ބާރު ގަދަ އަތަކުން އަލްވިން ދުރަށް ހޫރާލިއެވެ. ހޫރާލިލެއް ބާރުކަމުން ކައިރީގައިހުރި ކޮފީ މޭޒާއިއެކު އަލްވިންގެ ހަށިގަނޑު ގޮސްޖެހުނީ ކުޑަދޮރުތަކާއި ދިމާލުން ފާރުގައެވެ. ފާރުގައި ޖެހިފައި މުށިތައް މައްޗަށް ވެއްޓުމާއިއެކު މޭޒުގެކަން އަލް ވިންގެ ނިތްކުރީގައި ވަރަށް ބާރަށް ޖެހި އެތަނުން ލޭއަންނަންފެށިއެވެ. އަލްވިން ގަދަކަމުން ލޯ ހުުުޅުވާ ޝިމްލާ ކޮބައިތޯ ބަލާލިއެވެ. ކުރިމަތިިިން ފެނުނު މަންޒަރުގެ ސަބަބުން އަލްވިން އެހާލުގައިވެސް ކޮޅަށް ތެދުވަން މަސައްކަތްކުރިއެވެ.
ބޮލަށް އެނބުރުން އަރާގޮތްވުމުން ފާރުގައި ހިފަހައްޓައިގެން އަލްވިންއަށް ކޮޅަށް ތެދުވެވުނުއިރު ބޯ ފަޅައިގެން ގޮސްފައިހުރިތަނުން ފައިބަމުންދިޔަ ލޭތައް ދަތްދޮޅީކޮޅުން ތިކިޖަހަން ފަށައިފިއެވެ. އަލްވިން އެއްއަތުން ނިތްކުރީގައި ހިފަހައްޓައިގެން ހުރެ ސޯފާއާއި ދިމާއަށް ހިނގައިގަތެވެ. އޭރު ޝިމްލާގެ ހަށިގަނޑު އުފުލެމުންގޮސް ސީލިންގާއި ދާދި ކައިރިއަށް އުފުލިފާވެއެވެ.
އަލްވިންއަށް ސޯފާއާއި ހަމައަށް ދެވުމުން އަވަސް ހަރަކާތަކާއިއެކު އޭނާގެ ފޯނު އަތަށްނެގުމަށްފަހު އަންލޮކް ކޮށްލިއެވެ. އަލްވިން ބެލީ ވީހާވެސް އަވަހަކަށް ޤުރުއާން ޖެހޭތޯއެވެ. ނަމަވެސް މިފަހަރުވެސް އޭނާގެ ނަސީބު ވަރަށް ދެރައެވެ. ގަދަ ވައިރޯޅިއެއްއައިސް އެއްވެސް ރަޙުމެތްނެތި ހޫރާލި އަލްވިންގެ ހަށިގަނޑު މިފަހަރު ގޮސް ވެއްޓުނީ އައިސްއަލަމާރީގެ ކައިރިއަށެވެ. އެވަގުތު ފޯނުވެސް އަތުން ދޫވެގެންގޮސް މާދުރަށް ވެއްޓި ނިވިއްޖެއެވެ. އަލްވިން ބޯ ހިއްލާލެވޭތޯ މިފަހަރު ކުރި މަސައްކަތްވީ ބޭކާރެވެ. ބޮލަށް ވީ ތަދާއިއެކު ޚަބަރުހުސްވިއެވެ.
މ. ސްނޯ މައުންޓަން ގެއާއި ފަންސާހަކަށް ފޫޓު ދުރުގައިހުރި މިސްކިތުން އިޝާ ނަމާދު ބަންގީގެ އަޑު އިވުމާއިއެކު ޝިމްލާގެ ހަށިގަނޑު ގަހުން ކާއްޓެއް ވެއްޓޭފަދަ ގޮތަކަށް ސޯފާ މައްޗަށް ވެއްޓުނެވެ. މާގިނައިރެއްނުވެ ޝިމްލާއަށް ހޭވެރިކަން ވެއްޖެއެވެ.
