ބީހުން….. (ދެވަނަބައިިި)
“މަންމާ ހާދަ ބުރަކޮށްލައިގެން ތިއުޅެނީ ހާދަ ވަސް ރަނގަޅޭ” ބަނދިގެއަށް ވަންނަމުން އީތަން އަހާލިއެވެ. “އާ…ދަރިފުޅާ މިއުޅެނީ ކަޅު އަކިރި ގަޑަށް ދާކަށް ނޫންތަ އެހެންވީމަ ވަސް ރަނގަޅު ވާނޭއްނޫން އަމީނައްތަމެން ދާންބޭނުންވަނީ އެތަނައް ވިއްޔާ” ރާބިއާ އީތަން ބަނދިގެއަށް ވަނުމުން ބުނެލިއެވެ. “އެހެންތަ މަންމާ އެތަނަށް ދާކަށް ބިރުނުގަނޭތަ؟!” އީތަން ފާޑަކަށް ހުރެ އަހާލިއެވެ. “ނޫނޭ ދަރިފުޅާ….މަންމަވެސް ބިރުގަނޭ ބިރުގަތަކަސް ކީތް ކުރާނީ އަމީނައްތަމެން ދާންބޭނުން ވީމަ ދާން ވާނެއްނޫން، ދަރިފުޅު އެއްޗެހިތައް ބޭރަށް ނެރެން އުޅެބަލަ އޭރުންނޫން އަވަސް ވާނީ” ރާބިއާ ހީވަނީ އިންޖީނެއްހެން އެހާ ހަލުވިވިއްޔާ އެވެ. . *. *** ކޮބާ މިއޮތީ މިތަނަށްވެސް އާދެވިފަ ދެން މޫދަށް އެރިފަ ތިޖަހާ ސަކަރާތެއް ޖަހާބަލަ” އާދަނު ޕިކަޕުން އެއްޗެހި ބާލަމުން ބުނެލިއެވެ. “މަންމާ މިއީ ހާދަ ރީތި ތަނެއް ޒޫމީ ދުވަހަކުވެސް މިހާ ރީތި ތަނެއް ނުދެކެން!” ޒުމީ ހީވަނީ އުފަލުން މޮޔަ ވެދާނެ ހެންނެވެ. “ހެހެ…ދަރިފުޅާ މަންމަ ބުނީމެއްނު މިތަންވަ ރަށް ސަޅިވާނެއޭ” އަމީނާ އެހެން ބުނެފަ ދިޔައީ ރާބިއާ ގާތަށެވެ. ޒޫމީ އީތަންއަށް ގޮވަމުން ފޭބީ ގޮޑު ދޮށަށެވެ. އޭރު ރާބިއާ އުޅެނީގެނާ ކާއެއްޗެހި ރެޑީ ކުރެވޭތޯއެވެ. ހުކުރުން ފޭބި ގޮތަށް އައުމުން އެންމެން ތިބީ ވަރަށް ބަނޑުހާ ވެފައެވެ. ކާއެއްޗެހި ރެޑީ ކޮށް ނިމުމުން އެންމެންއައިސް ކާ ނިންމާލައިފިއެވެ. ޒޫމީ އާއި އީތަން ކާކަށް ނުއުޅުނެވެ. އެދެކުދިން އުޅުނީދުވެފަ ސަކަރާތް ޖަހާށެވެ. އަމީނާމެނވެސް ކައިގެން ފޭބީ މޫދަށެވެ. . **** “މަންމާ އަމީނައްތާ ޒޫމީ އަށް ކަމެއްވެއްޖެ ވެއްޓިފަ އޮތީ ތެޅިފޮޅެނީ!” އީތަން ތެޅެމުން ފޮޅެމުން އައިސް ބުނެލިއެވެ. އީތަން އެއޮތީ އޭ ކިޔާ ދުއްވާގަތުމުން އޭނަގެ ފަހަތުން އަމީނާމެނ ދުއްވާގަތެވެ. އެމީހުންނަށް އެތަނަށް ދެވުނުއިރު ޒޫމީ ތެޅިފޮޅެނީއެވެ. “ދަރިފުޅާ ލޯ ހުޅުވާލަބަލަ މަންމަ ކިހާ ދެރަވާނެ ދަރިފުުޅު ތިހެން އުޅުނީމަ!” އަމީނާގެ ހިތް ހީވަނީ ފަޅާގެން ގޮސް ދާނެހެންނެވެ. “ދަރިފުޅަށް އިނގޭތަ ވީގޮތެއް؟” ރާބިއާ އެއްޗެއް އޮޅުން ފިލާތޯ އީތަން ގާތު އަހާލިއެވެ. “ނޫން މަންމާ އަޅުގަނޑަށް ފެނުނުއިރު އިނީ އެހެރަ ހިނރުދު ގަހަށް ބަލަހައްޓައިގެން ދެން އަޅުގަނޑު ގޮވީމަ ވެއްޓި ތެޅިފޮޅެން ފެށީ!” އީތަން