯލެވެލްގެ ގަދަ ތިން ވަނައިގައި ހިމެނުމުން އާޝާންގެ ބައްޕަ ހަދިޔާއަކަށް ފޯނެއް ދިނުން ވެގެން ދިޔައީ އެ ގުޅުން ކުރިއަށް ގެންދަން ލިބުނު ރަނުގެ ފުރުސަތަކަށެވެ. އާވާރާވެފައިވާ މީހެއް ފަދައިން އާޝާން ހޭދަކުރަމުން ދިޔައީ ރަޔާންގެ ޚިޔާލްތަކުގައެވެ. ދަރިފުޅުގެ އުޅުމަށް މިއައި ބަދަލު އާޝާންގެ މަންމަ ޝާހީން ދިޔައީ ވަރަށް ކައިރިން ބަލަމުންނެވެ. ނަމަވެސް އެކަމާ އެހާ ބޮޑަށް އަޅާނުލީ އެ އުމުރުގައި ކުދިންގެ ޚިޔާލު ޝާހީންއަށްވެސް އިގޭތީއެވެ. ދަރިފުޅަށް އެހާ މަޖުބޫރުކޮށްގެން އުޅެން ބޭނުންނުވާތީއެވެ.

ދުވަހަކީ ހުކުރު ދުވަހެއް ކަމުން އާޗާން އާއި އޭންގެ މަންމަ ދިޔައީ ޝޮޕިންގ އެއް ކޮށްލާށެވެ. މަންމައާއި އެކު ފިހާރަތަކަށް ވަންނަމުން ދިޔަ އާޝާންގެ ނަޒަރު ހުއްޓުނީ ސައިކަލު ދުއްވަމުން ދިޔަ ރަޔާންއަށެވެ. އާޝާންގެ ހިނިތުންވެ ހުރި މޫނު ބަދަުލުވާކަށް ގިނައިރެއް ނުނަގައެވެ. ފަހަތުގައި ކޮންމެވެސް އަންހެންކުއްޖަކު ރަޔާންގެ ގައިގައި ބައްދާލައިގެން އިނެވެ. އެދެމެދުގައި ވައިރޯޅިއެއް ދާނެހާ ޖާގައެއްވެސް ނެތެވެ. ވަގުުތުން އާޝާންގެ ލޯ ފެންކަޅިވެގެން ދިޔައެވެ. އެތައް ހާސް ޝަކުވާއެއް ރަޔާންއާއި ކުރަން ބޭނުންވިއެވެ. ނަމަވެސް މަންމަ ކައިރީގައި ހުރުމުން އާޝާން އެނާގެ އުހުސާސްތައް އެތެރޭގައި ހިފަހައްޓާލިއެވެ. ގެއަށް ދެވުމުން އާޝަން އެންމެފުރަތަމަ ވެސް ގުޅީ ރަޔާން އަށެވެ. ރަޔާން ފޯނު ނެގުމުން އާޝާން ފެށީ ރޯށެވެ. ހާސްވެފައި ހުރި ރަޔާން ވީ ކީއްތޯ އެހުމުން އާޝާން ހުރިހާ ވާހަކައެއް ކިޔާދިނެވެ. ރަޔާން ވާހަކަ ހަމަޖައްސާލީ އެއީ ކަޒިން ކުއްޖެކޭ ބުނަމުންނެވެ. ތަނަކަށް ގެންގޮސްދޭން ދިޔައީ ކަމުގައި ރަޔާން ބުންޏެވެ. އާޝާން ދެކޮޅު ހެދުމެއްނެތި ރަޔާން ގެ ވާހަކަ ޤަބޫލްކުރީ އޭނަ ދެކެ ވާ ލޯތްބެއްގެ ބޯޑުކަމުންނެވެ. ” ހެހެ.. ކަލޭމެން ބުނީމެންނު މަށަކަށް އާޝާން ނުލިބޭނެއޭ. މިހާރުވެސް މަ ކިޔާ ކޮންމެ އެއްޗެއް ޤަބޫލުކޮށްގެން އެ ހުންނަނީ.” ފޯނު ބާއްވަމުން ރަޔާން އޭނަގެ އެކުވެރިން ކައިރީގައި ފޮނި ކަނޑާލިއެވެ. ” ކަލެއަށް ކަމެއް ވީ ކަމަށް ވާނީ މިކަމުގަ އޭނަ ބައިވެރި ކުރީމަ. އެންމެ ކުޑަ މިނުން އަހަރުމެންނަށް އިންޓްރޮޑިއުސްވެސް ނުކޮށްދެވޭ. މާ ފޮނިވެފަ ވާހަކަ ތި ދައްކަނީ.” އާހިލް އަތުގައި އޮތް ސިގިރެޓް އެތެރެއަށް ދަމާލަމުން ވާހަކަދެއްކިއެވެ. ” ވަގުތު އައިސް ޖެހުނީމަ ހުރިހާ ކަމެއް ވެސް ކުރާނަން.” އާހިލްގެ އަތުގައި އޮތް ސިގިރެޓް ނަގަމުން ރަޔާން ބުނެލީ ވަރަށް އަޒުމުގައެވެ. ރަޔާންމެން ތިބީ އާހިލްމެން ގޭގައެވެ. ސިގިރެޓަކަށް ފަހު ސިގިރެޓެއް ހުސްކުރަމުން ދިޔަ ދެ މީހުން މައްޗަށް ބަލާލި ކޮޓަރީގެ ދޮރު ހުޅުވަމުންނެވެ. އާރިމް އާއި ކޮންމެވެސް އަންހެންކުއްޖެކެވެ. ފަހަތުގައި ހުރި އާރިމް ލާނެތްގޮތަކަށް ހެވިފައި ރަޔާން މެންނާ ދިމާލަށް ބަލަމުން ގެއިން ނުކުމެގެން ދިޔައީ އެ އަންހެން ކުއްޖާ އެއްކޮށެވެ. ދިހަ ވަރަކަށް މިނެޓު ފަހުން އާރިމް އައިސް އާހިލް މެން ކައިރީ ޖައްސާލިއެވެ. ” މަށަށް ވެސް ދީބަލަ.” ރަޔާން އަތުގައި އޮތް ސިގިރެޓް ފޮށި އަތުލަމުން އާރިމް ބުނެލިއެވެ. ” ކަލެއަށް އަދިވެސް ނުފުދޭތަ ތީތި ތި ނެގީ.” އާރިމް އާއި ދިމާކޮށްލަމުުން ރަޔާން ބުނެލިއެވެ. ” ކައެ މެން ވީޑިއޯ ކޮޅު ފޮނުވާލައްޗޭ މަ މިދަނީ ނިދަން.”އެހެން ބުނެ އާރިމް ދިޔައީ މައްޗަށެވެ.