ސޯފާގައި އިށީންނަމުން ޝިމްލާ ބޮލުގައި އަތްހިންގާލީ ބޮލުގައި ރިހުމެއް ހުރުމުންނެވެ. އެވަގުތު ޝިމްލާގެ ލޮލުގައި އަޅައިގަތީ ދުރުގައި ވެއްޓިފައި އެއްވެސް ހަރަކާތެއްނެތި އޮތް އަލްވިންއެވެ. އޭރު އަލްވިންގެ ނިތްކުރިން ފައިބަމުންދިޔަ ލޭތަކުން މުށިތައްމަތީ ލޭކޯރު ހެދިފައިވެއެވެ. ޝިމްލާއަށް އެދިމާއަށް ދުވެފައި ދެވުނު ގޮތެއްވެސް ނޭނގެއެވެ.
ޑރ. ފަރްހީން ކޮޓަރިން ނިކުމެގެން ދިއުމުން އެވަގުތު ކަންތައް ވީގޮތް ކިޔާދިނުމަށް ޢުލްޔާ އަލްވިން އަދި ޝިމްލާގެ ކިބައިން އެދުނެވެ. އެދެމީހުންވެސް އެމީހުން ހަނދާންހުރި މިންވަރަކުން ކުރުގޮތަކަށް ކަންތައް ވީގޮތް ޢުލްޔާއަށް ކިޔާދިނެވެ. އެދެމީހުންގެ ވާހަކަ ނިމުމުން ދެމީހުންވެސް ސަލާމަތްވީތީ ޢުލްޔާ މާތް الله އަށް ޙަމްދުކުރިއެވެ.
ޝިމްލާ އިންކާރު ކުރުމުންވެސް އޭނާ ގެއަށް ލައިދޭން އަލްވިން ކާރުގައި ދިޔައެވެ. ޝިމްލާއަށް ކަމެއްވެދާނެތީ އަލްވިންގެ ހިތް މިހާރު ކުރިއަށްވުރެވެސް ބިރުގަނެއެވެ. އަލްވިންއަށް ވެގެންވާނަމަ އެންމެ ވަގުތުކޮޅަކަށްވެސް ޝިމްލާ އޭނައާއި ދުރުގައި ހުއްޓަކަ ނުދޭނެއެވެ.
ކާރު ގޮސް ހުވަފެންގޭގެ ދޮރުމައްޗަށް މަޑުކޮށްލުމާއި އެކު ޝިމްލާ އަވަސްއަވަހަށް ކާރުން ފޭބީ ގެއިން ނިކުތްފަހުން މާ ގިނައިރުވުމުން ބޮޑުބޭބެގެ ހިތްހަމަނުޖެހުމާއި ކުރިމަތިލާން ޖެހިދާނެކަމަށެވެ.
“ޝިމް!” ޝިމްލާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އަލްވިންގެ އަޑު އިވުމުންނެވެ. ޝިމްލާ ފަސްއެނބުރި ބަލާލިއެވެ. އަދި ދެލޯ ހަނިކޮށްލިއެވެ.
އަލްވިންގެ ފަން އިސްތަށިކޮޅު ނިތްކުރިމައްޗަށް ވެއްޓިފައިވިއަސް އަޅާފައިވާ ބޭސްގަނޑުން ބައެއް ފެންނަންއޮތެވެ. އެރީތި ދެލޯވަނީ ޝިމްލާއާއި ދިމާއަށް ހުއްޓިފައެވެ. ތުންފަތްމައްޗަށް ވެރިކުރުވި ހިނިތުންވުމާއިއެކު ކޮލަށް އަޑިވެގެންދިޔައެވެ. ޝިމްލާއަށް އިޚްތިޔާރަކާއި ނުލާ ހިނިތުންވުމެއް ހަދިޔާކުރެވުނެވެ.
“ޓޭކް އަ ގުޑް ކެއަރ އޮފް ޔުއަސެލްފް.” އަލްވިން ބުނެލިއެވެ. “ޔޫ ޓޫ. އެން ތޭންކްސް ފޯރ އެވްރިތިން.” ޝިމްލާވެސް ބޯ ހަލުވާލަމުން ބުނެލިއެވެ. ޝިމްލާ ގޮސް ގެއަށް ވަންނަންދެން އަލްވިން އެދިމާއަށް ބަލަހައްޓައިގެން އިނެވެ.
