“ހޭ ރިޒް.. ޝަޙާއަށް ފެނުނޭ ރިޒް ގަޑި ނުފެންނާށޭ ބުނިތަނާ ގަޑި ގެއްލެނިކޮށް.. ޝަޙާ ހުރީ ލޮލުން ފެނުނު ކަންތައް ޤަބޫލު ވެސް ނުކުރެވިފަ.. ދެން ވެސް ދޮގު ނުހަދާ ތެދުތެދަށް ކިޔައިދީބަލަ.. ޔޫ ނޯ ޔޫ ކޭން ޓްރަސްޓް މީ..” ރިޒުވީންގެ އަނގަ މަތިން ޝަޙާ އޭނާގެ އަތް ނެގިއެވެ. “އައި އޭމް ސޮރީ.. ގަޑި ރައްކާތެރިކަން މަތީ ބޭއްވުމަށް ބައްޕަ އެދިފައި ވާތީ އެންމެންނަށް ވެސް ސިއްރުކޮށްގެން އުޅުނީ.. ނަބީއަށް އެކަނި ހުރިހާ ކަމެއް […]
ކަޅު ކުލައިގެ ބޮޑު ޕްރައިވެޓް ކާރު އައިސް މަޑުކޮށްލީ 5 ބުރި އަށް ނަގައިފަ ހުރި ބޮޑު އިމާރާތެއް ކައިރި އަށެވެ. އެވަގުތު އެމަގުން ހިގަމުން ދިޔާ އެތަށް ބައެއްގެ ހިނގުން މަޑުކޮށްލީ އެކާރުން ފައިބަނީ ކާކު ތޯ ބަލާލާށެވެ. އެމީހުންނަށް އަޑު އިވިފަ އޮތް ގޮތުން ވިއްޔާ ބިޒްނަސް މޭން އެއް އާއިލާ އާއެކު އެމެރިކާ އިން މިތަނަށް (މާލެ) އަށް އަންނަނީއެވެ. ވާހަކަ ތަކުގައި ސިފަ ކޮށްދޭ ހެން އެވާނީ ހޭންޑްސަމް މީހަކަށެވެ. ވަރަށް […]
“ކިސްއެއް ދީ.. މިތަނަށް.. އޭރުން އެއްވެސް ބަހަނާއެއް ނުދައްކާ ދާނަން..” ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ޔޫޝައު ލާނެތް ގޮތަކަށް ހީލާފައި އެހެން ބުނެލުމުން އައިކާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އައިކާ ޔޫޝައުއާ ދިމާއަށް އިލޮށިފަތި މަޅައިގަތުމާއެކު ޔޫޝައު ދުއްވައިގަތެވެ. އައިކާވެސް ޔޫޝައުގެ ފަހަތުން އިލޮށިފަތި ހިފައިގެން ދުއްވައިގަތެވެ. ދެމީހުން ދުވަމުން ގޮސް ޔޫޝައު އުޅޭ ގެ ހުންނަ މަގަށް ލަނބާލިތަނާ އެމަގުން ނުކުތް މީހެއްގެ ގައިގައި ލައިގެންފައި ޔޫޝައު އެމީހާއާއެކު ވެއްޓުނެވެ. އައިކާވެސް އައި ބާރުމިނުގައި ކޮންޓްރޯލް […]
(ހަތަރު ވަނަ ބައި) 8 އޮގަސްޓް 2017 ގެ ބަޔާ ގުޅޭ… އެހިނދު މުޅި މާހައުލު ފުސްވެ ޖައިޝްގެ ލޮލުގެ ފޯކަސް ދޮރާ ދިމާއަށް އަމާޒުވެ، މުޅިތަން ހިމޭން ވި ކަހަލަ އިހްސާސެއް ޖައިޝްއަށް ކުރެވުނެވެ. ގަދަ މެރޫންކުލައިގެ ގައުން އެއްގައި އިސްތަށިގަނޑު ހާމައަށް ދޫކޮށްލައިގެން މަޑު ހިނގުމެއްގައި ސްކޫލު ހޯލްތެރެއަށް ވަދެގެން އެ އަންނަނީ ބަލްޚާއެވެ. ލޮލުގައި އާއްމުކޮށް އަޅާ ނަންބަރު އައިނުން އެރީތި ދެލޯ މިންޖުކުރެވިފައިވާތީ އެ ދެލޮލުގެ ރީތިކަން އިތުރުކޮށްދެއެވެ. ލުއި މޭކަޕެއްގައި […]
***ނޯޓް*** މި ވާހަކައިގާ ހިމަނާފައިވާ އިރުވީންގެ ނަމާއި ރަޔާހީންގެ ނަން ބައެއް ކިޔުންތެރިންނަށް އޮޅުން އަރަމުންދާތީވެ އަންހެން ފިރިހެން ވަކިކުރަން ނޭނގޭ ކަމަށް ބުނެ ކޮމެންޓް ކޮށްފައިވާތީ މި ޕާރޓުން ފެށިގެން ‘އިރުވީން’ މިނަމުގެ ބަދަލުގައި ބޭނުންކުރާނީ ‘އިރުފާން’ މިނަމެވެ. ވީމާ މިކަން ހުރިހާ ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. ތަޅުލާފައި ހުރި ދޮރެއް ރަޔާހީން ހުޅުވީ ކިހިނެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. އަދިވެސް ތަޅުދަނޑި އޮތީ އޭނާގެ އިނގިލީގައި އަޅުވާލާފައެވެ. ރަޔާހީން މައިތިރިވީ އަމިއްލަ ކޮޓަރި އަށް […]
” ރޭގަ ހާދަދަންވަން ދެން ހޭލާ އުޅުނީ އަނެއްކާ ކަމެއް ވީބާ؟”