ކަންވީގޮތް ކިޔާދިނެވެ. “ސަލީމު މަށަށް ފެންނަނީ އަވަހިށް ގެއަށް ދާން މިތާ ތިބުން އެހާ ރަނގަޅު ހެނެއް ހީނުވޭ!” އާދަނު އެހެން ބުނީ އެއީ އެވަގުތު އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީއެވެ. އާދަނު އެހެން ބުނުމާއެކު ސަލީމު ފެށީ ޕިކަޕަށް އެއްޗެހި އަރުވާށެވެ. ޕިކަޕަށް އެއްޗެހި އަރުވައިގެން ގާތް ގަޑަކަށް ދިހަ ވަރަކަށް މިނިޓުތެރޭ ގެއަށް ދެވިއްޖެއެވެ. . **** “ސަލީމު އަޅެ މަގޭދަރި ފުޅަށް ކިހިނެތްތަ މިވަނީ އެއްމެން އަތް އުރާގެން ބަލަންތަ ތިބެންވީ ” އަމީނާ އަޑުން އަޑު ނަގާ ރޮނީއެވެ.”އާދަނު އެއްކަލަ ޔޫސުފު ބެއަށް ގުޅާބަލަ.”ރާބިއާ އެހެން ބުނުމުން އާދަނު ވަގުތުން ފޯނުނަގާ ގުޅާފިއެވެ.އަދި ވެގެން އުޅޭގޮތް ކުރު ގުތަކަށް ކިޔާ ދީފިއެވެ.ރާބިއާ ޔޫސުފުބެގެ ވާހަކަ ބުނީ ވެގެން މިއުޅެނީ ރަގަޅު ކަމެއް ހެން ހީނުވާތީއެވެ.މާގިނަ އިރުތަކެށް ނުވަނީސް ޔޫސުފުބެ އަތުވެއްޖެއެވެ”ރާބިއާ. ގެނެސްދީބަލަ ފެންތައްޓެށް”ޔޫސުފުބެ އެހެން ބުނުމާ އެކު ރާބިއާ ފެން ތައްޓެށް ގެނެސް ދީފި އެވެ.”އިރާދަ ކުރެއްވީޔާ މީމާ ބޮޑު ކަމެށް ނޫން އިރު ކޮޅަކުން ރަނގަޅު ވެދާނެ ” ޔޫސޫފުބެ އެހެން ބުނެފަ ފެންތަށި ކިޔަވާފަ ޒޫމީގެ ގަޔަށް ޖަހާފަ ބާކީ ހުރި ފެންފޮދު ޒޫމީއަށް ބޯން ދޭން ބުނެފަ ހިނގައްޖެއެވެ. ޔޫސުފްބެ ދިޔަތާ މާގިނަ އިރުތަކެއް ނުވަނީސް ޒޫމީ ތެދުވެއްޖެވެ. “ދަރިފުޅަށް ކިހިނެއްތަ ވީ؟” އަމީނާ ހާސްވެފަ އަހާލިއެވެ. “އަޅުގަނޑކަށް ކަމެއް ނުވޭ މަންމާ އަޅުގަނޑު މިހިރީނު! ކީއްވެގެންތަ އެންމެން ހާސްވެފަ މިތިބީ؟” އެންމެނގެ މޫނަށް ވަކިވަކިން ބަލަމުން ޒޫމީ އަހާލިއެވެ. ހަޤީޤަތުގަ ވީ އެއްވެސް ކަމެއް ޒޫމީ ހަނދާނެއްނެތެވެ. އެވަގުތު ސަލީމު އަމީނާ ގައިގަ ކޮށްޓާލިެވެ. “ދަރިފުޅަކަށް އެއްވެސް ކަމެއް ނުވެޔޭ!” އަމީނާ އިތުރަކަށް އެވާހަކަ ދައްކާކަށް ބޭނުންނުވިއެވެ. އެދެމަފިރިން އިތުރަށް އެވާހަކަ ދައްކާކަށް ބޭނުނުނުވީ ޒޫމީ ބިރުގަނެފާނެތީއެވެ. “ދަރިފުޅާ ހިނގާ މިފެންފޮދު ބޮއެލާގެން ކާން މިއަދު އެއްވެސް އެއްޗެއް ނުކައެއްނޫން ތިހުރީ” އެހެން ކިޔާ ދެމައިން ދިޔައީ ބަނދިގެއަށެވެ. . *. *** ދުވަސްތައް ފާއިތުވަމުން ގޮސް އަމީނާމެން ފުރާ ދުވަސް ޖެހިއްޖެއެވެ. އޭގެ ފަހުން ޒޫމީއަށް އެއްވެސް އުނދަގުލެއް ނުވެއެވެ. “ކޮބާ ޕެކްކޮށް ނިމިއްޖެތަ؟” ރަބިއާ އަމީނާ އުޅޭ ކޮޓަރިއަށް ވަންނަމުން އަހާލިއެވެ. “އާ…އެކަން ނިމިއްޖެ، މަބުނީހަނދާ ންކޮށް އީތަން އެކޮޅަށް ފޮނުވައްޗޭ އޭރުންތާ އެސޮރަށް ރަނގަޅަށް ކިޔެވޭނީވެސް” އަމީނާ އެހެން ބުނުމުން ރާބިއާ އިރާދަ ކުރެއްވިއްޔާ ތިކަން ކުރާނަމޭ ބުނެލިއެވެ.****(ނުނިމޭ)****