ގޭތެރެއަށް ވަދެވުމާއިއެކު ޝިމްލާއަށް ހުރެވުނީ ހައިރާންވެފައި ބަލަހައްޓައިގެންނެވެ. “ދަރިފުޅު އުފަލެއް ނުވޭތަ ބައްޕަމެން އައީމަ؟” މޫނުމަތިން އެއްވެސް ކުލަވަރެއް ނުދައްކާ ކަޅިޖަހާލަންވެސް ހަނދާންނެތިފައިހުރި ޝިމްލާގެ ބޮލުގައި ފިރުމާލަމުން ދޮންއާދަނު ބުނެލިއެވެ. ޝިމްލާ ހިނިތުންވެލަމުން އުފާވާކަމަށް ބުނެލިއެވެ.
“މަގޭ ދަރި މިހާރު ހާދަ ރީތި ވެއްޖެއޭ ދޯ! ދައްތަ މިހުންނަނީ ވަކިކުރަންވެސް ނޭނގިފަ.” ޙަލީމަވެސް ޝިމްލާގެ ކޮނޑުގައި އަތް އަޅާލަމުން އޯގާތެރިކަން ދައްކާލިއެވެ. “ދޮން! އައި މިސްޑް ޔޫ ސޯ މަޗް. ހައްކޮ މިހުރީ އެއްކޮށް ދޮންކައިރިއަށް އައިސް. ދެން ނުދާގޮތައް ދޯ ބައްޕާ؟” ހަނާ ޝިމްލާގެ ގައިގާ ބައްދާލަމުން ޅަވެލާފައި ބުނެލުމުން ދޮންއާދަނު އެއީ ތެދެކޭބުނެލިއެވެ. ޝިމްލާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިއޮއްހުރިހާދުވަހު ޝިމްލާއާއިހެދި އުނދަގޫވެގެން ޝިމްލާ ފޮނުވާނުލެވިގެން އުޅުނު މީހުން މިއަދު އެތިބީ ޝިމްލާގެ ގާތަށް އައިހެވެ. މީގެ ކުރިން އެމީހުންގެ ލޮލުން ފެނުނު ނަފްރަތު ކުއްލިޔަކަށް ފިލާދިޔަތަނެއްވެސް ނޭނގެއެވެ. މިހާރު ފެންނަމުންއެދަނީ ލޯބިން ފުރިގެންވާ ހިތްތަކުގެ ވެރިބައެކެވެ. ދުނިޔޭގެ ކަންތައްތައް ބަދަލުވަމުންދާގޮތްފެނި ޝިމްލާވަނީ އާޝޯހުވެފައެވެ.
“ދޮން! ދޮން ކޮންއިރަކުތަ މެރީކުރީ؟ ހައްކޮމެންނަށް ޕާޓީއަށްވެސް ނުކިޔާ. ނޮޓް ފެއާރ.” ކޮފީ ޓޭބަލްމަތީ ޝިމްލާ ބޭއްވި ހޭންޑް ބޭގް ހާވަމުންދިޔަ ހަނާއަށް އޭގައިއޮތް ފޮޓޯ ފެނުމުން ބުނެލިއެވެ. އަދި އެފޮޓޯ ގެންގޮސް ދޮންއާދަނަށާއި ޙަލީމައަށް ދެއްކިއެވެ.
“ހައްކޯ! ދޮންގެ ބޭގް ހޭވީ ކީއްވެ؟ ބައްޕަ އަބަދުވެސް ބުނެއެއްނު އެހެންމީހުން އެއްޗެހީގައި ހުއްދަނެތި އަތްނުލާށޭ!” ޝިމްލާ ނުރުހިފައި ބުނެލިއެވެ.
“މީކޮންކަމެއް؟ ކިހިނެތްވީކަމެއް؟ ބައްޕައަށް ނާންގާ މިވަރުގެ ކަމެއް ވާންވީ ކީއްވެ؟” ދޮންއާދަނުވެސް ހައިރާންވެފައި އެއްސެވެ. އޭރު ސަޢީދުއާއި ފަތީނާވެސް ހުރީ އެވާހަކަ ފަށާނެގޮތެއް ނޭނގިފައެވެ. ޝިމްލާއަށް އެފޮޓޯ ލިބުނު ގޮތަކާއިމެދުވެސް ސުވާލު އުފެދިފައެވެ. އެންމެފަހުން އެ ހަޤީޤަތް ޝިމްލާއަށްވެސް އެނގުނީކަން ޔަޤީންވުމުން ސަޢީދު ދޮންއާދަނަށް މައިޝާގެ ވާހަކަ ކިޔާދިނެވެ.
