ތިޔަ ނޫން އެހެން ހިތެއް ނޭދެމޭ 4
މިއަދު ނާއިމް އަހަރެން އެގެޔަށް ގެންދިޔައީ ރޯދަމަހަށް އެގޭގެ ބަދިގޭގެ ކުޑަ މަރާމާތެއް ކޮށްލުމަށެވެ. އަހަރެމެންނަށް ގެއަށް ދެވުނު އިރު ޒަރާ އާއި ނާއިމްގެ މަންމަ ބަދިގޭގެ ކަބަޑުތައް ހުސްކޮށް ތައްޔާރީތައް ވަމުން ދިޔައެވެ. އަހަރެން ނާއިމްގެ މަންމައަށް ގޮވާލުމަށްފަހު މޭޒު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނީމެވެ.
“މުނާޒުގެ އަންހެނުން ކޮބާ” ނާއިމްގެ މަންމަ އަހާލިއެވެ. އަހަރެންނަށް ބަލާލެވުނީ ޒަރާއަށެވެ. ޒަރާ ހުރީ އަހަންނަށް ފުރަގަސްދީގެން ކަމުން ޒަރާއަށް އެކަމެއް ނޭނގޭނެއެވެ.
“އަޅުގަނޑު އަދި މީހަކާއި ނީންނަން” އަހަރެން ހީލަމުން ޖަވާބު ދިނީމެވެ.
“އެ ކީއްވެ ޔޯ..ކަމުދާ ކުއްޖެއް އެބަހުރިތަ އަނެއްކާ” ނާއިމްގެ މަންމަ އަހާލިއެވެ.
“ލައްބަ އެބަހުރި.. އެކުއްޖާ ލިބުނު ދުވަހަކުން އިންނާން” ހިތުގައިވާ ވޭން ހިނިތުންވުމަކުން ފޮރުވަމުން އަހަރެން ބުނެލީމެވެ.
“ދަރިފުޅާ ޒަރާ. އެކުދިންނަށް ޖޫސް ގެނެސްދޭންވީނު. މަންމަ ހުންނާނެ ޖޫސް ގިރާފަ ފުރިޖުގަ ބަހައްޓާފަ” ނާއިމްގެ މަންމަ ޒަރާ ކައިރި އެހެން ބުނެލަމުން އެތަނުން ދިޔައެވެ. ނާއިމްވެސް އެއްޗެހި ބަދަލުކޮށްގެން މިއަންނަނީއޭ ބުނެ ދިޔައެވެ.
“ޒަރާ ކިހިނެތް” އަހަރެން އަހައިލީމެވެ. ޒަރާއާއި ވާހަކަ ނުދައްކާ ހުންނަން ވަރަށް މަސައްކަތް ކުރިއަސް ހިތުގެ އެދުމަށް ފުރަގަސްދެވޭ ހެއްޔެވެ؟
“ޒަރާ ރަގަޅު” އަހަރެން ކުރިމަތީ ޖޫސްތަށި ބަހައްޓަމުން ޒަރާ ބުނެލިއެވެ. އަދި ދާން ހިގައިގަތެވެ. ނަމަވެސް ދެތިން ފިޔަވަޅު ކުރިއަށް އަޅާފައި ޒަރާ ފަހަތަށް އެބުރުނެވެ.
“ޒަރާއަށް އުދަގޫވޭ މުނާޒު މެސެޖު ކުރާތީ..އާދޭސްކޮށްފަ މިބުނަނީ ނާއިމްއަށް ނޭނގެނީސް ހުއްޓާލާ. އެހެންނޫނީ ދެމީހުންގެ ކައިވެންޏަށް އޭގެން އަސަރުކުރާނެ” އާދޭހުގެ ރާގަކަށް ޒަރާ އެހެން ބުންޏަސް އަހަރެނަށް ހަމްދަރުދީއެއް ނުވެވުނެވެ.
“ޒަރާ ހީކުރަނީ އަހަރެން ތިހެން ބުނީމަ ހުއްޓާލާނެ ކަމަށްތަ. އަހަރެން މެސެޖުކުރުންވެސް އަދި ހަދިޔާ ފޮނުވުންވެސް ހުއްޓައެއް ނުލާނަން ޒަރާއަށް އަހަރެންމީ ކާކުކަން ނޭނގެނީސް..ޒަރާއަށް އަހަރެންމީ ކާކުކަން އެނގޭނެ. މާ މޮޅުމީހަކަށް ވެގެން އަހަރެން ހައްދާލަން ތިއުޅެނީ ކީއްވެތަ. ޒަރާއަށް އެއްމެ ކުޑަ މިނުން މާފަށް އެދެންވެސް ނޭނގުނު. އަމިއްލައަށް ކުށެއް ކުރެވުނު ކަންވެސް ޒަރާ ގަބޫލުކުރަން ބޭނުމެއްނޫން. ދެން އަހަރެން ކީއްކުރަން ޒަރާއަށް ހަމްދަރުދީވާންވީ.. އެއްމެ ސަބަބެއް ބުނެބަލަ” އަހަރެން ގޮތް ދޫކޮށްލާކަށް ބޭނުމެއް ނޫނެވެ.
“ޒަރާ ބަޑުބޮޑު..”ބަނޑުގައި އަތް ޖައްސާލަމުން ޒަރާ ބުނެލިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އިށީގެދެން ނުއިދެވިގެން ކޮޅަށް ތެދުވެވުނެވެ.
“ކީކޭ” އަހަރެން ހުރީ ގަބޫލުކުރަން ދަތިވެފައެވެ. ޒަރާ ބޯ ޖަހައިލީ އަހަރެންނަށް އެއިވުނު ބަސްތައް ތެދުކުރުމުގެ ގޮތުންނެވެ. މުޅި މީހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ހާސްކުރުވައިފިއެވެ.
“ޒަރާ ނާއިމް ދެކެ ލޯބި ވޭތަ” އަހަރެން ކުރިމަތިން ހެއްކާއި އެކު ހަގީގަތް ފާޅުވާން ހުރި އިރު އަހަރެން ކީއްކުރަން ކުރި ސުވާލެއް ހެއްޔެވެ؟
“ބަހައްޓާ އަހަރެން ބޭނުމެއް ނޫން އެނގޭކަށް” ޒަރާއަށް ޖަވާބު ދޭން ފުރުސަތު ނުދީ އަހަރެން އަވަސް އަވަހަށް ބުނެލީމެވެ. ޖަވާބު އެގުނަސް ޒަރާގެ ދުލުން އެހެން މީހެއް ދެކެ ލޯބިވާ އަޑު އަހަން މިވަގުތު އަހަރެންނަށް ކުޅަދާނައެއްނޫނެވެ.