އެމީހުންގެ މަަސައްކަތަކީ އެއީއެވެ. އަންހެންކުދިންނާ އެކު ނަހަމަ ގުޅުން ހިންަގުމަށްފަހު އެ ވީޑިއޯ ތައް ބޭރުގެ ސައިޓަކަށް ވިއްކަނީއެވެ. އާރިމްއާއި އާހިލް ލާރި ހޯދަން ކުރާ މަސައްކަތަކީ އެއީއެވެ. އެދެމީހުންނާއި ޖެހި ރަޔާން ހުރީ މަގު އޮޅިފައެވެ. ލާރި ނުލިބެތީއެއް ނޫނެވެ. އެއީ މާ “ކޫލް” ކަމެއްގެ ގޮތުގައި ރަޔަން އަށް ފެންނަތީއެވެ. އެނަގެ އެންމެ ގާތް އެކުވެރިޔާ ޒާއިޤުގެ ނަސޭހަތްތަކަށް ބީރު ކަންފަތެއް ދީ ގިނަވަގުތު ހޭދަކުރަމުންދިޔައީ އެދެމީހުންނާއެކުގައެވެ. އާޝާން އަށް މިއިން އެއްވެސް ކަމެއް ނޭންގެއެވެ.

އެރޭ ނިދުމުގެ ކުރިން ރަޔާން އާޝާން އަށް ގުޅިއެވެ. ރަޔާން ވިސްނަމުން ދިޔައީ އާހިލް ދެއްކި ވާހަކަތަކަ މެދުގައެވެ. އާޝާ އަށް ގުޅާފައި ބައްދަލު ކުރަން އެދޭ ވާހަކަ ބުންޏެވެ. ފުރަތަމަ އިންކާރުކުރިޔަސް އާޝާން އެއްބަސްވީ މަންމަ ދޭނެ ޖަވާބަސް އިންތިޒާރު ކުރާ ހާލުގައެވެ. ފޯނު ބާއްވާފައި އަވަހަށް ނިދީ މާދަމާ އަކީ ބޮޑު ދުވަހަކަށް ވާނެ ކަމަށް އުއްމީދު ކުރަމުންނެވެ. ރަޔާން އާއި އެއްކޮށް ޑޭޓަކަށް ދާ ފުރަތަމަ ދުވަސް ކަމުން އާޝާންގެ ހިތްވަނީ އަވަސްވެފައެވެ. އެ ދުވަހު ފުރަތަމަ ފަހަރަށް މީހަކު ކައިރީގައި ރަޔާންގެ ވާހަކަ ދެއްކިއެވެ. އާޝާންގެ ކަޒިން އެއް ކަމަށްވާ އީޝަލްއެވެ. ޢީޝަލް ހުރީ ހައިރާންވެފައެވެ. މިހުރިހާ ދުވަހު އޭނައަށް ސިއްރުން އާޝާން އުޅުނު ގޮތް ހިތަށް އަރާފައެވެ. ” ބަޓް އައި ޑޯންޓޤ ތިންކް ހީ އިޒް އަ ގުޑް ގާއި. އެފް ބީ ގަވެސް ވަރަށް އަންހެން ކުދިންނާއެކު ފޮޓޯ ހުރޭ އެންޑް ކޮމެންޓްތައްވެސް. އީޝްމެން ސްކޫލްގަ އުޅުނު އިރުވެސް ލަވަރ ބޯއީ ގެ ނަމުން މަޝްހޫރުވެސް ވެފަ އިންނާނީ.” އީޝަލް އޭނައަށް އިގޭ ވާހަކަތައް އާޝާން އާއި ހިއްސާކުރިއެވެ. ” އީޝް އެީ ކުރީގެ ވާހަކަތަކޭ. ރަޔާން މިހާރު އެހެން ނޫނޭ. އޭނަ އާޝާ ދެކެ ވަރަށް ލޯބިވޭ.” ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރެ އާޝާން ބުނެލިއެވެ. ” އޯކޭ އާޝާ ބޭނުން ގޮތެއް. އެކަމް ހީވޭތަ ކުޑައްތަ އޯކޭ ވާނެ ހެން ބޭރަށް ދާން.” އީޝަކް އޭނަގެ ހިތުގައި އޮތް ސުވާލު ކޮށްލިއެވެ. ” އެެހެންވެ އެންނު އީޝް ކައިރީ މިބުނަނީ ހެލްޕް ވާން. އީޝް އައި އެކު ދަންޏަ މަންމަ އޯކޭ ވާނެ. އެހެންނޫނަސް ދައްތަ ވަރަށް ކޫލް އެއް ނު.” އާޝާން އޭނަ ޕްލޭން ކުރި ގޮތް ކިޔާދެމުންދިޔައެވެ.