“އަސްލުވެސްތަ؟ އަޅެ ހާދަ ވައްތަރޭދޯ އެދެކުދިން. ދެބެންގެ ދެދަރިއެއްކަމަކު މިހާ ވައްތަރު ދެކުދިންނެއް އަހަރެން އަދި ދުވަހަކުވެސް ނުދެކެން.” ޙަލީމައަށް ނުހުރެވިގެން ބުނެލިއެވެ. ދޮންއާދަނުވެސް އެކަމާ އެއްބަސްވިއެވެ. އަދި މައިޝާ ނެތީތީ އެކަމާ ހިތާމަ ފާޅުކުރިއެވެ. އަދި ކޮންމެ މީހަކާވެސް މަރު އައިސް ބައްދަލުކުރާނެކަން ހަނދާންކޮށްދެމުން ސަޢީދުގެ ދެމަފިރިންނަށް ހިތްވަރުދިނެވެ.
“އަލްވިން! މީހާއާއި އެއްވަރަށް ނަންވެސް އެހާ ރީތި. ވާއު! ހާދަ ހެންސަމްއޭ!” ހަނާ ޝިމްލާގެ ފަހަތުން ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. މަސް ނިމެން ދެދުވަސް އޮތުމުން ދޮންއާދަނުމެން މަޑުކުރީ ސަޢީދުމެންގެ އެޕާޓްމެންޓުގައިކަމުން ހަނާ ހުންނާނީ ޝިމްލާގެ ކޮޓަރީގައެވެ. ދޮންއާދަނުމެން ތިބެން ހަމަޖެހިފައިވަނީ ޝިމްލާއަށް އެގެއިން ދޭން ހަމަޖެހިފައިވާ ދެ ފްލޯއިން އެއް ފްލޯގައެވެ. އެފްލޯ ކުއްޔަށްދީފައިވަނީ މިހިނގާ މަހުގެ ނިޔަލަށް ކަމަށްވާތީ އެމީހުން ނިކުންނަންދެން ދޮންއާދަނުމެން އެބައިގާ މަޑުކޮށްލީއެވެ.
“ތިދީ އަވަހަށް ދޮން އަތަށް. ހައްކޮ މާ އަވަހަށޭ ބޮޑުވެގެން ތިއުޅެނީ. އަދިކިރިޔާ ނުވައެއްގަ ތިއުޅެނީ. ކީކޭ ބުނާނީ؟” ޝިމްލާ ހަނާގެ އަތުގައިއޮތް ފޮޓޯގަނޑު އަތުލަމުން ބުނެލިއިވެ.
“އޯކޭ އޯކޭ! ހައްކޮ މީ ކުޑަކުއްޖެއް. އެކަމް ދޮން މިހާރު ތިހިރީ މެރީ ކުރާވަރުވެފައެއްނު. މިމީހާ ހޯދަންއުޅެބަލަ. ޔަޤީން މައި ދޮންތިއާއި ލައިކްވީގޮތަށް ދޮންއާއިވެސް ލައިކްވާނެ. ޔޫޓޫ އާރ ހަމަ ސޭމްޓު ސޭމް. މިހާ ވައްތަރު ޓްވިންސްއެއްވެސް ނޭނގެ ތިބޭކަމެއް” ހަނާ ޝިމްލާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ޝިމްލާއަށް ލިބުނީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ހަނާ އެބުނިގޮތަށް އަލްވިން އޭނައާއި ގަޔާވާނެ ނަމައޭ ޝިމްލާ ހިތަށްއެރިއެވެ. އަދި ހަނާ ފުރަތަމަ ފަހަރަށް އެހާ ގާތްކޮށް ވާހަކަދައްކަން ފެށުމުން ޝިމްލާއަށް ބުނެދޭން ނޭނގޭ އުފަލެއްލިބުނެވެ.
ޖެހިގެންއައި ހުކުރު ދުވަހުގެ މެންދުރު ފަހެވެ. ދޮންއާދަނުމެން އައުމުން އެކަމުގެ މުނާސަބާގައި ސަޢީދުގެ އެދުމުގެ މަތިން ޢާއިލާގެ އެންމެންނަށް މެންދުރުގެ ކެއުމަށް ދަޢުވަތުދިނެވެ. މެންދުރުގެ ކެއުމަށްފަހު ބައިބަޔަށް ގޭތެރޭގައި މީހުންތައް އޮލަވާހަކައިގާ ތިބިއިރު ހީވަނީ ޒަމާންތަކަކަށްފަހު ބައްދަލުވެގެން އުޅޭހެންނެވެ.