“އޯކޭ” ޒަރާ އެހެން ބުނެ ދާން ހިގައިގަތެވެ. އަހަރެންނަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ޒަރާ އޯކޭ ބުންޏަސް ދުވަސްތައް ފާއިތުވާ ވަރަކަށް ޒަރާ އަހަންނަށް ދޭ ސަޒާ އިތުރުވަންޏާ ހުރހާ ކަމެއް އޯކޭ ވާނީ ކިހިނެތް ހެއްޔެވެ؟
މުޅިރޭ އަހަރެން ހޭދަކުރަން މިޖެހުނީ އެސިހުމުގައެވެ. މަސައްކަތުގައި އުޅުނު އިރު އެއް ކަންތައް ރަގަޅަށް ވަންޏާ އަނެއް ހަ ކަންތައް ކުރެވެނީ އެގޮތް މިގޮތަށެވެ. ކަބަޑަށް ޖަހަން އުޅުނު މޮހޮރުވެސް ކައްސާލާފައި އަހަރެންގެ އިގިއްޔަށް ވަދެގެން ނުދިޔައީ ކިރިޔާއެވެ. ބައެއް ފަހަރު ރުޅި އައިސްގެން ހުއްޓާލައިފައި ގޮސް ދާނަމޭވެސް ހިތަށް އަރައެވެ. އެކަމަކު ނާއިމް ގާތުގައި އެހީ ވެދޭނަމޭ ބުނެފައިވާތީ ކެތްކޮށްގެން ހުރީއެވެ.
ނާއިމް ދޭތެރެއިން ހުރިހާ ކަމެއް ރަގަޅުތޯ އަހާލައެވެ. އަހަރެން އެކަމާއި އަޅާނުލާށޭ ބުނެ އޮއްބާލަމެވެ. ޒަރާ އަހަރެމެންނަށް ފިނި ބުއިންތައް ހިފައިގެން ދޭތެރެ ދޭތެރެއިން އަންނަމުން ދިޔައެވެ. އަހަރެން ކޮންމެ އެއްޗަކަށް ދެކޮޅު ހަދަމުން ދިޔައީ ދެން ޒަރާގެ އަތުން ދޭ އެއްޗެއްގައި ނުހިފަން އަޒުމް ކަޑައަޅަމުންނެވެ. ލޯތްބާއި އޯގާތެރިކަން އަހަރެން އެއްމެ ބޭނުންވި ދުވަހު ޒަރާ އަހަރެންގެ އަތުން ހުރިހާ އެއްޗެއް ޖަހައިގަތީ އެޔަށް އަހަރެން ދަހިވެތިކޮށްފައެވެ.
ގެޔަށް ގޮސް ފެންވަރައިގެން އަހަރެން ނިދަން އެރީމެވެ. ނިދަން ބާލީސް ނެގިތަނާ އަހަންނަށް އަހަރެން ޒަރާއަށް މެސެޖުކުރާ ފޯނު ފެނުނެވެ. ޖެހިލުމެއްނެތި އަހަރެން ޒަރާއަށް ވަރަށް ލޯބިން ޝުކުރުގެ މެސެޖެއް ފޯނުގައި ހުރި ހުރިހާ ހިތްތަކުގެ އިމޯޖީއާއި އެކު ފޮނުވާލީމެވެ.
ވެފައި ހުރި ވަރުބަލިކަމުން އަހަރެންގެ އެސްފިޔަތައް ބަރުވެގެން ދެލޯ މެރުނެވެ. ނަމަވެސް އަހަރެން ސިއްސައިގެން ދިޔައީ ކައިރީގައި އޮތް ފޯނުގެ ވައިބްރޭޓަށެވެ. ދެލޯ ބޮޑުކޮށް ކޮޅަށް އިށީދެގެން ފޯނަށް ބަލަމުން ދިޔައީ ހައިރާންވެފައި ހުރ ވަރުންނެވެ. އެކުވެރިޔާއެވެ. އެއްމަހާއި ފަނަރަ ދުވަހަށް ފަހު ޒަރާ އަހަރެންގެ މެސެޖަކަށް ޖަވާބު ފޮނުވީއެވެ. އަހަރެން ޝައުގާއި އެކު މެސެޖު ހުޅުވާލީމެވެ.
“ސޮރީ” މެސެޖު ކިޔާލުމަށްފަހު އަހަންނަށް ހެވުނެވެ. ޒަރާގެ ފަރާތުން ދެއަހަރު ނުލިބުނު ލޯތްބަކަށް އަދިވެސް އަހަރެން އިންތިޒާރު ކުރާތީ އަމިއްލަ މޮޔަކަން ހިތަށް އަރާފައެވެ.
ޒަރާގެ ސަބަބުން ހިތުގައި އުފެދިފައިވާ ރުޅީގެ ހުޅުގަނޑު ނަފްރަތަށް ބަދަލުވާން ފެށިއެވެ. އަހަރެންގެ ހިތަށް ތުރާދޭ ގޮތަށް ޒަރާގެ ހަޔާތަށްވެސް އަހަރެންގެ ތުރާ ފޯރުވާނަމެވެ. މިރެއަށްފަހު އަހަރެން ޒަރާއަށް ލޯބީގެ މެސެޖު ފޮނުވަން ގަސްދުކޮށްފީމެވެ.
އޭގެ އަނެއް ދުވަހު އޮފީސް ނިއްމާފައި އަހަރެން ނާއިމްއާއި އެކު އެގެޔަށް ދިޔައީމެވެ. އެގެޔަށް ދެވުމާއި އެކު ޒަރާ އަހަންނާއި ނާއިމްއަށް ކާން ހެދިއެވެ. އަހަރަމެން ކެއުމަށް އިންސާފުކުރަމުން ދިޔައިރު ޒަރާ ނާއިމް އާއި ޖެހިގެން އިން ގޮނޑީގައި އިށީދެގެން އިނެވެ. އެދެމީހުން އިށީދެގެން ތިބީ އަހަރެން އިނީ އެމީހުންގެ ކުރިމައްޗަށް ވާ ގޮތަށެވެ.
ޒަރާ އިނީ މޭޒުމަތީގައި ފޯނު ބާއްވައިގެން ފޯނާއި ކުޅެލަކުޅެލައެވެ . އަހަރެން ޖެއްސުންކޮށްލާނަމޭ ހިތައި ޖީބުގައި އޮތް “ޒާން”ގެ ފޯނު ނެގުމަށްފަހު ޒަރާއަށް މެސެޖެއް ކޮށްލީމެވެ.