އެދުވަހު ހަވީރު ދެކުދިން ތައްޔާރު ވަމުން ދިޔައީ ބޭރަށް ދިޔުމަށެވެ. އެހާ ފަސޭހައިން މަންމަގެ އާބަސް ލިބުމުން އާޝާން ހުރީ ވަރަށް އުފަލުންނެވެ. ރަޔާން އާއި ބައްދަލު ކުރަން ނިންމީ ރަސްފަންނު ސަރަހައްދުންނެވެ. ސައިކަލު މަތީގައި އާޝާން އަށް އިންތިޒާރު ކުރަމުން ދިޔަ ރަޔާން ބެލުނީ އަންހެން ކުއްޖެއްގެ އަތުގައި ހިފަހައްޓައިގެން ހުރެ ހިނގަމުން އަންނަ އާޝާންއަށެވެ. ނޫކުލައިގެ ޖީންސަކާއެކު ކަޅު ކުލައިގެ ޓޮޕެއް ލައިގެން ހުރި މޮޑެލަކަށް ވަކި ދޫނުކުރެއެވެ. އާޝާންގެ އެ ދިގު ފަން އިސްތަށިގަނޑު ވަޔާ ވިހުރެން ދޫކޮށްލާފައި އޮތެވެ. ރަޔާން އާއި އަރާ ހަމަކުރި އިރު އޭނާގެ ކަޅި ހުއްޓިފައިވީ އާޝާންއަށެވެ. “ރަޔާން.” އާޝާން ދެތިން ފަހަރު ގޮވާލުމުން ރަޔާން އަށް ހުރެވުނު ގޮތް ހަނދާން ވިއެވެ. ” ރީތި ކަމުން ބެލުނީ” ރަޔާން އަވަހަށް ބުނެލިއެވެ. ” ދެން ރަޔާން. އޯކޭ މިއީ އީޝަލް. އޭޝްގެ ކަޒިންއެއް.” އާޝާެ އީޝަލް ތަޢާރަފު ކުރުމުން ރަޔާން ހާއި އޭ ބުނެލިއެވެ. ބަދަލުގައި އީޝަލް ހިނިތުންވެލިއެވެ. ” އެންމެ ލަސްވެގެން ހައެއް ޖަހަން ވާއިރަށް އަންނާތި.” އެހެން ބުނެލަމުން އިޝަލް މިސްރާބު ޖެހީ ދުރުގައި ތިބި އޭނަގެ އެކުވެރިންތަކަށެވެ.  ލަދުން ހުރެ އާޝާ ރަޔާންގެ ސައިކަލު ފަހަތަށް އެރިއެވެ. ” ސީރިއަސްލީ ޔޫ ލުކް ސޯ ހޮޓް މައި ގާލް.” ރަޔާން އަށް ނުހުރެވިގެން ބުނެލިއެވެ. ” ދެން ރަޔާން ހާ ރީތި ވާން ޖެހޭނެ އެންނު އޭޝްވެސް.” ހެމުން ހެމުން އާޝާން ބުނެލިއެވެ. އާޝާން ފަހަތުގައި އިން ނަމަވެސް ރަޔާން ފެންނަމުން ދިޔައީ އާޝަންއެވެ. ފަސްވަރަކަށް މިނެޓު ތެރޭ ރަޔާން ސައިކަލު މަޑުކޮށްލީ އާހިލް މެންގޭގެ ކުރިމއްޗަށެވެ. ” ކޮނަތަނަކަށް މި އައީ.” އާޝާން އަހާލިއެވެ. ” މިއީ ފްރެންޑެއްގެ ގެއެއް. އޭޝް އާއި ވަކިން ދިމާކޮށްލަން ވެގެން މިތަން ހޯދީ. ނޫޅޭނެ ބަޔަކު.” ވަރަށް ލޯބިން ރަޔާން ވާހަކަ ދައްކަމުން ދިޔައެވެ. ޖެހިލުންވެފައި ހުރި ނަމަވެސް އާޝާން ރަޔާންގެ ފަހަތުން ދިޔައެވެ. އެތެރެއަށް