އިރުކޮޅަކުން އެންމެން ސިޓިންރޫމަށް އެއްވާންފެށިއެވެ. ދެން ފެނުނީ ޘަނާޔާ އެންމެންގެ މެދަށް ހުއްޓި އޭނާގެ ޚިޔާލު ހުށައެޅިތަނެވެ. ޢާއިލާ އެންމެން އެކުގައި ފަޅު ރަށަކަށް ދަތުރު ދިއުމުގެ ޚިޔާލަށް އެންމެންވެސް އުފަލާއެކު ތާއިދުކުރިއެވެ. ވަގުތުން ދަތުރު ދާނެ ދުވަހަކާއި ރަށެއް ކަނޑައެޅި ގެންދާނެ ތަކެތީގެ ލިސްޓު ތައްޔާރުކުރެވެންފެށިއެވެ. ދަތުރުގައި ބައިވެރި ނުވެވޭ އެއްވެސްމީހަކު ނެތުމުން އެންމެންވެސް އެކަމާ ވަރަށް އުފާކުރިއެވެ.
***
ޙަފްތާއެއް ފާއިތުވެގެންދިޔައީ ޝިމްލާއަށް އޭތީގެ ފަރާތުން އިތުރު އުނދަގުލަކާއި ކުރިމަތިލާން ނުޖެހިއެވެ. މިހެންކަމުން އަލްވިންއަށް ހީވަމުން ދިޔައީ ދެން ބޯމަތިވެގެން އަންނަ ވިލާގަނޑު ބޮޑުވާނެކަމަށެވެ. ނަމަވެސް ވެތުވެގެން ދިޔަ ޙަފްތާއަކީ އަލްވިންއާއި ޝިމްލާގެ ގުޅުމަށް އިތުރު ކުރިއެރުމެއް ލިބުނު ދުވެސްތަކެކެވެ. ޝިމްލާ މަދުމަދުން އަލްވިންއާއި ބައްދަލުކުރަން އެގެއަށް ދާނުފެށުމީއިއެކު އެދެމީހުންގެ ގުޅުންދަނީ ކުރިއަށްވުރެވެސް ބަދަހިވަމުންނެވެ. ޝިމްލާއަށް އަބަދުވެސް އިންތިޒާރުކުރެވެނީ އަލްވިންގެ ފޯނު ކޯލެއް ނުވަތަ މެސެޖެއް ނަމަވެސް ލިބޭނެ ވަގުތަކަށެވެ. އަލްވިންގެ ހިތް އެދެނީ ޝިމްލާ އަބަދުވެސް އޭނާއަށް ފެންނަ ހިސާބުގައި ހުރުމަށެވެ.
***
މިއަދަކީ ދަތުރުދާން ރާވާފައިއޮތް ދުވަހެވެ. ހޮނިހިރު ދުވަހާއި ދިމާކޮށް ދަތުރު ހަމަޖެއްސުމުން އެންމެންނަށްވެސް ދަތުރު ދެވޭ ވާހަކަ ކުރިން ބުނެފައިވިއަސް އެންމެ ފަހުވަގުތު ރިޒޯޓެއްގައިއޮތް ވަރަށް ޚާއްސަ ބައްދަލުވުމަކަށް ދާންޖެހިގެން ސަޢީދުއަށް ނުދެވޭވާހަކަ ބުންޏެވެ. ނަމަވެސް ދަތުރު ކުރިން ރާވާފައިވާގޮތަށް ކުރިއަށް ގެންދިއުމަށް އޭނާ އެދުމުން އެކަމާއި އެއްވެސް މީހަކު ދެކޮޅެއް ނުހަދައެވެ.
ޝިމްލާވެސް ފަތިސް ނަމާދުން ފޭބީއްސުރެ ދަތުރަށް ތައްޔާރުވުމުގައި ފަތީނާއަށް އެހީތެރިވެދޭން އުޅުނެވެ. ފުރާގަޑިއަކީ ހެނދުނު ހަތެއް ޖަހާއިރުކަމުން ރޭ ޝިމްލާ ނިދީ އޭނާގެ ދަތުރުދަބަސް ތައްޔާރުކޮށްފައެވެ.