“މިއަދު ވަރަށް ރީތި” މެސެޖު ފޮނުވާލުމަށްފަހު އަހަރެން ޒަރާގެ މޫނުމައްޗަށް އަރާ ކުލަވަރު ބަލަން ކެތްމަދުވެފައި ހުރީމެވެ. މެސެޖު ލިބުމާއި އެކު ޒަރާގެ ހަރަކާތްތައް އަވަސްވިއެވެ. އެއްފަހަރު އަހަންނަށް އަދި އަނެއް ފަހަރު ނާއިމްއަށް ބަލާލުމަށްފަހު އެތަނުން ދާން ތެދުވިއެވެ.
އެކުވެރިޔާއެވެ. އަހަންނަށް ފާހަގަ ކުރެވޭ ކަމެއް ބުނެލާނަމެވެ. ޒަރާއާއި ނާއިމްގެ ފަރާތުން އެއްމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ފެންނަނީ ދުރުކަމެވެ. ޒަރާއަކީ ބަސްމަދު ކުއްޖަކަށް ނަމަވެސް ގާތް މީހުން ކައިރީގައި ޒަރާގެ ބަސްމަދެއް ނުވާނެއެވެ. އަހަރެންނާއި އެއްކޮށް އުޅުނިއިރު ފުރަތަމަ ދުވަސްކޮޅު މަޑުން ހުއްޓަސް ފަހަކަށް އައިސް ޒަރާ ހުންނަނީ ދައްކާނެ ވާހަކަ މަދުވެފައެވެ. އެކަމަކު މިހާރު އަހަންނަށް މިފެންނަނީ ތަފާތު މަންޒަރެކެވެ. ނާއިމް ޒަރާގެ ފިރިމީހާއަށް ވެހުރެ އެގާތްކަން ނުފެނެއެވެ. ދެމީހުންގެ އެކަކު އަނެކަށް ލޯބިން ގޮވާލައި ނުހަދައެވެ. ޒަރާއަކީ ބަލި ކުއްޖަކަށް ވުމުން އެއޯގާތެރިކަން ފިޔަވައި އެހެން އިތުރު އޯގާތެރިކަމެއް ނުފެނެއެވެ. އަދި އެއްކަމެއް ފާހަގަކޮށްލާނަމެވެ. އަހަރެން މިވަރަށް ޒަރާއަށް މެސެޖު ކުރާއިރުވެސް ޒަރާ އޭގެ ވާހަކަ ނާއިމް ކައިރީ ނުބުނަނީ ކީއްވެ ހެއްޔެވެ؟ ފިރިމީހާގެ އެކުވެރިއަކަށް ވިޔަސް އިމުން ބޭރު ވަންޏާ ފިޔަވަޅު އަޅަން ޖެހޭނެ ނޫން ހެއްޔެވެ؟
“ޒަރާ ފެން ތައްޓެއް އަޅައިދީބަ” ޒަރާއަށް ދެވުމުގެ ކުރިން ނާއިމް ބުނެލިއެވެ. ޒަރާ މަޑުމަޑުން ގޮސް ފެން އަޅާފައި ހުރި ޖަގުން ތައްޓަށް ފެން އަޅަން ފެށިއެވެ. ޒަރާގެ އަތުގައި އަޅަމުންދިޔަ ތުރުތުރު ބަލަން ހުރި މީހަކަށް ފާހަގަވާނެއެވެ. ޒަރާ ނާއިމްގެ ތައްޓަށް ފެން އަޅައި ނިމުމުން އަހަރެން އަހަރެންގެ ތަށިވެސް ދިއްކޮށްލީމެވެ. ޒަރާ އަހަންނަށް ކުނި މޫނު ހަދާލަމުން ފެން އަޅަން ފެށިއެވެ.
“އޯ ސޮރީ” އަހަރެން ގަސްދުގައި ތަށި އެއް ފަރާތްކޮށްލުމުން ޖަގުން ވެރެމުން ދިޔަ ފެން ފޭބީ މޭޒު މައްޗަށެވެ. ޒަރާ އަވަސް ހިގުމެއްގައި ގޮސް މޭޒުގެ އަނެއް ފަރާތުގައި ހުރި ޓިޝޫ ފޮށި ނަގައިގެން އަޔެވެ. އަހަރެން ޒަރާއަށް އެހީ ވެދޭ ކަމަށް ހަދައިގެން ޓިޝޫ ނަގައިގެން އެތަން ހިއްކަން އުޅުނީމެވެ. ޒަރާގެ މޫނުމަތިން ފެންނަމުން ދިޔަ ނުރުހުން އަހަރެންގެ މަގުސަދު ހާސިލްވެއްޖެކަން ޔަގީންކޮށްދިނެވެ.
“އަހަންނާއި ހެދި ވަރަށް އުދަގޫވޭ ދޯ” ފޮރުވެފައިވާ މާނައަކާއި އެކު އަހަރެން އަހައިލީ ޒަރާއާއި ދެމީހުންނަށް އަހަރެންގެ ބަސްތަކުގެ މާނަ އެނގޭނެތީއެވެ.
“އެއީ އެވަރު ކަމެއް ނޫން ދޯ ޒަރާ” ޒަރާ ވާހަކަ ނުދެއްކެމުން އޭގެ ޖަވާބު ދިނީ ނާއިމްއެވެ.
“އަޅުގަނޑު ބަލާ ބައްޕަ އެބަ ދުރުވޭ. އެއްމެ ރަގަޅުތޯ ދިޔަޔަސް” ޒަރާ ވާހަކަ އޮޅުވާލިއެވެ.
“އާން މައްސަލައެއް ނެތް” ޒަރާ އަކީ ކިހާ ރަގަޅު އަންބެއް ހެއްޔެވެ؟ ފިރިމީހާއާއި ވާހަކަ ދައްކަނީ އިހްތިރާމާއި އެކީގައެވެ. ކިތައްމެ ކުޑަ ކަމެއް ކުރިއަސް ހުއްދަ ހޯދައެވެ.
ދުވަސްތައް ފާއިތުވަމުން ދަނީ ހަލުވި ކަމާއި އެކީގައެވެ. އެގެޔަށް ދެވޭ ދުވަހެއް ނަމަ އަހަރެން ޒަރާއަށް މިހަކަލަ އުދަގުލެއް ކޮށްނުލާ ދުވަހެއް ނުދާނެއެވެ. ހަދިޔާތައް ފޮނުވުން މަދުވިޔަސް އަހަރެން ޒަރާއަށް ކުރަމުން ދިޔަ މެސެޖުތަކަށް ބަދަލެއް ނާދެއެވެ. އަހަރެމެން ތިން މީހުން އެއްކޮށް ތިބޭ އިރުވެސް އަހަރެން ވަގުވަގަށް ޒަރާއަށް މެސެޖުތައް ފޮނުވަމަވެ. ޒަރާވެސް ވީ ވަރަކުން ނާއިމްއަށް އެކަން ފޮރުވޭތޯ އުޅެއެވެ.