ވަދެ ތަޅު ލުމަށްފަހު ރަޔާން ގޮސް އިށީނީ ބޮޑު ސޯފާގައެވެ. ފަހަތުން އާޝާން ވެސް އިށީނެވެ. ” ކަމޯން އޭޝް. ބިރުނުގަނެބަ. އައި ލަވް ޔޫ ސޯ މަޗް.” އާޝާން ގައިގައި ބައްދާލަމުން ރަޔާން ވާހަކަ ދެއްކިއެވެ. ޖެހިލުންވެފައި ހުއްޓަސް ރަޔާންގެ އެ ފިރުމުނަތަކުން އާޝާން ގެ ބިރު ކެޑި ރަޔާން އާއި ގާތްވެލިއެވެ. ދެން ވެގެން ދިޔައީ އާޝާން އެއްއިރެއްގައިވެސް ވާނެ ކަމަށް ހީކޮށްގެން ހުރި ކަންތައްތަކެއް ނޫނެވެ. ދެކޮޅުހެދި ނަމަވެސް އެންމެ ފަހުން އާޝާންވެސް ރަޔާން އަށް އެއްބާރުލުން ދެވުނީއެވެ. ” ޔާން މިއީ އަދީ ރަނގަޅު ކަމެއް ނޫނެއް ނު. އޭޝް ބިރުގަނޭ.” ހެދުން ލަމުން ދިޔަ އާޝާން ބުނެލިއެވެ. ” އެވަރު ކަމެއް ނޫނޭ އެއީ. އާޝާން އަށް އާ ވިޔަސް މި މި ބުނީ އަހަރުމެންނަށް އާ ކަމަކަށް ވިޔަސް އާއްމު ކަމެކޭ އެއީ. ދެން ބިރުނުގަނެ ރެޑީ ވެބަ.” ރަޔާން ވާހަކަ ހަދާލިއެވެ. އާޝާން ހުރީ ރަޔާންގެ ޖަވާބުން ހައިރާންވެފައެވެ. އެހާ ބޮޑު ކަމެއް ވެގެން ދިޔަ އިރުވެސް މީހާ ހަމަޖެހިފައި ހުރުމުންނެވެ. އިތުރަށޤ އެ ވާހަކަ ނުދައްކާ އާޝާން އަވަސްކޮށް ރެޑީ ވެލީ ގެއަށް ދާން ލަސްވާތީއެވެ. **********************************************************************************އާޝާން ސިއްސައިގެން ދިޔައި ދޮރުގައި ޓަކި ދޭ އަޑަށެވެ. އީޝަލް އައީކަަން އެގުމުން މޫނު ރީތި ކޮށްލަމުން ދޮރު ހުޅުވާލިއެވެ. އާޝާްންގެ ހުރިހާ ކަމެއް ދަންނަ އީޝަލް އެ ދެލޯ ސިއްރެއް ނުވިއެވެ. އާޝާ ގެންގޮސް އެދުމަތީގައި ބޭންދިއެވެ. އެއަށްފަހު ކުރުނުކޮށް ވީ ކީއްތޯ ސުވާލު ކުރަމުން ދިޔައެވެ. އެންމެފަހުން އާޝާން ރޮއެ ރޮއެ ފައި ހުރިހާ ވާހަކައެއް ކިޔާދިނެވެ. ” ޝްްޝްޝް.. ދެން ނުރޮއެ ހުއްޓާލާ. އޭނަ ބޭނުންގޮތެއް ހަދާފަ ނޫޅެވޭނެ . މިއީ އަހަރުމެންގެ ފަހަރު ޓު ޓޭކް ރިވެންޖް. އީޝަް ބުނާ ގޮތް ހަދާނަން ދޯ؟” ވިހަ ހިނިތުންވުމަކާއެކު އާޝާން އަށް ދޯ ދިނީ ރަޔާން ބަރުބާދު ކޮށްލާނެ މޮޅު ޕްލޭނެއް ހިތުގައި ރާވާލަމުންނެވެ.