22 Comments
Comments are closed.
FANTASTIC 🙂
Thanks dear
Thanks fantastic?
Salhi when next part… bt maa kury
Thanks ainth
Salhi
When next part
Friday ga up kuraanan
Saturday ga kuraanan Iraadha kureviyyaa
Next part dhigu kohlaanan insha allah
Varah reethi…..bt maa kury …next part thankolheh dhigu kon genes dhey thi…..
Kiyun theringe samaalu kmaittakaa miee loabi, biruveri adhi ehenihen …vaahakaekeve… Phonun catagory select nuvey ….
Mee kihineh va kameh?? Ibrahim Yaish ge namugaves comments ah eba reply dhey,, Mikan kiyuntherinnah olhunfiluvaladheyn vynu
E beyfulhaa reply kuree keeve kameh alhu gandakah neyge
Masha allah v rythi v furihama ?? when nxt prt up soon ingey
Thanks hajja insha Allah Saturday ga up kuraanan
Not bad…Nice stry..?Keep it up…??
Vaahaka reethi ..
But dhivehi bahun liyan neygey kan varah bodah faahaga kurevey..
Eyge sababun kiyan v v bolah thuraa..
Misaalakah va kiyaafa space laafa rah kiima v hadi dhw..
N kaa ninmaafa eh nun..kai ninmaafa rangalhu gothakii..
Adhi banduhaa vefa eh nun..banduhai vefai..
Mikahala v v v gina mistakes ebahuri ..
Kiyaa iru beynun kuraa gothakah nun liyaa iru liyan jeheynii..
Hama asluves mivaahakaigai bunan ulhey vaahaka reethi..
But dhivehi bahuge gavaaidhu hama 0 …so pls liyaa iru kommeves varakah visnaalabala..
Mee rangalhu naseyhathehge gothugai dhekeyne kamah heekuran..
Gudluck..
Thanks dhimu gaboal kuran mistake huri kamah next part rangalhu kuraanan Iraadha kureviyya
It’s really nice ❤
adhives eba huri imlaa kuhtthah . vaahaka reeethi vaane hen heevey , commenters ge comments thah balaigane eyah follow kohlleema ok vaane . . . .
Kury faharahvure maa boduthanves mifaharu rangalhu. Hiyvaru kohlaa.. Iraadha kurehvihyaa rangalhu vaane.. V nice story