މިއަދަކީ އަހަރެންނާއި ޒަރާއަށް ހާއްސަ ދުވަހެކެވެ. އަހަރަމެން އެއްމެ ފުރަތަމަ ދިމާވިތާ ތިން އަހަރު ފުރޭ ދުވަހެވެ. އަހަރެން މިރޭވެސް އެގެޔަށް ދިޔައީ ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހުގައެވެ. އަހަރެން ދިޔަ ވަގުތު ޒަރާއާއި ނާއިމް ތިބީ ސިޓިންރޫމުގައި ޓީވީ ބަލާށެވެ.
އަހަރަމެން ތިން މީހުން ސޯފާގައި ވާހަކަ ދައްކަން ތިއްބާ މީހަކު ދޮރުގައި ޓަކި ޖަހާލި އަޑަށް ނާއިމް ދޮރު ހުޅުވަން ދިޔައެވެ.
“ޒަރާއާއި ހަވާލުކޮށްލާށޭ ބުނީ” ދޮރު ހުޅުވަން ދިޔަ ނާއިމް އަބުރާ އައީ ސަންފުލާވާރ މާބޮނޑިއެއް ހިފައިގެންނެވެ.
“ޒަރާ އަށޭ” ޒަރާ ފުންމައިގެން ތެދުވެ ނާއިމް އަތުން މާބޮނޑި ނެގިއެވެ.
“ކާކު ދިން އެއްޗެއް” ޒަރާގެ އަޑުގައި ވަނީ ހާސްކަމެވެ.
“ނޭނގެ ހަމައެކަނި ޒަރާއާއި ހަވާލުކޮށްލާށޭ ބުނީ” ނާއިމް ބުނެލިއެވެ.
“ވެދާނެއެއްނު ޒަރާ މާ ކަމުދާ ކުއްޖެއް ފޮނުވި ހަދިޔާއެއް ކަމަށްވެސް” އަހަރެން މަލާމާތުގެ ރާގަކަށް ބުނެލީމެވެ.
“ކިހިނެތް އޭނައަށް އެނގެނީ ޒަރާއަށް އެއްމެ ކަމުދަނީ ސަންފުލާވާރކަން.. އެހެން ނޫނަސް ޒަރާއަކީ މީހެއްގެ އަންބެއްކަން އޭނަ އަށް ނޭނގެނީތަ” ނާއިމްގެ އަޑުގައިވަނީ ނުރުހުމެވެ.
“ނޭނގެ” ނާއިމް ނުރުހުމުން ޒަރާ ދެރަވިއެވެ.
“ހޯދާ ބަލާ މީހަކަށް އެގިދާނެއެއްނު” އަހަރެން ޒަރާއަށް ބަލާލަމުން ބުނެލީމެވެ.
“އެހޯދާ ބަލާ މީހަކަށް ނޭނގެނީހޭ ޒަރާއަކީ އަހަރެންގެ އަންހެނުންކަން. އަހަރެން ހިތްހަމަޖެހޭ ކަމެއް ނޫން އަހަރެންގެ އަންހެނުންގެ ގޮތުގައި ޒަރާ ހުރެ މީހުން ތިފާޑަށް ޒަރާއަށް ހަދިޔާ ފޮނުވުމަކީ” ޒަރާއަށް އެއްމެ ކަމުދާ މާތަކުގެ މާބޮޑިއެއް ލިބުމުން ޒަރާ ހުރީ ހާސްކަމުގެ ތެރެއިން ވެސް ހިނިތުންވެވިފައެވެ. ނަމަވެސް ނާއިމްގެ ބަސްތައް އިވުމުން އެ ހިނިތުންވުން ފަޑުވެގެން ދިޔައެވެ. ޒަރާ މާ ބޮނޑި ސޯފާ މޭޒުމަތީގައި ބޭއްވުމަށްފަހު އެތެރެއަށް ދިޔައެވެ.
“ޒަރާ އެހެރީ ވަރަށް ދެރަވެފަ ކަންނޭނގެ” އަހަރެން ޒަރާ ދިޔުމުން ބުނެލީމެވެ.
“ދެރަ ވިޔަސް އަހަންނަށް ހުއްދައެއް ނުދެވޭނެ ޒަރާ އެހެން ފިރިހެނަކާއި ގުޅުން ބާއްވާކަށް. އަހަންނާއި އިދެގެން އުޅެން ޖެހޭނީ ރީތި ގޮތުގައި. ޒަރާ އެއީ ފިރިހެނެއް ނޫން ތިން ހަތަރު މީހުން ގެންގުޅެން” ނާއިމް ފަހުން ބުނި ޖުމްލައިން އަހަންނަށް ނާއިމްއަށް ބަލާލެވުނެވެ.
“ތިބުނީ ނާއިމް އިތުރު މީހެއް ގެންގުޅެނީއޭތަ” އަހަރެންނަށް ދޭހަވީ ރަގަޅަށްތޯ ބެލުމަށް ސުވާލުކޮށްލީމެވެ. ނާއިމް އަހަންނަށް ބަލާލުމަށްފަހު ބޯޖަހައިލީ މަޑުމަޑުންނެވެ.
“ކާކު..ކޮން އިރަކު… ޒަރާއަށް އެނގޭތަ” އަހަރެން ސުވާލުތައް ފައްޗަކަށް އަމުނާލީމެވެ.
“ދެން ކޮންމެވެސް ކުއްޖެއް.. އަހަރެން އަދި ޒަރާ ކައިރީ ނުބުނަން” ނާއިމް ޖަވާބު ދިނެވެ.
“އަދި އޭ ތިބުނީ ކީއްވެ” އަހަރެންގެ ސުވާލުތައް މަދެއް ނުވިއެވެ.
“ޒަރާ ބަނޑުބޮޑުއިރު އަހަންނަށް ނުކެރޭނެ އެކަހަލަ ވާހަކައެއް ދައްކާކަށް. ޒަރާ ވިހެއިމަ ދެވަނަ ކައިވެންޏެއް ކުރަން ގަސްދުކޮށްގެން މިހިރީ…. މުނާޒު ކޮންކަމަކާ ހާސްވާންވީ..ބަލަ ފިރިހެނުންނަށް ހަތަރު އަބިން ހުއްދައެއް ނޫންތަ” އަހަރެންގެ މޫނުމަތިން ސީރިއަސްކަން ފެންނަމުން ދާތީ ނާއިމް ސަމާސާގެ ރާގެއްގައި ބުނެލިއެވެ.
“އެގޭ ތިކަން” އަހަރެން ފަރުވާ ކުޑަކޮށް ބުނެލިއަސް ޒަރާއަށް އެފަދަ ކަމެއް ދިމާވާން އުޅޭތީ ކުޑަކޮށް ޖެހިލުންވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަހަރެން އަމިއްލަ ނަފްސަށް ވިސްނައިދިނީ ޒަރާ ފަދަ ބޭވަފާތެރިއަކަށް އަހަރެން ވާންޖެހޭ ހަމްދަރުދީއެއް ނޯންނާނެ ކަމަށެވެ.