Share Article

Follow Me Written By

siya

Level 1

Other Articles

Previous

ޒާރާ (3)

Next

ބީހުން….. (ދެވަނަބައިިި)

Next
July 26, 2017

ބީހުން….. (ދެވަނަބައިިި)

Previews
July 26, 2017

ޒާރާ (3)

18 Comments!

  1. khajja says:
    July 26, 2017 at 2:41 am

    Wow masha allah v rythi v furihama ?? stry hama habeyys when nxt can’t wait plx up to soon plx this stry is awsome thanks 4 the luvly stry n gud nyt ??❤❤????

    1. siya says:
      July 26, 2017 at 12:16 pm

      Thanks khajja.. Busy koh ulheythee lahun up vany..insha Allah v soon dhn oi part genesdheynan

  2. Xxxx says:
    July 26, 2017 at 9:42 am

    Mi story v.nice..waiting 4 next part..avaskohllahchey dear,,,keep it up?????????????????????

    1. siya says:
      July 26, 2017 at 12:17 pm

      Thanks Xxxx ??❤❤

    2. siya says:
      July 26, 2017 at 12:18 pm

      Thank you ❤

  3. song joong ki..KOREAN says:
    July 26, 2017 at 10:31 am

    v reethi

    1. siya says:
      July 26, 2017 at 12:19 pm

      Thank youu

  4. Naja says:
    July 26, 2017 at 11:09 am

    Story hama habeys..❤️

    1. siya says:
      July 27, 2017 at 3:04 pm

      thanks najaa

  5. Rose says:
    July 26, 2017 at 1:14 pm

    Kon irakun next part… Vrh vrh reethi mi vaahaka.. I love i???

    1. siya says:
      July 27, 2017 at 3:05 pm

      thanks rose.. asap up kohdheynan 🙂

  6. Shahoo says:
    July 26, 2017 at 3:00 pm

    Maasha allah story v salhi.wen nxt part?? Plxxxx avahah up kohdhehcheyyyy

    1. siya says:
      July 27, 2017 at 3:06 pm

      thank you shahoo.. insha allah very soon up kuraanan

  7. Sidhu says:
    July 26, 2017 at 5:35 pm

    V salhi

    1. siya says:
      July 27, 2017 at 3:07 pm

      thanks Sidhu 🙂

  8. Adha? says:
    July 28, 2017 at 3:53 pm

    Varah salhi❤❤

  9. Abdulla says:
    July 28, 2017 at 8:19 pm

    Ebbai nufeney…

  10. Shyn says:
    July 29, 2017 at 11:33 pm

    Kobatha avas kohlaba

Comments are closed.



All Right Reserved!