! ޒޫވީ ސޯފައިގައި އޮއްވާ ފެނުމުން މާޒިން އަހައިލިއެވެ.”ކާކު ބުނީ މަ ހޭލާ އުޅުނޭ؟”ޒޫމީ ހައިރާން ވެފަ އަހައިލިއެވެ.” މީހަކުއެއް ނުބުނޭ، ހޫނު ގަދަކަމުން ފިނި ކޮއްލަން ބޭރަށް ނިކުއް އިރު ޒޫ ސޯފައިގަ އޮތީ، އެހެންވެ އެގުނީ އަނެއްކާ ފުރޭތައެއްބާއޭ؟!” މާޒިން ހިނިގަނޑަކާ އެއްކޮއް،އޮޅުން ފިލުވާދިނެވެ.” އެހެންތަ؟ހެހެ…މަހޭލާ އުޅުނީމޭ، މަވެސް ހޫނު ކަމުން ނިކުމެ އޮތީ” ޒޫމީ ދޮގު ޖަވާބެއް ދިނެވެ.” ނަސީބެއް ނޫން […]
ދޮންމަންމަ ކުރި އެއްވެސް ސުވާލަކަށް ޖަވާބު ދޭނެ ފުރުސަތެއް ޒާފާ އަކަށް ނުލިބުނެއެވެ . ޒާފާ މަޑު ހިގުމެއްގައި ހިގާފައި ބަދިގެޔަށް ގޮސް ބަތްޕެން ކޮޅަކާ ކުޅި ރިހާކުރު ކޮޅެއް ތައްޔާރު ކުރުމަށް ފަހު ފެންތައްޓެއް ވެސް ހިފައިގެން ބައްޕަގއ ކައިރި ދޮންމަންމަ އިށީދެ އިންތަން ފެނުމުން ޒާފާ ކުޑަކޮށް މަޑު ކޮށްލިއެވެ . ދޮންމަންމަ ވާހަކަތަން ދެއްކުމަށްފަހު އެކޮއި އަވަސް ކުރާށޭ ކިޔާފ ނުކުތީ ބޭރަށެވެ . ޒާފާ ގެނޭ ތަކެތި ކެއުމަށް ބައްޕަ ކައިރި […]
ކަނޑުގެ ލޮނުގަނޑު ކަފަމުން ބޮޑެތި ބިޔަ ރާޅުތައް އުފައްދަމުން ބާރު ދުވެލީގައި ދަތުރުކޮށްފައި ދިޔަ ލާންޗުގެ ދުވެލި މަޑުވެއްޖެއެވެ. ވަށައިގެން ދޮންވެލީގެ ދޫލައެއްލެވިފައިވާ ދާދި ކައިރިން ފެންނަން އޮތް ބީރައްޓެހި ރަށުގެ ރީތި މަލަމަތި ހަމަލޮލުން ދެކެލުމަށްޓަކައި އަހަރެންގެ ހިތް އެދުނެވެ. އެކަމަށް އިޖާބަދިނުމުގެ ގޮތުން ލޮލުގައި އަޅާފައިވާ އަވިއައިނު މައްޗަށް ހިއްލާލުމަށްފަހު ބޮލުގެ އިސްތަށިތަކުގެ ތެރޭގައި ހައްޔަރުކޮށްލީމެވެ. “ވާއު! އަ ބްލެކް ބިއުޓީ!” އަހަރެން ހިތަށް އެރި އެތި ދުލާއި ހަމައަށް ފޯރައިފިކަން ރޭކާލީ ކައިރީގައިހުރި […]
“މިޝް ނުރޮއެ ބުނެބަ ވީގޮތެއް…..” ރޮމުން ދިޔަ މިޝްޔާގެ ބުރަކަށީގައި ފިރުމާލަމުން ޒިކާން ބުނެލިއެވެ. މިޝަލްގެ ގައިން ދޫކޮށްލަމުން މިޝްޔާ، ވީގޮތް ކިޔައިދޭން މަސައްކަތްކުރިއެވެ. “އަންނަނީ…. އޭތި…. އޭތި……” ކުއްލިއަކަށް ހުރެފައި އަޔާނީ ގަސްތަކާއި ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. އަފްލާކްގެ ފުރަގަހަށްވަދެ، އޭނާގެ އަތުގައި ކުރިއަށްވުރެވެސް ބާރަށް ހިފަހައްޓާލަމުން ދެލޯ މަރާ ބާރުކޮށްލިއެވެ. އޭރު އޭނާއަށްވެސް ރޮވިއްޖެއެވެ. އަޔާނީގެ އަޑަށް އެންމެން އެދިމާ ބަލާލިއެވެ. ގަސްތަކުގެ ތެރެއިން ނުކުތް ބިރުވެރި ސިފައެއްގައި ހުރި މަހްލޫގު ފެނުމުން އެންމެންވެސް […]