އޭގެ ދެތިން ރޭ ފަހެވެ. އަހަރެން ދިޔައީ އަހަރެންގެ ކުންފުނިން އަލުން ޑިސައިން ކުރުމަށް ހަވާލުވި ހޮޓެލެއް ބަލާލުމަށެވެ. އަހަންނާއި އެއްކޮށް އެކުގައި މަސައްކަތް ކުރާ ދެތިން މުވައްޒަފުން ބައިވެރިވިއެވެ.
އަހަރަމެންނަށް ދެވުނު ވަގުތަކީ ރޭގަނޑުގެ ވަގުތައް ވުމުން އެތަން އޮތީ ކުޑަކޮށް ހަލަބޮލިވެފައެވެ. ނަމަވެސް ދުރުން އަހަރެންގެ ލޮލުގައި އަޅައިގަތީ ނާއިމްއެވެ. އަހަރެން ނާއިމްއަށް މާބޮޑު އަޅާލުމެއް ދޭން ނޫޅުނަސް އަހަރެންގެ ސަމާލުކަން ހޯދީ ނާއިމްގެ އަތުގައި ހިފައިގެން ހުރި އަންހެން ކުއްޖާއެވެ. އަހަރެން އެކުގައި އައި މީހުންނާއި ވަކިވެ އެމީހުންގެ ހަރަކާތް ބަލަން ހުރީމެވެ. ނާއިމް އަތުގައި އެ ކުއްޖާ ހިފަހައްޓައިގެން ހުރި އިރު އެމީހުންގެ ގުޅުން އޭގެން ރަގަޅަށް ދޭހަވެއެވެ.
ކައުންޓަރުގައި އިން ކުއްޖާއާއި ވާހަކަ ދެއްކުމަށްފަހު އެމީހުން ގޮސް އިށީނީ އެއްމެ ތިރީ ފުލޯރގައި ހުންނަ ރެސްޓޯރެންޓުގެ މޭޒެއް ކައިރީގައެވެ. އިށީދެގެން އިން އިރުވެސް ދެމީހުންނަށް އެކަކު އަނެކެއްގެ އަތުން ދޫކުރެވޭ ވަރެއް ނޫނެވެ. އަހަރެންގެ ހިތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އަހަރެން ފޯނުން ދެތިން ފޮޓޯ ނަގައިލީމެވެ. ނާއިމްއާއި އެކުއްޖާގެ މޫނު ރީތިކޮށް އެގޭނެހެންނެވެ.
އަހަރެންގެ މަގުސަދަކީ ޒަރާ ރޮއްވާލުމެވެ. އަހަރެން ހިތުގައި މިއަޅާ ވޭން ޒަރާއަށްވެސް އިހްސާސްކޮށްދިނުމެވެ. ލޯބިވެރިޔާ އެހެން މީހަކާއި އެއްކޮށް އެމަންޒަރު ބަލަން ކެތްނުވާނެކަން އަންގައި ދިނުމެވެ. ޒަރާ ނާއިމްއަށް ކުރާ އިތުބާރު ފުޑުފުޑުކޮށްލުމެވެ. ޒަރާގެ ބަސްތައް ކަމަށްވާ “އެހެން މީހަކަށް ގެއްލުމެއް ދީފައި އަނެކާއަށް އުފަލުގައި ނޫޅެވޭނެ” ކަން ތެދުކޮށްދިނުމެވެ.
ޖެހިގެން އައި ދެތިން ދުވަހު އަހަރެން އޮފީހުގައި އުޅުނީ ވަރަށް ބުރަކޮށެވެ. އެހެންކަމުން ޒަރާއާއި އަދި ނާއިމްއާއިވެސް ވާހަކަ ދެއްކޭ ގޮތެއް ނުވެއެވެ. އަހަރެންނަށް ޒަރާއަށް އެރޭ ނެގި ފޮޓޯތައް މެސެޖު ކުރެވިދާނެއެވެ. އެހެންނަމަވެސް އަހަރެން މަޑުކޮށްގެން ހުރީ ސީދާ ޒަރާއާއި ބައްދަލުކޮށް އެ ފޮޓޯތައް ދެއްކުމަށެވެ. އަދި ޒަރާގެ ލޮލުގައި ނާއިމް އަޅުވަމުންދާ އަދުނުގެ ބޯކަން ދައްކާލާއިރު ޒަރާގެ އިހްސާސްތައް ދެކޭށެވެ.
ކޮންމެ ހަމަހަކުން އެއްފަހަރު އޮފީސްގެ އޮޑިޓެއް ހިންގަންޖެހޭތީ އަހަރެން ހުރީ ހުރިހާ މުވައްޒަފުން އެއްކޮށްގެން އެމީހުންނަށް އެކަމާއި ބެހޭ ގޮތުން ކުޑަ ޕުރެސެންޓޭޝަނެއް ދިނުމަށެވެ. އެއްމެން ބޮޑު މޭޒުގައި ވަށައިގެން ތިބި ޖަލްސާ ކުރާ ކޮޓަރީގައެވެ. ޖަލްސާ އޮންނަ ތަނަކީ ބިއްލޫރިން ފާޓިޝަން ޖަހައި ވަކިކޮށްފައި ހުންނަ ތަނަކަށް ވުމުން ދެފާރާތުގައި ހިގާ ކަންތައް ސާފުކޮށް ފެންނަން ހުރެއެވެ.
“ސާރ” އަހަރެންގެ އެސިސްޓެންޓް ޕުރެސެންޓޭޝަންގެ މެދު ތެރެއިން ގޮވާލިއެވެ. ދެ ފަހަރު ގޮވާލުމުން އަހަރެން މަޑުކޮށްލުމަށް އެދުނީމެވެ. ނަމަވެސް ތިންވަނަ ފަހަރަށް ގޮވާލުމުން އަހަރެން ވީ ކީއްތޯ އަހައިލީމެވެ. އެކުއްޖާ އިގިލި ދިއްކޮށްލީ ކޮޓަރީގެ ބޭރުގައި އަހަންނާއި ދިމާލަށް ބަލަހައްޓައިގެން ހުރި ޒަރާއަށެވެ.
އަހަރެން އިތުރު ވާހަކައެއް ނުދައްކާ ބޭރަށް ނުކުތީ ޒަރާ އެހާ ކުއްލި ގޮތަކަށް ނުވެސް ބުނެ އައުމުންނެވެ.