“ކީއް ކޮށްލަނީ؟” ފޯނަށް މެސެޖެއް އައުމާއިއެކު ޝިމްލާ ޖީބުން ފޯނު ނަގާ މެސެޖް ކިޔާލިއެވެ. އަލްވިންގެ ކައިރީގައި ދަތުރުދާ ވާހަކަ ނުބުނެވޭކަން ހަނދާންވީ އެވަގުތެވެ. އެހެންކަމުން އަވަސް އަވަހަށް އަލްވިންގެ ނަންބަރަށް ޑައިލްކޮށްލިއެވެ.
***
ފޯނު ބޭއްވުމަށްފަހު އަލްވިން ވިސްނަމުންދިޔައީ ޝިމްލާ ހުއްޓުވާނެ ގޮތަކާއި މެދުއެވެ. އަލްވިން އެވަރަށް ކިއުމުންވެސް އެންމެން ދާއިރު ނުގޮހެއް ނުވާނެއޭ ޝިމްލާ ބުނުމުން އަލްވިން ހުރީ ވެރަށް ހިތްހަމަ ނުޖެހިފައެވެ. ކުރީ ރޭ ދިމާވިފަދަ ކަމެއް ވެދާނެތީއެވެ. “އަޅެ ޝިމްލާ ކީއްވެއަށް ކީއްވެތަ ނުވިސްނެނީ؟ އަމިއްލަ ރައްކަލަށް ބަލަންޖެހޭނެދޯ މީހަކު ހިތްހަމަޖެހުނަސް ނުޖެހުނަސް؟” އަލްވިން ޝަކުވާކޮށްލިއެވެ. އަދި އަވަސް އަވަހަށް ހެދުން ބަދަލުކޮށްލިއެވެ.
އަލްވިންގެ ކާރު ހުވަފެންގޭ ދޮރުމައްޗަށް މަޑުކޮށްލިއެވެ. އަދި ކާރުން ފައިބައިގެންގޮސް ދޮރުމަތީހުރި ދޮރުފާރަވެރިޔާއާއި ވާހަކަތަކެއް ދެއްކިއެވެ. ދެންފެނުނީ ކައިރީގައިހުރި ފާރުގައި އަތް މުއްކަވާފައި ޖެހިތަނެވެ. އަދި ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލި މަންޒަރެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.




Shimla dhaieetha?
Hmmm dhiyaee dhw e. Thnkx
Yay me second
Nd varah reethi vaahaka
Keep it up
Thnkx Aishath
Wow ?
Thnkx fathu
Masha allah v rythi ?? v furihama stry eh but shimla alhe edhiyaeetha alvin mom kairy bunegen viyas nudheveygoiy hadhaabalapls shim ah dheragothe viyanudhechchey plx n alvin aa shim gulhuvaathi ingey when nxt prt n soon ingey gud nyt??❤❤❤????
Thnkyou khajja. Ekm mifahar heevany amjadh maa hushiyaaru vaanehen. Let’s c
Owsm story…??
Thnkx Beauty
Shim alhe dhathuru nudhiyanama.. dhen dhimaavaane kamehves…..
Mi part ves hama great?
Waitingss❤❤❤❤
Kamehves neyngey*?
Let’s c dhw konkahala kanthah gandehtho dhimavany? Thnkx
Mi site ga genesdheehnun”maisha ” kiyaa vaahakaeh e vaahaka genesdhey kujage nan buneladhyba
X-girl I think
this part is very nice ……waiting for the next part??
Thnkx shi
V kiyaahiyh vey mi vaahaka… I love it…. Adhi v best psenhi kiyuntheringe comments thakah reply kuraathy…. U r best psenhi
Thnkx Sunflower. 🙂
Ma sha allah…vaahaka vvv reethi…alhe shimala hama dhiyaee ey dho…? dhen kihineh baa vaanee…alvin ah abadhu ehen nuhadhaa psenhi…mifaharu shim liben vaane alvin ah….gina gon jehun thakakaa dhimaa vegen viyas ….waitung for the next part…
Thnkx. Let’s c dhw Shimla libeny Alvin ah tho
haadha reethi vaahaka ekey.
Thnkx Shaa
Vr reethi story eh..thankolheh kuree
wow what a nice part i like it…???
when next part
Nice.:)
Next part kon irakun
Vvvv reethi mi vaahaka varah kiyaahithun kiyaa vaahaka eh mee