“ކިހިނެތް ވީ ޒަރާ” ދޮރުން ބޭރަށް ނުކުތެވުމާއި އެކު އަހަރެން އަހައިލީމެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ޒަރާ ހިގައިގަތީ އަހަރެންގެ ކެބިންއަށެވެ. އަހަރެން ޒަރާ ފަހަތުން ދިޔައީ އަހަރެންގެ އިންތިޒާރުގައި އެތައް ބަޔަކު ތިބިކަން ހަދުމަ ނައްތާލާފައެވެ. ކެބިން އަށް ވަނުމާއި އެކު އަހަރެން ކުރިން ކުރި ސުވާލު ތަކުރާރުކޮށްލީމެވެ.
“މަރުހަބާ މުނާޒު” ޒަރާ ގަދަކަމުން ހިނިތުންވަމުން އަހަރެނަށް މަރުހަބާ ކިޔެވެ.
“ކިހިނެތްވީ” ވަމުން ދާ ކަންތައް ނޭނގި އަހަރެން ސުވާލުކޮށްލީ ދެބުމަ ކައިރިކުރަމުންނެވެ.
“ކަމެއް ނުވޭ.. މުނާޒު ވަރަށް އުފާވެފަ ދޯ ތި ހުންނަނީ.. އެހެންވެ ދޯ މިހާރު އަހަންނަށް އުދަގޫ ކުރަން ގެޔަށްވެސް ނާއްނަނީ” އެއްވެސް އިހްސާސެއް ފާޅުނުވާ ގޮތަށް ޒަރާ ވާހަކަ ދެއްކުމުން އަހަންނަށް ޒަރާގެ ބަސްތަކުގައިވާ މާނަ ނަގައިގަންނަން އުދަގޫވިއެވެ.
ޒަރާ އަހަންނަށް އެތުހުމަތު ކުރަނީ ކޮންކަމެއް ނޭނގެއެވެ. އެކަމަކު އަހަރެން ޖީބުގައި އޮތް ފޯނު ނެގީ ޒަރާއަށް އަހަރެންގެ ފޯނުގައިވާ ހަގީގީ މަންޒަރުތައް ދައްކާލުމަށެވެ. މިއީ އެކަމަށް އެއްމެ އަކަށޭނެ ވަގުތުކަމަށް އަހަރެންނަށް ވިސްނުމުންނެވެ.
“މުނާޒު… ނާއިމް އަހަރެން ވަރިކޮށްފި” އަހަރެން ދިޔައީ ހައިރާންވެގެންނެވެ.
“ކީކޭ.. ވަރި ކުރީއޭ.. ކީއްވެ” އަހަރެން ގަބޫލުކުރަން ދަތިވެފައި ސުވާލުކޮށްލީމެވެ.
“އާން.. މުނާޒުގެ ޕުލޭން ކާމިޔާބު ވީނު” ޒަރާގެ އަޑުގައި ވަނީ ވޭނެވެ.
“އަހަރެންގެ ޕުލޭނޭ.. އަހަރެން އެއްފަހަރުވެސް ބުނިންތަ އަހަރެން ބޭނުމޭ ނާއިމްއާއި ޒަރާ ދުރުކުރަން .. އަހަރެން ބޭނުންވިހާވެސް ކަމަކީ ޒަރާގެ ތި ބަލި ހަދާނަށް އަހަރެންމީ ކާކުކަން އަންގައިދިނުން” އަހަރެންވެސް ހުރީ ދޫ ދޭގޮތަކަށް ނޫނެވެ.
“ޒަރާ އަބަދުވެސް މުނާޒުގެ މެސެޖުތައް ޑިލީޓް ކުރަން. އެކަމަކު ރޭގަ ފޮނުވި މެސެޖު ނާއިމްއަށް ފެނުނީ” ވާހަކަ ދެއްކި ވަރަކަށް ޒަރާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ވީ އިތުރެވެ.
“ސީރިއަސްލީ ޒަރާ!!!.. ތިހާ ލޯބިވަންޏާ ލޯބިވާ ފިރިމީހާ ކައިރީ ހަގީގަތް ރީއްޗަށް ކިޔައިނުދިނީ ކީއްވެ. އަހަރެން އެވަރަށް މެސެޖު ކުރިއިރުވެސް ޒަރާއަށް އެއްމެ ފަހަރަކުވެސް ނާއިމް ކައިރީ ތެދު ބުނެވުނުތަ. ތިހާ އޯގާތެރި އަންބެއް ނަމަ އެއްމެ ފުރަތަމަ ދުވަހުވެސް ބުނާނެ، އެކަމަކު ޒަރާ ހުރީ ފަޅާ އަރަންދެން. އަހަރެންގެ ކުށަށް ވުރެ ޒަރާގެ ކުށް މިކަމުގަ އޮތީ.. ބުނެބަލަ ކީއްވެތަ ނާއިމް ކައިރީ ނުބުނީ” އަހަރެން ހިތްހަމަނުޖެހިފައި ބުނެލީ ޒަރާ ވަރީގެ ތުހުމަތު އަހަރެންގެ ބޮލުގައި އަޅުވާތީއެވެ.
“ކީއްވެތަ ޒަރާ” ޒަރާގެ ހަމަހިމޭންކަމުން އަހަންނަށް އުދަގޫވުމުން ޒަރާގެ ކައިރިއަށް ޖެހިލައި ދެކޮނޑުގައި ބާރަށް ހިފަހައްޓަމުން އަހަރެން އަހައިލީމެވެ.
“ނޭނގެ ޒަރާއަކަށް. ޒަރާއަށް އެގޭހާވެސް އެއްޗަކީ ޒާންއަކީ ހާއްސަ މީހެއްކަން ޒަރާގެ ހަޔާތުގައި. އެކަމަކު ޒަރާއަށް އެހާއްސަކަމަކީ ކޮބައިކަން އަދިވެސް ނޭނގެ. ޒަރާ ވަރަށް މަސައްކަތް ކޮށްފިން… އައި އޭމް ސޮރީ މުނާޒު…” ޒަރާ އިތުރަށް ވާހަކަ ދައްކަން އުޅުނަސް ވެފައި ހުރި ހިތާމައެއްގެ ސަބަބުން ޒަރާގެ އަޑު ބަންދުވެގެން ދިޔައެވެ.
“ދެން ކީއްވެ މުނާޒު ކައިރިއަށް މިއަދު ތިއައީ. އަހަރެންގެ އަތުގައި ނެތް ޒަރާއަށް ދެވޭނެ އެއްޗެއް.” އަހަރެން ބުނެލީމެވެ.
“ނޫން މުނާޒު.. ތިހެން ނުބުނޭ ޕްލީސް.. ނާއިމްއަށް ގުޅާފަ ހަގީގަތް ކިޔައިދީބަ. ނާއިމް އޭރުން ގަބޫލުކުރާނެ” ޒަރާ އަހަރެންގެ އަތުގައި ބާރަށް ހިފަހައްޓަމުން އާދޭސްކުރިއެވެ.
އެކުވެރިޔާއެވެ. ޒަރާ އެބުނިހެން އެހާސިލްވީ އަހަރެންގެ މަގުސަދެއް ނޫނެވެ. ނަމަވެސް ޒަރާ ދެރަކޮށްލައި ލޯބިވެރިއެއްގެ ބޭވަފާތެރިކަމުގެ ދަލުގައި ޖައްސަން ބޭނުންވިއެވެ. މިއަދު އެކަން އެއްމެ ފުރިހަމައަށް ހާސިލްވާން ވެއްޖެއެވެ. އެކަމަކު އެއިން އަހަރެންގެ ކުދިކުދިވެފައި ވާ ހިތަށް ލިބުނު ތަލައްސީއެއް ނެތެވެ. ބަދަލު ލިބުނަސް ހިތަށް ފިނިކަމެއް ނުލިބުނެވެ. ކީއްވެ ހެއްޔެވެ؟
ޒަރާގެ އެތަށް އާދޭ ހަކަށްފަހު އަހަރެން ނާއިމްއަށް ގުޅައި ހަގީގަތް ކިޔައި ދިނުމަށް އުޅުނީމެވެ.
“ޒަރާ ވަރިކުރީތަ” ހަލޯ އަށްފަހު ލަސްނުކޮށް އަހަރެން އަހައިލީމެވެ.
“އާން. ކުރިން ދުވަހުވެސް މަބުނީމެއްނު އެހެން މީހުންނާއި ގުޅުން ބާއްވަން ބޭނުމިއްޔާ މަށާ ގުޅިގެން އުޅޭނެ ކަމެއް ނެތޭ. މިހާރު އެގިއްޖެއެއްނު އޭނަ އަށް މާބޮޑިއާއި އެއްޗެހި ފޮނުވަނީ ސިއްރުން ގެންގުޅޭ ލޯބިވެރިޔާކަން” ނާއިމް ނުރުހުންވެފައި ބުންޏެވެ.
“ހާދަ އަވަހަކަށް ރުޅި ތި އަންނަނީ. ހަގީގަތް ބަލާފަ ވާހަކަ ދެއްކުން ރަގަޅެއްނު” އަހަރެން ޒަރާއަށްޓަކައި ހަގީގަތް ކިޔައިދޭން އުޅުނީމެވެ. ނަމަވެސް އަހަރެންގެ ވާހަކަ މެދު ކަނޑާލާފައި ނާއިމް ވާހަކަ ދެއްކިއެވެ.
“މުނާޒު އަހަންނަށް އެގެޔޭ ޒަރާ މުނާޒު ކައިރިއަށް އައިސްގެންކަން ތިހެން ކޮންމެވެސް ބަހަނާއެއް ދައްކަން އިތިއުޅެނީ.. ޒަރާ ކައިރީ ބުނޭ އަހަރެން ދެން އޭނަ ބޭނުމެއް ނޫނޭ.. ދެން މުނާޒު އަޑު އަހާ…. އަހަރެން ދުވަހަކުވެސް ޒަރާ ދެކެ ލޯބިނުވަން. އަދި ނުވެސް ވާނަން. އަހަރެން އޭނައާއި އިނީ މަންމައަށްޓަކައި..ދެމީހުންވެސް އިނީ މަޖުބޫރުން. މިއޮތްހާ ދުވަހު އަހަރެން ހުރީ ޒަރާ ވަރިކުރަން ބަހަނާއެއް ނުފެނިފަ. އެކަމަކު މިއަދު އެފުރުސަތު ލިބިއްޖެ” ނާއިމް ދެމިނިޓު ތެރޭގައި އެދެއްކީ އެތައް ސުވާލެއްގެ ޖަވާބެވެ.
“މަޖުބޫރުންނޭ” އަހަރެންގެ ސިކުޑީގައި ގުގުމީ އެލަފުޒެވެ.
“އާން… މަޖުބޫރުން.. އަހަރެން މިއިނީ އޮފީހުގަ.. ފަހުން ދިމާ ވެގެން ހުރިހާ ވާހަކައެއް ކިޔައިދޭނަން” ނާއިމް ފޯނު ކަޑައިލީ އަހަންނަށް އިތުރު ވާހަކައެއް ދައްކަން ފުރުސަތު ނުދީއެވެ. އަހަންނަށް ބަލާލެވުނީ ޒަރާއަށެވެ. ޓިޝޫއިން މޫނު ފޮރުވައިގެން އިން އިރު ޓިޝޫތައް ތެމި ފޯކޮށްލަނީ މަދު ވަގުތު ކޮޅެއްގެ ތެރޭގައެވެ. ޒަރާގެ ގިސްލުމުގެ އަޑު ފިޔަވައި އިތުރު އަޑެއް ކޮޓަރީގައި ނެތެވެ.
އަހަރެން މަޑު ހިގުމެއްގައި ގޮސް ޒަރާ ކައިރީގައި އިށީނީމެވެ.
ޒަރާ ކަރުނައިގެ ތެރެއިން އަހަންނަށް ބަލައިލިއެވެ.
“މުނާޒު ހެޔޮނުވާނެ ނާއިމް ކައިރީ ބުނޭ މި ދަރިފުޅަށްޓަކައި ނަމަވެސް އަންނާށޭ ޒަރާ ކައިރިއަށް” ބަނޑުގައި އަތް ޖައްސާލަމުން ޒަރާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.
އެކުވެރިޔާއެވެ. އަހަރެންނަކީ ކިހާ ބޮޑު ކުށްވެރިއެއްކަން މިއަދު އަހަންނަށް އިހްސާސް ކުރެވެން ފަށައިފިއެވެ. އަހަރެން ޒަރާގެ ދިރިއުޅުން ވެއްޔާއި މި މޮޑެލީ އެއްމެ ފަހަރަކުވެސް ހަގީގަތާއި ކުރިމަތި ނުލައެވެ. އަހަރެންނަށް ޒަރާއަށް މިދެވެނީ ވޭނެވެ. އަމިއްލަ އެދުން އިސްކުރެވުނީއެވެ. އެކުވެރިޔާއެވެ. ހަގީގަތް ކުރިން އެގުނުނަމަ އަހަރެންގެ ޒަރާ މިހާލަކަށް ނުދިޔައީހެވެ. ޒަރާ އަހަރެން ނޭނގޭ ކަމަށް ހަދައިލީ ޒަރާގެ ކައިވެންޏަށް އިހްތިރާމް ކުރުމުގެ ގޮތުން ހެއްޔެވެ؟
މިއަދު މީ އަހަރެން އުފާ ކުރަން ވީ ވަގުތެވެ. ޒަރާ އަހަރެންގެ މީހަކަށް ހެދުމަށް މަގެއް ތަނަވަސްވީއެވެ. ޒަރާއަށް ލޯބިދީ އުފާ ކޮށްދޭން ބޭނުމެވެ. އެހެންނަމަވެސް މިހާލަތުގައި ޒަރާ އަށް އަހަރެން ކަހަލަ ގޯސް މީހެއް ހައްގު ހެއްޔެވެ؟ ހަދަން ވީ ކިހިނެތް ހެއްޔެވެ؟ ނާއިމްއަށް ހަގީގަތް ކިޔައިދީ ޒަރާއަށް ފިރިމީހާގެ ލޯބި އަދި ޒަރާގެ ބަނޑުގައި އޮތް ފުރާނައަށް ބައްޕައެއްގެ ލޯބިދޭން އަންނަން ބުނަން ވީ ހެއްޔެވެ؟ ނޫނީ އަހަރެން ޒަރާ ދެކެވާ ލޯބި ހާމަކޮށް އެމަގާމް އަހަންނަށް ދޭން ބުނަންވީ ހެއްޔެވެ؟
44 Comments
Comments are closed.
Ahhh finally v try koggen vejje … ?
Thanku for the patience.hurihaa comment thakah reply kureveythw balaanan….?
Mi storyge scene thakuge detail ah gosfai nuvany mee kuruvaahaka akah vumaai eku.. dhn onnaany final episode..
So munaaz dhn hadhany kihinei??? Munaz and zara or naaim and zara???? love u all… ???
A story you can read repeatedly without getting bored!!!! sifa kurun v loabi!!!! kiyaidhey goiy wow !!!!! Waiting for next part !!!! Please update soon
Thanku queen .. love ur comment ???
Hey dear,v.nice ingey.. ????????Waiting ingey..keep up the good work…???
Thanku ??? xxxx
varah furihama
Thanku AKI ???
Vvv reethi Mi vaahakaves..
Keep it up maroon???.
Thanku chim ???
Mibai vess vvv rythi… Munaaz zaraa eurunn vaahaka rythi vaani?
Thanku dear ???
Lets see what happens
Gulhenvee. Egihure loabiveriyaa ah eheevedhen vee.loabivaa meehen nama emeehenge dharin dhekeves loabi vaanee
That is a good point.. thanku naz ???
Varah salhi….
Kon irakun next part
Thanku naxy… in sha allah soon… tonight or tmrw ???
hama habeys….. waiting for the next part…..
Thanku chum handi ???
V rythi ??..kaaakah baa libeynee zara??. Heevanee naaim ah hen ‘ thia noon ehn ♥neydhemey..’.??.
Thanku xna… ???naaim ahtha liben beynumy ???
No way…? Munaaz mashah nulibeyne naaim ah Zara dhinas….ehnveema Munaaz ah dhee mifaharu??.ekudhin Nulaahik laobivey..stry gengossane heenukuraa kahala gothakah ves..ehnve ehn bunee???
Hahaha ??
Dhn higaabalama kaakah thw libeyny….
Maadhama rey up koh dheynan… see u then xna… tc loves ❤❤❤
Masha allah v rythi?? munaaz zaraa aa dhen gulhen v mihaaru naaimge goiy munaaz ah enge ennu adhi naaimge magsadhuves emme rangalhan engeyne myhaky thiee ehen v ma dhen zaraa aaigulhigen eynage dharifulhu govaigen rangalhah ulhen v eyrun e nimuny when nxt prt avaskollachchey waitin gud nyt❤❤❤
Thanku khajja… u always have awesome ideas ?
Thanku lots… have a good day. Tc ???
Naaim?zara.. and…
munaaz❤zara…? naaim ulhey goiy zara ah kiyaidheefa munaaz zara aa gulhenvee.. zara ge baby ah dad ehge loabi dheegen zara aa marry kuranvee?? oohhh.. maroon kihinehtha nw? Hopes u r doing well? loves.. tc❤❤❤❤
Thanku adha ???
Thyves v v ragalhu idea eh ….
M feeling better now.. loves tc ???
ماشاء الله. haadha reehchey???. Zara n zaan gulhuvadhee plxxx.. Maroon. Miss u a lot
Thanku ninni… will miss u too.. ❤??
wow roon u r stry is awsome heheh love u .. waiting next part … stry v lobiii♥♥
Sam thanku lots… loves ???
finally kiyaalan libunyy yo. haha. this part is just wow. asluvx vvv salhi. dhn vee zaraa n zaan gulhuvan. mihaaru e naaim ge hageegaiyy vx engijjehnu. v gows dhw aslu naaim. ekamu ehgothakun rangalhu, zaan ah zaraa libeynennu 😉 well, waiting eagerly for the nxt part… 🙂 good luck. TC 🙂 😀 LY
Hey song joong ki was waiting for ur comment ?
Naim v goas asluves…
Thanku so much .. tc loves ❤??
& l’ll always wait 4 ur story !! 🙂 😀 welcome dear!!!u’re my one of the biggest fan..
V salhi!!! As olwysss!!! ❤❤?
Thanku some one ???
Rooon vv salhi…. munaax and xaaraa gulhen vaany… . Ekam mashah hyve kurin genesdhin episode thakuga ehbai madhu hen… next part ah vvv inthixaar kuran . Rooon thankolheh avahah up kohdhehchey plxxx
Thanku eekko ???
Ehbai madhu thibuny kyhve???
Haadha haadha reehchey mi vaahaka..hama hithuge adin mi bunanee aslah vs v reethi mi vaahaka..
Dhigu haasaru gadakah vure migothah vaahaka genaima maa reethi..
Sifakurun vs eba huri..
Asaru vs eba huri..
Varah chaalu hama..
Hurihaa naaru thakah egun vey vaahaka kiyaa iru..
Masha Allah..
Kisi ki naxar naa lage..❤
Thanku kiara…v v glad u like it ☺
Loves tc ???
mi story nuvaanennu kufuvaahaka akah kuruvaahakathah binaavefaa hunnaany migothakah noon.maadhigu.
Thy v thedhu vaahakaeh. Kuru vaahakayekegge gothuga gennan masaiykai kurany. But dhigu vany dhw ?
nuuuneyyyy dhigeh nuuun!!! dhiguviyya rangalhyvx, eyrun ginain kiyaalan libeynu mi cute story. 😉 🙂 😀
Last part kiyaalaafa bunelaanan . Marooon
Okay eekko…maadhama up kohdheynan yagynkoh. See u then
Salhi mi part ves.. Zaan n Zaaraa gulhuvihya kanne rangalhu vaany.. Ehen noony zaan baaky vaane ehnu… Hehe waiting for the final part. Thanks maroon ❤️